ފޮރެންސިކް ޓީމުން އެގެ ބަލާ ފާސްކުރަމުން ފެށިއެވެ. އޭރުވެސް ޒީޝާން ކަހާތާ ހިރުވާވެސް ނުލައެވެ. އަރްޒަން އޭނާގެންގޮސް ބެއިންދިގޮތަށް އިނީއެވެ. އެކަމުން ހައްތަހާ އަރްޒަންއަށް ލިބުނު ހާސްކަން އިތުރުވީއެވެ. ޒީޝާންއަށް އެ އައި ބަދަލާ އެ މިޒާޖަށް އައި ކުއްލި ބަދަލު އޭނާ މާނަކުރާނީ ކިހިނެއްހެއްޔެވެ؟ ރީހާން އާ ކުރިމަތި ލީއިރު އެ ދެލޮލުގައިވި ނަފްރަތެއް މިހާރަކު ފެންނާކަށް ނެތެވެ. މިހާރު އެ ދެލޮލުން ފެންނަނީ ހުސްކަމެވެ.
އެ ހުސްކަން އޭނާ މާނަ ކުރާނީ ކިހިނެއް ހެއްޔެވެ؟ ޒީޝާންއަށް ހަމަ ރަނގަޅަށް ވެސް ނަފްސާނީ ގޮތުން އެވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އެކަމުން އަރްޒަންއަށް ލިބުނު ވޭން އިތުރުވިނަމަވެސް، އޭނަ ކެތްތެރިވަމުން އައިސް ޒީޝާންގެ ގާތުގައި އިށީނދެލިއެވެ. އެއަށްފަހު ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
ފުލުހުން އެމީހުންގެ މަސައްކަތް ނިންމާލާފައި އިލްހާމްމެންގެ ފުރާނަނެތް މަސްގަނޑު އެގޭ ތެރެއިން ނެރުނު ވަގުތު އެ ޚަބަރު މުޅި ރާއްޖެއަށް އަނެއްކާވެސް ކުއްލި ޝޮކަކަށްދިޔަ ހަބަރެއްގެ ގޮތުގައި ފެތުރިގަތެވެ. އެއްބަޔަކު ބުނަމުން ދިޔައީ އެއީ ބޯޓުގެ ހާދިސާއާ ގުޅުވައިގެން ދިން ހަމަލާއެއްކަމުގައެވެ. އަނެއްބައި މީހުން ބުނަމުންދިޔައީ، އެއީ އިލްހާމްއާ ހަސަދަވެރިވާ ވާދަވެރިއަކު ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައެވެ.
"ޒީ... ލެޓްސް ގޯ..." ރީހާންއަށް އަވަސް ނަޒަރެއްދެމުން އަރްޒަން ޒީޝާންއަށް ބަލައިލަމުން ސޯފާއިން ތެދުވެލިއެވެ. ޒީޝާންވެސް މަޑުމަޑުން ސޯފާއިން ތެދުވެލިއެވެ. އެއަށްފަހު އޭނާ އަރްޒަންގެ އަތުގައި ހިފައްޓައިލިއެވެ.
"ޒޭން. އަހަންނަކަށް މިގޭގައި އެކަނި ހުންނާކަށް ދެން ނުވެސް ކެރޭނެ!" ޒީޝާން ބުނެލިއެވެ.
"ޑޯންޓް ވޮރީ ޒީ... އަހަރެން ޒީއާއެކު ހުންނާނަން." އަރްޒަން ބުނެލިއެވެ.
"ކޭން އައި ސްޓޭ ވިތް ޔޫ؟ ތިގޭގައި ހުރެއެއްނު ހުސް ރޫމެއް ވެސް" ޒީޝާން ބުނެލިއެވެ.
