އަރްޒަން ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އޭނާއަށް ލިބުނު ޚަބަރަކުން، ފޯނުވެސް އަތުން ދޫނުވީ ކިރިޔާއެވެ."ކީކޭ؟ ޒީއަށް ކިހިނެއްވީއޭ؟" އަރްޒަންއަށް، އިވުނު ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް އެ ސުވާލުކޮށްލަމުން، ބޮލުގައި އަތް ޖައްސައިލެވުނެވެ. ފިރާޤާ އިރުފާންގެ އިތުރުން އަޔާން އާ ޖިނާންގެ މޫނުމަތިން ވެސް ހައިރާންކަން ފެންނަމުން ދިޔައެވެ.
"ޒޭން... ވަޓް ހެޕެންޑް؟" އަޔާން ކުރިއަށް ޖެހިލާ އަރްޒަންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ޒީއަށް ކޮންމެވެސް ކަމެއްވެއްޖެ! އަހަރެން ހޮސްޕިޓަލަށް ދާންވެއްޖެ!" އަރްޒަންއަށް ބުނެވުނެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ.
"ޒީ އޭ؟ ޒީ ހުރީ މާލޭގައެއް ނޫންތަ؟" އަޔާންއަށް، ވެސް ޒީޝާން އައްޑޫއަށް އަންނަކަމެއް ނޭނގެއެވެ. ޒީޝާންގެ އެދުމަށް އާރާ އާ އެކަން އެންމެނަށް ސިއްރުކޮށްދިނީއެވެ.
"ހިނގާ... އަވަސް..." އަރްޒަން އެ ގަބުުރު ކަށިގަނޑަށް ބަލައިލުމަށްފަހު، އެނބުރި ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. ޒީޝާން އައްޑޫއަށް އެ އައީ ކީކުރަންހެއްޔެވެ؟ ކުއްލިއަަކަށް އެ ގޮތަށް އައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތަފާތު އެތައް ސުވާލުތަކެއް އަރްޒަންގެ ހިތަށް ވެރިވަމުން ދިޔައެވެ.
އެންމެން ވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.
*****
ބޭރުން އައިސް، ގެއަށް އައިސް ވަތް އާރާއާއި ރައުދާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ސޯފާގައި އިށީނދެލުމަށްފަހު، ރައުދާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ދެމީހުން އެއައީ ރައުދާގެ ޤާނޫނީ ވަކީލާ ބައްދަލުކުރުމަށްފަހުއެވެ.
"ރައު... ޑޯންޓް ވޮރީ! އިޓްސް ގޮނަ ބީ އޯކޭ؟ ވަރަށް އަވަހަށް ކަމާލަށް ޖެހޭނެ ރައު ވަރިކުރަން، ކޯޓަށް މައްސަލަ ލުމަށްފަހު، ދެން މާ ގިނަ ދުވަހެއް ނުވާނެ... " އާރާ ރައުދާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނާ ރައުދާއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ. ރައުދާ ބޯ ޖަހައިލިއެވެ.
"އާރ ޔޫ ނޮޓް ގޮއިންޓު ޓެލް އަޔާން އެނީ އޮފް ދިސް..." އާރާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ. އަޔާންއާ މެދު ރައުދާގ ހިތުގައި ވަނީ ކޮންކަހަލަ އިޙްސާސްތަކެއްކަން އާރާއަށް އެނގެއެވެ.
"އާފްޓާރ ޑިވޯސް... ވިލް ހީ އެވަރ ލަވް މީ ބެކް؟" ރައުދާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"ރައުދަށް ވުރެ ބޮޑަށް ތިކަން އެނގޭނެ އިތުރު މީހަކު ނުހުންނާނެ!" އާރާ ލުއި ހިނިތުންވުމެއް ރައުދާއަށް ހަދިޔާކޮށްލިއެވެ.
"އަދި މިއުޅެނީ ޒީއަށް ވެސް ނުގުޅާ... ހިނގާބަލަ ގުޅައިލަން، މިހާރު ފްލައިޓް ވެސް ޖައްސަފާނެ!" އާރާ މައުޟޫ ބަދަލުކޮށްލަމުން، ވާހަކަ ދެއްކިއެވެ. އޭނާ ބޭނުންވީ ރައުދާގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެސްދޭށެވެ. އޭނާ ޒީޝާންގެ ފޯނަށް ގުޅައިލިއެެވެ. ރިންގް ވެފައި ފޯނު ކެނޑެނީއެވެ. ޒީޝާން ފޯނެއް ނުނަގައެވެ.
"ވެދާނެ އަދި އެއާރޕޯޓުން ނުނިކުމެވެނީ ކަމަށްވެސް، އިރުކޮަޅަކުން ގުޅައިލާނީ... " އާރާ ދެފަހަރަކު ގުޅުމުންވެސް ޒީޝާން ފޯނެއް ނުނަގައެވެ.
*****
އަރްޒަންމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު، ޒީޝާންވެސް ގެނެސް ހޮސްޕިޓަލަށް ވައްދަނީއެވެ. ގައިމަތީގައި އަޅާފައިވާ ބެޑްޝީޓް ލެއިން ފޯވެފައިވާއިރު ޒީޝާންގެ ދެލޯ ވަނީ މެރިފައެވެ. ފޮތިގަނޑުން ހަށިގަނޑުގެ ބޮޑު ބައި ނިވާކޮށްލާފައި ވީނަމަވެސް، ލާފައިވަނީ އެއާރލައިންގެ ޔުނީފޯމްކަން އަރްޒަންއަށް ދެނެގަނެވުނެވެ. ޒީޝާން އެ ޔުނީފޯމުގައި ހުންނަންވީ ކީއްވެގެންތޯ އޭނާ އަމިއްލަ ނަފްސާ ސުވާލުކޮށްލިނަމަވެސް، އެ ވަގުތު އޭނާއަށް އެކަމާ މާ ބޮޑަށް ވިސްނާކަށް ވަގުތެއް ނުލިބުނެވެ. ވިސްނެނީ ޒީޝާން އޮތް ޙާލާ މެދުގައެވެ.
"ޒީ..." އަރްޒަން ދުވެލާފައި ގޮސް ޒީޝާންގެ ކައިރީގައި ހުއްޓުނެވެ. އެމަރޖެންސީއަށް ޒީޝާން ވެއްދުމަށްފަހު، އަވަސް ފަރުވާދެވެން ފެށުނެވެ. ޑޮކްޓަރު ނުކުމެފައި ޒީޝާންގެ ޙާލު ދެރަ ކަމަށާއި ވީހާވެސް އަވަހަކަށް އޭބީ ޕޮޒިޓިވް ލޭ ބޭނުންވާކަމަށް ބުންޏެވެ. އެހެންނޫނީ ޒީޝާންގެ ފުރާނައަށް ނުރައްކާވެދާނެކަމުގައި ޑޮކްޓަރު ލަފާދިނެވެ. ނަސީބަކުން އަޔާންގެ ގައިގައި ހުންނަނީ އޭބީ ޕޮސިޓިވް ލޭކަމުން، މާ ބޮޑު ވިސްނުންތަކެއް އެކަމާ ވިސްނާކަށް ނުޖެހުނެވެ. ފަސޭހައިން ލޭ ހަމަޖެހުނުކަމީވެސް ނަސީބެކެވެ.
