ޒަކްވާން އެކައްޗެއްވެސް ނުބުނެ ނިކުމެގެން ދިއުމުން ރީމްއަށް ރޮއިގަނެވުނެވެ. މިއަދު އަނެއްކާވެސް އޭނާއަށް ނާކާމިޔާބު ވީއެވެ. ތަޤްދީރުވެސް ރީމް އާއި ދުޝްމަންވެފައިވާ ކަހަލަ އެވެ.
ހަމަސް ފަހުން
އީތަން އާއި ތިއާގެ ކައިވެންޏަށް ތައްޔާރީތައް ކުރެވެމުން ދިޔައީ ޒާހިދުގެ ގޭގައެވެ. ތިއާ ލެޕްޓޮޕް އުނގަށް ލައިގެން ލިވިންރޫމް ސޯފާގައި އިނީ އެމީހުން ހަނީމޫންއަށް ދާން އޮތް ތަނުގެ މައުލޫމާތު ތަކާއި ފޮޓޯތައް ބަލާށެވެ. ލުޖައިން އިނީ ކައިރީގައި ފެހި އާފަލެއް ކާށެވެ. ހަ މަހުގެ ބަނޑާއެކު ވިލު ކުލައިގެ ޑަންގޭރީގައި ލުޖައިން ރީތިކަމުން ވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. ހުދު ޝޯލްވެސް އެމޫނާއި އެހާ ގުޅެއެވެ. ލުޖައިންގެ ދެކޮލަށް މަސްއަރައި ވާން ވެލުމުން އިތުރަށް ދޮންވެފައި ފުންކަމެއް ހުއްޓެވެ.ތިއާގެ ކައިވެންޏާއި އެކުގައިމެ ލުޖައިން އާއި ޒޯއީގެ ބަނޑަށް ދުވަސް ފުރެން ކައިރިވަމުން ދިއުމުން ދެ އާއިލާއަށް އުފާވެރިކަމުގެ ޢީދެއް އައިސްފައިވާ ކަހަލަ އެވެ. އެންމެން ކައިވެނީގެ ކަންތަކުގައި އަވަދިނެތި އުޅުނު އިރު ކޮންމެ މީހެއްގެ ތުންފަތުގައި ވެސް ވަނީ ހިނިތުންވުމެކެވެ. އެވަގުތުވެސް ގޭތެރޭގައި އެތައް ބަޔަކު ހަރަކާތްތެރި ވަމުން ދިޔައެވެ. ކައިވެނީގެ ދުވަހަށް ވުމުން ޒޯއީ އާއި ރަފާލް ވެސް ރީމް ގޮވައިގެން ހެނދުނު ހެނދުނާ އަތުވެއްޖެއެވެ. އެންމެންނަށް ފުރުސަތު ދީފައި ޝަކީބާގެ ކައިރިއަށް ދިޔައީ ޝަހީމު އެވެ. ނާހިދާ ކޭޓަރިން ކަންތަކުގައި އުޅޭ އިސްފަރާތާއި ގުޅައިގެން ދެކޮޅަށް ހިނގަނިކޮށް ޒާހިދު ގޮސް އަތުގައި ހިފައިލިތަން ފެނިގެން ތިއާ ލުޖައިންއަށް މަންޒަރު ދައްކައިލި އެވެ.
ޒާހިދު އާއި ކުދިން އެދުނު ފަހުންވެސް އެދެމީހުންގެ ކައިވެނި ނުކުރެވިފައި މިހާރު އެ ހުންނަނީ ނާހިދާގެ ސަބަބުންނެވެ. ނާހިދާގެ އެދުމަކީ ޝަކީބާ ކޯމާއިން އެނބުރި އައި ދުވަހަކުން އެކައިވެނި ކުރުމެވެ. ޝަހީމު އާއި ވަކި ވުމަށްފަހު ނާހިދާ މިހާރު ދިރިއުޅެނީވެސް ޒާހިދު ގޭގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތިއާ ފަދައިން ޒަކްވާންއަށް ވެސް ނާހިދާގެ ރަނގަޅުކަން ގަބޫލު ކުރެވި ގުޅުން ބަދަހިވެފައި ވެއެވެ. ޒަކްވާން ފާޅުގައި ހަމަ ނުކުރިއެއް ކަމަކު ހިތާއި ހިތުން ނާހިދާގެ ރަނގަޅު ކަމާއި މެދު ތައުރީފް ކުރެއެވެ. މަދު ފަހަރަކު އަނގައިން ބުނެލާ އުޅުނަސް ރުޅި މޫނެއް ނުދައްކައެވެ.
