"ސޯ އަހަރެންގެ ޕްލޭން ކިޔައިދެންތަ؟" އަރްޒަން ހިނިތުންވެލިއެވެ. އެ ތުންފަތް މަތީގައިވި ހިނިތުންވުން ރަމްޒުކޮށްދެމުން ދިޔައީ އޭނާގެ އުފާވެރިކަމެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ އުންމީދުގެ ކުލަވަރެވެ. ތަޤުދީރުގައި އެ ދެމީހުންނަށްޓަކައި ލިޔެވިފައިވަނީ ކީކޭކަން ނޭނގުނު ނަމަވެސް، ހިތާ ހަށިގަނޑު ދިޔައީ އެ އުފަލުގައި ބައިވެރިވަމުންނެވެ.

"ލެޓް މީ ޝޯ ޔޫ ސަމްތިންގް..." އަރްޒަން އޭނާގެ ޖީބުން, ކޮންމެވެސް އެއްޗެއް ނެގިއެވެ. އަޔާންއަށް ފެނުނީ މަހުމާ ފޮއްޓެކެވެ.

"ޔޫ ރިމެންބަރ ދިސް؟" އަޔާންއަށް އޭގެ އެތެރޭގައި އޮތް އެއްޗެއް ދައްކައިލަމުން އަރްޒަން އަހައިލިއެވެ.

"ހައު ކޭން އައި ފޮގެޓް! ތިއީ ސްކޫލްގަ އުޅުނުއިރުން ފަށައިގެން ގެންގުޅޭ ކަންފަތުލާއެތި ދޯ! ތީގެން ކީއްކުރަން ތިއުޅެނީ...؟ ތީ އަރްޒަންއަށް ވަރަށް ޚާއްސަ އެއްޗެއްނު. ކުޑައިރުގެ ހަމައެކަނި ހަނދާން..." އަޔާންއަށް ސުވާލުކޮށްލެވުނެވެ. އެއީ އަރްޒަންއަށް ކިހާ ޚާއްސަ އެއްޗެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ޑައިމަންޑެއްގެ ބައްޓަމަށްވާ އެ ކަންފަތުލާ އެތީގެ މެދުގައި ނޫކުލައިގެ އެހެއް ޖަހާލާފައިވާއިރު، އެޅޭ އައްޔާއެކު އެ އެހުގެ ވިދުން ވެސް ގަދަވެއެވެ. ރިހިކުލައިގެ އެކަންފަތުލާ އެއްޗަށް އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް، އޭގެ ކުލައަށް މާ ބޮޑު ބަދަލެއް އައިސްފައެއްނެތެވެ. އެއީ އަރްޒަންގެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން އޭނާއާއެކު މިއަދާ ހަމަޔަށް ވީ ހަމައެކަނި ހަނދާނެވެ. ދުވަހަކުވެސް ގެއްލެން ނޭދޭ، އޭނާގެ ކުރިމަތީގައި އެންމެ އަގުބޮޑު އަދި އެންމެ ޚާއްސަ އެއްޗަކީ ވެސް އެއީއެވެ.

އަރްޒަންއަށް އެ ކަންފަތުލާ އެތި އެންމެ ފުރަތަމަ ފެނުނީ އޭނާ ވަރަށް ކުޑަކުޑައިރުގައެވެ. އެއީ ހިޔާގައި އުޅުނު އިރު އޭނާގެ ދަބަސް ތެރެއިންނެވެ. އޭގެ ދެވަނަ އެތިކޮޅު ފެނޭތޯ އޭނާ ވަރަކަށް އެ ދަބަހުގެ އެތެރެ ހޯދިއެވެ. އެކަމަކު އޮތީ ހަމައެކަނި އެންމެ އެއްޗެކެވެ. އެއީ އޭނާގެ އާއިލާގެ މީހަކާ، ނޫނީ މަންމައާ ގުޅުމެއް އޮތް އެއްޗެކޭ އޭނާގެ ހިތަށް އަރަނީ ކީއްވެކަމެއް ނޭނގެއެވެ. އެހާ ވަރަށް ރައްކާކޮށްގެން މިއަދާ ހަމައަށް ވެސް އެ ކަންފަތުލާ އެތި ގެންގުޅެވުނު ސަބަބަކީ އެއީ ކަންނޭގެއެވެ.

"އައި އެމް ގޮނަ މޭކް އަ ރިންގް އައުޓް އޮފް ދިސް..." އަރްޒަން ބުނެލިއެވެ.

"ރިންގް...؟" އަޔާންއަށް ބުމަ އަރުވައިލެވުނެވެ.

"ޔާ...ޒީއަށް. ޕްރޮޕޯސަލް ރިންގް! ޔާންއަށް އެނގެއެއްނު މި ކަންފަތުލާ އެތި އަހަންނަށް ކިހާ ޚާއްސަކަން. އަހަރެން އަސްލު ބޭނުންވީ ޒީއަށް މި ދޭން. ޒީއަކީ އަހަންނަށް ކިހާ މުހިންމު މީހެއްކަން އަންގައިދޭން... އަހަރެންގެ ޙަޔާތުން މި ކަންފަތުލާއެތި ގެއްލެން ބޭނުންނުވާ ފަދައިން އަހަރެން ޒީވެސް ގެއްލޭކަށް ނޭދެން. އަހަންނަށް ޒީ ވެސް ވަރަށް ޚާއްސަ. ވަރަށް ވަރަށް ބޮޑަށް ޚާއްސަ. އެކަމަކު އެއްކަންފަތުލާ އެތި އަހަރެން ކިހިނެއް ދޭނީ. އެހެންވެ އަހަރެން ހިތަށް އެރީ މީގެން އަހަރެން އަނގޮޓިއެކޭ ހަދާނީ..." އަރްޒަން އޮޅުންފިލުވައިދިނެވެ. އަޔާންގެ ތުންފަތް މައްޗަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ.

"ޔޫ ރިއަލީ ލަވް ހާ މޭން! " އަޔާންއަށް ބުނެވުނެވެ.

