ޝަމްސުގެ ކުނި އަނގަ ގަނޑު ލޫނާގެ މުޅި މޫނުގައި ހާކަމުން ދިއައީ ހަމަ އެކަނި ޖެއްސުމަކަށް ނޫނެވެ. އޭނާގެ ދަހިވެތި ބީހުންތަކުން ލޫނާއަށް ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ޝަމްސުގެ ހަށިގަނޑުގައި އަނދަމުން ދިއަ އަލިފާންގަނޑު ހިނދުކޮޅަކަށް ވުރެ ހިނދު ކޮޅަކަށް ގަދަވަމުން ގޮސް ކޮންމެ ވަގުތެއްގައި ވެސް ހުޅު ފަޅައިގެން ހިނގައި ދާނެހެން ހީވެ އެވެ.

ވަގުތުގެ ފޯރި ގަދަވި ވަރަކަށް ޝަމްސު ކުރަމުން ދިއަ އިތުރު މަސައްކަތް ވެސް ދިއައީ އިތުރު ވަމުންނެވެ. އެއް އަތުން ލޫނާގެ ގައިގައި ހިރި ނުލެވޭވަރަށް ހިފަހައްޓައިގެން ހުރެ އަނެއް އަތުން ފުޅީގައި ތުން ޖަހަމުން، ހަށިގަނޑު އިތުރަށް ޗާރޖް ކުރަމުން ދިއައިރު ކޮޓަރީގެ ކާޕެޓް މަތީގައި ހުސް ފުޅި ތައް ގިނަ ވަމުން ދިއަ އެވެ. އެގޮތް މި ގޮތަށް ތެޅި ފޮޅެމުން ޝަމްސްގެ އަތް ދަށުން ސަލާމަތް ވާން މަސައްކަތް ކުރަމުން ދިއަ ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ. ލޫނާ ގަދަ ހަދަހަދާ އޮއްވާ ޝަމްޝު ލޫނާގެ އެ ހިމަ ހަށިގަނޑު އޭނާގެ އަތް ދަނޑި މައްޗަށް އުފުލާލި އެވެ. އެނދާ ދިމާއަށް ހިނގައި ގަތުމުން ލޫނާ އަށް ބާރަށް ރޮއިގަނެވުނެވެ. ލޫނާ ގެންގޮސް މާސްޓަރ ބެޑްގެ މައްޗަށް އެއްލި ގޮތުން ޝަމްސުގެ ހަށިގަނޑުގައި ލޭ ހޫނު ވެފައި ވާ މިންވަރު ހާމަވެގެން ދިއައެވެ. އެނދުގައި ޖެހުމާއި އެކު ލޫނާ ފުންމައިގެން ތެދުވަން ހިފާލި ކަމެއް ނޭގުނެވެ. ކުއްލި އަކަށް އައިސް ޝަމްސު ލޫނާގެ ގައިމައްޗަށް ޖެހިގަތެވެ. އެއާއި އެކު އޭނާ އެނދުގެ ދެފަރާތުގައި ވާ ދަގަޑު ދެ ހޮޅީގައި ހަރުކޮށްފައި ހުރި ޗޭނު ގަނޑުން ލޫނާގެ ދެއަތް ގައިދު ކޮށްލީ ފަސޭހަ ކަމާއި އެކުގަ އެވެ. ހީވާ ގޮތުން އެ އެނދަކީ އެފަދަ ކަން ކަމަށް ތައްޔާރު ކޮށްފައިވާ އެނދެކެވެ. ލޫނާ ބާރަށް ހަޅޭއް ލަވަމުން ދިއަ އެވެ. އޭނާ އަކަށް ދެން ހެދޭނެ އެއްވެސް ގަދައެއް ނެތެވެ.

ލޫނާ ރަނގަޅަށް ހައްޔަރު ކުރުމަށް ފަހު ޝަމްސު އެނދު ކައިރީ ކާޕެޓް މަތީގައި އިށިނީ ހިތްހަމަ ޖެހުމާއި އެކުގަ އެވެ. އޭނާ އެތަނުގައި އިނދެގެން ބާކީ ހުރި ފުޅިތައް ހުސްކުރަން މަސައްކަތް ފެށި އެވެ. 

