ވެރިވަމުން ދިޔަ ހަނދާންތަކުގެ ސަބަބުން ސިކުނޑިއަށް ބާރު ބޮޑުވެ ޒީޝާން އަރިއަޅައިލާ ގޮތްވިއެވެ. މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރާ ޒީޝާން ވެއްޓެން ދިޔައެވެ. އެ ވަގުތު ކޮންމެވެސް މީހަކު ވަރަށް ބާރަށް އައިސް އޭނާގެ އުނަގަނޑުގައި ހިފައްޓައިލިކަން ޒީޝާންއަށް އެނގުނެވެ.
*****
"ވިލް ޝީ ބީ އޯކޭ؟" ޒީޝާން އެނދުގައި އޮތް އިރު އަރްޒަންއަށް ހާސްކަމާއެކު އަޔާންއަށް ބަަލައިލަމުން އަހައިލެވުނެވެ. އޭނާ އަނބުރާ އަނެއްކާވެސް ޒީޝާންއަށް ބަލައިލިއެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ބަލި ވައްތަރު ޖަހާއިރު ހަށިގަނޑުވަނީ ކޮންމެވެސް ވަރަކަށް ހިކިފައެވެ. ތުންފަތް ވެސް ވަކީ ހިކިފައެވެ.
އަޔާން ބަލައިލީ އިރުފާނާއި ދިމާލަށެވެ. އިރުފާން ބޯ ޖަހައިލީ ނުރައްކަލެއް ނެތޭ ބުނުމުގެ ގޮތުންނެވެ. އަޔާންއަށް ދޫކޮށްލެވުނީ ފުންނޭވައެކެވެ. އޭނާ އަރްޒަންގެ ކޮނޑުގައި އަތް ޖައްސައިލަމުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަމުގައި ބުނެލިއެވެ.
"ޒޭން! އިންޝާ ﷲ. ދެން ހުރިހާކަމެއް ވެސް ވާނީ ރަނގަޅަށް. އަހަރެން ޒޭންގެ ކައިވެންޏަށް އަންނަން ދެކޮޅު ހެދި ސަބަބަކީ ވެސް މިއީ" އަޔާން ޒީޝާންއަށް ބަލައިިލިއެވެ.
"ޔާން ތިބުނީ މިހުރިހާ ދުވަހު އަހަންނާ އެކީ އުޅުނީ ޒީ އެއް ނޫނޭތަ؟ އެއީ... އެއީ..." އަރްޒަންއަށް ބޮލުގައި އަތް ޖައްސައިލެވުނެވެ. އަޔާން ހަމައެކަނި ބޯ ޖަހައިލީއެވެ. އޭނާއަށް އިތުރަށް ދައްކާނެ ވާހަކައެއް އެވަގުތު ސިކުނޑިއަށް ނައީއެވެ. ހިމޭންކަން އިޚްތިޔާރުކުރީ އެހެންވެއެވެ.
އަރްޒަންއަށް އެނދުގައި އިށީނދެވުނެވެ. އޭނާއަށް ޒީޝާނަށް ފުންކޮށް ބަލައިލެވުނެވެ. އެ މޫނުމަތީގައި ވި މައުސޫމްކަން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަން މަސައްކަތް ކުރިނަމަވެސް، މި ދިޔަ ދުވަސްތަކުގައި ހިނގި ހުރިހާކަމެއް ސިކުނޑިއަށް ވެރިވަމުން ދިޔުމުގެ ސަބަބުން އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ. މީހާ ވަނީ ހާސްވެފައެވެ. ޒީޝާންގެ އުޅުމަށް ބަދަލު އައުުމުން ވެސް، އެފަދަ ގޮތަކަށް އޭނާއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟
އޭނާއަށް ޒީޝާން އޮޅުނީ ކީއްވެހެއްޔެވެ؟ އެއީ އެހެން މީހެއްކަން ނޭނގުނީ ކީއްވެހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. ޖަވާބު ލިބުންނެތް އަރަތް ތަކެކެވެ. ފުން ނޭވާއެއް ލީ، ހަށިގަނޑުގައި އުފެދިފައިވާ އުދާސްތައް ދުރުކޮށްލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އޭނާގެ ނުތަނަވަސްކަމަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބުނެވެ. ހީވަނީ ލާ ކޮންމެ ނޭވާއަކާއެކު، އެ އުދާސްކަމާއި، ހާސްކަން އިތުރުވަމުން ދިޔަހެންނެެވެ.