"އައި ޑޫ! ހެހެ..." އަރްޒަންއަށް ބުނެވުނެވެ. އޭނާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އަރްޒަންގެ އެ ޖަވާބުން އެކަނިވެސް, އަޔާންއަށް އަރްޒަންއަށް ޒީޝާން ޚާއްސަވަރު އަންދާޒާކޮށްލެވުނެވެ. ޒީޝާން ބޭނުންވާ ވަރުވެސް މެއެވެ. ގެއްލެން ދުވަހަކު ނޭދޭކަން ވެސް އޭނާއަށް ފަހުމް ވެގެންދިޔައެވެ.

"ސޯ ޑިޒައިނެއް ބަލައިފިންތަ؟" އަޔާން އަހައިލިއެވެ.

"ޔާ... ސީ! އައި ޑިޒައިންޑް ދިސް މައިސެލްފް..." ފޯނު ނަގާ އަޔާންއަށް ދައްކައިލަމުން އަރްޒަން ބުނެލިއެވެ.

"ވާއު، ޔުނިކް!"

"ދޯ، އަހަރެމެން ދެމީހުންވެސް އޭވިއޭޝަން ފީލްޑްގަ ވޯކް ކުރާތީ މީ އެއިރޮޕްލޭން ލާފަ، މި އެއިރޮޕްލޭންގެ އަނެއްކޮޅުން ތަންކޮޅެއް މައްޗަށްވާގޮތަށް މި އިން ތަރި ރަމްޒުކޮށްދެނީ އަހަރެމެންގެ ފެމެލީ."

"ފެމެލީ؟..." އަރްޒަންގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ އަޔާން އެ ވާހަކަ މެދު ކަނޑައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސުވާލު މާކުތަކެވެ.

"ޔާ، ހެހެ! ޒީ ބުނާނެ އަބަދުވެސް އޭނާ ބޭނުންވަނީ ތިން ކުދިންނޭ. ސޯ މި ތަރީގެ ފަސްފިޔައިގައި އިން ފަސް ޑައިމަންޑް އަހަރެމެން ފެމެލީ އެ ރަމްޒުކޮށްދެނީ. އިންޝާ ﷲ. އާފްޓާރ މެރިއެޖް ދޯ ދެން! ދެ މި ބްލޫ ކުލައިގެ އެސް އެއީ ހަމަ މި ކަންފަތުލާ އެތީގައި އިން އެސް... ވަޓް ޑޫ ޔޫ ތިންކް؟" އަރްޒަން އަހައިލިއެވެ.

"އަހަންނަކަށް ދެން ނޭނގެ ބުނާނެ އެއްޗެއް!" އަޔާން ހީގަތެވެ.

"ޑޫ ޔޫ ތިންކް ޝީ ވިލް ލައިޓް އިޓް؟" އަރްޒަންއަށް އަހައިލެވުނެވެ.

"ޔާ އޮފްކޯޒް! ޝީ ވިލް ލަވް އިޓް. އައި އެމް ޝުއާރ..."

"މިރޭ ހިނގާބަލަ ނިންމާލާފަ މި ހަދަން ދޭން ދާން ދޯ. އަހަރެން އަމިއްލައަށް ޑިޒައިން ކުރީމަ މި އަނގޮޓި ވަރަށް ޔުނީކްވާނެ. ދުނިޔޭގަ ވެސް މީގެ އެންމެ ރިންގެއް ދޯ އިންނާނީ ހެހެ!.." އަރްޒަންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އުފަލުން އޭނާގެ ހިތް ފުރިފައިވީއިރު، އެ ހިތުގައި ފެވިފައިވަނީ ޒީޝާންގެ ނަމެވެ.

"ލަވް އިޒް އިން ދަ އެއާރ..." އެ ވަގުތުކޮޅު ވެސް، އަޔާންއަށް ޖޯކެއް ޖަހައިނުލާ ނީނދެވުނެވެ. އޭނާ އަރްޒަންއަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. ދެފަރާތަށް ބޯ ހޫރާލި އަރްޒަންއަށް ވެސް ހީގަނެވިއްޖެއެވެ.

"ބްރޯ ލަދު ގަންނަންވެސް އެނގޭތަ؟ އަދި މަށަށް ނޭނގޭ ކަމެއްތީ!" އަޔާން ދިމާކޮށްލިއެވެ.

"ދެން ޒީއާ ދިމާވީމަ ޒީ ކައިރީ ބުނާނީ ކީ ނޫން އަނގަ ގަދަވެގެން ގޮސް..." އަރްޒަން ލޯ އަޅައިލިއެވެ. އޭނާ އެހެން ބުނީ މަޖަލަށް ކަން އެނގި އަޔާން ޖެއްސުންކުރަން ފެށިއެވެ.

"އަހަރެން ބުނެފިއްޔާ ކީއްކުރާނީ؟ އަނެއްކޮޅުން މިހާރު އަހަންނާ ވެސް ޒީޝާން ނުލާހިކު ފްރެންޑްވާނެ..." އަޔާން ބުނެލިއެވެ.

"ގުޅުން ކަނޑާލާނީ!" އަރްޒަން ބުނެލިއެވެ.

"އެކްސް ކިއުޒް މީ، ބިލް ޕްލީޒް!" އަރްޒަން ވެއިޓަރަށް ގޮވައިލިއެވެ.

"އައި ނީޑް ޓު ޓޯކް ޓު އާރާ އެބައުޓް ދިސް. އަދި ކުރަންޖެހޭ ބައިވަރު ކަންތައް ވެސް އެބަހުރި..." ބިލް ގެނެސްދިނުމުން އަރްޒަން ބިލަށް ލާރި ދައްކައި ތެދުވަމުން ބުނެލިއެވެ. އަރްޒަންގެ ފަހަތުން އަޔާންވެސް ތެދުވެގެން ހިނގައިގަތެވެ. ތަނުގައި ތިބި ގިނަ އަންހެންކުދިންގެ ނަޒަރު އެ ދެޒުވާނުންނަށް ހުއްޓިފައިވެއެވެ. ޚާއްސަކޮށް އަރްޒަންއަށެވެ.

