"ޝޭޚު އަބްދުލް އަޒީޒުބިން ބާޒް ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތް ކިޔެވުމަކީ ހިދާޔަތް ލިބުމަށް ވާ ސަބަބެކެވެ. އަދި އޭނަގެ ހިތަށް ވާ ދިރުމެކެވެ."
***
އަޒާލިއާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އޭނާ އާއިލާއާއި އެ ހަބަރު ހިއްސާކުރަންވީހެއްޔެވެ؟ ޒޭވިއާދެކެ ހިތުގައި އުފެދިފައިވާ ފުން ލޯތްބާއެކު އެކީގައި ދިރިއުޅެން ޟަމީރު އެދެނީއެވެ. ހަތަރު އަނބިންގެ ތެރެއިން އެކެއްކަމުގައި ހިމެނުމަކީވެސް ނަސީބުކަމުގައި ދެކެވެނީއެވެ. އެއީ ލޯބިނޫން ކޯންޗެއް ހެއްޔެވެ؟ ހުވަފެނަކީ މުޅި ހަޔާތް ޒޭވިއާއާއެކު ވޭތުކުރުމެވެ. އަޖޫޒުވެ ލޯބޯކޮށިވާއިރުވެސް އަތުގައި ހިފާލައިގެން އަދި އާހިރަތުގައި އެކީގައިވުމުގެ ނިއުމަތްވެސް ދެއްވުމެވެ.
"ނަތިން. ދޮންތައަށް ހީވާގޮތް. ހިނގާބަލަ ނަމާދުގެ ޑެކަރޭޓްކޮށްލަން..." އަޒާލިއާ ތެދުވެފައި އޭނަގެ ދޮންތަގެ އަތުގައި ހިފާލައިފިއެވެ. އަދި ހިނިގަނޑެއް ޖަހައިލިއެވެ." އެކަމަކު ހަމަ އަނާ މަތިން މިސްވީމަ ރޮވޭ. އަވަހަށް އެކީ ވާނެނަމަ...ކޮންމެ ފަހަރަކު ދުޢާކުރަން..."
"މީ ޓޫ...." އަލާޔާއަށް ރަގަޅަށް އޮޅިއްޖެއެވެ.
***
އަމަންއާއި ކަޒްޔާގެ ކައިވެންޏަށް ތައްޔާރުކޮށް ނިމުމުން ކަޒްޔާ އެދުނީ އަމަންއާއި ބައްދަލުކޮށްލުމަށެވެ. އޭނަގެ ކޮޓަރިއަށް ވަނީ ޖެހިލުމެއްނެތިއެވެ. ކޮޓަރިތެރެ އާ ކައިވެންޏަށް ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަމުން ހުވަފެނެއްފަދައެވެ. ރަތްކުލައިގެ އުއްބައްތިތަކެވެ. ރަތް ފިނިފެންމަލުގެ ދޫލައެކެވެ. މީރުވަސް ދުވާ ނިކަން ހިތްގައިމު މާހައުލެކެވެ.
"އައިމް ސޮރީ އަމަން..ބުނާނެ ރަގަޅު ފުރުސަތެއް ނުލިބިފައި މިހިރީ. އައި ލަވް ސަމްވަން އެލްސް. އަދި އެއީ ރިއަލް ހަޒްބެންޑަކީ. އަހަންނާއި އެހެން ކުއްޖަކާ މެރީކުރެވިފައިވަނީ. އެހެންވީމަ އެހެން ކައިވެންޏެއް ހުއްދައެއް ނުވާނެ. ވަރަށް ދުވަސްވެއްޖެ ދުޢާކުރާތާ. ކީއްވެކަން އެނގޭތަ؟ ޗައިލްޑް ބްރައިޑަކަށްވީމަ މަންމަމެން ލޯބިވާލެއް ބޮޑުކަމުން ހަމަ ރޫމްގައި ބަންދުކުރީ އޭނައަށް ނުދައްކަންވެގެން ހެހެ....އެކަމަކު މިހާރު ދެން ކުޑަކުއްޖެއް ނޫންތާ. އަމަންވެސް މަޖުބޫރުން ނުދަންނަ މީހަކާއި މެރީކުރީ؟ އައިމް ފައިވް ހަންޑްރެޑް ޕަސެންޓް ޝުއަ. އެހެންވީމަ އަހަންނަށް ފިލަން ހެލްޕްވާނަންތަ؟"
"އޮފްކޯޒް، އަހަންނަށް އެންމެ ކުރިންވެސް ތިކަން އެނގުނު. ކަޒްޔާ ފެންނައިރަށްވެސް އެކަން އެނގިއްޖެ. ހާއްސަ މީހެއް ހުރިކަން..." އަމަން އަތްތިލައިގެ އިނގިލިތައް މަހައިލަމުން އުނގުޅައިލިގޮތުން ކަންބޮޑުވިކަން އެނގުނެވެ. ލޮލުގެ ވިދުންވެސް ފަނޑުވިއެވެ. ހަނދަށް ވިލާކޮޅެއް އެޅުނުފަދައެވެ.
