"ޝީ ވޯންޓްސް ޓު ބީ އެލޯން އޯ." އަޔާން އަރްޒަންއަށް ބަލައިލަމުން ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އެއަށްފަހު، މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ.

ރޯ މަހެއް ތެޅެމުންދިޔަ ގޮތަށް ތެޅެމުންދިޔަ ޒީޝާން ފެނި، އެ މަންޒަރު ބަލަން އަރްޒަންއަށް ކެތެއް ނުކުރެވުނެވެ. ކާ އެއްޗެހި އަޅާފައި، އަތުގައި ހުރި ކޮތަޅުތައް ވެސް ބިންމައްޗަށް ދޫކޮށްލާފައި، އޭނާ ހަލުވި ފިޔަވަޅުތަކުގައި ޒީޝާން ކައިރިއަށް ގޮސް ހުއްޓުނެވެ. ޒީޝާންގެ ކަޅި މައްޗަށް އަރާފައިވާއިރު, އެއް އަތުންވަނީ ކަރުގައި ހިފައްޓާލާފައެވެ. ތުންފަތުގައި މަޑު ތުރުތުރު އެޅުމެއް ވެއެވެ. ނޭވާ ނުލެވިގެން ޒީޝާން ތެޅެމުން ދިޔައިރު މޫނުމަތި، ހިނދެއް ހިނދަކަށް ހުދުވަމުން ދިޔަތަން އަރްޒަންއަށް ފެނުނެވެ. ލަސްނުކޮށް އޭނާ އެނދުގެ އެއްފަރާތުގައި ހުރި ބަޓަންއަށް ފިއްތައިލާ, ނަރުހަކަށް ގޮވައިލިއެވެ.

"ޒީ... ޒީ..." ހާސްކަން މުޅިމީހާ ވަށައިލި އިޙްސާސްއާއެކު،އަރްޒަން ޒީޝާންގެ އަތް ކަރުން ނައްޓައިލެވޭތޯ މަސައްކަތް ކުރިއެވެ.

ޒީޝާން އުނދަގުލުން އަރްޒަން އަށް ބަލައިލުމަށްފަހު، ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.

"ޔެސް... ޒީ... ކިހިނެއްވީ؟ އަހަރެން މިއައީއޭ..." އަރްޒަންގެ އަޑަށްވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވެރިވިއެވެ. އަޔާންއަށް ވެސް ލިބުނީ ޝޮކެކެވެ. އަރްޒަން އެނބުރިލާ އަޔާންއަށް ބަލައިލުމަށްފަހު, ޑޮކްޓަރަށް ގޮވާ ގެނައުމަށް އެދުނެވެ. އަޔާން އާ ވާހަކަ ދައްކަމުން ވެސް، އޭނާ ދިޔައީ ޒީޝާންގެ އަތް, ކަރުން ނައްޓައުލެވޭތޯ ބަލަމުންނެވެ.

"ޒީ...." ކެނޑިނޭޅި އަރްޒަން ޒީޝާންއަށް ގޮވަމުން ދިޔައެވެ. އަޔާން ދިޔަތާ އިރުކޮޅެއް ފަހުން އޭނާ އެނބުރި ފަހަތަށް ބަލައިލީ ދޮރުކައިރީގައި އެ ދިމާލަށް ބަލަހައްޓައިގެން މީހަކު ހުރިހެން ހީވެގެންނެވެ. އެއާއެކު އެތަނުގައި އޭނާއަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި ޝިންޝިނާ ފެނި އަރްޒަންއަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ބަލައިލެވުނީ ޒީޝާންއަށެވެ.

"ކަލޭ... ލީވް ހާރ އެލޯން..." އަނެއްކާވެސް ޝިންޝިނާއަށް ބަލައިލާ، އަރްޒަން ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. ޒީޝާން ނޭވާ ނުލެވި ތެޅެމުންދިޔަ މަންޒަރު ފެނި، ބިރުވެރިކަމުން އޭނާގެ ހިތް ވެސް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

"ޖަސްޓް ލީވް ހާރ... ޖަސްޓް ލީވް ހާރ..." އަރްޒަން ކިޔަމުން ދިޔައެވެ.

"ތީ އަހަރެންގެ ޙައްޤެއް. ހަނދާންކުރާތި..." ޝިންޝިނާ ބުނެލިއެވެ.

