"ޒޯ! ޕްލީޒް ޑޯން ކްރައި!" ޒޯއީގެ އަޑުގައިވި ރިހުމަކުން އީތަން ހިތަށް އަސަރު ކޮށްގެން ބުނެލެވުނެވެ. އަންހެން ކުދިން ރޯ އަޑަކީ އީތަންއަށް އަހަން އުދަނގޫ އަޑެކެވެ. އަމުދުން ޒޯއީ އަކީ އޭނާގެ ގާތް އެކުވެރި އެކެވެ. ޒޯއީގެ ހިތުގައި އޭނާ އާއި މެދު ކޮންމެ ކަހަލަ އަސަރެއް ވިއަސް އީތަން ހިތް ބުރައެއް ނުކުރެއެވެ. ލޯބިވުމަކީ ކުށެއް ކަމަށްވާނަމަ އޭނާއަށްވެސް އެކުށް ކުރެވިއްޖެއެވެ.
"އީތަން. ހެލްޕް މީ! އަހަރެން ބޭނުމެއްނުވޭ ރަފާލް އާއި މެރީ ކުރާކަށް. އަހަރެން ރަފާލް ދެކެ ލޯއްބެއް ނުވެވޭނެ. އައި ލަވް ޔޫ.... އީތަން!" ޒޯއީ ރުއިމުގެ ތެރެއިން އެހެން ބުނެލާފައި އިސް އުފުލައިލި އިރު އީތަން ހުރީ ހުއްޓުން އަރައިފައެވެ. ތިއާގެ ފަރާތުން އެހަޤީޤަތް އޮޅުންފިލުމަށް ފަހުވެސް އެގޮތަށް ދިމާކުރިމަތީ ބުނެލުމުން އީތަން ސިހިއްޖެއެވެ. އެތައް ވާހަކައެއް ހިތުގައި ބޮނޑިވެގެން ދިއުމާއެކުވެސް ބަސް ބުނަން އުދަނގޫވިއެވެ. އެނާޒުކް ދަނޑިވަޅުގައި ބުނެވޭ އެންމެ ބަހަކުން ޒޯއީގެ ހިތަށް ކޮންމެފަދަ އަނިޔާއެއްވެސް ލިބިދާނެއެވެ. އެކަމަކު އޭނާ އެއްޗެއް ނުބުނެ ހުއްޓަސް އެ ދެވެނީ ނުބައި މެސެޖެކެވެ.
"އީތަން އައި ރިއަލީ ލަވް ޔޫ... ނޭނގެ ކިހިނެތް ކޮންއިރަކު ކަމެއް އީތަންއަށް އަހަރެން ފޯލްވީ." ޒޯއީގެ އެސްފިޔަތައް ތެމިފައި ހުރުމުން ކުރިއަށް ވުރެވެސް އެދެލޯ ކަޅުކުލަ ގަދައެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފެހި އަލީގައި އެހާ މައުސޫމު ގޮތް ހުއްޓެވެ. ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔަ ބޮޑެތި ކަރުނަ ތިކިތައްވެސް އީތަންގެ ހިތާއި ކުޅެލަން މަސައްކަތް ކުރަނީއެވެ. އެދެމެދުގައި އޮތް ދުވަސް ވީ އެކުވެރި ކަމުގައި ދުވަހަކުވެސް ޒޯއީގެ ލޮލުން އެގޮތަށް ކަރުނަ އަންނާތީ އީތަން ނުދެކެއެވެ. އޭނާ ޒޯއީ ފާހަގަ ކުރަނީވެސް ނުރޯ ކުއްޖެއްގެ ގޮތުގައެވެ. ގިނަ އަންހެންކުދިން ފަދައިން ކިރިޔާ ކަމެއްވާއިރަށް އެނދަށް އަރައި ބާލީސްތަކުގައި މޫނު ފޮރުވައިގެން ރުއިމަކީ ޒޯއީ ދުވަހެއްގައިވެސް ކުރި ކަމެއް ނޫނެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ. ބުނެބަލަ އީތަންވެސް އަހަރެންދެކެ ލޯބިވަމެއްނު. ނޫންތަ؟" ޒޯއީ އުންމީދުން ފުރިގެންވާ ފަދަ ގޮތަކަށް އީތަންގެ ލޮލަށް ބަލަހައްޓައިގެން ހުރިގޮތުން އީތަން