ބިޗް" އެ ލަފުޒު ހީވީ ޒެވިޔަންގެ މޫނުމަތީގައި ވީއްލާލެވުނު އެތިފަހަރެއް ހެންނެވެ. އަލީނާ އާއި މެދު އެހާ ދަށްކޮށް ރިޔާ ވިސްނާތީ ޒެވިޔަން އަށް ކިތަންމެ އުނދަގޫވި ނަމަވެސް އޭނަ ކެތްތެރިވިއެވެ. މުށްކަވައި ލެވުނު އަތް ޖީބަށް ޖަހާލައިގެން ހުރެ ބާރަށް ތުންފަތުގައި ދަތްއަޅައިލިއެވެ. އެހެން މީހަކު އަލީނާ އާއި ދިމާލަށް އެފަދަ އެއްޗެއް ބުނެފިއްޔާ އަނގަ މަތީގައި ޖެހުނީސް ކަންނޭގެ އެވެ. ނަމަވެސް ބަލިކަށި އަންހެންކުއްޖެއްގެ ގަޔަށް އަތްލުމަކީ ޒެވިޔަން ހޭހުރެގެން ކުރާނެ ކަމެއްނޫނެވެ.

"މި ކުރެވުނީ މުޅިން މަނާކަމެއްކަން މިއެނގުނީ އަދި ކިރިޔާ، ވީއިރު މާފުކޮށްދީ...." ޒެވިޔަން އެއް ބުމަ އަރުވާލި ގޮތަކުން ވެސް ރިޔާއަށް ހީވީ މަލާމާތް ކުރިހެންނެވެ.

"އަހަންނަކީ ވެސް ނުވިސްނޭ ކުޑަކުއްޖެއް ނޫން، ޒޭވިޔާއަށް ސާކޭސްޓިކް ކޮށް ނޫނީ އަހަންނާއި ވާހަކަ ދެއްކޭ ކަމަކަށް ވެސް ނުވޭ، ދެ ފޫޓުގެ ހޯލިކޮޅެއް އޮވްން ވީމަ އަދި އަހަރެން ބޭކާރު މީހަކަށް ހަދާފައި އެއްލާލާކަށް ނުޖެހޭނެ، އެކުއްޖާގެ ނުހުރޭ ޗެސްޓެއްވެސް، ދެން އެވަރުމީހަކަށް ކޮންކަމެއް ކޮށްދެވޭނީ..." ރިޔާ ބޭނުންވީ ޒެވިޔަން އާއި އަލީނާ އެކީގައި ހޭދަކުރި ރޭގެ ތަފްސީލު ހޯދުމަށެވެ. އެހެންނޫނީ އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

"ރިޔާ، އަމިއްލަ އަށޭ ބޭކާރު މީހެކޭ ކިޔާފައި ތާކުން ތާކުނުޖެހޭ ވާހަކަ ތި ދައްކަނީ، ދަރިއެއް ބޭނުންވެގެންނޭ ކިޔައިފައި ރިޔާ ބުނެގެން އަހަރެން މެރީ ކުރީ އެކަމަކު ދެން ނުވޭ އޭނަ އާއި ވާހަކަ ދައްކައި ގެނެއްވެސް، އަދި ނުވީތާކަށް އެތައް ސަތޭކަ ރޫލްސް ހަދައިފި، ދެން އަހަރެން އެއްޗެކޭ ބުނާއިރަށް ލޯބި ނުވަނީއޭ ކިޔާފައި ރިޔާ ކޮމްޕްލެއިން ކުރަން ފަށާނެ، އެކަމަކު ރިޔާ ދާވިޝް އާއި އެކުގައި ފެންނަން މިޖެހެނީ ކީއްވެތަ؟ އަހަރެން ކިތައް ފަހަރު ބުނެފިން އޭނަ އާއި ވާހަކަ ދައްކައިގެން ނުވާނެއޭ. މަގޭ ބްރަދަރ އަކަށް ވިޔަސް ވާހަކަ ދެއްކުމުގައި ލިމިޓެއް އޮންނަން ޖެހޭނެއޭ ނުބުނަންތަ؟ ރިޔާ ބޭނުންހާ ގޮތަކަށް އަހަރެންގެ ލައިފް ރޫލް ކުރާ އިރު އަހަރެން ބުނާ ގޮތަށް ވެސް ހެދެންވާނެ ދޯ......" ޒެވިޔަން ކިތަންމެ މައިތިރިކޮށް ވާހަކަ ދެއްކިޔަސް އޭނަވެސް ހުރީ ރުޅި އަންނަ ގޮތްވެފައެވެ. 

ދާވިޝް އާއި ރިޔާ އެކީގައި އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ޒެވިޔަންގެ ހިތަށް ތީރުތަކެއް ހަރައިލާހެން ހީވެއެވެ. އޭނަގެ އަންހެނުންނަށް ވެހުރެ އެގޮތަށް ހިލޭ ފިރިހެނަކާއި ގުޅުން ބޭއްވިގެން ވާނެ ކަމަކަށް އޭނަ ނުދެކެއެވެ.

