"ނުދެނެ ތިއްބާ ބަރަކާތްތެރި ރަމަޟާން މަސްވަކިވެގެން ދަނީއެވެ. ވަގުތު ބޭކާރުނުކޮށް ބަހުސް ކުރުމާއި ޚިޔާލު ތަފާތުވުންތަކާއި މާނައެއްނެތް ވާހަކަތަކާއި މުނިފޫހިފިލުވުމާއި ވަކިވެ ސޯޝަލް މީޑިއާއިން ދުރުވެ މި ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހޭދަކުރައްވާށެވެ.ތައުބާވެ އިބާދާއަށް ހުރިހާ ވަގުތު ހުސްކޮށް ރޭ އަޅުކަންކޮށް ލައިލަތުލް ގަދުރު ހޯދިއްޖެއްޔާ ބާއްޖަވެރިކަމުގެ ކޮޅެއްނެތެވެ. މިރޭތަކުގައި ކުރަން އެންމެ ރަގަޅު އަޅުކަމަކީ ނަމާދާއި ގުރުއާން ކިޔެވުމާއި ދުޢާކުރުމެވެ. ތިން އަޅުކަން އެއްކޮށް ކުރެވޭނީ ރޭގަނޑުގެ ނަމާދުތައް ދިގުކޮށް ނަމާދުގައި ގުރުއާން ކިޔަވާ އަދި ސަޖިދައިގާ ގިނައިރު އޮވެ ދުޢާކުރުމެވެ."
***
އަޒާލިއާ ފޯނު ނެގިއިރު ކަޒްޔާ ބޯމަތީ ހުރި ފޮތްތަކައި ބާލީސް ސޯފާމައްޗަށް އެއްލާލާފައި ހިފައިލީ އެއްފަރާތުގައި އޮތް ފަލަ އިލޮށިފަތްޗެއް ގައެވެ. އުދުހިފައި ކަހަލަގޮތަކަށް ގޮސް ދޮރު ހުޅުވާލާފައި ދޮރުމަތީގައި ހުރި މީހެއްގެ ފަހަތުން ބުރަކަށްޓަށް އަރައިގަތްގޮތަށް އެމީހަކު ދެކަކޫމައްޗަށް ތިރިވެވިއްޖެއެވެ. ގޮތެއް ފޮތެއް ނުބަލާ އިލޮށިފަތިން ތަޅައިގަތީ ބިރެއް ޖެހިލުމެއްނެތިއެވެ. އެމީހަކު އަދި ސަލާމަތްވާކަށް މަސައްކަތެއްވެސް ނުކުރެއެވެ. ކަޅުފޮއި ރެއެއްކަމުން އަނިދިރިކަން އެހާ ގަދައެވެ. ދޮރުމަތީގައި ލާފައި އޮތް ބޮކި އަނދާފައި އޮތުމުން އަލިކަން ފުޅެއް ނެތެވެ. ތަނެއް ދޮރެއް ވަކިވަނީއެއް ނޫނެވެ. ނުވީތާކަށް ވާރޭގެ ބޯ ތިކިތައްވެސް އިންޒާރަކާއި ނުލާ ހަތަރުފަރާތުން ހަމަލާދީފިއެވެ. ވާރެއާއި އެމީހެއްގެ ހަޅޭކާއި އަޒާލިއާގެ ހަޅޭކުގެ އަޑު އެކުވެ މާހައުލުގެ ހިމޭންކަން މުގުރާލައިފިއެވެ.
"ޔާޔާ. މަގޭ ދޮންބެއޭ..." އަޒާލިއާ އާއްމުކޮށް ވާހަކަ ނުދައްކާހާ ބާރަށް ބުނެލިއެވެ. ކަޒްޔާގެ އަތުން އިލޮށިފަތި ދަމައިގަނެވުނީ ފުދޭވަރަކަށް ބާރުލައިގެންނެވެ. އިރުކޮޅެއްވާންދެން އިލޮށިފަތްޗާއި ތޮޅެލާފައި އަޒާލިއާ ކުރި ހޯދިޔަސް އޭނަ ހުރީ މާ ނޭވައި ލެވިފައެވެ. ކުޑަޔަސް ބުންވަރުގަދަ ކުއްޖެކެވެ.
"މި ހަތްބޯރާއްސަކީ މިއީ ނޯހް ދޯ.ކިހިނެއް އެނގޭނީ؟ގޭގެއަށް ވަންނަ އަދަބު ނޯހަށް އެނގިވަޑައިނުގަތީމަ ލިބުނު އަދަބު. ޓަކިދީފައި އިޒުނަ ލިބުމުން ސަލާމް ގޮވާފައެއްނު ވަންނަން ޖެހެނީ. ދޮރުގައި ޖެހިގަންނާނީ އާއްމުކޮށް ހަންޑިއާއި ޖިންނި އިފްރީތުން ކުރާކަމެއްކަމަށް އެނގިފައިވަނީ. މިހާރު ޔޫ ލާން ދަ ލެސަން. ދެންވެސް ރީތިކޮށް ސަލާމް ގޮވައްޗޭ. ދޯ ލޫލޫ...ހިޒް ފޯލްޓް......ވައި އާ ޔޫ ނީލް ޑައުނިންގ. ތެދުވެ ބަލަ. އިލޮށިފަތްޗަކުން ޖެހިޔަސް ނިއުމެރަސް ޕާސަންއަކަށް ކަމެއް ނުވާނެ. އަހަންނަށް އަދި ޖެހުނީ ބާރަކަށްވެސް ނޫނޭ..............."ކަޒްޔާ ފޯނުގެ އަލި އަޅުވައިލީ ބިންމަތިން ތެދުވުނު ނޯއާގެ ލޮލަށެވެ. އޭނާގެ މޫނުގައި ފެންތިކިތައް ވިދައެވެ. އެދޮންދޮން މޫނު ވެސް އެއްކޮށް ރަތްވެފައެވެ. ހަމަލާއެއް އެރީކަން ނޭގެއެވެ. އެ ކުދިން ތިބި ހިސާބަށް ކޮންމެވެސް ވަރަކަށް ފެން ވިއްސަމުން ދިޔައެވެ.