ހިތްވަރު އެލޭގޮތްވިއެވެ. އީތަން ޖަވާބުދޭންވެގެން އުޅެފައި ތުންފަތުގައި ދަތް އަޅައިލުމާއެކު ދުރު ބަލައިލެވިއްޖެއެވެ. އޭރު ތިއާ ފާޚާނާއިން ބޭރަށް ބޯދިއްކޮށްގެން ހުރީ ހިތާމަވެރި ބުދެއްހެންނެވެ. އީތަން ހީކުރި ގޮތާއި ޚިލާފަށް ތިއާގެ މޫނުގައި މިރޭ ރުޅިވެރިކަމެއް ނުވެއެވެ. ތިއާ އަމިއްލަ ނަފްސް ޒޯއީގެ މަޤާމުގައި ބަހައްޓައިގެން ހަމްދަރްދީ ވަނީ ކަންނޭނގެއެވެ. ތިއާއަށް އަދި ކިރިޔާ ވިސްނުނީއެވެ. ދެވަނަ މީހާ "ވިލަން" ކަމުގައި ހަދައިގެން ވިސްނާއިރު އެމީހެއްގެ ވެސް އަމިއްލަ އިހްސާސްތަކެއް ވާނެކަމެވެ. ޒޯއީ އަށް އީތަންދެކެ ލޯބިވެވޭއިރު އީތަން އެހެން އަންހެން ކުއްޖަކު ދެކެ ލޯބިވުން އެއީވެސް ކިހާބޮޑު ހިތާމައެއް ހެއްޔެވެ؟ އަދި އެވަރުން ނިމުނީއެއް ނޫނެވެ. ޒޯއީއަށް މިހާރު ޖެހިފައި އެވަނީ ނުވެސް ދަންނަ ޒުވާނަކާއި ކައިވެނީގެ ގޮތުން ގުޅޭށެވެ. ކޮޅުނެތް ކޮޅަށް ހުސް ހިތާމައެވެ. ތަޤްދީރުވެސް މިފަހަރު ޒޯއީ އާއި ދެކޮޅު ވެއްޖެއެވެ.
"ސޮރީ ޒޯ. ތީ ވަރަށް ބޮޑު އޮޅުމެއް. އަހަރެން ލޯބި ވަނީ ތިއާ ދެކެ. ޝީޒް ދަ ވަން ފޯރ މީ." ވިދުވަރުގެ އައްޔާއެކު ޖެހި ގުގުރީގެ ހޮނު މިފަހަރު އެޅީ ޒޯއީގެ ހިތަށެވެ. ކުއްލިއަކަށް ލޮލުގައިވި ކަރުނަތައްވެސް ހިނދިގެން ދިޔަހެން ޒޯއީއަށް ހީވިއެވެ. ތޫނު ކަށްޓެއް ހަރައިލުމުން ތެޅިގަންނަހެން އީތަންގެ ޓީޝާޓުން ދޫކޮށްލައިފައި ޒޯއީއަށް ދުރަށް ޖެހެވިއްޖެއެވެ. ބޮޑު ކޮށްލެވިފައިވާ އެރީތި ދެލޮލުން އީތަންގެ މޫނަށް އޭނާ ބަލަމުން ދިޔައީ ދުވަހަކު ނުފެންނަ މީހަކަށް ބަލާ ފަދައަކުންނެވެ. އެހުރިހާ އަހަރުތަކެއް ފަހުން އޭނާއަށް އީތަން ދަސްނުވާ ކަމުގެ މިއޮތީ ހެއްކެވެ. ބުނެވޭ އެންމެ ލަފްޒަކުން އީތަން ވަށައިގެންވާ ހުރިހާ އެއްޗެއް ދޫކޮށްލައިފައި އޭނާގެ ކައިރިއަށް ދުވަމުން އަންނާނެ ކަމަށް ދެކުނު ހުވަފެންތަކުގައި ކުލަ ނުޖެހެނީސް ބިލާހަކަށް ވެ ނިމިއްޖެއެވެ.
"ޒޯ!" އީތަން ކުރިއަށް ފިޔަވަޅެއް އަޅައިލި ތަނާ ޒޯއީ އެދެމެދަށް އަތް ހުރަސްކޮށްލިއިރު ލޮލުގައި އެތައް ކުލައެއް ވިއެވެ. ކަރުނަ ހިކިފައިވިއަސް ހިތަށް އަނިޔާވެފައިވާ ވަރު ޒޯއީގެ ލޮލުން ރީތިކޮށް ފެނުނެވެ. އީތަން ދެވަނަ ފަހަރަށް ގޮވައިލަން ވާއިރަށް ޒޯއީ އަނެއްފަރާތަށް އެނބުރި، ބާރުބާރަށް ދުއްވައިގެންފައި ގޮސް ލޯމަތިން ގެއްލިއްޖެއެވެ.
