ހެނާ އުނދޯލިގޭގައި އިންއިރު އެއްފަރާތުގައި އޮތް ފޯނަށް އެކިމީހުން ގުޅާތަން ފެނުނެވެ. ދެރަވެފައި އިންވަރުން ފޯނުނަގާހިތެއްވެސް ނުވިއެވެ. ސިކުނޑީގައިވަނީ ޒޯހަންއާއި މައިކަލްއެވެ. އެދެމީހުން އޭނަގެ ފަރާތުން ބޭނުންވެގެން އުޅޭކަމެއް ނޭގިގެން ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައި ފިތިފައެވެ. ކުއްލިއަކަށް ކޮންމެވެސް މީހެއް ހިލަންވިހެން ހީވެފައި ޚިޔާލީ ދުނިޔެއިން ނުކުމެވި އެފަރާތަށް ބަލައިލެވިއްޖެއެވެ.
ހެނާ އުނދޯލި ގޭގައި އިންދާ މައިކަލް އޭނަގެ ފޯނު ގެނެސްދިނެވެ. އެއްވެސް މީހަކު ގުޅިޔަސް ފޯނު ނަގައިގެން ނުވާނެކަމަށް އެންގިއެވެ. އެއްފަރާތުގައި އޮތް ފޯނަށް އެކިމީހުން ގުޅާތަން ފެނުނެވެ. ދެރަވެފައި އިންވަރުން ފޯނުނަގާ ހިތެއްވެސް ނުވިއެވެ. އެހެންނޫންމަ މައިކަލް އަދި އެހެން އިންޒާރު ދީގެން އޭނަ ފޯނު ނުނަގަންވީ ސަބަބެއްވެސް ނެތެވެ. ސިކުނޑީގައިވަނީ ޒޯހަންއާއި މައިކަލްއެވެ. އެދެމީހުން އޭނަގެ ފަރާތުން ބޭނުންވެގެން އުޅޭކަމެއް ނޭގިގެން ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައި ފިތިފައެވެ. ކުއްލިއަކަށް ކޮންމެވެސް މީހެއް ހިލަންވިހެން ހީވެފައި ޚިޔާލީ ދުނިޔެއިން ނުކުމެވި އެފަރާތަށް ބަލައިލެވިއްޖެއެވެ.
ދޮރުމަތީގައި ހުރީ މައިކަލްއެވެ. އަޅިކުލައިގެ ޓީޝާޓަކާއިއެކު ނޫ ޖިންސެއްގައި ވަރަށް ސްމާޓްކަމަށް ދައްކައެވެ. މޫނުމަތިން ފެންނަން ހުންނަ ސީރިޔަސްކަމަކީ އޭނަގެ ފިރިހެންވަންތަކާއި ރީތިކަން އިތުރުކޮށްދޭކަމެކެވެ. އެއްވެސް މީހަކަށް އޭނައާއި ނުކުޅެވޭނެއޭ އެދެލޯ ބުނާފަދައެވެ. މައިކަލްގެ އަތުގައި ފެން ބިއްލޫރިތަށްޓެއް ހުއްޓެވެ.
"ހެނާ. ޔޫ ލުކް ސޯ ވީކް. ޑޮކްޓަރު ބުނީ ވިޓަމިން ކެއީމަ ކަމަށް ރަގަޅުވާނީ. އެހެންވެ ބޭހެއް ހިފައިގެން މިއައީ. ހެނާ އެބަޖެހޭ ތި ބަލިކަށިގޮތްގަނޑު ނައްތާލާފައި ތަންކޮޅެއް ހަރު ކުއްޖަކަށްވާން....." މައިކަލް ވާހަކަދައްކަމުން އައިސް އިށީނީ ހެނާގެ ކައިރީގައެވެ. މައިކަލް އެއް މުށް ހުޅުވައިލަމުން ބޭސްގުޅަ ދައްކައިލުމުން މަރު ހިޔަނިވިހެން ހީވިއެވެ. މައިކަލް އޭނަ މޮޔަހައްދަން އުޅުނަސް އެކަމެއްނުވާނެއެވެ. އޭނައަކީ ޅަ ކުއްޖެއްނޫނެވެ. ތަންދޮރު ފިލާފައި ހުރި އަންހެނެކެވެ. މައިކަލް އެއުޅެނީ ދަރިފުޅު ނައްތާލަން ބޭސްކާންދޭށެވެ. ލިބުނު ބިރުވެރިކަމާއިއެކުގައި ހިތް ބާރުބާރަށް ތެޅިގަތްއިރު އެއަޑު މައިކަލްއަށްވެސް އިވޭނެކަމުގައި އޭނަ ހީކުރިއެވެ. ތެދުވުމާއިއެކުހެން މައިކަލްގެ ލުއި ހަރަކާތަކާއިއެކު ހެނާ ގޮސް ޖެހުނީ އޭނަގެ އުނގުގައެވެ.
