ދާނިޔަލް އެއިންގޮތަށް ބަލަން އިންދާ އިރާ ހެދުން ބާލަން ފެށުމުން ދާނިޔަލް ހިނިއަންނަ ގޮތްވިއެވެ. އިރާ އާއި މެދު އެހާ ނުބައިކޮށް ވިސްނާކަށް ނުވާނެއެވެ. އިރާފަދަ ބަސްއަހާކުދިން އަމިއްލައަށް މަރުވެގެން ނަރަކަ އަކަށް ފުންމާލާހާ މޮޔައެއް ނުވާނެއެވެ. ނަމާދު ކުރާ ކުއްޖެއްވިއްޔާ ހެއްދެވި ފަރާތަށް އިތުބާރުކޮށް، ހިތާމަތަކުގައި ކެތްތެރިވާނެއެވެ. އިރާ އުޅެނީ ފެންވަރާށެވެ. ބެލްކަނީ ހުޅުވާލާފައި ހުރުމުން އިރުގެ އަލި ދޯދިތަކުން ކޮޓަރި ވަނީ އުޖާލާކޮށްލާފައެވެ. އެ ހިތްގައިމު އަލީގައި ރީތި ކުއްޖެއް ހުރަހެއް ނެތި އެގޮތަށް ފެނުމުން ދާނިޔަލް އިނީ އުދަގޫވެފައެވެ.

ހަށިގަނޑުން ކުރު ސޯޓް ފިޔަވާ ހުރިހާ އެއްޗެއް ވަކިކޮށްލުމަށްފަހު އިރާ ކުރަން ފެށީ ދާނިޔަލް އެއްގޮތަކަށްވެސް ހީނުކުރާފަދަ ކަމެކެވެ. ސެޓުން ލަވައެއް ޖައްސާލާފައި އެ ރޮކް ލަވައަށް ނަށަން ފެށިއެވެ.

"އިންކްރެޑިބްލް......." ދާނިޔަލް ޝޯއެއް ބަލަން އޮތްހެން ބާލީސްތަކަށް ލެނގިލައިގެން ހަމަޖެހިލިއެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ފަންގަޑެއް ފަދައިން ހޫރެމުންދާއިރު އެހާ ނަލައެވެ. އިރާގެ އެކަމުގެ ފޯރީގައި ހުރިއިރު ދޮންހަށިގަނޑުގައި މުތީތަކެއްހެން ދާތިކިތައް ވިދަމުން ދިޔައެވެ. ދިގު ކަނދުރާއިން ތިރިއަށް ދެމިގެން އަންނަ ދާ ރޮގުތަކަށް ބަލަން އޮތްއިރު ދާނިޔަލްގެ ލޮލުގައި ނަށަނަށާ ހުރީ ލާނެތް ކަމެވެ. އިރާ ވަރުބަލިވެ ވެއްޓޭ ގޮތްވުމުން ހުރިތަނަށް ތިރިވެ އިރުކޮޅެއްވާންދެން ދެލޯމަރާލައިގެން އޮތެވެ. އެންމެ ފަހުން އިރާ ފާޚާނާއަށް ވަދެ ފެންވަރަން ޝަވަރަށް ދޫކޮށްލި އަޑު އިވުނެވެ. ދާނިޔަލް އިރުކޮޅެއްވާންދެން ފޫހިވެލާފައި ތެދުވެގެން ގޮސް ދޮރުމައްޗަށް އެރިއެވެ.

"ޑާންސް ކުރިއިރު އަހަރެން ފެއިންޓް ނުވީ ކިރިޔާ، ބޯ ހަލާކު......" ދާނިޔަލް ގަސްތުގައި އިރާ ރުޅިއަރުވާލަންވެގެން ބުނެލައިފިއެވެ. އިރާ ދެލޯބޮޑުކޮށްލައިގެން ހުރި ގޮތަށް ހުރީއެވެ. އިރާ އެއްޗެކޭ ނުބުނުމުން އޭނަވެސް އައީ އިރާއާއި އެކީ ފެންވަރާލާ ނަށާލާހިތުން ކަމަށް ބުނެލައިފި އެވެ.

"އަހަރެން ފެންވަރާ ނިމިއްޖެ...." އިރާ ހުރީ ވަރަކަށް ލަދުގެންފައެވެ. އޭނަ އެހާ ވައްތަރުތައް ޖައްސާފައި އުޅުނުއިރު މި ފިރިހެނާ ހުރިކަން އަންގާނުލައި ކުޅިބަލަން ހުރީމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އިރާ އިސްކުރު ބަންދުކޮށްނުލާ އަވަހަށް ތުވާލި ގައިގާ އޮޅާލައިގެން އެއްފަރާތަކަށް ޖެހިލިތަނުން ދާނިޔަލްގެ ގައިގާ އަޅައިގަތެވެ.

"އައި ހޭޓް ޔޫ އޭ ނުބުނީ ކީއްވެތަ؟ އެއީ އިރާގެ ފެވެރިޓް ވިއްޔަ...." ދާނިޔަލް ތަންކޮޅެއް ކާރިއަށް ޖެހިލިއެވެ.
"ޑެނި...އަލް....ތިހާވަރަށް ޖެއްސުން ނުކޮށްބަލަ....." އިރާ ތުންފަތުގައި ބާރަކަށް ދަތްއަޅައިގަތެވެ.

"ބޭބީ، ކޮންކަމަކާ ހާސްތިވަނީ... އަހަންނަށް އާ ޓެލެންޓެއް ހުރިކަން އެންގުނީމަ އެއީ އަދި އެހާ ބޮޑު މައްސަލައަކަށް ހަދަން ނޫޅެބަލަ..އައިމް ސޯ ޕްރައުޑް އޮފް ޔޫ ސްވީޓީ....." ދާނިޔަލް އިރާގެ ކޮނޑުގައި ހިފާލުމުން އިރާ އަތް ދުރުކޮށްލާފައި ދުރަށް ޖެހެން އުޅުނެވެ. ނަމަވެސް ދާނިޔަލް ހެދިގޮތަކުން ދެމީހުން އެކީގައިގޮސް ޖެހުނީ ޝަވަރުދަށުގައެވެ. ދާނިޔަލް ގަސްތުގައި ޖެއްސުމެއްކޮށްލީ އިރާ ނޫނެކޭ ބުނާނެކަން ރަނގަޅަށް ޔަގީންވާތީއެވެ. އެ އޯގާތެރި އަތުގެ ތެރެއަށް ވިރިގެން ދާން އިރާ ބޭނުންވީ އެންމެ ސަބަބަކާ ހުރެއެވެ. ދާނިޔަލްދެކެ ލޯބިވާތީއެވެ. ނަމަވެސް އިރާއަކަށް މިފަހަރުވެސް ބިރުވެރިކަން އެއްފަރާތް ކޮށްލާފައި ދާނިޔަލްގެ އަމަލުތަކަށް ރުހުން ދެވޭގޮތެއް ނުވިއެވެ.