ލޫނާ ދެއަތަށް ފުރޮޅެން މަސައްކަތް ކުރަމުން ތެޅި ފޮޅެމުން ދިއަ އެވެ. ޝަމްސު އޭނާއާ ހަމައަށް އައުމަށް ފަހު ދެން އޭނާއަށް ސަލާމަތް ނުވެވޭނެ ކަން ޔަޤީނެވެ. އިރު އިރު ކޮޅާ ޝަމްސު ލޫނާ އާއި ދިމާއަށް ބަލާލަނީ ދަހިވެތި ބެލުމަކުންނެވެ. އެއިން ކޮންމެ ފަހަރަކު ލޫނާގެ ހިތް ހިނދުކޮޅަކަށް ހުއްޓެނީ ބިރުންނެވެ. ދުއާ އަކީ ޝަމްސު ލޫނާއާއި ހަމައަށް އައުމުގެ ކުރީން ކޮންމެވެސް އެހެން މީހަކު އެތަނަށް އައުމެވެ. ލޫނާ ސަލަމަތް ކުރުމެވެ. 

މިހާރު އިރު އެރުމާއި ގާތް ވެއްޖެ އެވެ. އެ ހުރިހާ ފުޅިއެއް ހުސްވުމުން ޝަމްސު ތެދުވެ ހިންދެމިލަމުން ލޫނާ އާއި ދިމާއަށް ހިނިތުން ވެލީ ފަޚުރުވެރި ކަމާއި އެކުގަ އެވެ. ޅަ ކުއްޖަކާއި ގާތް ވެވޭ ވަރަށް އޭނާ ތައްޔާރު ވެއްޖެހެން އޭނާއަށް ހީވި އެވެ. ޝަމްސު ކުރިއަށް ހިނގައިގެން ތަނާ އޭނާ އަރިއަޅާލި އެވެ. ކާލި އަޅަމުން އޭނާ އެނދަށް އެރީ ބައު ޖަހާފަ އެވެ. ދުރަށް ޖެހެން މަސައްކަތް ކުރިއަސް ލޫނާ އަކަށް އެކަމެއް ވެސް ނުވި އެވެ. ޝަމްސު ކުރިއަށް ޖެހިލުމާއި އެކު ލޫނާގެ ބަނޑު މައްޗަށް އަރިއަޅާލި އެވެ. އޭނާ ހީކުރިހާ ވަރެއް އެ ހަށިގަނޑަކު ނެތެވެ. ލޫނާގެ ބަނޑުގައި މޫނު ޖައްސައިގެން އެނދު މައްޗަށް ވެއްޓިފައި އިރުކޮޅަކު ހިމޭނުން އޮންނަން އޭނާއަށް މަޖުބޫރު ވީ ހަށިގަނޑުގެ ހާލަތު ހުރި ގޮތުންނެވެ. ލޫނާ ތެޅި ފޮޅިގަތެވެ. ފުރޮޅިގަންނަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ބޭކާރެވެ. އިރު ކޮޅަކަށް ފަހު ޝަމްސު ލޫނާ ލައިގެން އޮތް ޓޮޕް ހިއްލާލި އެވެ. ހުރަހަކާއި ނުލާ ލޫނާގެ ބަނޑުގައި ޝަމްސުގެ ރާޅު ތުންފަތް ޖެހުނު ވަގުތު ލޫނާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިއައީ ހަމަ އެކަނި ފަކުރަކުން ނޫނެވެ. 

