"މަރަކީވެސް އާ ފެށުމެކެވެ. އިންސާނާ ހައްދަވާފައިވަނީ އުއްމީދު ކަނޑާލާފައި މާޔޫސްވާކަށް ނޫނެވެ. ހެއްދެވި ފަރާތުގެ ރަހުމަތާއިމެދު އުއްމީދުކަނޑާނުލާށެވެ. އެއީ ރަހުމާން ވަންތަ ރަހީމް ވަންތަ އިލާހެވެ."
***
"ކަޒްޔާ. ތީ މައްސަލައަކީ. ހަރުކަށި ފިކުރުގެ އަވައިގާ ޖެހި ކުއްޖާ ތިހިރީ ސިކުނޑި ދޮވެލާފައި. އަހަރެމެން ކިޔާ އެއްޗެއް ގަބޫލުކުރެވޭ ކަމަކަށްވެސް ނުވާނެ..ކަޒްޔާއަށް އެނގޭތަ؟ތި އުމުރުކުދިންގެ ވިސްނުމާއި ޚިޔާލު ހުންނަގޮތަކަށް ނޫން ތިއުޅެނީ. ރުޅިގަދަވިޔަސް މަށަކީ ދަރިންގެ ގަޔަށް އަތް އިސްކުރާ މީހެއްނޫން...." ނަރުގިސް އެނދުގެ މަގަތުގައި އިށީނީ އެއްފައި މައްޗަށް އަނެއްފައި ލައިގެންނެވެ. ރަތް ޓޮޕަކާއިއެކު ނޫ ޖިންސްލައިގެން މޭކަޕްކޮށްލައިގެން އިންއިރު އަމިއްލަ ދަރިންނަށްވުރެ ޒުވާނެވެ. "އެހެންނޫންނަމަ ކަޒްޔާގެ ގައިގާ ޖަހަން ކިތަންމެ ފަހަރަކު ހިތަށް އަރައިފި..ތި އުމުރުކުދިން ތިހާ މޮޔައެއްނޫން. އެހެންވެކަން ނޭގޭ އެމީހުންނަށް ކަޒްޔާގެ ސިކުނޑި ދޮވެލެވުނީ...އަވަހަށް ތައްޔާރުވެލައިގެން ތިރިއަށް އާދޭ...."
ކަޒްޔާ ވިސްނައިލިއެވެ. އޭނައާއި ބައްދަލުކުރަން އައީ މުހިއްމު މީހެކޭ އެބުނީ ކީއްވެހެއްޔެވެ؟ނޯއާ އަޒާލިއާ ނޫނީ އެ އާއިލާ މީހަކަށް ވެދާނެ ބާވައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެމީހަކާއި ބައްދަލުކުރާނީ ބުރުގާ ނެތަސް އިސްތަށިގަނޑު ނިވާކޮށްގެންނެވެ. ކަޒްޔާ އެނދުގައި އޮތް ތުނި ސާލެއް ބޮލާއެއްކޮށް އޮޅާލައިގެން ތިރިއަށް ފޭބިއެވެ. ސިޓިން ރޫމްގައި އިންތިޒާރުގައި އިނީ ހީކުރި މީހެއްނޫނެވެ. އޭނަގެ ދޮންބައްޕަ ނަވާބު މަނިކުއެވެ.
"ކަޒްޔާގެ ޑޭޑް މިސްޓަރ ނަވާބު މަނިކު............." ނަރުގިސް ތައާރަފުކޮށްދިނެވެ.
"ކިހިނެއްތަ ކަޒްޔާ............ "ނަވާބުގެ ބަރު އަޑު ތަނުގައި ގުގުމައިލިއެވެ.