"ޖަސްޓް ލީވް ހާރ... މިތަނުން ހަމަ މިހާރު ދޭ..." އަރްޒަން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"އަހަރެން އަދިވެސް އަންނާނަން..." ޝިންޝިނާ އެހެން ބުނެލުމަށްފަހު، ގެއްލުނީއެވެ. އެއާއެކު ޒީޝާންގެ ހަށިގަނޑުވެސް މަޑުމަޑުން ހިމޭންވާން ފެށިއެވެ.

"ޒީ... ޒީ..." އަރްޒަން ޒީޝާންގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފުހެލިއެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ވެސް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވެފައި ވެއެވެ.

ޑޮކްޓަރު އެތެރެއަށް ވަނުމަށްފަހު އަވަސްއަވަހަށް ޒީޝާންގެ ކައިރިއަށް ގޮސް ހުއްޓުނެވެ. އެއަށްފަހު އޭނާ ބަލައިލީ މެޝިންތަކަށެވެ. އޭރުވެސް މެޝީންތަކުގެ ބީޕްގެ އަޑު އެތަނުގައި ގުގުމާލާފައި ހުއްޓެވެ.

"ވަޓް ހެޕެންޑް؟ އިޓްސް ބިކަމިން ނޯރމަލް އެގެއިން..." ޑޮކްޓަރަށް ވެސް ސުވާލުކޮށްލެވުނެވެ. އޭނާއަށް ވެސް ވީގޮތެއް މާރަނގަޅަކަށް ނޭނގުނެވެ. ޒީޝާން އެކީ ރަނގަޅުވަންދެން ޑޮކްޓަރު އެތަނުގައި މަޑުކުރިއެވެ.

އޭނާގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި، އަޔާންއަށް ބަލައިލުމަށްފަހު، އަރްޒަން ޒީޝާންއާ ދުރަށް ފިޔަވަޅެއް އަޅައިލިއެވެ.

"ޒޭން! އާރ ޔޫ އޯކޭ؟" އަޔާން އަރްޒަންގެ ކައިރިއަށް ޖެހިލާ ކޮނޑުގައި ޖަހައިލިއެވެ. އެކުވެރިޔާގެ ހިތުގައި ހިނގާނޭ އިޙްސާސްތައް އޭނާއަށް ވަޒަންކޮށްލެވެއެވެ. އެހިތުގައި އަޅާނޭ ވޭންވެސް މެއެވެ.

"މީ އަހަރެންގެ ސަބަބުން... އަހަރެންގެ ސަބަބުން ވާކަންތައް... އަހަރެން ޒީ އާއެކީ އުޅޭހާ ހިނދަކު ޝިންޝިނާ ޒީއަށް ގެއްލުން ދިނުން ހުއްޓައެއް ނުލާނެ. އަހަންނާ ކައިރިވާ ކޮންމެ މީހެއްގެ ދުވަސް އޭނަ ދުއްވައިލާނެ. އަހަރެން ލޯބިވާ ކޮންމެ މީހަކު މަރައިލާނެ، ގޯ އަވޭ ފްރޮމް މީ އަޔާން... ސްޓޭ އަވޭ ފްރޮމް އޯލް ދިސް..." އަޑުގައިވި މަޑުތުރުތުރު އެޅުމާއެކު، އަޔާންގެ އަތް ފޮޅުވައިލަމުން އަރްޒަން ވާހަކަ ދެއްކިއެވެ.

"ޒޭން... ކީކޭ ތިކިޔަނީ؟" އަޔާންއަށް އަހައިލެވުނެވެ.

"އަހަރެން މިދައްކަނީ ރަނގަޅު ވާހަކައެއް... އަހަރެން މިދައްކާ ވާހަކަ ހަމަ ރަނގަޅަށް ޔާންއަށް އެނގޭނެ" އަރްޒަން ބުނެލިއެވެ.

"ޒޭން!. އައި އޭމް ޔޯ ބެސްޓް ފްރެންޑް... އަހަރެން މިހުރީ ޒޭން އާއެކީ..."

ލޮލުން އައި ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު، އަރްޒަން ޒީޝާން އޮތް އެނދާ ފުރަގަސްދިނެވެ.

