އިރާގެ "ސްޓެޕްބްރަދަރ" އެތާގައި ހުރިކަމުގެ ހިލަމެއްނުވެ އެނދުގެ ކަނެއްގައި ހޫނު ރަޖާގަނޑެއްގެ ދަށަށް ވަދެ ފޮތެއް ހިފާލައިގެން އިރާ އިނެވެ. ދައުވަތުނުދޭ މެހުމާނެއް ކޮޓަރީގައި އުޅޭކަން ރޭކާލާން ހިނދުކޮޅެއްނެގިއެވެ. އޭރު ފިނިގަދަކަމުން ކޮޓަރި ހީވަނީ އޭސީކޮށްލާފައިވާ ހެންނެވެ. ވައިރޯޅިތަކުގެ ސަބަބުން ދޮރުތަކުގައި ދަމާފައިވާ ފަރުދާ ތަކުގައި ވައިއަޅުވާލާފައިވެއެވެ. އިރާ އިނީ ފަންކާ އާއި އޭސީ ނިވާލައިގެން ކަމުގައިވިޔަސް ކޮޓަރިވަނީ ފިނިހިފާލާފައެވެ. އެނދުގައިވާ މަޑު ރަޖާ އާއި ބާލީސްތައް އިރާގެ ހީފިލުވުމުގައި ބައިވެރިއަކަށް ވެދިނެވެ. އެނދުގެ ކައިރީގައި އަޅާފައިވާ މަޑު ރަގްގެ މަތީގައި ދާނިޔަލް ހުއްޓި ހުރިއިރު އެ ރީތި ދެލޯ އިރާ އާއި އަމާޒުކޮށްލި އިރު ހީވީ ހިތް ފޫއަޅުވާލާފާނެ ހެންނެވެ. ހާދަ ތޫނު ދެލޮލެވެ. 

"ޑެ...ޑެނިއެލް ކީއްކުރަން މިތަނަށް އައީ..." އިރާ ފުންމައިގެން ތެދުވެ ކަންބޮޑުވެފައިވާ ގޮތަކަށް އަހާލައިފި އެވެ. އުއްބައްތީގެ އަލިކަމުގެ ތެރެއިން އިރާ ގެ ނޫ ދެލޯ ވިދައެވެ. އަދި ރަތްކުލައިގެ ޓޮޕަކާއި ކުރު ސޯޓެއްގައި ހުރުމުން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށެވެ. މިގޮތަށް ދާނިޔަލްމެންގެ ކުރިމައްޗަށް އައުމަށް އޭނަގެ މަންމަވަނީ ތަކުރާރުކޮށް މަނާކޮށްލާފައެވެ.

"ކީއްވެ އަހަންނާއި މެދު ތިހާ ފިނިކޮށް ކަންތައްކުރަނީ ޑިއަރެސްޓް އިރާ..." ދާނިޔަލްގެ ރާގުގައި ކޮންމެވެސް ވަރަކަށް ޖެއްސުންކުރުމުގެ ގޮތެއް އެކުލެވެއެވެ. އެއް ދުވަސްވަރެއްގައި އެދެމީހުންގެ ދޭތެރޭގައި ހިއްސާކުރި ގުޅުން މުޅިން ރޫޅިގެން ހިނގައްޖެކަމުގައި ގަބޫލު ކުރެވުނެވެ. މިހާރު އިރާގެ ކުރިމަތީގައި މިހިރަ ޒުވާނާ އަކީ ކުރީގެ ލާނެތް، ސަކަ ދާނިޔަލްއެއް ނޫނެވެ. ބީރައްޓެހި ނުރައްކާތެރި މީހެކެވެ. އެހެންނޫނަސް އިރާވަނީ ދާނިޔަލް އާއި ބެހޭ ގޮތުން ވާހަކަތަކެއް އަޑުއަހާފައެވެ. ނުވީތާކަށް އޭނަވަނީ މަންމަ އޭނަ ރޭޕްކޮށްފިޔޭ ކިޔައިގެން ގޭތެރޭގައި ދެކެވުނު ވާހަކަ އަކާއި މެދު އަޅާނުލާފައެވެ. ދާނިޔަލް އާއި ބެހޭގޮތުން އެފަދަ ވާހަކައެއް ފެތުރެން ވީގޮތެއް އޭނައަކަށް ޔަގީނެއް ނުވެއެވެ.

"ޕްލީޒް ލީވް، ނުފެނޭތަ އަހަރެން ބިޒީކަމެއް..." އިރާ ތަންކޮޅެއް އަމުރުވެރި ގޮތަކަށް ބުނަން އުޅުނަސް އެ ޖުމްލަ ބުނެވުނީ ބަލިކޮށެވެ.

"މިގޭގައި އެކަކުވެސް ނޫޅޭ ސޯ އައި ތޯޓް އައި ވުޑް ކީޕް ޔޫ ކޮމްޕެނީ..." ދާނިޔަލް ތަންކޮޅެއް މައުސޫމް ގޮތަކަށް އެހެން ބުނެލާފައި ބޯ އަރިކޮށްލާފައި އެ "ޓްރޭޑްމާކް" ހިނިތުންވުން ހަދިޔާކޮށްލިއެވެ. އިރާއަކަށް ދާނިޔަލްއަށް އިތުބާރެއް ނުކުރެވުނެވެ. ދާނިޔަލްގެ ލޮލުގައިވާ ވިދުމުގެ ސަބަބުން އޭނަ ބިރުގަނެއްޖެއެވެ.

"ކުޑަ ސުވާލެއް....ވައި ޑަޒް އިޓް ހޭވް ޓު ބީ މީ؟ ހަމަ ނަހުޔާން ނޫނީ ކޮންމެވެސް އެހެން ފިރިހެނެއްގެ ނަން ބުނެވިދާނެއްނު، އެކަމަކު އަހަރެންގެ މިނިވަންކަން ގެއްލުވާލެވޭނެ ގޮތެއް ވާތީ ހަމަ ވަރަށް ހިތްހަމަޖެހިފައިތަ ތިހިރީ؟ މާ މޮޅުމީހެއްކަމަށް ހީކުރަންތަ؟ " ދާނިޔަލްގެ އަޑު ކިތަންމެ މަޑުވިޔަސް ނުރައްކާތެރިއެވެ.

"އައި..އައި ކެން އެކްސްޕްލެއިން........." ބޭއިޚުތިޔާރުގައި އިރާގެ ފިޔަވަޅުތައް ފަހަތަށް ޖެހުނެވެ.