"ޒީއަށް ނޭނގޭނެދޯ މިދިޔަ ދުވަސްތަކުގައި ވީ އެއްވެސް ކަމެއް؟" ޒީޝާންގެ ބޮލުގައި ފިރުމައިލަމުން، ކައިރީގައި އިށީނދެ އިން އާރާ ބުނެލިއެވެ. އަޔާންއަށް ހަމައެކަނި ބޯ ޖަހައިލެވުނީއެވެ.
"ކިހިނެއްތަ ޒީއަށް ވާނީ؟ ހަޤީގަތް އެނގޭ ދުވަހު އެ ހުރިހާ ކަމަކާ ކުރިމަތިލުމުގެ ހިތްވަރު ޒީގެ ނުހުންނާނެ! އައި ކާންޓް އީވެން އިމޭޖިން ހައު ހާޓް ޝީ ވިލް ބީ ވެން ޝީ ކަމްސް ޓު ނޯ އެބައުޓް ހާރ ޕޭރެންޓްސް..." އާރާއަށް ބުނެވުނެވެ. ބޭއިޚްތިޔާޜުގައި އޭނާގެ ދެލޯ އަނެއްކާވެސް ފެންކަޅިވެގެން ދިޔައެވެ.
"އައި ނޯ ހައު މަޗް ޝީ ލަވްސް ދެމް..." ނޭފަތް އެތެރެއަށް ދަމައިލި އާރާގެ ކޮނޑުގައި ޖިނާން އޭނާގެ އަތުން ދެފަހަރަކު ޖަހައިލިއެވެ. އޭނާ ބޭނުންވީ އާރާއަށް ހިތްވަރު ދިނުމަށެވެ. އެންމެ ގާތް އެކުވެރިޔާއަށް، އާރާގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.
އޭނާ އެންމެ ގާތުގައި އާރާއަށް ހިތްވަރުދޭން ހުންނަން ބޭނުންވި އެވެ.
"ސޯ ބޯޓު ވެއްޓުނު ހާދިސާގަ ޒީ ގެއްލުނީ... ޒީ އުޅުނީ ކޮންތާކު ކިހިނެއް؟" އަރްޒަންއަށް އަޔާންއަށް ބަލައިލެވުނެވެ.
"އަރްޒަން އަހަރެން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން. އެކަމަކު މިވަގުތު ޒީއަށް އެހީވަމާ. އައި ތިންކް ޝީ އިޒް ވޭކިންއަޕް" ލޮލުގެ އެއްފިޔަތައް ތަޅުވައިލަމުން، ލޯ ހުޅުވަން މަސައްކަތް ކުރަމުންދިޔަ ޒީޝާންއަށް ބަލައިލަމުން އަޔާން ބުނެލިއެވެ. އެއާއެކު އަރްޒަންގެ ހުރިހާ ސަމާލުކަމެއްވެސް ޒީޝާންއަށް ހުއްޓުނެވެ. ހިތުގައި އެތަކެއް ސުވާލެއް އުތުރި އަރަމުން ދިޔަނަމަވެސް، އޭނާ އެވަގުތަށް އެ ހުރިހާ ސުވާލެއް މަޑުޖައްސައިލިއެވެ. އާރާ ޒީޝާންގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އޭރުވެސް އިނެވެ. އޭނާގެ ލޮލުގެ އެސްފިޔަތަކުގައި އޭރުވެސް ތެތްކަން ވިއެވެ.
"ޒީ... ޒީ... އާރ ޔޫ އޯކޭ؟" އާރާ އަށް އަހައިލެވުނެވެ.
ލޯ ހުޅުވައިލެވުނު އިރުވެސް ޒީޝާންގެ ބޮލުގައި ރިއްސަމުން ދިޔައެވެ. ކުއްލިއަކަށް ތެދުވަމުން އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. އޭރު އެ ދެލޮލުގައި އިންތިހާ ބިރުވެރިކަން ވިއެވެ.
