"މަގޭ ކްއީންއާއި އެކަހަލަ ވަޒީފާއެއް ހަވާލު ކުރާނެތަ؟ އެކަމަކު އެނގޭތަ ތީ މަގޭ ހިތުގެ ކައްޕިތާން. އާރްޔާގެ ސަބަބުން އަހަންނަށް ހުރިހާ އުފާތަކެއް ލިބިއްޖެ. އިތުރު އެއްޗެއް ދުނިޔެއަކުން ބޭނުމެއްނޫން......" ސެފްރަން އާރްޔާގެ މޫނުގައި އިނގިލި ޖައްސައިލިއެވެ. "ސޯ ސޮފްޓް. ބިރުގަނޭ އަތްލާން. ހާޓް ކުރެވިދާނެތީ......"
"މޭބީ ނޮޓް އޭޒް ސްޓްރޯން އޭޒް ޔޫ އެކަމަކު ސެފް ހީކުރާފަދަ ވީކްލިން އެއް ނޫނޭ....." އާރްޔާ ހީގަތެވެ.
"އޯކޭ މައި ސްޓްރޯންގް ސޯލްޖާ. ތިކަން ޔަގީންކޮށްލަން ރެސްލިން މެޗެއް ބާއްވާނީ. އެކަމަކު އިހަށް ތީރު ޖަހަން އަދި ކަނޑި ހަގުރާމަ ދަސްކޮށްދޭން އެބަޖެހޭ....." ސެފްރަން އެއް ލޯ މަރައިލިއެވެ.
"ޔެސް މައި ލޯޑް...." އާރްޔާ ހިނިތުންވެލިއެވެ. އަޅި ދެލޮލުން ދުވަހަކު ނުފެންނަ ފަދަ ވިދުމަކާއި އުފާވެރިކަމެއް ފެންނާން ހުއްޓެވެ. އެ ފިލާވަޅުތަކާއި އާރްޔާ އެންމެ ގަޔާވީ ސެފްރަންއާއި މާ ގާތްކޮށް އުޅެވުނީމައެވެ. އުފަލުން ހިތް ބަންޑުންވެ ފުރޭހާވިއެވެ. ފުދޭވަރަކަށް ތަމްރީނު ހެދުމަށްފަހު އަމާޒުފަތްގަނޑަށް ދުނިޖަހަން އާރްޔާއަށް ދަސްވިއެވެ.
ސެފްރަން އޭނަގެ ލޮލަށް އިޝާރާތްކޮށްލިއެވެ.
"ނޯ ނޯ އައި ކާންޓް ސެފް. ނުކެރޭނެ......."އާރްޔާ ތުން ފިތައިލިއެވެ.
"އޭރުން ފާސްވީކަމުގައި ބެލެވޭނީ. ހާސްނުވޭ މަގޭ ކުޑަ ކުޑަ ރޯޒް. ކަޅީގައި ޖެހުމުގެ ކުރިން އަހަރެން ދުނީގައި ހިފާނަން. ޑޯންޓް ފޮގެޓް. ޔޯ ހަޒްބެންޑް އިޒް ނޮޓް ހިއުމަން...." ސެފްރަން ބުމަ އަރުވައިލިއެވެ. "ލުކް އާރްޔާ ލަވް. މި ހިލަގަނޑު ފަޅައިލަންވެސް ފުރޯއަކަށް ބޭނުމެއްނުވޭ.. މިގަސްތައް މޫގަނޑާއިއެކު އުފުރައިލުމަކީ ނޭވާލުން ހާ ފަސޭހަކަމެއް...................."
ސެފްރަން އަތުން ޖެހީނުން ހިލަގަނޑު ދެފަޅިއަށްވެ ދެފަރާތަށް ވެއްޓުނުތަން ބަލަންހުރި އާރްޔާގެ އަނގަ ހުޅުވުނެވެ. ޖިންނީން އެހާ ފަސޭހައިން މަރުނުވާނެކަމަށްބުނެ ސެފްރަންގެ ފަރާތުން ލެކްޗަރެއް އަޑުއަހަން ޖެހުމުން އެންމެ ފަހުން އާރްޔާ އެތައް ފަހަރު ފުންނޭވައެއް ލާފައި ބާރަށް ބިސްމި ކިޔެވެ. އެއަށްފަހު ރުވާލި ދުނިދަނޑި ވައިކަފާލާފައި ދިޔަލެއް ބާރުކަމާއެކުވެސް ސެފްރަން އޭގައި ހިފިއެވެ. ވެމްޕަޔަރަކަށްވުރެެވެސް ދުވެލި އަވަހެވެ.
"މާޝާﷲ މަގޭ ސުޕަރމޭން. ސެފްއަށް މިފަދަ ބާރުތައް ދެއްވި ފަރާތަށް ހަމްދުކުރަން... މަސްޓް ބީ ނައިސް ބޭނުން ހުރިހާ ކަމެއް ވާތީ. ސެފް އަށް ނުކުރެވޭ އެއްވެސް ކަމެއް އޮވޭތަ؟" އާރްޔާ ސެފްރަންގެ ގައިގާ ފަހަތުން ބައްދައިލަމުން ލެދާ ކޯޓުގެ ފޭރާމުގައި މޫނު ޖައްސައިލަމުން ލޯމަރައިލިއެވެ. ލެދާއާއެކު އެހުންނަ މަސްކުފަދަ ވަސް އާރްޔާގެ ސިކުނޑިއަށް އަރާމުކަމެއް ލިއްބާދިނެވެ.
ސެފްރަން އޭނަގެ މޭމަތީގައި އަޅުވާލައިގެން ހުރި ނާޒުކް އަތްމަތީގައި އަތް ބާއްވައިލިއެވެ. ލުއިކޮށެވެ. އޮޅިގެން ވިޔަސް އޭނަގެ ފުރިހަމަ ބާރު ދެއްކިއްޖެއްޔާ ބިއްލޫރި ބުދެއްފަދައިން އާރްޔާ މުގުރިގެން ހިނގައިދާނެއެވެ. އަބަދުވެސް އޭނަގެ ސިކުނޑި ހަދާންކޮށްދީ ހިތް ބިރުގަންނުވަނީ އޭނަ އިންސާނެއް ނޫންކަން ވިސްނާދީފައެވެ. އިރުކޮޅެއްވާންދެން ހިމޭންކަމާއެކު އެގާތްކަމުން ހިތަށް އުފާހޯދަން ތިބެފައި ސެފްރަން އޭނައާއި ކުރިމަތިވާގޮތަށް އާރްޔާ އަނބުރައިލިއެވެ.