"ޓޫ ލޭޓް، ވަޓްސް ޑަން އިޒް ޑަން..... އިރާ އެ ވާހަކަދެއްކީމަ ދެން އަހަރެމެންގެ ޑްރާމާ ސްކްރިޕްޓްކޮޅު ހަގީގީ ދިރިއުޅުމުގައި ކުޅެލިއްޔާ ކިހިނެއްވާނެތަ؟ މަ ވަރަށް ކިއުރިއަސްވެއްޖެ ވާގޮތް ބަލައިލަން..... " ދާނިޔަލް އިރާ އާއި ހަމަޔަށް ދިޔައިރު އެ ފުން ލޮލުގައި އެދުންވެރިކަން ހުރީ އިރާ އަކަށްޓަކައެއް ނޫނެވެ. ބަދަލުހިފުމުގެ ރޫހުގައި ހުރިއިރު އޭނަގެންގުޅޭ އުސޫލުތައް ހަނދާންހުރިހެނެއް ހިޔެއް ނުވެއެވެ. މިގޮތަށް ނުގަބޫލުގައި އަންހެންކުއްޖެއްގެ ގަޔަށް އަތްލުމަކީ އޭނަ މިވީހާތަނަށް ކޮށްފައިވާކަމެއް ނޫނެވެ. ދާނިޔަލް ކުރިއަށް ޖެހިލާފައި އިރާގެ އަނގަމަތީގައި އަތުން ހިފާ ބާރުކޮށްލިއިރު އިރާގެ ހިތް ދިރޭރަހަ ފޮދެއްހެން ތެޅިގަތެވެ. ދާނިޔަލްގެ ލޮލުގައި ހަމްދަރުދީގެ ކަންފުޅެއްނެތެވެ. އަޅާލާނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އިރާގެ އިހުސާސްތަކަށް އެއްވެސް ގަދަރުކުރުމެއްނެތެވެ. އެރި އޮޅުމެއްގެ ސަބަބުން އުފައްދާލެވިފައި މިވަނީ ބޮޑު މޮންސްޓަރއެއްކަން ވިސްނި އިރާގެ ހިތުގައިވާ ބިރުވެރިކަން ދެގުނަ އިތުރުވިއެވެ. ދާނިޔަލް އަބަދުވެސް އެއް މިޔަ ތޫނު ކަނޑިއެއް ފަދައެވެ. ކޮންމެ މީހަކުވެސް އެދޭނީ އޭގެ ތޫނު ނޫން ފަރާތުން އެމީހަކާއި ދިމާލަށް ދިއްކޮށްލުމެވެ.

"އިރާއަށް އަހަރެންގެ ހިތްހަމަޖައްސާދެވޭނެ......" އިރާ ދާނިޔަލްގެ މޭގައި އަތްއަޅާ ކޮށްޕާލާފައި ދުރަށް ދުއްވައިގަންނަން އުޅުނެވެ. ހަޅޭއްލަވައިގަންނަން އަނގަވެސް ހުޅުވާލިމެއެވެ. ދާނިޔަލް ދެވަނަފަހަރަށް އިރާގެ އަނގައިގާ ހިފަހައްޓާލާފައި އަނެއް އަތް އުނަގަނޑުގައި އަޅުވާލާފައި ގާތަށް ދަމާލިއެވެ.

"ޝްޝްޝް...." ދާނިޔަލް އިރާގެ ކަންފަތްކާރީގައި އެހެން ބުނެލިގޮތުން ހީވީ ޗޮކްލެޓް ވިރުވާ އަޅައިލިހެންނެވެ. އަންހެނުންނަށް އޭނަގެ އަތުގެ އެންމެ ބީހިލުމަކުން ކުރުވާ އިހުސާސް ދާނިޔަލްވަނީ ކިތަންމެ ފަހަރަކު ދެކެފައެވެ. އިރާގެ އަނގަމަތީގައިވި އަތް އެ ނާޒުކް އަތާއި ހަމަޔަށް ދިޔައިރު ދާނިޔަލް އިރާ ގާތްކޮށްލީ އިރާއަށް ހަޅޭއްލަވައި ނުގަނެވޭނެފަދަ ގޮތަކަށެވެ. އިރާގެ އެސްފިޔަތައް މެރިގެންދިޔައިރު ހިފެހެއްޓުމެއްނެތް ކަރުނަތައް އެ ދޮން ކޯތާފަތްމަތިން ތިރިއަށް ދެމިގެންފިއެވެ. ދާނިޔަލް ގާތުގައި ހަގީގަތް ހާމަކުރެވޭނެ ފުރުސަތެއް އޭނަ ނުދިނެވެ. ސަލާމަތްވެވޭނެ ކުޑަ ފުރުސަތެއް ނުލިބުނެވެ. އިރާގެ ހަޅޭއްލެވުން މާނަކުރެވުނީ ލިބުނު ވޭނުގެ ސަބަބުންކަމެއް ނޫނީ ހިތްހަމަޖެހިގެންކަމެއް ނޭގުނެވެ. ދެމީހުންނަށްވެސް ޔަގީންވީ މިރޭގެ އެ ހާދިސާ ދެން އަނބުރައި ރުޖޫއަ ނުކުރެވޭނެ ކަމެވެ. ވީކަމެއް ވެގެން ހިނގައްޖެއެވެ.

އިރާއަށް ހީވީ ވެހެމުންދިޔަ ވާރޭވެސް ރަހުމެއް ނެތި ދާނިޔަލް އާއި އެއްބައިވިހެންނެވެ. އޭނަ އެހާ ލޯބިވި ވާރޭވެސް އޭނަ ނިކަމެތިކޮށްލުމުގައި މަދަދު ވެރިވީއެވެ. ހަޅޭއްލެވިނަމަވެސް އެ އަޑު ވާރޭތެރެއަށް އޮބުނީއެވެ. އަދި އެ ދެލޮލުގައި އެވަގުތު ވި އާދޭހާއި، މާޔޫސީކަމުންވެސް އެ އަނިޔާވެރިޔާއަށް އަސަރެއް ނުކުރިއެވެ. ރަހުމްގެ ކުނޑިފަށެއްވި ނަމަވެސް އެގޮތަށް އޭނަ އާއި މެދު ދާނިޔަލް އަނިޔާވެރި ނުވީހެވެ. 

