ޒެވިޔަން ބާރަކަށް ގޮސް ދޮރު ހުޅުވާލި އިރު އޭނަ ހުރީ ރުންކުރުވެފައި ކަން އެ މޫނުގެ ކުލަވަރުން ވެސް ދެނެގަނެވޭނެ އެވެ. ދޮރުމަތީގައި ހުރީ ސީމާ އެވެ. ކުރީގައި އެހުންނަހެން ގަދަޔަށް މޭކަޕްކޮށްލައިފައި، މާ ސްޓައިލިޝްކޮށް ހެދުން އަޅައިގެން ނެތަސް މޫނުމަތިން ހަރުކަށި ކަމާއި، ފޮނިކަން އަދިވެސް ފެންނަން އެބަހުއްޓެވެ. މިފަދަ އަންހެނަކަށް އަޚުލާގު ރަނގަޅު ތިންދަރިން ލިބިދާނެ ކަމަށް ހީކުރާނީ ވެސް ކާކު ހެއްޔެވެ؟ މޮޅު އާއިލާއެއްގެ ރަނިކަން ކުރެވުނީމަ ކިބުރުވެރިވީ ގޮތަށް އަދިވެސް ސީމާއަށް ހަމަބިމަށް އާދެވުނު ކަމަކަށް ނުވެއެވެ.

"ވަޓް ޑޫ ޔޫ ވޯންޓް؟ އަހަރެން މީހަކަށް އިންވައިޓް ކުރީއެއް ނޫން، އަނެއްކާ މިތަނަށް އައިސް ދޮރުގައި ތަޅައިގަންނާކަށް ނުޖެހޭނެ، ހުރިހާ ތަނަކަށް ވަނަސް މަގޭ ރޫމް އާއި ހަމަޔަށް އައިސްގެން ނުވާނެ....." ޒެވިޔަން އެގަދަ ބުމަ ގޮށްޖަހާލައި ގެން ހުރެ، އިހުތިރާމެއް ނެތްފަދަ ގޮތަކަށް ބުނެލީ ދަތްތަކަށް ބާރުކޮށްލަމުންނެވެ.

"އަހަރެން އައީ މަގޭ ދޮންދަރި ގާތު ވާހަކައެއް ބުނެލަން، އަހަންނަށް ނުލަފާކަން ދައްކަން އުޅޭނެ ކަމެއް ނެތް..." ސީމާ އެތެރެއަށް ވަންނަން އުޅުނަސް ޒެވިޔަންގެ ބިޔަ ފްރޭމް އެކަމަށް ހުރަސް އެޅި އެވެ. ޒެވިޔަން ދޮރު ކަނީގައި އަތް އަޅުވާލައިގެން ހުރި ގޮތުން ސީމާގެ ރުޅިވަކިން ގަދަވިއެވެ. ޒެވިޔަންގެ ބޮޑާ ކަމާއި، ފޮނިކަން ދެކެ އިންތިހާއަށް ފޫހިވިއެވެ. މިއީ އޭނަގެ ދަރިފުޅު ރިޔާގެ ހަޔާތް ބަރުބާދުކުރަން އުޅޭ ނުބައި ފިރިހެނެކެވެ. އަލީނާ އަކާއި ކައިވެނި ކުރި ފަހުން އޭނަގެ ދަރިފުޅަށް ފައިފުއްސަކަށް ކުރާ ގަދަރުވެސް ޒެވިޔަން ކުރާހެނެއް ހިޔެއްނުވެއެވެ. ޖަޕާނު މަހެއްހެން ވިހާ އަންހެނަކު ލިބުނީމަ ދެން ވާނީ ވެސް އެހެންތާއެވެ. އެވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދެފަހަރަށް ބަލިވެއިން ގޮތެއްވެސް ނޭގެއެވެ.

ޒެވިޔަންގެ ޖަވާބަކަށްވީ ސީމާގެ މޫނުމަތީގައި ދޮރުލައްޕައިލުމެވެ. ސީމާ އަނގަ ހާވާލައިގެން ހުރި އިރު އެމޫނު ހީވަނީ ރަތްކަމުން ގޮސް ޓޮމާޓޯއެއް ހެންނެވެ. މީހަކަށް އެ މަންޒަރު ފެނިދާނެ ކަމުގެ ލަދާއި އެކު ސީމާ ވަށައިގެން ހޯދައިލި އެވެ. ނަސީބަކުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ކޮރިޑޯތައްވަނީ ފަޅަށެވެ. ޒެވިޔަން ހާދަ ލަދުކުޑައެވެ. ތިމާގެ މައިދައިތައަށްވެސް ގަދަރު ކުރުމެއް ނެތެވެ. އެކަމަކު މައިމޫން އުޅޭނީ މި ދަރި މޮޅުކޮށްލައި ގެންނެވެ. މިވަރުގެ އަޚުލާގު ރަނގަޅު ދަރިއެއް ނެތްކަމަށް އިޝްތިހާރު ކުރަމުން މައިމޫން އުޅުއްވާއިރު މީހުންނަށް އަނދިރި ފަރާތް ނުފެންނަނީ އެވެ. ސީމާ ފޯނު ނަގައިގެން ކަންފަތުގައި ޖަހާލައިފިއެވެ.

