ރޭގަޑު ކެއުމަށް ފަހު އަލީޒާ ދިޔައީ ނިދާ ކޮޓަރިއަށެވެ. ދާނިޝް މީރާން މެނާއި އެކީ ފެންޑާއަށް ނުކުތެވެ

"މީރަން. ވަރަށް ގިނައިރުވަންދެން ކެތްކުރެވިއްޖެ. އެ ސިޓީގެ ސިއްރު ކިޔާދީބަލަ. އެއީ ކިހިނެއް ހިގިކަމެއް؟ ކާކު މިވަރުން އަހެރެމެނާއި ޖައްސާލައިގެން މިއުޅެނީ. އަހަރެމެންގެ ލޯބީގެ ދުޝްމިން އެގުނީމަ ދެންވެސް ބަލައިގެން އުޅެވޭނީ. އެއީ ކާކުތަ؟" ދާނިޝް ހުރީ ދޮރުގައި އަތް އަޅުވާލައިގެނެވެ. ދާނިޝް ހުރީ ވަރަށް ސީރިޔަސްވެފައެވެ. އެ މީހަކީ ކާކުކަން ގާތްގަޑަކަށް ޔަގީންވިނަމަވެސް މިރާން ލައްވާ އެކަން ހިގިގޮތް ދެނެގަންނަން ބޭނުންވީއެވެ.

މީރާން ދާނިޝްއަށް އެސިޓީ ލިޔުނީ ކާކުކަމާއި ސަބަބުވެސް ކިޔާދިނެވެ. ދާނިޔާލްއާއި ޝާހާން އަށް އެ ވާހަކަތައް ގަބޫލުކުރުމަކީ ފަސޭހަކަމަކަށްވެސް ނުވިނަމަވެސް މީރާންގެ ވާހަކަތަކަށް އިތުބާރުކުރެވުނެވެ. 

ދާނިޝް ދޮރުކަނީގައި ކުރިއަށް ވުރެ ބާރަށް ހިފާލިކަން އެގުނެވެ. ރުޅިގަދަވިވަރު އެ މޫނުމަތިން ކިތަންމެ ރަގަޅަށް ވެސް ފެނުނެވެ. ފިލާވަޅެއް ލިބޭނީ ކޮންދުވަހަކުންބާވައޭ ދާނިޝްގެ ހިތަށް އެރިއެވެ. 
"ޑޭން. ހަމަޖެހިބަލަ. ޑޭން މިހާރުވެސް ބަދަލު ހިފަމުން ތިދަނީ . މީހަކަށް ތިހާބޮޑު އަނިޔާއެއް ދެވޭނެހެނެއް ހިޔެއްނުވޭ. މި ސިއްރު އެގޭ ދުވަހަކުން ޑޭން ގެ ކަށިކޮޅުވެސް ކާލަފާނެ......................." މީރާން ބުނި ޖުމްލައިގެ މާނަ ދާނިޝްއަށް ރަގަޅަށް އެގުނެވެ.

"ތިބުނި ކީކޭތަ؟ އަދިވެސް ސިއްރުތަކެއް ފޮރުވައިގެން އުޅެނީތަ؟ މިހެން ކޮމިއުނިކޭޝަން ބެރިއާ އޮންނަންވެއްޖިއްޔާ އަހަރެމެން އުމުރަށް އޮޅުމެއްގެތެރޭގައި ތިބެން ޖެހިދާނެ. ވީ އާރ ބެސްޓްފްރެންޑްސް. ވައި ނޮޓް ޝެއަރ އެވްރީތިން މިރާން؟ ޕްލީޒް...................." ދާނިޔާލް އެހާ ރީއްޗަށް އެދުމުން މީރާންއަށް ބަލާލެވުނީ ދާނިޝްއަށެވެ. ދާނިޝް ގެ ހުއްދަނެތި އޭނައާއި އެހާ ގުޅޭސިއްރެއް ކޮއްކޮމެނާއިވެސް ހިއްސާ ކުރަން ފަސްޖެހޭކަން އެނގުމުން ދާނިޝް ގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. 

ދާނިޝް ހީލާފައި އޯކޭ ދިނުމުން މީރާން ފުރަތަމަވެސް ދާނިޔާލް މެން ގާތު އެދުނީ އަދި މިވާހަކަ ރިހަނާމެން ގާތުވެސް ނުބުނެ މަޑުކޮށްލަ ދިނުމަށެވެ. ވަގުތު ޖެހުމުން އެގުނަސް އަދި މިއީ މިކަމަށް އެންމެ ރަގަޅު ވަގުތު ނޫންކަމަށް ބުނެ އޭނަ ދާނިޝް ގާތު ތަންކޮޅެއް ކުރީ ދުވަހެއްގައި ހާމަކުރި ސިއްރު ކިޔާދިނެވެ. ދާނިޔާލް އާއި ޝާހާންއަށް ވެސް ލިބުނީ ޝޮކެކެވެ. މިފަދަ ހާދިސާތައްވެސް ދުނިޔޭގައި ހަމަ ހިނގަނީ ހެއްޔެވެ؟ މިހުރިހާ ދުވަހު ދާނިޝް ތަޅުވާލަން އެކަން ހިގިގޮތް ކިޔާނުދީ ހުރެ މިވަގުތު މީރާން އޭނަގެ ކޮއްކޮމެނަށް އެ ހާދިސާގެ ތަފްސީލުވެސް ކިޔާދިނެވެ. ސަޕްރައިޒްތަކެވެ. މުޅިންވެސް ސަޕްރައިޒް ތަކެވެ. ރާހިލް ބުނާފަދައިން އައިސްގޭޓްގައި ފޮރުވިފައި މިވަނީ ހާދަ ގިނަ ސިއްރުތަކެވެ. މިވަރުގެ އަޖައިބުވާވަރުގެ ހާދިސާއެއް މިވީހާތަނަށް ފޮރުވިފައި މިވަނީވެސް ރޫހާނީ ބާރެއްގެ ސަބަބުންނެވެ. ދިރިއުޅުން މިފަދަ ސަޕްރައިޒްތަކުން ފުރިފައިވަންޏާ ފޫހިނުވެ ކުރިއަށް ދާނެއެވެ.


