ގިނައިރުތަކެއް ނުވެ އެއަޑެއް އަހާލުމަށް ޓަކައި އެންމެން ކެތްމަދުވެފައިވާ އަޑު އިވިއްޖެއެވެ. ނުހަނު ލޯބި ރުއިމެއްގެ އަޑެވެ. ރަފާލް އެންމެ ކުރިން ގޮސް ވިއްސާ ކޮޓަރީގެ ދޮރާއި ގާތަށް ހުއްޓުނެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް އެވަގުތު ހާމަ ވަމުން ދިޔައީ އުފާވެރި ކަމެވެ. ތުއްތު ދަރިފުޅު ދެކެލުމަށް ޓަކައި ހުރިހާ ހިތްތަކެއް އިންތިޒާރު ކުރަނީ އެވެ. އިރުކޮޅަކުން އެއިންތިޒާރުގެ ނިމުން ވެސް އައެވެ. ހުދު ފޮތިގަނޑެއްގެ ތެރޭގައި އެކުޑަ ކުޑަ ފުރާނަ ފޮރުވާލައިގެން ނަރުސް ނިކުތެވެ. ނަރުސް ކުއްޖާ ރަފާލް އަތަށް އެދަރިފުޅު ދިއްކޮށް ލުމުން އަތުތެރެއަށް ލައިފައި އަވަސްވެ ގަނެވުނީ މޫނު ދެކެލުމަށެވެ. 

"މާޝަﷲ!" ރަފާލްގެ ދެ ތުންފަތް ފޫ ދުއްވައިލާފައި އެ ބަސް ނިކުތީ ނަރުސް އެއީ އަންހެން ކުއްޖެކޭ ބުނުމާއި އެކުގައެވެ. ވަގުތުން ރަފާލްގެ ދެލޯ ފެންކަޅިވިއެވެ. ހަނދެއްފަދަ ރީތި އަންހެން ކުއްޖެކެވެ. ކުޑަ ކުޑަ ޒޯއީ އެކެވެ. ހަމަ އެރީތި ކަމެވެ. ރުއްކުރި ކޮޅެއްފަދަ ހުދު ހަމާއި ބޮޑު ދެލޮލެވެ. ލޯބިކޮށް ނިދިފައި އޮތްއިރު މުށްކަވާލެވިފައި އޮތް ކުޑަ ކުޑަ ދެ އަތްތިލަ ދަތްދޮޅީގައި ޖައްސާލައިގެން އޮތެވެ. އިސްތަށިކޮޅު ތުނިވެފައި ލޯލިކޮށް ހުރުމުން ބޮލުގެ ހަންގަނޑާއެކުވެގެން ފެންނަނީ ބްރައުން ކުލައެއްގައެވެ. ނިދިފައި އޮވެގެން ރަފާލް ބަލަން ހުއްޓާ އެރަތް ތުންކޮޅަށް ހިނިތުންވުމެއް ވެރިކޮށްލުމުން ގައިން ހީބިހި ނަގުވާލައިފިއެވެ. "ޒިންދު!" ރަފާލް އެއްވެސް އިޚުތިޔާރެއް ނެތި އެ ދޮން މޫނުގައި ބޮސްދީފައި ބުނެލިއެވެ. "ވާހ ލޯބި ނަމެއް." ތިއާ ފުންމައިގެން އައިސް ކައިރިވެލާފައި ދަރިފުޅު ކުޑަ ކަމުން އުރާކަށް ނުކެރުނެވެ. 