"ދިސް ވޭ ޕްލީޒް!... " ނަރުސް ކުއްޖާ އަތުން އިޝާރާތް ކޮށްލަމުން، އޭނާއާއެކު އައުމަށް އަޔާން ގާތުން އެދުނެވެ. ބޯ ޖަހައިލުމަށްފަހު، އަރްޒަންގެ ކޮނޑުގައި އަތް ޖައްސައިލާފައި އަޔާން ދުރަށް ހިގައިގަތެވެ. އޭނާ ދިޔައީ ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ބުނެލުމަށްފަހުއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އޭނާ ހިތާ ހިތުން ދުޢާ ކުރީ ޒީޝާންއަށް ދެރަގޮތެއް މެދުވެރި ނުވުމަށެވެ.
އެމަރޖެންސީ ބަޔާ ދިމާލުގައި ހުރި ގޮނޑިބަރީގައި އިށީނދެލަމުން، އަރްޒަން އޭނާގެ މޫނު އެ ދެއަތުގެ ތެރޭގައި ފޮރުވައިލިއެވެ. ޖިނާންއާއި، އިރުފާންއާ ފިރާޤުވެސް އޭރު ކައިރީގައި ތިއްބެވެ. ފިރާޤު ބުނީ ކަންބޮޑުނުވުމަށެވެ. އިރާދަކުރެއްވިއްޔާ ޒީޝާންއަށް ދެރަގޮތެއް ނުވާނޭކަމުގައެވެ. އެހެންބުނެލި ކަމުގައި ވިޔަސް އެކަމުގެ އަޑީގައި ޝިންޝިނާގެ އަތެއް ވާނޭކަމުގައި އޭނާ ހިތް ދިޔައީ ބުނަމުންނެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އަރްޒަންއާ އެވާހަކަ ދައްކަން ބޭނުންނަމަވެސް، ވަޤުތާއި ޙާލަތުގެ ނާޒުކުކަމުން އޭނާ އެ ވާހަކަ ފަސްކޮށްލިއެވެ.
"ޒޭން... އިޓްސް ގޮނަ ބީ އޯކޭ!" ޖިނާން އައިސް އަރްޒަންއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެލަމުން ކޮނޑުގައި ދެފަހަރަކު ޖަހައިލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އިތުރު އެއްޗެއް އޭނާ ނުބުނެއެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ޒީޝާންއަށް ދެރަ އެއް ލިބޭކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. އޭނާ ޒީޝާން ދެކެ އިންތިހާ ލޯބިވެއެވެ. އޭނާގެ އެކަނިވެރި ދިރިއުޅުން އުޖާލާކޮށްލަދިނީ، އެ އަންހެން ކުއްޖާއެވެ. އޭނާ އަކީ ކާކުކަން އެނގި ހުރި އެއްވެސް އަމިއްލަ އެދުމެއް ނެތި، އޭނާ ދެކެ ލޯބިވީ އެ އަންހެން ކުއްޖާއެވެ. ޒީޝާން އޭނާ ދެކެ އިންތިހާ ލޯބިވާކަން އަރްޒަންއަށް އެނގެއެވެ. އެ ދެލޮލުން އޭނާއަށް ލޯބި ނޫން އެއްޗެއް ދުވަހަކުވެސް ފެނިފައި ނުވެއެވެ. އެ ތުންފަތް މައްޗަށް އޭނާ ފެންނަ ކޮންމެ ވަގުތަކު އެ ވެރިވާ ހިނިތުންވުމުން އެކަނިވެސް އެ ހިތުގައި އޭނާއަށްޓަކައިވާ ލޯބި، އަރްޒަންއަށް އަންދާޒާ ކޮށްލެވެއެވެ.
ޒީޝާންއާ އެކީގައި ހޭދަކުރެވުނު ދުވަސްތަކުގެ ހަނދާންތައް އަރްޒަންގެ ސިކުނޑީގެއަށް ވެރިވާން ފެށިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން، އޭނާ މީހާގެ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އެ ހަނދާންތަކުން އޭނާއަށް ގެނުވަނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސްއެކެވެ.
"އަރްޒަން..." އޭނާއަށް ސިހުން ގެނުވީ ކުއްލިއަކަށް ކައިރިއަށް ހުއްޓިފައި އަންހެން ކުއްޖަކު ގޮވައިލުމާ އެކުގައެވެ. އެ ކުއްޖާއަށް ބަލައިލި ނަމަވެސް އޭނާއަށް އެއީ ކޮން ކުއްޖެއްކަމެއް މާ ރަނގަޅަކަށް ނޭނގުނެވެ. އެހެންނަމަވެސް ލާފައިވާ ޔުނީފޯމަށް ބަލައިލުމުން، އެއީ ވެސް އެ އެއާރލައިންގައި މަސައްކަތްކުރާ ކެބިން ކުރޫއެއްކަން އޭނާއަށް ދެނެގަނެވުނެވެ.
"އައި އެމް އަޒްކާ... ޒީ އާއެކީގައި އެ ފްލައިޓްގައި ދެން ހުރީ އަހަރެން..." އަޒްކާއަށް އަރްޒަންގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ފަހުމްވީ ކަންނޭނގެ އެވެ. އޭނާ އަމިއްލައަށް ތަޢާރަފް ވެލިއެވެ. އަޒްކާއަކީ އަރްޒަންމެން ސްސްޕެންޑް ކުރިފަހުން އެއާލައިނާ ގުޅުނު ކުއްޖެއްކަމުން އެއީ ކާކުކަން އަރްޒަންއަށް ނޭނގުނީއެވެ.
"ވަޓް ހެޕެންޑް؟... ވައި ވޯޒް ޝީ އިން ދަ ފްލައިޓް... ވައި ވޯޒް ޝީ ވެއަރިން ދެޓް ޔުނީފޯމް..." އަރްޒަންއަށް އަހައިލެވުނެވެ.
"ޒީޝާންގެ ސަސްޕެންޝަން އުވާލިކަން ނޭނގޭތަ؟" އަޒްކާއަށް އަހައިލެވުނީ އެހެންނެވެ.
