"ހެދުމުގެ ތެރެއަށް ބަގެއް އެއްޗެއް އެރުނީތަ؟ އަހަންނަށް ފެނުނު އިރު މާ އުނދަގޫވެގެން އުޅޭހެން ހީވާތީ.. ނީޑް އެނީ ހެލްޕް؟" ދާނިޔަލް އެނދުގެ މަގަތުގައި އިށީނެވެ.

"އަހަރެން އުޅުނީ މި ބަރު ޑްރެސް އާއި ހެދި އުދަގޫވެގެން ޗޭންޖް ނުވެގެން...ފަހަތުގައިވާ ރިބަން ކޮޅުތައް މޮހެލަދީފައި ދުރަށް ގޮސްދާނަންތަ؟ ޓޫ މިނިޓްސްއަށް......" އިރާ އުޅުނީ ހުރިހާ ކަމެއްވެސް ނޯމަލް ކަމަށް ހަދާށެވެ. އެހެންނޫނަސް ދާނިޔަލް އަކީ މިހާރު އެންމެ ގާތުގައިވާ މީހާއެވެ. ކަމަކު ކިޔަން ހުރީވެސް އޭނައެވެ. ލޮލަށް ފެންނަނަމަ މިލާންއަށް ފޯނުން ގުޅިދާނެ އެވެ. މިލާން ގެނެވޭނީވެސް ދާނިޔަލް ފޯނުން ގުޅައިދީގެންނެވެ. އޭނަ ހާދަ ނިކަމެއްޗެވެ. ކުޑަކުއްޖެއް ފަދައެވެ. އެހެންމީހެއްގެ އެހީއާއި ނުލައި އެހާ ކުޑަކަމެއް ކޮށްލެވެން ނެތީމަ ބާރެއްނެތް ވަރު އިހުސާސް ކުރެވުނެވެ.

ބާރުގަދަ އަތަކުން އިރާގެ ކޮނޑުގައި ހިފަހައްޓައިލުމާއި އެކު އަނެއް އަތް އިރާގެ ހެދުމުގައިވާ ރިބަނާއި ގޮށްތައް ހުރި ހިސާބުން ތިރިއަށް ދިޔައިރު ރިބަންތައް މޮހި ބުރަކަށި ހާމަވަމުން ދިޔައެވެ. ކުއްލި އަކަށް ހެދުމުގެ ކަރުވަޅުގައި ހިފާ ތިރިކޮށްލުމުން އިރާގެ ކަރުތެރެއިން އިވިގެން ދިޔަ ހަޅޭކުގެ އަޑު ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުގެ ތެރެއަށް ގެނބުނެވެ. އިރާ ދާނިޔަލްގެ އަތުގެ ތެރެއިން ނިކުންނަން ގަދަހެދިއެވެ.

"އަހަރެން ނޫޅެމޭ ބޭނުންވާ ވަރަށް ވުރެ އިތުރަށް އަތްލާކަށް، ހެދުން ބާލަން ހެލްޕްވީމަވެސް ހަޅޭއްލަވަނީ؟" ދާނިޔަލްގެ އަޑުގައި ހުރީ ހިތުގެ ހިމަ ނާރުތަކާއި ކުޅެލާފަދަ ގޮތެކެވެ.

"އައި ވޯންޓް ޓަޗް ޔޫ..." ދާނިޔަލް އިރާގެ ކަންފަތް ކައިރީގައި އެ ޖުމްލަ ބުނެލި އިރު ކަންފަތުގައި ހީލިކެރުވުމެއް އުފެދުނެވެ. އަދި އެ ނޭވާގެ މީރުވަހުން އިރުކޮޅަކަށް ނަމަވެސް އިރާ އެ އަނދިރި ރޭ ގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. ދާނިޔަލް ވައުދުވީފަދައިން އޭނަ އިރާގެ ގައިގައި އަތްލާކަށް ނޫޅުނެވެ. ހެދުން ބާލާފައި އިސްތަށިގަނޑުގައިވާ ހުޅި ނައްޓާލަދިންއިރު ދާނިޔަލްގެ އަތުގެ ބީހިލުންތަކުން އިރާ ހީކަރުވާގޮތްވިއެވެ. އެފަދަ އިހުސާސްތަކެއް ކުރެވުނީ ކުރީގައި ދާނިޔަލް އަށްޓަކައި ހިތުގައި އުފެދުނު ލޯތްބެއްގެ އަސަރު ދެމިގެންވީތީއެވެ. ދާނިޔަލް އެ މަސައްކަތް ކޮށްލަ ދިންއިރު ދެތިން ޝަކުވާއެއް ކުރިއެވެ. އަންހެނުން ކޮންމެ ކަމެއް ކޮމްޕްލިކޭޓް ކުރާތީ އެކަމާއި މައްސަލަ ޖެއްސިއެވެ. ދާނިޔަލް ދެން އަމިއްލަ ކަންތައް ނިންމަން ބާތުރޫމާއި ދިމާލަށް ހިނގައިގަތެވެ.

"އިރާގެ ކަންތައް ކޮށްދޭން މީހަކު ހޯދަން މަންމަ ގާތުގައި ބުނޭ.... އަހަންނަށްވެސް މެއިޑް ހެދިގެނެއް ނުހުރެވޭނެ......" ދާނިޔަލް ބުނެލިއެވެ. އިރާ ބާލީސްތަކުގެ މައްޗަށް ތިރިވީ ހައިރާންވެފައި އޮވެއެވެ. އޭނަ ހީކުރީ ދާނިޔަލް އޭނައަށް ބިރުދައްކާ އެތައް ގޯނާއެއް ކުރާނެ ކަމުގައެވެ. އެހެނެއްނުވިއެވެ. ފަނަރަވަރަކަށް މިނިޓް ފަހުން ބާތުރޫމްގެ ދޮރުހުޅުވާލުމާއިއެކު ހޫނު އާވި ކޮޓަރި ތެރެއަށްވެސް ވަނެވެ. ދެރައީ އިރާއަށް އެ ހުވަފެނީ މަންޒަރު ނުފެނުނުކަމެވެ. ދާނިޔަލް ލާފައި ހުރި ބޮކްސަރ ނުރައްކާތެރި ދަރަޖައަކަށް ތިރިކޮށްލާފައިވާތީ "އެޕޯލޯ ބެލްޓް" ހާމަޔަށް ހުރިއިރު ވަރަށް ހިތްގައިމެވެ. އެއީ ކަސްރަތަށް ވުރެވެސް ބޮޑަށް އޭނަގެ ޖެނެޓިކްގެ މޮޅުކަމުން ލިބިފައިވާ ހަދިޔާއެކެވެ. ބައެއްމީހުންނަށް ކަސްރަތު ކޮށްގެންވެސް އެޑޯނިސް ބެލްޓް އޮންނަނީ ނުލިބިފައިވިއްޔާއެވެ. ދާނިޔަލް ތުވާލިން އެފަން އިސްތަށިގަނޑު ހިއްކާލާފައި ގޮސް ބޮކިތައް ނިވާލި ގޮތަށް ރަޖާގެ ދަށަށް ވަނުމާއި އެކުހެން ނިދީގެ ފޮނިކަމުގެ ތެރެއަށް ގެނބުނެވެ. ދެމީހުން އެނދުގެ ދެފަރާތުގައި ތިބިއިރު އިރާ އޮތީ ނުނިދިފައެވެ. 