"ކިހިނެއް އެނގުނީ؟"
"ޔޫ ހޭޑް ދަ ލުކް އިން ޔޯ އައިސް. އެންމެ ފަހަރަކުވެސް އަހަންނާއި ދިމާލަށް ޝައުގުވެރިހެން ހީވާގޮތަކަށް ބަލާނުލާ..."
"މެރީޑް ކުދިން ފެއިތްފުލްވާނެއްނު.. ތި ހީކުރެވުނީ ހަމަ ރަގަޅަށް. ނޯއާ ނޫން މީހަކަށް ސްޕެޝަލްކޮށް ބަލާކަށް ނުވެސް އެނގޭނެ....." ކަޒްޔާ އެސްފިޔަ ޖަހައިލިއެވެ. އޭނަ އެހާ ހާއްސަކޮށް ނޯއާއަށް ބަލަން ކެރުނު ހަނދާނެއްވެސް ނެތެވެ. އޭރު އޭނަ ކުޑަކުއްޖަކަށް ވީމަ އަމަން އެބުނާފަދަ ނަޒަރަކުން ބަލައިލަން އެނގޭނީވެސް ކިހިނެއްހެއްޔެވެ؟
"ނޯއާއަށްވުރެ ނަސީބުގަދަ މީހެއް މި އުޑު ހިޔާދަށަކު ނުވޭ..."
"ކީއްވެ ތިހެން ބުނީ؟" ކަޒްޔާ އެއް ބުމަ އަރުވައިލީ ހައިރާންވެފައެވެ.
"ކިހާ މުއްސަނދި. އަދި ޗޮކްލެޓާއި ލޯބީގެ ދުނިޔެއެއްގައި......" އަމަންގެ ވާހަކަ ކަޒްޔާ މެދު ކަނޑައިލިއެވެ.
"އަމަންވެސް ޗޮކްލެޓާއިހެދި އެހާ ވަރުވަންތަ؟ މަވެސް އެޑިކްޓްވާ އެއްޗެކޭ. ތިވާހަކަދެއްކީމަވެސް ޗޮކްލެޓްކާ ހިތްވީ....." ކަޒްޔާގެ ލޮލުގައި އަޅައިގަތީ ސައިޑް ޓޭބަލްމަތީގައި ހުރި ޗޮކްލެޓާއި ޗެރީ ބޯތަށްޓެވެ. މާސްކް ނައްޓާފައި ދުއްވައިގަތީ ބަނޑަށް ޖެހިފައިވާ ކުއްޖެއްފަދައިންނެވެ. ދެއަތު ފުރެންދެން ޗޮކްލެޓްނަގާފައި އަމަންގެ އަތަށް ދެތިން ޗޮކްލެޓް ލައްވާފައި އެނދުގެ މެދުގައި ދެފައި ވަށްކޮށްލައިގެން އިނދެ ނިކަން ދަހިކޮށް ޗޮކްލެޓް ކަމުން ދިޔައިރު އަމަން ތަފާތު ނަޒަރަކުން ބަލަން ހުއްޓެވެ.
"ބޭރަށް އަވަހަކަށް ފުރޭނެތަ؟" އަނގަ ފުރާ ލައިގެން އިނދެ އެކީ އެއްޗެއް އަމަންއަށް ކިރިޔާ އޮޅުން ފިލިކަމެވެ.
"ހަނީމޫނަށް ޓިކެޓް ނަގާފައެއްނު އޮތީ.."
"މްމްމްމް......ޔެސް..."
