"ދިރިއުޅުމުގައި ދިމާވާ ހިތާމަަތައް ފިލާ ހިތަށް ތަސައްލީ ގެނެސްދެވޭނީ ނަމާދު، ދުޢާ، ޒިކުރު، އިތުބާރު ކުރުން އަދި ކެތްތެރިވުމުންނެވެ."

***

"ސްވީޓްހާޓް.....ބުނަން ވާހަކައެއް.." ރާދާ ކަޒްޔާގެ ތެތް އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަން ފަށައިފިއެވެ. "އަހަރެން މަސައްކަތް ކުރަނީ ޖެންޑާގައި އިނގޭ. ދޮގުހެދުމަކީ ގާނޫނީގޮތުން އަދަބުދެވޭނެ ކުށެއް. އަދި ކުޑަކުދިން މީހުންނާއި އިނުމަކީވެސް މަނާކަމެއް...ގާނޫނީގޮތުން އެކަން މަނާވެފައިވަނީ ބައެއް ސަބަބުތަކާއިހެދި. އެހެންވީމަ އަދި މިކަމާއިހުރެ ކަޒްޔާ ކުށްވެރިއެއްނުވާނެ. ހަޒްބެންޑް ޖަލަށް ގެންދާނީ................"

"ރިއަލީ؟ ނޯއާ ޖަލަށް ލައިފިއްޔާ ވަރަށް އުފާވާނެ. ހީ އީޓެޑް މައި ބްރެއިން..." ކަޒްޔާ ކިޔާލައިފިއެވެ.

"ކަޒްޔާ އަހަރެމެންނާއެކު މާލެއަށް ދިޔަނަމަ އިނގިރޭސިބަހަށް ވެސް މޮޅުވާނެ. މިރަށު ކުދިންގެ އިގިރޭސި ފެންވަރު ކަޒްޔާ ވާހަކަދައްކާ ގޮތުން މިއެނގުނީ...."ނަރުގިސް ހިތްހަމަނުޖެހުނެވެ. ކަޒްޔާގެ "ބްރޯކެން އިންގްލިޝް" އޭނަ ލަދުގަންނަވާލައިފިއެވެ. ރާދާއަށް އެކަމުގެ ސަބަބު ބަޔާންކޮށްދީފައި ކައިޝާގެ އިނގިރޭސި ފެންވަރު ރަގަޅުކަމުގެ ވާހަކަދެއްކިއެވެ.

"އެންޑް ހިޒް ކެޓް އީޓެޑް މައި ނޯހް....އައިމް ނޮޓް ޝުއާރ ބަޓް އައި ތިންކްޑް ނޯއާ ފިއާޑް ދަ ގެކޯސް އެންޑް އާސްކް ހިޒް ކެޓް ޓު އީޓް ނޯހް."ކަޒްޔާ އޭނައަށް އިނގިރޭސި އެނގޭކަން އަންގަން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އިޓްސް އޯކޭ ސްވީޓްހާޓް..ހޯނެއް ބޭނުމިއްޔާ އެ ޕޮޕިއުލޭޝަން ކިތަންމެހާވެސް ބޮޑު އިތުރު އެއްޗެއް މިބުނީ ހޯނެއް އަތުލައިގެން ޕެޓެއްގެ ގޮތުގައި ގެންގުޅެވިދާނެ. ނޯއާއާއި ދެކުދިން ތިހާ ނަފްރަތުކުރާއިރު ވަކި ބަޔަކު ވަކި މަގުސަދެއް ހާސިލުކުރަން ތި ދެކުދިންގެ ކައިވެނިކޮށްދިނީ. ކީއްވެ ނޯއާދެކެ އެހާ ނަފްރަތުކުރަނީ؟ އޭނަ ކަމެއްކުރީތަ؟ އެބިއުޒްކުރޭތަ؟ ފިރިމީހާ ވެއްޖެއްޔާ ހިތުގައި ކޮންމެވެސް ކުލުނެއް އޮންނަންވާނެތާ. އެކަމަކު ކަޒްޔާގެ ހިތުގައި އެކަހަލަ ފީލިންގްސްއެއް ނެތް. ބުނެބަލަ. ކީއްވެ އޭނަ ޖަލަށް ގެންދަން ބޭނުމީ. ވަޓް ޑިޑް ހީ ޑޫ ޓު ޔޫ..............."ރާދާ ސުވާލުކުރިއެވެ.