"ޒީ... އިޓްސް އޯކޭ. ޔޫ އާ ސޭފް!" އާރާއަށް ވަގުތުން ބުނެވުނެވެ. އާރާއަށް ބަލައިލި ޒީޝާންގެ މޫނުމަތިން ފެންނަނީ ބީރައްޓެހި ކަމެވެ.
"ޒީ... އާރ ޔޫ އޯކޭ؟" އަރްޒަންއަށް ވެސް ހާސްކަމާއެކު ކުރިއަށް ޖެހިލަމުން އަހައިލެވު ނެވެ.
ބޯ ޖަހައިލި ޒީޝާންގެ މޫނުމަތިން މިފަހަރުވެސް ފެނުނީ ބީރައްޓެހި ކަމެކެވެ. އޭނާއަށް ބަލައިލެވުނީ އަޔާންއަށެވެ.
"ޒީ... އިޓްސް އަރްޒަން..."
"އަރްޒަން..." ޒީޝާންގެ ދުލުން އެ ބަސްތައް ބޭރުވި ނަމަވެސް، އޭނާގެ މޫނުމަތީގައި ވި ބީރައްޓެހި ކަމަކަށް ބަދަލެއް ނައެވެ. އޭނާއަށް ބަލައިލެވުނީ އަތުގައި އިން އަނގޮޓިއަށެވެ. އެމަންޒަރު ފެނި، ހިތި ގޮތަކަށް އަރްޒަންއަށް ހިނިތުންވެވުނެވެ. އަރްޒަން އޭނާގެ ނަޒަރު ޒީޝާންއާ ވަކިކޮށްލަމުން އަޔާންއަށް ބަލައިލިއެވެ. ކަންތައްތައް ކިޔައިދޭށޭ ބުނާ ގޮތަކަށެވެ.
"ޝީ ޑަޒަންޓް ރިމެމްބަރ... އެނީތިންގް.. ބޯޓުގެ ހާދިސާގެ ކުރީގެ އެއްވެސް ކަމެއް އެއްވެސް ވަރަކަށް ހަނދާނަކު ނެތް. "
"ދެން ކީއްވެ އޭނާއަށް އަޔާން އެނގެންވީ؟" އަރްޒަންއަށް އަހައިލެވުނެވެ.
"ޝީ ޑަޒަންޓް ރިމެމްބަރ މީ އެއިދާރ. އަހަރެމެން އެކުގައި ނަގާފައި ހުރި ފޮޓޯތައް ދެއްކީމަ ދެން ގަބޫލް ކުރެވޭނެތާ! މި ދިޔަ ދުވަސްތަކުގައި ޒީ އާ އެކީގައި އުޅުނީ ވެސް އަހަރެން ވިއްޔާ. އިޓްސް ވޮޒަންޓް އީޒީ ފޯ ހާރ ޓު ޓްރަސްޓް މީ..." އަޔާންއަށް ބުނެވުނެވެ. އޭނާއަށް ޒީޝާންއާ ދިމާލަށް ބަލައިލެވުނެވެ. ޒީޝާންގެ މޫނުމަތީގައި އޭރުވެސް ކޮންމެވެސް ވަރަކަށް ބިރުވެރިކަން ވިއެވެ.
"ޒީ..." އަރްޒަން މަޑުމަޑުން ޒީޝާންއާ ކައިރިއަށް ފިޔަވަޅުތައް އަޅައިލިއެވެ. އާރާ ތެދުވަމުން އަރްޒަންއަށް ތަން ދެއްކިއެވެ. އަރްޒަން ހިނިތުންވެލިއެވެ. އޭނާ އައިސް ޒީޝާންގެ ގާތުގައި އިށީނެވެ. އަޔާންގެ އިޝާރާތާއެކު. އެންމެން ނުކުތީ އަރްޒަންއާއި ޒީޝާންއަށް އެކަނި ވަގުތު ކޮޅެއް ދެމުންނެވެ. އޭނާ ނުކުތުމުގެ ކުރިން އިރުފާނުއަށް ބަލައިލިއެވެ. އޭނާ ބޯ ޖަހައިލީ އެވަގުތު ހުރިހާ ކަމެއްވެސް ރަނގަޅޭ ބުނުމުގެ ގޮތުންނެވެ.
