"ޔޫ އާ އެ ކްއީން. އާރްޔާ. މިއަދުން ފެށިގެން ގަންދީޝާވެސް ކްއީން އާރްޔާއަށް ބޯލަނބަން ޖެހެނީ. ޔޯ ވިޝް އިޒް މައި ކޮމާންޑް މަލޭޑީ ކިޔާފައި ހެދުމުގެ ފަސްބައިގާ ބޮސްދޭނެ..." ހިތަށް އެރި އެއްޗަކުން އާރްޔާއަށް ރަކި ހިނިގަނޑެއް ޖަހައިލެވެން އުޅެފައިވެސް އެތައް ލޯތަކެއް ހުއްޓިފައިވާކަން އެނގި އަނގަމަތީ އަތް އަޅައިލެވިއްޖެއެވެ. މީހަކާއި އިނީމަ ކުޑަކުއްޖެއްގެ ގޮތުގައި އުޅުން ދޫކޮށް ޒޭބްފަދަ އަންހެންވަންތަ އަންހެނަކަށްވާން ޖެހޭނެއެވެ. އަދި ޚާއްސަކޮށް ރާނީގެ މަގާމަށް އައުމުން ޝާހީ ވައްޓަފާޅި އުޅުމުގައި ހުންނަން މަޖުބޫރުވާނެކަމުގައި ހިތުގެ ކަނަކުން ބުނެލިއެވެ.

ޚާދިމާއިން ދެފަރާތުގައި ސަފު ހަދާލައިގެން ތިބީ ރަސްގެފާނާއި ދިމާލަށް ބަލައިލުމަކީވެސް ކުށަކަށްވާނެއޭ ހީވާފަދަ ގޮތަކަށް ބޯގުދުކޮށްލައިގެންނެވެ.

ގަނޑުވަރުގެ ހޯލު ބޮޑުކަމުން ހައިރާންވާހާވިއެވެ. ރަނާއި މުށިކުލައިގެ ބިތްތަކާއި ގުޅޭފަދައިން ކުލަ ގުޅުވާލެވިފައިވާ ތަބުތަކާއި ފަރުނީޗަރުތަކާއި ލިނެން ފަރުދާތަކުން ލޯތަކަށް އަރާމުވާހާ ފުރިހަމައެވެ. ޖިންނިންގެ ގަނޑުވަރުތަކުގެ ރީތިކަމާއި ޒީނަތްތެރިކަން ދެކެފައިވާއިރު އަދި މިފަދަ ފުރިހަމައަށް ފަރުމާކޮށް ޝާހީ ކުލަ ޖެހިފައިވާތަނެއް އޭނަ ދެކެފައެއް ނުވެއެވެ. ބިިތްތަކުގައި ހަރުކޮށްފައިވާ ބައްތިތަކުގެ އޮރެންޖް އަލި ނަށާލާއިރު އެހާ ހިތްގައިމެވެ. ސެފްރަންއާއިއެކު ހިނގަމުންގޮސް މާސްޓާބެޑްރޫމްގެ ދޮރާއި އަރާހަމަވިތަނާ ދޮރު އަމިއްލައަށް ހުޅުވުނެވެ.

އެއީ އާރްޔާއަށް އާ ކަމެއް ނޫނެވެ. ޖިންނިންގެ ފަރާތުން އެތައް އަޖައިބުކުރުވަނި ކަމެއް ދެކެފައި އޭނަ ވެއެވެ.

"ވަރަށް ރީތި. މެގްނިފިސެންޓް. ކާކަށް ކްރެޑިޓް ދޭންވީ؟ ސުލްތާންގެ ކިތައް ގަނޑުވަރު ހުންނަނީ؟ " އާރްޔާ އަނގަމަތީ އަތް އަޅައިލަމުން ދެލޯ ބޮޑުކޮށްފައި ވަށައިގެން ހޯދަންފެށިއެވެ. ޚިޔާލީ ކުރެހުމެއްހާ ފުރިހަމައެވެ. "ފެއަރީޓޭލް" ގަނޑުވަރެކެވެ.

"މިއީ އާރްޔާގެ...." ސެފްރަން ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ.

"ވަޓް؟ ޔޫ އާ ކިޑިން މީ ރައިޓް؟ ޑޫ އައި ޑިޒާވް ސަޗް އެ ހިއުޖް މެންޝަން. އެންޑް މި އަދި ފޭކް މެރިޖްއެއް މައި ލޯޑް......................" އާރްޔާގެ ހިތް ތެޅިގަތީ ކުރިއަށް ވުރެ ބާރަށެވެ. އޭނަ ސެފްރަންއާއި މާތްކޮށް މުޚާތަބު ކުރުމުން ލާނެތް ހިންޏެއް އަންނަން އުޅެފައިވެސް ސެފްރަން އެކަން ފޮރުވިއެވެ.

