"ޖިންނިން އިމޯޓަލްކަން އަހަރެން ހަދާން ނެތުނީ. ސޮރީ ބުނެގެންވާނެ އެއްޗެއް ވެސް ނޫން. އައި މީން ޖިންނިން އެހާ ފަސޭހައިން މަރެއްނުވާނެ. އެ ވާހަކައެއް ނޫނޭ. އެ ނަރަކައެއް ފަދަ ތަނުން އަހަރެން ސަލާމަތްކޮށްދިނީ ޒެބްލަން. އޭގެ ބަދަލު ދޭނެކަމަށް އަހަރެން ވައުދުވިން ދޯ. ބުނޭ. އިރާދަކުރެއްވިއްޔާ އަހަންނަށް ކުރެވޭނެ ކަމެއް ވިއްޔާ އެކަން ކޮށްދޭނަން. އައި ޕްރޮމިސް..." އާރްޔާ ހިނިތުންވެލިއެވެ.

ޒެބްލަން އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. އޭނަ އެ ޖުމްލައިގެ ސިއްރުކަމުން އާރްޔާގެ ކަންފަތަށް ކިރިޔާ ފޯރީއެވެ.

"އަޅުގަނޑުގެ މާމަ ޖަލުން ސަލާމަތްކޮށްދޭން ސުލްތާނު އަރިހު ދަންނަވާދީ...."

"މާމަ؟" އާރްޔާ ދެލޯ ބޮޑުކޮށްލިއެވެ.

"މާމަ ޖަލަށް ލީ ރަސްގެފާނު ޖަލްޖާލޫތުގެ އަނބިކަބަލުންނަށް ޒަހަރުދީ މަރާލީމައޯ. މަންމަ އެވާހަކަ ގަބޫލެއް ނުކުރޭ މަންމަ ބުނާގޮތުން މާމަގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވީ. ނިކަމެތިންނަށް ދެރަގޮތް ގޮތް ހަދާލަނީ. މަންމަގެ ބަލީގެ އަސްލަކީވެސް މާމަގެ ވަކިވުން..އަޅުގަނޑަށްވެސް މާމަގެ ލޯތްބެއް ނުލިބޭ. ދުނިޔެއިން ބޭނުންވާ ހަމަ އެކަނި އުފަލަކީ މާމަ އެނބުރިއައުން. މަރުވުމުގެ ކުރިން މާމަ ދެކެލުން............ "ޒެބްލަން އިސްޖެހިފައި ހުރި ތަން ފެނި އާރްޔާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"ލުކް ޒެބްލަން. އަހަރެންނަށް ކުރެވުނުހާ ކަމެއް ކޮށްދޭނަން. ދެރަ ނުވޭ. ބީ ބްރޭވް އިނގޭ. ޖިންނި ކުދިން ތިހެނެއް ނޫން އުޅެންވާނީ. ޝުޑް ބީ ސްޓްރޯންގް އެކަމަކު އެނގޭތަ؟ ދުޢާއަކީ އެންމެ ބާރުގަަދަ ހަތިޔާރު. ދުޢާގެ ސަބަބުން އެންމެ ބޮޑު އަނިޔާވެރިޔާގެ ހިތްވެސް މާޝްމެލޯ ކޮޅެއްހާ މަޑުވާނެ. ގިނައިން ގުރުއާން ކިޔަވާ ދުޢާކުރަން ޕްރޮމިސް ކުރޭ.. އޭރުން މާމަ ވަރަށް އަވަހަށް އަންނާނެ އިންޝާﷲ. ކީޕް ސްމައިލިން. ނައު ރަން ބެކް ހޯމް އެންޑް ޕްރޭ ވަގުތު ފާއިތުނުވަނީސް....................." އާރްޔާ ކެހެރި އަންގި ލައްވާފައި ހުރި އަތްތިލަ ޖީބުން ނެރެ ބޮޑުވާ އިނގިލިން ކާމިޔާބުގެ ނިޝާން ދައްކައިލިއެވެ.

ޒެބްލަން ސެލިއުޓެއް ދިނެވެ.

"މާތް ﷲ ރަހުމަތް ލައްވާށި....." ޒެބްލަން އެހެން ބުނެލާފައި އަނެއް ފަރާތަށް އެނބުރުނެވެ. ދެން ފެނުނީ ހިޔަންޏެއްހެން ގަސްތަކާއި ދިމާލަށް ގޮސް ގެއްލުނު ތަނެވެ. އަރްޔާގެ މޫނުމަތީގައި ފިނި ފިނި ވައިރޯޅިއެއް ބީހިލިފަދަ އިހުސާސެއްވިއެވެ. އޭނަ އިންސާނަކަށްވާއިރު ޖިންނިންނާއެކު މިއުޅެނީ ކިހާ "ނޯމަލް" ކޮށްހެއްޔެެވެ؟ މިއީ އަޖައިބެެއް ނޫންހެއްޔެވެ؟ ޖިންނީންގެ ދުނިޔެއަކަށް އައި ކުޑަ ކުޑަ އަންހެންކުއްޖާ ޖިންނިން ގެތެރޭ ހުރެ ބޮޑުވެއްޖެއެވެ. އެކުވެރިންނަކީ ފިރިމީހާއަކީ ދުޝްމިނުންނަކީ އަދި ދަންނަ އެންމެނަކީ ޖިންނިންނެވެ. އާރްޔާގެ ތުންފަތަށް ހިނިތުންވުމެއްގެ އަަސަރު ވެރިވިއެވެ. ބޯ ހޫރައިލިއެވެ. ދެން ދޫލައެއްހެން ފެތުރިފައިވާ ސްނޯ މަތީ ބޫޓުގެ ނިޝާންތައް ދޫކުރަމުން ކުރިއަށް ދިޔައީ ސެފްރަން ފެނޭތޯ ވަށައިގެން ހޯދަމުންނެވެ.