"އަހަރެންގެ ހަސްބެންޑެއް ނުހުރޭ. ސޯފީ ހަދައިގެން ދައްކާ ވާހަކައަކަށްވާނީ. ބުނީމެއްނު އެގޭގައި ހުންނަނީ ކާފައަށް ބޭސްކުރުވަން ބައްޕަ އިންޑިއާއަށް ދިޔައީމައޭ. ތެންކިއު މަންމާ ސައި ދިނީމަ.. ތެދުވެ ފެންވަރާ ނިމުނުތަނާ ވިއްޔަ މަންމަ އަހަރެން ކިޑްނެޕް ކުރަން އައީ. ސިފައިންގެ މީހެއް ގޮވައިގެން. ................." ކަޒްޔާ ތެދުވެގެން ދާން ހިނގައިގަތެވެ.

"މަރިޔަމް ކަޒްޔާ ހަނަފީ............" ނަރުގިސް ބާރަށް ގޮވައިލިއެވެ.

"ދުރު ހިލޭ މީހުން ތި ނަމުން ގޮވަނީ....."ކަޒްޔާ ތުން ފިތައިލިއެވެ.

"ކާކުހޭ ދޮގުހަދަން ދަސްކޮށްދިނީ؟ " ނަރުގިސް ކަޒްޔާގެ ކޮނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ.

"އިބުލީސް...އެހެން ދެން ކާކު؟" ކަޒްޔާ ވިސްނާލުމުން ސިކުނޑިއަށް އައި ނަމަކީ އެއީއެވެ. ފާފަކުރަން ނުބައި ނުލަފާ ކަންތައް ކުރަން ދަސްކޮށްދޭނީ ޝައިތާނާ ނޫންހެއްޔެވެ؟ އޭނަ ދޮގުހަދާ ކޮންމެ ފަހަރަކު އިބުލީސް އަތްޖަހާނެކަމަށް އަޒާލިއާވެސް ބުންޏެވެ.

ނަރުގިސް ކަޒްޔާ ތަޅުވައިގަތެވެ.

"މަންމަ ތިހެން ހަލުވައިގަތީމަ އެތެރޭގައި ހުރި ހުރިހާ އޯގޭންސްތަކެއް ހުރިތަނުން ކައްސާލާ ބަލިވެދާނެކަން ޔަގީން. މަންމަގެ ބޮލަށް ޝައިތާނާ ސަވާރުވީމަ ތިހާ ރުޅިގަދަވަނީ....ކޫލް ޑައުން މަދާ..."ކަޒްޔާ ނަރުގިސްގެ އަތުން ފޮޅުވިގަނެގެން ދުއްވައިގަތުމުން ނަރުގިސް ފުންނޭވާއެއް ދޫކޮށްލައިފިއެވެ. އޭނަގެ މޫނު އަނދިރިކަމުން އުދަރެހަށް ވެރިވެފައިވާ ކުލައެކޭ ތަފާތެއް ނެތެވެ. އޭނައަށް ކަޒްޔާ ފެނުމާއެކު ހަގީގަތް ހާމަވިއެވެ. މީހަކު ނުބުންޏަސް އޭނައަށް އެކުއްޖާގެ ފެނިލުން ހުރިހާ ވާހަކަތަކެއް ކިޔާދީފިއެވެ. އޭނަ ނޯއާ އާއި ޝޭޚު ހަމްޒާއާއިމެދު ފިޔަވަޅު އަޅާނެއެވެ.

***

ކަޒްޔާ ދުވަމުން ގޮސް ގެއާއި އަރާ ހަމަވީއިރު މައިނޭވާ ލެވިއްޖެއެވެ. މޫނުގައި ކޮންމެވެސް ވަރަކަށް ދަލުގެ މުތީތަކެވެ. ނަސީބަކުން ނޯއާގެ ކޮޓަރި ހުރީ ހުޅުވާފައެވެ. އޭނަ ވަދެފައި ކޮންމެވެސް ވަރަކަށް ސިހުނެވެ. ނޯއާ ބަބްލްސްއާއި ބައްދާލައިގެން އޮވެ ޓީވީ ޕްރޮގްރާމެއް ބަލަނީއެވެ. ކާޓޫނެކެވެ. ނޯއާއާއި އެއްވަރަށް ބަބްލްސްވެސް "ޓޮމް އެންޑް ޖެރީ"އަށް ޝައުގުވެފައި އޮތެވެ. ނޯއާ ފަހަރަކު ނަޓްސްކޮޅެއް އަނގަޔަށް ލަމުން ދިޔައެވެ. އޭނަ ވަނުމާއެކު ނޯއާއާއި އޭނަގެ ނަޒަރު ދިމާވިއެވެ. ހޫނު ނަޒަރެކެވެ.