"ތިއާ! އަހަންނަށް މިކުރެވުނީ ގޯސްކަމެއްތަ؟" ޒޯއީ ނިކުމެގެން ދިޔަފަހުން ތިއާ އައިސް ކައިރިއަށް ހުއްޓުނު ތަނާ އީތަން އަހައިލައިފިއެވެ. "ނޯ. ޔޫ ޑިޑް ރައިޓް." ތިއާ އީތަންގެ މޮޅިވެފައިވާ މޫނުގައި ދެއަތުން ހިފަހައްޓައިލާފައި ކައިރިކޮށްލިއެވެ. އީތަން ނުވިސްނައި ހުއްޓައި ތިއާ އެތުންފަތުގައި ބޮސްދިނުމުން ކުއްލި ސިހުމެއް ލިބިފައި ގެނެސް އަތުތެރެއަށް ލެވުނީވެސް އެހާމެ އަވަހަށެވެ. އީތަން އެހާ ޖަޒުބާތީވެފައި ހުރެ މާ އަވަސް އަރުވާލުމުން ބޮލުގެ ނާރުތަކަށް މާބޮޑަށްވެސް ވާންވިކަން ތިއާއަށް އިހްސާސްވިއެވެ. ނޭވާލާނެ ވަގުތުކޮޅެއް ލިބުނު އިރު ނޭނގުމުގެ ތެރޭގައި ގޮސް ތިބެވުނީ އެނދު ކައިރީގައެވެ. އީތަންގެ ސިކުނޑީގައި އެވަގުތުވެސް ޒޯއީގެ ވާހަކަތައް އެނބުރެމުން ދިއުމުން އެނދުގައި އިށީނދެފައި އިރުކޮޅަކުން އުއްޑުން ވެއްޓިގަތެވެ.
ތިއާއަށް އީތަންގެ މޫނުގައިވާ ހުރިހާ ކުލައެއް ދިރާސާ ކުރެވުނީތީ އެވާހަކަ ނުދައްކައި ކައިރީގައި އެއްއަރިއަކަށް އޮވެގެން އީތަންގެ އިސްތަށިގަނޑާއި ކުޅެން ފެށިއެވެ. އެހިމަހޯލި އިނގިލިތަކުން އީތަންއަށް އަރާމުވިއެވެ. ޗާންދަލިޔާގެ އަލި މަޑުކޮށްފައި ހުރީތީވެ އެމޫނަށް ހިޔަނި އެޅިފައި ހުންނަ އިރުވެސް މޫނުގެ އުޖާލާކަން ގެއްލިގެން ނުދެއެވެ. ބިއްލޫރިފަދަ ސާފު ދެލޯ އަނދިރީގައި ދިއްލާފައިވާ ހުދު ބައްތިއެއް ފަދައިން ފާޅުވެއެވެ.
"ތިއާ. އަހަރެން ކިހިނެއް ހަދަންވީ؟ އައި މީން، ޝީޒް މައި ފްރެންޑް. ޒޯއި ނުގަބޫލުގަ އެކައިވެނި ކުރާންދެން ބަލަން ހުންނަންވީތަ؟" އީތަންގެ ހިތަށް އުދަނގޫ ކުރަމުން ދިޔަ ހިޔާލު ހިއްސާކޮށްލިއެވެ. "ވެލް... އަހަރެން އެބަޖެހޭ މަންމަގެ ސައިޑުންވެސް ވިސްނަން. މަންމަ އެވަރަކުން އެކައިވެނި ކުރުވާނީ މަންމަގެވެސް އުންމީދުތަކެއް ހުރީމަ ދޯ. މައްސަލަ އަކީ ފޯސްކުރާތީ. ދެން އަނެއް ކޮޅުން ބަލަންޏާ ފޯސް ކުރުން ނޫންގޮތެއް ނުވެސް އޮންނާނެ. އިޓްސް އޮބްވިއަސް، ޒޯއި ގަބޫލުގަ މެރީކުރާނެ ހަމައެކަނި ފަރާތަކީ ތީ." ތިއާ ވާހަކަ ދައްކަމުން އީތަންގެ ހާމަވެފައިވާ މޭމަތީގައި ޝަހާދަތް އިނގިލި ވިއްދައިލާފައި ޖުމްލަ ނިންމައިލިއެވެ. "އަހަރެން އަބަދުވެސް ހިތަށް އަރާ ސުވާލެއް ކުރަންތަ؟" ވާހަކަ ދިޔަ ހިސާބުން ތިއާއަށް ހިޔާލެއް އައެވެ. "އެނީތިން ބޭބް." އީތަން އެހެން ބުނެލިއިރުވެސް ބަލަން އޮތީ ސީލިންގަށެވެ. "އަބަދު ހިތަށް އަރަނީ ޒޯއީ ކިބައިގަ ނެތް ކޮންސިފައެއްބާއޭ އީތަންއަށް އަހަރެން ފަރާތުން ފެނުނީ. ތިންކް އެބައުޓް އިޓް އީތަން. ޝީޒް ބިއުޓިފުލް، ސްމާޓް، ސަކްސެސްފުލް..." ތިއާގެ ޖުމްލަ ފުރިހަމަ ނުވަނީސް އީތަން ހަތަރުކަޅި ހަމަކޮށްލުމުން ހުއްޓައިލައިފައި އީތަން މޭގައި ދަތްދޮޅި އަޅުވައިލިއެވެ.
