ދެވަނަ ސިކުންތުގައި ތިއާ އަލިފާންގަނޑެއްހެން އަނދައި ގަތެވެ. ރުޅި ގަދަވިވަރުން އިސާހިތަކު ލޮލަށް ކަރުނަތައް ޖަމާވެގަތެވެ. ތިއާ ރުޅިގަދަވެއްޖެ ނަމަ އަބަދުވެސް އެންމެ ކައިރީގައި ވާ އެއްޗަކީ ކަރުނައެވެ. އާދައިގެ އެހެން މީހުން ހިތާމައިން އޮހޮރުވާ ކަރުނައަށް ވުރެ ގިނައިން ތިއާގެ ލޮލުން ކަރުނަ އަންނަނީ ރުޅިގަދަވެގެން ނެވެ. "ވަޓް ދަ ހެލް އީތަން. ލަދެއް ނުގަނޭތަ ތިގޮތަށް އަހަރެން ގައިގަ އަތްލާކަށް. ހަމަ މިހާރު ދޫކޮށްލާ!" ތިއާ ދެބުމަ ގޮށްޖަހައިލައިގެން ހުރެ އަނެއްފަރާތަށް މޫނު އަނބުރައިލުމުން އީތަން ކުރިއަށް ވުރެވެސް ބާރަށް އުނަގަނޑުގައި ހިފާލައިފައި ކައިރި ކޮށްލިއެވެ. "ހަމަ އެންމެ ފަސް މިނިޓް. ޔޫ އޯ މީ ދެޓް މަޗް." އީތަން ތިއާގެ މޫނަށް ބަލަމުން އެހެން ބުނެލި އިރު އެހެން އެއްވެސް ކަމެއްގެ ފިކުރެއް ނެތް ފަދައެވެ.
"ކިހާ ދެރަކަމެއް އީތަން. އީތަން އަމިއްލަ ރެޕިއުޓޭޝަންގެ ފަރުވާލެއް ނެތަސް އަހަރެން މީ އަންހެންކުއްޖެއް. ސީންއެއް ކްރިއޭޓް ނުކޮށް ޖަސްޓް ލެޓް މީ ގޯ!" ތިއާ ވަށައިގެން ހޯދައިލައިފައި މީހުން ބަލަން ތިބިތަން ފެނިގެން އީތަންގެ މޭގައި ދެއަތުން ތަޅައިގަތެވެ. އެވަރުންވެސް އީތަންގެ އަޒުމަށް ގުޑުމެއް އަރުވައެއް ނުލެވުނެވެ. "އޯލްރައިޓް. ފައިވް މިނިޓްސް." ތިއާ ގޮތް ހުސްވެގެން އެހެން ބުނެލި އިރު ކަރުނަ ހިލިއްޖެއެވެ. ހުރިހާ ފަހަރަކު އޭނާ ހިތާ ދެކޮޅަށް ކަންކަން ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ޒޯއީ އާއި ދެމެދު އުފެދޭ ދެބަސްވުން ތަކުގައި ވެސް އަބަދު އޭނާގެ ކޮޅު ބަލިވެގެން ހިތާއި ދެކޮޅަށް ކަންކުރަން މަޖުބޫރުވެއެވެ. މިފަހަރުވެސް ބާޒީ އަތުލާނީ ޒޯއީ ހެއްޔެވެ؟ އީތަންވެސް އޭނާގެ އަތްދަށުން ޖަހައި ގަންނާނީ ބާވައެވެ؟ ތިއާ ހިތަށް އެރި ހިޔާލުތަކުން ރަނގަޅަށްވެސް ރޮވޭގޮތްވިއެވެ.
