"ދެން އަހަރެންގެ ޝަރުތު އަޑު އަހާ.." އޭނާގެ ނޭވާ މައާލްގެ މޫނާ އެޅޭހާ ގާތްވެފައި ރާދިން ބުނެލިއެވެ.

އެހެން ބުނެފައި މައާލްގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާކުރާ މީހަކު ފަދައިން ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. އޭނާގެ އެ ވާހަކަ އަޑު އިވި މައާލްއަށް ވެރިވި ނުތަނަވަސްކަން އެމޫނުމަތިން އެކަނިވެސް ދޭހަވަމުން ދިޔައެވެ. މައާލް އަދިވެސް އޭނާއާ ގާތްކޮށްލާފައި ރާދިން މައާލްގެ ދެލޮލަށް ބަލައިލިއެވެ. ގިނައިރު ބަލަހައްޓައިގެން ހުންނަން އޭނާ ނުކުޅެދުނީ އެ ދެލޮލަށް ބަލާލާ ކޮންމެ ފަހަރަކު އޭނާއަށް ފެންނަ ވޭނީ އަސަރުތަކުންނެވެ. ބޮޑު ވޭނެއް ތަޙައްމަލް ނުކުރެވިގެން އުޅޭ ފަދަ އަސަރުތަކެއް އޭނާއަށް މައާލްގެ ދެލޮލުން ފެނެއެވެ. ހަމައެއާއެކު، މައާލްގެ ކެތްތެރިކަންވެސް މެއެވެ. އޭނާގެ ކުރިމަތީގައި ދެއްކޭނޭ ބާރެއް ނެތްކަން އެނގޭއިރުވެސް، މައާލް ހިތްވަރު ކުރަމުންދިޔައެވެ.

ރާދިން ބުނާނެ އެއްޗެއް ނޭނގި މައާލްގެ ހިތުގެ ތެޅުން އިންތިހާ ބާރުވަމުން ދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެއް ރާދިން ދިޔައީ އޭނާއާ ރާދިންއާ ދެމެދު ވީ ދާއިރާ ހަނިކުރަމުންނެވެ. ވާހަކަ ދައްކާނެހާ ހިތްވަރެއް މައާލްއަކަށް ނުލިބުނެވެ. އޭނާ ހިމޭންކަން ޚިޔާރުކުރީ އެހެންވެއެވެ.

"މައާލްގެ ބައްޕަގެ، ގެ، އެމީހުން ހުސްކުރިހާ އަވަހަކަށް އަހަރެން ބޭނުންވަނީ އެގެއަށް ބަދަލުވާން.... އަހަރެމެން ދެމީހުން އެކަނި...." ފަހު ތަންކޮޅު ބުނެލިއިރު، ރާދިންގެ އަޑު ކުޑަކޮށް ބާރުވެލިއެވެ.

"އެކަމަކު... ރާދިން. ބައްޕަ އެކަނިވާނެ... އަހަ..."

"އަހަރެން މައާލްގެ އޮޕިނިއަންއެއް ނުހޯދަމެއްނު. އެހެންނޫނަސް މައާލް އޮތީ އަހަރެންގެ ޝަރުތާ އެއްބަސްވެފައެއްނު. ޔޫ ހޭވް ނޯ ޗޮއިސް." ރާދިން މައާލްގެ އަތަށް ބާރުކޮށްލިއެވެ. މައާލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރާދިންގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ މިގޭގައި ދެމީހުންނަށް އެއްވެސް އުނދަގުލެއްނެތި އުޅެވެން އޮއްވައި ކޮންމެހެން ވަކީން ތަނަކަށް ދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރާދިން އެ އުޅެނީ ވީ ހުރިހާކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވުމަށްފަހު، އޭނާގެ ކިބައިން ބަދަލު ހިފަން ހެއްޔެވެ؟ މައާލް ބިރުގަތެވެ. ރާދިން މީގެކުރިން ދިން އިންޒާރުގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަންފެށިއެވެ.