"ބަލާބަ ޑޭޑް ރޮމޭންޓިކް ކަން." ތިއާ އިނީ ނިކަން ހެވިފައެވެ. "ރޮމް ކުދިންގެ ޑޭޑްވެސް ރޮމްވާނެ އެއްނު." އީތަން އައިސް ހުއްޓުނީ ރަފާލް ގޮވައިގެންނެވެ. ޒޯއީ އެވަގުތުވެސް ފްރިޖް ހާވަ ހާވާފައި ކޮންމެވެސް ކާ އެއްޗެއް ހޯދަން ހުރީ ބަދިގޭގައެވެ. ޒޯއީ ބަނޑަށް ނުވަ މަސް ވުމުން ކުރިއަށްވުރެ ބުރަހެލިވެފައި ގިނައިން ކާން ބޭނުންވެއެވެ. ޒޯއީވެސް ކުރިއަށްވުރެ ފަލަވެލައި ފުށްކަމެއް ހުރުމުން ނިކަން ރީއްޗެވެ. "ހަހަ ތިއޮތް ތިއަރީއެއް. ތިހެން ބުނީމަ ހީވަނީ އަހަރެންގެ ފަރާތުން ޑޭޑްއަށް އެކަން ވާރުތަ ކޮށްފަ ހުރިހެން..." ތިއާ ބާރަށް ހޭން ފަށައިފިއެވެ. ރަފާލްވެސް ލާނެތް ހިނިތުންވުމަކާއި އެކު އެމީހުންގެ ވާހަކަ އަހަން ހުއްޓެވެ. އިރުކޮޅަކުން ޒޯއީ ނިކުތީ ބޮޑު އައިސްކްރީމް ތައްޓެއް ހިފައިގެންނެވެ. ޒޯއީ އިށީންދެ ސަމުސަލެއް ކައިލާފައި ލުޖައިން ބަލަން އިނުމުން ބޭނުންތޯ އަހައިލި ގޮތުން އެންމެން ހައިރާންވިއެވެ. ޒޯއީ ބަދަލުވި ފަހުންވެސް ލުޖައިން އާއި ވާހަކައެއް ނުދައްކައެވެ.
"ހޭވް ސަމް!" ޒޯއީ ހިނިތުންވުމާއެކު ލުޖައިންއަށް ސަމުސާ ދިއްކޮށްލިއެވެ. ލުޖައިން ސަމުސަލުގައި ހިފިތަނާ ތިއާ ސޯފާއިން ފުންމާލައިގެން ގޮސް ބަދިގެއަށް ވަދެފައި އައީ އިތުރު ދެ ސަމުސާ ހިފައިގެންނެވެ. ތިއާ ލުޖައިން އަތުގައި ހިފައިގެން ގެނެސް ބައިންދައިފައި އެދެމީހުންގެ މެދުގައި އިށީނެވެ. ތިންކުދިން އައިސްކްރީމް ކާން ފެށިތަނާ ރީމްވެސް އަތުވެއްޖެއެވެ. "ކޮބާ ހަމަ ދަމައިގަތް ކަނޑީގެ މިޔަ މައްޗަށް ދޯ؟" ރީމް ހީގެންފައި އައިސް އިށީންދެލީ ކުޑަ މޭޒުގައެވެ. އަންހެންކުދިންތައް މަޖާވެފައި އައިސް ކްރީމް ކާން ތިބިގޮތުން އީތަން އަވަހަށް ފޯން ނަގާފައި ދެ ތިން ފޮޓޯއެއް ނަގައިލިއެވެ. ތިއާއަށް އެކަން އެނގިގެން ދެން އިނީ ކޮންމެ ފޮޓޯއެއްގައި ދޫ ނެރެލައިގެން ނޫނީ ކޮންމެވެސް އެކަހަލަ މަޖާ ވައްތަރެއް ޖައްސާލައިގެންނެވެ.
ރަފާލް އާއި އީތަންއަށް ދެވުނުއިރު ޓެރަސްގެ ދެހިސާބެއްގައި ޒަކްވާން އާއި އާރިން ތިބެގެން ޒީނަތްތެރި ކުރާ މީހުންނަށް ގޮތް ކިޔައިދެނީއެވެ. "ލޫލޫގެ ދެ އާޝިޤުން." ރަފާލް އެހެން ބުނެ ނިންމާފައި ދެ ޒުވާނުން އެކަކު އަނެކަކަށް ބަލައިލަމުން މަޑު މަޑުން ހީލިއެވެ. އާރިންއަށް ރަފާލް ފެނިގެން އައިސް ވާހަކަ ދައްކަން ފެށި އަޑަށް ޒަކްވާން ވެސް އެނބުރިފައި ބަލައިލިއެވެ. އީތަން އާއި ހަތަރު ކަޅި ހަމަވުމުން ޒަކްވާން ހިސާބަކަށް ނުތަނަވަސްވިއެވެ. އީތަންއަށް އެކަން ފާހަގަ ކުރެވިގެން ކަހަލައެވެ. ދެބެން އެކަނި ދޫކޮށްލައިފައި އީތަން ގޮސް ހުއްޓުނީ ޒަކްވާން ކައިރި އަށެވެ. "ކިހިނެއް ކަންތައްތައް ކުރިއަށް ދަނީ؟" އީތަން އިސްވެ ވާހަކަ ފެށިއެވެ. "ލުކް އީތަން... އަހަރެން އެރޭ ކުރިހާ ވެސް ކަމަކީ ބޭބެއެއްގެ ވާޖިބު އަދާ ކުރީ..." ޒަކްވާން ފެށީ މާ ކުރިން ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. ކައިވެނީގެ ޚަބަރު ލިބިގެން ޒަކްވާން އެންމެ ފުރަތަމަވެސް ކުރަން ބޭނުންވި ކަމަކީ އެއީ އެވެ. އެކަމަކު އަދި އަދަށް ދާންވެސް އެކަން ހާމަ ކުރަން ފަސްޖެހިފައި އޮތީއެވެ. "އޮފްކޯސް... އައި އަންޑަސްޓޭންޑް... ޔޫ ޑިޑް ގްރެޓް... އެވަގުތު ޒަކްވާން މަޤާމުގައި އަހަރެން ހުރި ނަމަވެސް ހަމަ އެގޮތަށް ކަންތައް ކުރެވޭނީ. ސޯ ކޫލް. އެކަން ހަނދާން ނައްތާލާ. އެނޫނަސް މިހާރު އޭގެ ފަހުން ހަމަސްވީ." އީތަން ހިނިތުންވުމަކާއެކު ޒަކްވާން ކޮނޑުގައި ޖަހައިލުމުން ޒަކްވާން ވެސް ބޯ ޖަހައިލައިފި އެވެ.