"އީތަން ޝީޒް ގޮނަ ގެޓް ޔޫ. ޝީ އޯލްވޭސް ޑޫ. އަހަންނަކަށް ނޭނގެ ކިހިނެއް ކަމެއް އެކަމަކު ޒޯއީއަށް އަބަދުވެސް ކޮންމެވެސް ގޮތެއް އޮންނާނެ. އިޓް ސީމްސް ލައިކް ތަޤްދީރުވެސް ޒޯއީގެ ކޮޅަށް ޖެހިފައި ހުންނަހެން." ތިއާ އީތަންގެ ދެއަތުގައި ހިފާލައިފައި ހަތަރުކަޅި ހަމަކޮށްލީ ހިތްހަލާކުވާފަދަ ގޮތަކަށެވެ. "ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟" އީތަންއަށް އެކައްޗެއްވެސް ނޭނގެއެވެ. "އީތަން ތީ ޒޯއީގެ އެކުވެރިއެއް ނޫން. ޝީޒް އިން ލަވް ވިތް ޔޫ އީތަން. އަދި އަހަންނަށް ޔަޤީން ޒޯއީ އީތަން އަހަރެންގެ އަތުން ޖަހައިގަންނާނެކަން... އީތަން އަހަރެން އެދުވަސް ދެކޭކަށް ބޭނުމެއް ނޫން. އައި ލަވް ޔޫ...." ތިއާ ކުޑަކުއްޖެއްހެން ރޮމުން އެހުރިހާ ވާހަކައެއް ގޮވައިލައިފައި އިރުކޮޅަކުން ފާޑަކަށް ގަބުވިއެވެ. ނުވެސް އެނގިހުއްޓާ އޭނާއަށް އެބުނެވުނީ ކިހާވަރެއްގެ ވާހަކައެއް ހެއްޔެވެ؟ އެކަން އިހްސާސްވީ އީތަން އަނެއްކާ ވެސް އޭނާގެ އުނަގަނޑަށް ފިތާލައިފައި ގަޔާއި ކައިރި ކޮށްލުމުންނެވެ.
"އީތަން..." ތިއާ ހާސްވެގެން ވާހަކަދައްކަން އުޅެނިކޮށް އީތަން އެފިޔާތޮށި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައި ހުއްޓުވިއެވެ. "ސޯ ޑޫ އައި." އީތަން ހަތަރު ކަޅި ހަމަކޮށްގެން ހުރެފައި ތަންމިނަށް ހިނިތުންވެލި އިރު ލޮލުގައިވީ އުފާވެރި ކަމުގެ ކަރުނައެވެ. "ވަޓް؟" ތިއާއަށް ޤަބޫލު ނުކުރެވުނީ އެއް ނޫނެވެ. އަދިވެސް އެއްފަހަރު އެއަޑު އަހައިލަން ބޭނުންވީއެވެ. "އައި ލަވް ޔޫ ތިއާ. އައި ލަވް ޔޫ..." އީތަން ތިއާ ބިމުން ހިއްލައިލައިފައި ދެއަތުގެ ތެރޭގައި ބާރަށް ފިއްތައިލިއެވެ. އިރުކޮޅަކުން ތިއާ ބިންމަތީގައި ބަހައްޓާލައިފައި އެދެމެދަށް ކުޑަ ދުރުކަމެއް ގެނަޔަސް ދޫކޮށްލާ ހިތެއްނުވިއެވެ. ލޮނުގަނޑުގެ ތެރޭގައި ފޮރުވިގެންދިޔަ އިރުގެ އައްޔާއި ނުލައިވެސް ތިއާގެ މޫނުގައިވާ އުޖާލާ ކަމަކަށް ބަދަލެއް ނައެވެ. އޮއްސުނު އިރާއެކު އެކި ހިސާބުގައި ދިއްލުނު ރަތް ލައިޓްތަކުގެ އަލީގައި އެމޫނު އަދި އިހުނަށްވުރެވެސް ރީތިވެފައި އިސްތަށިގަނޑު ވެސް ފެންނަނީ ރަތްކުލައިގައެވެ. އީތަން ހުރެވުނު ތަނާއި މެދު ފަރުވާ ނުބަހައްޓާނަމަ މިނިޓަކަށްވެސް ތިއާ ދުރުކޮށްނުލީހެވެ.