ދާނިޔަލް އެނދުގެ އެއްފަޅީގައި ނިދާފައިވާކަން އެނގޭއިރު އޭނައަށް ހަމަޖެހިލައިގެން ނިދޭނީ ކޮންފަދައަކުން ހެއްޔެވެ؟ ދާނިޔަލް އިރާ އާއި މެދު އެއްވެސް ވަރަކަށް ވިސްނާ ނުލިޔަސް އިރާ ތަފާތެވެ. ބައެއް ފަހަރު ދާނިޔަލް ނިދީގައި އޮވެ ފުރޮޅިލާ ގޮތަކުން ވެސް އިރާގެ ހިތް ތެޅިގަނެއެވެ. ދާނިޔަލް ދެކެ ބިރުގަންނަ ވަރަށް ހިތުގައި ނަފްރަތު އުފެދިފައިވާއިރު އިރާގެ އެންމެ ބޮޑު ބިރަކީ އަދިވެސް ހިތުގެ ކޮންމެވެސް ކަނަކުން ދާނިޔަލްއަށް އެދޭކަމެވެ. މިރޭ ދާނިޔަލް އޭނައަށް މަޖުބޫރު ކުރާނެ ކަމުގެ ކުޑަ ކުޑަ އުއްމީދެއް އޮތެވެ. މަޖުބޫރު ކޮށްގެންވެސް ދާނިޔަލްގެ ހިތްހަމަޖެހުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ހީކުރިއެވެ. ހީވީ ދާނިޔަލްއަށް އޭނަގެ ހިތުގެ އަޑު އިވުނުހެންނެވެ. ކޮޓަރިއަށް ވަދެފައި އަހާލީވެސް އެވާހަކަ ކަން ނޭގެއެވެ. އެރޭގެ އަނިޔާވެރިކަމުން ލިބުނު ވޭނުގައި ހިތް ހަލާކުވެފައިވާއިރު އެ ހިތަށް ޝިފާއެއް ދީ އެ އަތުގެ ހިމާޔަތް ލޯބިން ދޭނެނަމައޭ އިރާގެ ހިތަށް އެރިއެވެ. އެއަތުގެ ހޫނުކަމުގެ ތެރޭގައި ނިދާލަން ހިތް އެދުނެވެ. ބައެއްފަހަރު ހިތަކީވެސް އަމިއްލަ ބާރެއް ނުފޯރާ އެއްޗަކަށް ވެދެއެވެ. އަނެއްކާ ދާނިޔަލް އޭނައަށް ބޭނުން ނުވަނީ ހެއްޔެވެ؟ ލަކުނުތައް ހުރީމަ ފޫހިވީހެއްޔެވެ؟ އޭނަދެކެ ލޯބިވާނެ ނަމައެވެ. އިރާއަށް ބަދަލު ހިފޭނީވެސް އޭރުންތާއެވެ. މިހާރު އިރާ ނޫނެކޭ ބުނެގެން އެފިރިހެނާއަށް ކުރާނީ ކޮން އަސަރެއްހެއްޔެވެ؟ އިރާ ބާލީހުގައި ބައްދާލީ އަމިއްލަ ނަފުސަށް މަލާމާތް ކުރަމުން ލަދުގެންފައި އޮވެއެވެ.

ކޮންމެ ގޮތެއްވިޔަސް އެ އަނިޔާވެރިޔާ އަކަށްޓަކައި ވެސް ހިތުން ބަޔެއް ހުސްވެފައިވާކަން މިރޭ ރޭކާލިއެވެ. ނަފްރަތާއި އެކު ލޯބީގެ އިހުސާސްތައް ވެސް ހިތުގައި ހޭލަފާނެކަން މިރޭ ގަބޫލު ކުރެވިއްޖެ އެވެ. ކުޑަކުޑައިރުވެސް ދާނިޔަލް ޚާއްސަވި ގޮތަށް ހިތުގައި އެ އަލިފާން ކަނި ފަނޑުނުވެ ހުރިކަން އެނގިއްޖެއެވެ.

މިލާން ވެސް އޮތީ ނުނިދިފައެވެ. އެތައް ބާލީސްތަކުގެ ތެރޭގައި ކުއިލްޓް ތެރޭގައި ފޮރުވިގެން އަރާމުގައި އޮތްއިރުވެސް ލޮލުގައި ނިދީގެ އަސަރެއް ނުވިތާގައި ކަރުނަ ތިކިތައް މުތީތަކެއް ފަދައިން ވިދިއެވެ. މި ކަރުނަތަކަކީ ދާނިޔަލްއަށް ޓަކައި އޮހިގެން ދިޔަ ކަރުނަތަކެއް ކަމަށް އޭނަ ހިތް ގަބޫލެއް ނުކުރިއެވެ. އޭނަ ހިތަށް ޔަގީންކޮށްދޭން އުޅުނީ މިއީ އެކަނިވެރިކޮށް އެޕާޓްމެންޓްގައި އޮތް މާމައަށް ޓަކައި އޮހުނު ކަރުނަތައް ކަމުގައެވެ. ނަމަވެސް ދާނިޔަލް އަބަދުގެ އަބަދަށްޓަކައި ގެއްލިގެން ދިޔުމާއި ދެން ވާނެގޮތް ނޭގޭތީ ހިތް ހާދަ ބިރުގަނެއެވެ. މާދަން ދީނާ ކާރީގައި ބުނެފައި މާމަ ގާތަށް ބަދަލުވާންވީއެވެ. އޭނަގެ އަމިއްލަ ތަނެއްހެން އެއްގޮތަކަށްވެސް އިހުސާސްނުވާ ތަނަކުން ހިތަށް ލިބޭނީ އުދަގުލެކެވެ.