"ވިއަޑް ހުވާ. ފޫހިކަމުގެ ކޮޅެއްނެތް އަންހެނެއް. ހަމަ މިރޭ ވަރިކޮށްލާނީ. މިކަމެއްނުވާނެ.. ބައްޕަމެން ކައިވެނި ކުރުވީ ކުޑަ ހަންޑިގަނޑަކާއި. އަދި ނުވީތާކަށް އެހެން ލެންގުއޭޖަކުން ވާހަކަ ދައްކަނީ........................." ނޯއާ އައިކޮޅަށް ހިނގައިގަތެވެ. ކަޒްޔާ ލާނެތް ހިންޏެއް އައިސްފައި ހުރެ ލޮލިޕޮޕް ދަނޑިކޮޅު އެއްލާލައިފިއެވެ.
" އައި ވޯންޓް ޑިވޯސް ޓު ޔޫ...." ކަޒްޔާވެސް ތުން އޫކޮށްލިއެވެ.
"ހިތްފަޅައިގެން ގޮސްފި..." ނޯއާ ގެ ރާގުގައި ހުރި ޖެއްސުމުގެ ކުލަވަރު ކަޒްޔާ އަކަށް ނަގައެއް ނުގަނެވުނެވެ.
"ވިންޑް ނެތް ފުއްޕާހަމެއްހެން މިހާރު ހިތް އޮތީ؟ ހިތްފަޅައިގެން ދިޔައީމަ އެގޮތަކަށްނު ދެން އޮންނާނީ..." ކަޒްޔާ އަޒާލިއާގެ އަތުގައި ހިފައިލިއެވެ." ނޯ ސޭޑްނެސް ލޫލޫ....އައިމް ނޮޓް ޑިވޯސިން ބްރަދާ އޯކޭ؟ ސްމައިލް ބީގް......"
އަޒާލިއާ އޭރުވެސް ހުރީ ޝޮކެއްގައެވެ. އިލޮށިފަތިން ތެޅިޔަސް އަނިޔާވާނެއެވެ. ހާދަ ތަދެއްވާނެއެވެ. ކަޒްޔާއެއްކަމަކު އެހެން ހަދާކަށް ނުވާނެއެވެ. އެހެން ވަގުތެއްނަމަ މިފަހަރު ކަޒްޔާ ހިތް އެ ސިފަކޮށްދިންގޮތަކުން ނުހީ އޭނައަކަށްވެސް ނުހުރެވޭނެއެވެ. ވައިނެތް ފުއްޕާހަމެކޭ ބުނިނަމަވެސް އެންމެ ރަގަޅުތާއެވެ. "ވިންޑް"ނެތް ފުއްޕާހަމެއް ކަމުގައި ބުނުމުން ހިތާހިތުން ހިނިއައެވެ.
ނޯއާ ފައި ކާއްތަމުންގޮސް އަނދިރީގެ ތެރެއަށް ގެއްލުނެވެ.
"ކޮންކަމަކައި މިހާރު ޗުސްކަނޑަމުން އެ ދިޔައީ..ލޫލޫގެ ބްރަދާއަށް ދޭން ދަބަހަށް ހަދިޔާއެއްވެސް ލިން. އެކަމަކު މިއޮތް ވިއްސާރައިގާ މިހުރިހާ އެއްޗެއްސެއް ނުގެންދެވޭނެ...އަންޕެކްކޮށްލަމާ. އަނެއްކާ މިރެއަށް މިހާ ދިގު ހެދުމަކާއި އުސް ފައިވާނަކަށް އަރަން ޖެހިއްޖެ........."ކަޒްޔާ މެދުގޯތީގައި އޮތް އިލޮށިފަތި ގެންގޮސް ސިޓިންރޫމްގައި ބާއްވާފައި އޭނަގެ ސާމާނު ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. އަދި ބޮޑުދައިތަ ދިން ހީލަށް އެރިއެވެ. އެއަށް އެރުމުން ހަށިގަނޑު ސަމާލުކުރަން އުދަގޫވިޔަސް ތަންކޮޅެއް ދިގުކަމަށް ދެއްކުމުން ކަޒްޔާ އުފާވިއެވެ.
ދެކުދިން ވާރޭ ކޯޓު ގަޔަށް މަހާލިތަނާ ނަސީބަކުން ވާރޭ ހުއްޓާލައިފިއެވެ. އެކަމަކު ވައިގެ ގަދަކަން ގަސްތަކާއި ފުރާޅުތަކަށް ހަމަލާދެމުން ދިޔައީ ހިތަށް ބިރުވެރިކަން ވައްދާނެ ފަދަ ގޮތަކަށެވެ. ދޭތެރެއަކުން ވިދުވަރުގެ އަލި ފެނިލައެވެ. މަގަށް ނިކުތްއިރު މަގުގައި ޖަހާފައިވާ ބައްތީގެ ފަނޑު އަލިން ދެމީހަކު ހިޔނީގެ ސިފައިގާ ފެނުނަސް އެއީ ކޮން ބަޔެއްކަން ދެނެގަނެވުނެވެ. ކަޒްޔާ ގަސްތުގައި ހިނގައިގަތީ އެހެން ދިމާލަކަށެވެ. މިދެމީހުންނަށް ޖެއްސުމަކަށް މިރޭ ރަގަޅަށް ކަސްރަތުކުރުވަން ޖެހޭނެއެވެ. ތެމިފޯވެގެން ތިބެ ހިގާ ހިގާ ވަރިބަލިވެގެން އަނބުރާލާފައި ދާންދެން ހިނގާނީއެވެ. ނޯއާ ރުޅިއަރުވައިލާހިތުން އޭނަގެ ސިކުނޑި މަސައްކަތްކުރަނީ ބުރުނޭގޭހާ ބާރަށެވެ.
"ދޭ ކަމިން ފްރޮމް ބިހައިންޑް ލައިކް ބޯކޮޅު ބަލައިގެން ހިނގާ ޖިންނިންހެން .." ކަޒްޔާ ހިނގުން ބާރުކޮށްލިއެވެ.
"ކީއްވެ ތިކޮޅަށް ދަނީ؟ގެ ހުންނަނީ އެކޮޅުގައޭ....... " އަޒާލިއާ ކަޒްޔާގެ އަތުގައި ހިފާ ދަމަންފެށިއެވެ.