"ޔެސް ތުރުކީއަށް. ކައިޝާ ބުނީ ކަޒްޔާގެ ފެވެރިޓް ތަނެކޯ އެއީ އެހެންވެ. އެވެސް މިރޭ ފުރާގޮތަށް. އެކަމަކު މެރީނުކޮށް ކިހިނެއް ފިލައިގެން ދާނީ؟"
"މެރީކުރިއްޔާ ޑިވޯސް ކިޔާ އެއްޗެއް އޮވެއެއްނު. އެހެންނޫނަސް ތި ބާތިލް މެރިޖަކަށްވާނީ. ބިކޯޒް އައިމް އޯލްރެޑީ މެރީޑް.....ނޫންތަ؟ އާއެކޭ ބުނޭ އަމަން..."ކަޒްޔާ އަމުރުވެރިގޮތަކަށް ބުނެލުމަށްފަހުވެސް އެއްލޯ މަރައިލިއެވެ..." ކައި މަގޭ ކިތައް ސިއްރު ޝެއާކުރީ. އެވަރުންވެސް ނޯއާގެ ބައި ސިއްރުދޯ....ޝީޒް ދަ ފަނިއެސްޓް...ސްވީޓެސްޓް ބެސްޓެސްޓް ސިސް..."
އަމަން މަޑުމަޑުން ހީލިއެވެ.
"އެންމެ ރަގަޅު. ބާތިލު ކައިވެންޏެއްކޮށްގެން ފުރާނީ. އަހަރެން އެހީވާނަން. ކޮބާ ހަޒްބެންޑް؟" އަމަން ސުވާލުކުރިއެވެ.
"އިހަށް އޭނަ ބަހައްޓާ. އެންމެނަށް ފިލައިގެން ގޮސް ދުވަސްކޮޅެއްވާންދެން އުޅެލަން ބޭނުމީ. އެއްވެސް މީހަކަށް އެނގިގެން ނުވާނެ...ކޮވިޑް އައުމަކީ ބައެއްފަހަރު ރަގަޅަށޭވެސް ހިތަށްއަރާ. މާސްކު އަޅައިގެން ހުރީމަ އެހާ ފަސޭހައިން ދެނެގަންނާކަށް ނޭގޭނެ... އަހަރެމެން ގްރީސްއަށް ގޮއްސަ ޝޮޕިންކޮށްލަން ޖެހޭނެ... ޑޯންޓް ވޮރީ. އަމަން އަތަކުން ނޫން ފައިސާ އަތުލާނީ. އަހަރެން ކެލިގްރާފީ ވިއްކާލައިގެން ފައިސާކޮޅެއް ލިބިދާނެހެން ހީވޭ ބައެއް އެއްޗެހި ހިފައިގެންދާނީ." ކަޒްޔާ އުފަލުން ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. މާސްކު އަޅައިގެން ހުރުމުން މޫނު އެއްކޮށް ނުފެނުނަސް ލޮލުގެ ރީތިކަމާއި ވިދާގޮތުން ހަމަ ތަރިއެއްފަދައެވެ. އުފާވެފައި ހުރުމުން ވަކިން ރީތީކަން ނޭގެއެވެ.
"ބޭނުންގޮތެއް..." އަމަން ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިފިއެވެ.
"އިތުރު ވާހަކައެއް ބުނަން ބޭނުންތަ؟"
"އުފާވިވަރުން ސިކުނޑިވެސް އުދުހިގެން ދިޔަތާކަށް ހިގައްޖެ. ދެން ޓާރކީއިން ކަން ނޭގޭ އެނބުރި އަންނާނީ...ސޯ އެހެން ވާހަކަތައް ފަހުން ދައްކަމާ.." ކަޒްޔާ ހިނިގަނޑެއް ޖަހައިލުމަށްފަހު އަމަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަމަން މާ މަޑުމަޑުން ހުންނާތީ އާއި ދެރަވެފައި ހުންނަކަން އެނގި މަޖުބޫރުކުރުވީކަން އޭނައަށް ޔަގީނާއި ގާތަށް އެނގުނެވެ.
"ތެންކިއު.." އޭނަ ހިތުގެ އަޑިން މާނަކޮށްފައި ބުނެލިއެވެ.
***
ކައިވެނިކުރެވުނުއިރު އެ ހަފްލާގައި ބައިވެރިވީ މަދު މީހެކެވެ. ކަޒްޔާގެ ފަރާތުން އަރްކާންއާއި ކައިޝާއެވެ. އޭނަގެ މަންމަ މައިގްރޭންގެ ސަބަބުން ނާދެވުނީކަމުގައި ދޮންތަ ބުނެލިއެވެ."މައިގްރޭނޭ ބުނީ އެކަމް ކޮވިޑް ފޯބިއާ. މަންމަ ބިރުން ހަމަ ނަފްސާނީ ވާ ހިސާބަށް ގޮސްފި. ބަލައިގެން އުޅެންޖެހޭނީ އެކަމަކު ދެން ހެއްދެވި ފަރާތަށް އިތުބާރެއްވެސް އޮންނަންވާނެ ދޯ. ކިތަންމެ ބަލައިގެން އުޅުނަސް މަގޭ ފްރެންޑެއްގެ ފެމިލީއަކަށްވެސް ޖެހިއްޖެ ވިއްޔަ. ނޯ ވޮރީސް މަންމަ ނާންނާކަށް ނޫން އިނގޭ..."