"ހެވޭ ކޮންމެ ރެއަކު އަލީނާގެ ގާތަށް ދިޔަސް، މައްސަލަ އަކީ އޯލް ނައިޓް ލޯންގް އޭނަ އާއި އެކީގައި އެންޖޯއި ކުރިކަން، އެވެސް އަހަރެންނަށް ސިއްރުން، ބުނެބަލަ ޒެވިޔާ، ކޮން އިރަކު ރޭ ގެއަށް އައީ؟ އަހަރެން ބޭނުން ޑީޓެއިލްސް، އެ ބިޗް އަކާއި ހެދި ހަމަޖެހިލައިގެން އުޅެވޭކަށްވެސް ނެތެއްނު، އަހަރެން ބުނާ ގޮތަށް ޒެވިޔާ ހަދަން ޖެހޭނެ، ނޫނީ މިހާރު ގޮސް އޭނަ ވަރިކުރޭ.... މިބުނަނީ ނު އޭނަ ވަރި ކުރާށޭ...." ރިޔާ ޒެވިޔަންގެ ޓީޝާޓް އަތުތެރޭގައި ބޮނޑިކޮށްލިއެވެ. ހީވަނީ ހުރިހާ ރުޅިއެއް އެ ޓީޝާޓަށް ބާލަން އުޅޭހެންނެވެ. ޒެވިޔަން އެއްވެސް އެއްޗެކޭ ނުބުނެ ހިމޭންވިއެވެ. އަލީނާގެ މައުސޫމް މޫނު ޒެވިޔަންގެ ލޯމަތިން ސިފަވިއެވެ. އެ ޅަހިނިތުންވުމާއި، ލަދުރަކިކަމެވެ. ކިޔަމަންތެރިކަމެވެ. އިރުމަތީގެ ސިފަތަކުން ޖަރީވެފައިވާ ބުދެއްފަދަ ލޯބި ކުއްޖާ އާއި މެދު ވިސްނި ވަރަކަށް އެހިތުގައި ވާ ލޯބި ފުންވަމުން ދިޔައެވެ. ރިޔާއަކަށްވެސް ދެން އޭނަގެ ހިތުން އެ ނަން ފަނޑުކޮށެއް ނުލެވޭނެއެވެ.

"ޒެވިޔާ، އައިމް ޓޯކިން ޓު ޔޫ އޭ، ކީއްވެތަ ހިމޭނުން ތިހިރީ؟ ޖަވާބު ދީ...." ރިޔާ ޒެވިޔަންގެ އަތުގައި ހިފާ ތަޅުވައިގަތެވެ.

ޒެވިޔަން ރިޔާގެ އަތް ޓީޝާޓުން ނައްޓުވާލައިފައި އިންޒާރުގެ ނަޒަރަކުން ބަލައިލުމަށްފަހު އެތެރެއަށް ވަދެގެން ދާން ހިނގައިގަތެވެ. ރިޔާ ކުޑަކުއްޖެއްހެން ދެފައިތަޅަން ފެށިއެވެ. ފަހަތުން ދުވެފައި ގޮސް ޒެވިޔަންގެ ގައިގައި ތަޅައި ގަންނަންވެސް ހިތް އެދުނެވެ. ނަމަވެސް ކުޑަކޮށް ވިސްނައިލުމަށްފަހު ސޯފާއަށް ވެއްޓިގަނެގެން ރޮއިގަތް ގޮތުން ހީވީ މީހަކު މާބޮޑު ހާނިއްކައެއް ކޮށްގެން އުޅޭހެންނެވެ. ރިޔާ ރޮއިރޮއި އޮވެ ޒީބާއަށް ގުޅިއެވެ. ޒެވިޔަން ފޯނު ނިވާލާފައި އޮތީމަ ޝައްކުވެގެން އައި އިރު އަލީނާ އާއި އެކީގައި އެރޭ ޒެވިޔަން ގޭގައި އުޅުނު ކަމަށާއި އެކަންތައް ދެކެން ކެތްނުވާކަމަށް ރިޔާ ބުނެލިއެވެ.

"މަންމާ، އަޅުގަނޑު ބޯ ހަލާކުވާވަރުވޭ، އަވަހަށް މަންމަވެސް ދެން އެކަމާއި އުޅުއްވަބަލަ، ދެން ޒެވިޔާ ޑިއުޓީއަށް ދާނެގޮތެއްވެސް ހެދީމަ ނޫނީ އަބަދުހެން އެ އަލީނާ އުޅޭނީ ޒެވިޔާގެ ބޯކޮޅު ބަލައިގެން...." ރިޔާ ތުން އޫކޮށްލައިގެން އޮތް އިރު ލޮލުން ބޮޑެތި ކަރުނަގަނޑުތައް ވައްޓަމުން ދިޔައެވެ. ޒީބާ ރިޔާއަށް ހިތްވަރުދިނެވެ. އަލީނާއަށް ނާކާމިޔާބު ވާނެ ކަމުގެ ޔަގީންކަން މިފަހަރުވެސް ޒީބާ ދިނެވެ. ރިޔާ ދެން ގުޅީ ދާވިޝް އަށެވެ. ދާވިޝްގެ ހަމްދަރުދީގެ އެންމެ ޖުމްލައަކުން ރިޔާ މާ ބާރަކަށް ރޮއިގަތެވެ.