ސީމާ އަމީންގެ ގޭންގްސްޓަރ ދަރިންނާއި ގުޅާލައި ގެން އެމީހުންނަށް އަލީނާއޭ ކިޔައިގެން ދޮގު މައުލޫމާތު ތަކެއް ދީފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަލީނާ ރަށަށް ފޮނުވައިލަން މައިމޫންއަށް އެންމެ ބާރު އަޅާ، އިންޒާރު ދެނީ ވެސް އެ ޒުވާނުންނެވެ. މައިމޫން ވަނީ އެ ނުރައްކާތެރި އިންޒާރުތައް އާއިލާއަށް ވެސް ސިއްރުކޮށްލާފައެވެ. ނަމަވެސް އޭނަ ދެކެލައްވާ ގޮތުގައި އާއިލާއަށް އެންމެ ރަނގަޅު ގޮތަކީ އަލީނާ ގެ ބޭބެމެން އެދޭ ފަދައިން އެކުއްޖާ އެގެއިން ފޮނުވައިލުމެވެ. މައިމޫން އެމީހުންނަށް އަރާފައިވާ އޮޅުން ސާފުކޮށްލަދޭން ވެސް މަސައްކަތް ކުރެއްވިއެވެ. މައިމޫންގެ ވާހަކަތައް އެމީހުން އަޑު ނާހަންވީ ސަބަބެއް މައިމޫން އަކަށް އެނގިއެއް ނުލެއްވިއެވެ. އެދޭތެރޭގައި ކަތުރު ފަންޏެއް އުޅެދާނެ ކަމަކަށް ހީކުރެވިފައެއް ނެތެވެ. ނަމަވެސް ސީމާ ދިޔައީ ފަރުދާގެ ފުރަގަހުގައި ހުރެ އަނެއްކާ ނުބައި ކުޅިގަނޑެއް ކުޅެމުންނެވެ.

ޒެވިޔަން އަލީނާގެ ގާތުގައި ތަކުރާރުކޮށް ދޮރު ހުޅުވަން ބުނި އިރު އަޑުގައިވި ލޯތްބާއި، އާދޭހުގެ ގޮތަކުން އެންމެ ފަހުން އަލީނާއަށް މަޖުބޫރުވީ ރޮއިރޮއި ހުރެފައި ވެސް ދޮރު ހުޅުވުމަށެވެ. ބާރަކަށް ދޮރު ހުޅުވާލައިފައި އަނެއްކާ ގޮސް އަލީނާ އިސްކުރު ދޫކޮށްލައިގެން ހުރެ މޫނު ދޮންނަން ފެށިއެވެ. ދޮވުނު ވަރަކަށް ލޮލުގައިވާ ކަރުނަތައް ގިނަވުން ނޫންކަމެއް ނުވިއެވެ. 

ޒެވިޔަން އަލީނާގެ ދެއަތުގައި ހިފާލައިފައި އޭނަ އާއި ދިމާލަށް އަނބުރާލައިފިއެވެ. އެ ދޮންމޫނުގައި މުތީތަކެއް ފަދައިން ހަރުލަމުންދާ ފެންތަކަށް ވެސް ކަރުނަތަކެއް ފޮރުވައެއް ނުލެވުނެވެ. ޒެވިޔަން އަށް އަލީނާގެ ކަރުނަތައް ފެނުމުން ދެލޯ ސިކުންތު ކޮޅަކަށް ނަމަވެސް މަރައި ލެވުނީ އެކަރުނަތައް ދެކެން ހިތަށް ކެތްނުކުރެވިގެންނެވެ. ޒެވިޔަންގެ ފެހިކަން ގަދަ ލޯ ހުޅުވައިލުމާއިއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭރު ޒެވިޔަންވެސް ހުރީ ފެންކަޅި ވެފައެވެ.

"ޒާވް، އައިމް ސޮރީ، ނުރޯން ޕްރޮމިސް ކޮށްފައި ވެސް ހިތް ބަސްނާހާ ވަރުން....." އަލީނާ ކަރުނައިގެ ތެރެއިން ހިނިތުން ވެލި ގޮތަކުން ޒެވިޔަންގެ ހިތަށް ބުނަން ނޭގޭ ފަދަ އަސަރުތަކެއް ކުރިއެވެ. އޭނައަށް އޭނަގެ ފުރާނަ ފަދަ ލޯބިވާ ކުއްޖާއަށް ދިމާވާ ހުރިހާ އަނިޔާ ތަކުން ސަލާމަތްކޮށް ނުދެވިގެން އުޅެނީ ކީއްވެބާވައެވެ. މީހުންގެ ދޫތައް ބަންދު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ނުކެރިގެނެއްނޫނެވެ. އެއްފަރާތުގައި ވަނީ ވާޖިބު ކަމަށް ވާތީ އެވެ.

"ތިގޮތަށް މާފަށް ނޭދިބަލަ ބޭބީ، އިޓްސް ނޮޓް ޔޯ ފޯލްޓް، ކުށްވެރިޔަކީ އަހަރެން، އަހަރެން މިވަގުތު ގޮސް އެލީ ރޮއްވާލި މީހަކުގެ ފުރާނަވެސް ރޮއިގަންނަވަރު ކޮށްލާނަން، އެމީހަކީ ކާކުތަ؟ ޓެލް މީ ރައިޓް ނައު...." ޒެވިޔަން ހުރީ ހޫނުވެފައެވެ. ޒެވިޔަން ޔަގީން ކުރީ އެމީހަކީ ސީމާ ކަމަށެވެ. ޒެވިޔަން ރުޅިގަދަވެ، މޮޔަވާވަރުވެފައި ހުއްޓަސް އޭނަ ލޯބިވާ މީހަކަށް ނިސްބަތްކޮށް އެފަދަ ހަރުކަށި ބަހެއް ނުބުނާނެ އެވެ.

އަލީނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ޖަހާލައިފިއެވެ. އޭނަގެ ސަބަބުން ޖެމާ އާއި ޒެވިޔަން ގެ ހަގުރާމައެއް ފަށާކަށްވެސް އަލީނާ ނޭދުނެވެ. ނަމަވެސް ޒެވިޔަންގެ މޫނުމަތިން ފެނުނު ސީރިޔަސް ކަމަކުން އަލީނާއަށް ޖެމާގެ ނަން ބުނަން މަޖުބޫރުވިއެވެ. ޒެވިޔަން އަލީނާގެ ލޫޅާފަތި ދެއަތުން ދޫކޮށްލާފައި ހިނގައި ގަތުމުން އަލީނާ ދުވަމުން ގޮސް ޒެވިޔަންގެ ޓީޝާޓުގައި ހިފެހެއްޓިއެވެ.

