އޭރު ދުނިޔެމަތި ވަނީ ކަޅުސާލެއް ލެވިފައެވެ. އެކުދިންނަށް ދެންބަލާލެވުނީ އެއީ ކޮންރުކަކުން ވެއްޓުނު ކާޓެއްތޯއެވެ. އެހެންނަމަވެސް ތިންކުދިންވެސް އަޖައިބުވީ އޭރު އެކުދިންނަށް ތިބެވުނީ އެތަނުގައި ފެންނަން ހުރި ދެރުކުގެ މެދުގައި ކަމަށްވީމައެވެ.

"އޭ ޒާން، ކަލޭ ބޮލުގަ ޖެހިފަތަ ވެއްޓުނީ..." ފައިޒަންއަށް ކުއްލިއަކަށް އަހާލެވުނެވެ.
"ނޫން... ނޫން... ނަސީބެއްނު ނުޖެހުނުކަން... އެސޮރު ޖެހުނުނަމަ މަގޭ ބޯޗިސްވާނެ ކަންނޭގެ،" ސިހުމުގެ އަސަރު ނުފިލާހުރި ޔަޒާން ބުނެލި އެވެ. ދެންވެސް އެކުދިން ބަލާލީ ވެއްޓުނު ކާއްޓާއި ދިމާލަށެވެ.
އަވަސް އަވަހަށް ފަޔަށް ލެވުނުހާ ބާރެއްލާފައި ތިންކުދިން ހިނގައިގަތީ ގެޔާއި ދިމާލަށެވެ. ގެޔާ ހަމަޔަށް ދެވެންދެން އެކަކުވެސް އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ފައިޒާން އާއި ޔަޒާން ވެސް ގެޔާއި އަރާ ހަމަވާއިރަށް ޔަޒާންގާތު ދަނީއޭ ބުނުމުގެ ބަދަލުގައި ހިނިތުންވުމަކާއިއެކު ނިތްއެއްލަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ޔަޒާންވެސް އަވަހަށް ގޭތެރެއަށް ވަދެގެން ދިޔައެވެ.

"ލައީ... ކޮބާ މަންމަ..." ޔަޒާންއަށް ގޭތެރެއަށް ވަދެވުމާއިއެކު އަޒުރާ ގޭގަ ނޫޅޭކަން އެނގުނެވެ. އެހެންނޫނީ ބޮޑު އަށި މަތީ ފޯނުގަ އަޒުރާ އިންނަތަން ފެންނާނެއެވެ.
"ދޮންބޭ، ލައީއަށް ބާޑެއް ކުރަހަދީބާ،" ލައިބާ ޔަޒާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނަ އެދުނީ އޭނަ ކުރަން އިން މަސައްކަތަށް އެހީތެރިވެ ދިނުމަށެވެ. އޭރު ބޮޑުއަށި މަތީ އިން ލައިބާގެ ގާތުގައި ކުޑަ ކުލަފޮއްޓަކާއި ދެތިން ފޮތާ އެތެވެ. އޭނަ ސްކޫލު މަސައްކަތެއް ކުރަނީކަން ޔަޒާންއަށް އެނގުނެވެ.
"ކޮބައިތަ މަންމަ،" ޔަޒާން އަނެއްކާވެސް އަހާލިއެވެ.
"ނޭނގެ ލައިއަށް، މަންމަ އަބަދު ބޭރުގައެއްނު އުޅެނީ... ދޮންބެވެސް މިއަދު ގެއަކުނެތް... އެންމެން ލައި އެކަނިކޮއްލާފަ ދަނީ، ހުރިހާ ކުދިންނާވެސް ލައި ރުޅި" ލައިބާއަށް ވެފައިން ގޮތެއް ޔަޒާންއަށް އެނގުނެވެ.

