މީރާ އެތައް ދުވަހެއްވާންދެން ކުރި އިންތިޒާރަށް ފޮނި ނިމުމެއް އަންނަން އުޅެނީ އެވެ. ކައިވެނީގެ ރަންކިޔުއްވަން މިހުރާން އާއި އެހެން ފިރިހެންކުއްޖަކު އައުމުން އިތުރު ޔަގީން ކަމެއް ލިބިގެން ދިޔައެވެ.
މީރާ އެދުވަހަށް ޕީޗްކުލައިގެ ހެދުމެއް ގަނެލުމަށްފަހު ބިއުޓިޝަނެއް ގެނެސްގެން ތައްޔާރުވެލައިގެން ލޯގަނޑުން ބަލައިލުމުން ހީވީ މުޅިން އެހެން ކުއްޖެއް ފެނުނުހެންނެވެ. ހައިރާން ކަމާއި އެކު ބަލަން ހުރެވުނީ ލަދުގެންފައެވެ. އޭނަގެ ރީތިކަމަށް ބިއުޓިޝަން ވެސް ތައުރީފު ކުރިއެވެ. މީރާ މިހުރާންގެ އިންތިޒާރުގައި ހުއްޓާ މިހުރާން ކާރުގައި ބަލާ އައުމުން ފަރި ހިނގުމެއްގައި ގޮސް ކާރަށް އެރުމުން މިހުރާން ބަލައިލި ގޮތަކުން މީރާ ވިރޭގޮތްވިއެވެ. އެ ނަޒަރު އަބަދުގެ އަބަދަށްޓަކައި އޭނައަށް ޚާއްސަވާން އޭނަގެ ހިތް ތެޅިގަތެވެ.
"ޔޫ ލުކް ބިއުޓިފުލް، ހަމަ ޕްރިންސެސް އެއްހެން ހީވަނީ...." މިހުރާންގެ ތައުރީފުން މީރާ ލަދުން އޮޅިގަތެވެ. ކޯތާފަތުގައި ހާކާފައިވާ ކްރީމް ބްލަޝް އެއްގެ ސަބަބުން ލަދުގަތްވަރު ފޮރުވާލަދިނެވެ. އޭނަ އިނީ އިސްތަށިގަނޑު ނިއުޅިދާނެތީ ހިރިލާންވެސް ނުކެރިފައެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާލާފައިވާ އިރު ކުޑަ ހަރަކާތަކުން ވެސް ފަހަރެއްގައި ތަރުތީބު ގެއްލިދާނެތީ ބިރުގަންނަނީ އެވެ. ދެމީހުން ކޮޓަރީގައި އެކަނިވެލާ ގަޑި އާއި ހަމަޔަށް މި ރީތިކަން ދަމަހައްޓަން މީރާ ބޭނުންވިއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ހޯލަށް ވަދެވުމުން މީރާ ގެ އަތުގައި ހިފަހައްޓާލައިގެން ގެންގޮސް މޭޒުދޮށުގައިވާ ގޮނޑިއެއްގައި ބައިންދާފައި މިހުރާން އެއް ފަރާތުގައި އިށީނެވެ. މޭޒުގެ ކައިރީގައިވާ ގޮނޑިތައް ފުރެމުން ދިޔައިރު މީރާ އިނީ އިރުމަތީގެ ލަދުރަކި އަލަތު އަންބެއް ފަދައިން އިސްޖަހާލައިގެން ގުޑިލާން ނުކެރިފައެވެ.
ގާޒީ ކައިވެނީގެ ކަންތައް ކުރިއަށް ގެންދަމުން ގޮސް މިހުރާންގެ ނަމުގެ ބަދަލުގައި އަޔާދު އަލީ ނަވާޒު ކިޔުމުން މީރާ ސިހުނެވެ. އިސްއުފުލައި ބަލައިލެވުނު އިރު އަޔާދުވެސް އަނބިގަބޫލުކޮށްފި ކަމަށް ގާޒީ ބުނި ޖުމްލަތައް ކިޔާލައިފި އެވެ. ކަންފަތް ކައިރީގައި ހޮނުގުގުރިއެއް ޖެހިފަދަ އިހުސާސެއް ކުރެވުނެވެ. އޭނަ އިނީ ގަބޫލު ނުކުރެވިފައެވެ. މީރާ ގެ ގާތުގައި އިށީދެލައިގެން އިން މިހުރާންގެ މޫނަށް ބަލައިލި އިރު އޭނަ އިނީ ލާނެތް ފާޑަކަށް ހިނިއައިސްފައެވެ. ކައިވެނިކޮށް ނިމެންދެން މީރާ އިންތިހާއަށް ކެތްކުރިއެވެ. ކަރުނަތައް ހިފަހައްޓާލައިގެން އިނެވެ. ގާޒީންގެ ފަހަތުން ކަހަލަ ގޮތަކަށް މިހުރާންވެސް ނުކުމެގެން ދާން ފެށުމުން މީރާ އަޔާދު އާއި ދިމާލަށް ނުބައި ބެލުމަކުން ބަލާލާފައި ތެދުވެއްޖެއެވެ. މީރާ ކުދި ފިޔަވަޅު ތަކެއްގައި ދުވަމުން ގޮސް މިހުރާން އާއި އަރައިހަމަ ކުރެވުނީ މިހުރާން ކާރަށް އަރަން ދޮރު ހުޅުވާލި ތަނާއެވެ.
