"މާތްﷲގެ ރަހުމަތާއެކު ނޫނީ އަޅުތަކުންނަށް އެންމެ ނޭވައެއް ނުލެވޭނެކަން ހަދާންކުރާށެވެ. ދެއްވި ގިނަ ގުނަ ނިއުމަތަށް ހަމްދުކޮށް ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދުކޮށް ޒިކުރުކުރުމުން ތިބާގެ ދެ ދުނިޔޭގެ އުފާވެރިކަމާއި ބާއްޖަވެރިކަމަށް މަގު ކޮށައިދޭށެވެ. ﷲ އަކީ ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެއެވެ."

***

"އަހަރެންގެ ބޭބެއަށް ރަގަޅަށް ކަންތައްވާން ރެއިނާ ތިހާ އެދެނީ ކީއްވެތަ؟ "ގަޒަލް އިރުކޮޅެއްވާންދެން ވިސްނުމެއްގެ ތެރޭ ކުޑަދޮރުން ބޭރަށް ބަލަން އިނެވެ. ކުއްލިއަކަށް ގަޒަލް ލޯ ބޮޑުކޮށްލާފައި އެނބުރުނެވެ. " ޑޫ ޔޫ ...........ލައިކް މައި ބްދަރާ ތަ؟ކައިޔާންއާއި ހެދި ރެއިނާ އުޅެނީތަ؟ "

"ވަޓް؟ ނޯ ވޭ. އެއްވެސް ލައިކްވާފަދަ ސިފައެއް ރީތިކަން ނޫނީ ލިބިފައެއް ނެތް. އެގޮތަށް ރީތިކަމަށް އެކަނި ބަލައިގެން ގަޒަލްވެސް މީހަކާއި މެރީ ނުކުރައްޗޭ."

"ބޭބެއަކާއި ދިމާލަށް ތި އެއްޗެހި ކިޔަނީނު ރެއިނާ. އައިމް އޮފެންޑެޑް...." ގަޒަލް ބުނެލިގޮތުން ރެއިނާ ޝޮކަކަށް ނުދިޔައީ ހަމަ ކިރިޔާއެވެ. އެ ބޮޑު ދެލޯ ބޮޑުކޮށްލިގޮތަށް މޫނުގައި އަތުން ޖެހިއެވެ.

"ސޮރީ. ސޮރީ. އަދި އެހެން މާނަ ކުރި އެއްޗެއް ނޫނޭ.....އައިމް ރިއަލީ ސޮރީ.." ރެއިނާ ކަންބޮޑުވުމާއެކު އުޅެގަތްގޮތަކުން ގަޒަލް ހިފަހައްޓައިގެން އިނަސް ހެވިއްޖެއެވެ.

"ހަހަ. އޯކޭ އޭ. އަހަންނަށްވެސް ކައި ކަހަލަ ގައި އަކު ދެކެ ލައިކް ނުވެވޭނެ. އުމުރާ ބަލާއިރު ވަރަށް އިމްމެޗުއާކޮށް އުޅެނީ. އިއާންއާއި ހާޒިލް މެޗުއާ ވެފައި ވަރަށް ޒިންމާ ނަގާ. ރެއިނާގެ ހަޒްބެންޑް ވެސް އަދި އެހެން ޓައިޕެއްގެ މީހެއް ދޯ. އެޓްލީސްޓް ދަރިފުޅަށްޓަކާ ރެއިނާ ގާތަށް އައިނަމަ...އެއީ ހާދަ ނުބައި މީހެކޭ. ރެއިނާގެ ދުޢާތައް އެމީހަކާއި ޖެހޭނެކަން ޔަގީން.. މީހަކަށް ދެރައެއް ދީފައި އެމީހަކަށް ހަމަޖެހިގެނެއް ނޫޅެވޭނެ..." ގަޒަލްގެ ވާހަކަތަކުން ރެއިނާ އިނީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލައިގެންނެވެ. ގަޒަލްއަށް ނޭގި އަމިއްލަ ބޭބެއަށް ހުރިހާ އެއްޗެއް އެ ކިޔާލަނީއެވެ. ރެއިނާގެ ހިތަށް ތަދުވާންފެށީ މާޒީގެ ހަދާންތައް އާވެފައެވެ. ހިތްވަރު ކުރިނަމަވެސް ލޮލުން ކަރުނަ ހިލުވާލައިފިއެވެ.

"އެވާހަކަ ހަދާންކޮށްދެވުނީމަ ދެރަވެއްޖެ. އެނގޭތަ؟ ސްޕްރިންގް އަންނައިރަށް އަދި ސްނޯ ގަނޑުގެ ތެރެއިން ޓިއުލިޕް ނިކުންނަ މަންޒަރު ވަރަށް ކިއުޓް. އަދި ފިނި މޫސުމް ނިމޭއިރަށް ރެއިނާ ހުރިއްޔާ އެ މަންޒަރުތައް ފެނި ވަރަށް ގަޔާވެވޭނެ. ޓިއުލިޕްސް ކެން ސަވައިވް އިން ވެރީ ކޯލްޑް ޓެމްޕްރޭޗާ. ޓިއުލިޕްމެން ވެސް އެހާ ފިނި ހާޝް ޓެމްޕްރޭޗާ ތަކުގައި ބްލޫމް ވާގޮތަށް ރެއިނާވެސް ޑޯންޓް ލެޓް ޔޯ ސޭޑްނެސް ޓޭކްއޯވާ އިނގޭ......." ގަޒަލްގެ ޖުމްލައިން ރެއިނާއަށް ހިތްވަރު ލިބުނެވެ.