"މައި ގާރލް އިޒް ބިއުޓިފުލް، އެކްސްޓްރާ ސްމާޓް، ސްޓްރޯންގް، ސެކްސީ އަދި އިތުރަށް އަ ގްރެޓް ފައިޓަރ.. ވަޓް އެލްސް އަ ގައި ނީޑް؟" ތިއާ ފެށި ވާހަކަ އަކުން އީތަންގެ މޫޑު އައިސްގެން ވާހަކަދައްކާފައި އެއްލޯ ވެސް މަރައިލައިފިއެވެ. "ހަހަހަ.. އެހެންވީމަ އީތަން އަހަރެން ސެލެކްޓް ކުރީ ޑިފެންޑަރ އަކަށް ދޯ." ތިއާ ހީގެންފައި ދެއަތް މުށްކަވައިލުމާއެކު އީތަންގެ މޭގައި ދެފަހަރެއްގެ މަތީން މަޑުމަޑުން ޖަހައިލިއެވެ. "އޯކޭ ބޭބް. ޓައިމް ޓު ގޯ. ހެނދުނު މަމް ޗެކް ކުރާގަޑީގަ ބެޑް ހުހަށް އޮތިއްޔާ ދުވަސް ދިޔައީ." ތިއާ ތެދުވެފައި ކޮޓަރިން ނިކުމެގެން ނިދަން ދިޔައިރު އަދިވެސް ވެހެމުންދިޔަ ވާރެއަށް ހުއްޓުމެއް ނާދެއެވެ.
ރޭ ވެހުނު ވާރެއަށްފަހު ދުނިޔެމަތި ފެންނަނީ މުޅިން ސާފުވެފައިވާ ތަނެވެ. ނޫ އުޑުގައި އެންމެ ވިލާ ރޮއްޖެއް ނެތްއިރު ޖެހެމުންދިޔަ ވައިރޯޅިތައްވެސް ނުހަނު ލުއިވެފައި ހިތްގައިމެވެ. ހެނދުނު ތެދުވެ ފެންވަރާލައިގެން އާރިން ޔުނީފޯމް އަޅައި ޑިއުޓީއަށް ދާން ތައްޔާރުވެލިއެވެ. އާރިން ފޯންގައި އިން ސުހާގެ މެސެޖްތައް ކިޔައިވެސް ނުލައި ޑިލީޓްކޮށްލައިފައި ގޮސް ކާކޮޓަރި ދޮރުމައްޗަށް އެރިތަނުން ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ޝަހީމު އާއި ރަފާލްގެ އިތުރުން ނާހިދާ އިންދާ އެޔުނީފޯމްގައި އެތެރެއަށް ވަންނަން އޭނާ ޖެހިލުންވިއެވެ. އެހެންވެ އަނބުރައިލާފައި ދާން އުޅެނިކޮށް ނާހިދާއަށް ފެނިގެން ގޮވާލައިފިއެވެ. އާރިން މެއަށް ފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. ނާހިދާ އޭނާގެ ނަމުން މުހާތަބް ކުރިތަނާ ރަފާލްގެ އިތުރަށް ޝަހީމު ވެސް އިސްއުފުލާލައިފައި ބަލައިލިއެވެ. ހަމަ ފެނުނު އިރަށް ޝަހީމް އިސްޖަހައިލިއެވެ.