"ސީރިޔަސްލީ ވެމްޕަޔަ ޑައިރީސްކަހަލަ ސީރީޒްތައް ބަލާފައި ފެންޓެސީ ކަމަށް އޭރު ޔަގީންކުރީ. ގުރުއާންގައި ޖިންނީންގެ ވާހަކަ އޮތީމަ މުސްލިމެއް ވެއްޖެއްޔާ އެކަން ގަބޫލުކުރާނެ. ޖިންނިން އުޅޭކަން ގަބޫލުކުރާނެ. އެކަމަކު ޖިންނިންނާއެކު އިންސާނަކު މިގޮތަށް އުޅެފާނެކަމަށް ހީކުރާނީ ކާކު؟ އެކަމަކު..ދޯ މައި ހަޒްބެންޑް އިޒް އެ ކިންގް. އެ ގޯސްޓް ކިންގް. ހައު އަންބިލީވަބްލް އިޒް ދެޓް..." އާރްޔާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލުމުން ސެފްރަންއަށް އެކުޑަ މޫނުގައި އަތް ޖައްސައިލެވުނެވެ. ރައްކާތެރިކަމާއި ހިމާޔަތްދޭން ބޭނުންވާ ނާޒުކް ބުދެއްފަދަ އަންހެންކުއްޖެކެވެ. ނަމަވެސް އަލިފާނާއި ގަނޑުފެން އެކުވުމުން ވެދާނެ ގޮތަކާއިމެދު ޚިޔާލުކޮށްފައި ފަސްޖެހޭގޮތްވެއެވެ. އަޖުމަ ބަލައިލަންވެސް މިއަށްވުރެ ގުޅުން އެންމެ ފިޔަވަޅެއްވެސް ކުރިއަށް ގެންދަން ނުކެރެނީ އެހެންވެއެވެ. ނަމަވެސް އޭނަ ހެއްދެވިފަރާތަށް ޝުކުރުވެރިވެއެވެ. އެންމެ ލޯބިވާ އަންހެންކުއްޖާ އޭނަގެ އެންމެ ގާތުގައި ހުރުމުން އެލިބޭ އުފާވެރިކަން ބަޔާން ކޮށް ދިނުމަކީ އަމިއްލަ ދުލަށްވެސް ކުޅަދާނަ ކަމެއް ނޫނެވެ. ގާތުގައި އެހެނަސް އެންމެ ދުރުގައެވެ.
"ހަޒްބެންޑް......." ސެފްރަން ހިތިގޮތަކަށް ހީލިއެވެ. އާރްޔާއަކަށް އެބުނީ ކޮން މާނައެއް ކަމެއް ނުވިސްނުނެވެ. ހީލެވުނީ އެ ލަފުޒުން ފޮނި އިހުސާސްތަކެއް ކުރެވިފައެވެ. މުޅި ހަށިގަނޑަށްވެސް ފިނިވެލިއެވެ. ހުރިހާ އެއްޗެއް ގެއްލުމަށްފަހުވެސް އޭނަ އެންމެ ހިތް އެދޭ ޒުވާނާ ހަޔާތުގެ ބައިވެރިޔަކަށް ވެއްޖެއެވެ.
"ދޯ. ސެފް. އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ "
"ބުނޭ ލޯބިވާ ވައިފް. އުޑަށް އަރާދޭށޭ ބުންޏަސް އެކަން ކުރަން މަސައްކަތްކުރާނަން. ގިނި ހިލައަކުން ޖެހި އެނދިޔަސް ހެޔޮކަމަށް މިހެން މިބުނީ ކާބަފައިން އެހުމުން ވައްކަން ކުރަން އޭރު އުޑަށް އަރާ ކަމުގައިވޭ. މިހާރު އެހެން އުޅެފިއްޔާ މަލާއިކަތުންގެ ހަމަލާ އިން ސަލާމަތެއް ނުވެވޭނެ. އޯކޭ މަގޭ ރޯޒް. ބުނެބަލަ. ފުރާނަވެސް ގުރުބާން ކޮށްފާނަން..." ސެފްރަން އާރްޔާގެ ހުދު ހުދު ސްނޯކޮޅެއްފަދަ ކެހެރި ތޮތްޕާއި ކުޅެލަމުން ބަލަން ހުރީ ގުރުބާންވާފަދަ ނަޒަރަކުންނެވެ.
"އަހަރެމެން ސްވިޒަލޭންޑަށް ފެމިލީގާތަށް ދަމާ. ސެފްއަށް މި ތަނުން ނުލިބޭ ލޯތްބާއި އަޅާލުން އަހަރެންގެ ފެމިލީއިން ދޭނެ. ޔޫ ބިލޯންގް ޓު ހިއުމަން ވޯލްޑް. އިންސާނެއްހެން އުޅެވިދާނެ. ސްކޫލްކުދިން ވަރަށް ޖޭވާނެ. އޭރު ވަރަށް އެޑްވަޑް ވެގެން އުޅޭނެ. ސޯ މައި އެޑްވަޑް ފެނުނީމަ ދޭ ވިލް ބީ ޝޮކްޑް.............ހެހެ" އާރްޔާ ބުމަ އަރުވައިލިއެވެ. " ކްރިމްސަން ލޮލާއި ވައިޓް ހެއާ ހުރި ހަޒްބެންޑެއް ލިބުނީމަ އައިމް ޕްރައުޑް. ކޯޒް ނޯ ވަން އެލްސް ހޭޒް ދީޒް ޔުނީކް ފީޗާސް. އިޓްސް އޯސަމް................"
