"އެންމެ ރަގަޅު ބައިވެރިންނަކީ އެބަޔެއްގެ ސަބަބުން ތިމާ ﷲ ސުބުހަނަހޫ ވަތައާލާ މަތިން ހަނދުމަ ކުރުވާ އަދި ހެއްދެވި ފަރާތާއި ގުޅުން ރަގަޅުކުރުވާ މީހުންނެވެ."

***

އަޒާލިއާއަށް ލޯ މަރައިލެވުނުއިރު ކަރުނަތައް ތިރިއަށް ދެމިގެންފިއެވެ.

"މިވަރުންވެސް ލޯބިވާނަންތަ؟" ޒޭވިއާ އަޒާލިއާގެ ކޯތާފަތުގައި މަޑުމަޑުން ޖަހައިލިއެވެ."ނޫނީ މިހާރު ބުނާނެކަން ނޭގެއޭ ޑެވިލްއެކޭ...އަހަރެން ޑެވިލްއަކާއި ވައްތަރުތަ؟"

"ދީނާއި ދެކޮޅީއެއް ނޫން އެކަމަކު ބައެއްކަހަލަ ފެއަރީޓޭލްސްތައް ގަބޫލުކުރަން އުދަގުލީ. ޝައިތާނުންނާއި ޖިންނީންނާއި އެހެންގޮސް ބައިވަރުކަންތައް...އިޓްސް ކޮންފިއުޒިން. ބައްޕަ ވެސް ދީން ދޫކޮށް މުސްލިމަކަށް ވީ މަންމައާއި މެރީކުރަން. ކޮންމެހެން ބައްޕައަށް އިސްލާމްދީން ރަގަޅުވުމަށްވުރެ މަންމައާއި ގުޅެން އެނޫން ގޮތެއް ނެތީމަހެން ހީވޭ. އެނީވޭސް ބައްޕަވެސް މަރުވެ ވަޅުލީ މުސްލިމް ގަބުރުސްތާނެއްގައި. އަހަރެންވެސް ނަމެއްގައި މުސްލިމް ވީމަ އެހެން ތަ އެކަން އޮންނާނީ؟"

އަޒާލިއާއަށް ލިބުނު ޝޮކްގައި އޭނަ ހުރީ ބަސް ހުއްޓި ގަނޑުވެފައެވެ. އެހެން އަންބެއް ހުންނަކަން އެނގުމުންވެސް އަޒާލިއާ އެކަންގަބޫލުކޮށް ޒޭވިއާއާއެކު ދިރިއުޅެން ނިންމިއެވެ. ނަމަވެސް އޭނަގެ ވާހަކަ ހުރިގޮތުން ދީނަށް އުޅެން ބޭނުންނުވާކަން އެނގުމުން މި ކައިވެނި މިހާރުއްސުރެ ރޫޅިއްޖެކަމުގައި ހިތް ބުނެލިއެވެ. މިވަގުތު އޭނަ ބޭނުމީ އެކަނިވެރިކަމެވެ. އެކަނި އިނދެ ހިތް ފުރެންދެން ރޯލުމުން "ސްޓެރެސް"ފިލާނެއެވެ. ޒޭވިއާގެ އަތް ދުރުކޮށްލާފައި އޭނަ ކަރުނުން ފުރިގެންވާ ލޮލަކުން ޒޭވިއާގެ ލޮލަށް ބަލައިލިއެވެ.

"އެ ..ވައިފް. މުސްލިމްތަ؟ ކޮބާ އޭނަ..އޭނަ މިގެއަށް ގެނޭ.. އައި ތިންކް.....އަހަރެން.....އައި ވޯންޓް ޓު ލީވް.. ފެމިލީ ރުއްސަން ވިޔަސް މި މެރިޖް ވޯކްއައުޓް ކުރާނެހެން ހިޔެއް ނުވޭ..."

"އޯ...ރިއަލީ؟" ޒޭވިއާ ބުމަ އަރުވައިލިއެވެ.

ޒޭވިއާ ނުސިޔާނު ނަޒަރަކުން ބަލަން ހުރުމުން އުދަގޫވެފައި އަޒާލިއާ އަނެއްފަރާތަށް އެނބުރުނެވެ. ދެން ބާރުބާރަށް ހިނގައިގަތެވެ.

އޭނަ އެޅި ކޮންމެ ފިޔަވަޅަކާއެކު އޭނަ ބިނާކުރި ހުވަފެނީ މާބްލް ގަނޑުވަރު ކުދިވަމުން ބިމަށް ފައިބަމުންދިޔައެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލެވުނުގޮތަށް ހުރި ދިމާލަށް ތިރިވެވުނެވެ.

***

ހެނދުނު ހޭލައިގެން ތައްޔާރުވެލުމަށްފަހު ކޮފީއެއް ނަމަވެސް ބޯލަން ކާކޮޓަރިއާއި ދިމާލަށް ދިޔައިރު ހިތަށް ހުސްކަމެއް އިހުސާސްކުރެވުނެވެ. އޭނަ ސިއްރުން ގޮސް ބޯ ދިއްކޮށްލާފައި ބަލައިލީ މެއިޑް ކުރާކަމެއް ބަލައިލުމަށެވެ. ވަގަކުހެން ބޯދިއްކޮށްލިތަނުން ލޯ ހުއްޓުނީ ޒޭވިއާގެ ލޮލާއެވެ.