އާރްޔާ ރަންކުލައިގެ ބޫޓު ބާލާފައި ފައިތިލަ މިނިވަންކޮށްލީ އުސްފައިވާނަށް އަރައިގެން ހުރުމުން ވާޅުކަން އިހުސާސްވެފައެވެ. ރަންކުލައިގެ މާބްލްއިން ވިދަވިދާހުރި ތަޅުންމަތީގައި އަޅާފައިވާ މޮޅު ދޫލައިގެ ތެރެއަށް ފައި ގެނބޭގޮތްވިއެވެ. އެހާ މަޑުވެފައި ފަޔަށް އަރާމެވެ. ނަމަވެސް ފިނީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރުވާ އަތްތިލަ ހާކާލެވުނެވެ. ސެފްރަންއަށް އާރްޔާއަށް ފިނިވިކަން އިހުސާސްކުރެވުމާއެކު އަލިފާން އަންދާތަނަށް ނަޒަރު ހުއްޓައިލިއެވެ. ލޮލުން ފޮނުވައިލި އަލި ރިމޯޓެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. ދަރުތަކުގައި ހުޅުގަނޑު ރޯވެ އަނދައިގަތުމުން މަޑު އަޑަކާއެކު މުޅިތަން އޮރެންޖް އައްޔަކުން އަލިކޮށްލައިފިއެވެ. އާރްޔާ ހުއްޓުނީ ސެފްރަންގެ ހަށިގަނޑުގެ ހޫނުކަން ފޯރާ ހިސާބުގައެވެ.

"އަހަރެންގެ ކޮންމެ އަންބަކަށް ގަނޑުވަރެއް ހުންނާނެ. އަހަރެމެންގެ ޚަޒާނާ މުއްސަދިކަމުން މިއީ މާ ބޮޑުކަމެއް ނޫން. އާރްޔާ ބޭނުމިއްޔާ މިފަދަ ސަތޭކަ ގަނޑުވަރު އެއްރެއިން ތައްޔާރުކުރުމަކީ މާރިދުންނަށް ބޮޑުކަމެއްނޫން...." ސެފްރަން އަތް ވިއްދާލައިގެން މާދުރަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އޭނަގެ ބޮލުތެރޭ އެއްފަހަރާ ހިނގަނީ ކިތައް ޚިޔާލުކަމެއްވެސް ނޭގެއެވެ.

"ތިހާ ޖެނެރަސްވާކަށް ނުވާނެ. އައިމް ނޮޓް އެ މެޓީރިއެލިސްޓިކް ގާލް. ޓެންޓެއްގައިވެސް އުޅެވިދާނެ އޭ ސުލްތާން ސެފްރަން..........." އާރްޔާވެސް ދޮރުގައި މޫނު ޖައްސާލައިގެން ބޭރަށް ބަލަންފެށިއެވެ.

"އޯކޭ މައި ކްއީން....." ސެފްރަންވެސް ބުނެލިއެވެ. އާރްޔާ ބޯ އަރިކޮށްލާފައި މަޖާވެފައި ބަލައިލިއެވެ.

ރަންކުލައިން ޑިޒައިން ކޮށްފައިވާ އެ ފުޅާދޮރުން ބޭރަށް ފެންނާން އޮތީ ކޯރާއި ޚަރީފު މޫސުމްގެ ހެދުން އަޅާފައިވާ ހިތްގައިމު ގަސްތަކެވެ. ކޯރާއި ދުރުން ފެންނަ ފަރުބަދަ ދުންފިނީގެ ބޯ ސާލަކުން ފަރުދާކުރެވިފައެވެ. މިއީ ޒެބްލަންއާއިއެކު އޭނަ އައި ސަރައްދުކަން އެނގުނެވެ. މިހިސާބާއި މާދުރު ނޫން ހިސާބެއްގައި އޮތީ އިންސާނުން ދިރިއުޅޭ ވިލެޖެކެވެ. އާކްޓިކްއާއި އެތައް މޭލެއްގެ ދުރުގައި ސެފްރަން އޭނަ ވަޒަންވެރިކުރުވަން ބޭނުންވީ މިހިސާބުގެ މޫސުމް ތަންކޮޅެއް ހިތްގައިމުވާނެތީ ކަން ނޭގެއެވެ. އާކްޓިކް ކިތަންމެ ރީއްޗަސް އެތާ ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ޒެބްލަންގެ ހަނދާންތަކުން އާރްޔާގެ ހިތުގައި ރިއްސައިލިއެވެ.

މިފާއިތުވެ ދިޔަ ފަސް އަހަރު އޭނަ އުޅުނު ހާލު ސެފްރަންއަށް ކިޔާދީފިއްޔާ ދެރަވާނެއެވެ. މޭގެތެރޭ ހިތެއް އޮތިއްޔާއެވެ. ޝަކުވާކުރުމުގެ މާނައެއް ނެތެވެ. ސެފްރަން މިވަނީ އެކަމުގެ ބަދަލުގައި ގަންދީޝާގެ ހިތްފަޅައިގެންދާވަރުގެ އަގުހުރި ހަދިޔާއެއް ދީފައެވެ. ގަންދީޝާ މިހާރު ރާވަމުންދާނީ ކޮންފަދަ ދަލެއްގައި އޭނަ ޖައްސަންކަން ދެނެވޮޑިގެންވަނީ މާތް ﷲއެވެ.

