ދެން ނޭވާނުލައި، ހިތްހުއްޓުނީމަ އެނޫން ގޮތެއް ނޯންނާނެ ދޯ، ނޫނީ އެހާވެސް އަހަރެންދެކެ ބިރުގަންނަނީތަ؟" ޒެވިޔަން އެތާހުރި ޗެރީ ބްލޮސޮމް ގަހެއްގެ ގޮފިގަނޑުގައި އަތް އަޅުވާލައިގެން ހުރީ މޮޑެލްއެއް ފަދައިންނެވެ. ސްޕްރިންގެ ހެދުންތަކުގެ އިޝްތިހާރެއް ފަދައެވެ. 

"ނޫން، ނޫން، އަޅު...އަޅުގަނޑު..." އަލީނާއަށް ޒެވިޔަން ފެނުނީމަ ހިތަށް އަރާހާ އެއްޗެކޭ ބުނާކަށް ދޫ ހަރަކާތެއް ނުކުރެއެވެ. ރަކިވެގެން ގޮސް މިއޮތް ފިނިގަދައިރުވެސް ނިތްކުރީގައި ދާހިއްލާލައިފިއެވެ. އެހެންވެ އެހެން ވާހަކައެއް ދައްކައިގެން ޒެވިޔަންގެ ސަމާލުކަންވެސް އަނބުރައިލަން އަލީނާ އުޅުނީއެވެ. އަލީނާ ހެދުމުގެ ފަސްބައި ހިއްލައިލައިފައި ވަށައިގެން ނަޒަރު ހިންގާލިއެވެ. ފަޔަށް އަރުވާފައިވާ އިސްޓާކީނުގެ ސަބަބުން ޒެވިޔަންއަށް އެ ފައިވެސް ފެންނަ ގޮތެއްނުވިއެވެ.

"ތިހިރީ ވާވަރަކީ، އެކަމަކު ވަރަށް ފަސޭހައިން ބިރެއްނުގަނެޔޭ ބުނެފިއެއްނު، މަ ދާންވީތަ؟ ނޫނީ....." ޒެވިޔަން އެއްބުމަ އަރުވާލައިފައި ގޮފިން ދޫކޮށްލައިފިއެވެ. ބައެއްމާތައްވެސް އޭނަގެ މޫނާއި އިސްތަށިގަނޑުގައި ބޮސްދިނުމުގެ ފަޚުރު ލިބިގަތެވެ. އިރުގެ އަލި އެލޮލަށް އެޅުމުން ލޮލުގެ ކުލަބަދަލުވި ގޮތްވެސް ހާދަ ނަލައެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އަލީނާ ހުރީ އެސްފިޔަ ޖަހައިލަން ވެސް ނޭގިފައެވެ.

"ނުދިޔަސް ރަނގަޅުވާނެ، ތިގަހުގައި ސްނޭކް އުޅޭނެތަ؟" ކުއްލިއަކަށް އަލީނާއަށް އަހައިލެވުނެވެ.

"ނޯ، މަށެއް ނުދެކެން، މިއޮތީ މާތަކުން ބަރާވެފައެއްނު، އަލީނާ ބިރުގަނޭތަ އެއެއްޗެހި ދެކެ؟ ހެއްދެވިފަރާތަށް ނޫނީ ބިރުނުގަނެބަލަ، އެހެންނޫނަސް ތިބުނާ ހުރިހާ އެއްޗެއްވެސް އަހަރެންދެކެ ބިރުގަނޭ، ޔޫ ނޯ އަލީނާ، ފިއަރ އިޒް ލައިކް ދެޓް، އަލީނާ ގެ ބިރު އިހުސާސްވީމަ އެއެއްޗެހިވެސް އަލީނާ ފަހާދުވާނެ، އެކަމަކު އަލީނާ ބިރުނުގަތްކަން އެނގިއްޖެއްޔާ އެއެއްޗެއްސަށް ނުކުރޭނެ ކައިރިވާކަށް، ވީމަ ހިތްވަރުގަދަ ކުއްޖަކަށް ވެބަލަ......" ޒެވިޔަން ކުޑަކޮށް ސީރިޔަސްވެލިއެވެ. ޒެވިޔަންގެ ވާހަކަތައް އަލީނާއަށް ގަބޫލު ކުރެވުނެވެ. އޭނަ ފެނިއްޖެއްޔާ ކުރަފި، ފައިދިގުމަކުނު ފަދަ އެއްޗެހި އޭނަ ފަހާ އަންނަ ސަބަބަކީ އޭނަ ބިރުން އުޅޭކަން އެ މަޚުލޫގަށްވެސް އިހުސާސް ވާތީއެވެ. އެކަމަކު ދޮންބެމެން ފެނިއްޖެއްޔާ ކުރަފި އުދުހި ގަންނާނީ ދުރަށެވެ. އަދި ދޮންބެ ގެންގުޅުނު ކުޑަ ރާބޮނދިވެސް އެހެން މީހުން ފެންނައިރަށް އަތުނުޖެހި ވަލުތެރެއަށް ވަދެގެން ދުއްވައި ގަންނާނެއެވެ. އެކަމަކު އަލީނާ ދުރުން ފެނުނަސް އޭތި އަލީނާ ފަހައި ގަނެއެވެ. އަލީނާ ހަޅޭއްފަޅޭއްޖަހަމުން ދުވެފައި ދާއިރު އެހެން ފަދަކަމެއްހެން ހީވާނެއެވެ.