"ވަގެއްހެން ނޫޅެ ޗޮކްލެޓްކާން އާދޭ. އަހަރެން މިހާރު ހަލާލު ޖޮބެއް ފެށީއޭ. އެހެންނޫނަސް ޗޮކްލެޓަކީ މަގޭ ފެވެރިޓްވީމަ ހޯމްމޭޑް ޗޮކްލެޓް ދޭތެރެއަކުން ހަދައިލަން. މިހާރު އަލުން މިފެށީ..." ޒޭވިއާ ސޯޓަކާއި އަޅިކުލައިގެ ޓީޝާޓެއްލައިގެން ހުރިއިރު މޫނު ނިކަން ސާފެވެ. ރުޅިވެރިކަމާއި ނުރުހުން އުދުހިގެން ދިޔަތަނެއްވެސް ނެގެއެވެ. "ބައިޕޯލާ"މީހަކީ ކަން ނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ ދެވަނަ ޝަޚުސް މިހިރީ ފޮނިކަމުން ޗޮކްލެޓްކޮޅަކަށްވެގެން އޭނަގެ ހިތް ވިރުވައިލަން ތައްޔާރަށެވެ. ޗޮކްލެޓަކީ އޭނަވެސް ދެވިހިފާ އެއްޗެކެވެ. އަޒާލިއާ އެކަމަކު ބޯ ހޫރައިގަތް ގޮތުން އަމިއްލަ ބޯވެސް ހަށިގަނޑާއި ވަކިވެދާނެކަމަށް ހީކުރެވުނެވެ. ޒޭވިއާގެ ބޮލުގައި އިން ޝައިތާން އޭނަގެ ބޮލަށް އެރުނީ ނޫންކަމެއް ނޭގެއެވެ. އަޒާލިއާ ތަންކޮޅެއް ބާރަށް އައޫޒު ކިޔަން ފެށިއެވެ. މޭޒުމަތީގައި ހުރި ބިއްލޫރި ބޮޑު ތަށްޓެއްގައި އެކި ބައްޓަމަށްވާ ކުލަކުލައިގެ ޗޮކްލެޓެވެ.

"ނުކާނަމޭތަ ތިބުނީ؟ މިތަނުން އަޒާލިއާއަށް ނިކުމެވޭނީ ޗޮކްލެޓް ކައިގެން....." ޒޭވިއާ ބުމަ ކައިރިކޮށްލިއެވެ.

"ކާހިތެއް ނެތް.."

"މަ ދެކެ އައި ރުޅި ލޯބިވާ ޗޮކްލެޓަށް ބާލާނެ ކަމެއް ނެތް. މިކައިފާ ޗޮކްލެޓް ކްރަޝްވެގެން މަ ޖެހޭނީ މުޅި އުމުރަށް އަޒާލިއާއަށް ޗޮކްލެޓް ހަދައިދޭން ކަމާއިމެދު ޝައްކު. "ޒޭވިއާ އެއްލޯ މަރައިލާފައި އަޒާލިއާގެ އަނގަޔަށް ލައްވަން އުޅުނީ ހިތެއްގެ ބައްޓަމަށް އޮތް ޗޮކްލެޓެކެވެ. އަޒާލިއާ ތުން ފިތާލާފައިވެސް ޒޭވިއާގެ ނޭއްގާނިކަން އެނގޭތީ އަތުލާފައި އަނގަޔަށް އެތިކޮޅެއް ލައިފިއެވެ. ދުޝްމިނަކު ދިނަސް ޗޮކްލެޓްކޮޅެއްގެ ރަހަ ބަލައިލެވިދާނެއެވެ.

"ޑޯންޓް ވޮރީ. ހަލާލް ލޯގޯ ޖެހޭ ވަރަށްވެސް ހަލާލް. އައި ޕްރޮމިސް. ނޯ ޕޯކް އޯރ އެލްކޮހޯލް ނަތިން ހަރާމް އިން ދިސް ޗޮކްލެޓް ރެސިޕީ...ސަބަބަކީ މަންމަވެސް ހަލާލު އެއްޗެއް ނޫނީ ނުކާން ވައުދުވެފައިވާތީ. މަންމައަށް ކެވޭގޮތަށް މިގޭގެ ކެއުން ހުންނާނީ...އެހެންވީމަ އެކަމާއި ހާސްވާކަށް ނުޖެހޭނެ..." ޒޭވިއާ އިތުރަށް ބުނެދިނެވެ.

ޒޭވިއާ ބުނި ބަހުގައި ދޮގެއް ނުވެއެވެ. ޗޮކްލެޓް އަނގަޔަށް ލެވުނުކަމުގެ މޮޔަ ހީވިއެވެ. އުމުރު ދުވަހުވެސް އެހާ މީރުކޮށް އަނގަޔަށް ވިރުނު ޗޮކްލެޓެއް ނުކެވެއެވެ. އެތައް ބާވަތެއްގެ ޗޮކްލެޓެއް ކައި އަޖުމަ ބަލާފައިވިޔަސް އޭނައަށް މި ޗޮކްލެޓްގައި އެދިން ރަހައާއި ލިބުނު ރާހަތުން އަޖައިބުކުރުވިއެވެ. ޓޯސްޓްކޮށްފައިވަ އަމަންޑާއި ރާސްބެރީ އަދި ކެރެމަލްއާއި ކޮފީގެ ރަހަވެސް އެއްވެ ސިކުނޑިން ވަގުތުން އުފައްދައިގަތީ ކޮންފަދަ އުފާވެރި ހޯމޯންސްތަކެއް ކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ދަހިވީވަރުން ތަށީގައިވާހާ ޗޮކްލެޓެއް ކާން ބޭނުންވި ނަމަވެސް ޒޭވިއާއަށް އެފަދަ ހިތްހަމަޖެހުމެއް ދޭން ބޭނުން ނުވުމުން އަނގަޔަށް ނުބައިގޮތެއް ހަދައިލިއެވެ.