"އިންޝާﷲ. އަޒްކީލްއާއި ރަސްކަން ހަވާލުވެ މިތާގައި އަދުލް އިންސާފު ގާއިމުވީމަ ދާނީ. މާތްﷲއަކީ އަލް އަލީމް އަލް ހަކީމް. ހުރިހާ ނޮލެޖްއަކާއި ވިޒްޑަމްއެއް ވަނީ މާތްﷲގެ. އަހަންނަށް ވެރިކަން ލިބުމާއި އާރްޔާ ހަޔާތަށް އައުމުގެވެސް ހިކުމަތެއްވާނެ. ކޮންމެ ކަމަކަށް ސަބަބެއްވާނެ. ވެރިކަން ދެއްވި ފަރާތް ހަދަން ނައްތާލާފައި އުފަލާއި މަޖަލުގެ ތެރެއަށް ގެނބި އެފަރާތް ހަދާންނައްތާލައިގެންވެސް ނުވާނެ. ވީ އާ ހިއާ ފޯ އެ ޕާޕޯސް. އޭގެ ތެރެއިންވެސް އަހަރެން ބޭނުންވޭ ދީނުގެ ދިފާއުގައި މި ފުރައްސާރަކޮށް އުދަގޫކުރާ ޖިންނިން މައިތިރިކުރަން. ސޯ މަގޭ ލޯބިވާ އަންހެނުން އަހަންނަށް މި ވާޖިބު އަދާކުރިޔަދީ. ކުޑަ ކުޑަ އިންތިޒާރެއް އިނގޭ މަގޭ ރޯޒް." ސެފްރަން ބުނެލިއެވެ. "ހޫމް ދެން އާދެބަލަ އާރްޔާގެ ބާރު ހުރިވަރެއް ބަލައިލަން. އަތާ އަތް ލައްވަމާ....."
"ލެޓްސް ސީ. މަގޭ ޕަވާފުލް ހަޒްބެންޑްގެ ހުރި ފެންވަރެއްވެސް ބަލައިލަން އެބަޖެހޭ............................" އަރްޔާގެ އަތްތިލައާއި ސެފްރަންގެ އަތްތިލަ ގުޅި ލާމެހުނެވެ. ކަފަކޮޅެއްހެން ވާ ސްނޯމަތީގައި ބަންޑުން އޮށޯވެލައިގެން ތިބެ އުޅަބޮށި ސްނޯގަނޑު މަތީ ވިއްދާލުމަށްފަހު އާރްޔާ އެއްލޯ މަރައިލިއެވެ. "ޔޫ އާ އޭޒް ހޮޓް އޭޒް ފަޔާ ސެފް.....ޔޫ އާ މެލްޓިން މީ...."
ސެފްރަން ޖަވާބެއް ނުދީ ކަޅިވެސް ޖަހާނުލާ ބަލަނީ އަރްޔާ ލަދުން މަރުވާވަރަށެވެ.
"ޓެލްމީ އެބައުޓް ޔޯ ފެމިލީ ސެފް..." އާރްޔާ ސެފްރަންގެ މޭމަތީގައި ބޯއަޅައިލަމުން މޫނު ފޮރުވިއެވެ. އޭނަ އަނގަ ކިރިޔާ ހުޅުވައިލިޔަސް އަތްވަށް ވެގެން ހުދުކުލައިގެ ދުންކޮޅެއްހެން ފެތުރިގަނެއެވެ. ފިނިގަދަކަމުގެ އިންތިހާއެވެ.
"އަހަރެންގެ ފެމިލީ ބޭނުންނުވެގެން އެއްލައިލީ. ތެދަށް ބުނަންޏާ މަންމައާއި ބައްޕަގެ ސޫރަވެސް ނުފެނޭ. އެވާހަކަ ނުދައްކަމާ. ޕްލީޒް. އާރްޔާގެ ފެމިލީގެ ހަނދާންތައް ޝެއާކޮށްދީފާނަންތަ. އާއިލާއާއެކު މާ އުފާވެރި މެމޮރީސްތައް ވާނެކަން ޔަގީން......" ސެފްރަންގެ އަޑަށް އައި ބަދަލާއި މޮޅިވެރިވީ ވަރު އަދި ތަބީއަތަށް އައި ބަދަލު ފެނި އާރްޔާގެ ހިތަށް ތަދުވިއެވެ. އެވާހަކަ ނުދެއްކުނު ނަމައެވެ. އާރްޔާ ކޮންމެވެސް ވަރަކަށް އޭނަގެ މައިންބަފައިންނާއި މާމަ ދައްތަމެން އަދި އާރިޒްގެ ވާހަކަ ދެއްކިއެވެ. ބޮޑު ޚާންދާނުގެ އެންމެންގެ ވާހަކަ ދެއްކުން ފަސޭހައެއް ނޫނެވެ. ނަމަވެސް އާރްޔާ ދެއްކީ އަމިއްލަ ކުޑަ އާއިލާގެ ވާހަކަތަކެވެ. އޭރު ސްކޫލަށް ދަމުން ދުވާލާއި ރޭތައް ހޭދަކޮށްލާ ގޮތެވެ. ދައްތަމެންނާއިއެކު ޓްވައިލައިޓްފަދަ ފިލްމުތައް ބަލާ ދުވަސްތަކެވެ. މީރުވެގެން ކައި އުޅުނު އެއްޗެއްސެވެ. ބައިސްކަލް ދުއްވުމާއި ޖެޓްސްކީފަދަ ތަކެތި ދުއްވާ ސްކޭޓްކޮށްވެސް އުޅުނެވެ. ވާހަކަތައްވެސް ކިޔެވެ. ކޭމްޕް ދަތުރުތަކުން ފެށިގެން ސްކޫލްގެ އެކުވެރިންގެ ވާހަކަތައްވެސް ހިއްސާކުރިއެވެ.
