"ތައުބާވުން އަވަސްކުރަންވާނެއެވެ. ފަހުން ފުރުސަތު ނުލިބި އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކުރަން ޖެހިދާނެއެވެ."
***
ކަޒްޔާ ބެލްކަންޏަށް ނުކުމެ ބޭރަށް ބަލަން ހުއްޓާ ފެނުނު މަންޒަރަކުން ހިތް ދިޔައީ ފުންމައިގެންނެވެ. އެގޯޅީގެ އަނެއް ފަޅިން ހިނގާފައި އެދިޔަ ތިން އަންހެންކުދިންގެ ތެރެއިން އަޒާލިއާގެ މޫނު ކިތަންމެ ރަގަޅަށްވެސް ފާހަގަވިއެވެ. ދެން ހުރީ ޒޭވިއާއެވެ. ނޫ ޖިންސަކާއި ކަޅު ޓީޝާޓެއް ލައިގެން އަވިއައިނަކުން ލޯ ފޮރުވާލާފައެވެ. އެކަމަކު އެދެމީހުން އޭނައަކަށް ނޯޅޭނެއެވެ.
"ލޫލޫ. ލޫލޫ..............." ކަޒްޔާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. "ޒޭވިއާ..........."
އަޒާލިއާއާއި ދެން ތިބި އަންހެންކުދިންނާއެކު ޒޭވިއާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. އަދި ބެލްކަންޏާއި ދިމާލަށް ލޯތައް ހުއްޓުނުއިރަށް ފެނުނީ ކަޒްޔާއާއި އޭނަގެ ފަހަތުން ހުއްޓުނު އަރްކާންއެވެ. އަރްކާން މަޑުމަޑުން ކަޒްޔާގެ ކަންފަތްކައިރީ ބުނި ޖުމްލައާއެކު ކަޒްޔާ ގަނޑުފެންކޮޅެއްހާ ފިނިވެ ވަގުތުން މައިތިރިވެއްޖެއެވެ.
"ބަބްލްސް ސްޓީލް ކުރީ ލޫލޫމެންތަ؟ "ކަޒްޔާގެ ބާރު އަޑު އެންމެ ތިރިއަށް ސާފުކޮށް އިވުނެވެ. އޭނައަށް މަޖުބޫރުވީ އަމިއްލަ ނަފުސަށްވުރެ އެހެން މީހުންނަށް ބަލާށެވެ.
"ބަބްލްސްއަށް ކިހިނެއްވީ؟"އަޒާލިއާއަށް އަނގަމަތީ އަތް އެޅުނެވެ.
ޒޭވިއާ އަޒާލިއާގެ އަތުގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގަނެފައި އެހެން ކުދިންނަށް އިޝާރާތްކުރީ މަޑުނުކޮށް ކުރިއަށް އައުމަށެވެ. އަރްކާން ރެއިލިންގައި އުޅަބޮށި ވިއްދާލައިގެން ނިކަން ފާޑަކަށް އަނާއަށް ބަލަން ހުއްޓެވެ.
"ބަބްލްސް..........އަހާފައި ދާނީ. ކަޒްޔާ އެހެން ބުނާނީ ކަމެއްވީމައެއްނު..."އަޒާލިއާ ގެ މޫނު ރަތްވީ ރުޅީގެ ސަބަބުންނެވެ.ހުރިހާ ކަމަކަށްވުރެ ބުޅަލުގެ ހާލު ބެލުން މުހިއްމުވިއެވެ. އޭނަ ޔަގީންކުރީ ކަޒްޔާގެ އަމިއްލަ ނަފުސަށްވުރެ އެސޮރާއި އަޅާލާނެކަމުގައެވެ. ނަމަވެސް މިހެދީ ކިހިނެއްކަމެއް ނޭގުނެވެ. ނުނީ މީހަކު ވަގަށް ގެންދިޔައީ ކަމަށް ވެދާނެއެވެ.
"އެމީހުންނާ އެއްވެސް ގުޅުމެއް ނުބާއްވާ.." ޒޭވިއާ ތަންކޮޅެއް ހަރުކަށިކޮށް ބުނެލައިފިއެވެ." ބުޅަލެއް ގެއްލުމަށްވުރެ އެތައް ގުނަ ބޮޑު ކަމަކާއި މި ދިމާވެގެން އުޅެނީ....އެކަން ހަދާން ނައްތާނުލާ."
އަޒާލިއާއަށް ޒޭވިއާގެ އެ ގާތްކަމުން ގައިން ހީބިހިނެގިއެވެ. ބިރުން ކަމެއް ފިނިވެގެން ކަމެއް ނެގުނެވެ. ނޫނީ އެހެން ޖަޒުބާތެކެވެ. އެއަށް ދޭނެ ނަމެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. އަޒާލިއާއަށް ޖެހުނީ ފިޔަވަޅުތައް ނަގަމުން ދާށެވެ.އެނބުރި މައްޗަށް ބަލައިލާކަށްވެސް ޒޭވިއާގެ އަމުރެއް ނެތެވެ.