"ދެޓްސް ޓްރޫ، އެކަމަކު ހުރިހާ އެއްޗެހިގެ ތެރެއިންވެސް އެންމެ ފަކުރު ހީވަނީ ސްނޭކް ފެމިލީދެކެ....." އަލީނާ ހިނިތުންވެލިއެވެ. އޭރުވެސް އޭނަގެ ހިތްވަނީ އަވަސްވެފައެވެ. ފިނިވެ ގަނޑުފެންކޮޅަކަށް ވެފައިވާ އަތްތިލަ ހޫނުކޮށްލަން ދެއަތް ކާއްތައި ލެވުނެވެ.

"މިގޭ ގާޑަން ސަރަހައްދުގައި ސްނޭކެއް ނޫޅޭނެ....." ޒެވިޔަން ގެ ފެހި، ފުންދެލޮލުން ބަލައިލި ގޮތަކުން އަލީނާ އަދި މާ ބޮޑަށް ރަކިވިއެވެ. ޔަގީނުންވެސް ވިހަ ހަރުފައެއް ނުފެންނާނެއެވެ.

"އެކަމަކު މެ....." އަލީނާ "މެޑަމް" އޭ ކިޔަން އުޅެލާފައިވެސް ތުންފަތުގައި ދައިގަތެވެ. އެއްގޮތަކަށްވެސް ޒެވިޔަންގެ މަންމަގެ ޝަކުވާ ކުރުމަކީ ރަނގަޅު ގޮތަކަށް ނުވެ ހިނގައި ދާނެއެވެ. ޒީބާ އޭނަ ޖަލުގައި ތާށިކުރަން އޭނައަށް އޮޅުވައިލީކަން ޔަގީނެވެ. ހަރުފަ އުޅޭނެއޭ ކިޔައިގެން ދޮގުހަދައިގެން ގޭގެ ހަތަރުފާރުން އެތެރޭގައި އޭނަ ގައިދީއަކަށް ހެދީއެވެ. ހަރުފަ އެއްޗެހި އުޅޭނަމަ ރީތި ބަގީޗާއެއް އޮތުމަކީ މާނައެއް ނެތްކަމެކެވެ. ގުދުރަތީ ރީތިކަމުން ލިބޭނެ އުފަލެއް ނުވާނެއެވެ. ޒެވިޔަން އެއްޗެކޭ ބުނަން އުޅެނިކޮށް ބެލްކަނިން ރިޔާ އެދިމާލަށް ބަލާލައިފައި ކަޅިއަޅާލައިފައި ދިޔަތަން ފެނުނެވެ. ޒެވިޔަން އަނގަޔަށް ގޮތެއް ހަދާލައިފިއެވެ. އޭނަ އަލީނާ އާއި ތަތްކުރުވަން ރިޔާ އުޅޭ އިރު އެގޮތަށް ލޯއެޅުމުގެ މާނައެއް ޒެވިޔަންއަށް ނޭގުނެވެ.

"އެކަމަކު ހިތަށް އެރީ ގަސްތައް ގިނަވީމަ ޒާތްޒާތުގެ އެއްޗެހި އުޅެދާނެޔޭ، އެހެންވެ ގޭގައި ބަންދުވެގެން އިންނަނީ....." އަލީނާ ޒެވިޔަންގެ ފެހިދެލޮލަށް ބަލައިލިއެވެ. އޭރު ޒެވިޔަން ހުރީ ފޫހިވެފައި ކަހަލަ ގޮތަކަށެވެ. ވިސްނުމެއްގެ ތެރޭގައި ހުރެ އޭނަ ފޯނުން މީހަކަށް މެސެޖް ކުރިތަން އަލީނާއަށް ފެނުނެވެ.

"ސްނޭކަށްވުރެ އިންސާނުންވެސް މާ ނުރައްކާތެރިވާނެ. އަހަރެން ހުރީމަ ދެން އަލީނާ ހުންނާނީ ބިރުން ނޭވާވެސް ނުލައި. ސޯ އެންމެ ރަނގަޅުވާނީ މަ ދިޔައްޔާ ދޯ، ކޯލް މީ ސްނޭކެއް ފެނިއްޖެއްޔާ، އަންނާނަން ރެސްކިއުއަށް އިނގޭ...." ޒެވިޔަން ލާނެތް ހުނުމަކާއި އެކު އަލީނާ އެކަނިކޮށްލާފައި ދާންހިގައި ގަތުމުން އަލީނާއަށް ހައިރާން ކަމާއިއެކު ބަލަހައްޓައިގެން ހުރެވުނެވެ. އޭރުވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ. އަޖައިބު ވަނީ ޒެވިޔަން ނެތި ވަށައިގެންވާ ރީތިކަމުންވެސް އުފަލެއް ހޯދަން ހިތް ނޭދޭތީއެވެ. 