"މިހާރު އަހަރެން އަނގަ ވާޅުވާވަރަށް ވާހަކަދެއްކިއްޖެ. ދެން ސެފްގެ ފެމިލީގެ ވާހަކަ ނޫނަސް ސެފްގެ ޕާސްޓާއި މެމޮރީސް ކިޔާދީފާނަންތަ؟ދުނިޔޭގެ އެހެން އެއްވެސް ތަނަކަށް ސެފް ނުދަންތަ؟ " އާރްޔާއަށް އޭރު އޮވެވުނީ ސެފްރަންގެ އުނގުގައި ބޯ އަޅާލައިގެންނެވެ.
ސަމާސާކުރުމާއި ކުދި ކުދި "ފްލާޓް" ކުރުންތަކުގައި ގަޑި ވޭތުވެ ދިޔަގޮތެއްވެސް ނޭގުނެވެ. މެންދުރު ނަމާދު ގަޑި ނުކެޓީ ކިރިޔާއެވެ. އެކަމާ ސެފްރަން ދެރަވިއެވެ. އާރްޔާ މޫނު ރަތްކޮށްލައިގެން ހުރެ ބުނީ އޭނަ ނަމާދު ޗުއްޓީކަމުގައެވެ. ފުރަތަމަ ސެފްރަން ހައިރާންކަމާއެކު ބެލީ އޭނަ ބުނި އެއްޗެއް ފަހުމް ނުވެފައެވެ. ފަހުން ވިސްނުމުން ކުޑަ ކުޑަކޮށް ހީލިއެވެ. އެދެން އާރްޔާ އެހާ ރަކިވާވަރުގެ ބޮޑު މައްސަލައެއް ހެއްޔޭވެސް އެހިއެވެ. ކައިރީގައި އޮތް ކޯރަކުން ވުޟޫކޮށްލައިގެން ސެފްރަން ސްނޯމަތީ ނަމާދުކޮށްގެން ދުޢާކުރަން އިންއިރު އާރްޔާ ގަސްބުޑުމަތީ އިށީދެލައިގެން އިނެވެ. ނަމާދުކުރުމަށްފަހު މިޔޫކީއަށް ސަވާރުވެ ގަނޑުވަރާއި ދިމާލަށް މިސްރާބުޖެހިއެވެ. ލޮލުކޮޅަށް ދާންދެން ބިންގަނޑާއި ފެންނަން ހުރި ހުރިހާތަނެއް ގަނޑުފެނުން ފޭރާން އަޅައިގެންނެވެ. ލޮލަށް ފިނިކަން ލިބޭހާ މަންޒަރު ހިތްގައިމެވެ.
އުޑުމަތީގައި އުދުހޭތަރިތައް ފަދައިން އަލިފާން ގުޅަތައް ގިނަވެފައިވާ ރެއެކެވެ. ޖިންނިން ކޮންމެވެސް ތާކަށް މިސްރާބު ޖަހާފައިވާފަދައެވެ. އެކި ސައިޒްގެ އަލިފާން ގުޅަތަކުގެ ތެރޭގައި ތަންކޮޅެއް އަލިގަދަ އެއްޗެއްސާއި ދުންތަރިއެއް ފަދައިން ދުން ރޮގެއް ލާފައި ތިބި ޖިންނިންވެސް ހިމެނެއެވެ. މިހާ ގިނަ ޖިންނިންތައް އެއްފަހަރާ އުދުހި ވަކި ދިމާލަކަށް މިސްރާބު ޖަހާފައިވާތަން ނުދެކޭތީ އާރްޔާ ކަންބޮޑުވެފައި ސެފްރަންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ސެފްރަންއަށް އެއީ ކާރލީންގެ ލަޝްކަރުކަން ޔަގީންވިއެވެ. އޭނަ މިޔޫކީގެ ދުވެލި ބާރުކޮށްލިއެވެ. ކާރލީންގެ ލަޝްކަރަށް އެދެމީހުން ފެނިގެން ދިމާކޮށްލައިފިއްޔާ އާރްޔާއަށް ގެއްލުމެއް ވެދާނެއެވެ. އާދުއާއި ކާއިންވެސް އަރާހަމަކޮށްލިއެވެ.
"ކިހިނެއް އެވަނީ؟ "
"ސުލްތާން ސެފްރަން. ކަންބޮޑުވާން ޖެހޭ ކަމެއް ނެތް. ކާރލީން ލަޝްކަރު ތަމްރީނު ކުރަން ކައިރީގައި އޮތް ރަށަކަށް ދަނީޔޯ ކާރމަން ބުނި. އެކަމަކު އެންމެން އެކީ ދަމުން ޖެއްސުމެއް ކޮށްފާނެތީ އަޅުގަނޑުމެން ހަމަ އެލާޓުގައި މިތިބީ.." އާދު ބުނެލިއެވެ. އާރްޔާއަށް ފާހަގަވީ ސެފްރަންއަށް އިހުތިރާމް ކުރަން ކަމުގައި ވިޔަސް އެންމެ ފަހަރަކުވެސް އާރްޔާއާއި ދިމާލަށް ސިއްރުންވެސް ބަލައިނުލާ ކަމެވެ. ލަޝްކަރުގެ އެހެން ޖިންނިންނާއި ގަނޑުވަރުގެ ޚާދިމުންވެސް ބެލުން ތިރިކުރެއެވެ. އިންސާނުންނާއި ހާދަ ތަފާތެވެ.
***
"ރުއާނާ ތީ ކިހާ ލަދުހުތުރު ކަމެއްތަ؟ ކިތަންމެ ރުޔަސް ސެފްރަންއާއި ގުޅެން ބޭބެ ހުއްދައެއް ނުދެއްވާނެ. އެއީ ނަހަލާލު ދަރިއެކޭ ކިތައް ފަހަރު ބުނާނީ. ތިކަންތައް ނުހުއްޓައިފިއްޔާ އަހަރެންގެ މި ކަނޑިން ގަތުލުކޮށްލާނަން..." ޒޭބް ރުޅިގަދަވެފައި ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން ހުރެ ޚަންޖަރުގައި އަތް ޖެއްސިއެވެ. ޖިލްވާ ހުރީ އެއްފަރާތުގައި އިސްޖެހިފައެވެ. ސެފްރަން ބައްދަލުކުރަން އެދުމުންވެސް ރުއާނާ ދެކޮޅުހެދިއެވެ. ސެފްރަންގެ ފަރާތުން ނާއުއްމީދީ ޖަވާބެއް އަހަން އޭނަގެ ހިތް ތައްޔާރެއް ނޫނެވެ.
