މާތްﷲ ގުރުއާނުގެ އައްތަލާގު ސޫރަތުގެ ހަތްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْرًا. މާނައަކީ ދަތިކަމަކަށްފަހު ފަސޭހަކަމެއް ﷲ ލައްވާހުއްޓެވެ.

***

ދިހަވަރަކަށް މިނިޓް ތެރޭ ޖައިޝް އައީ މެގްނަމެއް ހިފައިގެންނެވެ.

"ޑޮކްޓަރ ޖައިޝް......." ވިޝާ ދެލޯ ބޮޑުކޮށްލިއެވެ.

"މަސައްކަތްކުރިލެއް ރަގަޅުކަމުން ހަމަ ޓްރީޓެއް ދޭ ހިތްވީ. މިއީ ދެން ލިބޭ ބޮޑު މުސާރައައި ބަލާއިރު ކޯންޗެއް ދޯ...." ޖައިޝް އެއްލޯ މަރައިލިއެވެ.

ވިޝާއަށް ނޭގިވެސް ހިތުން މަގާމެއް ދެވުނެވެ.

ޖައިޝް ހާދަ ރަގަޅޭ ހިތަށް އެރިއެވެ.

އޭނައަކީ އައިސްކްރީމާއިހެދި މޮޔަވާ ކުއްޖެކެވެ. އައިސްކްރީމް ދޭ ކުއްޖަކަށް އޭނަ ހިތް ކިޔާނެތާއެވެ.

ތާނީއަށް ގުޅައިގެން މުޅިން ދެއްކުނީ ޖައިޝްގެ ވާހަކައެވެ. އިރުއިރުކޮޅާ ޖައިޝްގެ ކޮންމެވެސް ކަމެއް ހަދާންވެ ވާހަކައެއް ބުނެވެއެވެ. ޖައިޝް ކުރާ މަޖާ ކަންތައްތަކާއި ބުނާހާ ވާހަކަތައް ހިތުގައި ހިނގާލެއް ގިނަކަމުން ވިޝާވެސް ހައިރާންވެއެވެ. ތާނީ ކައިރީގައި ހިއްސާކޮށްފައި ހުއްޓައެއް ނުލެވުނެވެ. ހުދު އިސްތަށިގަނޑުގެ ވެރި ޖައިޝްގެ މަޖާ ކަމޭ ކިޔާފައި ކެމީލާ ގާތުވެސް އޭނަގެ ވާހަކަ ބުނެވިއްޖެއެވެ. ކެމީލާވެސް ބުނީ ހޮސްޕިޓަލް ތެރެއިން އެންމެ ފާހަގަވީ ޖައިޝްއާއި ލޭކެން ކަމުގައެވެ. ދެމީހުންގެ އިސްތަށިގަނޑު ހުދުވުމުން އެދެމީހުން ތިމާގެއީ ހެއްޔޭވެސް ހިތަށް އަރާކަމުގައި ބުނެލިއެވެ. ވިޝާއަށް އެ ޚިޔާލާއި ވަކި ނުވެވުނު ހިނދު ހޮސްޕިޓަލުގައި ވަގުތުތައް ހޭދަކުރުންވެސް އުފަލަކަށްވިއެވެ. ޖައިޝް ފެނުމުން އުފާވެރިކަން ހިތުގައި ހިނގާލާ ހަތަރެސްފައި ފިނިވެލައެވެ. ތަފާތު ރީތިކަމެކޭ ހިތަށް އަރަނީއެވެ. އަލްބިނޯ ކުދިންތައް ފޮޓޯއިން ފެނެއެވެ. ނަމަވެސް މިހާ ޒުވާން ފިރިހެންކުއްޖަކު އަލަށް ފެނުމުން ވާހާ ގޮތްކަމަށް ވެދާނެއެވެ. އޭނަ "ޖައިޝް"ނޫން މައުޟޫއަކަށް ވާހަކަ ދައްކާ ހިތެއް ނުވެސް ވަނީއެވެ.

