"ބައެއް ދުވަސްތަކުގައި ނަމާދުކުރާ ހިތް ކެނޑި ދުރުވެވެއެވެ. ތިމާ މާޔޫސްވެ އަދި ހިތާއި ސިކުނޑިވެސް ބަލިކަށިވާ ހިނދުގައެވެ. މިއީ ހަގީގަތުގައި އަޅުކަން ކޮށް ހެއްދެވި ފަރާތަށް ކުއްތަންވާން ޖެހޭ ދުވަސްތަކެވެ. އަޅުކަމަށް އެންމެ ބޭނުންޖެހޭ ދުވަސްތަކެވެ. މިފަދަ ދުވަސްތަކުގައި މާތްﷲގެ ހަޟުރަތަށް ރުކޫއަކޮށް ސަޖިދަކުރުމުގެ ހިތްވަރު ލިބިއްޖެއްޔާ ހަވާ ނަފުސުގެ މައްޗަށް ކުރި ހޯދި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތަށް ކުއްތަންވުމަށް އެޅުނު ފިޔަވަޅަކަށް ވާނެއެވެ. ކޮންމެ ގޮތެއްވިޔަސް ނަމާދުކުރާށެވެ. ނަމާދަށް ހިތް ޖެއްސުމުން ކޮންމެވެސް ދުވަހަކު އެ ހިތް ތިމާ ނަމާދާއި އަޅުކަމަށް ގެންގޮސްދޭނެއެވެ."

***

ތަންކޮޅެއް ދުރުގައި ތިބި ފުލުހުންގެ ދެމީހުން ކަމަރުން ފިސްތޯލަ ނެގިތަން ފެނުނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އޭނައަކީ ކާކުކަން އެންމެންގެ ތެރޭ އިއުލާންކޮށްފި ވިއްޔާއެވެ.

"ހާސްނުވޭ. .ހީ ހޭޒް ޓުރެޓްސް..." އެ ޒުވާނާ ފުލުހުން ގާތު ބުނެލި އަޑުއިވުނެވެ. އެވަރުންވެސް އެމީހުން އައިސް މިލާން ޗެކްކޮށްލިއެވެ. ފުލުހުން މާފަށް އެދިފައި ހިނގައިގަތެވެ. މިލާންގެ ސަލާމަތަށް އައި ޒުވާނާ މާނަވީ ނަޒަރަކުން އޭނައަށް ބަލައިލުމަށްފަހު އޭނަގެ ބިޒިނަސް ކާޑު މިލާންއަށް ދިއްކޮށްލިއެވެ.

"އަހަންނަށް ހީވަނީ އަދި އަހަރެންގެ އެހީއަށް ބޭނުންވެދާނެހެން...." އެ ޒުވާނާގެ ޖުމްލައިގައިވި މާނަ ނޭގިގެން މިލާންވެސް ބުމަ ކައިރިކޮށްލިތަން ފެނުނެވެ. އެ ޒުވާނާ ކާރު ދުއްވާލުމުން މިލާން ނުލަފާ ހިނިގަނޑެއް ޖަހާލާފައި ވަގުތުން އެ ކާޑު ހޫރާލައިފިއެވެ. އަމާޒަށް ވާސިލުވިއެވެ. ދިހަވަރަކަށް ފޫޓު ދުރުގައި ހުރ އަޅިކުލައިގެ ގާބޭޖް ބިން އެއްގެ ތެރެއަށް ޖެހުނެވެ. އެވެސް އެހެންމީހަކު އެއްޗެއް ކާލާފައި ކަރުދާސްތައް އަޅަން ހުޅުވައިލި ދަނޑިވަޅުގައެވެ. ރެއިނާ ގަޒަލްގެ ޕެނިކް ރަގަޅުކުރަން މަސައްކަތްކުރިއިރުވެސް އެދެކުދިންނަށް އެ މަންޒަރުވެސް ފެނި އަނގަ ހުޅުވުނެވެ. މިލާން މިއީ އާދައިގެ އިންސާނެއް ނޫންތާއެވެ. "ރޫޑް"ކަމުގެ މިސާލެއްވެސް މެއެވެ. ތިމާއަށް އެހީވި ޒުވާނަކާއި ދޭތެރޭވެސް އިހާނެތިކޮށް ހަދައިފިއެވެ.

"އަހަރެންގެ ގެއަށް ކަމަނާ ވަޑައިގަތީމަ އަދި މެހުމާންދާރީ އަދާކުރަންވާނެއްނު." މިލާން ގޮނޑި ދުއްވަމުން ގެއާއި ދިމާލަށް ހިނގައިގަތެވެ. ރެއިނާއަށް ގަދަ ހެދޭނެ ވަގުތެއްވެސް ނުލިބުނެވެ. އިރުކޮޅެއްވާންދެން ހުއްޓުން އަރާފައި ހުރެ ފަހަތުން ދުއްވައިގަތެވެ.

"ކައިޔާން ވައިފް ބަލާ އެމެރިކާއަށް ފުރައިފި ދޯ..." މިލާން އެހިއެވެ. "ސޯ މިގޭގައި މިރޭ މަޑުކޮށްލާ...."

"ކައި އަހަރެން މިގެއަށް ބަދަލުވާން ދެކޮޅު ހެދިކަމެއް އެނގެނީ ކިހިނެއް؟ " ގަޒަލް އެހިއެވެ.