އުމުރުން ކުޑަނަމަވެސް އޭނައަކީވެސް ހުރިހާ ހިއްސުތަކެއް ދެއްވާފައިވާ އިންސާނެކެވެ. ދެރަވުމާއި އުފާވުމާއި، އެކަނިވެރިކަމާއި ހިތްދަތިކަންވެސް އެކުޑަކުޑަ ނަފްސަށް ކޮންމެވެސް ވަރަކަށް އިޙްސާސްވަމުންދެއެވެ. އެކަންކަން ދެނެގަންނަން މިހާރު ލައިބާއަށް އެނގެއެވެ. އުމުރުން ހަތްއަހަރުގެ ކުދިން އުޅޭގޮތާއި ލައިބާގެ އުޅުން ހުންނަ ގޮތް ތަފާތެވެ. ވާހަކަ ދެއްކުމުގައި ކުޑަ ކޮށިކަމެއް ހުރެއެވެ. އެކަނި އުޅެން ލޯބިކުރަނީ އޭނައަކީ އެހެން އުޅެން ޖެހިފައިވާ ކުއްޖަކަށްވީތީއެވެ. ސްކޫލަށް ދިޔައެއްކަމަކު އޭނައަށް ކިޔެވުމަށް ހިތްވަރުދީ ބާރުއަޅާނެ މީހަކު ނުހުރެއެވެ. ކަންތައްތަކަށް އިސްނަގަން ފަސްޖެހެއެވެ. އެހެންކުދިން އުޅޭގޮތް ޝައުގުވެރިކަމާއިއެކު ބަލަންއިނަސް އެކުދިންނާއި ގުޅިގެން އުޅޭކަށް ލައިބާއަކަށް ނޭގެއެވެ. ދައްކާނެ ވާހަކައެއްވެސް ނޭގެއެވެ.

"ދައްކަބަލަ، ކޮންތާކުތަ ކުރަހަންވީ" ޔަޒާން ލައިބާގެ ގާތަށް ބޮޑު އަށިމައްޗަށް އަރާ ހަމަޖެހިލަމުން ބުނެލިއެވެ.
އަޒުރާއަށް ގެއަށް އާދެވޭވަރުވީ ރޭގަނޑު އަށެއްޖަހަނިކޮށެވެ. އޭރު ޔަޒާން އާއި ލައިބާ ބޮޑުއަށިމަތީ ޓީވީ ހުޅުވައިގެން ތިއްބެވެ. އެންޓަނާގެ ސަބަބުން ކުދިތިކި ތަކަކާއިއެކު ފޮޓޯ ފެންނަމުންދިޔަ ޓީވީއަށް ބަލަންތިބިއިރު އެކުދިންނަށް އެވަރުންފުދެއެވެ. އަޒުރާ ފެނުމާއެކު ލައިބާ އޭނައަށް ގޮވާލީ ބަނޑުހައިވެފައި އިންވަރުންނެވެ. ފަހަރެއްގަވެސް އަޒުރާ ބޭރުގަ އުޅެފަ އެހާލަހުން އައީމަ އެކަމާ ޝަކުވާކޮށް ސުވާލުކުރުމެއްނެތިއެވެ.