ޒެވިޔަން ސިޑިން އަރައިގެން ގޮސް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އެނދުގައި އޮށޯތް ގޮތަށް ފުން ވިސްނުމެއްގައި އޮތްއިރު ދެން ވެދާނެ ގޮތަކާއި މެދު ޒެވިޔަން ޚިޔާލު ކުރިއެވެ. ވަލުގައި ފޮޅިފައި އިނެއް ކަމަކު އެ ކުޑަ، ރީތި މާ ބިނދެލީ އޭނައެވެ. އެމަލު ހުރިހާ ފޮނިކޮޅެއް ބޯލާފައި ދެން އެހެން މީހުން ހަދާހެން ބޭނުން ހާސިލު ކުރެވުނީމަ އެއްލައިލަން ވީ ހެއްޔެވެ؟ އެހެނެއް ނެހެދޭނެއެވެ. ދެން ދިމާވެދާނެ މައްސަލައަކީ އަލީނާ ބަލިވެ އިނުމެވެ. އެފަދަ ގޮތެއް ވެއްޖެއްޔާ މަންމަމެން ބޭނުން ވިޔަސް އޭނަ އެއްގޮތަކަށް ވެސް ދަރިފުޅު ވައްޓާލާކަށް އެއްބަހެއް ނުވާނެއެވެ. އަލީނާ އަކީ މެޝިނެއް ނޫނެވެ. މަންމަމެންވެސް އެގޮތަށް ކުޅޭކަށް އޭނަ ހުއްދައެއް ނުދޭނެއެވެ. ނަމަވެސް ރިޔާއަށް ޓަކައި އެއްފަހަރު މިހިރީ މަންމަމެން ކުރަން އުޅޭކަމަށް ހުއްދަ ދިނުމަށް ނިންމައި ގެންނެވެ. ނަމަވެސް ރިޔާ މިހެން ކަންތައް ކުރަންޏާ އޭނައަށްވެސް އުދަގޫވާނެއެވެ. އެކަމަކު ރިޔާ ރޮއްވާކަށްވެސް ހިތެއް ނޭދެއެވެ. އޭނަ ރިޔާ ވެސް ރުއްސަން ބޭނުމެވެ. 

ސީމާގެ ދަރިފުޅު ބައިގެން ދިޔުމުން ސީމާގެ ހިތް ފަޅިފަޅިވެގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް އޭނަ އިންތިހާއަށް ކެތްކުރިއެވެ. ސީމާގެ ލޮލުން ކަރުނަ އޮހެން ފެށީ މައިމޫން އާއި ދެމީހުން އެކަނި ވުމުންނެވެ. މައިމޫން ސީމާއަށް ހިތްވަރުދޭން މަސައްކަތް ކުރެއްވިއެވެ. މައިމޫން ކުޑަކޮށް ރުޅިދުރުވީ ސީމާ ފެށި ވާހަކަ އަކުންނެވެ. ދަރިފުޅު މަރާލުމުގެ ޒިންމާ ޒީބާގެ ބޮލުގައި އެޅުވުމުންނެވެ. އޭނަ ގޭގައި ކާ އެއްޗެއްސަށް ޒީބާ ބޭސް އަޅާފައި ކާންދިނީ ކަމަށް ޝައްކު ކުރިއެވެ.

"ސިމީ ގިނަ ކުށްހީ އަކީ ފާފައެއް، ޒީބާ ނުކުރާނެ އެކަހަލަ ކަމެއް، އޭނަ ބޭނުން ނުވިނަމަ މިއަދު ސިމީ އަހަރެންގެ އަންބެއްގެ މަގާމުގައި ވެސް ނީންނާނެ، އެހާ ބޮޑު އިހުސާންތެރިކަމެއް ވެދީފައި ހުރި އެކުވެރި އަކާއި ދޭތެރޭގައި ސިމީ ތިހެން ދެކޭކަށް ނުވާނެ، މީގެ ފަހުން އަހަރެން ޒީބް އާއި ބެހޭ ގޮތުން ތިކަހަލަ އެއްވެސް އެއްޗެއް އަޑުއަހާކަށް ބޭނުމެއް ނޫން......" މައިމޫން ހިތްހަމަޖެހި ނުލެއްވިވަރު މޫނުމަތިން ވެސް އެނގުނެވެ. ސީމާ މާޔޫސްވިއެވެ. މައިމޫން ގެ ހިތުގައި ޒީބާއަށް އޮތް މަގާމާއި ލޯބި ދުވަހަކުވެސް ބަދަލެއް ނުވާނެކަމުގެ ހެކި އެފެނުނީއެވެ. އަދި މައިމޫން ޒީބާއަށް ކުރައްވާ އިތުބާރު ވެސް ހާމަވީއެވެ. ވީއިރު ސީމާ ހީކުރިހާ ފަސޭހައިން މައިމޫންގެ ހަޔާތުން ޒީބާ އެއްފަރާތް ކޮށެއް ނުލެވޭނެއެވެ. ސީމާގެ ކަރުނަތައް ހުއްޓުމެއް ނެތި ފައިބަން ފެށިއެވެ. ނާކާމިޔާބުގެ ރަހަ އަރުތެރޭގައި ލާފައި ވަނީ ކަރުބުޑުން ދުވަހަކު ފިލައިގެން ނުދާނެ ފަދަގޮތަކަށެވެ.

ސީމާ ދެ ދުވަސްވާންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު ގެއަށް އައި އިރު އޭނަ ހުރީ ވަރަށް މާޔޫސްވެފައެވެ. ގެއަށް އައުމާއި އެކުހެން ސީމާ ވެސް ޖާސޫސް ކުރަން ނިންމައިފިއެވެ. ޚާއްސަކޮށް އޭނަގެ އަމާޒަކަށްވީ އަލީނާ އެވެ. ޒީބާ ކޮންމެވެސް ނުބައި ކުޅިގަނޑެއް ކުޅެންވެގެން އަލީނާ ގެނައިކަން އެނގޭއިރުވެސް އެއީ ކޮންކަމެއްކަން ސީމާ އަކަށް ރޭކާނުލައެވެ. އެހެންނޫނަސް ނިކީ މަރާލި އެނުބައި ކުއްޖާއަށް އޭނަ މާފެއް ނުދޭނެއެވެ. އަދި އޭނައަށް ދެވުނު ދުއްތުރާއެއް ދީ، ސަޒާ ދޭނެއެވެ. ނަމަވެސް ޒީބާ ކުރަން އުޅޭކަމެއް ނޭގޭތީ ވެސް ސީމާ ކަންބޮޑުވިއެވެ. އޭނަގެ ގާތް އެކުވެރިޔާ މިފަހަކަށް އައިސް ހާދަ ނުބައިވެއްޖެއެވެ. އޭނައަށް ކަންތައްތައް ސިއްރު ކުރަންވެސް ފެށީއެވެ.