"މަގޭ ޕްރެޝަސް ގަމީސް..އަދި ސޮކްސްވެސް.........."ނޯއާ ކުއްލިއަކަށް ކޮޅަށް ތެދުވެ ހަށަން ބަދެލިއެވެ. އަދި ނޭފަތް ދަމާލާފައި ވައިގައި ވަސް ބަލާލައިފިއެވެ. "ޑޭމް ހައު އެނޯއިން. މަގޭ ބްލެކް އޯކިޑް ފުޅިން ސެންޓުވެސް ޖެހީ..ހަމަ މިހާރު ތި ގަމީސް ބާލަ............."

ކަޒްޔާ ވަގުތުން ގަމީހުގެ މަތީ ގޮށްތައް ނައްޓަންފެށިއެވެ. ނޯއާގެ މޫނަށް ރަތުގެ އެތައް ހާސްކުލަ ވެރިވުމާއެކު ލޮލުގައި އަތް އަޅާލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ. މިނިޓެއް ނުވަނީސް އޭނަގެ ބޮލާއިއެކު މޫނުގައި އެޅުނީ މަޑު ގަމީހެވެ. މީރުވަސް ނޭފަތުގައި ހިފާލިއެވެ."ހުވާ ލަދެއްވެސް ނަހައްދަވާ ކުއްޖެއް............"

"އަދި މީހެއްގެ އެއްޗެއް ބާލަން ބުނީމަ ބާލާފައި ދިނީމަ ބަވާލަނީ. ޝުކުރުކުރަން ނުދަންނަނީ ކުރަފި................" ކަޒްޔާ ފާޚާނާއަށްވަދެ އޭނަގެ ހެދުން ލަމުން ނުކުތެވެ. އަދި އިސްޓާކީނު ހިފައިގެން ގޮސް ކުރިމަތީގައި ހުއްޓުނެވެ.

"އައުޓް.....މަ މޮޔަނުވަނީސް...ކްރޭޒީ.." ނޯއާ މޫނުމަތިން ގަމީސް ނަގާއިރަށް އިސްޓާކީނުގެ ހަމަލާއެއް މޫނަށް އެރިއެވެ.

"ސެންޓުން އިސްރާފުވީ އެތިކޮޅު ގެ ދައުވާ ކުރަންޏާ ކުރަންވީ ވަށައިގެންވާ ވަޔާއި. އެއެއް އަނބުރާ ނުލިބޭނެ...ހިތަށް އަރާ މި މިލަ އިސްޓާކީން ތި ބޮޑު އަނގަޔަށް ގުޅައަކަށް ޖަހައިލާނީއޭ. އައިމް ބިގް އެންގްރީ.ޔޫ ހައިޑް ނޯހު ދޯ......."

"އަހަރެން ތިހާ ރީތި ނަމެއް އެހާ ފަކުރު އެއްޗަކަށް ނުދޭނަން. އަހަރެން އެ ފަކުރު ގުޅަ ފާޚާނާއަށް ލާފައި ފްލަޝްކޮށްފިން. ސަބަބަކީ އޭތި ބިލޯންގް ވާތަނަކީ ޖަންކްޝަން..ހަޑި އެއްޗެއް އޮންނަންވާނީ މުޑުދާރުތަނެއްގައި ކަމަށް އަހަރެން ދެކުނީ. ބައިދަވޭ މަންމަ ބުނި ތި ކުއްޖާ މަންމަ ގެންދިޔަ ވާހަކަ. ދެން ކީއްވެ އައީ؟ " ނޯއާ އޭނަގެ ގަމީސް ކްލޯޒެޓްގައި އެޅުވިއެވެ. އިސްޓާކީނު ހުންނަ ބަޔަށް އެވެސް ލައިފިއެވެ. އަޑިން އޭނަގެ އެއްޗެއް ނުލާބާވައޭ ހިތަށް އަރާފައި އޭނަގެ ބޮކްސާތައް ހަމަޔަށް ހުރިތޯ ގުނާލުމުން ހިތްހަމަޖެހުނެވެ.