"މީނައާ އެކީ ތަނަކަށް ނުކުމެވޭތަ؟ މީހުން ބަލާވަރުން..." އެތަނުން ނުކުމެފައި އަރްޒަންގެ ބުރަކަށީގައި ބޮނޑިއެއް އަޅަމުން އަޔާން ބުނެލިއެވެ. އަރްޒަން ހީލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

"ސޯ ހިނގާބަލަ ތިކަމެއް ކުރަންދަމާ!" އަޔާން ބުނެލިއެވެ. އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރަށް އަރާ ދުއްވައިލި އަރްޒަންގެ ތުންފަތް މަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ.

*****

ސްޓޭންޑްބައި ޑިއުޓީގައި ޒީޝާން ހުއްޓައި ރެސްޓިންރޫމަށް ވަތް އަރްޒަން ފެނި ޒީޝާންއަށް ސިހުންލިބުނެވެ.

"ޒޭބާ އާ އެކީ ދޯ، އައި ސޯ ހާ ގޮއިން އައުޓް..." އަރްޒަން ބުނެލިއެވެ. އޭނާ ސޯފާގައި އިން ޒީޝާންއާ ގާތަށް ފިޔަވަޅު އަޅައިލުމާއެކު، ޒީޝާން ތެދުވިއެވެ.

"ޔޫ ލުކް ބިއުޓިފުލް އޭޒް ޔޫޝުއަލް... ބައިދަވޭ ހައު އާރ ޔޫ ނައު؟ ކިހިނެއް މިހާރު ހުންގަނޑު؟" އަރްޒަން އަހައިލިއެވެ.

އޭނާ ޒީޝާން އާ ކައިރިއަށް ޖެހެމުން ދިޔަވަރަކަށް ޒީޝާން ފަހަތަށް ފިޔަވަޅު އަޅަމުންދިޔައެވެ. އެކަން އަރްޒަންއަށް ވީ މަޖާކަމަކަށެވެ.

ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ޖެހި މަތަވި ޒީޝާންއަށް ހިންދިރުވައިލަމުން އަރްޒަންއަށް ބަލައިލެވުނެވެ. އޭރު އޭނާގެ މޫނު ލަދުން ރަތްވެއްޖެއެވެ. މީހާގެ ހަށިގަނޑު އެކީ ފިނިވެ މީހާ ގަނޑުވެއްޖެއެވެ. އެތެރެހަށީގައި ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ރަސްކަންކުރަން ފެށިއެވެ.

އަރްޒަން އައިސް މަޑުކޮށްލީ، ޒީޝާންގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. ޒީޝާންގެ ނޭފަތުގައި އަރްޒަން އާއްމުކޮށް ޖަހާއުޅޭ ސެންޓުގެ ވަސް ޖެހުމާއެކު އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އެއީ އަބަދުވެސް އޭނާއަށް މީރުވަސް ދުވާ ސެންޓެކެވެ.

"ލަވް ޔޫ..." ޒީޝާންގެ ކޯތާފަތުގައި އަތް ޖައްސައިލަމުން އަރްޒަން މަޑުމަޑުން ޒީޝާންގެ ކަންފަތްދޮށަށް ގުދުވެ ބުނެލިއެވެ. އަރްޒަންގެ އެ ގާތްކަމުންނާ، އެ ބުނުމުގައިވި ޖަޒުބާތުތަކުގެ ސަބަބުން، ޒީޝާންގެ ނޭވާ ވެސް އެތެރެހަށީގައި ތާށިވިއެވެ. މީހާގެ މުޅިގައިން ހީބިހިނަގައިގެން ދިޔައެވެ.

"ލުއި ހުނުމަކާއެކު، އަރްޒަން، ޒީޝާންއާ ދުރަށް ޖެހިލިއެވެ. އެއަށްފަހު އޭނާ ގޮސް އިށީނީ ސޯފާގައެވެ. އިސްޖަހާލައިގެން ހުރި ޒީޝާން އިސް އުފުލާލަމުން އައިސް، ކުރިމަތީގައި ހުރި ސޯފާގައި ޖައްސައިލިއެވެ. އަރްޒަން އޭނާގެ އެއްފަރާތުގައި އަތް ޖައްސައިލަމުން އޭނާ ގާތަށް އައުމަށް އިޝާރާތް ކޮށްލުމުން ޒީޝާން ލޯ އަޅައިލިއެވެ.

އަރްޒަން ޒީޝާންއާ ލާނެއް ސަމާސާއެއް ކޮށްލާފައި ނުކުމެގެން ދިޔުމާއެކު، ޒީޝާންއަށް ބޮލުގައި ހިފައްޓައިލެވުނެވެ. ބޮލަށް އަރައިގެންދިޔަ ދިލަ ތޫނު ތަދާއެކު، އޭނާއަށް މަޑު އާހެއް ދުލުން ބޭރުކޮށްލެވުނެވެ. ދެއަތާ ދެފަތަށް ވެރިވި މަޑު ތުރުތުރު އެޅުމާއެކު، އޭނާއަށް ތެދުވަން ވެސް ވީ ދަތިކަމަކަށެވެ. މެއަށްވެސް ފާޑެއްގެ ގޮތެއްވިއެވެ. އުނދަގުލުން ސޯފާގައި ޒީޝާން އޮށޯވެލިއެވެ.

*****

ޒީޝާން ޑިއުޓީ ނިންމާލާފައި ގެއަށް ގޮސް ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު، ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެ އެނދުގައި ޖައްސައިލާ އަރްޒަން އޮންލައިންގައި އިންތޯ ޗެކުކޮށްލިއެވެ. އަރްޒަން އޮންލައިންގައި ނެތުމުން އޭނާ އާރާ އާ ވާހަކަ ދައްކަން ފެށިއެވެ. ގިނައިން ދެކެވުނީ މިއަދު ޒޭބާއާ ދެމީހުން ފަހުން ކުރި ޒުވާބެއްގެ ވާހަކައެވެ.