އިރާ ތުރުތުރުއަޅާ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. އެ ކުޑަ ހަށިގަނޑަށް އަރަމުން ދިޔަ ލޮޅުންތަކާއި އެކުގައި ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނަގެ ހިތުގައި ކޮންމެވެސް ވަރެއްގެ ލޯތްބެއް އުފެދުނު ޒުވާނާވަނީ އޭނަ އެހާ ނިކަމެތިކޮށްލާފައެވެ. ބޭނުމެއް ނެތްކުއްޖަކަށް ހަދާފައެވެ. އިރާ ތެދުވުނީމަ ފައިވެސް ރޫރޫއަޅަން ފެށީ ޅަ ފުއްލާއެއް ފަދައިންނެވެ. ފަހަރެއްގައި އޭނަ މިގެއިން ނިކުމެގެން ހިނގާލަން ދާންވީއެވެ. ނިމުމެއްނެތް ހިނގާލުމަކަށް ދާންވީއެވެ. ދާނިޔަލްގެ ގަދަފަދަ ރުޅިވެރިކަމާއި ކުރިމަތިލާން ޖެހުނު އިރު އޭނަ ހާދަ ބަލިކަށިވިއެވެ. އެކަމުގެ ސަބަބުން އޭނަގެ ހިތަށް ލިބިފައިވާ އިންތިހާ ދަރަޖައިގެ ހިތްދަތިކަން އޭނަ މޮޔަކޮށްލައިފި އެވެ. ދެވަނަ ފަހަރަށް ތަޖުރިބާ ކުރަން ބޭނުންނުވާފަދަ ބިރުވެރި ރެއެކެވެ. އަދި އޭނަ ފުރަތަމަ ރެއަށްޓަކައި ކުރި އުއްމީދުތައް އެގޮތަށް ފެނަށް ވެގެން ދިޔައީއެވެ.

އިރާ ވަރަށް މަސައްކަތުން ވާރޭ ކޯޓު ގަޔަށް މަހާލައިފި އެވެ. އެހާވަރުގެ ކަމެއްކޮށްލުން މިއަދު އިރާއަށް ވީ ބޮޑު މަސައްކަތަކަށެވެ. އެއްވެސް ވަރެއް ނެތީއެވެ. ރޮއިރޮއިވެސް މީހާ ހަލާކުވާވަރުވެއްޖެއެވެ. އިރާ ކަރުނުން ފުރިފައިވާ ދެލޮލުން ފާރުގައި ހުރި ގަޑިއަށް ބަލައިލި އިރު ދަންވަރު ތިނެއްޖެހީއެވެ. އަދިވެސް ބޯކޮށް ވާރޭވެހޭ އަޑު އިވެއެވެ. ދާނިޔަލް ވަގުތުން ކޮޓަރިން ނުކުމެގެން ގޮސްފައިވި ނަމަވެސް އޭނަދިޔައީ ކުރިކަންތަކުގެ ނިޝާންތައް ހުރިހާތަނަކުން ފެންނަވަރުކޮށްލާފައެވެ. ރޫގުޅަ އަކަށްވެފައި ހުރި ހެދުންތަކާއި، އޭނަގެ ގައިގާ ހުރި މާކްތަކުން ފެށިގެން ލޭފައިބަމުން ދިޔަ ތުންފަތްވެސް އެކަމަށް ހެކިދެއެވެ.

އިރާ ކިތަންމެ ވަރަކަށް ނުވާކަމަށް ހަދާފައި އަމިއްލަ ހިތަށް އޮޅުވާލިޔަސް އެކަމެއް ނުވާނެއެވެ. އިރާ ފަޔަށްލެވުނުހާ ބާރެއް ލާފައި ދުވެފައި ގެއިން ނުކުމެގެންގޮސް ގޭޓާއި އަރާހަމަވިއެވެ. އޭރު ސިކިއުރިޓީ ގާޑް ފެންނާކަށް ނެތެވެ. ވާރޭވެހޭތީ އޭނަ ހިޔަލެއްގައި އަރާމުކޮށްލަން އިނީކަން ނޭގެއެވެ. މިއީ އެއްވެސް އިންސާނަކު ބޭރުގައި ނޫޅެ އަރާމު ތަންމަތީގައި ހޭދަކުރަން ބޭނުންވާފަދަ ރެއެކެވެ. އިރާ ގޭޓުގެ ތަޅާއި ކުޅެލާފައި ނަސީބަކުން ތަޅުނުލައި ހުރީމަ ހުޅުވިއްޖެއެވެ. ތަނެއްދޮރެއް ނުބަލާ އިރާ ދުއްވައިގަތީ އޭނަ އާއްމުކޮށް ގޮސް އުޅޭ ޕާކާއި ދިމާލަށް ދިޔުމަށެވެ. ވަގުތުވެސް ހުއްޓުނު ކަހަލައެވެ. އިރާއަށް ފެނުނީ ދެލޯ އަނދިރިވާފަދަ ތޫނު އައްޔެކެވެ. ކާރުގެ ހެޑްލައިޓްކަން އެނގުނުއިރު އިރާ އާއި ކާރާއި ދެމެދު ހުރީ ކުޑަ ދުރުމިނެކެވެ. ކާރުގެ ބްރޭކްއާއި ފުރޮޅުތައް ކަހާލައިގެން ދިޔަ އަޑުފަށްގަނޑާއިއެކު އެންމެ ހަޅޭކެއްގެ އަޑު ފަޒާގެ ހިމޭންކަން މުގުރާލައިފިއެވެ. އެންމެ ރެއެއްގައި ދެފަހަރު ލޭ އޮހޮރުވާލެވިއްޖެއެވެ. އިރާއަށް އިތުރު އެއްވެސް އެއްޗެއް އިހުސާސް ކުރެވޭވަރެއް ނުވިއެވެ. ކަނު އަނދިރިކަމުގެ ތެރެއަށް އިރާ ގެނބިގެން ހިގައްޖެއެވެ.

އެ މަންޒަރު ދެކެން ގޭޓުކާރީގައި ހުރި އަންހެންކުއްޖާވެސް އިރާ އާއި ދިމާލަށް ދުއްވައިގަތްއިރު އޭނަ ހުރީ އަނބުރައި ގަންނަ ގޮތް ވެފައެވެ.

"ބީޕް ބީޕް...." ބޮލަށް އުދަގޫވާފަދަ އަޑެއް އިވުމުން ދާނިޔަލް ބުމަގޮށްޖަހާލައިފާ އެއަޑަކާއި މެދު ވިސްނައިލިއެވެ. އެއަޑު ހިދުކޮޅަކަށް މެދުކެނޑިފައި އަނެއްކާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިވެންފެށުމުން "އާހް" ކިޔާލާފައި ދާނިޔަލް މޯޅިއަކަށް ދެމިލާފައި އެ ބޮޑު އެނދުން ތެދުވެ އިށީދެއްޖެއެވެ. އެއަޑު އިވޭ ދިމާލަށް ނުރުހުމާއިއެކު ބަލައިލުމުން އެނގުނީ އެއީ އޭނަގެ ފޯނުކަމެވެ. އެއީ ކާކުކަމެއް ދާނިޔަލް އަކަށް ނޭގުނެވެ. އޭނަގެ ކޮންޓެކްޓްގައިވާ މީހުންނަށް ޚާއްސަ ލަވައެއް އަންނަގޮތަށް ހަދާފައިވުމުން އެއީ ދާނިޔަލްގެ ޚާއްސަ މީހެއް ނޫންކަން ޔަގީންވިއެވެ. ފޯނުގަޑިން އަދި ހެދުނު ހަގަޑި ތިރީސްފަހެއް ވީއެވެ. އޭނައަކީ ހެނދުނު ފަތިހާ ތެދުވާން އާދަވެފައިވާ ޒުވާނެއް ނޫނެވެ.