"ކޮޓަރިއަކަށް ލާފައި ބަންދުކޮށްގެން ގެންގުޅޭ ކުއްޖެއްގެ ހާލު ރަގަޅުވާނެ ވަރު މީހަކު ނުބުންޏަސް އެނގޭނެ..އޯފަނޭޖަކަށް ލިނަމަ. މިގެއަށް ވުރެ މަޖާވާނެކަން ނޭގޭ..އެޓްލީސްޓް ރަގަޅު ޕީޕަލް އުޅޭނެ........" ކަޒްޔާ އޭނަގެ މަންމަގެ މޫނަށް ބަލައިލަމުން ލޯ ހަނިކޮށްލައިފިއެވެ."ކިތައް ފަހަރު ބުނާނީ އަހަރެންގެ ބައްޕަ ޑޭޑް އަދި އެހެން ލެންގުއޭޖަކުން ކިޔަސް ބައްޕަ ކިޔާނީ ހަމައެކަނި ހަނަފީއަށޭ. އެހެން މީހަކަށް ދުވަހަކު ބައްޕައަކަށް ނުވެވޭނެ....."
"ކަޒްޔާ. އަދަބެއް ސަދަބެއްވެސް ނެތީތަ...." ނަރުގިސްގެ މޫނު ރަތްވިއެވެ.
"އަބަދު ސަދަބަކީ ކޯންޗެއްތަ މަންމާ...." ކަޒްޔާއަށް ކުޑަކޮށް ހެވިއްޖެއެވެ.
"ޑިސިޕްލިން މެނާސް...މިއިން އެއްވެސް ކަމެއް ނެތެއްނު. ކަޒްޔާ ނައީވްއަށްވުރެ ޖާހިލުކަން ބޮޑީބާވައޭ ހިތަށް އަރާ........"
" ކަޒްޔާއަށް ނުވިސްނެނީއޭ. އަދި ރަގަޅުވާނެ.ކުޑަކުއްޖެއް ވީމަ އަދި އެބައިތައް ރަގަޅުކުރެވޭނެ. ކެތްތެރިވޭ ނަރުގިސް........." ނަވާބު ދިފާއުކޮށްލުމުން ކަޒްޔާގެ ހިތް ތައުރީފުކުރިއެވެ. ބޮޑު މަތިމަހަކާއި ވަރުގަދަ ބުމައާއެކު ހުރުމުން ހަރުކަށިގޮތެއް މޫނުމަތިން ފެނުނަސް ދޮން ބައްޕަ މިވީ ހިތްހެޔޮ ބޭކަލަކަށެވެ. އޭނަ ކަޒްޔާ ގާތުގައި ބޭންދިއެވެ.
"އަޑުއެހިން ވަރަށް ރީތިކޮށް ކުރަހާ ވާހަކަ.އާޓިސްޓަކަށްތަ ވަނީ؟ ޑާވިންސީމެންފަދަ ދުނިޔެ އަޖައިބުކޮށްލާވަރުގެ މޮޅު ކުރެހުންތެރިއަކަށް އަހަރެމެންގެ ކަޒްޔާ ވާނެ އަދި....." ނަވާބު މަނިކު ހިނިތުންވެލިއެވެ.
"އާޓިސްޓަކަށް ނޫން. ކެލިގްރާފާއަކަށް....."
"ވަޓް؟ އެއީ ކޯނޗެއްތަ؟ "ނަރުގިސްއަކަށް ނޭގުނެވެ.