"މިއީ އަހަރެންގެ ގެ...." ކަޒްޔާ އުކުޅުގައި އަތް ވިއްދައިލިއެވެ.

"ނަމެއްގައި...އެކަމުގެ ޝުކުރު ހައްގުވަނީ އަންބެއްގެ ނަން ދީގެން ގެންގުޅޭ މީހާއަކަށްނު. އެމީހަކީ އަަހަރެން. މަބުނީ ދެން ބޮލަށް އުދަގޫނުކޮށް މިތަނުން ދޭބަލަ ކަޒްޔާ ހަނީފު. ނޫނީ ނޯހްއަށް ހެދިހެން އެކަކަށްވެސް ނާންގާ ފާޚާނާ ތަށިތެރެއަށް ލާފައި ފްލަޝްކޮށްލަފާނަން....." ނޯއާ އިންޒާރު ދިނުމުން ކަޒްޔާ ލޯ ބޮޑުވިއެވެ. މައުސޫމްކަމުން ނޯއާގެ އެ އިންޒާރު އޭނައަށް ގަބޫލުކުރެވިއްޖެއެވެ.

"މަންމަ ޓެލްޑް މީ ޖަލަށޭ ލާނީ. ޔަގީންކޮށް ޖަލަށް ލާނީ. ބިކޯސް ޔޫ މާޑާޑް މައި ޕެޓް..................." ކުއްލިއަކަށް ކަޒްޔާ އަޅާއިތިކޮށް ދުއްވައިގަތްގޮތަށް ދޮރު ޖަހައިލިލެއް ބާރުކަމުން ބިންގަނޑުވެސް ގުޑައިލިއެވެ. ނޯއާ ކަންފަތުގައި އަތްއެޅިއެވެ. އެނދަށް ވެއްޓިގަތްގޮތަށް ކަންނޭލުގައި ބައްދައިލެވުނެވެ. އެކަނިއޮވެވެސް ހެވުނެވެ. ހޯނު ފްލަޝްކުރިކަމުގައި ޔަގީންކޮށް އޭނަދެކެ ރުޅިއައިސްފައި ހުއްޓާ ދިން އިންޒާރަކުން ބިރުން ދުވެ ފިލީއެވެ. އޭނަ މިހާރުގޮސް އިންނާނީ މަންމައާއެކު ފްލައިޓަށް އަރާކަން ނޭގެއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަގަޅަކަށް ނޫންހެއްޔެވެ؟ ހެއްދެވިފަރާތުގެ ރޭއްވެވުން ހުރިހާ ކަމަކަށްވުރެ ފުރިހަމަވާނެއެވެ. އިންސާނުންނަށް އެކަމުގެ ހިކުމަތެއް ދެނެގަތުމެއް ނުވެއެވެ. ކަޒްޔާފަދަ ކުއްޖަކަށް ބޭނުންވަނީ މަންމަގެ ލޯތްބާއި އަޅައިލުމެވެ.

***

"ވަޓްސް އަޕް...." ކަޒްޔާގެ މޫނަށް ބަލައިލާފައި އަޒާލިއާ ކޭކުގައި ޗޮކްލެޓް ޖަހަންފެށިއެވެ. ކަޒްޔާ މައްޗަށް ނަޒަރު ހިންގައިލިއެވެ.

"ފަންކާ........"

"އައި މީން ކީއްވެހެއްޔޭ ޔާޔާ މާ ބޮޑު ވިސްނުމެއްގައި ތިހިރީ؟ " އަޒާލިއާ އެހިއެވެ.

ކަޒްޔާ އަޒާލިއާ ގާތު ޝަކުވާކުރިއިރު ދެލޮލުގައި ކަރުނަތިތައް ވިދާ ބަބުޅަމުން ދިޔައެވެ. އަޒާލިއާ ބުނީ ނޯއާއަށް ހޯނަކަށް ބަލައިލަން ނުކެރޭއިރު އެ ނަގައިގެންގޮސް ފްލަޝްކުރުމުގެ ހިތްވަރު ލިބުމަކީ މުސްތަހީލް ކަމެއްކަމުގައެވެ. އަދި ކަޒްޔާ އަމިއްލައަށް ފާޚާނާ ތަށީގެ ތެރެއަށް އެރި ފްލަޝްވާތޯ ޗެކްކުރަން އަޒާލިއާ ބުނެލިއެވެ. އެވަރުން ކަޒްޔާ ގަބޫލުކޮށްފިއެވެ.