"ނޯ ނޯ...." އިރާ ދާނިޔަލްގެ އިނގިލީގައި ދަތްއަޅައިގަތުމުން ވީ ތަދުން ދާނިޔަލް އަތް ދަމައިގަތެވެ.
'އައުޗް، މިނިކާ ކުއްޖެއްތަ؟ ހަމަ ކުޑަ ޓައިގްރެސް އެއް ދޯ...." ދާނިޔަލް ހައިރާންވިއެވެ.
"ޑެނީ، ކިތައް ފަހަރު ޑެނީ ގާތު ބުނާނީ އައިމް ނޮޓް ވިލިން އޭ، ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް......" އިރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ދާނިޔަލް ގެ ފަރާތުން އޭނައަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ހަނދާންތައް ނައްތާލާފައި އެހާ ފަސޭހައިން އެފަދަ ކަމަކަށް އެއްބަސްވުމަކީ ކުރެވޭނެކަމެއްހެން އަދި ހިޔެއްނުވެއެވެ. ލޯބި ނުވަނީއެއް ނޫނެވެ. ދާނިޔަލް އަށްޓަކައި ކޮންމެފަދަ ކަމަކާއި ކުރިމަތިލާން ބޭނުންވި ނަމަވެސް އަދި ހިތާއި ޖިސްމުވެސް އެކަމަށް ތައްޔާރެއް ނޫނެވެ.

"އޯކޭ އިރާ، އަހަންނަށް އަންޑަސްޓޭންޑްވޭ.. އަހަރެން ދެން އުދަގުލެއް ނުކުރާނަން...ސޮރީ އިނގޭ......" ދާނިޔަލް ހީލާފައި އިރާގެ ކޯތާފަތުގައި ޖަހާލައިފިއެވެ. ދާނިޔަލް ޝަވަރަށް ދޫކޮށްލުމުން ފިނިފެންތައް އެ ރީތި ހަށިގަނޑުގައި ބޮސްދިނުމުގެ ފަޚުރު ލިބިގަންނަމުން ދިޔައެވެ. ދާނިޔަލް ފެންވަރާލައިގެން ނިކުތްއިރު އިރާ އިނީ ސޯފާގައި އިށީދެލައިގެން ހެއަރޑްރަޔަރ އިން އިސްތަށިގަނޑު ހިއްކާށެވެ.

"ޑެނީ، އަހަރެން ބޭނުން މިއަދު ޑެނީ ގާތުގައި ވާހަކައެއް ބުނަން... މާ ލަސްވެއްޖެއްޔާ އަހަންނަށް ޑެނީ ގެއްލިދާނެ.. އައި ލަވް ޔޫ ޑެނީ........" އިރާ ގަސްތުކުރީ ވަގުތު ނަގާނުލައި ހިތުގައިވާހާ އެއްޗެއް ދާނިޔަލްގެ ކުރިމަތީގައި ބަންޑުން ޖަހާލުމަށެވެ. ދާނިޔަލް ހޭންފެށުމުން އިރާ ލަދުންގޮސް ހަލާކުނުވީ ކިރިޔާއެވެ. 
"ކީއްވެ ތި ހެނީ..." އިރާ އަޅައަޅައިގެންފާ ބުންޏެވެ.
"ސްޓެޕް ބްރަދަރ އަކަށް ވީތީ ލޯބިވާ ވާހަކަ ތިބުނީ، ހައު އަންރޮމެންޓިކް....... " ދާނިޔަލް އިރާ އާއި ދާދިގާތުގައި އިށީދެ އިރާގެ މޫނަށް ބަލާލައިފިއެވެ. އިރާ ހީވަނީ ހަމަ ދެންމެ ދެންމެ ރޮވިދާނެ ހެންނެވެ. އޮހެން ތައްޔާރުވެފައިވާ ކަރުނަތަކުން އެސްފިޔަތައްވަނީ ބަރާވެފައެވެ. އޭނަގެ އަމަލުން އިރާގެ ހިތުގައި މާ ބޮޑަށް ޖެހުނީކަންނޭގެއެވެ. ނަމަވެސް އިރާގެ ލޯބި މިއަދު ގަބޫލުކުރަން އޭނައަށް އެހާ ފަސޭހައެއްނޫނެވެ. އޭގެ މާނަ ރަނގަޅަށް ނޭގުނު ކަމަށް ހެދެން މަޖުބޫރުވީ މިލާންގެ ރީތިކަން ހިތަށް އަރާފައެވެ.

އިރާގެ ހިތަށް ކެތްނުކުރެވިގެން ކުއްލި އަކަށް ދާނިޔަލްގެ އަތުތެރެއަށް ވެއްޓިގެންފައި ކުރިކަމަކުން ދާނިޔަލްއަށް ސިހުމެއް ލިބުނެވެ. އެދޭތެރޭގައިވިހާ ދުރުކަމެއް ސިކުންތު ކޮޅެއްގެ ތެރޭގައި އިރާ ނައްތާލައިފި އެވެ. ދާނިޔަލްއަށް މަޖާވީ އިރާ ވަކި ހިސާބަކުން ހުއްޓާލީމައެވެ. އިރާ އުޅެން ބޭނުންވަނީ ލޯބިވެރިޔެއް ފަދައިންނެވެ. ފިރިޔެއްގެ ގޮތުން ދާނިޔަލް ބަލައިގަންނާކަށް އިރާއަކަށް ނުކެރެއެވެ. އެހިސާބަށް ދާން ބިރުގަނެއެވެ. ހަގީގަތުގައި އިރާއަށް މަލާމާތްކުރުމުގެ ހައްގެއް އޭނައަކަށް ލިބިފައެއްނެތެވެ. އިރާއަށް އެފަދަ އަނިޔާއެއް ދީ އިރާގެ ހިތުގައި ބިރުވެރިކަން އުފެއްދި މީހަކީ ޚުދު ދާނިޔަލްއެވެ. 

ދާނިޔަލް ބޭރަށް ދިޔަފަހުން އިރާ އުޅުނީ އާދައިގެ މަތިން ކޮޓަރީގައި ފޫހިވެފައެވެ. ދާނިޔަލް ހަތަރުދަމު ކާރީގައި ހުންނާނެނަމައޭ ހިތަށް އެރިއެވެ. ދާނިޔަލް މިލާން އާއި ރައްޓެހިވީ ހެއްޔެވެ؟ މިހާ އަވަހަށް އެކަން ހިނގިއިރު މިލާން ނުބުނެ ހުރީ ކީއްވެ ހެއްޔެވެ؟ އިރާއަށް ދެން ވިސްނުނީ އޭނަގެ އަމިއްލަ ހާލަތެވެ. ދާނިޔަލް އަށްޓަކައި އަންބެއްގެ ގޮތުން އޭނައަށް ކޮށްދެވޭނެ މާ ބޮޑުކަމެއްނެތްކަމެވެ. އިރާ ބެލްކަންޏަށް ނިކުމެ ގޮނޑިއެއްގައި ޖައްސާލިއިރު މާމެލާމެލީގެ މީރުވަސް ދުވަން ފެށިއެވެ.