ކުރިއާއި ޚިލާފަށް މިހާރު ޝަމްސުގެ ހަރަކާތް ތައް ވަނީ "ސްލޯ" ވެފަ އެވެ. ލޫނާގެ ބަނޑުގައި ތުންފަތް ޖައްސާލައިގެން ފާޑަކަށް ގުދަށް، އެނދަށް ވެއްޓިފައި އޭނާ އޮތް އިރު އޭނާގެ އަނގައިން ފައިބަމުން ދިއަ ދަވައިގެ ސަބަބުން ލޫނާގެ ބަނޑު ތެންމަމުން ދިއަ އެވެ. ލޫނާވެސް ގުޑިނުލާ ހިމޭނުން އޮތެވެ. އުއްމީދަކީ އެއޮއް ގޮތަށް އޮވެ ޝަމްސުގެ ހޭބުއްދި ފިލާ ދިއުމެވެ. އިރުކޮޅެއް ވަންދެން ޝަމްސު އެއޮތް ގޮތަށް ގުޑި ނުލާ އޮތުމުން ލޫނާއަށް ހިތް ހަމަ ޖެހުމެއް ލިބުނެވެ. ހީވާ ގޮތުން ޝަމްސު ބުއި އެއްޗެއްގެ އަސަރު ޝަމްސުއަށް ރަނގަޅަށް ކުރީ އެވެ. ލޫނާ މަޑުމަޑުން ދުރަށް ޖެހިލާ ޝަމްސުގެ ބޯ އޭނާގެ ގައިމަތީން ވައްޓާލަން މަސައްކަތް ކުރި އެވެ. ކަންވީ ވަރަށް ދެރަކޮށެވެ. ޝަމްސު އަށް ހޭލެވިއްޖެ އެވެ. އޭނާ ބޯހިއްލާ ލޫނާގެ މޫނަށް ބަލާލީ ރުޅިވެރި ކަމާއި އެކުގަ އެވެ.

" ކަލޭ ކީއްކުރަނީ!"
އޭނާގެ ގަދަ އަޑުގެ ސަބަބުން ލޫނާ ބިރުން ތުރުތުރު އަޅައިގެން ދިއަ އެވެ. ކުޑަ ވަގުތު ކޮޅަކު ނިދާލެވުނީތީ ޝަމްސުގެ ހަށިގަނޑުގައި ވަރުޖެހިއްޖެހެން ހީވެ އެވެ. 
ޝަމްސު ކުރިއަށް ޖެހިލާ ލޫނާގެ މޫނާ އޭނާގެ މޫނު ގާތްކޮށްލަމުން ބަލާލި ގޮތުން ލޫނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. 
" އަހަރެން ބަރާބަރު ވަނީ. ކަލެއަށް ފެންނަނީ!"
އެހެން ބުނަމުން ޝަމްސު ފާޑަކަށް ދެއަތަށް ހެލެން ފެށުމުން ލޫނާގެ ހިތުގައި ބިރުވެރިކަން އިތުރު ވެގެން ދިއަ އެވެ. ލޫނާ ތިރިއަށް ބަލާލި އެވެ. އެވަގުތު ލޫނާގެ ހިތް އެކީ ހުއްޓުނު ކަހަލަ އެވެ. ޝަމްސު ލައިގެން އޮތް މުންޑު ގަނޑު މިހާރު އެވަނީ އޭނާގެ ހަށިގަނޑާއި ވަކިކޮށް ލާފަ އެވެ! ލޫނާއަށް ހަޅޭއްލަވައި ގަނެވުނީ ކަރު ބުޑުންނެވެ. 

ނާމީ އަށް އެއްގޮތަކަށް ވެސް ހަމަ ނޭވާއެއް ނުލެވެ އެވެ. އޭނާ ޝަމްސުގެ ފޯނަށް ގުޅަގުޅާ ވަރުބަލި ވެއްޖެ އެވެ. އަދިވެސް އެ ފޯނު އޮން އެއް ނުވެ އެވެ. ޔޫހާ ވެސް އެނދުގައި އިށީނދެ އިނެވެ. އޭނާ ފިކުރު ބޮޑުވާ ސަބަބު ތައް ގިނަ އެވެ. މިހާރު ފަތިސް ނަމާދަށް މަންމަ ހޭލާ އުޅޭނެ އެވެ. ޚަބަރެއް ނުވެގެން ހާސްވެފައި ހުންނާނެ ކަން އިނގެ އެވެ. އެހެން ނަމަވެސް މަންމައަށް ފެންނަ ހިސާބަށް ދާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. މަންމައަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ!

ނާމީ ދެކޮޅަށް ހިނގާތަން ފެންނަ ވަރުން ޔޫހާގެ ބޯ ވެސް އަނބުރަން ފަށައިފި އެވެ. އެންމެ ފަހުން ނާމީ އައިސް އެނދުގައި އިށީންނަމުން އޭނާގެ ދެއަތުން މޫނު ފޮރުވާލި އެވެ. އޭނާވެސް މާޔޫސް ވެއްޖެ އެވެ.