"މިހާ ހެނދުނު ގަޑިއެއްގައި އުދަގޫ ކުރަނީ ކާކުތަ؟ މިގަޑީގައި އަހަރެން ހޭލައްވަން ޖެހޭނީ އިމްޕޯޓެންޓް ކަމެއްގައި ނޫނީ......" ދާނިޔަލް ފޯނު ނަގާފައި ޖަވާބުދޭ ބަޓްންއަށް ސްވައިޕް ކޮށްލައިފި އެވެ.

"ހެލޯ ހޫ އިޒް ދިސް..." ދާނިޔަލް ހަރުކަށިގޮތަކަށް ނުރުހުމުގެ ރާގެއްގައި ބުނެލިއިރު އަޑު ތަންކޮޅެއް ބަރެވެ.

"ދާނިޔަލް، އަހަރެން ނުގުޅިގެން އުޅޭތާ ގަޑިއެއް މިވީ...." ކަންފަތްފަޅައިގެންދާހާ ތޫނު އަޑަކުން ދޮންމަންމަ ހަޅޭއްލަވައި ގަތްއިރު އެއަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ.

"ހޫމް، މަމް، ވަޓް އިޒް އިޓް......" ދާނިޔަލްއަށް އެއީ ކާކުކަން އެނގުމުން ތަންކޮޅެއް އިހުތިރާމް އާއިއެކު ވާހަކަދެއްކިއެވެ.

"ވަރަށް ޓެރިބްލް ކަމެއް ދިމާވީ، ނޭގޭކަމަށް ހެދެން އުޅޭނެ ކަމެއްނެތޭ، ހަމަ މިހާރު ހޮސްޕިޓަލަށް އަންނަންވީ..." ޖުވޭދާގެ އަޑު މޮޅިވެރިކަމާއި ވަރުބަލިކަމުން ބަރާވެފައިވެއެވެ. ދާނިޔަލް ބޯ ޖަހައިލީ ޖުވޭދާއަށް އެ ހަރަކާތް ނުފެންނާނެ ކަމާއި މެދު ވިސްނައިލުމެއް ނެތިއެވެ.

"ވެލް..؟ " ޖުވޭދާ ކެތްތެރިކަމެއް ނެތި އެހެން ބުނެލި އިރު އޭނަހުންނާނީ ދެކޮޅަށް ހިނގާލަ ހިނގާލާކަން ދާނިޔަލްއަށް ޔަގީންވިއެވެ.

"އާނ، އަހަރެން މިދަނީ، އައިމް އޮން މައި ވޭ ނައު..." ދާނިޔަލް ތެދުވެ ތައްޔާރުވާން ފަށަމުން ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. ރޭ ވެހުނު ވާރޭގެ ސަބަބުން ގަސްތައްވަނީ ތެމި ތާޒާވެފައެވެ. ފަޒާ ފެންނަގޮތުން ހީވީ ދުންފިނިފައިބާފައި އޮތްހެންނެވެ. ބައެއް ދިމާލުން އަދިވެސް ފެންތިކިތަޅަމުން ދާއިރު އެވެސް ދާނިޔަލްއަށް އިވުނީ މިއުޒިކެއް ފަދައިންނެވެ.

ދާނިޔަލް ހޮސްޕިޓަލު ތެރޭގައި ފައި އެޅުމާއިއެކު އާއްމުކޮށް ދުވާ ޑިސިންފެކްޓެންޓް ވަސް ނޭފަތުގައި ޖެހިލުމުން ކުޑަކޮށް އުދަގޫވިއެވެ. ޑޮކްޓަރަކަށް ވިނަމަވެސް އޭނަ އަދިވެސް އެވަސްތަކަށް ނުހޭނެއެވެ. މަލީކް އެދިލައްވައިގެން މިރޮގު ޚިޔާކުރިޔަސް އޭނަގެ އެއްވެސް ޝައުގެއްނެތެވެ. ކޮންމެ ކަމެއްގައި ހުންނަނީ މަޖުބޫރީ ގޮތެކެވެ. ބަލިމީހުން ބަލަނީ އެހާ ކަންނެތްކޮށެވެ. ދާނިޔަލް ދެކޭގޮތުގައި އޭނަ ބައްޕައަށްޓަކައި ވީ ނިކަން ބޮޑު ގުރުބާނީ އެކެވެ. ދުނިޔެއިން އެންމެ ފޫހިވާ މަސައްކަތް ކުރަން އެއްބަސްވިއިރު ފަހުން ވާނެގޮތެއް ދާނިޔަލް ވިސްނައެއް ނުލިއެވެ. މީހުންގެ ޝަކުވާތައް މަޑުމަޑުން ނަމަވެސް ބޮޑުމީހާއާއި ހަމަޔަށް ފޯރަން ފެށިކަމުގެ ޝައްކެއް ދާނިޔަލްއަށްވެސް ވެފައިވެއެވެ.

ދާނިޔަލް އަށް އޭނަގެ ދޮންމަންމަ އިންތިޒާރުގައި ހުރިތަން ފެނުމުން ވިސްނައިލެވުނެވެ. ޖުވޭދާގެ ހަރު މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. އެމޫނުވަނީ މިލާފައެވެ. ދާނިޔަލް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ސްމާޓް ހިގުމެއްގައި ދަނިކޮށް ޖުވޭދާ ގޮވައިލުމުން އެނބުރި ބަލައިލާފައި އެދިމާލަށް ހިނގައިގަތްތަނާ ޖުވޭދާ ގޮވާލައިފި އެވެ. އޭނަގެ ދޮންމަންމަ އާއި އަރައި ހަމަވާ އިރަށް ހުޅުވާލެވިފައިވާ އަތުގެ ހޫނު އެތިފަހަރެއް މޫނަށް އަރައިގެން ދިޔުމުން ލިބުނު ޝޮކްގެ ސަބަބުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާއިރަށް އަނެއް ކޯތާފަށް މައްޗަށް އަނެއް ހަމަލާ އަމާޒުވިއިރު ޖުވޭދާ ރުޅިގަދަވެގެން ގޮސް އަތް ތުރުތުރުއަޅައެވެ. މިއީ ޖުވޭދާގެ ފަރާތުން ދާނިޔަލްއަށް ފެނިފައިނުވާ ސިފައެކެވެ.