"މަންމާ! އަހަރެން އަތަށް ލައިދީބަލަ!" ތިއާ އެނބުރިލާފައި ފުރަތަމަ ފަހަރަށް މަންމާއޭ މުޙާތަބް ކޮށްލުމުން ނާހިދާ ފަދައިން އެހެން އެންމެންނަށްވެސް ލޯ ބޮޑުކޮށްލެވުނެވެ. ތިއާ އާދޭހާއެކު ބަލަން ހުރުމުން ނާހިދާ ފާޑަކަށް ހުރެފައި ގޮސް ރަފާލް އަތުން ދަރިފުޅު ނަގައިގެން ތިއާ އަތަށް ލައިދީފިއެވެ. "އާވްވ.. ސޯ ކިއުޓް... ބޭބީ މީ އާންޓް އިނގޭ..." ތިއާ އެމޫނަށް ބަލަން ހުރެފައި ކުޑަކޮށް އަޑު ތުއި ކޮށްލައިގެން ވާހަކަ ދެއްކިއެވެ. އީތަން ކައިރިވެލައިފައި ތިއާގެ އަތާއެކު ތުއްތު ދަރިފުޅު ހިފަހައްޓައިލުމުން ނާހިދާ ހިނިއައިސްފައި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ލުޖައިންވެސް ގޮނޑިބަރީގައި އިނދެފައި އައިސް ހިނިއައިސްފައި އެމަންޒަރު ބަލަން ހުއްޓެވެ. އާރިން ދެތިން ފަހަރު ބުނެގެންވެސް ލުޖައިން ބޭނުންވީ ޒޯއީ ވިހަންދެން މަޑު ކުރާށެވެ. ފަހަރަކު މީހަކު ތުއްތު ދަރިފުޅު އުރުމުގައި އުޅުނު އިރު ރަފާލް ބަލަން ހުރެލާފައި ގޮސް ސުވާލު ކުރީ ޒޯއީ އާއި ބެހޭ ގޮތުންނެވެ. 

ޒޯއީ ރޫމަށް ބަދަލު ކުރުމުން ޒޯއީ އާއި ބައްދަލު ކޮށްފައި ތިއާމެން ރިސޯޓަށް ދާން ނިކުތެވެ. އެކުގައި އާރިން އާއި ލުޖައިންގެ އިތުރުން ޒަކްވާން ވެސް ހޮސްޕިޓަލުން ނިކުންނަން ދިޔައެވެ. ޒަކްވާން ހުރީ ނަސީބަކުން ތަންކޮޅެއް ދުރުގައެވެ. އާރިން ފުރުސަތުގެ ބޭނުން ކޮށްފައި ތިއާމެނާއި ދިމާކޮށްލަން ނިންމިއެވެ. "ވަރަށް ރަނގަޅު ދެން ތިމީހުން ވެޑިން ނައިޓް ރިސޯޓެއްގައި ބާއްވަން ހަމަޖެހުނުކަން. އަހަރެން ކުރިންވެސް ނިންމައިގެން ހުރީ މާލެ އާއި ދުރުގައި ބާއްވަން ހިޔާލު ދޭގޮތަށް." އާރިން އެހެން ބުނެލާފައި ބަލައިލީ ސީދާ ތިއާގެ މޫނަށެވެ. "އެއީ ކީއްވެ؟" ތިއާ ލޯ ބޮޑުކޮށްލައިފައި އާރިންއަށް ބަލާލައިފިއެވެ. އީތަން ހުރީ އެހާ އަވަހަށްވެސް ލާނެތް ހިނިއައިސްފައެވެ. "އަޑު އެހިން އެންމެ ދުވަހަކު މޭކްއައުޓް ކޮށްލައިގެން ބަދިގެއަށް އަލުން ފަރުނީޗަރާއި ބިއްލޫރި ތަށި ގަންނަން ޖެހުނު ވާހަކަ.. އަދި ވެޑިން ނައިޓް މާލޭގައި ބާއްވަން ވެއްޖެއްޔާ ބިންހެލުމެއް ނާންނާނެ ކަމެއް ކިހިނެއް އެނގެނީ... ލޫލޫ ދުވަސް ނުފުރާ ވިހައިފާނެތީ އަހަރެން ވިސްނަންޖެހޭ." އާރިން ވާހަކަ ނިންމައިލީ ހިނިގަނޑަކުންނެވެ. ލުޖައިންވެސް ހެވިގެން އަނގަމަތީ އަތް އަޅާފައި އާރިން އަތުގައި ބާރަށް ހިފެހެއްޓިއެވެ. "މޭން! ޔޫ އާ ސަޗް އަ ޖާރކް. ކާކު ބުނީ ކިޗެން އިންސިޑެންޓްގެ ވާހަކަ؟ ޒެކް ނުބުނާނެ." ތިއާ އަނގަ ފުޅާވެފައި ހިނދުކޮޅަކުން އާރިން އާއި ދިމާއަށް ޖެހިގަތީ ޝިކާރަވެރި ސިންގާއެއް ފަދައިންނެވެ. ކައިރީގައި ލުޖައިން ހުއްޓާވެސް އާރިންގެ އިސްތަށިގަނޑަށް އަތްފޯރުވައިގެން ދަމަން ފެށިއެވެ. 