"ހެނާ. އަހަރެން ރުޅިއައިއްޔާ މާރަގަޅެއްނުވާނެ. ބުނާގޮތަށް ހަދާ...." މައިކަލް އަމުރުކުރިއެވެ.
"މައިކަލް. ތިއީ ކޯންޗެއްތަ؟" ހެނާ ހާސްކަމާއިއެކު ސުވާލުކުރިއެވެ.
"އަދި މާ ގަދަކޮށްލާފައި ސުވާލުކުރާ ހިސާބަށްވެސް ހެނާ ދިޔައީތަ؟ އަހަރެން ހީކުރީ ބަސްއަހާ ކިޔަމަންތެރި މާތް އަންހެންކުއްޖަކަށް ހެނާ ވާނެކަމަށް. ފިރިމީހާ ބުނިހާކަމެއް ކޮށްދީގެން މަޑުން ހުންނާނެކަމަށް. އެހެނެއް ނުވިއެއްނު. އަމީރާގެ ކައިރިން ކިޔެވީ ދޯ. ހެނާ ބުނަން. މި ބޭސް ކާންޖެހޭނީ. އިތުރު ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން..." މައިކަލްގެ އަތުތެރޭގައި ފިތިގެންދިޔައިރު މައިކަލްގެ ކޯތަފަތްވަނީ ހެނާއާއި ޖެހިފިތިފައެވެ. އެމޫނުގައި ދުވަނީ ލުއި މީރުވަހެކެވެ. މައިކަލް ގަދަކަމުން ހެނާގެ އަނގަ ހުޅުވަން މަސައްކަތްކުރިއެވެ. ހެނާގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. މައިކަލް އެކުރަން އުޅޭ ނުރައްކާތރި ބިރުވެރިކަން އޭނަގެ ހިތް ރަގަޅަށްވެސް ބިރުގަންނަވާލައިފިއެވެ.
"ނޫން. މައިކަލް ނޫން ތިގޮތަށް މަޖުބޫރުނުކުރޭ......" ހެނާއަށް ރޮވޭގޮތްވިއެވެ. ދެލޮލުގައި ބޮޑެތި ކަރުނަތިކިތައް ގިނަވެގަތެވެ.
"އެންމެ ފުރަތަމަ ކިހާ ރީތިކޮށް އަހަރެން ހެނާ ކައިރީ ބުނީ. ބުނެވޭނެ އެންމެ ރީތިކޮށް ބުނީ. އިންކާރުކުރީމަ ދެން އަހަރެން މަޑުން ހުންނާކަށް ނުޖެހޭނެ. އެންމެ ފަހު ފަހަރަށް މިބުނީ ހެނާ. މިބޭސް ކައި. ދެން ގަދަކަމުން ކުރުވީމަ ނުބުނާތި އަނިޔާކުރީއޭ. އެގޮތް ބޭނުންނުވާތީ ދެވަނަފަހަރަށްވެސް މިބުނީ. އަހަންނަނީ މިވީތަނަށް ދެފަހަރު މީހުން ކައިރީ ކަންކަމު ކިޔާ މީހެއްނޫން. އެގިއްޖެތަ...." މައިކަލް ދަތްކުނޑި ވިކައިލިއެވެ. އޭނަ ބޭނުންވީ ހެނާގެ ގައިގާ ހިފާ ތަޅުވައިގަންނާށެވެ. ހެނާ އަޑު ނާހަނީކީއްވެހެއްޔެވެ؟ އޭނަ ބުނާގޮތަށް ހަދަން ޖެހޭނެއެވެ. މަންމަ ނެތުމަށްފަހު އޭނަ މިހާރު މިހިރީ ވަކި ގޮތަކަށް އަޒުމް ކަނޑައަޅައިގެންނެވެ. ހެނާވާނީ އޭނަގެ އަންހެނުންނަށެވެ. ޒޯހަން އޭނަ ބޭނުންވީގޮތަށް ގޭމް ކުޅެދިނަސް މިހާރި ޒޯހަން ޖެހޭނީ އެއްފަރާތްވާށެވެ.
"ނުކެރޭނެ ބޭސް ކާން. އަހަންނަށް އެނގޭ މައިކަލް ބޭނުންވަނީ ކޮންކަމެއްކަން. ތިއުޅެނީ ދަރިފުޅު ނައްތާލަން. ބޭނުމެއްނޫން. ޕްލިޒް މަޖުބޫރުނުކުރޭ........." ހެނާގެ ލޮލުން އޮހިގަތް ކަރުނަތައް މައިކަލްގެ އަތްތިލަ ތެންމަމުން ދިޔައެވެ. މައިކަލްގެ ހިތް އުއްކޮޅެއްފަދައިން ވިރިގެން ނުދިޔައީ ހަމަކިރިޔާއެވެ. ހެނާ އެގޮތަށް ރޯތަން ފެނުމުން ހިތަށް އަސަރުވެސްކުރިއެވެ. ނަމަވެސް މައިކަލް އަމިއްލަ ނަފުސަށް ވިސްނައިދިނީ ރޮއްވާލައިގެންވެސް މިކަންތައް ކުރުން އޭނައަށް މަޖުބޫރުކަމުގައެވެ. ސަބަބަކީ ހެނާގެ ބަނޑުގައިވަނީ ޒޯހަންގެ ދަރިއަކަށްވީކަމެވެ. އޭނަ އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ.