"ލުކް...މަންމަ އެހެން މީހުން ގަމާރުކުރާއިރު ޔޫ ޑޯނޯ ކެލިގްރާފީ. ކުޑަކޮށް ބުނަންޏާ އަތުލިޔުން ޑެކަރޭޓްކޮށްފައި ލިޔުން. ވިޝުއަލް އާޓް ރިލޭޓްވެފައި ރައިޓިންއަށް...އަޅުގަނޑު ބޭނުމީ އެރެބިކް ކެލިގްރާފީ ދަސްކުރަން. ޑްރީމަކީ ﷲގެ އިސްމުފުޅާއި ޕްރޮފެޓްގެ ނަންފުޅުވެސް އަދި ގުރުއާނުގެ އާޔަތްތައް ރަން ދެލިން ލިޔެފައި މިއުޒިއަމްތަކުގައި ބެހެއްޓުން..ބިލިއަން ރުފިޔާއަށް އެންމެ ޕީސް އެއް ވިއްކައިލާނީ. ﷲގެއިސްމުފުޅަށް ވުރެ އަގު ބޮޑެއްނުވާނެ ދެންމެ ތިބުނި ކުރެހުންތެރިޔާގެ ފޮޓޯ..މަންމަވެސް ކިހާ މޮޔަ....ނައު ކާކު މޮޔައީ.....މަންމަ ނޫނީ މަ...." ކަޒްޔާ ނިތަށް ރޫ އަރުވާލައިފިއެވެ.
"ކަޒްޔާ......." ނަރުގިސް ރުޅިއައިސްގެން ދަތްކުޑިވިކައިގަތެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ.
"އަޅުގަނޑު ދެންނެވިން ނޫންތޯ މިކުއްޖާގެ ސިކުނޑި ދޮވެލާފައޭ......."
"ސިކުނޑި ނާށިގަނޑު ތެރޭ އޮތްވާ ކަފާލާފައި ނަގާފައި ދޮވުނިއްޔާ އަޅުގަނޑު ކުޑައިރު މަންމަމެން އެކަން ކުރީ. ޔަގީނުންވެސް ބައްޕަ އެކަހަލަ ކަމެއް ނުކުރައްވާ..." ކަޒްޔާ ހިނިގަނޑު ހިފަހައްޓަން އަނގަމަތީ އަތްއެޅިއެވެ.
"ހެހެ. ކަޒްުޔާ ބުއްދިވެރި އިނގޭ.ކީއްވެ ޑޮކްޓަރަކަށް ނުވާންވީ؟އެވެސް ދީނަށް ކުރެވޭ ޚިދުމަތެއްނު..." ނަވާބު އަތުން ނަރުގިސްއަށް އެންގީ ހިމޭންވުމަށެވެ.
"އައި ހޭޓް ދެމް......" އަރްކާންގެ މަތިން ހަދާންވުމާއެކު ތުން ފިތައިލެވިއްޖެއެވެ.
ބަލިމީހުންނަށް ޚިދުމަތްކުރަން ހުރި ޑޮކްޓަރަކު އަމިއްލަ ކޮއްކޮއާއިމެދުވެސް އަނިޔާވެރިވަނީއެވެ. އަރްކާންދެކެ ލޯބިވެ އިހުތިރާމް ކުރަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއްނުވިއެވެ. ހިތުގައިވަނީ ޝަކުވާއާއި ފޫހިކަމެވެ. ޒޭވިއާ ކަހަލަ ބޭބެއެއް ލިބުނުނަމަވެސް މާ ރަގަޅެވެ.
"ކަޒްޔާ ތި މިސްރާބު ހުރީ ހަރުކަށި ފިކުރަށް......" ނަރުގިސް ބުނަން ބޭނުން ނުވިޔަސް ދުލާއި ހަމަޔަށް އެބަސް އަތުވެއްޖެއެވެ.
"އަޅުގަނޑުގެ ބައްޕަވެސް ބުނެދެއްވި އެކަމަކު އޭރު އެހާ އަޑުނާހަން. އެކަމަކު އަޒާލިއާއައި ދިމާވިކަމީ ނަސީބެއް. ޝީ ޓޯލްޑް މީ ދުނިޔެއަށް އައީ ހަމައެކަނި ކައިފާ ނިދާފައި މީހުންނާއި މެރީކޮށްގެން ޖޮބަށްގޮސްގެން އުޅެން ނޫންކަމާއި ލައިފްގެ މެއިން ޕާޕޯސްއަކީ އަޅުކަން ކުރަންކަން. އަދި ތިބުނާ ހަރުކަށި ފިކުރުގެ ޑިކްޝްނަރީއެއް ނޭގޭ. އޯކޭ....ނަމާދުގަޑި....." ކަޒްޔާގެ ކަންފަތުގައި ބަންގީގެ އަޑު ޖެހުމާއެކު އޭނަ ކޮޅަށް ތެދުވެއްޖެއެވެ.
