"ރާހިލް ހަމަޖެހިބަލަ. ހާރޓްއެޓޭކެއްވެސް ޖެހިދާނެ ދޯ. އެކަމަކު ކަންބޮޑުވާނެކަމެއްވެސް ނެތް. ކާޑިއޯ އަދި ނިއުރޯ ސާރޖަނުން އެބަތިބިވިއްޔާ. ޝޭން މެންނަކީ އިންސާނީ ދެމަފިރިއަކަށް ލިބިފައިވާ ނޯމަލް އިންސާނުންތަކެއް. ކާފަ ޑެވިލްއިންގެ ބާރު ހޯދިޔަސް ޝޭން މެން ހަޔާތަށް އެކަމުގެ ހިޔަނި އެޅިޔަކަ ނުދޭ..." މީރާންގެ ލޮލުގެ ނޫކުލައިގެ ވިދުވަރު ރާހިލްއަށް ފެނުނީ އެވަގުތުއެވެ. ބުޅަލުގެ ލޯ ފަދައިން އެ ލޯވިދިއެވެ. އެކަމަކު ތަފާތަކީ ރީތިކަމެވެ. ތަރިއެއްފަދައިން ވިދާލިކަމެވެ. އޭނައަށް ޝާހާންގައިގަ ހިފައިގަނެވުނެވެ. ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ.

"ފިނޑި ފިރިހެނާ......" ދާނިޔާލް ހީގަތެވެ.
"މިވަގުތު ބުނެދޭނަން މަގޭ ސިއްރު. އަހަރެންގެ ކޮއްކޮމެނާއި ތަފާތުވި ސަބަބު...." މީރާންގެ އެބަރު އަޑުވެސް ރާހިލްގެ ގައިން ހީބިހި ހިލުވާލިއެވެ. އޭނަ އިނީ އަދިވެސް ޝާހާންގެ ގައިގާ އެލުވިގަނެގެނެވެ. 
ރާހިލް ގެ ފިނޑިކަމާއި ބިރުންއުޅޭވަރު ފެނުމުން ދާނިޝް މެން ހައިރާންވިއެވެ. މިއީ ހެލޯވީން ޑޭގައި އަންހެންކުދިން ބިރުގަންނަވަން ފާޑު ފާޑުގެ މާސްކްތައް އަޅައިގެން މަޖާކުރި ފިރިހެންކުއްޖާކަމަށް ގަބޫލުކުރަން ދަތިވިއެވެ. ހަގީގީ ބިރަކާއި ކުރިމަތިލާން ޖެހުމުން މިވަނީ ހާދަ ވަރެކެވެ. ދާނިޝް ހަނދާންވީ އަލީޒާއާއި ޖީނާގެ މަތިންނެވެ. ހާދަ ވައްތަރެވެ. އެންމެ އަޖާއިބުވަނީ މިހުރިހާދުވަހު ފޮރުވިފައި އޮތް " ފިނޑި" ކަމެއް ރާހިލްގެ ފަރާތުން އަލަށް ފެނުނީތީއެވެ. ފިރިހެނަކަށް ވީތީ އަލީޒާމެން ވަރުނުވިޔަސް އެބައިވެސް ވާރުތަވެފައި އެބަހުއްޓެވެ.