ދާނިޝް އިރުއިރުކޮޅާ ފޯނާއި ކުޅެލައެވެ. އެންމެން އެހާ ފޯރިގަދަ ވާހަކައެއްގައި ތިބިއިރުވެސް އަލީޒާގެ މަތިން ހަދާންވެގެން އެ ކުޑަ ވަގުތުކޮޅުވެސް މެސެޖްކޮށްނުލާ ނުހުރެވެނީކަން ނޭގެއެވެ. އެންމެ ފަހުން މޯޅިއަކަށް ދެމިލައިފިއެވެ. މާބޮޑަށް ނިދިއައީ ކަން ނޭގެއެވެ. 
"ޑޭން. ތިވަރު ނުވިޔަސް ރީއްޗަށް ބުނީމަ އަހަރެމެން ގޮސްދާނަމޭ. އެހެން ރޭރޭ އަހަރެމެން ގޮސްދާނެތީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ހިފަހައްޓަން އުޅޭއިރު މިދުވަސްކޮޅު ހިތަށް އަރާނެ މި ޑެވިލްސް އިން ލޮލަށް ފެނިނުލިއްޔާއޭ ރަގަޅީ. ޑޯންޓް ޑިސްޓާރބް ސައިން އަޅުވައިގެން އަދިވެސް ފޯން އޮފްކޮށްލައިގެން ވިއްޔަ އުޅެން ބޭނުމީ. ރޯމިޔޯ އަށް ފުރުސަތު ދީފައިދަމާ ހިގާ................." ދާނިޝް ގެ ހަރަކާތްތައް ހުރި ގޮތުން އޭނަ ބޭނުމީ ނިދަން ދާންކަން މީރާން ދެނެގަތެވެ.

"މައިންޑް ރީޑްކުރަން ހާދަ ވަގުތެކޭ މިރާން ތިނެގީ ..................." ދާނިޝް ހީގަނެފައި މީރާން ގެ ގައިގާ ބޮޑިއެއްއެޅިއެވެ. 

"ރޯމިޔޯ ޓޭކްމީ ސަމްވެއަރ ވީ ކެން ބީ އެލޯން
އައިލް ބީ ވެއިޓިން އޯލް ދެއަރސް ލެފް ޓުޑޫ އިޒް ރަން. އެލީ މިހާރުވެސް މިލަވަ ކިޔާނެ ދޯ........" ޝާހާން އެލަވައިން ތަންކޮޅެއް ވަރަށް ރީތިކޮށް ކިޔާލުމަށް ފަހު ހީލަމުން ބުންޏެވެ. އަލީޒާއަށް ޓޭލަރ ސްވިފްޓް ގެ ލަވަތައް ރީތިކަން އެއީ ޝަހާންމެން ކިތަންމެ މަދުން މިގެއަށް އަޔަސް އެގޭ ހަގީގަތެކެވެ. އެންމެ ގިނައިން މިގެއިން އިވޭ އެއްލަވައަކީ އޭނަގެ ލަވްސްޓޯރީ ކަމަށް ވާތީއެވެ.

"މިވަރުގެ ލަވްސްޓޯރީ އެއް ބަޔަކަށް ނުކުޅެވޭނެ އިގޭ. ޑޭން ބުނާހެން ރޫހާނީ ބާރެއްގެ އެހީ ލިބެންޏާ ދިރިއުޅުން މާބޮޑަށް އޮމާންވެފައި ވަރަށް ފޫހިވާނެ. ކުޑަކޮށް މައްސަލަތައް ޖެހުނީމަ ލޯބި އިތުރުވާވަރު ޑޭން ދައްކުވާދީފި. މިހާރު އެއްކަލަ ބޮޑާކަމާއި ރުޅިގަދަކަން ދިޔަތަނެއްވެސް ނޭގޭ. ހުރިހާ ޝުކުރެއް އަހެރެމެންގެ ފަހަރިއަށް................." ދާނިޔާލް ހަމަޖެހިލައިގެން ސޯފާއެއްގައި އޮށޯތެވެ. ދާނިޝްއަށް ޖެއްސުމަށްވެސް މިރޭ މިމީހުން އަވަހަށް ނުދާނެކަން ދާނިޝްއަށް އެގުނެވެ. އޭނައަށް ސަލާމަތްވެގެން ކޮޓަރިއާއި ހަމަޔަށް ދެވުނުއިރު އެގާރަވެސް ޖަހައިފިއެވެ. ކިތަންމެ ގިނައިރުވިޔަސް އަލީޒާ އޭނައަށް އިންތިޒާރުކުރާނެކަން ދާނިޝްއަށް އެގެއެވެ.
ފަރުޒާނާގެ ދިރިއުޅުން އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ދަރިފުޅުގެ އެ ކުއްލި ވަކިވުމުގެ ހިތާމައިން އުމުރު ދުވަހުވެސް ސަލާމަތްވާނެކަމަކަށް އޭނަ ނުދެކެއެވެ. ވާރޭކޮޅެއް ވެހުނަސް ޖީނާއަށް ފިނިވާނެއޭ ކިޔާފައި ރޮއިގަނެއެވެ. މައުމޫން ހުންނަވަނީ ހަދާނެގޮތް ހުސްވެލައްވާފައެވެ. ކިތަންމެވަރަކަށް ވިސްނާދިނަސް ލިބިފައި ހުރި ހަމައެކަނި ދަރިފުޅުގެ ވަކިވުމަކީ މަޔަކަށް އެހާ ފަސޭހައިން ހަދާންނައްތާލެވިދާނެ ވަރަށްވުރެ ފުން ހިތާމައެކެވެ. ހަރުކަށިކަން ބޭރުފުށުން އަބަދުވެސް ދައްކަމުން އައި ފަރުޒާނާއަށް މިވީ ކިހިނެއްހެއްޔެވެ؟

މައުމޫންއާއި ފަރުޒާނާ ތިބީ ޓެރަސްގައެވެ. އެގާރަގަޑީގެ ކޮފީ ބޯލުމަށެވެ. މައުމޫން ނޫސްބައްލަވަން އިންނެވިޔަސް އާދައިގެ މަތިން ފަރުޒާނާ އޮތީ ސޯފާގައި އޮށޯވެލައިގެން މޮޅިވެރިގޮތަކަށް ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެނެވެ. ފަރުޒާނާ ހޭލިގޮތަށް އަދިވެސްއިނީ ނިދާހެދުމުގައެވެ. ހެދުން ބަދަލުކުރުމެއް ބޮލުގައި ފުނާ އެޅުމަށްވެސް ސަމާލުކަން ނުދެވޭހެން ހީވެއެވެ. ޓެރެސް ގައި އޭނަ އެހާ ލޯބިން ފިރުމަފިރުމާފައި ވަށިތަކުގައި އިންދި ގަސްތައް ހީނަރުވެއްޖެއެވެ. ހަމްދު އެކަން ދަނެގެން ގަސްތަކަށް ފެންދިނަސް ފަރުޒާނާ ފަދައިން ގަސްތައް އެހާ ރަގަޅަކަށް ބަލަހައްޓާކަށް ނޭގެއެވެ. 