"ނޯ ނޯ ޒާވް، ޕްލީޒް ތި އިންޓެންޝަނުގައި ދަންޏާ ހައްތަހާ ބޮޑަށް މައްސަލަތައް އިތުރު ވާނީ، ހޭޓްކުރާ މީހުން ގިނަވުން ނޫންކަމެއް ނުވާނެ. އެހެންނޫނަސް އިޓްސް ޔޯ ފެމިލީ، އެއްގޮތަކަށް ވެސް އެމީހުންނާއި ދެކޮޅުވާކަށް ނުވާނެ، ޒާވްގެ މަންމަ ވެސް މިހާރު ހާދަ ރަނގަޅޭ، މީހަކަށް އެހާ ރަނގަޅު މައިދައިތައެއް ނުލިބޭނެ، ޒާވް އައި ބެގް ޔޫ..." އަލީނާގެ ރީތި ދެލޮލުގައި ވި އާދޭހަކުން ޒެވިޔަންގެ ފިޔަވަޅުތައް ހުއްޓުނެވެ. އަލީނާ މިފަހަރުވެސް ފޮރުވުމެއްނެތި ހަގީގަތް ކިޔައިދިނެވެ. ޖެމާ ރުޅި އަންނަން ޖެހުނީ ވެސް އެވަގުތު ދާވިޝް ކޮށްލި ސަމާސާ އަކުން ނުބައި މާނައެއް ނެގިގެން ކަމަށާއި، އެކަމަކު ޖެމާ އެއްޗެހި ކިޔުމުން މާބޮޑަށް ދެރަވީ ކަމަށެވެ. ޒެވިޔަން އަލީނާ އެ ބާރުގަދަ އަތުގެ ތެރޭގައި ބޮނޑިކޮށްލާފައި ހިފެހެއްޓުމެއްނެތި މޫނުގައި ބޮސްދިނެވެ. އަލީނާ އަކީ އޭނަގެ ކުޑަކުޑަ އެންޖެލް އެވެ. މިހާ މާތްކުއްޖަކު ދުނިޔޭގައި ވެދާނެ ކަމަށް ގަބޫލު ކުރުން މިއަދު އޭނައަށް ދަތިކަމަކަށް ވެފައިއެވެ. އެހާވެސް ހިތްތިރިއެވެ. މަންމަ މެން ބުނާނީ "މެއިޑް" އަކަށްވީމަ ދެން ޒެވިޔަން ހިތަށް އެރިހާ ގޮތެއް ހެދިޔަސް ޗުއްޕު ބުނެލަން ނުކެރެނީ ކަމަށެވެ. އެކަމަކު އެއީ އެހެންވާ ކަމެއްނޫނެވެ. އާއްމުކޮށް އެކަން ހިގާ އުސޫލަކީ އެއީ ނޫންކަން މަންމަމެންނަށް ވިސްނޭނެ ނަމައެވެ. ނިކަމެއްޗަކަށް ވެސް މޮޅެއް ލިބިއްޖެއްޔާ ހިތް އޮންނާނީ އާސްމާނުގައެވެ. އިންތިހާއަށް ބޮޑާވާނެއެވެ. ސީމާފަދަ މިސާލެއް އާއިލާގެ ތެރެއިންވެސް އެފެންނަނީ އެވެ.

ދެތިން ދުވަސްވީއިރުވެސް ޒެވިޔަން އުޅުނީ އާއިލާގެ މީހުންނާއި ތަންކޮޅެއް ދުރުންނެވެ. މޭޒުދޮށަށް ކާން ނާންނަން ކޮންމެ ވެސް ބަހަނާއެއް ދައްކާލައިފައި ޒެވިޔަން ނާންނާތީ ޒީބާ ވެސް ހުންނަނީ އެކަމާއި ދެރަވެ، ބޯ ހަލާކު ވާވަރުވެފައެވެ. ޒެވިޔަން ކުރީގައި އެހާ ލާނެތް ކޮށް އުޅެމުން ގޮސް، މިޒާޖު ހާދަ ބަދަލުވެއްޖެއެވެ. އެހެންނުވާ ވަރެއްވެސް ނޫނެވެ. އެމީހުން އެންމެން ވެގެން ނޭގިނަމަވެސް އޭނަގެ ދަރިފުޅު ހިތްހަރު، ރުޅިގަދަ ޒުވާނަކަށް ހަދައިފިއެވެ. އެންމެ ބޮޑަށް ކުށްވެރި ވަނީ ވެސް ޚުދު އޭނަ އެވެ. މިރޭވެސް ރޭގަނޑު ކެއުމަށް ޒެވިޔަން ނައިސްގެން މައިމޫން ގުޅުއްވި އިރު ޒެވިޔަންގެ ފޯނު އޮތީ ނިވާލާފައެވެ. އަލީނާ ވެސް ކުދިންގެ ކަންތަކާއި ހެދި ކާން ނާދެވުނެވެ. 

އެންމެން ހުސްވަމުން ގޮސް މިހާރު ކާ ކޮޓަރި ތެރޭގައި ތިބީ މައިމޫންގެ ދެމަފިރިން އެކަންޏެވެ. ކޮޓަރީގެ މޭޒު މަތީގައިވާ ޑިޒައިނަރ އުށްބައްތި ތަކުގައި ދިއްލާލައިފައިވާ އުށްބައްތިތަކުގެ ހިތްގައިމު އަލި މޫނަށް އެޅިފައިވާއިރު ވަކިން ފުރިހަމަކޮށް ދައްކައެވެ. ޒީބާ ގެ އެކްސިޑެންޓަށްފަހު މިހާރު އޭނަ އެހާ ރީތިވެ، މޭކަޕް ކުރާކަށް ޝައުގެއް ނުހުރެއެވެ. މިރޭވެސް މެރޫން ކުލައިގެ ކުރުތާ އަކާއި، ޖިންސެއްލައިގެން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައި ގެން އިންއިރު މޭކަޕްގެ އެއްވެސް ކަންފުޅެއް ނެތެވެ. ނަމަވެސް އެ އެމެރަލްޑް ފެހިދެލޮލުގެ ރީތިކަން އުށްބައްތީގެ ސަބަބުން މާ ފާހަގަ ކުރެވެއެވެ. އިސްތަށިގަނޑަށްވެސް ހީވަނީ ރަން ވިރުވާ އަޅާލައިފައި ވާހެންނެވެ. މައިމޫންއަށްވެސް އިރުކޮޅެއް ވާންދެން އަންހެނުންގެ ރީތިކަމަށް ބައްލަވައިގެން އިންނެވި އިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. 

