އަމީރާ ފުންމައިގެން ތެދުވިގޮތަށް ސިއްރު ފިޔަވަޅުތަކެއްގައި މައިކަލްގެ ކޮޓަރިހުރި ދިމާލަށް ހިނގައިގަތެވެ. އެހެން ދަމުން ސިޓިންރޫމަށް ކަޅިއެއްލައިލެވުނު އިރު މައިކަލް ސިޓިންރޫމްގެ ސޯފާގައި ދެލޯ މަރާލައިގެން އޮތްތަން ފެނިފާ އަމީރާ ހައިރާންވިއެވެ. ވީއިރު ހެނާގެ ކޮޓަރިއަށް ވަންމީހަކީ ޒޯހަން ފިޔަވާ ދެވަނަމީހެއް ނޫނެވެ. ނޫނީ ޒޯހަންގެ ސިފައިގާ އައި އެހެން މީހެއްހެއްޔެވެ؟ ބިރުންހުރެ އޭނަގޮސް މައިކަލްގެ އަތުގައި ކޮށްޓާލިއެވެ.
"މައިކަލް. މިތާ...... " އަމީރާ އަހައިލިއެވެ.
"އާން ކިހިނެއްވީތަ؟ " މައިކަލް ދެލޯ ހުޅުވައިލީ ކަންނެތްގޮތަކަށެވެ.
"ސިޓިންރޫމްގައި ނިދަން އޮތީމަ ހަމަ ގޮވާލީ... އަމް.....އަދި މިރޭ ހާދަ ހޫނޭ ދޯ. ނުވެސް ނިދުނު. މާބޮޑަށް ކަރުހިއްކަން ފެށީމަ ފެންކޮޅެއް ބޯލާހިތުން މިއައީ..........." އަމީރާ ގަދަކަމުން ހީލާފައި ބުނަން އުޅުނު ވާހަކަ އޮޅުވައިލީ ވިސްނާލާފައެވެ. އާދައިގެ މަތިން މައިކަލް ވަކި ޖަވާބެއްނުދީ އަނެއްކާވެސް ދެލޯ މަރައިލީއެވެ. ފޮނިފިރިހެނެކޭ އަމީރާގެ ހިތަށް އެރިއެވެ.
މައިކަލްގެ ކައިރީ އޭނައަށް ޝައްކުވި ވާހަކަ ބުނުމަކީ މަސްލަހަތު ގޯސްވެދާނެކަމެކެވެ. އޭމޮންވެސް ބުނެފައިވަނީ މައިކަލްއާއި ޒޯހަން ހެނާއަށް އޮޅުވާލައިގެން ކުޅިގަނޑެއް ކުޅެމުންދާކަމަށެވެ. ވީއިރު މައިކަލް ކައިރީ އޭނަގެ އެންމެ ގާތް އެކުވެރިޔާގެ ވާހަކަ ބުނުމަކީ ހެދޭނެ ބޮޑު ގޯހެކެވެ. މި މައްސަލަ ހައްލުކުރާނީ އޭނަ އަމިއްލައަށެވެ. އަމީރާ ކާކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކޫލަރުން ފެންތަށްޓެއް އެޅިގޮތަށް އެއްނޭވައިން ދަމާލިއެވެ. އޭރުވެސް އޭނަގެ ހިތް އަވަސްވެފައިވާވަރުން ހިތްހުއްޓިދާނެފަދައެވެ. ދެއަތް ގަނޑުފެންކޮޅެކޭ ތަފާތެއްނެތެވެ.