"އެހެން ވާ ސަބަބެއް އެނގޭތަ؟ ހަޒްބެންޑްވެސް ޚިޔާރު ކުރީ ދޮންކުއްޖެއް. އަހަންނަށް ފެމިލީއިންވެސް ލޯބި ނުލިބުނީ ކަޅުވީމަ. ގަޒަލް ބުނަމެއްނު ދޮން ކަޅު އަޅާ ނުކިޔާށޭ. އަހަރެންވެސް ހެއްދެވި ފަރާތާއި ޝަކުވާއެއް ނުކުރާނަން. އެކި ކުލަ ކުލައިގާ އެކި ސިފަތަކުގައި އެކި ނަސްލުތައް ލެއްވި ފަރާތުގެ ކުޅަދުންވަންތަކަން. ކޮންމެ ކަމަކަށްވެސް ހިކުމަތެއް ވޭ. އަހަރެންގެ މައްސަލައަކީ އަހަންނަށް މި ދިމާވާ ހުރިހާކަމެއްގެ އަސްލަކީ ލިބިފައިވާ ކުލައަށް ވީކަން. ހަޒްބެންޑްވެސް ލައިކް ނުވީ ސިފަދެކެ. އަދި މަންމަ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކަޅު ނުލާ އަނގައިން ބުނެވޭ ކަމަކަށް ނުވޭ. އެ ހެޔޮ ކިތަންމެ ހެޔޮ މޫޑެއްގައި އިނަސް މަންމަގެ ދަރި ކަޅުކަން އަންގާނެ. ލޯބިން ވާހަކަ ދެއްކިޔަސް ބުނާނީ މަންމަގެ ކަޅު ބުޅާގަނޑޭ. ދިވެހި ކުދިންގެ ތެރޭވެސް މި ކުލަ ހުރި ކުދިންނެއް ނުދެކެން..މިވެސް އިމްތިހާނެއް. މާތްﷲ އެކި އަޅުތަކުންނަށް އެކި އިމްތިހާނު ކުރިމަތި ކުރައްވާ. އަހަންނަށް ކުރިމަތިވީ މި ކަންތައް................" ރެއިނާ ހިތާމަވެރި ގޮތަކަށް ބުނެލިއެވެ. މޭވާ ޓުކުރިން ޕްލަމެއް ނެގިއެވެ. ފޮނިކަމުން އަނގަޔަށް ވިރުނުފަދައެވެ. ކުރިން ނުކައި ހުރެ މިހާރު ރެއިނާއަށް އިރުކޮޅާ އަނގަޔަށް އެއްޗެއް ލެވެއެވެ.

" ނެގެޓިވިޓީ ސިކުނޑިން ނެރެލާ. ގިނައިން ސްމައިލްކޮށްބަލަ ހަޒްބެންޑަށް ރެއިނާ ސްމައިލްކޮށްގެން ހުއްޓާ ނުފެނުނީކަމަށް ވާނީ ހެހެހެ................" ގަޒަލް ބުނެލިއެވެ.

"އެއީ ކީއްވެ؟ " ރެއިނާ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.

"ޑިމްޕަލްސް އަކީ ޗާމިންގެ ބަޔެއް. އެހެން ބައިތައްވެސް ހޯދަބަލަ...." ގަޒަލް ގޮނޑި ދުއްވަމުންގޮސް ރިތިވާ މޭޒުކައިރީ މަޑުކޮށްލިއެވެ. "ރެއިނާވެސް މި ކްރީމްތަކާއި ސެންޓްތައް ބޭނުންކޮށްބަލަ. އެހެން މީހަކަށް ދައްކަން ނޫނަސް އަމިއްލަ ނަފުސްވެސް އުފާވެރިކަމެއް ލިބޭނެ. ނެޗުރަލީ ރީއްޗަސް މޮއިސްޗަރައިޒްކޮށް މީރުވަސް ދުވުމުން އެހެންމީހުންގެ ރުހުން ލިބޭނެ.ކޮންމެ އިންސާނެއްގެ ވެސް ފްލޯސްތައް ހުންނާނެ. ލޯބިވާ މީހުން އެހުރިހާ އުނި ސިފައަކާއެކީވެސް ލޯބިވާނެ. އެހެޔޮ ޑިސްއޭބްލްޑްވިޔަސް. ކަޅު ދޮން އަޅުވާ ކިޔުމަކީ ރޭސިސްޓްވުން. ދޮންވުމަކީ ހުރިހާ ފުރިހަމަކަމެއް ލިބުމެއްނޫން. ކެރެކްޓަރ ވަރުގަދަ ކުރީމަ ސަޅިވާނެ. ކުރިންވެސް ބުނީމެއްނު.."

"ޖީޖީ އަހަންނަށްވުރެ މެޗުއާހެން ހީވޭ އެކަމަކު ޖީޖީ މާ ޅަ. ތިހާ ސްވީޓް ފްރެންޑަކަށް ވެދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން. ތިއީ އަހަންނަށް ލިބުނު ފުރަތަމަ ރިއަލް ފްރެންޑް........" ރެއިނާ ތެދުވެ ގަަޒަލްގެ ކޯތާފަތާއި ކޯތާފަތް ޖައްސައިލަމުން ހިނިތުންވެލިއެވެ.

ގަޒަލް ހިތްވަރު ދިނެވެ.

ރެއިނާ ގަޒަލް އާއިމެދު ވިސްނައިލިއެވެ. ގަޒަލް ވެސް އެހާ ރީއްޗެވެ. ތުނި ރީތި ހަށިގަނޑެކެވެ. އިސްކޮޅު އެހާ ހެޔޮވަރެވެ. ނަމަވެސް ނުކުޅެދޭ ކުއްޖަކަށް ވުމުން އެބުނާހެން އެއޮތީ އިމްތިހާނަކަށް ވެފައެވެ. ދެން ހުރީ ސަޖަލްއެވެ. އޭނަވެސް އަބަދު ހުންނަނީ ރީތިކޮށް ހެދުން އަޅާ ގޮތްބޮޑުނޫން ލުއި މޭކަޕެއްގައެވެ. އެ ދޮން ޖަންބުކުލަ އަރާ ހަމާއި ނިކަން ގުޅެއެވެ. ސްޓައިލިޝް ކުއްޖެކެވެ. ނުވީތާކަށް ހިތްހެޔޮކަމެއްވެސް ހުރެއެވެ. ސަޖަލްގެ އުނި ސިފައެއް ހުންނާނެ ބާވައެވެ. އެއްޗެއް ކައްކަން އެނގޭނެހެއްޔެވެ؟ ކައިޔާންއަށް އަނބިމީހާ ލައްވާ ކެއްކުން މުހިއްމު ނުވެ ހިގައިދާނެއެވެ. ގަޒަލް ވިސްނައިދިނުމުން ހިތަށް ހަމަޖެހުން ލިބި ދިރިއުޅުން އެހެން ފަތްތަރަކަށް ގެންދަން ލިބުނު ހިތްވަރަކަށް ވިއެވެ. ރެއިނާގެ ޚިޔާލުތައް ގިނަވެ ސިކުނޑި ފުރައިލިއެވެ.