"ހަވީރު ތޫފާނެއް އަންނަން އުޅޭކަން އެނގޭތަ؟ މިގަޑީގައި ގެއަށް ދިޔުން ރައްކާތެރިއެއްނުވާނެ. އެއްރޭ މަޑުކުރިޔަސް މާބޮޑުކަމެއް ވާނީއެއްނޫން.. އައި ޕްރޮމިސް އަހަރެން އެއްވެސް ގެއްލުމެއް އަނިޔާއެއް ނުދޭނަން......." މިލާން ވާހަކަދައްކަނީ ނިކަން ރީތިކޮށެވެ. އޭނަގެ ޓުރެޓްސް ދިޔަތަނެއްވެސް ނޭގެއެވެ. އެ ދެ އަންހެން ކުދިންނަށް އަދިވެސް މިލާން ޓުރެޓް ހުރިކަން ޔަގީނެއްނޫނެވެ. ގަބޫލެއްވެސް ނުކުރެވެއެވެ. އަބަދު އެއް ހަރަކާތެއް ނޭގި ކުރެވޭ މީހުންނާއި މިލާން ތަފާތެވެ. އެ ސިންޑްރޯމް ދަންނަ މީހެއް ވެއްޖެއްޔާ ނަކަލުކޮށްފާނެއެވެ.

ހޫނު މޫސުމްގައި ރޭގަނޑު ނުވައެއް ޖަހާއިރުވެސް ބިންގަނޑު އޮންނަނީ އަލިކޮށެވެ. އިރުއޮއްސެނީ އެހާކަން ހާއިރުއެވެ. ތޫފާނީ ދުވަހެއްކަމުން ހަތަރެއް ޖެހިއިރުވެސް ރޭގަނޑެއްފަދައިން އަނދިރިކަން ކައުނު ވަށާލައިފިއެވެ. ދާދި ތިރިން ދަތުރުކުރަމުން އައި ފަރުބަދަފަޅިވަރުގެ މާސިންގާ ވިލާތައް ތޫފާނެއްގެ އިންޒާރު ދިނެވެ. މިގޭގެ ބަގީޗާއަށް ވެރިވެފައިވާ ކަޅުކަމުން ގަޒަލްއަށް އެތަން ފެނުނީ "ހޯންޓެޑް" ތަނެއްހެންނެވެ. ހިތް އަވަސްވިއެވެ. އޭނަ ވަގުތުން ފޯނު ނެގިއެވެ. މަންމަ އެތައް ފަހަރު ގުޅާފައި ހުއްޓެވެ. ގަޒަލް މަންމަ ގާތު ބުނީ އޭނައާއި ރެއިނާ މިލާންގެ ގޭގައި މަޑުކުރަނީ ކަމަށެވެ. މަންމަ ހިތްހަމަނުޖެހޭ ގޮތަކަށް އެއްޗެކޭ ބުނެލާފައިވެސް ހުއްދަދިނެވެ. ރެއިނާ ހުރުމާއެކު ގަޒަލްއަށް އިތުބާރުކުރަނީކަން ނޭގެއެވެ. ނޫނީ މިލާންއަށެވެ.

ފެހިކަންގަދަ ވިނަގަނޑު މަތީގައި ބަހައްޓާފައި ހުރި މޭޒުކައިރީ ގަޒަލްގެ ގޮނޑި ބަހައްޓާފައި އިރުކޮޅެއްނުވަނީސް މިލާން އައީ އައިސްކްރީމް ހިފައިގެންނެވެ. ކުޅުދިޔާވާފަދަ ޖީމިން ބްރޭންޑްގެ އައިސްކްރީމެވެ. އައިސްކްރީމް އަޅާފައި ހުރި ތަށްޓާއި ސަމުސާވެސް ރީތި ޑިޒައިންއަކާ ފާޑުވެރި ކުރެހުމެވެ. ޝާހީ ގަނޑުވަރަކަށް ނިސްބަތްވާފަދައެވެ. ދެކުދިންނަށް އެފަދަ އެއްޗަކަށް ނޫނެކޭ ބުނެވޭނެހެއްޔެވެ؟ ދެކުދިން ކާން އިށީނުމުން މިލާން އެތެރެއަށް ވަންނާން ހިނގައިގަތެވެ.

"މިލާން ހިނގާއިރު ހާދަ ތަފާތޭ. ވަރަށް ރީތި ދޯ..." ރެއިނާ އެނބުރިފައިވެސް މިލާން ނުކުމެގެން ދިޔަ މަންޒަރަށް ބެލިއެވެ.

"ޔަގީން. ކޮންމެވެސް މޮޑެލްއެއް ކޮޕީކުރަނީ..." ގަޒަލްވެސް ނޭފަތް ގުރުޑުކޮށްލިޔަސް އިނދެވުނީ ބަލާށެވެ. ރެއިނާގެ އެބުނުމަށް އޭނަގެ ހިތް އެއްބަސްވިއެވެ.

"ވީއިރު ރީއްޗޭ ތިބުނީ.."ރެއިނާ އުޅުނީ ގަޒަލް ލައްވާ އެއްބަސްކުރުވާށެވެ.

"ކިލަރއަކަށް އެއްވެސް ގޮތަކަށް ތައުރީފުކުރާކަށް ނޭދެން. ރެއިން. މިހާރު އޭނައާއި ރުހެވެންފެށީތަ؟ " ގަޒަލްގެ ހިތަށް ކުއްލިއަކަށް އައި އެއްޗަކުން އައިސްކްރީމް ކެއުން ހުއްޓާލާފައި ރެއިނާގެ މޫނަށް ބަލަންފެށިއެވެ. ރެއިނާއަށް ކައިޔާން ނާކާމިޔާބުވުމުން މިލާންއާއި ހެދި އުޅުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއްނޫނެވެ. ރެއިނާއާއި މިލާން ގުޅިދާނެކަމުގެ ބިރު ކުއްލިއަކަށް ގަޒަލްގެ ހިތަށް ލޮޅުމެއް އަރުވައިފިއެވެ.