އަމީރާ ކޮޓަރިއަށް ވަދެފައި ތެދުވީ މައިކަލް އޭނައަށް ފާރަލިޔަސް އެކަން ހުއްޓާލާނެހާއިރު ކޮށްލާފައެވެ. އޭނަ ކޮޓަރިން ނުކުތީ ނިކަން ސިއްރުން ވަގު ފިޔަވަޅުތަކެއްގައެވެ. ތަޅުދަނޑުފަތިތައް އެލުވާފައި ހުންނަތަނުން އޭނަ ހެނާ އޮތް ކޮޓަރީގެ ތަޅުދަނޑި ނެގިއެވެ. މަޑުމަޑުން ތަޅުވަޅަށް ޖަހައިލީ އަމިއްލަ ނަފުސަށްވެސް ނީވޭހާވަރަށެވެ. ހުޅުވައިލެވުނު ދޮރާއިއެކު ފެނުނު މަންޒަރަކުން އޭނަގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ޒޯހަން ބޮކްސާލަމުން ބިންމަތީގައި އޮތް ޖިންސް ނަގަން ގުދުވީއެވެ. ހެނާގެ ފޫޅާއި ހަމައިގާ ރަޖާ އޮތްއިރު ހަށިގަނޑުވަނީ ހާމަޔަށެވެ. އަމީރާ ފެނުމުން ޒޯހަން އަވަހަށް ރަޖާއިން ހެނާ ފޮރުވައިލިއެވެ.
"ގޮތްކުޑަ. ލަދެއްނުގަނޭތަ މި ރޫމަށް ވަންނަން. ހަމަ މިހާރު މިތަނުން ނުކުމޭ...... "އަމީރާ ބާރަކަށް ބުނެލިއެވެ. ޒޯހަން ޓީޝާޓު ބޮލަށް މަހާލަމުން އައިއިރު އޭނަގެ މޫނުމަތީގައި ދާތިކިތައް ފާޅުވާން ހުރީ މުތީފަދައިންނެވެ. ޓީޝާޓުވެސް ހުރީ ތެމިފޯވެފައެވެ. ޒޯހަންވެސް ހުރީ މޫނު ރަތްވެފައެވެ.
"ކާމް ޑައުން އަމީރާ. އައި ވިލް އެކްސްޕްލެއިން...."ޒޯހަން ހުރީ އަމީރާއާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. މިގޮތަށް ފަޅާއެރުމުން އޭނަ ވަރަށް ލަދުގަނެ ދެރަވެއްޖެއެވެ. އަމީރާގެ ހިތަށް ކުރާނެ އަސަރު އޭނައަށް ރަގަޅަށް ވަޒަންކުރެވުނެވެ. ޒޯހަން ވާހަކަދައްކަން ފެށުމުން ޖަވާބަކަށްވީ އަމީރާގެ އަތުން ޒޯހަންގެ މޫނަށް އެރި ހޫނު އެތިފަހަރެވެ. ޒޯހަންއަށް އައި އެހަމަލާ އައީ ނުވެސް ވިސްނާ ހުއްޓައެވެ.
"ކަލޭ ބުނެދޭން ޖެހޭނެ އިތުރު އެއްޗެއްނެތް. ތިއީ ކާކުކަން ކިހާ ފެންވަރެއްގެ މީހެއްކަން ނޭގޭ މީހެއް މިރަށުގައި ކީއްކުރަން މުޅި މި ގައުމުގައިވެސް ނުހުންނާނެ. މައިކަލް އަތުކުރީގައި ގެންގުޅޭ ހަރުފައެކޭ ކޮން ތަފާތެއް ހުރީ؟ ތިމާގެ އެންމެ ގާތްއެކުވެރިޔާގެ އަންހެނުން ގަޔަށް އަރާނީ ދެން ލަދުގެ ކަންފުޅެއްވެސް ނަހައްދަވާ ޖަނަވާރެކޭ އެއްފަދަ މީހެއް. ނޫނީ ކަލެއާއި މައިކަލް ބައިވެރިވެގެން ކުރާ ކަމެއްތަ؟ މައިކަލްއަށް އެނގިގެންތަ ކަލޭ މިތަނަށްވަނީ. އޭނ. އާންސާމީ. ކީއްވެ މައިތިރިވެފައި ތިހިރީ. ބުނޭ.........." އަމީރާގެ އަޑުގަދަވިއެވެ. އޭރު ދެމީހުންނަށްވެސް ތިބެވުނީ ކޮޓަރީގެ ދޮރުމަތީގައެވެ. މައިކަލް ސިޓިންރޫމުން އެތަނަށް އައީ ޒުވާބު ކުރާއަޑު އިވިފާ ނޯވެވިގެންކަން ނޭގެއެވެ.
"ކިހިނެއް މިވަނީ؟" މައިކަލް ބުމަގޮށްޖަހައިލިއެވެ.