"އަވަހަށް ދޭ. ގަވާއިދުން ނަމާދުކުރަން ވާނެ..." ނަވާބު މަނިކު ބުނެލިއެވެ.
***
"ކަޒްޔާއަށް ބުނެދީފައިވަނީ ނިގާބު އަޅަން. ކުޑައިރު މީހުންނާއި އިންނަން. މިއުޒިކް އަޑު ނާހަން. އަންހެނުންނަކީ ކުދިން ވިހާ މެޝިނަށް ހަދައިގެން އަޅުންގެ ގޮތުގައި ގެންގުޅުން ބޭނުންވަނީ...ކަޒްޔާ ކިރިޔާ މަގުން ކައްސާނުލާ ސަލާމަތްކުރެވުނީ. ކަޒްޔާއަށް އެކަމަކު ޝުކުރު ވެރިވާކަށް ނޭގޭ. ޑިސިޕްލިން އެއް މެނާ އެއް ދަސްވެފައެއް ނެތް. މިހާރުވެސް ކިޔަނީ ރޫމަކަށް ލާފައި އަނިޔާކުރަނީޔޯ. އެބިއުޒް ކުރަނީޔޯ. ރޫމަކަށް ލާ ބަންދުކޮށްގެންވެސް އިސްލާހުކޮށް މުޖުތަމައަށް ނެރެން މި މަސައްކަތް ކުރަނީ. ތި އުމުރުގެ އެހެން ކުދިން އުޅޭގޮތަށް އުޅެން ދަސްވީމަ ހަމަ ރޫމުން ބޭރަށް ދެވޭނެ......" ނަރުގިސް ބެލްކަނީގައި ހުރި ބިއްލޫރި މޭޒުކައިރީގައި ހުރި ގޮދަޑި ޖެހި ގޮނޑީގައި އިނެވެ.
ނަވާބުގެ ގާތުގައި ހުރި ރަންކުލައިގެ ޝީޝާ އަނގައިގާ ޖަހާލާފައި ދަމައިލިއެވެ.
"ދުވަސްކޮޅަކުން ތި އަގީދާތައް ބަދަލުވެދާނެ. ދީނުގައި އޮތީ މެދުމިން."
***
ކޮޓަރިއަށް ވަދެފައި ކަޒްޔާ ނަމާދުކުރަން މުސައްލާނެގިއެވެ. ނަމާދުކުރެވުނީ ތަންކޮޅެއް ކަންނެތްކޮށެވެ. ކުރަން ބޭނުންވާ ބައިވަރު ކަންތައް ހުރުމުން ހެއްދެވި ފަރާތަށް ވަގުތުނުދެވުނީ އެހެން ކަންތައް ފުރިހަމަ ނުކުރެވިދާނެކަމުގެ ބިރުހީވެފައެވެ. އޭނަ އެނދުމައްޗަށް އަރާ އިށީދެ އާދައިގެ މަތިން ނޯއާއަށް ސިޓީއެއް ލިޔުނެވެ. "ނޯއާ.ކޮންތާކު ތިހިރީ؟ ނޯއާ ބުނި ބައެއް އެއްޗެހި ކަންފަތުގައި ހަރުލާފައި އެބަހުރި. ޖަލަކީ ނިކަމެތިންނަށް ހުރި ތަނެކޭ މުއްސަދިން ކަފާލާތު ނޫނީ އެހެން ކޮންމެވެސް ގޮތަކުން ސަލާމަތްވާނެއޭ. ވީއިރު ނޯއާގެ ޕޭރެންޓުން ކޮންމެ ގޮތެއް ހަދާފައިވެސް ނޯއާ ސަލާމަތްކުރާނެ ދޯ. ޕްލަސް ކުޑަކުއްޖަކު އަދި އެބިއުޒްކޮށްފިއޭ ބުނީމަ ގަބޫލުކުރާނީވެސް ކާކު؟ޕްރޫފެއް ނެތް..ނޯއާ. އަހަރެންގެ ހުރިހާ އިންޓެރެސްޓެއް މިހާރު ހުރީ ކެލިގްރާފީއަށް. މުއްސަންޖަކަށްވީމަ ފްރީޑޮމް ލިބެންޏާ އެ ބޭނުން.އެހެންވެ މިލިއަނަރަކަށް ވުމަށް އެދި ދުޢާކުރަނަން....ދުޢާ އިޖާބަކުރައްވާނެ އިންޝާﷲ. ނޯއާ މިހާރު އެހެން ގާލްއަކާ މެރީ ކުރީތަ؟ ޑޯންޓް މެރީ މޯ ގާލްސް......"