"ޑެވިލްގެ ނަންގަންއިރަށް މިހިރަ ހާޟިރު ވީ." ޒޯއީ އެދިމާއަށް އަންނަތަން ފެނިގެން ތިއާ ތެޅިގެންފައި އަވަހަށް އީތަން އަތްދަށުން ސަލާމަތް ވެގެން ދުރަށް ޖެހިލައިފިއެވެ. "އަހަރެން ވަރަށް ވޭ ތިދެކުދިން އެއްގަލަށް އަރުވާ ހިތް." އީތަން ލުއި ހިނިތުންވުމަކާއި އެކު ޖީބަށް އަތް ޖަހައިލައިގެން ޒޯއީ ހިނގާފައި އަންނަތަން ބަލަން ފެށިއެވެ. "ނުވާނެ ތިކަމެއް. އީތަން އަކަށް ކުޑަކޮށްވެސް ނޭނގެ ޒޯއީގެ ހަޤީޤަތެއް. ޝީޒް އަ ބިޗް." ޒޯއީ އަޑު އިވޭ ހިސާބަށް އައުމުން ތިއާ "ބިޗް" އޭ ބުނެލީ އީތަންއަށް ކިރިޔާ އިވޭވަރަށެވެ. އީތަންއަށް ހެވިގެން އަވަހަށް މުށްކަވައިލި އަތުން ތުންފަތުގައި ޖައްސާލައިފައި ކޮންޓްރޯލް ކުރިއެވެ. "ގެސް ވަޓް އީތަން؟ ސްކިއުބާ ޑައިވިން އަކަށް ދާން ހުރިހާ ކަމެއް ރާވާފަ މިއައީ. ވޯނަ ޖޯއިން.؟" ޒޯއީ ފޮނިވެލައިފައި އީތަންގެ ކޮނޑަށް އަތް ވައްޓައިލުމުން ތިއާ ވީ ފޫހިން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. "ޔަޤީނެއްނު. ތިއާ ނުދާނަންތަ؟" އީތަން އެނބުރިފައި ތިއާގެ މޫނަށް ބަލައިލުމުން ޒޯއީ ބާރަށް ހީގަތެވެ. "ތިއާ ޑައިވްކުރަން ދިޔައިއްޔާ މާދަމާ އިރުއަރާނީ ހުޅަނގު ފަރާތުން." ޒޯއީ މަލާމާތްކޮށްފައި މިފަހަރުވެސް ތިއާ ރުޅިއަރުވާ ލައިފިއެވެ. "އެއީ ކީއްވެ؟" އީތަން އޮޅުންފިލުވަން ބޭނުންވިއެވެ. ތިއާ ރުޅި މޫނު ހަދާފައި ޖަވާބުވެސް ނުދީ ބާރުބާރަށް ދުވެލައިފައި ގޮސް ލޯމަތިން ގެއްލުނު ފަހުން އީތަން އަނެއްކާ ސުވާލު ތަކުރާރު ކުރިއެވެ. "ތިއާ ހަމަ ބިރުގަންނަނީ." ޒޯއީ ޖަވާބު ދިނެވެ.
ފަހަކަށް އައިސް ޝާމިސް މާގިނައިން ބޭރުގައި އުޅޭކަން ލުޖައިންއަށް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޑިއުޓީ ނޯންނަ ރޭތަކުގައިވެސް އަބަދުހެން ބޭރުގައި އުޅުމަކީ ޝާމިސްގެ އާދައަކަށް ވެފައިވެއެވެ. ލުޖައިން އެއީ ކޮއްކޮގެ މަޤާމުގައި ހުރެވެސް އެމައުޟޫއަށް ވާހަކަދައްކަން ބޭނުންވީ ސަބަބެއް ނެތިއެއް ނޫނެވެ. ޝާމިސް އެގޮތަށް ގިނަ ގިނައިން ބޭރުގައި އުޅުމަކީ އާރިންއަށް ލިބޭ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެއެވެ. މިރޭވެސް އެދިޔައީ ރައްޓެހި ކުދިންތަކަކާއި އެކު ފަޅު ރަށަކަށް ޕިކްނިކެއް ހަދާލަން ކަމުގައި ބުނެފައެވެ. ޝާމިސް އެހާ ބޮޑަށް އާރިންއަށް އިތުބާރު ކުރާތީ ލުޖައިން ކުޑަކޮށް ހިތްހަމަ ނުޖެހުނަސް އެވާހަކަ ދައްކަން ފަސް ޖެހެވެނީއެވެ. ލުޖައިންއަށް އިނގެއެވެ. އެގޮތަށް ވާހަކަ ދައްކައިގެން ޝާމިސްގެ ކުރިމަތީގައި ކުށްވެރި ވާނީ ހަމަ އޭނާއެވެ. ޝާމިސްއަށް އާރިން ގޯސްވާނެ ގޮތަކީ އެއީ ނެތް ގޮތެކެވެ.