***
ކަޒްޔާގެ ރުޅިގަނޑު ހިލިގަތެވެ. ފައިން ޖެހީނުން އެތާ ހުރި މާޓުކުރިއެއް ވިއްސާލައިފިއެވެ. ގަޔަށް ވާގި އަރުވާ ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ފަޔަށް ތަދުވާހާ ބާރަށް ބިއްލޫރި ދޮރުގައި ފައިން ތަޅައިގަތުމުން އަރްކާން އޭނަ ކިހިލީގައި ޖަހައިގެން ގޮސް އެނދަށް އެއްލާލައިފިއެވެ.
"ކަޒްޔާ...ބޮޑާ ނަހާކާ.ނޫނީ ..................."
"ދެން މަރާލަންވީނު. ޑޭމް......މައި ހާޓް އިޒް ބެޑްލީ ބްރޯކް...ލޫލޫ ފެނުނީމަ ހާދަ މިސްވެއްޖެއޭ. އަހަރެެން ނުލާހުކު އުފަލުގައި އެގޭގައި އުޅުނީ. ބަބްލްސްއާއެކު. މޫދަށްގޮސް އެތާ ޕިކްނިކް ހަދާ ވާރެއާއި ތެމި ވަލުތެރޭގައި ކައި މުރާކި އެއްޗެހި ބިނދެ ފިހާރަތަކާއި ރެސްޓޯރެންޓަށްގޮސް އެހާ މަޖަލުގައި އުޅެނިކޮށް މި ފޫހި ކޮޓަރިއަށް ލީ......................................" ކަޒްޔާ ދެއަތް އެނދުގައި ވިއްދައިލަމުން ކުޑަކޮށް ބޯ ހިއްލާލައިފިއެވެ.
"ބޭކާރު ވާހަކަނުދައްކާ. އެ ވައްހާބީއިންނާއި އެއްވެސް ގުޅުމެއް ނުބާއްވަން މަނާކޮށްފައި އޮތީ،އިސްލާހު ވީމަ ކިޔަވަންވެސް ދެވޭނެ. އެއްވެސް ގޮތަކުން އެމީހުންނަށް ހަގީގަތް އަންގަން މަސައްކަތްކޮށްފިއްޔާ އައި ސްވިއާ ނޯއާއާއި އެ ފެމިލީ އެންމެންގެ ފުރާނަތައް ދަމައިގަންނާނަން....." އަރްކާން އިންޒާރު ދިނެވެ.
"ވަރަށް ނުލަފާ މީހާ ގަނޑެއް.." ކަޒްޔާ މޫނު ކުނިކޮށްލިއެވެ.
***
ކަޒްޔާ ގޭތެރޭގައި އުޅެލާފައި ފެންޑާއަށް ނުކުތްއިރު އަރްކާން ކޮންމެވެސް މީހަކަށް މެސެޖްކުރަން އިނީ ނިކަން އުފާވެރިކޮށް ހީލައިގެންނެވެ. އަންހެންކުއްޖަކާއި ޗެޓް ކުރަނީކަން ޔަގީނެވެ. އޭނަ ބޮދަމުންގޮސް އަރްކާންގެ ކޮޓަރި ހުޅުވާފައި ހުއްޓާ ފެނިގެން ކުޑަކޮށް ހާވައިނުލާ ހިތްހަމައެއް ނުޖެހުނެވެ. ކްލޯޒެޓް ހުޅުވާލައިގެން އެކި ޑްރޯވަރތައް ހުޅުވާލާ އެއްޗެހި ބަލަނިކޮށް އެންމެ ދަށުގައި އޮތް ފޮތެއް ލޮލުގައި އަޅައިގަތެވެ. އެފޮތް ދަމައިގަނެގެން ހުޅުވާލިއރު އަރްކާންއާއި އަންހެންކުއްޖެއްގެ ފޮޓޯތަކެވެ. ދެނެ ފަރިތަ މޫނެއްހެން ހީވިއެވެ. ކޮންމެވެސް ތަނަކުން ދެކުނު މޫނެއްކަން ޔަގީންވިއެވެ. ވިސްނަ ވިސްނާވެސް އެ މޫނު ފެނުނު ތަނެއް ހަދާނެއްނުވިއެވެ.