"އެކަކު ނަޔަސް ހެވޭ. ބައްޕައާއި މާމަ އަދިވެސް ލޯބިވާ ވަރަށް ގިނަ މީހުންނަށް ނާދެވޭ. ކޮވިޑްވީމަ ދެން މިކަހަލަ ގޮތަކަށް ދާނީ..."
"ހެހެ. ޔާޔާ ހެޕީތަ؟ވަރަށް އުފާވެފައިހެން ހީވޭ..." ކައިޝާ ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.
"ﷲ ސުބުހާނަހޫ ވަތައާލާގެ ޕްލޭނަށް ޓްރަސްޓްކުރަން. ދެރަގޮތެއް މެދުވެރިނުކުރައްވާނެ އިންޝާﷲ..." ކަޒްޔާ މާސްކު ކުޑަކޮށް ތިރިކޮށްލިއެވެ. ހެދުމާއި ގުޅޭގޮތުން ފިޔާތޮށްޓާއި ހުދުން ވާ މާސްކާއެކު އެކުލައިގެ ބުރުގާއެއް އަޅާފައި ހުރުމުން ހިތްގައިމެވެ.
އިޔާންގެ ނަޒަރު އިރުއިރުކޮޅާ ކަޒްޔާގެ މޫނަށް ހުއްޓޭތަން ފެނި ކައިޝާގެ ލޮލުން އަލިފާން އަރާވަރުވިއެވެ. އިޔާން އުޅޭގޮތް ހަދާން ނައްތާލާފައި އެކީ އުޅެން އޭނަ މަސައްކަތްކުރާއިރު އޭނަވީ މަކަރުވެރިއަކަށެވެ. އަންހެންކުދިންނާއިހެދި އެހާވަރުން އުޅޭ މީހެއްވިއްޔާ ވަފާތެރިކަން މަތީގައި ހުރެވޭނެ ކަމެއް ނޭގެއެވެ. އެހެން ކުދިންނާއި ކަޒްޔާ ތަފާތެވެ. ކަޒްޔާ ކޮއްކޮކަމުގައި ވުމުން ހިތަށް އަސަރުކުރިއެވެ. އެނޫން އަންހެންކުއްޖެއް އިޔާންއަށް ނުފެނީހެއްޔެވެ؟ އަދި ތިމާގެ ފަހަރިއާއި އަޅައިގަނެގެން އުޅެން ލަދުހަޔާތެއް ނެތެވެ. އިޔާން މިރޭ އެގޮތަށް ދަހިވެތި ނަޒަރުން ބަލާވަރުން ކައިޝާގެ ހިތުގައި އަނދައިގަތް އަލިފާންގަނޑު ނިވާނުލެވި ސިކުނޑީގައިވެސް ހުޅު ހިފައިގަތްފަދައެވެ.
އިޔާން އަމަން އެތެރެއަށް ވަން ދަނޑިވަޅެއް ބަލާފައި ކަޒްޔާ ހުރި ދިމާލަށް ދާން ހިނގައިގަތެވެ. އެލޯ އެންމެ ފަހަރަކުވެސް ކަޒްޔާގެ މޫނުން ކައްސައެއްނުލައެވެ.
"ހޭއި އިޔާން ޑާލިން.." ކުއްލިއަކަށް ކުރިމަތިން ދައްކައިލީ ކައިޝާއެވެ."މިރޭ ހާދަ ބިޒީވެލާފައި............"
"ތިބުނީ....." އިޔާން ލޯ ކުޑަކޮށްލިއެވެ.