"މިހުރާން......" މީރާ ހަޅޭއްލަވައި ގަތުމުން މިހުރާން އެނބުރުމާއި އެކު ގަމީހުގައި ދެއަތުން ހިފާ ބޮނޑިކޮށްލެވިއްޖެއެވެ.
"ކާމް ޑައުން، އަދި ރުޅި އަންނަވަރުގެ ކަމެއް ނުވެއެއްނު....." މިހުރާން ކާރުގެ ދޮރުފަތަށް ލެނގިލަމުން ހަމަޖެހިލާފައި ހީލިނަމަވެސް މީރާގެ ލޮލުގައި ވިދާ ކަރުނަތައް ފެނުމުން ދުރަށް ބަލައިލަން މަޖުބޫރުވިއެވެ. ހަމްދަރުދީވެސް ވިއެވެ. އެއް ދުވަސްވަރެއްގައި ލޯބީގެ ގޮތުން އުޅުނު ކުއްޖަކު ރޮއްވާލައިގެން ހިތަށް ހަމަޖެހުން ހޯދައިގަންނާނީ ނުބައި ނުލަފާ އިންސާނެކެވެ. އޭނަ ހަރުކަށިކަން ބޭރުފުށުން ދައްކާލިޔަސް ހިތް އެހާ ހަރުކަމަކަށް ގަބޫލެއް ނުކުރެއެވެ. ރުޅިގަދަވާ ވަގުތު އަތުން ފައިން ގޯސްނެހެދޭ ވާހަކައެއް ނޫނެވެ.
"ހާދަ ކްރުއެލް އޭ، މިވަރުގެ އަނިޔާއެއް މީހަކަށް ދޭއިރު ހިތެއްނެތީތަ؟ ރަހުމުގެ ކަންފުޅެއްވެސް ނެތެއްނު، އެހާބޮޑު އުފަލެއް ހިނދުކޮޅަކަށް ދީފައި އަހަރެންގެ ޑްރީމް ތަކަށް ހަދައިލި ގޮތް ބަލާބަލަ، އަހަރެން މަރާލި ނަމަވެސް ހިތަށް މާ ފަސޭހަވީސް، ރެން ނުޖެހޭނެ އަހަންނަށް ނޭގިހުރެ މީހެއްގެ އަންބަކަށް ހަދަން، ކޮން ޑްރާމާއެއް ކުޅެން ރެން ތި އުޅެނީ، އަހަރެން މަރާލާ، މިބުނީނު ކަރުގައި ހިފާ މަރާލާށޭ......." މީރާގެ އެސްފިޔަތަކުން ފުރާނާލައިގެން ދެމިގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ. މީރާ މިހުރާންގެ އަތްގެންގޮސް މީރާގެ ނާޒުކް ކަނދުރާ ވަށައިލެއްވިއެވެ. މިހުރާން އަތް ނައްޓާލާފައި ޖިންސްގެ ޖީބަށް ޖަހައިލި އިރު މޫނުމަތިން ސީރިޔަސް ކަމެއް ފާޅުވާން ހުއްޓެވެ.
"މަވެސް ބުނަންވީ ތިހެން، މީރާ އަހަރެންގެ ޕީއޭ ލައްވާ ބޭސްކާންދީގެން މަސްތުކުރުވާފައި މިލީ އާއި އަހަރެންނާއި ދޭތެރޭގައި މައްސަލަތަކެއް ޖައްސަން އުޅުނީ، އަހަރެން އޮތީ ބުނެފައި ދެމީހުން ވަކިވީ ކަމަށް، މީރާ މަށަށް ދޮގުހެދި ދުވަހުން ފެށިގެން އަހަންނަށް ޓްރަސްޓް ނުކުރެވޭތީ އެހެން ހަދަން މަޖުބޫރުވީ...." މިހުރާން މީރާއަށް ވިސްނައިދޭން އުޅުނެވެ. ނަމަވެސް މީރާގެ ކަރުނަތަކަށް ބަލަން ހިތަށް ނުކުޅަދާނަވިއެވެ.
"ވީއިރު ރިވެންޖް ނެގީދޯ، ގަބޫލުކުރަން ތިހާ ބޮޑު ލަނޑެއް މީހަކަށް ނުދެވޭނެ..... ރެން ތިއީ ބަދަލުހިފާ ވައްތަރުކަމެއް ކުރިއަކުން ނުދަންނަން، އެކަމަކު އަހަރެންގެ ހިތަށް ދުވަހަކު މިހާބޮޑު އަނިޔާއެއްނުވޭ......." މީރާގެ އަޑު ކުރެހުނެވެ.