***

ބޯކޮށް ވާރޭ ވެހެމުންދިޔަ މަންޒަރު ބަލަން ބެލްކަނީގައި ހުރެފައި ކެމީލާ އެތެރެއަށް ވަނެވެ. އޭރު ހީކަރުވައިގެންގޮސް މުޅި ކުއްޖާ ރޫރޫ އަޅަނީއެވެ. ހުން ވައްތަރު ވެއްޖެއެވެ. ހޫނު ސައިތަށްޓެއް ނަމަވެސް ބޮއިގެން ހީފިލުވަން ބޭނުންވެފައި ހުރެ މިސްރާބުޖެހީ ކާކޮޓަރިއާއި ދިމާލަށެވެ. ކާކޮޓަރީގެ ތެރެއިން ދިމާވީ ދެކެން އެންމެ ހިތް ނޭދުނު ސޫރައެވެ. އާތިކާއެވެ. އެހެން އެންމެނަށްވުރެ ހަރުކަށިކަން ބޮޑީއެވެ. ކެމީލާ އަވަސްވެގަތީ އަވަހަށް އެތަނުން ނުކުތުމަށެވެ. ދިޔަ ބާރުމިނުގައި އަދި ކޮންމެވެސް މީހަކާއި މުޑިއެރިއެވެ. އެމީހަކަށް ހިފެހެއްޓުނު ނަމަވެސް ކާކުކަން އެނގުމުން ދުރަށް ލެވުނީއެވެ. ނާޒުކް ކަމުން ވިއްސައިގެން ދިޔަގޮތަށް ބިންމަތީ ޖެހުނެވެ. ކުއްލި ވޭނެއް ލިބުނުފަދަ ގޮތަކަށް ތޫނު ހަޅޭކެއްގެ އަޑު ތަނުގައި ގުގުމައިލިއެވެ.

"ޑޭމް....." ޖުއާން އަށް އެވަގުތު އަތުގައި އޮތް ތޫނު ފިޔޮއްސަށް ބަލައިލެވުނީ ބިރުވެރިކަމާ އެކުގައެވެ. ދެލޯ ބޮޑުކޮށްލަމުން ބިންމައްޗަށް ބަލައިލެވުނީ އެ ފިޔޮހިން ޒަޚަމްވީ ކެމީލާގެ ކޮންތަނެއްކަން ނޭގި ކަންބޮޑުވެފައެވެ. އެލޮލުން ފެނުނީ ހާސްކަމުގެ މަންޒަރެވެ. ބިންމަތީގައި ލޭގެ ކުދި ކޯރެއް ދެމެމުންދިޔައެވެ.

ލޭގެ މަންޒަރުތައް ފެނުމުން އޭނަ ހާސްވެއެވެ. ކެމީލާއަށް ސްކޫލްގައި ދިމާވި ކަންތައް ހަނދާނުގެ މަޑިކިލަބުގައި ދަތުރުކޮށްލީ ބަސްބުނާ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ދޮންބެ. ކެމީލާ ކުޑަ އެކްސިޑެންޓެއްވެއްޖެ. ޕްލީޒް ޗެކްއަޕް އޮން ހާ..." ޖުއާން ޝައުންއަށް ގުޅިއިރު އަތުގެ އިނގިލިތައްވެސް ތުރުތުރުލައެވެ. އޭނަގެ ސަބަބުން މީހަކު މަރުވެއްޖެއްޔާ އަނެއްކާ ނޫސްތައް ފަޅުފިލާވަރަށް ހެޑްލައިންތައް އަޅާނެއެވެ. އެހާ ބޮޑު ޒިންމާއެއް ނަގާކަށް ނުވާނެ ނޫންހެއްޔެވެ؟ އެހެންނޫނަސް ކެމީލާގެ މޫނު ފެނުމުން ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ހިތުގައި އުފެދެނީއެވެ. ރަހުމް ނޫނީ ހަމްދަރުދީއެވެ. ޕާޓީ ޑްރަގް މައްސަލައިގާ ކެމީލާގެ ކުށެއް އޮތީއެއް ނޫނެވެ. ކުޑަކުއްޖަކަށްވީމަ އެކަހަލަ ހާލަތެއްގައި ފުލުހުންނަށް ގުޅުނީއެވެ. އެކަމާއިހުރެ މުޅި އާއިލާ އެކުއްޖާފުޅު ދެކެ ނަފްރަތުކުރާކަށް ނުވާނެތާއެވެ. ނޫނެކެވެ. އެއީ ކުޑަކުއްޖެއް ނޫނެވެ. ގަސްތުގައި އެ އާއިލާ ބަދުނާމް ކުރަން ކެމީލާ މަސައްކަތްކުރީއެވެ. މިހާރު މިގޭގައި މިހިރީ ދެވަނަ ކުށުން ބަރީއަ ވާންވެގެންނެވެ.