"ކައިވެނީގެ ފުރަތަމަ ރޭ މެމަރީ ހަދަންވެގެން..ވޯކިން ޓު ރިމެމްބާ...." ކަޒްޔާ އަތް ވީއްލުވާލާފައި ހިނގައިގަތުމުން އަރި އަޅާނުލީ ކިރިޔާއެވެ. އަޒާލިއާ ވަގުތުން ހިމާޔަތްދިނެވެ. އެއަތުން ދޫކޮށްނުލާ އެކީ ހިނގައިގަތީ ކަޒްޔާ އަރާފައި ހުރި ބީރައްޓެހި ފައިވާން އޭނައަށް ގެއްލުން ދޭން އުޅޭކަމުގެ ސިގްނަލް ލިބެން ފެށުމުންނެވެ.
"ޔާޔާ އެހާވަރުން މެމަރީސްތައް ރައްކާކުރަން މިރޭ ސްޕެޝަލްތަ؟ " އަޒާލިއާ ކުޑަކޮށް ރުންކުރުވިއެވެ.
"އެމީހުންނަށް ސްޕެސަލް ކޮށްދޭންވެގެންނޭ. ލޫލޫއަށް އަހަރެން ބުނާ އެއްޗެއް ދޭހަނުވާތީ ބައެއްފަހަރު ދެރަވޭ. ހޫމް..ބިރުވެރި މެމަރީސްތަކުގެ ވާހަކައޭ މިބުނީ. ފުރަތަމަ ކަމަކަށް ނޯހް ގައިގާ ތަޅާލުން. ވާރެޔާއި ތެމިގެން މި ބޯ ޖަންގަލީގައި ހިންގުން. އަދި ކުރިއަށް އޮތްކަންތައް ދެނެވޮޑިގެންވަނީ މާތްﷲ..." ކަޒްޔާ ފޯނުން އެ ހަނިމަގަށް އަލި އަޅުވަމުން ކުދި ފެންގަނޑުތަކުން ރެކެން މަސައްކަތްކުރިއެވެ. ފުއްޓަރުފަރާތާއި ކައިރީގައި އޮތް މަގެއްކަމުން ރުޅިވެރިކަމާއެކު ބިންދަމުންދާ ރާޅުތަކުގެ އަޑު މާހައުލުގައި ގުގުމާލާފައިވިއެވެ. ހިކިފަތްތަކުގެ ދޫލައިގެ މަތީ ފެނުގެ ކޯރުތައް ހެދިލާ މަގުތައް ޗަކަކޮށްލަން ގިނައިރެއް ނުނެގިއެވެ. ވާރެޔާއި ބިންގަނޑުގެ ވަސް އެކުވުމުން ކަޒްޔާގެ ހިއްސުތަކާއި ކުޅެލިއެވެ. "މީރުވަހެއްނު މިތާ ދުވަނީ. އަދި ރާޅުތަކުގެ މިއުޒިކް. ކުރެހުންތެރިން ކުރަހާ ހިތްވާނެ......"
"ޔާޔާ. އަހަރެން ބިރު ގަނޭ..."އަޒާލިއާގެ ބޮލަށް ބަރުވެ ވުޖޫދު މޮޅިވެރިކަމުގައި ބަދެވިފައިވަނިކޮށް ބިރުވެރިކަން އިތުރު ރިހުމަކަށް ވެއްޖެއެވެ.
"ލޫލޫ ބުނަމެއްނު ﷲ ސުބުހާނަހޫ ވަތައާލާ ނޫން ފަރާތަކަށް ބިރުނުގަންނާށޭ. އެހެން ފަރާތަކަށް ގެއްލުމެއް ނުދެވޭނެއޭ. ދެން ކޮންކަމަކާއި ބިރުގަންނަނީ؟ އެހާ ބިރުން ލޫލޫ އުޅެންޏާ ފަހަތުން މިއަންނަ ދެ ފިރިހެނުންނާއެކު ގެއަށް ދިޔަސް މަ ނޯ އެންގްރީ. އަހަރެން އަދި ހިނގާލަންގޮސްފައި އަންނާނީ. "އެވަގުތު ވަޔާއެކު ތުނިކޮށް ވާރޭ އެކި ދިމާލަށް ވިއްސަން ފެށުމުން ކަޒްޔާއަށް މަޖާވިއެވެ. "ވާރޭ ކޯޓުލައިގެން ވާރޭގައި ހިނގުމަށްވުރެ މަޖާކަމެއް ނެތް. އަދި ފެންގަނޑުގައި ކަރުދާސް ބޯޓުދުއްވައިލާ ހިތްވެއްޖެ. ޔާ ﷲ. ބޯކޮށް ވާރޭ ފޮނުއްވާދޭވެ އާމީން.......އައި ލަވް ރެއިނިން....."
"ޔާޔާ މިއީ ކުޅެން ދުވާލެއްނޫން. ޑާކް ޑާކް ނައިޓެއް. އެންމެ ތަރިއެއްވެސް ފެންނަނީއެއް ނޫން. މިއޮތް ކަޅުރޭގަނޑު ކުޑަކުއްޖަކު އެކަނިކޮށްލާފައި ދާކަށް ނުކެރޭނެ......."
"އޯކޭ..ތިހާ އަހަރެންދެކެ ލޯބިވަންޏާ މި ހަގުރާމައިގާ ބައިވެރިވެ ޖިހާދުކުރަންވާނެ. އަހަރެމެންގެ ފަހަތުން އަޅުވާފައިވާ ރަންނަމާރި ކުދިންނަށް ލަނޑެއްދޭންވާނެ......." ކަޒްޔާ ފިޔަވަޅުތައް އަވަސްކުރިއެވެ. އެމީހުންނަށް މި ނިކުމެވުނީ ވަލު ފަރާތުގައިއޮތް އަނދިރި މަގަށްކަން ރޭކާލުމުން ކޮންމެވެސް ވަރަކަށް ބިރުގަންނަގޮތްވިއެވެ. ކަޒްޔާ ބާރުބާރަށް ކުރުސިކިޔަވަން ފެށިއެވެ. "މަގޭ އަޑުގަދަކަމުން ހަލީމާއްތަ ބުނޭ ޖިންނިންވެސް އަޑުއިވުނީމަ ބިރުން ފިލާނެއޭ. ކުރުސި ކިޔެވީމަ އަދި ކިހާވަރެއްވާނެ....އަނހަ. ބުނީމެއްނު. އެ އިވުނީ ޖިންނި އެއް ދުއްވައިގަތް އަޑު....."