ކުއްލި އަކަށް ފަޒާގެ ހިމޭންކަން މުގުރައިލީ ގަނޑުފެނުގެ ވާރޭވެހޭ އަޑު ފަޒާގައި މިއުޒިކެއް ފަދައިން ކުޅެވެން ފެށުމުންނެވެ. ކުޑަދޮރުތަކުން ވާރޭވެހޭ މަންޒަރު ފެންނަލެއް ބަލާބަލާ ފޫހި ނުވާހާ ރީއްޗެވެ. ފިނި މޫސުމް ވެސް ނިމެން އުޅެނީއެވެ. މައިމޫން ޒީބާގެ ރީތިކަމަށް ތައުރީފު ކުރެއްވުމުން ޒީބާގެ މޫނު ރަތްވެގެން ދިޔައީ އަލަތު އަންބެއް ފަދައިންނެވެ. ޒީބާ ފެށީ އަލީނާގެ ވާހަކައެވެ. އަލީނާ ފޮނުވައިލާން އުޅޭތީ ޒެވިޔަން ދެރަވާނެ ވަރެވެ.

"އަޅުގަޑަށް ވެސް މިހާރު ފެންނަކަމެއް ނޫން އަލީނާ މިގެއިން ފޮނުވައި ލުމަކީ، ކުދިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވާނެ، އައިމް ޓޯޓަލީ އެގެއިންސްޓް އިޓް، އަލީނާ އަކީ ޒެވިޔާގެ ވައިފް، ރިޔާ އެކޭ އެއްވަރަށް އެކުއްޖާއަށް ވެސް ރައިޓް އޮންނަން ވާނެ، އެހެންނޫނަސް ޒެވިޔާ އެލީ ދެކެ ވަރަށް ބޮޑަށް ލޯބި ވޭ، އެދެކުދިން ދުރުކޮށްފިއްޔާ ޒެވިޔާގެ ހިތް ހަލާކުވެދާނެ، އެފަދަ ދުވަހެއް ދެކޭކަށް ބޭނުމެއް ނޫން ހަނީ...." ޒީބާގެ އެ ޖުމްލަތަކުން މައިމޫންގެ ދެލޮލުން ވެސް ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާން ކަމެކެވެ. އެ ވާހަކަ ދައްކަނީ ޒީބާ ބާވައެވެ. އެއީ އަލީނާ މިގެއިން ދިޔުމާއި މެދު އެންމެ އުފާ ކުރަން ޖެހޭ އެކަކެވެ.

"ޒީބް ހީކުރަނީ އަހަރެން ޒެވިޔާގެ ފީލިންސްތައް ނޭގިގެން ނިންމި ކަމެއްކަމަށް ތަ؟ އެހެންނޫނަސް ޒީބް އަލީނާގެ ސައިޑް ނެގީމަ ހަމަ ޝޮކިން، ޒީބް މިވީހާތަނަށް ދެކެމުން އައީ އެއީ މެއިޑެއް ކަމަށް، ޒީބް އަލީނާ އަކީ ދަރިއެއްކަމަށް ދެކެން ފެށީ ކޮންއިރަކުންތަ؟ އައި ވޯންޓް ޓު ނޯ...." މައިމޫން އެހެން ބުނުއްވުމުން ޒީބާގެ މޫނުމަތި ރަތްވެގެން ދިޔައެވެ.

"އެހެނެއްނޫން، އެކަމަކު އަޅުގަނޑަކީ މަންމަ އަކަށް ވީމަ އަލީނާ އާއި ދަރިން ސެޕެރޭޓް ކުރީމަ ކުރެވޭނެ ހިތްދަތި އިހުސާސް އެނގުނީ، އެހެންވެ ސިމްޕަތީ ވެވުނީ...." ޒީބާ ފިނިވެފައިވާ ދެއަތް އުގުޅައި ލަމުން ބުންޏެވެ. އޭނަ އެއްގޮތަކަށް ވެސް އަލީނާ އާއި ނުލައި އުޅެން އުދަގޫވެފައިވާ ވާހަކަ މައިމޫންގެ ގާތުގައި ވެސް އެއްބަސްވާކަށް ނުކެރުނެވެ. އަލީނާ އަކީ އޭނައަށް ނުލިބުނު އަންހެން ދަރިފުޅެވެ.