"މީރެއް ނޫން....ފޮނިގަދަކަމުން...." އަޒާލިއާ ވަގުތުން އެތަނުން ދާން ހިނގައިގަތެވެ.

"ހެހެހެ.....އަޒާލިއަ ޓޭސްޓްބަޑް އެބްނޯމަލް. އަނެއްކާ ކޮވިޑްޖެހުނީތަ؟ " ޒޭވިއާ ހިނިގަނޑެއް ޖަހައިލިއެވެ.

އަޒާލިއާއަށް ވިސްނުނީ ޒޭވިއާ އޭނައަށް ދެއްކުނު ވާހަކަތައް އޮއްބައިލާ ހުރިހާ މައްސަލަތަކެއް ރަގަޅުކުރަން އުޅޭހެންނެވެ. ރޭގެ ހާދިސާ އަކީ ހުވަފެނަކަށް ހަދަން މަސައްކަތްކުރަނީ ނޫންހެއްޔެވެ؟ އޭނަ މިހިރީ ކަޒްޔާގެ ލަފާއެއް އަހަން ކެތްނުލަވާފައެވެ. ޒޭވިއާ ގޭގައި ހުރުމުން ނިކުމެލާނެ ފުރުސަތެއް ނުލިބޭނެއެވެ.

ނަސީބަކުން ގަޑިއެއްހާއިރު ފަހުން ޒޭވިއާ ކާރުގައި ނައްޓައިލިތަން ފެނިފައި އޭނަ އަވަހަށް ބަދިގެއަށްވަދެ ޒޭވިއާގެ ޗޮކްލެޓް ފުޅި ނެގިއެވެ. އަދި ހަމަޖެހިލައިގެން ހުރި ކުރިއަށް ހިނގައިގަތެވެ.

***

ކަޒްޔާގެ ގާތުން އަޒާލިއާ އަމަންގެ ޚަބަރު އެހިއެވެ. ކަޒްޔާ ބުނީ އަމަން ދީންވެރިކަމުން ގިނަވަގުތު މިސްކިތުގައި ހޭދަކުރާކަމުގައެވެ. ތުނބުޅި ދިގުކުރަން ފެށިގޮތަށް ޖިންސްގެ ފައި ކުރުކޮށް ކުރުތާ ލާން ފެށުމަކީ އެކަމުގެ ހެއްކެކެވެ. އަމަންގެ އެކުވެރިން ދެތިން ދުވަހެއްގައި މަގުމަތީގައި ވާހަކަދައްކަން ތިއްބާވެސް ފެނުނެވެ. ބަލާބެލުމަށް އަރަބިދަރިފަސްކޮޅުގެ ޒުވާނުންނެވެ.

"ޒޭވިއާވެސް އެގޮތަށް އަޅުވެރިވިނަމަ...ދެން އަމަން ކިހިނެއް ހަދާނީ؟ އަމަން ދެރަނުވާނެތަ؟ އިމޯޝަންސްތައް ފޮރުވައިގެން ހުއްޓަސް ޔާޔާކަހަލަ ކުއްޖެއްދެކެ ލޯބިވީމަ ދޯ މެރީކުރާނީ...."

"ނޯއާވެސް މެރީޑް..." ކަޒްޔާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"ކިހިނެއް އެނގުނީ؟"އަޒާލިއާ އަނގަ ހުޅުވިގޮތަށް ލޯވެސް ބޮޑުކޮށްލިއެވެ.

"ޓީވީ ޕްރޮގްރާމެއްގައި އެހެން ބުނީ...."

"އެހެންތާ ބުނާނީ. ނޯއާ ޔާޔާއާ ނޫން ކުއްޖަކާ މެރީ ނުކުރޭ. އެޓްލީސްޓް މަށަށް އެނގިގެނެއް ނުކުރޭ، ސޯ އެވާހަކަތާ އެބުނަނީ. ޑިވޯސް ނުކުރަންޏާ ސްޓިލް ޔާޔާވާނީ ހަމަ ވައިފްކަމުގައިތާ...."

"ސީރިޔަސްކޮށްތަ؟" ކަޒްޔާ އުފަލުން ހަޅޭއްލަވައިގަތްގޮތުން އަޒާލިއާއަށް ކަންފަތުގައި އަތް އެޅުނެވެ.

"އިއަރޑްރަމް ފަޅައިގެން އެ ދިޔައީ......"

"ސޮރީ އެކަމަކު ތިއީ އުފަލުން ސަދަގާތްވެސް ކުރާވަރުގެ ޚަބަރެއްނު. އައި ތޯޓް ހީޒް މެރިޑްކަމަށް އެކަމާއި ވަރަށް ދެރަވެފައި މިހުންނަނީ.. އެހެންވިއްޔާ ރަށަށް ދާގޮތަށް އެންމެ ކުރިން ބައްދަލުކުރާނީ ނޯއާ އާ..އައިމް ސޯ އެކްސައިޓެޑް.." ތެޅެމުން ދިޔަ ހިތުގެ މަތީ އަތް އަޅާ އޮއްބައިލަމުން ކަޒްޔާ ހީލީ އުފާވެރިކަމުން ފުރިފައިވީ ގޮތަކަށެވެ.