ދާނިޝް ސިޑިން އަރައިގެން އައިތަން ފެނުމުން ފަރުޒާނާގެ މޫނުމަތި ވަގުތުން ބަނަވެލިއެވެ. ކުޑަ ހަރުކަށިކަމެއް ގެނެވުނެވެ. ފަރުޒާނާ ދެކޭ ގޮތުގައި އޭނަގެ ދަރިފުޅުގެ މަރުގެ އަސްލަކީ ހަމަ ދާނިޝްއެވެ. އެއީ އުމުރު ދުވަހުވެސް މައާފު ދެވޭނެ ކުށެއްނޫނެވެ.
ދާނިޝް ހީލުމުން އަދި ފަރުޒާނާގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. ތެޔޮ ތަވާއަކަށް ފިނިފެންއެއްޗެއް އޮއްސާލުންފަދައެވެ. 
މައުމޫން ދާނިޝް ފެނުމުން ވަރަށް އުފަލާއިއެކީ ދާނިޝްގެ ބޮލުގަޔާއި ބުރަކަށީގައި ފިރުމަފިރުމާފައި ހާލު އެހިއެވެ. މައުމޫންގެ ރަން ދަރި އައީއެވެ. ކުޑައިރުއްސުރެ އެހާ ގޮތްދޫނުކޮށް އުޅޭ ނުލަފާ ދަރި މިހާ ނުބައި ވީ މައުމޫން ހެދިގޮތުންނެވެ. އެ ނުލަފާ ކަންތައް ނުދެކެން ލޯ މަރާލައިގެން ހުރީތީއެވެ. ފަރުޒާނާ ހިތާހިތުން ކުދިކިޔައިގަތެވެ. އަހަރެންގެ ކުޑަ ދަރިފުޅު މަރާލާފައި ތި އިބުލީހަށް އުފަލުގައި އުޅެވޭތޯ ބަލާނަމެވެ. ތިޔަ ހުވަފެނީ ދިރިއުޅުމުގައި އަލިފާންރޯ ނުކޮށްފިއްޔާ މަގޭ ނަމަކަށް ފަރުޒާނާ ނުކިޔާނެއެވެ.

"މިއަދު ހަވީރު ސައިބޯން އަންނާނަން މިގެއަށް. އަދި ބައްޕައާއި އެލީ ބައްދަލުނުވާތީ ތައާރަފުކޮށްލަދޭން.........." ދާނިޝް އޭނަ ޕާޓީއެއްބާއްވަން ބޭނުންވާކަމަށާއި މިކަމުގައި ބައްޕަ ގެ ލަފާވެސް ބޭނުންވާކަމަށް ބުންޏެވެ. ފަރުޒާނާ އިނީ ރުޅިގަދަވެގެންގޮސް ފަޅަފަޅައިގެންދާވަރުވެފައެވެ. އެ ދެބަފައިން މިފަދަ ބޮޑުކަމެއް ރާވަމުން ދިޔައިރު އޭނަ މިތާ އިން އިރު އޭނަ ބައިވެރިކުރުމަކީ ބޭނުން ކަމަކަށް ނުވިއެވެ. އެތައް ބައިވަރު ޚިޔާލުތަކެއް އޭނަގެ ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ.
"ޝޭން އާއި އެކު ވެޑިންޕާޓީ ބާއްވަން މިހާ ފަސްކުރީ؟ ރަގަޅު ގޮތެއް......" މައުމޫން ކޮންމެވެސް ވަރަކަށް ޕާޓީއާއި ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.
"ހަގީގަތުގައި މިހުރިހާ ދުވަހު އެލީ އާއި އެކު އެއްގެއްގައި އުޅުނަސް އެއްވެސް ގުޅުމެއް ނޯވޭ. ބައްޕަގެ އެދިލެއްވުމަކަށް އެ ކާވެނި ކުރީ. ބައްޕަވެސް މި ސިޓީއަށް އެހާ އިތުބާރުކުރެއްވީމަ ފާޑަކަށް މަޖުބޫރުވީ. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. މިސިޓީ ލިޔުނީ އެލީއެއް ނޫން................." ދާނިޝް އެ ސިޓީއާއި ލެބް ޓެސްޓް ނެގިއެވެ
ފަރުޒާނާގެ މޫނުގެ ކުލަފަޑުވިއެވެ. ދާނިޝް ބަލާލީ ފާޑަކަށެވެ. ކުށްވެރިޔަކީ ފަރުޒާނާ އޭ ބުނާފަދަ ބަލާލުމެކެވެ. ކޮންމެ ބަލާލުމެއްގައި އެހުންނަނީ އެ ދަގަތްފާނުގެ ބާރެވެ. މިއީ އޭނަގެ ދަރިފުޅުގެ ހިތް ހަލާކުކޮށްލި ދެލޮލެވެ. އެ ދެލޮލަށް ވިހަގަދަ ދުންޏެއްޖަހާލާފައި އުތުވާލަން ފަރުޒާނާ ބޭނުންވިއެވެ. އޭރުން އެ ބޮޑާކަން މޫނުން ފިލުވާލެވިދާނެއެވެ. އިތުރަށް އަންހެންކުއްޖަކަށް ސިހުރު ހަދާނުލެވޭނެއެވެ. ހިދުކޮޅަކަށް އެ ނަޒަރު ބައްދަލުވިއިރު ފަރުޒާނާގެ ލޮލުން ދާނިޝްއަށް ފެނުނީ ސާފު ނަފްރަތެވެ. އެ ހިތުން ދާނިޝްއަށް އެއްވެސް ޖާގައެއްނެތް ފަދައެވެ.
"ބައްޕަ މިހިރީ ހައިރާންވެފައި. އެކަމަކު އޭރުވެސްއެގޭ އަލީޒާ މިފަދަ ވިޔާނުދާކަމެއް ނުކުރާނެކަން. ވަރަށް މަޑުމައިތިރި ބަސްއަހާކުއްޖެއްވީމަ ގަބޫލުކުރަން ދަތިވިވި. އަލީޒާގެ އާއިލާމީހަކު ލާރީގެ ބޭނުމުގައި ޖެހި މަޅިއެއްދޯ. ބައްޕަ ހިތަށް އެރި ޑޭން އަންހެންކުއްޖަކު ރޭޕްކުރަންވީ ކީއްވެހޭ؟ ޑޭން ބޭނުމިއްޔާ ހިތުން ރުހުމުން ނާންނާނީ ކޮން އަންހެންކުއްޖެއްތަ؟ ޑޭންގެ ނެތީ ކޮންކަމެއް. ޔޫ އާރ ބްލެސްޑްވިދް އެވްރީތިން. އައިމް ޕްރައުޑް އޮފް ޔޫ މައި ސަން . މާތް ﷲއަށް ޝުކުރުހުރި............" މައުމޫން ހިނިތުންވެލައްވަމުން ސިޓީތައް މޭޒުމަތީގައި ބޭއްވިއެވެ.