އަޔާންމެން ނުކުމެ ދޮރު ލައްޕައިލުމާއެކު، އަރްޒަން މަޑުމަޑުން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. އޭރުވެސް އެ އަތުގައި މަޑުމަޑު ތުރުތުރު އެޅުމެއް ހުއްޓެވެ.
"އިޒް އިޓް ރިއަލީ ޔޫ ޒީ؟" އޭނާއަށް އަހައިލެވުނެވެ. އަދިވެސް ހިނގާދިޔަ ކަންތައް އޭނާގެ ސިކުނޑިން ފުހެލެވޭ ގޮތެއް ނުވިއެވެ. ހަޤީގަތަކީ ގަބޫލުކުރަން ފަސޭހަ އެއްޗެއް ނޫނެވެ. ލޮލު ކުރިމަތީގައި ނިއުޅިގެން ދިޔަ ހަޤީގަތުގެ ސަބަބުން ދެން ކަންތައް ކުރާނީ ކިހިނެއްކަމެއް އަރްޒަންއަކަށް ވެސް ނޭނގުނެވެ. އެ ޖިންނި ޒީޝާންއަށް ވެސް ގެއްލުމެއް ދީފާނެއެވެ.އަރްޒަން އެކަމާ ވެސް ހާސްވެ ކަންބޮޑުވިއެވެ. ޒީޝާންގެ އަތަށް ބާރުކޮށްލެވުނީ ބޭ އިޚްތިޔާރުގައެވެ. ޒީޝާން އޭނާގެ އަތް އަރްޒަންގެ އަތުތެރެއިން މަޑުމަޑުން ދަމައިލިއެވެ. އޭނާއަށް އަދިވެސް އަރްްޒަން ބީރައްޓެއްސެވެ. ފޮޓޯތަކުން ފެނި ފަރިތަ ވި ނަމަވެސް އޭނާއަށް އަދިވެސް ނޭނގޭ އުދަގުލެއް ވަނީއެވެ. އޭނާގެ ހަނދާނަށް އެއްވެސް ކަމެއް ނާންނަނީ ކީއްވެހެއްޔެވެ؟ މި ވީ ދުވަސްތަކުގައި އޭނާ އުޅުނު ހާލު ދެނެވޮޑިގަންނަވާނީ ﷲ އެވެ.
"އަހަރެން އެނގެން ބޭނުން ބައިވަރު ކަންތައް އެބަހުރި. އަހަން ބޭނުން ބައިވަރު ސުވާލު އެބަހުރި. އެކަމަކު... އެކަމަކު މިހާރަކު އެއް ނޫން ޒީ... ފަހުން. " އަރްޒަންއަށް ބުނެވުނެވެ. ޒީޝާން އޭނާގެ ބޮލުގައި ހިފައްޓައިލީ ބޮލުގައި ރިއްސަން ފެށުމުންނެވެ. އަރްޒަން ފެނުމުން އޭނާއަށް އާދަޔާޚިލާފް ގޮތްތަކެއް ވަނީއެވެ. އުނދަގޫވެސް ވަނީއެވެ. ސިކުނޑި ކޮންމެވެސް ކަމެއް ހަނދާން ކޮށްދޭން ވެސް އުޅެނީއެވެ.