"ހޫމް ވެދާނެ...."

"ރެއިނާ..........." ގަޒަލް ހަޅޭއްލަވައިގަތްލެއް ބާރުކަމުން ކަންފަތުގައި އަތް އަޅާ ބާރުކޮށްލިއެވެ. "އަހަރެންގެ ކަންފަތުގެ ތޫރި ހަލާކު އެވީ............"

"ދުވަހަކު މިލާންއަށް ދެން ބަލައިގެން ނުވާނެ. ނޫނީ ރުޅި.." ގަޒަލް ތުން ފިތައިލިއެވެ.

"ސްޓުޕިޑް....." ރެއިނާ ހޭންފެށިއެވެ.

"އެކަމަކު ދުޝްމިނަކު ދިނަސް މި އައިސްކްރީމަށް ނޫނެކޭ ނުބުނެވޭނެ......" ގަޒަލްގެ ތުންފަތުގައި އައިސްކްރީމްގެ އެތިކޮޅެއް ހަރުލާފައި ހުއްޓެވެ. މިލާން އެނބުރި އައީ އޭނަގެ ފްލަފީ ބުޅާ އުރާލައިގެންނެވެ. އެންމެ ނަޒަރަކުން ގަޒަލްގެ ހިތް ބުޅަލަށް ދެވި އާވްއޭ ބުނެލެވުމުން މިލާން ހިނިއައިސްފަ ހުރެ އެސޮރުގެ ނަން ބުނެދިނެވެ. ފްރޮސްޓީ ފެނުމުން ރެއިނާއަށްވެސް އެ ސޮރުދެކެ ލޯބި ވެވިއްޖެއެވެ. މިރަށަށް އައިފަހުން ބުޅާ ފޯބިއާ ކެނޑި ގިނަ ކަންތައްތަކާއި ކުރިމަތިލުމުގެ ހިތްވަރު ލިބިއްޖެއެވެ. މިލާން ގަޒަލްގެ ތުންފަތް ފޮހެލަދިނުމުން ގަޒަލް ލޯ އަޅާލިއެވެ. ރެއިނާ ކުޑަކޮށް ރަކިވެފައި ކަރު ކެހިލިއެވެ. އޭނަ މިތާ އިންކަން ހަދާންކޮށްލަދިނެވެ. މިދެމީހުން އެކަކު އަނެކަކު ދެކެ ނަފްރަތުކުރަމޭ ބުނެފައި ހިތުގައި އެހެން ޝުއޫރުތަކެއްވަނީ ބާވައެވެ. ގަޒަލްއަށްވެސް މިލާންގެ އެ އަމަލުން އުފަލެއް ލިބުނުފަދައެވެ.

***

ހޫނުކަމުން ދޫ ފިހޭވަރުގެ ކޮފީއާއި ކެނެޑިއަން ޕިއްޒާ ގެނުވައިގެން މިލާން މަތީ ބައިގެ ކޮޓަރިއަކަށް ގަޒަލްމެންނަށް ދައުވަތު ދިނެވެ. އެކުދިންވެސް ތިބީ މިކާހްގެ ވާހަކަ ދައްކަންވެގެންނެވެ. މިލާން ބުނީ ތޫފާނެއް އަންނަން އުޅޭ ކަމަށެވެ. ބިއްލޫރި ދޮރުތަކުން ބޭރުގެ މަންޒަރު ފެންނައިރު ދުވާލުގެ އަލިކަން އަނދިރިކޮށްލައިފިއެވެ. އިރުގަނޑެއްނުވެ ވިދުވަރުގެ އަލި މެދުކެނޑުމެއްނެތި ވިލާތަކުގެ ތެރެއިން ފާއްދާލާއިރު ގުގުރީގެ ބާރު އަޑުން ބިރުން ހިތްތައް ރޫރޫ އަޅައިގަތެވެ. ޕިންޕޮންގް ބޯޅައިގެ ސައިޒްގެ ގަނޑުފެންތައް ހަމަލާދޭން ފެށުމުން އަޑުހަރުކަމުން އެ އެ މަންޒަރު ބަލަން ތިބެވުނެވެ. ގަނޑުފެން ބޯޅަތައް ވިނަތައް މަތީ ފުންމަ ފުންމާފައި އުޅޭ މަންޒަރު ވީޑިއޯ ކުރިއެވެ. އެތައްކާރުތަކާއި ފުރާޅުތައް ހަލާކުކޮށްލާ ސައިޒްގެ ގަނޑުފެނުގެ ހަމަލާތަކެވެ. ފެހިވިނަތަކުގެ މަތީގައި ދެވަނަ ދޫލައެއްހެން ގަނޑުފެނުގެ ބޯޅަތައް ހަރުލަމުން ދިޔައެވެ.

"ވޯހް.....މި ސައިޒްގެ ހެއިލް އަދި ނުދެކެން.." މިލަން ބުނެލިއެވެ.