"ހެނާ ލަދެއް ނުގަނޭތަ؟ އަހަންނަށް ތިހެން އާދޭސްކުރަނީ ކީކޭ ހިތަށް އަރައިގެން. ޒޯހަންގެ ދަރިއަކު ވިހާކަށް ލާހިކެއްނޫން. ޖެހޭނީ ބުނާގޮތަށް ހަދަން......" މައިކަލް ކުއްލިއަކަށް ތެދުވުނުގޮތަށް ހެނާ އުދޯއްޔަށް އުއްޑުން ވައްޓާލަމުން ގައިމައްޗަށް އެރިގޮތަށް ގަދަކަމުން އަނގަހުޅުވަން މަސައްކަތްކުރިއެވެ. ހެނާ ބޯ ދެފަރާތަށް އަނބުރަމުން ދިޔައިރު މައިކަލް ހެނާގެ ކޮލަށް ފިތަމުން އަނގަ ހުޅުވަން އުޅެނިކޮށް ކުއްލިއަކަށް ހެނާ މައިކަލްގެ އަތުގައި ބާރަކަށް ދަތްއަޅައިގަތުމުން ވީތަދުން މައިކަލްއަށް އޫ އޭވެސް ބުނެލެވިއްޖެއެވެ. ހެނާ ކުޑަ ސިންގާއެކޭ ތަފާތެއްނެތެވެ. ކަމަކާއި ޖެހުނީމަ މި މަޑުމައިތިރި އަންހެންކުއްޖާވެސް ހާދަ ހަލަނިވެއްޖެއެވެ.
"ހެހެ. މިނިކާ އަންހެންކުއްޖެއްތަ؟ " މައިކަލް ހީލިއެވެ.
ނަމަވެސް އެހިނިތުންވުމަކީ އޭނަ އަދި އޭނަގެ ކޮޅު ދޫކޮށްލިކަމުގެ ނިޝާނެއްނޫނެވެ. ދެވަނަފަހަރަށް ހެނާއާއި ދިމާކޮށްލިގޮތަށް ހެނާއަށް ގަދައެއް ނުދެއްކުނެވެ. އަނގަ ހުޅުވުނުގޮތަކަށް ހުޅުވާފައި ބޭސްގުޅަ އަނަގަޔަށް ލެއްވިއެވެ. އެއަށްފަހުވެސް މައިކަލް ހެނާގެ އަނގައިން ދޫކޮށެއްނުލިއެވެ. ތަދުވެގެން ހެނާގެ ލޮލުން ކަރުނައޮހެމުން ދިޔައިރުވެސް މައިކަލް ހުރީ ހިފަހައްޓައިގެންނެވެ. އެންމެފަހުން ބޭސްގުޅަ އެތެރެވާނެކަމުގެ ޔަގީންކަން ލިބުމުން މައިކަލް ދޫކޮށްލިއިރު ހެނާގެ އަނަގަމަތި ހުރީ ދުޅަވެ ރަތްއަރާފައެވެ.
"ބުނާގޮތަށް ހެދިނަމަ.. ހެނާ ހީކުރަނީ ތިމާވަރުގެ ބާރުހުރި މީހެއް ދުނިޔެއަކުވެސް ނެތްކަމެއް........" މައިކަލް ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ.
"އައި ހޭޓް ޔޫ....." ހެނާގެ ހިތުގައި އެތައް ފަހަރު އެލަފުޒު ތަކުރާރުވާންފެށިއެވެ. އޭނަގެ ދަރިފުޅަށް ގެއްލުންދޭން އުޅޭ ކޮންމެ މީހަކީ އޭނަގެ ދުޝްމަނެކެވެ. މައިކަލްވެސް އެހެރީ މިހާރު އޭނަގެ ހަތުރަކަށްވެފައެވެ.
"ވަޓް؟ " ހެނާ ބަލައިލުމުން މައިކަލް ބުމަ އަރުވައިލިއެވެ. ހެނާ އިސްޖަހައިލިއެވެ. މައިކަލްއާއި ދިމާކޮށްގެން ކާމިޔާބެއްނުވާނެއެވެ. އޭނަގެ ބަދުނަސީބުކަމުން މިފިރިހެނާއާއިއެކު ދިރިއުޅުމެއް ފަށަންޖެހުނީއެވެ. ކިތަންމެ ހިތްވަރުކުރިޔަސް މިކަމަކަށް ނިމުމެއްވެސް ނައެވެ. މިނޫން ދުވަހެއް ދުވަހަކު ނުފެންނާނެހެއްޔެވެ؟ މައިކަލްގެ މުށުތެރޭގައި އޭނަ ހައްޔަރުކޮށްގެން އުޅޭހާ ހިނދަކު ހަގީގީ އުފާވެރިކަމެއް ނުލިބޭނެއެވެ.