އާރާއާ ވާހަކަ ދައްކަން އޮއްވައި ކޮޓަރީގެ ލައިޓް ދެފަހަރަކު ނިވި ދިއްލުމާއެކު، ޒީޝާންއަށް އެ ލައިޓާ ދިމާލަށް ބަލައިލެވުނެވެ. އެ ލައިޓް ބަދަލު ނުކުރާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. ބަލަން އިންދާ މި ފަހަރުވެސް ލައިޓް ނިވި ދިއްލުނެވެ. މާދަމާ ބައްޕަ ކައިރީގައި ލައިޓް ބަދަލުކުރަން ބުނަން ނިންމާ އަނެއް ބޮކި ދިއްލައިލި ޒީޝާންއަށް ކޮޓަރީގެ ކުޑަ ދޮރާ ދިމާލަށް ބަލައިލެވުނީ ވައި ރޯޅިއާއެކު ކުޑަދޮރުގެ ދޮރުފޮތިތައް ނަށަމުން ދިޔައީތީއެވެ. ކުއްލިއަކަށް ބޮލަށް އެނބުރުން އަރާފައި، ބޮލުގައި ރިއްސަން ފެށުމާއެކު، ޒީޝާން އާރާ ގާތު ފަހުން ވާހަކަ ދައްކާނެ ކަމަށްބުނެ ފޯނު ބާއްވާފައި ފުންނޭވާއެއް ދޫކޮށްލިއެވެ.

"އައި ފޮގޮޓް އެގެއިން..." ދޮރު ނުލައްޕާ ހުރުމުން ޒީޝާން ހިތްވަރު ކޮށް ފައި ތެދުވެ، ކުޑަ ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ.

*****

ސިޓިން ރޫމުގައި އިން ހިންދުގެ ކަންފަތުގައި ޒީޝާންގެ ކޮޓަރިތެރެއިން އެއްޗެއް ވެއްޓުނު އަޑު ޖެހުނީ އެ ވަގުތެވެ.

"ދަރިފުޅާ!" ހިސާބަކަށް ސިހުނު ހިންދަށް ޒީޝާންއަށް ގޮވައިލެވުނީ ވެސް ބާރަށެވެ. އޭނާ ސޯފާއިން ތެދުވެ ހަލުވި ފިޔަވަޅުތަކުގައި ގޮސް ޒީޝާންގެ ކޮޓަރި ދޮރު ހުޅުވައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަ ދޮރު ކައިރީގައި ވެއްޓިފައި އޮތް ޒީޝާންއެވެ.

"ދަރިފުޅާ!..." ހިންދު ހަޅޭއްލަވައިގަނެފައި ވެއްޓިފައި އޮތް ޒީޝާންއާ ދިމާލަށް ދުއްވައިގަތްއިރު، އޭނާގެ ހިތްވެސް ދިޔައީ ބާރުމިނުގައި ތެޅެމުންނެވެ.

"އިލްހާމް... އިލްހާމް..." އަޑުގެކޮޅަށް އިލްހާމަށް ގޮވަމުންދިޔަ ހިންދު، ޒީޝާންގެ ބޯ ގެނެސް އޭނާގެ އުނގުގައި ބާއްވައިލިއެވެ. ޒީޝާންގެ ނޭފަތުން އައިސްފައި ހުރި ލޭތައް އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ބިރުވެރިކަމުން މީހާ ހާސްވެގެން ދިޔުމާއެކު، އަނެއްކާވެސް ހިންދުއަށް ބާރަށް އިލްހާމަށް ގޮވައިލެވުނެވެ. އެއާއެކު ގޭގައި މަސައްކަތްކުރަން އުޅޭ ދެ ކުދިންވެސް ދުވަމުން ދުވަމުން އަތުވެއްޖެއެވެ. އެތަނުން އެއްކުއްޖަކު އަވަސްވަގަތީ ފެންތައްޓެން ގެނެސްދިނުމަށެވެ.

"ކިހިނެއްވީ؟" ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތް އިލްހާމް ހުރީ ހަމައެކަނި ފަޓްލޫނުގައެވެ. އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ތެމިފައި ހުރުމުން އެ ނުކުތީ ފެންވަރައިގެންކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ޒީޝާންގެ ކޮޓަރީގެ ދޮރުމައްޗަށް އެރި އިލްހާމަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އެތެރެއަށް ވަދެގެން ގޮސް ޒީޝާންގެ ގާތުގައި އިށީނދެލިއެވެ. ނޭފަތުން އައިސްފައި ހުރި ލޭތައް ފެނި އިލްހާމްއަށް ވެސް ބަލައިލެވުނީ ހިންދުއަށެވެ. އަނެއްކާ އޭނާގެ ދަރިފުޅު ބޮޑު ބައްޔެއްގެ ޝިކާރައަކަށްވީ ހެއްޔެވެ؟ އެ ޚިޔާލުން އެކަނިވެސް އޭނާގެ ހިތް ގެނބިގެންދިޔަ އިޙްސާސްއެއް ކުރެވުނެވެ.

އެމަރޖެންސީގައި ޒީޝާން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރެވުނެވެ. ބައެއް ލޭގެ ޓެސްޓްތައްވެސް ހެއްދުނެވެ. ޒީޝާން ހޭއެރީ ޕްރައިވެޓް ރޫމެއްގައި އެޑްމިޓްކޮށްފައި އޮއްވައެވެ.

ލޯ ހުޅުވައިލި ޒީޝާންގެ ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން އޭނާއަށް ފުރަތަމަވެސް ހިފައްޓައިލެވުނީ ބޮލުގައެވެ.

"މަންމާ... ކޮންތާކު؟" އޭނާގެ ބޮލުގައި ފރުމާލަމުން ދަރިފުޅާ އޭ ކިޔާފައި ގޮވައިލި ހިންދުއަށް ބަލައިލަމުން ޒީޝާން ސުވާލުކޮށްލިއެވެ.