އަލީނާ އަނބުރާލައިފައި ގެއަށް ވަންއިރު ޒެވިޔަން އާއި ރިޔާ ކޮންމެވެސް ވާހަކައެއްގައި ތިބިތަން ފެނުނެވެ. ރިޔާގެ ލޮލުގައިވާ ކަރުނަތަކާއި އެކު އަލީނާ އާއި ދިމާލަށް ކަޅިއަޅައި ގަތުމުން އަލީނާ ގެ މޭގަނޑުވެސް އަގަޔަށް ނައީ ކިރިޔާއެވެ. ރިޔާ ރުއީ އޭނަ އާއި ޒެވިޔަން ވާހަކަދެއްކިތަން ފެނުނީމަބާވައެވެ. އަލީނާ ވައިރޯޅިއެއްހެން ގޮސް ކޮޓަރިއަށް ވަދެ އެނދުގެ ރަޖާގަނޑުދަށަށް ވަދެ ފިލިއެވެ. ކޮންމެ ވަގުތަކުވެސް ރިޔާ އަންނަ ގޮތަށް އޭނަގެ ހެދުންތައްވެސް ދަމައިގެންފާނެހެން ހީވިއެވެ. ޒީބާގެ އަތްދަށުގައި އެއްފަހަރު އެފަދަ ތަޖުރިބާއެއް ކުރެވިފައި ވާތީ އެ ޅަހިތުން އެ ހަނދާންތައް ފިލައިގެން ދާގޮތެއް ނުވަނީއެވެ. ހުރިހާ ކަމަކަށްވުރެވެސް އޭނައަށް ހަށިގަނޑު ފޮރުވުން މުހިއްމެވެ.

"ރިޔާ، ޔޫ އާ މިސްޓޭކެން، އަހަރެން ނެތިން ދުވަހަކުވެސް ޒެވިޔަން އާއި ރިޔާގެ ދޭތެރެއަށް ވަންނާކަށް، އަހަރެން ޒެވިޔަން އާއި އެކަށީގެންނުވާ މީހެއްކަމަށް ގަބޫލު ކުރަން، ރިޔާ، އަހަރެންދެކެ ތިހާ ރުޅިއަންނަނީ ކީއްވެތަ؟ މާތް ﷲ ދެނެވޮޑޮގެންވާނެ އަހަރެން ކުށެއް ނުކުރާކަން، އަހަރެން މިގެއިން އެންމެ އިތުބާރުކުރި މީހަކީ ރިޔާ، ހުރިހާ ސިއްރުތަކެއްވެސް ކިޔާދިނީ ރިޔާއަށް، އެކަމަކު ނިކީ ގެ އެ ހިތާމަވެރި ހާދިސާ އާއި ބެހޭ ގޮތުން ރިޔާ އެންމެ ފަހަރަކުވެސް ސުވާލު ކުރިނަމަ، އަހަންނަށް އެނގޭ ރިޔާ ރުޅި އަންނަނީ އަހަންނާއި ޒެވިޔަން އަނގައިން ބުނާތީކަން، އެއީ އެކަނި ޒެވިޔަންގެ ފަރާތުންވެސް އަހަރެން ބޭނުންވާ އުފަލަކީ، އެކަނި ވާހަކަދައްކާލިޔަސް ރިޔާ ނުރުހުންވަނީތަ؟ އަހަރެންހާ ބަދުނަސީބު މީހަކަށް އެވަރުގެ އުފަލެއްވެސް ހައްގެއްނޫންތަ؟ އެލޯބީގައި ފަނާވެގެންދިޔަސް އަހަރެން ޒެވިޔަން އާއި ދުރުން އުޅޭނަން، ހީޒް އޯލް ޔޯސް....." އަލީނާ ރަޖާގައި ދަތްއަޅައިގެން އޮތްއިރު އެ ކަޅުދެލޮލުގައިވެސް ކަރުނަތިކިތައް ވިދަމުންދިޔައެވެ. އޭނަ ހާދަ ނަސީބު ދެރައެވެ.

ރިޔާ ޒެވިޔަން އާއި އަރައިރުންވެފައިވެސް ހިތްހަމައެއް ނުޖެހުނެވެ. އޭނަ ގޭގެ އެތަންމިތަނަށް ބޯކޮށްޕަނިކޮށް ޒީބާ ޓެރެސްގައި އެކަނިމާއެކަނި ޕޮޓްތަކެއްގައި މާގަސްތަކެއް އިންދަން ހުއްޓާފެނުނެވެ. ރިޔާ އޭރު ހުރީ ލައިލަކް ކުލައިގެ ސްވެޓަރ ކޮޅަކާއި، ޓައިޓެއްގައެވެ. އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލާފައި ހުޅިއެއް ޖަހާލާފައި އޮތަސް އެ ރީތިކަން ފަނޑެއްނުވެއެވެ. ރިޔާ އައިގޮތަށް އެތާހުރި ގޮނޑިއަކަށް ތިރިވިގޮތަށް ބާރަށް ރޮއިގަތުމުން ޒީބާ ކުރަން ހުރި ކަމެއް ހުއްޓާލާފައި އައިގޮތަށް ރިޔާ މަސަލަސް ކުރަން އުޅުނެވެ.

ރިޔާއަށް ވާހަކަދެއްކޭ ވަރުވީވެސް ޒީބާ އެތައްވަރަކަށް މަސައްކަތް ކޮށްގެންނެވެ. މާބޮޑު ކަންތައްގަނޑެއް ހިގައިގެން އުޅޭކަމަށް ހީކުރެވި ޒީބާ ހާސްވިވަރުން ޒެވިޔަންއަށް ގުޅަންވެސް އުޅުނެވެ.

"މަންމާ، އަހަރެން ބޭނުމެއްނޫން ދެން ދަރިއެއް، ޒެވިޔަން އެހެން އަންހެނަކާއި ގުޅިގެން އުޅޭތަން ދެކޭކަށް ހިތްހަމައެއްނުޖެހޭ، މިއަދުވެސް ޒެވިޔާ އެ އަންހެންމީހާ އާއި އަނގައިން ބުނިތަން ފެނުނީމަވެސް އަހަރެންގެ ގައިގައި ހުޅުރޯވެގަތްހެން ހީވީ...." ރިޔާ އެސްފިޔަތައް އުފުލައިލި އިރު އެ ލޮލުގައި އަދިވެސް ކަރުނަތައް ހުއްޓެވެ. 