އެ ފޮނިކޮށްލީއެވެ. މޮޅުކޮށްލީއެވެ. މައުމޫންއަށް ހީވާގޮތެވެ. ކިތަންމެ އަންހެންކުދިން މި ބޮޑާ ފޮނި ފިރިހެނާ ދެކެ ފޫހިވާނެއެވެ. ތިމާއަށް ތިމާ ފެނި ކިބުރުވެރިވެފައި ހުރި ފިރިހެނެކެވެ. ބަސްފުޅުވިދާޅުވަނީވެސް ވަކިފެންވަރެއްގެ މީހުނާއެވެ. ކޮންމެ ކޮންމެ ބަލިމީހަކު ނުބަލާން ތުއިވެގެން ހަމައެކަނި ފިރިހެނުން ނޫނީ ކުޑަކުދިންނާއި މުސްކުޅިންނަށް އެޕޮއިންޓްމެންޓްހަދަން އަންގާފައި އޮންނަނީ އަންހެނުން ހިތާވެގެން ކާލަފާނެކަމަށް ހެއްޔެވެ؟ މީހަކު ހަމަ ހައިރާންވާނެއެވެ.
"ތޭންކްސް ޑޭޑް. ދެރަވި ފުރަތަމަ ދުވަހު ޑޭޑް އެކަން ގަބޫލު ނުކުރެއްވީމަ........." ދާނިޝް އޭނަގެ ބައްޕަގެ ކަދުރާގައި އަތް އަޅުވާލަމުން ކޯތާފަތުގައި ބޮސްދިނެވެ.
" "އައިމް ރިއަލީ ސޮރީ ދަރިފުޅާ . އެކަމަކު ބައްޕަ އަށް އޭރުވެސް އެގޭ މިސިޓީގައި ވަނީ މުޅިން ހަގީގަތް ނޫންކަން....... "ބައްޕަ ހީކުރީ ޑޭން އާއި އެލީ ރައްޓެހިވެގެން އުޅެމުން ކޮޓެޖަށް ގޮސް އެލީ ޕްރެގްވީމަ އެގޭ މީހުން ބަދަލު ހޯދަން ފެށި ކުޅިގަނޑެއްކަމަށް. ދަރިފުޅު ކިޔާދީބަލަ. ކޮބާ ހަގީގަތަކީ..........." މައުމޫން އައްސަވާލެއްވިއެވެ.

ދާނިޝް އޭނައާއި އަލީޒާ އެފަދަ އެއްވެސް ގުޅުމެއް ކުރީގައި ނޯންނާނެކަން ބައްޕަ އަށް ޔަގީންކޮށްދިނެވެ. އަލީޒާގެ މައުސޫމްކަމާއި ރަގަޅުކަން އަދި ލަދުރަކިކަމާއިމެދު ދާނިޝްވެސް ހައިރާންވާކަމަށް ބުންޏެވެ. އެ ސިޓީގެ ސަބަބުން މިވީހާތަނަށް ދެމީހުންކުރި ހިތާމަވެސް ކޮންމެވެސް ވަރަކަށް ހިއްސާކުރިއެވެ. ފަރުޒާނާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އެ ހަރުކަށިހިތަށްވެސް ހިތާމަތަކެއް ލިބުނީތީއެވެ. އެކަމަކު މިހާރު ޕާޓީ ދޭން އެއުޅެނީ ދެމީހުން މުޅިން ހަމަޖެހި ލޯބީގެ ދިރިއުޅުމެއް ފަށައިގެން ނޫންހެއްޔެވެ؟ ޖީނާ މަގުން އެއްފަރާތް ކޮށްލާފައި އަދި މަޖާނަގާ ޕާޓީ ނިކަން މިގޭގައި ބާއްވަބަލާށެވެ.

"މަމް ހާދަ ވަރަކަށް ގެއްލިފައި. މަމްއަށް ސިޓީ ލިޔުނުމީހަކު އެގޭ ދޯ.............." ކުއްލިއަކަށް ދާނިޝް ތެދުވެގެން ގޮސް ހުއްޓުނީ ބެލްކަނީގައެވެ. ފަރުޒާނާއާއި ދިމާކުރިމަތީގައެވެ. އެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ފުންލޮލުގައި ވާވިދުވަރު ގަދަކަމުން ބަލަން މާބޮޑަށްވެސް އުދަގޫވިއެވެ. ބޮޑުވަމުންދާވަރަކަށް ފިރިހެންވަންތަކަން އިތުރުވެ ފުރިހަމަވަމުން އަންނަނީއެވެ. 
"ކިހިނެއް މަށަށް އެގޭނީ؟.......... މިއީ ވަލީވެރިޔެއްތަ؟ " ފަރުޒާނާ ދާނިޝްއާއި ދިމާލަށް ލޯ އަޅާލައިފިއެވެ.

"މަމްއަށް ވުރެ ބޮޑަށް އެ ސުވާލުގެ ޖަވާބު ދެވޭނެ އެހެންމީހަކު ނެތީމަ މިހެން އަހަނީ. މަމް ވިއްޔާ މިސިޓީ ލިޔުނީ......."ދާނިޝް ހުރީ ބެލްކަނީގެ ލެނގޭ ބައިގާ އަތް އަޅުވާލައިގެނެވެ. އިރުގެ އަވި އެޓޭން ހަމަށް އެޅިފައިވާލެއް ވަރަށް ރީއްޗެވެ. ރުޅީގެ އަސަރުތައް ނުދައްކަން މަސައްކަތްކުރިޔަސް އޭނަ ހުރީ ސީރިޔަސްވެފައެވެ. އޭނަގެ ދިރިއުޅުމާއި މިގޮތަށް ދޮންމަންމަ ކުޅުނަދޭކަށް އޭނަ ބޭނުމެއްނޫނެވެ. އެކަމުގެ ސަބަބުން އޭނަގެ ފުރާނަފަދަ ލޯބިވާ އަންހެންކުއްޖާގެ ލޮލުން އޮހުނު ކަރުނަތަކުގެ ސަބަބުންނެވެ. އެއްވެސް ކުށެއްނެތި އެ ޅަހިތަށް ހާދަ އަނިޔާކުރެވިއްޖެއެވެ. ހުރިހާވެސް ކުށްވެރިޔަކީ ފަރުޒާނާއެވެ.

"މިހާރު އަހަރެންގެ ބޮލުގައި ތިއަޅުވަނީ ކޮންފަދަ ތުހުމަތެއް؟ " ފަރުޒާނާގެ މޫނު ރަތްވެގެން ދިޔައެވެ. އެއާއިއެކު ފަރުޒާނާގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދުނެވެ. ދާނިޝްއަށް ހަގީގަތް އެނގުނީ ކިހިނެއްހެއްޔެވެ؟ މިއީ އެއްވެސް އިންސާނަކަށް އެނގެންޖެހޭނެ ކަމެއްނޫނެވެ. ދާނިޝް ހުރިހާ ޚަބަރުތަކެއް ދެނެގަންނަނީ ކިހިނެއްހެއްޔެވެ؟ ދާނިޝް އަށް ލިބިފައިވަނީ ކޮން ބާރެއްހެއްޔެވެ؟ ރޫހާނީ ބާރަކާއި ނުލައި މިފަދަ ސިއްރު ކަންތަކެއް އެގެންވީ ގޮތެއް އޭނަގެ ސިކުނޑިއަކަށް ނުވަދެއެވެ.