ހިތުގައި އުފެދުނު ހަމްދަރުދީ ނައްތާލާ ނަފްރަތު އުފައްދަން ޖުއާން މަސައްކަތްކުރިއެވެ.

އާތިކާވެސް ކާކޮޓަރިން ނުކުމެފައި ހީލިއެވެ.

"ކެމީލާ ހަޅޭއްލަވަނީ ޖޮން އަނެއްކާ ކަމެއް ކުރީތަ؟ މާދަން ނޫހުގައި އޮންނާނެ އެތައް ގުނަ ދޮގު އިތުރުކޮށްފައި...." އާތިކާގެ ޖުމްލަ މަލާމާތުން ކަޅިވެފައިވިއެވެ. އެއާއެކު އެތަނުގައި ހުރި ލޭގެ ރޮގާއި ޖުއާންގެ ފިޔޮހީގައި ހުރި ރަތްކުލައިގެ ލޭ ފެނި އާތިކާއަށް އަނގަމަތީ އަތް އަޅާލެވިއްޖެއެވެ. "ޖޮން. ޑިޑް ޔޫ ސްޓެބް ހާ....."

"ނޯ............" ޖުއާން އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

***

ކެމީލާގެ ކަނައަތުގައި ބޭސްއަޅާ ބެންޑޭޖްކޮށްފައި ހުރުމުން އެއަތުން މަސައްކަތެއްކުރަން ފަސޭހައެއް ނޫނެވެ. ބަދިގެއަށްވަންއިރު އާއިލާގެ ހުރިހާ ފިރިހެންކުދިން ސައިބޯން ތިއްބެވެ. ކެމީލާ އެހާވަރުން ކުކީ ޖަގު ނަގަން އައީ ލޫކާއާއި ލިލީ ބުނެގެންނެވެ. ހުރިހާ ފިރިހެން ކުދިން ތިއްބާ އެތަނަށް ވަނުން ފަސޭހަކަމަކަށް ނުވިޔަސް ލޫކާމެންގެ ސަބަބުން މަޖުބޫރުވީއެވެ. މި ފިރިހެންކުދިން ތަންކޮޅެއް އޯގާތެރިނަމަ އެހީވެދޭން ބުނެވުނީހޭ ހިތަށް އެރިއެވެ. އެހާވެސް އިސްކޮޅުން ދިގު ވިއްޔާއެވެ. ފިރިހެންކުދިން ވާހަކަދައްކަނީ ފްރެންޗްބަހުންނެވެ. އެމީހުން ކިޔާ ނުކިޔާ އެއްވެސް އެއްޗެއް ކެމީލާއަކަށް ރޭކާނުލައެވެ. ނަމަވެސް ޖުއާން ބުނި އެއްޗަކަށް އެންމެން ކަކަކަ އަޅާފައި ހީގަތުމުން ކެމީލާ ލަދުން މަރުވާވަރުވިއެވެ. ރުޅިވެސް އަތުވެއްޖެއެވެ. މިގޮތަށް މަލާމާތްކުރުމުގެ އެއްވެސް ހައްގެއް މި މީހުންނަކަށް ނެތެވެ. އަވަހަށް ފައިބާން ހަދައިގެން އަތުގައި ހުރި ދަޅުވެސް އަތުން ދޫވެއްޖެއެވެ.

"ތިއީ ކޮންފަދަ ގޯސްކަމެއްތަ؟ މީހުންނަށް މަލާމާތްކުރުމަކީ ދީނުގައި މަނާކަމެއްކަން ނޭގޭތަ؟ ތިން މީހުން ތިބި ތަނެއްގައި ދެމީހަކު ސިއްރުން ވާހަކަދެއްކުންވެސް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް މަނާކުރައްވާފައިވޭ..." ކެމީލާ ބޭނުންވީ ގަދަކޮށްލާށެވެ.