 

***

ރެއިނާ ސަޖަލް އާއިއެކު ހިގަމުންގޮސް ރެސްޓޯރެންޓަށް ވަނެވެ. ރެއިނާ ދައްކަން އުޅޭ މުހިއްމު ވާހަކަ އެނގެން އޭނަވެސް ބޭނުންވިއެވެ. ސަޖަލް އަމިއްލަ ޚަރަދުގައި އޯޑަރުކުރީ ފުދޭވަރެއްގެ ރަގަޅު މީރު ކެއުންތަކަށެވެ. ވެއިޓަރު އެތައް ތަށިތަކެއް ގެނެސް އަތުރާލައިފިއެވެ. ބަނޑުފުރޭފަދަ މީރުވަސް ތަށިތަކުން އަރައެވެ.

"ކައިޔާންއަކީ މީހެއްގެ ފިރިއެކޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟ " ރެއިނާ ސީދާ މައުޟޫއަށް ދިޔައެވެ.

"ނޯ ވޭ..." ސަޖަލް އަށް މަޖާވެފައި ހޭންފެށިއެވެ. އޭނަ އަތުގެ ޝަހާދަތް އިނގިލީގައި އޮތް ހުދު ރަނުގެ އަނގޮޓީއާއި ކުޅުނެވެ. ކައިޔާންގެ އަތުގައި އޮންނަނީވެސް މީގެ އަގޮނޓިއެކެވެ. އެދެމީހުންގެ އެންގޭޖްމެންޓް އަނގޮޓީގެ އަގު އަންދާޒާކުރަން ރެއިނާއަށް ފަސޭހައެއްނުވިއެވެ. އެނގުނީ އަގު ބޮޑުވާނެކަމެވެ.

"މީގެ ހަތަރު އަހަރު ކުރިން ދިވެހި ރާއްޖޭގެ ރަށެއްގައި އޭނަ ކައިވެނި ކުރި. އުމުރުން ފަނަރަ އަހަރުގެ އަންހެންކުއްޖަކާ. ދަރިއަކުވެސް ލިބުނު. އެކުއްޖާ މޫދަށް ވެއްޓި ގެނބުނީ. މިއީ ﷲ ގަންދީ ބުނާ ތެދެއް......." ރެއިނާގެ ކަޅުކަން ގަދަ އެސްފިޔަތައް އެކުލެވޭ ބޮޑު ދެލޮލާ ސަޖަލްގެ ފެހި ދެލޯ ގުޅުނެވެ. ސަޖަލްގެ ތުންފަތްމަތިން ހިނިތުންވުން ފޮހެވުނެވެ.

"އެމީހަކީ ކާކުތަ؟ "

"އަހަރެން. ކައިޔާންގެ ފުރަތަމަ އަންހެނުންނަކީ މިއީ......"

"ވަޓް؟ " ސަޖަލް ގެ އަނގަ ހުޅުވުނެވެ. ރެއިނާގެ މޫނަށް ބަލައިލީ ދަސްކުރާފަދަ ނަޒަރަކުންނެވެ. މާސިންގާ ދެލޮލެވެ. އެލޯ ފުންވެފައި ދަމައިގަންނަގޮތެއް ހުއްޓެވެ. އެލޮލުގެ ރީތިކަމާއި ބޮޑުކަން ފުރަތަމަ ފަހަރަށް ފެނި ސަޖަލްއަށް ރެއިނާ ބިރަކަށްވިއެވެ. މޭކަޕެއްނެތަސް އޮމާން މޫނެކެވެ. އެންމެން ބޭނުންވާނެފަދަ ރީތި ތުންފަތެކެވެ. ގުދުރަތީ މުއްސަދި ކުލައެކެވެ. ތަނަވަސް ނިތްކުރިއެކެވެ. ބޮޑުހެދުންތަކެއްގެ ނިވަލުގައި ފޮރުވިގެން ހުރުމުން ހަށިގަނޑުގެ ރީތިކަން ނުފެނުނަސް މިކުއްޖާ ގެ ރީތިކަން ފުރަތަމަ ފަހަރަށް ސަޖަލްއަށް ރޭކާލައިފިއެވެ. ހިތުގައި ބިރުވެރިކަން ހިނގައިލިއެވެ. ރެއިނާ އޭނައަށް ނުރައްކަލަކަށް ވެއްޖެއެވެ.

"އާނ. އަހަރެންގެ ބައްޕައަކީ ޔަމަންމީހެއް. އޯލެވެލް ހަދާ ނިމުމުން އަހަރެން ބައްޕަމެން ކައިރިއަށް ޔަމަނަށް ދިޔައީ. ދިޔަތަނާ ބައްޕަމެން މުސްކުޅި ފިރިހެނަކާއި އަހަރެން ކައިވެނި ކުރުވަން އުޅުނީ. އެމީހާއަކީ އެމެރިކާގައި ދިރިއުޅޭ ބޮޑު މުއްސަންޖެއް. ބައްޕަމެންގެ ހިތުގައި އޮތް ދަހިވެތިކަމުގެ ބޮޑުކަމުން އަހަރެން ވިއްކައިލަން އުޅުނީ. އަހަރެން ނިންމީ ފިލައިގެން ދާން. އެކަމަކު ނަސީބަކުން ދުވެފައިގޮސް އެރުނު ކާރެއްގައި އިނީ މުއްސަދި ފިރިހެންކުއްޖެއް. އޭނައާއި ވާހަކަދެއްކުމުން ބުނީ މުސްކުޅިއަކާއި އިންނާނެކަމެއް ނެތޭ. ރެއިނާއާއި ގުޅޭ އުމުރުގެ ކުއްޖަކާއި ކައިވެނިކޮށްގެން ރާއްޖެއަށް ގެންގޮސްދޭނަމޭ. އެއީވެސް ހާފް މޯލްޑިވިއަން އެކޭ. އަހަންނާއި އެ ޒުވާނާ ބައްދަލުވެ ކައިގެ ނަމުގައި ތައާރަފުވި. އެއީ އަހަންނަށްވުރެ ފަސް އަހަރު ބޮޑުކުއްޖެކޯ ބުނީ. އޭރު އަހަރެން އަދި އިސްކޮޅު މިއަށްވުރެ ކުރު. އޭނަ ދިގުކަމުން އަހަރެން ހައިރާންވި. އިސްކޮޅުން ދިގު ކުދިން އެންމެ ރީތީ. ސޯ ވަރަކަށް ގަޔާ ވެވުނު. ބައްޕައަށްވެސް އެ ޒުވާނާގެ ހުށަހެޅުން ކަމުދިޔަ. އެމީހުން ބައްޕަ ރުހޭވަރަށް ފައިސާދިން. އެއަށްފަހު އަހަރެން ހަޒްބެންޑާއިއެކު ރަށަށް އައީ. ދެމަސް ދުވަހަށް ފަހު އޭނަ ފުރިގޮތަށް ޚަބަރެއްނުވެ ގެއްލުނީ. އޭރު އަހަރެން ޕްރެގް........" ރެއިނާ އަނގަ ފުރެންދެން ލައިގެން ހަފަމުން ވާހަކަދެއްކިއެވެ.