"މިހިރަ މީހާ ހެނާގެ އެނދުގައި. އޯލްމޯސްޓް ނޭކެޑްކޮށް......." އަމީރާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ.
"ވަޓް؟ " މައިކަލް ޒޯހަންއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އެހާ މޮޅަށް މީހަކަށް އެކްޓްކުރެވިދާނެ ކަމަކަށް އަމީރާ ގަބޫލެއްނުކުރެއެވެ. މައިކަލް ހުރީ އެހާ ގަދަޔަށް ރުޅިއައިސްފައެވެ.
"ޗިލް ބްރޯ...... އަސްލު ވީގޮތަކީ....." ޒޯހަން އެއްޗެކޭ ބުނަން އުޅުނެވެ.
"ވީގޮތް ކިޔާދީގެން ގަބޫލުކުރާނެ މީހެއް މިތާކު ނެތް. ހެނާގެ ރޫމަށް ޒޯހަން ވަންނާކަށް ނުޖެހެއެއްނު. އެކަމަކު. ހޫމް އޯލްރައިޓް. ކީއްކުރަންށޯ އެތަނަށް ދިޔައީ......" މައިކަލް ހަށަން ބަދެލިއިރު ސީރިޔަސްކަން މޫނުމަތިން ފެނުނެވެ.
"ސޮރީ މައިކް. އަހަންނަށްވެސް ނޭގޭ މިރޭ މިހާ ވަރަށް އަންހެނަކަށް ބޭނުންވި ސަބަބު. ހީވާގޮތުން ޖޭޑްމެން އަހަންނަށް ފާޑެއްގެ ބޭހެއްކާންދިނީ. އެހެންނޫންނަމަ އެހެންދުވަހަކު ހެނާ ފެނިފައި މިހާވަރަށް އެޓްރެކްޓެއްވެސް ނުވޭ. އެކަމަކު މިރޭ.........." ޒޯހަން ވިސްނާލާފައި ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަމީރާ އަށް އޮޅުވާލަން މަސައްކަތްކުރިއެވެ. މައިކަލްވެސް އަމީރާއަށް ހަގީގަތް އެންގުން ބޭނުމެއް ނުވާނެއެވެ.
"އޯލްރައިޓް. އެކަމަކު ހެނާއަށް އެއްވެސް ކަމެއްކުރިންތަ؟ " މައިކަލް ސުވާލުކުރިއެވެ.
"ނޮޕް. ބޮޑީސާޗްކުރިޔަސް ހެޔޮ..........." ޒޯހަން ވަގުތުން ޖަވާބުދީފައި އަދި ފާސްކުރިޔަސް ހެވޭ ބުނުމުން އަމީރާ ތުންފިތައިލިއެވެ. ނުލަފާ ފިރިހެނެކެވެ. އެހާވަރުގެ ނުބައިކަމެއްކޮށްފައި އަދި އަނގަ ހުޅުވާލަންވެސް އެބަކެރެއެވެ. މިފަދަ ނުބައިމީހުންގެ ލަދެއް ހަޔާތެއްވެސްވެސް ނަހައްދަވަނީއެވެ.
"އޯކޭ ދެން ތިހިސާބަށް ގެންދާކަށް ނޫޅެން. އެކަމަކު ޒޯހަން މިގެއަކު ނުބަހައްޓާނަން. ދިސް ޓައިމް ޔޫ ހޭވް ރިއަލީ ކްރޮސްޑް ދަ ލައިން. ޒޯހަން ނިދާނެތަނެއް ނުވެގެނެއްނޫން ދޯ މިތަނަށް ތިއައީ. ބީޗްމައުންޓް ހޮޓެލް ކުޑައެއްނުވާނެ. އެތަނަށް ނިދަންދޭ...." މައިކަލް އެހާ ފިނިކޮށް ނެގުމުން އަމީރާއަށް ރުޅިގަނޑު ހިންދައެއްނުލެވުނެވެ. އެހާ ފަސޭހައިން މި އިބުލީސް މީހުން ހައްލައިލަނީ ކިހިނެއްހެއްޔެވެ؟ އޭނަ އެއްގޮތަކަށްވެސް ޒޯހަން ސަލާމަތްވެގެން ދިޔަކަނުދޭނެއެވެ. ކުރިއަށް ޖެހިލާފައި އަދި ޒޯހަންގެ މޭގައި އަތްޖައްސައިލީވެސް ހިތް އަވަސްވެފައިވާވަރު ބަލާށެވެ.