" އިޓްސް އޯލް މައި ފޯލްޓް!"
ނާމީ މަޑުމަޑުން ބުނެލި އެވެ.
" އަހަރެން ލޫނާ ބޭރަށް ގެންގޮއްސަ އެތަނަށް ދޫކޮށްލާފަ އައީ! އައި ޝުޑުންޓް ހޭވް ޑަން ދެޓް!"
ނާމީ މޫނުން އަތް ތިރިކޮށްލާ އޭނާގެ ރަތްވެފައިވާ ދެލޯ ދައްކާލި އެވެ. ޔޫހާ އިނީ ނާމީއަށް ބަލާށެވެ. ނާމީ އެބުނީ ތެދެކެވެ. ކުށްވެރިއަކީ ނާމީ އެވެ. ކޮއްކޮއަށް ކަމެއް ވެއްޖެއްޔާ އޭނާ ދުވަހަކުވެސް ނާމީ އަކަށް މަޢާފެއް ނުކުރާނެ އެވެ. 

" ލޫނާއަށް ކަމެއް ވެއްޖެއްޔާ އެންމެ ދެރަވާނީ އަހަރެން.....! ޝީ އިސް ސޯ އިނޮސަންޓް! "
ނާމީ އަނެއްކާވެސް ޝަމްސްގެ ފޯނަށް ގުޅާލި އެވެ.
" މިމީހާ ގަނޑު ފޯނު ވެސް ނިވާލާފައޭ! މަށަށް އޭނާ އަތުޖެހިއްޖެއްޔާ އައި ވިލް ކިލް ހިމް! "
އަނެއްކާވެސް ނާމީ ރުޅިގަދަވެގެން ދެކޮޅަށް ހިނގަން ފަށައިފި އެވެ. އެތައް އިޙުސާސް ތަކެއް އެއްފަހަރާ އޭނާގެ ހަށިގަނޑުގައި ހިނގަމުން ދިއުމުގެ ސަބަބުން މީހާ ވަނީ އައްސިވެފަ އެވެ.

ކުއްލި އަކަށް ނާމީގެ ފޯނު ރިންގު ވާން ފަށައިފި އެވެ. އެއީ ޝަމްސްގެ ފޯނުން އަންނަ ކޯލެކެވެ. ފޯނު އަވަހަށް ނަގަން ތެޅިގެން ވަގުތު ފޯނު އަތުން ދޫނުވީ ކިރިޔާ އެވެ. ޔޫހާވެސް ކޮޅަށް ޖެހިގެން ދިއަ އެވެ.

" ހަލޯ! ހޫ އިސް ދިސް؟"
އެއީ ޝަމްސުގެ އަޑެއް ނޫނެވެ.
" ނާމީ! ނާމީ! ހޫ އާރ ޔޫ؟ ވެއަރ އިސް ލޫނާ؟"
ނާމީ އަވަސް އަވަހަށް އަހާލި އެވެ. އެކޮޅުން ބުނީ އެއީ ހޮޓެލް ރައިހާނާ ކަމަށެވެ. އަދި ވާހަކަ ދައްކަނީ ޕޮލިހުންގެ މީހެއް ކަމަށެވެ. އެމީހުން ބުނި ގޮތުގައި ލޫނާ ވަނީ ހަމަ ދެންމެ މަލާޔާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެތަނުން ނާމީ އާއި ބައްދަލު ކުރަން ބޭނުން ކަމުގައި ބުނެފައި އިންސްޕެކްޓަރ ގޯޕާލް ފޯނު ބޭއްވީ އެވެ.

ޝަމްސުގެ ކައިރިން ލޫނާ ސަލާމަތް ވުމަކުން ހިތްހަމަ ޖެހުމެއް އަދި ނެތެވެ. ލޫނާއަށް ވެފައި ވަނީ ކީއް ކަމެއް ޝަމްސް އޭނާއަށް ހެދީ ކިހިނެއް ކަމެއް އެނގޭކަށް ނެތެވެ. ޔޫހާ އަވަސް އަވަހަށް ނާމީ އާއި އެކުގައި ދާން ހިނގައި ގަތެވެ. އެހެން ނަމަވެސް ހުއްޓުނެވެ. މަންމަ ގާތުގައި އެއްޗެއް ނުބުނެ ދާކަށް ނުކެރުނެވެ. އެންމެ ކުޑަ މިނުން މަންމައަށް ފެނިލަން ވާނެ އެވެ. ޔޫހާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި އިރު ދޮރާއި ދިމާއަށް ބަލަން ދެލޯ ބޮޑުކޮށްގެން މަންމަ އިން ގޮތުން އިންތިޒާރުގައި އިން ކަން އެނގުނެވެ.