"ނޫން އަހަރެން މިހާ މުއްސަދި ދިރިއުޅުމެއް ބޭނުމެއްނޫން، އަހަރެން މިހާ ކޮމްފީ ކެނޮޕީ ބެޑެއްގައި އޮވެ، މީރު އެއްޗެހި ކާލައިގެން ހުންނައިރު މާމަ ނިދާނީ ހަރުގޮދަޑި ގަނޑެއްގައި، ލާރި ލިބުނީމަ ބައެއް ދަރިން އެގޮތަށް އަމިއްލައަށް ހެޕީކޮށް އުޅެން އިސްކަން ދިނަސް އަހަރެން އެގޮތް ބޭނުމެއްނޫން...." މިލާން އެނދުން ފުންމާލައިގެން ގޮސް ބެލްކަންޏަށް ނިކުތެވެ. ފުރިހަމަ ހަނދު އުޑުމަތީގައި ރަނިކަން ކުރަން އިންތަން ފެނުނެވެ. ސަންޗެއަރއަށް ތިރިވިގޮތަށް މޫނުގައި އަތްއަޅާ ފޮރުވައިލުމާއިއެކު މިލާންގެ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ރޮވިއްޖެއެވެ.

ހެނދުނު ސައިމޭޒުދޮށަށް އެންމެން ޖަމާވިއެވެ. އިރާ ފިޔަވާ އެންމެންހެން ގޮނޑިތަކުގައި ތިބިއިރު ދީނާ ވަރަށް ހެވިލާފައި އޭނަގެ ދޮށީ ދަރިފުޅު ނަހުޔާން އަދި އައިޒާ އާއި ތަފާތު ވާހަކަތައް ދެއްކިއެވެ. މިލާން މިއަދުވެސް މިތަނަށް އައީ ދީނާ މަޖުބޫރު ކުރީމައެވެ. ރަތްވެފައިވާ ދެލޮލުގައި ގަނޑުފެން އަޅައިގެން އައުމުން ލޮލުގެ ދުޅަ މަޑުވެފައިވެއެވެ. އޭނަ އައީ ކުޑަކޮށް ލޮލުގެ މޭކަޕެއްވެސް ކޮށްލައިގެންނެވެ. ރޭ ރޮއިފައި ހުރިކަން ނާންގަން ވެގެންނެވެ. އޭނަ އަވަހަށް ސައި ބޮއިގެން އިރާއަށް ސައި ގެންދިޔުމުގެ ބަހަނާގައި އެތަނުން ތެދުވިތަނުން ދާނިޔަލް ބަލައިލި ހެންވެސް ހީވިއެވެ. ސައި ނިމެން އުޅެނިކޮށް މަލީކް ދާނިޔަލް ގާތުން ޓިކެޓް ހަމަޖައްސަންވީ ދުވަހެއް އައްސަވާލެއްވުމުން އެންމެންގެ ނަޒަރު ދާނިޔަލް އަށް ހުއްޓުނެވެ.

"ޑޭޑް، ސޮރީ އަދި އަޅުގަނޑަކަށް ތި ޓްރިޕްގައި ދެވޭކަށް ނެތް... މަމް އިރާ ގޮވައިގެން ސާޖަރީއަށް ދާންވީއެއްނު، އެންމެނަށްވެސް އެނގޭނެ މިއީ އަދި އަޅުގަޑު ބޭނުންވެގެން ކުރެވުނު ކައިވެންޏެއް ނޫންކަން، ޑޭޑް އެދިލެއްވީމަ އެކަން ކުރިޔަސް ހުރިހާކަމެއް އަދި ކުރުމަކީ ފަސޭހަކަމެއް ނޫން، ދޮންމަންމައަށް ވެސް ފްލައިޓަށް އެރެން ވާނެ، ޔަގީނުންވެސް އައިމް ނޮޓް ގޮއިން......" ދާނިޔަލްގެ މިޒާޖުގައި ހުންނަ ގޮތަކުން މާބޮޑަށް ބާރު އަޅުއްވައިފިއްޔާ ވާނެގޮތް ރަނގަޅަށް އެނގިއްލައްވާތީ މަލީކް ހީލެއްވިއެވެ.

"ހިޔެއްނުވޭ އިރާގެ ސާޖަރީ ދުވަހަކު ނުދެވުނަސް ތިކަން ކުރަން ކެރޭނެހެނެއް ދޯ ޖުވޭ، ޕްލޭން ކްރޭޝްވެދާނެ ކަމަށް ޖުވޭ އަބަދު ބިރުން ވިއްޔަ އިންނަން ޖެހެނީ......" މަލީކްގެ ޖުމްލައިން ޖުވޭދާގެ ނިތްކުރީގައި ރޫތައް ގިނަވިއެވެ. ދާނިޔަލްއަށް ބާރު އެޅުމުގެ ބަދަލުގައި އެހާ ފިނިކޮށް މަލީކް އެ ވާހަކަ ނިންމާލަން އުޅުއްވަނީ ހެއްޔެވެ؟

"ޑެނިއަލް ބޭނުން ދުވަހަކަށް ޗުއްޓީ ލިބޭނެ، ކީއްވެ ޑެނިއަލްއަށް ނުދެވެންވީ..." ޖުވޭދާ ހަމަޖެހޭގޮތް ދައްކަމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ފުޅާ ކޮށް ހިނިތުންވެލައިގެން އިނެވެ. ދާނިޔަލް ޖަވާބެއް ދޭން ހިތަކަށް ނޭރިއެވެ. ސަބަބު ނޭގެންޏާ އޭނަ ކުރާނެކަމެއް ނެތެވެ. އިތުރަށް ވާހަކަ ދެއްކުމަކީ އޭނަގެ އާދައެއް ނޫނެވެ. ދާނިޔަލް ނުބަލަން އިނދެފައިވެސް އޮޅިގެން އައިޒާގެ މޫނަށް ބަލައިލެވިއްޖެއެވެ. ދާނިޔަލް ދުރަށް ބަލައިލި ގޮތުން ހީވީ މަނާ އެއްޗަކަށް އޮޅިގެން ބެލުނުހެންނެވެ. އައިޒާ އިނީ މަޖާވެފައެވެ. އަނެއްކާ ޕްލޭބޯއި ދާނިޔަލް އިސްލާހުވަނީ ހެއްޔެވެ؟ އެހެންވެއްޖެއްޔާ ހާދަ ރަނގަޅެވެ.