"ޔަގީނުންވެސް ލޯ ޑްރޯންއަކަށްވުރެ ކުޅަދާނަ. އެނބުރޭވަރުން އެހެން ކަމެއްހެން ހީއެބަވޭ. އެކި ދިމާލަށް ދަތުރުކޮށް ފޮޓޯ ނެގުމަށް ވަރަށް ފޯރި އެބަހުރި. ޔޫ ނޯ ވަޓް. ޔޫ އާ ޑިސްގަސްޓިން. އީވިލްގެ ޑެފިނިޝަންއެއް ހުވާ.." ކައިޝާ ކުއްލިއަކަށް އަތުގައި ހުރި ޖޫސްތަށި އިޔާންގެ ބޮލަށް އަޅާލައިފިއެވެ."ފަހަރިއާއި ހިތާވެގެން އުޅޭއިރު ހިތަށް އެއްޗެއްވެސް ނާރާދޯ. ކަޒްޔާ ދުވަހަކު ތި މީހާއަކަށް ނުބަލާނެ. އީވިލް ޑޭމްޑް ޕް**....."
އިޔާންގެ ހައިރާންކަން މަޑުމަޑުންގޮސް ރުޅިވެރިކަމަށް ބަދަލުވެ ބުމަ ގޮށްޖެހުނެވެ. އަތް މުށްކަވާލެވިއްޖެއެވެ.
ކައިޝާގެ ބަސްތަކުން ހިތަށް ނުބައި އަސަރުކުރުވިއެވެ.
"އިޓްސް އޯވާ. އަހަރެމެން ދެމީހުންގެ އޮތްހާ ގުޅުމެއް ކެނޑުނީ. މަގޭ ކޮއްކޮއާއި އަޅައިގެން އުޅޭ މީހަކާއިއެކު ދިރިއުޅުން ފަސޭހަ ނުވާނެކަން މިރޭ ޔަގީންވެއްޖެ.ގުޑްބައި" ކައިޝާ ބާރުބާރަށް ކިޔާފައި ހިނގައިގަތީ ރުޅިވެރި ކަރުނަތައް ދިރުވާލަމުންނެވެ. ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އޭނައާއި އިޔާންގެ ދޭތެރޭގައި އޮތްހާ ލޯތްބަކާއި ކުލުނެއް ފިލުވުމުގައި ކާމިޔާބުކުރިއެވެ. ފަހަރެއްގައި ލޯތްބަށްވުރެ އޭނަގެ ހިތުގައި އިޔާންގެ މުއްސަދިކަމާއި އާއިލީ އިއްޒަރާއި ގަދަރުވެރިކަން އޮތީމަ ކަން ނޭގެއެވެ. އެންމެ ދެރަވާނީ އޭނަގެ މަންމައެވެ. އެކަމަށް އެންމެ ބާރު އަޅާ އެ ގުޅުމަށް ހިތްވަރުދީ ދެމީހުން ގާތްކުރުވަން އުޅުނީވެސް މަންމައެވެ. މަންމައަށްޓަކާވެސް އޭނައަށް އިޔާންފަދަ ލަދެއް ހަޔާތެއް ނެތް މީހަކާއި ގުޅި މުޅި ދިރިއުޅުން ގުރުބާނެއް ނުކުރާނެއެވެ.
***
ކަޒްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެމިރޭޓްސްގެ ފުރޮޅުތައް ރަންވޭމަތިން ހިއްލާލުމާއެކު މާލެ ދޫކޮށް މިނިވަންކަމަށް ނޭވާލެވޭކަމުގެ އިހުސާސްކުރެވިފައެވެ. ނަސީބަކުން އަމަން އިނީ އެހެން ސީޓެއްގައެވެ. އޭނަ ދެއްކި ވާހަކަތަކަށްފަހު އަމަންއެކޭ ރޮބޮޓޮކޭ ތަފާތެއްނެތެވެ. އަނގައިން ބަސްހުސްވީފަދައެވެ. އޭނަ ކުރާ ސުވާލަކަށް ޖަވާބުދިނުން ފިޔަވާ އަމަން ހިމޭންކަމުން އޭނަގެ ހިތަށް ހަމަޖެހުން ލިބުނެވެ.
"އަލްހަމްދުލިﷲ...."