ކޮޓަރިއަށް ވަނުމުން މައިކަލް އޭނަގެ ފަހަތުންއައެވެ. ހެނާ ހައިރާންވިއެވެ. މައިކަލް މިހާރު ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟ އޭނަގެ ފަހަތުގައި ޖައްސާލަފައި އެހެރީ ކީއްވެހެއްޔެވެ؟
ފަހުން ސަބަބު އެނގުނެވެ. އޭނަގެ ހަށިގަނޑުން ލޭ ފައިބަންފެށިގޮތަށް ވަރުދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު ހެނާ އޮތީ ރޮއި ރޮއި ހަލާކުވޭވޭއެވެ. އޭނަގެ ދަރިފުޅަށް މައިކަލް ކީއްކުރީހެއްޔެވެ؟
"ހެނާ. ނޯ ވޮރީސް. ގައިނީ އަންނާނެ އިރުކޮޅަކުން. ސްކޭން ހަދާނީޔޯ ބުނީ. ޖަސްޓް ރިލެކްސް އޯކޭ......." މައިކަލް ހުރީ ވަރަށް ހަމަޖެހިލާފައެވެ. ނަމަވެސް އޭނަ އިނީ ހެނާގެ އަތުގައި ހިފަހައްޓާލައިގެން ފިރިމީހާގެ ވާޖިބު އަދާކުރުމުގެ ގޮތުން އެހެން މީހުންނަށް އުފާވެރިކަން ސިއްރުކޮށްގެންނެވެ. އޭނަ ކުރި ކަންތައް ކާމިޔާބުވާނެކަމުގެ ކޮޅުމަތި ފެންނަން ފެށީމަ ވަރަށް އުފާވެފައެވެ. ހެނާގެ ދެލޮލުން އެންމެ ހިނދުކޮޅަކަށް ނަމަވެސް ކަރުނަ ނުހިކެއެވެ. ނަރުސްކުއްޖާ ހެނާގެ ބީޕީއާއި ހުން ބެލުމަށްފަހު ނުކުތުމުން މައިކަލްއާއި ހެނާ އެކަނިވިއެވެ.
"ހެނާ. ދެން ތީ ކޮން ރުއިމެއް؟ ދަރިފުޅަށްވެސް ރަގަޅަށޭ އަހަރެން މިކަންތައް ކުރީ. ހެނާ އެކަހަލަ ކުއްޖެއް ދުނިޔެއަށް ގެންނަން ބޭނުންވޭތަ؟ ބައްޕަ ކަށަވަރުނުވާ ކުއްޖެއް؟ ކޮންމެގޮތެއްވިޔަސް އަހަރެން އެހެން ވާކަށް ބޭނުމެއްނޫން. އެހެންވެ ހެނާއަށް ބޭސްކާންދިނީ. ޑޮކްޓަރު ޝައްކެއްވެގެން ސުވާލުކުރިޔަސް އެއްޗެކޭ ނުބުނާތި. ދެން ރުއިން ހުއްޓާލާފައި މީހާ ނިކަން ހަމަޖެހިބަލަ....." މައިކަލް ޓިޝޫއަކުން ހެނާގެ މޫނުމަތި ސާފުކޮށްލަދިނެވެ. ހެނާ ބޭނުންވީ އެއަތުގައި ހިފާ ހޫރާލާށެވެ. އޭނަގެ ދަރިފުޅު ނައްތާލަފައި އޭނަގެ ގައިގާ އަތްލުމުގެ އެއްވެސް ހައްގެއް އޭނަ މައިކަލްއަކަށް ނުދޭނެއެވެ. މައިކަލްގެ އަތުގައި އޭނަ ދަތްއެޅިތަނުގައި އޭރު ހުރީ ބޭސްއަޅާފައެވެ. އެއަތަށް ކޮށްލެވުނުވަރު ކުޑައީއެވެ.
"އަހަންނަށް އެނގޭ ހެނާ ތިއޮތީ ރުޅިއައިސްފަކަން. ސްޓުޕިޑް. ހުރިހާކަމެއް އަހަރެން ކުރީ ހަމަ ހެނާއަށްޓަކާ. އަހަރެމެންގެ ދިރިއުޅުމަށްޓަކާ . ވީމަ ތުން އޫކޮށްގެން އޮންނާނެ ކަމެއްނެތް....." މައިކަލް ހެނާގެ އަތުގައި ހިފަހައްޓައިގެން އިނުމުން ހެނާ ވަކިން ރުޅިއަންނަގޮތްވެފައި ތުންފަތުގައި ބާރަށް ދަތްއަޅާލައިފިއެވެ.