"އާރ ޔޫ ޝުއަރ ޔޫ އާރ އޯކޭ؟" އަރްޒަންގެ ލޮލަށް ބަލައިލި ޒީޝާންއަށް ވެސް ފުން އަސަރުތަކެއް ކުރިއެވެ. އަރްޒަންގެ ފެންކަޅިވެފައިވާ ދެލޯ ކޮންމެވެސް އެއްޗެއް ބުނެދޭން މަސައްކަތް ކުރަމުންދިޔައެވެ. ދެމެދުގައި ހިސާބެއްގެ ނުތަނަވަސްކަމެއް ވިއެވެ. ޒީޝާން ހިންދިރުވައިލިއެވެ. ކުރިމަތީގައި އެ އިނީ އޭނާގެ އަތުގައި އޮތް އަނގޮޓީގެ ވެރިފަރާތްކަން އެނގި މީހާ ހިސާބާކަށް ފިނި ވެސް ވިއެވެ. އޭނާ އަނގޮޓިއަށް ބަލައިލުމާއެކު އަރްޒަން ހިނިތުންވެލިއެވެ. އޭނާ ޒީޝާންގެ އަތުގައި އިން އަނގޮޓިއަށް އިޝާރާތް ކޮށްލަމުން އެ އަނގޮޓި އޭނާއަށް ޚާއްސަވަރު ޒީޝާންއަށް ކިޔައިދިނެވެ. އޭނާގެ ކުޑައިރުގެ ހަމައެކަނި ހަނދާނަށް ވީ ހިނދު އޭނާ އެ އަތުން ބީވާން ބޭނުންނުވާވަރާއި، ޒީޝާން އޭނާއަށް، ޚާއްސަ ވަރެވެ. އޭނާ މާފަށް ވެސް އެދުނެވެ. ޒީޝާން އެއްޗެކޭ ނުބުނެއެވެ. އެދެމެދަށް ދެން އަނެއްކާވެސް ވެރިވީ ހިމޭންކަމެވެ. އިތުރަށް ދައްކާނެ ވާހަކައެއް އަރްޒަންއަށް ވެސް ނޭނގެއެވެ. އަދިވެސް އެއީ ހަޤީގަތްކަމަށް އޭނާއަށް ގަބޫލުކުރަން އުނދަގޫވިއެވެ.
"ޔޫ ޝުޑް ރެސްޓް..." އަރްޒަންއަށް އެންމެ ފަހުން ބުނެވުނެވެ.
"އައި އޭމް އޯކޭ؟ އަޔާން ކޮބާ؟" ޒީޝާންއަށް އަހައިލެވުނެވެ. އޭނާ އެނދުން ތެދުވުމާއެކު، އަރްޒަން ޒީޝާންގެ ކޮނޑުގައި ހިފައްޓައިލިއެވެ. އެގަޑީގައި ހަށިގަނޑުގައި ވަރުބަލިކަން ހުރުމާއެކު އަރްޒަން ދިން އެހީތެރިކަމަށް ދެކޮޅު ހަދާކަށް ޒީޝާންއަކަށް ނުކެރުނެވެ.
އޭނާ އަރްޒަންއާއި އެކު ކޮޓަރިން ނުކުތުމާއެކު، އެ ދިމާލަށް އާރާ ހިގައިގަތެވެ. އޭރު ޖިނާންއާއި އަޔާން ކޮންމެވެސް ވާހަކައެއް ދައްކަނީ އެވެ. އެ ދެމީހުން ފެނުމާއެކު ވާހަކަ ހުއްޓައިލިއެވެ. އިރުފާން އިނީ ސޯފާގައެވެ. އެ މޫނުމަތީގައި ވަނީ ހާސްކަމެވެ. އަޔާން ބަލައިލީ އާރާއަށެވެ. ޒީޝާން އެތަނުން ދުރަށް ގެންގޮސްދޭށޭ ބުނާ ފަދައަކުންނެވެ. އާރާ ބޯ ޖަހައިލުމަށްފަހު، ޒީޝާން ގާތު ކޮންމެވެސް އެއްޗެކޭ ކިޔަމުން އޭނާ ކޮޓަރިއަށް ވެއްދިއެވެ.
އެއާއެކު ސިޓިން ރޫމުގައި ހަތަރު ފިރިހެނުން އެކަނިވިއެވެ. އަޔާންއަށް އަވަސް އަވަހަށް އިރުފާންއާ ދިމާލަށް ބަަލައިލެވުނެވެ. އޭނާއަށް ވާހަކަ ދެކެވުނެވެ.
"އިރުފާންގެ މޫނުމަތިން ތި ފެންނަ ހާސްކަން އެބަ އަހަންނަށް ވަރަށް އުނދަގޫކުރޭ. ވެގެން އުޅޭ ގޮތެއް އަހަރެމެންނަށް ވެސް ބުނަލަދީފާނަންތަ؟" އަޔާންއަށް ބުނެވުނެވެ.
"އަހަރެން ހިޔެއް ނުކުރަން މިވަރު ކަމެއްކަމަކަށް. އަހަރެން ހީކުރިވަރަށް ވުރެ ކަންތައްތައް ގޯސް. ވަރަށް ބޮޑަށް ގޯސް." އިރުފާންއަށް ބުނެވުނެވެ.