"ހަގީގަތުގައި މީރާއަށް ރަނގަޅަށް މިކަންތައް ކުރީ، އަހަންނަށް އެނގޭ އަޔާދު މީރާ ދެކެ އިންތިހާއަށް ލޯބިވާކަން، ކޮންމެވެސް ދުވަހަކުން މީރާ އަހަންނަށް ޝުކުރު ކުރާނެ ކަން ޔަގީން، ތިގޮތަށް އެތަންމިތާ ހޫރެން ހުރުމަށްވުރެ ގަދަރުވެރިއެއްގެ އަންހެނުން ގޮތުގައި ހުރުމުން މީރާގެ ސިކުނޑިއަށް ކުރާ ބާރު ކުޑަވާނެ، އަހަރެން އެދެނީ މީރާއަށް ހެޕީ ފިއުޗަރ އަކަށް، އަހަންނަކީ ވެސް މީހެއްގެ ފިރިއަކަށްވީމަ ދެނެއް ކުރިން އުޅުނުހެން އުޅެން ބޭނުމެއްނުވޭ، އަހަރެންގެ ތެދުވެރި އަންހެނުންގެ ހިތަށް އަނިޔާ ދޭކަށް ނެތިން، އެހެންވީމަ ދެމީހުންނަށް އެންމެ މޮޅުގޮތަކީ މިއީ ކަންނޭގޭ، ބަސްއަހައިގެން އަޔާދު އާއި އެކީގައި ދޭ، އަޔާދު މީރާއަށް ދެރައެއް ދީފިއްޔާ އަހަރެން ޒިންމާ ވެދާނަން........" މިހުރާން އަޔާދު އަންނަތަން ފެނުމުން ކާރަށް އެރިއެވެ. މީރާ ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ.
އަޔާދު މަޑުމަޑުން ހިނގާލާފައި އައިސް މީރާގެ ފުރަގަހުން ހުއްޓުމުން މީރާ ބާރަކަށް ހަޅޭއްލަވައި ގަނެފައި ދުރުގައި ހުންނަން އަމުރުކުރިއެވެ. އަޔާދު ދެރަވެފައި ބަލަން ހުރީ މާޔޫސްވެފައެވެ. އޭނަ މީރާގެ ލޯބި ހާސިލުކުރަން އެކިގޮތްގޮތަށް ކުރާ މަސައްކަތް މިވަނީ ނާކާމިޔާބެވެ. މިވީގޮތުން ދުވަހަކުވެސް އެހިތާއި ހަމަޔަށް ފޯރާނެ ކަމެއް ނޭގެއެވެ.
އިރުކޮޅެއްވާންދެން ވާރޭ ވެހުމަށްފަހު ތުނިކޮށްލުމުން މިލީނާ ފެންޑާއަށް ނިކުތެވެ. ފެންޑާ އާއި އެންމެ ކައިރިއަށް ހުރި ގަހުގެ ފަތްތަކާއި ވާރޭގެ ތިކިތައް ގޯނާކޮށްލާ މަންޒަރު ބަލަން މިލީނާ ހުރީ މަޖާވެލާފައެވެ. ކޮންމެ ފަތަކުން އޮހެމުންދާ ވާރޭގެ ތިކިތައް ފަތުގެ ކޮޅަށް ޖަމާވެ ބޮޑު މުތީއެއްހެން ތުރުތުރުލާފައި ނުކުޅަދާނަ ވެގެން ވެއްޓިލާއިރު ހާދަ ހިތްގައިމެވެ. މިލީނާ ވަރަށް މަސައްކަތުން އެގޮތަށް މުތީ އެއްހެން ވާރޭ ތިކި ވިދާ މަންޒަރު ފޯނުގައި ރައްކާކޮށްލައިފި އެވެ.
"ރެން ކޮންތާކު ތިއުޅެނީ...." މިލީނާ ގޭތެރޭގައި ބުރެއް ޖަހާލާފައި ގަސްތަކުގެ ތެރެއަށް ދިޔައިރު މިހުރާން ގަހެއްގެ ގޮފިގަނޑެއްގައި އަތް އަޅުވާލައިގެން ފޯނު ކަންފަތުގައި ޖަހާލައިގެން ހުއްޓެވެ. ފުރަގަހުން ފެންނައިރުވެސް ސްމާޓް ކަމުން މިލީނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަހާ ނަސީބު ރަނގަޅު އަންހެންކުއްޖަކު މި ދުނިޔޭގައި ނުވާނެ ކަމަށް ހިތް ގަބޫލުކުރިއެވެ. އެކަމަކު ކައިރިއަށް ޖެހިލުމާއި އެކު ހިތަށް ލިބުނު އުފާކޮޅު ވިއްސިވިހާލިވެއްޖެއެވެ.
"މީރާ، މީރާ، އަހަރެން މިކިޔާ އެއްޗެއް އަޑުއަހާބަލަ..... އާން މިލީ އަކަށް ނޭގޭނެ، އަހަރެން ނުޖެހޭނެ ދޯ ހުރިހާ ޑީޓެއިލްސް ތަކެއް މިލީއަށް ކިޔައިދޭކަށް...." މިހުރާން ދަތްތަކަށް ބާރުލާފައި ތަންކޮޅެއް މަޑުމަޑުން ބުނެލައިފި އެވެ. މިލީނާ މިހުރާންއަށް ފިލައިގެން ފަހަތަށް ޖެހުމުގެ ބަދަލުގައި ކުރިއަށް ޖެހިލާފައި ވަގުތުން ފޯނު އަތުލައިފި އެވެ. މިލީނާގެ އެ އަމަލުން މިހުރާން ހުރީ މަޖާވެފައެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކައެވެ.
"އަހަރެން ބަސްޓްވެފަ އެއްނު މިއޮތީ، ސިއްރަކުން ކަމެއް ނުކުރެވޭނެ ކަން ޔަގީންވެއްޖެ......." މިހުރާން ހަގީގަތް ބުނެނުދީ މިލީނާ ރަކިކުރާފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރީއެވެ.