"ލޫލޫ ދެރަވެފައި ތިއިނީ ކީއްވެތަ؟"

އަޒާލިއާ ޒޭވިއާގެ ވާހަކަތައް ކިޔާދީ ނިމުނުއިރު ލޮލުން ކަރުނަ ތިކިތައް ވިދާލައިފިއެވެ. ކަޒްޔާ ކޯތާފަތް ފޮހެލަދިނެވެ.

"ބީ ސްޓްރޯންގް ލޫލޫ. ﷲއަށް އިތުބާރުކުރޭ. ހީ އިޒް ވިތް ޔޫ އެހެން އެއްވެސް މީހަކު އެއްކޮށް ނުވިޔަސް.....ލޫލޫއަށްޓަކާ އެންމެ ރަގަޅުގޮތަށް ހުރިހާ ކަމެއް ވާނެކަމަށް ގަބޫލުކުރޭ. ޔޯރ ފިއުޗާ އިޒް އިން ހިޒް ހޭންޑްސް އެހެން އެއްވެސް މީހަކަށް އެ ޕްލޭން ބަދަލެއް ނުކުރެވޭނެ. ޒޭވިއާއަށް ދުޢާކުރޭ. ފަހަރެއްގައި ބަދަލުވެސް ވެދާނެ. މިވަގުތަށް އެންމެ ރަގަޅީ މަންމަމެން ގާތަށް ލޫލޫ ދިޔުންކަން ނޭގޭ. ޒޭވިއާއަށް ވިސްނުނު ދުވަހަކުން އަންނާނެ......." ކަޒްޔާ އަޒާލިއާ ގެނެސް މޭގައި ޖައްސައިލުމުން އިރުގަނޑެއްވާންދެން ދެކުދިންނަށް އެހެން ތިބެވުނެވެ.

"އަރްކާންއަށްވެސް ކުށުގެ ސަޒާ ލިބެންޖެހޭނެ. އެހެންނޫނީ އަބަދުވެސް އެންމެން ތިބެންޖެހޭނީ ބިރުވެރިކަމެއްގައި ނޫންތަ؟ ޔަހްޔާގެ މަރަށް އިންސާފު ލިބި އަރްކާންއަށްވެސް ހުކުމް ކުރެވެންޖެހޭނެ. އަމިއްލަ ބޭބެ ކަމުގައިވިޔަސް އެމީހަކު ކުރި ފާފައަކަށް ތައުބާވެ ޝަރީއަތް ހިންގެންޖެހޭނެ...ކޮންމެހެން ނޯއާއާއެކު ލައިފެއް ހޯދަން ބޭބެ ސެކްރިފައިސްކުރާކަށް ނޫން. ސްޓިލް ހީ ޑިޒާވްސް ޓު ބީ ލޮކްޑް...މޭ ﷲ ގައިޑް ހިމް.."

ކަޒްޔާގެ ޚިޔާލު ގުޅިފައިވަނީ ނޯއާއާއެވެ. ވީ އެންމެ އަވަހަށް ރަށަށްގޮސް ނޯއާއާއި ބައްދަލުކޮށް ދެމީހުންގެ މުސްތަގުބަލް ކޮންމެވެސް ގޮތަކަށް ރާވަން އެބަޖެހެއެވެ. ނޯއާގެ ހަޔާތުން އޭނައަށް ޖާގައެއް އޮތްކަން ދެނެގަންނަން އެބަޖެހެއެވެ. އެހެން އޮތީ ދެމީހުންނަށް ކުރިމަތިލައިގެން ރަގަޅަށް ވާހަކަދެއްކުމެވެ. ނޯއާގެ އޭނަ ފިޔަވާ އިތުރު ބައިވެރިޔަކު ނެތްކަން އެނގުމުން ހިތަށް ލުއިވެ ނުތަނަވަސްކަން ފިލައިފިއެވެ.

ދެކުދިން ޗޮކްލެޓް ކާން ތިބިއިރު ޗޮކްލެޓް ވައިބްސްމަތިންވެސް ހަނދާން އާކުރިއެވެ. ޒޭވިއާގެ ޗޮކްލެޓަށް ދެވިހިފާގޮތްވިއެވެ.

"މިހާ ކްރީމީ އަދި ރާސްބެރީ ރަހައާއި ނަޓްސް އަދި ކެރަމެލްގެ އިތުރުން އެކި ރަހަތައް ލައްވާފައި ހުރިލެއް ޕާފެކްޓްކަމުން މީހަކު ހަމަ މޮޔަވެދާނެ..." އަޒާލިއާ އުނގަށް ފުޅިލައިގެން އިންއިރު ކަޒްޔާވެސް ފަހަރަކު ޗޮކްލެޓެއް ނަގާ އަނގަޔަށް ލުމުން ވިރިގެންދާގޮތްވިއެވެ.

"ގެޓް ދަ ރެސިޕީ..ކޮންމެހެންވެސް ޗޮކްލެޓް ވައިބްސްގައި މި ހުންނަން ޖެހޭ."