"ކިހިނެއް ގޯހީ؟" އަރްޒަންއަށް ވެސް އަހައިލެވުނެވެ.
"އޭތި ވަނީ ވަރަށް ބޮޑަށް އަރްޒަންއާ އަޅައިގަނެފައި. އެވަރު އަހަންނަށް އެނގޭ. އާއްމުކޮށް ޖިންނީންނަކީ އެ އެއްޗަކަށް ގޯނާއެއް ނުކުރާހާ ހިނދަކު އިންސާނުންނާ އަޅައިގެނެގެން އެފަދަ ގޮތަަކަށް ކަންތައް ކުރާނެ ބައެއް ނޫން. އަހަރެންނަކަށް ވެސް ނޭނގޭ ސަބަބެއް. އެކަމަކު އެއީ ބާރުގަދަ ޖިންނިއެއް. އަހަރެން ފަދަ މީހަކަށް އެފަދަ ކަމެއް ކުރެވޭނެބާއޭ ހިތަށް މި އަރަނީ... އަހަރެންނަނީ މިކަމުގައި އަދި މާގިނަ ތަޖުރިބާތަކެއް ވެސް ހުރި މީހެއް ނޫން. " އިރުފާން ބުނެލިއެވެ.
"ޓްރައި ކުރެވިދާނެ އެއްނު... "އަޔާންއަށް ބުނެވުނެވެ.
"އަހަންނަށް ވެސް މަސައްކަތް ކުރެވިދާނެ. މީ ނުރައްކާތެރިކަމެއް. ވަރަށް ނުރައްކާތެރިކަމެއް. ޚާއްސަކޮށް އެތައް މަރެއް ވަނީ މިކަމާ ގުޅިފައި." އިރުފާންއަށް ނިތުގައި އަތް ޖައްސައިލެވުނެވެ. އޭރު އޭނާގެ ނިތުން ވެސް ކޮންމެވެސް ވަރަކަށް ދާހިތްލައިލައިފިއެވެ.
"އަހަރެން މަސައްކަތް ކޮށްދޭނަން. އިންޝާ ﷲ" އިރުފާން ތަނަށް ވެރިވި ހިމޭންކަން ފޫދުއްވައިލަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ޔާން... ވެއަރ ވޯޒް ޒީ އޯލް ދީޒް މަންތްސް؟. އެންޑް ޔާންއަށް ކިހިނެއް އެނގުނީ ޒީ ދުނިޔޭގައި ހުރިކަން؟" އަރްޒަންއަށް އަޔާންއަށް ބަލައިލަމުން އަހައިލެވުނެވެ.
"ތެދެއް ޔާން؟ އެންޑް އެހެންވެތަ އަހަރެމެން އެންމެނާވެސް މިދިޔަ ހުރިހާ ދުވަހު އެހާ ދުރުގައި ޔާން އުޅުނީ؟" ޖިނާންވެސް އިނީ އެނގެން ބޭނުންވެފައެވެ.
"އާނ. އަހަންނަށް ފުރަތަމަ ޒީ ފެނުނީ އަހަރެން ބެލި ޑޮކިއުމެންޓްރީއަކުން. އެއީ އިންޑިޔާ ފަދަ ޤައުމުތަކުގައި ހުންނަ ވިލެޖް ތަކުގައި މީހުން ދިރިއުޅޭ ގޮތާ ބެހޭގޮތުން ދައްކާ ސީރީޒް ޑޮކިއުމެންޓްރީ އެއް. އޭގެން އަހަންނަށް އެންމެ ފުރަތަމަ ޒީޝާން އަޅައިގަތީ. ދާދި ގާތުން ޒީޝާންގެ މޫނު އަހަންނަށް ފެނުނީ. ކޮންމެވެސް ތަނެއްގައި އިށީނދެގެން ކޮންމެވެސް ކަމެއް ކުރަން އިންދާ! އަހަރެން ހާސްވި. ކަންބޮޑުވެސް ވި. ޒީގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސް ކޮންމެވެސް ވަރަކަށް ހިކިފައި ވި ނަމަވެސް އަހަންނަށް ޒީގެ ސޫރައެއް ނޯޅުނު. އެކަމުގައި އަހަރެންގެ ސިކުނޑި ސުމަކަށް ދަނިކޮށް އަހަންނަށް ދެން އަޅައިގަތީ ޒީގެ އަތުގައި އިން އަނގޮޓި. އަހަރެން ޒޫމް ކޮށްގެން ވެސް އެއަށް ބެލިން. " އަޔާން އޭނާއަށް ފުރަތަމަ ޒީޝާން ފެނުނު ގޮތް އޮޅުން ފިލުވައި ދިނެވެ. އަދި އެއަށްފަހު އޭނާ ކަންތައް ކުރި ގޮތް ވެސް މެއެވެ.