"އަހަންނަށް ދުވަހަކުވެސް ޑެނީ ލޮލުން ނުފެންނާނެ، ރީތި އެއްވެސް މަންޒަރެއް ނުފެންނާނެ، އެކަމަކު އިޓްސް އޯކޭ އެންމެ ފަހަރަކުވެސް ޑެނީ އަހަރެންދެކެ ލޯބިވެޔޭ ބުނާނެނަމަ، އަހަންނަށް ނުފެނުނަސް އަހަންނާއިއެކު އަބަދު ވާނެނަމަ އަހަރެން ވާނީ ދުނިޔޭގައި ހުރި އެންމެ ނަސީބު ރަނގަޅު އަންހެންކުއްޖާއަށް، އަހަރެންނަށް ޑެނީގެ ރީތި އަޑުން ލަވަކިޔައި ދޭނެނަމަ، ވާހަކަ ކިޔާދޭނެނަމަ، އެކަމަކު އަހަންނަށް އެނގިއްޖެ، ޑެނީ އަހަރެންދެކެ ލޯބި ނުވަނީ، އެހެންވީމަ އަހަންނާއި އެކު ޓައިމް ހޭދަކުރަން އެހާ ބޭނުންނު ވަނީ، ޑެނީ، އައިމް އިން ލަވް ވިދް ޔޫ... އެންމެ ފަހަރަކުވެސް އަހަރެން ދެކެ ލޯބިވެޔޭ ބުނެބަލަ... އަހަރެން ފަދަ ބްލައިންޑް ކުއްޖަކަށް ދުނިޔެއިން ލިބޭނެ އެއްވެސް އުފަލެއްނެތް، ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދާނަމޭ ބުނެބަލަ، ޔޫ އާރ އޮންލީ މައިން ޑެނީ، މިހާރު ހިތަށް އަރާ ބްލައިންޑް ވިޔަސް އަހަންނަށް ރަނގަޅޭ ޑެނީ އަހަރެންދެކެ ލޯބިވެގެން އެކީގައި އަބަދަށް ހުރިއްޔާ، ތިއީ އަހަރެންގެ ހެޕިނެސް، އަހަރެންގެ ލައިފް، އަހަރެން ބޭނުމީ އެކަނި ޑެނީ، އޮންލީ ޔޫ....އިސް ދެޓް ޓޫ މަޗް ޓު އާސްކް......" އިރާ ހިތާހިތުން ވާހަކަދައްކަމުން ގޮސް ދެލޯ ފުރިގެން ކަރުނަތައް އެ އޮމާން ކޯތާފަތުން ތިރިއަށް ދެމިގަތެވެ.

އިރާ އެއިން ގޮތަށް ގުޑާވެސް ނުލާ އިނެވެ. ފިޔާތޮށިކުލައިގެ ޓޮޕަކާއި ކަކުލުން ތިރިއަށް އޮތް ޓައިޓެއް ލައިގެން އިންއިރު އެ ދޮންކަމާއި ވަރަށް ގުޅެއެވެ. ހީވަނީ ހިތާމައިގެ ރީތި ބުދެއްހެނެވެ. ނަމަވެސް އެކަރުނަތައް ދާނިޔަލްއަށް ދައްކަން ބޭނުންނުވާތީ އިރާ މޫނު ދޮވެލައިގެން އަނދުން އަޅައިލުމަށްފަހު ކޮޓަރި ހުޅުވާލާފައި ބޭރަށް ނުކުތެވެ. އިރާ ކޮންމެވެސް ވަރަކަށް ސިޑިން އަރަން މިހާރު ފަރިތައެވެ. ދެލޯ އަނދިރިވިޔަސް އަބަދަށްޓަކައި ކޮޓަރީގައި ބަދެވިގެން އިންނާކަށް އިރާ ބޭނުމެއްނުވެއެވެ. ބޮޑު ކޮޓަރިއާއި ހަމަވީއިރު ޖުވޭދާ ޓީވީ ބަލަން އިނދެފައި އަޑުލާންފެށިއެވެ. އިރާ އެކަނިމާ އެކަނި ސިޑިން އަރާ ހަދަނިކޮށް ވެއްޓިއްޖެއްޔާ މާ މޮޅުގޮތެއް ނުވާނެކަމަށާއި ކޮޓަރިން ނުނިކުތުމަށް އެންގިއެވެ. އިރާ އެކަމާއި ފަރުވާލެއް ނުބަހައްޓާ ފެންޑާއަށް ނިކުތެވެ. އެހެން އުޅެނިކޮށް ޕޮޓެއްގައި އަޅައިގެންފާ ވެއްޓުނުގޮތަށް ދީނާގެ ހަޅޭކުގެ އަޑު އިވުނެވެ.

"އިރާ..... ނަސީބެއްނު ގަސް ހަލާކުވެގެންވެސް އިރާއަށް ކަމެއްނުވިކަން..." ދީނާގެ އަޑަށް އިރާ ރަކިވެފައި އަވަހަށް ތެދުވެއްޖެއެވެ. އެވަގުތަކީ ދާނިޔަލްވެސް ގެއަށް ވަންނަން އައި ވަގުތެވެ.

"ޑެނީ، އިރާ ފޫހިވެގެން އުޅެނީ، އިރާ ގޮވައިގެން ކާރު ދުއްވާލަން ދާންވީނު..." ދީނާ އަވަސް އަވަހަށް ބުނެލިއެވެ.

"އިޓްސް ޓޫ ލޭޓް... އެހެންނޫނަސް މި ވީކް ނިންމާލާފައި ކަމެއް ރާވާލެވޭނީ، މި ވީކްގައި ވަރަށް ބިޒީ......." ދާނިޔަލް ގަޑިބަލައިލިއިރު އޭނަގެ ހިތްވަނީ އަވަސްވެފައެވެ. މިރޭވެސް މިލާންގެ ގާތުގައި ވަގުތުތަކެއް ހޭދަކޮށްލަން އޭނަ ބޭނުމެވެ. އޭނައާއި މިލާންގެ މި ބައްދަލުވުންތައް ދެން އެއްވެސް އިންސާނަކަށް ނުހުއްޓުވޭނެއެވެ. 

މިލާން ހުން ފިނިވީމަވެސް ދާނިޔަލް އޭނަ ގެއަށް ފޮނުވައިލީ ހަފްތާއެއްހާ ދުވަސްފަހުން އެކީގައި ރަނގަޅު ވުމުންނެވެ. ދާނިޔަލް މިލާންގެ ޑޮކްޓަރުގެ ގޮތުގައި އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާލާފައި ހުރެ ކިތަންމެ ވަގުތެއް މިލާންއަށްޓަކައި ހުސްކުރިއެވެ. މިލާންވެސް ބޭނުންވަނީ ދުވަހަކު އޭނަގެ ބަލި ރަނގަޅު ނުވުމަށެވެ. އަބަދު މިގޮތަށް މި ކޮޓަރީގައި އޮތުމެވެ. އަބަދުހެން ދާނިޔަލްގެ ރީތި މޫނު ފެނުމެވެ. ދާނިޔަލްގެ ބަލިމީހެއްގެ ގޮތުގައި މުޅި އުމުރު ހޭދަކޮށްލުމެވެ. ގެއަށް ދިޔުމަށްފަހު ދާނިޔަލްގެ އަޅާލުމާއި ލޯބި މިގޮތަށް ލިބިދާނެކަމާއި މެދު ހިތުގައި ސުވާލު އުފެދުނެވެ. 