"މާފުކުރައްވާ ބޮޑުދައިތާ ހިތުގެ މައްޗަށް ބާރު ނުފޯރުވެނީ...." ރުއާނާ ކަރުނުން ފުރިފައިވާ ދެލޮލުން ބަލައިލިއެވެ.
"ރަސްކަލެއްގެ ދަރިން ވެއްޖެއްޔާ ހިތްވަރު ގަދަވާނެ. ހިތުގެ މައްޗަށް ގަދަވެގަންނާނެ. އެހެންނޫނަސް އެއީ މީހެއްގެ ފިރިއެކޭ. މީހުންގެ ފިރިންނާއި އަޅައިގެން އުޅެ އަންހެނުންގެ ނަމަށް ހުތުރު އަރުވަން ނަހަދާ. ތި ހަޑި ނުހާވާ. ސެފްރަން މަތިން ހަދާން ނައްތާލާ..." ޒޭބް އަމުރުވެރިގޮތަކަށް އެންގިއެވެ.
"ޖިލްވާ. މިކުއްޖާއަށް ވިސްނައިދީ. ނޫނީ ވާހަކަދައްކާނީ ދުލަކުން ނޫން. ކަނޑިން.." ޒޭބް ވަރުގަދަ އިންޒާރެއް ދީފައި އެތަނުން ނުކުތެވެ.
***
ސެފްރަންއާއި ޒޭބް ދުޝްމިނުންނަށް ވިޔަސް މިހާރު އަވަށްޓެރިންނެވެ. ސެފްރަން އާރްޔާއަށްޓަކާ ބިނާކުރި ގަނޑުވަރާއި ރުއާނާމެން ދިރިއުޅޭ ގަނޑުވަރުވެސް ހުންނަނީ އިންސާނުން ދިރިއުޅޭ ވިލެޖާއި އިންވެގެން އެއް ސަރަހައްދެއްގައެވެ. އަޒްކީލްގެ ގަނޑުވަރުގައި ހިނގި ހަގުރާމައަށްފަހު އެތަން ސުންނާފަތި ވުމާއެކު އިތުރު ހަމަލާތަކެއް އައިސްދާނެތީ ލޫސިއަސް ނިންމީ ޒޭބް ރުއާނާގެ ގަނޑުވަރުގައި ދިރިއުޅުމަށެވެ. އެ ސަރަހައްދު ފިނި މޫސުމްގައިވެސް ކްރިސްމަސް ކާޑެއްހާ ހިތްގައިމެވެ. ފަރުބަދަތަކާއި ޖަންގައްޔާއި ކޯރުތައްވެސް ހުދު ސާލު އޮޅާލައިގެންނެވެ. ފިނި ރެއެއްގައި ފޭލިގޭގައި ނިދަން އާރްޔާ ބޭނުންވެގެން ގަނޑުވަރާއި ތަންކޮޅެއް ދުރުގައި ފޭލިގެއެއް ހަދައިގެން ބޭރުގައި އަލިފާން އަންދާލައިގެން ކާން ތިބީ ތަރިތަކުގެ ހިޔަލުގައެވެ. ކައިނިމިގެން ހޫނު ކޮފީ ބުއިމުން އެހިސާބުގައި ހިފައިލީ ކޮފީގެ ދެވިހިފާ މީރުވަހެވެ.
"އިޓްސް ސޯ ބިއުޓިފުލް އަލިފާނުގެ އަލި އެޅިގެން ވިންގް މިގޮތަށް ދިއްލޭތީ. އަނދިރި ތަންތާވެސް އަލިވޭ. ލަވް އިޓް..އަދި މިހެން ބުންޏަސް ލޯބިވާވަރު އެ އިހުސާސްތައް ބުނެދެވެނީއެއް ނޫން. އެހާވެސް ބޮޑަށް ލޯބިވޭ......" އާރްޔާ ބަލަން އިނީ ގަޔާވާފަދަ ނަޒަރަކުންނެވެ.
"އެއަށްވުރެ ތި ދެލޯ މާ ރީތި. އަޅި ޖަވާހިރު ލޮލުތެރެއަށް ލައިގެން މަގޭ ކްއީން ތިއުޅެނީ. މަށަށް މި ކުއްޖާ ޕްރެޝަސް ވަރު އެނގޭނެނަމަ. އަޅުވާ ކިޔޭނީ ކޯންޗަކާއި. ނަތިން އިން ދިސް ލައިފް. ނަތިން އިން ދިސް ޔުނިވާސް. އެހާވެސް އަގުހުރި.. އެހާ ރީތި މާޝާﷲ. އައި ތޭންކް މައި ލޯޑް ފޯ ގިވިން ޔޫ އޭޒް މައިވައިފް. މައި ބިލަވްޑް. މައި ކްއީން. މައި ހާޓް........" ސެފްރަން ސްނޯމަތީ އުޅަބޮށި ޖައްސާލައިގެން އޮތްއިރު އާރްޔާގެ މޫނުން ނަޒަރު ވަކިކޮށެއްނުލައެވެ. އާރްޔާވެސް އޮތީ ސެފްރަންގާތު އޮށޯވެލައިގެން އެމޫނަށް ބަލާށެވެ. އަދަމުން ދިޔަ އަނގުރު އަލިފާނުގެ އަލި އެޅެމުންދާއިރު ދެ ކުދިންގެ ރީތިކަމާއިމެދު އާޝޯޚުވާވަރުވެއެވެ. އެކަކު އަނެކަކަށް ގެއްލިފައި ތިއްބާ އައި ނައިތަނެއް ނޭގި ސެފްރަންގެ ބުރަކަށްޓާއި ދިމާލަށް ތިރިއަށް އައި ކަނޑިއެއްގެ މިޔައިގެ ދަޅައާއެކު ސެފްރަންއަށް ސިހުން ލިބިފައި ތެދުވެ ބަލައިލެވުނުއިރު ކުރިމަތީގައި ހުރީ ޒޭބްއެވެ. އެހިސާބުން އެހެން ފިޔަގަނޑުތަކެއްގެ އަލިކަން ފެނުމާއެކު އެހެން ބާރުގަދަ ޖިންނިންގެ ހިލަން ވިއެވެ.