"ތިއާ! ދޫކޮށްލާ ދެން. ޓައިމް ވޭސްޓް ނުކޮށް ހިނގާ އަވަހަށް ދާން." އީތަން އައިސް ތިއާގެ އަތުގައި ހިފާ ދުރުކޮށްގެން ތަންކޮޅަކަށް ގެންދިޔަ ފަހުން އަމިއްލަ ބާރުގައި ކުރިއަށް ދާން ފެށިއެވެ. 

ދެފަރާތުގެ މައިންބަފައިން ދަރިފުޅާއި އަންހެނުން ވަށާލައިގެން ތިބުމުން ރަފާލް އަދިވެސް އިނީ އެންމެ ބޭނުންވި ފަދަ ފުރުސަތެއް ނުލިބިފައެވެ. ދެފަހަރެއްގެ މަތީން ހަތަރުކަޅި ހަމަވެގެން ހިނިތުންވުމެއް ބަދަލު ކޮށްލެވުނެވެ. ޒޯއީގެ މޫނުން ވަރުބަލިކަމާއި އެކުވެސް ރީތިކަމަށް ބަދަލެއް ނާދެއެވެ. ރަފާލް ހުރީ އެމޫނުގައި ބޮސްދޭ ހިތުން ކެތްމަދުވެފައެވެ. ދުނިޔެމަތީން އޭނާއަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާ އެދިނީ ޒޯއީ އެވެ. 

ކޮންމެވެސް ގޮތަކުން ޚަބަރު ލިބިގެން ރަފާލްގެ މަންމަވެސް އެތަނަށް އައެވެ. މާމަ ދަރިފުޅު ދެކިލާހިތުން ކެތްނުވީއެވެ. މަންމަގެ ލޮލުން ކަރުނަ ދެކެފައި ރަފާލް ހިތަށްވެސް ކުރީ ފުން އަސަރު ތަކެކެވެ. އެހެންވެގެން އެދެމެދަށް ވަންނާކަށްވެސް ރަފާލް އަކަށް ނުކެރުނެވެ. އެންމެ ފަހު ވަގުތު އެތާގައި މަޑު ކުރަން ހަމަޖެހުނީވެސް ރަފާލްގެ މަންމަ އާއި ބައްޕަ އެވެ. އެމީހުން ރަފާލް ކައިރީ ގެއަށް ދާން ބުނުމުން ހިތްހަމަ ނުޖެހި ހުރެވެސް ދާން އެއްބަސްވިއެވެ. "ގުޑްނައިޓް ލަވް. މާދަމާ ހެނދުނުން އަންނާނަން." ރަފާލް ނިކުންނަން އުޅެފައި ޒޯއީގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެރީތި އިނގިލި ތަކުގައި ހިފައި އުފުލައިލަމުން ރަފާލް ތުންފަތް ޖައްސާލިއެވެ. ޒޯއީ ބަލަން އޮވެފައި ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމުން ރަފާލް ނިކުމެގެން ދިޔައީއެވެ. 

ގެއަށް ގޮސް ވަދެފައި ކުޝަންއެއް ބޯދަށަށް ލައްވާލައިގެން ސޯފާގައި ހަމަޖެހިލަމުން ޒަކްވާން ގުޅީ ރީމްގެ ނަންބަރަށެވެ. އެއްފަހަރު ރިންގް ވާއިރަށް ރީމް ފޯން ކަނޑާލިއެވެ. ހީވީ މާކުރިއްސުރެ ފޯން އަތަށް ލައިގެން ތައްޔާރަށް ހުރި ހެންނެވެ. "އައި ވޯނަ މީޓް ޔޫ." ޒަކްވާން މެސެޖް ކޮށްލިއެވެ. "މީ ލޫލޫއެއް ނޫން." ރީމް ފޮނުވި ޖަވާބަކީ އެއީ އެވެ. ރީމް އައިސްފައިވާ ރުޅީގެ އަސްލު ސަބަބު ޒަކްވާންއަށް އެނގުމުން ހިނި އައެވެ. އަންހެން ކުދިން ޖެލަސް ވުމުން ބައެއްފަހަރު ނިކަން މަޖާވާނެއެވެ. "އެން ދެޓް އިޒް ދަ ބެސްޓް ތިންގް، ކަޒް ޔޫ އާ ނޮޓް ހަރ. ލޫލޫ އިޒް ނޮޓް އެވެއިލެބްލް." ޒަކްވާން އިރުކޮޅެއް ކޮށްލާފައި ރައްދު ދިނެވެ. ރީމް އެއްވެސް ޖަވާބެއް ނުފޮނުވައި ގިނައިރުވެގެން ޒަކްވާންއަށް ޖެހުނީ ދެވަނަ ފަހަރަށް ގުޅާށެވެ. ރީމް ފޯން ނަގާފައި އެކައްޗެއްވެސް ނުބުނެ ހުރުމުން ޒަކްވާންއަށް ވާހަކަ ދައްކާނެ ފުރުސަތު ލިބުނެވެ.