އާއިޒު ފެންވަރާލައިގެން ނިކުތީ ތުވާލި އަނދެލައިގެންނެވެ. އޭރު ޖިލާ ކުޑަދޮރުކައިރީގައި ފައިގައި ކްރީމް އުގުޅަން އިނެވެ. ހަމުގެ ކުލައިގެ ޓީޝާޓްކޮޅަކާއި ސޯޓެއްލައިގެން އިންއިރު އެރީތި ހަށިގަނޑުގެ ބޮޑުބައި ވަނީ ހާމަޔަށެވެ. ފަންއިސްތަށިގަނޑު އިރުއިރު ކޮޅާ މޫނަށް ފައިބައިގަނެ އުނދަގޫ ކުރެއެވެ. ޖިލާ ސިއްރުސިއްރުން ބަލަން އިންދާ އާއިޒު ޖިންސުލިއެވެ. އަދި ކަޅުކުލައިގެ ޓީޝާޓެއް ވެސް ވައްޓާލައިފިއެވެ. "އާހް ހިތް ހަލާކުކޮށްލައިފި....." އައިޒާން ޖެހި ސެންޓުގެ ހިތްގައިމު ވަހުން ޖިލާ ގެ ހިއްސުތައް ވިހުރުވިގެން ދިޔައެވެ. ޖިލާ ރަނގަޅަށް ވެސް މޮޔަކުރުވާފައި ނޫނީ މި ފިރިހެނާ ހުއްޓައެއް ނުލާނެއެވެ. ކައިވެނީގެ އުފަލާއި ހިތްހަމަޖެހުމަކީ ކޮބައިކަން އެންމެ ރެއަކު އަންގާދީފައި، އެފަހުން ދުރުން އުޅޭ އިރު ހިތެއްވެސް ނެތީ ހެއްޔެވެ؟ ފާފަވެރިވެސް ވާނެއެވެ. ޖިލާ އާއިޒު އާއި ދިމާލަށް ބަލައިލި އިރު އެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ. އާއިޒުއަށް ޖިލާ އެއިނީ ކޮންމެވެސް "ނުލަފާ" ކަމެއް ކޮށްލާފައިކަން އެނގުނެވެ. އެއާއި އެކު މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެތްކަން އެނގުނެވެ.

"ކޮބާތަ މަގޭ ފޯނު....." އާއިޒު ލޯ ހަނިކޮށްލާފައި ޖިލާ އާއި ދިމާލަށް ބަލައިލިއެވެ.

"މިކޮޓަރީގެ ކޮންމެވެސް ތަނެއްގައި ވާނެ، ޔަގީނުންވެސް މިތާކަށް ވަގެއް ނުވަންނާނެ، ސޯ ނޯ ވޮރީސް...." ޖިލާ ތުންފަތުގައި ބާރަކަށް ދަތް އަޅައިގަންނަމުން ހިނިގަނޑު މަތަކުރަން އުޅުނެވެ.

"އޮތް ތަނެއް ނުބުނާނީތަ؟" އާއިޒު ފުންނޭވަޔެއްލިއެވެ.

"ސޮރީ ލަވް، އައި ނޯ ނަތިން.." ޖިލާ ދެލޯބޮޑުކޮށްފައި ބަލައިލި އިރު މައުސޫމް ކަމުން ހީވަނީ ތުއްތު ކުއްޖެހެންނެވެ. އެ މައުސޫމް ކަމުން ކޮންމެ މީހަކަށްވެސް އަސަރުކުރުވާފަދަ ގޮތެއް އެ ބެލުމުގައި ވެއެވެ. އެކަމަކު އާއިޒު ބަލަހައްޓައިގެން ހުރީ ނުރުހުމުގެ ނަޒަރަކުންނެވެ. ޖިލާއަށް ނުހުރެވިގެން އެ ކުދި މުތީތަކެއްފަދަ ދަތްތައް ފެންނަ ވަރަށް ބާރަށް ހީގެންފިއެވެ.

"ފަހަރެއްގައި މީން ގާލް އަކު އެހާ ޕްރެޝަސް އެއްޗެއްވީމަ ފޮރުވައިލަންވެސް ހިތަށް އަރުވަފާނެ، އެފްބީ އައި އެޖެންޓުން ވީމަ ދެން ވަރަށް ހުންނާނެ ސިކްރެޓިވް އެއްޗެހި، އެހެންވެ ލެސަން އެއް ދޭންވެގެން....." ޖިލާ ތެދުވެ މޯޅިޔަކަށް ދެމިލި ގޮތުން އެ ދޮންބަނޑު އެކީގައި ހާމަވެގެންދިޔައެވެ. އިރުގެ ރަންދަޅަތަކުގެ ސަބަބުން އެ އޮމާންކަން ވިދާއިރު އާއިޒުގެ ހިތްވެސް ޖިލާއަށް ބޭނުންވިއެވެ.

"ޔޫ ވުޑްންޓް ޑެއަރ......" އާއިޒު އެއް ފިޔަވަޅު ކުރިއަށް އެޅުމުން ޖިލާ ކުޑަކޮށް ސިހުނެވެ. އާއިޒު ފެންވަރާލައިގެން ތާޒާވެލައިގެން ހުރުމުން ރީތިކަމުން ބައްދާލާ ހިތުން ޖިލާއަށްވެސް ކެތްކުރެވެނީކީ ނޫނެވެ. "އަންބެއަރަބްލީ ސެކްސީ" ޖިލާގެ ސިކުނޑީގެ ކަނަކުން ކިޔާލައިފިއެވެ. އާއިޒު އަކީ އޭނަގެ މިލްކެކެވެ. އޭނަގެ ހައްގެކެވެ. ބޭނުން ކޮންމެކަމެއް ކޮށްލެވިދާނެއެވެ. އެކަމަކު އަންހެންކުއްޖަކަށް ވެހުރެ މި ނުތަނަވަސް ކަމުގެ ފާރު ގިރާކޮށްލުން ފަސޭހައެއް ވެސް ނޫނެވެ. އަދިވެސް ލަދުވެތިކަމުގެ މިންވަރެއް ބާކީ އޮތީއެވެ. އެދޭތެރޭގައިވާ ފަރުދާ ނައްތާލަން ޖިލާ ވެސް ބޭނުމެވެ.