"ދަރިފުޅާ. ކަމަކާ ނުލައި މަމް ވެސް މިފަދަ ސިޓީއެއް ނުލިޔާނެއްނު. ތިވާނީ މީހަކު ދޮގުތަކެއް ހެދިކަމަށް..... " މައުމޫން ފަރުޒާނާ ދިފާއު ކުރަން މަސައްކަތް ކުރެއްވިއެވެ. ފަރުޒާނާއަށް ލިބުނު ކާމިޔާބަކަށް ވިއެވެ. ހިނިވެސް އަތުވެއްޖެއެވެ. ޖީނާ މަރުވިފަހުން އެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފެނުނު ފުރަތަމަ ފަހަރެވެ.

"އެއީ މަމް ގެ ގާތުން އަހަން ބޭނުންވާ ސުވާލު. ކީއްވެ މި ސިޓީ ލިޔަން ޖެހުނީ؟ ކިއްވެ އަހަރެންގެ ދިރިއުޅުމާއި ކުޅެން ތިއުޅެނީ؟ ކޮންމެފަހަރަކު ވެސް މަމް އެބަޖެހޭ އަހަރެން ލޯބިވާ އަންހެންކުއްޖެއް ވިއްޔާ އެ ދޭތެރެއަށް ވަންނަން..... އަހަރެން ބޭނުން މިއަދު ސަބަބު އެގެން.........." ދާނިޝް ކުޑަކޮށް ބުމަގޮށްޖަހާލިއެވެ. ފަރުޒާނާގެ ހިތް ތެޅިލިއެވެ. ދާނިޝް އެ ސުވާލުކުރަނީ ހާދަ ޔަގިންކަމާއި އެކީގައެވެ. ދެކޮޅުހަދަން ފަށައިފިއްޔާ ޖީނާގެ ހަގީގަތް ބޭޒާރުކޮށްލާކަށްވެސް މިނުލަފާ ކުއްޖާ ފަހެއް ނުޖެހޭނެއެވެ. ކޮންމެފަހަރަކު އޭ އެބުނީ ޖީނާވެސް އެތަނަށް ލާފައެވެ.

"އާން އަހަރެން އެ ސިޓީ ލިޔުނީ. ސަބަބަކީ ކޮޓެޖަށް ކޮންމެ ރެޔަކު އަލީޒާ ގެންދާކަމަށް އަހަންނަށް ރިޕޯރޓް ލިބުން....އޭނަ ގެ ޝަކުވާތައް ބަލިމީހުން އޮފީހަށް ގެންނަން ފެށުން. ދާނިޝްއަށް މޮޔަވެގެން އަތުން ފައިން ގޯސް ހަދާވަރުން ސަލާމަތްނުވެގެން ކިތއް ބަލިމީހުން ރިޕޯޓްކުރި. އެހެން އުޅެނިކޮށް ކައުންޓަރުން ތި ރިޕޯޓު ފެނުނީ. އެހެންވެ ދާނިޝްގެ ބައްޕަ ބަދުނާމުވާނެކަން އެގޭތީ އަވަހަށް ސިޓީ ލިޔެފައި މައުމޫންއަށް ދެއްކީ. އޭރުން ކައިވެނި ކުރުވަން ބާރު އަޅުއްވާނެކަން އެގޭތީ.........." ފަރުޒާނާ ފޫހިވެފައި އިދެ ވާހަކަ ދެއްކީ ހަރުކަށި ގޮތަކަށެވެ. ލޯ އަޅާލައިގެން އިދެއެވެ. އޭނަކުރީކޮޅު އެހާވަރުން ދާނިޝް އާއި އަލީޒާ ގުޅިދާނެތީ ބިރުން އުޅެފައި ފަހުން ދެކުދިން ގުޅުވަން އެވަރުވީ އެންމެ ބޭނުމެއްގައެވެ. ޖީނާ ސަލާމަތް ކުރުމަށެވެ. އަލީޒާ ފަދަ އަންހެން ކުއްޖަކަށް ނޫނީ ޖީނާ އާއި ވާދަ ނުކުރެވޭނެކަން އެގޭތީއެވެ. ދާނިޝް އަލީޒާއަށް ހިތްކިޔައިފިއްޔާ އޭނަގެ ދަރިފުޅު ގެ ފަހަތުން ނައްޓަފާނެތީއެވެ. ދާނިޝްއާއި އަލީޒާ ކާވެނި ކުރުމުން ޖީނާ ގެ ހިތް އެހެން ފަރާތަކަށް ހިގައިދާނެކަމުގެ ކުޑަކުޑަ އުއްމީދެއް އޮތުމުންނެވެ. އެކަމަކު ކަންތައް މިވީ އޭނަ ރޭވިގޮތަކަށް ނޫނެވެ. ހުރިހާކަމެއް ގޯހުން ގޯހަށް އެބަދެއެވެ.

ދާނިޝް އެ ރިޕޯރޓް ގެ ހަގީގަތްވެސް ކިޔާދިނެވެ. އަލީޒާގެ ކުށެއްނެތަކަން އެގުމުން ފަރުޒާނާގެ ހިތުގައި އުފެދުނު ހަސަދަވެރިކަމުގެ ހުޅުކޮޅު ބޮޑުވިއެވެ. ދާނިޝްއެކޭ އެއްފަދައިން އަލީޒާވެސް އޭނަގެ ދުޝްމިން ލިސްޓަށް ވަނީ އަރާފައެވެ. އަލީޒާ އެހެރީ ޖީނާގެ މަގާމުގައެވެ. ކޮޓެޖްގެ ރާނީއަކަށް ވެގެން އެހާ އުފަލުން ހީހީ ހުންނަތަންދެކެން އެއްގޮތަކަށްވެސް ބަލަހައްޓައިގެން ފަރުޒާނާއަކަށް ނުހުރެވޭނެއެވެ. ޖީނާ އެއޮތީ ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައެވެ. އަލީޒާވެސް ޖެހޭނީ ވަޅުލެވޭށެވެ. ފަރުޒާނާ ދަތްތައް ކާރުވައިގަތެވެ. އޭނަ ހަމަ ނޭވަޔެއްލާނީވެސް އެދެމީހުން ދުރުކުރުވާފައެވެ. ނުވިތާކަށް ފަންޑިތަވެސް ހައްދާނެއެވެ. ކިތަންމެ ބޮޑުއަގެއްދޭން ޖެހުނަސް ހެޔޮއެވެ.
ރާހިލް ހުޅުމާލެ ބީޗަށް އައީ އީނާގެ ދައުވަތަކަށެވެ. ދެ ޒުވާނުން އެކުވެރިކަމުގެ ނަމުގައި ކިތަންމެ ގިނައިން ބައްދަލުކޮށް އެކީ ވަގުތު ހޭދަކުރިޔަސް މިއީމިފަދަ އެކަނިވެރިކޮށް ބީޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ރާހިލް ގޮނޑުދޮށުގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރިއިރު ކަނޑުން އަންނަ ފިނި ވައި ރޯޅިތައް ހަމުގައި ބީހިލުމުން ހީކަރުވާގޮތްވެއެވެ. ކުދި ކުދި ރިބަންކޮޅުތައްހެން ހީވާ ރާޅުތައް ހުދު ފޮނުއަރުވާލާފައި އަންނަގޮތަށް އޮމާން ވެލިގަނޑަށް ބީއްސާލަނީ ބަލާބަލާ ފޫހިނުވާފަދަ ގޮތަކަށެވެ. ކަންފަތަށް ލުއި އަހާލަން ފަސޭހަ ރާގެއްފަދައިން އެއްހަމަޔަކަށެވެ. ރާހިލް މިހިތްގައިމު މަންޒަރުން އުފާ ހޯދަން ހުއްޓިލައިގެން ދެކޮޅަށް ހިގާލަ ހިގާލާ ހުރިއިރު ކިތަންމެ ބަޔެއްގެ ސަމާލުމަން އޭނައަށް ނޭގި ލިބެމުން ދިޔައެވެ. 