"މެންދުރު ހެދި އެއްޗެހި ހުންނާނެއެއްނު، ދޮންބެ ގާތު ބުނިނަމަ ކާން، ކޮންމެހެން އަހަރެން އަންނަންދެން މަޑުކުރާނެކަމެއް ނެތެއްނު..." އަޒުރާ އަވިއްސެއްހެން ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ. އެއްޗެކޭ ނުބުނެ އެދިމާބަލަން އިން ޔަޒާން އަޒުރާއަށާއި ބޮޑުއަށިން ފައިބާ ހުރި ލައިބާއަށް ބަލަންއިނެވެ. އޭނަ ކުއްލިއަކަށް ބޮޑުއަށިމަތިން ފުންމާލީ ކަމެއްކުރަން ދާންވެގެންއުޅޭ ފަދަ ގޮތަކަށެވެ.
"ލައީ އާދޭ ދޮންބެއާ އެކީ، ދޮންބެ ވެސް މިހިރީ ވަރަށް ބަނޑުހައި ވެފަ،" ޔަޒާން ލައިބާގެ ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. އޭނަ ލައިބާ ހިތްހަމަޖައްސާލަދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ލައިބާގެ މައުސޫމުކަމުން ފުރިގެންވި މޫނުމަތިވަނީ މިލައިގެންގޮސްފަ އެވެ. އެރީތި ބޮޑު ދެލޮލުން ހީވަނީ ދެންދެންމެ ކަރުނަތަށް ފައިބައިގަނެދާނެ ހެންނެވެ. މަޑުމަޑުން ކުދި ފިޔަވަޅުތަކެއްގައި ޔަޒާން އާއިއެކު ބަދިގެ ފަރާތަށް ދިއުމަށް ލައިބާ ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފަ މިރޭ ލައިބާއަށް ނިދަންވަދެވޭވަރުވީ ތަންކޮޅެއްލަހުންނެވެ. އަޒުރާ އެކަމާވެސް ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. މިރޭމީ ހާއްސަރެއެއްބާއޭ ޔަޒާންގެ ހިތަށްއެރީވެސް އަޒުރާ އުޅެމުންދިޔަ ގޮތުންނެވެ. އިރުއިރުކޮޅާ އަންނަ ފޯނު ކޯލުތަކަށް ސިއްރުވެރިގޮތަށް ދެމުންދިޔަ ޖަވާބުތަކުންނެވެ. ޔަޒާންއަށް އެއްވެސް ކަމެއް އޮޅުންފިލާވަރެއް ނުވިއެވެ. އަނެއްކޮޅުން ކޮޓަރި ދޮރުގައި ހަރުކޮއްފައިވާ ބޮޑު ތަންޑުފެނުމާއިއެކު ޔަޒާންގެ ހިތަށް ނުތަނަވަސްކަން ވެރިވެގެންދެއެވެ.

ކުރު ހެދުންބުރިއެއް ލައިގެން ނިދަންއޮތް ލައިބާ ބަލާލީ އޭނަގެ ކުރިމަތީ ހުރި އެނދުގައި އިށީނދެލައިގެން އިން ޔަޒާންއަށެވެ. ކޮންމެވެސް ބޮޑު ފިކުރެއްގައި އިންކަން އޭނަގެ މޫނުމައްޗަށް ޖައްސަމުން ދިޔަ އެކިއެކި ވައްތަރުތަކުން އިނގެއެވެ. އެހެންނަމަވެސް ލައިބާ ބެލީ އާދައިގެ މަތިން ނިދޭތޯއެވެ. އެހެންނޫނީ އަނެއްކާވެސް އަޒުރާގެ ހަޅޭކުގެ އަޑު އަހަންޖެހިދާނެތީއެވެ.