"އެކްސްކިއުޒް...........ހިލޭ ފިރިހެނުންނާއި އެއްކޮޓަރިއެއްގައި ހުރުން ހުއްދަތަ؟ "

"ހުއްދައެއްނޫން. ޔޯ ފެމިލީ މަޖުބޫރުކުރަނީ ޖަސްޓް ޓު ކްލިއާ ޔޯ ނޭމް. ޕްލަސް ދީން ދަސްކުރަމުންދާ ފޯޓީން ޔިއަ އޯލްޑަކީ ދީން އެއްކޮށް އެނގޭ ޝޭޚަކަށް ހަދަން އުޅޭނެކަމެއްވެސް ނެތް. އައިމް ލާނިން. އަދި ކުޑަ މިންވަރެއް އެނގެނީ. އިލްމުވެރިންގެ ކައިރިން ދަސްކުރަމުންދާއިރު އެނގުނު މިންވަރަކުން ދީނަށް އުޅެން މަސައްކަތްކުރުމަކީ އަދި ތިގޮތަށް މަލާމާތްކުރަންވީކަމެއްނޫން. އިންސާނުންވިއްޔާ ފާފަވެސް ކުރެވޭނެ. އައިމް ޑުއިން މައި ބެސްޓް. މިގެއިން ވަރަށް އަވަހަށް ދާނަން، އަދި މި ލިބުނު ފިލާވަޅުތައް އަބަދަށް ހަދާން ހުންނާނެ. ބަޓް ޑޯންޓް ބީލިޓްލް އަދާސް ތިމާމެން މޮޅު ޝާހީ ބޭފުޅުންނަށްވީމަ. އެހެންމީހުންނަށް މަލާމާތްކުރަން އެހެން ލެނގުއޭޖުން ނުކިޔާ ކެރިގެން ދިމާލަށް ކިޔާ އެއްޗެއް ކިޔާ..........." ކެމީލާ ހުރިހާ އެއްޗެއް ކިޔުމުން ޖުއާން ކަޅި އަޅައިގެން ބަލަން އިނީއެވެ.

"ކެމީލާ. އަހަރެން ސުވާލެއްކޮށްލަންތަ؟" ކައިދަން އެހިއެވެ.

"ޔެސް..."

"ކުށްހީކުރުމަކީ ކޮންކަހަލަ ކަމެއްތަ؟"

"ފާފައެއް....."

"ވީއިރު އަހަރެމެން އެހެން ލެންގުއޭޖަކުން ތިމާގެ ވާހަކަދައްކަނީކަމަށް ޔަގީންނުވާ އިރު އެހެން ހީކުރުމަކީ ފާފައެއްކަން ދަސްކުރޭ. ވީ އާ ޓޯކިން އިން އަވާ މަދަރޓަންގް. ކެމީލާއަށް ފްރެންޗް ނޭގެޔޭ ކިޔާފައި މި ހުރިހާ ދުވަހު އަހަރެމެން ވާހަކަދައްކަމުން އައި ބަސް ބަދަލުކުރަން ޖެހޭތަ؟ އެންމެ ފަސޭހަ ބަހަކީ މިއީ. އައި ސްވިއާ އަހަރެމެން ހުނީ ކެމީލާގެ ވާހަކައެއް ދައްކާފައެެއް ނޫން...." ކައިދަންގެ ވާހަކައިން ކެމީލާގެ ކޯތާފަށް ރަތްވެގެން ދިޔައެވެ. ބްލަޝައެއް ޖައްސައިލާހެން މަޑުމަޑުން ރަތްވަމުން ދިޔަގޮތުން އޭނަ ރަކިވީވަރު ރަގަޅަށް އެނގުނެވެ. ލަދުންގޮސް އެ ފަކީރު ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ހެހެހެ...ޕުއަ ސިސް.." ލޭކެން ބޯ ހޫރައިލިއެވެ."ދެންވެސް ބަރްދާސްއިންނާ ނުބެހޭތި. ނޫނީ ތިއަށްވުރެ ލަދު ގަންނާން ޖެހިދާނެ..."

