ފުރުގާން ސޫރަތުގެ ނަވާވީސް ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. لَّقَدۡ أَضَلَّنِي عَنِ ٱلذِّكۡرِ بَعۡدَ إِذۡ جَآءَنِيۗ وَكَانَ ٱلشَّيۡطَٰنُ لِلۡإِنسَٰنِ خَذُولٗا (ހަމަކަށަވަރުން، ތިމަންނަ އާއި ހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ.)

***

ޝޭންގެ ބޭބީސްތަ؟ ސޯ އެޑޯރަބްލް މާޝާﷲ..." ކިޔާންގެ ނަޒަރު ލޫކާގެ މޫނުންގޮސް ލިލީގެ މޫނަށް ހުއްޓުނެވެ. އިރުކޮޅެއްވާންދެން އެ މޫނަށް ބަލަން ހުރެވުނީ ކަމެއް ހަދާން ކުރަން އުޅުނުފަދައަކުންނެވެ. އެލޮލުން ދަންނަ ވައްތަރެއް ޖެހީއެވެ.

"ތެންކިއު.." ޝައުން ހިނިތުންވަމުން އެ ދެ ޑޮކްޓަރުންނަށް އެ ކުޑަ އާއިލާއާއި ބައިވެރިވާން ދައުވަތުދިނެވެ. އެލްފްއަކީ ކިޔާންގެ ޕެޓްކަން އެނގުމުން ލޫކާ ކިޔާންއަށް ޝުކުރުވެރިވިއެވެ. އެލީނާ ކުދިން ތަރުބިއްޔަތުކޮށްފައި ވަނީ ރީތި އަދަބުތައް ދަސްކޮށްދީފައިކަން ކިޔާން އަށް އެނގުނެވެ. ލިލީގެ އަޖައިބެއްފަދަ ހިމަ ޅަ އަޑު އިވުމާއެކު ޖައިޝްއަށް ލިލީއަކީ ކޮންކަހަލަ ކުއްޖެއްކަން ދެނެގަނެވި އިރުކޮޅެއްވާންދެން ބަލަން އިނދެވުނީ ވިސްނުންތެރި ކަމާއެކުގައެވެ. ޖައިޝް ސުވާލެއް ނުކުރިއެވެ. ޑޮކްޓަރ ޝައުން ނުބުނިކަމުގައި ވިޔަސް ހިއްސާކުރަން ތައްޔާރަށް ނެތަސް އޭނައަށް ލިލީގެ ބަލި ދެނެގަނެވިއްޖެއެވެ. ކިޔާންމެން އެކީ ކޮފީބޮއި ވާހަކަ ދައްކަން ތިބިއިރު ގިނަ ވަގުތު ޝައުން އިންނަނީ ހިމޭނުންނެވެ. އެކަނިވެރިކަމަށް ލޯބިކުރާ ޝައުން އެކުވެރިންނާއެކު މަދު ފަހަރެއްގައި މިހެން ކޮފީއެއްގައި އިނަސް އޭނަ ސީރިޔަސްކަމުން ހޭން ނުދަންނަ ކަހަލައެވެ. އޭނައަށް ވުރެ ލޫކާ އަނގަ ގަދައެވެ. ލިލީއަކީ އޭނަގެ އެއްމާބަނޑު ކޮއްކޮ ކަމަށާއި ކޮއްކޮގެ ކޮންޑިޝަނެއްގެ ސަބަބުން ބޮޑުނުވަނީ ކަމަށް ބުނުމުން ޖައިޝްއަށް ލިބުނު ޝޮކް ވަކިން ބޮޑުވިއެވެ. އެކަމަކު އޭނަގެ މޫނުމަތިން އެކަމެއް ނުދައްކައެވެ. ނަމަވެސް ލިލީގެ އެ ހަގީގަތް ސިކުނޑީގައި އާދަޔާ ޚިލާފު އިންގިލާބެއް ގެނުވައިފިއެވެ. ލިލީގެ ލޮލާއި އެސްފިޔައިން ދަންނަ ސޫރައެއް ފަރިވެލައިފިއެވެ.