"މިވަރަށް ވިދާތަނެއް އަދި ހެއިލް ރާއްޖެއަކުން ދުވަހަކު ނުފެނޭ. ބިއުޓިފުލް....ހާދަ ރީއްޗޭ....މާޝާﷲ. ކުޅަދުންވަންތަކަން..އެކަމަކު ވިދުވަރުގެ އަލިކަން މެދުނުކެނޑޭ ދޯ.." ރެއިނާ ފޯނު ހިފައިގެން ހުރެފައި އެނބުރި ބަލައިލިއިރު ފެނުނީ އަދި ހިތަށް ފިނިކަން ގެނެސްދިންފަދަ މަންޒަރެކެވެ. މިލާން ގަޒަލްއަށް ބަލަން ހުރީ ނިކަން ލޯބިންނެވެ. އެދެލޮލުން ފެނުނީ ހަމައެކަނި ލޯތްބާއި ކުލުނެވެ. ދެމަފިރިންގެ ދޭތެރެއަށް އެޅޭ ހުރަހަކަށް ނުވާންވެގެން އަދި މިލާން އާއި ގަޒަލްގެ ހީނަރުވެފައި އޮތް ގުޅުން ރަގަޅުކުރަން އޭނަ އެތަނުން ދާން ނިންމިއެވެ.

"ކޮފީ ހުސްވެއްޖެ ދޯ."

ކޮފީ ޖަގު ހުސްނުވާކަން އެނގޭއިރުވެސް އޭނަ އެހެން ބުނުމުން މިލާންއަށް ސަބަބު ދެނެގަނެވުނެވެ. އޭނަ މާނަވީ ހިނިތުންވުމެއް ދިނެވެ. މިލާންގެ ކޮފީތަށި ހުސްނުވަނީސް އަތުލައިގެން އޭނަ އަަވަހަށް އެތަނުން ނުކުތެވެ.

ރެއިނާ ލޯމަތިން ކައްސާލުމާއެކު މިލާންގެ ނަޒަރު ގަޒަލްގެ މޫނަށް ހުއްޓުނެވެ. ރަތްކުލައިގެ ޓީޝާޓަކާއި ނޫ ޖިންސަކާއެކު ކިތަންމެ ސާދާކޮށް އިނަސް ގަޒަލްގެ ރީތިކަން ފަނޑުވާގޮތެއްނުވެއެވެ. އިސްތަށިގަނޑު މައްޗަށް ނަގާ އައްސާފައެވެ.

"އައިމް ސޮރީ އެބައުޓް ގުޒް. އަހަންނަށް އެނގޭ މިހެން ބުންޏަސް ދުވަހަކު މާފުނުދޭނެކަން. އެކަމަކު ސްލީޕްވޯކް ކުރުމާއި ނައިޓް ޓެރާ އަދި ލުސިޑް ޑްރީމްތައް އަހަރެންގެ ދުޝްމިނަކަށްވި. ޖިންކްސްއެއްގެ ގޮތުގައި ލޭބަލް ކުރެވުނު. ނިދީގައި ހިނގުމަށް ބާރެއް ނުފޯރުވުނީ........" މިލާންގެ ލޯ ގަޒަލްގެ މޫނުން ކައްސައެއް ނުލިއެވެ.

"އަހަންނަށްވެސް ހިތަށް ބާރެއްނުފޯރުވޭ. ނިދީގައިވިޔަސް ހޭލާ ވިޔަސް ޔޫ ހޭވް ބްލަޑް އޮން ޔޯ ހޭންޑްސް. ދެން އެވާހަކަ އަލުން ނުދައްކަންވީނު. މި ފޭކްމެރިޖް އަދި މިހާރު މިގެއަށް މޫވް ކުރަން ނިންމުން މިއީ އަދި ޑީލެއްނު. ހަދާން ނެތުނީތަ؟ އަހަރެންގެ މާފަށް ތިހާ ބޭނުންވީމަ މިހެން ބުނީ." ގަޒަލްއަށް މިލާން ބަލާވަރުން އުދަގޫވެ ގޮނޑި އަނެއްފަރާތަށް އަނބުރައިލިއެވެ. މިލާން ކުރިއަށް އައިސް ގޮނޑީގެ އަތްގަނޑުގައި ހިފެހެއްޓިއެވެ.

"އަދިވެސް ސްލީޕް ޕެރެލިސިސް ވޭތަ؟ "

"ދުރުގައި ހުރެގެން ވާހަކަދައްކަންވީނު..." ގަޒަލްގެ ނޭވާ ހާސްވެ ޕެނިކްވާ ގޮތްވިއެވެ.

"އަހަރެން ބުނެފާނަން ވާހަކައެއް. ތިގެއިން ދިޔަފަހުން ސްލީޕް ވޯކްކުރުން ހުއްޓާލެވިއްޖެ. ލުސިޑް ޑްރީމްތައްވެސް. ތިގޭގައި ސުޕަ ނެޗުރަލް ކަމެއް އުޅޭ ދޯ....." މިލާން ހިންދެމިލަމުން ހަށަން ބަދެލިއެވެ.