ވަލުތެރެއިން ކާށްޓެއްޖެހުނު އަޑަށް އަޒާލިއާ ސިހޭގޮތްވިއެވެ. ބުޅާތަކެއް ކޯޅިގަތް އަޑާއެކު ގަސްތައް ހެލިގަތްގޮތުން ހިތްތަކަށް ބިރުވެރިކަން ވަންނާނެއެވެ.
ފަސްވަރަކަށް މިނިޓަށް ހިނގުނުފަހުން ނޯއާ ތަންކޮޅެއް ބާރަށް އަޒާލިއާއަށް ގޮވިއެވެ.
"ޔެސް ދޮންބޭ.....އެބައުޅެމޭ....." އަޒާލިއާ އެނބުރުނެވެ.
"އިތުރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ދެން ދެމީހުން ނަގައިގެން ގެއަށް ގެންދާން ޖެހިދާނެ.." ނޯއާ އިންޒާރުދިނެވެ. ސީރިޔަސްކޮށް ނޯއާ އިންޒާރުކުރި ފަދައިން އުފުލާލައިގެން ގެއަށް ގެންގޮސްދާނެހެއްޔެވެ؟ ކަޒްޔާ އެހާ ފަސޭހައިން މީހެއްގެ އަތްދަށުވާކަށް ބޭނުމެއް ނޫނެވެ. އޭނަ އެއަށްވުރެ ހިތްވަރުގަދަވާނެއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި މަގުތަކުގައިވާ ކުދި ފެންގަނޑުތަކުގެ ތެރެއިން ދުއްވައިގަތީ ލައިގެން ހުރި ހުދު މެކްސީއަށް ބެލުމެއްނެތިއެވެ. ފުންނާބު އުސް ފައިވާން މަތިންވެސް ހަދާންނައްތާލާފައެވެ. ދުއްވައިގަތްތަނާހެން ފައި ފުރޮޅައިލިގޮތަށް އޭނަ ޖެހުނީ ޗަކަ ފެންގަޑެއްގެ ތެރޭގައެވެ. ފެންގަނޑުގައި ޖެހުމާއެކު ކަޒްޔާ އަޑުވީއްލާ ރޮއިގަތެވެ. ނުވެސް ތެދުވުނެވެ. އަޒާލިއާ ދުވަމުން އައިސް އެކުއްޖާ ފެންގަނޑުން ނަގަން އުޅެގަތެވެ. ފަޔަށް ވެފައިވާ ތަދަކުން ކޮޅަށް ހުރެވެނީއެއް ނޫނެވެ. އޭރު ކަކުލާއި ދިމާލުން ހެދުމުގައި ލޭގެ ކުލަ ފެންނާން ހުރިއިރު ނިތްކުރި ފެޅިގެން ލޭ އޮހެމުން ދިޔައެވެ.
"ޑޭމް....އަމިއްލައަކަށް ނު ގޮސް ބޮނޑި ބުއީ...." ނޯއާ ތުން ފިތައިލިއެވެ.
"އޭނައަކަށް ނުހިނގެއެއްނު. ގޯ އެންޑް ހެލްޕް.." ޒޭވިއާ ބުނެލިއެވެ.
"މަ؟...ސޮރީ ބްރޯ...މަ އެހެން ބުނީ ކޮންމެހެން ނަގާކަށް ނޫނޭ.ކާރަކަށް ގުޅާބަލަ..އަނހަ.އޭނަގެ ޕާޓްނާ މިސްޓަރ ނޯހު އުޅޭނެއްނު އެ ކަލޯއަށް ގުޅާލަންވީނު..." ނޯއާ ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.
"އޭނަގެ ޓެއިލް ބްރޭކްވެފައި އިނީ. އެހެންނޫންނަމަ އޮފްކޯޒް ހީ ހެލްޕް މީ. ޔޫ ބޭޑް. އަހަރެން ވައްޓައިލި މީހަކީ ތިއީ..................." ކަޒްޔާ ކަޅި އަޅައިގަތެވެ. އެލޮލުން އެވަގުތު އަލިފާން ކަނި ބުރިހެން ނޯއާއަށް ހީވިއެވެ. ފުންމަން އުޅުނަސް އެ ފަޔަށް ތަދުވެފައިވާވަރުން އޭނައަކަށް އެފައި މައްޗަށް ނުހުރެވުމުން އަޒާލިއާގެ ގައިގާ ހިފަހައްޓައިގެން ހުރެވުނީއެވެ. އޭނައަށް ރޮވެމުން ދިޔައެވެ.
"ތަދުވަނީ....މައި ޓެއިލް އިޒް ބްރޯކް........." ފައި ކިޔަންވީމަ އޮޅިގެން ކަޒްޔާއަށް ޓެއިލް އޭ ބުނެވުނީ އަބަދާ އަބަދު ނޯހްގެ ނިގުލުގެ ވާހަކަދެއްކޭތީ ޚިޔާލުގައި އެބަސް ހަރުލާފައިވާލެއް ގަދަކަމުންނެވެ. ކަޒްޔާއަށްވެސް ކިޔުނު އެއްޗެއް ރޭކާލާ މޫނަށް ރަތްކުލަ ވެރިވިއެވެ. އޭނަގެ ކޮންތާކު ހުރި ނިގުލެއް ހެއްޔެވެ؟ ވިސްނާނުލާ ވާހަކަދައްކަން ހަދައިގެން މޮޔަ އެއްޗެހިވެސް ބުނެވެނީއެވެ. މި ފިރިހެނާ ދެން ކުރާނެ ޖެއްސުމެއް އެނގެނީއެއްވެސް ނޫނެވެ.
ނޯއާއަށް ހުނުންގަނޑު ހިފަހައްޓައެއް ނުލެވުނެވެ. އެވަރުންވެސް ޒޭވިއާ ހޭން ނުވެސް ދަންނަކަހަލައެވެ. ނޯއާ ހުނުން މަތަކޮށްލާފައި ލޯބޮޑުކޮށްލައިފިއެވެ.