ކެމީލާ ވައިރޯޅިއެއްހެން އެތަނުން ނުކުމެގެން ދިޔަގޮތަށް މަޑުކޮށްލީ ކޮޓަރިއާއި ހަމައިންނެވެ. އެނދުގައި ދެއަތް ވިއްދާލަމުން ލޯ މަރައިލިއެވެ. މިގޭގައި އުޅެންވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. އެކަމަކު އެބުނާހެން އޭނަ ކުށްހީކޮށްގެން ނުވެސް ވާނެއެވެ. "ނޭގޭ. އެމީހުންނަށް ލައިކްވެވެން ވެސް އުޅޭ. އެހާ ދެރަކޮށްލާއިރުވެސް. ފެމިލީގޮތުގައި ބަލަން ބޭނުންވޭ. މޭގެ ތެރޭ ދެހިތް އޮންނަފަދަ. ބައެއްފަހަރު ހިތަށް އަރާ ހުރިހާ ކަމަކާއެކުގައިވެސް މިގޭގައި ހުންނަންވީއޭ. ދޮންބެ އާއި ދޮންބެދައްތަ އަދި ލޫކާއާއި ލިލީ އަދި މާމަވެސް ކިހާ ހެޔޮ.........އައި ލަވް ދެމް. ސޯފީ މަންމަވެސް. ޖުއާން އެހާ ރޫޑްއިރުވެސް އޭނަގެ ކޮޅަށް ހިތް އޮންނަ ސަބަބެއްވެސް ނޭގޭ....."

"އިވްނިން ކޮކްޓެއިލް....." ކެމީލާ އެކި ކުލައިގެ ބޭސްގުޅަތަކެއް ބޭސް އަޅާ ތަށްޓަކަށް އަޅައިގެން އިނދެ ފޮޓޯއެއް ނަގާފައި އިންސްޓާކޮށްލައިފިއެވެ. އަދި ސިބްލިން ވައިބާއަށް ވެސް ލިއެވެ. އަދިވެސް އެ އާއިލާ ވައިބާއިން އޭނަ ވަކިކޮށެއްނުލައެވެ. ނަމަވެސް މިދުވަސްކޮޅު އެންމެން ބަސްމަދެވެ. އެ ގްރޫޕް "މިއުޓް"ވިފަދައެވެ. އޭނަގެ ސަބަބުންނެވެ. އެކަމަކު އެހެންމީހުންގެ ހަމްދަރުދީ ހޯދަން ބޭނުންވި ސަބަބެއް ނޭގެއެވެ. އަތުގައިވާ ބެންޑޭޖްގެ ފޮޓޯއެއް ނަގާފައިވެސް ލައިފިއެވެ. ފަހުން އެ ފޮޓޯތައް ނަގަންވެސް ހިތަށް އެރިއެވެ. ޝައުން އަދި އެލީނާގެ ފަރާތުންވެސް އެންމެ ކޮމެންޓެއްވެސް ނުލިބުނު ވިއްޔާއެވެ. އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބުނެވެ. އިރުއިރުކޮޅާ އެއަށް ބެލުނެވެ. އެހެން އޮތްވާ ވިޝާ މެންގެ ގްރޫޕަށް ވިޝާ ލީ ޕޯސްޓް ފެނިފާ ކެމީލާ ފުންމައިގެން ތެދުވިއެވެ. ހަގީގަތުގައި އޭނައަށް މިކުރެވެނީ ބޭކާރު މަސައްކަތެކެވެ. މިއަށް ކޮމެންޓެއް އަންނަތޯ އިރުއިރުކޮޅާ ބެލުމަށްވުރެ ގުރުއާން ކިޔަވަން އިނަސް މާ ރަގަޅެވެ. ވަގުތީ ފާލަމެކެވެ. ދަތުރުކުރަމުންގޮސް ނިމޭނީ ސުވަރުގެ ނޫނީ ނަރަކައަށެވެ. ކެމީލާ ގެ ޅަކަމާއެކުގައިވެސް އެފަދަ ބަސްތަކުން އިބުރަތް ލިބިގަނެއެވެ. ފެނިފައި ގެއްލިގެން ދިޔަ ޖުމްލަތަކަކަށް ނުވިއެވެ. އަވަހަށްގޮސް ވުޟޫކުރަން ފެށިއެވެ. ބެންޑޭޖް ކޮށްފައިވާ އަތުގައި ފެން ފޮހެލިއެވެ. އެއަށްފަހު ނަމާދުކުރަން ފެށިގޮތަށް ހުރިހާ ސަމާލުކަމެއް ދެވުނީ ނަމާދަށެވެ.