"ވާއު! ލުކް އެޓް ޔޫ ބޭބީ ބްރަދަރ. ޔޫ ލުކިން.... ރަފާލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ރީމް އައިސް ހުއްޓިފައި އަނގަބާނައިފިއެވެ. "ސްމާޓް އެން ސެކްސީ." ރީމްއަށް ޝަހީމް ފެނުނީ ވަންނަން ވެގެން ކުރިއަށް ފިޔަވަޅެއް އަޅައިލި ތަނާއެވެ. އެވަގުތު ރީމްގެ އަނގަޔަށް ވީގޮތް ފެނިފައި ރަފާލް ކައިރިއަށް ހިނިއައިސްގެން އަވަހަށް ދެއަށްތިލަ ގުޅުވާލަމުން ތުންފަތުގައި ޖައްސައި ނިވާކޮށްލިއެވެ. އާރިންވެސް ރަކިވެގެން އިސްޖެހިއެވެ. ނާހިދާ މާހައުލުގެ ނާޒުކްކަން ވިސްނިގެން ރަފާލްގެ ކައިވެނި ވާހަކަ ފަށައިފިއެވެ. އިތުރަށް ފިލަން އުޅުމުގެ ބޭނުމެއް ނެތުމުން އާރިން ވަދެފައި ރަފާލް ކައިރީ އިށީނދެ ސައިބޯން ފެށިއެވެ. ޝަހީމު ކޮންމެ ވާހަކައެއް ބުނެފައިވެސް ބަލައި ލަނީ ނާހިދާ ނޫނީ ރަފާލް އަށެވެ. އާރިން އެއީ އެތާގައި ނުވެސް ނެތް މީހެއް ފަދައެވެ. ޝަހީމުގެ މިއަމަލާއި މެދު އާރިން ހައިރާން ނުވިއެއް ކަމަކު މިފަހަރުވެސް ހިތަށް އަސަރު ކުރިއެވެ. ޝަހީމު އެއީ ބައްޕަ ނޫންކަން އެނގިގެން އާރިންގެ ހިތުން ދެވިފައިވާ މަޤާމަށް ކުޑަވެސް ބަދަލެއް އައިއްސައެއް ނެތެވެ. އެދުވަސް ފަދައިން މިއަދުވެސް އެއީ އާރިންގެ ނަޒަރުގައި ބައްޕައެވެ. އެބައްޕަ އެހާ ފަޅުކަން ބޮޑު ގޮތެއްގައި އޭނާ ބާކީކޮށްލައިގެން އުޅޭތީ ހިތްދަތިވާވަރު އެހެން އެކަކަށް ނޭނގޭނެއެވެ.
"ހޭއި ބްރޯ. ލޫލޫއަށް ބަލައިލައްޗޭ!" ޝަހީމު ތެދުވެގެން ދިޔަފަހުން އާރިން ތެދުވެފައި ރަފާލް ކަންފަތްދޮށުގައި ބުނެލިއެވެ. ރަފާލް އަމިއްލަ އޮފީހުގައި އުޅެންޏާ ބޭނުން އިރަކު ގެއަށް ޖައްސާލައި ކަން ހިނގާ ނުހިނގާ ގޮތް ބަލައިލެވޭނެތީ އާރިން ހުރީ ހިތްހަމަޖެހިފައެވެ. އެހެންނޫނީ ރީމް އާއި ނާހިދާ އެކުއްޖާ ފަކީރަށް ހަދައިލާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ރަފާލް ޖަވާބު ދިނީ ހިނިތުން ވެލުމަކުންނެވެ. އާރިން ނިކުމެގެން ދާން ފެށުމުން ރީމް ގޮވައިލާފައި މޭޒުމަތީ އޮތް ފޯން ނަގައިގެން ގެނެސް ދިއްކޮށްލިއެވެ. "ތޭންކްސް ރީމް." އާރިން ގަދަކަމުން ހިނިތުންވެލިއެވެ. ރީމް އޭނާ އާއި ދޭތެރޭ އާއިލީ ނަޒަރުން ނުދެކޭކަން އެނގުނީއްސުރެ އަދިވެސް ފާޑެއްގެ ފޫއްސެއްވެއެވެ. ރީމްއަށް އެކަން ނޭނގި އާރިންގެ ހިނިތުންވުމުން އެހެން މާނައެއް ނަގައިގެން އެނބުރި ދިޔައީ އެއީ ކާމިޔާބުގެ ކޮޅުމަތި ކަމަށް ބަލައިފައެވެ.
އާރިން މިއަދު ހިނިތުންވެލި ކަމަށްވަންޏާ މާދަން އޭނާގެ އެކުވެރިކަމުގައި ބަނދެވި އަދި އޭގެ ފަހުން ލޯބިވެސް ކާމިޔާބު ކުރާނެ ކަމަށް ރީމް އުޅެނީ ނިންމައިގެންނެވެ. ކުރިން އާރިންއަށް އޭނާ ދެއްކީ ހަމައެކަނި ގާތްކަމެވެ. އެވެސް އަދި އާއިލާ ކުއްޖަކަށްވެގެން ފަރުދާގެ ފުރަގަހުގައި ހުރެއެވެ. މިއަދު ދެން ހުރިހާ ހަޤީޤަތެއް ފާޅުވުމުން އޭނާގެ ގޮތުގައި ހުރެގެން އާރިންގެ ހިތާއި ހަމައަށް ވާސިލްވާން ރީމް ހުވަފެން ދެކެއެވެ.