"އެއީ ދޮގެއް މައިކް. އަހަރެން ލޮލުން ދެކުނިން. ދެން މުޅިގައިން ކޮން ދަލެއް ހިއްލާކަށް؟ އެއްވެސް ކަމެއްނުކޮށް މީހާ ދަލުން ތަތްތެޅިފައި ހުރީ. އަދިވެސް ހިތް މައިތިރިނުވޭ. ތިއީ މަކަރުވެރިއެއް. ދޮގުވެރިއެއް. ކަލޭ ތިހިރީ ހެނާ ރޭޕްކޮށްފާ. އައިމް ޑެޑް ޝުއާ..............." އަމީރާ ހުރީ ރުޅިންގޮސް ފަޅަފަޅައިގެންދާ ވަރުވެފައެވެ.
"ކަމޯން އަމީރާ. މިރޭ ހޫނުކަމުން ކޮންމެ މީހަކުވެސް ދާހިއްލާނެ. ބޭހެއް ކެޔަސް ހިތް އަވަސްވެދާނެ. އެއީ އަދި ހެނާ ރޭޕްކުރިކަމުގެ ހެއްކެއްނޫން. އަމީރާއަކަށް ނުފެންނާނެ އަހަރެން ހެނާގެ ގައިގާ އިނގިލިކުރި ޖައްސައިލިތަނެއްވެސް. މިހާރު އެނގިއްޖެ ދޮގުހަދަނީ ކާކުކަން. ނޫސްވެރިން ތިފާޑަށް މީހުންގެ އަބުރާއި ބެހޭކަން އެއީ ވަރަށް ބޮޑު މައްސަލައެއް. އަހަރެން ބުނާނީ އަމީރާ އިންޓެރަޕްކުރީ އަދި ކަމެއްނުވަނީސްއޭ. ކާކުގެ ނަސީބެއްކަންނޭގޭ. އަމީރާ ޕްލީޒް ތެދަށް ވާހަކަދައްކާ. އެސިއުމްކޮށްފައި އަހަރެން ކަމެއްކުރިއޭ ބުނާނެކަމެއް ނެތް. ލޮލަށް ފެނުނުގޮތް ތެދަށް ކިޔާދީ....." ޒޯހަން އެތެރެއެތެރެއިން ހީލާހުރިއިރު މައިކަލްހުރީ އިސްޖަހާލައިގެންނެވެ. އޭނަވެސް ހުރީ ޒޯހަންގެ އެކްޓްމޮޅުކަމުން ހިތާހިތުން ތައުރީފުކޮށްކޮށެވެ. މިރޭ ހަމަ ބޭޒާރުނުވީ ކިރިޔާއެވެ. އެކަމަކު އަމީރާގެ ހަވަނަ ހިއްސު މަސައްކަތްކުރާލެއް ހާދަ ބަރާބަރެވެ. އޭރު މައިކަލް އެތާ އޮތުމުން އަމީރާއަށް ޝައްކުވެގެން ތަޅުދަނޑި ހިފައިގެންގޮސް އަދި ޗެކްވެސްކޮށްލައިފިއެވެ. ވަރެއްގެ އަންހެންކުއްޖެކެވެ. ކޮއްކޮދެކެ ލޯބިވާ ވަރާއި އަޅާލާވަރުން ނުރައްކަލެއްވިޔަސް އިހުސާސްކުރެވުނީއެވެ. މައިކަލް ދެމީހުންނަށް އޭނައާއިއެކު އަންނަން އިޝާރާތްކޮށްފައި ނުކުތީ ފެންޑާއަށެވެ. ވައިކޮޅެއްގެ އަސަރެއްވެސްނެތެވެ. މިލަ ހަނދުވަރެއް ދީފައިވާތީ ގަސްތައް ފެންނަނީ ނާމާންކޮށެވެ. ގޮފިތައްވެސް ފެންނަން ހުރީ އިފުރީތުންގެ އަތްތައް ފަދައިން ކަޅުކޮށެވެ. އަމީރާ ބިރުގަންނަގޮތްވިއެވެ. އެއިންތަނެއްގައި އޭމޮން ފިލާ ހުރެގެން އޭނަގެ ހުރިހާ ހަރަކާތްތަކެއް ދެކެން ހުންނާނެބާވައެވެ.