***

ސެފްރަންއާއި އާރްޔާ އިށީދެލައިގެން ތިބީ ފޭލިގޭގެ ކުރިމަތީގައެވެ. ސެފްރަންއާއި އެހާ ގާތުގައި ވުމުން ހީފިލާ އަރާމުވިއެވެ. ކުރިމަތީގައި ހުރި އަލިފާންގަނޑުގައިވާ ދަރުތައް އަނދާ އަޑު ލުއި މިއުޒިކެއްފަދައެވެ. ޕައިންގެ މީރުވަހުން އެ ހިސާބު ހުވަދުވެފައެވެ. ލޮލޮކޮޅަށް އޮބާލާފައިވާ ވިދަވިދާހުރި ސްނޯއެވެ. ބައެއް ދިމާލުގައި ސްނޯ ފުނިތަކެވެ. ކަޅުދެލިކޮޅެއްފަަދަ އުޑުގައި އެތައް ހާސްތަރިތަކެއް ފިޔަޖަހާއިރު އެ މަންޒަރު ފުރިހަމަކަމުން ގަލަމަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. މިފަދަ ހިތްގައިމު އެކަހެރި މާހައުލެއްގައި އެންމެ ލޯބިވާ ފަރާތާއެކު ވަގުތުހޭދަކުރުމަކީ ކޮންމެ ކޮންމެ މީހެއްގެ ނަސީބުގައިވާނެ ކަމެއް ނޫނެވެ.

ސެފްރަން ކަޅިވެސް ޖަހާނުލާ ބަލަމުން ދިޔައީ އާރްޔާގެ މޫނަށެވެ.

" މާތްﷲއަށް ހަމްދުކުރަން މިހާ ރަގަޅު ކުއްޖަކު ހަޔާތުގެ ބައިވެރިޔަކަށް ދެއްވީތީ. އެކަމަކު ދުނިޔެއަކީ ވަގުތީ މަންޒިލެއް. އަބަދަށްޓަކާ އުފަލުގައި ނޫޅެވޭނެ. އެކަމަކު ދުޢާއަކީ ގިޔާމަތްދުވަހުން އެކުގައި ވުން.. ޕްރިޓީ ގާލް. މައި ރޯޒްބަޑް. ލިޓްލް އެންޖެލް..................." ސެފްރަންގެ ޖުމްލައިން އާރްޔާ އުފާވިވަރަށް ކަންބޮޑުވިއެވެ.

"ސެފް ތިކަހަލަ ވާހަކަ މި އުފާވެރި ރޭ ނުދައްކާ. ޕްލީޒް. ވީ ވިލް ޑައި އޯލްޑް ޓުގެދާ އިންޝާﷲ.............." އާރްޔާ ސެފްރަންގެ އަތުގައި ބޮސްދިނެވެ. ތުންފަތަށްވެސް ހޫނުވިއެވެ.

"ހޫމް. ހޫރު ކާފަ މާމަ ދަރިން ލިބެންދެން އިރާދަކުރެއްވިއްޔާ......"

ކުއްލިއަކަށް އުޑުމަތީގައި ފެހިކުލައިގެ މާކެއް ޖެހި ފޭދިގެން ދިޔަހެން ހީވިއެވެ. ސެފްރަން އިޝާރާތްކުރުމުން ބަލާލަފައި އާރްޔާގެ ހިތް ނަށައިލިއެވެ.

"ހިއަރ ކަމް ދަ ޑާންސިން ސްޕިރިޓްސް........"

"އަރޯރާ އަންނަ ގޮތަށް ކުޑަކުދިން ޖަހައިގެން ގޮސްދާނެ ދޯ...." އާރްޔާވެސް މަޖާވެލާފައި ސެފްރަންގެ ގަަޔަށް ލައްވެލުމުން ސެފްރަން ދެއަތް އަޅުވައިލިއެވެ.

ބަލަބަލާ ހުއްޓާ ލޯ ކުރިމަތިން ފެންނާން އެފެށީ ކުޅަދުންވަންތަކަމުގެ އެންމެ ފުރިހަމަ އެއް މަންޒަރެވެ. އަރޯރާ ގެ ސިއްރުވެރި ހުޅުތައް އެމެރަލްޑް ކުލައިން އެކި ގޮތްގޮތަށް ނަށަމުން ސްކިޕް ކުރަމުން މުޅި ސަރަހައްދު އެއްކޮށް ދިއްލާލީ އޭގެ ތޫނު ކުލަތަކުން އުޑުމަތި ފަވަމުންނެވެ. އާރްޔާގެ ގައިން ހީބިހިނެގިއެވެ. މީހުން ބުނެ އުޅެނީ ހަމަ ތެދެކެވެ. ހަވާއެެރުވުން ފަދަ އަލިފާނުގެ ކުޅިވަރުތައް އަރޯރާ ބޮރެލިސްއާއި ބަލާއިރު އެއްވެސް އެއްޗަކަށް ނުވާނެއެވެ.

ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ލޯބިވާ ފަރާތާއެކު އެވަގުތުކޮޅު ހިއްސާކުރެވުމުން މިރޭގެ އުފާވެރިކަން އެތައް ހާސްގުނަ އިތުރުވެއްޖެއެވެ. އެރޭ ހުރިހާގޮތަކުންވެސް ޚާއްސަވިއެވެ. ފުރަތަމަފަހަރަށް ފޭލިގޭގައި އެކީ ނިދާލަން ލިބުމަކީ ދެހިތުންވެސް ފޮހެލެވޭވަރުގެ ހަނދާންތަކެއް ނޫނެވެ. ސްނޯއާއި އަރޯރާ ބޮރެލިސްއާއެކު ހިތްގައިމު ފުން ހަނދާންތަކާއެކު ދުނިޔޭގެ އެހެން ހުރިހާކަމެއް ހަދާން ނައްތާލެވިއްޖެއެވެ. އެދެމީހުންގެ އުފަލުގައި ކާއިނާތުގައި ހަނދާއި ތަރިތައްވެސް ތިބީ ހިނިތުންވެލައިގެންނެވެ.


***

ސެފްރަންގާތު އާރްޔާ ޒެބްލަންގެ މާމަގެ ވާހަކަ ހިއްސާކުރުމާއެކު ސެފްރަން ވަގުތުން ކާރމަން ގެނެސް އެ ޖިންނި މާމަ މިނިވަން ކުުރަން އަމުރުކުރިއެވެ. އިތުރު ފަރާތަކަށް ނާންގަން އެންގިއެވެ. ބިރުވެރިކަމުން ފުރިފައިވާ ބިންގަރާސް ޖަލުގައި އެތައް އަހަރުތަކެއް ހޭދަކުރުމަށްފަހު ޒެބްލަންގެ މާމަ ގެއަށް ގެނައުމުން އާރްޔާ ޒިޔާރަތްކުރިއެވެ. މާމަގެ ދެލޮލުގެ ބަދަލުގައި ހުރީ ދެ ވަޅުގަނޑެވެ. މޫނުމަތީގައި ލަކުނުން ފުރިފައެވެ. އަރްޔާ ބިރުވެސް ގަތެވެ. މާމަ އާރްޔާގެ އަތުގައި ބޮސްދިނެވެ.

"މާތްﷲ ތި ދަރިފުޅަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރާނަން. މި މާމަގެ އެއްވެސް ކުށެއްނެތި ޖަހަންނަމުގެ އަޑިފަދަ ތަނެއްގައި އެތައްއަހަރެއް ހޭދަކުރާން ޖެހުނީ. ކީއްވެކަން އެނގޭތަ؟ ގަންދީޝާ އޮޅުވާލައިގެން މާމަ ލައްވާ ރަސްގެފާނު ޖަލްޖާލޫތުގެ ލޯބިވާ އަނބިކަނބަލުންނަށް ޒަހަރުދިނީ. ގަންދީޝާއަކީ އަނިޔާވެރި ގާތިލެއް. އެކަަމަކު ނިކަމެތިންގެ ވާހަކަ އަހާނީ ކާކު؟ މާމަގެ ބޮލުގައި އެކުށް އެޅުވީ...." މާމަގެ ލޮލުން ކަރުނަ އޮހިގަތެވެ.

"މަމަގެ ކުށެއްނެތި އަނިޔާ ލިބުނުކަމަށްޓަކާ އާޚިރަތް ދުވަހުން އެކަމުގެ ސަވަބާއި ދަރުމަ ލިބޭނެ އިންޝާﷲ. އެއީ އެންމެ އިންސާފުން ޝަރީއަތް ކުރެވޭނެ ދުވަހަކީ .." އާރްޔާ ގެ ހިތަށް އަސަރުކުރިއެވެ.

"އެކަމަކު މާމަ އެންމެނަށް މާފުކޮށްފިން. ދަރިފުޅުވެސް މިވާހަކަ ނުދައްކާ. އޭރުން މާމަމެންނަށް މި އަވަށުގައި އުޅެވުނަކަ ނުދޭނެ. ދުނިޔެއިންވެސް ބޭރުކޮށްލަފާނެ.."

"އަޅުގަނޑު ދުޢާ އިޖާބަކުރައްވައިފި..." ޒެބްލަން ބަލަން ހުރީ ޝުކުރުގެ ނަޒަރަކުންނެވެ.

"އިންސާނުންވެސް ހާދަ ރަގަޅޭ.." ޒެބްލަން ބުނެލިގޮތުން އާރްޔާ ހިނި އައެވެ.

"އިންސާނުންގެ ތެރޭ ޝައިތާނުންވެސް އުޅޭ. އިންސިންނާއި ޖިންނިންގެ ތެރޭވެސް ރަގަޅުމީހުންނާ ނުބައި މީހުން އުޅޭ ޒެބްލަން." އާރްޔާ ހިނިތުންވެލިއެވެ. " ޒެބްލަންގެ ދުޢާގެ ސަބަބުން އަހަންނަށްވެސް ސުލްތާނު ގާތު ބުނެގެން މާމަ ސަލާމަތް ކުރެވުނީ...."

"ޖަޒާކަﷲ ޚައިރަން.." ޒެބްލަން ޝޭޚުގާތުން ކިޔަވަން ފަށާފައިވާތީ އަރަބިބަހުން އެފަދަ ބަސްތައް ބުނެލަން އެނގެއެވެ.