"ރީމް ތީ ވަރަށް ނައިސް ގާރލްއެއް. ބެސްޓް ޕާޓަކީ އަހަރެން ކަހަލަ ބޯހަރު މީހެއްދެކެ ލޯބިވާކަން. ރީމް ހަމަތެދެއް މިބުނަނީ އައި ވޯނަ ފޯލް އިން ލަވް އަގެއިން. އަދި މިފަހަރު ވިތް ޔޫ... ޓެލް މީ ރީމް އަބަދުވެސް ތިގޮތުގައި އަހަރެންގެ ލޯބި ހޯދަން މަސައްކަތް ކުރާނަންތަ؟ ވިލް ޔޫ ހެލްޕް މީ ޓު ފޯލް އިން ލަވް؟" ޒަކްވާން ދެއްކި ވާހަކަތަކުން ރީމްއަށް އަސަރުކޮށްގެން އިރުކޮޅަކުން ރޯން ފެށި އަޑާއެކު ފޯން ކަނޑާލިއެވެ. ލިބުނު ޝޮކްގައި ޒަކްވާންއަށް ހުއްޓުން އަރައިފައި ހުރެވުނީއެވެ. ރީމް ޖަވާބެއް ނުދީ އެގޮތަށް ފޯން ކަނޑައިލުމުން ހިތަށް ތަދުވެލިއެވެ. ޒަކްވާން އެހެން އޮވެ ނިދުނު އިރުވެސް މޭމަތީގައި ފޯން ބާއްވާލައިފައި އޮތެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" އާރިން ނިދަން ތައްޔާރު ވެގެން ނިކުމެފައި ލުޖައިން ހިޔާލެއްގައި އޮތްވާ ފެނުމުން ކައިރިއަށް ގޮސް ސުވާލު ކޮށްލިއެވެ. "ބިރުގަންނަނީ." ލުޖައިން ތެދަށް ޖަވާބު ދިނެވެ. "ބިރުނުގަނޭ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ." އާރިން އެނދުގައި އިށީންދެފައި ލުޖައިން ގެނެސް މޭގައި ޖައްސައިލިއެވެ. އެމޫނު ނުތަނަވަސްވެފައި ހުންނަ އިރު މާބޮޑަށް މައުސޫމު ކަމަށް ދައްކައެވެ. ހުދު ކުލައިގެ ޝޯލް އެމޫނާއި ގުޅޭތީ އިތުރަށް ފުރިހަމައެވެ. ލުޖައިން ތެދުވެފައި ސައިޑް ޓޭބަލް އާއި ދިމާއަށް އެނބުރިގެން އިނދެ ޕިންތައް ނައްޓާއިލި އެވެ. އެވަގުތު އާރިން ތެދުވެފައި ޝޯލް ތިރިއަށް ދޫކޮށްލުމާއެކު އެއިސްތަށިގަނޑު ތެރެއަށް އަތް މަހާލައިގެން ގެނެސް މޫނު ކައިރިކޮށްލުމުން ލުޖައިންވެސް ސިހުނެވެ. އާރިންގެ އެފަދަ އެންމެ އަމަލަކުން ލުޖައިންގެ ނުތަނަވަސްކަން ނެތި އެހެން ދިމާއަކަށް ހިތް މިސްރާބު ބަދަލު ކޮށްލައިފިއެވެ. ލުޖައިންއަށް ޖެހުނީ އެއްބަސް ވާށެވެ. އާރިން މިއަދު ކުރިއަށްވުރެވެސް މާބޮޑަށް އޭނާއަށް އަޅައިލައެވެ. ނިދުމާއި ދެމެދު އެ ހޭދަވި މަދު ވަގުތުކޮޅުވެސް އެތައް ފަހަރަކު އޭނާ ރަނގަޅުތޯ އާރިން އެހިއެވެ. އަމިއްލަ އެދުމަށްވުރެ ބޮޑަށް ލުޖައިން އެއީ އާރިންއަށް މުހިންމު ފަރާތެއްކަން ކޮންމެ ދުވަހަކު އެދަނީ ސާބިތު ކޮށްދެމުންނެވެ. 