ޑިއުޓީގައި އުޅެފައި އާރިން ދެފަހަރެއްގެ މަތީން ހުރިހާ ކަމެއް ރަނގަޅު ތޯ މެސެޖް ކޮށްލުމުން ލުޖައިންއަށް ވިސްނެން ފެށިއެވެ. ލުޖައިން ކިޔަން އިން ފޮތް ލައްޕައިލާފައި ކޮޓަރީ ތެރޭގައި ހިނގަމުން ފަހަރަކު މެސެޖްއަކަށް ބަލަމުން ދިޔައެވެ. އާރިން ރޭގައި ނިކުމެގެން ދަމުން މަޢާފަށް އެދިފައި އަދި ދެން ރީމްގެ އުދަނގުލެއް ތަކުރާރު ނުވާނެއޭ އެބުނީ ރަނގަޅަށްވެސް އެގޮތަށް ނިންމައިފައެވެ. އެވަރަކުން ރީމްގެ ފަރާތުން އޭނާ ހިމާޔަތް ކުރަން މިއުޅެނީ ކޮންކަމެއް ސާބިތު ކުރަން ހެއްޔެވެ؟ "ހޭއި." ދޮރު ހުޅުވައިލާފައި ރަފާލް ބޯދިއްކޮށްލީ ލުޖައިން އެހެން އުޅެނިކޮށެވެ. "ޔެސް." ރަފާލް ފެނިގެން އެވަގުތުވެސް ލުޖައިން ފިނިވިއެވެ. "ވަންނަންތަ އެތެރެއަށް." ރަފާލް ޖިންސްގެ ޖީބަށް އަތް ޖަހާލައިފައި ހުއްދައަށް އެދުމުން ލުޖައިން ރަކިވިއެވެ. އަމިއްލަ ގެއަށް ވަންނަން ރަފާލް އެގޮތަށް ހުއްދައަށް އެދޭކަށް ނުޖެހޭނެއެވެ. "ޝުއަރ." ލުޖައިން އަވަހަށް ފޯން ތިރިކޮށްލައިފައި މޭޒުމަތީ ބައްވައިލިއެވެ.
ރަފާލް ހިނގަމުން އައިސް މޭޒު ކައިރިއަށް ހުއްޓި ހުޅުވާފައިވާ ފޮތްތަކަށް ބަލައިލުމުން ލުޖައިން އަދި މާ ކަންބޮޑުވެއްޖެއެވެ. އެތަނުން ފޮތެއްގައި އޭނާ ފުރެންދެން އާރިންގެ ނަން ލިއުނު ހުދު ޓިޝޫއެއް އޮންނާނެއެވެ. "ކިހިނެއްތަ ކިއެވުން؟" ރަފާލް ނެގީވެސް އެފޮތެވެ. އޭގެ ގަނޑުތައް އުކައިލިތަން ފެނިފައި ލުޖައިން ދޭން އުޅުނު ޖަވާބު ކަރުތެރޭގައި ތާށި ވާގޮތް ވެއްޖެއެވެ. "ބިރުންތަ ތިހުރީ." ރަފާލް އިސްއުފުލައިލި އިރު ލުޖައިންގެ މޫނުގައިވި ކުލަވަރު ފާހަގަވެގެން ފޮތް ބާއްވައިފައި ސުވާލު ކޮށްލިއެވެ. "ނޫނޭ." ރަފާލް ފޮތް ބޭއްވުމުން ލުޖައިން ޖަވާބު ދިނީ ހިނިތުންވެފައެވެ. "ކިއެވުން ވެސް ރަނގަޅު." ރަފާލް އިތުރު އެއްޗެއް ބުނަންވާއިރަށް ލުޖައިން އަވަހަށް ޖަވާބު ދިނެވެ. "ގްރެޓް.... ރަފާލްއަށް ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން ހިނިތުންވެފައި ދާންވެގެން އެނބުރިލިއެވެ. އެކަމަކު ކުރިއަށް އޭނާ އެޅި ދެ ފިޔަވަޅާއެކު އަނެއްކާ އެނބުރިލައިފިއެވެ. "ލުޖައިން! އާރީ ވަރަށް ސްޓަބަން ވާނެ. އެކަމަކު އޭގެ މާނައަކީ އޭނަ ކެއަރ ނުކުރެއެކޭ ނޫން. އައި ނޯ ހީ ލަވްސް ޔޫ. މިއަދުވެސް އަހަރެންނާއި ހަވާލުކޮށްފަ ދިޔައީ ލުޖައިންއަށް ބަލަން. އޭނަ ކަންބޮޑުވެފަ ހުންނަނީ މިގޭ މީހުންގެ ފުށުން ލޫލޫއަށް ދެރަގޮތެއް ވެދާނެތީ. އެން ހީ އިޒް ރައިޓް. ރީމް ވަރަށް ނޯޓީވާނެ. ކޮންމެ ކަމެއް ކުރަންވެސް ޖެހިލުމެއް ނުވާނެ. އެހެންވެ މިބުނަނީ އެއްވެސް ކަމެއް ސިއްރު ނުކުރާތި. އާރީ ކައިރީ ބުނަން ބޭނުން ނޫނިއްޔާ އަހަރެން ކައިރީ ބުނާތި. ސީ މީ އޭޒް އަ ބްރަދަރ. އޯލްރައިޓް؟" ރަފާލް އެހުރިހާ ވާހަކައެއް ދައްކާފައި ހަތަރުކަޅި ހަމަކޮށްލުމުން ލުޖައިން ބޯ ޖަހައިލިއެވެ.
ރަފާލް ނިކުމެގެން ދިއުމުން ލުޖައިން އަވަހަށް ދޮރު ލައްޕާފައި އައިސް ހިނިތުންވެލިއެވެ. އާރިން އޭނާއަށް އަޅާލާ މިންވަރު ހާމަވެފައި ނޭނގޭ ފޮނިކަމެއް ހިތުތެރޭގައި ދައުރުވެލިއެވެ.
އެންމެންނަށްވުރެ ކުރީން ތެދުވެގެން ޒޯއީ އޮފީހަށް ދިޔައީ އެކަކާއި ވެސް ވާހަކަ ނުދައްކަން ކަންނޭނގެއެވެ. އީތަން އުންމީދުކޮށްގެން ކުރި ގޮތަށް އެންމެން އެއްތަން ނުވުމުން ބޭނުންވި ވާހަކައެއް ނުދެއްކުނެވެ. ތިއާ ނިކުމެގެން ދިޔަފަހުން އީތަން އިރުގަނޑެއް ވާންދެން ވިސްނާފައި ޒޯއީގެ ކައިވެންޏާއި ބެހޭގޮތުން ޝަކީބާ އާއި ވާހަކަދައްކަން ގަސްތު ކުރިއެވެ. އާއިލީ ކަމެއްގައި ބަސް ބުނުމަކީ ރަނގަޅު ގޮތެއް ނޫންކަން އެނގޭއިރުވެސް އެކުވެރިއެއްގެ ހައިސިއްޔަތުން ޒޯއީއަށް އެހީވާން އީތަން ބޭނުންވެއެވެ. ބަދަލުގައި ލޯބި ނުދެވުނަސް ޒޯއީއަށް އޭނާ އަޅައިލާ މިންވަރު އޭރުން އަންގައިދެވިދާނެއެވެ.
ގޭގެ ހުރިހާ މެމްބަރުން އެއްތަންވީ ރޭގަނޑެވެ. ޒާހިދު އަށެއްގެ ޚަބަރު ބަލައި ނިންމާފައި ކާމޭޒު ދޮށަށް ދިޔައިރު އެހެން އެންމެން އިންތިޒާރުގައި ތިއްބެވެ. "ޝަކިއްތާ! އަހަރެން ވާހަކައެއް ދައްކަން ބޭނުން." އީތަން ފުރުސަތުގެ ބޭނުން ހިފާފައި ފެށިއެވެ. ޒޯއީ އުލުން ކާއެތިކޮޅެއް ނަގައި އަނގަޔަށް ލައިގެން ހަފަމުން އީތަން އަށް ބަލައިލީ އެއްވެސް އަސަރެއްނެތް ގޮތަކަށެވެ. އެކަމަކު ތިއާ އިނީ އީތަން ދައްކަން އުޅޭ ވާހަކައެއް ނޭނގިގެން ޝައުޤުވެރިވެފައެވެ. ޒާހިދު އާއި ޝަކީބާ ވެސް މެއެވެ. "ބުނެބަލަ. ކޮންވާހަކައެއް؟" ޝަކީބާ ހުއްދަ ދިނެވެ. "ޤަބޫލުކުރަން އަހަރެން މީ މިގޭގެ ކަންތަކާއި ބަސްބުނަން އެންމެ އެކަށީގެންވާ ފަރާތެއް ނޫންކަން. އެކަމަކު ޒޯއީ އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އަދި ޒޯއީއަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައަކީ ވެސް އަހަރެންގެ ހިތާމަ އާއި އުފަލެއް ކަމުގައި ދެކެނީ." އީތަންގެ ވާހަކަ އެހިސާބަށް ގެންގޮއްސައި ބަލައިލި އިރު ތިއާ އިނީ ފާޑަކަށް ލޯ ބޮޑުކޮށްލައި ގެންނެވެ. އީތަން ބަލައިލުމުން ތިއާ ނޫނެކޭ ބުނާފަދަ ގޮތަކަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ.
