"ޔެސް ސާރ... ވީޗެކްޑް އޯލްދި ކެމަރާސް. އެތަނުގެ ކައިރީގެ ހުރިހާ ކެމެރާތަކެއް ވެސް ޗެކް ކުރިން. އެކަމަކު ވީ ކުޑުންޓް ސީ އެނީތިންގް... ނަތިންގް. ޖަސްޓް ނަތިންގް... އެކަމަކު..." ވާހަކަ ދައްކަމުން ގޮސް ހުއްޓައިލި އައިމަންއަށް ރީހާން ބަލައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ. އައިމަން ރީހާންގެ ޓީމުގައި މަސައްކަތްކުރާ ތަންކޮޅެއް ޖޫނިއަރ ކުއްޖެކެވެ. އޭނާ ވަރަށް ފުންނަޒަރަކުން ރީހާންއަށް ބަލައިލިއެވެ.
"އެކަމަކު؟ ކޯންޗެއް؟." ރީހާން އަހައިލިއެވެ.
"އެޕާރޓްމެންޓަށް ވަންނަން ހުންނަ ދޮރާ ފެންނަ ގޮތަށް ލިފްޓް ކައިރީގައި ހުރި ކެމެރާއިން ވަރަށް އެހެން ކަހަލަ ކަމެއް ފާހަގަވޭ. ލެޓް މީ ޝޯ ޔޫ!" އެއްފަރާތުގައި ހުރި ކުޑަ މޭޒު ކައިރިއަށް ޖެހިލުމަށްފަހު، ޕެންޑްރައިވް ކޮންޕިއުޓަރަށް ޖަހައިލަމުން ކުރިމައްޗަށްވާ ގޮތަށް ހުރި ބޮޑު ސްކްރީނުން އައިމަން އެ ފުޓެޖް އަޅުވައިލިއެވެ.
ފުޓެޖުން ފެންނަނީ ގައިގަނޑަކަށް ފަސްވަރަކަށް ސިކުންތަށް މީހަކު ދޮރު ކަނީގައި އަތް ވިއްދާލައިގެން ހުއްޓައެވެ. މޫނު ނުފެނު ނަމަވެސް އަތުގައި އިން އަނގޮޓި ފެނުމުން އެއީ ހިންދުކަމަށް އެމީހުންނަށް ގަބޫލުކުރެވުނެވެ. ފަސްސިކުންތަށް ފަހު އެ ފުޓެޖް އެކީ ކެނޑިގެން ދިޔައީ ހިންދުގެ އަތް ދޫވި މަންޒަރާ އެކުގައެވެ. ހީވަނީ އެތެރެއިން މީހަކު ދަމައިގަތީ ހެންނެވެ.
"މި ތަންކޮޅު އެކަނި ފެނުނީ؟ ކީއްވެ ހަމަ އެންމެ ފަސް ސިކުންތު؟" ރީހާންއަށް އަމިއްލަ ނަފްސާ ސވާލުކޮށްލެވުނެވެ.
"ޔަޤީނުންވެސް އެތެރޭގައި މީހަކު އުޅޭކަން މީގެން އެބަ ސާފުވޭ. އައި ނީޑް ޔޫ ޓު ޑޫ ސަމްތިންގް. އެގެއަށް ގޮސް އެހެން އެޕާރޓްމެންޓް ތަކުގަ އުޅޭ އެންމެންނާ ސުވާލުކުރަންވީ. އެދުވަހު ލިފްޓަށް އެެރި އިރާ އެރި މީހަކު ހަނދާންހުރިތޯ ބަލަންވީ.... އެންޑް މީގެ ކުރީގެ ހުރިހާ ފުޓެޖް އެއްވެސް އަދި އެއްފަހަރު ބަލާ. ޝައްކުކުރެވޭ މީހަކު ހުރިނަމަ އެ މީހެއްގެ މައުލޫމާތު ވެސް ހޯދާ!" ރީހާން ބުނެލިއެވެ. އައިމަން އެތަނުން ނުކުތުމާއެކު ރީހާން އަނެއްކާވެސް އެ ފުޓެޖް އަޅުވައިލިއެވެ.