ދާނިޔަލް އާއި އިރާގެ ކައިވެންޏަށް ފަހުވެސް ދާނިޔަލް ނިންމާފައިވަނީ އިރާ އަމިއްލަ ކޮޓަރީގައި އުޅުމަށެވެ. އަނދިރި ކުއްޖަކަށް އޭނަގެ ކޮޓަރީގައި އުޅެން ފަސޭހަ ނުވާނެކަމަށް ދާނިޔަލްވަނީ ބުނެފައެވެ. އެހެންނޫނަސް އަންބެއް ހުރުމުން އޭނައަށް ވާނީ ކޮން ފަސޭހައެއް ހެއްޔެވެ؟ އެކުއްޖަކަށް އޭނަގެ ކޮޓަރި ތަރުތީބުކޮށްލަ ދެވޭނީއެއްވެސް ނޫނެވެ. އެކަނި ނަމެއްގައި މީހަކު ހުރުމެވެ. ލޯބިވާނަމަ ކޮންމެފަދަ ނުކުޅެދުމާއި އެކުގައިވެސް ބަލައިގަނެވިދާނެކަން ދާނިޔަލްއަށް ނޭގެނީއެއް ނޫނެވެ. އިރާގެ ޚިދުމަތާއި ހަވާލުވެފައިވަނީ މިލާންއަށް ވާތީ ދާނިޔަލްއަށް އެއީވެސް އުދަގޫ ކަމަކަށްވިއެވެ. މިލާން ގިނަގިނައިން ފެންނަ ވަރަކަށް ނޭގޭ އިހުސާސްތަކެއް ހިތަށް އުދަގޫކުރުވައެވެ. އޭނަ ބޭނުމީ އެހެން ކުއްޖަކު އިރާގެ ޚިދުމަތުގައި ހުރުމެވެ.

ދާނިޔަލްގެ ކައިވެނި ކުރެވުމުން އޭނަ ގެ އެކުވެރިން އޭނަ އާއި ދިމާކުރަންފެށީ ދާނިޔަލް ވައުދުވިކަންތައް ނުކުރެވިގެން ބަލިވެއްޖެޔޭ ކިޔާފައެވެ.

"އަދި ތިކަން ނުވެފައި ނެތެއްނު، މީހަކާއި އިނުމަކީ އަދި އެހެން ކުދިން ކާރިއަށް ޖެއްސުން ހުއްޓުވުމެއް ނޫނޭ....." ދާނިޔަލް ހީލިއެވެ. 

"ފައްކާ ޕްލޭ ބޯއި އެއް...." ކައިލާން ދާނިޔަލްގެ ކޮނޑުގައި އަތް ބޭއްވިއެވެ. އޭރު ރިވާން ހުރީ މާޔޫސްވެފައެވެ. އޭނަ ޕާޓީރޭގައި މިލާން އުޅުނުގޮތް ބެލިއެވެ. މިލާންގެ ހިތުގައިވެސް ދާނިޔަލްއަށް ޓަކައި ކޮންމެވެސް މަގާމެއްވާހެން ހީވިއެވެ. ނަމަވެސް މިލާންގެ ގެ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެއެވެ. އޭނައަކީ ކުޑައިރުއްސުރެ ދާނިޔަލް އާއިއެކު އުޅެ ބޮޑުވި ކުއްޖަކަށްވީމަ ދާނިޔަލް ރަނގަޅަށް އެނގެއެވެ. ކެކްޓަސްއެއް ފަދައިން ބޭރުފުށުން ހަރުގޮތް ދައްކައިގެން ހުއްޓަސް އެކުވެރިންނަށް ޓަކައި އެހިތް ފުށްކޮޅެއްހާ މަޑެވެ. ލޯބިވާ މީހަކަށްޓަކައި ދާނިޔަލް ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. 

ދާނިޔަލް ކާރުގެ ބޮނެޓްމަތީގައި އިށީދެލައިގެން އިންއިރު އޭނަގެ ޚިޔާލުގައި ވަނީ އެންމެ ސޫރައެކެވެ. މިލާން ނޫނީ އޭނަ ހިތް ބޭނުންވި ކޮންމެ އެއްޗެއް މިވީހާތަނަށް ހާސިލު ކުރިއެވެ. އެ ސްޕޯޓްސް ކާރަކަށް ވިޔަސް އަގުބޮޑު ފޯނަކަށްވިޔަސް އޭނަ އަށް ލާރިން ގަނެވޭ އެއްޗެއްވިއްޔާ ހޯދުނެވެ. ލޯތްބަކީވެސް ވިޔަފާރިއެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ އަދި ލޯތްބެއް ނޫނެވެ. އޭނަ މިލާންދެކެ ލޯބިވާނަމަ މިގޮތަށް މަޖަލަކަށް ރައްޓެހިވާން ހިތަށް ނާރާނެއެވެ. ދާނިޔަލް އެ ވަގުތުން ފެށިގެން ނިންމީ ކޮންމެ ފަދަ އުދަގުލެއް އުފުލައިގެންވެސް މިލާން އާއި ރައްޓެހިވުމަށެވެ. އޭނަގެ ތަންމަތި އެންމެ ރެއަކަށްވެސް ފަޅުފިލުވައިދީފައި ފޮޓޯއެއް ނެގެނިކޮށް އެކުވެރިން ގަބޫލު ކުރާނެ އެވެ.

ދީނާ އެކުވެރިންނަށް ދައުވަތުދީގެން ގެނެސް ސައިދޭއިރު ސާރާ ބައިވެރިވާތީ ޖުވޭދާގެ ހިތުގައި ހަސަދައިގެ އަލިފާންކޮޅެއް ރޯވެ އަދަންފެށިއެވެ. މިއަދުވެސް ޖުވޭދާ ބެލްކަނީއިން ދިޔައިރު ދީނާ އާއި ސާރާ އަދި އެކުވެރިން ހީހީފައި ކޮކްޓެއިލް ބޯން ތިބިތަން ފެނުމުން ޖުވޭދާގެ މޫނު ބަނަވިއެވެ. އިރުކޮޅެއްފަހުން ޖުވޭދާ ބަލައިލިއިރު ސާރާއާއި ދީނާ އެކަނި ތިބިތަން ފެނުމުން އެދައްކާ ވާހަކައެއް ނޭގިގެން ޖުވޭދާގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ސާރާ އޭނަގެ އެންމެ ގާތް އެކުވެރިޔާވެސް ދޫކޮށްލާފައި ދީނާގެ ޖާދޫގައި ޖެހުނީބާވައެވެ. ޖުވޭދާ އެންމެ ފަހުން ސާރާއަށް ގުޅައިގެން ކޮޓަރިއަށް ގެނައެވެ.