"ގޮޓް އެ ސަޕްރައިޒް ފޯ ޔޫ............" ރާހިލް ގެ ފަހަތުން އައިސް އީނާ ވަށައިގެން އެބުރިލަމުން ބުނެލިއެވެ. އީނާ ގެނައީ ޕިކްނިކް ވަށިގަނޑެކެވެ. އެއިން އެކި ކުލަ ހުރި ކުއިލްޓެއް ނަގާފައި ދޮންވެލިގަނޑުގެ މަތީގައި ފަތުރާލުމަށްފަހު އީނަ ތައްޔާރުކޮށްގެން ގެނައި ޑޯނަޓާއި ޕިއްޒާ އަދި ކޯކްފުޅިތައް ނެގިއެވެ.
"ވާއު... ސަޅި ސަޕްރައިޒެއް އިގޭ. ވަރަށް ބަޑުހައިވެފައި މިހިރީ. ހިތަކަށް ނާރާ އީން ދައުވަތު މިދިނީ ކެއުމަކަށޭ.......ތޭންކްސް އީން........." ރާހިލްގެ ތުންފަތްމައްޗަށް ވެރިވި ރީތި ހިނިތުންވުމެކެވެ. އަވިއައިނުން ލޯ ފޮރުވައިގެން ހުއްޓަސް އެ ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރާނެއެވެ.

ރާހިލް އަވަހަށް އެ ކުއިލްޓްމަތީގައި އިށީދެ ފައި ދަމާލިއެވެ. އެހެންމީހުންގެ ތޫނު ނަޒަރަށް ފަރުވާލެއް ނުބަހައްޓާ މި ތަނުގައި ވެސް އެ ޒުވާނުން ތިބީ ވަކި ދުނިޔެއަކަށް ގެއްލިފައެވެ. އެއްވެސް ފިކުރެއްނެތި ހީހީފައި އަމިއްލަ ވާހަކަތަކެއްގައި ތިބެފަ ކައިނިންމާލިއެވެ. އީނާ މޫދަށް އެރިލަން ވެގެން ތެދުވެގެން ގޮސް ރާޅު ބީއްސާ ހިސާބުގައި ހުރެ އެ ސްކިނީ ޖިންސްގެ ފައިކުރި ކަކުލާއި ހަމަޔަށް އޮޅާލީ ކަކޫ ނުލަންބާހުރެއެވެ. މޮޑެލް އެއްހާ ރީތި ހަށިގަޑެއް އީނައަށް ލިބިފައިވެއެވެ.
ރާހިލްގެ ހިތް އީނާގެ ރީތިކަމަށް ތައުރީފު ކުރިއެވެ. އީނާ މޫދަށް އެރި އެކަނި ފައިތިލަ ތެންމާލަން ހުރެ އެބުރިފައި ރާހިލް އާއި ދިމާލަށް ބަލާލުމައި އެކު އޭނަ ގެ ފޯނުގައި އެ މަންޒަރު ރައްކާކޮށްލިއެވެ.

"ވަރަށް ސަޅި އިގޭ އީން............." ރާހިލް ތެދުވެގެން އައިސް އީނާ ކޮށްޕާ މޫދަށް ވައްޓާލަން އުޅުމުން އީނާ ހީގެންފައި އެއްގަމާއި ދިމާލަށް ދުއްވައިގަތެވެ. އޭރު އިރުއޮއްސެނީއެވެ. ރަންކުލަ އަދި ދަނބުކުލައިން ފެންގަނޑު ކުލަޖައްސަމުން އުދަރެސް އަލިފާންގަޑެއްހެން ރަތްކޮށްލަމުންނެވެ. ކަނޑުފެންނަނީ އެހާ އަމާން އޮމާންކޮށެވެ. ހަމަ ކުއްލިއަކަށް ޖީނާގެ މަތިން ހަދާންވުމުން ރާހިލްގެ މޫނުމަތީއިވާ ހިނިތުންވުން ފަޑުވިއެވެ. ލޮލުން ވޭނެއްގެ އަސަރު ފެނުނެވެ. ތުންފަތުގައި ދަތް އަޅާލެވުނެވެ. އެއީ އީނާ އަބަދުވެސް މި އުފާވެރި ރީތި ފިރިހެންކުއްޖާ ގެ ލޮލުން މަދުފަހަރެއްގައި ދެކޭ ވޭނެކެވެ. އެކަމުގެ ސިއްރެއް އީނައަށް ވަނީ ނޭގިފައެވެ.

ރާހިލް ފުރަތަމަ ފަހަރަށް އީނާ ގާތުގައި އޭން ގެ ކޮއްކޮ އައިޒާ މަރުވިހާދިސާ ގެ ތަފްސީލުދިނެވެ. އާއިލާ އެންމެން ޕާޓީއަކަށް ގޮސްފައި އެބުރި ގެއަށް އައީ ފަރުބަދަމަތީގެ މަގަކުންނެވެ. އެހާ މަޑުން އަންނަނިކޮށް ރާބޮއިގެން ހުރިމީހަކު ޓްރަކް ކޮންޓްރޯލް ނުކުރެވި އައިޒާ އިން ފަޅިގައި ޖެހުނީއެވެ. އެ މަންޒަރު ދުނިޔޭގައި ހުރިހާ ހިދަކު ރާހިލް ގެ ހިތަކުން ފިލައިގެން ނުދާނެއެވެ. އައިޒާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މަރުވެފައިވާކަމަށާއި އެކަމަކު ބައްޕަ އެކަން ގަބޫލުނުކުރައްވާ އައިޒާ ނޭވާލައްވަން ކުރެއްވި މަސައްކަތް ހަދާންވުމުން މިހާރުވެސް ރާހިލް އަށް ރޮވޭކަމަށާއި އެއީ ވަރަށް ހިތި ހަދާނެއްކަމަށް ބުންޏެވެ. މާތްﷲ ކެތްތެރިކަން ނުދެއްވިނަމަ އޭނަގެ ދިރިއުޅުންވެސް ބަރުބާދުވެގެން ދިޔައީސްކަމަށް އީނާ ކައިރީ ބުންޏެވެ. ދެން ހަމަ އެފަދަ ހިތަދަތިގޮތަކަށް ޖީނާ ވަކިވެގެން ދިޔައީއެވެ. ލޯބި ލޯބި ދެއަންހެންކޮއްކޮ ވެސް ދާދި އެއް އުމުރެއްގައި ވަކިވެގެން އެދިޔައީއެވެ. މިއީ މިވީހާތަނަށް ރާހިލް އަދި އެއްވެސް މީހަކާއި ހިއްސާކުރަން ބޭނުން ނުވާ އަމިއްލަ ހިތާމަތަކެވެ. ރާހިލްގެ ލޮލުން ބައެއްފަހަރު އެ ފެންނަ ވޭނުގެ ސިއްރު އީނާއަށް މިއަދު އެގިއްޖެއެވެ.