ގަނޑުވަރަށް ދިޔަގޮތަށް ސެފްރަންގާތު އާރްޔާ ދެއްކީ ޒެބްލަންގެ މާމަގެ ވާހަކަތަކެވެ. އަޒްކީލްއާއި އެލިއަސް އެހާވަރުން މަންމަ ކިޔައިގެން އެ އުޅޭ އަންހެންމީހާއަކީ ހަގީގަތުގައި މަންމަގެ ގާތިލެވެ. އެކުދިންނަށް އެކަން ނޭގި މަންމައެއްގެ މަގާމުދީގެން އުޅޭއިރު ގަންދީޝާގެ ހިތުގައި އެކުދިންނަށް ލޯތްބެއް ކުލުނެއް އޮންނާނެހެއްޔެވެ؟ އަމިއްލަ އެދުން ބޮޑުކަން ނޫންކަމެއް ނުވާނެއެވެ. ރަސްގެފާނުގެ ދަރިންނަށްވުމުން މަރައިލަން ނުކެރުނަސް ސިއްރުން ނުދޭކަށް އަނިޔާއެއް ނުވާނެއެވެ. ސެފްރަންގެ މޫނުމަތިން ރުޅީގެ ކުލަވަރު ފެނިލިއެވެ. ބުމަ ކައިރިކޮށްލައިގެން އިންއިރު ލޮލުގެ ކުލަވެސް ތަންކޮޅެއް ގަދަވިއެވެ. ވީއިރު ދާރިން މަރައިލީވެސް ގަންދީޝާކަމާއިމެދު ޝައްކެވެ. ނަމަވެސް އިހަށް މި ހަގީގަތް ހާމަނުކޮށް ގަންދީޝާމެންގެ މަކަރުވެރިކަން ފަޅާ އަރުވައިލަން އެބަޖެހެއެވެ.


***

ޝިކާރަކުރަން ނުކުމެފައި ކުޑަކޮށް ވަރުބަލިވާތީ ސެފްރަން އަލިފާންގަނޑު ކައިރީ އޮށޯވެލިއެވެ. ކާއިން ގާތު އާދު ބުނީ ތަންކޮޅެއް ދުރުން ދުޝްމިނުންގެ ހިލަން ވެއްޖެ ކަމަށާއި އެހިސާބުގައި އުޅޭ ޖިންނިންތަކެއްގެ ހަގީގަތް ހޯދާފައި އައުމަށެވެ. އާދުގެ އުޅުމުގައި އެހުންނަ ސިއްރުވެރި ގޮތުގެ ސަބަބުން ހަގީގަތް ބަލަން ފުރަތަމަ ޖެހެނީ އާދުގެ ނޫންހެއްޔޭ ހިތަށް އަރާފައި އޭނަގޮސް ހުއްޓިލީ ތަންކޮޅެއް ދުރުގައެވެ. ކުއްލިއަކަށް ފެނުނީ އާދު ސެފްރަންގެ ކައިރިއަށް ގުދުވިތަނެވެ. އާދު ކުރިކަމެއް ރަގަޅަށް ނުފެނުނަސް ގުދުވެގެން އޮވެ ކޮންމެވެސް ކަމެއް ކުރިކަން އެނގުނެވެ.

ކާއިން އުދުހިފައި ކަހަލަ ގޮތަކަށް އައިސް އާދުގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. އެދިޔަބާރު މިނުގައި އާދުގެ ބުރަަކަށި ގަހުގައި ޖައްސާބާރުކޮށްލިއެވެ.

"ކީއްކުރަނީތަ؟ އަބަދަށް މަގޭ ހިތަށް އަރާ އާދު އުޅޭގޮތް މިސްޓީރިއަސްކަމުން ނަން އޮފް އަސް ރިއަލީ ނޯ ޔޫ ދެޓް ވެލް އޭ. އެހާ ގިނަ އަހަރުތަކެއްވާންދެން އެކީ އުޅުނުއިރުވެސް. ސެފްރަންއަށް ކީއްކުރަން އުޅުނީ؟ "

އާދު ހުރީ ނިކަން ހަމަޖެހިލާފައެވެ. "ލޯވާ ޔޯ ވޮއިސް. ޔޫޑޯންޓް ވޯންޓް ޓު ވޭކް ސެފް ފޯ ދިސް ނޮންސެންސް އޭ...."

"ކާއިން އަހަންނާއިމެދު ދެކޭގޮތް ބުނި ކަމަށްޓަކާ ޝުކުރުވެރިވަން.." އާދު އޭނަގެ މުށް ހުޅުވާލާފައި އަތުތެރޭ އޮތް ސޫތްޕެއް ދައްކައިލިއެވެ. "ސެފްގެ ކަންފަތަށް މި ބީޓްލް ވަންނަން އުޅެނިކޮށް އަހަރެން ނެގީ....."

"އޯހް.. އައިމް..އައިމް. ސޮރީ....." ކާއިން އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ލަދުވެތިވިއެވެ.

"އިޓްސް އޯކޭ އައި އަންޑަސްޓޭންޑް. އަޒްކީލް ވޯޒް އޯޯލްމޯސްޓް މާާޑާޑް. އަދި ސެފް ފްރޭމްކުރީ. މި ޒަމާނުގައި ކާންޓް ޓްރަސްޓް އެނީވަން....." އާދު ބުނެލިއިރު ތުންފަތްމަތީ ތަފާތު ހިނިތުންވުމެކެވެ. ކާއިންއަށް އެހާ ރަގަޅަށް އެ ޖުމްލައިގެ މާނަ ނުނެގުނެވެ. އާދު އަސްލު ކާއިންއަށް ކުޑަނަމަވެސް އެއްޗެއް ބުނެދޭން ބޭނުންވީއެވެ. އޭނަ އެ މާނަކުރީ ޚުދު އޭނައަށްވެސް ކާއިން އިތުބާރު ނުކުރުމަށެވެ.