"ހެޔޮނުވާނެ އަމިއްލަ ބަހުރުވައިން ވާހަކަ ދައްކާ.ތަނެއް މަށައިގެން ދިޔައީމަ މިވަރުވަންޏާ ދެން އެކްސިޑެންޓެއްވިނަމަޔޯ. އެވަރު މީހަކު އަތުނުވާން ތި ދުވީ...ޒޭވިއާ އަވަހަށް އެމްބިއުލެންސަށް ގުޅާފައި ބުނެބަލަ ވަރުގަދަ އެކްސިޑެންޓެއްވެ ޕޭޝަންޓެއް ކްރިޓިކަލް ވެގެންނޭ. އެންމެ ފަހު ނޭވާ ލަނީޔޯ. އަދި މީނަގެ އަހަރެމެންނަށް ނޭގުނަސް ޓެއިލްއެއްވެސް ފަޅާފަޔޯ. ޓެއިލް އިޒް ބްރޯކްއޭ. އަދި ގަދަކަމުން ރޮނީވެސް....ފޭކްކަމުގެ އެއްވަނަ..." ނޯއާ ފޫހިވެގެން ހަލާކުވަނީއެވެ. މި ފިނިރޭ ވާރެޔާއި ތެމުނީވެސް މި ނުލަފާ ކުއްޖައާއިހެދިއެވެ. ޖެއްސުން ކުރަން ހަދައިގެން އަމިއްލައަށް ލަނޑުލިބި އަދި އެމީހުންވެސް އެކަމުގައި ޝާމިލްކޮށްފިއެވެ.
"އެއީ އާކަމެއްނޫން. އިންޑިއާގެ ފިރިހެންކުއްޖެއްގެ ނިގޫއެއް ހުރެގެން އެތާ ޖާހިލުންތަކެއް އެކުއްޖާއަށް އަޅުކަންވެސް ކުރަން ފެށިއެއްނު............." ޒޭވިއާ ފޯނުނެގިއެވެ.
ނަސީބަކުން އެވަގުތު އެހެން ދިޔަ ޓެކްސީއަކަށް އެކުދިން ފެނިގެން މަޑުކޮށްފިއެވެ. ތެމިގެން ތިއްބަސް އިންސާނިއްޔަތަށްޓަކާ ކާރަށް އަރަން އެ ޑްރައިވަރު ހުއްދަދިނެވެ. ޒޭވިއާ އެރީ ކުރިއަށެވެ. އަޒާލިއާއާއި ކަޒްޔާ އެރުމުން ނޯއާ އަޒާލިއާ ގާތު އިށީނެވެ.ޑްރައިވަރު އަދި ދުމެއް ޖަހާލާފައި ދުއްވާލައިފިއެވެ.
"ސާހަބް.މަޑުން ދުއްވަވާ. އަޅުގަނޑުމެންގެ އަނބި ދަރިންވެސް އެބަތިއްބޭ. މުސްކުޅި މައިންބަފައިންވެސް. ދެން މިދާގޮތަށް އެކްސިޑެންޓްވެއްޖެއްޔާ ވާނީ ކިހިނެއްތަ؟ މާތްﷲއަށްޓަކާ މަޑުން ދުއްވަވާ.ސަވާބު ލިބޭނެ..."ނޯއާ އެދުނެވެ. ވާރެޔާއި ތެމިހުރެ އޭސީކޮށްފައިވާ ކާރަކަށް އެރުމުން ހީކަރުވައިގަތީ އަދި ވަކިވަރެއް ބަލާފައެއް ނޫނެވެ. "އަދި އޭސީވެސް ކަނޑައިލަދެއްވައިފިއްޔާ ރަގަޅު. މި ކާރުގައި ބޯ އަނބުރާ ކުއްޖަކުވެސް އެބައިން..."
"އަހަރެންގެ ބޯ ރޮޓޭޓެއް ނުވޭ.." ކަޒްޔާ ވަގުތުން އެންގިއެވެ.
ޑްރައިވަރު އެންމެ އުފާވީ ނޯއާ އެހާ އަދަބުވެރިކޮށް "ސާހަބް "ކިޔާފައި މުޚާތަބުކުރުމުންނެވެ. ކޮން ގެއެއްގެ ކުދިންނެއްތޯ އަހާވެސް ލެވުނެވެ. ހެޔޮ ދުޢާކުރިއެވެ.
ހޮސްޕިޓަލުގެ އިމަޖެންސީއަށް ގެންދެވުނުއިރު ހަނަފީއާއި ހަލީމާ އަދި ހަމްޒާޚާންއާއި މާހިރާ އަދި ހީނާ ޚާންއަށްވެސް އެތަނަށް އާދެވިއްޖެއެވެ. އެކްސިޑެންޓެއްކަމަށް ހީކޮށް އެންމެން އައީ ހެދުންތައް ހިފައިގެންނެވެ. ތެތްހެދުމެއްގައި ހުންނަންވުމުން ނޯއާ ގެ ތަބީއަތު ގޯސްވެ އެތާ ހުރެވެނީއެއް ނޫނެވެ. އޭނާގެ މަންމަ ގެނައި ކޮތަޅު އަތުލައިގެން ފާޚާނާއަށް ވަދެ ތެތް އެއްޗެހި ބަދަލުކޮށްލިއެވެ. ދިގު ސޯޓަކާއި ކޮޓްން ޓީޝާޓެކެވެ. އޭރު ކަޒްޔާވެސް ހެދުން ބަދަލުކުރުވާފައި ޒަޚަމްތަކުގައި ބޭސްއަޅާ ނިމިއްޖެއެވެ. ފައި އެކްސްރޭ ނަގާފައި ޑޮކްޓަރު އަޅާލަދިނީ ޕްލާސްޓަރެކެވެ.
"ކިއުޓް ޕްލާސްޓަރެއް..ތެންކިއު ޑޮކްޓަރ.." ކަޒްޔާ ތެދުވެ ފުޅާ ހިނިތުންވުމާއެކު ބުނެލިގޮތުން ދުނިޔޭގެ ހުރިހާ އުފާތަކެއް ވަށާލާފައިވާ ފަދައެވެ. ކަޒްޔާއަށް އެފަދަ ކޮންމެ ކަމެއްވަނީ އުފާވެރިކަމުން ފުރިފައިވާފަދަ ކަމަކަށެވެ.