"އަހަންނަށް އެނގޭ މީހުން ޤަބޫލެއް ނުކުރާނެކަން. އެކަމަކު ޒޭން! އަހަރެންގެ ހަނދާނަށް އައީ ޒީގެ އުޅުމަށް އައި ބަދަލު އަދި ޒީގެ އެ ބިހޭވިއަރ" އެ ހިސާބުން ޝައްކުވީ. " އަޔާން އިތުރަށް ވެސް އޮޅުންފިލުވައިދިނެވެ. ތަނަށް ވެރިވެގެން ދިޔައީ އަނެއްކާވެސް ހިމޭންކަމެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އިރުފާން ވާހަކަ ދައްކަން ފެށިއެވެ.
"މިހުރިހާކަމެއްގެ ފެށުމަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގޭ. އަހަރެން މީގެ ކުރިންވެސް ސިހުރުހަދާފައިވާ މީހުންނަށް ވެސް ފަރުވާ ކުރިން. ޖިންނި އަވާލާފައިވާ މީހުންނަށްވެސް، އެކަމަކު އެއީ ހަމަ ވަރަށް މަދުން، އޭރު އެކަން ކުރީވެސް، މިކަމުގެ ތަޖުރިބާ ލިބިފައިވާ މީހަކާއެކު. އޭނާ ނިޔާވުމުން ދެން ލިބުނު އިލްމެއްގެ އަލީގައި މިކަން މިކުރަނީ... އަހަރެންނަކީ ވެސް އަދި ހަމަ ތިއުމުރުގެ މީހެއް. މާ ބޮޑަކަށް ކަންތައްތައް ފެނިފައެއް ނުވޭ. އެކަމަކު އަހަރެން ބުނެލަން ބޭނުން މިކަހަލަ ކޮންމެ ކަމަކީ ނުރައްކާތެރި ކަމެއް. ސިހުރަކީ ވެސް ނުރައްކާތެރިއެއްޗެއް. ސިހުރު މީހުންގެ ދިރިއުޅުން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކީ ގައި އެފުށް މިފުށަށް ޖަހައިލާ. މާތް ﷲ ސިހުރު ހަރާމްކުރައްވާފައިވަނީ ވަރަށް ބޮޑެތި ސަބަބުތަކަށްޓަކައި. އެއީ ކަނޑައެޅިގެން ޝިރުކުކަން އެނގޭއިރުވެސް، އެފަދަ ކަންތައްތައް އެ ކުރަނީ ދުނިޔެއަށް ގޮސް ގެއްލިފައި ތިބޭ މީހުން. ބައެއް މީހުންނަކީ އަނެކާގެ ދިރިއުޅުން ހަލާކުކޮށްލައިގެން ހިންހަމަ ޖެހުން ހޯދާ ބައެއް. އަހަންނަށް އަޔާންގެ ކޭސްގައި އެނގުނު އެއީ ސީދާ ސިހުރުގެ ސަބަބުން ވީކަމެއްކަން. އެކަމަކު މިކަންތައް... ހަމަ އެއްގޮތަކަށް ވެސް އަދި އެއް ވާނުވާއެއް ނޭނގޭ!" އިރުފާން ބުނެލިއެވެ.
"އަޔާންއަށޭ..." އަރްޒަންއަށް އަޔާންއާއި ދިމާލަށް ބަލައިލެވުނެވެ. އަޔާން ބޯ ޖަހައިލިއެވެ.
"ރައުދާ އެންޑް މީ. އެއީ ހަމަ ސިހުރު..." އަޔާންއަށް ބުނެވުނެވެ. އޭނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަރްޒަންއަށް ހަމައެކަނި ބުމަ އަރުވައިލެވުނީއެވެ.
(ނުނިމޭ)