***

އަރްކާންގެ ބައްޕަ ނަވާބު މަނިކުގެ ކުންފުނި ބަގުރޫޓުވެ ގެވެސް ނީލަމަށް ލާން ޖެހުނެވެ. ދެވަނަފަހަރަށް މަޖުލީހަށް ކުރިމަތިލީއިރު ޚިޔާނާތުގެ ކުށް ސާބިތުވެ ކޯޓު މަރުހަލާއާއި ހަމަޔަށް ދިޔައިރު އަރްކާންވެސް ހުރީ އޭނަގެ ބައްޕައާއި ދެކޮޅަށެވެ. ބައްޕަގެ ނުބައިނުލަފާ ކަމާއި މަކަރުވެރިކަމުގެ ދަލުގައި ޖެހި އެތައް ބަޔަކަށް އަނިޔާލިބިފައިވިއެވެ. އެތައް ބަޔެއްގެ މުދާކައިގެންގެން ހުރިކަން އަރްކާންއަށް އެނގުމަށްފަހު ކުށުގެ ސަޒާ ބައްޕައަށް ލިބެން ޖެހޭނެކަން އޭނަވެސް ގަބޫލުކުރިއެވެ. މަންމަގެ ހިތް ހަލާކުވާވަރުވިއެވެ. އެހާވަރުން ހަޔާތް ވަގުފުކުރެވުނީ މަކަރުވެރި ނުބައި ނުލަފާ މީހަކަށް ކަން އެނގުނުއިރު ރަށަށް ބަދުނާމުވެ މީޑިއާގައި މުޅިންވެސް ނަވާބު މަނިކުގެ ޚިޔާނާތުގެ ވާހަކައެވެ. ލަދުވެތި އެތައް ވާހަކަތަކެއްވެސް ނޫހަށް އެރިއެވެ. އެންމެފަހުން ގަމަރިއްޔާގެ މަރާއި އޭނައާއި ގުޅުވާ އެކަންވެސް ތަހުގީގުކުރަން ފެށުނެވެ.

***

ކައިޝާ އެ ފޮށި ހުޅުވާލައިގެން ބަލައިލިއިރު އެތައް ސަތޭކަ ސިޓީތަކުން ފޮށި ފުރިފައިވާތަން ފެނުނެވެ. އަސަރުން ފުރިފައިވާ ޝަކުވާތަކެވެ. ވޭނާއި ހިތްދަތިކަން ލަފުޒުތަކެއްގެ ސިފައިގާ އަތުރާފައި ނޯއާއަށް ރައްދުވާނެކަމަށް އުއްމީދުކުރީކަން ނޭގެއެވެ. އެ ފަސްއަހަރުތެރޭ ކޮންމެ ދުވަހަކު ކުޑަ ސިޓީތައް ލިޔުމުގައި ކަޒްޔާ ވަގުތު ހޭދަކޮށްފިއެވެ. ވަކިން ހުރި ސިޓީ ބޮނޑިތަކުގެ ތެރޭގައި އަޒާލިއާ މާމަ އަދި ބައްޕައަށްވެސް ސިޓީތަކެއް ހުއްޓެވެ. ކައިޝާދެކުނީ އަމާނާތެއް ކަމުގައެވެ. އޭނަ އޭގެ އަހުލުވެރިންނަށް ރައްދުކޮށްދޭނީއެވެ. އެކަމަކު ކަޒްޔާގެ ހުއްދަ ލިބިއްޖެއްޔާއެވެ. އެކަމަކު މިއީ ކަޒްޔާގެ މާޒީ ނޫންހެއްޔެވެ؟ އޭނަގެ މުސްތަގުބަލަކީ އަމަންއެވެ.

***

ޒޭވިއާ ފެންޑާގެ ދިގު ގޮނޑިއެއްގައި ވޭޕްކުރަން އިންއިރު އެއްފަރާތުގައި ހުރި މޭޒުމަތީގައި ކޮފީއާއި ރާފުޅިއެއް ބަހައްޓާފައި ހުއްޓެވެ. ފޮރުވައިގެން ގެންގުޅެން ޖެހޭ އެއްޗެއްކަމަށް ގަބޫލުކުރު ދުވަސް ފާއިތުވެގެން ހިގައްޖެއެވެ. އެހެން މީހެއްގެ ސިފައިގާ މީހުންނަށް ފެނުމަށްވުރެ ތިމާގެ އަސްލު ސޫރަ ދެއްކުމުން މާ ހިތަށް ފަސޭހައެވެ. ނެތް ސިފަތަކެއް ދައްކަައިގެން އޭނަ އެތައް ދުވަހަކު ކެތްކޮށްފިއެވެ.

"ކޮންތާކުން ތިއައީ؟"ޒޭވިއާ ސުވާލުކުރިއެވެ.

"އަވަށްޓެރިއާއި ފްރެންޑްވީ ވާހަކަ ނުބުނެވޭ ދޯ..." އަޒާލިއާ ޒޭވިއާ އާއި އަރާހަމަވިއެވެ. ލައިގެން ހުރި ކަޅުހެދުމުގެ ތެރެއިން އޭނަ ލައިގެން ހުރި ޑެނިމް ޖިންސާއި ސްނީކާސް ފެންނނައިރު ސްޓައިލިޝްގޮތެއް ހުއްޓެވެ. އަޒާލިއާގެ ރީތި ލޯވެސް ވަނީ ކަޅުއައިނެއްގެ އެހީގައި ފޮރުވާފައެވެ. ޒޭވިއާ ވޭޕުން ފޮނުވައިލި ވައިލްޑް ޗެރީގެ ދުންގަނޑު ނޭފަތަށް ވަނުމުން މެޓާގެ ވަސް ދުވިޔަސް ކޮށިއަރާގޮތްވިއެވެ. އެކި ރަހައިގެ ވޭޕްތަކުން ހިތް ނުފުރިގެން ސިގްރެޓާއިއެކު ބައެއްފަހަރު ސުއްޓާވެސް ބޯތަން ފެނެއެވެ. އަދި އެކި ރަހަލައްވާފައި ހުންނަ ދުންފަތް ދަޚު ގެނެސް މުސްކުޅި ކާފައެއްހެން ދުންފަތް ގަނޑެއް ހިރުތެރެއަށް ލައްވައިގެން އިންނާތީވެސް އަޒާލިއާގެ ބޮލުގައި ރިއްސައިލައެވެ. އަމިއްލަ ސިއްހަތާއިމެދު އެއްވެސް ވަރަކަށް ފަރުވާލެއް ނެތީއެވެ.