***

ޖައިޝް ކިޔާންއާއެކު އެޕާޓެމެންޓަށް ބަދަލުވިފަހުން ޖައިޝް އޭނަގެ އަލަމާރި ހާވަން ހުއްޓާ ފެނުމުން ކިޔާން ސުވާލުކުރިއެވެ. ޖައިޝް ބުނީ އޭނަ ބޭއްވި ޕެންޑްރައިވަރެއް ނުފެނިގެން ކަމުގައެވެ.

"ކަލޭ އުޅޭގޮތުން ހަމަ ސްޕައި އަކާ މަށަށް ވައްތަރުވަނީ. މަށަށް ޑޮކްޓަރކަމުގެ ސެޓްފިކެޓް ދައްކަބަލަ...." ކިޔާން ހޫނުވެފައި ހުރިވަރުން ކޮޓަރިއަށް ވަންގޮތަށް ޓައީއަށް ދޫކޮށްލައިފިއެވެ. އޭސީ އެންމެ ފިނިކޮށްލައިފިއެވެ. އެލްފްގެ ބަދަލުގައި ކޮންމެ ފަހަރަކު ޖައިޝްއާއި ކުރިމަތިލާން ޖެހުމުން މިނިވަންކަމަށް ހުރަސް އެޅިއްޖެއެވެ.

"ޝައްކުވީތަ؟ "

"އާން ނުވާ ވަރެއްނޫން. ކަލޭ ގަސްތުގައި ހަދާ މިސްޓޭކްތަ ނޫނީ ފަރުވާކުޑައީތަ؟ ފޭކް ޑޮކްޓަރަކަށް ވުރެ ހާލު ބޮޑު..." ކިޔާން ސޯޓު ލައިގެން އެނދަށް ވެއްޓިގަތް ގޮތަށް ހަށިގަނޑު ދަމާލައިފިއެވެ. ބާރަގަޑިއިރު ގެ ދިގު ޑިއުޓީއަކަށްފަހު އޭނަ މިއަދު ލޮޑުވެއްޖެއެވެ. ފޯނަށް އަންނަ ކޯލުތައް ގިނަކަމުން ބޯ ފަޅައިގެން ދަނީއެވެ. އެލީނާ ހުއްޓާލާކަށްވެސް ނޫޅުނެވެ.

"މަށަށް ކޮން ކަމެއް ކުރެވުނީ...." ޖައިޝްވެސް ހުރީ ހަމައެކަނި ނިދަންލާ ކަހަލަ ގަޔަށް ފަސޭހަ ޕިޖާމާއެއްގައެވެ.

"މިއަދު ބަޔާން ދޭން ޖެހުނު މައްސަލައިގެ ވާހަކަ. މެޑިކަލް އޮފިސަރު ބުނި އޮންކޯލްގައި ހުރީ ޑޮކްޓަރ ޖައިޝްއޭ. ގޮހޮރު ބެދުމުގެ ހުރިހާ ނިޝާންތައް ހުރީމަ އެޑްމިޓްކުރަން އުޅުނީމަ ކަލޭ ކީއްވެ ޑުފެލެކް ސިރަޕް ދީފައި ފޮނުވައިލާށޭ ބުނީ. އެ ޕޭޝަންޓް އެންމެ ފަހުން ހޮޑުލައި ހާލު ދެރަވެގެން އެހެން ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީކޮށް ލެޕްރޮޓޮމީ ހެދީ ކިރިޔާ ފުރާނަ ސަލާމަތްވީ. އެމީހުން އެކިޔަނީނު އެ މައްސަލަ ކޯޓަށްވެސް ގެންދާނަމޯ..."