ސެފްރަން އެކުވެރިންނާއި ދުޝްމަނުން ވަކިކުރާނީ ކިހިނެއްހެއްޔެވެ؟ ހަށިފާރަވެރިޔާހެން ކައިރީގައި ހުންނަ އެކުވެރިޔާއަކީ ވަންހަނާވެގެންވާ ދުޝްމަނެކެވެ.


***

ސެފްރަންއާއި އެކުވެރިންނަށް މާކިއަން ފެނުމުން އެދިމާލަށް ދިޔައެވެ. ކޯރުކައިރީގައި އެކަނިމާއެކަނި އިށީދެލައިގެން އިންއިރު މޮޅިވެރިކަމުގެ ތަސްވީރެއްފަދައެވެ. ގަދަ ފެހިކުލައިގެ ޖަވާހިރުފަދައިން ވިދާ ދެލޯ އަޒްކީލްއާއި ތަފާތެއް ނެތެވެ. ޝާހީ ޕްރިންސެއްފަދައިން ހެދުން އަޅައިގެން އިނަސް އިސްތަށިގަނޑުގައި ތާޖެއްނެތެވެ. ދިގު އިސްތަށިގަނޑު ވިހުރެން ދޫކޮށްފައެވެ.

"ހޭއި މައިކް. ކިހިނެއްވެފަ" ސެފްރަން މާކިއަންގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ބައްޕައަށް ހަމަލާދިން ބަޔަކު އަޅުގަނޑު މަރާލާނެތީ. ރަސްކަމާއިހެދި......"

"މައިކް މަރުދެކެ ބިރުންތަ؟ އަހަރެން ހީކުރީ ބައްޕަހާ ކުޅަދާނަ ފަހުލަވާނަކަށް ވާނެކަމަށޭ. އަނިޔާވެރި ޒާލިމުންގެ އަތްދަށުން މަރުވެއްޖެއްޔާ ޝަހީދަކަށް ވާނީ......" އާދު އެހެން ބުނުމުން ކާއިން ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. އެންމެ ލޯބިވާ އެކުވެރިއަކާއިމެދު ޝައްކުގެ ނަޒަރަކުން ބެލެވެންފެށީއެވެ. އެކަމާއި ހިތަށް ކުރާ އަސަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ނަމަވެސް ޔަގީން ނުވަނީސް ސެފްރަން ގާތު ބުނެފިއްޔާ ފިތުނައަކަށް ވެދާނެއެވެ.

"މަރުދެކެ ޖެހިިލުމެއް ނުވޭ. އެބަޔަކު އެނގޭނަމަ ބަދަލު ހިފާނަން. ހިތާމައަކީ ފޮރުވިފައިވާ ދުޝްމިނުންނަށް ވީތީ..." މާކިއަން ތެދުވެގެން ދާން ހިނގައިގަތެވެ. މާކިއަން ސެފްރަންއާއި އެކުވެރިންނާއިމެދު ހިތްހަމަނުޖެހިފައި ހުރިކަން އެ އަމަލުން އެނގުނެވެ. ގަންދީޝާއާއި ޒޭބް އެވަނީ މާކިއަންއަށް ހަގީގަތް އޮޅުވާލާފައެވެ. އޭނަގެ ބައްޕަގެ ހަގީގީ ގާތިލުން ސިއްރުކުރެވިފައެވ.


***

އެލިއަސް އޭނަގެ ލަޝްކަަރަށް ކޮމާންޑް ކުރުުމުގައި އަވަދިނެތި އުޅެއެވެ. އަޒްކީލް އޮތް ހޮހަޅައިން އަޒްކީލް ސަލާމަތްކޮށްގެން އާކްޓިކްކަނޑުގެ އަޑީގައިވާ އެމީހުންގެ ރަށަށް ގެންދާންވެގެންނެވެ. އެލިއަސް ޔަގީންކުރާ ގޮތުން އަޒްކީލްއަށް ހުރިހާ އަނިޔާއެއްދެނީ ސެފްރަންއެވެ. ވީއިރު އަޒްކީލް އެ ހާލަށް ދޫކޮށްގެން އޭނައަށް ހުރެވޭނީ ކިހިނެއްހެއްޔެވެ؟


***

ސެފްރަންއާއި އާރްޔާގެ ހަޔާތުގެ އެންމެ އުފާވެރި ރީތި ދުވަސްތައް އާކްޓިކްގެ ގްލޭޝިއާތަކާއި އައިސްބާގާއި ސްނޯއިން ފުރިފައިވާ ހިތްގައިމު މާހައުލުގައި ހޭދަކުރަމުން ދިޔައެވެ. އަސް ދުއްވުމާއި ހިނގާލަން ދިޔުމާއި އަރޯރާ ބޮރެލިސް އަދި ތަރިތައް ބެލުމަކީވެސް އުފަލެކެވެ. އާކްޓިކްއަކީ އާރްޔާގެ ހަޔާތުގެ އެންމެ ހަދާނީ ދުވަސްތައް އެތަނުގައި ވަގުފުކުރެވިފައިވާ އޭނަގެ ޚާއްސަ މަަކާނެވެ. ހުވަފެނީ މަންޒިލެވެ.