އޭމޮންއަކީވެސް ރޭގަނޑުގެ މަޚުލޫގެކެވެ. އޭމޮން އޭނަވެސް އެދުނިޔޭގެ ބަޔެއްކަމުގައި ހަދައިގެން އުޅޭކަން ހަނދާންވެފައި އަމީރާއަށް ކުރެވުނީ ނުބައި އިހުސާސްތަކެވެ. އަމީރާ ގެއްލިފައި އިރުކޮޅަކު ހުރުމަށްފަހު ހިތް ހަމަޔަކަށް އަޅުވައިލަމުން މައިކަލްގެ މޫނަށް ބަލާލައިފިއެވެ.
"އެމީ. ޔޫ އާ މޭކިން އެ ސީރިޔަސް އެލެގޭޝަން އެހާ މާތް މީހަކާއި ބެހޭގޮތުން. އެމީ އަށް ފެނުނުކަމެއްވިއްޔާ ރަގަޅަށް ކިޔާދީ. އޭރުން ކޯޓަށްވެސް މައްސަލަ ގެންދެވޭނީ..." މައިކަލް ހެމޮކްގައި ޖައްސައިލަމުން ދެއަތްތިލަ ގުޅުވައިލިއެވެ. އަމީރާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ތެދެކެވެ. ދީނުގައި އެކަން އޮންނަގޮތް އަމީރާވެސް ދަނެއެވެ. މުހުސިނަކަށް ޒިނޭގެ ތުހުމަތުކޮށްފިއްޔާ އެވާނީ ގަޒުފުކުރީ ކަމަށެވެ. އެއީ ވަރަށް ބޮޑު ފާފައެކެވެ. ސާބިތުވެއްޖެއްޔާ ހައްދުޖަހަން ޖެހޭނެއެވެ. ތިމާގެ ކޮޅު ކުރިއަރުވާށޭ ކިޔާފައި އެހާ ބޮޑު ފާފައަކަށް އަރާކަށް އޭނައަކަށް ލާހިކެއްނޫނެވެ. ޒޯހަން ހެނާއަށް ކަމެއްކުރަނިކޮށް ލޮލުން ނުދެކެއެވެ. ނަމަވެސް އެވީ ދޮޅުގަޑިއެއްހާއިރު ޒޯހަން އެއްވެސް ކަމެއްނުކޮށް ހުރެދާނެކަމަކަށް އޭނަ ގަބޫލުކުރާކަށް ނެތެވެ. އެހާ ގަދަޔަށް ދާހިއްލާނީ މީހާ ތެމިފައި އެހެރީ ކީއްވެކަން ނޭގޭހާ އަމީރާ ގަމާރެއްނޫނެވެ. ޒޯހަން އެއައީ އޭނަ ބޭނުންހާކަމެއް ކޮށްގެންނެވެ.
"އޯކޭ. އަންހެނަކަށް ބޭނުންވެގެން އޮބިނޯވެގެން އެތަނަށް ވަންމީހާ ކަމެއްނުކޮށް އެނބުރި އަންނާނެކަމަށް ދެކޭނީ މޮޔައެއް. ދެން މޯ ދޭން ވަން އަވަރ އެތާއޮވެ ޖިމް ޖެއްސީތަ. ނަސީބެއްނު ވުޟޫކޮށްލައިގެން ދަމު ނަމާދުކުރަން އުޅެނިކޮށޭ ފެނުނީ ނުބުނިކަން. ގައިގާ ހުރީ ފެންވަރާލައިގެން އައީމަ ހުރި ފެނޭ ނުބުނިކަން. ވަރަށް ކެހިވެރިމީހެއް......... " އަމީރާ ދަތްތަކަށް ބާރުލާފައި ވާހަކަދެއްކިއެވެ. ހެނާ ލަދުނުގަންނާނެނަމަ ހެނާ ގެންގޮސް ޑޮކްޓަރަށްވެސް ދައްކަންވީއެވެ. ރިޕޯޓެއްވެސް އަތުލަންވީއެވެ. އެކަމަކު އޭރުންވެސް މިހާ ނުފޫޒުގަދަ މީހުންވިއްޔާ ސަލާމަތްވާނެއެވެ. ކޮއްކޮއާއި އަންހެނުން މަރާލާފައި ބިންމަތީގައި މިގޮތަށް ހިނގާނީ ބާރުތަކެއް ހުރި މީހެއްތާއެވެ. އަމީރާގެ ވާހަކައިން ޒޯހަން ހޭންފެށިއެވެ.