"ތިބުނާ އެއްޗެއް އަވަލައިގެން އުޅޭ މީހާ ނު ތިވައްތަރަށް އުޅޭނީ. ޔޫ އާ ޕޮސެސްޑް ބައި އެ ޖިން. އެހެންވީމައެއްނު ތިވަރަށް ތި އެނގެނީ. އާނ. އެގޭގައި ތި މީހަކު ހުރިއިރު ސްލީޕް ޕެރެލެސިސްއެއް ވީ. މަންމަމެން އެހެން ބުންޏަސް އޭރުވެސް އެގުނޭ އެކަހަލަ ކަމެއްކަން. މިހާރު ޔަގީން މިވީ..." ގަޒަލް ގޮނޑި ދުއްވަމުން ގޮސް ބިއްލޫރި ދޮރުކައިރީ މަޑުކޮށްލައިފިއެވެ. އޭރުވެސް މެދުކެނޑުމެއްނެތި ވިދުވަރުގެ އަލިން ޖައްވު އަލިވަމުން ދިޔައީ ރީތި އަލިފާނުގެ ކުޅިވަރެއްހެންނެވެ. ފިޔާތޮށިކުލައިގާ އުޑު ފެންނައިރު ހުދު ރޮގުތައް ކަނޑައިލަނީ އަޖައިބެއްފަދަ ގޮތަކަށެވެ. އެ ބާރުގަދަ އިލްކެޓްރިކް އެނާޖީއިންވެސް ދައްކުވައިދެނީ ގުދުރަތުގެ އަޖައިބެވެ.

"އަހަންނަކަށްވެސް ތިއެއް ބުނާކަށް ނޭގޭ. އެކަމަކު ލެޓްސް މޭކް ޕީސް.." މިލާން އަތް ދިއްކޮށްލިއެވެ. "ތާޒާ ފެށުމަކުން ފަށަން......................"

ގަޒަލް ހަދާންވީ މިކާހްގެ މައުސޫމް ސޫރައެވެ. އެ ތަސްވީރުތަކެވެ. އޭނަގެ ބޭބެގެ ދަރިފުޅެވެ.

"އެންމެ ރަގަޅު. އެކަމަކު ފުރަތަމަ އަހަރެން ބޭނުން ކަމެއް ކޮށްދޭން އެއްބަސްވޭ. މިއުޅެނީ ކުޑަކުއްޖަކު ގެއްލިގެން. އެކުއްޖާ ވީތަނެއް ހޯދައިދީފިއްޔާ ފަހަރެއްގައި މާފުވެސް ކޮށްދީފާނަން...." ގަޒަލް ގެ އަތްތިލަ އޭރު ގަނޑުފެންކޮޅެއްހާ ފިންޏެވެ. މިލާންގެ ޖަވާބު އަންނާނީ ކިހިނެއްކަމެއް ނޭގެއެވެ.

"ކޮބާ ފޮޓޯ؟ " މިލާން އެހިއެވެ.

ގަޒަލް އޭނަގެ ޖީބުން ނެގި ޕެންޑްރައިވެއް ދިއްކޮށްލުމުން މިލާން އޭގައި ހިފިއިރު ގަޒަލްގެ އަތުގައި ބީހުނެވެ.

އެންމެން ކެއުމަށްފަހު ނިދަން ތައްޔާރުވިއެވެ. އޭރުވެސް ބާރު ވައިރޯޅިތަކުގެ ހަމަލާގެ ސަބަބުން ފަޒާގައި ހަރުލާފައިވަނީ ޒޫމް އަޑާއި އެއްޗެހިތައް ހަލާކުވާ އަޑާއި ގޮފިތައް ބިންދައިގެން ދާ އަޑެވެ. ގަޒަލްއާއި ރެއިނާ ނިދަން ތިބީ ގެސްޓްރޫމްގައެވެ. އެކޮޓަރިވެސް އަރާމުކަމުން ޕެންޓްހައުސްގެ ސުއިޓެއްފަދައެވެ. ކިންގްސައިޒް އެނދުގައި ދެކުދިން ނިދަން ޖައްސައިލި ނަމަވެސް ގަޒަލްއަށް ހޭލެވުނުއިރު އޭނައަށް އޮވެވުނީ މިލާންގެ މާސްޓަރ ބެޑްރޫމްގައެވެ. އެރޭ އެ ހިނގި ހާދިސާއަކީ ހުވަފެނެއްކަމަށް ގަޒަލް ގަބޫލުކުރަން ބޭނުންވިއެވެ. އެއީ ހަގީގަތެއް ނޫނެވެ. ވިވިޑް ޑްރީމްއެކެވެ. އެހެންނޫންނަމަ އޭނަ މިލާންގެ ގާތަށް ރުހުމަގައެއް ނުދާނެއެވެ. އެ އެނދުގައި އޭނަގެ ރުހުމާއި ލައިގެން ނިދުމަކީ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހޭ ހިތަށް އެރީ ނިދާ ހޭލެވުމުންނެވެ. ނަމަވެސް އޭރު އޮވެވުނީ ރެއިނާ ގާތުގައެވެ. ރެއިނާ ގަދަ ނިންޖެއްގެ އަރާމުގައި އޮތްއިރު ގަޒަލްގެ ހިތަށް ވެރިވެފައިވާ ބިރާއި ރުޅިވެރިކަން އަދި އެހެނިހެން އިހުސާސްތައް އޭނަގެ ސިކުނޑި ކާލަފާނެކަހަލައެވެ. މިލާން އޭނަގެ ސިކުނޑިއާއި ކުޅެލައިގެން އޭނަ ހައްލާލައިފިއެވެ. ހުރިހާ ޖަޒުބާތެއްގެ މައްޗަށް ނަފްރަތު ކުރި ހޯދުވައިފިއެވެ. މިލާންގެ އެހެރަ ރީތިކަމާއި ފުރިހަމަ ސިފަތަކާއެކުވެސް އެއީ ގާތިލެކެވެ.