ފޯން ވައިބްރޭޓް ވުމުން ޒަކްވާން ޖިންސް ޖީބަށް އަތް ކޮށްޕާލައިފައި ނަގައިގެން ވާހަކަ ދައްކަމުން ފޭބީ ތިރި އަށެވެ. އިއްތިފާޤުން ރީމް ވެސް ޑެކަރޭޝަންއަށް ބޭނުންވާ ސާމާނުތަކެއް ހުރި ކުޑަ ފޮށިގަނޑެއް ހިފައިގެން ލިފްޓުން މައްޗަށް އަރަނީއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު އެތެރެއަށް ވަން ޒަކްވާން ފެނިފައި ރީމްއަށް ވީ ގޮތަކީ ހުރި ފިޔަވަޅު މައްޗަށް ގަނޑުވީއެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން ރީމް ބަލައިލި އިރު ދޮރު ލެއްޕިއްޖެއެވެ. ޒަކްވާން ބުނެވެސް ނުލައި ހުރީ ތިނަކަށް އޮބާލައިގެން ތިރި ބަލާށެވެ. ބިތްގަނޑުގައި އެއް އަތް ވިއްދާލައިގެން މޮޑެލް ގޮތަކަށް ހުއްޓިލައިގެން އެހުރީ ރީމްގެ ހިތަށް ތަދު ކުރަން ނޫން ކަމެއްވެސް ނޭނގެއެވެ. ރީމް ފޮށިގަނޑާއެކު ކުރިއަށް ޖެހިލާފައި ދެތިން ފަހަރަށް ނަންބަރު ތަކަށް ފިއްތައިލި އިރު ކަރުނުން ދެލޯ ފުރިއްޖެއެވެ. ރުޅިވެސް އައެވެ. އެހިލަ ހިތުގެ ވެރިޔާ ހަމަ ފެނިލާއިރަށް ގަނޑުވާން ވެއްޖެ ހެއްޔެވެ؟ ހަމަސްވެގެން އެދިޔައީ އޭނާއަށް މެސެޖެއް ކީއްކުރަން މިސްކޯލެއް ނުދީއެވެ. މަޢާފަށް އެދެން ރީމް ފުރަތަމަ ގުޅިއެވެ. މެސެޖްވެސް ކުރިއެވެ. އެކަމަކު ޒަކްވާން ޖަވާބު ނުދޭނެކަން ޔަޤީންވެގެން ހުއްޓާލި ފަހުންވެސް އުންމީދު ކުރެވުނެވެ. ޒަކްވާން އަމިއްލައަށް އޭނާއަށް ގުޅާފާނެ ކަމަށް ކުރެވުނީ ކުށްހީ ތަކެކެވެ.
ރީމް ރުޅިގަވެފައި އިސްޖަހައިގެން ހުރުމުން ޒަކްވާންގެ ސިއްރު ނަޒަރު އެމޫނަށް އަމާޒުވިކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަތުގައި އޮތް ފޯންގެ ފިތްތަކާއި ކުޅެމުން އޭނާ ބަލަން ހުރީ ސީދާ ރީމްގެ މޫނަށެވެ. އެރޭގެ ހާދިސާއަށްފަހު ޒަކްވާން ހިތް ހަމަ ނުޖެހިފައި ދުވަސްތަކެއް ވާންދެން ހުއްޓެވެ. ރީމްގެ ކޯލް ތަކަށާއި މެސެޖްތަކަށް އޭނާ އެއްވެސް ހާއްސަ ކަމެއް ނުދީ ދޫކޮށްލީވެސް އަމިއްލަ ނަފްސް ދެކެ އައިސް ހުރި ރުޅީގައެވެ. އެކަމަކު އޭގެ ފަހުން ހަމްދަރްދީ ވެގެން ގުޅަން މަޢާފަށް އެދެން އުޅެފައިވެސް ހިތްވަރު ނުލިބިގެން ހުއްޓައިލީ އެވެ. ދެން މިއަދު ހަމަސް ފަހުން ރީމް ފެނިގެން ޒަކްވާންއަށް ތަންކޮޅެއް ގިނައިން އެމޫނަށް ބެލިއްޖެކަން އަމިއްލައަށްވެސް އިހްސާސް ކުރެވުނެވެ.