"އޭރު ބޭރަށް ނުކުމެ މައިކަލް ސިޓިންރޫމްގައި އޮތްވާ އަހަރެން މައިކަލް މިތާ ހެއްޔޭ އެހީވެސް މި ފިރިހެނާ އެތަނަށްވަންތަން ފެނިފައޭ. އެފަހުން ގަޑިން ވީއިރު މައިކަލްއަށްވެސް އެނގޭނެ. ތީ ފިރިހެނެއް. ވަކިކޮޅަކަށް ނުޖެހި ބުނެބަލަ. ނޭކެޑްކޮށް އެއްވެސް ކަމަކާއި ނުލާ މީހަކު އެހެން އަންހެންކުއްޖެއްގެ ކައިރިއަށް ވަދެ އޮވެދާނެތަ؟ "
"ހަމަހޭގައި ހުރި ފިރިހެނަކު އެކަހަލަ ހާލަތެއްގައި އަންހެންކުއްޖާގެ ފަރާތުން އެޑްވާންޓޭޖް ނަގާފާނެ. އެވެސް އީމާންތެރިކަމެއް ނެތިއްޔާ. އެކަމަކު ޒޯހަން އެބުނީ އެއްޗެއް ބޮއިގެންނޭ. މަސްތުވެފައި ހުރިއްޔާ ކުރެވޭ ނުކުރެވޭކަމެއްވެސް ނޭހި ހިގައިދާނެ. އަނެއްކާ މީހަކު ގަދަ ނިދީގައި އޮތަސް ވަކި ހިސާބަކުން ހޭލެވޭނެ. ހޭނައްތާފައި އޮތިއްޔާ ދޯ އަތްލިޔަސް ނޭގި އޮންނާނީ. ބޮކިވެސް ދިއްލާފައި މިހިރީ. ދެން އެމީއަށް ލޮލަށް ނުފެނި ހުރިހާ އެއްޗެއް ތިކިޔަނީ. އެމީ ޕްލީޒް ސްޓޮޕް ވިތް ދޯސް ލޭމް އެކްސްކިއުޒެސް. އެންޑް މިއީ ނުވާކަމަކަށް ހަދާލާ. ދެން ޒޯހަން އޯވަނައިޓަކަށްވެސް މިގޭގައި މަޑުނުކުރާނެ. އެނިމުނީނު. ވަން މޯ ތިންގް.. ދެން ހެނާގެ ކައިރީގައި ދޮގު ވާހަކަތައް ދައްކައިގެން ހެނާ ބިރުގަންނަވާނީއެއް ނޫން އިނގޭ އަމީރާ. އެނގޭނެ އަހަރެމެންގެ ކައިވެނީގެ ކުރީކޮޅު އަދި މިއުޅެނީ ރަގަޅަށް ހަމަނުޖެހިގެންކަން. އަހަރެން ހެނާގެ އިތުބާރު ހޯދަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ޒޯހަންއޭ ކިޔައިގެން އެކަހަލަ ވާހަކައެއް ހެނާ ކައިރީ ދައްކައިފިއްޔާ ހެނާ އަދި މާ ފޫހިވާނެ. ހޯޕް އެމީ އަށް އަންޑަސްޓޭންޑްވާނެ ކަމަށް. ޕްލީޒް ޑޯންޓް ރުއިން ޔޯ ސިސްޓަސް މެރިޖް. އޯކޭ.........." މައިކަލްގެ އެންމެ ފަހުގެ ނިންމުން އިއްވާލުމުން އަމީރާ މައިކަލްދެކެވެސް އިންތިހާއަށް ފޫހިވިއެވެ. އޭނަ އެހެރީ ޒޯހަންއާއި އެއްބަޔަށެވެ. އިތުބާރުކުރުމުގެ ހައްދެއްވެސް ނެތެވެ. އެކަމަކު މައިކަލް އެބުނީވެސް ދޮގެއްނޫނެވެ. ހެނާއަކީ އެހާ ނިދިގަދަކުއްޖެއްވެސް ނޫނެވެ. މީހަކު އަތްލިޔަސް އެކުއްޖާއަށް ހޭލެވޭނެއެވެ. އަމީރާ ރުޅިވެރިގޮތަކަށް އެނބުރިލަމުން ބާރަށް ހިނގާލާފައިގޮސް ގެއަށްވަދެ ބަންލާފައި ދޮރުޖެހިއަޑު ގޭތެރޭގައި ގުގުމައިލިއެވެ.