ހޯމްވޯކް ނިންމާފައި ލުޖައިން ނިދަން ވެގެން ކޮޓަރިއަށް ވަންއިރު އާރިން ލިވިންރޫމް ސޯފާގައި ފޯނެއްގައި އޮތެވެ. ލުޖައިން ފެން ޖަގެއްބަލައި އާރިން ކުރި ކަނޑާފައި ދިޔަ ދިއުމުގައި އާރިން އެހާ ލޯބިން "ބޭބީ" އޭ ކިޔާފައި ވާހަކަ ދައްކަމުން ދިޔައީ ސުހާ އާއި ކަން އެނގިގެން ހިތަށް ވަރަށް އަސަރު ކުރިއެވެ. ލުޖައިން އަޑު އިވޭ ހިސާބުގައި ހުރެއްޖެނަމަ އާރިން ސުހާ ދެކެ ވާ ލޯބި އެތައް ގުނައެއް އިތުރުވާހެން ހީވެއެވެ. އާރިންގެ ހަޔާތުގެ ސިއްރު ކިޔައި ދިން ފަހުން އަދި ވަކިން ސުހާއަށް ގުޅާލެއް ގިނައެވެ. "ދިމާ ކުރިމަތީގައި ގަ ހުންނަ އިރު އަދި އެވަރަށް ގުޅަންވެސް ޖެހޭތަ؟ ނުވިތާކަށް އެވަރަށް އެބަ މީޓް ކުރޭ. މަ ހިތަށް އަރާ މީޓްކޮށްފަ އައިސް ދެން ދައްކާނެ ވާހަކަ ހުންނަކަމޭ... ފޯނަށްވެސް ކިހާ ޚަރަދެއް ހިނގާނެ." ލުޖައިން ހިތާއި ހިތުން އެތިވަރު ގޮވަމުން ފެންޖަގު ބަހައްޓާފައި ދޮރު ތަޅުލައިގެން ނިދަން އޮށޯވެއްޖެއެވެ. މާބޮޑަށް ނިދީގެ އަސަރު ނެތަސް އިރުކޮޅަކު ރަޖާ ދަށުގައި އޮވެލުމުން ނިދި އަންނަ ގޮތްވެގެން އިސާހިތަކު ލޯ މެރިއްޖެއެވެ.
ލުޖައިންގެ ނިދި އެންމެ ފުންވެ ހުވަފެނެއްގެ ތެރޭގައި އޮތްވައި ކޮޓަރީގެ ދޮރު ހުޅުވުނެވެ. އާރިން ޑަބަލް ތަޅުދަނޑި ދަމައިގެންފައި ޖީބަށް ވައްޓައިލިއެވެ. ޝާމިސް ގުޅާފައި އޯވަރނައިޓެއް ހަދައިލަން އެރަށުގައި މަޑު ކުރާ ވާހަކަ ބުނީ ދާދި ދެންމެއަކު ފޯންކޮށްލައިފައެވެ. އާރިން ދިގު ފިޔަވަޅު ތަކެއްގައި އައިސް ކައިރިވެފައި މަގަތުގައި ހުއްޓިލައިފިއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު ފެހި އަލީގައި ލުޖައިންގެ ރީތި މޫނު މައުސޫމު ކަމުން ބަލާ ފޫހިނުވެއެވެ. ލައިގެން އޮތް ޓީޝާޓް ބަނޑާއި ދިމާލުން ކުޑަކޮށް އުފުލިފައި އޮތުމުން ލުޖައިންގެ ހިނދި ބަނޑު ފޫޅާއި ދިމާލުން ހާމަވެފައި އޮތެވެ. ކުރު ސޯޓުކޮޅުގައި ދޮންދޮން ދެފަޔާއި އަތްވެސް ފެންނަން އޮތުމުން އާރިންއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އުދަނގޫވެގެން ދިޔައެވެ. އާރިން އެނދުގެ އަނެއްފަރާތަށް ގޮއްސައި ލުޖައިންގެ ކައިރީގައި މަޑުމަޑުން އޮށޯވެލައިފިއެވެ. ދާދި ކައިރިން އެރީތި މޫނަށް ބަލަން ފެށުމުން ބީހިލަން ބޭނުންވިއެވެ. ރަތް ތުންފަތުގައި ހިތް ފުރޭންދެން ބޮސްދީފައި ގެނެސް އޭނާގެ އަތުތެރޭގައި މުޅިރޭ ގެންގުޅެލަން ކެތްމަދުވިއެވެ.