"ތިއުޅެނީ ކީއްކުރަންތަ؟" ޖިލާ ބޭނުންވި ދިމާލަށް ހުރިހާކަމެއް ދާންފެށުމުން ޖިލާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާނިތައް ޖަހަންފެށިއެވެ.

"މްމް.. އަހަރެން ހިތަށް އެރީ އަހަރެންގެ ބޭޑް ގާލްއަށް ލެސަންއަށް ޓީޗްކޮށް ދޭނީއޭ....." އާއިޒު އެހެން ބުނެލާފައި ޖިލާ ގެނެސް އެ ބާރުގަދަ އަތުތެރޭގައި ހައްޔަރުކޮށްލި ގޮތަކުން ޖިލާއަށް ހިރިއެއްވެސް ނުލެވުނެވެ. އާއިޒުގެ ތުންފަތް ޖިލާގެ ކަނދުރާގައި ޖެހުމުންވެސް ޖިލާއަށް ލިބުނު އަރާމަކުން ލޯމަރައި ލެވުނެވެ. އެންމެ ސެންސިޓިވް ތަންކޮޅު އާއިޒު ދަސްވެފައިވާފަދައެވެ. އާއިޒު މިއަދު ކުޅެލީ އެހެން ކުޅިވަރެކެވެ. އާއިޒު ގެ ގާތުގައި ޖިލާ އާދޭސް ކުރުވަން މަޖުބޫރު ކުރިއެވެ. އެންމެ ފަހުން ފޯނު ފޮރުވާފައި އޮތްތަންވެސް ޖިލާ ދެއްކިއެވެ. ޖިލާގެ ހިތުގައި އާއިޒުގެ ލޯބި ދީވާނާވާ ދަރަޖައަށް ދިޔަނަމަވެސް އާއިޒު އެހެރީ ގޮތްދޫނުކުރަން ނިންމައިގެންނެވެ. މާފު ނުދޭން ނިންމައިގެންނެވެ. އެކަމަކު ދެން އެކަން މާޒީ ވާން ވެއްޖެނޫން ހެއްޔެވެ؟ އިންސާނަކަށް ކުށެއް ކުރެވިދާނެއެވެ. އެކަމަކު މުޅި އުމުރަށް ސަޒާ ދޭކަށް ނުވެސް ޖެހޭނެއެވެ.

"ޢާއިޒު ކީއްވެތަ ތިހެން ހަދަނީ؟ އަހަރެން ކުރި ކުށަށް މާފަށް އެދުނީމަވެސް ތިހާ ހިތްހަރު ކުރާކަށް ނުވާނެ، ޕްލީޒް ބުނެބަލަ، މާފުދޭނީ އަހަރެން ކިހިނެއް ހެދީމަތަ؟" ކެތްނުކުރެވިގެން ޖިލާ އާދޭސް ކުރަންފެށިއެވެ. އާއިޒު އެއްޗެކޭ ނުބުނެ ޓީޝާޓް ބޮލުން ވައްޓައިލަމުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އެ ވާހަކަ ފެށުމުންވެސް ޑައިރީ މަތިން ހަނދާންވެ އާއިޒުގެ މޫޑު ވަގުތުން ޚަރާބު ވެއްޖެއެވެ. އޭނަވެސް ބޭނުން ވަނީ ޖިލާ އާއި އޭނަގެ ދޭތެރޭގައި ވާހާ ނުތަނަވަސް ކަމެއް ފިލުވައި ރަނގަޅަށް އުޅުމަށެވެ. ލޯބިވާ ދެމަފިރިންގެ ގޮތުގައި އުޅުމަށެވެ. ނަމަވެސް މައްސަލަ އަކީ ޖިލާ އޭނައަށް މާޒީ ސިއްރުކޮށްފައި ވާކަމެވެ. އަމިއްލަ އަށް ޖިލާ އެވާހަކަތައް ކިޔައިދީ އެހުރިހާ ހުރަހެއް ނައްތާލާނެ ދުވަހަކަށް އޭނަ އިންތިޒާރު ކުރެއެވެ. ޖިލާ ރައްޓެހިވެގެން އުޅުނު ޒުވާނާގެ ހަގީގަތް އޭނަގެ ގާތުގައި ކިޔާ ދެވެން ޖެހޭނެއެވެ. އެ ޑައިރީ ކިޔުމަށްފަހު އާއިޒުގެ ހިތުގައި ޖިލާގެ ގަދަރުވަނީ މުޅިންހެން ވެއްޓިފައެވެ.

ޖިލާ ޖެހިލުންވެފައި ހުރެވެސް މަޑުމަޑުން އައިސް އާއިޒުގެ ޓީޝާޓު އަތުތެރޭގައި ބޮނޑިކޮށްލަމުން ރޯންފެށިއެވެ.

