"ހަޔާތުގެ ތޫފާން ތަކުގެ ތެރޭގަޔާއި ފުންކަނޑުތަކުގައި ބަކަތެޅެމުން ކިރިޔާ ސަލާމަތްވަމުން ދާއިރު އެންމެ ބޮޑަށް ވިސްނަންވީ ދެމިގެންވާ ގޮވަތިން ތަފާތެއް ހޯދާ އުފާވެރިކަން ހޯދުމަށެވެ. ކެތްތެރިކަމާއިއެކު ދިރިއުޅުމުގެ ހަގުރާމައާއި ކުރިމަތިލާ އާޚިރަތަށްވެސް ތައްޔާރުވާށެވެ. ދަތުރުކުރަމުން މިދަނީ ސުވަރުގެ ނޫނީ ނަރަކައާއި ދިމާލަށެވެ. ނަސީބުވެރިންނަކީ ސުވަރުގޭގެ ވަޒަންވެރިންނެވެ. "

***

"ރެއިންގެ ލޯ ވެސް ރީއްޗޭ. ތި އައިނު ނޭޅިޔަސް ރަގަޅުވާނެ. މަޔޯޕިއާއޭ ބުނީމެއްނު. ދުރު އެހާ ނުފެނުނަސް އޯކޭއެއްނު......"

"ތެންކިއު..." ރެއިނާ އުފާވިއެވެ. "ގަބުޅިއެއްނު މިއީ...އަހަންނަށް މިހާ ލޯ ބޮޑުވީމަ ރީއްޗެއްނޫން.."

"ކުޑަޔަސް ބޮޑަސް ރީތިވެދާނެ..."

"ޖީޖީ. މިގޭގައި ޓްރީހައުސް އެއް ހުރޭތަ؟ " ކުއްލިއަކަށް ރެއިނާ ކަމެއް ހަދާންވެގެން ކަހަލަ ގޮތަކަށް އަހައިލިއެވެ. ގަޒަލް އިސްތަށިގަނޑުތެރެއަށް އަތް މަހާލާފައި އިރުކޮޅަކު އިނުމަށްފަހު އިސްއުފުލައިލި އިރު އެލޮލުން މޮޅިވެރިކަމެއް ފެނުނެވެ. " އަހަރެން މިގޭގެ ބެކްޔާޑަށް ނުދާށޭ ބުނަމެއްނު، އެއީ އެތަނުގައި ގުޒް މަރައިލީމަ. މެގްނޯލިއާ ގަހުގައި އަޅާފައިވާ ކުޑަ ގެއަކީ ބައްޕަ އާއި އެކުވެރިން އަހަރެމެންގެ އުފަން ދުވަހަށް ދިން އެންމެ ބެސްޓް ގިފްޓް. ކުޑައިރުގެ އެންމެ ރީތި ހަދާންތައް އެތަނުގައި ރައްކާކުރެވިފައިވާނެ. ވަރަށް ދުވަސްވާންދެން ސިކުނޑީގެ އެ ބައި ނިދާލާފައި ބާއްވައިފިން. އެކަމަކު އެ ވާހަކަ ދެއްކީމަ ސިކުނޑިއަށް ލުއިވާނެއޭ ހިތަށް އަރާ. އެހެންވެ މި ކިޔައިދެނީ ބައެއް ހަދާންތައް. ގުޒްއަކީ ހަށިގަނޑުގެ އެއްބައި ކަމުގައިވިޔަސް އަހަރެމެން ދެމީހުންގެ ޕާސެނެލިޓީ ތަފާތު. ދިމާއިދިކޮޅު. މިހާ ވައްތަރު ބަޔެއް ގެ މިޒާޖު ތަފާތުވެދާނެއޭ ހިތަށް އަރާނީ ކާކު ބައެއްފަހަރު ހިތަށް އަރާ ގުޒްއާއި އަވަލާފައި ހުންނަނީ ބާވައޭ. އެހެން ކަހަލަ ކަންތައް ކޮށް އުޅޭ ލައިކް އެކަނި ހުރެ ވާހަކަދެއްކުމާއި ހީ ހެދުން.. ބައްޕަމެން ބުނާނީ އިމޭޖިނަރީ ފްރެންޑްސް ތިބެނީއޭ...އެ އޭޖްގައި ބައެއް ކުދިންގެ އެކަހަލަ ފްރެންޑްސް ތިބޭނެޔޯ. ބައެއްފަހަރު ކިތަންމެ ސްވީޓްކޮށް އުޅެފައި އަނެއް ބައިފަހަރު މޮޔަކުއްޖެއްހެންވެސް އުޅެފާނެ. ގުޒްއާއި މިލާން ވަރަށް ފްރެންޑް. އެނީވޭސް މިލާންގެ އެކުވެރިންނަށް އަދި އޭނަ ލޯބިވާ މީހުންނަށް ހަމަޖެހުމެއް ނުލިބޭ. މިލާން އަކީ ޖިންކްސްއެކޭ ބުނަނީ އެހެންވީމަ..........."