"ބައެއްމީހުން ބުނާނެ ހިމޭންކަމަކީ އަންނަން އުޅޭ ބޮޑު ތޫފާނެއްގެ ހިލަމެކޭ އެކަމަކު ޕޮޒިޓިވްކޮށް ވިސްނަންޏާ ﷲއަށް ވަކީލުކޮށްފައި އެ ތޫފާން ނާންނާނެކަމަށް ގަބޫލުކުރާނީ. އަަޔަސް އެވެސް އިމްތިހާނެއް. އޯލް އައި ނޯ އިޒް އެ ޕްރިޒަން އިން ސަލާމަތްވެ އެންމެނާއި ދުރަށް ވަކި ލައިފެއް ފަށަން ދެވެނީއޭ. ނޯއާ ބޭނުމިއްޔާ ހުރިތަނަކުން ހޯދަން އަންނާނެއްނު..އަމަންގެ ގޮތެއްވެސް ނޭގޭނެ. އިތުބާރުކުރަންވީ މީހެއްވެސް ނޭގޭ އެކަމަކު އިސްތިޚާރާކޮށްފައި މިގޮތަށް ނިންމީމަ ދެރަގޮތެއްނުވާނެ ކަމާއި ﷲ ސުބުހާނަހޫ ވަތައާލާ ހުރިހާކަމެއް ދެކެވޮޑިގެން އެހީތެރިވެވޮޑިގަންނަވާނެކަން...."ކަޒްޔާ މޯޅިއަކަށް ދެމިލަމުން ސީޓުގައި ހަމަޖެހިލައިފިއެވެ.
***
ޒޭވިއާގެ އަމަލު ހުންނަގޮތުން އަޒާލިއާ ބިރުގަނެ ކޮޓަރި ތަޅުލައިގެން ހުންނަ ހިސާބަށް ދިޔައެވެ. ބޮއިގެން ހުންނަ މީހެކޭ ބައެއްފަހަރު ތަފާތެއް ނުހުރެއެވެ. ދޮރުގައި ދެއަތުން ތަޅައިގަންނާނެއެވެ. ނުލަފާގޮތަކަށް ހީގަނެފައި ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެއެވެ. ގޭގައި އުޅޭ ޚާދިމާ އޭނައާއި ޖައްސާލައިގެން ހުންނަފަދައެވެ. ފެންނައިރަށް ލޯ އަޅައިލާނެއެވެ. އަނގައިންވެސް ނުބުނެ ސިއްރުން ބަލަހައްޓައިގެން ހުންނަތަންފެނި އިންސާނެއް ބާވައޭވެސް ހިތަށް އަރައެވެ. އެކުއްޖާއަކީ ކާކުކަން އެހުމުން އަދި ޒޭވިއާ ބުނީ އެގޭގައި އެއްވެސް މީހަކު ނުގެންގުޅޭ ކަމުގައެވެ. ބިރުންގޮސް ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔުމާއެކު އޭނަގެ މޫނަށް އަނދިރިވާގޮތްވިއެވެ. މީހަކު ނުގެންގުޅެންޏާ އެގޭތެރެއިން އެފެންނަނީ ކާކުހެއްޔެވެ؟
އަޒާލިއާ މަގަށް ނުކުތީ ޒޭވިއާގެ ފަހަތުންނެވެ. އޭނަ މޫނުގައި މާސްކު އަޅައިގެން ހުއްޓަސް ސްކާފުންވެސް މޫނު ފޮރުވިއެވެ.
ކުއްލިއަކަށް އެހެން ލާފައި އައި ކާރެއް ކަހާލައިގެން އައިގޮތަށް އޭނަގެ ގައިގާ ނުޖެހުނީ ހަމަކިރިޔާއެވެ. އަޒާލިއާއަށް ގޮސް ވަދެވުނީ ގަހެއްގެ ފުރަގަހަށެވެ. ކާރު ދުއްވަން އިން ފިރިހެންމީހާ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.
"ސޮރީ. ކާރު ކަހާލީ......"
އޭރުވެސް އަޒާލިއާގެ ހިތް ބާރުބާރަށް ތެޅެއެވެ. މާފަށް އެދިފައި ކާރު ދުއްވާލިޔަސް އޭނަ ގަސްތުގައި ކާރުން ޖައްސަން އައީކަމުގައި ޟަމީރު ބުނެލިއެވެ. ގަހުގެ ފުރަގަހުގައި ފިލާ ހުއްޓާ އެހެންލާފައި ދިޔަ އަންހެންކުއްޖެއް ފެނުމާއެކު ކަޒްޔާމަތިން ހަދާންވިއެވެ. މާސްކު އަޅައިގެން ހުއްޓަސް ލޮލާއި ބުމަ އަދި ނިތްކުރިއަކީ ހަމަ ކަޒްޔާގެއެވެ. އެކުއްޖާ މިތަނުގައި ކީއްކުރަނީހެއްޔެވެ؟ޝައުގުވެރިވި ވަރުން ކާރުމަތިން ހަދާން ނައްތާލާފައި އޭނަ އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ. އެކުއްޖާވަނީ މަގުގެ އަނެއް ފަޅީގައި ހުރި ރަތް އީޓުލާފައި ހުރި ކުޑަ ކޮޓެޖަށެވެ.