ދޭތެރެއަކުން ސުދާ އެތަނަށް ވަދެފައި އަބަދު ދައްކާނީ ކޮޓަރީގައި މީރުވަސް ދުވާ ވާހަކައެވެ. އޭރު ދާނިޔަލްއަކީ ގަވާއިދުން މި ކޮޓަރިއަށް ޒިޔާރަތްކުރާ މެހުމާނެއް ކަމަށް ސުދާއަކަށް ރޭކާނުލައެވެ. އެހެންނޫންނަމަ ސުދާގެ ހުރިހާ ވަގުތެއް މިތަނަށް ވަގުފުކޮށްލީހެވެ. ސުދާ މަދު ފަހަރެއްގައި މިލާންގެ ކޮޓަރިއަށް ވަދެލާފައި ބުނާނީ ވަގުތު ނުވަނީކަމުގައެވެ. އެހެން ކިޔާފައި ވަންނައިރެއް ވިއްޔާ ފްރިޖްގައި ހުރި އެއްޗެއް ކާލާނެއެވެ. ޚާއްސަކޮށް މިދުވަސްކޮޅު އޮރެންޖާއި ލުބޯ އެއްޗެހި ކަނީ މާ ވަރަކަށެވެ. އެއީ ހަން އަލިކޮށް ކެންސަރުން ދިފާއުކޮށްދޭ އެއްޗެކޭ އެކުވެރިޔަކު ބުނިފަދައިން މޭވާއާއި ތަރުކާރީއަށް ދެވި ހިފީކަންނޭގެއެވެ.

"އައިހޭޓް ކެންސަރ..... ކެންސަރު ޖެހިގެން މަރުވީމަ ވަރަށް އެހެން ކަހަލަ ފީލިންގްއެއް ދެން ހުންނަނީ..." ސުދާ ޗޮކްލެޓެއް އަނގައިގާ ޖަހާލައިގެން ދެފައި ކޮޅަށް ޖަހައިގެން ސޯފާއަށް އެރިއެވެ.

"ތިބުނި އެއްޗެއް ނޭގުނު..." މިލާން އޭރު އިނީ އެނދުގައި އިށީދެލައިގެން ފޯނާއި ކުޅޭށެވެ. ސުދާ ދަހިވެތި ނަޒަރަކުން ފޯނަށް ބަލަންއިންއިރު އެތައް ޚިޔާލުތަކެއް ހިތުތެރޭގައި ހިނގިއެވެ. މިލާން ބުނިގޮތުން އެ ފޯނަކީ ފަހުންދޭގޮތަށް އެކުވެރިއަކު ދިން ލާރިން ގަނެފައިވާ އެއްޗެކެވެ. ސުދާ ހީކުރީ އިރާ ނޫނީ އައިޒާގެ ހެޔޮފުޅުކަން ކަމުގައެވެ.

"އެމީހުން ކިހާ ސަފަރ ކުރާނެ، ވަރަށް ޕެއިންގައި އުޅެން ޖެހޭނީ..... އެނީވޭސް އަހަރެންގެ ފެމިލީގައި ކެންސަރ ހިސްޓްރީއެއްނެތް، މިލާންގެ މަންމަ މަރުވީ ކެންސަރު ޖެހިފައި ދޯ......" ސުދާގެ އެ ސުވާލުން މިލާންގެ ހިތަށް އަސަރުކުރިއެވެ. މިލާން ދޭނެ ޖަވާބެއް ނޭގިފައި ސުދާގެ މޫނަށް ބަލައިލިއެވެ. ސުދާ ދަތުގައި ޗޮކްލެޓް އުގުޅާލައިގެން އިންއިރު މަޖާގޮތެއްހުއްޓެވެ. ދަހިކަމުން އިނގިލިން ޗޮކްލެޓް ލޮވެންފެށިތަނާ ދާނިޔަލް ވަނުމުން ސުދާ ސިހިފައި ހަޅޭއްލަވައި ގަތްގޮތުން ހީވީ ބިރެއް ފެނުނުހެންނެވެ. އޭނަ ވަގުތުން މޫނު އަނބުރާލާފައި ދުއްވައިގަތީ ފާޚާނާ އާއި ދިމާލަށެވެ. ފާޚާނާއަށްވަދެ އަވަސްކަމާއިއެކު އަނގަ ދޮވެލައިގެން ކުޑަކޮށް ފަރިވެލައިގެން ނުކުތްއިރު ދާނިޔަލް ފެންނާކަށް ނެތެވެ.

"އޯ އެމް ޖީ.... މަ އަދިވެސް ދެފައި ހީވަނީ ޖެލީގަނޑެއްހެން. އައި ސްވިއަރ ޓު ގޯޑް ކިރިޔާ މަ ފެއިންޓް ނުވީ، ކޮބާތަ މަގޭ އެންޖެލް... ކޮބާތަ އެ ހެންޑްސަމް، ހިތް ހަލާކުކޮށްލައިފި....." ސުދާ ގޮސް ދޮރުހުޅުވާލާފައި ބަލާލިއެވެ.

"ނުބައި ރޫމަކަށް އޮޅިގެން ވަދެވުނީމަ ދިޔައީ......" މިލާން އިސްޖަހާލައިގެން އިންއިރު ދޮގުހަދަންވީމަ ކަންބޮޑުވިއެވެ. ނަމަވެސް ސުދާއަށް އެނގިގެން މައްސަލަ އަކަށް ވެގެން ކަމަކު ނުދާނެއެވެ. އޭނަ ސުދާ އަކަށް އިތުބާރެއް ނުކުރެއެވެ. އެއިތުބާރުވަނީ މުޅިން ގެއްލިފައެވެ.

"އަޅެ މަ ވަރަށް ކަޑަވި، އެހާ ހަޑިކޮށް އިންދާ ސީދާ މަގޭ މޫނަށް ބަލައިލީ.. އައި ހޭޓް މައި ލަކް. އޭނަ އަންނަން ޖެހެނީ އެ ގަޑިއަށްތަ؟ އިޓްސް ލައިކް އެ ކާރސް، މިހާރު އެއްވެސް ކަމެއް ރަނގަޅަކަށް ނުދޭ........" ސުދާ ރުޅިގަދަވި ވަރުން ސޯފާގައި ދެއަތް ތަޅައިގަތްތަން ފެނުމުން މިލާން އިނީ ހައިރާންވެފައެވެ. ސުދާ އެހާވަރުން ދާނިޔަލް އާއިހެދި އުޅޭއިރު އިހަށް ދުވަހަކު ނަދީމްގެ ލޮލުގެ ސިހުރުގައި ޖެހުނެވެ. ނަހުޔާން ފެނުނަސް ސުދާ އެވަރުވެއެވެ. އެ އާއިލާގެ އެހެން ޒުވާނުން މިތަނުގައި މަސައްކަތް ނުކުރާކަން ރަނގަޅެވެ. އެހެންނޫންނަމަ ސުދާގެ ލޯބީގެ ލިސްޓް ދިގުވެގެން އަދަދު ނުކުރެވުނީހެވެ. މިލާން އިނީ ބޮލަށް އުދަގޫވެފައެވެ. އެހެން ދުވަހު ވެސް ސުދާ ޑިއުޓީ ނިންމާލާފައި ވަދެލާފައި ހުރި އެއްޗެއް ހިފައިގެން ދާ މީހާ މިއަދު މިގަޑީގައި މަޑުކުރަން ޖެހޭހެއްޔެވެ؟ ސުދާގެ ސަބަބުން އޭނައަށްވެސް މިއަދު ފުރުސަތު ގެއްލުނީއެވެ.