"ނޯއާ ޔާޔާ ރުޅި އަރުވަން ކިޔާހާ އެއްޗެހި...."

"ކީއްވެ ނޯހް މަރުވީ؟ އިފް ﷲ ލަވް މީ މިހެންވާންވީ ކީއްވެތަ؟ " ކަޒްޔާ އެހިއެވެ.

"ޔާޔާއަށް ރަސޫލުންނަށް ދިމާވި އިމްތިހާނުތަކާއި އެބޭކަލުން ކެތްކުރެއްވިގޮތް އެނގެއެއްނު. މިއީ އިމްތިހާނުގެ ގޮވަތިކަމާއި ޕާމެނެންޓް ހޯމްއަކީ ޖަންނަތު ނޫނީ ޖަހައްނަމްކަން ޔާޔާއަށްވެސް އެނގޭ. ލޯބިވާ މީހުންނާއި ލޯބިވާ ތަކެތިން މުދަލުން އިމްތިހާނު އަންނާނީ. ދެރަވެ ހިތާމަކުރާ ކަންތައް ވުމުން މާތްﷲ އަށް ހަމްދުކޮށްފައި ކެތްކުރުމުން ސަވާބު ލިބޭނެ. ގިނަގިނައިން ދުޢާކުރަންވީ. ﷲ ލޯބިވެ ވޮޑިގަންނަވާ އަޅުތަކުންނަށް އެންމެ ގިނަ މުސީބާތްތަކާއި އިމްތިހާނުތައް ކުރިމަތިވާނީ. ޔާޔާ އެންމެ ލޯބިވާ އެއްޗެއް ގެއްލުމުން ވިސްނަންވީ އެގޮތަށް. އެވެސް ﷲ ހެއްދެވި މަޚުލޫގެއް. އެވްރީތިންގް ބިލޯންގްސް ޓު ހިމް. ދަ އެއާ ވީ ބްރީތް ކަނޑު ފެން އިންސާނުން ހުރިހާ މަޚުލޫގުން ދުނިޔެ ކާއިނާތު ވަގުތު އެހެންގޮސް ހުރިހާ އެއްޗެއްގެ ވެރިފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާ....." އަޒާލިއާ ގުރުއާނުގެ އާޔަތެއް ކިޔަވާފައި މާނަ ބުނެދިނުމުން ކަޒްޔާ ނިކަން ގަޔާވެފައި އަޑުއެހިއެވެ. އެ ރަން ކުލަ އަރާފައިވާ އަތުގައި ހިލުނު ހީބިހިތައް އަޒާލިއާއަށްވެސް ފެނުމުން ކަޒްޔާއަށް ކުރި އަސަރު އެނގުނެވެ.

"އޯކޭ ލޫލޫ..މިހިސާބުން ގުޑްބައި ކިޔަން ޖެހުނީ. ބިކޯސް މި އެއްޗިއްސާއި ޖަންނަތަކުން ދިމަލެއްނުވާނެ......"ކަޒްޔާ ވިސްނައިލުމަށްފަހު ކިޔައިލިއެވެ. ދެން އޭނަ ގެންގުޅޭނެ ޕެޓްއަކާއިމެދު ވިސްނާލާފައި ނޯއާގެ ބަބްލްސް އަށް ވެރިވެގަންނަން ހިތް ލަފާދިނެވެ. އޭރުން ނޯއާގެ މޫނު އެއްކޮށް ރަތްވެގެންގޮސް ދުން އަރައިގަތީނުން ފަޓާހެއްހެން ގޮވާފާނެއެވެ. ހިތަށް އެރި އެއްޗަކުން ހެވެންފެށުނެވެ.

"ކޯންޗެއް ވިސްނީ؟ "

"ނަތިން ބިގެސްޓް..ބަބްލްސް އެޑޮޕްޓްކުރަން ނިންމައިފިން....." ކަޒްޔާ ބުނެލީ ނިކަން ބޮޑަށް އަނގަ ވަށްކޮށްލަމުންނެވެ.