"ސަސްޕެންޝަން އުވާލީއޭ؟" އަރްޒަންއަށް ބުމަ އަރުވައިލެވުނެވެ. އޭނާއަށް ސުވާލުގެ ނަޒަރަކުން އަޒްކާއަށް ބަލަންހުރެވުނެވެ. އެއްވެސް މީހަކު އޭނާ ކައިރީގައި އެފަދަ އެއްވެސް ވާހަކައެއް ނުބުނެއެވެ.
ޖިނާން ވެސް އިނީ ވާނުވާގައެވެ. އާރާވެސް އޭނާގެ ގާތުގައި އެކަހަލަ ވާހަކައެއް ނުބުނެއެވެ. ރޭގައިވެސް އެ ދެމީހުން ގުޅައިގެން އެތައް އިރަކު ވާހަކަ ދެއްކި ވިއްޔާއެވެ.
"އާނ, އަހަރެން ހަނދާން ނެތުނީ، ޒީޝާން ބުނި ވަރަށް ޚާއްސަ މީހަކަށްް މި ދަތުރުގައި ސަޕްރައިޒެއް ދޭވާހަކަ... އެއީ އެހެންވީމަ އަރްޒަން... އަރްޒަން ކަމަށްވާނީ..." އަޒްކާއަށް ބުނެވުނެވެ. އަރްޒަން ފުރަތަމަ އެތަނުން ފެނުމުން ވެސް އޭނާއަށް ކުޑަކޮށް ހައިރާންކަމެއް ލިބުނެވެ. އަރްޒަންއަކީ ކާކުކަން އޭނާއަށް އެނގެއެވެ. ޒީޝާން އެހެން ބުނި ސަބަބު އަޒްކާއަށް ރާކާލީ އެވަގުތެވެ.
އިރުގަނޑެއް ފަހުން، ޑޮކްޓަރު ނުކުތްއިރު އެ މޫނުމަތިން ކުރިން ހުރި ހާސްކަން ނުފެނުނު ނަމަވެސް، އަދިވެސް އެމޫނުމަތީގައި ހިސާބަކަށް ކަންބޮޑުވެފައިވާކަމުގެ އަސަރުތައް ހުއްޓެވެ.
އަރްޒަން އަވަސް އަވަހަށް ގޮނޑިން ތެދުވަމުން ޑޮކްޓަރު ގާތަށް ޖެހިލިއެވެ.
"ޑޮކްޓަރ... ކިހިނެއްތޯވީ؟ ކޭން އައި ގޯ އިންސައިއިޑް؟ އިޒް ޝީ އޯކޭ؟" އަރްޒަންއަށް އަވަސްއަވަހަށް ސުވާލުކޮށްލެވުނެވެ.
" ޕޭޝެންޓް ގެ ޙާލު މިވަގުތު ރަނގަޅު. އެކަމަކު... އެކަމަކު... ބޭބީ ސަލާމަތެއް ނުކުރެވުނު، މިކޮޅަށް ގެނެވުނު އިރު މާލަސްވީ..." ޑޮކްޓަރު ބުނެލިއެވެ.
"ވަޓް!" ލިބުނު ސިހުމުގައި އަރްޒަންއަށް ބުނެވުނެވެ.
"ބޭބީ އޭ..." ދެވަނަ ސިކުންތުގައި އަރްޒަންއަށް އަޑަށް ބާރުލާފައި ބުނެވުނެވެ. އެހެން އަހައިލެވުނުލެއް ބާރުކަމުން އެ ހިސާބުގަނޑުގައި އޭރު ހަރަކާތްތެރި ވަމުންދިޔަ މީހުން ވެސް ބަލަންފެށިއެވެ. އެކަމަކު އެކަމަކުން އަރްޒަންއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއްނުވެއެވެ. އޭނާއަށް އޭރުވެސް ހުރެވުނީ އިވުނު ވާހަކަ ޤަބޫލުނުކުރެވިފައެވެ.
"ޔާ... ޝީވޯޒް ޕްރެގްނެންޓް...އަދި ވަރަށް އާރލީ... " އަރްޒަންގެ މޫނުމަތީގައިވި ހައިރާންކަމުގެ ކުލަވަރު ދިރާސާކުރަމުން، ޑޮކްޓަރު ބުނެލިއެވެ. އަރްޒަންއަށް ބޯޖަހައިލުން ފިޔަވައި އިތުރުކަމެއް ނުކުރެ ވުނެވެ. އަރްޒަންއަށް ހަމަބިމަށް އާދެވުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.
"ސޯ ދިސް ވޯޒް ދި ސަޕްރައިޒް..." އަރްޒަންގެ ދެލޯ ވަގުތުން ފެންކަޅިވެގެންދިޔަ އެވެ.
އޭނާއަށް ޒީޝާންއާ މެދު ކަންތައްކުރެވުނު ގޮތް ހިތަށް އަރަން ފެށުމާއެކު މޭގައި ތޫނު ރިހުމެއް އުފެދުނެވެ. އެ ރިހުން ގަދަވެ ކޮޅަށް ހުންނަން ދަތިވުމުން އޭނާއަށް ފާރުގެ އެހީތެރިކަން ހޯދައިލެވުނެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ވެސް ކަރުނަތައް ޖަމާވެފައިވެއެވެ. މައްޗަށް ބަލައިލަމުން ލީފުންނޭވާއާއެކު، އަރްޒަން އޭނާގެ ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. ފިރިހެނަކަށް ވިޔަސް ކެތްކުރަން ދަތިވި ވަގުތުކޮޅެކެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އޭނާގެ ލޯބިވާ އަނބިމީހާ ކައިރިއަށް ދާށެވެ. މާފަށް އެދޭށެވެ.
"ޝީ ވޯޒް ޕްރެގްނެންޓް ޖިނާ..." ކައިރިއަށް ހުއްޓުނު ޖިނާންއަށް ބަލައިލަމުން އަރްޒަންއަށް ބުނެވުނެވެ. އެ އަޑުގައިވީ ރިހުން ސިއްރުކުރަން ކިތަންމެ ބޭނުންވިޔަސް އެކަންކުރަން އަރްޒަންއަށް އުނދަގޫވިއެވެ. ޖުމްލަ ނިމުނުއިރު އޭނާގެ އަޑުވެސް ކުރެހިގެންދިޔައެވެ. ހިންދިރުވައިލުމާއެކު އޭނާ ލޮލުގައި ހުރި ކަރުނަތައް ފުހެލިއެވެ.