"ދީނާ ސިއްރުން ދެއްކީ ކޮންވާހަކައެއްތަ؟ މިލާންއަކީ ދަރިއެއް ނޫން ވާހަކަވެސް ބުނި ދޯ......." ޖުވޭދާ ސީދާ މައުޟޫއަށް ދިޔައެވެ. އަންހެންވެރިން ހަސަދަވެރިވާ ވާހަކައަކީ ތެދެއްކަން ޔަގީންވެ ސާރާ ހިނިއަންނަ ގޮތްވިއެވެ. އޭނަގެ ބޭބެގެ ދެ އަންހެނުން ގެ ތެރެއިން ދީނާއަކީ ސިއްރުވެރިޔެކެވެ. އޭނަގެ ފަރާތުން ކަމެއް އޮޅުން ފިލުވުމަކީ ހިލަބިމުން ފެން ހޯދުންފަދަ ކަމެކެވެ. ނަމަވެސް ޖުވޭދާ އަކީ ހުޅުވާލެވިފައިވާ ފޮތެއްކަމަށް ސާރާ ހީކުރިއެވެ.

"ނުބުނޭ، މިލާން އެއީ ކާކުގެ ދަރިއެއްތަ؟ ދީނާގެ ދަރިއަކާއި ވައްތަރީ، ހީވަނީ ޕްރިންސެސް އެއްހެން........." ސާރާ ބޯ ހޫރާލިއެވެ.

"ކިހާވަރެއްވި، އެހާ ގާތްވާން އުޅޭއިރުވެސް ދީނާ ސާރާ ގާތުގައި ސިއްރުތަކެއް ހާމައެއްނުކުރޭ، އިޚުލާސްތެރި މީހެއް ނޫނޭ އަހަރެން ބުނީމެއްނު....." ޖުވޭދާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޖުވޭދާ މިލާންގެ ހަގީގަތް ސާރާއަށް ކިޔައިދިނެވެ.

"އެކަން ދަނެގެން އުޅެނީ... އަހަންނަށް އެނގޭ ދީނާއަކީ ކާކުކަން، އަހަރެން ދީނާ އާއި ގުޅުން ބާއްވަނީ އަހަރެންގެ ބޭބެގެ ކުދިންގެ މަންމައަށް ވީތީ، އެނީވޭސް މިލާންއަކީ ކޮންމެ މީހެއްގެ ދަރިއަކަށްވިޔަސް އަހަރެމެންނާއި ކޮންކަމެއްތަ؟ ދީނާގެ އިންޓެންޝަނެއްވެސް ނޭގޭ......." ސާރާގެ ޖުމްލައިން ޖުވޭދާގެ ހުރިހާ ދަތްތައް ފާޅުވެގެން ހިގައްޖެއެވެ. ސާރާ ހީހީފައި އުޅުނެއްކަމަކު ދީނާދެކެ ނަފްރަތު ކުރާކަން ޔަގީނެވެ. ނަމަވެސް ޖުވޭދާއަށް ނުވިސްނުނީ ދީނާގައި އެހުންނަ ޗާމިން ބަޔަކުން ސާރާގެހިތްވެސް މަޑުމަޑުން އެފަރާތަށް ލެނބެމުންދާކަމެވެ.

މިލާން "އެވަރލޭންޑް"ގައި ދިރިއުޅުމުން ދާނިޔަލް ބޭނުންވާކަންތައް ކުރަން ނަސީބުވެސް އެއްބައިވާހެން ހީވިއެވެ. މިލާންގެ ދިރިއުޅުން ހަމަޖެހިފައިވާގޮތުން އޭނަ އިރާއަށް ހަތަރު އިރު ކާންދީފައި ހެދުނު ދާނިޔަލް ޑިއުޓީއަށް ދިޔުމުން އިރާ ގާތުގައި ވާހަކައެއް ކިޔާދޭން ނޫނީ އަނގަތަޅާލަން އިނދެއެވެ. ގެ ހުންނަނީ މާ ދުރުނޫން ހިސާބެއްގައިކަމަށް ވާތީ ދޭތެރެއަކުން މިލާން ގެއަށް ދާންވެސް ފެށީ ދީނާގެ ފަރާތުން ހުއްދަ ހޯދުމަކާއި ނުލައެވެ. މީހަކަށް ފެނިއްޖެއްޔާ ފިހާރައަކަށް އެއްޗެއް ގަންނަން ދަނީކަމަށް ބުނެވިދާނެތާއެވެ. ދާނިޔަލް ގެއަށް އަންނަންވާ ގަޑިއަށް މިލާން ކޮންމެ ގޮތެއް ހަދާފައިވެސް އެތަނުން ސަލާމަތްވެއެވެ. އެހެންނޫނަސް ދާނިޔަލް އެކޮޓަރިއަށް ވަދެލަނީ މަދުފަހަރެއްގައެވެ. ނިދަން އަންނަކަމެއްވެސް މިލާންއަށް ޔަގީނެއް ނޫނެވެ. އޭނަ އިރާއަށް ރޭގަނޑު ކާންދީފައި ދަނީވެސް އަމިއްލަ ގެއަށެވެ.

އިރާ ކެއުމުން މިލާން ތަށިތައް ނަގައިގެން ދިޔުމުން އިރާ އެނދަށް އަރާ އޮށޯތެވެ. މިލާން ގާތު ބުނެގެން އޭސީ ނިވާލާފައި ފަންކާ ޖައްސާލާފައި ހުރުމުން މިރޭ ފުދޭވަރަކަށް ފިންޏެވެ. ބާލީހުގައި ބައްދާލައިގެން އެހެން އޮތްއިރު ތަފާތު ޚިޔާލުތަކެއް ކުރެވުނެވެ. މިލާން ދިޔައީ ބެލްކަނީގެ ދޮރުތައް ލައްޕާފައި ހެއްޔެވެ؟ ގަސްތައް ގިނަކަމުން ބިޗުލެއް ނޫނީ ފަންޏެއް ކޮޓަރިއަށް ވަދެ ގަޔަށް އެރިޔަސް ފެންނާނީއެއް ނޫނެވެ. ކުރަފިދެކެ އަދި ވަކިން އިރާ ބިރުގަނެއެވެ. އިރާ ދެލޯ ތަންމިނަށް ހުޅުވާލައިގެން އޮތްއިރުވެސް ހީވަނީ ބޮކިތައް ނިވާލާފައި އޮތްހެންނެވެ. ކުއްލިއަކަށް ފަންކާގެ އަޑު ކެނޑުނެވެ. ސްވިޗްތައް ކެނޑިގެން ދިޔަ ފަދަ އަޑެއް އިވިފައި ދުރުން ކޮންމެވެސް މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ. ކަރަންޓު ދިޔައީކަން ނޭގެއެވެ. ތަނެއް ދޮރެއް ނުފެނުނަސް އަނިދިރިވިކަން އެނގުމުން އިރާގެ ހިތް ބާރަކަށް ތެޅިގަތެވެ.