ދާނިޔަލްގެ ރީތި ދެލޮލުން ހައިރާންކަމުގެ އިންތިހާ ފެނިގެންދިޔައިރު މަޑުމަޑުން ކޯތާފަތާއި ދިމާލަށް އަތް އުފުލައިލެވުނެވެ.

މީހުންތަކުގެ ސަމާލުކަން އެދިމާލަށް ހުއްޓިފައި ސިއްރު ވާހަކަތަކެއް ދެކެވެން ފެށިކަން އެނގުމުން ދާނިޔަލް ޖުވޭދާގެ ކޮނޑުގައި ހިފާލާފައި ގަދަކަމުން ކަހަލަގޮތަކަށް ތަންކޮޅެއް މީހުން މަދު ހިސާބަކަށް ގެންދިޔައެވެ. ދާނިޔަލްގެ އެކަތައިގެ ބާރު ޖުވޭދާއަށް ފުރަތަމަ ފަހަރަށް އިހުސާސް ކުރެވުނެވެ.

"އެންމެ ފަހަރަކުވެސް ހިތަށް ނާރާތަ އަހަންނަށް ހުރިހާ އެއްޗެއް އެނގިދާނެޔޭ، ޑޮކްޓަރު ވަނީ ހުރިހާ އެއްޗެއް ކިޔާދީފައި..." ޖުވޭދާ ގެ ލޮލުން އަލިފާން ކަނި ބުރައިލިއެވެ.

"މަމް...." ދާނިޔަލް އަށް އަދިވެސް ވެގެން އުޅޭގޮތެއް އޮޅުމެއް ނުފިލައެވެ.

"އަހަރެންގެ ހުރި އެކަނި ދަރިފުޅު އޮތީ ހޮސްޕިޓަލުގެ ބަލިއެނދެއްގައި، ކަލޭގެ ސަބަބުން، އެތައް އަނިޔާތަކެއް ބޮލާއި މުޅި ހަށިގަނޑަށް ލިބިފައި އަދި، އަދި......" ޖުވޭދާގެ އަޑުގައި ތުރުތުރެއް އުފެދުނެވެ.

"އޭނައަށް އަނިޔާލިބިފައިވާ ވަރު ރަނގަޅަށް އެނގޭ........" ޖުވޭދާގެ ލޮލުން ކަރުނަ އޮހިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. 

"ދެވަނަފަހަރަށްވެސް އިރާ ރޭޕް ކުރީތަ؟ އެއްފަހަރުން ނުފުދުނީތަ؟ ކަލޭ ތިއީ ކޮންކަހަލަ މީހެއްތަ؟ " ޖުވޭދާ ހިސްޓީރިޔާ ޖެހިފައިވާ މީހެއްފަދައިން ހަޅޭއްލަވަމުން ދިޔައެވެ. ދާނިޔަލް ބޯ ހޫރާލީ ބުނާނެ އެއްޗެއް އަދި ކުރާނެކަމެއް ނޭގިފައި ހުރެއެވެ. ޖުވޭދާ އެހާ ފާޅުކަން ބޮޑުކޮށް ދަރިފުޅުގެ ވާހަކަ އެގޮތަށް ދައްކަފާނެ ކަމަކަށް ދާނިޔަލް ހިޔެއްނުކުރެއެވެ. އިރާ މޮޔަވާންވީމަ އޭގެ ބަދަލުގައި ޖުވޭދާ މޮޔަވީކަމަށް ދާނިޔަލް ނިންމިއެވެ. ޖުވޭދާ އިރުކޮޅަކުން ތަންކޮޅެއް ހަމަޖެހިލާފައި ޓިޝޫއިން މޫނު ސާފުކޮށްލަމުން ގޮނޑިއަށް ތިރިވިއެވެ. ކަން ހިނގައިގެން އުޅޭގޮތް ދާނިޔަލް ކިޔާދިން އިރު ކަމަކުދާކަށް ނެތެވެ. އައިޒާ ދަންވަރު ކޮފީއަކަށް ތެދުވެ އުޅެނިކޮށް ދާނިޔަލް އިރާގެ ކޮޓަރިން ނުކުތްތަން ފެނުނީއެވެ. އަދި އެފަހުން އިރާ ރޮއިރޮއިހުރެ ކޮޓަރިން ނުކުމެގެން ދާތަން ބަލަން ހުރެފައި އައިޒާ ފަހަތުން ދިޔައިރު ވަނީ އެކްސިޑެންޓް ހިގާފައެވެ.

"ދެޓް ސްޓުޕިޑް ގާރލް، އެގޮތަށް ވާރޭގެ ތެރޭގައި ދަންވަރު ނުކުމެގެން ދިޔައިރު އެކުއްޖާ ހީކުރީ ކީކޭކަމަށް ހެއްޔެވެ؟ އަންހެނުން ބަލިކަށިވެފައި އެހާ ފޫހިކޮށް އުޅެމުން އަދި އެހާ އަވަހަށް ފިލަން ދުވާތީ ހައިރާންވޭ، ވާންވީގޮތް އެވީ، ޝީ ޑިޒާވް އިޓް، އެހެންނޫނަސް އެކުއްޖާ އަހަންނަށް ބޭނުންވެފައި ހުރީ، އެކަން ޑިނައިކުރިޔަސް އިޓް ވޯސް އޮބިވިއަސް......" ދާނިޔަލްގެ ހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތެވެ. އިރާ އޭނައަށް ހިތްކިޔާކަން ދާނިޔަލްއަށް ނޭގެނީއެއް ނޫނެވެ. މައުސޫމްކޮށް ހުރެ ސާލިހުކުއްޖަކަށް ވާން އުޅޭއިރުވެސް އެކުއްޖާވެސް ބޮޑު އަންހެނެއްގެ ނަޒަރުން ދާނިޔަލް އާއި މެދު ވިސްނާކަން އެ ދެލޯ ހެކިދިން އިރެއް އައެވެ. ވީމާ ދެން ބޭނުންވާކަންތައް ފުއްދާދިނީމަ ކޮން މައްސަލައެއް ޖައްސާކަށް ހެއްޔެވެ؟ އޭނައާއިމެދު ދޮގު ތަކެއް ހަދައި، އޭނަގެ ހަޔާތަށް އަންނަން އުޅުނުއިރު ވެދާނެގޮތެއް ހަމަ ނޭގުނީހެއްޔެވެ؟ "ރޭޕް" އަކީ ކޯންޗެއްކަން ދަސްކޮށްދިނީމަ ކުށްވެރިވާން ޖެހޭހެއްޔެވެ؟ އިރާ އެގޮތް ބޭނުން ނުވިނަމަ އެފަދަ ތުހުމަތެއް އޭނަގެ ބޮލުގައި ނާޅުވާނެއެވެ.

ދާނިޔަލް އަނެއް ފަރާތަށް އެނބުރިލަމުން ދާން ހިގައިގަތެވެ.