"ޔޫ ޑިޑް މީ އެ ފޭވާ. ޑެތް ސެންޓެންސެއް ދީފައި ހުއްޓާ ޔޫ ލިޓްރަލީ ސޭވްޑް މީ. ތެންކިއު ސެފް..އައި މީން ސުލްތާން ސެފްރަން.....ތެންކިއު ސޯ މަޗް ހިތުގެ ފުންމިނުން. އަދި ވާހަކައެއް އަހަންތަ؟ އައިމް ކިއުރިއަސް. އަލިފާނުން ޖިންނިން ހެއްދެވުމަށްފަހު އާދަމްގެފާނު މަށިން ހައްދަވާފައި އެކަލޭގެފާނަށް ސަޖިދަ ޖައްސަވަން ވަހީކުރެއްވުމުން ހީ ރިފިއުޒްޑް. ހީ ތޯޓް އޭނަ ފަޔާއިން ހައްދަވާފައިވާ މީހާއަށް ވީމަ މަށިން ހެއްދެވި އިންސާނަކަށްވުރެ މާތްކަމަށް ހެހެ. ބުނަން މިއުޅެނީ ހޭވް ޔޫ އެވާ މެޓް ދަ ޑެވިލް؟ "

"ނޫން..." ސެފްރަން ކުރުކޮށް ޖަވާބުދިނެވެ.

"ވައިނޮޓް.....ޔޫ ކެން ސީ ވަޓް ވީ ކާންޓް. ނޫންތަ. އީވެން އިންސާނުން ޕޮސެސްކޮށް އެކަހަލަކަންތައް ކުރުމުގެ ބާރު ލިބިފައިވެއެއްނު. ވީއިރު ޑެވިލްއާއިވެސް ބައްދަލުވެފައި ހުރެދާނެ. މިގޮތަށް ވައިލްޑް އިމޭޖިނޭޝަންސްތައް އަންނާންފެށީ ޖިންނި ދުނިޔެއަށް އާދެވުނީމަ. ކުރީގައި ޖިންނިން އުޅޭކަމަކަށް އެހާ ގަބޫލުނުކުރަން....ވަޓް އެބައުޓް އެލްފް އެންޑް ޑްވާފް އެއްޗެހި................." އާރްޔާގެ ސުވާލުތައް ގިނަވިއެވެ.

"އެކަހަލަ ތަފާތު ނަސްލުގެ ތަފާތު ސައިޒްގެ ޖިންނިން ޒޭބްމެންގެ ދުނިޔޭގައި އުޅޭކަން ދަންނަން. އެތާ ފަރުބަދައިގެ ހޮހޮޅަތަކުގައި އެލްވްސްމެން ދިރިއުޅޭ. ކީއްވެ ތިހާ ޝައުގުވެރިވަނީ؟ އިންސާނުންގެ ބައެއް މީހުން އަހަރެމެން އުޅޭކަމަށް ގަބޫލެއްވެސް ނުކުރެއެއްނު........"ސެފްރަންއަށް މަޖާވި ނަމަވެސް މޫނުމަތިން ދައްކައިގެން ހުރީ ސީރިޔަސްކަމެވެ. ބަލައިލި މީހަކަށް ސީރިޔަސް ބޮޑާމީހެކޭ ހީވެދާނެއެވެ. އާރްޔާއަށްވެސް މެއެވެ. ނަމަވެސް ބޭރުފުށުން ފެންނަ ކުލަވަރަކުން އޭނައަކީ ކޮންކަހަލަ މީހެއްކަމަކަށް ނިންމުމަކީ ގޯހެކެވެ. ސެފްރަންގެ ހަރުކަށި އަދި ސީރިޔަސް ނަޒަރަކީ އޭނަ ބޭރުން ދައްކައިގެން ހުންނަ ކުލަވަރެވެ. އޭނަގެ ހިތުގައި އާރްޔާއަށްޓަކާ އުފެދެމުން ދިޔަ އިހުސާސްތައް ޚާއްސަވަމުންގޮސް ހިތް މަޑުކަފަކޮޅަކަށްވެފައިވެއެވެ. އާރްޔާއަށްޓަކާ މުޅި ދުނިޔެއާއި ހަގުރާމަކުރާ ހިސާބަށް އެ ޖަޒުބާތުތައް އުފަންވެ ބޮޑުވެއްޖެއެވެ.

"އަލާދީން މޫވީ ބެލިން. އޭގައި އުޅޭ ޖީނީ އަކީވެސް އަސްލު ޖިންނިއެއް.. އަދި ބައެއް ފެއަރީޓޭލްތަކުން ޖިންނިން އުޅޭކަން އެނގޭ. އޭޒް މުސްލިމްސް ވީ އާ ސަޕޯސްޑް ޓު ބިލީވް އިންދެމް. އައި މީން ކޮންމެހެން އީމާންވާން ވާޖިބުނުވިޔަސް ގުރުއާންގައި ޖިންނިން އުޅޭކަމަށް އޮތީމަ ގަބޫލުކުރާން ޖެހޭނެ. ސްޕެޝަލީ ފޯ މީ އައި ހޭވް ފަސްޓްހޭންޑް އެކްސްޕީރިއަންސް...." އާރްޔާ ހީލާފައި ކިޔާލިއެވެ.

"ނޫނޭ ނަފްސާނީ ޑޮކްޓަރުން ބުނާނީ ސްކިޒޮފްރީނިއާ އޭ ސައިކޯސިސް އޭ..ކޮންމެވެސް ކަހަލަ ޑިސްއޯޑާއެކޭ.................."