ސުދާ ފޮށި ހުޅުވާލާފައި އޭގައި ހުރި ސިޓީއާއި އަލްބަމް އަދި އެހެން އެއްޗެހި ބެލިއިރު ދެބުމަވަނީ ގޮށްޖެހިފައެވެ.

"މިލާންގެ ބައްޕައަކީ ކާކުކަން އެނގިއްޖެއްޔާ ފޮނިކަމުން ވަގުތުން އުޑަށް އަރައިގަންނާނެ، އަހަރެން އެއްގޮތަކަށްވެސް އެހެން ވިޔަކަ ނުދޭނަން، އެކަމަކު ހައު ޓު ގެޓް ރިޑް އޮފް ދިސް....." ސުދާ ބޯ ކަހާލިތަނާ ސިއްސައިގެން ދިޔައީ މީހެއްގެ ހިލަންވެފައެވެ. އޭނަ އަވަސްއަވަހަށް ފޮށި ތަޅުލާފައި ތެދުވުނު އިރު ފުލުހުންގެ ޔުނިފޯމްގައި ހުރީ އޭނަ މިހާރު ރައްޓެހިވެގެން އުޅޭ ޒުވާނާ އެވެ. ސުދާ ކޮންމެވެސް ވަރަކަށް ފޫހިވިއެވެ. ދާނިޔަލް މެންނާއި ބަލާއިރު މިއީ ދެން ކާކުހެއްޔެވެ؟ އަދާކުރާ ވަޒީފާ އޭނައަކަށް ކަމަކު ނުދެއެވެ. އެހާ މުއްސަންޖެއްނޫނެވެ. ރީތިކަން ދާނިޔަލް އާއި ބަލާއިރު ސުމެކެވެ. އޭނަ ގޮވައިގެން ޔޫރަޕަށް ދެވޭނެ ފެންވަރު ހުންނާނީއެއް ނޫނެވެ. ނަމަވެސް މިނޫންގޮތެއް އަދި ނެތެވެ. ކޮންމެވެސް ބޯއިފްރެންޑެއް ނެތިއްޔާ ފައިސާގެ ގޮތުން ހާދަ ދަތިވާނެއެވެ.

މިލާން ގެއަށް ދާން ތައްޔާރުވެލައިގެން އިންއިރު މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އިސްތަށިގަނޑު މައްޗަށް އައްސާލައިގެން އިނުމުން ކޮލުގެ ކަށިގަނޑުގެ ރީތިކަން ވަކިންބޮޑަށް ހައިލައިޓްވެފައިވެއެވެ. ދާނިޔަލް އެގަޑީގައި ފެނުމުން ހިނިތުންވެލި ގޮތުން ކޯތާފަތަށް އެޅުނު އަޑިކޮޅުން މިލާންގެ ރީތިކަން ވަކިން ފުރިހަމަވިއެވެ.

"ޑެނީ އާއި އެކު ދާކަށް ނުކެރޭނެ..." މިލާންގެ މޫނަށް ރަތްކުލަވެރިވިއެވެ.

"ބަސްއަހައިގެން ނުދަންޏާ އުރާލައިގެން ގެންދާނީ، ހަމަ އަހަރެން ގެ ކާރުގައި އަހަންނާއި އެކު ގެއަށް ގެންދާނީ..." ދާނިޔަލް ހުރީ ހިނިތުންވެލައި ގެންނެވެ.

މިލާންއަށް މަޖުބޫރުވެގެން ދާނިޔަލް އާއިއެކު ތިރިއަށް އައިއިރު އެތައް ބަޔެއްގެ ނަޒަރު އެރީތި ޖޯޑަށް ހުއްޓިފައިވެއެވެ. އަންހެންކުދިން ބަލަނީ ހަސަދަވެރި ކަމުގެ ލޮލަކުންނެވެ. މިލާން ނުދަންނަ މުވައްޒަފެއް އެތާގައި ނެތެވެ. މުޅި އެތަނުގައިވާ އެންމެ ރީތި އަންހެންކުއްޖަކީ އޭނަ ކަމަށްވުމުން އެނަން މަޝްހޫރުވީއެވެ. މިލާން ކާރަށް އަރާފައި ފުންނޭވަޔެއް ދިއްކޮށްލައިފިއެވެ. ދާނިޔަލް އާއިއެކުގައި ވުމުން ހިތް އުފަލުން އުދުހެނީއެވެ. ނަމަވެސް ގެއަށް ދިޔުމަށްފަހު މި ގުޅުމަށް ވާނެގޮތެއް ނޭގެއެވެ. މިލާން ގެ ހިތަށް ބިރުވެރިކަން ވަންނަން ފެށީ ދެނެވެ. މިލާން ގެ ގާތުގައި ދާނިޔަލް އިނީމަ ވަށައިގެން ހިނގާކަމަކާއި މެދު މާ ބޮޑު ވިސްނައިލުމެއްނެތި އިންދާ ކާރު ޕާކްކޮށްލައިފި އެވެ. އެވަރލޭންޑްގެ އިމާރާތަށް ނަޒަރު ހުއްޓައިލެވުމާއިއެކު ހީވީ މިލާންގެ ހިތަށް އެތައް ސަތޭކަ ގަނޑުފެނުގެ އެތިކޮޅުތަކެއް އޮއްސައިލެވުނުހެންނެވެ.

"ނޫން ޑެނީ....." މިލާން ވަގުތުން ދެކޮޅުހެދިއެވެ.

"މިލާން އަހަރެން ލައްވާ އާދޭސްކުރުވަންތަ ތިއުޅެނީ..." ދާނިޔަލް އިނީ ދެރަވެފައެވެ.

"ޑެނީ، ކުރީ ދުވަހު ހިނގި ހާދިސާއަށްފަހު އަހަރެން މިހިރީ މިގެއަށް ނާންނަން ނިންމައިގެން، މަންމަ ހުންނެވީ އަހަރެންދެކެ ވަރަށް ބޮޑަށް ރުޅިދުރުވެފައި....." މިލާން އެ ހާދިސާ ކިޔައި ދެމުންދިޔައިރު އެ ރީތި ދެލޯ ކަރުނުން ފުރުނުތަން ފެނިފައި ދާނިޔަލްގެ ހިތަށް އަސަރުކުރިއެވެ.