"ޒޭން. ހަމަ ކިރިޔާ. ބީ ކެއަރފުލް....." މައިކަލް ހެމުން ޒޯހަންގެ ކޮނޑުގައި ޖައްސާލަމުން ބައްދައިލީ ވަރަށް ގާތްކޮށެވެ.
"ނަސީބެއް ތަންކޮޅެއް ކުރިން ނުވަންކަން. އެހެންނޫންމަ ރެޑްހޭންޑްކޮށް ހިފޭނީ. އޯގޯޑް. އަސްލު މިވަރަށް ދޯ ބަޔަކަށް އޮޅުވައިލެވޭނީވެސް. އެހެންވެކަން ނޭގޭ އައި ޑޯންޓް ފީލް ކޮމްފޮޓަބަލް ޑުއިން ދިސް. މިހެންގޮސް އަދި މިކަންތައް ބަސްޓްވާނެ. އޭރުން ހާދަ ގިނަ ބަޔަކަށް ހާޓްވާނެއޭ މައިކް.............." ޒޯހަން ބޯހޫރައިލިއެވެ.
"ހޫމް........" މައިކަލް ހީލިއެވެ. ޒޯހަން ތަބަށް ލެނގިލައިގެން ހުރިއިރު އޭނަގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.
"ދެން ޒޭންގެ ފަހަރިއަށް އަދި އެތަނަށް ވަންނަން އެނގުނީވެސް. ހެއްވައީ އޭނައަށް ކުރިންވެސް ފެނުނީ ޒޭން ކިޔާރާމެން........." އެހެން ބުނާއިރަށް މައިކަލް ދެރަވިއެވެ. އެދުވަސް ހަނދާންކޮށްދީގެން ޒޯހަންގެ ހިތުގައިވާ ޒަޚަމްތަކަށް ލޮނުމިރުސްއެޅުނީއެވެ. ރާދްއާއި ކިޔާރާގެ ވާހަކަދެއްކިއްޔާ ޒޯހަންއަށް ކުރާ އަސަރު މައިކަލްއަށްވަނީ ފެނިފައެވެ.
"އައިމް ސޮރީ.." މައިކަލް ބުނެލިއެވެ.
"އިޓްސް އޯކޭ...." ޒޯހަން ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށްޖެހިއެވެ.
"އެކަމަކު މިދުވަސްކޮޅު ޒޭން ތި މަސައްކަތް ހުއްޓާލައިގެންވެސް ކަމަކުނުދާނެ. ވަކިދުވަސްކޮޅެއްގައި އަންސޭފްވާނީވެސް ދޯ. ސޯ އަހަރެން ހެނާ ގޮވައިގެން ޑިލޭޑް ހަނީމޫނަށޭ ކިޔާފައި ރިސޯޓަކަށްދާނީ. ފަސްވަރަކަށް ރޭ އެތާ މަޑުކޮށްލާނީ. އަމީރާމެން ގޭގައި ތިބެދާނެއްނު. ހެނާ ޕްރެގްވުމަށްފަހު އެހިސާބުން ދެން އަހަރެމެން ވިސްނަން ޖެހޭނެ މާ ބޮޑުކަމެއް ނީންނާނެ.............." މައިކަލް ޕްލޭންކޮށްލުމުން ޒޯހަންވެސް ހީލިއެވެ. އޭނަގެ ހަށިގަނޑުވެސް އެކަމަށް ބޭނުންވާން ފަށައިފިއެވެ. އަންހެނުން މަރުވުމަށްފަހު ޒޯހަން ހީކުރީ އަބަދަށްޓަކާ އެއިހިސާސްތައް ނެތިގެން ހިގައިދާނެކަމުގައެވެ. ނަމަވެސް މައިކަލްއަށްޓަކާ މިކަމުގައި ބައިވެރިވުމަށްފަހު އޭނަ މިކުޅިގަނޑާއި ގަޔާވާންފެށިއެވެ. އެވަގުތަށް އިންތިޒާރުކުރެވެން ފަށައިފިއެވެ. ކުރިން ކުރީ މަޖުބޫރުވެގެންނެވެ. މިހާރު ހަގީގަތް ބަދަލުވާން ފަށައިފިއެވެ.