"މައާލްއަށް ހީވަނީތަ އަހަރެން މައާލްއާ ކައިވެނިކުރުމުން، ހުރިހާކަމެއް ހަމަޖެހޭނެޔޭ. އެކުއުޅެން ފެށުމުން އަހަރެންގެ މި ހަރުކަށިކަން ފިލާނަޔޭ. މައާލްއާ މެދު ލޯބި އުފެދޭނެޔޭ، ނޫން. ލޯބި ކީކުރަން، ޙަމްދަރުދީގެ ޒައްރެއްގެ މިންވަރުވެސް، އަހަރެންގެ މިހިތަކަށް ނުވަންނާނެ. މީ މައާލް ބޭނުންވި ގޮތް. ބައްޕަ ބޭނުންވި ގޮތް. އެކަމަކު އަހަރެން ބޭނުންވި ގޮތެއް ނޫން. ކައިވެންޏަށްފަހު، އަހަރެންގެ އެއްވެސް އަމަލަކާ މެދު ޝަކުވާކުރުމުގެ ހައްޤެއް މައާލްއަކަށް ނޯންނާނެ. ކައިވެންޏާއެކު މައާލް ތި އެއްބަސްވަނީ، އަހަރެން ހެދިހުރިހާ ގޮތަކަށް ރުހި ޝަކުވާނުކޮށް ހުންނަން. އަހަންނަށް މައާލްއަށް ބައިވަރުކަންތައް ކުރެވޭނެ. މެރިޓަލް ރޭޕްއޭ ކިޔާ އަޑު އަހަންތަ؟ އަނބިންނަށް އަނިޔާވެރި ފިިރިންގެ ވާހަކަތައް އަޑު އަހަންތަ؟ ވިސްނާނުލާ މައާލް ތި ފުންމާލަނީ ފުންމިން ނޭނގޭ ވަޅުގަނޑަކަށް ކަން ހަނދާންކުރައްޗޭ. އަހަރެންގެ ކުރިމަތީގައި މައާލްއަށް ދެއްކޭނެ އެއްވެސް ބާރެއް ނެތްކަން އަމިއްލަ ނަފްސަށްވެސް އެނގޭނެ. އެކަން އެނގިހުރެ މައާލް މި ނިންމުން ނިންމީ. ނައު ސީ ދަ ކޮންސިކުއެންސަސް..." ކައިވެނީގެ ކުރިން ރާދިންވަނީ އޭނާއަށް އެތަކެއް އިންޒާރެއް ދީފައެވެ. އޭނާގެ ނިކަމެތިކަން ހަނދާންކޮށްދީފައެވެ. ވީއިރު ވަކިން ބަދަލުވާން އެ އުޅެނީ އެބުނާ ގޮތަށް އޭނާއާ މެދު އަނިޔާވެރިވާންހެއްޔެވެ؟

"އެވާހަކަ އެންމެ ފުރަތަމަ އަޑު އިވުނު ހިސާބުން އަހަރެން މި ނިންމުން ނިންމައިފިން..."

"ރާ... ރާދިން... އެކަމަކު..."

"ޝްޝްޝް... ކިތައްފަހަރުތަ ބުނަންވީ ޝަކުވާނުކުރާށޭ. މައާލްއަށް ޖެހޭނީ މިގޮތަށް މިކަންތައްކުރަން. ޔޫ ޑޯންޓް ހޭވް އަ ޗޮއިސް." މައާލްގެ ވާހަކަ ހުއްޓުވުމަށްފަހު، އެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލުމަށްފަހު، ރާދިން ބުނެލިއެވެ. މައާލް ދެންވެސް އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް މި ފަހަރުވެސް ރާދިން އެ ފުރުސަތެއް މައާލްއަކަށް ނުދިނެވެ.

"މައާލް ޖެހޭނީ އަހަރެންގެ ވާހަކަ އަޑުއަހަން. އަހަންނަށް އެނގޭ އަހަރެން މި ވާހަކަ ދައްކައިގެން ބައްޕަ މިކަމާ އެއްބަސްނުވާނެކަން. އެހެންވީމަ މި ވާހަކަ ބައްޕައާ ދައްކަން ޖެހޭނީ މައާލް. އެ ގެ ހުސްވާހާ އަވަހަކަށް ބަދަލުވާން އަހަރެން ބޭނުން. މައާލް ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް ހެޔޮ. އެކަމަކު މައާލްޖެހޭނެ ބައްޕަ އެއްބަސްކުރުވަން. ޑޫ ޔޫ އަންޑަސްޓޭންޑް ވަޓް އައި އޭމް ސެއިން؟" ރާދިން މައާލްގެ އަތުން ދޫކޮށްލުމަށްފަހު، ދުރުކޮށްލިއެވެ.