ނޯއާވެސް ޑޮކްޓަރަށް ދެއްކިއެވެ. ބުރަކަށިން ދިލަނަގާ ކަމަށް ބުނެ ބޭހެއް ދޭން އެދުނެވެ.
"ދެމީހުން އެއްކޮށް ކައްސާލައިގެން ވެއްޓެން އެނގުނީ؟ " ހީނާ ޚާން ސުވާލުކުރިއެވެ.
"ކަޒްޔާ ނަގަން ދުއްވައިގަތީމައޭ މަންމާ......" ޒޭވިއާ ކިޔާލައިފިއެވެ. ހީނާޚާންގެ މޫނަށް އެވަގުތުކޮޅު ތަފާތުކުލަތަކެއްވެރިވިއެވެ. އެހާ އަވަހަށް ނޯއާ ކަޒްޔާއަށް މޮޔަވީހެއްޔެވެ؟ "ރަމްޒީ" ކައިވެންޏެއްކަމުގައި ހީކުރެވުނަސް މިހާ އަވަހަށް އެ ކައިވެނީގެ ސަބަބުން އެދެމީހުންގެ ގުޅުން ކުރިއަށް ޖެހިލައިފިއެވެ. އެކަމަކު އޭނަގެ ޒޭވިއާ އާއި އަޒާލިއާގެ ދޭތެރޭ އޮތް ބީރައްޓެހިކަން މިވަގުތުކޮޅުވެސް ހީނާޚާން ދިރާސާކޮށް ހިތަށް އުދަގޫކުރުވައިފިއެވެ.
އަޒާލިއާ މަޑުމަޑުން ހުއްޓަސް އޭނަގެ ސިކުނޑީގައި ކުޑަ ޒަލްޒަލާއެއް އުފެދިގެން އުޅޭފަދައެވެ. ކަޒްޔާގެ އަމަލު ހުރިގޮތުން ދިހަވަރަކަށް އަހަރުގެ ކުއްޖެއްފަދައެވެ. އޭނައާއި ދެމީހުންގެ އުމުރު އެއްވަރު ނަމަވެސް މިޒާޖާއި އުޅުން އަދި އަމަލުތައްވެސް މުޅިން ތަފާތެވެ. ކަޒްޔާގެ ކޮންމެ އަމަލަކުން ދައްކުވައިދެނީ އުމުރަށްވުރެވެސް ޅަ ކަމެވެ.ކަރުދާސްބޯޓު ދުއްވުމާއި ކޯޓުލައިގެން ވާރޭގައި ހިނގުމަކީވެސް ޅަކުދިން ފޯރިހުންނަ ކަހަލަ ކޫސަނި ކަންތަކެވެ. "ޗައިލްޑް ބްރައިޑް" އަޒާލިއާގެ ސިކުނޑީގައި އެ ލަފުޒުތައް ވަކި ހިއްޕައިލިއެވެ. ހަގީގަތުގައި މިފަދަ ކުޑަކުއްޖަކު ކައިވެނިކުރުވުމަކީ އިންސާފެއްނޫނެވެ. އަދިވެސް ކުޅުމާއިގެން މަޝްޣޫލުވެ ޅަދުވަސްތަކުގެ މައުސޫމްކަމާއި އުފާތައް ލިބިގަންނަންވީ ކުދިންތައް މިހާ ޒިންމާ ބޮޑު ކަމެއްގައި ތާށިވެގެން ޅަފުރާ ނަގައިލުމަކީ ބޭ އިންސާފެކެވެ. އޭނަ އަދިވެސް މިހިރީ ޝޮކެއްގައެވެ. ބަސްބުނަންވީ ތަންތާގައި ހިމޭންކަން ޚިޔާރުކޮށް މައިންބަފައިން ބޭނުންވިގޮތަށް ކިޔަމަންތެރި ވީނުންގޮސް އޭނައަށް ހަޔާތުގެ ލަގަނުން އަތް ދޫކޮށްލެވުނީއެވެ. އަދި މިހެން ހުރެގެން ކަމަކު ނުދާނެއެވެ. ކުޑަކުދިން މީހުންނާއި އިނުމާއި ދެކޮޅަށް އަޑު އުފުލަން ޖެހޭނެއެވެ. ކަޒްޔާއަކީ އަނިޔާ ލިބިފައިވާ ކުޑަކުއްޖެކެވެ. ސްކޫލްކުދިންގެ ކައިވެނި ސިއްރުންވެސް ކުރެވިގެން ނުވާނެއެވެ. އެއީ މުޅިން މަނާކަމެކެވެ. އެނގުމުން ކުރިމަތިލާން ޖެހިދާނެ މުސީބާތުގެ ރަގަބީލު އޭނަގެ ސިކުނޑީގައި މިހާރުވެސް ޖެހެން ފަށައިފިއެވެ.
އޭނައާއި ކަޒްޔާގެ ތަފާތު މިރޭ އަދި މާ ބޮޑަށް ރޭކާ ލައިފިއެވެ.
***
ނޯއާގެ އަތަށް ހަލީމާ ދިއްކޮށްލި ކޮތަޅު ހިފައިގެން ކޮޓަރިއަށް ވަދެފައި އޭނަ އާއި ކަޒްޔާގެ ކައިވެނީގެ ހެދުންތައް އިނގިލިކޮޅުން ހިއްލާލައިފިއެވެ."ދެމީހުންގެ ގުޅުމެއް ނެތަސް ހެދުންތައް ހަގިންގް މޯޑްގައި................................"
ނޯއާ އެހެދުން ވަކިކޮށްލަން އުޅުމުން އަދި ކަޒްޔާގެ ހެދުމުގެ ލޭސްގަނޑު އޭނަގެ ކުރުތާގެ ގޮށަކާއި ބަދެވި ތާށިވެއްޖެއެވެ.