"ހޮސްޕިޓަލުގައި ދަރިފުޅާ... ހެދި އެއްވެސް ލޭގެ ޓެސްޓަކުން އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުދައްކާ. އެހެންވެ އިތުރު ޓެސްޓްތައް ހަދާލާފަ އޮބްޒަވޭޝަންގަ ބާއްވައިލަން އެޑްމިޓް މި ކުރީ..." އިލްހާމް ވެސް ޑޮކްޓަރާ ވާހަކަ ދައްކަން ހުރެލާފައި އައިސް ޒީޝާން ކައިރިއަށް ހުއްޓިފައި ބުނެލިއެވެ.

"އައި އެމް އޯކޭ އޭ މަންމާ!" ކުޑަކޮށް ތެދުވެލަން އުޅުނު ޒީޝާންގެ އުނަގަނޑުގައި ހިފައްޓައިލަމުން ހިންދު ބާލީހެއް ލައްވާލަދިނެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ހިންދު އަހައިލީ އިރުކޮޅެއް ފަހުންނެވެ. ވީ ގޮތް އެއްވެސް ވަރަކަށް ޒީޝާންއަކަށް ހަނދާނެއް ނުވިއެވެ.

"ކުޑަ ދޮރާ ހިސާބަށް ދެވުނުތަނާ އެނބުރުން އަރައިގެން ވެއްޓުނީ..." ހަނދާނަށް އައި ހިސާބަށް ޒީޝާން ކިޔައިދިނެވެ. އަތަށް ގުޅާފައިވާ އައިވީއަށް ބަލައިލަމުން ޒީޝާން ފުންނޭވާއެއް ދޫކޮށްލިއެވެ.

*****

އެކަން އާރާއަށް އެނގުމުން ޖެހިގެން އައި ދުވަހު ޒީޝާންއަށް ގޮވައިލަން އައެވެ.

"ޒޭން ކައިރީގައި ނުބުނައްޗޭ އާރޫ!" ޒީޝާން އާރާ ގާތުން އެދުނެވެ.

"އެއީ ކީއްވެ؟" އާރާ އަހައިލިއެވެ.

"ޒޭން އަބަދު އަހަރެން ކައިރީގައި ކިޔާނެ ޗެކްއަޕްއެއް ހަދަން، އެކަމަކު އަހަރެން ކަމެއްނޫނޭ ނޫނޭ ކިޔާ ކިޔާ މިހުންނަނީ. މިހާރު އަހަންނަށްވެސް ހީވާން ފަށައިފި ކޮންމެވެސް ކަމެއް ވަނީއޭ!" ޒީޝާންއަށް ބުނެވުނެވެ.

"އިންޝާ ﷲ. އެއްވެސް ކަމެއްނުވާނެ... ޑޯންޓް ވޮރީ ޒީ... ބަޓް ޒޭންއަށް އެހެންމީހެއްގެ ފަރާތުން އެނގުނީމަ ކަމަކުނުދާނެ. " އާރާ ބުނެލިއެވެ.

"އޯކޭ އަހަރެން ބުނާނަން އެހެންވީމަ!" އެކުވެރިޔާގެ ބަސް ޤަބޫލުކުރި ޒީޝާން ހިނިތުންވެލިއެވެ.

ހިންދު ކާއެއްޗެހި ހިފައިގެން އައީ ދެ އެކުވެރިން ވާހަކައިގައި ތިއްބައެވެ.

******

އިލްހާމްއާ ހިންދުއާ އަރްޒަންގެ ވެސް އެދުމުގެ މަތިން ހޮސްޕިޓަލުން ދޫކޮށްލުމުން، ޒީޝާން ހަފްތާއެއްގެ ޗުއްޓީއެއް ނެގިއެވެ. ހުރިހާ ޓެސްޓެއް ނޯމަލް ނަމަވެސް، އެންމެން ވެސް ތިބީ ޒީޝާންއާ މެދު ކަންބޮޑުވެފައެވެ.

*****

ރޭގަނޑެކެވެ. އުޑުމަތީގައި ކޮންމެވެސް ވަރަކަށް ވިލާތައް އެކަތި އަނެކެއްޗާ ސަކަރާތް ޖަހަމުންދިޔައެވެ. އުޑުމަތި އޮތީވެސް ކޮންމެވެސް ވަރަކަށް ބަނަކޮށެވެ. ދީފައިވަނީ މިލަހަނދުވަރެކެވެ.

ބެލްކަނިން ބޭރުބަލަން ހުރެލާފައި ޒީޝާން ކޮޓަރިއަށް ވަދެ ދަބަސް ހިފައިގެން ނުކުތްއިރު، ހިންދުއާ އިލްހާމް އާ ދެމީހުން ސިޓިން ރޫމް ސޯފާގައި ތިއްބެވެ. ޒީޝާންއަށް ބަލައިލަމުން ހިންދު ހިނިތުންވެލިއެވެ.

"ހާދަ ރީއްޗޭ މިރޭ! ކުޑަކޮށް ތަފާތު ހެން ހީވޭ ދޯ އިލްހާމް!" ހިންދުއަށް ސީދާ ކޮންކަމެއްކަން ބުނަން ނޭނގުމާއެކު، އޭނާ ބުނެލިއެވެ.

"އެހެންދުވަސް ދުވަހު ކުރާވަރަށްވުރެ ބޮޑަށް މޭކަޕްކޮށްފަ ހުރީމަ ކަމަށްވާނީ... " ޒީޝާން ހިނިތުންވެލިއެވެ. ލޯބިވާ ދަރިފުޅުގެ އުފާވެރި މޫނު ފެނި ހިންދުއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އެ ދަރިފުޅު ގައިގައި ބައްދައިލަން އޭނާ ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ.

ހިންދު ތެދުވެ ޒީޝާންގެ ގައިގައި ބައްދައިލިއެވެ. އިލްހާމްވެސް ތެދުވެގެން އައިސް ޒީޝާންގެ ގައިގައި ބައްދައިލާ ސަލާމްކޮށްލިއެވެ.