"ސެފް ތިބުނީ ދޮގެއްނޫން. ސްލީޕް ޕެރެލިސިސްވެސް އޭގެ ތެރޭ ހިމެނޭ. ޖާނަލިސްޓަކަށްވާން އަދިވެސް އުއްމީދުކުރަން. އެތައް ފޮތެއް ކިޔާލެވިއްޖެ. ޔުނިވާސިޓީއަކަށް ދިޔަސް އެވަރަށް ފޮތްތައް ބަލާ އިލްމު އުގެނެވޭނެކަމެއް ނޭގޭ. ކަނޑުއަޑީގައި އެހުންނަ ލައިބްރަރީއިން އެތައް ފޮތްތަކެއް ކިން. ވެން އައި ޓްރެވެލް ބެކް ހޯމް ފޮތެއް ލިޔާނަން. އެންމެނާ ހިއްސާކުރާނަން. މިހާރުވެސް އައި ހޭވް އޯލް ދީޒް ވީޑިއޯސް. އޭރުން މި ހުރިހާ ތަޖުރިބާތަކަށް ފިލްމެއްވެސް ކުޅެވިދާނެ. ބުނާނަން ކްރިމްސަން ދެލޯ ހުރި ސްމާޓް ފޮނި ފިރިހެން ޖިންނި ކިންގްއަކާ މެރީވެސް ކުރީމޭ. އެޓްލީސްޓް އެ ފަޚުރު ލިބިއްޖެ. ކޮބާ މިރިއަމް؟ ވަރަށް ޖޭވެފަތަ؟ މޭބީ ޝީލް ބާން މީ އެލައިވް. ނޫނީ ދެލޯ ކޮނެގެން ކާލަފާނެ...އެއީ ހަމަ ސަންތި މަރިޔަބު....................................." އާރްޔާ ތުން ފިތައިލިއެވެ.

ސެފްރަން ސީރިޔަސް ނަޒަރަކުން އޭނައަށް ބަލަންފެށިއެވެ.

"ޑިޑް ޔޫ ފޮގޮޓް ސްމައިލް ކުރަން؟ ސީރިޔަސްކޮށް ހީލަން ނޭގޭތަ؟ ކީއްވެ އަބަދު ދެރަވެފައި؟ ރުޅިއައިސްފަ؟ ސެފް ކޮންކަމަކާ ދެރަވާންވީ؟ ޔޫ ހޭވް ދަ ވޯލްޑް އިން ޔޯ ހޭންޑްސް. އިންސާނަކު އެންމެ ބޭނުންވާހާ އެއްޗެއް ސެފްއަށް ލިބިފައި......" އާރްޔާ ދެން ކޮށްލިކަމަކުން ސެފްރަންވެސް ދިޔައި ސިހިގެންނެވެ. އޭނަގެ ކޮލުގައި ހިފަހައްޓާފައި ދެފަރާތަށް ދަމައިލީ ތުންފަތަށް ހިނިތުންވުން ގެންނަން މަސައްކަތްކުރުމުގެ ގޮތުންނެވެ.

ސެފްރަންއަށް ބަލަން ހުރެވުނީއެވެ.

"ވަޓް؟ "ސެފްރަން ކަޅިޖަހާނުލާ ބަލާގޮތުން އާރްޔާ ލަދުގަންނަގޮތްވިއެވެ.

"އަހަންނަށް ނޭގޭ. ދުވަހެއްގެ ކޮޅުންވެސް އާރްޔާ މިތަނުން ހިގައްޖެއްޔާ އަހަރެން ހަދާނީ ކިހިނެއްކަމެއް ވެސް ނޭގޭ. ތިހާ މަޖާ ކުއްޖެއް. އަބަދަށް ތިގޮތަށް ވާހަކަދައްކާ އަޑު އަހަން ހުރެވިދާނެ. އާރްޔާ ބުނީނު ދެރަވާންވީ ކޮންކަމަކާ ހެއްޔޭ؟ އިންސާނުންނަށް ލިބިފައިނުވާފަދަ ބާރުތަކާއި ކުޅަދާނަކަން ލިބިފައިވާކަމަށް އަހަރެން ގަބޫލުކުރަން. އެކަމަކު އަހަރެން ޖިންނިންނާއި ތަފާތުކަމެއްވެސް ހުރޭ. ކީއްވެކަމެއް ނޭގޭ. އިންސާނުން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންގޮސް މެޝިންތަކުގެ އެހީގައި ހުރިހާކަމެއް ކުރާއިރު އަހަރެމެންނަށް ތިބިތާ ތިބެ ބޭނުންކަމެއް ކުރުމުގެ ގާބިލުކަން ލިބިފައިވޭ. އިނގިއްޔަކުން ޖަހައިލި ނަމަވެސް ކާށްޓެއް ފަޅައިލެވިދާނެ. ނަމަވެސް މިއިން ބާރަކުން ހިތަކަށް އުފަލެއް ނުލިބޭ. ސަމްތިން އިޒް މިސިން........" ސެފްރަން ފުންނޭވައެއް ދޫކޮށްލުމަށްފަހު އެނދުގައި އިށީދެއްޖެއެވެ.

"ވާހަކައެއް ކިޔައިދީފާނަންތަ؟ "

"ކޮންކަހަލަ؟" އާރްޔާ ހައިރާންވިއެވެ. ސެފްރަން ހާދަ ތަފާތެވެ. ޖިންނިންވެސް ވާހަކައަށް ލޯބިކުރަނީހެއްޔެވެ؟

"މިސާލަކަށް އަލާދީން...."