" ސަބަބަކީ އަހަރެންގެ ބައްޕަ ތަފާތުވިކަން. އެއީ ރާހިލް ހިތަށްވެސް ނުގެނެވޭނެހާ ބާރުގަދަ ސުޕަރނެޗުރަލް ފަރާތެއް. ވީމަ އަހަންނަށްވެސް ބައްޕަގެ ފަރާތުން ބާރުތަކެއްލިބުނީ. މަންމަ ގެ ފަރާތުން ވާރުތަވީ މަންމަ ގެ ރީތި ސިފަތައް. އަހަރެންނަށް އަދި އަހަރު ނުފުރެނީސް މަންމަ ޑޮކްޓަރ މައުމޫން އާއި ކާވެނިކޮށްގެން ޑޭލް ޑޭން އަދި ޝޭން ލިބުނީ. މި ޓްވިންސްއިންނަށް ހަމަހުގައި އަނެއްކާ ބައްޕަގެ ނުފޫޒުގަދަކަމުން މަންމައަށް މަޖުބޫރު ވީ މައުމޫން ގެ އެއްވެސް ކުށަކާނުލައި ދުރަށް ދާން. ދެވަނަ ފަހަރަށް ބައްޕައާއި ކާވެނިކުރަން. .އިންޓެރެސްޓިން ދޯ..........." މީރާން ގެ ވާހަކަތައް އަޑުއަހައިގެން އިން އިރު ރާހިލް ގެ ހިތްވަނީ އަވަސްވެފައެވެ.
މީރާން ރާހިލްގެ ކޮނޑުގައި އަތް ބާއްވާލުމުން ރާހިލްއަށް ހޫނުވިއެވެ. ބަރުވިއެވެ. އަތްލުމުންވެސް އޭނަގެ ގަދަފަދަކަމާއި ފެންވަރު އެބައެގެއެވެ. ކިތަންމެ ހަމަޖެހެން މަސައްކަތްކުރިޔަސް އޭނަގެ ގައިން ހީބިހިނެގިއެވެ. އޭނައިނީ ޝާހާން ގެއަތުގައި ބާރަކަށް ހިފަހައްޓާލައިގެނެވެ. ހަތަރު ވެމްޕަޔަރުން އޭނަ ވަށާލާފައިވާކަމުގެ ބިރު ހިނދުކޮޅަކަށްނަމަވެސް އިހުސާސްކުރެވުނެވެ. އެމީހުންގެ ނުރައްކާތެރި ސިއްރެއް އިންސާނަކަށް އެގުމުން އެސިއްރު ފޮރުވަން އޭނަ މަރާލުމަކީވެސް އެކަށީގެންވާކަމެކެވެ. ކޮންމެގޮތެއްވިޔަސް މިއީ ނޯމަލް އާއިލާއެކޭ ނުބުނެވޭނެއެވެ.


" ޔޫ އާރ އެ ވެމްޕޔަރ..." ރާހިލްއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. އޭރު އަނދިރީގެ ތެރޭގައި މީރާންގެ ލޯވިދަމުން ދާތަން ފެނުނެވެ. 

"އައުޗް........" މީރާން އަނގަޔަށް ގޮތެއްހަދާލިއެވެ. ކިތަންމެ ރީތި ސިފައެއްޖެހިގަނެގެން ހުއްޓަސް ޝައިތޯނުން އަސްލުސިފަ ރިތިނުވާނެކަން ރާހިލް ރަގަޅަށް ދަނެއެވެ. އެކަމަކު ބޮޑާވެލާފައި ތިމަންނަ މިހާ ރީތިވީ މަންމަގެ ސަބަބުންނޭ ވެސް ބުނެފިއެވެ. ވެޕްޔަރުންނާއި ޝައިތޯނުންނަށް ސިފަ ބަދަލުކުރެވިދާނެއެވެ. ރިތި އިންސާނެއްގެ ސިފައިގާ އުޅެވިދާނެއެވެ. އެކަމާ ބޮޑާވާންވީހެއްޔެވެ؟

" ސޮރީ. އަސްލު ބުނަން އުޅުނީ މީރާން ގެ ބައްޕައަކީ ވެމްޕަޔަރެކޭ އިގޭ. ވެމްޕަޔަރަކާއި އިންސާނަކަށް ދަރިއެއް ލިބިއްޖެއްޔާ ދެން ވާނީ ކޮން ނަސްލެއްގެ މީހަކަށް ބާ. ހާފް ހިއުމަން؟ އޯމައި ގޯޑް. އޭގެ މާނައަކީ ޝޭން މެންގެ ދޮންބައްޕަ ވެމްޕަޔަރެއް ދޯ. ދެން ވާނީ ކިހިނެއްބާ. އަންކަލްއަށް އެގިލައްވާތަ؟ ޝޭންމެންގެ މަންމަ ވެޕްޔަރ އަކާއި މެރީކޮށްގެން ހުރިއްޔާ ވައިފްވެސް ބަދަލުކުރާނެ. ހުރިހާ ދަރިންވެސް ވެމްޕަޔަރުންނަށް ހަދާނެ. ސަބަބަކީ ވެމްޕަޔަރުން އެތައް ގަރުނަކަށް ދުނިޔޭގައި އުޅޭނެތީ.............." އެދެއްކި ވާހަކަތަކުން ވެމްޕަޔަ އާއިލާއެއްކަމަށް ރާހިލް ގާތްގަޑަކަށް ޔަގީންކުރިއެވެ. ޝާހާންމެންގެ ވެސް ކޮންމެވެސް ސިއްރެއް އެބަވެއެވެ. ދޮންބައްޕައަކީ ވެމްޕަޔަރަކަށް ވީމަ ކޮންމެވެސް ކަހަލަ ޖާދުވީ ބާރަކުން ދޮންދަރިންވެސް މިތިބެނީ އިންސާނުންގެ ހުދޫދުން ބޭރުކޮށްލާފައެވެ. 