ޒޭބްވެސް ހުރީ އޭނަގެ ހަމަލާ ނާކާމިޔާބުކޮށްލަން އެގޮތަށް އައުމުން ރުޅިގަދަވެފައެވެ.
"ގްރރްރރް.." ޒޭބް އުދުއްސައިގަތެވެ.
"ވަޓް ދަ ހެލް..............އޯ މައި ގޯޑް. ޒޭބް އުޅުނީ ކީއްކުރަންތަ؟" އާރްޔާގެ ހިތް ރޯމަހެއް ފެނުން ނެގުމުން ތެޅޭފަދައިން ހަމައެއް ލަމައެއް ނެތި ތެޅިގަތެވެ.
"ޒޭބްގެ ހަމަލާ އެރިނަމަ އަހަރެން މަރުވީސް އެކަމަކު ކޮންމެވެސް ބާރަކުން އެކަން ހުއްޓުވައިފި. އައި ޑޯނޯ. އަހަރެންގެ މީހުނެއް ނޫން.." ސެފްރަން އާރްޔާ ގެނެސް މޭގައި ޖައްސާލައިފިއެވެ. " ނަތިން ވިލް ހެޕެން އިންޝާﷲ މޭ ﷲ ޕްރޮޓެކްޓް ޔޫ އަޖަލު ޖެހުމުން ނޫނީ އެއްވެސް މަޚުލޫގަކަށް ގެއްލުމެއް ނުދެވޭނެ......"
***
ރަސްކަމުގެ ދީވާނުގައި ވަޒީރުންނާއިއެކު މަޝްވަރާތައް ކުރުމަށްފަހު އެކި ނިންމުންތަކުގައި އެތައް އިރެއް ހޭދަކުރުމަށްފަހު ސެފްރަންގެ ދުވާލުގެ ތާވަލް ނިމުނީއެވެ. އާދައިގެ މަތިން ރޭގަނޑު އޭނަ އަޒްކީލްއަށް ޒިޔާރަތްކުރިއެވެ. އެއަށްފަހު އޭނަގެ އެކުވެރި އާދުއާއި ކާއިންއާއެކު ހޮހަޅައިގެ ކައިރީގައި ވާ ސްނޯއިން ފޮރުވިފައިވާ ހިލަތަކެއްގެ މަތީ އިށީދެލައިގެން ތިއްބެވެ.
"އާދު. އަހަންނަށް އެނގޭ. އެންޖެލާ ދެކެ ލޯބިވީވަރު. އެކަމަކު މި މޯޓަލް ވޯލްޑަށް އައުމަކީ އިމްތިހާނެއް. އުފަންވީއްސުރެން ފެށިގެން އިމްތިހާނުތައް އެފެށުނީ. އީމާންތެރިކަން ވަރުގަދަވާވަރަކަށް ދުނިޔޭގެ މުސީބާތްތަކުން ކުރާ އަސަރާއި ހިތާމަތައް ކުޑަވާނެ. ކައިވެންޏަކީ ސުންނަތެއް. ދަރިފަސްކޮޅު އާލާކުރަން ޖެހޭ. ވީމަ އާދުވެސް ތިހެން ނުހުރެ މީހަކާއި ކައިވެނި ކުރޭ. އަހަރެން ބުނާ ކުއްޖަކާއި ކައިވެނިކޮށްފާނަންތަ؟" ސެފްރަން އެހިއެވެ.
ސެފްރަން އެ ބުނި ނަމަކުން އާދު ހައިރާންވެ އަންތަރީސްވެފައި އިރުކޮޅެއްވާންދެން އިނުމަށްފަހު ހޭންފެށިއެވެ. ރުއާނާއަކީ ޒޭބްގެ ބޭބެ ލޫސިއަސް ދަރިއެއްފަދައިން ގެންގުޅޭ އަންހެންކުއްޖެކެވެ. އެހެން ނަސްލެކެވެ. އަދި ސެފްރަންގެ ލޯބީގައި މަރުދަން ޖެހޭ ކުއްޖެކެވެ. ވީއިރު އޭނައަށް އެ ހުށަހެޅުން ގަބޫލުކުރެވޭނެ ހެއްޔެވެ؟ އެހެންނޫނަސް އެންޖެލާއަށްޓަކާ އޭނަގެ ހިތުގައިވާ ލޯބި އެނގޭނެ ހަމައެކަނި ޖިންނިއަކީ ސެފްރަންއެވެ.
"ސެފް ބުނެފިއްޔާ ފުރާނަވެސް ގުރުބާން ކޮށްފާނަން. އެކަމަކު ސުލްތާނުގެ އަމުރަކަށްވިޔަސް ތިކަމެއް ނުވާނެ މާފުކުރޭ....." އާދު ފާޑަކަށް ހީލިއެވެ. އާދުއާއި ކާއިން ކާރމަން އަދި އަޒްކީލްއަކީ އެންމެ ގާތްކޮށް އުޅޭ އެކުވެރިންކަމުގައިވިޔަސް އާދު އަބަދުވެސް ސިއްރުވެރިގޮތެއް ހުންނަކަން އެންމެން ދަނެއެވެ. ދޭތެރެއަކުން ދެތިން ދުވަހަށް ގެއްލިދާނެއެވެ. ބުނާނީ ޑޮމިނޭރިއާއަށް ނޫނީ އެހެން ހިސާބަކަށް އާއިލާ ދެކެން ޖައްސާލަނީ ކަމުގައެވެ.