އާރްޔާ އަލިފާންއަންދާ ތަނުގެ ކުރިމަތީގައި ކުޝަންތައް ޖައްސާލުމަށްފަހު އަރާމުގައި ޖައްސައިލިއިރު ސެފްރަންވެސް އެއްފަރާތުގައި އިށީނެވެ. އަލިފާނުގެ މަޑު އޮރެންޖްކުލަ އެޅުމުން ލޯ ވިދާގޮތް ނިކަން ޗާލެވެ. ތުންފަތަށްވެސް އަރާފައި ހުރީ ގަދަ އޮރެންޖުކުލައެކެވެ. ކިތަންމެ ގިނައިރުވަންދެން އެރީތިކަމަށް ބަލަން އިނަސް އިންސާނަކު ފޫއްސެއްނުވާނެއެވެ. ސެފްރަންއަށްވެސް ވީ ހަމަ އެވަރެވެ. އާރްޔާއަށް ބަލަން އިނދެވުނުއިރު ދުނިޔޭގެ އެހެން ޚިޔާލެއް ނެތެވެ.

"ސެފް......ހިނގާ ސްޓޯރީ ފަށަމާ...." އާރްޔާގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތްތިލަ އަލިފާނަށް ދިއްކޮށްލުމަށްފަހު އާރްޔާ ވާހަކައެއް ކިޔައިދޭންފެށިއެވެ.

ކައިވެނީގެ ފުރަތަމަ ރޭ މިގޮތަށް ވާހަކަދެއްކުމުގައި ހޭދަކުރާނީ ކިތައް ދެމަފިރިންކަމެއް ނޭގެއެވެ. ސެފްރަންއާއި އާރްޔާގެ މައުސޫމްކަމާއި ހިތުގެ ސާފުކަމާއެކު އަމިއްލަ ހިތުގައި އެކަކު އަނެކަކަށްޓަކާ އުފެދިފައިވާ އިހުސާސްތައް ރޭކާ ނުލިކަމުގައިވިޔަސް ދެމީހުންނަށް އެނގުނީ އެންމެ ކަމެކެވެ. އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރަން ބޭނުންވާކަމެވެ. އެކަކު އަނެކަކަށް ބަލަން ތިބުމުން ހިތަށް ލިބޭ އުފާތައް އެހެން ކަމަކުން ނުހޯދޭކަމެވެ. ވާހަކަދެއްކުމުން ހިތަށް ހަމަޖެހުން ލިބޭކަމެވެ.

ފަތިސް ނަމާދަށް ހޭލެވުނުއިރު އޭނައޮތީ ނިކަން އަރާމުކޮށް ރަޖާތެރޭ ފޮރުވިގެންނެވެ. އޭރުވެސް އަލިފާން އާސްތާނުގައި އަނދަމުންދާ ހުޅުގެ ލުއި އަޑު ކޮޓަރިތެރޭ މިއުޒިކެއްފަދައިން ނަނާއެއް އަޅުވާފައެވެ. ގައިމަތީގައި އޮތް ލިނެން ރަޖާގައި ރަނާއި މުށިކުލައިގެ އެކި ޝޭޑްތަކުން ކުލަގުޅުވާފައި ރިހި ބަރަންޏަކުން އަތްކަން އަޅާފައިވާލެއް އެހާ ނަލައެވެ. އޭނަ އެނދަށް އެރި ހަދާނެއް އަދި ރަޖާ އެޅި ހަދާނެއްވެސް ނުވިއެވެ. އޭނަ އެނދަށް ލީ މީހަކީ ސެފްރަންބާވައެވެ.

ތެދުވެ ނަމާދުކޮށްލައިގެން މުސައްލަމަތީ ދެއަތް އުފުލާލައިގެން އިނދެ ދުޢާކުރަންފެށިއެވެ.

"ޔާ ﷲ. ތެންކިއު ފޯ އެވްރީތިންގް ޔޫ ގިވް. އޯލް ދަ ބްލެސިންގްސް. ޔާﷲ މިއުފާވެރިކަން ދެއްވިފަދައިން މިއަޅާގެ އާއިލާއާއި ބައްދަލުވުމަށް އިރާދަކުރައްވާދޭވެ. އޯލްމައިޓީ. ޕްލީޒް ގްރޭންޓް މީ އޯލް މައި ވިޝެސް. ޕްލީޒް ކީޕް މައި ފެމިލީ އެންޑް ސެފްރަން ހެޕީ...ޕްލީޒް ޑޯންޓް ލީވް މީ އެލޯން ފޯ އީވެން އެ ސެކަންޑް...ވިދްއައުޓް ޔޫ އައިމް ނަތިން. އިފް ޔޫ ލީވް މީ އައި ވިލް ބީ އެ ލޫޒާ.........." އާރްޔާ ފާތިހާ ސޫރަތް ކިޔަވާލުމަށްފަހު މޫނުގައި ފިރުމައިލިއެވެ. ނަމާދާއި ޒިކުރު ކުރުމުން ހިތަށް ބަޔާންނުކުުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

އާރްޔާއަށް ރޭ ކޮޓަރި ހާވާލާނެ ފުރުސަތެއް ނުލިބުނެވެ. އަލަމާރިތަކާއި ވަތްގަނޑުތަކަށް ދާންދެން ބަލައިލާހިތުން ނުހުރެވިގެން ހުޅުވާލުމާއެކު އަލަމާރީގައި އަޅުވާފައި ހުރި ހެދުންތައް ފެނި ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އެންމެ މޮޅު ފަށުވިފޮތީގެ މަޑު ހެދުންތަކުން ފެށިގެން ކެހެރި ހެދުންތަކާއި ބޫޓުތައް އަދި ޖެކެޓްތައް ތަރުތީބުން އަތުރާފައެވެ. އަންހެންކުއްޖަކަށް ބޭނުންވާހާ ފުރިހަމައަށް ސެފްރަން އޭނައަށްޓަކާ މި ގަނޑުވަރު ތައްޔާރުކޮށްދީފައިވާކަމަށްޓަކާ ހިތުގެ އަޑިން ޝުކުރުވެރިވިއެވެ.