"ރާދިން... އަހަންނަކަށް ނުވާނެ، ނޭނގެ ކީކޭކަމެއް ބުނާނީ... ބައްޕަ..." މައާލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ރާދިންއާއެކު ވަކިން ދާކަށް ބޭނުމެއް ނޫނެވެ. ރާދިންއާއެކު، ވަކިން ދާން އޭނާ ބިރުގަނެއެވެ. ރާދިންގެ މަޤްސަދު ވެސް އެނގެނީއެއް ނޫނެވެ.

"ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގެ. އެކަމަކު ދިސް ނީޑްސް ޓުބީ ޑަން." ރާދިން ހަޅޭއްލަވައިގަތެވެ. މައާލްއަށް ޖެހެވުނީ ފަހަތަށެވެ. ދެލޮލަށް ކަރުނަތައް ޖަމާވުމާއެކު އޭނާ އިސްޖަހައިލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ކަރުނަތައް ކޮންޓްރޯލް ކުރަން އޭނާ މަސައްކަތް ކުރިއެވެ. މައާލް އެހުރި ގޮތަށް ބަހައްޓާފައި ރާދިން ކޮޓަރިން ނުކުތުމާއެކު، މައާލް ގޮސް އެނދުގައި އިށީނދެލިއެވެ.

*****

ރާދިން އެރީ ޓެރެސްއަށެވެ. ރެއިލިންގެ ކައިރިއަށް ޖެހިލުމަށްފަހު، ރެއިލިންގައި އަތް ޖައްސާލާފައި އޭނާ ދުރުބަލަން ފެށި އެވެ. ވިސްނަން ބޭނުންނުވިޔަސް މައާލްގެ ވާހަކަތަކާ މެދު އޭނާއަށް ވިސްނުނެވެ. ބައްޕަ އެކަނިކޮށްލާފައި ދިޔުމަކީ އެންމެ ރަނގަޅުގޮތްހެއްޔެވެ؟ ރާދިއުވެސް ދުނިޔޭގައި ނެތްއިރު، އޭނާ ގޮސްފިނަމަ ބައްޕަ ވަރަށް އެކަނިވެރި ވާނެއެވެ. އެފަދަ ޚިޔާލުތަކުން ރާދިންއަށް ކުޑަ ނުތަނަވަސްކަމެއް ލިބެމުން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާ ބޯ ހޫރައިލީ އެކަމާ ވިސްނަން ބޭނުންނުވެފައިވާ ފަދައަކުންނެވެ. އޭނާ ވެސް ހިތްހަމަޖެހުން ބޭނުމެވެ. މިނިވަންކަންވެސް މެއެވެ. އެކަން ކުރެވެން އޮތީ ވަކިން ބަދަލުވެގެންނެވެ. މުނީރު ކައިރިއަށް އޭނާއަށް އާދެވިދާނެއެވެ. ބައްޕައަކީ މިހާރުވެސް އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެެކެވެ. ވަގުތު އޮންނަނީ މަދުވެފައެވެ. ވީއިރު އެމީހުން ނެތަސް އެ ފަޅުކަން ބައްޕައަށް އެހާ ބޮޑަށް އިޙުސާސެއް ނުވާނެއެއްނޫންހެއްޔެވެ؟ އެފަދަ ގޮތަކަށް ވިސްނުން ބައްޓަން ކުރަމުން ރާދިން މަސައްކަތްކުރީ އެހިތުގައިވީ ކުށްވެރި އިޙްސާސްތައް ފޮރުވުމަށެވެ. އެހެންނަމަވެސް ހިތުގެ ކަނަކުން އެއީ ރަނގަޅުކަމެއް ނޫނޭ ބުނަމުން ދިޔައެވެ. މުނީރާ މެދު ވިސްނަން އެހިތް އޭނާގެ ގާތުގައި ބުނަމުން ދިޔައެވެ.