***
އެކުވެރިންނާއެކު ޝިކާރަކޮށް ކޭމްޕު ކުރުމަކީ ސެފްރަންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ޚާއްސަކޮށް ރޭގަނޑު ޕްރޮގްރާމެއް ނުރާވާ ރެއެއް ނުދާނެއެވެ. ކައިވެންޏަށްފަހު އާރްޔާއަށް ދޭ ސަމާލުކަން ބޮޑުވުމުން އާރްޔާއާއި ވަކިން އުޅުން ދަތިވިޔަސް ގަނޑުވަރު ފެންނަ ހިސާބުގައި ރޭތައް ހޭދަކޮށް ބާބެކިއު ހެދުން ކަހަލަ ކަންތައް ކޮށްލައެވެ. އެރޭ އަސް ދުއްވާލަން ދިޔައީ އާރްޔާވެސް ގޮވައިގެންނެވެ. ކަޅުކަމުން ދެލިކޮޅެއް ފަދައިން ފެންނަ އުޑުގައި އެތައް ހާސް ތަރިތައް ފައުޅުވާން ހުއްޓެވެ. ޕައިން ގަސްތަކުގައި ވައި އަޅުވާލާއިރު ނާނާއެއްފަދައެވެ. ހަތަރު އަސް ސްނޯމަތީގައި މަޑުމަަޑުން ކުރިއަށް ދިޔައިރު މޫނު ފޮރުވައިގެން ތިބި ޒުވާނުންގެ "މިސްޓީރިއަސް" ގޮތެއް ވެއެވެ. ފިނީގެ ސަަބަބުން އާރުްޔާގެ މޫނަށް މަޑު ފިޔާތޮށި ކުލައެއް ވެރިވެފައިވިއެވެ.
" ނިދި އައީތަ؟ ލަވް.." ސެފްރަން އެހިއެވެ. އާދުއާއި ކާއިން ދިހަވަރަކަށް ފޫޓު ކުރީގައި ތިބީ އެދެމީހުންނަށް ފުރުސަތު ދޭންކަން ނޭގެއެވެ.
"ސެފްއާއިއެކު އުޅުނީމަ ނިދަން ހިތަކަށްވެސް ނާރާ. އައިމް މޭކިން މެމޮރީސް. މިފަދަ ރޭތަކެއް ފަހުން ނުފެނި ހިގައިދާނެ. އައިމް އެންޖޯއިން އެވްރީ ލިޓްލް މޯމެންޓް..." އާރްޔާ ސެފްރަންގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.
އަނދިރިކަން ގަދަކޮށް އޮތް ގަސްތަކުގެ ތެރެއިން ކުއްލިއަކަށް ލޯ ތަރަތަރަޖަހައިގެންދާފަދަ އަލިކަމެއް ވެރިވިއެވެ. ކުއްލިއަކަށް އާދުއާއި ކާއިން އެލާޓަށް އައެވެ. ވަގުތުން އަނބުރާލާފައި އައިގޮތަށް ސެފްރަންއާއި ކައިރިވެލިއެވެ.
"ޖިންނިންތަކެއް......"
"ލޫސިއަސްމެންގެ ފެމިލީ ބަޔެއްހެން ހީވޭ...." އާދު ލޯ ހަނިކޮށްލާފައި އިރުކޮޅަކަށް ބަލަން ހުއްޓެވެ. " ވަރަށް ހަލުވި...ކުއްލިއަކަށް އެންމެން އެ ގެއްލުނީ.. ނޫނީ ލޫސިއަސްގެ ލަޝްކަރު. ހުރިހާ ޖިންނިންނަށްވުރެ ބާރުގަދަހެން އެބަ ހީވޭ......"
އާދުގެ ވާހަކަ އިވި ރްޔާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. މިރިއަމްއާއި ޒޭބް ގަންދީޝާފަަދަ އެތައް ދުޝްމިނުންނެއް އޭނައާއި ސެފްރަންގެ ތިބިއިރު އެ ޖިންނިންގެ ފަރާތުން ކުރިމަތިވެދާނެ ބިރުވެރިކަމަކާއިމެދު ސަމާލުވާން އެބަޖެހެއެވެ. އެބުނާ ބާރުގަދަ ލަޝްކަރު އެއައީ ޒޭބްގެ އަމުރަށް ސެފްރަންއާއި ހަގުރާމައަށް ކަމަށް ވެއްޖެއްޔާ ވާނެ ގޮތެއް ދެނެވޮޑިގެންވަނީ މާތްﷲއެވެ. ސެފްރަން ގަސްތަކާއި ދިމާލަށް ބަލަން އިނީ އާދުފަދައިން ލޯ ހަނިކޮށްލައިގެންނެވެ.
"ބާރުގަދަނަމަ ކުރިމައްޗަށް އަންނާނީދޯ. އެއުޅެނީ ފިނޑިންހެން. ސުޕަ ޕަވާހެދިގެން އަޔަސް އަހަރެމެންނަކާ ނުކުޅެވޭނެ.." ސެފްރަން ރުންކުރުގޮތަކަށް ބުނެލިއެވެ. ދާދި ކައިރިން ފިރިހެން ހުނުމުގެ އަޑު އިވިގެންދިޔައީ ސެފްރަންގެ ވާހަކަތަކަށް ޖަވާބެއްހެން ހީވާކަހަލަ ގޮތަކަށެވެ. އެޖުމްލައިން މަޖާވެފައި ހީގަތްފަދައެވެ. އާރްޔާ ބިރުން ހުރެ ސެފްރަންގެ އަތުގައި ހިފައިލުމުން ސެފްރަން ހިތްވަރު ދިނެވެ. ބިރުނުގަތުމަށާއި މާތްﷲއަށް އިތުބާރުކުރުމަށް ބުނެލީ ނިކަން ހަމަޖެހިލާފައެވެ.
***
ރަންކުލައިން ދަޅައަރާ ހެދުމުގެ ފަސްބައި ބޮޑުކޮށް އޮތުމުން ބިންމަތީގައި ކޭއްތިލައެވެ. ޖަވާހިރާއި ޔާގޫތުން އެ ހެދުން ދަޅައަރައެވެ. ރީތިކޮށް މޭކަޕް ކުރުވަން އިސްކޮޅު ސައިޒްގެ ބޮޑު ލޯގަނޑު ކުރިމަތީގައި އާރްޔާ އިންއިރު ސޯރާއާއި ރިފްކާ އަދި ޕަރީ އެކިގޮތްގޮތަށް ދިމާކޮށް ހެދިއެވެ.