" ކޮބާ ކޮއްކޮ!"
ޔޫހާ ފެންނަ އިރަށް މަންމަ އެހި އެވެ.
" ކޮންމެސް ކަމެއް ލޫނާއަށް ވެއްޖެ!"
ޔޫހާ އެއްޗެއް ނުބުންޏަސް މަންމައަށް އިޙުސާސް ވެއްޖެ އެވެ.
" ނިދުނު ތަނާ މަށަށް ހުވަފެނެއް ފެނިއްޖެ! އޭނައަށް ކޮންމެސް މީހަކު ވަރަށް ބޮޑު ދެރައެއް ދީފި!"
ބުނާނެ އެއްޗެއް ނޭނގިފައި ޔޫހާއަށް ހުރެވުނީ އެވެ.
" މަންމައަށް ހުވަފެނުން ފެނުނީ މިރަށު ބަޔަކު އޭނައާ.....!"
އެހެން ބުނަމުން މަންމައަށް ރޮވިއްޖެ އެވެ.
"ކޮބާ ކޮއްކޮ؟.... ހަމަ ޔަޤީން ކޮންމެސް ކަމެއް ވެއްޖެ!"
ޔޫހާ އަކަށް ކެތެއް ނުވި އެވެ. އޭނާ މަންމަގެ ގައިގައި ބައްދައި ގަތެވެ. 
" ނުވާނެ އެއްވެސް ކަމެއް، އިރާދަ ކުރެއްވިއްޔާ!"

ކަމެއް ގޯސް ވެއްޖެ ކަން ހައިފާއަށް ޔަޤީންވީ އެހާ ހިސާބުންނެވެ.
" ކޮއްކޮ ކުޑަކޮށް ބަލިވެގެން މިއުޅެނީ.... އަންނާނަން ޑޮކްޓަރަށް ދައްކާލާފަ!"
އެހެން ބުނުމާއި އެކު ޔޫހާ އަވަސް އަވަހަށް ނުކުމެގެން ދިއައީ ސުވާލު ތަކެއްގެ ތެރެއަށް ހައިފާ ދޫކޮށްލާފަ އެވެ.

މަލާޔާ ހޮސްޕިޓަލް އިން ޔޫހާ އާއި ނާމީ އާއި ބައްދަލު ކުރީ އިންސްޕެކްޓަރ ގޯޕާލެވެ. އޭރު ލޫނާއަށް އީ އާރް ގައި ފަރުވާ ދެމުން ދަނީ އެވެ. ގޯޕާލް ބުނި ގޮތުގައި އެމީހުންނަށް ރިޕޯޓް ކުރީ ހޮޓަލުންނެވެ. ހައުސްކީޕިންގް އިން މީހަކަށް ލޫނާގެ ހަޅޭކުގެ އަޑު އިވިގެން އެ ކޮޓަރިއަށް ވަނީ އެވެ. އޭރު ލޫނާ އޮތީ ޗޭނު ޖަހާ ބަނދެފަ އެވެ. އެމީހުންނަށް ޝަމްސު ފެނުނުއިރު އޮތް ހާލަތާއި ލޫނާގެ ހާލަތު ކިއައި ދިނުމުން ނާމީއަށް ވެސް މޫނުގައި އަތް އެޅުނީ ލަދުންނެވެ. ޔޫހާ ރޮމުން ދުރަށް ދުއްވައިގަތީ ކުރެވުނު އިޙުސާސަށް ކެތް ނުވެގެން ނެވެ. ގޯޕާލު ބުނި ގޮތުގައި ލޫނާ ހޮސްޕިޓަލަށް ގެނެވުނީ ހޭނެތިފައިވާ ހާލު ގައެވެ. 

ނާމީ ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެއްޖެ އެވެ. ވެދާނެ ކަމަށް ބިރުގެން ހުރިހާ ގޮތެއް ވެ ނިމުނީ އެވެ. ހުރިހާ ކަމެއްގައި ޒިންމާ ވާންޖެހޭ މީހަކީ އޭނާ އެވެ! 