"ހުމް.......މިސްޑައިގްނޯސްޑް. ކިތައް މީހުން ރާއްޖޭގައި ކޮންސްޓިޕޭޝަން މައްސަލަ ހުރޭ....ތަރުކާރީއާއި މޭވާ އަދި ފައިބާ އެކުލެވޭ އެއްޗެހި ކާނަމަ އެކަހަލަ ކަންތައް ނުހިގާނެ. ފެންވެސް ރާއްޖޭގައި ގިނަވެފައި އޮތް އެއްޗެއް. ދެން ކީއްވެ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮނީ؟ އިޒް ދެޓް މައި ފޯލްޓް ޓޫ....." ޖައިޝް ކަންނެތް ގޮތަކަށް ގޮސް އެނދަށް ވެއްޓިގަތެވެ.

"ޖައިޝް. އަމިއްލަ އަށް އަމިއްލަ ކެރިއާ ހަލާކުކޮށްލަނީ. ތިވެސް ފާޑެއްގެ ސުއިސައިޑެއް.."

"މީހުން ހޭލުންތެރި ކުރުވުމަކީ މަގޭ ޒިންމާއެއްނޫން..." ޖައިޝް ރަޖާ ދަށަށް ވަނެވެ.

"ޝޭންގެ ކްލޯޒް މީހަކަށް ވިމަކީ ކަލޭގެ ނަސީބު . ހުވާ " ކިޔާން ހޭންފެށިއެވެ. ޖައިޝް ދުވަހަކު އިސްލާހެއް ނުވާނެއެވެ. ފަރުވާކުޑަކަމުން އޭނަ ކުރާ އެފަދަ ކަންތައް އިނގިލިން ގުނާ ނުލެވޭހާ ގިނަވެއްޖެއެވެ. ކޮންމެ ފަހަރަކު އޭނަ ބޯ ދަމައިގަނެއެވެ. ނަމަވެސް ސްކައިމޯގެ އަގު ވެއްޓި ބަދުނާމުވާފަދަ ހާލަތްތައް އިތުރުވާންފެށީއެވެ.

"ކިޔާން. ސީރިޔަސްކޮށް އަހަރެން ބުނެފާނަން ވާހަކައެއް. އަހަންނަށް ސާޖަރީއަށް ވުރެ މާ އިންޓެރެސްޓިން ކަމެއް ފެނިއްޖެ. ޖެނެޓިކް މައްސަލަތައް ދިރާސާކުރަން ބޭނުމީ. ލިލީގެ އެ ކޮންޑިޝަން. ޕްރައިމޯޑިއަލް ޑްވާފިޒަމް. އެ ޕަފެކްޓް ފެމިލީގައި އެކަހަލަ ކުއްޖެއް ހުރީމަ އެމީހުންގެ ކާބަފައިންގެ ކިހާ ހިސާބަކުން ވާރުތަކުރިކަމެއްތޯ އެބަޖެހެއެއްނު ބަލަން. ޓްވިންސްއިން އެހާ ތަފާތުވީމަ އެ ކަންތައް ބަލައިލާ ހިތްވީ. ޝައުން ގެ ދަރިންތަ އަނެއްކާ؟ "

"ޝަޓަޕް ޖައިޝް. ކަލޭގެ ކަންތައް މާ މައްޗަށް ތިދަނީ. ލޫކާއަކީ ޝައުންގެ ޒިރޮކްސް ކޮޕީއެއް. ދެން ހުރީ ލިލީ. އެލީނާއާއި ތަފާތެއްނެތް. ސޯ. ދެން ބުނަން ތިއުޅެނީ ކީކޭ؟ "

"ފެންނަ ފެނުމަށް މި ޒަމާނުގައި އިތުބާރުކުރާކަށް ނުވާނެ. މީހުންނަށް ހަގީގަތް އޮޅުވައިލަން ލޫކާއާއި ލިލީ ކޮސްމެޓިކް ސާޖަރީއެއް ނަހައްދާ ކަމެއްވެސް ނޭގެއެއްނު. ބޭރުފުށުން ދައްކާ ކޮންމެ ދަޅައަކަށް އަދި ހެއްލޭކަށް ނުވާނެ...." ޖައިޝް ހިނިގަނޑެއް ޖަހައިލިއެވެ. ކިޔާން މަޖާވެލާފައިވެސް ޖައިޝްއަށް ނަސޭހަތް ދިނެވެ. އޭނަ ވަޒީފާއަދާ ކުރާތަނަށް ތެދުވެރި ވެ ވަފާތެރިވުމަށާއި އިންސާނިއްޔަތު ކަމަށްޓަކާވެސް ބަލިމީހުންނަށް އަޅާލަން އެދުނެވެ. ފައިސާއަށްވުރެ އިންސާނިއްޔަތު ކަމަށްޓަކާ ކުރާ މަސައްކަތަކަށް ހަދަން ވިސްނައިދިނެވެ. ހުރިހާ ވާހަކައެއް ދައްކާ ނިމިގެން ޖައިޝްގެ ޖަވާބެއް ނުލިބުމުން ބަލައިލިއިރު އޭނަ އޮތީ މަރު ނިދީގައެވެ.