ލޯންޗް މަޑުކޮށްލި އިރު ފާލަމުގެ ވެސް ދެ ފަރާތުގައި އެތައް ބައިވަރު އުއްބައްތިއެއް ބަރިޖަހާލައިފައި ބަހައްޓާފައި ހުއްޓެވެ. ތިއާ އީތަންގެ އަތުގައި ހިފާލައިގެން ފާލަމަށް ފައިބާފައި ރީތިކަމުން އާޝޯހުވިއެވެ. ދެފަރާތުގައި ހުދު ތަނބު ޖަހާފައި ހުދު ލޭސްފޮތި ތަކާއި ރަތް ފިނިފެންމާތައް ހަރުކޮށްގެން ހަދާފައިވާ މަގުން ހިނގާފައި އެދެމަފިރިންނަށް ހާއްސަކޮށްފައިވާ ހަނީމޫން ސުއިޓްއަށް ވަންނަން ދިޔައިރު އުޑުމަތި ފޮރުވާލައިފައި ވަނީ އެތައްބައިވަރު ސްކައި ލޭންޓެން ތަކުންނެވެ. ޗައިނީސް ނިއު އިޔަރ ނައިޓެއް ފަދައެވެ. ރޫމް ބޯއި ކޮޓަރި ހުޅުވަދީފައި ނިކުމެގެން ދިއުމުގެ ކުރިން އީތަން ޓިޕްސް ހަވާލު ކުރިއެވެ. "ވާހ ޕަރފެކްޓް." ތިއާ އަތުގައި އޮތް ފައިވާން ތިރިއަށް ދޫކޮށްލައިފައި އެތާހުރި ވަށިގަނޑު ފުރާ އަޅާފައިވާ މޭވާ ތަކުން މޭބިސްކަދުރު ކޯންޏެއް ނައްޓާލައިގެން އެއިން އޮށެއް ކައިލަމުން ވަށައިގެން ލޯ ހިންގައިލި އެވެ. ތަނަވަސް ރީތި ކޮޓަރީގައި ހުރިހާ އެއްޗެއް ހުރީ ސާފު ހުދު ކުލައިންނެވެ. ލޭސް ދޮރު ފޮތިތަކާއި ފައިދަށުގައި އޮތް މަޑު ކާޕެޓްވެސް މެއެވެ. އެނދުގެ ހެޑްބޯޑް މަތީގަ އާއި ސައިޑް ޓޭބަލް މަތީވެސް ބޮޑެތި ވާސްތަކުގައި ތާޒާ ރަތް ފިނިފެންމާތައް ހުއްޓެވެ. އަދި ފާރު ކައިރީގަ އަތުރާފައިވާ އުއްބައްތިތަކުގެ އޮރެންޖް އަލީގައި އެހާމެ ހުވަފެނީ ގޮތެއް ހުއްޓެވެ. 