ލިފްޓްގެ ދޮރު ހުޅުވުމުން ޒަކްވާން ނިކުމެގެން ދިޔައެވެ. ފަހަތުން ރީމްވެސް ނިކުތެވެ. "ޓެރަސްއަށް ގެންދިޔަ އެއްޗެއް ތި ގެނައީއޯ؟" ތިއާއަށް ރީމް ފެނިގެން ސުވާލު ކޮށްލިއެވެ. ރީމް ޖަވާބެއް ނުދީ އައިސް ފޮށިގަނޑު ކުޑަ މޭޒުމަތީ ބަހައްޓާފައި ސޯފާއަށް ވެއްޓިގަތެވެ. ތިއާ ދެކޮނޑު އަރުވާލައިފައި ވަށައިގެން ހޯދައިލި ތަނާ މަސައްކަތުގެ ބައިވެރިއަކު ފެނިގެން އެކަން ހަވާލު ކޮށްފިއެވެ. ރީމް ނިއްކުރީގައި އަތް ހާކައިލައިފައި އިސް އުފުލައިލުމުން އަނެއްކާވެސް ޒަކްވާން ފެނުނެވެ. ހުޅުވާފައި ހުރި ކޮޓަރީގައި ޒަކްވާން ހުރީ ފޯން ކަންފަތުގައި ޖަހައިގެން ދެކޮޅަށް ހިނގައިލަ ހިނގައިލައެވެ.
"ޒެކްދެކެ ވަރަށް ލޯބިވޭތަ؟" ރީމް ބަލަން އިންދައި ކައިރިން އަންހެން ކުއްޖަކު ސުވާލު ކޮށްލުމުން ބަލައިލި އިރު ލުޖައިން އިނީ ބަލަހައްޓައި ގެންނެވެ. "ހެހެ.. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟' ރީމް ހީގެންފައި ހެދީ ނޭނގޭ ކަމަށެވެ. "އޮޅުވާލަން ނޫޅޭ ރީމް. ޔޫ ހޭވް ދިސް ލުކް." ލުޖައިން ގާތަށް ހިނި އަންނަން އުޅުނެވެ. "ވަޓް ލުކް؟" ރީމް ލުޖައިންއަށް ބަލައިލީ ލޯ ބޮޑު ކޮށްލައިފައެވެ. "އަހަންނަށް ޒަކްވާން ނުލިބުނިއްޔާ ދުވަހަކުވެސް މީހަކާއި ނީންނާނަމޭ، މި ލުކް." ލުޖައިންގެ ޖަވާބު އަހައިފައި ރީމްއަށް ބާރަށް ހެވުނެވެ. "ހީޒް އެން އޭސް." ރީމް ފާޑަކަށް އަނގަ ހަދައިލިއެވެ. "އައިލް ޓޯކް." ލުޖައިން ތެދުވެގެން ދާން ފެށުމުން ރީމް ބިރުން ލުޖައިން ހުއްޓުވިއެވެ. "ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ޓްރަސްޓް މީ." ލުޖައިން ރީމްގެ ހިތްހަމަޖައްސައި ދިނެވެ. ލުޖައިން ގޮސް އެތެރެއަށް ވަން ތަނުން ރީމް ބިރުން މޭގައި އަތް އަޅާފައި އެތަނުން ތެދުވެގެން ދުވެ ފިލައިފިއެވެ.
"އަހަރެން އެތެރެއަށް ވަންނަންތަ؟" ޒަކްވާން އެވަގުތު ފުރަގަސްދީގެން ހުރުމުން ލުޖައިން ދޮރު ފަތުގައި ޓަކި ޖަހައިލިއެވެ. "ފިރިކަލުން ރުޅިދުރު ވެދާނެ." ޒަކްވާން ފޯން ތިރިކޮށްލައިފައި އެވަގުތުވެސް ބަލައިލީ ލުޖައިންގެ ބޮޑުވަމުން އަންނަ ބަނޑަށެވެ. ލުޖައިން ލުއި ހިނިތުންވުމަކާއެކު ދެފަރާތަށް ބޯ ހޫރުވައިލާފައި އައިސް އެނދުގައި އިށީނުމުން ޒަކްވާން އަދިވެސް ހުރީ ކޮޅަށެވެ. "ޒެކް އަހަރެން އަހައިލަން ބޭނުންވަނީ އަދިވެސް މޫވްއޮން ކުރާކަށް ނުވޭހޭ؟ ތިގޮތަށް މީހަކާއި ނީނދެ އުމުރު ދުވަހު ހުންނަންތަ ގަސްތު ކުރަނީ؟" ލުޖައިން ހަމަ ސީދާ ޕޮއިންޓުން ފެށިއެވެ. "ލޫލޫ ވަރިވެގެން އަންނަ ދުވަހަކުން ހަމަ އިންނަން ތައްޔާރަށް މިހުރީ." ޒަކްވާން ލުޖައިން ރުޅި އަރުވައިލަން ވެގެން ޖަވާބު ދިނެވެ. "އާ އެހެންވިއްޔާ ހަމަ އުމުރު ދުވަހު ހުސްކޮށް ހުންނަން ޖެހޭނީ." ލުޖައިން ހިތްހަމަ ނުޖެހިގެން ދާން ތެދުވިއެވެ.