އަރްޒަން ހިނދުކޮޅަކު ވިސްނަން ހުއްޓެވެ. ޒީޝާންގެ ފުރާނައަށް ދަހިވެތިވެގެން ބަޔަކު އުޅޭއިރު، ޒީޝާން އެކަނިދޫކޮންލަން ޚުދު އޭނާގެ އަމިއްލަ ނަފުސުވެސް އެއްބަހެއް ނުވެއެވެ. ވުމާއެކު، އެއީ މި ވަގުތަކަށް އެންމެ ރަނގަޅު ގޮތްކަމުގައި އޭނާގެ ސިކުނޑިއަށްވެސް އެ ގަޑީގައި ވިސްނުނެވެ. ޒީޝާން ހުރީ އަރްޒަންގެ މޫނަށް އަރަމުންދިޔަ ކުލަވަރުތަކަށް ފަރުވާތެރިކަމާއެކު، ބަލާށެެވެ. އެ މޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ޖަޒުބާތުތަކެކެވެ. ޒީޝާންގެ ލޮލަށް ނަޒަރު ހުއްޓައިލަމުން އަރްޒަން ބޯ ޖަހައިލިއެވެ.
"އޯކޭ... " އަރްޒަންގެ ޖުމްލައާއެކު ޒީޝާންގެ ތުންފަތް މައްޗަށް ލުއި ހިިނިތުންވުމެއް ވެރިވެގެން ދިޔަތަން އަރްޒަންއަށް ވެސް ފެނުނެވެ. އެކަމާ އޭނާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ޒީޝާންގެ އަޅި ކުލައިގެ ދެލޮލުގެ ތެރެއަށް ގެއްލިފައި އަރްޒަންއަށް ހިނދުކޮޅަކު ހުރެވުނެވެ. އެ ދެލޮލުގައިވި ތޫނުކަން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރުވަނީއެވެ. އެ ދެލޮލުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ބާރެކެވެ. ހީވަނީ އެ ނަޒަރުން އެކަނިވެސް، އޭނާގެ ހަށިގަނޑުގައި ހިނގާ އިޙްސާސްތަަކަށް ބާރުފޯރުވާ ހެންނެވެ. ސިކުނޑިހުސްކޮށްލާ ފަދަ ބާރެއް އެ ދެލޮލުގައި ވެއެވެ.
އަރްޒަންއަށް އާރާގެ ފޯނު ކޯލެއް އައީ އެވަގުތެވެ. އޭނާ ޒީޝާންއަށް ބަލައިލަމުން ނުވާކަމަކަށް ހަދާލާފައި ފޯނަށް ޖަވާބުދެމުން ކުޑަކޮށް ޒީޝާންއާ ދުރަށް ޖެހިލިއެވެ.
"ޒޭން. ކޮބާ ޒީ؟ އިޒް ޝީ އޯކޭ؟ އަހަންނަށް ދެންމެ ޚަބަރުން މި އެނގުނީ... އިޒް ޝީ އޯކޭ؟" އާރާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އަވަސް އަރުވާލާފައި ވާހަކަ ދެއްކިގޮތުން އެކަނިވެސް އެ އަޑުގައި ވި ހަމްދަރުދީއާ ހާސްކަން އަރްޒަން އަށް ދެނެގަނެވުނެވެ.
"ޔާ ޝީ އިސް ފައިން. އައި ވިލް ކޯލް ޔޫ ލޭޓަރ އިނގޭ" އަރްޒަން ފޯނު ބާއްވަމުން ޒީޝާން ކައިރިއަށް ޖެހިލިއެވެ.
"އައި ހޯޕް ޝީ އިޒް އޯކޭ ޖިނާ... ޒީއަކަށް ކެތެއްނުކުރެވޭނެ. އަހަންނަށް ޔަޤީން!. އަހަންނަށް ދޯ އެނގޭނީ ޒީ އަންކަލްމެންދެކެ ލޯބިވާވަރު. އެކަމަކު ޒޭން ބުނީ ޝީއިޒް ފައިންއޭ..." އާރާ ފޯނު ހިފައިގެން އެނދުގައި އިށީނދެ އިނދެ ވާހަކަ ދެއްކިއެވެ. އޭރު ޖިނާން ގޮނޑީގައި އިށީނދެގެން އިނެވެ.
އާރާ ފޯނުން އަނެއްކާވެސް އަރްޒަންއަށް ގުޅަން އުޅުމާއެކު ޖިނާން އެކަމަށް ހުރަސްއެޅިއެވެ.