"އައި ކެން އަންޑަސްޓޭންޑް ދަރިފުޅާ، އެހެންވިއްޔާ އަލީނާ ރާއްޖެ ފޮނުވައިލަންވީ ދޯ...." ޒީބާގެ ހުރިހާ ރޭވުންތައް ފެނަށްވާން އުޅޭކަމުގެ ރަތް ސިގްނަލްތައް ފެންނަން ފެށީއެވެ. ނަމަވެސް ރިޔާ އެއްބަސް ނުވަންޏާ އޭނަ މަޖުބޫރުކޮށްގެން އެފަދަކަމެއް ކުރުވާކަށް ބޭނުމެއްނެތެވެ.

"ޕްލީސް ޕްލީސް މަންމާ، މިއަދުވެސް އަޅުގަނޑު ބޭނުން، ޝީ ކިލްޑް މައި ބޭބީ ދެން އެއުޅެނީ ޒެވިޔާގެ ފަހަތުގައި ހިޔަންޏެއްހެން، މަންމާ، އަޅުގަނޑު ބޭނުމެއްނޫން ޒެވިޔާ އެހެން ކުއްޖަކާއި އަނގައިން ބުނާކަށްވެސް ދެން ކިހިނެއް މެރީ ކުރުވަން އެއްބަސްވާނީ......" ރިޔާއަށް ކުއްލިއަކަށް ހުރިހާކަމެއް ވިސްނުނު އިރު ޒީބާއަށްވެސް އަމިއްލަ ހާލު ހަދާންވިއެވެ. އެބުނާހެން ތިމާގެ ފިރިމީހާ ދެއަންބަށް މީހަކާއި އިނުމަށްވުރެ މޮޔަކަމަކަށް އެއްބަހެއް ނުވެވޭނެއެވެ. ޒީބާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ދެން ޒެވިޔަންވީ މުޅި އުމުރު ރިޔާގެ މީހެއްގެ ގޮތުގައި ހުންނަން ހެއްޔެވެ؟ ރިޔާއަށް ދަރިއަކު ނުލިބޭތީ އޭނަގެ ދަރިފުޅުވެސްވީ ވާރިސެއްނެތް މީހެއްގެ ގޮތުގައި ހުންނަންބާވައެވެ. އެއީ އެކަށީގެންވާ ކަމެއްނޫނެވެ. އޭނަވެސް މާމަ ދަރިއަކު ބޭނުމެވެ. ޒީބާ ދެ ޚިޔާލުގައި ހުއްޓަސް އޭނަ ރިޔާ އާއި ވާހަކަ ދެއްކީ ރީތިކޮށެވެ. ރިޔާ ބޭނުންނުވާ ގޮތަކަށް ނަހަދާނެ ކަމުގެ ޔަގީންކަން ޒީބާ ތަކުރާރުކޮށްދިނެވެ.

އަލީނާ އެރޭ ހަތަރުދަމުވެސް އޮތީ ފިކުރުކުރުމުގައި ނުނިދިފައެވެ. ނާހީ މަތިންވެސް ހަނދާންވިއެވެ. އެރޭވެސް އަޖައިބެއްފަދަ ހިމޭންކަމެއްގެ ސަބަބުން އަލީނާގެ ގައިގެ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ. ފަނިފަކުސައެއް ގޮވައިލާ އަޑެއްވެސް ނީވެއެވެ. ދަންވަރުގެ ފުންހިމޭން ކަމުގެ ތެރެއިންވެސް ހިތުގެ ބާރުތެޅުން އަލީނާއަށް އިހުސާސް ކުރެވުނެވެ. މިގެއިން ފިލައިގެން ދާންވީ ކަންނޭގެއެވެ. ނަމަވެސް އެއީވެސް މުސްތަހީލު ކަމެކެވެ. ހެނދުނު ބަދިގޭގައި ނާސްތާ ހެދުމުގައި އަވަދިނެތި އުޅުމަށްފަހު އަލީނާ ބަދިގެ އާއި ދިމާލުން ބޭރަށް ނިކުތީ ފިނިކޮށްލުމަށެވެ. އެއްގޮތަކަށްވެސް ރިޔާ އޭނައަށް ފާރަލައިގެން ހުރެދާނެ ކަމަކަށް ނޫނެވެ.

"ކާކު ނުފެނިގެން ދެލޯ ދިއްކޮށްލައިގެން ތިހޯދަނީ..." ރިޔާ ގަސްތަކުގެ ތެރެއިން ނިކުމެގެން އައުމުން އަލީނާ ހިންދިރުވައިލިއެވެ.

"މާ މާތްމީހަކަށް ވެގެން ކޮންމެހެން ތުންފިއްތާލައިގެން ހުންނާނެ ކަމެއްނެތް، އަނގަވެސް ހުޅުވައި ލެވެނީ ޒެވިޔާ ފެނުނީމަތަ؟ ބަލަ ކަލޭ މޮޔަވީތަ؟ ޒެވިޔާ ނުލިބޭނެ، މިގެއިންވެސް ދާންޖެހޭނީ..." ރިޔާ އައިގޮތަށް އަލީނާ ގެ އަތުގައި ހިފާ ދަމަމުން ދިޔައީ ގޭގެ ގޭޓާއި ދިމާލަށެވެ. އޭނައަށް ގެއިން ނިކުމެގެން އައިސް އައިސް ހުރި އާއިޒު ފެނުނީ އެވަގުތުއެވެ. ކުރީގައި އާއިޒުއަށް އިހުތިރާމް ކުރިޔަސް ޖިލާގެ މައްސަލައިގެ ފަހުން ރިޔާ، އާއިޒު އަކަށްވެސް ފަރުވާލެއް ނުބަހައްޓައެވެ. އާއިޒު ހުއްޓަސް ރިޔާ ހިތަށް އައިއެއްޗެއް ވެސް ގޮވައިލާނެއެވެ.