ނަރުސްކުއްޖަކު ނިކުމެ ގޮވައިލުމާއެކު އަރްޒަން އެމަރޖެންސީ ރުމް ތެރެއަށް ވަނެވެ. ވަންނަ ދޮރުގެ ކަނާއަތް ފަރާތުގައި ހުރި އެނދު ނިވާވާގޮތަށް ދަމާފައި ހުރި ފޮތިގަނޑު ފޭކޮށްލުމަށްފަހު، ނަރުސްކުއްޖާ އަރްޒަން ވަންނަން ތަން ދެއްކިއެވެ. ޒީޝާންއަށް އޮތީ ނިދިފައެވެ. މަޑުމަޑުން ޒީޝާންއާ ދިމާލަށް ފިޔަވަޅު އަޅައިލި އަރްޒަންއަށް، އެ ދެލޮލުގައި ހުރި ދުޅަކަން ފާހަގަކުރެވުނެވެ. އެކަމުން އެކަނިވެސް ޒީޝާންއުޅުނު ހާލާ އެ ހަށިގަނޑުގައި އެޅި ވޭން ކޮންމެވެސް ވަރަކަށް އޭނާއަށް ފަހުމްވިއެވެ. މަޑުމަޑުން އެނދުކައިރިއަށް ހުއްޓި، އޭނާ ޒީޝާންގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.
"ޒީ..." އޭނާ މަޑުމަޑުން ޒީޝާންގެ ނަމުން ގޮވައިލިއެވެ. ޒީޝާންގެ މޫނުމަތީގައި ވަނީ މައުސޫމް ކަމެވެ. ދެލޯ މަރާލައިގެން ފުން ނިންޖެއްގައި އޮތްކަމުގައި ވިޔަސް އެމޫނުމަތީގައި ވަރުބަލިކަން ވިއެވެ. އެއްއަތަށް އައިވީ ގުޅާފައިވާއިރު އަނެއް އަތަށް ވަނީ ލޭ ގުޅާފައެވެ.
އޭނާ މަޑުމަޑުން ގުދުވެލާފައި ޒީޝާންގެ ނިތުގައި ބޮސް ދިނެވެ. އެއަށްފަހު އެތަނުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
"ޒީ... އޯޕެން ޔުއަރ އައިސް... އައި ހޭވް ސޯ މެނީ ތިންގްސް ޓު ޓެލް ޔޫ..." އަރްޒަން މަޑުމަޑުން ބުނެލިއެވެ. އޭނާ ޒީޝާންގެ ކަނާއަތް އުފުލައިލާ އޭނާގެ އަތުތެރޭގައި ބާއްވައިލިއެވެ. އެއަށްފަހު އެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. ޑޮކްޓަރު އައިސް ޒީޝާންގެ ޙާލަތު ކިޔައިދެމުން އެންމެ ރަނގަޅުގޮތަކީ ސައްވީސް ގަޑިއިރު އެމީހުންގެ ބެލުމުގައި ދަށުގައި ބޭއްވުން ކަމަށްބުނުމުން އަރްޒަން ބޭނުންވީ ޒީޝާން ޕްރައިވެޓް ރޫމަކަށް ބަދަލުކުރާށެވެ. އެ މަސައްކަތް ކުރަން އޭނާ އެތަނުން ބޭރަށް ނުކުތް ވަގުތު، އަރްޒަންގެ ނަމުން ގޮވައިލަމުން ޖިނާން އަރްޒަން ކައިރިއަށް ޖެހިލިއެވެ.
"މީ ޒީ ގެ ފޯން... އަޒްކާ ދެންމެ އެ ދިޔަީ ދީފައި. އޭނަވެސް މިހުރިހާ އިރު ހުރީ މީގެ މަތިން ހަނދާންނެތިފަ..." ޖިނާން ބުނެލިއެވެ. އޭރު އަޔާންވެސް އެތަނަށް އައިސް ހުއްޓެނީއެވެ. ފިރާޤު އޭރުވެސް އިނީ ގޮނޑީގައެވެ. ހީވާ ހީވުމަށް އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.
އަރްޒަން ދިޔުމުން ޖިނާން ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު އާރާއަށް ގުޅައިލިއެވެ.
"އާރޫ... ޒީގެ ސަސްޕެންޝަން އުވައިލީއޭ؟" އާރާ ފޯނު ނެގުމާއެކު ޖިނާންއަށް ފުރަތަމަވެސް އަހައިލެވުނީ އެހެންނެވެ.
"ޖިނާ... ޒީ ދިޔައި ދޯ... " އާރާގެ އަޑުގައިވަނީ އުފާވެރިކަމެވެ.
"އާރޫ..."
"ޖިނާ... ޒީ ކައިރީ ބުނެބަލަ ފޯނު ނަގާބަލާށޭ. ދެން ޒޭން ފެނުނީމަ އަހަރެމެން މަތިން ވެސް ހަނދާން ނައްތައިލައިގެން ނުވާނެޔޭ ބުނެބަލަ!" އާރާ ހުރީ މަޖާ ވެފައެވެ. ހަޤީގަތުގައި ކަމެއްވެގެން އުޅޭކަމެއް އޭނާއަކަށް ނޭނގެއެވެ. ޖިނާންއަށް ވާހަކައެއް ބުނަން ފުރުސަތު ނުދީ އެއްފަހަރާ ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ބުނެ ނިންމައިލެވުނީ، އޭނާ އުފާވެފައި ހުރި ވަރުންނެވެ.
ޖިނާން އެއްޗެއް ނުބުނެ މަޑުން ހުންނަން ފެށުމުން، އާރާއަށް ޖިނާންއަށް ދެފަހަރަކު ގޮވައިލެވުނެވެ.
"އާރޫ...ޒީ... ." ޖިނާންގެ އަޑުގައިވި މަޑުމޮޅިކަން އާރާގެ ހިތަށް ނުތަނަވަސްކަން ވެރިކުރުވިއެވެ.
"ޖިނާ... ކިހިނެއް ވީ؟ ހާދަ ހާސްވެފަ؟ ޒީ... އިޒް ޝީ އޯކ؟ޭ" އާރާއަށް އަހައިލެވުނެވެ. ޖިނާން ޒީޝާންއަށް ވެގެންއުޅޭ ގޮތް ކިޔައިދިނެވެ.
އާރާއަށް ވެސް ލިބުނީ ޝޮކެކެވެ. އެކުވެރިޔާގެ ޙާލާމެދަށް އޭނާ އިންތިހާ ދެރަވިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލާފައި ޖިނާން ފޯނު ބޭއްވިއިރު އަރްޒަން އައިސް އެމަރޖެންސީއަށް ވަންނަނީއެވެ.
ލަސްތަކެއް ނުވެ ޒީޝާން ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. އޭރުވެސް އޭނާއަށް އޮތީ ނިދިފައެވެ. ނަރުސްކުއްޖާ ބޭސް ސިޓީ އަރްޒަންއާ ޙަވާލުކުރުމުން އޭނާ ބޭސް ނަގަންދާން ނުކުތުމުން ކޮޓަރިތެރޭގައި ޒީޝާން އެކަނިވިއެވެ.