އަދިވެސް އޭނާގެ ސިކުނޑީގައި ވަނީ ޒީޝާން ތެޅެމުންދިޔަ ގޮތެވެ. އަދި އެ މަންޒަރު ބަލަން ހެވިފައި ޝިންޝިނާ ހުރި ގޮތެވެ. އެ މޫނުމަތީގައިވީ ކުލަވަރުތަކުން، ދޭހަވަނީ އޭނާ އަދި އެހާ ފަސޭހައިން ޒީޝާން ދޫކޮށްނުލާނޭކަމެވެ. އެ ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. މީގެ ކުރިން އަރްޒަންއަށް ވެސް ފެނިފައިނުވާ ފަދަ އަސަރެކެވެ. އޭނާގެ ގައިން ހީބިހި ނެގީ އެހެންވެއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔަ އަރްޒަން އޭނާގެ ކަރުނަތައް ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ފިރާޤު މިއަދު ކިޔައިދިން ވާހަތަކުން އޭނާއަށް ނޭނގޭ ކަންތައްތަކާއި، މާޒީގައި ހިނގި ހުރިހާކަމެއް ވެސް އޭނާ އެނގެން ބޭނުމެވެ. އޭނާގެ މަންމަގެ މަރާ އަދި އެމަރާ ގުޅުން ހުރި ހުރިހާކަމެއް ވެސް އެނގެން ބޭނުންވިއެވެ.

"ޒޭން. ޑޯންޓް ބްލޭމް ޔުއަރ ސެލްފް... ޒޭންއަށް ހީވަނީތަ މި ހުރިހާކަމަކުން ސަލާމަތްވެވޭނެ ގޮތަކީ ޒީއާ ދުރަށް ދިޔުންކަމަށް. ނޫން! އޭތި މިހާރު ދިމާކޮށްލީ ޒީއާ... ވީހާވެސް އަވަހަކަށް މިކަންތައް ނިންމަން ޖެހޭނެ! ވީ ކޭން ޑޫ ދިސް..." އަޔާން އަރްޒަންއަށް ބަލައިލިއެވެ.

"އައި ޝުޑް ޖަސްޓް ލީވް ހާރ ޔާން... އަހަންނަކަށް ދެން އިތުރަށް ކެތެއްނުވާނެ! އަހަންނާ އެކީ އުޅެގެން ޒީއަށް ގެއްލުން ވާނީ...އަހަރެންގެ ސަބަބުން މިއަދު ޒީއޮތް ޙާލު ނުފެނޭތަ ޔާން...؟" އަރްޒަންއަށް ސުވާލުކޮށްލެވުނެވެ.

"ޒޭންގެ ކުށެއް ނޫނޭ އެއީ ... ޖަސްޓް ލިސެން ޓު މީ... އަހަރެމެންނަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިއްޖެ. މި ހުރިހާ ކަމަކުން ސަލާމަތް..."

"މިހުރިހާ ކަމަކުން ސަލާމަތް ވެވޭނީ ކިހިނެއް ޔާން؟ އަހަންނާ ދުރަށް ދޭ ޔާން... ދެން ނޭނގެ ޔާން ނޫންކަމެއް ވެސް. އަހަރެންގެ ބައްޕަ އެހެދި ސިހުރަކުން ޔާން އާ ރައުދާއާ ވެސް ވަކިވާން ޖެހުނީ... ޖަސްޓް ގޯ..." އަރްޒަން ބުނެލިއެވެ.

"އެއީ ޖައުފަރުގެ ކަމެއް. ނޮޓް ޔުއަރ ފޯލްޓް... ޒޭން! މިހާ ހިސާބަށް އައިސް ދެންފަހަތަށް ޖެހޭނެކަމެއް ނެތް. ވިސްނާލަބަލަ!" އަޔާން ބެލީ އަރްޒަންއަށް ވިސްނައިދެވޭތޯއެވެ.

"ފިރާޤުބެ ކޮބާ؟" އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު، ކުއްލިއަކަށް އަރްޒަން އަޔާން ގާތުން އަހައިލިއެވެ.

"އަނެއްފަރާތު ގޮނޑިބަރީގައި އިންތަން ދުށިން..."