ސެފްރަން އާއި އާރްޔާ ފެންޑާގައިވާ ސޯފާގައި ބޮނޑިވެލައިގެން ތިބިއިރު ގަނޑުވަރާއި މުޅި ސަރަހައްދުއޮތީ އަނދިރިކަމުގެ ތެރެއަށް ގެނބިފައެވެ. ކުޑަދޮރުތަކުން ފާއްދާލާފައިވާ ބައްތިތަކުގެ އޮރެންޖް އަލިކަމެއް ފިޔަވައެވެ. ޕައިން ގަސްތަކުގައި ވައި އަޅުވާ އަޑު ދޭތެރެއަކުން ހިމޭންކަން ނަގައިލައެވެ. ސެފްރަންއާއި އާރްޔާ އަމިއްލަ ވާހަކަތަކެއްގައި ތިބެ ދޭތެރެއަކުން ހުނުމުގެ އަޑުވެސް އިވިލައެވެ. ދެކެވުނު ވާހަކައެއްގައި އާރްޔާ ސުވާލެއްކޮށްލިއެވެ.

"ސެފްގް ޕޭރެންޓުންނަކީ ކޮން ބަޔެއްކަން ހޯދަން ދެން ބޭނުމެއް ނުވޭތަ؟"

"މިއަދު އެނގިގެން ކުރާނެކަމެއް ނެތް. އައިމް އަންވޯންޓެޑް. ޒޭބްމެން ބުނާގޮތުން އަހަރެންގެ މަންމައަކީ ޚަލީސީ. ބައްޕައަކީ ޝައިތާނެއް. މިއަދަކު މަންމައަކަށް އަދި ބައްޕައަކަށްވެސް ބޭނުމެއް ނުވޭ. އަހަރެންގެ ހުރިހާވެސް މީހަކީ އާރްޔާ............" ސެފްރަންގެ ތަބީއަތު ގޯސްވާގޮތްވި ނަމަވެސް އެކަން ނުދައްކަން މަސައްކަތްކުރިއެވެ.

"ސޮރީ ސެފް. ޑޯންޓް ބީ ސޭޑް. ތީ ހަޔާތުގައި ފެނުނު އެންމެ ބްރޭވް އޮނެސްޓް ސޯލްޖާ." އާރްޔާ އަވަހަށް މައުޟޫ އޮޅުވައިލަން ބޭނުންވިއެވެ. އޮޅިގެންވެސް ސެފްރަންގެ ހިތަށް ތަދުވާފަދަ ވާހަކައެއް ދައްކަން ހިތް ނޭދެއެވެ. ސެފްރަންގެ ހިތަށް އަނިޔާއެއް ލިބިއްޖެނަމަ އޭގެ އެތައް ގުނަ އިތުރަށް އޭނަގެ ހިތަށް ތަދުވާނެއެވެ.

"ޑެވިލްސް އާ ސްކެއަރީ. ނަސީބެއް ޖިންނިންނާއެކު މިތާ ނޫޅޭކަން. އަހަންނަށް އެނގޭގޮތުން ޑެވިލްއާއި އޭނަގެ އައުވާނުން ދިރިއުޅެނީ ބާމިއުޑާ ޓްރޭންގަލްގައި. އެހެންދާހާ ޝިޕްތަކާއި ޕްލޭންތައްވެސް ގެއްލޭ. ދިރުވައިލަނީ ކަން ނޭގޭ. އެ މިސްޓްރީ ސޯލްވް ކުރެވުނަސް އަދިވެސް ހަމަ ބައެއް މީހުން ގަބޫލުކުރާގޮތުން އެކަމުގައި ސްޕިރިޗުއަލް ކަމެއް އޮވޭ....ވަޓް ޑޫ ޔޫ ތިންކް....." އާރްޔާ އޮޅުން ފިލުވަން ބޭނުންވިއެވެ.

"އިންސާނުން ކޮންމެ ކަމެއް ސައިންޓިފިކަލީ ޕްރޫވްކުރަން ބޭނުންވާނެ. ނުފެންނަ ތަކެއްޗަށް އީމާންވާނީ ނަސީބުވެރިން. އެކަމަކު ކިތަންމެ ތަނަވަސް ސިކުނޑިއެއް ދެއްވާފައި އޮތަސް ހިދާޔަތް ނުލިބިއްޖެއްޔާ ސިކުނޑި ގަބުވާނެ. އެމީހުން އަހަރެމެން ޖިންނިން އުޅޭކަމަކަށްވެސް ގަބޫލެއް ނުކުރޭ. އެކަމަކު އަދި އެއް ވާހަކަ އިނގޭ. އަހަރެންގެ ވައިފްއަށް ސިއްރުކުރާކަށް ބޭނުމެއް ނޫން. އަހަންނަށް މިހާރު އެނގިފައިވާ ގޮތުން ބައްޕަައަކީ އިންސާނެއް...." ސެފްރަން ދެލޯ މަރައިލިއެވެ.

އާރްޔާގެ ހިތް އުފަލުން ތެޅިލިއެވެ.