"ނައްޓަން މަސައްކަތްކުރި ވަރަކަށް ހިތާވެ އިތުރަށް އޮޅިގަތީ.މިވެސް ދެން އަޖައިބެއްނު..މި ލޭސް އޮޅިގަންނަނީވެސް ޖެއްސުމަށް ވިއްޔަ. ހުރިހާ އެއްޗެއް ޖެއްސުންކުރަންވެއްޖެއްޔާ..................." ނޯއާ ޗުސް ކަނޑާފައި ހެދުންތައް އަތުކޮޅަށް އެއްލާލައިފިއެވެ.
"ދިރުމެއް ނެތް އެއްޗެއްސަށް ރުޅި ބާލަން ނަހަދާ ނިދަން އަރާ.. ބޭސް ހާކާލަދޭނަން..........." ޒޭވިއާ އެ ހެދުންތައް ކޮތަޅަށް ލާފައި އެއްފަރާތުގައި ބެހެއްޓިއެވެ. ނޯއާ އެނދުމައްޗަށް ވެއްޓިގަތްގޮތަށް ލޯ މަރައިލިއެވެ.
"ހާދަ ވަރަކަށޭ ދިލަނަގަނީ."
"ދެފޫޓް ހަމަނުވާ ކުޑަކުއްޖެއްގެ ފަރާތުން ދިފާއު ވާން އިނގިލިވެސް ހިއްލައިނުލީމަ ނޯއާގެ ސެލްފްލެސްކަން މަށަށް ފެނުނީ. ކުޑަކުއްޖެއްވީމަ އަޅާނުލާ ކުރާނެކަމެއް ކުރަން ދޫކޮށްގެން އޮތީ ދޯ." ޒޭވިއާ އެހިއެވެ.
"އަސްލުވެސް އަހަރެން ހީރޯއެއްކަމަށް ޒޭވިއާ ގަބޫލުކޮށްފިން ދޯ......"
"މަ ފަކީރު މަރުވާނީ ކަރް..ކަރްމާތަ؟.....ނަމެއްވެސް ހަދާނެއްނެތް. އެ ހަންޑިކުއްޖާ ބުލީކޮށް އެބިއުޒްކޮށްކަން ޔަގީން. އޭރުން ބްރޭކިން ނިއުސްތަކުގައި ހާދަ ފޯރިއެއް ހުންނާނެ..................... ސީރިޔަސްކޮށް އޭނަ އަތުން މަރުވާންކަން ނޭގޭ ތަގުދީރުގައި ލިޔުއްވާފައިވަނީ. ފުރަތަމަ ރޭ ހަންގަނޑު ނޮޅާލައިފިއްޔާ ދެން ރެއަކުން ބުރަކަށި ބިންދާލާނެ. އޭނަގެ ވާހަކަ ދެއްކީމަ މަ މޭނުބައިކޮށްފި. ހޮޑު ދުއްވައިގެން ދެވަނަ ފަހަރަށް ފެންވަރާނެ ހަކަތައެއް ނެތް......ސޯ ކޮންއިރަކުން ފުރަނީ؟ "ނޯއާ އެހެން މައުޟޫއަކަށް ވާހަކަ އަނބުރާލައިފިއެވެ.
***
އަޒާލިއާއާއި ކަޒްޔާ އެންމެ ކުރިން ކާކޮޓަރިއަށް ވަދެ ތަރާވީސްދަން ކުރިއެވެ. އަޒާލިއާ ދުޢާކޮށްފައި ބިސްމި ކިޔާފާއި ކާންފެށިއިރު ކަޒްޔާ ބަނޑަށް ޖެހިފައި އިން ކުއްޖެއްފަދައިން ދެއަތުން ކުކުޅުފައި ހިފައިގެން އިނދެ ކަނީއެވެ. އަޒާލިއާ ހަދާންވީ ޗައިނީޒް ޝޯއެކެވެ. ކެއުމުގެ ޝޯގައި އެކުދިން ކާލާގޮތާއި ތަފާތެއްނެތެވެ. އަނގަ ފުރާ ލައިގެން އިނދެވެސް ވާހަކަދައްކަނީއެވެ. އެއްފަހަރު ކޮށި އަރާގޮތްވުމުން އަޒާލިއާ ތެދުވެ ބުރަކަށީގައިި ތަޅައިލުމުން ކަޒްޔާއަށް ނޭވާލެވުނެވެ.
"ލަސްލަހުން ކައިބަލަ. ޔާޔާ" އަޒާލިއާ ކަންބޮޑުވިއެވެ.
"ބައްޕަވެސް ބުނުއްވާނެ ޔާޔާއަށް ކިތަންމެ ގިނައިން ކެއުމުގެ އަދަބު ދިނަސް ހަދާނެއް ނުހުރެއޭ. ބިސްމި ނުކިޔަންޏާ އިބުލީސް އެއްބައި ކާނެއޭ. ދުޢާވެސް ކުރާށޭ. ބަނޑު ފުރެންދެން ނުކާށޭ. އެންމެ މުހިއްމު ކަމަކީ މޭޒުމަތީ ހުންނަން ވާނީ ހަލާލު ކާއެއްޗެއްސޭ......ދެން ފަހަރަކުން ލޫލޫ ސިއްރުން ބިސްމި ނުކިޔާ ބުނައްޗޭ..." ކަޒްޔާ އިނީ ނިކަން ހަމަޖެހިގެންނެވެ. "ބިޓްވީން މިގޭ ކާކޮޓަރި ވަރަށް ވޯމް ކޯޒީ އެންޑް ރެއިންވެސް އެބަ ފެނޭނު..ނިދަން ދާންވީ އޭނަގެ ރޫމަށްތަ؟ "
"ނޫން. ޔާޔާއަށް ވަކި ރޫމެއް ތައްޔާރުކޮށްފައި ހުރީ..." އަޒާލިއާގެ ޖަވާބުން ކަޒްޔާގެ ހިތަށް ލިބުނު ފިނިކަމާއެކު ހެވިއްޖެއެވެ.
"ތެންކިއުﷲ. އަލްހަމްދުލިﷲ. އައި އޭމް ލަކީ......" ކަޒްޔާއަށް ބުނެވުނެވެ.
"އެހެންވީމަ ރަމަޟާންމަހުގެ ބާކީ މިއޮތް ދުވަސްކޮޅު އެބަޖެހޭ އިބާދާކުރުން ގިނަކުރަން."