އެފަދަ ވިސްނުންތަކަކުން ރާދިންގެ ނަފްސު ބަނދެވި ހައްޔަރުވަމުން ދަނިކޮށް، އޭނާއަށް ސިހުން ލިބުނީ ފޯނު ވައިބްރޭޓްވި އަޑަށެވެ. ޖީބުގައި އޮތް ފޯނު ނަގާ ރާދިން ބަލައިލިއެވެ. ގުޅަނީ ސަޖާއެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، ސަޖާ ވާހަކަ ދެއްކިއެވެ.

"ރާދު! އައި މިސް ޔޫ..." ސަޖާ ބުނެލިއެވެ.

"އަހަރެންވެސް ވަރަށް ހަނދާންވޭ..." ރާދިން ޖަވާބު ދިނެވެ.

"ކީކުރަންތަ ބައްޕަ އެވަރަކުން ގެންދިޔައީ؟" ސަޖާ ހުރީ ސަބަބު އޮޅުން ފިލުވާހިތުން ކެތްމަދުވެފައި ނަމަވެސް އޭނާ އަޑުން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.

އެއީ މައާލްގެ ކަމެއްގައި..." ރާދިން ފަރުވާކުޑަގޮތަކަށް ބުނެލިނަމަވެސް، އެކަމާ ބެހޭގޮތުން ސަޖާ ސުވާލުކުރިއެެވެ.

"ކޮންކަމެއް؟"

"މާ ބޮޑުކަމެއް ނޫން ސަޖޫ. ހާސްވާންޖެހޭ ވަރުގެ ކަމެއް ނެތް. އަހަރެން އުފާވެރި ޚަބަރެއް ދެންތަ؟" ރާދިން މައުޝޫ އަނބުރައިލިއެވެ. މައާލްގެ މުއްސަނދިކަމުގެ ވާހަކަ އެ ވަގުތު ސަޖާގެ ކައިރީގައި ބުނަން ރާދިންގެ ހިތް ނުރުހުނު ސަބަބެއް ޚުދު އޭނާ އަކަ ށް ވެސް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ މައާލްއާ ބެހޭ މާގިނަ ކަންތައްތައް ސަޖާއާ ހިއްސާކުރަން ރާދިންގެ ޒަމީރު ދެކޮޅު ހަދާކަމެވެ.

"އުފާވެރި ޚަބަރެކޭ؟" ސަޖާއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ. ރާދިން އަނެއްކާ މައާލް ވަރިކުރަނީހެއްޔެވެ؟ އެ ޚަބަރަށްވުރެ އުފާވެރި ޚަބަރެއް މިވަގުުތު ރާދިންއަށް އޭނާއަށް ދެވިދާނެހެއްޔެވެ؟

"އަހަރެން ސަޖޫ ކައިރީގައި ބުނިން މައާލްއާ އިންނަމަވެސް، ސަޖޫއާ އޮތް ގުޅުން މިގޮތުގައި ބާއްވާނެކަމަށް. އެކަމަށް އެންމެ ފުރަތަމަ ފިޔަވަޅު އަހަރެން އަޅައިފިން." ރާދިން ބުނެލީ ސަޖާ އުންމީދުކުރި ވާހަކައެއް ނޫނެވެ.

"އަހަރެން ހީކުރީ މައާލް ވަރިކުރާނެކަމަށް." ސަޖާއަށް ބުނެވުނެވެ.

"ސަޖޫ، އަހަރެން ބުނީމެއްނު އަހަންނަށް ވަގުތުކޮޅެއް ދޭށޭ. ވަރިކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެއްނު. އަހަރެން ބައްޕަގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަކަށްނު." ރާދިން ބުނެލިއެވެ.

"ތި ދުވަހެއް ދުވަހަކުވެސް އަތުވެދާނެހެނެއް އަހަންނަކަށް ހިޔެއްނުވޭ. ރާދިން އަމިއްލައަށް ޑެޒިޝަންއެއް ނަގާނީ ކޮން ދުވަހަކުންތަ؟ ރާދިންގެ ލައިފްގަ ހުރިހާ މުހިންމު ނިންމުމެއް ނިންމަންޖެހެނީ ރާދިންގެ ބައްޕަތަ؟ ދަރިން ބޭނުންވާ ގޮތެއް އަހާލުމަކީ ރާދިންގެ ބައްޕައަށް މުހިންމުކަމެއް ނޫންތަ؟" ސަޖާ ސުވާލުކޮށްލީ ނުރުހުންތެރިކަމާއެކުގައެވެ. ރާދިން އެއަށް އެއްޗެއް ނުބުނެއެވެ.