"ސޯ ޔޫ އާ ހާފް ހިއުމަން. ވޮންޑަފުލް. އަލްހަމްދުލިﷲ. ވީއިރު މި މެރިޖްވެސް ހުއްދަވާނެ ދޯ............." އާރްޔާ ސެފްރަންގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. ފަށުވިކޮޅެއްހާ މަޑުވިޔަސް އެހާ ވަރުގަދައެވެ. ޝޭމްޕޫ އިޝްތިހާރެއްފަދައެވެ. އިސްތަށިގަނޑުގައި އޭނަ އެލިގަތަސް އެންމެ އިސްތަށްޓެއްވެސް ވަކިނުވާނެކަން ޔަގީނެވެ. ސެފްރަން ޖަވާބެއް ނުދީ އާރްޔާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

"ބަޓް ޔޫ ހޭވް އިންހިއުމަން ސްޓްރެންތް އެންްޑް ޕަވާ. އައި ލަވް އެވްރީތިން އެބައުޓް ޔޫ. އެހަ ޕަވަފުލް އިރުވެސް ކިހާ މަޑު ހިތެއް އޮންނަނީ. އަދި ޓަޗްކޮށްލަނީ އެހާ މަޑުން. ސޯ ޖެންޓްލް މައި ލަވް.. މައި ކިންގް. އައި ލަވް ޔޫ..." އާރްޔާ ގެ ލޯ ތެމުނީ ޖަޒުބާތުގެ ސަބަބުންނެވެ. ޖިންނިއަކަށް ވިޔަސް އޭނައަށް ހެވެވެ. އޭނަ ލޯބިވާ ހަމައެކަނި ފަރާތަކީ މިއީއެވެ.

***

"އަންނާނަން ވަޒީފާ ނިންމާލާފައި. ރަސްކަމުގެ ދީވާނުގައި ވަޒީރުންނާއި ބައްދަލުކޮށް ނިންމަން ޖެހޭ ނިންމުންތައް ހުންނާނެ. ގަނޑުވަރުން ބޭރަށް ނުދައްޗޭ އިނގޭ މައި ރޯޒް............"ސެފްރަން މިޔޫކީއަށް ސަވާރުވުމުގެ ކުރިން އާރްޔާގެ ނިތުގައި ބޮސްދިނެވެ. އާރްޔާ ދެލޯ މަރައިލިއެވެ. އަދި ސެފްރަން ސަލާމަތުން ލަހައްޓަވާ މަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރިއެވެ. އެއީ އާ ކަމެއް ނޫނެވެ. ކޮންމެ ފަހަރަކު ފިރިމީހާ ބޭރަށް ދާއިރު އާރްޔާ ދުއާކުރެއެވެ. އެނބުރި އައުމުން ހަމްދުކުރެއެވެ. ސެފްރަން ރައްކާތެރިކޮށް ދެވުމަށް އެދި ސަލަވާތާއި ދުޢާ ކިޔުނު އަދަދެއް ވެސް ނޭގެއެވެ.


***

ގަންދީޝާއާއި މިރިއަމް އާރްޔާއާއި ބައްދަލުކުރަން ގަނޑުވަރަށް އައިއިރު އާރްޔާ އުޅުނީ ސެފްރަން އަންނަންވާއިރަށް ކާއެއްޗެއް ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. އަމިއްލައަތުން މީރު އެއްޗެއް ސެފްރަންއަށްޓަަކާ ތައްޔާރުކުރުމަކީ އޭނަގެ އުފަލެކެވެ. ގަންދީޝާއާއި މިރިއަމް ދޮރުމައްޗަށް އެރިތަން ފެނިފައި އާރްޔާގެ ހިތް ތެޅިލިއެވެ.

"އަހަރެމެން މިއައީ މާފަށް އެދެން.." މިރިއަމް ހީލިއެވެ.

އާރްޔާ ހިންދިރުވައިލިއެވެ. މި ދެޖިންނިން ފެނުމުން ހިތަށް ބިރުވެރިކަން ވަދެ ފިނިވާންފެށީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ކިތަންމެ ރީތިކޮށް ހިނިތުންވެގެން ތިއްބަސް ކަޅި އަޅައިގެން ހެން ހީވާފަދަ ލޯތައް ފެނުމުންވެސް ހިތް ރޫ ރޫ އަޅާވަރުވެއެވެ. އެލޯތަކުން އޭނައަށް ފެންނަނީ ނަފްރަތުގެ އަލިފާނެވެ. ހަސަދައިގެ ރަތްކުލައެވެ.

"ސެފްރަންއަކީ މަގޭވެސް ދަރިއެކޭ ހުރިހާވެސް މައްސަލައެއް ހިލިގަތީ މިރިއަމް ބޭބެއެއްފަދަ ކުއްޖަކާއި ހިތާވުން. މިރިއަމްއަށްޓަކާ ގުރުބާންވާން ކާރމަން ފަދަ ޒުވާނަކު ހުއްޓާ މިރިއަމްވެސް މޮޔަވާން ވެއްޖެ ވިއްޔަ. ސުފުރާ ތައްޔާރުކުރަން މިރިއަމްވެސް ތިހެން ނުހުރެ އެހީވެބަލަ.." ގަންދީޝާ ކުޝަންތައް މަތީ ޖައްސައިލިގޮތަށް ޚާދިމާއިން ފަންކައިން ވިހެދޭންފެށިއެވެ. މޫނުމަތިން ފެންނަން ހުރީ ކިބުރުވެރިކަމާއި މަކަރުވެރިކަމުގެ ކުލަވަރެވެ.