ކޮޓަރީގައި ހުރި ފުޅާ ތަނބުގައި އޮޅާފައި އަދި ދޮރު ފޮތިގަނޑުވެސް ގާތްގަނޑަކަށް ފޮރުވޭންދެން މަތިން ތިރިއަށް އެލިފައިވާ ހުދު ބޮކި ފަތިތައް ނިކަން ޝާހީވެފައި އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ތިއާ ފަރި ހިނގުމެއްގައި ގޮސް ބޮކި ފަތިތަކުގައި އަތްނުލައި ފަރުވާތެރި ކަމާއެކު ދޮރު ފޮތިގަނޑު ދުރުކޮށްލީ އޭގެ ފުރަގަހުން ފެންނަން އޮތީ ކޮންތަނެއް ތޯ ބަލައިލަން ވެގެންނެވެ. އެވަގުތު ތިއާ ވީ އުފަލުން ލޯ ބޮޑުކޮށްލާފައި އެނބުރި ބަލައިލީ އީތަން އަށެވެ. ބިއްލޫރި ބިތްގަނޑުގެ އަނެއްފަރާތުގައި އޮތީ ބޮޑު ފަތާ ފެންގަނޑެކެވެ. "ކަމުދޭތަ؟" އީތަން ކުޑަކޮށް ހެވިލާފައި ހުރެގެން ޓައީ ދޫ ކުރަމުން ތިއާގެ ކައިރިއަށް އައެވެ. "ކުރިން ވެސް ބުނިހެން ޕަރފެކްޓް." ތިއާ ލުއި ހީލުމަކާއެކު އައިސް އީތަންގެ ކަނދުރާގައި ދެއަތް އަޅުވާލައިފިއެވެ. " ބުނީމެއްނު ސްކިނީ ޑިޕްއެއް ހަދާލަންވާނެއޭ... ހަނދާން ނެތްތަ؟" އީތަން ތިއާގެ ކޯތާފަތުގައި އިނިގިލިތައް ފިރުކައިލުމުން އެހާ އަވަހަށްވެސް ހިއްސު ތަކަށް ވާން ވެލިކަން އިހްސާސްވިއެވެ. "ބޭބީ އައި ރިމެމްބަރ އެވްރީތިން. އެން އައި ލަވްވވ... ސްކިނީ ޑިޕިން..." ތިއާ ހަތަރުކަޅި ހަމަކޮށްލުމުން އީތަން ބަލަން ހުރެފައި ކުއްލިއަކަށް އެދެމެދުގައިވާ ދުރުމިން ނެތިކޮށްލައިފިއެވެ. 

އިރުކޮޅަކަށް ދުރުވެލައިފައި އީތަން ގަމީސް ދަށަށް ޖަހާފައިވާ ބައި ނައްޓާލި އިރު ތިއާ ބޮލުގައި ހަރުކޮށްފައިވާ ތުނި ވެއިލް ވަކިކޮށްލައިގެން ތިރިއަށް ދޫކޮށްލުމުގެ ތެރޭގައި އެއިސްތަށިގަނޑު ވެސް ނިއުޅިގެން ތިރިއަށް ފޭބިއެވެ. އަލުން ގާތްވެލާފައި ނޭވާ އަވަސް ވެފައި ހުރެގެން އީތަން ތިއާގެ ހިމަ އުނަގަނޑުގައި ދެއަތުން ހިފައި ބިމުން ހިއްލާލައިގެން ގޮސް ބިއްލޫރި ބިތްގަނޑުގައި ތަތްކޮށްލިއެވެ. އީތަން ނުވެސް ބަލައި ހުރެފައި ދާދި ކައިރީގައިވާ ދޮރުފަތުގެ ތަޅަށް އަތް ފޯރުކޮށްލައި ހުޅުވާލިއެވެ. އެހިސާބުން އަތު ގުޅުވާލައިގެން އެދޮރުން ބޭރަށް އެމީހުން ނިކުތް އިރު އީތަންގެ ގަމީހާއި ތިއާގެ ބޭނުންކޮށްފައިވާ ހުރިހާ ގަހަނާއެއް އޮތީ ދޮރު ކައިރީގައެވެ.