"މިކާ ލިބުމަށްފަހު ކެނެޑާއަށް އައުމާއި ހަމަޔަށް ދުވަހަކުވެސް އުއްމީދެއް ނުކުރަން އަލުން އޭނައާއި ހަމަޔަށް ތަގުދީރު ގެންގޮސްދާނެކަމަށް..................."

ރެއިނާ އޭނަ ކެނެޑާއަށް އައި ސަބަބާއި މިކާއަށް ވި ވައުދުތައް ކިޔާދިނެވެ.

މިކާގެ ފޮޓޯތައްވެސް އޭނަގެ ފޯނުގައި އެބަހުރި ކަމަށް ބުނެފައިވެސް ކެއުން ކުރިއަށް ގެންދިޔައެވެ.

ސަޖަލް އިނީ ގަނޑުވެފައެވެ. ކުޑަދޮރުން ބޭރު ބަލައިލިއެވެ.

ސްނޯ ކޮންމެވެސް ވަރަކަށް ވެހެމުން ދިޔައެވެ.

ރެއިނާ އެކިޔައިދިނީ ވާހަކައެއް ހެއްޔެވެ؟ ނޫނީ ހަގީގަތެއް ހެއްޔެވެ؟ މިކުއްޖާ ކުއްލިއަކަށް އޭނަގެ ހުރިހާ އުފަލެއް ފޭރިގެން އޭނަ އާއިލާ ތެރޭ ލަދުގަންނަވާލާނެ ކަމަކަށް ސަޖަލް ހިޔެއްނުކުރެއެވެ.

އޭނަގެ ކޮލެޖް ކުދިންނާއި މަންމައާއި ބައްޕަގެ އާއިލާއަށްވެސް އޭނައާއި ކައިޔާންގެ ގުޅުން އެނގެއެވެ. ކައިވެނި ކުރަން ހުށަހެޅީވެސް އިސްވެ ކައިޔާން ނޫންހެއްޔެވެ؟ އޭނަގެ ހުރިހާ އެކައުންޓެއްގައި ކައިޔާންގެ ފޮޓޯތަކެވެ.

"ރެއިނާ. އެންމެ ރަގަޅު. ކައިއަށް ހަގީގަތް އެނގުމަށްފަހު އަލުން ޕާސްޓްއަށް ދާކަށް ބޭނުމެއް ނުވިއެއްނު. އެއީ އޭނަގެ ފްރެންޑަށްޓަކާ ކޮށްދިންކަމެއްނު. ވީމަ ރެއިނާއަށް އެންމެ ރަގަޅުވާނީ އެކަންތައް ހަދާން ނައްތާލިއްޔާ. ތިބުނީ ދަރިފުޅުވެސް ނެތޭ. ކައި އެހާ ޔަންގްވީމަ ނުވިސްނުނީކަމަށް ވާނީ. އައިމް ސޮރީ. އެކަމަކު އެހެނޭ ކިޔާފައި އަހަންނަށްވެސް މި ކައިވެނި ނުހުއްޓުވޭނެ. މިއީ ކައިންޑް އޮފް އެން އެރެންޖެ މެރިޖް. ސިއެރާ އާންޓްގެ ސަބަބުން ފެމިލީގެ ގުޅުން ކުޑަވެފައި އޮތްވާ....އެނީވޭސް އައި ހޭވް ޓު ގޯ......" ސަޖަލް ތެދުވެއްޖެއެވެ.

"ކައިޔާން އޭރު މޮޔަވިޔަސް މިހާރު ވިސްނޭނެއްނު. އެންމެ ކުޑަވެގެން ދަރިފުޅުގެ ފޮޓޯއެއް ބަލައިލިނަމަ......"

"މޭ ބީ ހީ ހޭޑް ހިޒް ރީޒަންސް..." ސަޖަލް ބިލަށް ރުފިޔާ ދެއްކުމަށްފަހު ދާން ހިނގައިގަތެވެ.

ސަޖަލްގެ އެ ނިންމުމާއިމެދު ރެއިނާ ހައިރާންވިއެވެ. އޭނަ ހީކުރީ ކައިޔާންދެކެ ރުޅި އަންނާނެ ކަމުގައެވެ. ކައިޔާންއާއި ވަކިވާނެކަމުގައެވެ. ނަމަވެސް ރެއިނާއާއި ޗެލެންޖު ކުރަން ބޭނުންވީކަން ނޭގެއެވެ. އަންހެންކުދިން ވިސްނާގޮތް ތަފާތުވާނެއެވެ. ބައެއް އަންހެންކުދިން އެފަދަ ހާލަތެއްގައި ކެހިވެރި ލޯބިވެރިޔާ ދޫކޮށްފައި ދާނީއެވެ. އަނެއް ބައި ކުދިން އެހެން އަންހެންކުއްޖަކާއި ޖެހި ތިމާ ބަލިވުން ގަބޫލުކުރާކަށް ތައްޔާރެއް ނުވާނެއެވެ. ސަޖަލް ހިމެނުނީ އޭގެ ތެރޭގައެވެ. މިވީގޮތުން ކައިވެނި ކުރިއަށްވުރެ އަވަސްކުރާނެކަން ޔަގީނެވެ. ރެއިނާ ދެލޯ މަރާ ބާރުކޮށްލިއެވެ.