"އެގެއިން ބެކް ޓު ސޭމް ޕްލޭސް އަދި ހުރިހާ ގޮތަކުން މައްސަލަ ޖެހެން ފަށާނެ...." މިލާން ގެ ލޮލުގައި ވަނީ އާދޭހެވެ. އަމިއްލަ ނިކަމެތިކަމާއި މާޔޫސީކަން މިލާން ހަނދާން ނައްތައެއްނުލައެވެ. އެކަން ދާނިޔަލްއަށް ވިސްނައިދޭން މިލާން މަސައްކަތްކުރިއެވެ. ދާނިޔަލް ވިސްނިގޮތުގައި މިލާންއަށް އެންމެ ރައްކާތެރި ތަނަކީ އެވަރލޭންޑެވެ. ބޮޑުދައިތަމެންގެ ގޭގައި ނޯކަރުންގެ ބައިގާ މިލާން ބަހައްޓާކަށް ދާނިޔަލްގެ ހިތެއް ނޭދެއެވެ. އޭނައަށް ފެންނަ ހިސާބުގައި ހުރެގެން ނޫނީ ދެން ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

"ފޯރ މީ.. ޕްލީޒް...." ދާނިޔަލް ބަލަހައްޓައިގެން އިނީ ހިތް ވިރޭފަދަ ގޮތަކަށެވެ.

މިލާން ހަތިޔާރު ބެހެއްޓިއެވެ. ދާނިޔަލް އަށްޓަކައި އޭނަ ދުނިޔެ އާއި ހަގުރާމަ ކުރާނީ އެވެ. އެބުނާހެން ލޯބި ކާމިޔާބު ކުރެވޭނީ ބިރު ކަނޑާލައިގެންނެވެ. އެހެންނޫނަސް އިރާއަށްވެސް ވަގުތު ދެވޭނެއެވެ. އިރާގެ އެކަނިވެރިކަން ފިލުވައިދެވޭނެއެވެ. އެއްގެއެއްގައި ދުވަސްތައް ވޭތުވެގެންދާއިރު ދުވާލު އެތައް ފަހަރު ދާނިޔަލް ފެނިލުމުން ހިތް ފުރިދާނެއެވެ. 

މިލާން ފެނުމާއި އެކު ފެންޑާގެ ސޯފާގައި ވާހަކަދައްކާލަން ތިބި ދީނާ އާއި ޖުވޭދާއަށް ލިބުނީ ޝޮކެކެވެ. ދާނިޔަލް ހަމަޖެހިލާފައި ބުނީ ދުވަސްކޮޅަކަށް މިލާން މިގޭގައި ބަހައްޓަން ބޭނުންކަމަށާއި އިރާވެސް އެކަމަށް އެދޭތީ އެހެން ނިންމީކަމުގައެވެ. ދީނާ މާނަވީ ހިނިތުންވުމަކާއިއެކު ބުނީ އެގޮތް އެންމެ ރަނގަޅު ކަމުގައެވެ. އިރާގެ މެއިޑް އަދި ދާނިޔަލްގެ މިސްޓްރެސްގޮތުގައި ހުރެވިދާނެއެވެ. ނަމަވެސް މިލާންއަކަށް މިގެއިން އިތުރު މަގާމެއް ނުލިބޭނެކަމުގައި ދީނާގެ ލޮލުގައިވާ މެސެޖްގައިވިއެވެ. އެ މެސެޖް ތަރުޖަމާކުރާކަށް މިލާންއަށް ނޭގުނަސް އޭނަ ހުރީ ބިރުން ހިތް ވިރިވިރިއެވެ. އަނެއްކޮޅުން ޖުވޭދާގެ އަލިފާނުގެ ބެލުމުން ހީވީ މިލާން އަންދާ އަޅިޔަށް ހަދާލާނެހެންނެވެ.

އިރާ އުފަލުން މިލާންގެ ގައިގާ ބައްދައިގަތް އިރު ހީވަނީ އެހެން ކަމެއް ހެންނެވެ.
"ވެލްކަމް ބެކް ހޯމް، ހާދަ މިސްވިޔޭ..." އިރާ މިލާންގެ އަތުގައި ހިފަހައްޓާލަމުން އުފާވެރި ހިނިތުންވުމެއް ދިނެވެ. ދެކުދިން އެކަނިވެލާއިރަށް އިރާ އަހަންފެށީ ދާނިޔަލްގެ ވާހަކައެވެ. މިލާން ހަގީގަތް ކިޔާދިންއިރު އިރާ އިނީ ބުދެއްހެން ގަނޑުވެފައެވެ. މިލާންއަށް އެކަން ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވުނެވެ. އިރާ ދާނިޔަލ ްދެކެ ލޯބިވަނީ ހެއްޔެވެ؟ އެހެންނޫންނަމަ އެހާ ކަންބޮޑުވެފައި އިންނާކަށް ނުޖެހުނީހެވެ. ރިވާން ކޮބާ ހެއްޔެވެ؟ ޔަގީނުންވެސް ދެމީހުން ވަރިވާނީ ދެމީހުންނަށް އެކީގައި ނޫޅެވޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންތާއެވެ. އާއިލާއަށް އޮޅުވާލައިގެން ތިއްބަސް އިރާވަނީ އެ ހަގީގަތް އޭނަގެ ގާތު ކިޔާދީފައެވެ. ރަސްމީކޮށް ވަރިނުވިޔަސް ވަރިކުރެވިދާނެ ގޮތްތައް ހުންނާނެއެވެ. އިރާ އޭނަގެ ގާތުގައި އެވަރުން ދޮގު ހަދައިގެން އޭނައާއި ދާނިޔަލް ރައްޓެހިކުރުވަން އާދޭސްކުރަންވީ ސަބަބެއް އެނޫނިއްޔާ ނޯންނާނެއެވެ. އިރާ ލޯބިވަނީ ރިވާންދެކެ ކަމަށް އޭނަގެ ގާތުގައި އެއްބަސްވިއެވެ.

އިރާ ބަންޑުން އޮށޯވެލައިގެން އޮތްއިރު ލޮލުން އޮހެމުން ދިޔަ ކަރުނަތައް ކުއިލްޓަށް ވަންނަމުން ދިޔައެވެ. އަމިއްލަ ނަފުސަށްޓަކައި އޮހެމުންދިޔަ ވޭނީ ކަރުނަތަކެވެ. އިރާ މިހިރީ ދާނިޔަލް އަށްޓަކައި ހިމޭނުން ހުންނާށެވެ. މިލާންއަށް ފުރުސަތު ދޭށެވެ. ސަބަބަކީ އޭނަގެ ނިކަމެތިކަމެވެ. މީހަކު ހަދާފައިވާ ދިރުމެއްނެތް ބުދެކޭ އޭނައެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ދާނިޔަލްއަށް އަންބެއްގެ ފަރާތުން ލިބެން ޖެހޭ އުފަލެއް ނުދެވެއެވެ. ޚިދުމަތެއްކޮށެއް ނުދެވެއެވެ. ހެދުންތައް ދޮވެ އިސްތިރިކޮށް ކައްކައިދެނީ އެހެން މީހުންނެވެ. އެންމެ ކުޑަވެގެން ކޮފީއެއް ހަދައިލެވޭކަށް ނެތެވެ. މިލާން ގާތުގައި ދާނިޔަލްއާއި ރައްޓެހިވާން އެންގީ އިރާއެވެ. އެކަން ހަގީގަތަކަށްވިކަން އެނގުމުން އެންމެ އަސަރު މިކުރީ އިރާއަށެވެ. އަމިއްލަ ހާލު ހިތަށް އަރާފައި އިރާ ސަހަރޯވެރިވިއެވެ. ދެއަތުން ކުއިލްޓްގައި ތަޅަތަޅާފައި ގިސްލާފައި ރޯންފެށިއެވެ.