"އާރޫ... ޒޭން އެ ބުނީނު ގުޅާނަމޭ. ފުލުހުންވެސް އެ ގޭގައި ހަރަކާތްތެރިވާއިރު އެމީހުންވެސް ވަގުތު ކޮޅެއް ބޭނުންވާނެ. ލެޓްސް ކޯލް ލޭޓަރ..." ޖިނާން އާރާގެ އަތުގައި ހިފައްޓާއިލަމުން ވިސްނައިދޭ ރާގެއްގައި ބުނެލިއެވެ.
"ޔާ! ރައިޓް. ބަޓް..."އާރާއަށް ބުނެވުނެވެ.
"އާރޫ... ޒޭން އިސް ވިތް ޒީ... ޑޯންޓް ވޮރީ." ޖިނާން އެހެން ބުނެލިކަމުގައި ވިޔަސް ޚުދު އޭނާވެސް ވަނީ ހާސްވެފައެވެ. ޒީޝާންއަކީ އޭނާގެ ވެސް ގާތް ރަޙުމަތްތެރިއެކެވެ.
އާރާއަށް ނުދަންނަ ނަންބަރަކުން ފޯނެއް އައީ އެވަގުތެވެ. އޭނާ ދެ ވިސްނުމެއްގައި އިނދެފައި ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން ބުނެލި އެއްޗަކުން އޭނާއަށް ބަލައިލެވުނީ ޖިނާންއާ ދިމާލަށެވެ.
*****
އޭތް ވަޓް... ހައު ޑިޑް ދިސް ހެޕެންޑް... އޯ ގޯޑް..." އެނދުމަތީގައި އޮށޯވެގެން އޮތް ރާކިންއަށް ވެސް ފޯނު އަތުން ދޫނުކޮށްލެވުނީ ކިރިޔާއެވެ. އޭނާއަށް ލިބުނު ސިހުމުގައި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ.
އަވަސްއަވަހަށް ފޯނުން ޒީޝާންގެ ނަންބަރު ހޯދައިލަމުން ރާކިން ޒީޝާންއަށް ގުޅައިލި އެވެ. ތިން ހަތަރު ގުޅުމުންވެސް ފޯނެއް ނުނަގައެވެ.
އޭގެ އިރުކޮޅެއްފަހުން ލޮލުގައި އަޅައިގަތީ، އެގޭގެ ތެރެއިން ބޭރަށް ނުކުތް އަރްޒަން އާ ޒީޝާންގެ ފޮޓޯ ގަނޑެކެވެ.
"މި އަރްޒަންއާ ހެދި ހުރިހާވެސް ގޯހަކީ..." އެ ނާޒުކު ދަނޑިވަޅުގައިވެސް ރާކިންއަށް ރުޅިއާދެވުނީ އަރްޒަން ދެކެއެވެ. އޭނާ ހީކުރީ ޒީޝާން ފޯނު ނުނެގީވެސް އަރްޒަންގެ ސަބަބުން ކަމަށެވެ.
"އެ ދެމީހުން މައްސަލައެއްވެސް ޖެހޭކަށް ނޫޅޭތަ؟ ވަރަށް ފޫހިވޭ" ރާކިން ދަތްކުނޑި ވިކައިލިއެވެ. އެއަށްފަހު، އަނެއްކާވެސް ނިއުސްފީޑް ހާވަން ފެށިއެވެ. އެކަމާ ގުޅިގެން މީހުންކޮށްފައި ހުރި ޕޯސްޓްތައް ކިޔާ ކޮމެންޓްތައް ކިޔަމުން ދިޔައެވެ. އެހެން އޮއްވައި ޒޭބާ މެސެޖް ކުރުމުން ވީ ފޫއްސާއެކު އޭނާ ފޯނު އެނދުމައްޗަށް އެއްލައިލުމަށްފަހު ސީލިންގަށް ނަޒަރު ހިންގައިލިއެވެ.
*****
ދެ ދުވަސް ފަސް
އަރްޒަންއާއެކު އަރްޒަންގެ އެޕާރޓްމެންޓަށް ޒީޝާން ބަދަލުވިއެވެ. އަރްޒަން ވަގުތީ ގޮތުން ވަކި މުއްދަތެއް ނޭނގޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރެވުނެވެ. ހަމަ އެއާއެކު ފުލުހުން ވަކި އެއްޗެއް އަންގަންދެން އެ ދެމީހުން ގޭގައި މަޑުކުރަން ޖެހުނެވެ.