***

ސަޖަލް ކޮޓަރީގެ ތެރޭ ދެކޮޅަށް ހިނގިއެވެ. ހަދަންވީގޮތަކާއިމެދު ވިސްނިއެވެ. ކައިޔާން އޭނަގެ މާޒީ ސިއްރުކުރީ ކީއްވެހެއްޔެވެ؟ އޭނަ ހީކުރީ ކައިޔާންއަކީ އޭނަގެ އަމިއްލަ ހައްގެއްކަމުގައެވެ. އެކަމަކު އެއީ ރެއިނާގެ މާޒީއެވެ. ސަޖަލްއަށް ނޭގުނީ އަދިވެސް ކައިޔާން ރެއިނާ ވަރި ނުކުރާކަމެވެ. ސަޖަލް އެނދަށް ބަންޑުން ވެއްޓިގެން މޫނުގައި ބާލީސް އަޅާ ބާރުކޮށްގެން އޮތެވެ. އިރުކޮޅެއްފަހުން ސޯފާއަށް އެރިއެވެ. ކުޑަދޮރު ކައިރީ ހުރި ކައުޗްގައި އޮށޯވެ ކުޝަންތަކުގައި ބައްދާލިއެވެ. ކޮންމެގޮތެއް ވިޔަސް އޭނަގެ އުފަލާއި ހަމަޖެހުން ފޭރިގަނެވިއްޖެއެވެ. ނިދުމުގެ އަރާމުން މަހުރޫމްވިއެވެ. ކައިޔާން އަކީ ކެހިވެރިއެއް ހެއްޔެވެ؟ ފައިސާއާއިހެދި އުޅޭ މީހަކީހެއްޔެވެ؟ މުއްސަދި އާއިލާއަކުން އައިސްފައި ހުއްޓަސް އެ އާއިލާއާއި ގުޅުން ކަނޑާލުމަށްފަހު ކައިޔާންގެ ބައްޕަ ކެނެޑާއަށް ހިޖުރަ ކުރީއެވެ. ހަގީގަތުގައި އެ އާއިލާ ސަޖަލްގެ އާއިލާއަށްވުރެ އެތައް ތަނެއް ގަދަރުވެރިވެފައި މާ މުއްސަންޖެވެ. ކައިޔާން އޭނަގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟

"އެކުޑަ ކުޑަ ކުއްޖާ އެހެދީ ދޮގަކަށް ވާނެނަމަ. މޭ ބީ ޝީ ވޯޒް ޑްރަންކް އޯ ސަމްތިން....." ސަޖަލް މޫނުގައި ކުޝަން ޖައްސާ ބާރުކޮށްލާފައި ހަޅޭއްލަވައިގަތުމުން އަޑު ހިނދުނެވެ.

އޭނަ ކައިޔާންގެ ފޯނަށް ގުޅިއެވެ. ފޯނު ނުނަގާ އަރާމުކޮށް ނިދަނީއެވެ.

***

ސިއެރާ އެރަށަށް ނާންނަން އަމިއްލަ ނަފުސަށް ވައުދުވެފައިވެސް ލިވާއީ ކެނެޑާއަށް އަންނަން އުޅުމުން އެކީ އަންނަން ހިތް މަޖުބޫރުކުރިއެވެ. އުމަރުއަށް އޭނަގެ ދިރިއުޅުން ހުއްޓުވާ އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވިގެން ނުވާނެއެވެ. ސުފިޔާންގެ އާއިލާ އެންމެނާއެކު ސިއެރާއާއި ލިވާއީ މެންދުރު ކެއުމުގައި ބައިވެރިވިއިރު އުފާވެރި އާއިލާއެއްފަދައެވެ. ރެއިނާ ބަހަނާއެއް ދައްކާފައި ގަޒަލް އެދުނީމަވެސް އެއްބަސްނުވިޔަސް ސިއްރުން އެމީހުންގެ އުފާތައް ބެލިއެވެ. ހަމަ އެފަދައިން މިލާންއަށްވެސް އެ މަންޒަރު ފެނިގެން އިރުކޮޅެއްވާންދެން ބަލަން ހުއްޓެވެ. އެދެކުދިންވަނީ އާއިލީ އެ އުފާތަކުން މަހުރޫމްވެ އެކަނިވެރިވެފައެވެ.

އެރޭ ލިވާއީއަށް ދަންވަރު ހޭލެވުނީ މީހަކު ބަދިގޭގައި އުޅޭ އަޑު އިވިފައެވެ. ފަނޑު އަލިކަމުގެ ތެރޭ އޭނަ އެތަނަށް ވަންއިރު ފެނުނީ މިލާން ފްރިޖް ހުޅުވާލައިގެން އުޅެނިކޮށެވެ. ނިދަންލާ ޕިޖާމާގައި ހުރިއިރު ނިތުމައްޗަށް ތަރުތީބު ގެއްލިފައވާ އިސްތަށިގަނޑު ވެއްޓިފައެވެ. ފްރިޖް ހުޅުވާލުމަށްފަހު އޭނަ އޭގެ ތެރޭގައިވާ ހާ އެއްޗެއްނެރެން ފެށިއެވެ. އެއްޗެހި ކޮށައިގެން ކައްކައިގެން ކެއެވެ. އެއަށްފަހު ދޮރު ހުޅުވާލާފައި ތުނިކޮށް ވެހެމުން ދިޔަ ސްނޯގެ ތެރޭގައި ބޭރަށް ނުކުތެވެ. ލޯ ހުޅުވާލައިގެން ހުއްޓަސް އޭނަ އެހެރީ ނިދީގައިކަން އުޅުނު ގޮތާއި ހަރަކާތް ހުރިގޮތުން ލިވާއީ ދެނެގަތެވެ. ލިވާއީވެސް ފަހަތުން ދިޔައެވެ. އެގޭގެ ފަހަތުގައި ހުންނަ ގަހުގައި ހުރި ހެމޮކަށް އަރާ ކުރުގެޅިލައިގެން އޮތްތަން ފެނިފައި ލިވާއީ ރަޖާގަނޑެއް ގެނެސް އެޅިއެވެ.

ލިވާއީ ހަދާންވީ މިލާން އެޓިކުން ފުންމި ދުވަހެވެ. ކާރުގައި ޖެހިގެން ލިބުނު ޒަޚަމެވެ.

ނިދީގައި މިލާން ހިނގާފައި އެހުރިހާ ކަމެއް ކުރަނީއެވެ.