"އިރާ ކިހިނެއްތިވަނީ..." ދާނިޔަލްގެ އަޑު ކުއްލިއަކަށް އިވުމުން އިރާ ކުއިލްޓާއި އެކު އަތުގައި ދަތްއަޅައިގެންފާ ގިސްލުންތައް އޮއްބާލަން މަސައްކަތް ކުރިއެވެ. އިރާ އޮތީ ހިމޭނުންނެވެ.

"އައިމް ޓޯކިން ޓު ޔޫ އިރާ..." ދާނިޔަލް ރުޅިއަންނަ ގޮތްވިއެވެ. ވެގެން އުޅޭގޮތެއް ނުބުނެ އިރާ މިގޮތަށް ކަރުނަ އޮއްސީމާ ދާނިޔަލްއަށް ގައިމު އުދަގޫވާން ފަށައިފިއެވެ. އިރާގެ ހިތް ތެޅިލިއެވެ. ބައެއްފަހަރު ދާނިޔަލް އެގޮތަށް ހަރުކަށިވީމަ ދާނިޔަލް ދެކެ ބިރުވެސް ގަނެއެވެ.

"ވަރަށް ދެރަވޭ ނުފެންނާތީ، އަބަދު މިހެން އުޅެން ހާދަ އުދަގުލޭ، ޑެނީ އަހަރެން ދެކެ ރުޅިނާދެބަލަ.... އައިމް ސަފަރިން ސޯ މަޗް، ޑެނީއަކަށްވެސް ނޭގޭނެ، އެކައްޗެއްވެސް ނޭގޭނެ، އަހަރެންގެ ހިތް ހަލާކުވަނީ......" އިރާ އަސަރުކޮށްފައިވާފަދަ ގޮތަކަށް ގިސްލަމުން ބުނެލިއެވެ. 

"އާދޭ މަގޭ ކާރިއަށް...." ދާނިޔަލް އިރާ ތެދުކޮށްލާފައި މޭގައި ޖައްސާލަމުން އިސްތަށިގަނޑުގައި ފިރުމާލަދިނެވެ. ދެމީހުން އެހާ ވާހަކަދައްކާކަށް ނޫޅުނެވެ. ދާނިޔަލް އަމިއްލަ ކުށް ގަބޫލުކުރެއެވެ. އިރާގެ ހިތާމަތައް އެންމެ ބޮޑަށް އިހުސާސް ކުރެވެނީ އޭނައަށެވެ. އިރާއާއި ދޭތެރޭގައި މިފަހަކަށް އައިސް މާ ބޮޑަށް ވިސްނޭ ސަބަބަކީ އެއީއެވެ. އިރާގެ ލޮލަށް ނުފެންނަ ހިނދެއްގައި އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އިރާ ކެތްކޮށްލައިގެން ރުއިން ހުއްޓާލައިފިއެވެ. ދާނިޔަލްގެ މޭގައި ބޯ އަޅާލައިގެން އެހެން އިންއިރު ދާނިޔަލްގެ އަތުގެ އިނގިލިތަކުގެ ފިރުމުމުން ލިބުނު އަރާމުގައި އެސްފިޔަތައް މަރައިލެވުނެވެ. އިރާ ނިދުނީ އެގޮތަށް ދާނިޔަލްގެ މޭގައި ބޯ އަޅާލައިގެން އޮތްވައެވެ.

އިރާ އެނދުގައި އޮތްއިރު އޮރެންޖް އަލީގައި ފެންނަލެއް މައުސޫމްކަމުން ދާނިޔަލް އިރުކޮޅަކަށް ބަލަހައްޓައިގެން އިންއިރު އިރާވެސް އޭނައަށް ފެންނަމުން ދިޔައީ މިލާންގެ ސިފައިގައެވެ. ދާނިޔަލްގެ ހިތް އެންމެ ކަމަކަށް ބޭނުންވަމުން ދިޔައެވެ. މިއީ އޭނަގެ އަމިއްލަ ހައްގެކެވެ. ވީމަ އެކަނި ބަލާލައިގެން ހިތްހަމަޖައްސާލައިގެން ހުރުމަކީ އަމިއްލަ ނަފުސަށް ކުރެވޭ ގޯނާ އެކެވެ. އޭނަގެ ހިއްސުތައްވަނީ ސަލާމަތުންނެވެ. ބައެއްފަހަރު ފިރިހެނަކަށްވީތީ ހިތުގެ އެދުމަށް އިޖާބަދޭން ޖެހެނީ މިފަދަ ވަގުތުގައެވެ. ދާނިޔަލް ގުދުވެ އިރާގެ މޫނަށް ފައިބަމުންދިޔަ އިސްތަށިގަނޑު އެއްފަރާތްކޮށްލައިފިއެވެ. ނިދީގައި ވާނުވާ ނޭގިއޮވެ އިރާ ދާނިޔަލްގެ އަމަލުތަކާއި ބައިވެރިވިއެވެ. ހޭލެވިގެން ބިރުން ހަޅޭއްލަވައިގަންނަން އުޅުމުން ދާނިޔަލް އިރާގެ އަނގަމަތީގައި އަތްއެޅިއެވެ.

"ޝްޝްޝް ބޭބީ... ޑޯންޓް ސޭ އެވޯޑް..." ދާނިޔަލް އިރާގެ ތުންފަތުގައި އިނގިލި ޖެއްސިއެވެ. ރީތިކޮށް އެ ޖުމްލަ ބުންޏަސް އިރާއަށް އިވުނީ އަމުރެއްގެ ސިފައިގައެވެ. އިރާ ބިރުން ގުޑިލާން ނުކެރިފައިއޮތްއިރު ލޮލުގައި ގިނަވެގަތް ކަރުނަތައް ލޮލުގެ ކޮޅުން ދެމިގެން ބާލީހަށް ވަންނަމުން ދިޔަޔަސް ދާނިޔަލްއަށް އެ ކަރުނަތައް ފެނުނުކަމަކަށް ނުވިއެވެ.

މިލާން ހެދުނު ކޮފީހަދައިގެން އައިސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއިރު ދޮރުހުރީ ހުޅުވާފައިކަމުން އޭނަ ވަންނާކަށް ޖެހިލުމެއްނުވިއެވެ. ދޮރު ހުޅުވާލިއިރުވެސް ބެލްކަނީގެ ބޯ ފަރުދާތައް ދަމާލާފައިވުމުން ކޮޓަރި ތެރެ ފެންނަނީ އަނދިރިކޮށެވެ. އޭނަ އަނދިރީގެ ތެރެއަށް ލޯ ހޭނުމުން ސްވިޗަކުން ނިދާބޮކި ޖައްސާލުމާއިއެކު ފެނުނު މަންޒަރަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ދާނިޔަލްއާއި އިރާތިބީ އެކަކު އަނެކަކުގެ އަތުތެރޭގައެވެ. ދާނިޔަލްގެ މެޔާއި ދިމާލުން ކުއިލްޓް ސޮއްސާލައިގެން ކުޑަކޮށް ތިރިއަށް ޖެހިލާފައިވާއިރު އެ ތަނަވަސް މޭމަތި ރީތިކަމުން މީހަކަށް ބަލަން ހުރެވިދާނެއެވެ. އިރާގެ ދެއަތް އޮތީ ދާނިޔަލްގެ ގައިމަތީގައި ދަމާލެވިފައެވެ. މިލާންގެ މޫނު ރަތްވެގެން ދިޔުމާއިއެކު ދެލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. އޭނަ އަވަސްއަވަހަށް ފަހަތަށް ދެމިގެންފައި ކޮޓަރިން ނިކުތްއިރު ހިތް ފަޅަފަޅައިގެން ދިޔަހެންހީވިއެވެ. އަޑު ވީއްލާ ނުރޮވުނީ ހަމަ ކިރިޔާއެވެ.