"ދެން ތުންފަތަށް ތިހާ އަނިޔާ ނުދީ. ތި ރީތި ލިޕްސްކޮޅު ހަލާކުވެދާނެ. އޭރުން ހުރިހާ ގެއްލުމެއްވެސް ވާނީ ހަމަ އަހަންނަށޭ............" މައިކަލް ހެނާގެ ތުންފަތުގައި އިނގިލި ހިންގައިލިއެވެ. މައިކަލް އެކަހަލަ ކަންތައް ކޮށްލުމުން ހެނާއަށް ވަނީ އަމަށަކު އުދަގުލެއްނޫނެވެ. އެއީ އަދި ލޯބިން ކުރާކަމެއްވެސް ނޫނެވެ. ހެނާ ރުޅިއަންނަކަން އެނގި ޖެއްސުމަށް މައިކަލް ކުރާ ކަންތައްތަކެވެ.
އެވަގުތު މައިކަލްގެ ފޯނު ރިންގުވާންފެށުމުން އޭނަ ފޯނު ނަގާ ކަންފަތުގައި ޖައްސާލައިފިއެވެ. އިރުކޮޅެއްވާންދެން އެމީހަކާއި ވާހަކަދެއްކުމަށްފަހު ފޯނު ބާއްވާފައި މައިކަލް އެ ޚަބަރު އިއްވާލިއިރު އޭނަގެ މޫނުމަތިން ފެނުނީ ހަމަޖެހިފައިވާކަމުގެ ކުލަވަރެވެ. އެއިވުނު ޚަބަރަކުން އޭނައަށް އެއްވެސް އަސަރެއްނުކުރިއެވެ. ދޮންބައްޕަ ނަޝީދު ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ވާހަކަ މައިކަލް ބުނެފާ ހެނާއަށް މޫނު ބަލަން ނުދެވޭނެކަމުގައި ބުނެލިއެވެ.
"ހެނާ ތިއޮތީ ތަނަކަށް ދެވޭ ކަހަލަ ހާލަތެއްގައެއް ނޫން. ކޮންމެހެން މޫނު ދެކެން ދާކަށް ނުވެސް ޖެހޭނެ ދޯ. މަރުވީމަ ދެން އެހިސާބުން އެމީހާގެ ހަށިގަނޑު ދެކެން ނުދިޔަސް ހެޔޮ ދުޢާ ބޭނުންވާނީ. ހެނާކަހަލަ ރަގަޅު ކުއްޖެއްގެ ދުޢާ އިޖާބަވާނެހެން ހީވޭ.............." މައިކަލް ހީލިއެވެ.
ހެނާވެސް އެޚަބަރު އިވިފާ ދެރައެއްނުވިއެވެ. އެކަމަކު މައިކަލް ފޯނުން އެ ޚަބަރު ކިޔާލަން ދިނުމުން ހިތަށް ނުބައިގޮތެއްވިއެވެ. ދޮންބައްޕަގެ މަރު އެއައީ ކޮންފަދަ ނުބައިކޮށް ހެއްޔެވެ؟ ނުބައި ނުލަފާ މީހުންވެސް ރީތިކޮށް މަރުވެގެން ހިގައިދާނެއެވެ. އެކަމަކު ޔަގީންވާއެއްޗަކީ ދޮންބައްޕައަކީ ހެޔޮލަފާ މީހެއް ނޫންކަމެވެ. އޭނަގެ ދޮންތައާއި ދޭތެރޭގައިވެސް އެހާ ނުބައި ނަޒަރަކުން ދެކުނު އިންސާނެކެވެ. އެފަދަ އެހެން މީހުންނަށް އިބުރަތަކަށްވާ ފަދަ ގޮތަކަށް އޭނަވެސް ނިމިގެން ދިޔައީއެވެ.
މީހަކު މަރުވެގެން ދިޔައީމަ ގިނަފަހަރު ދައްކާނީ އެމީހަކު ކޮށްފައިވާ ރަގަޅުކަންތަކުގެ ވާހަކައެވެ. ނޫސްތައްވެސް އޮތީ އެގޮތުން ޑޮކްޓަރ ނަޝީދުއަށް ތައުރީފުކޮށްފައެވެ. އޭނަ ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި އިންސާނިއްޔަތަށް ކޮށްދީފައިވާ ޚިދުމަތާއިއެކު އެގެއްލިގެން ދިޔައީ އަގުހުރި ދަރިއެއްކަމުގައި ލިޔެފާ އޮތެވެ.
ޑޮކްޓަރު އައުމުން މައިކަލް ސަލާމްކޮށްލިއިރު އޭނަގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަމުގެ ޝުއޫރުތައް ކޮންމެ މީހަކަށްވެސް ދެނެގަނެވޭނެއެވެ. ދެލޮލުގެ ވިދުން އެހާގަދައެވެ. އަނެއްކޮޅުން ހެނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އަންހެނުންގެ ހިތާމައިގާ ބައިވެރިނުވެ ފިރިމީހާ އުފަލުން ހުރުމުން ޑޮކްޓަރުގެ ހިތުގައިވެސް ސުވާލު އުފެދުނެވެ. އޭނަ ވަރަށް އޯގާތެރިކަމާއިއެކު ހެނާއަށް ހިތްވަރުދިނެވެ. ހުރިހާ ކަމެއް ރަގަޅުވާނެކަމުގައި ބުނެލަމުނ ސްކޭން ކުރުމުގެ ހުއްދައަށް އެދުނެވެ.