*****
ޕޯސްޓް މޯޓަމް ރިޕޯޓުން އެނގުނު ގޮތުގައި މަރާލާފައިވަނީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެންނެވެ. ހަށިގަނޑުގައި ދެން ހުރި ޒަޚަމްތަކަކީ މަރައިލުމަށްފަހު، ދީފައިވާ އަނިޔާތައް ކަމުގައެވެ.
އެކަން މީޑިއާގެ ސަމާލުކަމަށް އައިސް އެ ވާހަކަ އަނެއްކާވެސް އަޑު ހަރުކޮށް ދެކެވެން ފެށިއެވެ. ފުލުހުންގެ ތަހުޤީގަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބެއެވެ.
"ޒީ... އާރ ޔޫ އޯކޭ؟"
ޓީވީ ދޮށުގައި ޒީޝާންއާއެކު އިން އަރްޒަން ޒޝާންއަށް ބަލައިލަމުން އަހައިލިއެވެ.
"ޔެސް އައި އެމް ފައިން. ޓޯޓަލީ ފައިން. ވައި؟" ޒީޝާން ހިނިތުންވެލިއެވެ.
"ނޫން. އައި ހާޑް ދޭ ގޮޓް ދި ޕޯސްޓް މޯޓަމް ރިޕޯޓް..." އަރްޒަން ބުނެލިއެވެ.
"އައި ނޯ. ކިތަންމެ ވަރަކަށް ރޮއި ހިތާމަ ކުރި ނަމަވެސް މަރުވެފައި ތިބި ބައެއް ދެން އަލަކުން ދުނިޔެއަކަށް ނާންނާނެއެއްނު." ޒީޝާން ބުނެލި އެވެ.
"އައި ނޯ އެކަމަކު..." އަރްޒަން ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ. އޭނާއަށް ޔަޤީންކުރެވުނީ ޒީޝާން އެތެރޭން ހިތާމަތައް ފޮރުވައިލައިގެން ހިނިތުންވެލަނީ ކަމުގައެވެ.
ޒީޝާންއާ ކައިރިއަށް ޖެހިލުމަށްފަހު، އަރްޒަން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. އަދި މަޑުމަޑުން އެ އަތަށް ފިތައިލިއެވެ.
އަރްޒަންގެ ލޮލަށް ބަލަން އިނުމަށްފަހު، ދެން ޒީޝާންކޮށްލި ކަމަކުން އަރްޒަންއަށް ސިހުން ލިބުނެވެ. ޒީޝާން ދުރުކޮށްލަން އުޅެފައިވެސް ދެވަނަ ސިކުންތުގައި ސިކުނޑިއަށް ވެރިވި ހުސްކަމާއެކު، އެ އަމަލުގައި އަރްޒަންއަށް ވެސް ބައިވެރިވެވުނެވެ. ކީއްވެކަމެއް ނޭނގެ އެވެ. މި ފަހަރު އޭނާއަށް ވެސް ނަފްސު އަމިއްލަ މީހާގެ ބާރުގެ ދަށަށް ނުގެނެވުނީއެވެ. އިރުގަނޑަކަށް ފަހު ޒީޝާން އަރްޒަން އާ ދުރަށް ޖެހިލިއިރު އެ ތުންފަތްމަތީގައި މާނަވީ ފުން ހިނިތުންވުމެއް ވިއެވެ. އަރްޒަންގެ މޫނުމަތިން އޭރުވެސް ހިސާބެއްގެ ނުތަނަވަސްކަމެއް ފެންނަމުން ދިޔައެވެ. ޒީޝާންގެ އުޅުމަށް އެ އަންނަނީ ކޮންފަދަ ބަދަލުތަކެއްކަން އަންދާޒާކޮށްލަން އޭނާ ނުކުޅެދުނެވެ.