" ރާހިލް އަމިއްލައަށް ކޮންކްލޫޝަންއަކަށް ތިއައީ. ޑިޓެކްޓިވްއެއް ވީމަ ހަގީގަތް ހޯދަބަލަ. މިވަރަށް ބުނެދިނީމަ ދެން އެހެންބައި ތައް ތި މޮޅު ސިކުނޑިން ވިސްނާ. ސިއްރުތަކެއް ނެތިއްޔާ ލައިފް މަޖަލެއް ނުވާނެ. ދެންއިތުރަށް ބުނާނެ އެއްޗެއް ނެތް. އެ ޗެޕްޓަރ ނިމުނީ. އަހަރެން އެބައަންނަން ކުކުޅު ހިފައިގެން. ލޮނުމިރުސް ތައްޔާރުކޮށް ފިހަން ތައްޔާރުކުރޭ އިގޭ...." 

މީރާން ގެއްލުނީ ހަމަ ކުއްލިއަކަށެވެ. ރާހިލް ވަށައިގެން ހޯދާބަލާލިއެވެ. އޭނަގެ އެއްވެސް ހިލަމެއްނެތެވެ. ރާހިލް އިނީ ބުނާނެ އެއްޗެއްނޭގި ގަނޑުވެފައެވެ. 
ރާހިލް މީރާންގެ ބައްޕަގެ ޚަބަރު އަހަން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ޝާހާންމެންގެ ފަރާތުން އިތުރު އެއްޗެއް އޮޅުމެއް ނުފިލިއެވެ. މީރާން ގެ އެ އަނދިރި ސިއްރުތައް ހާމަކުރަން ޖެހޭނީ މީރާންކަމަށާއި އެންމެރަގަޅުވާނީ އެބައި އަނދިރީގައި ފޮރުވިފައި އޮތުންކަމަށް ބުންޏެވެ. ކޮންމެ ގޮތެއްވިޔަސް ރާހިލްއަކަށް އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން އެ ޒުވާނުން ދިނެވެ. ވިއްޔާ ވާނީ ފައިދާކަމަށާއި ނުރައްކަލެއް ނުވާނެކަމަށް ބުންޏެވެ. ރާހިލް ބިރުގަންނަނީ އެއްވެސް ކަމަކާނުލައި ކަމަށާއި ކަންބޮޑުނުވުމަށް އެދުނެވެ. ވެމްޕޔަރުންވެސް އާއިލާއަށް ރަހުމްކޮށް ހަމްދަރުދީވާނެ ކަމަށާއި އިންސާނެއްގެ ދަރިއަކަށްވެއްޖެއްޔާ އިންސާނިއްޔަތުކަން ހުންނާނެކަމުގެ ޔަގީންކަން ދިނެވެ. އެކަމަކުވެސް މިސިއްރު އިތުރު މީހަކަށް ނޭންގުމަށް ވެސް ވައުދު ކުރުވިއެވެ.

ކުކުޅު ފިހުމުގެ ޕްރޮގްރާމެއް އޮތްކަން އެނގުނީމަ ދާނިޝް ކޮޓަރިއަށް ދިޔައީ ހެދުން ބަދަލުކޮށްލުމަށެވެ. އަލީޒާ އެދުގައި ބަންޑުންކަހަލަ ގޮތަކަށް މޫނުފޮރުވައިގެން އޮތުމުން އަޅާނުލައި އަވަސްއަވަހަށް ޓީޝާޓަކާއި ސޯޓެއްލިއެވެ. އަލީޒާ ބަލާނެވަރަކަށް ބެލިޔަދޭށެވެ. އޭނަގެ ފަރުވާލެއްނެތެވެ. ފިރިހެނަކަށްވުމުގެ ފައިދާ ހުރިހާ ގޮތަކުންވެސް ހާދަ ބޮޑެވެ.