ވިއްސާރައިގެ ސަބަބުން ޓޮރޮންޓޯއަށް ބޮޑެތި ގެއްލުންތައްވިއެވެ. ހެއިލްގެ ސަބަބުން ކާރުތަކާއި އިމާރާތްތައް ހަލާކުވެ ބައެއް މީހުންނަށް އަނިޔާވެސް ވިއެވެ. ވައިގަދަވުމުގެ ސަބަބުން ގަސްތަކާއި އެއްޗެހި ވެއްޓި މަގުތައް ބަންދުވިއެވެ. ފްލައިޓްތަކާއި ރޭލުދަތުރުތައް ފަސްކުރަން ޖެހުމުގެ ސަބަބުން ކައިޔާންއާއި ސަޖަލްގެ ދަތުރު ލަސްވިއެވެ. އެހެންނޫނަސް ފުރަން އޮތް ދުވަހު ސަޖަލް ތަންކޮޅެއް ގިނައިން ހޮޑުލައި ހާލު ދެރަވެގެން ފުރެން ނުވެސް ނެތީއެވެ. ކައިޔާންގެ ދަތުރު ލަސްވުމުން ގަޒަލްގެ ނުތަނަވަސްކަން ކެނޑުނެވެ. ކައިޔަން އަންނަންވާއިރަށް މިލާން ލައްވާ މިކާހް ހޯދުވައިގެން އެކުދިންވެސް އެނބުރި ގެއަށް ބަދަލުވާނެއެވެ. ބައެއްފަހަރު މަޖުބޫރު ހާލަތްތަކުގައި އޮޅުވައިލިޔަސް އެންމެ ރަގަޅުނޫންހެއްޔެވެ؟

***

އިރުއަރައިގެން ރެއިނާ ތެދުވެ ފަތިސް ނަމާދަށް ހޭނުލެވުނީތީ ހިތާމަކުރިއެވެ. ގަޒަލްއޮތީ މޫނާއެކު ރަޖާގަނޑު އަޅާލައިގެންނެވެ.

"ޖީޖީ އަށްވެސް ހޭނުލެވުނީތަ؟ އަނެއްކާ މިލާން ކާ އެއްޗަށް ބޭހެއް އެޅީތަ؟ "

"ނޭގޭ..." ގަޒަލްގެ އަޑުގައި ބަލިކަށިކަމެއްވިއެވެ."މިއުޅެނީ މައިގްރެއިން އެޓޭކެއް އައިސްގެން.."

"އެބަ އަންނަން ކޮފީއެއް ހަދައިގެން. ކެފެއިން ބޭނުންކުރީމަ ރަގަޅުވާނެ. ޓައިލެނޯލް ގުޅައެއްވެސް ކައިލާނީ.. .." ރެއިނާ ރަޖާ ގައިމަތިން ނަގާފައި ތެދުވުނެވެ. އެނދުކައިރީގައި ހުރި މަޑު ފައިވާނަށް ފައިތިލަ ކޮށްޕާލުމަށްފަހު އޭނަ ކާބަޔާއި ދިމާލަށް ހިނގައިގަތެވެ. އިރުކޮޅެއްނުވަނީސް އޭނަ ހުރީ ހެދުނު ނާސްތާ ހިފައިގެން އައިހެވެ. ގަޒަލް ބޮކި ނުދިއްލަން އެދުނެވެ. ރެއިނާ ފާޚާނާއަށް ވަނުމުން އަވަހަށް ކޮފީތަށި ބޯލާފައި އަނެއްކާވެސް ރަޖާދަށުގައި އޮތްވާ ރެއިނާ ބޯ މަސާޖުކޮށްދޭން ފެށިއެވެ. ގަޒަލް އަނގައިން ބުނުމެއްނެތި ހިމޭނުން އޮތީއެވެ. އޭނައަށް ނިދުނީކަމަށް ހީކޮށް ރެއިނާ ބޭރަށް ނުކުތެވެ. ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ހަމަ ލޮލުން ދެކެލަން ސިޓިންރޫމްގެ ބިއްލޫރި ދޮރުފަތްތައް ކައިރީ ހުއްޓާ މިލާން ފްރޮސްޓީ އުރާލައިގެން ނުކުތެވެ.

"ކޮބާ ޖީޖީ......."

"ބޮލުގައި ރިއްސާތީ ނުތެދުވެ..." ރެއިނާ ބުނެލިއެވެ.

"އޯ.....ބަލިކުދިންނަށް ވިޒިޓްކޮށްލަން ޖެހޭނެ. އެކަމަކު މިވީގޮތުން ހަދިޔާއެއް ހިފައިގެން ދެވޭނީ. އަހަންނަށް ހެލްޕް ވެދީފާނަންތަ؟"މިލާންގެ މޫނުމަތީގައި ހުންނަ ރީތިކަމާއެކުވެސް ލޮލުން މައުސޫމްކަމެއް ފެނުނެވެ. ރެއިނާ މިލާންއަށް އެހީވާން ބޭނުންވީ އޭނަގެވެސް މަގުސަދެއް އޮތީމައެވެ. ކައިރީގައި ހުރި މާ ވިއްކާ ފިހާރައަކަށް ދިޔަ މަގުމަތީގައި އޭނަ މިކާހްގެ ވާހަކަ މިލާންއަށް ކިޔައިދިނެވެ. ވިއްސާރަވިޔަސް އެ ފިހާރަ ހުޅުވާފައި ހުރިކަން ނަސީބެކެވެ. ފިނިފެންމަލުގެ ބުކޭއެއް ހަދުވައިގެން އެ ހިފައިގެން އައިއިރުވެސް މިލާންގެ ބުޅާ އޭނަގެ ފަހަތުގައި ޖައްސާފައި އޮތެވެ. ބައެއްފަހަރު ޖިންސްގައި އޮޅުލައެވެ. މިލާންވެސް އެސޮރުދެކެ ވާ ލޯބިން މޮޑެލާ ދޮންދީ ހަދާއިރު އޭނަގެ ހިތުގައި ރަހުމާއި ކުލުނު ލައްވާފައިވާކަން ހާމަކޮށްދިނެވެ. މިލާން ބުނީ އޭނަ ގަޒަލްއަށް ޒިޔާރަތް ކުރާނީ ހޮސްޕިޓަލަށް ގޮސްފައި އައުމަށްފަހު ކަމަށެވެ.