***
އަރްކާން އަތްދިގު ގަމީހަކާއި ފަޓުލޫނެއްލައިގެން ހުރިއިރު ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑުގެ ސަބަބުން ނިކަން ސްމާޓްކަމަށް ދައްކައެވެ.ނަރުގިސް ފަޚުރުވެރިކަމާއެކު ދަރިފުޅުގެ ޓައީ ރަގަޅުކޮށްލަދިނެވެ.
"ޔޫ މޭޑް މީ ސޯ ޕްރައުޑް އެރިކް. މަންމަގެ ފިރިހެންދަރި ޑޮކްޓަރެއްގެ ކޯޓުލައިގެން މިހާ ނޯބްލް ޖޮބެއްގައި ހުރީމަ އަދި މިހާ ސްމާޓްވީމަ މަންމަގެ އެކުވެރިންވެސް މަންމައާއި ޖޭވެފައި ތިބީ. ހުރިހާކަމެއް ފުރިހަމަ ފިރިހެން ދަރިއެއް މިލިއަނުން އަގު ނުކުރެވޭނެ. މަންމަގެ ނަސީބުގެ ތަރި މެދުއުޑުގައި ބަބުޅަނީ. އަވަހަށް އޮއްސުމެއް ނުވާނެހެން ހީވޭ. ހޫމް އެރިކް. އަދި އެބައޮތޭ ދަރިފުޅާއި މުހިއްމު ވާހަކައެއް ދައްކަން..."
އަރްކާން އޭނަގެ މަންމަގެ ނިތުގައި ބޮސްދިނެވެ. "މަންމާ އާޖެންޓް ނޫނިއްޔާ ފަހުން ތި ވާހަކަދައްކާނީ. އިމަޖެންސީއެއް ދިމާވެގެން ލަސްވެގެން މިދަނީ...ލަވް ޔޫ މަމް...ބާއި."
***
ޒޭވިއާ އަންހެންކުދިންނާއިގެން ގޮސް ހޮޓަލެއްގެ ރޫމްގައި ބައިތިއްބާފައި ނާސްތާ ގެނެސްދިނެވެ. ނުކާން އުޅުމުންވެސް ޒޭވިއާ އެދުނީ ޖޫސްތަށްޓެއްހާ މިންވަރު ނަމަވެސް ބޯލުމަށެވެ. އަނާ ފުދޭވަރަކަށް ހިތްވަރުގަދައެވެ. ލިބުނު ޝޮކުން އަރައިގަނެވުމާއެކު އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވިއެވެ. ޔަހްޔާއަށްޓަކާ މިވަގުތު ބޭނުންވަނީ ހެޔޮ ދުޢާކަން އެނގި އޭނަ ބޭނުންވީ މިސްކިތަށް ވަދެލުމަށެވެ. ނަމާދުކޮށް ދުޢާކުރުމަށެވެ. ރުއިމަކީ ހައްލެއްކަމަކަށް އޭނަވެސް ގަބޫލެއްނުކުރެއެވެ. އޭނަ ޔަހްޔާދެކެ ލޯބިވީ މާތްﷲއަށްޓަކާ ކަމުގައި ހިތަށް ހަދާންކޮށްދިނެވެ. އަދި ކަރުނައިގެ މައްޗަށް ކުރި ހޯދިއެވެ. ކޮރިޑޯއިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ކުރިމަތިން އައި މީހެއްގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ. އަނާގެ ލޯ އެމީހަކާއި އަމާޒުވުމާއެކު ބިރުން ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.