***

ޖުއާންގެ ގްރޫޕްކުދިން އާދައިގެ މަތިން ކަޑާއަށް ކާރު މަޑުކޮށްލިތަނާ ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. ކެމީލާ ގެނައި ކަޕްކޭކުތަކާއި ހެދިބިލެތް މޫސަބޭ އަތަށް ދިނީ އެކުދިންގެ ކުރިމަތީގައެވެ. އެކުދިން މޮޔަވެގެން އުޅޭ ކޭކުތައް ހަދާ މީހަކު އޮޅުން ފިލުމުން އެންމެ ބޮޑު ސިހުމަކާއި ރުޅިވެރިކަމެއް ލިބުނީ ތާނީއަށެވެ. ތާނީ ކާރުތެރޭ އިނދެ ދެފައި ތަޅައިގަތެވެ.

"މަށެއް ދެން އެ ކޭކު ނުކާނަން. ބަލި ކުއްޖަކު ހަދާ ކޭކުން އަހަރެމެންގެ ގަޔަށް އެ ވައިރަސް ނާރާނެތަ؟ އޭނަ އުޅެނީވެސް ކެންސަރު ޖެހުނުކަން ފޮރުވަން. އެކަމަކު ހިކްމެން ލައިންއެއްވެސް އިނދެޔޯ އެއީ ކީމޯ ދޭ އެއްޗެއް. ލެޓްސް ގޯ...."

"އާނ. ދާންވީ؟" ޖުއާންވެސް ބޭނުންވީ އަވަހަށް ސަލާމަތްވުމަށެވެ. ނަމަވެސް ވިޝާގެ ޚިޔާލު ބޭނުންވާފަދަ ގޮތަކަށް ބަލައިލިއެވެ.

"ނޯ. ތިހެނެއް ނުވާނެ. ވަކި މީހަކު ހެދިއޭ ކިޔާފައި މަށެއް ކެއުން ހުއްޓައެއް ނުލާނަން. އިންފެކްޓް ކެމީލާ ތައްޔަރުކުރާ ކޭކުކަން އެނގުނީމަ ކޭކު ކާން ހިތްހަމަޖެހިއްޖެ. ޝީޒް ކްލީން އެންޑް ސްމެލްސް ނައިސް....ލައިކް އެ ރޯޒް." ވިޝާ ކާރުން ފައިބައިގެން ހިނގައިގަތުމުން ޖުއާންވެސް ކާރުން ފޭބިއެވެ. ވިޝާ ކެމީލާއަށް ސަލާމްކޮށްލަމުން ތައުރީފުކުރިއެވެ. އެކުދިން ކޭކާއި ހެދިބިލެތް ގަންނަ ވާހަކަ ބުނުމުން ކެމީލާ ހުރިހާ ކުދިދަތްތައް ފެންނަވަރަށް ހީލިއެވެ.

"ކޭކަކީ މައި ޕެޝަން. އެކަމަކު ހެދިބިލަތް ހަދަނީ މާމަ..."