ނިދީގައި ހިގާފައި އަމިއްލަ ނަފުސަށް ނޫނީ އެހެން މީހުންނަށް ކޮންމެފަދަ ބޮޑު އަނިޔާއެއްވެސް ދެވިދާނެއެވެ. ސްލީޕް ވޯކިންގައި އެމީހެއްގެ ސިކުނޑި ނިދާފައި އޮތަސް ހަށިގަނޑު ހުންނަނީ ހޭލައެވެ. ސްލީޕް ޕެރެލިސެސް އޭގެ އިދިކޮޅެވެ. ހަށިގަނޑު ނިދާފައި ހަރަކާތް ނުކުރެވޭއިރު ސިކުނޑި އޮންނަނީ ހޭލައެވެ. މިލާންއަށް ނަފުސާނީ އެހީތެރިކަން ބޭނުންވެއެވެ. އޭނައާއި ކޮއްކޮއާއި އުޅެބޮޑުވީ ދުރުގައި ކަމުން އެހާ ގާތްގުޅުމެއް ނެތަސް އެއީ ކޮއްކޮ ނޫންހެއްޔެވެ؟ ގުޒުލާން މަރައިލީވެސް ނިދީގައި ހިނގާފައިކަން ޔަގީނާއި ގާތަށް އެނގިއްޖެއެވެ. މިލާން އަކީ އެހާ ރަހުމްކުޑަ ގާތިލަކަށް ނުވާނެއެވެ. އޭނަ އެހެން ބުނެދިނަސް ސަބީނާދައްތައާއި އާއިލާއިން މާފުކުރާނީއެއްވެސް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް މަރުވީ އެމީހުންގެ ދަރިއެކެވެ. މޮޔަވެގެން މީހަކު މެރިޔަސް މަރައިލެވުނީ އެވެ. ނަމަވެސް ނަފްސާނީ ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނަ މިލާންއަށް އެހީތެރިވާން ޖެހޭނެއެވެ. އަދި މިލާންއަށް ނިދގައި އެއްވެސް މީހަކަށް އަދި އަމިއްލަ ނަފުސަށް ގެއްލުން ނުދެވޭފަދަ މާހައުލެއް ހޯދަދޭން ޖެހޭނެއެވެ. އެޓިކަށް މިލާން ލާފައި ހުރުމަކީ ބިރުވެރިކަމުން ފުރިފައިވާ މޮޔަ ކަމެކެވެ.

 

***

ރޭގަނޑު ކެއުމަށްފަހު ސިޓިންރޫމްގައި ފަޔާ ޕްލޭސް ކައިރީ ސުފިޔާންގެ އާއިލާ މީހުން ދޫލަމަތީގައި ތާސްކުޅުމުގެ ފޯރީގައި ތިއްބެވެ. ސިއެރާއާއި ލިވާއީވެސް އެގޭގައި ތިބުމުން ވަކިން ފޯރިގަދައެވެ. ރެއިނާ އެހެންމީހުންނަށް ނޭގުނަސް ކައިޔާންގެ މޫނު ފެންނަ ދިމާލުގައި އިނދެ ބަލަމުން ދިޔައެވެ. ކައިޔާންއަށް އެކަން އިހުސާސްވިޔަސް އެނގޭކަމަކަށް ނަހަދައެވެ. ރެއިނާ ހިތާ ހިތުން އެއްޗެހި ގޮވައިގަތެވެ. ކައިޔާން ގެންގުޅޭ ކުއްތާވެސް ދޮރުމަތީ ބަނޑުޖަހާލައިގެން އޮތެވެ. ކުރީކޮޅު ބިރުން އުޅުނަސް ފަހުން ރެއިނާ ހުންނަނީ ގަދަކޮށްލައިގެންނެވެ.

"ފޮނި ފިރިހެނުންވެސް ދެކެން. މިހާ އެރަގަންޓް ތިމާއަށް ތިމާ ފެނިފައިވާ ބޮޑާ ފިރިހެނެއް ދުނިޔެއަކު ނުހުންނާނެ."

ކައިޔާން މިލާންގެ ވާހަކަ ފެށުމުން ލިވާއީ ކުއްލިއަކަށް ކަމެއް ހަދާންވެގެން ފެށީ ނިދީގައި ހިނގުމުގެ ވާހަކައެވެ. ސުފިޔާން ދެކޮޅުހެދިއެވެ. އެއީ ގާތިލުން އެމީހުންގެ ކުށް ފޮރުވަން އަޅާ މަތިގަނޑެއް ކަމަށާއި ޚަސީލަތާއި ނިޔަތް ނުބައިވެގެން ހިންގާ ޖަރީމާތައް ކަމުގައި ބުނެލިއެވެ. މިލާން މައުސޫމް ވާނެގޮތެއް ނެތްކަމަށާއި އެއްވެސް އުޒުރެއް ގަބޫލު ނުކުރެވޭނެކަމުގައި ބުނެލީ އޯގާތެރިކޮށެވެ. ލިވާއީގެ ޝަޚުސިއްޔަތުން އަސަރުކޮށް ގަދަރުކުރަނީކަން ނޭގެއެވެ.

ރެއިނާ ކައިޔާން ނޫން ތަނަކަށް ދެން ލޯ ހުއްޓައިލަނީ ބިއްލޫރި ފާރުން ބޭރަށެވެ.

ސަބީނާއާއި ސިއެރާއާއި ދެބެންގެ އާއިލާ އެކުވެގެން އެންމެން އެކީ ކައިބޮއި ތާސް ރާޒުވާކަހަލަ ކުޅިވަރު ކުޅުމާއި ފިލްމުބެލުމާއި އަނގަ ތަޅައިލުންފަދަ ކަންތައްތަކުގައި ވަގުތު ވޭތުކުރިއެވެ. ކަރަންޓު ކެނޑުމުން އުއްބައްތިތައް ރޯކޮށްލައިގެން ހަންޑި ވާހަކަތައް ކިޔާހެދިއެވެ. ހޫނުބުއިންތަކާއި ކެއުންތަކަށް އިންސާފުކުރުމުގައި އެކަކު އަނެކަކަށް ދޫނުކުރެއެވެ.