"އަހަރެން ފިރިހެނަކަށް ވިޔަސް އެވަރު ވިސްނޭ. އެކަމަކު އަލީނާ އަކީ ކުޑައެއްކަމަކު އަހަރެމެން ހީކުރާހާ އެންޖެލިކް ކުއްޖެއް ނޫނޭ ޒީބް، އަހަރެން މިހިރީ މި ސިއްރު އަހަރެންގެ އެންމެ ކްލޯޒް މީހުންނަށް ވެސް ފޮރުވައިގެން. މިހާރު ބުނެފާނަން އަހަރެން އަލީނާ ފޮނުވާލަން ނިންމި ސަބަބު، ފުރަތަމަ އަމީންގެ ފަރާތުން އަލީނާ އަކީ ބައްޕަ ނެތް ކުއްޖެއްކަން އެނގުމުން ވެސް އެހާ ހިތްހަމަނުޖެހުނު، އެކަމަކު އަލީނާގެ ބޭބެއަކު އަހަންނަށް ގުޅާފައި އިންޒާރު ތަކެއް ދިނުމުން އެ ފެމިލީ ދެކެ މާ ބޮޑަށްވެސް ފޫހިވެއްޖެ، އަލީނާ އާއި މެދު މިފެމިލީ އިން ކަންތައް ކުރާ ގޮތުގެ ޑީޓެއިލް ވެސް އެމީހުންނަށް އެނގޭނީ އަލީނާ ކިޔައިދިނީމައެއްނު، އަދި ބުނި އަލީނާ ބުންޏޭ އޭނަ ވިހޭ ދެކުދިންނަކީ ވެސް ހަގީގަތުގައި ރިޔާގެ ކުދިންނޭ، އޭނަ ސެކަންޑް ވައިފް އަކަށް ހަދައިގެން ޒެވިޔާ އުޅެނީ އެކަނި ވާރިސެއް ނެތިގެން ފިރިހެން ދަރިއެއް ހޯދުމުގެ ބޭނުމުގަޔޭ، އަނެއްކާ އެ ބޭބެމެން ބުނީ ކުދިންވެސް މާލެ ގެންގޮސް ގެން ނުވާނެޔޭ، މަށަށް ތްރެޓް ކޮށްފައި ބުނި އެއްޗެއް އެނގޭތަ؟ ޒެވިޔާ އާއި އާޗްވެސް މަރާލާނީއޭ..." މައިމޫން ގެ ވާހަކަތަކުން ޒީބާ ބިރުގަނެއްޖެއެވެ. އެކަމަކު އަލީނާ އެހާ ބޮޑު ދޮގުތަކެއް އޭނަގެ ބޭބެމެން ގާތުގައި ނަހަދާނެ ކަމުގެ ޔަގީންކަން ޒީބާއަށް އެބައޮތެވެ. އަދި އެހާ އިތުބާރުކުރެވޭ އަންހެންކުއްޖަކު މި ދުނިޔޭގައި ވާނެކަމެއް ނޭގެއެވެ.

"އަލީނާ ނުބުނާނެ ތިހެނެއް، އެހެން ކޮންމެވެސް ގޮތަކުން ތި ޚަބަރު އެނގިގެން އެ ކްރިމިނަލްސް އިން ތި ކޯލް ކުރާނީ، މީހުން މެރުމަކީ އެމީހުންގެ ކަށީގައި ހިފާފައި ހުރިކަމަށް ވީމަ އެނެމީ އަކަށް ހަދާނެ މީހަކު ނުފެނިގެން ކުރިކަމަކަށް ވާނީ، އެލީއަށް ހެޔޮ އެދިގެނެއްނޫން، ބޭބެމެން އެލީދެކެ ލޯބިވާނަމަ އެލީ ގެއެއްގެ މެއިޑަކަށް ނޫޅޭނެ، އެމީހުންގެ ލޯޔަލް ކަމާއި މެދުގައި ވެސް ޝައްކު، އަޅުގަނޑުމެންގެ ޒެވިޔާއަށް ގެއްލުމެއް ނުދޭނެތަ؟ ހަނީ..." ޒީބާ ގެ ޚިޔާލަށް އެވަގުތު އައީ ސީމާ އެވެ.

"ނުބައި ނިޔަތެއްގައި ޒެވިޔާ އާއި އާއި ދިމާލަށް ބަލައިލާކަށްވެސް ނުކެރޭނެ، އެތާގައި އުޅޭ ހުރިހާ ކްރިމިނަލްސް އިން އެއްވިޔަސް އަދި އަހަރެންނަކާއި ނުކުޅެވޭނެ، އަހަންނަނީ ކާކުކަން އެނގޭނަމަ އެގޮތަށް ގުޅާކަށްވެސް ނުކެރޭނެ، އެމީހުންނަށް އަހަރެންގެ ބާރުން އެނގިފައި ވަނީ ކުޑަ އެތިކޮޅެއް، ހޫމް ޒީބް، އަހަންނަށް އެނގޭ ޒެވިޔާ އެލީ ގާތަށް ރާއްޖެ ގޮސްދާނެ ކަން، އެފަދަ ހާލަތެއް އަޔަސް އަހަރެން ހުންނާނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި، ޒީބް އެއްގޮތަކަށް ވެސް އަހަރެމެންގެ ކުދިންގެ ކަންތަކާއި މެދު ފިކުރު ނުކުރޭ، އަހަރެން ގެ އަމިއްލަ ފުރާނަ ގުރުބާން ކޮށްގެން ވެސް އެކުދިންނަށް ރައްކާތެރިކަން ހޯދަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން، ސިކިއުރިޓީ ހޯދުމަށްފަހު މާތް ﷲ އާއި ވަކީލުކުރުމުން ދެން ޔަގީންކަން އޮވޭ، ދޭ ވިލް ބީ ޕްރޮޓެކްޓެޑް ގޯޑް ވިލިން...." މައިމޫންގެ ވާހަކަތަކުން ޒީބާގެ މޫނުމަތި ކުރިއަށްވުރެ އަލިވެލައިފިއެވެ. ޒެވިޔަން އާއި އަލީނާގެ ގުޅުން ކެނޑިގެން ނުދާނެފަދަ ގޮތެއް މެދުވެރި ކުރެއްވުމަށް އެދި ދުއާ ކުރެވުނެވެ.

ޒެވިޔަން ފެންވަރާ ނިމިގެން ތުވާލިން ގައި ހިއްކަން ފެށި ތަނާ ރިޔާ އެތަނަށް ވަނެވެ. އޭރު ބާތުރޫމްގެ ތެރޭގައި އާވި ގަދަކަމުން ހީވަނީ ދުންފިނި ފައިބާފައި ވާހެންނެވެ. އެއާވީގެ ތެރެއިން ޒެވިޔަން ފެނުނީ އާދަޔާ ޚިލާފަށް ރީތިކޮށެވެ. އެހެން ހުރެފައި ކުޑަކޮށް އެނބުރި ބަލައިލުމުން ރިޔާގެ ހިތް ފިދާވިއެވެ. އިސްތަށިގަނޑުން މޫނަށް ފައިބަމުން ދިޔަ ފެންތިކިތައް މޫނުގައި ބޮސްދީފައި ތިރިއަށް ދެމިގަންނަނީ ހުދު ޖަވާހިރު ތަކެއް ފަދައިންނެވެ. އެ އޮމާން ހަށިގަނޑުގައި އެންމެ ލަފެއް، ލަކުނެއް ނެތް އިރު މޮޑެލް އަކަށް ވުރެ ފުރިހަމަ އެވެ.