***
އަރްކާން ހަޅޭއްލަވައިގެންފާ އެނދުގެ މެދުގައި އިށީންއިރު ފިނި ދަލެއް ހިއްލާލައިފިއެވެ. މޫނުމަތިން ފެނުނު ކަންބޮޑުވުމާއިއެކު ހާސްކަން އޭނަ ބޭރުފުށުން ދައްކައި އުޅޭ ހަރުކަށިކަމާއި އަރައިރުންވެއެވެ.
"ދަރިފުޅާ ކިހިނެއްވީ؟ " ނަރުގިސް އެތެރެއަށް ވަނެވެ.
"ނައިޓްމެއާއެއް......" އަރްކާން ހިންދިރުވައިލިއެވެ.
"އެރިކްއަކީ ތިހާ ފިނޑިމީހެއްނޫން. ހިތްވަރުގަދަ ކެރޭ ޖެހިލުންކުޑަ ފިރިހެނެއް. ކޮންކަމަކާއި ހާސްވާންވީ؟ ހަގީގަތެއްނެތް ވަހުމްތަކާއި ހުވަފެންތަކާއިމެދު ކަންބޮޑުވާވަރަށްވުރެ ކާމިޔާބު..........." ނަރުގިސް ފިނިފެންތަށްޓެއް ދިއްކޮށްލައިފިއެވެ. ދަރިފުޅުގެ ހަޔާތުގެ އަނދިރި ސަފުހާއެއް މަންމައަށްވެސް ފޮރުވާފައި އޮންނަކަން އޭނަ ދަނެއެވެ.
***
ކަޒްޔާ ހައްޔަރުކޮށްގެން އުޅެ ކޮޓަރީގައި ގިނަދުވަސްވާންދެން އުޅެން ޖެހުމުގެ ސަބަބުން ފޫހިވެގެން އޭނަ އެކި ޒާތްޒާތުގެ އުދަގޫކޮށް ޝަކުވާކުރަންފެށިއެވެ. ބައެއްފަހަރު އެއްޗެހި އުކާ ފާރުތަކުގައި ކުރަހާހަދައެވެ. އެކަކުވެސް އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. އެންމެފަހުން ކަޒްޔާ ކުރިކަމަކުން ނަވާބު މަނިކުގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ސިޔާސީ ބަޔަކާއި އޭނަ ވާހަކަދައްކަން ސިޓިންރޫމްގައި އިންދާ ނިކުމެ އޭނަ ހައްޔަރުކޮށްގެން ގެންގުޅޭ ކަމަށް ބުނެލީއެވެ. ކަޒްޔާ އަށް އެންމެންގެ ސަމާލުކަން ހުއްޓުމުން އޭނަ އުފާވިއެވެ.
"އެކަނި ހައްޔަރުކޮށްގެން ގެންގުޅެނީއެއް ނޫން. ބިރުވެސް ދައްކަނީ. ލޯބިވާ އެންމެން މަރައިލާނެކަމަށްވެސް ބުނޭ. ޕްލީޒް އިންފޯމް ޕޮލިސް ސޭވް މީ...އައިމް އެ ޕްރިޒްނާ ހިއަ......." ކަޒްޔާއަށް އެހިސާބަށް ބުނެވޭއިރަށް ނަވާބުމަނިކުން ތެދުވެގެން ގޮސް ކަޒްޔާގެ ކޮނޑުގައި އަތް ބޭއްވިއެވެ. އަދި ހިނިތުންވެލިއެވެ.
"ދަރިފުޅު މޮޔަ ވާހަކަ ނުދައްކާ....."
ކޮޓަރިއާއި ހަމަޔަށް ގެންގޮސް ނަވާބުމަނިކުގެ އަތުގެ ހޫނު އެތިފަހަރެއް އެކުއްޖާގެ މޫނަށް އެރުމުން ލޮލުގެ ކުރިމަތީގައި ކުދި ތަރިތައް އުދުހިގެން ދިޔަހެން ހީވިއެވެ. ކޮށްޕައިލިގޮތުން ފާރުގައި ބުރަކަށިޖެހުނުގޮތަށް ތަންޑާ އަރާފައި އިރުކޮޅަކުން އިނދެވުނެވެ.