"އަރްޒަން ކަރުނަ ފުހެލުމަށްފަހު، ނުކުތުމުގެކުރިން އަދިވެސް އެއްފަހަރު ޒީޝާންއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުމެގެން ހިނގައިގަތީ ފިރާޤު ހޯދުމަ ށެވެ. އޭނާ ދިޔައިރު ފިރާޤު އިނީ ބޮލުގައި ހިފައްޓާލައިގެންނެވެ. ހީވަނީ ވިސްނުމަކަށް ގެއްލިފައި އިންހެންނެވެ. ތަންކޮޅެއް ދުރުގައި ޖިނާންއާ އިރުފާން ވެސް ތިއްބެވެ. އަރްޒަން ގޮސް ފިރާޤުގެ ކައިރީގައި ހުއްޓިލިއެވެ.

އިސްޖަހައިލައިގެން އިން ފިރާޤު، ސިހުނީ ދާދި ގާތަށް ހުއްޓި މީހަކު ވާހަކަ ދެއްކުމާ އެކުގައެވެ.

"އަހަރެން ބޭނުމީ އޭނަ މަރައިލަން..." އަރްޒަން ބުނެލިއެވެ. ފިރާޤަށް އަރްޒަންއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ.

"އާނ...ކީކޭ؟" ކުއްލިއަކަށް އަރްޒަން އެހެން ބުނުމުން ފިރާޤަށް އަހައިލެވުނެވެ. އެ ބުނި އެއްޗެއްގެ މާނަ އޭނާގެ ސިކުނޑިއަށް ނަގައިގަންނަންވެސް އިރުކޮޅެއް ނެގިއެވެ.

"އަހަރެން ބޭނުންވަނީ އޭނަ މަރައިލަން..." އަރްޒަން އެހެން ބުނެލިއިރު ދެރައާ ރުޅިއެކުވެގެން އޭނާގެ އަޑުގައިވެސް މަޑުތުރު ތުރު އެޅުމެއް ހުއްޓެވެ. ދެ އަތް ވަނީ މުށްކަވާލެވިފައެވެ. ފިރާޤަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް އަރްޒަން ހަޅޭއްވައިގަތެވެ.

"އަހަރެން މި ބުނި އެއްޗެއްގެ އަޑެއް ނީވޭތަ؟ ވީއެންމެ އަވަހަކަށް... އަހަރެން ބޭނުންވަނީ އޭނަ މަރައިލަންނޭ..." ބުނެވުނު ބަސްތަކުގެ ބާރުކަން އަރްޒަންއަށް އިޙްސާސްވީ ވަށައިގެން ތިބި އެންމެން ބަލަން ފެށުމުންނެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮލެވުމާއެކު، ބޮލުގައި ހިފައްޓައިލެވުނެވެ. ފިރާޤުވެސް ވަށައިގެން ބަލައިލިއެވެ. މީހުން ހީކޮށްފާނޭ އެއްޗަކާ މެދު އޭނާ ކަންބޮޑުވިއެވެ.

އެ އަޑަށް އިރުފާންއާއި ޖިނާންވެސް އައިސް އަރްޒަންގެ ކައިރީގައި ހުއްޓުނެވެ. އެ ދެމީހުންނަށް ވެސް ބަލައިލެވުނީ އެވަގުތު އެމީހުންނާ ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލަން ތިބި މީހުންނަށެވެ.

"ޒޭން! ވީ ވިލް ޓޯކް އެބައުޓް ދިސް ލޭޓަރ... ހާދަ ބައިވަރު މީހުންނެކޭ އެބަލަނީ... ކޮންޓްރޯލް ބްރަދަރ... ކޮންޓްރޯލް..." އިރުފާން ބެލީ އަރްޒަން ހަމައަކަށް އެޅުވޭތޯއެވެ. ފަހަތުގައި ހުރި ޖިނާން މީހުނާ ދިމާލަށް ބަލައިލާފައި އަންހެނުންނަށް ކަމެއް ވީތީ އެކަމާ ހާސްވެގެން ކިޔޭ އެއްޗެއް ކަމުގައި ބުނެލިއެވެ. އެއްބައި މީހުން އަނގަޔަށް ގޮތެއް ހަދާލާފައި ދުރަށް ދިޔަނަމަވެސް އަނެއްބައި މީހުން އޭރުވެސް ތިބީ ޝައްކުގެ ނަޒަރަކުން ބަލާށެވެ.