"މަންމާ...." އިރާ އެނދުން ތެދުވެގެން ދެފައި ބޭލިއެވެ. އިރާ އަތް ދިއްކޮށްލައިގެން ހުރެ ދޮރު ފާހަގަކޮށްގެން އެ ދިމާލަށް ހިނގައިގަތްތަނާ މީހަކު ދޮރު ހުޅުވައިލިހެން ހީވިއެވެ. އިރާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނަ ވަކި މީހަކު ނޭގިގެން ސުވާލުކުރީމަވެސް އެމީހަކު އަނގަޔަކުން ނުބުނުމުން އިރާ ހީކުރީ ގެއަށް ވަގަކު ވަދެގެން އުޅެނީކަމަށެވެ. އިރާ އެއްފަރާތަކަށް ޖެހިލައިގެން ހުރިއިރު ހިތްތެޅޭވަރުން ހީވަނީ މޭފަޅާލާފައި ނުކުމެދާހެންނެވެ. ދާނިޔަލް ތަންކޮޅެއް ކާރިއަށް ޖެހިލާފައި ފޯނުގެ އަލި އިރާގެ މޫނަށް އަޅުވައިލުމުން އިރާ ބިރުގެންފައި ހުރިވަރު އެނގުނެވެ. އެ ނޫ ދެލޮލުގެ ރީތިކަން ދާދި ކާރިން ފާހަގަ ކުރެވުނެވެ. ރަތް މަލެއްފަދަ ތުންފަތުގައި ބޮސްދޭން ހިތަށް އަރާފައިވެސް ދާނިޔަލް ޖެހިލީ ދުރަށެވެ. އެހެން ނޫނަސް ނުކުޅެދޭ ކުއްޖަކު މިގޮތަށް ބިރުގެންނެވުމަކީ ރަނގަޅުކަމެއް ނޫންކަން ހިތަށް ވިސްނައިދިނެވެ.

"މިއީ އަހަންނޭ. ކޮންކަމަކާ ބިރުން ތިއުޅެނީ، ސޯފާގައި އިށީދެބަލަ....." ދާނިޔަލް އިރާގެ އަތުގެ މުލައްދަނޑީގައި ހިފާފައި ގެންގޮސް ސޯފާގައި ބޭންދިއެވެ. ދާނިޔަލްގެ އަތްތިލައިގެ ފިނިކަމުން ހީކަރުވާގޮތްވިއެވެ. އެހެންނޫނަސް މިރޭ މާގަދަޔަށް ކިބިހި އަޅަމުންގޮސް ނޭވާ ކުރުވެފައި ހުރުމުން ހުންއައީކަންވެސް ނޭގެއެވެ. އޭނަ އިންހޭލަރވެސް ބޭނުންވިއެވެ. އެއޮތް ތަނެއްވެސް އެނގެނީއެއް ނޫނެވެ.

"ޑެނިއަލް، އަހަންނަށް ކަމެއްކޮށްދީބަލަ..." އިރާ ތުންފަތުގައި ދަތްއަޅާލަމުން ބުނެލިއެވެ.

"އެނީތިން ފޯރ ޔޫ..." ދާނިޔަލް ހުރީ ފޯނާއި ކުޅެލަ ކުޅެލައެވެ. ދެންމެ ދިމާވިކަމަކުން ހިތް ތެޅުނުވަރުން އަދިވެސް ހިތްހަމަޔަކަށް އެޅުނީއެއް ނޫނެވެ. އަނދިރިކަމުގެ ތެރޭގައި ނޭގި ގޮސް އައިޒާގެ ގައިގާ ބައްދައިލެވުނީއެވެ. ކޮރިޑޯ އެހާ އަނދިރިވީމަ އޭނަ ހީކުރީ މިލާން ކަމަށެވެ. ނަމަވެސް އައިޒާ ތެޅިގެންފައި އަތުގެ ތެރެއިން ނިކުތްތަނާ ހެން ނަހުޔާންވެސް އަރާ ހަމަވީއެވެ. ނަހުޔާން ސިޑިން އަރައިގެން އައިވަގުތު އެ މަންޒަރު ނުފެނުނީ ހަމަ ކިރިޔާއެވެ.ސިކުންތު ކޮޅެއްވެސް އަވަސްވިނަމައެވެ. ހަގީގަތުގައި އެއީ އޭނަވެސް ގަސްތުގައި ކުރިކަމެއް ނޫނެވެ. އައިޒާ ހީކުރާނީ ނުބައިކޮށެވެ. ނަހުޔާން ގާތުގައި ބުނެފިއްޔާ ވާނެގޮތެއް ހިތަށް އަރުވާލާފައި ދާނިޔަލް ނުތަނަވަސްވިއެވެ.

"އަހަންނަށް ހެޔޮ އައިޒާ ބޭނުންވެއްޖެއްޔާ ބުނެފާނެ..... އެކަމަކު އަހަރެން މިރޭވެސް މިލާން މަތިން ހަނދާންވަނީ ކީއްވެތަ؟ މިހާ އަނދިރިކަމުގެ ތެރޭގައި މިލާން އާއި އެކު ކޮންމެވެސް ތަނެއްގައި އެކަނިވެރި މިނިޓްކޮޅެއް ހޭދަކޮށްލެވޭނެ ނަމައޭ ހިތަށް އަރާތީ ހައިރާންވޭ.... މިލާން ފޮނިކަމުން ކަމަށްވާނީ، ނޫނީ އަހަންނަށް އެންމެ ކިސްއެއް ކޮށްލެވުނަސް މި ހުޅުކޮޅު ނިވިދާނެ، ބޭނުންވާކަމެއް ކޮށްނުލެވޭތީ އެކުއްޖާގެ މަތިން ހަދާންވަނީ، ކަމެއްކޮށްލީމަ ފޫހިވެދާނެ، އަހަރެން ހުއްޓާލާނީ މިލާން އަހަރެން ދެކެ އިންތިހާއަށް ލޯބިކުރުވާފައި، އާދޭސްކުރުވާފައި، އެންމެ ރެއަކު އަހަރެންގެ ރޫމަށް ގެނެވުނީމަ އަހަރެންގެ ދިރިއުޅުމުން ދިޔަސް ހެޔޮ......" ދާނިޔަލް ޚިޔާލެއްގެ ތެރޭގައި އިންދާ އިރާ ކިތަންމެ ވާހަކައެއް ދައްކައިފި އެވެ. އިރާ ބޭނުންވަނީ ދާނިޔަލް އޭނަ ގޮވައިގެން ބޭރު ގައުމަކަށްގޮސް އޮޕަރޭޝަން ކުރުވުމެވެ. އިރާގެ ސާޖަރީ ހެދުމަކީ ދާނިޔަލްވެސް ބޭނުންވާ ގޮތެކެވެ. އިރާގެ ލޮލުގެފެނުން އަނބުރާ އައުމަކީ ދާނިޔަލް ދެކެން އެންމެ އެދޭ އެއްދުވަހެވެ. ނަމަވެސް މިފަހަރު ޖުވޭދާ އިރާއަށްޓަކައި ގޮތްދޫކުރަން ޖެހޭނެއެވެ. އިރާއާއިއެކު ދާނީ އޭނަ އެއް ނޫނެވެ. ދާން ޖެހޭނީ އިރާގެ މަންމައެވެ.