"އަނާ؟ "އަރްކާން ގޮވައިލިއެވެ.
އަނާ އަޑު އިވުނުކަމަށްވެސް ނަހަދާ ފިޔަވަޅު އަވަސްކުރިއެވެ. އަޒާލިއާއައި އަލާޔާވެސް އެއްވަރަށް ހިނގަމުން ދިޔައެވެ. ޒޭވިއާ އަރްކާންގެ ކުރިމައްޗަށް އަރާ ހުއްޓުވިއެވެ.
"އަދިވެސް ހިތްހަމަޖެހޭވަރު ނުވަނީތަ؟ ލީވް އަސް އެލޯން އޯކޭ؟ "ޒޭވިއާގެ ގަދަ ބުމަ ކައިރިކޮށްލައިގެން ހުރިއިރު އެދެމީހުންގެ ލޯތައް ގުޅިފައެވެ.
އަރްކާން ހަމަޖެހިލަމުން އެއް ބުމަ އަރުވާލައިފިއެވެ.
"އަހަރެންގެ ކޮއްކޮ ރެސްކިއު ކުރުން ކުށަކަށް ވާނަމަ އެކުށް ކޮށްފިން. އެހެނޭ ކިޔާފައި އަހަރެން ވިލަންއަކަށް ހަދަންޏާ ހަދާ. ކަލޭމެން ކުރި ކަންތައްތަކާ އަސްލު ލަދުވެސް ގަންނަން ޖެހޭނެ. އަނާއަށް އަހަރެން ގޮވީ ދަންނަ ކުއްޖަކާއި ވައްތަރުވީމަ. އެކަމާއި އަދި ތިހާވާރުވާކަށް ނުޖެހޭ. އަހަރެމެން މިއުޅެނީ ސާދަ ވަނަ ގަރުނުގައެއްނޫން ދޯ........" އަރްކާން ފާޑަކަށް ހީލައިފިއެވެ. ޒޭވިއާ އިތުރަށް ޖަދަލުކުރާކަށް ނަހަދާ އަޒާލިއާމެން ފަހަތުން ހިނގައިގަތެވެ. އޭނަ އެކުދިންގެ ޒިންމާ ނަގަން ޖެހޭއިރު އެއްވެސް ދެރަގޮތެއް ވާކަށް ބޭނުމެއްނޫނެވެ. އެކުދިންގެ ރީތިކަމުން އެތައް ބަޔެއްގެ ނަޒަރުގައި އަޅައިގަނެއެވެ. ހުދުދޮންކުލައާއިއެކު އިރުމަތީގޮތަށް ހެދުން އަޅައިގެންވެސް ތިބީމައެވެ.
***
ޔަހްޔާ ނިޔާވި ޚަބަރު ނޫސްތަކުގެ ކުއްލި ޚަބަރަށް އެރިއެވެ. ސޯޝަލް މީޑިއާ މެސެޖްތަކުން ފުރާލައިފިއެވެ. އެއްވެސް ކުށެއްނެތް ޒުވާނަކު ކޮށައިލި ސަބަބު އެނގެން ބޭނުންވާ ކަމަށާއި މިފަދަ އަނިޔާވެރިކަމާއި ހަރުކަށިކަމަށް ރާއްޖޭގާއި ޖާގަ ދީގެން ނުވާނެ ކަމަށް ބުނާ އަޑު ގަދަވިއެވެ. ޔަހްޔާއަށް އިންސާފު ލިބެންޖެހޭނެއެވެ. އެހާ ރަހުމް ކުޑަކޮށް އެ ޒުވާނާ މަރައިލި ސަބަބެއް ހޯދާ އެ ޖަރީމާ ހިންގި ބަޔަކަށް ގާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބެއްދޭން ގޮވައިލިއެވެ.