ސްކޭންކުރަން ފެށުމާއިއެކު ޑޮކްޓަރުގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.
"ބޭބީގެ ހާޓްބީޓް ވަރަށް ސްޓްރޯންގް. ލޭ އަޔަސް ދަރިފުޅަކަށް ގެއްލުމެއްނުވޭ ލުކް. މިފެންނަނީނު ހިތް.........." ޑޮކްޓަރުގެ ޖުމްލައާއިއެކު މައިކަލްގެ މޫނުގެ ކުލަ ފަނޑުވެ ކުޑަކޮށް ބުމަވެސް ގޮށްޖަހައިލެވިއްޖެއެވެ.
"ވަޓް؟ " މައިކަލްއަށް ކިޔައިލެވުނީ ބޭ އިޚުތިޔާރުގައެވެ.
"އައި ސެޑް ދަ ބޭބީ އިޒް ފައިން...." ޑޮކްޓަރުވެސް މައިކަލްއާއިމެދު ނުރުހުންވާގޮތްވިއެވެ. މައިކަލް އުޅޭގޮތުން ކިތަންމެ ރަގަޅަށްވެސް އޭނަގެ ނިޔަތް ހާމަވެއްޖެއެވެ. އޭނަ ބޭނުމީ ދަރިފުޅު މަރުވުމެވެ. ބައްޕައަކު އެހާ ފާޅުގައި އެފަދަ ކަމެއް ދެއްކުމުން ޑޮކްޓަރު ހަމްދަރުދީވީ ހެނާއާއިމެދުގައެވެ. ހެނާދެކެވެސް ފިރިމީހާ އެއްވެސް ވަރަކަށް ލޯބިނުވަނީހެއްޔެވެ؟
"އެހާ ގިނައިން ލޭއައިއިރު ކުއްޖާ ސަލާމަތުން ހުރުމަކީ އެކަށީގެންވާކަމެއް ނޫން....." މައިކަލް ހިތްހަމަނުޖެހުމާއިއެކުވެސް ހިނިތުންވެލިއެވެ.
"އެކަމަކުވެސް އަދި ބޭބީ މިއޮތީ އިރާދަކުރެއްވިއްޔާ ރަގަޅަށް އަދި އަހަރެމެންނަށް ލޭއައުން ހުއްޓުވިދާނެ. އެކަމާ ހާސްނުވޭ............." ޑޮކްޓަރު ހެނާއަށް ބަލާލިއިރު ހެނާ އޮތީ ހިނިތުންވެލައިގެންނެވެ. ހެނާ ދަރިފުޅު ބޭނުންވެފައިވާވަރު ޑޮކްޓަރަށް އަންދާޒާކުރެވުނެވެ. ޑޮކްޓަރު އެތަނުން ދިޔުމާއިއެކު މައިކަލް ގޮށްމުށްކަވާފައި ފާރުގައި އަތުންޖެހިގޮތަށް ނިތްކުރި ޖައްސާލައިގެން ހުރީ ވިސްނުމެއްގެ ތެރޭގައެވެ. އިރުކޮޅަކުން ހެނާއާއި ދިމާލަށް ބަލައިލަމުން އިންޒާރެއްދިނެވެ. ކޮންމެގޮތެއް ހަދާފައިވެސް އޭނަ އެކުއްޖާ ނައްތާލާނެކަމުގެ ޔަގީންކަންދިނެވެ. އެހެންގޮތެއް ނެތިއްޔާ އެކަންކޮށްދޭނެ ޑޮކްޓަރަކުވެސް އޭނަ ހަމަޖައްސާނެއެވެ. ފައިސާގެ ބާރުގައި އެފަދަ އަމަލުތައް ހިންގާނެ މީހުން މަދެއްނުވާނެއެވެ. ހެނާ ހިތާހިތުން ސަލާމަތަށް އެދުނީ ހެއްދެވިފަރާތުންނެވެ. ކިތަންމެ ވަރަކަށް ބޭސްކެއި ކަމުގައިވިޔަސް ދުނިޔެއަށް އަންނަން ހުރި ފުރާނައެއް އައުން އެކަކަށްވެސް ނުހުއްޓުވޭނެއެވެ.