"ލޫލޫ!" ލުޖައިންއަށް ދޮރާއި ހަމައަށް ދެވުނުތަނާ ޒަކްވާން އަތުގައި ހިފައި ހުއްޓުވިއެވެ. "ވަޓް؟" ލުޖައިން އެނބުރި ބަލައިލީ މޫނު ހަދައިގެން ހުރެއެވެ. "އަސްލު ކީކޭ ބުނަން ތިއުޅެނީ؟ އައެމް ލިސަނިން." ޒަކްވާން އެއަތުން ދޫކޮށްލައިފައި ގޮސް އެނދުގައި އިށީންދެލައިގެން ބަލަން ފެށިއެވެ. "އަހަރެން ނުބުނާނަން އަހަރެންދެކެ ލޯބިވަންޏާ އެކަން ސާބިތު ކުރަން ރީމް އާއި އިންނާށެކޭ... އަހަރެން ބުނެލަން އައި ވާހަކައަކީ ޒެކް މިއޮތްހާ ދުވަހު ތި ހޯދާ ލޯބި މިހާރު ޒެކްގެ ކުރިމަތީން ފެންނަން އެހުރީ. ޝީޒް މޭޑް ފޯ ޔޫ ޒެކް... އަހަންނަށް ޔަޤީން ރީމް ޒެކްގެ ހިތް ފުރޭވަރަށް ލޯބި ދޭނެކަން. ކިހިނެއް އެނގެނީ ޒެކްއަށްވެސް ރީމްދެކެ ލޯބިނުވެވޭނެ ކަމެއް. ފަހަރެއްގައި އަހަރެންދެކެ ވެވުނު ވަރަށްވުރެވެސް މާބޮޑަށް ރީމްދެކެ ލޯބިވެވިދާނެ. ޓްރައި ކުރުމުގައި ގޯހެއް ނެތް ޒެކް. ޖަސްޓް ޓްރައި!" ލުޖައިން ވާހަކަ ދައްކައި ނިމުމުން ޒަކްވާން ހުރީ ހިމޭނުން ދުރު ބަލަހައްޓައި ގެންނެވެ. ހީވަނީ އެވާހަކަ އާއި ހިތްހަމަ ނުޖެހިފައި ހުރި ހެންނެވެ. ލުޖައިން އެމޫނަށް ބަލައިލާފައި އަނެއްކާވެސް ދާންވެގެން ތެދުވިއެވެ.
"ޓެލްމީ ސަމްތިން!" ލުޖައިން ހިނގައިގެންފައި މިފަހަރުވެސް ހުއްޓުނެވެ. "ޖަސްޓް އިމޭޖިން އަސް!... ބެކް އެޓް ބީއިން ފްރެންޑްސް.. އެޓް ފަސްޓް އަހަރެމެން އެކްޗުއަލް ފްރެންޑްސްގެ ގޮތުގައި ހުރި އިރު.. އެއިރު އަހަރެން ލުލޫއަށް ކިސްއެއް ދިންނަމަ ވުޑް އިޓް މީން އެނީތިން؟ އައި މީން އިޓް ވޯޒް ޖަސްޓް އަ ކިސް... ހަމަ އެއްވެސް އެއްޗެއް ހިތަށް އަރައިގެން ނޫނީ ކުރިން ޕްލޭން ކޮށްގެން ވީ ކަމެއް ނޫން..." ޒަކްވާން ނުހަނު އުދަނގުލުން ބަސްތަކެއް އެއްކޮށްލައިގެން ބުނަން ބޭނުންވި ވާހަކަ ދުލާއި ހަމައަށް ގެނައެވެ. ޒަކްވާން ކިތަންމެ ވަރަށް ސިއްރު ކުރަން އުޅުނަސް ލުޖައިންއަށް ވިސްނުނެވެ. އެހެންވެ ހިނި އަންނަން އުޅެފައިވެސް ލުޖައިން ސީރިއަސް ވައްތަރު ދައްކައިލި އެވެ. "ޒެކް! އަ ކިސް އޯލްވޭސް މީން ސަމްތިން." ލުޖައިން ހިނިތުންވެލައިފައި ނިކުމެގެން ދިޔައީ އިތުރަށް މަޑު ކުރުމެއް ނެތިއެވެ.