"އަހަރެން ވަރަށް ކެތްކޮށްފިން.ހުރި ނުބައިކަމާއެކު ދައްކާ ވާހަކަތައް އަޑުއަހައިގެން ހުރީ ބަފަޔަކު ދަރިއެއްގެ މޮޔަކަމަށް ކެތްކުރާނެ އެންމެ މަތީ ދަރަޖައަށް ކެތްކޮށްގެން. އެކަމަކު ހުރަސްނުކުރަން ޖެހޭ އިމެއް އޮންނާނެ. މިއަދު އެ އިން ހުރަސްކޮށްފި. މިގޭގެ ފާރުތަކުގައި ހުރި ޑިޒައިންތައް ހަލާކުކޮށް އެތަން މިތާގައި ޖެއްސުމަށް ކުރަހާ ލަނޑުދޭއިރުވެސް އަހަރެމެން މިތިބީ ހިމޭނުން ދޯ. މާ މައްޗަށް ތިދިޔައީ. އެހިސާބުން ލިބޭ ކޮންމެ އަދަބެއްގެ ޒިންމާ ނަގަންޖެހޭނީ އަމިއްލައަށް..އަމިއްލަ ނަފުސް ހޯދައިގަތް ކަމެއް އެމީހަކަށް ލިބިގަންނާނީ. ދެން ކޮޓަރިން ބޭރަށް ނުކުތުން ނިމުނީ. ކޮޓަރިތެރެ ހަޑި ހާވައިގެން ތިތާ އޮވޭ.." ނަވާބު މަނިކު ކޮޓަރީގެ ދޮރު ލައްޕާލާފައި ބޭރަށް ނިކުތެވެ.
ކަޒްޔާ ހިފަހައްޓައިގެން އުޅެން ޖެހުނު ސަބަބު އޭނަގެ ސިޔާސީ އެކުވެރިންނަށް އޮޅުން ފިލުވާދީފިއެވެ. ނަވާބުމަނިކަށް އެންމެންގެ ތާއީދު ލިބުނެވެ.
***
ނަވާބު މަނިކުގެ ފަރާތުން އަނިޔާލިބެން ފެށުމުން ކަޒްޔާއަށް ނަފްސާނީ ބިރުވެރިކަމެއް ލިބުނެވެ. ހެޔޮއެދުނުކަމަށް ހީކުރެވުނު މީހާގެ އަސްލު ކުލަ ދައްކައިލީއެވެ. ކަޒްޔާ އިސްލާހުކުރަން އޭނަ ކަޒްޔާގެ ގައިގާ ތަޅަންފެށީ ބެލްޓުންނެވެ. ކަޒްޔާ އަދަބުވެރިކުރުވަން އޭނަ ކުރާކަމެއްކަމަށް ބުނެ ބަސްއަހަން އަންގައެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގައި ރެއާއި ދުވާލުގެ ވަގުތުތައް ހޭދަކުރާއިރު އޭނަ އެންމެ ބޮޑަށް ހަދާންވަނީ ނޯއާއާއި ބަބްލްސް އަދި އަޒާލިއާއެވެ.
ކަޒްޔާ ކުޑަދޮރުކައިރީ ވާރޭ ވެހޭ މަންޒަރު ބަލަން އިނދެފައި ލޯ ފޮހެލައިފިއެވެ.
އިރުގަނޑެއް ފަހުން އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިދެ ގަނޑުކޮޅެއްގައި ލިޔަންފެށިއެވެ.
"ޑިއަރ ނޯއާ.. ވާރޭ ވެހެނީ..ރަށުގައި ވާރޭވެހުނު އިރެއް ވިއްޔާ ކިހާ އުފާވެރި ހަދާންތަކެއް މޭކް ކުރެވުނު. އައި މިސް ޔޯ ޓޯކިން ސައުންޑް.." އެންމެފަހުގެ ލަފުޒު ކަނޑާލާފައި އައި މިސް ޔޯ ވޮއިސްއޭ ޖަހާލައިފިއެވެ.
"ޑިއަރ ނޯއާ.ކޮންތާކު ތިހިރީ؟މިރޭ އެތަން މިތަނަށް ތަދުވާވަރުން ނުވެސް ނިދޭ..ހީ ބީޓެން މީ އެލައިވް. ކިތަންމެ ވަރަށް ރުޔަސް އޮންލީ ﷲ ސީ.....ހީ ވިލް އޮންލީ ކެއާ..ހާދަ ދެރަވެއޭ...ތިއީ އަހަރެންގެ ފެމިލީ. ބައްޕައާއި ނޯއާގެ ފެމިލީ ހާދަ ރަގަޅޭ. އެކަމަކު އެހާ ރަގަޅުއިރު އަހަރެން ވީ ތަނެއްވެސް ބަލާނުލާ ދުރުގައި ތިއުޅެނީ. ޔާޔާ ކޮންމެ އެއްޗެކޭ ބުންޏަސް ބައްޕައަށްވެސް ޔާޔާ ހުރީ ދެރަވެފައިކަން އެނގެންވާނެ. އެކަމަކު ބައްޕަވެސް ދުރަށް ދިޔައީ. ހާދަ އެކަނިވެރިވެއޭ. ހިތްހަމަޖެހެނީ ބަންގީގެ އަޑު އިވުނީމަ އަދި ވާރޭ ވެހުނީމަ. ލަވިން ދަ ރެއިން...ހޭޓް ޔޫ ކީއްވެކަން އެނގޭތަ. ޔޫ ލެފްޓް މީ...."