އަމީރާ ނަޝީދުގެ މޫނު ބަލަން ނުނިކުތަސް ކޮއްކޮ އެޑްމިޓް ކޮށްފައިވާކަން އެނގުމުން ހާލު ބަލައިލަން ހޮސްޕިޓަލަށް ޒިޔާރަތްކުރިއެވެ. ހެނާ އޭރު އޮތީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. މައިކަލް އެނދުގެ މަގަތުގައި އިށީދެލައިގެން އިންއިރު މާ ލޯބިން އުޅޭ ފިރިއެއްހެން ދެކޭ މީހަކަށް ހީވާނެއެވެ. ހެނާ ހީލާފައި ދަރިފުޅަށް ކަމެއް ނުވާކަމުގައި ބުނުމުން އަމީރާވެސް ހެނާގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ. އަމީރާ ކޮންމެވެސް ވަރަކަށް ނަޝީދުގެ ވާހަކަދެއްކިއެވެ. ދޮންބައްޕަ މަރުވެފައިވަނީ ބިރުވެރިގޮތަކަށް ކަމަށްވާތީ މޫނުބަލަން ދާން ނުކެރުނު ކަމުގަޔާއި ނޫނީ އެ މޫނު އަބަދަށްޓަކާ އޭނަގެ ނައިޓްމެއަރއަކަށް ވެދާނެކަމުގައި ބުންޏެވެ. އަމީރާ ސިއްރުކުރީ އެވަގުތު އެ މަންޒަރުދެކެން އޭނަ ކައިރީގައި ހުރި ވާހަކައެވެ. އަދިވެސް އެދެލޮލުގައިވާ އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއި ކަރުބުޑުން ނެރުނު އަޑު އޭނަގެ ކަންފަތުގައި ހަރުލާފައިވެއެވެ. މައިކަލް ހުރުމުންނާއި އޭނައަށް ވާ އުދަގޫތަކެއްގެ ބޮޑުކަމުން އެތާ މާގިނައިރު ނުހުރެ ގެއަށްދާން އަމީރާ މިސްރާބުޖެހިއެވެ. މޭމައްޗަށް ބާރުވެގެންގޮސް އުދަގޫވެގެން އޭނަ ބޭނުންވީ ހެދުންވެސް ބޭލުމަށެވެ. ބަނޑަށްވާންވެ އުދަގޫވަނީއެވެ. އެތެރެއިން ކޮންމެވެސް އެއްޗެއް ހަރަކާތްކުރާހެންވެސް ހީވެއެވެ. އޭނައަށް މިވަނީ ކޮން އުދަގޫތަކެއް ހެއްޔެވެ؟ މިހެންވާތާ ދުވަސްކޮޅެއްވިޔަސް މިވަރަށް އުދަގޫ އިހުސާސްކުރަން ޖެހިފައެއްނުވެއެވެ.
އޭނަގެ ސިކުނޑިއަށް އެވަގުތު ލޫސިއާންވެރިވެ އަމީރާއަށް އޮޅިގެން ނަމަވެސް ގޮސް ވަދެވުނީ ކޮޓެޖަށެވެ. ލޫސިއާންގެ ކޮޓަރިއަށްވަނުމާއިއެކު އޭނަ އަވަސްއަވަހަށް ލައިގެން ހުރި ހެދުންތައް ގަޔާއި ވަކިކޮށްލީ ނޭވާ ހަމަޔަކަށް އަޅުވާށެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓުމާއިއެކު ފެނުނު މަންޒަރަކުން އަމީރާގެ ބޮލަށް އެނބުރުންއެރިއެވެ. އޭލިއަންއެއް ފަދައިން ކޮންމެވެސް އެއްޗެއް އެކި ދިމާލުން އަރަން އުޅޭގޮތަކަށް ބަނޑު ފުއްޕަމުން ދިޔައީ އެތަން މިތަނުންނެވެ. ތޫނު ތަދުތައްވެސް ވާންފެށިއެވެ. އެހާ ހޫނެވެ. އެތެރެހަށި އަންދަނީއެވެ. ކެތްނުކުރެވޭހާ ބޮޑަށެވެ. އަމީރާ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލަމުން ރީތިވާ މޭޒުގައި އަތް ވިއްދާލައިފިއެވެ. އެ އޮމާން މޫނުމަތީގައި ހުދު ޖަވާހިރުތައް ފަދައިން އެތައް ހާސް ދާތިކިތައް ވިދާ ބަބުޅައެވެ.
"ބޭބީ އައިމް ސޯ ސޮރީ. ޔޫ އާ ޕްރެގްނެންޓް އެހެންވެ މިހުރިހާ އުދަގޫތައް........." ކުއްލިއަކަށް ފަހަތުން އައިސް އޭނަ ގައިގާ ޖައްސާލަމުން ލޫސިއާން މަޑުމައިތިރިކޮށް ބުނެލިއެވެ. ލޫސިއާންގެ ގަޔަށް އަމީރާއަށް ލެނގިލެވުނީ ތަދުވާވަރުން ހަކަތަ ހުސްވާގޮތްވެފައެވެ. ލޫސިއާން އަމީރާގެ ބަނޑުގައި ފިރުމަންފެށިއެވެ. ލޫސިއާންގެ އެޖުމްލައިން ބުނެދޭން ނޭގޭފަދަ އުފާވެރި އިހުސާސްތަކެއް ކުރުވާ ގައިގާ އެޅި ވޭންވެސް ލުއިވެއްޖެއެވެ. މިއީ އޭނައާއި ލޫސިއާންގެ ލޯބީގެ ނިޝާނެވެ. އެދަރިފުޅަށްޓަކާ އޭނަ ކޮންމެފަދަ ބުރައެއްވެސް އުފުލަފާނެއެވެ. ލޫސިއާން އަމީރާ އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. މަގަތުގައި އިށީދެ މަޑުމަޑުން ވާހަކަދައްކަންފެށިއެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަބަދަށްޓަކާ އެކީގައި ވާނެކަމުގައި ބުނަމުން ދިޔައެވެ. ލޯބިވާވަރު ހާމަކޮށްދިނެވެ. އެތައް ފަހަރު މާފަށް އެދުނެވެ. އަމީރާއަށް ތަދުވެ ވޭނުގައި އުޅޭތަން ފެނި ލޫސިއާންގެ ދެލޯ ފެންކަޅިވިއެވެ. އަމީރާ ތެދުވެފައި ލޫސިއާންގެ ކޮނޑުގައި ބޯ އަޅައިލިއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ.