"އަންނާނަން އަހަރެން..." ޒީޝާން ބަދިގެއާ ދިމާލަށް ޖެހިލުމާއެކު، އަރްޒަން ޓީވީއަށް ނަޒަރު ހުއްޓައިލި ނަމަވެސް އޭނާއަށް މިހާރު އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. ސިކުނޑިއަށް ކުރަންފެށި އަސަރުތަކާއެކު އަރްޒަން ސޯފާއިން ތެދުވެގެން ހިނގައިގަތީ ބަދިގެ ފަރާތާ ދިމާލަށެވެ. ކައްކާބަޔަށް ވަތްއިރު ޒީޝާން ހުރީ ތައްޓަކަށް ފެން އަޅާށެވެ. އަރްޒަން ފެނުމާއެކު ޒީޝާން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު ތަށި ނަގާ ތުމުގައި ޖައްސައިލިއެވެ. ފެންބޮއި ނިންމައިލުމަށްފަހު، ސިންކާ ކައިރިއަށް ޖެހިލާ ތަށި އޭގެ ތެރެއަށް ލަމުން އޭނާ އެތަނުގައި މަޑުކޮށްލިއެވެ. ދެވަނަ ސިކުންތުގައި އަރްޒަން އައިސް ކައިރިއަށް ހުއްޓުނު ކަމުގެ އިޙްސާސް ޒީޝާންއަށް ކުރެވުނެވެ. ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާކޮށްލަމުން ޒީޝާން އެނބުރިލިއެވެ. އެއާއެކު ޖެހި ލުތްކާއެކު އަރްޒަން ޒީޝާންގެ އަތުގައި ހިފާ އޭނާއާ ކައިރިއަށް ދަމައިލައިފިއެވެ.
*****
"އާރޫ... ކީއްވެތަ މިހާރު މާ މަޑުމަޑުން ހުންނަނީ؟ އަހަރެން އަޔަސް ގިނަ ވަގުތު ހުންނާނީ ކޮންމެވެސް ކަމަކަށް ގެއްލި ހުސްވެފަ. އަނެއްކާ އުނދަގޫވާ ކަމެއް ދިމާވަނީތަ؟ ނޫނީ މީހަކު އެއްޗެކޭ ކީތަ؟" އާރާއާއި ޖިނާންއާ ދެމީހުން ތިބީ އާރާ އުޅޭ ގޭގެ ޓެރެސްގައެވެ.
"ނޫން. ރެއިލިންގައި އަތް އަޅުވައިލައިގެން ހުރުމަށްފަހު އާރާ ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ.
"ކަމެއް ނުވާނަމަ ތިހެން ނުހުންނާނެ ދޯ..." ޖިނާން ބުނެލިއެވެ. އޭނާ އަނެއްކާވެސް އާރާއާ ސުވާލުކޮށްލިއެވެ.
"އިޓްސް އެބައުޓް ރަފްހާން... ޖިނާ... މި ދޭތެރެއަކުން މަސްތުވާ ތަކެތީގެ މައްސަލައެއްގައި ބަންދުގައި ހުރެފައި އަނެއްކާ ދޫކޮށްލީ... އޭނަ... އޭނަ އަހަންނަށް އުނދަގޫ ކުރަނީ" އާރާ ބުނެލިއެވެ.
"ވީ ޝުޑް އިންފޯމް ދި ޕޮލިސް. އޭނާގެ ކަންތައް މާ މައްޗަށް ދަނީ...ބައިދަވޭ އޭނަ މަސްތުވާ އެއްޗެހި ވެސް ބޭނުންކުރޭތަ؟ " ޖިނާން ބުނެލިއެވެ.
"އަހަންނާ އެކީ އުޅުނު އިރު ބޭނުންކުރި ކަމެއް ނުކުރާކަމެއް ނޭނގެ. އެކަމަކު އޭރުވެސް އޭނާއަށް ވަރަށް ސިއްރު ފޯނު ކޯލުތަކެއް އާދޭ... ފުލުހުގައި އުޅޭ އެކުވެރިއެއްގެ ފަރާތުން ވަރަށް ފަހުން އެނގުނީ އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑުންގެ މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް ޝައްކުކުރެވޭ މީހެކޯ......" އާރާ އޮޅުން ފިލުވައިދިނެވެ.