ކުރަހާ ހިތް ނުވެފައި އިނަސް ބައެއްފަހަރު ނޯއާއަށް ސިޓީ ލިޔުމަށް ފޯރިހުރެއެވެ. ބައެއްފަހަރު ފާރަށް ބަލަހައްޓައިގެން އިނދެ ވާހަކަދައްކައެވެ.
ގިނަފަހަރު އޭނަ އިންނަނީ އެކަނިވެފައެވެ. ހަތަރު އިރު ކާން ހިފައިގެން ގޭގައި އުޅޭ ޚާދިމާއެއް އައުމުން ސުވާލުކުރިޔަސް އަނގައިން ބުނަނީއެއް ނޫނެވެ. ކަޒްޔާއާއި ވާހަކަދެއްކުން މަނާކޮށްފައިވާކަން އެމީހުން ބިރުން ތިބޭގޮތުން އެނގުނެވެ.
"ތިހިރީ ކައިގެންތަ؟ "ކަޒްޔާ އެހިއެވެ. ޚާދިމާ ބޯ ޖަހައިލުމުން ކަޒްޔާ އެންމެ ފަރާޓާއެއް ކާލާފައި ދެން އޮތް ފަރާޓާ އެކުއްޖާއަށް ދިނެވެ. "ތިހާ ހިކިކޮށް ހުރީމަ ނުކައި ހުންނަހެން ހީވޭ.މީތި ކާލާ"
"ކޮން ނަމެއްތަ ކިޔަނީ؟ " އެކުއްޖާ އިވުނުކަމަށްވެސް ނަހަދާ މަންމަނެއްހެން ފާރާއި ދިމާލަށް ބަލަން ހުރީއެވެ.
"ފާރުން އެއްޗެއް ފެންނަނީތަ؟ ހޫމް......އެ ފްރޭމަށް ތިބަލަނީ؟ ނޫނީ އެހެން އެއްޗެއްތަ؟އެހެން މީހުން ލޮލަށް ނުފެންނަ އެއްޗެއް................." ކަޒްޔާ ވާހަކަދައްކަން ހުއްޓާ އަރްކާން އެތަނަށް ވަންނައިރަށް ކަޒްޔާގެ ޚިޔާލަށް މޮޅު އެއްޗެއް އައެވެ. މޮޔައަކަށް ހެދިގެން ވާހަކަދައްކަން ފަށައިފިއްޔާ އެންމެ ކުޑަވެގެން މި މީހުން އޭނަ މޮޔައިންގެ މަރުކަޒަކަށް ގެންގޮސްފާނެއެވެ. އޭރުން އަސްލު މިއަށްވުރެ ފޫހިފިލާނެއެވެ.
"ހޫމް. އަހަންނަށް އެބަފެނޭ..އައި ސީ ނޯހް.........ކީއްވެ ހައިޑް އެންޑް ސީކް ކުޅެނީ......ޓެއިލްވެސް ފަޅައިފި...." ކަޒްޔާ ދުވެގޮސް ފާރުގައި ބައްދާކަމަށް ހެދުނެވެ. ދެވަނަ ސިކުންތުކޮޅުގައި ބޯކޮޅުވަތަށް ފާރަށް ލެނގިލައިގެން ހުރެފައި ހޭންފެށިއެވެ.
"އައި ސީ ދަ ފަންކާ އަޕްސައިޑް ޑައުން....."
"ކަޒްޔާ. ވަޓްސް ހެޕެނިން..." އަރްކާން ލޯ ހަނިކޮށްލައިފިއެވެ."ސަކަރާތްޖަހަން އުޅޭނެކަމެއްނެތް އިނގޭ..."
"އެރިކް....." ނަރުގިސްވެސް ބޯ ދިއްކޮށްލައިފިއެވެ. ކަޒްޔާ ފާރުކައިރީ ބޯކޮޅު ވަތަށް ލައިގެން ފާރުކައިރީ ހުރިތަން ފެނިފައި ވީގޮތެއް އަހައިލުމުން އަރްކާން ކިޔައިދިނެވެ. ކަޒްޔާ ބުރެއް އަޅައިލިގޮތަށް މޭޒުމަތީހުރި ޖޫސްތަށި ނަރުގިސްގެ ބޮލަށް އަޅާލައިފިއެވެ. އަދި ބާރުބާރަށް ހޭންފެށީ މޮޔަކުއްޖެއްހެންނެވެ. "ހަހަ. މަންމަގެ އަނގަ ޗޭވެފައި ހުރިގޮތެއް. އަޅެ ފޮޓޯއެއް ނަގައިބަލަ............."