"މިބުނީނު މިގެއިން ނިކުމެގެން ދާށޭ، ޕެތެޓިކް ލޫޒާރ..." ރިޔާ އަލީނާ ހޫރާލުމުން އަލީނާ ބިންމަތީގައި ޖެހުނެވެ. އެވަގުތު ދާވިޝްވެސް ކާރު ޕާކްކޮށްލާފައި ވަދެގެން އައީއެވެ. އަލީނާ ޖެހުނީ ދާވިޝްގެ ފައި ކައިރީގައެވެ. 

"ސްވީޓްހާޓް، މާވަރެއްގެ ޕައުޓެއް ހުރީމަ މަވެސް ބިރުގަނެއްޖެ...." ދާވިޝް އާއިޒުއަށް ހައިއެއް ޖަހައިލުމަށްފަހު ރިޔާ ގެނެސް މޭގައި ޖައްސާލިތަން ފެނުމުން އާއިޒުއަށްވެސް ޝޮކެއް ލިބުނެވެ. އެދެމީހުންގެ ދޭތެރޭގައި މިއޮންނަނީ ކޮންފަދަ ގުޅުމެއް ހެއްޔެވެ؟ އާއިޒު ގެ ސަމާލުކަން ދެން ހުއްޓުނީ ބިންމަތީގައި އޮތް އަންހެން ކުއްޖާއަށެވެ. އެންމެން އެހާވަރަކުން އަލީނާއަށް އަނިޔާ ކުރަނީ ނިކީގެ މަރުގެ ބަދަލުހިފަންބާވައެވެ. އެ މައްސަލައިގައި ރިޔާ އަލީނާ ދެކެ ނަފްރަތުކުރުން ހައްގެވެ. އެކަމަކު އާއިޒު ދެކޭ ގޮތުގައި މިއީ އިންސާފެއް ނޫނެވެ. ކުށްވެރިންނަށް އަނިޔާ ލިބެންވެސް އުސޫލެއް އޮންނަން ވާނެއެވެ. ކޯޓަށް ގެންގޮސް ކުށް ސާބިތުވުމުން އެއޮންނަ ހުކުމެއް ކުށްވެރިޔާއަށް އިއްވީމަ ނިމުނީއެވެ. މިގޮތަށް އަނިޔާކޮށް ރޮއްވުމަކީ، ދީނުގައި ހުއްދަކަމަކަށް ވާނެހެން ހިޔެއްނުވެއެވެ.

"ޑޫ މީ އެ ފޭވަރ ލަވް، ތި ވާމިން ގެންގޮސް ޖަންގައްޔަކަށް ދޫކޮށްބަލަ..." ރިޔާ ދާވިޝްގެ ޓީޝާޓުން ކަރުނަތައް ފޮހެލަމުން އަލީނާ އާއި ދިމާލަށް ކަޅިއަޅައިގަތެވެ. ނުވީތާކަށް އެވަގުތަށް ޒީބާ އާއި ސީމާވެސް ނިކުމެއްޖެއެވެ. އަލީނާ މަޑުމަޑުން ތެދުވެފައި އިސްޖަހާލައިގެން ހުރިއިރު އެދޮންމޫނު ވަނީ ރަތްވެފައެވެ. އެންމެންގެ ނަފްރަތާއި ނުރުހުމުގެ ލޯތައް އެ ފަކީރަށް އަމާޒުވުމުން ލަދުންނާއި، ބިރުން ގޮސް ރޫރޫއަޅައި ގަތެވެ. ހިތާހިތުން ދުޢާ ކުރެވުނީ ހެއްދެވި ފަރާތަށެވެ. އޭނަ ކުށެއް ނުކުރާކަން ދެނެވޮޑިގެން ވާނީ އެފަރާތެވެ. ސަލާމަތްކޮށްދެއްވާނީ ވެސް އެފަރާތުންނެވެ. މިފައުޖު އޭނައަށް ކޮށްލާނެ އަނިޔާއެއް އެނގެނީއެއްވެސް ނޫނެވެ. އޭނަ މިވަނީ ބީރައްޓެހި ގައުމެއްގައި އެކަނިވެރިވެފައެވެ. އެކަނިވެރި ހިސާބެއްގައެވެ. މިހިސާބުގައި އަވަށްޓެރިން އުޅޭކަމެއްވެސް އެނގިފައެއް ނެތެވެ. އެވަގުތުވެސް ޒެވިޔަން ގޭގައި ނެތީބާވައޭ އަލީނާގެ ހިތަށް އެރިއެވެ. ޒެވިޔަން ނާންނާނެ ނަމައެވެ. ޒެވިޔަންއަށް މިފަދަ މަންޒަރެއް ނުފެނުމަށް އެދި ހާދަވަރަކަށް އޭނަ ދުއާކުރެއެވެ. އޭރުން އަދި ލަދުން ދެވަނަފަހަރަށް ޒެވިޔަންގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް ނުލިބޭނެއެވެ.