ޔޫހާ ފެންނަ ހިސާބަށް ދިއައިރު ވެއިޓިންގް ރޫމުގައި ހުރި ގޮނޑީގައި އިނދެ ޔޫހާ ގިސްލަ ގިސްލާފައި ރޮނީ އެވެ. ކޮއްކޮއަށް ދިމާވެފައިވާ ހާލަތަކީ އޭނާއަށް ދިމާވި ހާލަތަށް ވުރެ ހިތާމަވެރި ހާލަތެކެވެ. ކޮއްކޮ ރަނގަޅަށް ބޮޑުނުވެ އުޅެނި ކޮށް އަނިޔާވެރިއެއް ގެ ޝިކާރައަކަށް ވެ ނިމުނީ އެވެ! ޝަމްސު ކޮއްކޮއަށް ހަދާފައި ވަނީ ކިހިނެއް ކަމެއް، އަދި ކޮއްކޮއަށް އަނިޔާ ވެފައި ވަނީ ކިހާ މިންވަރަކަށް ކަމެއް ދެނެ ވޮޑިގެން ވާނީ ﷲ އެވެ!

ނާމީ އައިސް ޔޫހާގެ ކޮނޑުގައި އަތް ޖައްސާލީ ޔޫހާއަށް އެހީތެރި ވުމުގެ ނިޔަތު ގައެވެ. އިސް އުފުލާ ނާމީއަށް ބަލައިލުމާއި އެކު ޔޫހާ އަތްދަމާފައި ނާމީގެ ކޯމަތީގައި ބާރު އެތިފަހަރެއް އަޅުވާލައިފި އެވެ. ނާމީ ވެސް ދިއައީ ސިއްސައިގެންނެވެ. ޔޫހާ ޖެހިލެއް ބާރު ކަމުން އޭނާގެ ދެލޮލުންވެސް ކަނި ބުރައިގެން ދިއަ އެވެ. އެހެނަސް އެއީ އޭނާއަށް ހައްޤު އެތިފަހަރެކެވެ. އޭނާވެސް އެކަން ޤަބޫލު ކުރި އެވެ.

" ސޮރީ!" 
ކޮލުގައި އަތް ޖައްސާލަމުން ނާމީއަށް އިސް ޖަހާލެވުނެވެ.
" ކޮން ސޮރީއެއް! ތި ސޮރީގެ ސަބަބުން މި ހުރިހާ ކަމެއް އަނބުރާ ގެނެވޭނެތަ!"
ޔޫހާ ރޮމުން ބާރަށް ހަޅޭއް ލަވަމުން ދިއަ އެވެ.
" މީ ހަމަ ނާމީ ކުރި ކަމެއް! ނާމީ ކޮއްކޮ އާ އިންނަން ޖެހިދާނެތީ އޭނައަށް ގަސްތުގަ ދިން ލަނޑެއް މީ!"
ނާމީ ދެލޯ ބޮޑުވެގެން ދިއަ އެވެ. އެއީ ތެދެއް ނޫނެވެ. އޭނާ ލޫނާ އާއި ކައިވެނި ކުރަން ބޭނުން ނޫނަސް ލޫނާ އަކަށް އެކަހަލަ ދެރައެއް ނުދޭނެ އެވެ. އެހެނަސް ހަޤީގަތަކީ އެއީ އެވެ. ލޫނާއަށް އެހެން ދިމާވުމުގެ ސަބަބަކީ ނާމީ އެވެ!
" ދެން ކޮއްކޮއާ އިންނާނެ މީހަކަ ވެސް ނުވާނެ! އޭނަގެ މުޅި ދިރިއުޅުން ހަލާކުވީ!"
ނާމީ ހުރީ ޔޫހާ އާއި ހަތަރު ކަޅި ހަމަކޮށްލަން ވެސް ނުކެރިފަ އެވެ. ހަޔާތުގައި ގިނަ ނުބައި ކަންތަކަކަށް އަރައި ގަނެވިފައި ވީއިރުވެސް މިވަރަށް ކުށް އިޙުސާސް ކުރެވުނު ދުވަހަކާއި ކުރިމައްޗެއް ނުވެ އެވެ. 

ކޮމެންޓް 0