"ޑޯންޓް ވޮރީ... އަހަރެމެން ދެމީހުންނަށް އިތުރު ވަގުތުކޮޅެއް ލިބުނީނު! އެހެންނޫނަސް އެ ހާދިސާއަށްފަހު، އަހަންނަށް ހަމަޖެހިލެވުނީ މި އަދި ކިރިޔާ. ސޯ އަހަރެން ބޭނުން ގިނަ ވަގުތު ޒޭން އާއެކު ވެސް ސްޕެންޑްކުރަން. އަހަރެން ޒޭން އާއެކު ހުއްޓާ ޒޭން އަކަށް ދެރަގޮތެއް ނުވާނެ. އަދި ވަޒީފާއިން ވަކި ކުރީއެއް ނޫނެއްނު. ހަމައެކަނި ސަސްޕެންސަނަކަށް ދިޔައި. އެމީހުންނަށް ޒޭން ގެ އަތެއް އެއްވެސް ކަމެއްގައި ނެތްކަން ޔަޤީންވާ އިރަށް ވަޒީފާއަށް ނުކުތުމަށް އަންގާނެ. ޑޯންޓް ވޮރީ..." އަރްޒަން ސޯފާގައި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންދާ ޒީޝާން އައިސް އަރްޒަންގެ ގާތުގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ކަނާއަތުން އަރްޒަންގެ ފައިފަލަ މަސްގަނޑުގައި އަތް ޖައްސައިލިއެވެ. ދެން ޒީޝާން މަސައްކަތް ކުރީ އަރްޒަންއާ ކައިރިވާ ށެވެ. އަރްޒަން ޒީޝާންއަށް ބަލައިލުމަށްފަހު މޫނު އަނބުރައިލީ އެ އަމަލުން އޭނާއަށް އުނދަގޫވާތީއެވެ.
"ޒީ... " އަރްޒަން އޭނާ އެކަމާ ނުރުހޭކަން އަންގައިލުމުގެ ގޮތުން ޒީޝާންއަށް ގޮވައިލިއެވެ.
"ޒޭން...." އަރްޒަންއަށް ގޮވައިލި ޒީޝާންގެ އަޑުގައި ވަނީ މަސްތީ ގޮތެކެވެ. ޒީޝާން އެހާ ކައިރީގައި އިނުމުން އަރްޒަންއަށް ވެސް އޭނާގެ ނަފުސު ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ޒީޝާންއަށް އައި ބަދަލު އޭނަ މާނަ ކުރަންވީ ކިހިނެއްހެއްޔެވެ؟ މިރޭ ނިދާ ގަޑީގައި އަޔާންއަށް ގުޅައިގެން އަނެއްކާވެސް އެ ވާހަކަ ހިއްސާކޮށްލުމަށްފަހު، ރަނގަޅު ޑޮކްޓަރަކަށް ޒީޝާން ދައްކަންވީއެވެ. ނޫނީ ކަންތައްތައް ގޯހުން ގޯހަށް ހިނގައިދާނެއެވެ.
ޒީޝާން ކޮޓަރިއަށް ވަނުމުން އަރްޒަން ނުކުމެލީ ބެލްކަންޏަށެވެ. އަޔާންއަށް ގުޅައިލާ އަރްޒަން އެވާހަކަ ހިއްސާކުރުމުން އަޔާން އޭނާގެ އެކުވެރިއެއް ފަރުވާހޯދަމުން ދިޔަ ސައިކޮލޮޖިސްޓެއްގެ ނަންބަރު އަރްޒަންއާ ހިއްސާކުރިއެވެ. އަރްޒަން ޝުކުރު އަދާކުރުމަށްފަހު، ފޯނު ބޭއްވިއެވެ.