"ނޯއާއާއި ރަގަޅަށް އަރައިރުން ހެދޭނީ އޭރުން. ނޮޓް ބޭޑް ހަހަ..." އަޒާލިއާއަށް މަޖާވިއެވެ. އަޒާލިއާ ކޭކު ހަދާ ނިމުމުން އުފާވެފައި ރީތިހެއްޔޭ އަހާލައިފިއެވެ.

"ކޭކުގެ ރީތިކަމަކީ އެ މީރުވުން. ބަލައިލަން ކިތަންމެ ރީއްޗަސް އަނގަޔަށް މީރު ނުވަންޏާ ރީތިކަން މުހިއްމެއްނުވާނެ.." ކަޒްޔާ ބޮޑު ކޭކުގަނޑެއް އަނގަޔަށް ލިތަން ފެނިފައި އަޒާލިއާއަށް ހަޅޭއްލަވައިގަނެވުނެވެ.

***

ޒޭވިއާއާއި ނޯއާ ގުޅިގެން ހިންގަން އުޅޭ ރެސްޓޯރެންޓް އެޅުމަށްޓަކާ ގެއާއި ޖެހިގެން އޮތް ހުސް ބިން ސާފުކުރުވުމުގެ މަސައްކަތްފެށިއެވެ. އޭރު ވިއްސާރަ މައިތިރިވެ ކޮންމެވެސް ވަރަކަށް އަވިދީފިއެވެ. ދޭތެރެއަކުން އަޅިކުލައިގެ ވިލާތައް އެއްވި ނަމަވެސް އިރު ވިލާތަކުގެ މައްޗަށް ފަތަހަ ހޯދާ ދުނިޔެއަށް އޭގެ ދޯދިތައް ފަތުރަން މަސައްކަތްކުރަމުން ދިޔައެވެ. ޒޭވިއާ ގެނައި ގްރޫޕްގެ މީހުންގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދިޔައެވެ. ފައުންޑޭޝަން އެޅިއިރު ސިމެންޓުގެ މަސައްކަތްފެށިއްޖެއެވެ. އެ ރެސްޓޯރެންޓަށް ކިޔަން ނިންމާފައިވާ ނަމަކީ "ޗޮކްލެޓް ވައިބްސް"އެވެ. އެ ތަން ޑިޒައިން ކުރުވާފައިވަނީ އިނގިރޭސިވިލާތުގެ ޑިޒައިނަރެކެވެ. އެތަނުގެ ޗޮކްލެޓް ބޮކްސްގެ ނަން ދެވިފައިވާ ކޮޓެޖްތައް ފަދައިން ފުރާޅުތައް ހަދާ އިނގިރޭސިވިލާތުގައި އުޅެވޭހެން ހީވާފަދަ އިހުސާސް ކުރުވާގޮތަށް ކުދި ފެންސްޖަހާ ވިނަތައް ހައްދަން ޒޭވިއާވަނީ ނިންމާފައެވެ. އެތަނުގެ ހުރިހާ ޚަރަދެއްކުރަނީ އޭނަގެ އެކައުންޓުންނެވެ. ނޯއާ އޭނަގެ ވިޔަފާރީގެ ބައިވެރިއަކަށް ހެދީ ކިތަންމެ ކަންނެތަސް އަމާނާތްތެރިކަން ޔަގީންވާތީއާއިއެކު ކޮއްކޮ އެއްކަމުގައި ދެކެވޭތީއެވެ. މަސައްކަތް ހިނގަމުންދާ ގޮތް ސުޕަވައިޒްކޮށް ގިނަވަގުތު ޒޭވިއާ މަސައްކަތްތެރިންނާއި ކޮންސްޓްރަކްޝަންގެ ބޮޑުމީހާއާއެކު ވާހަކަދައްކާ ހަދައެވެ. މަސައްކަތްކުރާ މީހުންނަށް ޖޫހާއި ހެދިކާ ކަހަލަ އެއްޗެހި ހިފައިގެން އަންނައިރު ކަޒްޔާވެސް ދޭތެރެއަކުން އެ ތަނަށް ވަދެލާނެއެވެ. ރެސްޓޯރެންޓެއް އަޅާކަން އެނގުނީއްސުރެ އޭނަ ހުރީ އެތަނުން ވަޒީފާއެއް ހޯދާ މުސާރަ ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށް ކޮށެވެ. އެތަން އެޅުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާހިތުން ގޮސް ބަލައިލެވޭ ސަބަބަކީ އެ އުއްމީދެވެ.