"ރާދިން ދަރިފުޅާ!" ރާދިން ފޯނު ތިރިކޮށްލީ ފަހަތުން އިވުނު މުނީރުގެ އަޑާއެކުގައެވެ. އޭނާ ފަސްއެނބުރިލިއެވެ. އޭރު މުނީރު ކޮފީ ތައްޓެއް ހިފައިގެން ހުއްޓެވެ.

"އަހަރެން ފަހުން ގުޅާލާނަން އިނގޭ!" ރާދިން އެހެން ބުނެލާފައި ފޯނު ކަނޑައިލިއެވެ.

"ކޮފީއެއް ބޭނުންތަ؟" މުނީރު ސުވާލުކޮށްލުމުން ރާދިން ބޯ ޖަހަިއލިއެވެ. އެއާއެކު، މުނީރު ގޭގައި އުޅޭ ނޯކަރު ކުއްޖަކަށް ގުޅާލާފައި، ޓެރެސްއަށް ކޮފީއެއް ފޮނުވަން ބުނެލިއެވެ. ރާދިންގެ ކައިރީގައި މަޑުކޮށްލަމުން މުނީރު ރާދިންއަށް ފުން ނަޒަރަކުން ބަލައިލީ އެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާ ފަދައަކުންނެވެ.

"ކޮބާ މައާލް؟"

"ކޮޓަރީގައި އެބައިން." ރާދިން ބުނެލިއެވެ.

"ބައްޕައަށް އެނގޭ ދަރިފުޅު މި ކައިވެންޏާ މެދު އުފާނުވާކަން. އެކަމަކު މިހާރު ކައިވެނި ކުރެވިއްޖެ. މައާލްއަކީ ދަރިފުޅުގެ އަންހެނުން. އެހެން ކުރިންނަށް ވުރެ ބޮޑަށް މައާލްއަށް އެހީތެރިކަންވެސް ބޭނުންވާނެ! ވަގުތުވެސް ބޭނުންވާނެ. އޭނަ އެކަނިކޮށްނުލާ ދަރިފުޅާ! ދަރިފުޅެކޭ އެއްގޮތަށް މި ކައިވެންޏަކީ މައާލްއަށްވެސް ވަކި ފަސޭހަ ކައިވެންޏެއް ނޫން.. ދަރިފުޅުގެ ފަރަތުން މައާލްއަށް ދެރަވާފަދަ އެއްވެސް ކަމެއް ވާކަށް ބައްޕަ ބޭނުމެއް ނޫން." މުނީރު ބުނެލިއެވެ. ރާދިން އެއްޗެއް ނުބުނެ ހުންނަން ފެށުމުން މުނީރު އިތުރަށްވެސް، ރާދިންއަށް ނަސޭހަތްތެރިވިއެވެ. ރާދިން ގޮތް ދޫކުރަން ގިނަ ދުވަސްވާނެކަން އޭނާއަށް އެނގެއެވެ. އެ ހިސާބަށް ދަންދެން އޭނާ ކެނޑިނޭޅި ރާދިންއަށް ނަސޭހަތްތެރިވާނެއެވެ. ބައްޕައެއްގެ ހައިސިއްޔަތުން އެއީ އޭނާގެ ޒިންމާއެއްކަމަށް މުނީރު ދެކެެއެވެ.

"ރާދިން!" އޭނާ ދައްކާ ވާހަކައަށް ރާދިން ސަމާލުކަން ދޭހެން ހީނުވެ މުނީރު ގޮވައިލިއެވެ. އެވަގުތު އެމާ ކޮފީ ތަބަށް ހިފައިގެން އަތުވެއްޖެއެވެ. ރާދިން ކޮފީތަށި ނެގުމުން އެމާ އަވަސް އަވަހަށް ތިރިއަށް ދާން މިސްރާބުޖެހިއެވެ.