"ޕްލޭން ކުރާނީ، ގިވް މީ ސަމް ޓައިމް އޯކޭ...." ދާނިޔަލްގެ އެ ޖަވާބުން އިރާ މާޔޫސްވިއެވެ.

"މިހާރުވެސް ދާން ބޭނުން...." އިރާ އަށް ހަޅޭއްލަވައިގަނެވުނެވެ.

"އަދި ރީތިކޮށް ބުނީމަ ހަޅޭއްލަވަނީ ކާކު ބިރުގަންނަވަންތަ؟ ލިސެން އިރާ، އަހަރެން ބޭނުންގޮތަކަށް އަހަރެން ކަންތައް ކުރާނީ، އެއްވެސް މީހަކަށް އަހަންނަށް މަޖުބޫރެއް ނުކުރެވޭނެ، ލޮލަށް ނުފެންނަ އިރު ތިހާ އުދަގޫ ބޮޑުމީހަކު އަދި ރަނގަޅު ވެއްޖެއްޔާ މައިތިރި ނުވާނެ....." ދާނިޔަލް އެވަގުތު އިނީ މޫޑު ގޯސްވެފައެވެ. ފަނޑު އަނދިރިކަމުގެ ތެރެއިން ފެންނަ އެ ގަދަ ބުމަ ގޮށްޖަހާލައިގެން އިންއިގޮތުންވެސް އެކަނިވެސް އެކަން އަންގާދެއެވެ. ހިތަށް އައި އެއްޗެއް ކިޔާލީ އެހެންވެއެވެ. ނަމަވެސް އެބުނެވުނީ ރަނގަޅު ނޫން އެއްޗެއްކަން އިރުކޮޅަކުން އިހުސާސް ކުރެވުނެވެ. ހިތުގެ ކަނަކުން އިރާގެ ހާލާއި މެދު ހަމްދަރުދީވިއެވެ.

ތަނެއް ދޮރެއް ނުފެނި އެހެން އިންނަން ޖެހިއްޖެއްޔާ އޭނަ އަމިއްލައަށް މަރުވާނެއެވެ. އެންމެ ދުވަހަކަށް ވެސް އިރާ ފަދައިން އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ. ދާނިޔަލްގެ ހިތުގައި އީމާންތެރިކަން ކުޑަކަމުން ވިސްނުން އަދި ހުރީ އެފަދަ ގޮތަކަށެވެ. ހަގީގަތަކީ މަލީކްއަށްވެސް ކުދިން ދީނާއި ކައިރިކުރަން އެހާ ބާރު ނޭޅުނުކަމެވެ. ދީނާވެސް ކުދިން ދޫކޮށްލާފައި ދިޔައީމައެވެ. އަމިއްލައަށް ވިސްނޭވަރުވުމުން ރަނގަޅު މަގު ޚިޔާކުރާ ނަސީބުވެރިންގެ ތެރޭގައި އަދި ދާނިޔަލް ހިމެނިފައެއްނުވެއެވެ.

"އިޓްސް އޯލް ޔޯ ފޯލްޓް.... އަހަރެން ރޭޕްކޮށްލާފައި އަދި...." އިރާގެ ރުޅިވެރިކަން މޮޅިވެރިކަން ޚިޔާރު ކޮށްފި އެވެ. އެ ރީތި ނީލަމެއްފަދަ ދެލޯ ފުރިގެން ބަންޑުން ވެގަތީ ހޫނު ކަރުނަތަކުންނެވެ. 

"ލުކް އިރާ، އަހަރެންނަކަށްވެސް ދެން އެކަމެއް ބަދަލެއް ނުކުރެވޭނެ، އެކަން ނުކުރާކަމަކަށްވެސް ނުވާނެ، އެ ދުވަސް އަނބުރާ ނުގެނެވޭނެ، އިރާ އެކްސިޑެންޓްކުރީ މަށެއް ނޫން، އިރާވެސް ނުޖެހޭނެ ދޯ ކަމެއްވާއިރަށް ގޮސް ކާރެއްގެ ދަށަށް ވަންނާކަށް، އެހެންނޫނަސް އިރާއަށް އެނގޭނެ އަހަރެން އިރާދެކެ ލޯބިނުވާކަން، އަހަރެން ރިލޭޝަންޝިޕެއް ބޭނުން ވެގެން ކުރެވުނު ކަމެއް ނޫން މިއީ، އެރެންޖް މެރިޖެއް، އެހެންވީމަ އަހަންނަކަށްވެސް އިތުރުކަންތަކަށް މަޖުބޫރު ކުރުވަން ނޫޅޭ....." ދާނިޔަލް އިރާގެ މޫނަށް ބަލާވެސް ނުލައެވެ.

"މަންމަވެސް އެހެން ހެދީ، ދެން ކީއްކުރަން އަހަރެންގެ ހަޒްބެންޑްގެ ގޮތުގައި ހުންނަންވީކީ، ކީއްކުރަން މެރީ ކުރީ......." އިރާ ގެ އަޑު ކުރެހުނެވެ. އޭނަ ކެއްސަން ފެށިއެވެ. ހިތްދަތިވެގެން ގޮސް ނޭވާލާން މާ އުދަގޫވާން ފެށިއެވެ. ހީވަނީ މީހަކު މޭމަތީގައި އަތްއަޅާ ބާރުކޮށްލާފައިވާހެންނެވެ. ނެވެ.