ވަށައިގެން އެކިހިސާބުގައި އަތުރާފައިވާ އުއްބައްތި ތަކާއިއެކު އެފެންގަނޑުގެ ދަޅަތައް ސީލިންގާއި ފާރަށް އެޅިފައިވާއިރު ރީތި ކުރެހުމެއްހާ ނަލައެވެ. އީތަން ތިއާގެ އަތުން ދޫކޮށްލައިފައި ފަޓްލޫނު ބާލައި ބޮކްސާއަށް ހަދާލައިގެން ފެންގަނޑަށް ފުންމައިލުމުން ތިއާ ހުރީ އަނގަޔަށް އިނގިލި ލައިގެން ފާޑަކަށް ހެވިފައެވެ. "ކަމް އޯން ބޭބްސް!" އީތަން ފެންގަނޑުން ބޯ ހިއްލައިލާފައި ނުހަނު ލޯބިން ގޮވައިލިއެވެ. އެއިސްތަށިގަނޑުން މޫނަށް ފައިބަމުން ދިޔަ ފެންތިކިތައް އީތަންގެ ރީތި މޫނާއި ތުންފަތުގައި ބޮސްދީފައި ތިރއަށް ފައިބަމުން ދިޔައިރު ކުރިއަށް ވުރެވެސް ރީތިވެފައި މަސްތީ ގޮތެއް ހުއްޓެވެ. ތިއާ އަނެއް ފަރާތަށް އެނބުރިފައި ފެންގަނޑުގެ ކައިރީގައި އަތުރާފައިވާ އުއްބައްތި ތަކެއް އެއްފަރާތް ކޮށްލައިގެން އިށީންދެލީ އެއްއަތުން ޒިބުގައި ހިފަހައްޓާލައިފައެވެ. އީތަންއަށް ވިސްނިގެން ކައިރިއަށް އައިއްސައި ހެދުމުގެ ޒިބުގައި ހިފާ ތިރިއަށް ދަމާލަދިނެވެ. ތިއާ ތެދުވުމުގެ ކުރީން އީތަން ހާމަވެފައިވާ އެއޮމާން ބުރަކަށީގެ މަތީން ތިރިއަށް އިނގިލިތައް ފިރުކައިލުމުން ތިއާ ހީގެންފައި ތެދުވެއްޖެއެވެ. ކަތި ބަލައިލުމަކާއެކު ތިއާ މަޑުމަޑުން ހެދުން ތިރިކުރަމުން ދިޔައިރު އީތަން އެސްފިޔަޖަހާނުލައި ބަލަހައްޓައިގެން ހުއްޓެވެ. 

އިރުކޮޅަކުން ތިއާ ގޮސް ކުރިން އިންތަނުގައި ފެންގަނޑަށް ދެފައި ބާލައިގެން އިށީންދެލުމުން އީތަން އެއުނަގަނޑުގައި ދެއަތުން ވަށާލައިފައި ފެންގަނޑު ތެރެއަށް އެހަށިގަނޑު ގަންބާލިއެވެ. "ސޯ ބިއުޓިފުލް." އެންމެ ރީއްޗަށް އަޑި އެނގޭ ފެންގަނޑު ތެރެއިން ތިއާގެ ރީތި ހަށިގަނޑު ދެކެފައި އީތަންއަށް ބުނެވުނެވެ. ތިއާ ރަކިވެގެން ކުރި ކަމަކީ އީތަންގެ މޫނަށް ފެން ޖަހާފައި ދުރަށް ފަތައިގަތީއެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓިފައި އެނބުރިލި އިރު އީތަންއެއް ނެތެވެ. ތިއާ ކަންބޮޑުވެގެން ވަށައިގެން ހޯދައިލަން އުޅެނިކޮށް މެއަށް އައިސްކިއުބް ތަކެއް އޮއްސާލިހެން ހީވިއެވެ. އީތަން ފެންގަނޑުގެ އަޑީގައި އޮވެފައި ކޮށްލި ކަމަކުން މަޑު މަޑުން ހަޅޭއްލަވައި ގަނެވުނެވެ. "ހައު ވޯޒް ދެޓް؟" އީތަން ބޯ ހިއްލައިލުމާއެކު އެއްލޯ މަރާލައިފިއެވެ. "އޯސަމް." ތިއާ ދިމާއަށް ވެއްޓިގަތުމުން ދެމީހުން އެކުގައި ފެންގަނޑު ތެރެއަށް ވަދެގެން ދިޔައެވެ. 