"ގަޑިޖެހެނީ ދެން ދަނީ... ލަވް ޔޫ!" ދެމީހުންނާ ދުރުވެލަމުން އެމީހުންނަށް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލާފައި، ޒީޝާން ދޮރާ ދިމާލަށްދަމުން ބުނެލިއެވެ. އަތުން ހަނާ އަޅާލާފައި، އެޕާޓްމެންޓްގެ ދޮރުން ނުކުތް ޒީޝާން، ލިފްޓަށް އަރާ ތިރިއަށް ދާން މިސްރާބުޖަހަމުން އާރާއަށް ގުޅައިލާ އާރާ ވީ ހިސާބެއް ބަލައިލިއެވެ.

ބޭރަށް ނުކުމެފައި ޒީޝާން އަދިވެސް އެއްފަހަރު އުޑުމައްޗަށް ބަލައިލިއެވެ. ވިލާތައް އުޑުމަތި ހިޞާރުކޮށްފައިވުމުން، ތަރިތައް އޭގެ ރީތިކަން ދުނިޔެއަށް ދެއްކުމަށްވަނީ ނުކުޅެދިފައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ކުރިއަށް ހިނގައިގަތެވެ. އޭރު ޑްރައިވަރު ކާރު މަޑުކޮށްލައިގެން އޮތެވެ.

ޗުއްޓީއަށްފަހު, ޒީޝާންއަށް ޖެހުނު އެންމެ ފުރަތަމަ ފްލައިޓް ޖެހުނީ އަރްޒަންއާ އެކުގައެވެ. އެކަމާ އޭނާ ހުރީ ނުހަނު އުފަލުންނެވެ. ކޯ ޕައިލެޓަކީ އަޔާންއެވެ. ކްރޫއިންނަށް ތިބީ ޔަމާނީ އާއި ނަޝްވާގެ އިތުރުން އާރާއެވެ.

ޒީޝާން އެއާރޕޯޓަށް ގޮސް ވަތްއިރު އާރާވެސް އެތެރެއަށް ވަންނަނީއެވެ. އާރާގެ ތަންކޮޅެއް ކުރީގައި ޔަމާނީމެން ތިއްބެވެ. ޒީޝާން އާރާއާ އަރާހަމަކޮށްލުމަށްފަހު، ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"އަހަރެން ބުނި ބުނުމަށްތަ ހަމަ ތިހާ ވަރަށް މޭކަޕްކޮށްފަ ތިހުރީ މިއަދު، ހަހަ!" އާރާ އޭނާ އިއްޔެ ބުނި ވާހަކަ ހަނދާނަށް ގެނައެވެ.

"އާނ. ކުޑަ ޗުއްޓީއަކަށްފަހު، ނުކުންނަ އިރު ޚާއްސަ ވާނެއޭ އާރާ ބުނީމެއްނު، ހަހަ! ޒީޝާން ވެސް އެ ހުނުމުގައި ބައިވެރިވެލިއެވެ.

"އަރްޒަން މިއަދު ފެއިންޓް ނުވެއްޖެއްޔާ ވާ ރަނގަޅު..." އާރާ ދިމާކޮށްލިއެވެ.

"ދެން އާރޫ!" ޒީޝާން ލަދުގަތެވެ. ހެމުންހެމުން ދެ އެކުވެރިން ގޮސް އޮފީހަށް ވަތްއިރު، ޔަމާނީ އާ ނަޝްވާ ބްރީފިން ރޫމަށް ވަންނަނީއެވެ.

ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ޒީޝާން ފެނި އަރްޒަންއަށް ހިނދުކޮޅަކަށް ހަރަކާތްތައް މަޑުޖައްސައިލެވުނެވެ. އޭނާއަށް ކަޅި ޖަހައިނުލާ ޒީޝާންއަށް ބަލަން އިނދެވުނެވެ. ޒީޝާން ވަރަށް ވެސް ފުރިހަމައެވެ. އެހާ ލޯތްބެވެ. ލާފައިވާ ޔުނީފޯމާ ގުޅޭ މޭކަޕެކެވެ. އެ ހިމަތޮޅި ހށިގަނޑަށް އެ ޔުނީފޯމް ހިފާލާފައިވާ ގޮތް ވަރަށް ވެސް ފުރިހަމައެވެ.

"އުހުމް... އުހުމް..." އަޔާން ކަރުކެހިލުމާއެކު, އަރްޒަންއަށް ހަމަބިމަށް އާދެވުނެވެ.

ބްރީފިން ކުރިއަށް ދިޔައިރު އެހެން ދުވަސްދުވަހާ ޚިލާފުގޮތެއް އަރްޒަންގެ ނަޒަރުގައި ހުންނަހެން ޒީޝާންއަށް ހީވިއެވެ. އެކަމަކު ސީދާ ސީދަލަށް ބުނާކަށް އޭނާއަކަށް ނޭނގުނެވެ. ހަމައެއާއެކު އެ މޫނުމަތިން ސިއްރުވެރިކަމެއް ވެސް ފެންނަހެން ޒީޝާންއަށް ހީވިއެވެ. ޒީޝާންއަށް ބަލައިލާ ކޮންމެފަހަރަކު އެ ތުންފަތުގައި އެހެންޏާ ހުންނަ ހިނިތުންވުމަށްވުރެ މާނަފުން ހިނިތުންވުމެއް ހުންނަހެން ޒީޝާންއަށް ހީވިއެވެ.

ބްރީފިން ނިންމާލާފައި ފްލައިޓަށް ދިޔަ ދިޔުމުގައިވެސް، އަރްޒަންގެ ހުރި ސިއްރުވެރިގޮތާ އެ މާނަފުން ނަޒަރު ޒީޝާންއަށް ފާހަގަވިއެވެ. އޭނާ އާރާ ގާތު ވެސް އެއްޗެއް ބުނެލިއެވެ. އާރާ ބުނެލީ އެއީ ޒީޝާންއަށް ހީވާހީވުމެއް ކަމުގައެވެ. އެގޮތަށް ނުފެނި ގިނަ ދުވަސްވުމުން ވީ ގޮތެއް ކަމުގައެވެ.