"ސޯ ހެންޑްސަމް...." ރިޔާ އެއައި ގޮތަށް ޒެވިޔަންގެ ކޮނޑުގައި އެލިގަތެވެ.

"އަދި ކިރިޔާ ތި އެނގުނީ؟ ހޫމް އައިމް ހެންޑްސަމް ލައިކް އެ ޑެވިލް، އެކަމަކު ރިޔާ އަށް އެވަރަށް އަހަރެން އާދޭސް ކުރި އިރުވެސް ޑިމާންޑެއް ނެތް...." ޒެވިޔަން އެއް ބުމަ އަރުވާލިއެވެ.

"ޒެވިޔާ، އެއީ ޕާސްޓް، ދެނެއް އެ މިސްޓޭކެއް ނަހަދާނަން، ޔޫ އާ މައި އެވްރީތިން، އަދި ޒެވިޔާ އާއި އެކީގައި ލައިފް ގެ ބާކީއޮތްބައި ހޭދަކުރަން ކޮންމެފަދަ ކަމެއްވެސް ކުރަން އަހަރެން ނިންމައިފިން، އަހަރެމެން މެރިޖް ސޭވް ކުރަން މިހާރު ގޮތެއް ހޯދައިފިން، އެއްވެސް ސައިޑް އިފެކްޓެއްނެތް ނެޗުރަލް ލުބްރިކެންޓެއް ފެނިއްޖެ....." ރިޔާ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލީ ކާމިޔާބުން ފުރިގެންވާ ގޮތަކަށެވެ. ރިޔާ ހީކުރީ ޒެވިޔަން ނުތަނަވަސްވެ، ކަންބޮޑު ވާނެ ކަމަށެވެ. މޫނުމަތިން ވެސް އެކަން ފާޅުވާނެ ކަމަށެވެ. ރިޔާ އެއްފަރާތަކަށް ޖައްސާލައިފައި އަލީނާ އާއި އެކީގައި ދިރިއުޅެން ދައްކާން އޮތް އުޒުރަކީ އެއީ ވިއްޔާއެވެ. ރިޔާގެ އުނިކަމަކީ އެއީއެވެ. އޭނަ ހައްލެއް ހޯދައިފިއެވެ. ދެން ޒެވިޔަން އަށް އަލީނާ ދޫކޮށްލަން މަޖުބޫރު ވާނެ އެވެ.

"ލެޓް މީ ސީ...." ޒެވިޔަން ހުރީ ހަމަޖެހިލައި ގެންނެވެ. ޒެވިޔަން ރިޔާގެ އަތުގައި އޮތް ލުބްރިކެންޓްގް ބްރޭންޑް ނޭމް ބަލައިލުމާއި އެކު ކުރީގެ ހަނދާނެއް އައެވެ. އޭރު ރިޔާ އެފަދަ އެއްޗެއްވެސް ޓެސްޓްކޮށްލާކަށް ބޭނުމެއް ނުވިއެވެ. ގަދަކޮށްލާފައި ބުނާނީ ހުރިހާ އެއްޗަކަށް އެލާޖިކް ވަނީ ކަމަށެވެ. ގުޅޭ އެއްވެސް އެއްޗެއް ހުންނަ ކަމަކަށް ނުވެއެވެ. ޒެވިޔަން އެ ހަނދާން ކޮށްދިނުމުން ރިޔާ ހީގަނެފައި ބުނީ އެއީ ރިޔާގެ "ވައިޓް ލައިސް" ކަމަށާއި އެ ފަދަ ކުދި ދޮގުތަކުން ގެއްލުމެއް ނުވާނެ ކަމަށެވެ.

"ޒެވިޔާ، ކޯންޗެއްތަ ތި ވިސްނަނީ؟ މިހާރު އެލީ އަކީ ބޭކާރު ކުއްޖެއްނު، އެއްވެސް ކަމެއްކޮށް ނުދެވޭނެ، ޒެވިޔާ ހުރިހާ ހިތްހަމަޖެހުމަކުން ޑިޕްރައިވް ވެފައި ހުންނަތާ ކޮން ދުވަހެއްތަ؟ ޔަގީން ޕްރެގްނެންސީގައި ވެސް ޒެވިޔާ އާއި އެލީ އުޅުނީ ދުރުން ކަން، ބޭބީސް ޕްރިމެޗުއަރ ކޮށް ޑެލިވަރ ކޮށްފާނެތީ އެލީ އުޅުނީ ހަމަ ބިރުންދޯ....." ރިޔާ ޒެވިޔަންގެ މޫނުމަތީގައި ފިރުމާލީ ވަރަށް ލޯބިންނެވެ. ޒެވިޔަން ރިޔާގެ އަތް ދުރަށް ޖައްސައިލުމަށްފަހު ބާތުރޫމުން ބޭރަށް ނިކުތް އިރު ކޮޓަރި ޒީނަތްތެރި ކޮށްލާފައި ވަނީ ރަތްކުލައިގެ އުށްބައްތި ތަކުންނެވެ. ހިތުގެ ބައްޓަމަށް ވާ އެ އުށްބައްތި ތަކުގެ އަލިން ކޮޓަރި ވަނީ އުޖާލާވެފައެވެ. 