"ކިތައްފަހަރު އެވާހަކަ ބުނަންވީ، އެހެންނޫނަސް ނަމެއްގައި އަހަރެން ފިރިމީހާގެ މަގާމުގައި ހުރީ، ވީއިރު ތިހެނެއްވެސް ނުބުނެވޭނެ، އިރާދެކެ ލޯބިވާ މީހަކާއި އިނދެގެން ބޭސްކުރުވަން ދާންވީނު.... މަށެއް ނުދާނަން. އަހަރެން ސީދަލަށް މިބުނީ، އިރާގެ މަންމަ ހީކުރީ އަހަރެން ހުރިހާކަމެއްގެ ޒިންމާ ނަގަން މަޖުބޫރުކަމަށް ދޯ، އެހެނެއް ނެހެދޭނެ......" ދާނިޔަލް ތެދުވެގެން ދާން ހިގައިގަތްއިރު ފަންކާ ގެ އަޑުއިވެން ފެށުމުން ކަރަންޓު އަތުވެއްޖެކަން އިރާ ދެނެގަތެވެ. 

"ޑެނިއަލް ދަނީތަ؟ " އިރާ އަހާލިލެއް މޮޅިވެރިކަމުން ދާނިޔަލްއަށް އެނބުރި ބަލައިލެވުނު އިރު ފެނުނީ މައުސޫމް މޮޅިވެރި މޫނެކެވެ. އެފްބީ ޕޭޖުތަކުން ބައެއްފަހަރު ފެނިލާ ހިތާމަވެރި ތަސްވީރެއް ހެންނެވެ. ކޯތާފަތް ކަރުނައިން ތެމިފައިވެއެވެ. ރީދޫކުލައިގެ ޕިޖާމާއެއް ލައިގެން އިންއިރު އިރާ ފެންނަނީ ބާރައަހަރުގެ ޅަކުއްޖެއްހެންނެވެ. ދާނިޔަލް އަވަހަށް ދުރުބަލައިލި އެވެ. ހިތުގައި ހަމްދަރުދީ އުފެދެން ވެއްޖެއްޔާ އެއީ މާ ރަނގަޅު ކަމަކަށް ނުވެ ހިގައިދާނެއެވެ. އެއްވެސް މީހަކަށް އިތުބާރު ކުރާނެ ކަމެއް ނެތެވެ. އަންހެނުންނަކީ މަކަރުވެރި ބަޔެކެވެ.

"ނޫން، ކިހިނެއް ހަދާދޭންވީ..." ދާނިޔަލް ބުމަ އަރުވާލިއެވެ.

"މިއުޅެނީ ނޭވާލާން އުދަގޫވާތީ، މިލާން ގާތު ބުނެދީފާނަންތަ އިންހޭލަރ ހޯދަދޭށޭ...." އިރާގެ ހިތަށް ލިބިފައިވާ ދަތިކަމުގެ ސަބަބުން އާއިލާ މީހުންގެ ފަރާތުން އެހީ ބޭނުން ނުވެ އެފަދަ ވަގުތެއްގައި އެދުނީ އެގެއަށް އައިސްފައިވާ މެހުމާނަކަށް ގޮވުމަށެވެ.

"ނެބިއުލައިޒްކޮށް ދެންތަ؟ " ދާނިޔަލް ހަމްދަރުދީވިއެވެ. ރަނގަޅަށް ވިސްނައިލުމުން އިރާ ގެ ނޭވާލުން އުދަގޫވެފައިވާވަރު ފާހަގަ ކުރެވުނެވެ.

"އަހަރެން ބޭނުމެއްނޫން އެކަކަށްވެސް އެއްވެސް އުދަގުލެއް ކުރާކަށް، އެންމެނަށް ވުރެ މިލާން މާރަނގަޅު.... ނޯ ވަން ކެއަރސް..." އިރާގެ ލޮލުގައި އަނެއްކާވެސް ބޮޑެތި ކަރުނަގަނޑުތައް ގިނަވެގަތެވެ. "ޕުއަރ ގާލް" އިރާގެ ހިތުގައި ޖެހިފައިވާ މިންވަރު އަންދާޒާކުރެވި ދާނިޔަލް ދެރަވިއެވެ. ކަރުނަތައް ފޮހެލަދީފައި ނުރޯން ބުނަންވެސް ހިތް އެދުނެވެ. ނަމަވެސް ދާނިޔަލް ގެ މިޒާޖުގައި ހުންނަ ގޮތަކުން މީހެއްގެ ކުރިމަތީގައި އެ ޖަޒުބާތުތައް ފާޅުކުރާކަށް ބޭނުމެއް ނުވިއެވެ. ވައްގަނޑުން ނެގި އިންހޭލަރ އިރާގެ އުނގަށް އެއްލާލާފައި އޭނަ ދާން ހިގައިގަތެވެ.

"ބޭނުންގޮތެއް... އަހަރެން ނޫޅެން ގަދަކަމުން ކަމެއްކުރުވަން އޯކޭ....." ދާނިޔަލް ބަންލާފައި ދޮރު ޖަހާލާފައި ނުކުތުމުން ފިނިވިއެވެ. އިރާގެ ކޮޓަރި ހޫނުކޮށް އޮތަސް ކޮރިޑޯ އޮތީ ފިނިހިފާފައެވެ. ކޮންމެވެސް ދިމާލަކުން ލޯބީގެ އަސަރުގަދަ ލަވައެއް އައިސްއައިސް ހުއްޓެވެ. ދާނިޔަލް ފާރުގައި ބުރަކަށި ޖައްސާލައިގެން ހުރިއިރު ކުރިމަތިން ފެންނަން ހުރީ ޑިޒައިންކޮށްލާފައިވާ ތަބުތަކާއި ފާރުގައިވާ މޮޅު ކުރެހުންތަކެވެ. ދާނިޔަލް އިރުކޮޅެއްވާންދެން ވިސްނުމެއްގައި ހުރިއިރު އައިޒާއަށް ލިބެން އުޅޭ ދަރިފުޅާއިމެދު ވެސް ވިސްނައިލެވުނެވެ. އޭނަގެ ދަރިއަކަށް ވެއްޖެއްޔާ ވާނީ ކިހިނެއްބާވައެވެ. ގެއަށް ގިޔާމަތެއް އަންނާނެ އެވެ. އެހެންނޫނަސް އައިޒާއަށްޓަކައި އޭނަގެ ހިތުގައިވާ އެއްޗަކާއި މެދުވެސް އޭނަ މިހިރީ އޮޅުމެއްގެ ތެރޭގައެވެ. ދާނިޔަލް ފަންއިސްތަށިގަނޑުގައި އަތް ހިންގައިލާފައި ގޮސް މަޑުކޮށްލީ ފުޅާ ދޮރެއްލާފައިވާ ކޮޓަރިއެއްގެ ދޮރުމަތީގައެވެ. ދާނިޔަލް ޓަކިދިން އިރު އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. 

ކޮމެންޓް 0