"ޕްލީޒް، އާދޭސްކޮށްފައި މިބުނަނީ، އަހަރެން ބޭނުން އަހަރެމެންގެ ދޭތެރޭގައިވާ ހުރިހާ ރުޅިއެއް ފިލުވަން، ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނަން، އެކަމަކު ދެން އާއިޒު އާއި ވަކިން ނޫޅެވޭނެ، އިޓްސް ކިލިން މީ، ޕްލީސް، ޕްލީސް...." ޖިލާގެ ކަރުނަތަކުން އާއިޒު ގެ ޓީޝާޓް ވެސް ތެންމާލިއެވެ.

"ނުރޮއި ބަލަ، އަހަރެން ތިކަމާއި ވިސްނާނަން..." އާއިޒު ވެސް ފެންކަޅިވިއެވެ. އެންމެ ލޯބިވާ އަންހެންކުއްޖާ މިގޮތަށް ރޮއްވާކަށް އޭނަ ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ޖިލާއަށް އިތުބާރު ކުރުމަކީ އަދި އެހާ ފަސޭހަކަމެއް ނޫނެވެ. ޖިލާގެ ކުދި އޮޅުވައިލުންތައް އެހެން ހުރެގެން އަދިވެސް ބޮނޑިއެއް ލިބިދާނެ ކަމާއި މެދު ޝައްކު ކުރެވެއެވެ. ނަމަވެސް އަދި ފުރުސަތެއް ވެސް ދެވިދާނެ އެވެ.

ދުރުދުރަށް ދާންދެން ބްލޭބެލް މާތައް ވިނަގަނޑެއް ހެން ފެތުރިފައިވާއިރު އެ މަންޒަރު ރީތިކަމުން އާޝޯޚުވާވަރުވެއެވެ. ގަސްތައް ގިނަކަމުން ހައިޑް އެންޑް ސީކް ކުޅެން ރަނގަޅު ތަނެއް ކަމުގައި އަލީނާއަށް ފެނުނެވެ. އޭނަ ގަސްތަކުގެ ތެރޭގައި ކުދި ވަށިގަނޑެއް ހިފައިގެން ހުރެ މާތައް ބިނދެފައި އަޅަމުން ދިޔަ އިރު ހީވީ ފެއަރީ ޓޭލްއެއްގައި އުޅެވޭހެންނެވެ. ސްނޯވައިޓް ފަދަ ޕްރިންސެސް އެއްހެން މިވަގުތު ގަސްތަކުގެ ތެރޭގައި އުޅެމުން ދިޔަ އިރު އޭނަގެ ލޯބިވެރިޔާ ކައިރީގައި ހުންނާނެ ނަމައޭ ހިތަށް އެރިއެވެ. މި ވިނަގަނޑު މަތީގައި ދެމަފިރިން އޮށޯވެލައިގެން ތިބި މަންޒަރު ޚިޔާލަށް ގެނެވުމުން އަމިއްލައަށް ލަދުގަނެ މޫނަށް ޖަންބުމާ ކުލަ ވެރިވިއެވެ. ކުއްލިއަކަށް ރިޔާގެ ހުނުމުގެ އަޑުއިވިފައި އަލީނާ ސިހިފައި ގަހެއްގެ ނިވަލަށް ވަދެއްޖެއެވެ.

އިރުކޮޅަކުން އެބަޔަކު ކައިރިވަމުން އައިސް އަލީނާ ނިވާވެގެން އިން ގަހާއި ކައިރީގައި މަޑުކޮށްލިކަން އެނގުނެވެ. 

"ޔޫ ނޯ ޒެވިޔާ، އަސްލު މަންމަ އެވަރަށް އަލީނާ ގެއިން ނެރެލަން ބުނީމަވެސް އަހަރެން އޭނަ ބެހެއްޓީ އޭނަ އާދޭސްކުރިވަރުން، އެކަމުގެ ބަދަލުގައި އޭނަ ނިކީ މަރާލައިފި، ނުވީތާކަށް ޒެވިޔާ ފަހަތު އެކުޑަ މަންޖެ ދުވަން ފެށީ، ޒެވިޔާ ބުނެބަލަ، އެކުއްޖާއަށް ތިރީސް މިނިޓް މަދުތަ؟ އަހަރެން ކިހާ ރަނގަޅު އެވަރަށް ވެސް މަގޭ ހަޒްބެންޑް ޝެއަރ ކުރާކަން، ވަރަކަށް ރުޅިއައޭ މިއަދު އެކުއްޖާގެ ލިޕްސް ފެނުނީމަ، އެނގޭ ޒެވިޔާ ފެނުނީމަ އޭނަވެސް ހޭ ނުހުންނާނެކަން......" ރިޔާ ގެވާހަކަ ތަކުން ޒެވިޔަން ހޭންފެށިއެވެ. އަލީނާއަށް ހީވީ އޭނައަށް މަލާމާތްކޮށްފައި ކަމަށެވެ. އަނެއްކާ ޒެވިޔަން ވެސް ނިކީގެ މަރުގެ ބަދަލު ހިފަން ކުރިކަމެއް ބާވައެވެ. އެންމެން ކަމެއް ރާވައިގެން އުޅެނީބާވައެވެ. އަލީނާ އިނީ ނޭވާ ހިފަހައްޓާލައި ގެންނެވެ.

"އެހާވަރަށް ޖޭވާކަށް ނުވާނެ، އަހަރެން ބުނެފީމެއްނު ރިޔާ ބޭނުންވެގެންނޭ އަހަރެން އަލީނާ އާއި މެރީ ކުރީ، އެކަމަކު ތިވަރަށް ޝަކުވާ ކުރަންޏާ އަހަރެންގެ ބޯ ހަލާކު ވެދާނެ....." ޒެވިޔަން މަޑުމަޑުން ބުނެލިއެވެ.