"އައިމް ނޮޓް ޑަން ޔެޓް ދާނިޔަލް....." ޖުވޭދާ ތަންކޮޅެއް ބާރަށް ވާހަކަދައްކަމުން ގޮނޑިން ތެދުވެއްޖެއެވެ.

"ބަޓް އައި އޭމް ސްޓެޕްމަދަރ....." ދާނިޔަލް ފަރުވާކުޑަގޮތަކަށް ކޮނޑު އަރުވާލާފައި ފަސްބެލުމެއްނެތި ގޮސް ކޮރިޑޯއިން ގެއްލުމުން ޖުވޭދާ ހުރިތަނަށް ތިރިވެ މޫނުގައި ދެއަތް އެޅިއެވެ. އެ ބޮޑާކަމާއި ފޮނިކަން މޫނުމަތިން ނިގުޅައިގަންނަން ޖުވޭދާ އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. ދާނިޔަލްގެ އެހެރަ ނުލަފާކަމުން އޭނަގެ ދަރިފުޅުގެ ފުރާނަވަނީ މަރުގެ ތުންފަތްމަތީގައެވެ. އެވަރުންވެސް އެ ފިރިހެނާ އަޅައެއްނުލިއެވެ. ހަމްދަރުދީ ނޫނީ ދެރަވިކަމުގެ ކުޑަ ނިޝާނެއްވެސް މޫނުމަތިން ނުފެނުނެވެ.

ދާނިޔަލް ރިސެޕްޝަނާއި ހަމަޔަށް ދާއިރަށް އެތާ ތިބިހާ އަންހެންކުދިން ކުރަން ތިބިކަމެއް ހުއްޓާލާފައި އެ ޒުވާން ރީތި ޑޮކްޓަރަށް ސަމާލުކަން ދިނެވެ. އެންމެ ނަޒަރަކުން ދާނިޔަލް އެކުދިންގެ ހިތްތައް އަވަސްކުރުމުގައި ކާމިޔާބުކުރިއެވެ. ދާނިޔަލް އަހާލީ " އިރާ އަހުމަދު އަރީޝް" ކިޔާ ބަލިކުއްޖާ އޮތް ވޯޑަކާއި ބެހޭ ގޮތުންނެވެ. އެއްކުއްޖަކު އިރާ އޮތީ އައިސީޔޫގައި ކަމަށް ބުނުމުން ދާނިޔަލް ޝުކުރު އަދާކޮށްލާފައި ދިޔަގޮތަށް ހުއްދަ ހޯދުމެއްނެތި އައިސީޔޫގެ ދޮރު ހުޅުވާލައިފިއެވެ. އެކުޑަ ކުޑަ ކުއްޖާގެ ގައިގާ މެޝިންތަކާއި އެއްޗެހި ގުޅާފައި އޮތްއިރު ފެންނަނީ ވަކިން ނާޒުކް ކޮށެވެ. ބޮލުގައި ބޮޑު ބެންޑޭޖެއް އޮޅާލާފައިވެއެވެ. ލޯމަތި ދުޅަވެފައިވާވަރުން ބޮލަށް އަނިޔާވެފައިވެދާނެ މިންވަރު އަންދާޒާ ކުރެވުނެވެ. ކުޑަ ސިކުންތުކޮޅަކަށް ނަމަވެސް ދާނިޔަލް އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ. ދާނިޔަލް މޫނު އަނބުރާލާފައި އެތަނުން ދާން ހިނގައިގަތީ ދެވަނަ ފަހަރަށް އިރާއާއި ދިމާލަށް ބަލަން ބޭނުން ނުވެފައިހުރެއެވެ. އޭނަ މިވަގުތު ބޭނުންވަނީ މިހުރިހާ ކަމަކާއި އެއްފަރާތްވެލައި، ސިކުނޑި ހަމަޖައްސައިލުމެވެ. ވަރުގަދަ ކޮފީއަކާއިއެކު ދިގު ދިގު ދުއްވާލުމަކަށް ދިޔުމެވެ.

އިރާ ހޭލެވުނުއިރު އޭނަގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ހަށިގަނޑުގެ އެތަންމިތާގައި ވޭނެއް އަޅާފަދަ އިހުސާސެއް ކުރެވުނެވެ. ވަރުބަލިކަމާއިއެކު އޭނަ ދެލޯހުޅުވާލުމުން ހިތަށް ފިނިވެގެން ދިޔައެވެ. އޭނަ މިއޮތީ ކޮންތާކުހެއްޔެވެ؟ ކޮޓަރީގައި ކަރަންޓު ނެތީހެއްޔެވެ؟ ރޭގެ ހާދިސާ ހަދާންވުމާއިއެކު އިރާ ތެޅިގެންފައި ތެދުވާން އުޅުނަސް ކޮންމެވެސް މީހަކު އޯގާތެރި ކަމާއި އެކުގައި އަތުގައި ހިފަހައްޓާލިކަން އެނގުނެވެ.

"އިރާ......." ފިރިހެން އޯގާތެރި އަޑެކެވެ.

"އަހަރެން މިއޮތީ ކޮންތާކުތަ؟ ކިހިނެއްވީތަ؟ ކަރަންޓު ނެތީތަ؟ "އިރާ ދެލޯ ތަންމިނަށް ހުޅުވާލުމުންވެސް ހުރިހާ ދިމާލަކުން ފެންނަނީ ކަނު އަނދިރިކަމެވެ. 

"އޯހް...." އެމީހަކު ބުނެލައިފިއެވެ.

"ޑޯންޓް ވޮރީ މައި ޑިއަރ، އެކްސިޑެންޓެއްވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި ތިއޮތީ، އަދި ހުރިހާ ކަމެއް ރަނގަޅުވާނެ، އަދި އޮޕަރޭޝަނެއްކޮށްލަން ޖެހޭނީ......." ޑޮކްޓަރުގެ ވާހަކަތަކުން އިރާގެ ހިތުގައި ވަކިން ބޮޑަށް ބިރުވެރިކަން އުފެދި ދެލޯ ފުރި ބަންޑުން ވާންފެށީ ހޫނު ކަރުނަތަކުންނެވެ. އިރާގެ ސިކުނޑީގައި ފިލްމެއްގެ މަންޒަރު ނިއުޅެވެމުންދާ ފަދައިން ހުރިހާކަމެއް އެއްވަގުތުން ފެނިލައިގެން ދިޔައެވެ. ދާނިޔަލްގެ އަނިޔާވެރިކަމުން ފިލަން ދުވިތަނުން މިލިބުނީ ކޮންފަދަ ވަރުގަދަ ބޮނޑިއެއްހެއްޔެވެ؟

"އަހަންނަށް ނުފެންނަނީތަ ޑޮކްޓަރ......ނޫނީ ކަރަންޓް...." އިރާ ސުވާލުކުރަން ފެށިއެވެ. ޑޮކްޓަރ އިރާގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން އެއީ ވަގުތީ ކަމެއްކަމަށް ބުނެދިނަސް ޑޮކްޓަރު ހުރީ ޝައްކެއްގެ މަތީގައެވެ. 