"އަހަރެން ހިތަށް އަރައިފިޔޭ މިގޭގައި މިކަހަލަ ކަންތައްގަނޑެއް މިކުއްޖާ ހިންގާނެޔޭ، މިހާރު ޒެވިޔަން ގެ ފަހަތުގައި އަޅައިގަންނަން އުޅޭއިރު ތިމާގެ ސިފަ ބަލައިލަން ވީނު، އެކޮޓަރީގައި މޫނުބަލާ ލޯގަނޑެއް ނެތްތަ؟ ހަތަރުފޫޓް ހަމަނުވާ ކުޑަ ހޯލިކޮޅެއް، ގޯންޏަކަށް އެރެވިގެން ހުންނަނީ، ހިނގާލައިފައި ދާއިރު އަސްދޫންޏަކާއި ތަފާތެއްނެތް، ސިފައެކަނިތަ؟ ގެއެއްގައި ގެންގުޅޭ މެއިޑެއް، ކޮންކަހަލަ އާއިލާއެއްގެ މީހެއްކަން އެނގެނީއެއްވެސް ނޫން، ބައިލާރި އަތުގައިނެތް، ކޯންޗެއް ހުރެގެންތަ ތިއުޅެނީ؟ ރިޔާގެ މަގާމާއި ވާދަކުރެވޭނެ މީހެއްނޫން ތިއީ، ނިކަން ހުވަފެން ބަލާހިތްވޭ ދޯ...." ސީމާ ހުރީ ވަކިން ރުޅިގަދަވެފައެވެ. އަދި ޒީބާއަށް ވުރެ އޭނަ ކުރި މަލާމާތް މާބޮޑުވެފައި، ނުބަޔެވެ. ޒީބާއަށް ސީމާ އާއި ދިމާލަށް ލޯއަޅައިލެވުނީ ބޭ އިޚުތިޔާރުގައެވެ. ސީމާ މިހެން ކިޔާއިރު މިއީ ވަކި މޮޅު އާއިލާއެއްގެ، ގަދަރުވެރި އަންހެނެއް ހެއްޔެވެ؟ ފަޒާލް މޮޔަކަމުން އާއިލާ މީހުންނާއި ދެކޮޅަށް ކައިވެނި ކުރި ގޮތެއް ފޮތެއް ނެތް އަންހެނެކެވެ. މިހާރު މާތް ޚާންދާނެއްގެ ޅީދަރިއަކަށްވީމަ ތިމާގެ ފެންވަރު ހަދާން ނައްތާލައިފިއެވެ. އެހެންނޫނަސް ސީމާއަށް ވެސް އަލީނާގެ މައިންބަފައިންގެ އާއިލާއެއް އެގެނީ އެއްނޫނެވެ.

"ރޯނެ ކަމެއްނެތޭ، މާ އިނޮސެންޓް ހެދިގެން އަދި އެކަކުވެސް ސިމްޕަތީއެއް ނުވާނެ، އެންމެނަށް އެނގޭ ކަލޭ ޕީނަޓް ކާންނުދިންނަމަ...ނިކީ......" ރިޔާ އަލީނާ އާއި ދިމާލަށް ދާން އުޅުމުން ދާވިޝް ހިފެހެއްޓިއެވެ. ނިކީގެ ވާހަކަދައްކަން ފަށާއިރަށް އަދިވެސް ރިޔާއަށް ރޮވިދެއެވެ. އޭނަ ބާރަކަށް ރޯންފެށިއެވެ.

އަލީނާއަށް ހައްތަހާ ކަންތައް ގޯސްވަމުން ދާތަން ފެނުމުން މިތާގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ އަވަހަށް އެތަނުން ދާން ހިގައިގަތެވެ. އެމީހުން އޭނަގެ ބުރުގާ އާއި، ހެދުން ދަމައިގަންނަންވެސް ފަހަތެއް ނުޖެހޭނެއެވެ. އެއީ އެފަދަ ބަޔެކެވެ. ކޮންމެ މީހެއްގެ މޫނާއި، ނުރުހުމުގެ ލޯތައް ވަކިވަކިން އަލީނާއަށް ފެންނަމުން ދިޔައެވެ. އެތަނުން އާއިޒު ނޫނީ އެހެން އެންމެންގެ ގެ ލޮލުން އޭނަ ފިއްސާލާނެ ހެންހީވިއެވެ. އާއިޒު ހާދަ އޯގާތެރިއެވެ.

ޒީބާ ޗެރީ ބްލޮސޮމްގަހެއްގެ ހިޔަލުގައިވާ ކުޑަ އުދޯއްޔެއް ހެއްލަން އިންއިރު އޭނަ ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުންދިޔައެވެ. ރިޔާ އައިސް އަރާހަމަވިކަން އެގުމުން ރިޔާއަށް އަޑުއިއްވަން ޒީބާ ގަސްތުގައި ބުނެލިއެވެ.