ފަހަތަށް އެނބުރިލި ވަގުތު އަރްޒަން ސިހުނީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒީޝާން ފެނިފައެވެ. ކުޑަކޮށް ސިހުނު ނަމަވެސް އަރްޒަން ފޯނު ސޯޓުގެ ޖީބަށް ކޮށްޕައިލަމުން ހަމަޖެހިލިއެވެ. އޭރު އޭނާގެ ސިކުނޑި ދިޔައީ ސުވާލު މާކުތަކުން ފުނި ޖެހެމުންނެވެ. ޒީޝާންއަށް އަނެއްކާ ދެންމެ އޭނާ ދެއްކި ވާހަކަ އަޑު އިވުނު ހެއްޔެވެ؟ އަޑު އިވުނު ނަމަ ޒީޝާން ހީކުރާނީ ކީކޭކަމަށް ހެއްޔެވެ؟. އަރްޒަންގެ ގާތަށް އައިސް ފަހަތުން އަރްޒަންގެ ގައިގައި ބައްދައިލަމުން ޒީޝާން ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަހަރެންދެކެ ލޯބިވޭތަ؟" ޒީޝާން އަހައިލިއެވެ.
"ޔެސް. އޮފްކޯޒް ލަވް!. " އަރްޒަން އެހެން ބުނެލަމުން އެނބުރިލާ ޒީޝާން ދުރުކޮށްލިއެވެ.
"ދެން ކީއްވެ އަބަދު އަހަރެން ދުރުކުރަނީ؟"
"ޒީ... މީހުންވެސް ބަލާނެޔޭ" އަރްޒަން ބުނެލިއެވެ.
"ނުފެނޭ އެއްވެސް މީހެއް ވެސް. ބަލާ އެ ގެތަކުގެ ބެލްކަނި ވެސް އެހެރީ ހުސްކޮށް!" ޒީޝާން ބުނެލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލިއެވެ.
*****
އިލްހާމްއާ ހިންދުގެ މަރުގެ ތަހުޤީގު ހިނގަމުންދިޔައީ ބާރުމިނުގައެވެ. އެދެމީހުންގެ ހަށިގަނޑު އިތުރު ތަޙުޤީގަށް ޕޯސްޓް މޯޓަމް ހަދަން ރާއްޖޭން ބޭރަށް ފޮނުވުނެވެ.
ރީހާން އިނީ މައްސަލަ ތަޙުގީގު ކުރާ ކޮޓަރި ތެރޭގައި ހުރި ބޮޑު މޭޒުކައިރީގައި އެކަނިމާ އެކަންޏެވެ. މޭޒުމަތީގައި ފައިލްތަކަކާ އޭފޯ ސައިޒްގެ ގަނޑުތަކެއް ހުއްޓެވެ. އެއިން ނަޒަރު ވަކިކޮށްލަމުން ރީހާން އެތެރެއަށް ވަނުމަށް ބުނެލީ ބޭރުން ކޮންމެވެސް މީހަކު ޓަކި ޖަހައިލުމާއެކުގައެވެ.
"ވަޓް؟ ދެން ތިބުނަނީ އެއްވެސް ސީސީޓީވީއަކުން އެއްވެސް އެއްޗެއް ނުފެނުނޭތަ؟ އެރޭގެ ހުރިހާ ފުޓެޖްތަކެއް ގެއްލުނީ... އޭގެ ކުރީގެ ފުޓޭޖްތަކުން ވެސް ނުފެނުނޭތަ ޝައްކުކުރެވޭ މީހަކުވެސް؟" ރީހާންއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
"ޔެސް ސާރ... ވީޗެކްޑް އޯލްދި ކެމަރާސް. އެތަނުގެ ކައިރީގެ ހުރިހާ ކެމެރާތަކެއް ވެސް ޗެކް ކުރިން. އެކަމަކު ވީ ކުޑުންޓް ސީ އެނީތިންގް... ނަތިންގް. ޖަސްޓް ނަތިންގް... އެކަމަކު..." ވާހަކަ ދައްކަމުން ގޮސް ހުއްޓައިލި އައިމަންއަށް ރީހާން ބަލައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ. އައިމަން ރީހާންގެ ޓީމުގައި މަސައްކަތްކުރާ ތަންކޮޅެއް ޖޫނިއަރ ކުއްޖެކެވެ. އޭނާ ވަރަށް ފުންނަޒަރަކުން ރީހާންއަށް ބަލައިލިއެވެ.
(ނުނިމޭ)