ވަލުތެރޭގައި ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން މަޖާކޮށްލަން ތިބިއިރުވެސް ރާހިލްއަށް ހީވަމުންދަނީ މިއުޅެވެނީ ވެމްޕަޔަރުންގެ ދުނިޔެއެއްގައިހެނެވެ. އަލިފާންގަޑުގެ ރަތްއަލީގައި މި ޒުވާނުން ފެންނަލެއްވެސް ހާދަ ވެމްޕަޔަރިޝްއެވެ. ހާދަ ޕަވަރފުލްއެވެ. އެ ބާރުދަގަދަ ލޯތައް އަދި ހުދު ވިދާދަތްތައް ކިތަންމެ ވަރަކަށްވެސް ފާހަގަ ކުރެވެއެވެ. ސިއްރަކީ ކޮބާހެއްޔެވެ؟
މީރާން އަތުވެދާނެތީ ބިރުގަނެ ސިހިފައި އިނަސް ފަހުން ރާހިލް ހަމަޔަކަށް އެޅުނެވެ. ކޮންމެގޮތެއްވިޔަސް އެކުވެރިންނަށް އިތުބާރުކުރަން ޖެހޭނެއެވެ. ބޮޑުބޭބެގެ ދަރިންނަށްވީތީ އެ ގާތްކަމާއި ލޯބިވެސް އޮންނާނެއެވެ. މިހާ ބާރުގަދަ ބޭބެމެން ތިބީމަ އޭނައަށްވެސް ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ނޫންހެއްޔެވެ؟

ވެމްޕަޔަރ އެކުވެރިން ތިބުމަކީ ދިރިއުޅުން މަޖާކޮށްހޭދަކުރެވި އެޑްރިނޭލިން ރަޝް ގިނަގިނައިން އަންނާނެ ކަމެކެވެ. އިރުއިރުކޮޅާ ރާހިލް އެވާހަކަ ފަށައެވެ. އޭނަ ވެސް ވެމްޕަޔަރަކަށް ހަދާދޭންވީ ނޫންހެއްޔޭވެސް އަހާލިއެވެ. ރާހިލް ގެ ބޭނުމަކީ ދާނިޝްމެނަށް ލިބިފައިވާ ބާރު ދެނެގަތުމަށެވެ. ކިތަންމެވަރަކަށް ރާހިލް ސުވާލު ކުރިޔަސް އެދެވޭ ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ރާޙިލް ގަސްތުކުރީ އެވާހަކަ ހަދާން ނައްތާލުމަށެވެ.

" ޑޭން. ތަންކޮޅެއް މިރުސް މަދު. އަދި މިރުސްކޮޅެއްގެނޭ..." ރާހިލް ލޮނުމިރުސްގަނޑުގެ ރަހަ ބަލާލަމުން ބުންޏެވެ.
" ހާދަ ކަންނެތޭ. އަންހެންކުއްޖެއްހާ ފިޑި. އެހާ ކަންނެތް. ނަން ބަދަލުކޮށްލާފައި ޝޯލް އަޅަންވީނު.........." ދާނިޝް ރާހިލްގެ ގައިގާ ބޮޑިއެއް އެޅުމުން ވީތަދަކުން އޭނަ ހަޅޭއްލަވައިގަތެވެ.

އިރުކޮޅަކުން މާބަރުބަރުއަޑަކުން ރާހިލްއަށް ގޮވާލުމުން އޭނަ ސިއްސައިގެންގޮސް ފަހަތަށް ބަލާލިއިރު އޭނަގެ ފުރަގަހުގައި ހުރީ ބިރުވެރި މީހެކެވެ. ދެލޯ ރަތްވެފައި ލޮލުން ހުޅުނުކުންނަހެން ހީވިއެވެ. ފޭރާދަތްތައް ދިގުކޮށްލާފައި ހުރިގޮތުން މީހަކު ބިރުން ފިތްކަނޑައިގެންދާހާވެއެވެ. ބިރުވެރި ޝައިތޯނެކެވެ. މީރާން އަސްލު ސިފައިގާ ދައްކާލީތާއެވެ.