ދެފަހަރަކު ކުކުރައިލުމަށްފަހު، ޒީޝާން އޭނާގެ ދެލޯ ހުޅުވައިލެވުނެވެ. އެއާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ހުދު ސީލިންގެވެ. އަތަށް ބަލައިލުމާއެކު، ގުޅާފައިވާ އައިވީ ފެނުމުން އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޮވެވުނީ ހޮސްޕިޓަލުގައިކަން އެނގުނީ ދެނެވެ. އޭނާ ކަން ހިނގައިދިޔަގޮތް ގޮތް ހަނދާން ކުރަން ފެށިއެވެ.ފުރަތަމަ ހަނދާންވީ ބޯޓުގެ ފާޚާނާ ތެރެއަށް އޭނާ ވެއްޓުނު ހަނދާނެވެ. މަޑުމަޑުން ހަނދާންތައް އައިސް، ކުއްލިއަކަށް ޝިންޝިނާ މަތިން ހަނދާންވެ ޒީޝާންއަށް ހިންދިރުވައިލެވުނެވެ. ބޮލަށް އޭރުވެސް ހުރީ ބަރުވެފައެވެ. އޭނާ ވަށައިގެން ބަލައިލިއެވެ. އެއާއެކު ދޮރު ކައިރީގައި އޭނާއަށް ބަލަހައްޓައިގެން ހުރި ޝިންޝިނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. މީހާގެ ހަށިގަނޑު އެކީ ފިނިވެެގެން ދިޔައެވެ. އަތަށް ތުރުތުރު އެޅުމެއް ވެރިވިއެވެ. ޝިންޝިނާގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ޒީޝާންއާ ދިމާލަށް ކުރިއަށް ފިޔަވަޅު އަޅަމުންދިޔަ ޝިންޝިނާގެ ލޮލުގައި ބުނެދޭން ނޭނގޭ އަސަރެއްވެއެވެ. ޒީޝާން އޭނާގެ އަތުން ފޮތިގަނޑަށް ބާރުކުރަމުން ދިޔައެވެ. އޭނާ އޮތީ އިންތިހާ ބިރުގަނެފައެވެ، ހަޅޭއްލަވައިގަނަންނަން ވެސް ހަނދާން ނެތް ފަދައެވެ.
"އަހަރެން ބުނީމެއްނު އަރްޒަން އަކީ އަހަރެންގެ ހައްޤެކޭ... އަހަރެމެން ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވައިލާނަމޭ..." ޝިންޝިނާ ދިޔައީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުންނެވެ.
ޒީޝާން އަތް ހިއްލައިލަން މަސައްކަތް ކުރިއެވެ. އޭނާއަށް ފުންކޮށް ނޭވާލެވެން ފެށުނެވެ. ޝިންޝިނާ ދެކެ އިންތިހާ ބިރުގަތްފައި އޮތް ޒީޝާންގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ.
"އެހެންނޫނަސް... އަރްޒަންއަކީ މިހާރު އަހަރެންގެ މީހެއް... ކަލެއަށް ނޭނގުނުކަމުގައި ވިޔަސް އަރްޒަން ވެސް މިހާރު ބޭނުންވަނީ އަހަރެން..." ޝިންޝިނާ ބުނެލިއެވެ.
"ހުސް ދޮގު...ތީ ދޮގެއް..." ޒީޝާން އުނދަގުުލުން ބުނެލިއެވެ. އެހެން ބުނެލި އަޑު އެހުމަށް އޭނާއަށް ވަރަށް އުނދަގޫވިއެވެ.
"ޝިންޝިނާ ކުއްލިއަކަށް އައިސް ޒީޝާންއާ ދާދި ގާތުގައި ހުއްޓުނެވެ.
"އަރްޒަން ކައިރީގައި އަހާބަލަ އަހަރެމެން ދެމީހުން ދެމެދުގަ އޮތީކޮން ކަހަލަގު ޅުމެއްތޯ؟. އަދި އެ ގުޅުން ގޮސްފައިވަނީ ކިހާ ހިސާބަަކަށް ތޯ؟ އަމިއްލަ އަނބިމީހާ ދުރުގައި ބަހައްޓާފައި އަހަރެން ކައިރިއަށް ދިޔަ ވެސް ކިތަށް ރޭތޯ ސުވާލުކޮށްލާ! އޭރުން ޔަޤީންވާނެ!" ޝިންޝިނާ އެހެން ބުނެލިއިރު އެ އަޑުގައިވާ ޖޯޝުން އެކަނި ވެސް، ޒީޝާންގެ ހިތުގެ ހިނދުން ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.
ޒޭން އެހެންނެއް ނޫޅޭނެ...އެއީ... ނޫން..." ޒީޝާންއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
"ސުވާލުކޮށްލައްޗޭ! އޭނާއަކަށް ނުކެރޭނެ އަހަރެން މިކުރި އެއްވެސް ސުވާލެއްގެ ޖަވާބުގައި ނޫނެކޭ ބުނާކަށް..." އެ ދެމީހުންގެ ދެމެދުގައިވީ ގުޅުން ކިޔައިދީ ނިމުމުން ޒީޝާންއަށް ބަލައިލާ ހިނިގަނޑެއް ޖަހައިލަމުން ޝިންޝިނާ ބުނެލިއެވެ. އޭނާ އެތަނުން ގެއްލުނުތާ އިރުކޮޅެއްފަހުން އަރްޒަން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
ޒީޝާންގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނާ އޮތީ ހުއްޓުން އަރާފައެވެ. ތުންފަތުގައި ދަތް އަޅައިލަމުން ކަރުނަތައް ހުއްޓުވޭތޯ އޭނާ މަސައްކަތް ކުރިނަމަވެސް ކަރުނަތައް އޭނާގެ އަމުރަށް ކިޔަމަންނުވެ ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެން ދާން ފެށިއެވެ.
"ޒީ..." ޒީޝާން ދެލޯ ހުުވައިލައިގެން އޮތްތަން ފެނި އަރްޒަންއަށް އަވަސް އަވަހަށް އެ ދިމާލަށް ހިނގައިގަނެވުނެވެ.
"ޒީ..." ޒީޝާންއަށް ގޮވަގޮވާ ވެސް އަޑު ނީވުުމުން އަރްޒަން ޒީޝާންގެ ކޮނޑުގައި ހިފާކުޑަކޮށް ތަޅުވައިލިއެވެ. އެއާއެކު ޒީޝާން އޭނާގެ ނަޒަރު މަޑުމަޑުން އަރްޒަންއަށް ހުއްޓައިލިއެވެ. ޒީޝާންގެ ނޭވާ ހުރީ ކުރުވެފައެވެ.