***
އަޒާލިއާގެ ހިތް އަދިވެސް ބިރުގަންނަނީ ބޮޑުދައިތަގެ ވިސްނުން ހުރިގޮތުންނެވެ. ބޮޑުދައިތަ އޮޅުމެއްގެ ތެރޭ ހުރެ ނޯއާއި ކަޒްޔާގެ ގުޅުން މާ ރަގަޅުކަމަށް ހީކުރެވުނީއެވެ.އޭގެ ގެއްލުން އެހެން ސިފައެއްގައި އަޒާލިއާއަށް އަސަރުކުރިއެވެ. އޭނަ ގާތު ބޮޑުދައިތަ އެދުނީ ޒޭވިއާގެ ކޮޓަރިއަށް ބަދަލުވުމަށެވެ. އެ އުމުރުގައިވެސް ފިރިހެން ކުދިންނާއިހެދި ބޮޑުދައިތައަށް އުޅެވުނުކަމަށާއި އެގޮތަށް ހަތަރުވަރަކަށް ކުދިންނަށް ހިތް ކިޔައިގެން އުޅެވުނުކަމުގައި ބުންޏެވެ. ހަލާލު ލޯބީގެ ގުޅުމެއް ފެށުމަށް ކައިވެނީގެ މުހިއްމުކަން ބުނެދިންއިރު އަޒާލިއާ ފަކީރު ހުރީ ފިނިވެގެން ގަނޑުފެންގަނޑަކަށް ވެފައެވެ. އަޒާލިއާ ކޮޓަރިއަށް ވަދެ ކައިވެނީގެ ހެދުން ބަދަލުކޮށް ފިޔާތޮށި ޕިޖާމާއެއްގެ ހޫނުކަމުގެ ހިމާޔަތް ހޯދިއެވެ. ދޮރުގައި ޓަކިދިންގޮތުން މަންމަކަން އެނގުނެވެ. އޭރުވެސް އެނދުމަތީގައި އޮތް ފޯނުން ޝޭޚު ޝުރައިމްގެ ބަލާޣާތްތެރި އަޑުން ގުރުއާން ކިޔަވާ އަޑު މަޑުމަޑުން އިވި އިވި ހުއްޓެވެ.
"އައްސަލާމް އަލައިކުމް ހަބިބްތީ..."
އަޒާލިއާ ސަލާމުގެ ޖަވާބު ދިނެވެ.
"ލޫލޫ ނަމާދުކުރިންތަ؟ "
"ސުބުހާނަﷲ. މަންމަމެން ނަމާދުކުރަން ދިޔަގަޑިއަށް ޔާޔާގެ ހެދުން ލައްވާ މޭކަޕްކޮށް ހީނާފަތް އަޅާ ތައްޔާރުނުކުރެވުނީމަ ނުދެވުނީ. ނަމާދު މަތިން ހަދާންނެތިފައި....." އަޒާލިއާ އަވަހަށް އެނދުން ތެދުވުނެވެ.
"މަންމައަށް އެނގޭ. ސްޓްރެސް ބޮޑުވެގެން ތި ހުރިހާކަމެއް ދިމާވީ. ލޫލޫ ގާތު ނަމާދުކުރަން ހަދާންކޮށްދޭކަށް ކުރިއަކުން ނުޖެހޭ.....ދަރިފުޅު އޯކޭތަ؟
"މުޅިން އޯކޭއެއް ނޫން. ވަރަށް ގިނަ ސުވާލު އެބައޮތް.........." އަޒާލިއާގެ އަޑުން މޮޅިވެރިކަމެއް ވިއެވެ.
މަންމައަށް އެނގޭ. ލޫލޫއަށް ލިބުނު ޝޮކްގެ ސަބަބުން އަދިވެސް ތިހުންނަނީ އެވާހަކަ ނުދެއްކިފައި. އެހެންވެ މަންމަ މިއައީ. ލޫލޫ މަންމައާއި ޝެއާކުރޭ. ކޮން ސުވާލުތަކެއް އޮތީ؟ "މާހިރާ އަޒާލިއާގެ އަތް އޭނަގެ އަތުގެ ތެރެއަށް ލިއެވެ. މަޑުމަޑުން ފިރުމަމުން ދިޔައެވެ. އަޒާލިއާގެ ލޮލުގައި ކަރުނަތިކިތައް ގިނަވެގަތެވެ. އަތުގެ މައްޗަށް މުތީއެއްފަދައިން ކަރުނަތިކިތައް ފައިބައިގަތެވެ.
"ކުޑަކުދިން މެރީ ކުރުވަނީ ކީއްވެ؟"
"މަންމައަށް އެއްގޮތަކަށްވެސް ނޭގޭ. ދަރިފުޅު ބައްޕައާއި ތި ސުވާލުކުރޭ. ރަމަޟާންމަހުގައި އިތުރު މީހެއްގެ ވާހަކަ ދެއްކީމަ ފާފަވެރިވުން ނޫންކަމެއް ނުވާނެ. ވީކަމެއް ވެއްޖެ. މަންމަގެ ގަބޫލުގައި ހިނގިކަމެއްނޫން. ޚާއްސަކޮށް ދަރިފުޅާއި ޒޭވިއާގެ ކައިވެނީގެ މުއްހިމު ކަމެއް ނުވިސްނުނު."
" ކުޑަކުދިންގެ ކައިވެންޏާއި ދެކޮޅަށް އާޓިކަލްތައް ލިޔަނިކޮށް އަމިއްލައަށް މިކަން ތަޖުރިބާ ކުރަން ޖެހެނީ. މަންމަ ބުނީމެއްނު އަހަންނާއި ކަޒްޔާވެސް އަމިއްލަ ރޫމްގައި އުޅޭށޭ. އެކަމަކު ބޮޑުދައިތަ ބުނީ މެރީކުރީމަ އުޅެންޖެހޭނީ ހަޒްބެންޑާއެކީގައޭ....." އަޒާލިއާ މޫނު ފޮހެލިއެވެ.
"ކީކޭ؟ "މާހިރާގެ މޫނުގެ ކުލަ ބަދަލުވިއެވެ.
ނުނިމޭ