ޔަހްޔާގެ އާއިލާއަށް ލިބުނު ހިތްދަތިކަމާއި މާޔޫސްކަން މިއިން ޒަމާނެއްގައިވެސް އެމީހުންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ރަގަޅު ދަރިއެވެ. އެންމެ ރަގަޅު ފިރިއެކެވެ. ބޭބެއެކެވެ. އަޚެކެވެ. ދީނަށްޓަކާ ލޯބިކުރި އަޅުވެރި ޒުވާނެކެވެ. އިމާމްވެ ނަމާދުކުރަން ޖެހުނަސް ގުރުއާން ކިޔަވައިދޭން ޖެހުނަސް ދަރުސް ދޭންވިޔަސް ޔަހުޔާ ހުންނަނީ ކުރީގައެވެ. އިޖުތިމާއީ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. އަދި އާއިލީ މީހުންނާއި އެކުވެރިން އަދި އެހެން މީހުންނަށް އެހީތެރިވެދިނުމާއި މީހުންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން ވަރަށް ފަހުން އޭނަ މީހަކަށް ކިޑްނީވެސް ހަދިޔާކުރިއެވެ. އެކަމަކު ކުށެއްނެތި ޝަހީދުވެގެން އެދިޔައީ އަނިޔާވެރި ބަޔެއްގެ އަތްދަށުންނެވެ.
ޔަހްޔާގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ގެއަށް އައިގޮތަށް އަނާއޮތީ ވަރުބަލިވެގެން ނިދިފައެވެ. އަލާޔާއާއި އަޒާލިއާ ނެގިމަޑުވެފައި ތިބިއިރު އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތެވެ. ޒޭވިއާ ޕިއްޒާއާއި ސްމޫތީސް ގެނެސް އެކުދިންނަށް ކާންދޭން މަސައްކަތްކުރިއެވެ. އެއް ފޮތި އަލާޔާގެ އަތަށް ދީފައި އަނެއް ޕިއްޒާ ފޮތި ނަގާފައި އަޒާލިއާގެ އަނގައިގާ ޖެއްސިއެވެ. ހިތާމައިގެ ކަނޑެއްގައި ގެނބެމުން ދިޔަނަމަވެސް ޒޭވިއާ އެހާ ލޯބިން އަނގައިގާ ލެއްވުމުން އެހެން ޖަޒުބާތެއް މުޅި ހަށިގަނޑުގައި ހިނގާލައިފިއެވެ. މޫނަށް ލޭތައް ޖަމާވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.
"ތެންކިއު......" އަޒާލިއާ ރަކިވިއެވެ. އެކަމަކު ޒޭވިއާގެ މި "ސްވީޓް"ބައި ފެނިލަނީ މަދު ފަހަރެއްގައެވެ. ހިތާމަވެރި ހާދިސާއެއް ދިމާވުމުން ޒޭވިއާވެސް ހަމްދަރުދީވަނީ ދެބެންގެ ދެދަރި ބޭބެއެއްގެ ހައިސިއްޔަތުން ކަމަށްވެސް ވެދާނެއެވެ.
"ދެން ވީހާވެސް އަވަހަށް ފުރަންވީ. މާދަމާ ފްލައިޓް ފުލްކޮށް އޮތީ. ބުދަދުވަހަށް ޓިކެޓް ލިބުނީ. ކަޒްޔާއާއި ބައްދަލުކުރަން ބޭނުންތަ؟ ." ޒޭވިއާ ސުވާލުކޮށްލިއެވެ.