***

އެލީނާގެ ސަބަބުން ނީވްއާއި ޒައިރާއަށް އެގެއިން ވަޒީފާ ހަމަޖެހުނެވެ. ނީވް މޫނު ބުރުގާ އެޅިޔަސް އެއީ އެލީނާ އިތުބާރުކުރާ ރަގަޅު ކުއްޖެއްކަމުގައި ބުނެގެން ސޯފިއާމެން އެކުއްޖާއަށް ބަދިގެއިން ވަޒީފާ ހަމަޖެއްސިރު ޒައިރާ ކުދިންގެ ނެނީއެއްގެ ގޮތުގައި އެގެއަށް ވަކި ގަޑިތަކެއްގައި އަންނަ ގޮތަށެވެ. އެކަމާއި ސޯފިއާ އާއި އާތިކާ ނުރުހުނަސް ޝައުންގެ ބާރު އެޅުމުގެ ސަބަބުން ގަބޫލުކުރަން ޖެހުނީއެވެ. އެކަމާ އެންމެ އުފާކުރީ ކެމީލާއެވެ. ދޮންތިގެ ސަބަބުން އެކަނިވެރިކަން ފިލާ ހިމާޔަތެއް ލިބޭނެކަން ޔަގީނެވެ.

***

ޝައުން ޑޮކްޓަރސް ލައުންޖަށް ވަންއިރު ލޮލުގައި އަޅައިގަތީ މޭޒުމަތީ އޮތް ސިޓީ އުރައެވެ. އެތެރޭގައި އޮތީ ޕެންޑްރައިވަކާއި ނޯޓްކޮޅެކެވެ.

"ޑޮކްޓަރ ޝައުން. ސްޓިލް ކާންޓް ބިލީވް ޔޯ ވައިފް އިޒް ސަޗް އެ ހޯރ "

ޝައުންއަށް ލިބުނު ސިހުމާއެކު ދެތިންފަހަރު އެ ނޯޓްކޮޅު ކިޔާލާފައި ޖިންސްގެ ޖީބަށް އެ ނޯޓް ކޮށްޕާލައިފިއެވެ. އަދި ޕެންޑްރައިވްވެސް ލީ ޖީބަށެވެ. މިއީ ކާކުގެ އަމަލެއް ހެއްޔެވެ؟ މީގައި ހުރީ ކޯނޗެއްހެއްޔެވެ؟ އެލީނާގެ އަނދރި ފަރާތް އެގިގެން ބްލެކްމެއިލް ކުރަން އުޅެނީ ކާކުހެއްޔެވެ؟ ޝައުން އުދަގޫގޮތަކަށް ހިންދިރުވައިލިއެވެ. އޭރު ނިތްކުރިން ފިނި ދަލެއް ހިއްލާލައިފިއެވެ. އެލީނާގެ އިއްޒަތާއި އަބުރު ސަލާމަތްކުރަން އޭނަ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ޝައުން ދޮރު ތަޅުލުމަށްފަހު ޕެންޑްރައިވް ކޮމްޕިއުޓަރަށް ޖެހުމަށްފަހު ހުޅުވާލުމާއެކު ފެންނަން ފެށި މަންޒަރަކުން ވަގުތުން މޫނުރަތްވެ ގޮށްމުށް ކަވާލެވިއްޖެއެވެ. ކިޔާންގެ ގޮތްކުޑަކަމާއި ލަދެއްނެތް ވަރު ފެނިފައި ހިތުގައި ނަފްރަތުގެ އަލިފާން އަނދައިގަތްގޮތަށް ތެދުވުނުއިރު ކޯކަށިގަނޑަށް ބާރުކޮށްލެވިއްޖެއެވެ. ބުމަ ކައިރިކޮށްލެވުނެވެ. ވީއިރު އޭނަގެ އަންހެނުންގެ ކުށަކީ ކޮބާހެއްޔެވެ؟ ކުށްވެރިއަކީ ކިޔާންއެވެ. ރަގަޅަށްވިއްޔަ އެލީނާއަށް ބިރުދައްކާ ބްލެކްމެއިލް ކުރުވާ އަދިވެސް ގުޅުން ބާއްވަނީކަމަށް ވެދާނެއެވެ.