"މަންމަ....." އިރާގެ އަޑުގައި ތުރުތުރެއްވިއެވެ.

"މަންމަ އަންނާނެ އިރުކޮޅަކުން....." ޑޮކްޓަރު އިރާގެ ހިތްހަމަޖައްސައިދޭން އޯގާތެރި ކަމާއި އެކުގައި ވާހަކަތައް ދެއްކި ނަމަވެސް އިރާގެ ބިރުވެރިކަން އިތުރުވާންފެށިއެވެ. އޭނަގެ ކަރުނަތައް ނުހުއްޓުވިގެން ޖުވޭދާ އެތަނަށް ގެންނަންވެގެން ޑޮކްޓަރު ބޭރަށް ނިކުތްއިރު މަލީކްގެ ދެމަފިރިންނާއި ނަހުޔާން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. އިރާގެ ލޮލަށް ނުފެންނަކަމުގެ ޚަބަރު ލިބުމުން އެންމެނަށް ލިބުނީ ޝޮކެކެވެ. ޖުވޭދާއަށް ބާރަކަށް ރޮއިގަނެވިއްޖެއެވެ. 

"މަގޭ ދަރި.....އޭނަ ރަނގަޅެއް ނުވާނެތަ؟ " ޖުވޭދާ ހުރީ މަންމަ ބަލިވުމުން ބޯ ހަލާކުވެފައެވެ. އެހެން ހުއްޓާ ހިތާމައިގެ މައްޗަށް މިލިބުނީ ހިތަށް ކެތްވާވަރުގެ އަނިޔާއެއްނޫނެވެ. އޭނަގެ ދެލޯ ދީގެން ނަމަވެސް ޖުވޭދާ ދަރިފުޅުގެ ފެނުން އަނބުރާ ގެންނަން ބޭނުމެވެ. ކޮންމެފަދަ ގުރުބާނީއެއްވެސް އޭނަ ވެދާނެއެވެ.

ޑޮކްޓަރު މަލީކްމެންގެ ގާތުގައި ދެއްކި ވާހަކަތަކުން ޖުވޭދާއަށް ހިތްވަރެއް ނުލިބުނެވެ. އިރާ ބޭރަށް ގެންގޮސް އިތުރު ޓެސްޓުތައް ހަދައިގެން ނޫނީ އެއްވެސް ކަމެއް ޔަގީންނުވާނެ ކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އިރާގެ ސިކުނޑިއަށް ގެއްލުމެއް ލިބިފައިވެދާނެ ކަމަށްވެސް އެނަ ނިންމެވިއެވެ. ޖުވޭދާގެ ބަދުނަސީބުކަމާއިމެދު ހިތާމަކުރަމުން ގޮސް އިރާ އޮތްތަނަށް ވަދެވުމާއިއެކު ޖުވޭދާ އަނބުރައިގަންނަ ގޮތްވިއެވެ. އެތަނުގައިވާ މެޝިންތަކުގެ ބީޕް އަޑުން ބިރުވެރިކަން ހިތަށް ވަނެވެ. އޭނަގެ ދަރިފުޅު އޮތީ އެތައް ހޮޅިތަކާއި ގުޅާފައެވެ. ހީވަނީ ވައިރުކޮށްލާފައިވާ އިންސާނެއް ހެންނެވެ. އެކުއްޖާފުޅު އެއޮތީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ އެކްސިޑެންޓްގެ ޚަބަރު ލިބުމުން ބިރުން ހަލާކުވާވަރުވެފައި މިހާރު އޭނަގެ ހިތަށް ލިބުނީ ކެތްނުކުރެވޭފަދަ ހިތާމައެކެވެ. ޖުވޭދާގެ ފަހަތުން ކަހަލަގޮތަކަށް މަލީކް އާއި ނަހުޔާން އެނދު ކާރިއަށް އައެވެ.

"ދަރިފުޅާ...." ޖުވޭދާގެ އަޑުއިވުމުން އިރާގެ ރީތި ނޫކުލައިގެ ދެލޯ އެދިމާލަށް ހުއްޓާލިއެވެ. އިރާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. 

"މަންމާ، އެއްވެސް އެއްޗެއް ނުފެނޭ..... ކަރަންޓު ނެތީމަވެސް މިހާ ވަރެއްނުވޭ، އެހާ އަނދިރިކަން ގަދަ، އައިމް ސްކެއާޑް..." އިރާގެ ނޭފަތުގައި ގުޅާފައިވާ ޓިއުބްގެ ސަބަބުން ވާހަކަ ދައްކަން ފަސޭހައެއް ނޫނެވެ. އެހެންވެ ވާހަކަ ދެއްކެނީ ހުއްޓަ ހުއްޓާފައެވެ.

"ޑޮކްޓަރު ބުނުއްވި ދަރިފުޅު އޮޕަރޭޝަން ކުރީމަ ރަނގަޅުވާނެޔޭ، މަންމަ ހެއްދެވިފަރާތަށް ހަމްދުކުރަން..... އިރާއަށް މާބޮޑު ކަމެއް ނުވެ ސަލާމަތްވި ކަމާއި މެދު މަންމަ ވަރަށް އުފާކޮށްފިން......" ޖުވޭދާ އިރާގެ އަތުގައި ފިރުމާލަ ދެމުން ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއިރު އިރާ އޮތީ ދެލޯ މަރާލައިގެންނެވެ. އޭނައަށް ކޮންމެ މީހަކު ކިތަންމެ ވަރަކަށް ވިސްނައިދިނަސް ހިތުގައިވާ ވޭނަށް ލުޔެއް ނުލިބޭނެއެވެ. ކުއްލިއަކަށް މިގޮތަށް ފެނުމުގެ ނަސީބުން މަހުރޫމްވުމުން ހިތަކަށް ލިބޭ ކެކުޅުން ވަޒަންކުރެވޭނީ ތަޖުރިބާ ކުރެވުނު މީހަކަށެވެ. އެހެން އެކަކަށްވެސް އެ އިހުސާސްތަކެއް ނުކުރެވޭނެކަން އިރާއަށް ޔަގީނެވެ. މުޅި ދުނިޔެ އަނިދިރިވެގެން ދިޔުމުން ދުނިޔެއިން ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ ކަށްވަޅުގެ އަނދިރިކަމުގައި ދިރިއުޅުން ހޭދަކުރުމެކޭ އެއްގޮތެވެ. އިރާ ބޭނުންވީ އަޑުކޮޅަށް ހަޅޭއްލަވައިގަތުމަށެވެ. އެތެރެ އެތެރެއިން ހަޅޭއްލަވަން އުޅެފައިވެސް ބޭހުގެ އަސަރުތަކުން އޭނަގެ ދެލޯ ނިދިން ބަރުވާންފެށިއެވެ.