"ބައްޕަ މި ދައްކާ ވާހަކަ ވަރަށް ކަނުލާ އަޑު އަހާތި އިނގޭ ދަރިފުޅާ! މީގެ ކުރިން ދުވަހަކުވެސް މި ކަހަލަ ކަމަކު ބައްޕަ ދަރިފުޅު ކައިރިއަކު ނޭދެން. ބައްޕަ ބޭނުންވަނީ ދަރިފުޅު ހަރުދަނާ ޒުވާނަކަށް ވާން. މީގެ ކުރިން މިފަދަ ވާހަކައެއް ބައްޕައެއް ނުދައްކަމެއްނު. އޭރު ބައްޕައާއެކު ރާދިއު ހުރި. އޭނަ އަމިއްލައަށް ފެނިގެން ޒިންމާތައް ނެގި. މާސްޓާރސްއަށް ފަހު ވެސް ދަރިފުޅު ވަޒީފާއަށް ނުކުންނަން ބޭނުންނުވީމަ ބައްޕަ އެކަމާވެސް އެއްޗެއް ނުބުނަން. ރައްޓެހިންނާއެކު ކިތަންމެ ވަރަކަށް ބޭރަށް ދަތުރުކުރިޔަސް އެއްޗެއް ނުބުނަން. ބޭނުން ވަރަކަށް ފައިސާ ޚަރަދުކުރުމުގެ ހުއްދަ ދިނިން. އެ ފައިސާއިން ރާދިން ކުރާކަމެއް ނުބެލިނަމަވެސް، ގޯސްކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އޮވޭ. އެކަމަކު މިހާރު ދަރިފުޅުވެސް ހަރުދަނާ ވާންޖެހޭ ވަގުތު ޖެހިއްޖެ. މީހަކާ ވެސް އިނީ." މުނީރު އޭނާގެ ވާހަކަ ހުއްޓައިލީ ރާދިން ބުނާ އެއްޗެއް އަޑުއަހައިލުމުގެ ނިޔަތުގައެވެ.

"ބައްޕަ ބުނުއްވަން ތިއުޅެނީ...؟" ރާދިން ވަކި ހިސާބަކަށް ބުނެފައި ހުއްޓާލިއެވެ. މުނީރުގެ ވިސްނުން ހުރިގޮތް އޭނާއަށް އެނގުނީއެވެ.

"އާނ. ދަރިފުޅު ވަޒީފާއަށް ނިކުންނަންވީ. ވަޒީފާއަކަށް ނޫން. މައާލްގެ ބައްޕަގެ ވިޔަފާރިއާ ހަވާލުވާންވީ..." މުނީރު ބުނެލިއެވެ.

މުނީރު ބުނެލި ވާހަކައަކުން ރާދިންއަށް ހައިރާންކަމާއެކު، މުނީރަށް ބަލަިއލެވުނެވެ.

"ބައްޕާ... އެކަމަކު..."

"ދަރިފުޅާ! މައާލްގެ ބައްޕަގެ ވިޔަފާރި ލަންޑަންގައިވެސް ވަރަށް ފުޅާވާނެ. އަނެއްކާ ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގައިެވސް ހުންނާނެ. އެއީ ވަރަށް ފުޅާ ވިޔަފާރިއެއް. ކޮންސްޓްރަސްކަންގެ އިތުރުން ރިސޯޓް ވިޔަފާރިއާ ރިއަލް އެސްޓޭޓް ވިޔަފާރިވެސް އެހާ ފުޅާ ދާއިރާއެއްގައި ކުރި. މިވަރު ބޮޑު ވިޔަފާރިއެއް ބޭރު މީހަކާ ހަވާލުކުރުމަށް ބައްޕަގެ ހިތެއް ނުރުހޭ. އެ ޙާލުގައި މައާލްއަށް މިހުރިހާކަމެއް ނުބެލޭނެ. މީހެއްގެ އެހީތެރިކަން ބޭނުންވާނެ! ހަޤީގަތުގައި މައާލްގެ ބައްޕަގެ މުއްސަނދިކަން ބައްޕަމެންގެ މި މުއްސަނދިކަމަށް ވުރެ މާ ތަނަވަސްވެފައި ހިތްގައިމުވާނެ! އެކަމަކު ޝާކިރަށް ބަލާލާފައި ދުވަހަކުވެސް އެހެން ހީނުވާނެ. އޭނާއަކީ ވަރަށް ސާދާ ދިރިއުޅުމެއް އުޅެން ލޯބިކުރާ މީހެއް. މި ބައްޕައަށް ޝާކިރު ފޯރުކޮށްދިން އެހީތެރިކަން ހަނދާންނައްތާލާނީ ކިހިނެއް؟ ފަހުމާގެ ފިރިމީހާގެ އިތުރުން ޝާކިރަކީ ބައްޕަގެ ވަރަށް ގާތް ރެއްޓެއްސެއްވެސް މެ. ޝާކިރުގެ ވިޔަފާރިއާ ހަވާލުވާން ބައްޕައަށް ދަރިފުޅަށް ވުރެ ރަނގަޅު، ޤާބިލު މީހަކު ނުފެނޭ. އެހީތެރިކަން ބޭނުންވަންޏާ ކުންފުނީގައި ދުވަސްވީ މީހުންގެ އެހީތެރިކަން ލިބޭނެ. ޒާހިދުވެސް ހުންނާނެ. އަނެއްކާ ބައްޕަގެ އެހީތެރިކަންވެސް ލިބޭނެ!" މުނީރު ބުނެލިއެވެ.