"އާރ ޔޫ އޯކޭ ޒީ؟ ޝެލް އައި ކޯލް ދި ޑޮކްޓަރ...؟" އަރްޒަން އަވަސް އަވަހަށް އަހައިލިއެވެ. ޒީޝާން ވަކި އެއްޗެއް ނުބުނެއެވެ. އޭނާ އިނީ ކަޅިޖަހައިނުލައި އަރްޒަންއަށް ބަލަހައްޓައިގެންނެވެ.
"ޒީ... ވަޓް ހެޕެންޑް؟" އެނދުގައި އިށީނދެލަމުން، އަރްޒަން ޒީޝާންގެ ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ. އަރްޒަންގެ އެ ބީހިލުމާއެކު، ޒީޝާން ބޭނުވީ ވަގުތުން އަރްޒަންގެ އަތުގެ ހިމާޔަތް ކަމަށްވިޔަސް، އޭނާ ހިތުގެ އިޙްސާސްތަކާ ޖަދަލު ކުރުމަށްފަހު، އަނެއްފަރާތަށް މޫނުއަނބުރައިލިއެވެ.
"ޒީ..." ޒީޝާންގެ އެ އަމަލުން އަރްޒަންގެ ހިތަށް ތަދުވިއެވެ. އޭނާ އަނެއްކާވެސް މަސައްކަތްކުރީ ޒީޝާންގެ ކޯތާފަތުގައި ފިރުމައިލާށެވެ. މިފަހަރު ވެސް، ޒީޝާން އޭނާގެ އަތުން އަރްޒަންގެ އަތް ދުރަށް ޖައްސައިލިއެވެ.
"ޒީ... އައި އެމް ސޮރީ... އަހަންނަށް މާފުކުރޭ... އަހަންނަކަށް ނޭނގޭ... އަހަންނަކަށް ނޭނގޭ ޒީ ބަނޑުބޮޑުކަމެއް... އަހަންނާ ދިމާލަށް އެއްފަހަރުވެސް ބަލައެއް ނުލާނަންތަ؟" އަރްޒަން ޒީޝާންގެ އަތުގައި އަތް ޖައްސައިިލިއެވެ. ޒީޝާން އެއަށް ފޮޅުވައިލިއެވެ.
"ޒީ... ވަޓް ހެޕެންޑް؟... ޑޯންޓް ޑޫ ދިސް..." އަރްޒަންއަށް ބުނެވުނެވެ. ޒީޝާންގެ އަމަލުތައް ހުރިގޮތުން އަރްޒަންގެ ހިތަށް ތަދުވިއެވެ. ކިތަންމެ ވަރަކަށ ޒީޝާންއަށް ގޮވިކަމުގައި ވިޔަސް ޒީޝާން އެންމެ ފަހަރަކު ވެސް އަރްޒަންއާ ދިމާލަށް ބަލައެއް ނުލިއެވެ.
އަރްޒަން އޭނާއަށް ގޮވަމުންދިޔައިރު، އެ އަޑުގައިވި ވޭން ޒީޝާންއަށް ސިއްރެއް ނުވިއެވެ. އެކަމަކު އޭނާގެ ހިތުގައި ވެސް ވަނީ އިންތިހާ ވޭނާ ކެކުޅުމެވެ. އޭނާ އުޅުނު ޙާލެއް އަރްޒަންއަށް އިޙްސާސްއެއް ނުވިއެވެ. މިއަދު އެގޮތަށް އަރްޒަންގެ އަޅައިލުން އޭނާއަށް ލިބުމުން އެއަށް ބޭނުންވެ ހުރެވެސް، ދުރަށް ދެވުނީ އެހެންވެ އެވެ. ކޮށްފައިވާ އަސަރުން އޭނާވެސް ގޮތްދޫކުރަން ބޭނުންނުވީއެވެ.
"ޒީ... އަރްޒަން އޭނާގެ ދެ އަތުން ޒީޝާންގެ މޫނުގައި ހިފާ އޭނާއާ ހަތަރު ކަޅި ހަަމަކުރުވަން އުޅުމުން، ޒީޝާން، އަރްޒަންގެ ދެއަތް ފޮޅުވައިލިއެވެ.
"ލީވް މީ އެލޯން އަރްޒަން..." ދުރުކޮށްލާފައި ޒީޝާން އޭނާގެ ނަމުން ކިޔައިލުމުން އަރްޒަންއަށް ތަފާތު އިޙްސާސްއެއް ކުރެވުނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް، ޒީޝާން އޭނާއަށް ގޮވިނަމެއް ނޫނެވެ.
"ޒީ... އަހަރެން އެހާ ވެސް ދުރުކޮށްލީތަ؟" އަރްޒަންއަށް ބުނެވުނެވެ. ޒީޝާން އެއްޗެކޭ ނުބުނެއެވެ. ދުރު ބަލަހައްޓައިގެން އިނީއެވެ.
"ޒީ އައި އެމް ސޮރީ އޭ ބުނެފީމެއްނޫންތަ؟" ގަދަ ހެދި ނަމަވެސް އަރްޒަން ޒީޝާންގެ މޫނުގައި ދެ އަތުން ހިފައްޓައިލަމުން އޭނާގެ ދެލޮލާ ހަތަރު ކަޅި ހަމަކުރުވިއެވެ. ޒީޝާން މަސައްކަތް ކުރީ އަރްޒަންއާ ދިމާލަށް ނުބަލައި ވޭތޯއެވެ.
"ޒީ... ލުކް އެޓް މީ... ޖަސްޓް ޓޯކް ޓު މީ... އަހަރެންނަށް އެނގޭ ޒީއާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އައި އެމް ސޮރީ... ކޮންމެވެސް އެއްޗެއް ބުނެބަލަ ޒީ..."އަރްޒަން ބުނެލިއެވެ.
"ކީކޭ އަހަރެން ބުނަންވީ؟ އަހަރެން ކިހިނެއް ހަދަންވީ... " ޒީޝާންއަށް ބުނެވުނެވެ. އަޑަށް ބާރުލާފައި ރުންކުރުކޮން ބުނަން މަސައްކަތްކުރި ނަމަވެސް އަޑު ނުކުތީ މަޑުންނެވެ. ވޭނީ ގޮތަކަށެވެ.