އިރާއަށް ދެމުންދާ ބޭހުގެ ސަބަބުން އަދި ސިކުނޑިއަށް މާބޮޑަށް ކަންތައް ނަގައިނުގަނެވުނީކަން ނޭގެއެވެ. އިރާ ގިނަވަގުތު އޮންނަނީ ނިދިފައެވެ.

އައިޒާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ދާނިޔަލްގެ އަނދިރިފަރާތް އެނގުނު ވަރަކަށް ހިތުގައިވާ ބިރުވެރިކަން ބޮޑުވިއެވެ. ދާނިޔަލް އިރާއަށް ކުރީ ކޮންކަމެއްކަން ދެނެގަންނާން އޭނަވެސް ސައިންޓިސްޓެއްގެ ވިސްނުމަކަށް ބޭނުމެއްނުވެއެވެ. އިރާ އެގޮތަށް ރޮމުން ދަންވަރު ނުކުމެގެން ދާނީ އެ ނުލަފާ ދާނިޔަލް ގަދަކަމުން އިރާއާއި ބެހުނީމައެވެ. އައިޒާ ކިތަންމެ ވަރަކަށްވެސް އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ. މައިދައިތަ އޭނަ ގާތުގައި އިރާ ރަނގަޅަށް ބަލަން އެދުނެވެ. ގެއަށް އައިސް އޭނަ ހުރީ އިރާގެ ސިކިއުރިޓީއަކަށް ވެގެންނެވެ. ނަމަވެސް އިރާހާ އުމުރުން ޅަ ނުވިޔަސް އޭނަގެ ސިކުނޑީގައި ގިނަވެފައިވާ ޚިޔާލުތަކާއިއެކު ވަރުބަލިވެފައިވާ ވަރުން އެނދުގއައި ޖައްސާލުމާއިއެކު ނިދުނީއެވެ. ދަންވަރު ކޮފީއަކަށް ހޭލިއިރު ދާނިޔަލް ވަނީ އިރާގެ ހަޔާތް އެއްފުށުން އަނެއް ފުށަށް ޖަހާފައެވެ. ދާނިޔަލްގެ އެކުށަށް އަދަބުދޭން އައިޒާ ބޭނުންވިއެވެ. އޭނަގެ ހަޔާތް ބަރުބާދުކޮށްލާފައި ނުފުދުނީ ހެއްޔެވެ؟ ކުޑަ އަންހެންކުއްޖަކަށް ގޮތްގޮތް ހަދަން ޖެހޭ ހެއްޔެވެ؟ 

އައިޒާ ފާމަސީއަށް ދިޔައީ ބޮލުގައި ރިއްސާތީ ބޭސްގުޅައެއް ގަނެލުމަށެވެ. ފިހާރައަށް ވަދެލާފައި އޭނަ ކިޓެއް ގަނެލިއިރު ހިތް އަވަސްވިއެވެ. އެ ޓެސްޓް ހަދާފައި އޭނަގެ ހިތް މަސައްކަތް ކުރުން ހުއްޓާނުލާނެ ބާވައެވެ. ބައްޕައަކު ކަށަވަރު ނުވާ ދަރިއަކަށް ބަލިވެއިނުމަކީ ބިރުވެރި ހުވަފެނެކެވެ. އެއަށްވުރެ ބޮޑު އަނިޔާއެއް ހިތަކަށް ނުލިބޭނެއެވެ.

އައިޒާ ފެންޑާއަށް އަރާއިރަށް ކުކީގެ ވަރުގަދަ އަޑުން ހަޅޭއްލަވައި ގަތުމުން އާދައިގެ މަތިން އައިޒާ ބިރުން ސިހޭގޮތްވިއެވެ. ކުކީދެކެ ދާނިޔަލް ލޯބިވާވަރު ފެނުމުން އެގޮތަށް އަންހެންކުދިންނާއި ދޭތެރޭގައިވެސް އޭނަ ކަންތައްކުރާނެ ނަމައޭ އައިޒާގެ ހިތަށް އެރިއެވެ. ނަމަވެސް އަންހެންކުދިންނަކީ އޭނަގެ ގާތުގައި ކުޅޭ އެއްޗިއްސެވެ. އެއްވެސް އަގެއް ހުރި ބަޔެއް ނޫނެވެ. ދާނިޔަލް އަށް ނުލިބޭނެ ފަދަ އަންހެންކުއްޖަކު ހަޔާތަށް އައިސް ދާނިޔަލް އެ ލޯބީގައި ފަނާވެގެން ދާތަން އޭނައަށް ފެންނާނެ ނަމައެވެ. ނޫނީ ބޮޑަށް ރަނގަޅީ އިރާދެކެ ދާނިޔަލް އިންތިހާއަށް ލޯބިވެ އޭނަގެ ދިރިއުޅުމާއި ވަކިވުމެވެ.

އައިޒާ ކާކޮޓަރިއަށް ވަދެ ނަހުޔާންއަށް ކާން ހަދާފައި މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނުމާއިއެކު ނޭފަތުގައި ޖެހުނީ ލުއިމީރުވަހެކެވެ. ހީވަނީ ނަހުޔާންގެ މީރުވަސް މިތަނުގައި ހިފާފައިވާހެންނެވެ. ކޮންމެ އެއްޗެއް ނަހުޔާން ބަހައްޓަނީ އެހާ ތަރުތީބުންނެވެ. ދާނިޔަލްގެ ކޮޓަރި މިހެން ވާނެހެއްޔެވެ؟ އެއްބަނޑު އެއްބަފާ ދެމީހުންނަށް ވިޔަސް ހާދަ ތަފާތެވެ. އައިޒާ ފާޚާނާއަށް ވަދެ އެންމެ ކުރިންވެސް ޓެސްޓްކޮށްލައިފި އެވެ. އޭނަ ބޭރަށް ނިކުތްއިރު މޫނުމަތީގައިވާ ޝުއޫރެއް ދެނެގަންނަން ފަސޭހައެއް ނޫނެވެ. އައިޒާ ޓެސްޓްހެދި ކިޓް ޑަސްބިނަށް ލިތަނާހެން މީހެއްގެ ހިލަންވިހެން ހީވެގެން އެނބުރި ބަލާލިއިރު އައިޒާގެ ލޮލުގައި ކަރުނަތިކި ތައް ވިދައެވެ.

ކޮމެންޓް 0