"ވާއު ގްރޭންވެސް ވޯކް ކުރޭތަ؟ ހައު ސްވީޓް. އައި ލަވް އޯލްޑް ޕީޕަލް. އެމީހުން ވަރަށް ކިއުޓް.." ވިޝާ ހިތްހެޔޮކޮށް ހިނިތުންވެލިއެވެ. ހަގީގަތުގައި ކެމީލާ ބަލިވެ އުޅެމުން އެކުރާ ހިތްވަރާއިމެދު ހިތުގައި ތައުރީފު އުފެދުނެވެ. ތާނީ އަނގަ ހޭވިފައި ހުރިއިރު ވިޝާ އެކްޓްކުރަނީ ކަމުގައި އުއްމީދުކުރިއެވެ. ވިޝާގެ ކޮޅު ބަދަލުކޮށްފިއްޔާ ހާދަ ދެރައެވެ. އެގްރޫޕްގެ އެންމެ ބޮޑު އެއް ހިތްވަރަކީ ވިޝާއެވެ. ނިކަމެތިންނާއިމެދު ހަމްދަރުދީވެ އަޅާލާން ޖެހޭކަމަކަށް ތާނީ ނުދެކެއެވެ. ސަބަބަކީ އެފަދަ ކުދިންގެ އަބަދު ބޭނުމަކީ އެހެން މީހުންގެ މުއްސަދިކަން ފޭރުމެވެ. ތިމާމެން މަސައްކަތް ނުކޮށް އެހެން މީހުން ބުރަ މަސައްކަތުން ހާސިލުކުރާ ކަންތައް ސަލާމް ޖަހައިގެން ހޯދުމެވެ. ފަގީރުން ފަގީރުންގެ ގޮތުގައި އުޅުނީމަ ވީ ނޫންހެއްޔެވެ؟ އެމީހުން މުއްސަދިވީމަ ދެން ހަމަ މުއްސަދިކަމާއިހެދި ފަހަތުން އުޅޭކަށް ނުޖެހެއެވެ. ކެމީލާވެސް އޭނަގެ ފެންވަރު ސްކޫލަކަށް ދިޔަނަމައެވެ. ތާނީގެ ހިތުގައި ހިނގައިގަތް ޝުއޫރަކުން ކެމީލާއާއި ދިމާލަށް ފޫހިގޮތަކަށް ބަލަން ހުއްޓެވެ. ވިޝާއާއި ޖުއާން ގެނައި ކޭކުތަކައި ހެދި ބިލެތްތައް ނުކާން އޭނަ ނިޔަތްގަތެވެ. އޭރުވެސް ފައިގާ މަޑު ރިހުމެއް ހުއްޓެވެ. ކުރީދުވަހު ވެއްޓި ކަކޫ ޖެހުނުގޮތަށް ރިހުން ފިލާ ގޮތެއްނުވިއެވެ. ކަށީގެ ޑޮކްޓަރަކަށް ދެއްކުމުން ބުނީ ލިގަމެންޓަކަށް އަނިޔާވީ ކަމުގައެވެ. ދުވަސްކޮޅަކުން ރަގަޅުވާނެ ކަމުގައެވެ. ނަމަވެސް ކަކުލާއި ދިމާލަށް ތިރިން އޭނައަށް ގަނޑެއްހެން އޮތްތަނެއް ފެނިގެން އެއީވެސް ނޭގި ވީ އަނިޔާއެއް ކަމުގައި ނިންމިއެވެ. ހޫނު ފެނުން ބޮނޑިތާންކޮށް ބޭސް ލައިގެން އޭނަ ހުންނަނީއެވެ. އެހުރިހާ މައްސަލައަކީ ކަކުލަށް އަނިޔާވެ ޒަޚަމެއް ހުރުމުން ކަމަށް ވެދާނެއެވެ. ޑޮކްޓަރ ދިން އެންޓިބައިޓިކް ކާންވީމަ އެހާ މޭނުބައި ކުރެއެވެ. ކާރަށް އަރާފައި ޚިޔާލު ބަދަލުވެ ހެދިބިލެތްގަނޑެއް ނެގިއެވެ. އެތިކޮޅެއް ދުފައިލުމުން މޭބޮޑުވުން ރަގަޅުވިއެވެ.