ފަތިހު އެލާމްކޮށްގެން އޮވެފާ އަމީރާ ދެލޯ ހުޅުވައިލިއިރު ބަންގީގެ ހިތްގައިމު އަޑު ފަޒާގައި ހިފާލާފައިވިއެވެ. ރޭ ލަހުން ނިދުމުން ކަންނެތްވެފައިވިޔަސް އޭނަ ތެދުވެގެންގޮސް ވުޟޫކޮށްލައިގެން ފަތިސްނަމާދުކުރިއެވެ. ހެދުނުގެ ދުޢާއާއި ޒިކުރުކުރިއެވެ. އެއަށްފަހު ކޮފީއެއް ބޯލަންވެގެން ބަދިގެއަށް ދިޔައިރުވެސް ހެނާ ފެންނާކަށް ނެތެވެ. އެކޮޓަރީގައި ކައިރިން ހިނގައިލިއިރުވެސް އެއްވެސް އަޑެއްބަޑެއްނީވެއެވެ. ދޮރުގެ ފޮތިތަކުންވެސް ފެންނަން ހުރީ ނިދާބޮކީގެ އަލިކަމެވެ. ހެނާއަކީ ގަވައިދުން އެލާމްކޮށްގެން ނަމާދަށް ތެދުވާކުއްޖެކެވެ. ބަލީހެއްޔެވެ؟ ރޭގެ ހަނދާންތައް އޭނަގެ ބުމަ ގޮށްޖަހުވައިލިއެވެ. ދެން ކުއްލިއަކަށް ޒޯހަންގެ މަތިން ހަދާންވެފައި މުޅި ހަށިގަނޑުގައި ބިރުވެރި ބިރުވެރި ރާޅުބާންޏެއް ދަތުރުކޮށްލައިފިއެވެ. ޒޯހަން ރާދްއާއި ކިޔާރާ މަރައިލިގޮތަށް ހެނާއަށް ގޮތެއްހެދީ ނޫންބާވައެވެ. ހެނާ ވައިބަރއިންވެސް އޮންލައިންވެފާ ހުރީ ރޭ ކޮޓަރިއަށް ވަދެފައެވެ. އެފަހުން އެކުއްޖާގެ ޚަބަރެއްނުވެއެވެ.
އޭނަ ރޭ އެކޮޓަރިއަށްވަންއިރުވެސް ހެނާއޮތީ މަޑުމަޑުން ނިދާފައެވެ. ޒޯހަން އެގަތް ގަނޑަށްފަހުވެސް ހެނާއަށް ހޭނުލެވޭނީ ކޮންމެވެސް ކަމެއްވީމަ ނޫންހެއްޔެވެ؟
މާތްކަލާކޯއެވެ. ހެނާ ސަލާމަތްކުރެއްވުމަށް އެދި ދުޢާކޮށްފައި އެކޮޓަރީގެ ދޮރުގައި އޭނަ ތަންކޮޅެއް ބާރަށް ޓަކިދިނެވެ. ޚަބަރެއްނުވުމުން ދެއަތުން ދޮރުގައި ތަޅައިގަތެވެ.
"ހެނާ. އޯޕެން ދަ ޑޯ........ޕްލީޒް..." އަމީރާ ހުރީ ހިތްއަވަސްވެފައެވެ.