މެދުކެނޑުމެއްނެތި ފެންގަނޑުގެ ހަލަބޮލި އަޑާއި ދޭތެރެއަކުން ތިއާ ހީލާ އަޑު މާހައުލު ހިސޯރުކޮށްފައި ވެއެވެ. އިރުގަނޑެއް ފަހުން އެދެމަފިރީން ކޮޓަރިއަށް ވަދެފައި އީތަން މިއުޒިކްގެ އަޑު ގަދަކޮށްލިއެވެ. އުއްބައްތި ތަކުގެ ރަތް އަލީގައި ފާރަށް އެޅިފައިވާ ދެހިޔަނި އެއީ އެއް ހިޔަންޏެއް ފަދައިން ފެންނާކަށް މާގިނަ އިރެއް ނުވިއެވެ. އުއްތައް ވިރޭ ހިތްގައިމު ވަހާއި ތާޒާ ފިނިފެންމާތަކުގެ ވަސްވެސް މާހައުލު އިތުރަށް މަސްތު ކުރުވަނީއެވެ. އެގޮތުގައި ގަޑިއިރު ތަކެއް ފާއިތުވެ ދިޔަ ފަހުން އުއްބައްތިތައްވެސް ވިރި ހުސްވެ މާހައުލު އެއްކޮށް ހިމޭންވިއެވެ. އިރު އަރައިގެން އައިއިރު ބޯ ރަޖާ ދަށުގައި ދެމަފިރިން ތިބީ ގަދައަށް ނިދައިފައެވެ.

ރަފާލްއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ދުވަސް ތަކަކަށްފަހު އެކަނި ނިދަން ޖެހުމުނ ޒޯއީ މަތިން މާބޮޑަށް ހަނދާން ވަނީއެވެ. ހެނދު ހެނދުނާ ތެދުވެ ފެންވަރާލައިގެން ރަފާލް މިސްރާބު ޖެހީ ހޮސްޕިޓަލަށެވެ. ރަފާލް ދިޔައިރު މަންމަ ނިކުމެއްޖެއެވެ. އިތުރު މީހަކު އަންނަންދެން މަޑު ކުރާނެ ވާހަކަ ބުނެފައި ޝަހީމު ފޮނުވާލުމުން ރަފާލްއަށް އަދި ކިރިޔާ ހަމަޖެހިލައިގެން ޒޯއީ އާއި ބައްދަލު ކުރަން ފުރުސަތު ލިބުނީއެވެ. ނިދިފައި އޮތް ޒޯއީގެ މޫނުގައި ފިރުމާލަން އުޅެފައި ތުއްތު ދަރިފުޅު ކުކުރާލި އަޑަށް ރަފާލް އެދިމާއަށް ދިޔައެވެ. ފިޔާތޮށި ކުލައިގެ ކުޑަ ހެދުން ކޮޅެއްގައި އެދަރިފުޅު ލޯބިކަމުންވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. ވަށް ދެކޮލާއެކު ފުށްކަމުންވެސް ލޯބިން ފުރެއެވެ. ރަފާލް ތުއްތު ދަރިފުޅުގެ ކުޑަ އަތްތިލައިގައި ކޮށްޓައި ލުމުން އިނގިލީގައި ބާރުބާރަށް ހިފަހައްޓައިލިއެވެ. 

"މޯނިން މައި ޕްރިންސެސް." ރަފާލް ލުއި ހީލުމަކާއެކު ގުދުވެފައި އެތުއްތު މޫނުގައި ބޮސްދިނެވެ. އެހެން އޮވެފައި އަނެއްކާ ދަރިފުޅު ގަދައަށް ނިދުމުން ރަފާލް އިނގިލި ނައްޓުވާލައިފައި އައިސް ޒޯއީގެ މަގަތުގައި އިށީންދެއްޖެއެވެ. "މޯނިން." ޒޯއީ ލޯ ހުޅުވައިލާފައި ނިދި އަޑަކުން ބުނެލިއެވެ. "މޯނިން ލަވް." ރަފާލް ތެދުވެ، ޒޯއީގެ ނިއްކުރީގައި ބޮސްދީފައި އަނެއްކާ އިށީންދެލިއެވެ. "އައި މިސްޑް ޔޫ ސޯ މަޗް. ނުވެސް ނިދޭ މިތާގަ. ހަމަ ދެންމެ އެނިދުނީ. އަވަހަށް އަހަރެން ގެއަށް ގެންދަން އުޅޭ! " ޒޯއީ ޝަކުވާކޮށްލިއެވެ. ރަފާލް ހިނިތުންވެފައި ބޯ ޖަހައިލީ އެއަތްތިލަ ނަގައި މުށުތެރޭގައި ބާރުކޮށްލަމުންނެވެ. އެވަގުތު ޒޯއީ ކުއްލިއަކަށް ހަނދާންވެގެން ދިން ޚަބަރަކުން ހަމަތެދެއްހޭ އަހައިލެވިއްޖެއެވެ.

ކޮމެންޓް 0