" ވެމްޕްޔަރަކަށް ވާހިތްވެއެއްނު. ލެޓް މީ ހެލްޕް ޔޫ ޑިއަރ......" އެ ބިރުވެރިމީހާ ރާހިލްގެ ކަނދުރާގައި މޫނުޖެއްސިއެވެ. ކުރަކިކަމުގެ އިންތިހާއެވެ. ރާހިލް ބިރުވެރިގޮތަކަށް ހަޅޭއްލަވައިގަތެވެ. އޭނަ ސަލާމަތަށް އެދި ދާނިޔާލްމެނަށް ބަލައިލިއެވެ. 
" ހެލްޕް މީ ޕްލީޒް............" ރާހިލް އެމީހާ ފޮޅުވާލަން ކިތަންމެ މަސައްކަތްކުރިޔަސް އެއަށްވުރެ މާބާރުގަދައެވެ. ރާހިލްއަށް ގުޑުވައެއްވެސް ނުލެވުނެވެ. އަތެއްފަޔެއް ހަލުވައެއްނުލެވުނެވެ. އޭނަގެ ނޭވާ ހާސްވާންފެށިއެވެ. މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައވެ. ދާނިޔާލް އާއި ޝާހާން ހޭން ފެށިއެވެ.
ރާހިލްއަށް ވިސްނުނީ މާފަހުންނެވެ.
" ބިރަކުން ނޫނޭ ހަޅޭއްލެވީ.......މަވެސް ކުރީ އެކްޓެއް..........." ދާނިޝް ގެ މޫނުމަތީގައި ވަ މާސްކް ދަމައިގަންނަމުން ރާހިލް ހޭން ފެށިނަމަވެސް އޭނަގެ ހިތް ރަގަޅަށް ވެސް ގުޑުވާލައިފިއެވެ. ދާނިޝް ވެސް ހީހީ ހަލާކުވިއެވެ. އެވަރުން ވެސް ރާހިލް އޭނަ ބިރުގަތްކަމަކަށް އެއްބަހެއް ނުވިއެވެ.

މިރާން އައުމުން ރާހިލް ތަންކޮޅެއް މައިތިރިވިއެވެ. އެހެން ޒުވާނުންވެސް ހީހީފައި ފަހުން ޖީނާގެ މަތިން ހަދާންކޮށްފައި ދެރަވީކަން ނޭގެއެވެ. ޚާއްސަކޮށް ދާނިޝްއެވެ. ޖީނާމަރުވިތާ އަދި ގިނަދުވަސްތަކެއް ނުވެ ހުނުމަކީ ޖީނާގެ ފުރާނައަށް ދެވޭ އަނިޔާއެއްކަމަށް ދާނިޝްދުށްޓެވެ. އެކަމަކު މިއީ މީރާންގެ ޕްރޮގްރާމްއަކަށްވީމަ ބައިވެރިވެލީއެވެ. މިވަގުތުވެސް އޭނަ އަލީޒާގެ މަތިން ހަދާންނައްތައެއްނުލައެވެ. އަލީޒާ ވައިރަލް ހުމަކުން އަދި ކިރިޔާ ރަގަޅުވެފައިވަތީ މާކުޅިކޮށް ނުކެވޭނެތީ އޭނަ ކުޅިމަޑުކޮށް ލޮނުމިރުސްނެގިއެވެ. އަލީޒާއަށް ކުކުޅު ފަޔެއް ފިހުނީ އޭނަ އަމިއްލައަށެވެ.

މީރާން ދާނިޝްއާއި އެކަނިވެރިވީ ފުރުސަތެއްގައި އަލީޒާއާއިމެދު އެހެންކަންތައް ނުކުރުމަށް އެދުނެވެ. ޖީނާގެ އެ ކުއްލި ވަކިވުމުން އިބްރަތް ހާސިލުކުރުމަށްއެދުނެވެ. ނޫނީ ފަހުން ދެރަވެ ކަރުނައޮއްސަން ޖެހިދާނެކަމަށާއި ރަގަޅަށް ވިސްނުމަށް ބުނެދިނެވެ. ކުރީ ދުވަހެއްގައި ވެސް އޭނަ ވަނީ ދާނިޝް ގެ މޮޅު ސިކުނޑިން ވިސްނުމަށް އިންޒާރުކޮށްފައެވެ.

ދާނިޝް އެކުކުޅުފައި ރިހިކުލައިގެ ތަށްޓަކަށް ލައިގެން އަލީޒާއަށް ދޭންވެގެން ކޮޓަރިއަށް ދިޔައެވެ. ނިދާފައި އޮތަސް ހޭލައްވަލާފައި ކާން ދިނުމަށެވެ. ކޮޓަރިއަށްވަން އިރު އަލީޒާއޮތީ ކުރިން ވެސް އޮތްގޮތަށެވެ. މޫނުގައި ދެއަތް އަޅައިގެން ބަންޑުންނެވެ. ދާނިޝް ގެ ހިތް ފިނިވެލިއެވެ. ކިހިނެއްވީބާވައެވެ. ޖީނާފަދައިން އަލީޒާވެސް އަމިއްލަ ނަފުސަށް ގެއްލުމެއްދިނީބާވައެވެ. ދާނިޝް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަލީޒާ އަނެއްފަރާތަށް ފުރޮޅާލިއެވެ. އަލީޒާއޮތީ ފުން ނިންޖެއްގައެވެ. ދާނިޝް އަށް ދެން ފެނުނީ އެދުމަތީގައި އޮތް ޑައިޒެޕާމް ބޭސް ކަރުދާސްކޮޅެކެވެ.