"އޭރުން ކާފަމެންނަށް ފައިސާ ފޮނުވާނީ. އަދި ފަލަސްތީން ސީރިޔާ އަފްގާން ޔަމަން ފަދަ ހާލުގައި ޖެހިފައިވާ ކުދިންނަށްވެސް....." ކަޒްޔާ ފައިސާއާއިމެދު ކަންތައް ކުރާނެގޮތް އޭރުއްސުރެ ރާވާލައިފިއެވެ.

މަންމަ ދެތިން ދުވަހު އޭނައާއި ވާހަކަދައްކާލަން އެގެއަށް އައެވެ.

އޭނަ ސިޓިންރޫމަށް ނިކުމެއެވެ. މަންމައާއި ރާދާއާއި ބައްދަލުކުރެއެވެ. ނަމަވެސް އެމީހުން ބޭނުންވި ފަދަ އެއްވެސް މައުލޫމާތެއް އަހަން ނުކުޅެދުނެވެ. އަޒާލިއާ ބުނިގޮތަށް އޭނަ ހަނުހުރީއެވެ. ސުވާލުކުރާ ވަރުންނާއި ކަޒްޔާ ގެންދަން އުޅޭވަރުން މާހިރާއާއި ހީނާއަށް އުދަގޫވެގެން ނަރުގިސްއާއި ވާހަކަދައްކަން ނުކުތެވެ.

"އަޅުގަނޑަށްވެސް އަމިއްލަ ދަރީގެ މައްޗަށް ހައްގު އޮންނާނެ ނޫންތޯ؟ މިފަދަ ޚަބަރެއް އިވުނީމަ ނީވޭކަމަށް ހެދި ނުހުރެވޭނެ. އެންމެ އަޑިއަށް ފީނައިގެންވެސް އެ ޚަބަރުގެ ދޮގު ތެދު އޮޅުން ފިލުވަން ޖެހޭ................." ނަރުގިސް ބުނެލިއެވެ.

"ބައްޕަ މިގޭގައި ބަހައްޓާފައި ދުރުވީ. ބައްޕަ ދުރުވަންދެން މިގޭގައި ހުންނާނީ..މަންމައާއެކު ދެވޭކަށް ނެތް..މިގޭގައި އެންމެ ސޭފްޓީ ވާނީ..." ކަޒްޔާ ކަކޫ މޭގައި ޖައްސާލައިގެން އިންއިރު އޭނަގެ ސްނީކާސް ސޯފާގައި ކޮންމެވެސް ވަރަކަށް ޖެހިފައި އިނުމުން ހީނާއަށް ދޭތެރެއަކުން ބަލައިލެވުނެވެ.

"ނަރުގިސް ޝައްކު ތިކުރަނީ ކޮންކަމަކާ. އެހާ ޝައްކުވަންޏާ ކަޒްޔާ ހުންނަ ކޮޓަރި ބަލައިލަންވީނު. ކަޒްޔާ ދިރިއުޅެނީ ވަކި ރޫމެއްގައި. އަހަރެމެންގެ ފިރިހެންދަރިން ނަކީ ތިހާ ވިޔާނުދާ ފާހިޝް އަމަލުތައް ހިންގާނެ ބަޔެއްނޫން. އެކުދިން ބޭނުން ކޮންމެ އަންހެންކުއްޖަކު ލިބިދާނެ. ވީއިރު ތިހާ ވިސްނަން ޖެހޭނެ އެއްވެސް ސަބަބެއްނެތް..."

ހީނާ ޚާން ނަރުގިސް ގެންގޮސް ކަޒްޔާގެ ކޮޓަރި ދެއްކިއެވެ.

"ނުބައި ރިޕޯޓެއް ލިބިގެން ތިއުޅެނީ....."

"ގަބޫލުކޮށްފިން.." ހަގީގަތުގައި ނަރުގިސް އެވަރުންވެސް މި މީހުންނަށް އިތުބާރެއްނުކުރިއެވެ. ނަމަވެސް މި މީހުންގެ ހިތްހެޔޮކަމާއި މެހުމާންދާރީގެ ސަބަބުން މޫނުމަތީގައި ބުރަބަހެއް ކިޔާ އަރައިރުމަކަށް ދާކަށް ނުކެރުނެވެ. އަދި ހެއްކެއްނެތި ނޯއާ ގޮވައިގެން ޝަރީއަތަކަށް ނުވެސް ގެންދެވޭނެއެވެ.