"ރެން މީރާއަށް ގުޅަން ޖެހޭތަ؟" މިލީނާ ދެލޯބޮޑުކޮށްލައިގެން ހުރެ އެހެން ބުނެލި އިރު އެދެލޮލުގައި ކުޑަކޮށް ނަމަވެސް ކަރުނަތިކިތައް ވިދާލައިފި އެވެ.
"ހެހެ...." މިހުރާން އެކަނި ހިނިތުންވުމަކުން ފުއްދާލާފައި ދާން ހިނގައިގަތުމުން މިލީނާ ގޮސް ކުރިއަށް އެރިގޮތުން މިހުރާން އަށް މިލީނާގެ އުނަގަނޑުގައި ހިފަހައްޓައިލެވުނެވެ. މިހުރާން ރުޅިއައި ކަމަށް ހެދިގެން އަދަބެއްދޭނަމޭ ކިޔާފައި މިލީނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް އެ ފިނީގައި ފަތާފަންގަނޑަށް ވައްޓައިލަން އުޅުމުން މިލީނާ މިހުރާންގެ ކަނދުރާގައި ބައްދައިގެން އާދޭސް ކުރަން ފެށިއެވެ. އޭރު ހިމަފޮދު ވާރޭގެ ތިކިތައް ފަތާފެންގަނޑުގައި އެތައް ސަތޭކަ ބާނި ތަކެއް އުފައްދަމުން ދިޔައެވެ. ލުއިރާގެއް ކުޅޭފަދައެވެ.
"އެވަރަށް ބުނީމަވެސް އަހަންނަށް އިތުބާރު ނުކުރާނަންތަ ބޭބީ، އަސްލު މިލީއަށް އެތަންކޮޅު އަޑުއިވުނީމަ ހީވެދާނެ އަހަރެން މީރާ އާއި ގުޅުމެއް އޮތީހެން، އެކަމަކު އަހަރެން ކުރި ކަމަކުން މީރާ އަޕްސެޓްވެފައި ހުރީމަ އަހަރެން އޭނަ އާއި ޓޯކްކުރީ، މިހާރު މީރާއަކީ މީހެއްގެ އަންބެއް، ދެންވެސް ބޭބީ ގަބޫލު ކުރާނަންތަ؟" މިހުރާން މިލީނާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ވާރޭގެ ތިކިތައް އެ އޮމާން މޫނުމަތީގައި ވިދަންފެށީ މުތީތަކެއް ފަދައިންނެވެ. މިހުރާން އެއިން ވާރޭ ތިއްކެއްގެ ރަހަ ބަލައިލި އެވެ.
"ރެން. މީހަކަށް ފެނިދާނެ......." މިލީނާ ރަކިވެގެން ފަހަތަށް ޖެހެން މަސައްކަތް ކުރިއެވެ.
ދެމަފިރިން ވަރަށް ލޯބިން ސަކަރާތް ޖަހަމުން ގޮސް އެންމެ ފަހުން ނިމުނި އިރު ތިބެވުނީ ޕޫލްގައެވެ. ހީފިލުވައިލަން ވެގެން މިލީނާއަށް މިހުރާން އަކާއި ވަތްކެއް ނުވެވުނެވެ. މިހުރާން ހުރީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. މިލީނާގެ ރީތިކަމަށް ހިތް ހާސްފަހަރު ތައުރީފުކުރިއެވެ. އޭނައަށް މިލީނާ ލިބުނީ އޭނަގެ ނަސީބު ރަނގަޅު ކަމުންނެވެ. އެހެންނޫންނަމަ އަދިވެސް އޭނައަށް އުޅެވުނީހީ އަވާ މެންދުރެއްގެ ފަހަތުންނެވެ. ހުރިހާ ކަމެއް ފުރިހަމަވެފައިވާއިރު އޭނަ އަދި މިލީނާގެ ފަރާތުން އެންމެ ސިފައެއް ދެކެން ބޭނުމެވެ. ހުރިހާ ކަމަކުން އޭނަގެ ހިތްހަމަޖެހޭއިރުވެސް އެ ސިފަ މަދުވާތީ ބައެއްފަހަރު އުދަގޫވެއެވެ. ހަދާނީ ކިހިނެއްބާވައެވެ. އެބައި ރަނގަޅު ކޮށްލުމުން އޭނަގެ އަންހެނުން ފުރިހަމަ ކުއްޖަކަށް ވެދާނެއެވެ.