އިރުކޮޅަކުން ލުޖައިން ނިދީގައި މަގަތަށް އެނބުރިލި ތަނުން އައިސް ވަދެވުނީ އާރިންގެ އަތުތެރެއަށެވެ. ނިދިމަޑު ކުއްޖަކަށް ވުމުން އިސާހިތަކު ހޭލެވިއްޖެއެވެ. ލޯ ހުޅުވައިލާފައި ލުޖައިން ފުންމައިގެން ތެދުވީ ބާރަށް ހަޅޭއް ވެސް ލަވައިގެންފައެވެ. "އާރީ މިތާ ކީއްކުރަނީ؟ އަހަރެން ނިދާފައި އޮތްވާ އައިސް ކީއްކުރީ؟" ލުޖައިން ރަޖާގަނޑު ނަގައި މުޅިގައިގައި އޮޅައިލައިގެން އެނދުން ފޭބިއިރު ރޮވިއްޖެއެވެ. އާރިން އޭނާ މިގޭގައި ބަހައްޓާފައި އޭގެ ނާޖާއިޒް ފައިދާ ނަގަނީ ހެއްޔެވެ؟ ލުޖައިން މޫނުގައި ދެއަތް އަޅާފައި ބާރުބާރަށް ރޯން ފެށުމުން އާރިން ބޮލަށް އުދަނގޫވެގެން ކުއްލިއަކަށް ތެދުވެއްޖެއެވެ. "ސްޓޮޕް އިޓް. ލުޖައިން. އަހަރެން ކަމެއް ނުކުރަން. ނިދި މަޑުކަމުން ކަމެއް ކުރެވޭނެތަ؟ އެހެންނޫނަސް އަހަރެން ކަމެއް ކުރިނަމަ ތިގޮތަށް ފުލް ކްލޯތްގައި ހުންނާނެހެން ހީވޭތަ؟" އާރިން ބާރުބާރަށް ކައިރިއަށް އަންނަން ފެށުމުން ލުޖައިން ފަހަތަށް ޖެހިފައި ގޮސް ކުޑަ ދޮރުގައި ބުރަކަށި ޖެހިފައި މަތަވިއެވެ. ރަޖާ ދޫކޮށްލައިފައި ދެން އޭނާ ހުރީ ދޮރުފޮތިގަނޑު ފުރަގަހަށް ވަދެ ދެފޮތިގަނޑު ގެނެސް ބޮނޑި ކޮށްލައިގެންނެވެ. އާރިން ބުނި އެއްޗަކުން ކުއްލިއަކަށް ރުއިން މެދުކެނޑުނު ނަމަވެސް ލުޖައިން ބަލަހައްޓައިގެން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. ނިދިފައި އޮތްވާ ކަމެއް ނުކުރިއްޔާ މިހާރު ކުރަންވެސް އާރިން ފަހަކަށް ނުޖެހޭނެއެވެ. ކުޑައިރުއްސުރެވެސް އާރިން ކުރަން ބޭނުންވި ކޮންމެ ކަމެއް ކޮށްފައި ނޫނީ ހުއްޓައިނުލައެވެ.