"އެހެންވީމަ... ގޭންގްތަކުގެ ބޮޑުން ތިބެނީ ބޮލުގަ ކުލަ ޖައްސާފަ ހަތަރެސްފައިގައި އަނގޮޓި އަޅާފަ ބޯ ދިގުކޮށްފައެއް ނޫން ދޯ...ހެހެ" ޖިނާން އާރާއަށް ބަލައިލިއެވެ.
"އެމީހުން އަތުގައި ވެސް އެކަށީގެންވާ ހެކި ނެތުމުންނޯ ކޮންމެ ފަހަރަކު ދޫ ކޮށްލަން ޖެހެނީ... އެކަމަކު ވަރަށް ޝައްކުކުރެވޭ ކަމަށް ބުނީ..." އާރާ އިތުރަށް ބުނެލި އެވެ.
"އަތުން ފެނުމުން ހައްޔަރުކުރާމީހާވެސް ދެ ދުވަސް ވާއިރު ހުންނާނީ މިނިވަނެއްގެ ގޮތުގައި ބޭރުގަ. ދިވެހި ރާއްޖޭގެ ހާލަތުގެ ވާހަކައޭ ތި ދައްކަނީ..." ޖިނާން ހީލިއެވެ.
"އެކަމަކު އަހަރެން ކަންބޮޑުވަނީ ޖިނާއާ ދޭތެރޭ ގައި. އޭނަ އަހަންނަށް ބިރު ދައްކަނީ ޖިނާއަށް ކަމެއް ކޮށްފާނަމޭ ކިޔާފައި. އޭނަގެ ބައިވަރު މީހުންތައް މާލޭގައި އޮންނާނެ ދޯ!" އާރާ ބުނެލިއެވެ.
"ޑޯންޓް ވޮރީ... އައި ވިލް ބީ ކެއާރފުލް!" ޖިނާން އާރާ ހިންހަމަ ޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ.
*****
ޖެހިގެން އައި ހަފްތާގައި ރައުދާ އާއި ކަމާލުގެ ކައިވެނި ކުރެވިގެން ދިޔައީ ކަމާލުގެ ހިއްސާ އޮންނަ ރިސޯޓެއްގައެވެ. އަޔާންއަށް އެ ޙަބަރު އެނގުނީ ވެސް އެ ދެމީހުން ކައިވެނި ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ފޭސްބުކުން ފެނިފައެވެ.
ހިތުގެ އުދާސްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް އަޔާން ބޭނުންވިއެވެ. ރައުދާއާ މެދު އުފެދިފައިވާ ފޫހިކަން އިންތިހާ އިތުރުވެގެން ދިޔަނަމަވެސް ހިތުގެ ކަމެއްގެ ފޮރުވިފައިވާ ލޯބި އަދިވެސް އޭނާގެ ހިތުން ރައުދާ ފުހެލުމަށް ހުރަސް އަޅަނީއެވެ. އެ ހަނދާންތައް އެހާ ވަރަށް އޭނާއަށް އުނދަގޫ ކުރަނީވެސް އެހެންވެއެވެ.
އަރްޒަންއަށް ގުޅައިލަމުން އަޔާން ސޯފާގައ އިށީނދެލިއެވެ.
"ހޭ ބްރޯ... ކިހިނެއްތަ؟ އަހަންނަށް ހަބަރެއް ނުވެވުގެން މިއުޅެނީ އެކަންތަކުގެ ބިޒީކޮށް އުޅެން ހަދައިގެން..." އަރްޒަން ފުރަތަމަ ވެސް ބުނެލީ އެހެންނެވެ.
"ޒޭން... އަހަރެން ބުނީ.... ރައުދާ ކައިވެނިކޮށްފި"
"ވެއިޓް ކާކާ؟ އެ ކަމާލުއާ؟" ހައިރާންކަމާއެކު އަރްޒަންއަށް ސުވާލުކޮށްލެވުނެވެ.
"ދެން އެހެން ކާކާ؟" އަޔާންއަށް ބުނެވުނެވެ.