"ޒީ... "
"އަރްޒަން ކީއްވެ މިހާރު ތިހާ ދެރަވަނީ؟ އަހަރެން އެއްފަހަރުވެސް ނުބުނަންތަ އަރްޒަން ކައިރީގައި އަހަރެން އައްޑޫއަށް އަންނަ ވާހަކައެއް... އަހަރެންގެ ސަސްޕެންޝަން އުވާލި ވާހަކަ ބުނަން ގުޅީމަ ފޯނެއް ނުނަގާ... އަހަރެން އައްޑޫއަށް ގޮސް ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފަ މެސެޖް ކުރީމަ އެ މެސެޖްއަށް ރިޕްލައި އެއް ނުކުރޭ... އަހަރެން މެސެޖެއް ނުކުރަންތަ؟ އަހަރެން އައްޑޫއަށް އަންނަ ވާހަކައާ ބައްދަލުކޮށްލަން ބޭނުންވާކަމަށް ބުނެ ސެޖް ކުރީމަވެސް އިގްނޯރ ކުރީ ... "
ޒީޝާންއަށް ރޮވެން ފެށުނެވެ. އޭނާ ކަރުނަތައް ފުހެލިއެވެ.
"ޒީ... އަހަންނަށް މެސެޖެއް ނުފެނޭ... ކޮންއިރަކު" އަރްޒަން އޭނާގެ ފޯނު ނަގާ ޒީޝާން ކުރި މެސެޖް ފެންނަން އޮތްތޯ ބަލައިލަން އުޅުނު ވަގުތު ޒީޝާން ބުނެލި އެއްޗަކުން އޭނާސިހޭ ގޮތްވިއެވެ.
"އަހަރެންގެ މިޙާލަގެ ޒިންމާނަގަން ޖެހޭނީ ޝިންޝިނާ... ޒޭންއަކަށް ނޭނގޭނެ އަހަންނަށް އޭނަ ދިންހާ އިންޒާރެއް... އަހަރެން ބިރުގަތް ވަރެއް... އަހަރެންގެ ހަށިގަނޑުގައި އެޅި ވޭނެއް... އަހަރެން... " ޒީޝާންއަށް ގިސްލެވެން ފެށުނެވެ.
"އަހަރެން... ބޯޓު ތެރޭގައި... އޭނަ ބޯޓު ތެރޭގައި... އަހަރެން... " ޒީޝާންއަށް ރަނގަޅަށް ވާހަކަ ނުދެއްކުނު ނަމަވެސް އޭނާ ހުރީ ހުއްޓައިލާ ގޮތަކަށް ނޫނެވެ. އަރްޒަންއަށް ވެސް އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލެ ވުނެވެ. ޒީޝާން ގިސްލާފައި ރޮމުންދިޔަ މަންޒަރު ބަލަން އޭނާއަށް ކެތެއް ނުކުރެވުނެވެ. އަނެއްކާވެސް އޭނާ މަސައްލަތްކުރީ އެ ދެއަތުގެ ތެރެއަށް ޒީޝާން ގެނެވޭތޯއެވެ.
"ޖަސްޓް ގޯ އަވޭ... ހަމަ މިހާރު ދުރަށް ދޭ..." އަރްޒަންގެ މޭގައި އަޅައިކޮށްޕައިލި ގޮތުން އޭނާއަށް ތަދުވެސް ވިއެވެ. ޒީޝާން ދެންބުނެލި ޖުމްލައިން އަރްޒަންއަށް ވެސް ސިހުން ލިބުނެވެ.
"ކީކޭ ޒީ؟" އޭނާއަށް ވަގުތުން ޒީޝާންއަށް ބަލައިލެވުނެވެ.
"ބުނެބަލަ ނޫނެކޭ... ނުކެރޭނެ ބުނާކަށް... އަރްޒަން އުޅުނީ ޝިންޝިނާއާ އެކީގައި... އަހަންނަށް ހުރިހާ އެއްޗެއް ވެސް އެނގޭ..." ޒީޝާން އަނެއްކާވެސް ބުނެލިއެވެ.
"އަހަރެން ގަސްތުގައެއް ނޫން... ޒީ..." އަރްޒަންގެ އަޑަށް ވެސްމަޑުމޮޅިކަން ވެރިވިއެވެ. އޭނާއަށް އިސްޖަހައިލެވުނެވެ. އަރްޒަން އެ ހަދަނީ ތެދުކަން އެނގުނު ކަމުގައި ވީނަމަވެސް، ހާލަތުގެ ނާޒުކުކަމުން ޒީޝާންއަށް ވާހަކަ ދެއްކުނީ އަރްޒަންގެ ހިތުގައި ޖެހޭފަދަ ގޮތަކަށެވެ. އަރްޒަން މަޑުމަޑުން އިސްއުފުލައިލަމުން، ޒީޝާންއާ ގާތަށް ޖެހިލިއެވެ.
"އަހަންނާ ކައިރިނުވޭ" ދުރަށް ދޭ!
"ޒީ... ކީއްވެތަ ތިހެން ތި ވާހަކަ ދައްކަނީ؟" އަރްޒަން ޒީޝާންގެ ގައިގައި ބައްދައިލަން މަސައްކަތް ކުރިއެވެ. އޭނާ މާފަށް އެދުނެވެ. މިފަހަރުވެސް ޒީޝާން އަރްޒަންގެ މޭގައި އަތް އަޅާފައި ކޮށްޕައިލަން މަސައްކަތް ކުރިއެވެ. އަރްޒަން އިނީ އެކަމަށް ވިސްނައިގެންނެވެ. މިފަހަރު ޒީޝާންއަށް ކުރި ނުލިބުނެވެ. އަރްޒަން މާ ބާރު ގަދައެވެ.
"ސޮރީ... ސޮރީ ސޮރީ ޒީ..." އަރްޒން ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. ޒީޝާން ގަދަ ހެދިނަމަވެސް އަރްޒަން ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ. އަރްޒަންގެ ފަރާތުން އެފަދަ ގާތްކަމަކަށް ބޭނުންވެފައި އިން ނަމަވެސް، ޒީޝާންއަށް އަމަލުތައް ބެހެއްޓެނީ ދިމާ އިދިކޮޅަށެވެ. އޭނާގެ ހަނދާނަށް އައީ ބޯޓު ތެރޭގައި ޝިންޝިނާ ބުނެލި ވާހަކަ މަތިންނެވެ.
"ކަލޭ ހަނދާން ކުރާތި، އަހަންނާ އަރްޒަންގެ ދެމެދަށް ވަންނަން އުޅެފިއްޔާ ކަލޭގެ މަންމައާ ބައްޕައަށް ހެދި ހެން ކަލެއަށް ވެސް ހަދައިލާނަން... ކަލޭގެ މައިންބަފައިންނާ ކަލޭގެ ދަރިއަށް ވީ ގޮތް ވާން ބޭނުން ނެތިއްޔާ އަހަރެމެން ދެމީހުންގެ ދިރިއުޅުމުން ހަމަ މިހާރު ދުރަށް ދޭ... މީ އަހަރެން ކަލެއަށް ދޭނެ ފަހު އިންޒާރު..."