ލުޖައިން ގޮސް ތިއާގެ ކޮޓަރިއަށް ވަދެވުނު ފަހުން ހިތާއި ދިމާއިން މޭގައި އަތް އަޅައިލާފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ. މަތަކޮށްލައި ގެން ހުރި ހިނިގަނޑުވެސް އެހިސާބުން ބޭރުކޮށްލައިފިއެވެ. "ވަޓް ހެޕެން؟" ޒަކްވާންއަށް ފިލަން އައިސް ހުރި ރީމްއަށް ލުޖައިން ފެނިގެން އަވަހަށް އައިސް އަހައިލައިފިއެވެ. "ކިހިނެއްހޭ ވީ؟ އަދި އަހަރެން ކައިރީ އެބަ އަހައެއްނު." ލުޖައިން ފާޑަކަށް ލޯ ބޮޑުކޮށްލުމުން ރީމް ހައްތަހާ ކަންބޮޑުވިއެވެ. "ކިހިނެއްތަ ވީ؟" ތިއާވެސް ފާޚާނާއިން ނިކުމެފައި ލުޖައިންގެ ޖުމްލަ އިވިގެން އައެވެ. ތިއާ ފެނިގެން ރީމް އިތުރަށް ހާސްވިއެވެ. "ހީ ކިސްޑް ޔޫ ރީމް... ބަލާ ނުވެސް ބުނޭ..." ލުޖައިން ދިމާކޮށްލުމުން ރީމް ރަކިވެއްޖެއެވެ. ތިއާ އެވަގުތުވެސް ކާކުހޭ ކިޔައިގެން އޮޅުން ފިލުވަން ވަރެއް ދައްކައިލިއެވެ. "ޒަކްވާން." ލުޖައިން ޖަވާބު ދިނުމުން ތިއާވެސް ލޯ ބޮޑުކޮށްލައިފައި ރީމްއަށް ބަލައިލިއެވެ. ރީމް ކަންބޮޑުވެފައި ހުއްޓާ ތިއާ ތުއި އަޑުން ހަޅޭއްލަވައި ގެންފައި ރީމް ގައިގައި ބައްދައިފިއެވެ. ލުޖައިން ހެމުން ހެމުން ގޮސް އިށީންދެލީ އެނދުގައެވެ. "އަޅައިވެސް ނުލައި މަޑުން ހުރޭ ރީމް. ވަގުތު ޖެހުނީމަ ޒެކް އަމިއްލައަށް އަންނާނެ." ލުޖައިން އެކޮޓަރީގައި ދެކެވުނު ވާހަކަ އެމީހުންނަށް ކިޔައިދީފައި ރީމްއަށް ބުނެލިއެވެ.
އިޝާ ނަމާދަށް ފަހު ބިއުޓީޝަނުން އައިސް ތިއާ ތައްޔާރު ކުރަން ފެށުމުން ދެންތިބި އެންމެންވެސް ކޮޓަރި ތަކަށް ގޮސް ތައްޔާރު ވާން ފަށައިފިއެވެ.
ރަފާލް ފެންވަރާލައިގެން ނިކުތް އިރު ޒޯއީ އިނީ ޑްރެސިންޓޭބަލް ކުރިމަތީގައި ޝޯލް އަޅާށެވެ. ރަފާލް ޒޯއީގެ ފުރަގަހަށް ހުއްޓިފައި ވެސް އެމޫނަށް ބަލައެއް ނުލައެވެ. ތައްޔާރު ވެލައިގެން ލައިގެން ހުރި ހުދު ގަމީހުގެ އަތުކުރި އޮޅަން ތައްޔާރުވި ތަނާ ޒޯއީ ތެދުވެފައި އަތުގައި ހިފާލައިގެން ކުރިމައްޗަށް ހުއްޓުނެވެ. އެމޫނަށް ބަލައިލެވުމުން ރަފާލް ހުއްޓުން އަރާ ގޮތްވިއެވެ. ޒޯއީ ކަޅު ހެދުމަކާއި އެކު ހުދާއި ކަޅު ޝޯލް އަޅައިލާފައި ހުރި އިރު ރީތިކަމުން ބުނާނެ އެއްޗެއްވެސް ރަފާލްގެ ދުލަކަށް ނައެވެ. "ބޭބީ...ޔޫ ލުކް..." ރަފާލް އެހިސާބަށް ބުނެލާފައިވެސް ޒޯއީ ހަތަރު ކަޅި ހަމަކޮށްލުމުން ބަސް ހުސްވިއެވެ. ޒޯއީ ދެފަހަރަށް އެސްފިޔަ ޖަހައިލައިފައި ލުއިކޮށް ހިނިތުންވެލުމުން ރަފާލްއަށް ކެތްނުވެގެން އެމޫނުގައި ބޮސްދީފައި ބައްދައިވެސް ލިއެވެ. ދެމީހުން އެއްކޮށް ނިކުންނަން އުޅެނިކޮށް ރަފާލްއަށް ފޯނެއް އައިސްގެން ވާހަކަ ދައްކަން ފެށިއެވެ. ޒޯއީ އަރައިގެން ހުރި ފައިވާން އުސްވެ ކަންބޮޑުވެގެން ބަލައިލެވުނެވެ. ޒޯއީއަށް އެފައިވާން ރީތިވެފައި ހެދުމާއިވެސް ގުޅޭތީ އެހެން ފައިވާނަކަށް އަރާހިތެއް ނުވިއެވެ. ރަފާލް ފޯނުގައި ހުއްޓައި ކުޑަކޮށް ޕްރެކްޓިސް ކޮށްލާނަމޭ ހިތާ ޒޯއީ މަޑު މަޑުން ހިނގަމުން ދޮރު ހުޅުވާލައިފައި ނިކުތެވެ.