މިލާން ގަޒަލްގެ ގާތުގައި ހުއްޓިލަމުން ގޮވައިލިއެވެ.

"ގޯ އެވޭ...." ގަޒަލް ރުޅި އަންނަގޮތްވިއެވެ.

"ކީއްވެތަ؟ ކުއްޖަކު ބަލިވީ ޚަބަރު އިވުނީމަ ނިއުރޮލޮޖިސްޓެއްގެ ހައިސިއްޔަތުން އަންނަން ޖެހޭނެއްނު. މައިގްރެއިން ރަގަޅުކުރާނެ ގޮތް އަހަންނަށް އެނގޭ..." މިލާން ރަޖާ ނަގަން އުޅުމުން ގަޒަލް އެކަމަށް ހުރަސް އަޅަން މަސައްކަތްކުރިއެވެ. އެކަމަކު ކުރި ލިބުނީ މިލާންއަށެވެ. މިލާން މަޖާ މޫޑެއްގައި ހުރުމުން ގަޒަލް ހެއްވާލަންވެގެން ބަނޑުގައި އަތް ޖެއްސިއެވެ. ގަޒަލްގެ ބަލިފަޔަކީ އެއީއެވެ. ވަގުތުން ޅަ ދުވަސްވަރުގެ ހަދާންތައް އާކޮށް އެ ބާބާއި ހަމަޔަށް ދެވުނެވެ. ހުނުންވެސް ހުއްޓާނުލާ އޭނަ ހެމުންގޮސް ލޮލުން ފެން އައެވެ. މިލާންއަށް އާދޭސްކުރިއެވެ. ކުޑައިރު ފަދައިންނެވެ. ދެޒުވާނުންގެ ދޭތެރޭ އޮތް ރުޅިވެރިކަމުގެ ފަރުދާ ނެތެމުން ދިޔައެވެ.

މިލާން ގަޒަލްގެ ބޯ މަސާޖުކޮށްލަދޭން ފެށުމުން ލިބުނު އަރާމުގައި ދެލޯ މަރައިލެވުނެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައެވެ. މިލާންއާއި ގަޒަލްގެ ގުޅުމުގެ ހިލަމެއް ނުވާނެކަމުގެ ޔަގީންކަން ގަޒަލްއަށް އޮތެވެ. ރެއިނާ ހުންނަ ތަންތާ ގަޒަލް ދައްކަނީ އެހެން ކުލައެކެވެ. ރެއިނާއަށް އެއްވެސް ކަމެއް އެނގޭކަށް އޭނަ ބޭނުމެއްނޫނެވެ. އެހަފްތާ ތެރޭގައި މިލާންގެ ފަރާތުން ދޭތެރެއަކުން ރުޅިވެރިކަމުގެ ކުޑަ އަމަލެއް ފެނިލިއެވެ. ތަށްޓެއް ތަޅައިލުން ނޫނީ ފޯނު ހޫރައިލުން ނޫނީ ކިޔާ އެއްޗެއް ތަކުރާރުކޮށް ކިޔުންފަދަ ކަންތައްތަކެވެ. ނަމަަވެސް މިލާން ބުނަނީ އެއީ ޓުރެޓް ކަމަށާއި ކަންބޮޑުވާނެކަމެއް ނެތްކަމުގައެވެ. ގަޒަލްއާއި ރެއިނާއަށް އެއީ ކޮން މައްސަލައެއްކަން ދެނެގަނެވިފައިވުމުން މިލާންގެ އެ އަމަލުތަކާއިމެދު ރުޅިއެއް ނާދެއެވެ. ހަޑިއެއްޗެއް ކިޔައިފިއްޔާ ޝަހާދަތް ކިޔަން ގަޒަލް ބުނެއެވެ. އަނެއްކޮޅުން މިލާންގެ ފަރާތުން ލިބުނު އުއްމީދު ކުޑައެއް ނޫނެވެ. އެކުދިންނަށްޓަކާ މިލާންވެސް މިކާހް ހޯދަން މަސައްކަތްކުރިއެވެ. ރާއްޖެއިން އެބުނާ ދުވަހަކު ފުރި މީހުން ހޯދަން އެންމެފަހުން މިލާން އެއާޕޯޓްގެ ސިސްޓަމްވެސް ހެކްކުރިއެވެ. އެކަމަކު އޭނަ އެކުދިންގާތު ވަކި އެއްޗެއް ނުބުނެއެވެ. މިލާން ޔަގީންކަން ދިނީ މިކާހް ހޯދާނެކަމުގައެވެ.