ފުރަތަމަ ރޭވެސް އަލިޒާ އެހާއަވަހަށް ނިދީ ބޭސްކައިގެން ކަން ޔަގީނެވެ. ދާނިޝް އަލީޒާގެ އަތްދަބަސް ހުޅުވާލައި އެތެރެ ހޭވިއެވެ. ބެސް ސިޓީ އެއްނެތަސް ބާކީބޭސް އެބަހުއްޓެވެ. އާއްމުކޮށް މިބޭސް ކާންވެއްޖެއްޔާ މިއަށް ދެވިހިފާފާނެއެވެ. ޑޮކްޓަރުންވެސް ބަލާނުލާ ހަމަ ބޭސްލިޔެދެނީހެއްޔެވެ؟ ވަރަށް ހިތްހަމަނުޖެހިފައި ހުރެ ދާނިޝް އެ ބޭސްކަރުދާސް ނެގިއެވެ. އަލީޒާއަށް އެގުނަސް އޭނާގެ މައްސަލައެއްނެތެވެ. 

ދާނިޝްއަށް ކުއްލިއަކަށް ބަލާލެވުނީ އަލީޒާއަށެވެ. އަލީޒާ މަގަތަށް އަބުރާލިވަގުތު އޭނައަށް ނުފެނުނަސް އަލީޒާ ލައިގެން ހުރި ޓީޝާޓް ވަނީ ކުޑަކޮށްހިއްލިފައެވެ . އެ ދޮން އޮމާން ބަނޑުވަނީ ހާމަޔަށެވެ. އެހާ ތުނިވެފައި މޮޑެލްއަކަށް ވުރެ ހަށިގަނޑުވެސް ފުރިހަމައެވެ. ދާނިޝްގެ ހިތް އަވަސްވެލިއެވެ. ހިއްސުތައް ހަމަޔަކަށް އަޅުވަން އުދަގޫވިއެވެ. އޭނަ އަވަހަށް އެދުން ތެދުވެ އަލީޒާގެ ގައިގާ ރަޖާގަނޑު އަޅާލަދިނެވެ.

އަލީޒާ ފިޔަވާއެހެން އެއްވެސް އަންހެންކުއްޖަކަށް އޭނަގެ ހިއްސުތަކާއި އަދި ކުޅެލެވިފައެއްނެތެވެ. ހަގީގަތަކީ އޭނަ އަލީޒާއަށް ބޭނުންވާކަމެވެ. ހިތް އެދޭކަމެވެ. ގޯހެއް ނެހެދެނީސް އޭނަ ކޮޓަރިން ބޭރަށް ނުކުތްއިރު ވިސްނަމުން ދިޔައީ އަލީޒާ ގެ އެ ތުނި ބަނޑާއިމެދުއެވެ. އަލީޒާ ގެ އެ ޓެސްޓަކީ ހަގީގަތެއްހެއްޔެވެ؟ ހަގީގަތަކަށްވާނަމަ އަލީޒާ ޖެހިލުމެއް ނުވެ ލެބޯޓްރީއިން އެ ޓެސްޓް ހެއްދީ ކީއްވެހެއްޔެވެ؟ ހުސްހަށިބައި އަންހެންކުއްޖަކު ބަލިވެއިނުމުން ހާދަ ސިއްރުކުރަން ބޭނުންވާނެއެވެ. އެފަދަ ކުއްޖަކު އެ ޓެސްޓް ހަދާނީ ކިޓެއް ގަނެލައިގެން ގޭގަ ހުރެގެންކަން ޔަގީނެވެ. އަލީޒާ ގެ މިޓެސްޓަކީވެސް ލޮލުގައި އެޅުވި އަދުނެއްހެއްޔެވެ؟ އޭނަ ބޭޒާރުކޮށްފައި ބައްޕައަށް އޮޅުވާލަން ހެދި މަކަރެއްހެއްޔެވެ؟
އަލީޒާ ބޭނުންވަނީ އޭނަގެ ލާރިހެއްޔެވެ؟ އެތައް ސުވާލުމާކްތަކެއް އޭނަގެ ސިކުޑީގައި ޖެހުނެވެ.

ކޮމެންޓް 0