"އިރާ ޔޫ ލައިޑް ޓު މީ....." މިލާން ކޮޓަރިއަށް ވަންގޮތަށް ދޮރުތަޅުލުމާއިއެކު އެހުރިތަނަށް ބިމަށް ތިރިވެއްޖެއެވެ. މިލާންއަށް ހީވީ އޭނަގެ ދުނިޔެ ފުނޑު ފުނޑުވެގެން ދިޔަހެންނެވެ. 

ދާނިޔަލް ހޭލެވިގެން އިރާގެ އަތް ދުރުކޮށްލާފައި ތެދުވެގެންގޮސް ފާޚާނާއަށް ވަދެ ޝަވަރަށް ދޫކޮށްލައިފިއެވެ. ރޭގައި އެކުރެވުނީ އަނެއްކާ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ނިދާފައިވާ ކުއްޖެއްގެ ފަރާތުން ފައިދާ ނަގާނީވެސް ދެން ހާދަ މާޔޫސީ މީހެކެވެ. އެހެންނޫނަސް އޭރު އޭނަގެ ސިކުނޑީގައި މިލާންގެ ޚިޔާލުތައް މާ ގަދަވެ މަގު އޮޅުވައިލީއެވެ. އޭނަ ފަހުން އިރާގެ ގާތުން މާފަށް އެދުނެވެ. ބައެއްފަހަރު އަމިއްލަ ނަފުސަށް ބާރު ނުހިންގެނީކަމަށް އޭނަވެސް ގަބޫލުކުރިއެވެ. އެހެންވިޔަސް އިރާ އޭނަގެ ވާޖިބު އަދާނުކުރާތީ ވާ ކަންތައްތަކެކޭވެސް ހިތް ބުނާފަހަރު އާދެއެވެ.

"ވަޓްއެވަރ..." ދާނިޔަލް ފާރަށް އެތިފަހަރެއް ވީއްލާލިއެވެ.

ދާނިޔަލް އެކަނި ޖިންސްލައިގެން އައިސް އެނދުގައި އިށީންއިރު އިރާ އޮތީ ދެލޯ ހުޅުވާލައިގެންނެވެ. އަދިވެސް އިރާ އޮތީ ތުންފިތާލައިގެންނެވެ. ދާނިޔަލް ދެކެ އައި ރުޅި މަޑުނުވަނީކަން ނޭގެއެވެ. 

"މޯނިން އެންގްރީ ބާޑް.... އަދިވެސް ރުޅިތަ؟ " ދާނިޔަލް ހަނދާންވީ މިލާންގެ މަތިންނެވެ. ރޭ މިލާންއާއި ބައްދަލުކުރަން ހުއްޓާ އެ ފުރުސަތުވެސް ގެއްލުނީ އޭނަގެ ކެތްތެރިކަން ކުޑަކަމުންނެވެ.

"ނޫން..." އިރާ އެސްފިޔަތައް ތަޅުވާލިއެވެ.
"އިރާ، ގަވާއިދުން ޕިލްސް ކަންތަ؟ "ދާނިޔަލް ކަމެއް ހަނދާންވުމުން އަހާލާފަދަ ގޮތަކަށް އަހާލިއެވެ.
"ހޫމް..... މިތާ ޑްރޯވަރގައި ހުންނާނެ...." އިރާ ފަރުވާކުޑަގޮތަކަށް އެހެން ބުނެލާފައި ކުއިލްޓް މޫނުގައި އަޅައިގެން އަނެއްފަރާތަށް އެނބުރުނެވެ. ދާނިޔަލް ތެދުވެގެންގޮސް ޑްރޯވަރ ޗެކްކޮށްލިއިރު ކޮންމެ ދުވަހަކު ވާޖިބެއްފަދައިން އިރާ ބޭސްގުޅަކަމުން ދާކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އިރާ ބަލިވެ އިނުމަކީ ހޭލާހުއްޓާ ފެންނަ ބިރުވެރި ހުވަފެނަކަށްވާނެއެވެ. އިރާއަށް ދަރިއަކު ބެލުމަކީ ވާނެކަމެއް ނޫނެވެ. 

ދާނިޔަލް ބެލްކަނީގެ ދޮރުތައް ހުޅުވާލުމަށްފަހު ނިކުމެގެން ގޮސް ރެއިލިންގައި އަތްތިލަ ޖައްސާލައިގެން ހުރިއިރު ވިސްނެނީ މިލާން އުޅޭނެ ގޮތަކާއި މެދުގައެވެ. މިލާން އުޅޭނީ ކޮފީހަދަންބާވައެވެ. ނޫނީ ފެންވަރާލައިގެން ރީތިވަނީކަން ނޭގެއެވެ. އެ އޮޅިފައިވާ އިސްތަށިގަނޑު ޝޭމްޕޫކޮށްލާނެ ބާވައެވެ. އޭނަގެ ހިތުގައި މިލާން އާއި މެދު ވާ އިހުސާސްތަކާއި އިރާއަށްޓަކައި ވާ ހަމްދަރުދީ އާއި ދެމެދު ވަރަށް ބޮޑު ފަރަގެއް ހުރިހެން މިއަދު ހީވާން ފަށައިފިއެވެ. އޭނަ ލޯބިވަނީ އެކަނި މިލާން ދެކެ ހެއްޔެވެ؟ އިރާއާއިމެދު ކަންތައްކުރެވުނު ގޮތުން އެއީ އެކަނި ވެވޭ ހަމްދަރުދީއެއްކަމަށް ނިންމަންވީ ހެއްޔެވެ؟ މިލާން ލައްވާ ކޮފީއެއް ހައްދަން ބޭނުންވީވަރުން ދާނިޔަލް އަވަހަށް ޓީޝާޓެއް ބޮލުން ވައްޓާލުމަށްފަހު މާ ބާރަކަށް ދިޔުމުން މީހެއްގެ ގައިގާ އަޅައިގެންފައި އެމީހަކު ނުވެއްޓުނީ ކިރިޔާއެވެ.

"އޫ...." އެމީހަކު ތޫނުކޮށް ހަޅޭއްލަވައިގަތެވެ.

"ސޮރީ....." ދާނިޔަލް ހުޝިޔާރު ކަމާއިއެކު އެމީހެއްގެ ހަށިގަނޑު ސަމާލުކޮށްލަމުން ދުރަށް ޖެހިލައިފިއެވެ. 

ކޮމެންޓް 0