އެންމެން އެކީ ގައި ކާން ތިބީ އެކުވެރިކަމުގެ މާހައުލެއްގައެވެ. ވާން އުޅޭގޮތެއް އާރްޔާގެ ޚިޔާލަކަށް ނާދެއެވެ. އޭނަގެ ހިތުގެ ސާފުކަމާއި މައުސޫމްކަމުން ދުނިޔޭގެ ކެހިވެރިކަމާއި މަކަރުވެރި ރޭވުންތަކާއިމެދު ވިސްނާލާކަށް ނޭގުނެވެ. ތަންކޮޅެއް ދުރުން ބެރުތައް ތަޅައިގަތް އަޑާއެކު ޖިންނީންގެ ހަޅޭކުގެ އަޑު އިވިފާ މިރިއަމްއާއި ގަންދީޝާ ވިދައިލި ވިދުވަރެއްހެން ނުކުމެ ގަނޑުވަރުގެ ގާޑުންނަށް އަމުރުކުރީ އެއަޑުތަކުގެ ޚަބަރު ބެލުމަށެވެ. އިރުކޮޅެއް ނުވަނީސް ގަންދީޝާ ވަދެފައި ބުނެލި ޖުމްލައިން އާރްޔާގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ.

"ސެފްރަން ވަރަށް ބޮޑަށް ޒަޚަމްވެއްޖެ. އާރްޔާ ހުރިހާ ގާޑުންވެސް ދުވެފައި އެދިޔައީ. އަހަރެމެންވެސް ހަގުރާމައަށް ނިކުންނަން އެބަޖެހޭ.." ގަންދީޝާ ކަމަރުގައިވާ ކަނޑި ދަަމައިގަތެވެ. އާރްޔާގެ ލޯ ކަރުނުން ބަރާވިއެވެ.

"އަަހަރެންގެ ސެފްރަން.....ކިހިނެއްވީތަ؟ މޭ ﷲ ޕްރޮޓެކްޓް ޔޫ. ކިހިނެއް ކެތްކުރާނީ....." އާރްޔާގެ ގަނޑުވެފައިވާ ދެފައި ދަމަމުން ކުރިއަށް ދާން މަސައްކަތްކުރިއެވެ. ކޮޅަށް ހުރުންވެސް އޭނައަށް ދަތިވިއެވެ. މޫނަށް އަނދިރިވަނީއެވެ. މާ ބޮޑަށް ފިނިވަނީއެވެ.

"ސެފް.........." އާރްޔާ ކަރުފަޅައިގެންދާ ހާ ބާރަށް ސެފްރަންގެ ނަމުން ގޮވަމުން ގަސްތަކުގެ ތެރެއިން ދުވަމުން ދިޔައެވެ. މޮޔަވެފައިވާ ކުއްޖެއްހެންނެވެ. ޖެހޭ ވައިރޯޅިތައްވެސް ސެފްގެ ނަން ގޮވާފަދައެވެ. ކުއްލިއަކަށް ކުރިމަތިން ފައުޅުވީ މާރިދެއްގެ ބިޔަކަމާއި ހުތުރުކަމުން އާރްޔާ އަނބުރައިގަންނަ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އާރްޔާ އައިކޮޅަށް އަނބުރާލާފައި ދުއްވައިގަތީ ފަޔަށް ލެވުނުހާ ބާރެއްލާފައެވެ. މައިނޭވާލަމުން ދުވަމުން ދޭތެރެއަކުން ފަސް އެނބުރި ބަލައިލާއިރު ދެތިން ފޫޓު ފަހަތުން މަޑުމަޑުން ހިނގާލާފައި އަންނަތަން ފެނުމުން އަދި ވަކިން ބޮޑަށް ބިރުގަތެވެ. ގަސްބޮނޑިއަކާއި ނިވާވެލުމަށްފަހު އާރްޔާ ބޮދާ އޮތްވާ ކުއްލިއަކަށް އޭނަގެ އަތުގައި ހިފާ ދަމާ ނެރެންފެށިއެވެ.

***

ސެފްރަން ގަނޑުވަރަށް ވަންނާން އައިތަން ފެނި ފާރަވެރިން ކުރުނީސްކުރަންފެށިއެވެ. އަދަބުވެރިކަމާއެކު އިސްޖަހާލައިގެން ތިބެފައި ފާރަވެރިންގެ އިސްވެރިޔާ ސެފްރަންއަށް ދިނީ ސެފްރަންގެ ހިތް ގުޑުވައިލި ޚަބަރެކެވެ.އެއާއެކު އޭނަ ގޮށްމުށްކަވައިލާފައި ލޯ ހަނިކޮށްލިގޮތުން ބިރުގަންނަ ދަރަޖައަށް ރުޅިގަދަވިކަން އެނގި ފާރަވެރިން ކުރިއަށްވުރެ އިސްޖެހުނެވެ.

"އާރްޔާ ގެއްލުނީއޭ. ކީއްވެ އެހެންވާންވީ؟ "ސެފްރަން އަމިއްލަ ޟަމީރާއި ސުވާލުކޮށްލިއެވެ.

"ކަލޭމެންނަށް ރަގަޅަށް ވަޒީފާ އަދާ ނުކުރެވުނުކަން މަށަށް މި އެގުނީ. މަގޭ ވައިފްއަށް ކުޑަ ކުޑަ ކަމެއް ދިިމާވިޔަސް އެންމެން މަަރާލާނަން ހަދާން ކުރާތި.........." ސެފްރަން ލޯ އަޅައިލިއެވެ. ކަމަރުގައިވާ ޚަންޖަރު އުރައިން ދަމައިގަތްއިރު ތޫނު އަޑެއް ހިފައިލިއެވެ. އޭނަ ޚަންޖަރު ޖެއްސީ ވާހަކަދެއްކި ފާރަވެރިޔާގެ ކަނދުރާގައެވެ. މިޔަތޫނުކަމުން ކިރިޔާ ހަން ނުގޮސް ހުރިކަމެވެ.

(ނުނިމޭ...)

ކޮމެންޓް 0