"ހޫމް، ދެން ޔަގީން ޒެވިޔާ ބޭނުންވާނެ ކުއްޖެއް، ހެވޭ ތިގެއިން އެއް ގާރލްއެއް މަށަށް ދީ، ހޫމް، އެއްބަސް ކުރުވާނެ ގޮތްތައް ހުންނާނެ، ތިގޭގައި އުޅެނީ މުޅިންވެސް ފެއަރީންތައް...." ޒީބާ ރިޔާ ފެނުނު ކަމަކަށްވެސް ހަދާނުލައެވެ. ރިޔާ ފަސްފަހަތަށް ޖެހެމުން އޭނަގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އަތުގެ އިނގިލިތަކުން ފޮހެލިއެވެ. "މިހާރުއްސުރެ މަންމަ ޒެވިޔާއަށް ބައިވެރިޔަކު ހޯދަން ފެމިލީ މީހުން ކައިރީގައި ކިޔަން ފެށީ، ހުރިހާކަމެއްވެސް އެ ބޮޑު ސުންޕާ އަކާއި ހެދި...." ރިޔާގެ ހިތް ރޮމުންދިޔައެވެ. އޭނައަށް އޭނަގެ ލޯބިވާ ޒެވިޔަން ގެއްލެން އުޅެނީ ބާވައެވެ. މައިދައިތަ އާއި މެދު ރިޔާގެ ހިތުގައި ޝަކުވާފުންޏެއް އުފެދިއްޖެއެވެ. އިތުބާރުކުރަންވީ ކާކަށް ކަމެއްވެސް ނޭގެއެވެ.

ޖިލާ ކޮޓަރީގައި އުށްބައްތިތައް ދިއްލާލައިގެން ހުރެ ތުނި ނިދާ ހެދުމެއް ލައިފިއެވެ. އަތުގެ ބަދަލުގައި ދެވާކޮޅު ޖަހާލައިފައިވާ އެ ހެދުމުން ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފެންނަން ހުއްޓެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓޭނެހާ ފުރިހަމަކަމެއް އޭނަގެ ހަށިގަނޑުގައި ވެއެވެ. އުށްބައްތީގެ އަލި އެ އަޅި ދެލޮލަށް އެޅިފައިވާއިރު މަސްތުވާފަދަގޮތެއް ހުއްޓެވެ. މޭކަޕެއްނެތަސް އެ ތުންފަތުގައި ވަނީ ޔާގޫތު ކުލައެވެ. ޖިލާ ރީތިވާ މޭޒުދޮށުގައި އިނދެ ސެންޓުފުޅީގެ މަތިގަނޑު ހުޅުވާލި ތަނުން އާއިޒު ކޮޓަރިއަށް ވަނެވެ. ޖިލާ ކުޑަކޮށް އެނބުރި ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. 

"އާއިޒު، އައިމް ނޮޓް ފީލިން ވެލް...." ޖިލާ އެކްޓްކުރިއަށް ގެންދިޔައެވެ. އޭނަ ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. އާއިޒު އޭނަ އާއި އަނގައިން ނުބުނަން ހުވާކޮށްގެން ހުއްޓަސް، ކިތަންމެ ވަރަކަށް ދުރުވާން މަސައްކަތް ކުރިޔަސް ބަލިވީމަ އެގޮތަށް ގަދަކޮށްލާފައި އުޅޭކަށް ނުކެރޭނެއެވެ. ބައެއްފަހަރު ހަތިޔާރު ބަހައްޓަންވެސް މަޖުބޫރު ވާނެއެވެ. އާއިޒު އާއި ހަމަޔަށް ޖިލާއަށް ދެވެންވާއިރަށް ޖިލާ އަރިއަޅާލައިފިއެވެ. އާއިޒު ހުޝިޔާރު ކަމާއިއެކު ޖިލާ ހިފެހެއްޓިއެވެ. އޭރު ޖިލާ އޮތީ ދެލޯމަރާލައި ގެންނެވެ. އާއިޒު ގެ ބާރުގަދަ އަތުގެ ހިމާޔަތް ލިބުމުން ޖިލާ އޮތީ ހިތްހަމަޖެހިފައެވެ. އެ ޓީޝާޓުގައި ހިފާފައިވާ މީރުވަހުގެ ސަބަބުންނާއި އެހަށިގަނޑުގެ ބީހިލުމުން ޖިލާއަށް އަސަރުކޮށްފައި ވަނީ ވަރަށް ބޮޑަށެވެ. އާއިޒު، ޖިލާ އެނދުމަތީގައި ބޭއްވިއެވެ. އަދި މޫނުގައި ފިނިފެންފޮދެއް އުގުޅާލުމުން ޖިލާ ކުއްލިއަކަށް ހީލާފައި އާއިޒުގެ އަތުގައި ހިފެހެއްޓިއެވެ.

"ޑޭމިޓް، އަހަރެންގެވެސް މޮޔަކަން..." އާއިޒު ހިތާހިތުން ކިޔާލައިފިއެވެ. އޭނަ ހަނި ނަޒަރަކުން ޖިލާއަށް ބަލައިލުމަށްފަހު އެނދުން ތެދުވެއްޖެއެވެ. ޖިލާ އޭރުވެސް އެއަތުން ދޫކޮށެއްނުލައެވެ.

"އަހަރެންނަށް އެނގޭ އެއީ ވަރަށް ގޯސްކަމެއްކަން، އިތުބާރުވެސް ގެއްލޭނެފަދަ ކަމެއްކަން ދެ ފަހަރުވެސް އެކުރީ، އެކަމާ އިންތިހާއަށް މާފަށް އެދެން، އާއިޒު، ދެން އެކަން ތަކުރާރެއް ނުވާނެ، އެންމެ ފުރުސަތެއް ދީ އަހަރެން ޕްރޫވްކޮށްދޭނަން އަހަރެން ލޯބިވާވަރު، އައި ލަވް ޔޫ، އައި ލަވް ޔޫ ސޯ މަޗް...." ޖިލާ އާދޭހާއި އެކު ބުނަމުން ދިޔައެވެ. އެވަގުތު އާއިޒުގެ ހިތްވެސް ބޭނުންވީ މާޒީގެ ހުރިހާ ދުވަސްތަކެއް ހަނދާން ނައްތައިލުމަށްފަހު ޖިލާއަށް ދެވަނަ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް އާއިޒު ތަންކޮޅެއް ސީރިޔަސްވެލާފައި ހުރެ އެއްޗެއް ވިސްނަމުން ދިޔައެވެ. ޖިލާއަށް މާފު ހައްގުބާވައެވެ.