އިރުއެރީ ހެެދުނު އަށެއްޖެހި ފަހުންނެވެ. ކެހެރިހެދުން ތަކުގެ ތެރޭ ފޮރުވިގެން އަތަށް އަންގި ލައްވާ ބޮލުގައި ތޮތްޕެއް އޮޅާލައިގެން ގޮސް ރެއިނާ ދޮރު ހުޅުވައިލިއިރު ކައިޔާން ސްނޯ ޝޮވެލް ކުރަން އުޅެއެވެ. ދެފަރާތުގައި ސްނޯގެ ފުނިވަރެވެ. ރެއިނާ ވަގުތުން އެތާއޮތް ރަތްކުލައިގެ ސްނޯ ކަހާ އެއްޗެއް ހިފައިގެން އެކަމާ އުޅެގަތެވެ. އިރުގަނޑެއް ނުވަނީސް މޫނުވެސް އައްސިވިއެވެ. އަތާއި ފައި ވެސް ނެތް އެއްޗެކޭ އެއްފަދަވިއެވެ. ފިނިގަދަކަމުން ފޭރާމުގެ އެތައް ފަށަލައެއް ފުރާނާލާފައި ވަދެ ޖިސްމުގައި ފިނިކަން ހިފުވާލައިފިއެވެ. ކަރުތެރެވެސް ހިކި ރިއްސާގޮތްވިއިރު ތުންފަތް ފަޅައިގެން ގޮސްދާނެފަދައެވެ. ވަރުބަލިވާގޮތްވެސް ވިއެވެ.

"ކައި. އެހެން މީހަކު ހެލްޕް ނުވަނީތަ..ހޫނު ކޮފީއެއް ގެނެސްދެންތަ؟ އެންމެން ރޭ މާ ދަންވަންދެން ހޭލާ ތިބެފައި ހަމަ ދެފައި ދަމަދަމާފައި ނިދަނީ ދޯ." ރެއިނާ ކައިރިއަށް ޖެހިލިއެވެ.

ކައިޔާން ޖަވާބެއް ނުދިނެވެ.

"އަނގައިން ނުބުންޏަސް ބީރައްޓެއްސެއްހެން އުޅުނަސް އަހަރެން ހަމަ ވާނީ ކައިޔާންގެ ފަސްޓް ވައިފްކަމުގައި. ދަރިފުޅުގެ މަންމަ ކަމުގައިވާނީ. ކައިޔާން ބޭނުންވިޔަސް ނުވިޔަސް އެ ދުވަސްތައް މާޒީއިން ފޮހެނުލެވޭނެ. ސޯ ލެޓްސް ބީ ފްރެންޑްސް. ނޫނީ ކައިޔާންގެ މަންމަ ގާތު ހުރިހާ ވާހަކައެއް ބުނާނަން. އެންމެ ފުރަތަމަ މާމަ ދަރިފުޅުގެ ފޮޓޯ ދައްކާފައި ބުނާނަން. އެމީހުންނަށްވެސް އެގެންވާނެ..."ރެއިނާގެ ވާހަކަތަކުން އެންމެފަހުން ކައިޔާންގެ ސަމާލުކަން ހުއްޓުވަން މަޖުބޫރު ކުރުވައިފިއެވެ. ހަށިގަނޑު ސީދާކޮށްލަމުން ރެއިނާގެ މޫނަށް ބަލައިލިއިރުވެސް އެމޫނުމަތިން އިތުރު ޝުއޫރެއް ފައުޅެއްނުވިއެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. ރެއިނާވެސް އެސްފިޔަ ޖަހަނުލާ ބޮޑު ދެލޮލުން ބަލަން ހުރީ ގަޔާވާފަދަ ނަޒަރަކުންނެވެ. އެފެހި މުށި ދެލޮލުގެ ރީތިކަމަށް ހިތް ތައުރީފުކުރިއެވެ. ފިނީގެ ސަބަބުން އޮމާން ތުންފަތް ރަތް ލޭގަނޑެއްފަދައެވެ. ރެއިނާ ހިންދިރުވައިލިއެވެ. މިހާ ރީތި ފިރިހެނަކާއި ހިތާވުމުގެ ހައްގެއް އޭނައަށް އެބައޮތްހެއްޔެވެ؟ ގުޅެނީ ސަޖަލްއާއެވެ. އޭނައާއި ސިފަވެސް ގުޅެނީއެއް ނޫނެވެ.

ކައިޔާންގެ ފޯނު ވައިބްރޭޓްވުމުން އޭނަ ފޯނުނެގިއެވެ.

"މޯނިން ލަވް....." ކައިޔާން ހީލިއެވެ. ހީވާގޮތުން އެގުޅީ ސަޖަލްއެވެ.

"ހޫމް އާއްމުކޮށް އޯކްވިލްގެ ވެދާ މައިލްޑް އެކަމަކު މި ފަހަރު ސްނޯ ޑަމްޕްކޮށްލިވަރެއް ދޯ. އަދި މަގުގެ ހާލު އޮތްގޮތެއް ނޭގޭ. ގޭދޮރުމަތީގައިވެސް ސްނޯފަރުބަދައެއް ހުއްޓާ ކަނޑާލީ. ނޫނީ ތިގެއަށް ނުދެވިގެން އިންތިޒާރުގައި ހުންނަން ޖެހޭނީ. އެނިވޭސް މަގަށް ސޯލްޓް ޓްރަކްތައް ނެރުނުކަން އެނގޭ، ވަރަށް އަވަހަށް ދިމާވާނެއްނު. އަހަރެން މިއުޅެނީ ކުޑަ ކުނިކޮޅެއް ލޮލަށް އެޅިގެން...." ކައިޔާން ސީދާ ރެއިނާގެ ލޮލަށް ބަލައިލުމުން ރެއިނާ ވަގުތުން ދޫ ނެރެލިއެވެ.

"ތިބުނީ އަހަރެން ވާހަކަ؟ " ރެއިނާއަށް ނުހުރެވިގެން އަހައިލިއެވެ.

"ހޫމް. އެއީ މިގޭ މެއިޑް. އެކުއްޖާ ހީކުރީޔޯ އޭނައާއި ދިމާލަށް އެއެއްޗެކޭ ބުނިކަމަށް. އެބަގުޅަން އިނގޭ." ކައިޔާން ފޯނު ކަނޑައިލިއެވެ.

"އިނަފް. ހީކުރަނީ އަހަންނަށް ކަމެއް ކުރަން ނުކެރޭނެކަމަށް؟ ބަލައްޗޭ..." ރެއިނާ އުކުޅުގައި އަތް ވިއްދާލާފައި ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ.