"އެއީ ޖޭވުމެއް ނޫން، އެއަށް ކިޔަނީ ނަފްރަތު، އޭނަގެ ސަބަބުންކަން އަހަރެމެންގެ ނިކީ ވަކިވެގެން ދިޔަކަން ޒެވިޔާ ހަނދާން ނެތުނީތަ؟ ދުވަހަކުވެސް މާފެއް ނުދޭނަން، މިހާރު އެހެރީ ވިޗެއްހެން ޒެވިޔާ ފަހަތުގައި އަޅުވާފައި، އެނީވޭސް އަހަންނަށް ހެޔޮ އަހަރެން ދެކެ ޒެވިޔާ ބޮޑަށް ލަވް ވަންޏާ، ޒެވިޔާ، ޓްރޯޖަން ޔޫޒް ކުރަން ހަނދާން ނައްތާ ނުލާތި، އެކަމަކު އެ ނަން ކިޔަންވެސް ހާދަ ބިރުގަނެޔޭ އެއޮތް ވީ އެލާޖީ އެއް ހިތަށް އަރުވާފައިވެސް......" ރިޔާ ހިނގައި ގަންނަމުން ބުންޏެވެ. 

ޒެވިޔަން މަޑުމަޑުން ބުނި އެއްޗެއް އަލީނާ އަކަށް ނީވުނެވެ. އެމީހުން ހިނގަމުން ގޮސް އަޑު ނީވޭހިސާބަށް ދިޔައީއެވެ. އަލީނާ "ޓްރޯޖަން" އެއީ ކޯނޗެއްކަން ނޭގިގެން ވެސް ވިސްނިއެވެ. ޒެވިޔަން ކުރީ ދުވަހު ދިން ޕާރުސަލްގައި ލެޕަކާއި، ފޯނެއްވެސް އޮތެވެ. ވީމަ ނެޓަށް ވަދެލެވޭނެ ފުރުސަތު ވެސް އެބައޮތެވެ. ގޫގުލް ސާޗްކޮށްލަނިކޮށް މި ޒަމާނުގައި ނޭގޭނީ ކޯންޗެއް ހެއްޔެވެ؟ ޒެވިޔަން އާއި ރިޔާގެ ރޭވުމެއް އޮތްކަން އެވާހަކަ ކޮޅުން ޔަގީން ކުރެވުމުން އަލީނާ އިނީ މޮޅިވެރިވެފައެވެ. މާވަށިގަނޑާއި ކުޅެލަ ކުޅެލައި ތުންފަތުގައި ދަތް އަޅާލައިގެން އިން އިރު މާޔޫސްކަން އެ ލޮލުގައިވިއެވެ. ކުޑަ ސިހުމެއްވެސް ވިއެވެ. ޒެވިޔަން އެހާ ލޯބިން އުޅެފައިވެސް އޭނައަށް ނުބައި ލަނޑެއްދޭން އުޅެނީބާވައެވެ. ކޮންމެ ގޮތެއް ހެދިޔަސް މިހާރު އެއީ އޭނަގެ ފިރިމީހާއެވެ. އޭނަގެ ހުރިހާވެސް އުފަލަކީ އެއީއެވެ. އެދެއަތުން މަރާލައިފައި ވަޅުލިކަމުގައި ވިޔަސް އޭނަ ހިތުން ރުހުމުން ގަބޫލު ކުރާނެއެވެ. ވީއިރު ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟ ޒެވިޔަންއަށް ޓަކައި އޭނަ މިހިރީ ފިދާވާން ތައްޔާރަށެވެ. އެކަމަކު މި އުފާތަކަކީ ގުނަމުން ދާ މަދު ވަގުތުކޮޅެއްކަން އެނގުމުން މިހާރު އަލީނާ ބޭނުން ވަނީ އެއިން ކޮންމެ ވަގުތެއްވެސް ހަދާނުން ފިލައިގެން ނުދާގޮތަކަށް ހޭދަކޮށްލުމެވެ.

ކޮންމެ ގޮތެއްވިޔަސް އަލީނާ މާ ބިނުމުގެ ޝައުގު ގެއްލުނެވެ. ލޮލުކޮޅަށްދާންދެން އޮބާލާފައިވާ، ރީތި ބްލޫބެލް ދޫލަ އާއި ދިމާލަށް ބަލަހައްޓައިގެން ގަހުގައި ލެނގިލައިގެން އިންއިރު އޭނަ ފެންނަނީ ހިތާމައިގެ ރީތި ތަސްވީރެއް ހެންނެވެ. ނަމަވެސް ލޮލަށް ކަރުނަ އެއް ނައެވެ. ކަރުނަ ހުސްވީ ކަންނޭގެއެވެ. 
ރޭގަނޑު ކެއުމަށްފަހު އަލީނާ ކޮޓަރިއަށް ވަދެ ނިދަން ލީ ހެދުމަކީ ޒެވިޔަން ގަނެދިން ހެދުމެކެވެ. އެހެދުމުގެ ތުނިކަމާއި، ކުރުކަމުން އަލީނާ ހުރީ ޒެވިޔަންއަށް ފެނިލަން އުދަގޫވެފައެވެ. އެހެންނޫނަސް މިރޭ އޭނަގެ ހިތުގައި ޒެވިޔަން އާއި މެދުގައި ނޭގޭ ބިރުވެރިކަމެއްވެސް އުފެދިފައިވެއެވެ. ޒެވިޔަންގެ ލޯތްބާއި މެދު ޝައްކު ވެސް ކުރެވިއްޖެއެވެ. އެކަމަކު އެއީ އޮޅުމަކަށް ވެސް ވެދާނެއެވެ. ޒެވިޔަން އޭނަ އާއި ދެކޮޅަށް އެއްޗެކޭ ބުނީ އެއްވެސް ނޫނެވެ. ވީއިރު ޝައްކު ކުރަން ހެޔޮވާނެ ހެއްޔެވެ؟ ނޫނެކެވެ. ފިރިމީހާ އާއި މެދު އެފަދަ ޝައްކެއް ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަން އޮޅުން ފިލުވަން ސުވާލު ކުރާނީ އެވެ. ނަމަވެސް އޭނަގެ ނިކަމެތިކަން ހިތަށް އަރާފައި އަލީނާ އެކަން ހަދާންނައްތާލައިފިއެވެ. ޝަކުވާތައް ކުރުމަށްވުރެ ލިބުނު ބޮޑު ނިޢުމަތަށް ހަމްދުކޮށްގެން ހުރުން މާ ބުއްދިވެރިއެވެ.