ވަތްގަނޑުތައް ހުޅުވަމުންގޮސް ސެފްރަންގެ އެއްޗެހި އަޅާފައި ހުރި ތަން ފެނުމުން އާރްޔާގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އޭނަ ސެފްރަންއަށް ދިން ހާ ހަދިޔާތައް އޭގެ ތެރޭވިއެވެ. ތަސްވީރުތަކުން ފެށިގެން ވަލުތެރޭފޮޅިފައި ހުރި މާތައް ހިކިފައި ހުއްޓެވެ. ޖަޒުބާތުގައި ޖެހި އާރްޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

ވަތްގަނޑު ލައްޕާލާފައި ތެދުވެ ހިންދެމިލިތަނާ ކުރިމަތިން ސެފްރަން ފައުޅުވުމުން ސިހޭގޮތްވިއެވެ.

"ޕްލީޒް ޑޯން ޑޫ ދެޓް. މިނި ހާޓްއެޓޭކެއް ޖެހިއްޖެ..." އާރްޔާ މޭގައި އަތްއެޅިއެވެ.

ހަގީގަތުގައި އޭނަގެ ހިތަށް އެނގުން ވެލީ އަދި ސިހިގެނެއް ނޫނެވެ. ސެފްރަން ގެ މޫނަށް ބަލާލާފައެވެ. ހާދަ ތާޒާވެގެންނެވެ. އިސްތަށިގަނޑުގައި ތެތްކަން ހުރިއިރު ހުޅިއެއްޖަހާފައެވެ. އެވަރުންވެސް ފިރިހެންކަން އިންތިހާއެވެ. ރަންކުލަ އަރާ ފިޔަގަނޑު ކުރިން ހުރިވަރަށް ދިގުވެއްޖެއެވެ. ކޮންމެ ސިފައެއްވެސް ހާދަ ނާދިރެވެ.

"ސޮރީ...." ސެފްރަން ދެންމެ ދެންމެ ހީލާނެހެން ހީވިޔަސް ކުއްލިއަކަށް ނިތަށް ރޫގިނަވެއްޖެއެވެ. ހީލުމަކީ އޭނައާއި ބީރައްޓެހި ސިފައެކެވެ.

"ކޮންތާކުން މިހާ ފަތިހު އައީ؟ އައި ވޯޒް ވޮރީޑް.."

"މިސްކިތަށް ދިޔައީ...." ސެފްރަން ބުނެލިއެވެ.

"އާރްޔާ. އަހަރެން ދާންވެއްޖެ. ކަމެއް ބޭނުމިއްޔާ ސޯރާމެން މެދުވެރިކޮށް ގާޑުންނަށް އަންގާ. ވަގުތުން އަހަރެން އަންނާނަން. ޒިންމާބޮޑު ވަޒީފާއެއްގައި ހުރީމަ ބޭނުންވިޔަސް ހިތްއެދުނަސް އަދި އަބަދާއަބަދު ގާތުގައި ނުހުރެވޭނެ. ވަރަށް މިސްވާނެ އިނގޭ..." ސެފްރަން އާރްޔާގެ ކޯތާފަތުގައި އިނގިލިތަކުން ކިރިޔާ ބީހިލިކަމެވެ. އެހާވެސް ލުއި ބީހުމެކެވެ. މަލެއްގެ ފިޔައެއްގައި ފިރުމާނެހާ މަޑުންނެވެ.

"ކަމް ބެކް ސޫން. މޭ ﷲ ޕްރޮޓެކްޓް ޔޫ......" އާރްޔާ ކުޑަކޮށް ރަކިވާގޮތްވިއެވެ. ބައެއްފަހަރު ސެފްރަންކޮށްލާ އެފަދަ ކަންތައްތަކުން ކުޑަ އާރްޔާގެ ޒުވާންކަން ހޭލައްވާލައެވެ. ލަދުވެތިކަމަކީ އާރްޔާ ކުރިން ދަންނަކަމެއް ނޫނެވެ.

ސެފްރަން އިރުކޮޅެއްވާންދެެން ބަލަން ހުރުމަށްފަހު ދެވަނަ ސިކުންތުކޮޅު ތެރޭ ވިދުވަރެއްހެން ގޮސް ދޮރާއި ނިވައިވެލިއެވެ. ޖިންނީންގެ ދުނިޔޭގައި އުޅެ އުޅެ ޖިންނީންގެ ބާރުތަކަށް އޭނަ ކޮންމެވެސް ވަރަކަށް ހޭނިފައިވެއެވެ. ކުއްލިއަކަށް ފައުޅުވުމާއި އަމިއްލަ ޒާތުގައި ހުޅުވޭ ދޮރާއި ނިވިދިއްލޭ ބައްތިތަކާއި މީހަކު ނުފެނި ކުޝަންތަކާއި އެއްޗެހި ހެލުންފަދަ ކަންތައްތަކެވެ.