ފްލައިޓަށް އަރާ ޗެކްތައް ޖަހަން ޒީޝާންމެން އަވަސްވިއިރު، އަރްޒަން ވެސް އޭނާ ޖަހަންޖެހޭ ހުރިހާ ޗެކްތަކެއް ޖަހަން އަވަސްވިއެވެ. ކޮކްޕިޓް ތެރެއަށް ވަދެ ގޮނޑީގައި ހަމަޖެހި ބެލްޓް އަޅުވައިލި އަރްޒަން އަޔާންއަށް ބަލައިލިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

"ދެން ތިވަރު ނުވިޔަސް ހެވޭ އަޅެ..." އަޔާން ހިނިގަނޑެއް ޖަހައިލިއެވެ.

ފްލައިޓަށް މީހުން އަރާ ހަމަޖެހިލުމާއެކު ފްލައިޓް ނައްޓައިލަން ތައްޔާރުވާން ފެށިއެވެ. ޒީޝާން އޯވާހެޑް ބިންތައް ލައްޕަމުން ކެބިންތެރެ ޗެކްކުރިއެވެ. ކޮކްޕިޓްގެ ދޮރު ހުޅުވާލާފައި ވަތް އާރާ ހުރިހާކަމެއް ވެސް ރެޑީކަމަށް ބުނުމުން ފްލައިޓް ނައްޓާލަނީކަމަށާއި ދާން ހަމަޖެހިފައިވާ މަންޒިލްގެ މައުލޫމާތުވެސް އެނައުންސް ކުރެވުނެވެ.

ފްލައިޓް މައްޗަށް އަރާ ހަމަޖެހިލުމާއެކު، ބެލްޓް ނައްޓައިލާ ގޮނޑިން ތެދުވެ ޒީޝާންމެން މިސްރާބުޖެހީ ގެލީއަށެވެ. އެވަގުތުކޮޅުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އައި ކެރަކޮޅެއްގައި ފްލައިޓް ޖެހުނުނަމަވެސް ދާދިއަވަހަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ވިލާގަނޑުވެސް ހިނދިއްޖެއެވެ.

ކޮކްޕިޓްތެރޭގައި އިން އަރްޒަންއަށް ބަލައިލުމަށްފަހު، އަޔާން ބުމަ އަރުވައިލިއެވެ. އެކޮޅުން ގުޅާފައި ހުރިހާކަމެއް ހަމަޖެހިއްޖެކަމުގައި ބުނުމުން އަރްޒަން ވެސް ފިނިވާގޮތްވިއެވެ. އޭނާ ކުރަން އެ އުޅޭ ކަމެއްގެ ސަބަބުން، ޒީޝާންގެ އަމަލުތައް ހުންނާނީ ކިހިނެއްކަން އޭނާއަށް ލަފާކޮށްލާކަށް ވެސް ނޭނގެއެވެ.

"ގޯ. އޮޓޯޕައިލެޓްއަށް ހުރިހާ ޝުކުރެއް!" އަޔާން ހިނިގަނޑެއް ޖަހައިލިއެވެ.

ޒީޝާންއާއެކު ގެލީގައި ހަރަކާތްތެރިވަމުން ދިޔަ އާރާއަށް ބަލައިލުމަށްފަހު، ޔަމާނީ ސިއްރުހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ޒީ! ލެޓްސް ގޯ....." ޒީޝާން ކުރީގައި ހުރެ އާރާ ފަހަތުގައި ހުރެގެން ޓްރޯލީ ދުއްވަމުން ބޯޓުގެ ކުރިއަށް ދެމީހުން ދިޔައެވެ.

ކޮކްޕިޓާ ވީ ދިމާލާ ފުރަގަސްދީގެން ޕަސެންޖަރަކަށް ޖޫސްއަޅައިދެމުންދިޔަ ޒީޝާންއަށް، އޭނާގެ ފަހަތުން އަރްޒަން އެ ދިމާލަށް އަންނަމުން ދިޔަކަމެއް ރޭކާ ނުލައެވެ. އޭނާ ހިނިތުންވެލަމުން ބެލީ އެ ޕަސެންޖަރު ބުނި ކަންތައް ފުރިހަމަކޮށްލަދޭށެވެ.

ޒީޝާންގެ ފަހަތުގައި ހުރެ އަރްޒަން ޝަހާދަތް އިނގިލި އޭނާގެ ނޭފަތުކުރީގައި ޖައްސާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ އެ އެދެނީ އެންމެންގެ ގާތުން ވެސް މަޑުމަޑުން ތިބުމަށެވެ.

އަރްޒަން އައިސް ޒީޝާންއާ ދާދިގާތުގައި ހުއްޓުނެވެ. އެއަށްފަހު، އެއްކަކޫ ޖައްސައިލައިގެން އޭނާ އިށީނދެލިއެވެ. ފްލައިޓް ތެރޭގައި ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއެކު، ޒީޝާން އިސްއުފުލައިލާ ކުރިމަތި ބަލައިލިއެވެ.

ފަހަތަށް އެނބުރިލި ވަގުތު އަރްޒަން ފެނިގެން ސިހުނު, ޒީޝާންގެ އަނގައިން މަޑު ހަޅޭކެއް ބޭރުވެގެން ދިޔައެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އަރްޒަން އިނީ އޭނާއާ ދިމާލަށް ވާގޮތަށް އެއްކަކޫ ޖައްސައިލައިގެން އިށީނދެއެވެ. އެއް އަތުގައި އޮތް މަހުމާ ފޮށީގައި އޮތީ އަނގޮޓިއެވެ.