"ދެން މާފަށް ނޭދިބަލަ. މިއިނީ ވަރަށް އުފާވެފައޭ ބޭބީއެއް ލިބޭތީ......"
"އަހަރެންގެ ފުރާނައާ. އެކަމަކު މި ބޭބީ........"
"ލެން ބުނަން ތިއުޅެނީ ބޭބީ ފުރިހަމަ އިންސާނަކަށް ނުވާނެ ވާހަކައެއްނު. އަހަރެންގެ ހަޒްބެންޑްވެސް އެފަދަ މީހަކަށްވީއިރުވެސް ކިހާވަރަކަށް ލޯބިވެވޭ. ކީއްވެ އަމިއްލަ ދަރިފުޅުދެކެ ލޯބި ނުވެވެންވީ؟ މިބޭބީގެވެސް ހިނގާނީ އަހަރެންގެ ލެއޭ. ވަރަށް ބޭނުންވޭ. އެނގޭތަ ލެން. މިހާ ޕްރެޝަސް ގިފްޓެއް ދެން ނުލިބޭނެ. އަލްހަމްދުލި ﷲ......." އަމީރާ ދެލޯ މަރާ ބާރުކޮށްލިއިރު އުފާވެރިކަމުގެ ކަރުނަ ލޮލުން ފައިބައިގެންފިއެވެ.
"ތެންކިއު ބޭބީ. އަބަދަށްޓަކާ އަހަންނާއިއެކު ވައްޗޭ. މިހާރު ހުރިހާ ދުވަހަކަށްވުރެ ބޮޑަށް އަހަރެން ލެންއަށް ބޭނުންވޭ، އަދި މިދަރިފުޅަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެ......" އަމީރާ ލޫސިއާންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެހެން ބުނުމުން ލޫސިއާންގެ ޖަވާބަކަށްވީ އޭނަގެ މޭގައި އަމީރާ ފޮރުވާލުމެވެ. ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ.
ހެނާ ހޮސްޕިޓަލުން ދޫކޮށްލާ ވާހަކަ ޑޮކްޓަރު ބުނީއްސުރެން ހެނާގެ ހިތުގެ ތެޅުން މަޑެއްނުވެއެވެ. މައިކަލް އޭނައަށް ދެން ކުރާނީ ކޮންފަދަ ކަމެއްކަމެއްވެސް އެނގެނީއެއް ނޫނެވެ. ޑޮކްޓަރަށް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދޭނީއެވެ. ގެއަށް ނުފޮނުވަން ބުނަންވީއެވެ. އާދޭސްކުރަންވީއެވެ. ދަރިފުޅަށް ނުރައްކަލެއް އަންނަން އުޅޭކަން އެނގި އެކަން ފޮރުވުމަކީ އެކަމުގައި ނުސީދާކޮށް ބައިވެރިވުމެވެ. އޭރުން ދަރިފުޅުގެ މަރުގެ ޒިންމާ އޭނަގެ ބޮލުގައިވެސް އެޅޭނެއެވެ. ކެރިގެން ޖެހިލުންކުޑަކަމާއިއެކު މިކަމާއި ކުރިމަތިލާންވީއެވެ. ދަރިފުޅު މިހާރުއްސުރެން ރައްކާތެރިކުރުމަކީ އޭނަގެ ޒިންމާއެކެވެ.
މައިކަލް ކޮފީއަކަށް ދިޔުމުން ލިބުނު ފުރުސަތުގައި ހެނާ އަވަސްއަވަހަށް ޒޯހަން އަށް މެސެޖްކޮށްލައިފިއެވެ.
"ޒޯހަން. މައިކަލް އިޒް ގޮއިންޓު ހާޓް މައި ބޭބީ ހޮސްޕިޓަލުގައި ބާއްވަން ޖެހުނީވެސް ފާޑެއްގެ ބޭހެއް ކާންދީގެން. ފެއިލްވީމަ ދެން ކުރާނެ ކަމަކާއިމެދު ވަރަށް ބިރުގަނޭ. ޕްލީޒް ހެލްޕްމީ..."