ޒީޝާންގެ ކަންފަތް ދޮށުގައި އެ އަޑު ކެނޑި ނޭޅީ ގުގުމަމުން ދިޔައެވެ. އެއާއެކު އޭނާއަށް ގިސްލެވެން ފެށިއެވެ. ކަރުނަތައް އެއްވެސް ހުއްޓުމެއް ނެތި ތިރިއަށް ރޮނގުމެދިގެން ދާން ފެށިއެވެ. އަރްޒަންގެ ދެލޯ ވެސް އިސާހިތަކު ފެންކަޅިވެގެން ދިޔައެވެ. އޭނާއަށް ވެސް ރޮވެން ފެށުނެވެ. ޒީޝާން އެހާ ހިތުގައި ޖެހިގެން ރޯތީ އޭނާ ވެސް ހުރީ ކަންބޮޑުވެފައެވެ. ހާސްވެފައެވެ. ބިރުގަނެފައެވެ. ކިތަންމެ ވަރަކަށް މާފަށް އެދުނު ކަމުގައި ވީނަމަވެސް ޒީޝާން އޭނާއަށް މާފެއް ނުކުރެއެވެ. އޭނާގެ މޭގައި އުފެދުނު ތޫނު ރިހުމުގެ އަސަރު މުޅި ހަސިގަނޑަށް ކުރަން ފެށި ހެން ހީވިއެވެ.
ޒީޝާންގެ ހިތުގައިވެސް ވަނީ އިންތިހާ ޖެހިފައެވެ. އަރްޒަންގެ މޭގައި ގޮށްމުށުން ޖަހަމުން ދިޔަ ޒީޝާން ހަމައަކަށް އެޅުވޭތޯ އަރްޒަން މަސައްކަް ކުރި ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
އަރްޒަން އާ ގުޅުން ހުންނަ ކޮން މީހެއް ވެސް ވަނީ މަރު. އަރްޒަންއާ ކައިރިވާ ކޮންމެ މީހެއްވެސް ވަނީ މަރު... ޔޫ އ ރެސްޕޮންސިބަލް ފޯރ މައި ޕޭރެންޓްސް ޑެތް. އެންޑް ޔޫ އާރ ރެސްޕޮންސިބަލް ފޯ އޯލް ދިސް..." ޒީޝާންއަށް ބުނެވުނެެވެ. އެއާއެކު އަރްޒަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އަތުވެއްޖެއެވެ. އޭނާއަށް ހަރަކާތް މަޑުޖައްސައިލެވުނެވެ. ދެ އަތް މުށްކަވައިލަމުން އަތް ތިރިކޮށްލެވުނެވެ. ތުންފަތުގައި ދަތް އަޅައިލެވުމާއެކު، އޭނާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އޭރު އޭނާގެ ދެލޮލުން ވެސް ކަރުނަ އަންނަމުން ދިޔައެވެ. ޒީޝާންގެ އެ ބަސްތަކުން އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށުނެވެ.
ޒީޝާންގެ އެ ޙާލަތުގެ ޒިންމާ ނަގަންޖެހޭނީ އޭނާއެވެ. ޒީޝާންގެ މަންމައާ ބައްޕައާ ރާކިންގެ އިތުރުން ބަތޫލްއަށް އެ ދިމާވި ހިތްދަތި ހާދިސާގެ ޒިންމާވެސް ނަގަން ޖެހޭނީ އޭނައެވެ. އޭގެ އިތުރުން ފްލައިޓް ވެއްޓުމާ އޭގެން މަރުވި އެންމެންގެ ޒިންމާ ވެސް ނަގަން ޖެހޭނީ ހަމަ އޭނާއެވެ.
އޭނާގެ މޭގައި މޫނުޖައްސައިލައިގެން އިނދެ ރޮމުންދިޔަ ޒީޝާން ދުރުކޮށްލަމުން އަރްޒަން އެދުން ތެދުވިއެވެ. ދެއަތް މުށްކަވައިލި އަރްޒަން ދިޔައީ އޭނާގެ އިޙްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. އޭރު އޭނާގެ ގަމީހުގެ މޭމަތި ވަނީ ދެމިފައެވެ. ޒީޝާން ހިމޭންވީ ދެނެވެ. ބުނެވުނު އެއްޗެއް ރޭކާލީ ވެސް ދެނެވެ. އޭނާވެސް ވަގުތުން ހިމޭންވިއެވެ. އަރްޒަށްއަށް ބަލައިލިއިރު އަރްޒަން އޭނާއަށް ފުރަގަސްދެނީއެވެ. އަތުން ކަރުނަ ފުހެލިތަން ޒީޝާންއަށް ރީއްޗަށް ފެނުނެވެ.
އަރްޒަން ކޮޓަރިން ނުކުތްއިރު އަޔާން އެ ދިމާލަށް އަންނަނީއެވެ. ފިރާޤާ އިރުފާންގެ އިތުރުން ޖިނާން ފެންނާކަށް ނެތެވެ.
"އިޒް ޝީ އޯކޭ؟" އަރްޒަންއާ އަރާ ހަމަވުމުން އަޔާން ސުވާލުކޮށްލި ނަމަވެސް އަރްޒަންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.ހޮސްޕިޓަލުން ނުކުމެ މީހުން ނެތް ހިސާބަކަށް ޖެހިލުމަށްފަހު އެތަނުގައި ހުރި ބެންޗެއްގައި އިށީނދެ އިނދެ އަރްޒަން ހިތްފުރޭންދެން ރުޔެވެ. އަމިއްލަ ނަފްސަށް އެތައް ފަހަރު އަދު ލިޔެވެ. އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ.
ލޯ ފުހެމުން އެތަނުން ތެދުވެ އަރްޒަން ހިނގައިގަތީ ޒީޝާންއަށް ދޭން ކާއެއްޗެއް ގަނެލުމުގެ ބޭނުމުގައެވެ. ޑޮކްޓަރު ބުނީ ލުއި އެއްޗެއް ދިނުމަށެވެ. އެހެންކަމުން ސޭންޑްވިޗް އަކާއި ކުރުބާ ފެންތައްޓެއް ހިފައިގެން އަރްޒަން ޒީޝާން އޮތް ކޮޓަރިއާ ދިމާލަށް ހިނގައިގަތްއިރު ވެސް އޭނާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުގައި ވެސް ކޮންމެވެސް ވަރަކަށް ރަތްކަން ހުއްޓެވެ.
އަރްޒަން އެހިސާބާ އަރާ ހަމަވިއިރު، އަޔާން ހުރީ ބޭރުގައި މަޑުކޮށްލައިގެންނެވެ.
"ޝީ ވޯންޓްސް ޓު ބީ އެލޯން އޯ." އަޔާން އަރްޒަންއަށް ބަލައިލަމުން ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އެއަށްފަހު، މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ.
(ނުނިމޭ)