"ހައު ކޭން އައި؟" އިރުފާން އަށް ބަލައިލުމަށްފަހު، އަރްޒަންމަޑުމަޑުން ބުނެލިއެވެ.

" ޔޫ ހޭވް ޓު..." އިރުފާން ވާހަކަ ދައްކައި އަރްޒަންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަރްޒަން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ސިކުނޑީގައި ވަނީ އަދިވެސް ޝިންޝިނާގެ މޫނު މަތީގައިވީ ހިނިތުންވުމާ، އެ ލޮލުގައި ވީނަފްރަތުގެ ކުލަވަރެވެ.

"ތީ އަހަރެންގެ ހައްޤެއް" އޭނާގެ ސިކުނޑީގައި ގުގުމަން ފެށީ އެ ޖުމްލަތަކެވެ. ދެ އަތުން ބޮލުގައި ހިފައްޓައިލެވުނު، އަރްޒަންއަށް ގޮނޑީގައި އިށީނދެވުނެވެ.

"އައި ވޯންޓް ޓު ކިލް ހާރ... އަހަރެން އޭނަގެ ކިބައިން ސަލާމަތް ކޮށްދީ ފިރާޤުބޭ... އާދޭސް ކުރަން... އޭނާ އަހަރެންގެ ސިކުނޑިއާ ކުޅެގެން މިހުރިހާދުވަހު އަހަރެން އޭނާގެ ބާރުގެ ދަށުގައި ގެންގުޅުނީ... އެކަމަކު... "

އަރްޒަން އާދޭސް އެކުލެވިގެންވީ ބެލުމަކުން ފިރާޤަށް ބަލައިލިއެވެ. ފިރާޤު އަރްޒަންގެ ކޮނޑުގައި ޖަހައިލިއެވެ. އެއަށްފަހު، ބޯ ޖަހައިލީ ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދަކުންނެވެ. މިހާރުވެސް އެ ޖިންނީގެ ހަށިގަނޑަށް އެކި ވަރުގެ ގެއްލުން ލިބިފައި ހުންނާނޭ ކަމުގައި ފިރާޤުބު ނެލިއެވެ.

އަރްޒަންގެ ހަނދާނަށް އައީ ދެނެވެ. އޭނާއަށް ދޮރުކައިރިން ޝިންޝިނާ ފެނުނުއިރު، އަތާ ފައިގެ ތަންތަންގަނޑު ހުރީ އަނދާފައެވެ. މޫނުގެ އެއްފަޅިއާ ކަންފަތާ ދިމާލުންވެސް ބޮޑު ތަންގަނޑެއް ހުރީ ފިހިފައެވެ. އެތަންތަނުން ދިޔާ އެއްޗެހިތަކެއް ވެސް ނިކުންނަމުން ދިޔައެވެ.

އޭނާ ފިރާޤށް ބަލައިލުމަށްފަހު އެ ވާހަކަ ބުނެލިއެވެ.

"އަހަންނަށް އޭރުވެސް އެނގޭ ޒީޝާންއަށް ދިމާވި މިހާދިސާއާ ޝިންޝިނާއާ ގުޅުމެއް ވާކަން...ޒީޝާން އެކަނިތަ އޮތީ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"އަޔާން އެބަހުރި..." އަރްޒަން ބުނެލިއެވެ. ފިރާޤު ބޯ ޖަހައިލިއެވެ. އެއަށްފަހު އޭނާ ބުނީ ވީހާވެސް އަވަހަކަށް ކިޔަވަން ފަށަން ވީކަމުގައެވެ. މިހާރު ޖިންނި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނޭ ކަމުގައި ފިރާޤު ބުނެލިއެވެ.

"އަހަރެމެންނަށް ގޯސްކޮށް ކުރެވޭ އެންމެ ކަމަކުންވެސް ހުރިހާކަމެއް ގޯހުން ގޯހަށް ހިނގައިދާނެ!" ފިރާޤު އަނެއްކާވެސް ބުނެލިއެވެ.

"ޒީޝާން ހޮސްޕިޓަލުން ދޫކޮށްލަންދެން އަހަރެމެންނަށް މަޑެއް ނުކުރެވޭނެތަ؟" އަރްޒަން އަހައިލިއެވެ. ފިރާޤު ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ބުނީ ވީ އެންމެ އަވަހަކަށް ކަންތައްތައް ފަށަންވީ ކަމުގައެވެ. އޭނާގެ ހިތަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ހަޤީޤީ ކުރިމަތިލުން އަދި ފެށެނީކަމުގައި އޭނާގެ ހިތް ބުނަނީއެވެ.