***

ކައިޔާން ސަޖަލްއާއިގެން އަންނަން އޮތް ދުވަހުގެ ކުރީ ދުވަހެވެ. ރޭގަނޑު ނުވައެއް ޖެހިއިރު މިލާން ފްރޮސްޓީ ގޮވައިގެން މެގްނޯލިއާ ގަސްކައިރީގައި ހުރި ބެންޗެއްގައި އޮށޯވެލައިގެން އޮތެވެ. ގަޒަލްއާއި ރެއިނާ އަށް ބިއްލޫރި ދޮރުފަތްތަކުން އެ މަންޒަރު ފެނެއެވެ. ދެކުދިން ޓީވީބަލަން ތިއްބަސް ދޭތެރެއަކުން މިލާންގެ ހަރަކާތްތައް ބެލެއެވެ. ފްރޮސްޓީ ވަރަށް ލޯބިން މިލާންގެ މޭމައްޗަށް އަރާ މޫނާއި މޫނު ޖައްސާލައިގެން އޮވެފައި ދޭތެރެއަކުން ފުންމައިލާނެއެވެ. މިލާން ބޯޅަ އެއްލުމުން ފަހާ ދުއްވައިގަންނާނެއެވެ. އެއްފަހަރު މިލާން ގެ ކައިރިއަށް އައިގޮތަށް މިލާންގެ އަތުގައި ދަތް އަޅައިގަތެވެ. މިލާން އެއްޗެހިތަކެއް ކީތަން ފެނުނެވެ.

"އެފް ވޯޑް ޔޫޒް ނުކޮށް ނުހުރެވޭނީތަ؟ ޖީޖީ ބުނެދީބަލަ ﷲ އަކްބަރު ކިޔާށޭ. މިލާން ދީނުގެ ކަންތައްތަކަށް ލޯބިކުރާނަމަ އޭގެ ބަދަލުގައި ރަގަޅު އެއްޗެހި ކިޔާނެ..." ރެއިނާ ގަޒަލްގެ އޮމާން ކޮލުގައި ހިފައިލިއެވެ. "ޖީޖީ. މިލާންއަށް ދީން ކިޔަވައިދީ."

"އަހަރެންނާއި ބެހޭ މީހެއްނޫން..." ގަޒަލް ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. ރެއިނާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

ކުއްލިއަކަށް އެމީހުންނަށް ފެނުނު މަންޒަރަކުން އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. މިލާންގެ އަތުގައި އޮތް ތޫނު ވަޅީގެ އެތައް ހަމަލާއަކުން ފްރޮސްޓީ ބިންމައްޗަށް ދެމި މަރަށް ތެޅުނު މަންޒަރަކީ ޑްރާމާއަކުންވެސް ނުދެކޭ ފަދަ އަނިޔާވެރި ރަހުމް ކުޑަ އަމަލެކެވެ. ގަޒަލްއަށް ލިބުނު ޝޮކާއިއެކު އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ހިތް ފަޅައިގެންދާ ފަދަ ގޮތަކަށެވެ. ރެއިނާއަށްވެސް ދުއްވައިގަނެވުނީ މާ ފަހުންނެވެ.

"ރެއިން. އޭނަ މޮޔަވެފައި ހުރީ. ދޮރު ތަންޑު އަޅުވާ..."

"އެކަމަކު އޭނަ ކޯޑު ޖަހާފައި ވަންނާނެ....ކިހިނެއް ހަދާނީ..."ރެއިނާ ތެޅި ފޮޅިގަނެގެން ގަޒަލް ގޮނޑިއަށް އަރުވައިގެން ދުއްވައިގަތީ ދެފަޔަށް ބާރުލާފައެވެ. އެންމެ ކުރިން ޖެހުނު ކޮޓަރިއަކަށްވަދެ ދޮރު ތަންޑު އެޅުވިއެވެ. ދޮރު ލެއްޕުނީ ހަމަ ކިރިޔާއެވެ. މިލާން ދޮރުގައި ތަޅަންފެށިއެވެ. ޓްރަކެއް ދޮރުގައި ޖެހިގަންނަނީހެން ހީވިއެވެ. ގަޒަލްއާއި ރެއިނާ އެކަކު އަނެކަކަށް ބަލާލައިފިއެވެ.

"ފުލުހުންނަށް ގުޅާ. ނޫނީ އެ ސައިކޯޕާތު އަހަރެމެންގެ ދުވަސް ދުއްވާލާނެ.."

ގަޒަލް ގެ ބިރު ހިތާމައާއި މޮޅިވެރިކަމަށްވެސް ބަދަލުވިއެވެ. ޝޮކްގައި އިން ސިކުންތުކޮޅަކަށްފަހު ލޯ ފުރެންފެށީ ކަރުނައިންނެވެ. އޭނައާއި މިލާންގެ ގުޅުން ރަގަޅުވާން ފެށިއިރު މިއޮތީ އެ މިލާންގެ ޝައިތާނީ ފަޅި ދައްކާލާފައެވެ. ބައިޕޯލާ ކޭސްއެކެވެ.

"އެ ނަޓްޝެލްއަށް މާފުދޭންވީ އޭވެސް ހިތަށް އެރި. ޗާމިން މީހެކޭވެސް ހިތަށް އެރި. ލޯބިވެވުނީ ހެއްޔޭވެސް...އެކަމަކު....." ގަޒަލް ހިތާހިތުން ކިޔައިލިއެވެ. އޭނަގެ ހިތް ރޮނީއެވެ.

"ކައި ބުނީ ރަގަޅަށް. އަހަރެމެން މޮޔަކަމުން މިގެއަށް އާދެވުނީ" ގަޒަލް މަޑުމަޑުން ކިޔައިލިއެވެ.

ނުނިމޭ

ކޮމެންޓް 0