***

ސެފްރަންއާއި އާރްޔާގެ ކައިވެނީގެ ޚަބަރު ލިބުމުން ގަންދީޝާ އަރައިގަތް ރުޅިގަނޑުގައި ސެފްރަންގެ ބޯ ހަށިގަނޑާއި ވަކިކޮށްލަން ހިތަށް އެރިއެވެ. އަމިއްލަ ދަރިއެއްފަދައިން ބަލާބޮޑުކޮށް ރަސްކަން ދިނުމުން އޭނަގެ އަންހެން ދަރިފުޅަށް ބޭވަފާތެރިވެއްޖެއެވެ. މިރިއަމްގެ މަގާމަށް އެހެން އަންހެނަކު ގެނެސްފިއެވެ. މިއީ އޭނަގެ ހޭ ހުރެގެން ގަބޫލުކުރެވޭނެކަމެއް ނޫނެވެ. މިރިއަމްވެސް ރޮއިރޮއި ހާލު ދެރަވަނީއެވެ. އަނެއްކޮޅުން މައުސޫމް ކެންޝިންވެސް މަންމަގެ ހިތާމައިގާ ބައިވެރިވެ ބައްޕަ އެ ގަނޑުވަރަށް ނައިސްގެން މޮޅިވެރިކަމުގައެވެ. އެ އާއިލާ ރޫޅުމުގެ އަސްލަކީ އެ ކުޑަ ކުޑައިންސި ކުއްޖާއެވެ.

ހަދާނެގޮތަކާއިމެދު މަޝްވަރާކޮށްލަން ގަންދީޝާ އޭނަގެ އާ އެކުވެރިޔާ ޒުއްނޫރީންއާއި ބައްދަލުކުރިއެވެ. އެ ބައްދަލުވުމަށް ކާރލީންއަށްވެސް ދައުވަތު ދިނެވެ. އެންމެން މަޝްވަރާ ކުރަން ތިބީ ޒުއްނޫރީންގެ ގަނޑުވަރުގައެވެ. ޖާރިޔާއިންތައް ފަންކާ ހިފައިގެން ވިހެދޭން ތިބީ ނިކަން އަދަބުވެރިވެފައެވެ. ކިރިޔާ ކުށެއް ކުރެވުނަސް ޒުއްނޫރީންގެ ފަރާތުން ލިބިދާނެ ބިރުވެރި އަދަބަކަށް އެކުދިން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ސިޔާސީ ވާހަކަތައް ދައްކާންވުމުން ޒުއްނޫރީންގެ އަތުގެ އިޝާރާތަށް އެކުދިން ދުރަށް ދިޔުމުން ތިން ޖިންނިން އެކަނިވިއެވެ.

ސެފްރަން ރަސްކަމުން ޣަޒުލް ކުރަން ވާހަކަދައްކަން ތިއްބާ ކާރމަން ފައުޅުވުމުން އެންމެންގެ ލޯތައް އޭނައަށް ހުއްޓުނެވެ. ޒުއްނޫރީން ޖާރިޔާއަކަށް އަމުރުކުރުމުން ޝަރުބަތާއި އިތުރު ސާމާނު ގެނެސް ސުފުރުާ ފުރާލައިފިއެވެ.

"ކާރމަން. ދަރިފުޅު އަމިއްލަ ހައްގެއް ހޯދަން މަސައްކަތްނުކޮށް ހިމޭންކަމުގައި އުމުރު ދުއްވާލަން ތިއުޅޭ ސަަބަބެއް މަންމައަކަށް ނޭގޭ...."

"ވެރިކަމާއި އާރާއި ބާރާއި ހެދި އާއިލާއާއި އެކުވެރިން އަދި މުސްލިމް އަޚުންނާއި ހަގުރާމަކުރުމަށްވުރެ ނިކަމެތްޗެއްގެ ގޮތުގައި ހުއްޓަސް މާ ހިތަށް ފަސޭހަވާނެ. އަޅުގަނޑު މަގާމެއް ބޭނުމެއްނޫން. މާތްﷲ ގެ ހަޟުރަތަށް ދާން ޖެހޭއިރު ރަސްކަމުގެ ތަޚުތުން ކުރާނެ ފައިދާއެއް ނޯންނާނެ. ވެރިކަމުގެ ދަހިވެތިކަމުގައި ދުނިޔޭގެ އުފަލަށް ޣަރަގުވެފައި ތިއްބާ މަރުވެދާނެ....." ކާރމަން އިނީ ނިކަން ހަމަޖެހިލައިގެންނެވެ.

އެހިތުގައި މިރިއަމްއަށްޓަކާ އުފެދުނު ތެދުވެރި ލޯބިވެސް އޭނަވަނީ ވަޅުލާފައެވެ. ހިތް ޒަޚަމްވެ ހަލާކުވާއިރުވެސް އޭނަ ބޭރުފުށުން އެކަމެއް ނުދައްކައެވެ. އޭނަ ހެއްދެވި ފަރާތަށް ބިރުގަނެއެވެ. ކުރެވުނު ފާފައިގެ ސަބަބުން އޭނަ އެތައް ފަހަރު ތައުބާވެއްޖެއެވެ.