"ވެލް... އަހަރެން މިތަނަށް އައީ ލުޖައިންއަށް ކަމެއް އަންގަން. އެކަމަކު މިހާރު ހިތަށް އަރަނީ ކަންނުވެ ނަންވުމުގެ ބޭނުމެއް ނެތޭ..." އާރިން އައި ގޮތަށް އައިސް ކުޑަދޮރުގައި ދެއަތް ވިއްދައިލުމުން ލުޖައިން ހުރީ ރަނގަޅަށް ވެސް ހައްޔަރު ވެފައެވެ. އެގޮތަށް ލުޖައިން ބިރުގަންނަވައި ލެވުމުންވެސް ހިތަށް ލިބެނީ ފާޑެއްގެ ހަމަޖެހުމެކެވެ. ބިރުގަތުމުން އެކުއްޖާގެ މޫނަށް އަރާ ކުލަވަރު އާރިންއަށް އަބަދުވެސް ރީތިވެއެވެ. "ހެހެހެ... ހާދަ ރީއްޗޭ ތިހެން ބިރުގަތީމަ." އާރިން އިގިލިތަކުން ލުޖައިންގެ ކޯތާފަތުގައި ފިރުމައިލާ އިރަށް ލުޖައިން ދެލޯމަރައި ތަގުޅިކޮށްލިއެވެ. އެވަގުތު އާރިންގެ ނަޒަރު ލުޖައިންގެ ތުންފަތަށް ހުއްޓިފައި ހިތް އަވަސްވެލިއެވެ. އެތުންފަތް ފިނިފެންމަލު ފިޔައެއްހައި އޮމާންވެފައި އަރަނީ ވެސް މިހާރު ރަތްކުލައެކެވެ. ކިރިޔާ ދަތް އަޅައިލާއިރަށްވެސް ފިޔާތޮށިކަން ރަތްކުލައަށް ބަދަލުވާ ގޮތްވެސް ހާދަ ރީއްޗެވެ. ލުޖައިން ލޯމަރައިގެން ހުރެފައި އެއަމަލުން އާރިންއަށް ނުބައި ހިޔާލެއް ދެވުނުކަން އިހްސާސް ވެގެން އަވަހަށް ލޯ ހުޅުވައިލި އިރު ކަމަކުދާކަށް ނެތެވެ. އާރިންގެ ހޫނު ނޭވާތައް އިންޗިއެއްހާ ކައިރިން އެމޫނަށް އެޅެން ފެށުމުން ލުޖައިންގެ ހިތް އަވަސްވެ ސިކުނޑި ހުސްވާ ގޮތްވިއެވެ. އާރިންގެ އަމަލުތައް ހުއްޓުވަން ބޭނުންވާ މިންވަރަށް އެބީހުންތަކަށް މަރުހަބާ ކިޔަންވެސް ހިތް އެދެއެވެ. އެކަމަކު ނަމެއް ނެތް ގުޅުމެއް އެދެމެދުގައި އޮވެ އެފަދަ ކަމަކަށް މަރުހަބާ ކިޔާނީ ވެސް ކިހިނެއް ހެއްޔެވެ؟
ޖީބުގައި އޮތް ފޯން ވައިބްރޭޓްވި އަޑަށް އާރިން ސިހިފައި ދުރަށް ޖެހިލިއެވެ. ސުހާގެ "ގުޑްނައިޓް" މެސެޖް ފެނިފައި އާރިން ވީ ފާޑެއްގެ ފޫއްސެކެވެ. އޭރު ލުޖައިން ދޮރުފޮތިގަނޑު ފުރަގަހުން ނިކުމެގެން ފާޚާނާ އާއި ދިމާއަށް ދުވެފައި ދަނީއެވެ. "ލުޖައިން!" އާރިން ބާރުބާރަށް ގޮވައިލުމުން ލުޖައިންގެ ފިޔަވަޅު ގަނޑުވި ކަހަލައެވެ. ހުރި ފިޔަވަޅު މަތީ ހުރެފައި އޭނާ އެނބުރި ބަލައިލީ އަދިވެސް ބިރުގަނެފައިވާކަން ދޭހަވާފަދަ ނަޒަރަކުންނެވެ. "އަހަރެން ކުރީ ދުވަހު ދެއްކި ވާހަކަތައް އޮޅިގެންވެސް އެހެން މީހަކަށް ނީއްވާތި! އެއީ އަހަރެން ބުނަން އައި ވާހަކަ އަކީ." އާރިން އަމުރުވެރި އަޑަކުން އިއްވައިލައިފައި އަވަސް ފިޔަވަޅު ތަކެއްގައި ނިކުމެގެން ދިއުމުން ލުޖައިން ފުން ނޭވައެއް ދޫކޮށްލިއެވެ. އާރިން އެވަރު ވާހަކައެއް ބުނަން އައިއްސަ ވެސް އެހާބޮޑު ޑްރާމާއެއް ކުޅެލައިފިއެވެ. އާރިންއަށް އޭނާގެ ދިރިއުޅުމާއި ކުޅެގެން ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ ލުޖައިން ނުހަނު މަސައްކަތް ކޮށްގެން ވެސް ރޭގެ ދެން އޮތްބައި ރަނގަޅަށް ނިދޭގޮތެއް ނުވިއެވެ. ލޯ މެރިލާއިރަށް ސިހިފައި ހޭލެވެއެވެ.