"ނޫން...." އަޒާލިއާ ދެކޮޅުހެދިއެވެ." އެކަނި ދޮންބެއާއި ބައްދަލުކުރާނީ......."
"އޮފްކޯސް ލަވް...ކީއްވެ ނުވާންވީ؟"ޒޭވިއާ ގެ "ލަވް" އެ ލަފުޒުންވެސް އަޒާލިއާގެ ހިތުގައިވާ ހިތާމަ ޔަގީނުންވެސް ލުއިކޮށްދީފިއެވެ. ޒޭވިއާ ކޮންމެ ކޮންމެ އަންހެންކުއްޖަކަށް އެނަމުން މުޚާތަބުނުވެސް ކުރާނެ ނޫންހެއްޔެވެ؟ އަޒާލިއާގެ ހިތުގެ ވިންދު ހުއްޓިފައި އަލުން ޖަހަން ފެށިއެވެ.
***
ޖެހިގެން އައި ދުވަހު އަނާއަށް މީހަކު ފޮނުވި ތައުޒިޔާ ކާޑެއް ލިބުނެވެ. އަތުލިޔުންކޮޅަށް ބަލާލައިގެން ކާކުކަން އޮޅުން ނުފިލިޔަސް އަނާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. މިއީ އަރްކާންއަށް ވެދާނެހެއްޔެވެ؟ އޭނައަށް ޔަހުޔާ ނިޔާވިކަން އެނގުނީމަ ފަހަތުގައި އަޅުވާލަން ގަސްތުކުރީބާވައެވެ. އެކުދިންގެ ބައްޕަ އެ ހާލުގައި އެއޮތީ އެ އާއިލާގެ ސަބަބުންނެވެ. ނޯއާ ޖަލުގައި ދުވަސްހޭދަކޮށް އެމީހުން ބަދުނާމުވީވެސް އެ އާއިލާއާއިހެދިއެވެ. ވީއިރު އަރްކާންއާއި އަނގައިން ބުނަންވެސް އޭނަގެ މައިންބަފައިން ނޭދޭނެކަން ޔަގީނެވެ.އަރްކާންގެ ހިތުގައި އުއްމީދެއް އާވެއްޖެއްޔާ އެ އުއްމީދުގެ ބައްތިއަށް ފުމެ ނިވައިލާ އަނދިރިކަމުގެ ތެރެއަށް ގަންބަން ބޭނުމެވެ. ދެރައީ އޭނައަށް އަރްކާންގެ އަމަލެއްކަން ޔަގީން ނުވުމެވެ. އެކަން ޔަގީންކުރެވޭނެ އެއްވެސް ގޮތެއްވެސް ނެތީއެވެ.
***
ކަޒްޔާ ބެލްކަންޏަށް ނުކުމެ ބޭރަށް ބަލަން ހުއްޓާ ފެނުނު މަންޒަރަކުން ހިތް ދިޔައީ ފުންމައިގެންނެވެ. އެގޯޅީގެ އަނެއް ފަޅިން ހިނގާފައި އެދިޔަ ތިން އަންހެންކުދިންގެ ތެރެއިން އަޒާލިއާގެ މޫނު ކިތަންމެ ރަގަޅަށްވެސް ފާހަގަވިއެވެ. ދެން ހުރީ ޒޭވިއާއެވެ. ނޫ ޖިންސަކާއި ކަޅު ޓީޝާޓެއް ލައިގެން އަވިއައިނަކުން ލޯ ފޮރުވާލާފައެވެ. އެކަމަކު އެދެމީހުން އޭނައަކަށް ނޯޅޭނެއެވެ.
"ލޫލޫ. ލޫލޫ..............." ކަޒްޔާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. "ޒޭވިއާ..........."
ނުނިމޭ