"ޔާން ވެސް ދެން ރައުދާ މަތިން ހަނދާންނައްތާލާފަ އެހެން ކުއްޖަކު ހޯދަންވީ އޭ... މާޒީގައި ހިފަހައްޓައިގެން އުޅޭހާ ދުވަހަކު ކުރިއަކަށް ނުދެވޭނެ. މީ އަބަދު ޔާން ވެސް އަހަންނަށް ދިން ނަސޭހަތް ދޯ އޭރުގަ. އަހަރެން ވެސް ހީކުރިން ބަތޫލް މަތިން ހަނދާންނައްތައި ނުލެވޭނެކަމަށް ދުވަހަކުވެސް. އެކަމަކު މިއަދު އަހަންނަށް ބަލާ!" އަރްޒަން ބުނެލިއެވެ.
"އަހަންނަށް އެނގޭ އުނދަގޫވާނެކަން ވެސް. އެކަމަކު ވެސް... " އަޔާން އެއްޗެއް ނުބުނުމުން އަރްޒަން އަނެއްކާވެސް ބުނެލިއެވެ.
އަރްޒަންއާ ވާހަކަ ދައްކައިލެވުމުން އަޔާންގެ ހިތަށް ކޮންެމެވެސް ވަރަކަށް ލުއިވިއެވެ. ފޯނު ބާއްވަމުން އޭނާ ކޮޓަރިން ބޭރަށް ނުކުމެލީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް މަންމަ ގޮވައިލީތީއެވެ.
ބެލްކަނީގައި ހުރި އަރްޒަން ހުރީ ފުން ވިސްނުމަކަށް ގެއްލިފަ އެވެ.
"އެ ދެމީހުން ދެން ނުގުޅޭނެ..." އަރްޒަން ސިހުނީ އޭނާގެ ފަހަތުން ޒީޝާން ވާހަކަ ދެއްކި އަޑު އިވިފައެވެ.
"އޭތް. ކީކޭ؟" ފަހަތަށް އެނބުރިލަމުން ބުމަ އަރުވައިލުމާއެކު، އަރްޒަންއަށް އަހައިލެވުނެވެ.
"އަހަރެން މި ބުނީ ދެން އެދެމީހުންނެއް ނުގުޅޭނެޔޭ. އަޔާންއާ ރައުދާގެ ވާހަކައެއް ނޫންތަ ތި ދެއްކީ..." ޒީޝާން ބުނެލިއެވެ.
"އާނ. އެކަމަކު ޒީއަށް ކިހިނެއް އެނގުނީ؟" އަރްޒަން ބުމަ އުފުލައިލިއެވެ.
"ފޯނުން ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަޑު އަހައިފީމޭ. އެހެން މި ބުނީ އެހާ ވަރަށް މައްސަލަ ޖެހިފައި އޮތުމުން ދެމީހުން އެކަކު އަނެކަކާ ގަޔާވިޔަސް ހިތެއް އެއްބަހެއް ނުވާނެޔޭ އަލުން ގުޅުމަކަށް. ބޭސިކް ލޮޖިކް ޒޭން..." ޒީޝާން ބުނެލިއެވެ. އަރްޒަން ހިނިތުންވެލިއެވެ.
"އެހެންތަ؟ ތީ ލޯބީގެ އެކްޕާޓެއްތާ އެހެން ވީމަ. ހުރިހާކަމެއް އެނގެން ދޯ!" އަރްޒަން ސާމާސާކޮށްލިއެވެ.
"ޔަޤީން...ޒޭންއަށް ނޭނގޭ އެތައް ބައިވަރު އެއްޗެހި އަހަންނަށް އެނގޭ... ލޯތްބާ ބެހޭ ގޮތުންވެސް... " ޒީޝާން ބުނެލިއެވެ. އަރްޒަން ގެ ލުއި ހުނުމުގެ އަޑު ގުގުމައިލުމާއެކު ޒީޝާންވެސް ހީގަތެވެ. އޭނާ އަރްޒަންއާ ގާތަށް ޖެހިލާ އަރްޒަންގެ ފަހަތުން އަރްޒަންގެ ގައިގައި ބައްދައިލިއެވެ.