މުށްކެވުނު އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލަމުން ޝައުން ނުކުތެވެ. ކައުންޓަރެއްގެ ކައިރީ ކިޔާން އަތް އަޅުވާލައިގެން ހުރިއިރު އެތާ ތިބި އަންހެންކުދިންނާއި ޑޮކްޓަރުންގެ އަމާޒު ފަތްގަނޑަކީ ކިޔާންއެވެ. ދުރުގައި ހުއްޓަސް އެކަން އޭނައަށް ފެނުނެވެ. ކިޔާން ސަމާސާ މޫޑެއްގައި ހުރިއިރު ކޮންމެވެސް އަންހެންކުއްޖަކު ލަދެއްނެތި ފޯނުން ކިޔާންގެ ފޮޓޯ ނަގަނީއެވެ. ކިޔާން ހީހީފައި އެމީހުންނާއި ވާހަކަދައްކާފައި ހެމުން ދިޔައެވެ. ޑޮކްޓަރ ޖިލްވާ އެހިސާބާ އަރާ ހަމަވެފައި ކިޔާންގެ ގާތު މަޑުކޮށްލިއެވެ. ދެމީހުން އެކީ އެއްފަރާތަކަށް ހިނގައިގަތެވެ.

"ސަން އޮފް އެ **" ޝައުން ހިތާހިތުން ހަޅޭއްލަވައިގަތެވެ. އޭނަ ބޭނުންވީ ވޭންދެނިވިގޮތަކަށް ކިޔާންއަށް އަދަބުދޭށެވެ. އެ ބޮޑާ ހިނިތުންވުންތައް މޫނުން ފޮހެލާށެވެ. ކާމިޔާބާއި ފަޚުރުވެރިކަމާއެކު ކުރި އަރަމުން އެދަނީ އޭނަގެ މަންމަމެން ދިން ސްކޯލާޝިޕެއްގައި އެތައް މިލިއަނުން ފައިސާ ޚަރަދުކޮށްގެންނެވެ. އެ އިހުސާންތެރިކަމުގެ ބަދަލު އެދިނީ އޭނަގެ އަންހެނުން ފޭރިގެންނެވެ.

ކިޔާން ދެން ފެނުނީ ޑޮކްޓަރުންނާއެކު ބާސްކެޓްބޯޅަ ކުޅެނިކޮށެވެ. އެތާގައިވެސް އެންމެންގެ އަމާޒަކީ ކިޔާންއެވެ. ކިޔާންގެ ހުންނަ "ޗާމިން"ކަމަކުން އެންމެންގެ ހިތްތަށް އަތުލައިގަނެއެވެ. އެންމެނާއި ގުޅޭ މިޒާޖެއްގެ ވެރިއަކަށްވުމުން އެންމެންގެ ލޯބި ހިފެހެއްޓުމެއްނެތި ލިބެނީއެވެ.

އެލީނާއަށް ހިމާޔަތްދީ ކިޔާން މަގުން އެއްފަރާތްކޮށްލުމުގެ ޖޯޝް ހިތުގައި އާވިއެވެ.

މިގޮތަށް ކުޑަ އަންހެންކުއްޖަކާއި ބެހުމަކީ ގާނޫނީގޮތުން ބޮޑު ކުށެކެވެ. ކިޔާންއަށް އެކަމުގެ ސަޒާ ލިބޭނެއެވެ.

ޝައުން ވަގުތުން ގުޅީ އޭނަ އިތުބާރުކުރާ ދަންނަ ވަކީލަކަށެވެ.

***

ކިޔާން ކޮޓަރީގައި އިންދާ ފުލުހުން އޭނަ ހައްޔަރުކުރަން އައެވެ. އޭރު ޖައިޝްވެސް ފެންވަރާލައިގެން ފާޚާނާއިން ނުކުންނަނީއެވެ. ޖައިޝްވެސް ހައިރާންކަމާއެކު ބަލަން ހުއްޓެވެ.

"ވަޓް ދަ ހެލް......." ޖައިޝް އެއްޗެކޭ ބުނަން އުޅުނެވެ.