ދެފަރާތަށް ލޯ ހިންގައިލައިފައި ކުރިއަށް ހިނގަމުން ދަނިކޮށް ޓައިލްސްމަތީ އޮތް އޮފް ކަރުދާސް ކޮޅަކުން ލޯ ކައްސައިލީ ކިހިނެއް ކަމެއް ނޭނގުނެވެ. އަރި އަޅައިލުމުން ޒޯއީއަށް އެހަށިގަނޑު ބުރަހެލިކަމުން ބެލެންސްކޮށްލެވޭ ގޮތެއް ނުވިއެވެ. ނަސީބުދެރަ ކަމުން އަނގައިން އަޑެއްވެސް ނުނިކުތެވެ. ގަނޑު ފެން އެއްޗަކަށް ގަބަނއިގަތުމުން އެވާ ގޮތަށް ޒޯއީގެ މުޅިހަށިގަނޑު ފިނިވެގެން ދިޔަކަން އިހްސާސް ވިއެވެ. ދެލޯ މަރައި ބާރު ކޮށްލިތަނާ ކޮންމެވެސް މީހަކު އެހަށިގަނޑުގައި ދެއަތުން ހިފައި ތެދުކޮށްލަ ދީފިއެވެ. "ކެއަރފުލް!" އެއީ އާރިންގެ އަޑެވެ. ޒޯއީއަށް ލޯ ހުޅުވައިލެވުނީ ވެސް ކުށްލި އަކަށެވެ. ޒޯއީ ބަލައިލުމުން އާރިން އަވަހަށް އެދެކޮނޑުން ދޫކޮށްލިއެވެ. "ތޭންކްސް!" ޒޯއީ އެއްޗެއް ނުބުނެ ބަލަން ހުއްޓާ އާރިން ލުއި ހިނިތުން ވުމަކާއެކު ހިނގައިގެންފައި ވަކި ހިސާބަކަށް ދިޔަ ފަހުން އަނގައިން އަޑު ނިކުތެވެ. އާރިން އެނބުރި ބަލައިލީ ހައިރާންކަމުގެ ލޮލަކުންނެވެ.
"ތޭންކްސް ނުބުނޭ. އެއީ އަހަރެންގެ ވާޖިބެއް. ތީ އަހަރެންގެ ފަހަރި." އާރިން ބަލަން ހުރެލާފައި ބުނެލިއެވެ. އެޖުމްލަ އިން ޒޯއީ ހިތަށްވެސް އަސަރު ކޮށްލިއެވެ. އޭނާ ރަފާލް ދެކެ ލޯބިވާ ކަމަށް ދަޢުވާ ކުރާއިރު ރަފާލް އެންމެ ލޯބިވާ ކޮއްކޮ އާއި ގުޅުމެއް ނުބާއްވައެވެ. ކިހާ ބޭއިންސާފު ވެރި ގޮތެއް ހެއްޔެވެ؟ "އެން ޔޫ އާ މައި ބްރަދަރ." ޒޯއީ ބުނެލައިފިއެވެ. އާރިންއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ހިތަށް ވީ ބަޔާން ކުރަން ދަތި ގޮތެކެވެ. "އާރީ އިޓްސް ޕަރފެކްޓް ޓައިމް ޓު ސޭ.... އަހަރެން ތީ ކޮއްކޮ އެއްގެ ހައިސިއްޔަތުން ބަލައިގަންނަން. އަދި ލުޖައިން ވެސް." ޒޯއީ ކުރިއަށް ފިޔަވަޅެއް އަޅައިލާފައި ހިނިތުންވެލީ ތަންމިނަށެވެ. "ކަމް ހިއަރ!" ޒޯއީ ދެއަތް ހުޅުވައިލުމުން އާރިން ޖެހިލުންވެ ހުރެފައި އައިސް ކައިރިއަށް ހުއްޓުނެވެ. ޖެހިގެން ހުރި ކޮޓަރިން ނިކުމެ ހުރި ލުޖައިންއަށް ވެސް ޒޯއީގެ ފަހު ޖުމްލަ އިވިގެން އަޖައިބުވެފައި ބަލަން ހުއްޓެވެ.