"ނޫން ކާރމަން. ކޮއްކޮ ތި ވިސްނަނީ ރަގަޅަކަށް ނޫން. އެހެންނޫނަސް އަޒްކީލް ނިޔާވުމަށްފަހު ވެރިކަމަށް އެރީ ހައްގު ފަރާތެއް ނޫން. އެއަށްވުރެ އެލިއަސް ނޫނީ މާކިއަން އަށް ތަޚުތު ހައްގު. އެހެން ނަސްލެއްގެ ޖިންނިއެއް އަހަރެމެންގެ ތެރޭ ވެރިކަން ކުރާކަށް އަހަރެމެން ގަބޫލެއް ނޫން......." ކާރލީން ހަރުކަށިކޮށް ބުނެލިއެވެ.

"އަހަރެންގެ ފުރާނަ ގުރުބާންކޮށްގެންވެސް މަގޭ ދަރި ކާރމަންއަށް ރަސްކަން ހޯދައިދޭނަން. ކާރމަންގެ ބައްޕަގެ ހައްގުގާ. ބައްޕަގެ ފުރާނައަށް ހަމަޖެހުމެއް ލިބޭނީވެސް ދަރިފުޅު ވެރިކަމަށް އެރީމަ. ބަޣާވާތްކޮށްފައި ވެރިކަން ވައްޓާލާ.." ޒުއްނޫރީން އަމުރުކުރިއެވެ.

"މަންމާ ހެޔޮނުވާނެ ހުއްޓާލާ..." ކާރމަންގެ ދެލޮލުން އަލިފާން ކަނި ބުރާލުމާއެކު އޭނަ ތެދުވެއްޖެއެވެ.

"ކާރމަން....." ޒުއްނޫރީން ރުޅި ގަދަވިއެވެ.

"އެންމެ ފަހު ނޭވައާއިޖެހެން ދެން ރަސްކަން ދެމެހެއްޓުމަކީ އަޅުގަނޑުގެ ވާޖިބެއް. އެ ކޮންމެ ފަރާތެއް ހުއްޓަސް ހެޔޮ........." ކާރމަން ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"މި މޮޔަ ކުއްޖާ މަ ހަމަޔަކަށް އަޅުވާލާނަން...." ކާރލީން ބުނެލިއެވެ.

"ސެފްރަންއަށް ކުޑަ ގެއްލުމެއްވިޔަސް އެކަމުގެ ޒިންމާ ބޭބެ އުފުލަން ޖެހޭނެ...." ކާރމަން އަނެއް ފަރާތަށް އެނބުރުނު އިރު އޭނަގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެހެން މީހުންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟އޭނަގެ އިހުސާސްތަކަށް ގަދަރުނުކުރާނީ ހެއްޔެވެ؟ ސޯލިހު ދަރިއެއްގެ ގޮތުގައި އޭނަ ހުރުމަށް މަންމަ ނޭދެނީ ކީއްވެބާވައެވެ.

"ދެން؟ މަށާއި ހަގުރާމަކުރާނީތަ؟ އެއްބަނޑު ބޭބެއަށްވުރެ އެއް ފިޔަގަނޑުލީ ޝައިތާންއަކަށް ހެޔޮއެދެނީ. އައިބެއް ހުރި ޖިންނިއެއް ވީމަ އާއިލާއިންވެސް އެއްލައިލީ. އެކަމަކު ވެރިކަމާއިހެދި މޮޔަވެގެން އަަޒްކީލް ދުނިޔެއާއި ވަކިކޮށްލައިފި. އެވަރުންވެސް އޭނަ ދިފާއުކުރަން ޖެހޭ ދޯ މޮޔަ ކުއްޖާ................................" ކާރލީންގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެގަތެެވެ. "ކާރމަން އަހަރެން އެކަންޏެއް ނޫން. އެލިއަސް އާއި ބޮޑުވަޒީރު އަދިވެސް ކިތަންމެ ޖިންނިނެއް ސެފްރަން ރަސްކަމުގައި ހުރުމާ ދެކޮޅު..."

ކާރމަން އިތުރު ވާހަކަ އަޑުއަހަން މަޑުނުކޮށް އެތަނުން ޣައިބުވެ ލޯތަކަށް ގެއްލުނެވެ.

***

ސެފްރަން ޒޭބްގެ ގަނޑުވަރާއި އަރާ ހަމަވީއިރު އެތެރޭގައި އުޅުނީ ޒޭބް އެކަނި ނޫންކަން އެނގުނެވެ. ނަމަވެސް ފެންޑާއަށް ނުކުތީ ޒޭބް އެކަނިއެވެ. ސެފްރަން ފެނުމާއެކު ޒޭބް ކަޅި އަޅާލަމުން ހަޅޭއްލަވައިގަތެވެ.

"ކަލޭ ތިއައީ ކީއްކުރަން؟ އަޒްކީލް ނައްތާލާފައި އެވަރުން ނުފުދިގެން އެންމެން މަރައިލަންތަ؟ "

"ނޫން މިއައީ މުހިއްމު ވާހަކައެއް ބުނަން...." ސެފްރަންގެ އަޑުގައި ސީރިއަސްކަމެއް ވިއެވެ. އޭނަ ހުރީ ލޮލާއި ގުޅޭގޮތަށް ރަތްކުލައިގެ ދިގު ކޯޓެއްލާފައެވެ. އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައިވާއިރު ޝަޚުސިއްޔަތު ވަރުގަދަކަމުން އެންމެން ޖެހިލުންވާފަަ ގޮތެއް މޫނުގައި ހުއްޓެވެ. ބިޔަކަމުން ޒޭބްވެސް ވީ ކުޑަކަމުގައެވެ.

(ނުނިމޭ...)

ކޮމެންޓް 0