"އަހަރެންގެ މަންމަގެ ހަޤީގަތް... އެކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތައް... އަހަރެން ބޭނުން ހުރިހާކަމެއް އެނގެން..." އަރްޒަން ބުނެލިއެވެ.

"އަހަރެންގެ މަންމަ... ނަން..."

"ޖުމައިލާ... ޖުމައިލާ އަރްޒަން ދެކެވަރަ ލޯބިވި... އެންމެ ފަހު ވަގުތާ ޖެހެންދެންވެސް... އަހަންނަށް ހަމައެކަނި ސަލާމަތް ކުރެވުނީ އަރްޒަން..." ފިރާޤު ބުނެލިއެވެ.

"ހުރިހާކަމެއް އަހަންނަށް ކިޔައިދީ..." އަރްޒަން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ބުނެލިއެވެ. ފިރާޤަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އަރްޒަންގެ ފޯނު ރިންގްވިއެވެ. ގުޅަނީ އަޔާންއެވެ. އަރްޒަން ފިރާޤަށް ބަލައިލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ޒީ..."

"އެހަށް ދޭ... ހަމަޖެހިލައިގެން އަހަރެން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން..." ފިރާޤު ބުނެލިއެވެ.

އަރްޒަން ޒީޝާން އޮތް ރޫމާ ހިސާބަށް ގޮސް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ދޮރު ހުޅުވައިލިއެވެ. އޭރު އެތެރޭގައި އަޔާން ހުއްޓެވެ. ޒީޝާން އޮތީ ދެލޯ ހުޅުވައިލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ.

އަރްޒަން ވަނުމާއެކު އަޔާން އެތަނުން ނުކުތެވެ. އެއާއެކު އަނެއްކާވެސް އެ ކޮޓަރި ތެރޭގައި ޒީޝާންއާ އަރްޒަން އެކަނިވިއެވެ. އަރްޒަން ގޮސް ގޮނޑީގައި އިށީނދެ ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ.

"ޒީ... އައި އެމް ސޮރީ..." އޭނާ ޒީޝާންއަށް ގޮވައިލާ ބުނެލިއެވެ. އަރްޒަން ގޮވައިލުމާއެކު ޒީޝާން އަރްޒަންއަށް ބަލައިލިއެވެ.

"ސޮރީ..." މަޑުމަޑުން ތުންފަތް ހަރަކާތްކޮށްލުމަށްފަހު، ޒީޝާން ބުނެލިއެވެ. އޭނާ އޮތީ ސީދާ އަރްޒަންގެ ލޮލަށް ބަލަހައްޓައިގެންނެވެ.

"އިޓްސް އޯކޭ، އެނީވޭޒް އިޓްސް މައި ފޯލްޓް..." އަރްޒަން ޒީޝާންއަށް ބަލައިލާ ހިނިތުންވެލި ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ އިންތިހާ ވޭނާ ކެކުޅުންކަން ޒީޝާންއަށް ދެނެގަނެވުނެވެ.

"އިޓްސް ނޮޓް ޔުއަރ ފޯލްޓް، އައި އެމް ސޮރީ..." ޒީޝާން މާފަށް އެދުނެވެ.

"އަަހަރެން ބުނެގެން ނުވާނެ އެއްޗެއް އަހަންނަށްވެސް ބުނެވުނީ. އަހަންނަށް އެނގެންޖެހޭނެ އެއީ ޒޭން އަމިއްލައަށް ކުރިކަމެއް ނޫންކަން. އައި ވޯޒް ޓޫ އެމޯޝަނަލް..."

އަރްޒަން ޒީޝާންގެ ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތް ދަށައް ލައްވައިލަދިނެވެ. އެއަށްފަހު ނިތުގައި ބޮސް ދީފައި އޭނާ ހިނިތުންވެލިއެވެ.