މިހުރާން އާއި މިލީނާ އެރޭ ނިދަން އެނދުގައި ޖައްސާލި ގޮތަށް ދެމީހުންގެ އެތައް ސިއްރު ތަކެއް ހިއްސާކުރިއެވެ. މިލީނާ އޭނަ މީރާ އާއި ދޭތެރޭގައި ދެކުނު ގޮތާއި ކުރެވުނު އިހުސާސްތައް ބަޔާންކޮށްދިނެވެ. މީރާ އޭނަ އާއި ދިމާލަށް ދެއްކި ވާހަކަ ތަކާއި ސިޑިން ވައްޓާލަން އުޅުނު ދުވަހުގެ ވާހަކަ ކިޔައިދިނުމުން މިހުރާން ހައިރާންވިއެވެ. ތަންކޮޅެއް ލަހުން ބައެއް ވާހަކަތައް އިވުމުން ގޯސްނެހެދި ސަލާމަތް ވެދާނެއެވެ. މިއީ އެފަދަ ވާހަކައެކެވެ. ކުރިން އެނގުނުނަމަ އޭނަ އަންނަ ރުޅީގައި އަތުން ކޮންމެ ފަދަ ގޯހެއްވެސް ހެދިދާނެ އެވެ. ނަމަވެސް އެވާހަކައިގެ އަސަރު ކުޑަވެ މީރާ މާ ދުރަށް ދިޔުމުން އެނގުމުން މިއަދު ކުރާނެ ކަމެއް ނެތެވެ. މިހުރާންވެސް އެގޮތަށް މާޒީގެ އެތައް ދުވަހެއްގެ ވާހަކަދެއްކިއެވެ. ކުޑައިރުއްސުރެ ކުރާ މަޖާކަންތައް މިހުރާންގެ ފަރާތުން އިވުމުން މިލީނާއަށް ހެވުނެވެ. އޭނަ މަޖަލަކަށް ވެސް ރައްޓެވިހީ އަންހެން ކުދިންނާއި ލޯބީގެ ހުރިހާ ހާދިސާ ތަކެއް އެއްވެސް ފޮރުވާލުމެއްނެތި ކިޔައިދިނެވެ. ފުރަތަމަ ނަޒަރުންވެސް މިލީނާގެ "ބަމްބީ" ދެލޯ ދެކެ ލޯބިވެވުނު ކަމަށާއި އޭރުއްސުރެ ނޭގިވެސް މިލީނާއާއި ނުލައި އުޅެން ދަތިވެފައިވާކަމަށް ބުނެލިއެވެ. މިހުރާންގެ ރީތި ދެލޮލަށް ބަލަހައްޓައިގެން މިލީނާ އޮތްއިރު ލޮލުން ކަރުނަ ފައްދާލީ އުފަލުން ގޮހެވެ. ދިރިއުޅުން ފުރިހަމަވީކަމުގައި ގަބޫލުކުރެވުނެވެ. މީރާ އަލުން އެމީހުންގެ ދިރިއުޅުމަށް ނައިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެއީ މިލީނާގެ ދުޢާއެވެ.
މީރާގެ ކައިވެންޏަށްފަހު މީރާގެ ޚަބަރެއްނުވާތީ މިހުރާން ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. އޭނަގެ ސަބަބުން މީރާގެ ދިރިއުޅުން ބަރުބާދުވެގެން ދާތަން ދެކެން މިހުރާން ބޭނުމެއްނޫނެވެ. އަޔާދު ފަދަ ޒުވާނަކު ހަޔާތުގެ ބައިވެރިޔަކަށް ވުމުން މީރާ މައިތިރިވެދާނެ ކަމަށް ހީކުރިޔަސް އެދެމަފިރިން މާލެ ދިޔަފަހުން ގުޅައިނުލީމަ މީރާ ނުބައި މަގެއް ޚިޔާކުރި ކަމާއި މެދު ޝައްކުވިއެވެ. އަމިއްލައަށް މަރުވާނެ ކަމަށާއި، މިހުރާންއަށް ދެން ފެންނާނީ އޭނަގެ ފުރާނަނެތް މަސްގަނޑުކަމަށް މީރާ ފޯނުން އިންޒާރުދީފައިވާތީ އެކަމާއި ދޭތެރެ އަކުން ވިސްނައިލަން މިހުރާންގެ ހިތް މަޖުބޫރުކުރިއެވެ. ކޮންމެވެސް ގޮތަކުން މީރާގެ ޚަބަރު އެނގެން މިހުރާން ބޭނުންވި ސަބަބަކީ އެއީއެވެ. ހުރިހާ ކަމެއްގައި ބެދުނަސް އޭނައަށް ކެތްކުރެވިދާނެއެވެ. ނަމަވެސް އޭނަ ލޯބީގެ ގުޅުމެއް ބޭއްވި ކުއްޖަކު އެގޮތަށް އޭނައަށްޓަކައި މަރުވެގެން ދާތަން ދެކޭކަށް ހިތެއް ނޭދެއެވެ.
އިއްބާނުގެ މަރުގެ ހަގީގަތް ނޭގިގެން ބާބެކިއުގެ ބައިވެރިންނާއި ސުވާލު ކުރެވުނެވެ. އެންމެން ބުނިގޮތުން އެތާގައި ބުއީ އެކަނި އެޕްލް ސައިޑާ އެވެ. ރާ ފަދަ މަސްތުވާ އެއްވެސް އެއްޗެއް ނުގެންގުޅެއެވެ. ނަމަވެސް ފަހުން ކޮންމެވެސް ކުއްޖަކު ހާސްވެފައި ހުރެބުނި ގޮތުން ޝެމްޕެއިން ގެނެސްގެން ބައެއްކުދިން ބޭނުންކުރިއެވެ. އެ ގެނައީ ކޮލެޖްގެ ޒުވާނުންނެއް ނޫނެވެ. އެ ތިން ޒުވާނުންނާއި ބެހޭ މައުލޫމާތު އެކަކަށްވެސް އެނގުނު ކަމަކަށް ނުވިއެވެ. އެއިން ޒުވާނަކާއި އެކު ޔީވާ ފެނުނުކަމަށް އެއް ފިރިހެންކުއްޖަކު ބުނުމުން އެންމެން ހައިރާންވިއެވެ. ޔީވާ އާއި ސުވާލު ކުރަން ފެށުމުން ޔީވާ ބުނީ އެރޭ އެބުނާ މައިކަލް އަކާއި ދިމާވެގެން އޭނަ ވާހަކަދެއްކީ ކަމަށާއި އެނޫނީ އޭނަ އާއި އެއްވެސް ގުޅުމެއް ނޯންނަކަމުގައެވެ. މައިކަލް އާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭގޭކަމަށެވެ. އެބުނާ ސިއްރު ތިން ފިރިހެނުން އިއްބާނު އާއިއެކީގައި ދުނިޔެ ދޫކުރީކަމެއް ނޫނީ އެމީހުން ޣައިބުވީ ކަމެއްވެސް ނޭގުނެވެ. އިއްބާނުގެ މަރުގެ ސިއްރު ނޭގިގެން އެތައް ހިތްތަކެއްވަނީ މާޔޫސް ކަންމަތީގައެވެ.