އިރުއޮއްސި އަނދިރިކަން ފުންވެ ގޮނޑުދޮށް ފަޅުވިއެވެ. އެކަމަކުވެސް އެ ދެ ލޯބިވެރިންނަށް ވަގުތު އެހާ ހަލުވިކޮށް ވޭތުވަމުން ދާކަމެއް ރޭކާނުލިއެވެ.
އީނަ ދޮންވެލިގަޑުމަތީގައި އައި އަކުރު އަޅާލުމުން ރާހިލް އެލް އެޅިއެވެ. އީނާ ދެން ކުރެހީ ހިތެކެވެ. ރާހިލް ޔޫ އަކުރެއް އަޅާލަމުން މާނަވީ ގޮތަކަށް ހިނިތުންވެލިއެވެ. އެ ޚާއްސަ ބަލާލުން އީނާގެ ހިތުގެ ވިންދު އަވަސްކުރިވިއެވެ. ކޮންމެއަކަސް މަޑުމަޑުން ގޮސް ދެހިތުގެ އަޑު އަނެކަކަށް އިއްވާލަދެމުން ދިޔައެވެ.
ރާހިލް ކުއިލްޓް މަތީގައި އޮތްއިރު ރީތިކޮށް އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް ފެނުނެވެ. ހަނދުވަރުގެ ރިހިއަލި ފަތުރަމުން ދުނިޔެ އުޖަލާކޮށްލާފައިވެއެވެ. އީނާއަށްވެސް ރާހިލްއާއި ދާދިކާރީގައި ބަންޑުން އޮށޯވެލިއެވެ.
"ވަރަށް ހިތްހަމަޖެހޭ . މި ރީތި ރޭގެ އުފާވެރިރޭ އީން އާއިއެކު ހޭދަކޮށްލެވުނީމަ. ބުނަން ނޭގޭފަދަ އުފާތަކެއް ލިބިއްޖެ............." ރާހިލް ވެސް ބަންޑުންވެލަމުން އީނާގެ އަތުގައި ހިފެހެއްޓިއެވެ. އީނާ ފެނުނު ދުވަހުން ފެށިގެން އޭނަ އިންތިޒާރުކުރީ މިފަދަ ފުރުސަތަކަށެވެ. ހަނދުވަރުގެ ރިހި އަލީގައި ރާހިލް ފެންނަލެއް ވަރަށް ރީއްޗެވެ. އީނާ ބޭނުންވީ އެ ރަން އިސްތަށިގަނޑުގައި ފިރުމާލުމަށެވެ.
"އީން.........ކޮނެމެވެސް އެއްޗެކޭ ބުނެބަލަ............." ރާހިލް އީނަގެ އެ ބުޅިބުޅި އިސްތަށިގަނޑުން ބަޔެއް އިގިއްޔަކަށް އޮޅާލަމުން ކޯތާފަތުގައި އަތް ބީއްސާލިއެވެ. ހާދަ އޮމާނެވެ.
"ނޫނޭ.........................." އީނާއަވަސްއަވަހަށް ތެދުވެގެން ދާން ހިގައިގަތެވެ.
"ކިހިނެއްވީ އީން؟ " ރާހިލް ކަންބޮޑުވިއެވެ.
އީނާ ހަދާންވީ ހުސެންގެ ޖުމްލައެވެ. އީނާ އިރުކޭތަ ހިފުވާކަށް ބޭނުމެއް ނޫނެވެ. ކުއްލިއަކަށް އީނާއަށް އޭނަގެ ފެންވަރު ހަދާންވެއްޖެއެވެ. އައިސްގޭޓްގެ ހޮސްޕިޓަލުގެ އަންހެންކުދިން ގެ ލޯތައް ހުއްޓިފައިވާ ޑޮކްޓަރަކީ ރާހިލްއެވެ. ދަނިޝްމެން ހާ އާދަޔާ ޚިލާފު ރީތިކަމެއް ނެތަސް އޭނަގެ ފިރިހެންވަންތަގޮތެއް ހުރީމައެވެ. ހުސްހަށިބައިވެފައި ދާނިޝްމެންގެ ކޮއްކޮއަކަށް ވީތީއެވެ. ބުނެވޭގޮތުގައި މައުމޫންއަށް ވުރެ ސައްފޫރު މާމުއްސަންޖެވެ. އެފަދަ ޒުވާނަކާއި ގުޅޭނީ އަލީޒާ ފަދަ ދޮން ރީތި ކުއްޖަކާއެވެ.
ރާހިލް އެވަރަށް ގޮވީމަ ވެސް މަޑުކޮށްނުލާ އީނަ ދުވަމުން ދުވަމުން ގޮސް ރާހިލް ގެ ލޯމަތިން ގެއްލުނެވެ. އަންހެންކުދިން ދަސްވާނީ ކިހިނެއްހެއްޔެވެ؟ ރާހިލް ބޯ ހޫރުވާލިއެވެ. އެތައް އިރެއްވާންދެން އެކަނިމާ އެކަނި ހިމޭން ރާޅުތަކާއި ދިމާލަށް ބަލަހައްޓައިގެން ރާހިލް އިނެވެ. ފުން ވިސްނުމެއްގައެވެ. މުޅިން އެކަނިވެރިވެފައެވެ.
އަލީޒާ ހެދުނު ތެދުވެ ލޯ ހުޅުވާލުމާއި އެކު ޚިޔާލަށް ފުރަތަމަވެސް ވެރިވީ އޭނާގެ ދާނިޝް އެވެ. ހިތްހަމަޖެހުމާއިއެކު އަރާމުކޮށް ނިދާލެވުމުން ތާޒާކަން ލިބިމޯޅިއަކަށް ދެމިލުމުން ހަށިގަނޑު ރިލެކްސްވިއެވެ. އަލީޒާ ތެދުވެގެން އައިގޮތަށް ކުޑަދޮރުގެ ފަރުދާތައް ކަހާލައިފިއެވެ. ފިނި ފިނި ވައި ރޯޅިތައް އޭނާގެ މޫނުގައި ފިރުމާލިއެވެ. ރަން ދަޅަތައް އެ ދޮން މޫނުގެ ކުލަ އޮރެންޖްކުލައަށް ބަދަލު ކުރަމުން އިތުރަށް ރީތިކުރުވިއެވެ. ގަސްތަކުގައި ފޮޅިފައިވާ މާތައްވެސް އަލީޒާއަށް މަރުހަބާކިޔަމުން ދިޔައެވެ. އަލީޒާ ގެ ތުންފަތުގައިވާ ހިނިތުންވުން ފުންވެގެން ދިޔައެވެ. ކޮންފަދަ ރީތި ދުވަހެއްހެއްޔެވެ؟ ދާނިޝް އާއި އެކު ހޭދަކުރެވޭ ކޮންމެ ދުވަހެއް މިހާރީތިވުމަށް އެދި އޭނަ ދުއާކުރިއެވެ.
އަލީޒާ ވައި ރޯޅިއެއްހާ ލުއިކޮށް ހިނގާލާފައި ގޮސް ފާޚާނާއަށް ވަނީ ދާނިޝް ޖޮގިން ނިމިގެން އެބުރި އަންނަންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށެވެ.
ރީތި ލަވައެއް ކިޔާލަން ހުރެ އަވަސްގޮތަކަށް ފެންވަރާލުމަށްފަހު އަލީޒާ ވައްޓާލީ ދާނިޝްގެ ގަމީހެކެވެ. އިސްތަށިގަނޑު މައްޗަށް ފުނާއަޅާލުމަށްފަހު ވޫލްކޮޅަކުން އައްސާލިއެވެ. ގޭގައި އުޅޭވަގުތު ދާނިޝްއަށް ރަގަޅީ އަލީޒާ އެއްވެސް ގަހަނާއެއް ބޭނުން ނުކުރީމައެވެ. އަދި މޭކަޕް ދެކެ އެއްގޮތަކަށްވެސް ނުރުހެއެވެ. އަލީޒާ ބޭނުމީ ދާނިޝް ހިތްހަމަޖެހޭގޮތަށް މިފަދަ ކުދިކުދި ކަންތައްވެސް ބެހެއްޓުމަށެވެ.