"މިހިސާބުގައި ބުރުގާ އެޅިކުދިންނެއްވެސް ނޫޅޭ. ހަމަ ކަޒްޔާތަ؟ ކަޒްޔާއަށް ވިއްޔާ އަނގައިން ބުނަންވީތަ؟ ހުރިހާކަމެއް ހަދާން ނައްތާލާފައި..މަންމައާއި ބައްޕައަށް އަދި ނޯއާއަށް އެހާ ނުބައިކޮށް ހެދީމަ މާފުކުރަންޖެހޭނެތަ؟"
އަޒާލިއާ ގޭގެ މައިދޮރު ހުޅުވާފައި ބޯ ދިއްކޮށްލިތަނާ އެތެރެއިން މީހަކު ހީގަތްކަހަލަ އަޑެއް އިވުނެވެ. ބިރުންގޮސް ހިތް ފަޅައިގެން ދާވަރުވެފައި ހަޅޭއްލަވައިގަނެވުނެވެ. އިރުގަނޑެއް ނުވަނީސް ގޭތެރެއިން ނުކުމެގެން އައީ ޒޭވިއާއެވެ. އަތުގައި އޮތް ރާފުޅިއާއެކު ކާލި އަޅަމުން އައިގޮތަށް އަޒާލިއާގެ ގައިމައްޗަށް ނުވެއްޓުނީީ ކިިރިޔާއެވެ.
"އަސްތަޣުފިރުﷲ.....ޒޭވިއާ ޑްރިންކްވެސް ކުރަނީތަ؟"އަޒާލިއާއަށް އަނގަމަތީ އަތް އަޅާލެވުމާއެކު ފަހަތަށް ޖެހެވުނުއިރު ލޮލުގައި ބޮޑެތި ކަރުނަ ތިކިތައް ބޮނޑިވެގެން ފައިބައިގަންނަން ތައްޔާރުވެއްޖެއެވެ. ކިތަންމެ ގިނަމީހުންނާއި ކައިވެނިކުރިޔަސް ދީނުގައި ހުއްދަކަމެއް ވީމަ އޭނަ ހުރީ ހިތް ހަލާކުވިޔަސް ޒޭވިއާގެ އެފަރާތް ސިއްރުކޮށްގެން އެކީގައި ދިރިއުޅުމަށެވެ. ނަމަވެސް ދީނުގައި ހަރާމްކުރެއްވި ފާފަތަކަށް އަރައިގަތީމަ އެ އަމަލުދެކެ ފޫހިވިއެވެ. ޒޭވިއާ ސޯފާގެ މައްޗަށް ވެއްޓިގަތްގޮތަށް ލޯ މަރާލައިގެން އޮވެ ނިދީގެ ތެރެއަށް ގެނބުނީކަން ނޭގެއެވެ. ނޫނީ މާ ގިނައިން ބުއިމުގެ ސަބަބުން ޚަބަރުހުސްވީއެވެ.
އަޒާލިއާ ސޯފާއަށް ތިރިވިގޮތަށް ކަކުލުގައި ބޯ ޖައްސާލައިގެން އިނދެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގުނެވެ.
***
ފިނި ވައިރޯޅިތަކުގެ ނާނާގެ އަޑާއެކު ޖެހިލާ ތާޒާ ވައިރޯޅިތަކުން ހިތްތަކަށް ދިރުން ގެނެސްދެއެވެ. ނޯއާ އޭނަގެ ބައްޕަ ހަމްޒާ އިންނެވި ގޮނޑި ދުއްވަމުންގޮސް ގަސްތަކުގެ ހިޔަލުގައި ބެހެއްޓިއެވެ. އަދި ބައްޕައަށް މޭވާކޮޅެއް ކާންދޭން މަސައްކަތްކުރިއެވެ. ހަމްޒާއަށް އުދަގުލުން ވާހަކަދެއްކުނަސް ކިޔާ އެއްޗެއް ކިރިޔާ އޮޅުން ފިލަނީއެވެ. ބައްޕަ ދެއްކީ ކަޒްޔާގެ ވާހަކައެވެ.
"ދަރިފުޅު....ކަޒްޔާ...ހުރި ތަނެއް...ބައްޕައަށް ހީވީ މަޖުބޫރު ކަމެއް ވެހެން...ރަގަޅު ކުއްޖެއް އެއީ......ބައްޕަ އެކްސިޑެންޓްވީ ކޮންމެހެން އެހެނެއްނޫން...ކަޒްޔާ ގޯހެއްނޫން..ކޮބާ ކަޒްޔާ، އެއީނު ދަރިފުޅުގެ އަންހެނުން.."