އަލީނާ އެނދުގައި އިށީދެގެން ވިސްނުމަކަށް ގެއްލިފައި އިންދާ ޒެވިޔަން ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ. އާދައިގެ މަތިން ޒެވިޔަން ފެނުނީ ވަރަށް ސްމާޓް ކޮށެވެ. އަނދިރިކަމަށްވެސް އެ ރީތިކަން ފަނޑުކޮށެއް ނުލެވެއެވެ. ޒެވިޔަން ފެނުމުން އަލީނާގެ ހިތަށް ލިބުނު ހަމަޖެހުމަކާއި އެކު ހުރިހާ ހިތާމައެއްވެސް ވަގުތީ ގޮތުން ފިލައިގެން ހިނގައްޖެއެވެ. ޒެވިޔަންގެ ރީތި އެންމެ ހިނިތުންވުމަކަށް ޓަކައި އެހިތް ފިދާވިއެވެ. އަލީނާ ރަކިގޮތަކަށް ހީލަމުން ކޮޅަށް ތެދުވެއްޖެއެވެ.

"ޔޫ ލުކް ޕްރިޓީ......" ޒެވިޔަން އަލީނާގެ މެދުހަށީގައި ހިފާފައި އަތުކޮޅަށް އުފުލައިލާފައި ތިރިއަށް ގެނައުމުން އަލީނާއަށް ޒެވިޔަންގެ ކަނދުރާގައި އަތް އަޅުވައިލެވުނެވެ. ޒެވިޔަންގެ ހަށިގަނޑާއި ޖެހި ފިތިގެން ހުރެވުނު ވަގުތުކޮޅު ހަށިގަނޑުގައި އެތައް ރާޅު ބާނި ތަކެއް ދަތުރުކުރިއެވެ. ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވަމުން ދިޔައެވެ. އެ އަތުގެ ތެރެއިން ކައްސާލައިގެން ގޮސް ބިންމަތީގައި ޖެހެން އެތައް އިރެއް ނެގިއެވެ.

"އެކަމަކު މި ބެޑް ކުޑަކަމުން ހާދަ އުނދަގޫ ވާނެއޭ، އަހަރެން ބަރުކަމުންނާއި، މާ ސަކަރާތް ޖަހަން ހަދައިގެން އެނދު ބިންދައިގެން ހިގައްޖެއްޔާ މާ ރީއްޗެއް ނުވާނެ......." ޒެވިޔަން ސަމާސާ ގޮތަކަށް އެހެން ބުނެލާފައި އެނދުގައި އިށީދެ އަލީނާ އުނގުގައި ބޭންދިއެވެ. ޒެވިޔަން ގެ ލާނެތް ގޯނާ ތަކުން އަލީނާ ލަދުން މޯޅިވަމުން ދިޔައެވެ. އެ ލަދުވެތިކަމުގެ ފަރުދާ އެއްލައިލަން މާގިނަ ވަގުތުކޮޅެއްވެސް ނުނެގިއެވެ. ޒެވިޔަންގެ އެހުންނަ ޖާދޫއެއްގެ ސަބަބުން އަލީނާ މަގުއޮޅެން ސިކުންތު ކޮޅެއްވެސް ނުނެގިއެވެ. އެކަމަކު ޒެވިޔަން އާއި އަލީނާއަށް އެ އެނދުގައި ހަމަޖެހިލައިގެން ތިބެވޭވަރެއް ނުވިއެވެ. ޒެވިޔަން ބޯ ހޫރާލައިފައި އެންމެފަހުން ތެދުވެއްޖެއެވެ. ތިރީބައިގައި ހުންނަ އޭނަގެ ކޮޓަރިއަށް ދިޔުން ނޫން މަގެއް ޒެވިޔަން އަކަށް ނުފެނުނެވެ. އެކޮޓަރި ހުންނަނީ ކޮރިޑޯގެ ތަންކޮޅެއް އެކޮޅުގައެވެ. މިގަޑީގައި އެންމެން ހެން ވާނީ ކޮޓަރި ތަކުގައި ކަން އެނގޭތީ ޒެވިޔަން އަލީނާގެ އަތުގައި ހިފައިގެން ނިކުތެވެ. 

ކޮރިޑޯ ވަނީ އަނދިރި ކޮށެވެ. މުޅި ހިސާބުގައި މީރުވަހެއް ހިފާލައިފައި ވެއެވެ. އެހާ ފިނިގަދައެވެ. ޒެވިޔަން އަލީނާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ޒެވިޔަންއަށް ނުފެނުނު ކަމުގައި ވިޔަސް ކޮންމެވެސް މީހަކު އެ މަންޒަރު ދެކެން ހައިރާންވެ އަންތަރީސްވެފައި ހުއްޓެވެ. ޒެވިޔަން ގޭގެ މެއިޑަކާއި އެކީގައި ނިދުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭވަރުގެ ކަމެއްނޫނެވެ. އެތައް އިރެއްވީ އިރުވެސް އެކޮޓަރިއަށް ވަން ދެމީހުންގެ ޚަބަރެއް ނުވިއެވެ.

ކޮމެންޓް 0