ޒެވިޔަން ލޯގަނޑު ކައިރީގައި ހުއްޓުމުން އެތާހުރި އުށްބައްތިގެ ހުޅުކޮޅުގެ ސަބަބުން ޒެވިޔަންގެ ލޮލުގެ ކުލަ ބަދަލު ވަމުންދާތަން ފެނުމުން ރިޔާ އާޝޯޚުވެފައި، ކަޅިވެސް ޖަހާނުލައި ބަލަހައްޓައިގެން ހުއްޓެވެ.

"ރިއަލީ؟ ރިޔާ ހާދަ މޮޅޭ، މަށަށް ނާންގާ އަނެއްކާ އަހަރެމެން ރޫމްގައި ކެމެރާ ބަހައްޓާފައި ހުރީތަ؟ އަހަރެން އެލީގެ ރޫމްގައި ކުރާހާ ކަންތައް ރިޔާ އަކަށް އެނގޭނެ އެނޫން ގޮތެއް ނުވާނެ...." ޒެވިޔަން ލާނެތް ގޮތަކަށް އެއް ލޯ މަރާލި ގޮތުން ވެސް ރިޔާ މޮޔަވާ ވަރުވިއެވެ. ޒުވާންވަމުންދާ ވަރަކަށް ފިރިހެން ވަންތަކަން އިތުރުވެ ރީތި ވަނީ އެވެ. މަންމަ ބުނާ ފަދައިން އެހާ ރީތިވީމަ ދެން ފޮނިނުވާވަރެއް ވެސް ނޫނެވެ. އެއްގޮތަކަށް ވެސް އޭނަ ޒެވިޔަން އަލީނާއަށް ދޫކޮށެއް ނުލާނެ އެވެ.

"ޒެވިޔާ، ދެން މިރޭ އެލީގެ ރޫމަށް ނުގޮސް އަހަރެންގެ ގާތުގައި މަޑުކޮށްބަލަ...." ރިޔާ ޒެވިޔަންގެ އަތުގައި ހިފަހައްޓާލި އިރު ހިތުގެ ތެޅުން ޒެވިޔަންއަށް ވެސް އިވޭނެކަން ޔަގީނެވެ. 

"ސޮރީ، ނޮޓް ޓުނައިޓް، އަހަރެން މިރޭ ނެތް މޫޑެއް، އެހެން ފަހަރަކުން ޓްރައި ކޮށްލާނީ ދޯ، ގުޑްނައިޓް ޑާލިން، ސްލީޕް ޓައިޓް...." ޒެވިޔަން ގެ އެ ޖުމްލައިން ރިޔާއަށް ލިބުނީ ޝޮކެކެވެ. ހީވީ ޒެވިޔަން އޭނަގެ ހިތުގައި ހިފާ ޗަސްކޮށްލި ހެންނެވެ. ގަތް ލަދުން ގޮސް ރިޔާގެ މޫނަށް ހީވީ އުށްބައްތީގެ ކުލަ އަރައި ގެން ދިޔަހެންނެވެ. ވަގުތުން ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތައް ދޫކޮށްލާފައި ފައިބައިގަތީ އޭނަގެ ހުއްދަނެތިއެވެ. ޒެވިޔަން އެބުނި ބަހުގެ ސަބަބުން އޭނަގެ ހިތުގައި ޒެވިޔަން އާއި މެދުގައި އުފެދުނު ޝަކުވާތައް އިންތިހާއަށް ދިޔައެވެ.

ޒެވިޔަން މިރޭ އެއްވެސް ކަމަކަށް ބޭނުމެއް ނުވެއެވެ. އޭނަ ހުރީ ހޫނު ފެނުން ފެންވަރައި ލުމަށްފަހު ގަދަޔަށް ނިދާލަން ބޭނުންވެފައެވެ. އެހެން ނޫނަސް މިއަދު ޒެވިޔަން ހުރީ ބުރަ ޑިއުޓީ އަކަށް ފަހު ކުދިންނާއި އަލީނާގެ ކަންތަކުގައި އުޅެން ހަދައިގެން ވަރުބަލިވެސް ވެފައެވެ. ކޮޓަރީގެ އިޝްގީ މާހައުލާއި، ރިޔާގެ ރީތިކަން އަދި ފަޒާގައި ހަރުލާފައިވާ ވާރޭގެ އަޑުން ވެސް އެ ހިއްސުތައް ހެޔެއް ނުލިއެވެ. އެހެންނޫނަސް ރިޔާ އަށް އެހާ އިތުބާރެއް ވެސް ނުކުރެވެއެވެ. އެންމެ ފަހު ވަގުތުގައި ރިޔާ ކޮންމެވެސް އުޒުރެއް ދައްކާފައި ޒެވިޔަންއަށް ކެއްސެއް ދީފާނެއެވެ. ރިޔާގެ ފަރާތުން ޒެވިޔަން އެފަދަ ތަޖުރިބާ ކޮށްފައި ވަނީ މަދެއްކޮށް ނޫނެވެ. ޒެވިޔަން ޖިންސާއި އެކު ޓީޝާޓް ވެސް ވައްޓާލައިފިއެވެ.

"ހައު ކުޑް ޔޫ ރިޖެކްޓް މީ...." ރިޔާ ހިތާހިތުން ހަޅޭއްލަވައި ގަނެވުނު ނަމަވެސް އޭނަގެ ކަރުތެރެއިން އަޑެއް ބޭރެއްނުވިއެވެ. އެހާވެސް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. ޒެވިޔަން އޭނަގެ ހާލަތާއި މެދު އެއްވެސް ވަރަކަށް އަޅާވެސް ނުލައި ދާން ހިނގައިގަތެވެ. ރިޔާ އެނދަށް ބަންޑުން ވެއްޓި ގަތް ގޮތަށް ބާލީހުގައި ބާރަކަށް ދައިގަތް ނަމަވެސް އޭނައަށް ރުއިން ހިފަހައްޓައެއް ނުލެވުނެވެ. 

ޒެވިޔަން އަލީނާގެ ކޮޓަރިއަށް ވަންގޮތަށް އަލީނާ އާއި ކުދިންނަށް ރޭގަނޑުގެ ސަލާމްކޮށްލާފައި އެނދަށް ވެއްޓި ގަތުމާއި އެކު ފުން ނިންޖަކަށް ގެނބުނެވެ.