"އޭ މިރޭ ނުނިކުންނާތި، ދެން އެނދަށް އަރާ ކަލޭވެސް ނިދޭތޯ ބަލާ... ތިލައިގެން ހުރި އެއްޗެހި ބަދަލު ކުރާތި،" ކުއްލިއަކަށް ދޮރުހުޅުވާލި އަޒުރާގެ އަޑު ޔަޒާންގެ ކަންފަތުގައި ޖެހުނެވެ.
ޔަޒާންއަށް އަޒުރާ ނުކުމެގެން ދޮރުލައްޕާފަ ދިޔައިރުވެސް އެދިމާލަށް ބަލަން އިނދެވުނީއެވެ. އަޒުރާގެ އަޑަށް ދެލޯ މަރާބާރުކުރި ލައިބާ ލޯހުޅުވާލީ ދޮރުލެއްޕިއަޑަށެވެ.
"ދޮންބެ ބިރުގަންނަންޏާ ލައީއާއެކު ނިދަން އާދޭ މިތަނަށް،" ލައިބާ ބޯހިއްލާލާފައި ބުނެލިއެވެ. ޔަޒާން ހިނިތުންވެލަމުން އޭނަ ނިދާނީ އޭނަގެ އެނދުގައި ކަމަށް ބުންޏެވެ. އަދި އެއްޗެހި ބަދަލުކޮށް ނިދަން ތައްޔާރުވިއެވެ. އާދައިގެ މަތިން ނިދަން ލާން ގެންގުޅޭ ތަނުން ސޯޓެއް ލައިގެން އައިސް އެނދުގައި އޮށޯތެވެ.
* * 
މެންދަމުން އަލިވެ ތިނެއްޖެހިއިރުވެސް އަޒުރާމެންގޭތެރެ ހީވަނީ ބޮޑު ޕާޓީއެއްކުރިއަށްދާހެނެވެ. މިރޭ އެހެން ރޭރެއަށްވުރެ އަޑުހުއްޓެވެ. ހީވާގޮތުން އެހެންރޭތަކަށްވުރެ އެގެއަށް އައިސްއުޅޭ މީހުންވެސް ގިނައީ ކަންނޭގެއެވެ. ކޮޓަރީގައި އޭރުވެސް ދެކޮޅަށް ފުރޮޅި ފުރޮޅިއޮތް ޔަޒާންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނަގެ ހިތްވަނީ އަވަސްވެ ހަށިގަނޑުގެ ލޭދިޔައީ ހޫނުވަމުންނެވެ. ނިތްކުރިން ހިއްލަމުން ދިޔަ ދާތިކިތައް އިރުއިރުކޮޅާ އަތުގެ ނުފުށުން ފޮހެލައެވެ. އޮތްގޮތުން ހީވަނީ ކޮޓަރިން ބޭރުން އިވެމުންދިޔަ އަޑުތަކަށް ތޫނު ކަންފަތެއްދީގެން އަޑުއަހަން އޮތްހެންނެވެ.

މަޑުމަޑުން އެނދުންތެދުވި ޔަޒާންގެ ނަޒަރު ހުރީ ލައިބާއަށް ހުއްޓިފައެވެ. ކިރިޔާވެސް އަޑެއް އިވޭއިރަށް އޭނަ ހޭލަފާނެތީއެވެ. ތަޅުންގަނޑުމަތީ އަޅާފައިވާ ތަރުފާލު ގަނޑުގައި ޔަޒާންގެ ފައިގެ ކޮޅު ޖައްސައިގެން ސިއްރުސިއްރުން ދޮރާ ދިމާލަށް ދިޔައެވެ. އަދި ގުދުވެލަމުން ތަޅުވަޅުން ބޭރު ބަލާލިއެވެ. ފެންޑާގައި އެހެންރޭ ރޭ ދިއްލާފައި ހުންނަ ހޮޅިބުރިވަނީ ނިވާލާފައެވެ. މިރޭ އެތަނުގައި ވަނީ ފަސްވޯޓުގެ ފެހި ބޮތްކެއްގެ އައްޔެވެ. ޔަޒާން ކުރިއަށްވުރެވެސް ބޮޑަށް ލޯހިމަކޮއްލަމުން ބަލާލީ ތަޅުވަޅުގެ ހިމަކަމާއިއެކު ބޭރުގައި އުޅޭ މީހުން ވަކިކުރެވޭތޯއެވެ. އެހެންނަމަވެސް އޭނައަށް ފެންނަމުން ދަނީ އެންމެންގެވެސް އުނަގަނޑުން ތިރިއެވެ. ގައިގޯޅިކޮށް އުޅެމުން ދިޔަ މީހުންތަކުގެ އުނަގަނޑުން ތިރި ފެނުނު ކަމުގައިވިޔަސް ޔަޒާންއަށް މިރޭ އެހެން ރޭ ރެއަށްވުރެން މީހުން ގިނަކަން ފާހަގަ ކުރެވެއެވެ. އެ އެންމެންގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔަ ޔަޒާންއަށް އެމީހުންގެ ހާލަތު ހުރިގޮތް ސިފަކުރެވިގެންދިޔައެވެ. އެތަނަށް ނުކުތުމަށް އޭނަ ބޭނުންވިއެވެ. އެހެންވެ ތެދުވެ ދޮރުގެ ތަޅުގައި ހިފާލިއެވެ.