ޒޯއީމެން ޑައިވިންއަށް ގޮއްސައި އެނބުރި އައީ އެގާރަ ޖަހަން ކައިރިވެފައި ހުއްޓައެވެ. އަދި އެއަށްފަހު ބާބެކިއު ޕްރޮގްރާމް އޮތެވެ. ޒާހިދު އާއި ޝަކީބާ ވެސް ބައިވެރިވިއެވެ. މެނޭޖަރާއި މަތީ ފަންތީގެ މުވައްޒަފުންވެސް ޒޯއީ ދައުވަތު ދީގެން އައެވެ. ވެލިގަނޑު މަތީގައި ތިއާ އިނީ ހެޑްސެޓް ޖަހައިގެން ލަވަ އަޑު އަހާށެވެ. އީތަން ގިޓައެއް ހޯދައިގެން ކުޅެން ފެށުމުން ޒޯއީ ގޮސް އިނީ އެންމެ ގާތުގައި ޖައްސައިފައެވެ. ޝަކީބާ އެތާ އުޅުނު އެހެން މުވައްޒަފުންނާއި ބައިވެރިވެގެން ގްރިލްމަތީ ކުކުޅު ފައިތަކާއި ސޮސެޖް އަދި ދެ ވައްތަރެއްގެ ފަރުމަހެއް ރޯފިލުވަން ބާއްވާފައި އައިސް ތިއާގެ ކައިރީގައި އިށީންދެލިއެވެ. ޒާހިދު އިނީ ގޮނޑީގައެވެ. ތިއާ ހެޑްސެޓް ނައްޓާލައިފައި އީތަންގެ މޫނަށް ބަލައިލީ ކަތި ނަޒަރަކުންނެވެ. އެވަގުތު އީތަންގެ ނަޒަރުވެސް ތިއާއަށް ހުއްޓިފައި ހުރުމުން ހަތަރު ކަޅި ބައްދަލު ވިއެވެ. ލޮލާއި ލޮލުން ލޯބީގެ މެސެޖްތައް ދެހިތަށް ރައްދުވެގެން ދިޔައީ ޖެހެމުންދިޔަ ވައިރޯޅިތަކަށް ވެސް ސިއްރުންނެވެ.
ބާބެކިއު ނިންމާލައިފައި އީތަން އައިސް ކޮޓަރިއަށް ވަދެ ފެންވަރައިލިއެވެ. ގަޑި ބަލައިލި އިރު އެކެއް ޖަހައިފިއެވެ. ކިތަންމެ ލަސްވިއަސް ތިއާގެ މޫނު ދެކިނުލައި ނިދާހިތެއް ނުވިއެވެ. އީތަން ވިސްނަން ހުރެފައި ތިއާ އޮތީ ހޭލައިތޯ ބަލަންވެގެން މެސެޖެއް ކޮށްލިއެވެ. އިރުކޮޅަކުން ރިޕްލައި އައީ "ވެއިޓިން ފޯ ޔޫ." މިހެންނެވެ. އީތަން ކޮޓަރިން ނިކުމެފައި ދިގު ފިޔަވަޅު ތަކެއްގައި ގޮސް ތިއާ ކޮޓަރި ދޮރުމަތީ ހުއްޓިލި ތަނުން ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވާލައިފައި ޒޯއީ ނިކުމެއްޖެއެވެ. "ޒޯ!" އީތަން ބުނާނެ އެއްޗެއް ނޭނގިގެން ގޮވައިލިއެވެ. ޒޯއީ ހިނިތުންވުމެއްވެސް ނެތި ފާޑަކަށް ހުރެލައިފައި އިރުކޮޅަކުން ބޮލުގައި ދެއަތުން ހިފަހައްޓައިލި ތަނުން އަރި އަޅައިލިއެވެ. އީތަންއަށް ފެނިގެން އަވަސް އަވަހަށް ކައިރިވެލައިފައި ޒޯއީ ވެއްޓުނަ ނުދީ އުނަގަނޑާއި ހަމައިން ހިފަހައްޓައިލިއެވެ. އީތަން ޒޯއީގެ ކޯތާފަތުގައި ކޮށްޓައިލަމުން ދެފަހަރަކު ގޮވައިލިއެވެ. ޒޯއީ ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވައިލައިފައި ވެސް އަނެއްކާ ލޯ މަރައިލިއެވެ. އީތަން ކަންބޮޑުވެފައި ހުރެގެން ޒޯއީ އުފުލައިލައިފައި ގެންގޮސް އެނދުގައި ބާއްވައިލިއެވެ.