"ރަސްދަރިކަނބަލެއް ރީތިވާނީ މިހާވަރަށް. ޖިންނިންތައް މޮޔަވާނެ...." ސޯރާ ތައުރީފުކުރިއެވެ.
"ރީތި އަންހެންކުދިން މިވަރަށް މޭކަޕް ކުރަނީ ކީއްވެތަ؟" ޕަރީ ބަލަން ހުރިއިރު ކަޅި އެޅިފައެވެ.
"ހަމައެކަނި އަހަރެންގެ ފިރިމީހާއަށްޓަކާ މި ރީތިކަން ދައްކަން ބޭނުމީ. މައި ބިއުޓީ އިސް ފޯ ހިމް އޮންލީ.........." އާރްޔާ ތެދުވެ ހިންދެމިލިއެވެ. އޭނަގެ އުމުރުގެ އަންހެންކުއްޖަކަށް ބޭނުންވާނެހާ ހެދުންތަކާއި ބޫޓު އަދި ރީތިވާ ސާމާނަށް ދާންދެން ސެފްރަން ގެނެސްދީފައި އެބަހުއްޓެވެ. މިތާ ހަމައެކަނި މަދީ އޭނަގެ އާއިލާއެވެ. ސެފްރަން އަންނަންވާއިރަށް އޭނަ ހުރީ ރޭގަނޑު ކެއުން ތައްޔާރުކޮށްފައެވެ. ސެފްރަންގެ އިންތިޒާރުގައި ހިތް އަވަސްވެފައިވާ ވަރުން އިރުއިރުކޮޅާ ބާލުޚާނާއިން ބޭރަށް ބަލައިލެވެއެވެ. ދެގަޑި ފާއިތުވެ ދިޔައިރުވެސް ޚަބަރެއް ނުވުމުން ޖެކެޓް ގަޔަށް މަހާލައިގެން ބޭރަށް ނުކުތެވެ.
"ކްއީން އާރްޔާ..." ދަންނަ އަޑެއް އިވުމުން އާރްޔާއަށް އެނބުރި ބަލައިލެވުނެވެ. އެއާއެކު ހެޔަށް ގޮތެއްނުވީ ހަމަ ކިރިޔާއެވެ. ކުރިމަތީގައި މިހިރީ ޒެބްލަންއެވެ. ޒެބްލަން މަރުވީކަމުގައި ޔަގީންކޮށްގެން ހުއްޓާ އެކުއްޖާ ދިރިގެން އައުމަކީ އެކަށީގެންވާކަމެއް ނޫނެވެ.
"ޒެބް..ޒެބްލަން...މަރުވިއެއްނު. ދެން ކިހިނެއް.." އާރްޔާ ފަހަތަށް ޖެހިލިއެވެ.
"ނޫނޭ އަޅުގަނޑު ވަރަށް ބޮޑަށް ޒަޚަމްވި. ނަމަވެސް ގިނަ މުއްދަތަކަށް ބޭސްކޮށްގެން އަޅުގަނޑު ތެދުވެ އުޅެވޭވަރުވީ އަލްހަމްދުލިﷲ. ސުލްތާން ސެފްރަންއާއި އާރްޔާ ކައިވެނިކުރިކަން އެނގުމުން ވަރަށް އުފާވި. ސަބަބަކީ މިހާ ރަގަޅު ރަސްކަލަކާއި މަހާރާނީއެއް އަޅުގަނޑުމެންނަށް ލިބުނީމަ. އަބަދުވެސް އެހީމެއްނު ޒެބްލަން އެންމެ ބޭނުމީ ކޮންކަމެއް ހެއްޔޭ. އޭރު ނުބުނީ އެކަން ނުކުރެވޭނެކަން ޔަގީންވާތީ. މިހާރު ސުލްތާނު އަރިހު ދަންނަވައިގެން އަޅުގަނޑު މިއެދޭ ކަންތައް ކޮށްދެވޭނެކަން ޔަގީން......." ޒެބްލަން އަނދިރީގެ ތެރޭ ހުއްޓިލައިގެން ހުރިއިރު ދެލޯ ދިއްލިފައިވާގޮތުން ބުޅަލެއްފަދައެވެ. އާރްޔާ ނޫން އެހެން އިންސާނަކަށް ފެނުނުނަމަ ހިތަށް ބިރުވެރިކަން ވަންނާނެއެވެ. އިންސާނެއް ނޫންކަން އެނގުމުން ކުރެވޭނެ ބިރުވެރި އިހުސާސް އެނގޭނީ ފެނުނީމައެވެ. އާރްޔާ ހޭނިފައިވިޔަސް ބައެއްފަހަރު ގައިން ހީބިހިނަގާގޮތްވިއެވެ.
"ޖިންނިން އިމޯޓަލްކަން އަހަރެން ހަދާން ނެތުނީ. ސޮރީ ބުނެގެންވާނެ އެއްޗެއް ވެސް ނޫން. އައި މީން ޖިންނިން އެހާ ފަސޭހައިން މަރެއްނުވާނެ. އެ ވާހަކައެއް ނޫނޭ. އެ ނަރަކައެއް ފަދަ ތަނުން އަހަރެން ސަލާމަތްކޮށްދިނީ ޒެބްލަން. އޭގެ ބަދަލު ދޭނެކަމަށް އަހަރެން ވައުދުވިން ދޯ. ބުނޭ. އިރާދަކުރެއްވިއްޔާ އަހަންނަށް ކުރެވޭނެ ކަމެއް ވިއްޔާ އެކަން ކޮށްދޭނަން. އައި ޕްރޮމިސް..." އާރްޔާ ހިނިތުންވެލިއެވެ.
ޒެބްލަން އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. އޭނަ އެ ޖުމްލައިގެ ސިއްރުކަމުން އާރްޔާގެ ކަންފަތަށް ކިރިޔާ ފޯރީއެވެ.
(ނުނިމޭ...)