"މިއޮތީ ކޯޓު ހުކުމް. އެބިއުޒް ކޭސްއަކާއި ގުޅިގެން......" ފުލުހަކު ކޯޓު އަމުރު ދިއްކޮށްލުމުން ޖައިޝްގެ ލޮލުން ހައިރާންކަން ފެނިލިއެވެ. މިއީ އަދި ވާންވީ ގޮތެއް ނޫނެވެ. ކުށްވެރިއަކީ ހަމައެކަނި ކިޔާންއެއް ނޫނެވެ. އޭނަ ނުރުހުމާއެކު ފުލުހުން ދުރުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ކިޔާން އެންގީ ހިމޭން ވުމަށެވެ. ކިޔާންއަށް އޭނަގެ ކުށަކީ ކޮބާކަން ޔަގީންވިއެވެ. އޭނަ އެލީނާއަށް މަޖުބޫރުކޮށްގެން ގަދަކަމުން އަތުގައި ހިފާ ދަމަމުންގޮސް ކޮޓަރިއަށް ވެއްދިއިރު އަދި އެފަހުން ހިނގި އެއްވެސް ހާދިސާއެއް އޭނަގެ ހަނދާނަކު ނެތެވެ. ޔަގީންވާކަމަކީ އެއީ އޭނަ އަމިއްލަ އިޚުތިޔާރުގައި ކުރިކަމެއް ނޫންކަމެވެ. ކޮންމެވެސް ބަޔަކު އެކުށް އޭނަގެ ބޮލުގައި އަޅުވަންވެގެން އެއްޗެއް ބޯންދިނީކަން ޔަގީނެވެ. އެހެންނޫންނަމަ އޭނައަކީ އަންހެންކުއްޖެއްގެ އިއްޒަތަށް އަރައިގަންނާނެ މީހެއްނޫނެވެ. އޭނަގެ އަންހެންކޮއްކޮމެން ތިބިއިރު އެހެން ފިރިހެނަކު އެކުދިންނާއި ދިމާލަށް ނުނިޔަތުން ބަލައިލަން ހިތް ނޭދޭއިރު އޭނަ އެހެން އަންހެންދަރިއަކަށް އެފަދަ ލަނޑެއްދޭނެ ހެއްޔެވެ؟ މިއީ ނުހައްގުގައި ލިބޭ ސަޒާއެކެވެ. އެކަން ކުރިމީހަކު ބޭޒާރުވާނެއެވެ. ހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތެއްވެއެވެ. ކިޔާން އިސްޖަހައިގެން ހުރިއިރު ވިސްނީ މާމައާއި ކޮއްކޮމެންނާއި މެދުގައެވެ. އޭނަ ނެތަސް މިއަދު އެކުދިންނަށް އުޅެވިދާނެއެވެ. ކެމީލާ އެހެރީ ރައީސްމެންގެ ދަރިއެއްގެ މަގާމުގައެވެ. ޒައިރާއަކީވެސް އަޒުމް ވަރުގަދަ ކެރޭ ކުއްޖެކެވެ. އޭނަ މާމަ ބަލަހައްޓާނެއެވެ.

ކިޔާންގެ ބަންދަށް ފަނަރަ ދުވަސް ޖެހިއެވެ.

***

އެލީނާ ދެކުދިން ގޮވައިގެން ގަސްތަކުގެ ތެރޭ ކުޅެން އުޅެއެެވެ. އެލީނާވެސް އެކުދިންނާއި ބައިވެގެން ޕީކަބޫ ކުޅޭއިރު އޭނަވެސް ކުޑަކުއްޖެއްފަދައެވެ. ކެމީލާވެސް އެ ކުޅުމާއި ވަރަށް ގަޔާވެފައެވެ. ޝައުން އަންނަތަން ފެނުމުން އެލީނާގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ޝައުން ފެނުމުން ހިތަށް އުފާވެރިކަމެއް އިހުސާސްކުރެވުނެވެ. އެވަގުތު ފޯނު ރިންގުވާން ފެށުމުން އެލީނާ ބަލައިލިއެވެ. ވިޝާ ގުޅާނީ ކޮންމެވެސް މުހިއްމު ކަމެއް އޮތިއްޔާއެވެ.

"ދޮންތީ. ވަރަށް އަވަހަށް އާދެބަލަ. ވަރަށް ބޮޑުކަމެއް ދިމާވެގެން..." ވިޝާ ރޮމުން ބުނެލިގޮތުން އެލީނާގެ ފައިދަށުން ބިންގަނޑުވެސް ދެމިގަތްފަދައެވެ. އޭނައަށް ދުވެފައިގޮސް ޝައުންގެ ދެއަތުގައި ހިފުނީ ތަންކޮޅެއް ބާރަށެވެ.

"ނުނިމޭ

ކޮމެންޓް 0