"އަހަންނަށް ހީވަނީ ކެމީލާގެ މާމަ އަކީ ސިހުރުވެރިއެއްހެން. އަހަރެން މަރައިލަން ސިހުރު ހަދަނީ ކަމަށްވާނީ. މި ކާން ފެށިފަހުން ރަގަޅަށް ބަލިވާން ފަށައިފި.." ތާނީ އެންމެފަހުން ނީދެވިގެން ބުނެލިއެވެ.

"ޑޯންޓް ބީ ސްޓުޕިޑް ތާނީ. ބަލި ޖައްސަވަނީ ވަކި ފަރާތަކުން. އެކަނި ތާނީއަށް ސިހުރު ޖެހެންވީ ކީއްވެ؟ " ވިޝާ ނުރުހުނެވެ. ކޮންމެ ކަމެއް ދެން ކެމީލާގެ ބޮލުގައި އަޅުވަން ޖެހޭހެއްޔެވެ؟

"އެހަދާ މީހަކަށް ނު ސިހުރު ޖެހޭނީ.." ތާނީ ޔަގީންކުރިއެވެ.

"ތާނީ ކަހަލަ ރިޗް ކުއްޖަކު ކަޑާއިން އެއްޗެއް ގަނެގެން ކައިފާނެކަމަށް ހީކޮށް މީހަކު ސިހުރެއް ނަހަދާނެ.." އައުސަމްއަށްވެސް މަޖާވިއެވެ.

"މަށަށް ޝައްކު ބަލި ޖެހުނީ؟ " ތާނީ ލޯބޮޑުކޮށްލިއެވެ.

އެ އަރައިރުމެއްގެ ތެރޭ ތިބެ ގެއަށް އާދެވުނެވެ.

***

އެލީނާ އެހާވަރުން އުޅޭއިރުވެސް ކިޔާން އޭނަގެ ފަރާތަަށް ލަންބުވައެއް ނުލެވުނެވެ. ބަލިކަމަށް ހެދިގެން ހޮސްޕިޓަލަށް ދިޔަ ދުވަހެއްގައި އެލްބިނޯ ޑޮކްޓަރެއް ލިބުމުން އެހާ ބޮޑަށް ސިހުނީ ނީވްއާއި ގުޅުމެއް ހުރި ބާވައޭ ހިތަށް އަރާފައެވެ. ޖައިޝް އެންމެންގެ ތެރެއިން ލޮލުގައި އަޅައިގަންނަނީ ތަފާތު ރީތިކަމެއް ހުރީމައެވެ. ލޭކެންގެ އިސްތަށިގަނޑާއި ކުލަ ވައްތަރުވުމުން އެދެކުދިންގެ އާއިލާ އެއްވެސްކަހަލަ ގުޅުމެއް އޮތްތޯވެސް ހިތާހިތުން ސުވާލު ކުރެވުނެވެ. އޭނަ ފެނުމުން ޖައިޝް ހީލިގޮތުން ލިބުނު ދައުވަތަކަށް ވިއެވެ.

"ހޭއި ޑޮކްޓަރ ޝައުން ވައިފް؟ " ޖައިޝް މަޑުކޮށްލިއެވެ.

"ޔެސް..." އެލީނާ ހާސްވެގެން ވަށައިގެން ހޯދައިލިއެވެ.

"ޝައުންއާއި ބައްދަލު ކުރައްވަންތޯ؟ " ޖައިޝް އެހިއެވެ.

"ތިއީ ޝައުންގެ ފްރެންޑެއް ދޯ. އޭނަ އެހާ ފްރެންޑުންނެއް ނުތިބޭ. އަހަންނަށް އެނގެނީ ކިޔާން އެކަނި........" އެލީނާގެ ބިރު ކެނޑެންފެށިއެވެ. ޝައުންއަށް ފެނުނަސް އަދި އޭނަ ޖައިޝްއާއި ގުޅުމެއް އޮތީއެއްވެސް ނޫންތާއެވެ. ކިޔާންއާއެކު ފެނުނު ނަމަތާއެވެ.