"ލުޖައިން!" އާރިންއަށް ލުޖައިން ފެނިގެން ގޮވައިލި އަޑަށް ޒޯއީވެސް ފަސް އެނބުރިފައި ބަލައިލިއެވެ. "ލުޖައިން. އަވަހަށް އާދޭ!" ޒޯއީ ގޮވައިލުމުން ލުޖައިން އައިސް ހުއްޓުނު އިރު ދެލޮލަށް ކަރުނަތައް ޖަމާވަމުން އައެވެ. ޒޯއީ އެދެމީހުންގެ އަތުގައި ހިފައިލުމުން އެކަކު އަނެކަކަށް ބަލައިލެވުނެވެ. "އަހަރެން ކުޑަކޮށްވެސް ޕްރައުޑްއެއް ނުވަން ޕާސްޓް އާއިމެދަކު. އެކަމަކު މިހާރު އެ ޕާސްޓް ޗޭންޖް ކުރަން ލިބުނީތީ ﷲއަށް ހަމްދު ކުރަން. އެން ގައިޒް. އަހަންނަށް މާފުކުރޭ!" ޒޯއީގެ ޖުމްލަ ނިމުނުތަނުން ލުޖައިން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. ލުޖައިން ހިތަށް އަސަރު ކޮށްގެން އަޑު ބޭރުނުވީއެވެ. "ޒޯގެ ސަބަބުން އަހަރެންނަށް ވެފަ އޮތީ ފައިދާ. އެހެންވީމަ މަޢާފަށް އެދޭނެ ކަމެއް ނެތް. އަހަންނަށް ލޫލޫ ލިބުނީ ވެސް ހަމަ ޒޯގެ ސަބަބުން." އާރިން ދެއަންހެން ކުދިން ހެއްވާލަން ވެގެން ބުނެލިއެވެ. ލުޖައިން ކައިރީ ވެސް އާރިން އެވާހަކަ ބުނެފަ އޮތުމުން މަޖާވެގެން ދެކުދިން ހީގަތެވެ. އޭރު ރަފާލް ދޮރު ކައިރީ އެމަންޒަރު ބަލަން ހުރީ ހިނިތުންވެފައެވެ.
ކައިވެނި ކޮށް ނިމިގެން ހުރިހާ މެމްބަރުން ޓެރަސްއަށް އަރަން ދިޔައެވެ. ފުރަތަމަ އެރި މީހުންގެ ތެރޭގައި ތިއާ، އީތަން، ރަފާލްމެން ދެމަފިރިންނާއި އާރިންމެން ހިމެނެއެވެ. ނާހިދާ އާއި ޒާހިދު އެކަނި ލިފްޓްގައި ހުރުމުން ޒަކްވާން އަރަން އުޅެފައި ފޯނެއް އައިސްގެން ކަމަށް ހެދިފައި މަޑުކޮށްލުމުން ދެން ވީ މާ ރަނގަޅަށެވެ. ރީމް އައިސް ހުއްޓުނު ފަހުން ނަސީބަކުން އިތުރު މީހަކު ނާދެއެވެ. ޒަކްވާން ހުދު އަތްދިގު ގަމީހާއި ކަޅު ޖިންސްގައި ރީތިކަމުން ބަލައިލަން ބޭނުންވެފައި ވެސް ރީމްއަށް ހުންނަން ޖެހުނީ އިސްޖެހިފައެވެ. ރީމް ކަޅު މެކްސީގައި ލޫޅާފަތި ހަށިގަނޑު އިތުރަށް ރީތިކަން ހާމަކޮށްދެއެވެ. ކަނާތު ފައިގެ ކަކުލަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށް ފަޅާލައިފައި ހުރުމުން ރުއްކުރި ކޮޅެއްފަދަ ދޮން ދޮން ފައި އެކަނި ވެސް އެތައް ހިތެއްގައި ކޫރުން އަޅުވައިލާނެކަން ކަށަވަރެވެ. ޚުދު ޒަކްވާންގެ ނަޒަރުވެސް އެފަޔަށް ހުއްޓުނީ އިޚުތިޔާރަކާއި ނުލައެވެ. ރީމްގެ އިސްތަށިގަނޑު މައްޗަށް ގެންގޮސް ޓައީއަކުން އައްސާލައިފައި އަދި ނިއްކުރި މައްޗަށް ވައްޓާލައިފައި އޮތް ކަޅު ދާކޮޅެއް ދެލޮލާއި ހަމައަށް އޮތުމުން އެދެލޯވެސް ފެންނަނީ ނިކަން ސިހުރުވެރި ގޮތަކަށެވެ. ރަތް ލިޕްސްޓިކް އެތުންފަތާއި މިރޭ މާބޮޑަށްވެސް ގުޅެއެވެ. އެމޫނަށް ބަލަން ހުރެގެން ޒަކްވާންއަށް ލިފްޓްގެ ދޮރު ހުޅުވުނު އިރުވެސް ރޭކައެއް ނުލިއެވެ.
ރީމް ހިނގައިގަތުމުން ސިހޭގޮތްވެފައި ފަހަތުން ގޮސް ވާހަކަދައްކަން ވެގެން ހުއްޓުވަން އުޅެނިކޮށް މޯބައިލް ރިންގްވީ ކުއްލި އަކަށެވެ. ޒަކްވާން މޯބައިލް ކަންފަތުގައި ޖައްސައިލުމާއެކު އެކޮޅުން ދިން ޚަބަރަކުން ސިހިއްޖެއެވެ.