ކަޒްޔާ ހުއްޓާނުލާ ހެނީއެވެ. ހެމުން ސޯފާއަށް ވެއްޓިގަތެވެ. ބިމަށް ތިރިވިއެވެ.
"އޯ ގޯޑް....ކިހިނެއް މިވަނީ މިކުއްޖާއަށް....ޔަގީން ބޯ ސަކަރާތްވީކަން. ކުޑައިރު މީހުންނާއި އިނީމަ ވާހާ ކަންތައް..ހިސްޓީރިއާއެއް ނޫންތަ؟ އެރިކް...މަންމަ ބުނީމެއްނު ކަޒްޔާ ބޯ ހަމަނުޖެހެއޭ....." ނަރުގިސް ވާހަކަދެއްކިވަރަކަށް ކަޒްޔާ ހުނުމުގެ އަޑު ގަދަވިއެވެ.
"ކަޒްޔާ ސްޓޮޕް.............." އަރްކާން ކަޒްޔާގެ އަތުގައި ހިފަހައްޓާފައި ގަދަކަމުން ގެނެސް ސޯފާއަށް އަރުވައިފިއެވެ. ކަޒްޔާ ހެމުންގޮސް އަރްކާންގެ މޫނަށް ކުޅުގަނޑެއްވެސް ޖެހިއެވެ.
"އައްޗި......."އަރްކާންއަށް މަޖަލެއްނުވިއެވެ.
"ކަޒްޔާ. ލަދު ކޮބާ......." ނަރުގިސް ހަޅޭއްލަވައިގަތެވެ.
"ލަދު އޮތީ ފާރަށް ވަދެފައި....އޭތި ނުނެގިގެންނު މިހެން ވީ...." ކަޒްޔާ ހަމަޖެހިލާފައި ކިޔާލައިފިއެވެ.
ނަރުގިސްއާއި އަރްކާންވެސް ހީކުރީ ކަޒްޔާގެ ބުއްދި ގޯސްވީ ކަމަށެވެ. އެކަމަކު އެމީހުން ދެކުނީ މައްސަލައަކީ ނޯއާގެ އާއިލާއެވެ. ހަނަފީގެ ތަރުބިއްޔަތެވެ. ސިކުނޑި ދޮވެފައިވާތީއެވެ.
***
އެންމެން ނުކުތުމާއެކު ކަޒްޔާގެ ސިކުނޑި ވަގުތުން ހަމަޔަކަށް އެޅިއްޖެއެވެ. އެންމެނަށް މޮޔައެއްކަމުގައި ހީކުރެވިއްޖެއެވެ. އެނދުގައި އޮށޯވެ ރަޖާގަނޑު މެޔާއި ހަމަޔަށް އަޅާލައިފިއެވެ. އަދި ގަލަކަމާއި ފޮތެއްނެގިއެވެ.
"ޑިއަރ ނޯއާ. އެނގޭތަ؟އަހަރެން މިއަދު މޮޔައެއްގެ ބައި ކުޅެން ދަސްކޮށްފިން.އިޓް ވޯޒް ފަން....މަންމަގެ އަނގަ ސަކަރާތްވެފައި ހުރިތަން ހިތަށް އެރިޔަސް އެބަ ހެވޭ. އެމީހުން މިހާރު ގުރާދޫއަށް ގުޅާފައި ޖާގައެއް ހޯދައިފިކަން ނޭގޭ. މާދަން އިރުއަރާއިރަށް ތަންމަތި ބަދެގެން ފުރަންވީކަން ނޭގޭ..މިއީ އިންސާނުންނަށް އުޅެވޭވަރުގެ ތަނެއްނޫން. ނޯއާ...އެއިވެނީ ކައިޝާ އަޑުކޮޅަށް އީވިލް މިއުޒިކް ޖަހާ އަޑު....ހަރާމް ކަމެއް މުސްލިމް ކުދިން ކުރަންވޭތަ؟ނޯއާއަށް ސިޓީ ލިޔުން ހޮބީއަކަށް ވެއްޖެ. އަހަރެން މަރުވިޔަސް މސިޓީތައް މިއުޒިއަމްއަކަށް ލާތި. މީގެ އެއްހާސް އަހަރުފަހުން ބަޔަކު މިސިޓީ ކިޔާފައި ތާޜީޚީ ލެޓާސްތަކަށް ހަދާނެ.....އޯ.....ރިއަލީ މިސިން ފްރޮގް ކްރޯކް އެންޑް ކަނބިލި ކުރުފުވައް ކުރު ފުވައް ޓޯކިން..........ސްޓިލް ކަނބިލި އުޅޭތަ؟ ކަނބިއްޔާއި އެގަހަށްވެސް ސަލާމް.. "