"އޯ. ޑޮކްޓަރ ކިޔާން؟ އަހަރެން ވަރަށް ފަހުން އޭނަގެ އެޕާޓްމެންޓަށް މޫވްކުރީ އެއީ އަހަރެންގެ ރޫމްމޭޓް...." ޖައިޝް ހީލިއެވެ. "އިޓްސް އެ ސްމޯލް ވޯލްޑް"

ޖައިޝްގެ އެ ހީލުމުގައި ހުރި ގޮތާއި ފަހު ލަފުޒު ބުނެފައި ދާން ހިނގައިގަތުމުން އެލީނާ ފިނިވާގޮތްވިއެވެ. ކަމަކާއި ނުލާ އެލީނާގެ ކަނދުރާއިން ފެށިގެން ފައިތިލައާއި ހަމަޔަށް ހީބިހި ނަގައިގެން ދިޔައެވެ. ޖައިޝްގެ އެ އަމަލުން ދޭހަވާންވީ އެއްޗެއް ނޭގިފައި އިރުކޮޅަކު ހުރެވުނެވެ.

އެލީނާއަށް ނަސީބަކުން ކިޔާންގެ ނަމްބަރެއް ނެގުނެވެ. އޭނަ ނީވްގެ އައިޑީ ކާޑު ހިފައިގެން މޫނު އަޅައިގެންގޮސް ނަމްބަރު ނެގުމަށްފަހު ކިޔާން ބަލިމީހުން ބަލާ ކޮޓަރިއަށް ވަނެވެ. ނަސީބަކުން އެހީތެރިއަކު ނެތެވެ. ކިޔާން ސްމާޓްކަމުން މީހަކު ބަލާ ބަލާ ފޫއްސެއްނުވާނެއޭ ހިތަށް އެރިއެވެ. އަވިއައިނު ނެގިއިރުވެސް ކިޔާން ބަލައެއް ނުލައެވެ. ކާކުކަން ދެނެގަންނަން އޭނަ ބެލިޔަސް ފެންނާނީ ނީވްގެ ފޮޓޯތާއެވެ. ކިޔާން ލައިގެން އިނީ މަޑުނޫކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނެކެވެ. ޓައީއަޅާފައި ހުރުމުން ރަސްމީކަމެއް ހުއްޓެވެ. އެ ރީތި ލޮލުން ބަލައިފިއްޔާ އޭނަ ވިރިދާނެއެވެ.

"ޑޮކްޓަރ ކިޔާން...." އެލީނާގެ އަޑު އިވުމުން ކިޔާން ސިހޭގޮތްވިއެވެ.

"ޔެސް. ވަޓް ހެޕެންޑް މިސް ނީވް..." ކިޔާން ދެނެހުރިކަމަށް ހަދައިނުލިއެވެ.

"އިނގިލީގައި ރިއްސަނީ މިހިރީނު ކެނޑިފައި....." އެލީނާ އޭނަގެ އަތަށް އަރުވާފައިވާ އަންގި ނައްޓައިލުމުން އެ ދޮންދޮން އޮމާން އަތްތިލަ ހާމަވިއެވެ. ހިމަ ލޯލި އިނގިލިތަކުގައި އެންމެ ކޫރުމެއްވެސް ނެތެވެ. އެއަތުގައި ކެނޑިފައިވާ ތަނެއް ގައިމު ކިޔާންގެ ލޮލަކަށް ނުފެނުނެވެ. އެންމެ ރަގަޅެވެ. އެއީ އެލީނާގެ ބަހަނާއެކެވެ. އޭނަގެ ފަހަތުން ހިޔަންޏަކަށްވެގެން އަންނަން އެލީނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ކިޔާންއަށް ޔަގީންވިއެވެ. ޖެހިލުމެއްވެސް ނުވާ ކުއްޖެކެވެ.

"ނުފެނޭތަ؟ " އެލީނާ މައުސޫމްކޮށް ލޯބޮޑުކޮށްލާފައި އިނގިލި ކިޔާންގެ މޫނާއި ދިމާލަށް ދިއްކޮށްލިއެވެ.

ނުނިމޭ

 

ކޮމެންޓް 0