މިޝެލިން ކަޅު ކޮފީއެއް ހަދަން ހުއްޓާ މޭޒުމަތީގައި ހުރި މާތަކުގެ މީރުވަސް ފަނޑުކޮށްލާފަދަ މީރުވަހެއް ނޭފަތުގައި ޖެހިލިއެވެ. އޭނައަށް އެނބުރި ބަލައިލެވުނު ސިކުންތުކޮޅު އެއީ ރަފާއިލްކަން ޔަގީންވެ ބެލުނު ކަމުގެ މޮޔަ ހީވިއެވެ. އެ ސެންޓުގެ ވަހުން ހިތަށް ހަމަޖެހުމެއް ލިބެން ނޭދުނަސް އެ ސެންޓުގެ ވަސް މިޝެލިންއަށް ކަމުދާންފެށިއެވެ.
ރަފާއިލް ހުރީ އާދައިގެ މަތިން ވަރަށް ސްމާޓްކޮށް ހެދުން އަޅައިގެންނެވެ. ގަދަ ފެހި އަދި ކަޅުކުލައިގެ ރޮގުތަކެއްޖެހި އަތްދިގު ގަމީހަކާއި މުށިކުލައިގެ ޖިންސެއްލައިގެން ހުރިއިރު ހެދުން އިޝްތިހާރު ކުރާ މޮޑެލްއެއްފަދައެވެ. ދެންމެ ފެންވަރާލައިގެން އައުމުން އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ތެތްކޮށް އޮތުމުން އެހާ ތާޒާކަމަށް ދައްކައެވެ. މިޝެލިން ގެ ހިތް އެރީތިކަމަށް ތައުރީފުކުރީތީ މިޝެލިން އަމިއްލަ ނަފުސް ދެކެ ރުޅިއައިސްފައި ހިތާހިތުން އަޑުލިއެވެ.
"ބެންއަށް ބޭވަފާތެރި ވާކަށް ލަދެއްނުގަނޭތަ؟ މި ފެމިލީ އެހެން ޒުވާނުންވެސް ހުތުރެއްނޫން، ރަފާއިލް ކިތަންމެ ރީތި ވިޔަސް އަހަރެންގެ ހިތް އަނބުރައެއް ނުލެވޭނެ، އައި ހޭޓް ޔޫ......" މިޝެލިން ކޮފީތަށި ގިރަންފެށިއެވެ. ރުޅިގަދަވެގެން ތުންފަތުގައި ދަތްއަޅާ ބާރުކޮށްލައިގެން ހުރިއިރު އެ ދޮންމޫނަށް ރަތްކަމެއްވެރިވެފައިވެއެވެ. ރަފާއިލް ފޯނާއި ކުޅެކަން ހުރެފައި އެ ހިތްގައިމު ނަޒަރު މިޝެލިންގެ މޫނަށް ހުއްޓާލީ އުދަގޫވެފައި ހުރެއެވެ. ބެލުން މަނާ އެއްޗަކަށް ބެލެވޭކަމުގެ އިހުސާސް މިފަހަކަށް އައިސް ގަދަވެފައިވެއެވެ. ކޮއްކޮގެ އަންހެނުން ކަމަށް އޭނަގެ ނުކިޔަމަން ތެރި ހިތަށް ފަށްފަށުން ބުނެދެވިއްޖެއެވެ. އޭނައަކީ ރޮބޮޓަކަށް ވާނެނަމަ ޕްރޮގްރާމް ކުރެވިދާނެއެވެ. އެކަމަކު އިންސާނީ ހިތަށް އެފަދަ ކަމެއް ވައްދަން ފަސޭހައެއް ނޫންކަން ރަފާއިލްއަށް ވަނީ ސާބިތުވެފައެވެ.
"ޝެލް، ޕްރެގްއިރު ކޮފީ މާ ގިނައިން ބޯކަށް ނުވާނެ، އަދި އަހަރެން ބޭނުން ޝެލް އާއި ވާހަކައެއް ދައްކައިލަން......" ރަފާއިލް ބަލާވަރުން މިޝެލިންއަށް އުދަގޫވިއެވެ.