***
ނަވާބު މަނިކު ނަރުގިސް އަރްކާން ހަވީރު ސަޔަށް އިންސާފުކުރަން މޭޒުކައިރީގައި ތިއްބެވެ. ކަޒްޔާއާއި ބެހޭގޮތުން އެމީހުން ވާހަކަދެއްކިއެވެ. ނަފްސާނީ ޑޮކްޓަރަކަށް ދައްކައިގެން ބޭސްކުރުވާ ވާހަކަ ދެކެވުނެވެ. ހަވީރު ސަޔާއިގެން ޚާދިމާ ދިޔަ ތަންވަޅު އޭނަ ކޮޓަރިން ނުކުތުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް ފެންޑާއަށް އެރިއިރު ދޮރުމަތީގައި ގާޑުން ތިބިތަން ފެނިފައި އަނބުރާލާފައި ގެއަށް ވަނެވެ. ކެމެރާވެސް ހުންނާނެތާއެވެ. ސަލާމަތްވުމުގައި ހުރި އުދަގޫތައް ހައްލުކޮށް ކޮންމެވެސް ގޮތަކުން އޭނަ މިތަނުން ނަފުސް ސަލާމަތްކުރާނެއެވެ. ކާކޮޓަރި ކައިރިއަށް ދިޔަތަނާ ކައިޝާ ނިކަން ރީތިވެލައިގެން ހުރެ އެހިސާބާއި އަރާހަމަވިއެވެ. ލުއި ސެންޓްވަހެއްގެ މީރުވަސް މުޅިގޭގައިވެސް ހިފާލައިފިއެވެ.
"އޫމް.............." ކަޒްޔާ ނޭފަތް ގުރުޑުކޮށްލިއެވެ." ޖަންކްޝަނަކަށް އެރިފައިތަ؟ބޭޑް ސްމެލް........ "
"ޗީޑި. މޮޔައޭ ހަމަ..." ކައިޝާ ރުޅި އައެވެ. " އަސްލުވެސް ޑޭމް އެނޯއިން ގާލް............ދޭބަލަ ރަށަށް. އޭރުން ބޮލަށް ފަސޭހަވާނެ..."
"ކައި...ކީކޭ..." ނަރުގިސް ގޮވައިލިއެވެ.
"މަންމާ. މިދަނީ އިޔާ އާއެކު ރެސްޓޯރެންޓަށް....."
"އިޔާއަށް މަންމަގެ ސަލާމް....." ނަރުގިސް ބުނެލިއެވެ.
ކަޒްޔާ ކައިޝާގެ އެކުވެރިޔާ ދެކެލަން ފެންޑާއަށް ނުކުތްއިރު ފެނުނީ އަދި އަންހެންކުއްޖެއް ނޫނެވެ. ކައިޝާއާއި އެއް އުމުރެއްގެ ފިރިހެން ކުއްޖެކެވެ. ކަޒްޔާ ފެނިފައި އެކުއްޖާ ސުވާލުކުރުމުން އަދި ތައާރަފުކޮށްދިނެވެ. އެއީ އިޔާންއެކެވެ. އިޔާ ކިޔުމުން އަންހެން ކުއްޖެއްކަމަށް ހީކުރެވުނީއެވެ. އިޔާންއަކީ ކައިޝާ ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާއެވެ. ދެމީހުން ސައިކަލަށް އަރައިގެން ދުއްވައިލުމުން ކަޒްޔާ އަނގަ ހުޅުވިފައި ހުއްޓެވެ.
***
ހަ މަސްފަހުން ނޯއާވެސް ޖަލުން ދޫކޮށްލައިފިއެވެ. އޭނަ އެނބުރި އައުމުން ކޮންމެވެސް ވަރަކަށް ގެއަށް ދިރުން ލިބުނެވެ.ޒޭވިއާވެސް ޔޫކޭގައި މަސްތަކެއްވާންދެން ދިރިއުޅުމަށް ފަހު އެނބުރި އައެވެ. އޭރު އަނާވެސް ޔަހްޔާގެ ހިތާމަތަކުން ނުކުމެ ހަގީގަތާއި ކުރިމަތިލައިފިއެވެ. އަލުން އެގޭގައި ހިނިތުންވެ އުޅޭތަން ފެންނާން ފަށައިފިއެވެ.
ނޯއާ އަޒާލިއާއާއި އަނާ މޫދުކައިރީ އިރުއޮއްސޭ މަންޒަރު ބަލައިލަން ތިބިއިރު ރަން ދަޅަތައް އެދޮން މޫނުތަކަށް އެޅި ވިދާ ބަބުޅައެވެ. ތަފާތު ކުލަތަކުން އުޑުމަތި ޖަރީކުރަމުން އިރު ލޯތަކަށް ނިވާވެ ދުވަހުގެ ވާޖިބު އަދާކޮށް ނިންމައިލަނީއެވެ.