އަޒާލިއާގެ ސްނީކާސްއާއި ޒޭވިއާގެ ފައިތިލަ ދުރުމިނުގައި ހުރީ އެންމެ އިންޗިއެކެވެ.

"މުހިއްމު ވާހަކައެއް އެބައޮތް. ޔޯރ މެއިޑް ނޫނީ ވައިފް އެބައުޅޭ އަހަރެން މަރައިލަން................"

"ވަޓް...........؟ އާ ޔޫ އައުޓް އޮފް ޔޯ މައިންޑް އަޒާލިއާ. "ޒޭވިއާ ކުއްލިއަކަށް ތެދުވެ ހީވީ އަޒާލިއާ ގެ ގަޔަށް އެތިފަހަރެއް ވީއްލާފާނެ ހެންނެވެ.

"ކީއްވެ މީހަކު އަޒާލިއާ މަރައިލަންވީ؟ އަހަރެންގެ ވައިފް....އަބަދު ތިހެން ކިޔާނެކަމެއް ނެތް އިނގޭ. ޝީޒް ޑެޑް....އެނގިއްޖެތަ؟ ދާލިއާ ދުނިޔެއަކު ނެތް. އޭނަ މަރުވެއްޖެ. މިހާރު އުފާވެއްޖެތަ؟ އައި ވޯޒް މެރީޑް އެންޑް އައި...................." ޒޭވިއާ އެއްޗެކޭ ބުނަން އުޅެފައި ކުއްލިއަކަށް އަނެއް ފަރާތަށް ކަނދުރާ އަނބުރާލައިފިއެވެ. އޭނަގެ އަތް މުށްކެވިގޮތުން ރުޅިއައިސްފައި އިން ވަރު އެނގުނެވެ. އަޒާލިއާގެ ހިތަށް އެ ޖުމްލައިން ލިބުނީ އުފާވެރިކަން ކަމެއް ނޫނީ ބިރުވެރިކަމެއްކަމެއް ނޭގުނެވެ. އަނެއްކާ މިގޭގައި މެއިޑެއް ހުންނަކަމަށްވެސް ޒޭވިއާ އެއްބަސްވީއެއް ނޫނެވެ. އަނެއްކާ ދާލިއާގެ ރޫހު އުޅެނީހެއްޔެވެ؟

އައިމް ސޮރީ......" އަޒާލިއާ އިތުރު އެއްޗެއް ބުނަން އުޅެފައިވެސް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭރު އަތްފައި ގަނޑުފެންގަނޑެއްގެ ތެރެއަށް ގަންބާފައި ނެގިފަދައިން ފިނިވެފައެވެ.

"ކިހިނެއްބާ ހަދަންވީ މިގެ ހޯންޓެޑްހެންވެސް ހީވާން ފަށައިފި. އެކުއްޖާ މަރުވީ ކިހިނެއްބާ. ޒޭވިއާގެ ޑިޕްރެޝަންއާއި ސިގްރެޓާއި ޑްރިންކްކުރުމުގެ ސިއްރަކީ އެއީބާ. އޭނަގެ ލޯތްބަކީ އެއީކަމަށްވާނީ. ޒޭވިއާ ހާޓް ބްރޭކްވެފައި. އަހަންނަކީ ޒޭވިއާއަށްޓަކާ އެއްވެސް މީހެއްނޫން. ބުރައަކަށްވާނީ. އެހެންނޫނަސް ދީން ގަބޫލުނުކުރަންޏާ މި ކައިވެނި ސައްހައެއްނުވާނެ. އައި ޝުޑް ގޯ ބެކް...." އަޒާލިއާ އެނދަށް ވެއްޓިގަތްގޮތަށް ނިތްމަތީ އަތްބާއްވައިގެން އޮތްއިރު ދޭތެރެއަކުން ލޯ މަރައިލެވެއެވެ.

ކިރިޔާ އަޑެއް އިވިލިޔަސް ހިތަށް ބިރުވެރިކަން ވަދެއެވެ.

އޭނަ ފޯނުގައިވާ ގުރުއާން ފޯލްޑަރު ހުޅުވާލައިގެން ޝުރައިމްގެ ފުރުގާން ސޫރަތް ޖެއްސުމާއެކު އެހެން ދުނިޔެއަކަށް ދެވުނުހެން ހީވިއެވެ. ގައިން ހީބިހިހަލުވައިލާފަދަ ގޮތެއް ގުރުއާންގެ އަޑު އިވުމުން ވެއެވެ. އެހެން ހުރިހާ ޚިޔާލުތައް އެއްފަރާތްކޮށްލާފައި އެ އަޑަށް ހުރިހާ ސަމާލުކަމެއް ދެވުނެވެ.