މީހަކު މާބާރަކަށް ދޮރުގައި ތަޅަން ފެށުމުން އަލީނާ ދޮރުހުޅުވާލީ ނިދާ ހެދުމުގެ މަތިން ކޯޓެއް ލައިގެން ސްކާފް ވެސް ބޮލަށް މަހާލައި ގެންނެވެ. އެގޮތަށް ފޮރުވިގެން ހުރިއިރުވެސް އަލީނާގެ ކުޑަ މޫނު ކޮޅު ފެނިލި ގޮތުން ހީވީ ދިހަބާރަ އަހަރުގެ ކުއްޖެއް ހެންނެވެ. ދޮރު ކައިރީގައި ހުރީ ރިޔާއަށް ހިންދިރުވައި ލެވުނެވެ. އެންޖެލިކް އަލީނާ އޭ ނުބުނެވޭ ވަރެއް ނޫނެވެ. ހާދަހާ ލޯތްބެވެ. ރިޔާގެ ހިތުގައިވާ ހަސަދައިގެ އަލިފާން ކޮޅު އެހާ ގަދަޔަށް އަނދައިގަތް ވަގުތެއް ނާދެއެވެ. ހީވީ މުޅި ހަށިގަނޑުގައި ވެސް ރޯވެގަތް ހެންނެވެ. އެ ހޫނުގެ ދިލަ ރިޔާގެ ސިކުނޑި ފިއްސާލައިފިއެވެ. އިރުކޮޅަކަށް ވާނުވާ ނޭގޭ ވަރުކޮށްލި އެވެ. 

ރިޔާ އަލީނާގެ އަތުގައި ހިފާ ދަމައިގަނެގެން ތަޅުވައި ގަތުމުން އަލީނާއަށް ސިހުމެއް ލިބުނެވެ. ކުރިންވެސް ރިޔާގެ ފަރާތުން އެފަދަ "މޮޔަ" ކަމެއް ފެނިފައި ވާތީ އޭނަ އާއި ކުދިންނާއި ވަކިކުރުވަން އުޅޭކަމުގެ ބިރުން އަލީނާ ބޭނުންވީ އަޑުކޮޅަށް ހަޅޭއްލަވައި ގަނެފައި އެންމެން އެއްކުރުމަށެވެ. ނަމަވެސް ރިޔާ ރޮއިރޮއި ހަނާވާން ފެށުމުން އަލީނާގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. އެހެންނޫނަސް ޒެވިޔަންގެ ކައިރީގައި ކުދިން ތިބުމުން އަލީނާގެ ޔަގީންކަން އިތުރުވިއެވެ. އަލީނާ ދޮރު ލައްޕާލައިފައި ކޮރިޑޯއަށް ނިކުމެއްޖެއެވެ. އެ ފުޅާ ކޮރިޑޯގައި ފަނޑު އަލިކަމެއްވާއިރު، ލުއި މީރުވަހެއްވެސް ހިފާލައިފައި ވެއެވެ. ޒެވިޔަން މިރޭ ބޭނުންކޮށްފައި ހުރި ސެންޓްގެ ވަސް އަދިވެސް މާހައުލުގައި ހިފާލައިފައި ވަނީ ކަންނޭގެ އެވެ.

"އަލީނާ، ހީ ރިފިއުޒްޑް ޓު ސްލީޕް ވިތް މީ...." ރިޔާ ގެ އެ ޖުމްލައިން އަލީނާ ކުޑަކޮށް ރަކިވިއެވެ. ކޯތާފަތުން މަޑު މަޑު ރަތްކުލައެއް ފާއްދާލައިފިއެވެ.

އަލީނާ އަށް ކިޔަންވީ އެއްޗެއް ނޭގުނެވެ. އޭނަ ހުރީ ހިމޭނުންނެވެ.

"ކިހާ އަންފެއަރ، ޒެވިޔާ ގާތު ބުނެބަލަ އަހަންނަށް އެހެން ހަދަނީ ކީއްވެހޭ، އެކަނި އަލީނާ އާއި އެކުގައި އުޅެން ބޭނުން ވުމަކީ އިންސާފެއްތަ؟ ވަޓް އެބައުޓް މައި ރައިޓްސް؟ އަލީނާ، ސަފާ ކުރަން މިޖެހުނީ އަހަރެން އެކަނި، އަބަދު ރޮއި ރޮއި ހުންނަން މިޖެހުނީވެސް އަހަރެން، އެލީ ތިހުންނަނީ އަހަރެންގެ ހަޒްބެންޑް ޖަހައިގެން އުފަލުން، އެއް ބޭބީ އަކު އެބޯޓް ވާއިރަށް ވެސް އެހާ އަވަހަށް ޕްރެގްވީ، ޓްވިންސް ލިބުނީ، ސޯ އަންފެއަރ، އެލީ ގިވް މީ ބެކް މައި ހަޒްބެންޑް.... ޕްލީސް......" ރިޔާ މޫނުގައި އަތް އަޅައިގެން ރަނގަޅަށް ވެސް ރޯންފެށިއެވެ. އަލީނާގެ މޫނުގެ ކުލަ ބަދަލުވިއެވެ. ދެ އަނބިން ގެންގުޅެން ވުމުން ޖެހޭނެ މައްސަލަ ތަކުގެ ބޮޑުމިން އަލީނާއަށް ރޭކާލާން ފެށިއެވެ. އެއީ މިވީހާ ދުވަހު އަލީނާ ޚިޔާލު ކުރި ހިސާބެއް ނޫނެވެ. ނަމަވެސް މިރޭ އެހިސާބަށް ވެސް ވިސްނުން ގެންދަން ރިޔާ މަޖުބޫރު ކޮށްފިއެވެ. ސިކުނޑީގައި ސުވާލު މާކުތަކެއް ޖައްސައިފިއެވެ.

ކޮމެންޓް 0