"ރަފާއިލް އަހަންނާއި ދައްކާކަށް އިތުރު ވާހަކައެއް ނެތް، އެހެންނޫނަސް އަހަރެން ކުރާ ކަންތަކާއި ބެހުމުގެ ހައްގެއް ނުދެމެއްނު......." މިޝެލިން ތުންފަތުގައި ދަތްއަޅާލިއެވެ. އެ އަމަލުން ތުންފަތުގެ ރަތްކަން ދެގުނަ އިތުރުވިއެވެ. ރަފާއިލް ހަނދާން ނުކުރަން ހުއްޓަސް ޚާއްސަ ރެއެއްގެ މަތިން ހަނދާންވެ ހިތުގެ ވިންދު އަވަސްވެލައިފި އެވެ.
"ޝެލްއަށް ރަނގަޅަކަށް މިހެން މިބުނީ....." ރަފާއިލްއަށް އަސަރުކުރިކަން އެނގުނީ އަނގަޔަށް ހަދައިލި ގޮތަކުންނެވެ. ރަފާއިލް އެވަރަށް އަޅާލަނީ ކީއްވެހެއްޔެވެ؟ މިޝެލިންގެ ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ. މީހެއްގެ ހަމްދަރުދީ ކިރިޔާ ލިބުނަސް މިޝެލިންއަށް ވާގޮތެއްވެސް ނޭގެއެވެ. އޭނަގެ ހިތް ހާދަ ބޮޑަށް ބަލިކަށިވެއްޖެއެވެ. ރަފާއިލް އާއި މެދު ހިތް މަޑުވި ހިނދުކޮޅަކަށްފަހު އެހެން ގޮތަކަށް މިޝެލިން ޚިޔާލުކުރިއެވެ. ރަނގަޅަށް ވެއްޖެއްޔާ ރަފާއިލްއަށް ކޮންމެވެސް ގޮތަކުން އޭނަ ބަލިވެއިންކަމުގެ ކުށްހީކުރެވުނީމަ އެކަމާއި ޖެއްސުމަށް ދިމާކުރީކަމަށް ވެދާނެއެވެ.
"ކޮންމެހެން ޖެއްސުން ކުރަން އުޅޭނެ ކަމެއްނެތް، ހުރިހާ ކަމެއް އެނގިގެން ތިހެން ބުނީ، ކިތައް ފަހަރު ބުނާނީ މިގެއިން ނުފެންނާށޭ....." މިޝެލިން ދެލޯ ބޮޑުކޮށްލައިފި އެވެ.
"ކޮންކަމެއް އެނގިގެންނޭތަ؟" ރަފާއިލް ހީލިއެވެ.
"އަހަރެން ޕްރެގްއެއް ނޫން..... އެކަން އެނގިގެން ނޫންތަ ތިހުރިހާ އެއްޗެހި ކިޔަނީ، އެކްޓް ކުރަން މޮޅުކަމުން އޮސްކާރ އެވޯޑެއް ދޭވަރުވޭ.........." މިޝެލިން ލޮލުން ވެއްޓުނު ކަރުނަތިއްކެއް ފޮހެލިތަން ރަފާއިލްއަށް ފެނުނެވެ.
"އައިމް ސޮރީ........" ރަފާއިލް ހީކުރީ ދަރިފުޅު ބައިގެން ދިޔައީ ކަމަށެވެ. ކަންބޮޑުވިކަން އެނގުނީ ނިތްކުރީގައި ފިރުމާލާފައި ދެލޯމަރާލާފައި ފުން ނޭވަޔެއް ދޫކޮށްލި ގޮތުންނެވެ. އެ ޚަބަރުން ރަފާއިލްއަށް ކިތަންމެހާވެސް އަސަރުކޮށްފިއެވެ. ހިތުގެ ތެޅުން ހަމަޔަކަށް އަޅުވާފައި އޭނަ މިޝެލިންއަށް ހަމްދަރުދީވެ ވާހަކަދެއްކިއެވެ. ހިތްވަރުކުރުމަށް އެދުނެވެ.
މިޝެލިން ހުރީ އަނގައިން ނުބުނަން ކަމަށެވެ. އިތުރަށް އެކަން ހިނގިގޮތް އޮޅުން ފިލުވައިދޭކަށް މިޝެލިންގެ ޝައުގެއްނެތެވެ. ކަންތައް އެނގުނު ވަރަކަށް ރަފާއިލްގެ ހިތަށް ލިބޭނީ އުފަލެއް ކަންނޭގެއެވެ. އޭނަ ބޭނުންވާ ކަންތަކަށް މަގު ފަހިކުރެވޭތީ ހުންނާނީ ފޮނިވެފައި ކަންނޭގެއެވެ. ރަފާއިލްގެ ހިތް ހަމަޖައްސައިދޭން އޭނަ ޖެހޭހެއްޔެވެ؟
އެވަގުތުވެސް މިޝެލިން ގެ ހިތަށް އައީ އިއްބާނު ދެއްކި ވާހަކަ ތަކެވެ. އިއްބާނު ރަފާއިލްއަށް އިހުތިރާމް ކުރިވަރާއި ލޯބިވިވަރެވެ. އެހެންނޫނަސް ލޯބިވެރިޔާގެ އެންމެ ފަހުގެ ބަސްތަކަށް ގަދަރުކުރަން ޚުދު މިޝެލިން ވެސް ބޭނުމެވެ. އޭނަ އިއްބާނު ދެކެ ހާދަ ލޯބިވެއެވެ. އަމިއްލަ ފުރާނަ ގުރުބާން ކުރަންވެސް ޖެހިލުމެއްނުވެއެވެ.