***

އަރްކާންއާއި އަނާ ރެސްޓޯރެންޓްގެ މަތީ ބައިގެ މޭޒެއްގެ ދޮށުގައި ޖައްސައިލިއިރު ޖެހިގެން ހުރި މޭޒުގައި ޔާސީންވެސް އިނެވެ. ޔާސީން ނުލާ އަރްކާންއާއި ބައްދަލުކުރަން އަނާގެ ޟަމީރު ތަން ނުދިނީއެވެ. ޔާސީންއަށް ގެނުވީ ފިޝް އެންޑް ޗިޕްސްއާއި މިލްކްޝޭކެކެވެ. އެހެން އިނދެވެސް އިރުއިރުކޮޅާ ޔާސީން ގޮވާލާފައި ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އަދި އެތަނުގައި ތިބި އެހެން ކަސްޓަމަރުންނާއިވެސް އެހާ އެކުވެރިއެވެ. އޭނައަށް ވީ ކާއެއްޗެހިވެސް އެހެން މީހުންނާއި ހިއްސާކުރިއެވެ. ޚާއްސަކޮށް ވަކިން އިން މުސްކުޅި ފިރިހެނަކަށް މިލްކް ޝޭކްތަށިވެސް ގެންގޮސްދިނެވެ. އެމީހާ ލޯބިން މެޓާއެއް ދިނެވެ.

"އަނާ ކީއްވެ މެރީ ކުރީ؟"

"އަރްކާންއަކާއި ބެހޭކަމެއް ނޫނެއްނު. އަންހެންކުއްޖަކާއި ގަދަކަމުން މަޖުބޫރުކޮށްގެން ކުރާ ކައިވެނި ސައްހަ ނުވާނެކަން އެނގޭތަ؟އަދިއެވެސް އެމީހަކު އެންމެ ލޯބިވާ މީހާ ދުނިޔެއިން ވަކިކޮށްފަ. ޑޮކްޓަރ އަރްކާންއަކީ ބަލިމީހުންގެ ޚިދުމަތުގައި ހުންނަންވާވަރުގެ މީހެއްނޫން. އިންސާނިއްޔަތަށް ޚިދުމަތްކުރާ މީހެއްގެ އަތުގައި ލޭ ތިހިރީ...ތިއީ ގާތިލެއް.............." އަނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ދަރިފުޅަށް އަޑުއިވިދާނެ. ކީޕް ޔޯ ވޮއިސް ޑައުން..ޕްލީޒް..." އަރްކާން އެދުނެވެ.

"ޔާސީންއަށް ދިވެހިބަސް ނޭގޭ. އެއީ ހަތަރުކަށިމަތި ކަޝްމީރީކުއްޖެއް...." އަނާ ބުނެދިނެވެ. ތެދެކެވެ. ޔާސީން ލައްވާފައި ހުރީ ކުރުތާ ހެދުމެކެވެ. އެހެދުމުގައި ފެންނައިރު ވަކިން ލޯތްބެވެ. އަރްކާންގެ ހިތަށް ތަދުވިއެވެ. އޭނަގެ ބަދުނަސީބާއިމެދު ހިތް ރުޔެވެ. ހުރިހާ ކަމެއް އޭނަގެ ރޭވުމުގެ ދަށުން ދިޔަނަމަ ޔާސީންވީހީ އޭނަގެ ދަރިއަކަށެވެ. އަމިއްލަ ދަރިއެއްގެ އުފާ ދުވަހަކު ނުލިބޭނެ ބާވައޭވެސް ހިތަށް އެރިއެވެ. އަނާގެ އިންޒާރުތަކާއެކު އޭނަގެ މުސްތަގުބަލް ފެނުނީ ދަންޖައްސާ ވާގަނޑުގެ ތެރޭގައި ބަދެވިފައިވަނިކޮށެވެ.

"އަނާ މާފުނުކުރާނީތަ؟ މަޖުބޫރުކުރެވުނީތީ..."

"މާފުކުރާނީ ފާފައަށް އެއްބަސްވެ އަދަބު ލިބިގަތީމަ...."

"އަހަރެން ފާފައެއް ނުކުރަން...ޔަހްޔާ މަރައިލީ އަހަންނެއްނޫން. އަނާ ޓްރަސްޓް މީ....އަހަރެންވެސް މީހެއްގެ ފުރާނަ ނަގައިގެން އަނާ މިލްކުކުރާކަށް ބޭނުމެއްނުވާނެ ދޯ. އެކަހަލަ އިލްޒާމް ބޮލުގައި އަޅަން ކޮން ހެއްކެއް ހުންނާނީ؟ މިޒަމާނުގައި ވީޑިއޯތަކާއި ފޮޓޯ އެއްޗެހި އެޑިޓްކޮށް އަނާމެންނަށް އޮޅުވައިލުމަކީވެސް ފަސޭހަކަމެއް. އެކަމަކު އަހަރެން.............." އަރްކާން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

"އެޑިޓްކޮށްފައި ހުންނަ އެއްޗެހި ވަކިކުރަން އެނގޭވަރުވޭ. އަދިވެސް ހަގީގަތް ފަޅާ އެރީމަ ދޮގުހަދައިގެން އަހަރެންގެ ހިތް އަތުލަން އުޅޭތީ ހައިރާންވެއްޖެ. އަރްކާން. އަހަރެންގެ މާފު ހޯދަން ބޭނުމިއްޔާ ކުރި ފާފައަށް އެއްބަސްވެ ތައުބާވޭ. އޭރުން އެހިސާބުން ގަބޫލުކުރާނަން. އެކަމަކު ދޮގެއްގެ މައްޗަށް ދިރިއުޅުން ފަށައިފިއްޔާ މި ދިރިއުޅުމުގައި ބަރަކާތް ނުލައްވާނެކަމަށް ގަބޫލުކުރެވޭ..."

"އެންމެ ރަގަޅު އަނާ....އާނ. އެއްބަސްވަން އަހަރެން ފައިސާ ދީގެން ޔަހްޔާ މަރައިލީ..................އައިމް ސޮރީ. އަހަރެން އަނާ ހާސިލުކުރަން ބޭނުންވެފައި ހުރިވަރުން އިންސާނެއްގެ ފުރާނައާއި ކުޅެން ޖެހިލުމެއްނުވި. އަހަރެން އެކަމާ މާފަށް އެދެން..................................."