ކަޒްޔާ މީހަކާއި ކައިވެނިކުރި ވާހަކަ ބުނަން އުޅެފައިވެސް ނޯއާ ހިމޭންވިއެވެ.
***
އަނާގެ ދަރިފުޅު ޔާސީންއާއިއެކު ޗޮކްލެޓްވައިބްސްއަށް ވަދެ އައިސްކްރީމަށް އޯޑަރުދިނެވެ. މޫނު އަޅައިގެން އިނުމުން އޭނައަކީ ކާކުކަމެއް އެހެން މީހުންނަށް ނޭގުނަސް އަރްކާންއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އޭނަގޮސް އިށީނީ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
"ހައި އަނާ...."
ކުއްލިއަކަށް އަނާއަށް ލިބުނު ސިހުމާއެކު ގާތުގައި އިން ޔާސީން ގެނެސް އުނގަށް ލުމާއެކު ބައްދައިލެވުނީ އަރްކާންގެ އަތްދަށުން ހިމާޔަތް ދެން ބޭނުންވިފަދައަކުންނެވެ. އަރްކާން މާސްކް ނަގައިލިއެވެ.
"މިތަނުން ދޭ. ރީތިކޮށް މިބުނީ ނޫނީ ފުލުހުންނަށް ގުޅާނަން.."އަނާ ސިހުމާއެކުވެސް ނަފްރަތުން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. ޔަހްޔާގެ ގާތިލަށް އޭނަ ދުވަހެއްގެ ކޮޅުންވެސް މާފެއް ނުދޭނެއެވެ. އޭނަ ބޭނުމީ އިންސާފެވެ. ޑޮކްޓަރަކަށްގެ ޝަރަފު ހޯދައިގެން އެ ލަގަބުގެ ނިވަލުގައި ހިންގި ނުބައި ޖަރީމާ ދުނިޔެއަށް ފޮރުވައިގެން އޭނަ ވަރަށް ދުވަސްވާންދެން ކެތްކޮށްފިއެވެ. ޔަހްޔާއަށް އިންސާފު ނުލިބެނީސް އޭނަ ދެން ހަމަޖެހިގެން ލޮލު ފިޔަވެސް ޖަހާނުލާނެއެވެ. އަނާގެ ހަރަކާތްހުރިގޮތުން ޔާސީން ތުން ފިތާލައިގެން މަންމަގެ މޭގައި ބޮނޑިވެލައިފިއެވެ.
"އިޓްސް އޯކޭ ސްވީޓްހާޓް...."އަނާ ޔާސީންގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި އިންތަނުން ތެދުވެއްޖެއެވެ.
"އަނާ ފޮގިވް މީ..." އަރްކާންގެ އެންމެ ޖުމްލައަކުން އޭނަ ކުރި ކުށަށް އިއުތިރާފްވީކަން އެނގުމުން އަނާގެ ލޮލުން ރުޅިވެރިކަން ފައުޅުވިއެވެ. އެލޮލުގައި އަރްކާންއަށްޓަކާ އެއްވެސް ކަހަލަ ލޯތްބެއް ހަމްދަރުދީއެއް ނެތެވެ.
"ގިޔާމަތް ދުވަހުންވެސް މާފު ނުދޭނަން. އިންސާފު ބޭނުމީ....."
"ކިހިނެއް އެހެން މީހަކާއި މެރީކުރެވުނީ؟ އަހަރެން ވަރިނުކުރަމެއްނު...." އަރްކާން ޔާސީންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. މުށިކުލައިގެ ފަން އިސްތަށިކޮޅަކާއި ދޮން ކަމުންގޮސް ފިޔާތޮށިކުލަ އަރާފައިވާ ހަންގަނޑެކެވެ.
"އެކްސްކިއުޒް މީ މިސްޓަރ.....ލީވް ހާރ އެލޯން އޯކޭ....އެކަނިމާ އެކަނި ހުރި އަންހެންކުއްޖެއް ފެންނައިރަށް ދިމާކޮށް އުދަގޫކުރާކަށް ނުޖެހޭ..." ދަންނަ އަޑެއް އިވުމުން އަރްކާން އެނބުރި ބަލައިލީ ޖިންސްގެ ޖީބަށް އަތްޖަހައިލަމުންނެވެ.
ނުނިމޭ