"ހުރިހާ ކަމަކަށް... މާފުކޮށްދީފައި ހިނގާބަލަ ދެން ގުޅެން... ޕްލީސް....." މިރޭ ޖިލާ ލަދުވެތި ކަމުގެ ފަރުދާ ނަގާލައިފައި އާއިޒުގެ ގާތުން އެދުނެވެ. ޖިލާ އޭނަގެ ކޮނޑުގައިވާ ވާކޮޅުތައް މޮހާލައިފިއެވެ. އާއިޒު ދެންވެސް ހުރީ ރަކިކުރާފަދަ ނަޒަރަކުން ބަލަހައްޓައި ގެންނެވެ. ޖިލާ މިފަހަރު އާއިޒުގެ އަތުގައި ހިފައިލުމުން އާއިޒު އަތް ދުރަށް ޖައްސައިލީ ބީރައްޓެހި ގޮތަކަށެވެ. ޖިލާގެ މޫނަށް ރަތުގެ އެތައް ކުލަތަކެއް ވެރިވެއްޖެއެވެ. ދުވަހަކުވެސް މިހާ ބޮޑު ލަދެއް ނުގަނެއެވެ. ލަދުން ގޮސް މިވަގުތު މަރުވާނެ ނަމަ ރަނގަޅޭ ހިތަށް އެރިއެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް ނުހިފެހެއްޓިގެން ކޯތާފަތް މައްޗަށް އޮހިގަތީ ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައެވެ. ޖިލާ އެނދުމައްޗަށް ވެއްޓިގަތް ގޮތަށް ބާލީސްތެރޭގައި މޫނުފޮރުވިއެވެ. އާއިޒު އަޅާވެސް ނުލައި ކޮޓަރިން ނިކުމެގެން ދިޔައީ ޖިލާ އެކަނިމާއެކަނި ރޮއްވަން ދޫކޮށްލާފައެވެ.

ވާރޭވެހެމުންދާ އަޑު ފަޒާގައި ގުގުމާލާފައި ވަނީ ރީތި ރާގެއްހެންނެވެ. ބޮޑެތި ތިކިތައް ފުރާޅުގައި ތެޅޭއަޑުން ހިމޭންކަން މުގުރާލައިފައިވީ ނަމަވެސް ކުއްލިއަކަށް މީހަކު ދޮރުތަޅުގައި ހިފިކަން އަލީނާއަށް އެނގުނެވެ. އަލީނާއަށް ފުންމައިގެން ތެދުވެވުނީ ބާލީސް މޭގައި ޖައްސައި ބާރުކޮށްލަމުންނެވެ. ކޮޓަރީގެ ހުރިހާ ބޮކިތައް ނިވާލާފައިވުމުން އަލީނާއަށް ހުރިހާ ތަކެއްޗެއް ފެންނަނީ ހިޔަނިތައް ފަދައިންނެވެ. އިސްކޮޅުން ދިގު، ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކު ލަސްހިނގުމެއްގައި ކޮޓަރިއަށް ވަދެގެން އައިސް އެނދު ކައިރީގައި ހުއްޓުނެވެ. ޒެވިޔަން، އަލީނާ ޒެވިޔަންއަށް ގޮވައިލަން އުޅުނަސް އަޑު ބޭރެއް ނުވިއެވެ. އަލީނާ ތެދުވާން އުޅުމުން ޒެވިޔަން އަލީނާގެ އަތުގައި ހިފެހެއްޓީ އެކަތައިގެ ބާރު އެކުލެވޭފަދަ ގޮތަކަށެވެ. އަލީނާއަށް ގުޑާވެސް ނުލެވުނެވެ.

"ނޫން، ނޫން..." އަލީނާގެ ކަރުތެރެއިން ހަޅޭކެއްގެ އަޑުނުކުތެވެ. ނަމަވެސް އެތެރެއެތެރެއިން ކަރުފަޅައިގެންދާހާބާރަށް ހަޅޭއްލެވިޔަސް އެ އަޑު އަލީނާ އަކަށްވެސް ނީވުނެވެ. ވާރޭގެ ތެރެއަށް އަޑު އޮބިގެން ދިޔައީ އެވެ. ނޫނީ އަޑު ނުވެސް ނިކުތީއެވެ. އޭނަގެ އަތާއި ފައިވެސް ހީވީ އައްސިވިހެންނެވެ. ބިރުންގޮސް މީހާ ޕެރެލައިޒްވީ ކަންނޭގެއެވެ. ޒެވިޔަން އާއި ގޮދަޑީގެ ދޭތެރޭގައިވެ ފިތިގެންދިޔަ ގޮތުން އަލީނާއަށް ތަދުވިވަރުން އެހީއަށް އެދި ގޮވަން ވެގެން އުޅުމުން އަނގައިން އެއްޗެކޭވެސް ނުބުނެވުނެވެ. ޒެވިޔަން އަލީނާގެ އަނގަޔަށް ފިތާލިއެވެ. އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި ޒެވިޔަން އަލީނާއަށް އަނިޔާކުރިއެވެ.

ކޮމެންޓް 0