ކުއްލިއަކަށް ޔާސީން އައިސް އަނާގެ އަތުގައި ހިފައިލިއެވެ.

ޔާސީންއަކަށް އަނގައިން ނުބުނެވުނެވެ. ލޮލުން ފެން އަންނަމުން ދިޔައިރު އިޝާރާތްކުރަނީ އަނގަޔާއި ދިމާލަށެވެ. އެކުއްޖާއަށް ނޭވާ ނުލެވިގެން އުޅޭފަދައެވެ. ލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ކޮންމެވެސް ކަމެއްވެގެން އުޅޭކަން އެނގުނެވެ.

"ދަރިފުޅު....." އަނާ ބިރުންގޮސް ޔާސިންގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ."ކިހިނެއްވީ ދަރިފުޅާ...."

އޭރު އެހެން މީހުންވެސް ކަންބޮޑުވުމާއި ހާސްކަމާއެކު އެމޭޒު ކައިރިއަށް ޖަމާވާންފެށިއެވެ.

"ކަރުގައި އެއްޗެއް ތާށިވީކަން ނޭގޭ.." އަރްކާން ކޮޅަށް ތެދުވުނެވެ. އުމުރުން ދުވަސްވި މީހާ ހާސްކަމާއި މޮޅިވެރިކަމާއެކު ބުނީ އޭނަ މެންޓޯސް މެޓާއެއް ދިންކަމުގައެވެ. އަރްކާން ވަކިގޮތަކަށް ބުރަކަށީގައި ޖެހުމުން މެޓާ ވިއްސައިގެން އައިސް މޭޒުމަތީގައި ޖެހުނެވެ. އެއާއެކު ޔާސީންއަށް ނޭވާލެވި ހަމަޔަކަށް އެޅުނެވެ.

"އަލްހަމްދުލިﷲ...ހުރިހާ ޝުކުރެއް ﷲ ސުބުހާނަހޫ ވަތައާލާއަށް...."އަނާ ދަރިފުޅު މޭގައި ޖައްސާލައިގެން ހުރިއިރު ލޯ ކަރުނުން ތެމިއްޖެއެވެ. އުމުރުން ދުވަސްވިމީހާ މާފަށް އެދުނެވެ.

"އެވަރުކަމެއްނޫން..މާފަށް އެދޭކަށް ނުޖެހޭ..ޔާސީން މެޓާ ކައިއުޅޭ. ކަމެއްވާން ހުރީމަ އެހެން ދިމާވީ..."އަނާ ހީލިއެވެ. އަދި އަރްކާންއަށް ޝުކުރުވެރި ނަޒަރަކުން ބަލައިލިއެވެ."ތެންކްސް އަރްކާން....ޔޫ ސޭވްޑް ހިޒް ލައިފް..."

އަނާ ދަރިފުޅުގެ އަތުގައި ހިފައިގެން ދާން ހިނގައިގަތުމުން އަރްކާން ފަހަތުން އައެވެ.

"އަނާ. އަހަންނަށް ނޭގިއެއް ނޫން. މޮޔައީއެއްވެސް ނޫން. އަނާ ފޯނުން ރިކޯޑްކުރިކަންވެސް އެނގޭ. އަހަރެން މިހިރީ ކުށަށް އިއުތިރާފްވާން....."އަރްކާން ހިތާމަވެރިގޮތަކަށް ހީލިއެވެ. އަނާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަރްކާންގެ އެ ބޮޑާކަމާއި ނުލަފާކަން ދޫކޮށް އިސްލާހުވެ އަމާންދޭން ނިންމީ ހަމަ އޭނަގެ ލޯތްބަށްޓަކާހެއްޔެވެ؟ ނޫނީ ހިދާޔަތް ލިބުނީބާވައެވެ. ހިދާޔަތަކީ ކޮންމެ ކޮންމެ އިންސާނަކަށް ލިބޭނެ މިންވަރުކުރައްވާނެ ނަސީބެއް ނޫނެވެ.

 

***

ކަޒްޔާ ކެލިގްރާފީގެ މަސައްކަތް ނިންމާލާފައި އެ އާޔަތަށް ބަލަން ހުރުމަށްފަހު ހިނިތުންވެލިއެވެ. ކުރުސި މިހާ ރީތިކޮށް ކަރުނަ ތިއްކެއްގެ ބައްޓަމަށް އެޅުމަކީ އަމިއްލަ ޑިޒައިނެއް ނޫނެވެ. މިއީ ނަކަލެކެވެ. އެކަމަކު ކުރުސި ލިޔެވިފައިވާ ގޮތާއިމެދު ހިތަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ.

"ބިއުޓިފުލް....." އަމަން ބޮޑުވާ އިނގިލި އުފުލައިލިއެވެ." ކެލިގްރާފީތައް ވަކިން ޕެކްކޮށްލަންވީނު. ފުރަން ޓިކެޓްވެސް ނަގައިފިން. ޓާކީއަށް ގޮއްސަ މާލެ ދާނީ އިނގޭ..އަހަރެންގެ އެކުވެރިއަކު އިންވައިޓްކުރީ....."

ކެލިގްރާފީތައް ވަކިން ޕެކްކުރަން ބުނުމުން ކަޒްޔާއަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އަމަންގެ ރޭވުމުގެ އެއްވެސް ހިލަމެއްނުވިއެވެ.

 

ނުނިމޭ

ކޮމެންޓް 0