"ޔޫ ރުއިންޑް މައި ލައިފް، އެކަމަކު އަހަރެން މިހިރީ ބެން އަށްޓަކައި ރަފާއިލް އާއި އިންނަން........" މިޝެލިންގެ އެ ޖުމްލައިން ރަފާއިލް ގެ ރީތި ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ދެމީހުންނަށް އިރުކޮޅެއްވާންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިބެވުނެވެ. މިޝެލިންއަށް ފުރަތަމަ ފަހަރަށް އެ ދެލޮލުގެ ތޫނުކަމަށް ކެތްނުކުރެވިގެން އެސްފިޔަތައް ތިރިކޮށްލަން މަޖުބޫރުވިއެވެ. މެސްމެރިޒަމްގެ ބާރު އެކުލެވޭ ފުން ދެލޮލެކެވެ. އެލޮލަށް ބަލައިލެވުނުކަމުގެ މޮޔަ ހީވެފައި މިޝެލިން ދަތްތައް ވިކައިގަތެވެ. "ޑެވިލް" އެއްވީމަ އޭނަ އެހެން މީހުންގެ ސިކުނޑި އާއި ކުޅެލަނީ އެވެ. ނުރައްކާތެރި މީހެކެވެ. މިވަރުގެ މީހަކާއި އެކީގައި އެއް ކޮޓަރިއެއް ހިއްސާ ކުރުމުގެ އުދަގޫކަން މިހާރުއްސުރެ ހިތަށް ގެނެވިއްޖެއެވެ.
"އަހަންނަށް ހެޔޮ ދުނިޔެއިން ތި ނޫން ކޮންމެ މީހަކާއި އިންނަން ބެން ބުނިނަމަވެސް.. އެކަމަކު..އެކަމަކު......." މިޝެލިންއަށް އުދަގޫވެގެން ހުއްޓާލައިފި އެވެ.
"ތިއީ ހަމަ ސަޕްރައިޒެއް، ބެން ސަމާސާ އަކަށް ވެސް ނުބުނޭ ޝެލް އާއި އިންނާށޭ، އަހަންނަށް ނޭގޭ ބުނާނެ އެއްޗެއްވެސް....." ރަފާއިލް ގެ ރީތި ދެލޯ ކުޑަކޮށްލިގޮތުން އޭނަ ހައިރާންވެފައި ހުރިވަރު ރީތިކޮށް ހާމަވިއެވެ. އިއްބާނު މިޝެލިން ގާތުގައި އެފަދަ ވާހަކައެއް ދައްކަންވީ ކީއްވެހެއްޔެވެ؟ އޭނަ މަރުވުމުގެ ކުރިން އެފަދަ ވާހަކައެއް ބުނަން ޖެހޭ އެއްވެސް ސަބަބެއް ރަފާއިލްއަކަށް ވިސްނައިގަންނަން ނޭގުނެވެ.
"އެކްޓް ކުރާނެ ކަމެއް ނެތް ރަފާއިލް، އެހެންވެ ދޯ ބެން އަށް ޑްރަގް ދީގެން މަރާލީ؟ އަހަންނަށް ޔަގީން ރަފާއިލްގެ ކުޅަދާނަކަމުން އެމީހުން ފޮރުވައިގެން ގެންގުޅެފާނެކަން، ބެން ކިޑްނެޕްކޮށްގެން އުޅުނު މީހަކު ކެޕޭބްލްވެދާނެ ކޮންމެ ކަމަކަށްވެސް....." މިޝެލިން އެހެން ބުނުމުން ރަފާއިލްގެ ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއްކުރިއެވެ.
"ރަފާއިލް، ބެން ބުނީތީވެސް އަހަރެން މިހިރީ މިކަން ކުރަން، ބެންއަށްޓަކައި، އެކަމަކު އެނގެއެއްނު އަހަރެންގެ ފުރާނައާއި ހަށިގަނޑު އަދި ހިތަކީ ބެންގެ މިލްކެއްކަން..... ރަފާއިލް އާއި އެކު މުޅި އުމުރަށް އުޅުނަސް އަހަރެމެން އުޅޭނީ މިގޮތަށް، ސްޓްރޭންޖަރސް އިންހެން.... އެގޮތާއި ގަބޫލުވަންޏާ އަހަރެން މިހިރީ މެރީކުރަން..." މިޝެލިން ރަފާއިލްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ކޮފީތަށި ހިފައިގެން ނުކުމެގެން ދާން ހިނގައިގަތީ ރަފާއިލް ފުން ވިސްނުމަކަށް ދޫކޮށްލާފައެވެ.
މިހުރާން އޮފީހަށް ދާންވެގެން ތައްޔާރުވެލަން ހުރިއިރު މިލީނާ ޓައީ އަޅާލަދިނެވެ. އަތްދިގު ކަޅުނޫކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން ހުރިއިރު ވަރަށް ފުރިހަމައެވެ. އެސްފީނާއިން ސަލާމަތްވުމަށް މިލީނާ ދުއާކުރިއެވެ. މިހުރާން މިލީނާގެ މޫނުގައި ބޮސްދެމުން "ލަވް ޔޫ ބޭބީ" އޭ ބުނެލިތަނުން ފޯނު ރިންގުވާން ފެށިއެވެ. މިހުރާން ކަންފަތުގައި ފޯނު ޖައްސައިލީ ބޭރަށް ނުކުމެފައެވެ. ލިބުނު ޚަބަރަކުން މިހުރާންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ.