ފަސް ހަފްތާ ވެގެން ދިޔައިރު ވެސް މައުވާއަށް ޒިވްޔަންއާ ބައްދަލުކުރާނެ ފުރުސަތެއް ފަހިކުރެވޭ ގޮތެއް ނުވިއެވެ. ޒިވްޔަން އޭނައާއި ބަހައްޓާ ދުރުކަމުގެ ސަބަބުންނެވެ. އޭރު ވަޒީފާގެ ސަބަބުން އޭނައާއި ޒޯހާއާ ދެމެދު ބަދަހިވެފައިވާ އެކުވެރިކަމުގައި މައުވާ މަދުމަދުން ނަމަވެސް އެގެއަށް ގޮސް ހަދައެވެ. ދާ ކޮންމެ ފަހަރަކު އެކަނިމާއެކައި އުނދޯލީގައި އޮންނަ ޒިވްޔަން އޭނައަށް ފެނެއެވެ. ވާހަކަދައްކާލަން ހިތަށް އެރިޔަސް ފަސްޖެހެވުނީ ޒިވްޔަންގެ ފަރާތުން އެކަމުގެ އިޝާރާތެއްގެ މިންވަރުވެސް ނުފެންނާތީ އެވެ. ނުވީތާކަށް އިސްއުފުލާ އޭނައަށް ބަލާ ވެސް ނުލައެވެ. އެހާ ބޮޑު ބަދަލެއް ޒިވްޔަންއަށް އައި ސަބަބެއް އޮޅުން ފިލުވަން މައުވާ ބޭނުން ވިއެވެ. އެއީ ހަމަ އެދުވަހު ދެކެވުނު ވާހަކައިގެ ނުބައިކަން ހެއްޔެވެ؟ ނުވަތަ އެނޫން ސިއްރެއް އޭގެ ފަހަތުގައި ފޮރުވިފައި ވަނީ ހެއްޔެވެ؟
ޒިވްޔަން މައުވާއާއި ދުރުން އުޅެން ފެށީ ކޮންޓްރޯލް ނުކުރެވޭ އޭނަގެ ރުޅިވެރިކަމުގެ ރޯޅިތައް މައުވާއަށް އަމަޒުވާން ނޭދޭތީއެވެ. ކުރީ ފަހަރު ވެސް އޭނަ އިމުން ބޭރުނުވީ ކިރިޔާއެވެ. ދެވަނަ ފަހަރަށް އެދަފަ ކަމެއް ތަކުރާރުވެގެންދާ ހިނދު ގޯހެއް ހެދިދާނެތީ އޭނަ ބިރުގަނެ އެވެ. މިހާރު ވެސް މައުވާ ހުންނާނީ އޭނަ ދެކެ ބިރުގެންފަ އެވެ. އެފަދައިން ކަންތައް ވީ ވެސް ރަގަޅަކަށެވެ. ނަމަވެސް އޭނަގެ ހިތަށް ވެރިވެފައިވާ ބުރަހެލިކަމުން އުނދަގޫކުރުވަމުން ދިޔަ އެވެ. ތާއަބަދު މައުވާ އޭނަގެ ކުރިމަތިން ފެންނަން ފެށުމުން އެސޫރައަށް ބަލަން ހިތް އެދި ގޮވަ އެވެ. އެރީތިކަމަށް ތައުރީފުކުރަން ބޭނުން ވިއެވެ. މިއިން ޒަމާނެއްގައި ވެސް އެފަދަ ޚިޔާލުތަކުން އޭނައަށް ގޯނާކޮށްފައި ނުވެއެވެ. އޭނައަށް ވެސް ރީތި އަންހެން ކުދިން ފެނިފައި ވެއެވެ. ނަމަވެސް އެހެން ކުދިންނާ މައުވާ ތަފާތުވާ ސަބަބެއް އޭނައަށް ނޭގުނެވެ. ފަހަރެއްގައި އެހިތްހެޔޮ ހިނިތުންވުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އޭނައަށް ބަލާ ގޮތުންނާއި ހަދިޔާކުރާ ހިނިތުންވުންތަކުން ހައިޖާންގަނޑެއްގެ ތެރޭގައިވާ ޖިސްމަށް ފިނިކަމެއް ހޯދައިދުނުމުގައި ކުރިއެރުން ލިބެއެވެ. އެހެނަސް އަމިއްލަ ޒަމީރާއި ދެކޮޅަށް އޭނައަށް ވަނީ އެހުރިހާ އިހުސާސްތަކަށް ފުރަގަސްދޭން ޖެހިފައެވެ. އެކަމާ ހުރެ އޭނަގެ ރުޅިގަޑު ބައެއްފަހަރު ހިލިގެން ދެއެވެ. އެހެން މީހުން ފަދައިން އޭނަ ނުވީ ކީއްވެ ހެއްޔެވެ؟ އޭރުން މި ނިމުމެއްނުވާ މަޔޫސްކަމުގެ ހިޔަނީގައި އުޅޭކަށް ވެސް ނުޖެހުނީހެވެ. ތަޤުދީރާ ޒިވްޔަންއަށް ޝަކުވާ ކުރެވުނު އަދަދެއް ނޭގުނެވެ. ލޯކުރިމަތިން މައުވާ ފެންނަ ކޮންމެ ދުވަހަކު އޭނަގެ ހިތުގެ ގޮވުމަށް ޖެހެނީ ފުރަގަސް ދޭށެވެ.
*****
ހަވީރުގެ ވަގުތެވެ. ގޭގެ ޖަނބުރޯލުގަހުގައި ދޮންވެފައި އިން ޖަނބުރޯލް ކޯންޏެއް ބިންނަން ފާރުމައްޗަށް އަރާ އޮތް މައުވާ ދިޔައީ އޭނަ ބިންނަމުން ދިޔަ މޭވާތައް ހިފަން ކައިރީގައި ހުރި ޒޯހާއާ ވާހަކަ ދައްކަމުންނެވެ. އެވަގުތު ބަދިގެއިން ނިކުމެގެން އައި އަސްމާއަށް މައުވާ ފެނި އަޑުގެ ކޮޅަށް ހަޅޭއްލަވައިގެންފި އެވެ.
''ބަލަ ތީ ފިރިހެނެއް ނޫނޭ ފާރަށާ ގަސްގަހަށް އަރަަން، ހަމަ މިހާރު ތިތަނުން ފައިބާ، މި ކުއްޖަކު އުޅޭ ގޮތުން ބޯފަޅައިގެން ދާހާ އެބަ ވެޔޭ...'' އުކުޅުގައި އަތްވިއްދާލަމުން އަސްމާ ހަޅޭއްލަވަމުން ދިޔަ އެވެ. މަންމަގެ އަޑަށް ސިހުނު މައުވާގެ ފައި ނޯޅުނީ ވެސް ކިރިޔާއެވެ. އަވަސްއަވަހަށް ފާރު މަތިން ފައިބަން އުޅުނު ވަގުތު ދުރުގައި އޭނައަށް ބަލަން ހުރި ޒިވްޔަން ފެނި ހިނިތުންވެލެވުނެވެ. ޒިވްޔަންގެ ފަރާތުން ފެނުނީ ހަމަ އާދައިގެ މަތިން އެމޫނުން ފެންނަ ހިމޭންކަމެވެ.
''ޒޯ، އަހަރެން އެއްޗެއް އަހަންތަ...'' ފާރުބުރިމަތިން ފޭބި މައުވާ ޒޯހާއަށް ބަލާލިއެވެ. އަތުގައި އޮތް ކުޑަ ކޮތަޅުގައި ހުރި ޖަނބުރޯލުތައް މައުވާއަށް ދިއްކޮށްލަމުން އަހާބަލާށޭ ޒޯހާ ބުނެލިއެވެ. މޭވާތައް ދޮންނަން ފެންއިސްކުރާއި ދިމާއަށް ހިނގައިގަންނަމުން މައުވާ ވާހަކަ ދެއްކަން ފެށިއެވެ.
''ޒޯގެ ދޮންބެ ބަލިވީ ކިހިނެއް ވެގެންތަ؟...'' ދުރުދުރުން ފެށުމުގެ ބަދަލުގައި މައުވާ ދިޔައީ ސީދާ މައުޟޫއު އަށެވެ. އިސްކުރު ކައިރިއަށް ގުދުވެ އޮވެ އޭނަ ޒޯހާގެ މޫނަށް ބަލާލީ އެމޫނަށް އަރާ ކުރަވަރުތައް ފެންނަ ފަދައިންނެވެ. މައުވާގެ ސުވާލުން ހައިރާންކަމެއް ޒޯހާއަށް ލިބުނެވެ. ކުއްލިއަކަށް މައުވާ ޒިވްޔަންއާ ބެހޭ ގޮތުން ސުވާލުކުރަން ފެށީމަ އެވެ.
''އާމްމްމް، ޒޯއަކަށް ވެސް އަސްލު ވެގެން އުޅެ ގޮތެއް ނޭގޭ... އެކަމަކު މިކޮޅަށް ބަދަލުވުމުގެ ކުރިން ދޮންބެއަށް ޓްރީޓްކުރަން އައި ސައިކޭޓްރިސްޓަށް މަންމަ އެވާހަކަތައް ކިޔައިދެނިކޮށް އަޑު އެހިން، އެކަމަކު އަހަރެން ފެނުނީމަ ވަގުތުން ހުއްޓާލީ، ބަޓް އައި ހާރޑް ދެޓް ހީ ހެޑް އަ ވެރީ އެބިއުސިވް ޗައިލްޑްހޫޑް، ޓީން އޭޖްގަ ވެސް... ދޮންބެގެ މުޅި ލައިފް ހޭދަވަނީ އެކަމެއްގައި، ވަރަށް ދެރަވޭ ދޮންބެ އެހެން އުޅޭތަން ފެނުނީމަ، ގިނަ މީހުން ކިޔާ އެއްޗެހި އަޑު އިވުނީމަ ވަކިން ދެރަވޭ، ހީ ނީޑްސް ހެލްޕް، އެކަމަކު އެންމެން ދޮންބެ ބާކީކުރަނީ... ދޮންބެގެ އެޓިޓިއުޑާ ހެދި ގިނަ ފަހަރު ފަރުވާ ކުރެވޭކަށް ވެސް ނޯވޭ... މިހާ ތަނަށް ވެސް ފައިދާއެއް ލިބުނު ތެރަޕީއަކީ މިޔުޒިކް، ހީ ފައިންޑް ޕީސް އިން އިޓް...'' ޒޯހާ ކިޔައިދިނެވެ. ފަހަރަކު މޭވާއެއް ދޮންނަމުން ދިޔަ މައުވާ ހުރީ ޒޯހާގެ ވާހަކަތައް ކަނުލާ އަޑު އަހާށެވެ. އެވާހަކަތަކުން އޭނައަށް އަސަރުކުރިއެވެ. އިރުކޮޅެއް ވަންދެން ގަނޑުވެފައި ވެސް ހުރެވުނެވެ.
''އެބިއުސް؟، ލައިކް ވަޓް؟...'' ތެޅިތެޅި އޮތް ހިތަކާއެކު މައުވާއަށް އެސުވާލު ކުރެވުނެވެ. މިހާރު އަންހެން ކުދިންނެކޭ އެއްފަދައިން ފިރިހެން ކުދިންނަށް ވެސް ތަފާތު އެކިއެކި އަނިޔާތައް ލިބެއެވެ. ޚަބަރުތައް ބަލާލުމުން ވެސް އެކަން އެނގޭނެ އެވެ. ޒިވްޔަންއަކީ ވެސް ކުޑައިރު އެފަދަ އަނިޔާއެއް ތަހައްމަލުކުރަން ޖެހުނު ޒުވާނެއް ހެއްޔެވެ؟ އެދެލޮލުން އޭނައަށް ފެންނަ އުދާސްތަކުގެ ފަހަތުގައި ވަނީ އެކަންތައް ހެއްޔެވެ؟ އެހެނިހެން މީހުންނާ އެކަހެރި އެކަނިވެރި ދިރިއުޅުމަކަށް ޒިވްޔަން ލޯބިކުރަނީ އެސަބާ ހުރެ ހެއްޔެވެ؟ ޒިވްޔަން އެހާ ފަސޭހައިން ރުޅި އަންނަ އެސަބަބަކީ އެއީ ހެއްޔެވެ؟ ހިތުގައި އުފެދެން ފެށި ސުވާލުތަކާއެކު ފާޑެއްގެ ބިރުވެރިކަމެއް މައުވާ ވަށާލަން ފެށިއެވެ. މުޅި މީހާ ހާސްކުރުވާފަ އެވެ. އޭނައަށް ނޭގި ހުއްޓާ ހިތުގައި ނޭގޭ ވޭނީ ވިންދެއް ވެސް ޖަހާލިއެވެ.
''އައި ޑޯންޓް ނޯ... މަންމަ މުޅިން އެވާހަކަތައް ކިޔައެއް ނުދޭ... އެކަމަކު ހީވަނީ ފިޒިކަލް އެންޑް މެންޓަލް އެބިއުސް ހެން... ދޮންބެ ވަކިން ބޮޑަށް މަންމަ ދެކެ ރުޅި އާދޭ، ހީ ބްލޭމްސް ހާރ ފޯރ ވަޓް ހެޕެންޑް...'' ޒޯހާއަށް އޭނަގެ މަންމަގެ މާޒީ މާބޮޑަށް އެނގިފައި ނުވެއެވެ. ހަމައެއާއެކު އޭނަ ދޮންބެގެ ވެސް މެއެވެ. އެހެންކަމުން ކަން ހިނގިގޮތް މައުވާއަށް ކިޔައިދޭކަށް ނޭގުނެވެ.
''އަހަރެން އަޑުއެހިން މީޒާދައްތަ މަންމަ ގާތު ބުނިއަޑު ޒިވްޔަންއަށް ޓްރީޓްކުރަން ސައިކޭޓްރިސްޓަކު ގެންނަ ވާހަކަ، އެކަމަކު މިހާ ދުވަސް ވީއިރު ވެސް ނާދޭ... އަނެއްކާ މިހާރު ނާންނަ ގޮތަށް ހަމަޖެހުނީތަ؟...'' މައުވާއަށް އަހާލެވުނެވެ. އޭނަ ހުރީ ކަމުގެ ހަޤީޤަތުގެ ތެރެއަށް އިތުރަށް ފީނަން ބޭނުން ވެފައެވެ. ލިބުނު މަޢުލޫމާތުތަކުން އޭނަގެ ހިތެއް ނުފުރުނެވެ. އެއަށްވުރެ ބޮޑަށް އުފެދުނު ސުވާލުތައް ވީ ގިނައެވެ. ހުރިހާ ކަމެއް އޮޅުފިލައި ޒިވްޔަންއަށް އެހީގެ އަތެއް ފޯރުކޮށްދޭން މައުވާ ބޭނުން ވިއެވެ. އެނޫން ގޮތަކަށް އޭނަގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ނިމުމެއް ނާންނާނެއެވެ.
''މަންމަ ބުނީ މައްސަލައެއް ދިމާވެގެންނޭ ނާދެވިގެން އުޅެނީ، އެކަމަކު މި ހަފްތާ ތެރޭގަ އަންނާނެޔޯ...'' ޒޯހާ ބުނެލިއެވެ.
*****
މިޒްޔަލްގެ ސައިކަލު ފަހަތުގައި އިން ތޫބާ ހުއްޓުމެއް ނެތި އޭނަގެ އަނގަތަޅުވަމުން ދިޔަ އެވެ. އެކަމާ ހުރެ މިޒްޔަލްގެ ތުންފަތަށް ވެރިވެފައިވަނީ ފުން ހިނިތުންވުމެކެވެ. ކިތަންމެ ގިނަ އިރެއް ވިޔަސް ތޫބާގެ ވާހަކަތައް ފޫހިކަމެއް ނެތި އަޑު އަހާލަން އޭނަ ބޭނުން ވެއެވެ. އެއަޑުގައި ވަނީ ކޮންފަދަ ޖާދުލެއްކަމެއް ނޭގެއެވެ. ކިތަންމެ ފަހަރަކު އަޑު އިވުނަސް ހިތެއް ނުފުރެއެވެ.
މަންޒިލަށް ދެވުމާއެކު ދުވާރު ކައިރިން ސައިކަލު ޕާރކްކޮށްލެވޭ ތަނެއް ފެނޭތޯ މިޒްޔަލް ބަލާލިއެވެ. ނަސީބު ރަގަޅުކަމުން ދުރަށް ދުއްވަން ނުޖެހި ތަންކޮޅެއް ލިބޭ ވަރު ވިއެވެ.
''ޒެން، އައެމް ސޯ އެކްސައިޓެޑް، މަންމަމެން ވެސް މިހާރު ރުހުން ދިނީ، އަހަންނަށް އެނގުނޭ ޒެންގެ ތި ސްމާޓްކަމުން އެންމެންގެ ހިތް އަތުލާނެ ކަން...'' މިޒްޔަލްގެ ކޮލުގައި ހިފާލަމުން ތޫބާ ބުންޏެވެ. ތޫބާގެ ދެލޮލުން މިޒްޔަލްއަށް ފެނުނީ ނިމުމެއް ނުވާ ލޯތްބާއި އުފާވެރިކަމެވެ. އެއުފާވެރިކަމުގެ ފަހަތުގައިވާ މިލްކުވެރިޔަކީ އޭނަކަން އެނގުމުން އޭނަގެ ހިތަށް ފިނިކަމާއި އާރޯކަން ލިބުނެވެ. އޭނަ އަބަދުވެސް ބޭނުންވަނީ ތޫބާގެ ފަރާތުން އެއުފާވެރިކަން ފެންނާށެވެ. އެކަން އެގޮތަށް ވުމަށް އެދި އޭނަ ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ.
މިޒްޔަލްގެ ތޫނު ދެލޮލުން ތޫބާގެ ހިތް ފޫއަޅުވާލުމާއެކު ރަކި ހިނިތުންވުމަކާއެކު އޭނަ އިސްތިރިކޮށްލިއެވެ. އެވަގުތު މިޒްޔަލް އޭނައާއި ކައިރިވެލަމުން ކަންފަތް ދޮށުގައި ބުނެލި އެއްޗަކުން އޭނަ ވަކިން ބޮޑަށް ލަދުގަތެވެ. އެސިފަތަކުން ތޫބާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދެއެވެ. އެފަދަ ކޮންމެ ފަރި ހަރަކާތަކުން މިޒްޔަލްގެ ހިތުގައި އޮތް ލޯބި އިހުނަށްވުރެ ފުންވެގެން ދެއެވެ.
''އަވަހަށް ހިނގާ، އިރުކޮޅަކަކުން މަންމަމެން ދާނެ ތޫބާމެން ގެއަށް...'' އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން މިޒްޔަލް ވާހަކަ ދެއްކިއެވެ. އަދި ތޫބާގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައިގަތީ ކައިރީގައި ހުރި ފިހާރަޔަށް ވަނުމަށެވެ.
މަންމަ ދިން ލިސްޓުގައި ހުރި ސާމާނުތައް ނަގައި އަތުގައި އޮތް ޓްރޯލީއަށް ތޫބާ އަޅަމުން ދިޔަ އެވެ. ވަކިވަރަކަށް ސާމާނުތައް އެޅުނުތަނާ މިޒްޔަލް އޭތި އަތުލީ ތޫބާއަށް ބަރުވެދާނެތީއެވެ.
''ޑަން...'' ލިސްޓްގައި ހުރި އެއްޗެހި ހަމަވުމާއެކު ތޫބާ ބުނެލިއެވެ. ''ޒޭން ދޭބަލަ ޕޭކުރަން އަހަރެން އެބަ ދަން އިރުކޮޅަކުން...'' މަންމަ ދިން ފައިސާ މިޒްޔަލް އަތަށް ދިއްކޮށްލުމުން އޭގައި ހިފުމުގެ ބަދަލުގައި މިޒްޔަލް ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ. އެއާއެކު މިޒްޔަލްއަށް ތޫބާ ގޮވާލިއެވެ.
''އަހަރުމެންގެ ކައިވެނީގެ ކަންތައް ޑިސައިޑްކުރާ ހަފްލާއަކަށް ވީމަ އަހަންނޭ ޕޭ ކުރާނީ...'' މިޒްޔަލް ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. މިޒްޔަލް ދިޔަ ދިމާއަށް ބަލަން ހުރެފައި ތޫބާ މިސްރާބު ޖެހީ ޗިލާރއާ ދިމާއަށެވެ. އޭގައި ހުރި ފިނިބުއިންތަކަށް ނަޒަރު ހިންގަން ހުރި ތޫބާއަށް ކަމުދާ ކަހަލަ އެއްޗެއް ނުފެނުމުން ދާން އެނބުރުނެވެ. އެއާއެކު ކުރިއަށް އަޅާލި ފިޔަވަޅު ގަނޑުވެގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ. ޤަބޫލުކުރަން ދަތިވެފައި އޭނައަށް ބަލަން ހުރެވުނީ އެވެ. އެއީ ހަމަ އަލޫފް އެވެ. އޭނައާއެކު ދެން ހުރީ ޒޯހާ އެވެ. ޒޯހާގެ އުރުގައި އެހުރީ އެމީހުންގެ ދަރިފުޅު ނިއަމް އެވެ. ހައިރާންވެފައި ހުއްޓާ އޭނައަށް އަލޫފްގެ ނަޒަރު ހުއްޓުނު ތަން ފެނި ތޫބާ އަވަސް އަވަހަށް ދާން އުޅުނެވެ. ނަމަވެސް މިފަހަރު ޒޯހާ ގޮވާލުމުން ހުއްޓެވުނެވެ. އޭނަ ހުރީ ވާނުވާ ނޭގިފައެވެ. އަލޫފް ބުނި ގޮތުން ވިއްޔާ އޭނަ ހުރީ ޒޯހާ ވަރިކޮށްފައެވެ. އަލޫފް އޭނަ ގާތު ދެއްކި ވާހަކަތަކުން ޒޯހާ ދެކެ ފޫހިވާވަރު ވެސް އޭނައަށް ވަނީ އެނގިފައެވެ. ދެން އެދެމީހުން ގުޅުނީ ކޮން އިރަކު ހެއްޔެވެ؟
''އަހަރެން ތޫބާ ގާތުން މަޢާފަށް އެދެން ބޭނުންވެފައި ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ، އަހަންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއް، އެހުރިހާ ކަމަކަށް ވެސް އަހަރެން މަޢާފަށް އެދެން... ކުރެވުނު ކަންތަކާ މެދު ވިސްނާލެވޭ ކޮންމެ ފަހަރަކު އަހަަރެން ވަރަށް ލަދުގަނޭ...'' އަލޫފް ބުންޏެވެ. އަދި އޭނައަށް ހެޔޮ ވިސްނުން ލިބުނު ހިސާބާއި ޒޯހާއާ މެދު ކަންތައް ކުރެވުނު ގޮތާ މެދު ދެރަވެ ދަރިފުޅަށް ދެރައެއް ލިބެން ބޭނުންނުވާތީ ޒޯހާ ގާތު އާދޭސް ކޮށްގެން އަލުން ގުޅުނު ގޮތް ވެސް ކިޔައިދިނެވެ. މިހާރު ޒޯހާއަކީ އޭނައަށް ތަޤުދީރުގެ ނިޔާގައި ކަނޑައެޅި ނިމިފައިވާ ބައިވެރިޔާކަން ވެސް އިހުސާސްކުރެވިއްޖެ ކަމަށް ބުންޏެވެ.
ތޫބާ ހުރީ ކަންފަތަށް އިވުނު ބަސްތައް ޤަބޫލުކުރަން ދަތިވެފައެވެ. ނަމަވެސް ކޮންމެ އިންސާނަކަށް ވެސް ތެދު ހިދާޔަތް ލިބިދާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ލަސްވިފަހުން ވިޔަސް އަލޫފަށް ހޮޔެވިސްނުން ލިބި ދެވުނު ގެއްލުންތައް މަރާމާތުކޮށް ޒޯހާއާއެކު އުޅެން ނިންމުމުން ތޫބާ އުފާވިއެވެ. އޭނަގެ ހިތުގައި އަލޫފާ މެދު އުފެދިފައިވި ފޫހިކަމާއި ރުޅިވެރިކަމަށް ވެސް ނިމުން އައެވެ.
''އަހަންނަށް އަލޫފް ހުރިހާ ވާހަކައެއް ކިޔައިދިން، އެއިން އެއްވެސް ކަމަކަށް އަހަރެން ތޫބާ ކުށްވެރިއެއް ނުކުރާނަން......'' ޒޯހާ ހިތްހެޔޮ ހިނިތުންވުމަކާއެކު ބުންޏެވެ. އެވަގުތު ތޫބާއަށް ލަސްވެގެން އައި މިޒްޔަލް ގޮވާލުމުން ހުރިހާ އެންމެންގެ ނަޒަރު މިޒްޔަލްއަށް ހުއްޓުނެވެ. އަލޫފް ފެނި އިރުކޮޅެއް ވަންދެން މިޒްޔަލްއަށް ބަލަން ހުރެވުނެވެ. އެއާއެކު އެއީ ކާކުކަން ނަގައިގަނެވުމާއެކު މިޒްޔަލްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފާޅުވިއެވެ. އޭނަ ކުރިއަށް ހިނގައިތީ ބާރު ފިޔަވަޅުތަކެއްގައެވެ. އެވަގުތު ތޫބާ އެދެމެދަށް ނުވަންނަމަ އޭނަ އަލޫފް ގައިގައި ޖެހީހެވެ.
''ޒެން...'' މިޒްޔަލް ގާތަށް ޖެހިލަމުން ތޫބާ ގޮވާލިއެވެ. އަދި މިޒްޔަލްގެ އަތުގައި ހިފެހެއްޓިއެވެ. ތޫބާ ކަންދިމަވީ ގޮތް ކިޔައިދިނުމުން މިޒްޔަލްގެ މޫނުގައިވި ރުޅިވެރިކަން ފިލައިގެން ދިޔަ އެވެ.
*****
ތޫބާއާއި މިޒްޔަލްގެ ކައިވެނީގެ ކަންތައް ފޯރިއާއެކު މަޝްވަރާ ކުރެވުނެވެ. ތޫބާ އެހާ އަވަހަށް ކައިވެނި ކުރަން އުޅުމުން ފުރަތަމަ ކޮޅު ދިޔާނާ ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް ދަރިފުޅުގެ ހުރިހާ އުފަލަކާ ގުޅިފައި ވަނީ މިޒްޔަލްކަން އެނގުމާއި، ތުބާ ވެސް މިޒްޔަލްއާއި ކައިވެނި ކުރަން ބޭނުންވާވަރު އެނގުމުން އެއުފާވެރިކަމަށް ނިމުމެއް ގެންނަން ބޭނުންނުވާތީ އޭނަ ރުހުން ދިނީއެވެ. ހަމައެއާއެކު ތޫބާ އުފަލުގައި ބެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ ޒުވާނަކަށް މިޒްޔަލް ވުމާއެކުގައި ވެސް މެއެވެ.
ކައިވެނީގެ ހަފްލާ ބޭއްވޭނެ ތަނާއި، ޕާޓީގެ ތީމާއި، ކެއުމުގެ އިންތިޒާމުގެ ކަންތަކާއި، ތާރީޚު ވެސް މަޝްވަރާތަކުގެ ތެރޭން ފައިނަލް ވެގެން ދިޔަ އެވެ. ތޫބާ އާއި ޖެހިގެން ސޯފާގައި އިން މިޒްޔަލް ތޫބާގެ އަތުގައި ހިފާލަމުން އެމަޑު އަތްތިލައަށް ފިތާލިއެވެ. ތޫބާ އިސްއުފުލާލަމުން މިޒްޔަލްއަށް ބަލާލި ހިނދު އެދެލޮލުން އޭނައަށް ފެނުނީ ހިތް ދީވާނާވާ ފަދަ ޝުއޫރުތަކެވެ. ހިތާއި ޖާނުން އެދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ލަސްތަކެއްނުވެ މިޒްޔަލްގެ އަންބެއްގެ މަޤާމަށް އާދެވޭނެކަމުގެ ފޮނި ހުވަފެން ދެކެމުންނެވެ.
*****
ބަދިގޭގައި އުޅުނު މައުވާއަށް އޭނަގެ ފޯނު ރިންގްވާ އަޑު އިވެން ފެށުމުން ދޮންނަން ހުރި ތަށިތައް ސިންކުގެ ތެރެއަށް ދޫކޮށްލަމުން ހެދުމުގެ ފަސްބައިން އަތުގައިވި ފެން ފޮހެލިއެވެ. އަދި ފޯނަށް ޖަވާބު ދިނެވެ.
''ގެސް ވަޓް...'' ތޫބާގެ އަޑުގައި ވަނީ ތަފާތު ޖޯޝެކެވެ. ކުއްލިއަކަށް އެތޫލި އަޑު އިވުމުން މައުވާގެ ކަންފަތަށް އުނދަގޫ ވެސް ވިއެވެ. ''އައިމް ގެޓިންގް މެރީޑް...'' އިތުރަށް މަޑުކުރަން ކެތްނުކުރެވިގެން ތޫބާ ހާމަކޮށްލިއެވެ.
''ވަޓް؟...'' ލިބުނު ހައިރާންކަމާއެކު މައުވާއަށް ބުނެވުނެވެ. އޭނަގެ މޫނުމަތިން އުފާވެރިކަން ފާޅުވިޔަސް އެކުއްލި ޚަބަރާއެކު އޭނަގެ އަޑަށް ވެރިވި ޝުއޫރުތައް ސިއްރުނުކުރެވުނީއެވެ. ''ކިހިނެއް؟، ކޮންއިރަކު؟، ގިވް މީ އެވްރީ ސިންގްލް ޑީޓެއިލް...''
ތޫބާ ހުރިހާކަމެއްގެ ތަފުސީލީ ރިޕޯޓް މައުވާއަށް ހުށަހެޅިއެވެ. ތޫބާގެ ވާހަކައިގައި ބައިވެރިވެ ހުރި މައުވާ ވެސް އުފާވެފައި ވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އެންމެ ގާތް އެކުވެރިޔާގެ އިތުރުން އޭނަގެ ކޮއްކޮގެ ކައިވެނީގެ ހުރިހާކަމެއްގައި ބައިވެރިވާން އޭނަ ބޭނުން ވިއެވެ.
''އަޅޭ، މަޑު ކުރެވުނު ނަމައޭ ހިތަށް އެބައަރާ، އޭރުން ހުރިހާ ކަމެއްގަ ބައިވެރި ވެވުނީހެއްނު... މިވާގޮތުން ހަމައެކަނި ވެޑިންގްއަށް އާދެވޭނީ... އެކަމަކު ރަށަށް އާދެވުމުން އަންޔޫޝުއަލް ކަމެއް ވެސް ވެއްޖެ...'' މައުވާއަށް ބުނެލެވުނެވެ.
''ކޮންކަމެއް؟، އަނެއްކާ މަށަށް ނާންގާ ބީއެފެއް ނެގީތަ؟... ޕިސްޕިސް، ހާދަ ވަގޭ ދޯ... ކޮން ނަމެއްތަ ކިޔައީ، ޑޭޝިންގްތަ؟...'' ތޫބާގެ ސުވާލުތައް ފަށްޗަކަށް މައުވާއަށް އަމާޒު ވިއެވެ. މައުވާއަށް އޭނަގެ ބޮލުގައި ފުއްޓަކިއެއް ޖަހާލެވުނީ އޭނަ ބުނަން ބޭނުންނުވި ކަންތައް ދުލުކުރިއަށް އައީމަ އެވެ.
''ބޯއިފްރެންޑެއް ނޫން... އެކަމަކު ދޮގެއް ނަހަދާނަން، ޒިވްޔަން ވަރަށް ބޮޑަށް ވެސް ޑޭޝިންގް...'' ފުން ޚިޔާލަކަށް ގެއްލިފައި މައުވާއަށް ބުނެވުނެވެ. ޔަޤީނުން ވެސް އެއީ އޭނައަށް ބޭއިހްތިޔާރުގައި ބުނެވުނު އެއްޗެކެވެ. ހަމެހޭވެރިކަންވީ ތޫބާގެ އަޑަށެވެ.
''ޒިވްޔަން!، ހާދަ ރީތި ނަމަކޭ... ހީވަނީ ތި ބޯއި އިވީއަށް ވަރަށް ކަމުދާހެން، ދެން ކުރިއަށް ދޭބަލަ، އެހެން ނޫނީ ގެއްލިދާނެޔޭ، އަސްލު އަހަރެން ވަރަށް އުފާވެއްޖެ އިވީ މޫވް އޮން ކުރީމަ، ދިސް މައިޓް ބީ ދަ ވަން... އޭނަ ކިހިނެއް އިވީއާ މެދު ދެކެނީ؟...'' ތޫބާ ބުނެލިއެވެ.
''ނޭގޭ...'' ތޫބާގެ ޖުމްލައިން މައުވާގެ ހިތުގައި އަނެއްކާ ވެސް އެތައް ސުވާލެއް އުފެދުނެވެ. އެއީ ތެދަކަށް ވެދާނެ ހެއްޔެވެ؟
''ނޭގެޔޭ ތިބުނީ؟، އޭނަ އިވީއާ ވާހަކަދައްކާއިރު ނޭގޭތަ؟، ބާލާ ގޮތުން ނޭގޭތަ؟، އޭނަ އިވީގެ ހެޕިނެސްއަށް ފަރުވާތެރިވާނަމަ އެނގޭނެއެއްނު...'' ތޫބާ ސުވާލަކަށް ފަހު ސުވާލެއް ކުރިއެވެ. އެއާއެކު މައުވާ އަމުނަމުން ދިޔަ ސުވާލުތަކުގެ ފަތި ދިގުވުން ނޫންކަމެއް ނުވިއެވެ. އެއަށް ދުވަހަކު ޖަވާބު ލިބިދާނެ ހެއްޔެވެ؟
''ހީ އިޒް ނޮޓް ލައިކް އަދާރ ޕީޕަލް...'' މައުވާއަށް އެންމެފަހުން ނުހުރެވިގެން ޒިވްޔަންގެ ވާހަކަތައް ކިޔައިދިނެވެ. އޭނަގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ވެސް ހާމަކުރިއެވެ. އެއާއެކު ތޫބާގެ އަޑުކެނޑި ހިމޭންކަން ވެރި ވެއްޖެއެވެ.
''ޔޫ ދެއާރ؟...'' ތޫބާގެ ޚަބަރެއް ނުވުމުން މައުވާއަށް ބުނެވުނެވެ.
''އިވީ... ލޯބި ވެވުމަށް ބޭނުމެއް ނުވާނެ ޤަރުނެއް، ބަދަލުކުރެވޭ އެންމެ ނަޒަރަކުން ވެސް ލޯބި ވެނިދާނެ، ބަދަލުކުރޭ ހިނިތުންވުމަކުން ވެސް މީހަކުދެކެ ލޯބި ވެވިދާނެ، ހިތުގައި އުފެދޭ ހަމްދަރުދީ ވެސް ލޯތްބަށް ބަދަލުވެދާނެ، އިޓް ޖަސްޓް ހެޕެން އިން އެ ސްޕްލިޓް ސެކެންޑް... އިވީ، ޔޫ ހޭވް ފީލިންގްސް ފޯރ ހިމް، ޤަބޫލުކުރަން ބޭނުން ނުވިޔަސް މީ ހަޤީޤަތް، ޒިވްޔަންގެ ސިއްރުތައް އެނގެން އިވީ ކުއްލިޔަކަށް ތިހާ ބޭނުންވަނީ ކީއްވެ ކަމާމެދު ވިސްނާލަބަލަ... ޒިވްޔަންއަށް އެހީވާން ބޭނުންވަނީ ކީއްވެތޯ ހިތާ ސުވާލުކޮށްބަލަ، ޒިވްޔަންއާ ވާހަކަ ނުދެކެވި ގިނަދުވަސް ވުމުން ހިތަށް ހުސްކަން ވެރިވެފައިވާ ސަބަބު ހޯދަބަލަ... ޒިވަޔްންގެ ހުރިހާ ހިތާމަޔަކަށް ނިމުން ގެނެސް ޒިވްޔަން އުފަލުގައި ވާތަން ދެކެން އިވީ ބޭނުންވަނީ ކީއްވެތޯ ހިތާ ސުވާލުކޮށްބަލަ... ޔޯރ ކްރިއޯސިޓީ ޑްރޯވް ޔޫ ކްލޫޒް ޓު ހިމް... ޒިވްޔަން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އިވީއަށް ނޭގި ތިހިތުގައި އިހުސާސްތައް ހޭލަމުން ދިޔައީ... އިވީ، ޒިވްޔަންއަށް އެބޭނުންވާ ލޯތްބާއި އޯގާތެރިކަމަކީ އިވީއޭ، މިހުރިހާ ދުވަހު އަލިމަގެއް ނުފެނުނީ ބިކޯޒް ޔޫ ވާރ މީންޓް ފޯރ ހިމް... ބުނެއެއްނު ތަޤްދީރުގެ ރޭވުންތެރިކަން ވަރަށް މޮޅުވާނެޔޭ، މިވެސް ހަމަ އެފަދަ ކަމެކޭ... އިވީ، ޔޫ ހޭވް ޓު ފައިޓް ފޯރ ހިމް...'' ތޫބާއަށް މައުވާގެ ހިތް ހުޅުވާލާފައިވާ ފޮތެއް ފަދައިން ކިޔާލުމުގެ ކުޅަދާނަކަން ލިބުނެވެ.