އެއްފަހަރު އަރްޒަންއަށް އަނެއްފަހަރު އަނގޮޓިއަށް ބަލައިލަމުން ޒީޝާން އޭނާގެ ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިނަމަވެސް، އެކަންކުރަން އޭނާއަށް ވަރަށް އުނަދގޫވިއެވެ. އަނގޮޓިއަށް ފުންކޮށް ބަލައިލި ޒީޝާންއަށް އެންމެ ބޮޑަށް އަޅައިގަތީ އެ އަނގޮޓީގެ ޑިޒައިނެވެ. މަތިންދާބޯޓަކާއި އޭގައިވާ ޑައިމަންޑެވެ.

"ޒޭން!" ލަދުން އިސްޖަހައިލެވުމާއެކު، ޒީޝާންއަށް ފުރަތަމަވެސް ފޮރުވައިލެވުނީ މޫނެވެ.

"ޒޭން!" ދެވަނަ ފަހަރަށް ވެސް އަރްޒަންގެ ނަން ޒީޝާންއަށް އޭނާގެ ދުލުން ބޭރުކޮށްލެވުނެވެ. ޚުދު އަރްޒަންގެ ހިތްވެސް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

"ވިލް ޔޫ މެރީ މީ؟" ލަދުން މޫނު ފޮރުވާލައިގެން ހުރި ޒީޝާންއަށް އެ އަތް ތިރިކޮށްލަން މަޖުބޫރުވީ އޭނާގެ ކަންފަތަށް އިވުނު ޖުމްލައިގެ ސަބަބުންނެވެ.

އަރްޒަންގެ ތުންފަތްމަތީގައިވި ހިނިތުންވުން އޭނާގެ ހިތަށް ފިނިކަން ގެނެސްދިން ނަމަވެސް ،އެ ވަގުތުކޮޅު ޖަޒުބާތުގައި ޖެހެވި ޒީޝާންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އުފަލުންނެވެ. ހިތުން އާއެކޭ ބުނުމަށް ގޮވަމުންދިޔަ ނަމަވެސް، ކުއްލިއަކަށް އެފަދަ 'ސަޕްރައިޒެއް' ލިބުމުން ޒީޝާންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އޭނާއަށް ގަނޑުވެފައި ހުރެވުނީއެވެ.

"ޔެސް!" މަޑުމަޑުން އޭނާގެ ދުލުން އެ ލަފްޒުތައް ބޭރުވުމާއެކު، އަރްޒަންއަށް އެ ހިނިތުންވުން ފުޅާކޮށްލެވުނެވެ. އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭފަދަ އުފާވެރި އިޙްސާސްއެކެވެ.

އޭނާ ޒީޝާންގެ ވާ އަތުގައި މަޑުމަޑުން ހިފައްޓައިލަމުން އެ އަތް އުފުލައިލިއެވެ. އެ އަތް ގަނޑުފެން ކޮޅެއްހާ ފިންޏެވެ. އެއްބަޔަކު އެ މަންޒަރު އެމީހުންގެ ފޯނުގައި ރައްކާކުރަމުން ދިޔައިރު އަނެއްބައި މީހުން އަތްޖަހަން ފެށިއެވެ.

ޒީޝާންގެ ކަށި އިނގިލީގައި އަނގޮޓި އަޅުވައިލަން އުޅުނު ވަގުތު ފްލައިޓްގެ ހުރިހާ ލައިޓެއް އެއްފަހަރާ ނިވި ދިއްލުނެވެ. އެގޮތަށް ދެފަހަރަކު ވިއެވެ. އަރްޒަންއަށް އޭނާގެ އަތުގެ ހަރަކާތްތައް މަޑުޖައްސައިލަމުން ވަށައިގެން ބަލައިލެވުނެވެ. ދެންމެ ވީ ކިހިނެއްކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވޭތޯއެވެ.

ޒީޝާންއަށް ވެސް މަތި ބަލައިލެވުނެވެ. އަރްޒަން ޒީޝާންއަށް ބަލައިލި ވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ޒީޝާންގެ އަޅިކުލައިގެ ދެލޮލާ އަރްޒަންގެ ގަދަ މުށިކުލައިގެ ދެލޮލުން އެތައް ވާހަކައެއް ބުނެދެމުން ދިޔައެވެ. އެވަގުތު ޖަހާލި ބާރު ގުގުރިއާއެކު ވިދާދި ވިދުވަރުން މުޅި ބޯޓުގެ ތެރެއަށް ވެސް އަލިވެގެން ދިޔައެވެ. ހަމަ އެ ހިނދެވެ. ބޯޓަށް އަރި ލޮޅުމުގައި އަރްޒަންގެ އަތުން އަނގޮޓި ދޫވެ ވެއްޓުނެވެ. ބޯޓުގައި ތިބި ޕަސެންޖަރުންގެ ހަޅޭކުގެ އަޑުން މުޅި ފްލައިޓްގެ އެތެރެ ގުގުމައިލިއެވެ.

ފްލައިޓް އަންއެކްސްޕެކްޓެޑް ޓާބިއުލެންސްއެއްގައި ޖެހުނީކަމަށް ނިންމާ އަރްޒަން ތެދުވަން މަސައްކަތް ކުރިވަގުތު ބޯޓަށް އަނެއްކާވެސް ލޮޅުމެއް އައިސް ބޯޓު ތިރިއަށް ވެއްޓެމުންދާ ފަދަ އިޙްސާސްއެއް އެންމެނަށް ވެސް ކުރެވުނެވެ. އެއާއެކު އެންމެންގެ ހަޅޭކުގެ އަޑު ގަދަވެގެން ދިޔައެވެ. ކުޑަކޮށް ހަމައަކަށް އެޅިލިހެން ހީވެ، އުނދަގުލުން ތެދުވި އަރްޒަން ކޮކްޕިޓްއާ ދިމާލަށް ހިނގައިގަތްއިރު، އަނެއްކާވެސް ބޯޓަށް އެރި ލޮޅުމާއެކު، އޯވާ ހެޑް ބިންތަކުގައި ހުރި އެއްޗެހިވެސް ހީވަނީ ދެންމެ ދެންމެ ފައިބައިފާނެހެންނެވެ.

(ނުނިމޭ)

ކޮމެންޓް 0