ތަންޑުހަރުކޮށްފައި ހުރި ދޮރު ތަޅާ ދިމާލުން ކުޑަކޮށް ހާއަޅާލިއެވެ. އެހެންނަމަވެސް ނުހުޅުވުނެވެ. ޔަޒާން ދެފަހަރަކު ދޮރުހުޅުވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ވީ ބޭކާރު ކަމަކަށެވެ. އެންމެފަހުން އަނެއްކާވެސް ތަޅުވަޅުގައި ލޯޖެހިއެވެ. ކޮޓަރީގައި އެއްވާނަކަށް އެނބުރެމުންދިޔަ ފަންކާއިން ޔަޒާންއަށް އެއްވެސް ފިނިކަމެއް އިހްސާސް ވާހެނެއް ހިޔެއްނުވެއެވެ. އޭނަގެ ބުރަކަށިންނާއި ނިތްކުރިން ދާތިކިތަށް ފައިބަމުން ދިޔައެވެ. އިރުގަނޑެއް ވަންދެން ތަޅުވަޅުން ބަލަން ގުދަށް އޮވެފައި ޔަޒާން ތެދުވިއެވެ. އަދި އައިސް ފަންކާގެ މެދުގައި ހުއްޓިއްޖެއެވެ.

އަރާމު ނިދީގެ ތެރޭ ގޭތެރޭގެ އެއްވެސް ހިލަމެއްނުވެ މައުސޫމްކަމުން ފުރިގެންވި ލައިބާ ފުރޮޅިލިއެވެ. ޔަޒާން ކުއްލިއަކަށް އެދިމާލަށް ބަލާލިއެވެ. އޭނަގެ ސިކުނޑީގައި ޝައިތާނީ ވަސްވާސްތަކެއް އުފެދިގެންދިޔަ އެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ހަރުގަނޑާ ދިމާލަށް ދިޔައީ ތުވާލިނެގުމަށެވެ. ޔަޒާން ތުވާލި ނެގުމާއިއެކު އޭނަގެ މުޅިހަށިގަނޑު ފޮހެލިއެވެ. އަދި ސިއްރުސިއްރުން ކުދި ފިޔަވަޅުތަކެއްގައި އައިސް ލައިބާގެ އެނދުކައިރީ މަޑުކޮއްލިއެވެ.

"މަންމާ... ލައި ހީސްނުލަވައޭ..." ނިދީގެ ތެރެއިން ލައިބާ ލޯއުނގުޅާލަމުން ބުނެލިއެވެ. އޭރު ޔަޒާން އޮތީ ލައިބާގެ އެނދަށް އަރައެވެ. ހަތަރެސް ފައި ޖަހައިގެން ބަލާށެވެ.
"ދޮންބޭ... ކީއްކުރަނީ؟" ވީގޮތަކުން ލޯ ހުޅުވައިލެވުނު ލައިބާއަށް ލިބުނީ ހައިރާންކަމެވެ. އަވަސް އަވަހަށް އުނަގަނޑުން މައްޗަށް އަރާފައިވާ ހެދުން ތިރިކޮއްލެވުނެވެ. އަދި ތެދުވެ އެނދުގައި އިށީނދެ ޔަޒާންއަށް ސުވާލުގެ ނަޒަރަކުން ބަލަން އިނެވެ.

ކޮމެންޓް 0