"އަހަރެންގެ ސަބަބުން ވެގެންދިޔަ ހުރިހާ ކަމަކަށް އަހަރެން ޒިންމާ ނަގާނަން ޒީ... އަހަރެން އިތުރަށް މަޑެއް ނުކުރާނަން، ވީހާވެސް އަވަހަކަށް އަހަރެން ބޭނުން މިކަންތައް ނިންމަން... އިންޝާ ﷲ... އެ ޖިންނީގެ ކިބައިން އަހަރެމެން ސަލާމަތްވާނެ،" އަރްޒަން ބުނެލިއެވެ. ޒީޝާން ބޯ ޖަހައިލިއެވެ.

*****

ޒީޝާން ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހޮސްޕިޓަލުން ގެއަށްދިޔަ މަގުމަތީގައިވެސް އަރްޒަން ޒީޝާންގެ އަތުން އެންމެ ފަހަރަކުވެސް ދުލެއް ނުކުރެއެވެ. ގެއަށް ވަނުމަށްފަހު، އެންމެ ފުރަތަމަ ވެސް ދެމީހުން މަޑުކޮށްލީ ސިޓިން ރޫމުގައެވެ. އޭރު އަޔާންއާ ޖިނާންގެ އިތުރުން އެތަނުގައި ފިރާޤު ތިއްބެވެ. އިރުފާން ވީތަނެއް ނޭނގެއެވެ.

"އަރްޒަން... ހަޤީގަތް އަހަރެން ކިޔައިދޭނަން. އަޑު އަހާ..." ފިރާޤު ތައްޔާރުވެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އަރްޒަންގެ ނުތަނަވަސްކަން ދެނެގަނެވި ޒީޝާން އޭނާގެ އަތުން އަރްޒަންގެ އަތަށް ބާރުކޮށްލިއެވެ.

"އެކަމަކު އޭގެ ކުރިން އަހަރެން ވާހަކައެއް ބުނަން ބޭނުން. މީގެ ކުރިން ޖިންނި އަރްޒަންއަށް އެއްވެސް ގެއްލުމެއް ދީފައެއް ނެތް. އެކަމަކު... އެކަމަކު މި ފަހަރު ފަހަރެއްގައި އެހެން މީހުންނެކޭ އެއްގޮތަށް އަރްޒަންގެ ފުރާނައަށް ވެސް ޖިންނި ގެއްލުން ދިނުން އެކަށީގެންވޭ..." ފިރާޤު ބުނެލިއެވެ. އެއާއެކު އެންމެންގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ.

ފިރާޤު ވާހަކަ ކިޔައިދޭން ފެށިތާ މާގިނަ އިރެއްނުވެ އަރްޒަންގެ ބޮލަށް ރިހުމެއް ވެރިވިއެވެ. އެއާއެކު ފިރާޤު އޭނާގެ ވާހަކަ މެދު ކަނޑައިލިއެވެ.

"އަރްޒަން..." އޭނާއަށް ކަމެއް ފާހަގަވީއެވެ. ކުއްލިއަކަށް އަރްޒަން ޒީޝާންއަށް ބަލައިލުމަށްފަހު، ހީގަތެވެ. އެއާއެކު ސިހުނު ޒީޝާން އަރްޒަންގެ އަތުން ދޫކޮށްލާ ފުންމައިގެން ތެދުވިއެވެ. ފިރާޤު ބަލައިލީ އަޔާންއާއި ޖިނާން އަށެވެ. އޭނާ އެ ދެމީހުންނަށް އެންގީ އަރްޒަން ދެން ކޮށްފާނެ ކަމަކަށް ސަމާލުވެ ތިބުމަށެވެ. އަޔާން ބޯ ޖަހައިލިއެވެ.

ސޯފާމައްޗަށް ދެފައި އަރުވައިލުމަށްފަހު، އަރްޒަން ހޭންފެށިއެވެ. ބޮލުގެ އިސްތަށިގަނޑަށް ދަމަދަމާފައި އޭނާ ފިރާޤަށް ބަލާފައި ހަމަ ހެނީއެވެ. އަނގަޔަށް ދެއަތްލާފައި ވައްތަރު ޖައްސަން ފެށިގޮތުން ފިރާޤު ގޮނޑިން ތެދުވިއެވެ.

އަރްޒަން އުޅެން ފެށި ގޮތުން އޭނާގެ ޚިޔާލަށް އަންނަން ފެށީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ކުރިމަތީގައި ޖުމައިލާ އުޅުނުގޮތެވެ.

***

(ނުނިމޭ)

ކޮމެންޓް 0