"އަލާޔާވެސް ހުރިނަމަ........"
"އެންމެން ތިއްބަސް ލައިފް ޕާފެކްޓެއް ނުވާނެ...ބައްޕަ އަދިވެސް އޮންނެވީ ކޯމާގައި. ދޮންބެވެސް އަދި އަނެއްކާ އެކޭސް އޮޕެންކޮށްފައި ޖަލަށް ނުލާނެކަމެއްނޭގޭ..އަދި ޑްރަގް މައްސަލަވެސް......ނުކުރާ ކުށެއްގެ ބަދަލުގައި ނާ އިންސާފުން ޖަލަށް ލާ ކިތައް މީހުން އުޅޭނެ. އައިމް ރިމެމްބަރިން ޔޫސުފް އަލައިހިއްސަލާމް. އެވެސް ޒުލޭޚާ ދޮގުހަދައިގެން......." އަޒާލިއާގެ ރީތި ލޮލުން މޮޅިވެރިކަމެއް ފެނުނެވެ.
"ހެހެ. ލޫލޫ. އާ ޔޫ ކޮމްޕެއަރިން މީ ޓު އަ ޕްރޮޕެޓް؟"
"ނޫން މިސާލެއް ޖެހީ....."
'ކަޒްޔާއާއި ހެދިއެއް ނޫން ޖަލަށް ދާން ޖެހުނީ....ޑޯންޓް ބްލޭމް ހާރ...." ނޯއާ އެދުނެވެ.
"އެކުއްޖާ ދޮގު ބަޔާނެއް ދިނީ...." އަނާ ހަދާންކޮށްލަދިނެވެ." އެބިއުޒްކުރި ވާހަކައާއި ކިތައް ވާހަކަދެއްކީ.އަދިވެސް އޭނަ ދިފާއުގައި ނޯއާ ނިކުންނަން ގާނޫނީ ވަކީލެއްތަ؟"
"ދިފާއުކުރަނީއެއް ނޫން. އެކަމަކު ކަޒްޔާގެ ކުށެއްނެތޭ ހިތް ބުނަނީ. އެއަށްވުރެ އިނޮސެންޓް ކުއްޖެއް.......ކޮންމެ ގޮތެއް ވިޔަސް ދެން ޕާސްޓް ކޮންނާނެކަމެއް ނެތް......." ނޯއާ ފޮޓޯނަގަމުން ތަންކޮޅެއް ދުރަށް ދިޔައެވެ.
"އައި ޑޯންޓް ސަޕޯޓް ޗައިލްޑް މެރިޖް އެކަމަކު މެރީކުރުވީމަ ދެން އޯކޭ ކަން ނޭގޭ....ލޫލޫވެސް ޒޭވިއާ ދެކެ ލައިކް އެވަނީ. ކިހާ ކިއުޓް ހަލާލު ރިލެޝަން ޝިޕެއްގައި ތިބެވެނީ. ސްޓޯރީއެއް ލިޔަންވީނު..ޒޭވިއާ ޔޫކޭއަށް މިފަހަރު ދާއިރު އާންޓްވެސް ލޫލޫ ގޮވައިގެން ދާނީ. ދެން ކިހާ އުފާވާނެ...ލައިކްވާ ޕްރިންސްއާއެކު މެންޝަންއެއްގައި އަދި އެވެސް މަގޭ ފެވެރިޓް ސިޓީގައި....އަހަންނަސް ޔަގީން ލޫލޫ ސިކްރެޓެލީ އެންޖޯއި ކުރާނެކަން....ދޮގެއްތަ މިބުނީ. ތި އޭޖްގައި ދޮންތަވެސް ހަމަ ލޯބިވާން ދަސްކުރިން..އެންމެ ފުރަތަމަ ސިޓީ ލިޔުނީ އުމުރުން ސާދަ އަހަރުގައި. އެކަމަކު ނަހަލާލުކޮށް އެހެންވެ ބްލެސިން ގެއްލުނީކަން ނޭގޭ.............................."އަނާ ހީލިއެވެ.
"ދޮންތީ ..." އަޒާލއާ ލޯ އަޅައިލިއެވެ.
"ދޮގު ނަހަދާ ބުނޭ. ޔޫކޭއަށް ދެވޭތީ އުފަލުން ތިހިރީ؟ޒޭވިއާދެކެ ލައިކް ވޭތަ؟ "
"ޔެސް....."އަޒާލިއާ އެއްބަސްވިއެވެ.
"ލަދުގަންނަން ޖެހޭވަރު ކަމެއްނޫން. އެއީހަޒްބެންޑް....."އަޒާލިއާ ފޮނިވިއެވެ.
ނުނިމޭ