"އީތަން!" އީތަން އެނބުރިލަން އުޅެނިކޮށް ޒޯއީ އަތުގައި ހިފަހައްޓައިފިއެވެ. "ކިހިނެއްވީ؟" އީތަންގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ރީނދޫވެފައިވާ ޒޯއީގެ ރީތި މޫނާއި ދެލޮލުގައިވި ކަރުނަ ތަކުން އީތަންގެ ހިތަށް އަސަރު ނުކޮށެއް ނުދިޔައެވެ. ތިއާ އަދި ކޮންމެފަދަ ވާހަކަ ތަކެއް ދެއްކި ކަމުގައިވިއަސް އީތަން ޒޯއީ އާއި މެދު ހިތް ނުބައެއް ނުކުރެއެވެ. އީތަންގެ ނަޒަރުގައި އަންހެން ކުދިން އެފަދަ ބޭކާރު ވާހަކަ ދައްކާނެއެވެ. "ކީކޭ ޒޯ. ބުނެބަލަ. އަހަރެން މިހުރީ އަޑުއަހަން." އީތަން ގުދުވެލައިފައި ޒޯއީގެ ފަންއިސްތަށި ގަނޑުގައި ފިރުމައިލީ ނުހަނު އޯގާތެރި ކަމާއެކުގައެވެ. ހަމަ ކުއްލިއަކަށް ހުރެފައި ޒޯއީއަށް އެވީގޮތަކުން އޭނާ އިންތިހާއަށް ހާސްވެއްޖެއެވެ. "އީތަން. އަހަރެންނަށް ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ދެން އީތަންއާ ނުލާ ދިރިއުޅޭކަށް ބޭނުމެއް ނޫން." ޒޯއީގެ ވާހަކަތަކުން އީތަންއަށް ލިބުނު ޝޮކަށް ވުރެ ބޮޑު ޝޮކެއް ދިނީ އެނދުމަތީގައި ހުސްވެފައި އޮތް "ރެޓް ޕޯއިސަން" ފުޅިއެވެ. "ޒޯ. ކީއް ތި ކުރީ؟ ތީ ކީއްވެ ކުރިކަމެއް؟" އީތަން ބާރުބާރަށް ހަޅޭއްލަވައި ގެންފައި ދެއަތުން ބޮލުގައި ހިފަހައްޓައިލިއެބެ. ދެވަނަ ސިކުންތުގައި އޭނާ ފޯން ނަގާފައި މެނޭޖަރަށް ގުޅައިގެން ވީގޮތް ކިޔައިދީފިއެވެ.
"އީތަން ބުނެބަލަ. އީތަން އަހަރެންނާއި އިންނާނަންތަ؟" ޒޯއީ ހުރިހާ ހިތްވަރެއް އެއްކޮށްލައިގެން ސުވާލު ކުރިއެވެ. "ތި ވާހަކަ ދައްކާނީ ފަހުން ޒޯއީ." އީތަން ފެންކަޅިވެފައިވާ ލޮލުން ޒޯއީގެ ރީތި މޫނަށް ބަލަމުން އެދުނެވެ. "ނޫން. މިހާރު މިވަގުތު ޖަވާބު ބޭނުން. އެހެންނޫނީ އަހަރެން ފަރުވާ އަކާއި ހަމައަކަށް ނުދާނަން." ޒޯއީ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ޒޯއީ އެގޮތަށް ބުނި ކަމަށް ވަންޏާ ފަރުވާ ނުހޯދައި ގަދަކޮށްލާކަށްވެސް ފަހެއް ނުޖެހޭނެކަން އީތަންއަށް ވިސްނެއެވެ. "އިޓްސް އަ ޔެސް. އަހަރެން ޒޯއީ އާއި އިންނާނަން." އީތަން ގޮސް ހުސްވެފައިވާ މީހަކު ފަދައިން ބުނެލިއެވެ.