މުނީރުގެ ވާހަކައާއެކު، ރާދިން ވިސްނަިއލިއެވެ.

"އަޅުގަނޑު ތިކަމާ ވިސްނާނަން." ރާދިން ބުނެލިއެވެ.

"ބައްޕަ އުންމީދުކުރާ ފަދަ ޖަވާބަކަށް އިންތިާރުކުރާނަން.." މުނީރު އެހެން ބުނެލިނަމަވެސް، އޭނާ ހުރީ ކޮންމެ ގޮތަކުން ވެސް ރާދިންއަށް މަޖުބޫރުކުރާ ގޮތަށެވެ. ފައިސާ ލިބޭނެ މަގު ބަންދުކޮށްލުމުން ރާދިންއަށް އިތުރު ގޮތެއް ނޯންނާނެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ފުރަތަމަ އޭނާ ރާދިންގެ ޖަވާބެއް ބޭނުމެވެ.

"އަދި އެއްވާހަކަ ދަރިފުޅާ! ކައިވެނިކުރި ވަގުތުވީ ކަންތަކާ ބެހޭގޮތުން ރާދިންގެ ހިތަށް އެއްވެސް ސުވާލެއް ނާރާތަ؟" މުނީރު އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔަ ސުވާލު، ރާދިންއާ ކޮށްލިއެވެ.

"ކޮންކަމެއް ބައްޕާ! އަޅުގަނޑަށް ނޭނގޭ މީހެއް ހެކިވެރިއަަކަށް އައުންތަ؟ ނޫނީ..." ރާދިންއަށް މުނީރު އެ ދައްކާ ވާހަކައެއް ފަހުމް ވާގޮތެއް ނުވިއެވެ. ރާދިންގެ ވާހަކަތަކުން ރާދިންއަށް ކަމެއް ފާހަގަނުވާކަން މުނީރަށް ވެސް ޔަޤީންވިއެވެ. އޭނާ އިތުރަށް އެކަމާ ބެހޭގޮތުން ސުވާލުކުރާކަށްވެސް ބޭނުމެއް ނުވިއެވެ. ހިތުގައި އުފެދުނު ސުވާލުތައް މުނީރުވެސް އޭނާގެ ހިތުގެ އެތެރޭގައި ފޮރުވައިލީއެވެ.

*****

ގޭގެ ސްޓަޑީގައި އިން ޒާހިދުގެ އޭނާގެ ކުރމަތީގައި އިން މީހާއަށް ނަޒަރު ހުއްޓައިލިއެވެ. ޒާހިދުގެ ވާހަކަތަކުން އޭނާގެ މޫނުމަތިން ނުރުހުުމުގެ އަސަރު ފެނިގެންދިޔައެވެ. ގޮނޑިން ތެދުވަމުން ގޮސް ދޮރު ހުޅުވާލާފައި އެމީހަކު ނުކުތުމާއެކު ޒާހިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ އެއްފަރާތުގައި ހުރ ފައިލުތައް ނަގާ އޭގައި ހުރި ލިޔެ ކިޔުންތަކަށް ނަޒަރު ހުއްޓާލިއެވެ.

ކޮމެންޓް 0