"ޝަކިއްތާ އަހަރެންނަކަށް ނުފެނޭ ޒޯއީގެ ކައިވެނި އެހާ އަވަސް ކުރާކަށް. އެޓްލީސްޓް ޝީ ނީޑްސް ޓައިމް ޓު ނޯ ހިމް." އީތަންގެ ޖުމްލަ ނިމުނު އިރު ޝަކީބާ އިނީ ހިތްހަމަނުޖެހިފައެވެ. އެއާއި ޚިލާފަށް ޒާހިދުގެ މޫނުން އީތަންއަށް ތާއީދު ކުރާކަމުގެ ކުލަވަރު ފެނުނެވެ. "ނޮޓް ބޭޑް އީތަން. އެކަމަކު މަންމަ ތި ވާހަކައަށް އެއްޗެއް ބުނުމުގެ ކުރިން އަހަރެން ވާހަކައެއް ބުނަން ބޭނުން." ޒޯއީ އުލާއި ސަމުސާ ތަށިތެރެއަށް ދޫކޮށްލައިފައި ނުހަނު ހަމަޖެހިފައިވާ ނަޒަރަކުން އީތަންއަށް ބަލަން އިނދެގެން ވާހަކަދެއްކިއެވެ. "މޯމް. އަހަރެން ކައިވެންޏާއި ޤަބޫލު." ޒޯއީ ގެ ޖުމްލައިން އީތަން އާއި ތިއާ ފަދައިން ޒާހިދު ވެސް ސިހިއްޖެއެވެ. ޝަކީބާގެ މޫނަށް ވެރިވި އުފާވެރި ކުލަވަރާއެކު ޒޯއީގެ މޫނަށް ބަލައިލި އިރު އެހެން އެންމެން ފަދައިން އޭނާއަށްވެސް ފެނުނީ ހަމަޖެހުމުގެ ކުލަވަރެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރުގެވެސް އިންތިހާއެވެ.
ތިއާއަށް އެވަގުތު ވެސް ވިސްނުނީ ޒޯއީ ހިތުގައި ވަރުގަދަ ރޭވުން ގަނޑެއް ނެތިސް އެހާ ފަސޭހައިން އެއްބަސް ނުވާނެ ކަމެވެ. ނޫނިއްޔާ އީތަންގެ ހަޤީޤަތް އެނގިގެން މިސްރާބު ބަދަލުކޮށްލީ ބާވައެވެ؟ ތިއާ ވިސްނަން އިނދެފައި ބަލައިލި އިރު އީތަންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އޭނާ އަށެވެ. ހަތަރުކަޅި ބައްދަލު ވުމުން އީތަން މިވަނީ ކީއްހޭ އަހައިލާ ފަދަ ގޮތަކަށް ނިއްއަރުވައިލިއެވެ. ތިއާ ނޭނގެއޭ ބުނާގޮތަށް ކޮނޑު އަރުވައިލިއެވެ. މާގިނަ އިތުރު ވާހަކަތަކެއް ނެތި ކެއުން ނިންމާލައިފައި ޝަކީބާ ޒާހިދު ގޮވައިގެން ބޭރަށް ނިކުތުމުން ޒޯއީވެސް ތެދުވެއްޖެއެވެ.
"އެން ޔޫ ތިއާ! އަދި ނުވޭ އިނގޭ މާބޮޑަށް އުފާވާކަށް. ހީ ނުކުރާތި އަހަރެން މިގެއިން ދިޔައީމަ އީތަން ގޮވައިގެން ބޭނުންހާ ގޮތަކަށް އުޅެވޭނެއޭ. ވެލް... އައި ހޭވް މޯ އިންޓްރެސްޓިން ސަޕްރައިޒެސް. ޖަސްޓް ވެއިޓް އެން ވޮޗް!" ޒޯއީ ތިއާގެ ކައިރިއަށް ހުއްޓި ހަތަރުކަޅި ހަމަކޮށްލަމުން ފަހު ޖުމްލަ އަދި މާ ސިއްރުން ބުނެލާފައި ނުލަފާ ގޮތަކަށް ހިނިތުންވެލައިގެން ނިކުންނަން ދިޔައެވެ. "ޝީޒް ބްލަފިން." އެވަގުތު ތިއާ ކަންބޮޑުވެފައި ބަލައިލުމުން އީތަން ހަމަޖެހިލާފައި ބުނެލިއެވެ.