ދާނިޝް ކާކޮޓަރިއަށް ވަން އިރު އަލީޒާ އިނީ ބޯތަށްޓަކަށް ސްޓްރޯބެރީ އަޅާލައިގެން ކައުންޓަރު މަތީގައި ދެފައި ހަލުވާލަހަލުވާލައެވެ. ހެއަރރިމޫވް އިޝްތިހާރު ކުރަން އިށީދެލައިގެން އިން މޮޑެލްއެއްފަދައެވެ. އެހާވެސް އެ ދޮން ދެފައިގެ ބައްޓަން ރީތިވެފައި އޮމާނެވެ. އެކަނިމާއެކަނި ކޮޓެޖްގައި އުޅުމުގެ އެއް ފައިދާއަކީ މިއީއެވެ. ކުރުކުރު ހެދުންތަކުގައި ހުރެވިދާނެއެވެ. ގޭތެރޭގައި އުޅޭއިރު އަލީޒާ އާއްމުކޮށް ސޯޓް އެއްޗެހިލައިގެން އުޅެނީ އެހެންވީމައެވެ.
"މޯނިން ކިއުޓްނެސް. ސްޓްރޯބެރީ ލިޕްސްޓިކް ޖައްސާލަނީތަ؟ އަދި ތިއަށް ވުރެ ކުލަ ރީތިކޮށްލަދޭނަން......" ދާނިޝް އަލީޒާ ގެ އަނގަޔަށް ލީ ސްޓްރޯބެރީން އެތިކޮޅެއް ކަނޑާލަމުން ބަލާލީ އަލީޒާ ގެ ހިތް ބަންޑުންކޮށްލާފަދަ އެ ޚާއްސަ ނަޒަރުންނެވެ. އަލީޒާ ދާނިޝް ގެ ކަނދުރާއަށް އަތް ވައްޓާލިއެވެ.
އެ ރީތި ވަގުތުކޮޅު މެދުކަނޑުވާލީ ކޮންމެވެސް މީހަކު މެދުކެނޑުމެއްނެތި ރަގަބީލު ޖަހަންފެށުމުންނެވެ. ހީވަނީ މީހަކު އަވަސް އަރުވާލާފައި ތެޅިފޮޅިގެން ކަމަކު ބޭނުންވެގެން އުޅޭހެނެވެ. ބެލް ގެ އަޑު އިވުމުން ދާނިޝް ގެ ބޮލަށް މިހާ އުދަގޫ ވި ވަގުތެއް އައިކަމެއް ނޭގެއެވެ. ނަމަވެސް އެމީހަކަށް ކާމިޔާބު ވީ ހިދުކޮޅަކަށެވެ.
ރަގަޅަށް އިރު ނާރަނީސް އުދަގޫ ކުރަނީ ކޮންތާކު ހުރި މޮޔައެއް ބާ. ބަލިވަންދެން ބެލް ޖަހާފައި ހިގައިދާނެއްނު...." ދާނިޝް އޭނަ ގެ އެ ފާހަގަ ކުރެވޭފަދަ ހަނި ނަޒަރުން ފަހަތަށް ކުޑަގޮތަކަށް ބަލާލުމަށްފަހު އަލީޒާ އަށް ސަމާލުކަން ދިނެވެ. 
"ފެމިލީ މީހަކަށް ވެސް ވެދާނެ ހަނީ. އެބައަންނަން ކާކުތޯ ބަލާލާފައި....." އަލީޒާ ދާނިޝްގެ އަތުގެ ތެރެއިން ވީއްލިގެން ދާން ކުރި މަސައްކަތް ބޭކާރުވިއެވެ.
"ނޫނޭ ސްވީޓްނެސް. މިފަދަ ވަގުތުތައް އެއްވެސް މީހަކަށް މެދުކަނޑުވައެއްނުލެވޭނެ. އެހެންނޫނަސް އަހަރެމެންގެ ޚާއްސަ މީހުނަށް އިގޭނެ މިގޭގައި މިދުވަސްކޮޅު ނޯ ޑިސްޓާރބް ސައިން އަޅުވާލާފައި ވާކަން. މިގެއަށް އަންނަންވާނީ ދައުވަތު ދެވޭމީހުންނަށް އެކަނި. އެހެންނު ބަޓަރކަޕް.....؟ " ދާނިޝް އަލީޒާ ގެ ކޯތާފަތުގައި އަތުގެ ނުފުށުން ބީއްސާލަމުން ލާނެއް ނަޒަރަކުން އަލީޒާގެ ލޮލަށް ބަލާލިއެވެ.

ކޮމެންޓް 0