"ކޮބާ ނޯއާ....." ނަރުގިސް އެ ޒުވާނާ ދެކެން ބޭނުންވިއެވެ.

"ރެސްޓޯރެންޓެއް އަޅަންވެގެން އެކުދިން މަސައްކަތުގައި އުޅެނީ...ހިނގާ ބައްދަލުކުރުވަދޭނަން.." ހީނާ ޚާން ނަރުގިސްއާއި ރާދާ ގޮވައިގެން އެގެއިން ނިކުތެވެ.

ޒޭވިއާއާއި ނޯއާ އައީ މަގުން ހިނގާފައެވެ. ނޯއާގެ އުރުގައި ހުދުކުލައިގެ ނިކަން ލޯބި ބުޅަލެއް މަގާމު ހަދައިގެން އޮތްއިރު ނޯއާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓާއި އެއްކުލައެއްގައެވެ. ނޯއާ ޑެނިމް ނޫ ޖިންސްފޮތީގެ ސޯޓެއްގައި ހުރިއިރު ޒޭވިއާވެސް ދިގު ސޯޓާއެކު ކަޅު ފެހިކުލައެއްގެ ޓީޝާޓެއްގައެވެ. އިސްކޮޅުން އާދައިގެ ދިވެހިންނަށްވުރެ ދިގުވެފައި ހަމުގެ ކުލަ ރީއްޗެވެ. އިރުގެ އަވީގެ ސަބަބުން ޓޭންވެފައިވުމުން ކަންނޭގެއެވެ. ބޭރުފާޑެއް ހުއްޓެވެ. "ހާފް މޯލްޑިވިއަން" ޒުވާނުންކަން ސިފަތަކުން ހާމަވެއެވެ. ނޯއާ އަނގަ ފުރެންދެން ދުފާއެއްޗެހި ލައިގެން ހުރިއިރު ޒޭވިއާގެ އަނގަޔަށް ލީ ސުޕާރީ ދެތިން އެތިކޮޅު ލަސްލަހުން ހަފާލައެވެ.

"މިއީ ނޯއާ. މިހިރީ މަގޭ ދަރި ޒޭވިއާ..." ހީނާ ޚާން ފަޚުރުވެރިކަމާއެކު ދެ ޒުވާނުން ނަރުގިސްއަށް ތައާރަފުކޮށްދިނެވެ. "ސަންސް. މިއީ ކަޒްޔާގެ މަންމަ ނަރުގިސް..މީ ނަރުގިސްގެ އެކުވެރިޔެއް. ރާދާ........."

ނަރުގިސްއަށްވެސް ހައިރާންކަމެއް ލިބުނެވެ. އޭނަގެ ޚިޔާލުގައި ޝޭޚުންގެ ދަރިން ތިބޭނީ ތުނބުޅި ދިގުކޮށް ފައި ކުރުކޮށްލާފައެވެ. ނަމަވެސް ކުރިމަތީގައި މިތިބީ ފެޝަން މަޖައްލާއެއްގެ ބަނޑޭރިގަނޑުން ފުންމާލައިގެން އައި ޒަމާނަށް ލޯބިކުރާ ދެ ޒުވާނުންނެވެ. ކޮންމެ އަންހެންކުއްޖެއްގެ ހިތް ކިޔާނެފަދައެވެ. ޒޭވިއާގެ މޫނުގައި ތަންކޮޅެއް ހަރުގޮތެއް ހުރިއިރު ނޯއާގެ ބޮޑު ދެލޮލުން ލާނެތްކަމާއެކު މައުސޫމްކަމެއް ފެންނާން ހުރުމުން އެހާ ނަލައެވެ. އަނދުން އަޅާފައިވާހެން ހީވާ ލޮލާއި ދިގު އެސްފިޔަތަކެވެ. ފަން ފަން އިސްތަށިކޮޅުގައި ވައި ކޮށްލަމުން ދިޔަ ސަމާސާއިން ވިހުރުވާލައެވެ.

ނުނިމޭ

 

ކޮމެންޓް 0