ކައިޔާން ކުރިއަށް އެޅި ފިޔަވަޅާއެކު ރެއިނާ ފުއްލާއެއްހާ ހަލުވިކޮށް ފުންމަމުންގޮސް ނިވާވިއެވެ. ކޮޓަރިއަށް ވަންގޮތަށް ކުދި ކިޔަމުން ފާޚާނައަށް ވަންއިރު މުށިތައްވެސް ފިނިކަމުން ގަނޑުފެންމަތީ ފައި އެޅުނުފަދައެވެ. ރޫރޫއަޅަން ފެށުމުން ނުކުތްއިރު ގަޒަލްވެސް ބިރުވެރި ހުވަފެނެއް ފެނިގެން ލޯ ބޮޑުކޮށްގެން ތެދުވުނީއެވެ. ރެއިނާ ބުނީ ކޮފީ ހަދައިގެން އަންނާނެކަމުގައެވެ. ބަދިގެއިން ވިއު ފެންނައިރުވެސް ހާދަ ނަލައެވެ. ކޮފީ ތައްޔާރުކުރަން ހުރެފައި އަވަނަށް އެރެންވެސް ހިތަށް އެރިއެވެ. ރާއްޖޭގެ މޫސުން ހަދާންވިއެވެ. ފަތުރުވެރިން ފިނިމޫސުމަށް ރާއްޖެ ދަނީ މި ގަދަ ފިނިން ސަލާމަތްވުމަށެވެ. މަންޒަރު ރީއްޗަސް ކެތްކުރެވޭވަރަށް ވުރެ ފިނިގަދައެވެ.

***

ހެމޮކުގައި އޮށޯވެލައިގެން އުއްބައްތިއަކާއި ކުޅެން އޮތްއިރު އޭނަ ލާ ކޮންމެ ނޭވާއެއް ހުދު އާތްވަށް ވާތަންވެސް އޭނައަށް ހިތްގައިމު އާ ކަމަކަށްވިއެވެ. ބަލާބަލާ އަދި ފޫއްސެއްނުވެއެވެ. ހުރިހާތަނެއް ހުދުވެފައިވާއިރު ހާދަ ނަލައެވެ. ހުވަފެނީއެވެ. އެހެން އޮވެފައި ކުޅަދުންވަންތަކަމާއިމެދު ވިސްނުނެވެ. ނަސީބާއިމެދުވެސް މެއެވެ. އެކި އިމްތިހާނުތަކާއި މެދުގައެވެ. އޭނަފަދަ ނިކަމެތި ފަގީރު ކުއްޖަކަށް މިފަދަ ރީތި ތަނަކަށް އާދެވުނީ ހުވަފެންތަކުގައި ކުލަ ޖެހެން ކަން ނޭގެއެވެ. ﷲއަށް ޝަކުވާނުކޮށް ވަކީލުކޮށް ހަމްދުކުރުމުން ގިނަގިނައިން ދެއްވާނެ ނޫންހެއްޔެވެ؟ އަދި ލޯބިވާން ޖެހޭނީވެސް މާތްﷲއަށްޓަކައެވެ. ކައިޔާންއަކީ އޭނަގެ ފިރިމީހާއެވެ. އެ ގުޅުން ފެށުނީވެސް ހަލާލު ގޮތުގައެވެ. ކައިޔާންއާއި ސަޖަލް ކައިވެނިން ބޭރުގައި ފޮޓޯތައް ނަގާ އެތަން މިތަނަށްގޮސް އެގޮތަށް އުޅެ ނަހަލާލު ގުޅުމުން ފެށޭ ލޯބީގައި ބަރަކާތް ނުލައްވާނެކަމަށް އޭނަ ވަނީ ކޮންމެވެސް ތާކުން ދެކެފައެވެ. ވީއިރު އޭނަ ކައިޔާންއަކީ ފިރިމީހާއަށް ވީމަ ﷲއަށްޓަކާ ލޯބިވާން ޖެހޭނެއެވެ. ފިރިމީހާއަށް އިހުތިރާމްކޮށް ލޯބިވާން ދީނުގައިވެއެވެ. އާއެކެވެ. އޭނަ ކައިޔާންދެކެ ލޯބިވާނީ ފިރިމީހާއަށް ވީތީއެވެ. ކައިޔާންއަށްޓަކާ ޒީނަތްތެރިވެ ރީތިވެސް ވާނީއެވެ.

***

ސުޕަމާކެޓަށް ގޮސް ގެނައި ފެއަރނެސްކްރީމް ފުޅިއަކުން މޫނާއި ކަރު ދޮށުގައި ރަގަޅަށް ލުމަށްފަހު ރަތް ތުންފަތުގައި ލިޕްބާމްކޮޅެއް ހާކާލައިފިއެވެ. ރީތިވާން ހުރިއިރު ގަޒަލް ފުރޮޅުލީ ގޮނޑިން ބޭރަށް ނުކުމެފައި ވަދެ ހަދައެވެ.

"ޖީޖީ. މި ކްރީމުގެ ބޭރުގައި މިހިރީ ހަމަ ތެދެއްތަ؟ އަހަރެން ވެސް މިހާ ދޮންވާނެތަ؟ ހޫމް. ލިޕްބާމް ލީމަ ކައިލީ ޖެނާ ލިޕްސްހެން ހީވަނީ.....ބަލާލަ..." ރެއިނާ ހިނިގަނޑެއް ޖަހާލާފައި އެނބުރުނީ ލޯ މަރާލާފައި ތުންފަތް ވަށްކޮށްލަމުންނެވެ. ގަޒަލްގެ ޖަވާބެއް ނުލިބުމުން ލޯ ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ކައިޔާން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ރެއިނާ ހުރިތަނަށް ތިރިނުވީ ކިރިޔާއެވެ.

"ކައިޔާން.....މިތާ...." ރެއިނާ ކުޑަކޮށް ރަކިވިއެވެ.

ކައިޔާން ހީވީ ހިނި އަންނަން އުޅުނުހެންނެވެ. މަލާމާތުގެ ހިންޏެއްކަމެއް ނޫނީ ރެއިނާ ބުނި އެއްޗަކުން ހެވުނީކަމެއް ނޭގެއެވެ. އޭނަ ގަޒަލް ނުފެނިގެން އައީކަން ނޭގެއެވެ.

ނުނިމޭ

ކޮމެންޓް 0