ގަޒަލް އެކި ހަދާންތައް ރެއިނާއާއި ހިއްސާކުރިއިރު ޝައުގުވެރިކަމާއެކު އަހަން ރެއިނާ އިނެވެ.

"ރެއިން. ރޫހާނީ ކަންތައްތަކައި ޖިންނީންގެ ވާހަކަތައް ދެކެ ބިރުގަންނާތީ ކުރިން އެކަހަލަ ކަންތައްތަކާއި ދުރުން އުޅެނީ. ބައްޕަމެންވެސް ނަފްސާނީ ކަންތައްތަކާއި ރޫހާނީ ކަންތައް ނުގުޅުވާ. އެކަމަކު މިހާރު ހިތަށް އަރަނީ ގުޒް މޮޔަވީ ޖިންނިއަކު އަވަލީބާވައޭ. އަދި އަހަންނަށް މިލާން ޖިންނިއަކަށް ވެގެން އުދަގޫކުރަނީ ކީއްވެބާވައޭ. އަދި މިގޮތަށް ޕެރެލައިސް ވީ މެޑިކަލް ކޮންޑިޝަންއަކުން ކަމަށް ނުވަންޏާ ރެއިން ބުނިހެން ރުގުޔާ ކޮށްގެން ރަގަޅުވާނެ ބާވައޭ. ރެއިން ބުނެބަލަ. މެގްނޯލިއާ ގަހުގައި އުޅޭ ޖިންނި އަހަންނަށް އަނިޔާކުރަނީތަ؟ "

"މިލާންގެ ސިފައިގާ އެ ޖިންނި އަންނަނީއޭތަ؟ " ރެއިނާ އަނގައިގާ އަތްއެޅިއެވެ.

"އައިމް ސްކެއަޑް..."

"ސްލީޕް ޕެރެލިސިސް ގޮތަށް ހަމައެކަނި ނިދާ ގަޑީގައި އަންނަންވީ ކީއްވެތަ؟ " ރެއިނާގެ ހިތުގައި ޝައްކުގެ ކުޑަ މިންވަރެއް ހިނގައިލިއެވެ. މިލާން އަނިޔާ ނުކުރަނީސް އޭނަގެ ފަޔަށް ތަދުކުރި ވާހަކަ ބުނެލި ކުއްޖަކު ހަދަހަދައިގެން ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެއެވެ. ގަޒަލްގެ ސިކުނޑި ރަގަޅުހެއްޔެވެ؟ ސްކިޒޮފްރީނިއާގެ ސަބަބުން ނުފެންނަ ސޫރަތައް ފެނި އަޑުތައް އިވިދާނެއެވެ.

"ކުރިން އެހާ ޖެއްސުން ނުކުރޭ. މިހާރު ގައިގާ އަތްލާ ފާޑަށް އުޅެނީ....ޔަކް." ގަޒަލް ބުނެލިއެވެ.

"އެހެންވިއްޔާ ފެމިލީއަށް ސިއްރުކުރަން ހަދައިގެން ކޮންމެފަދަ ނުރައްކަލެއްވެސް ވެދާނެ. އެކަމަކު މަންމަމެން ޖިންނިން އިންސާނުންނަށް ގޯނާ ކުރާ ކަމަކަށް ގަބޫލެއްނުކު ރޭ ދޯ. މަންމަމެން ދެކޭގޮތުން މޮންސްޓާސްއިން އުޅެނީ އަހަރެމެންގެ ޚިޔާލުގައި އެހެންނު. މިވަރަށް ޑޮކްޓަރުންނަށް ދައްކާ ޓެސްޓްހެދިއިރު ބެލި ދެނެ ނުގަނެވުނީމަ އެހެން ދިމާލަކަށް ވިސްނުން ގެންދަން ޖެހޭ. ޖީޖީއަށް ރުގުޔާކުރީމަ ވާ އެއްޗެއް އެގިދާނެތާ. އަހަރެމެންނަށް ކިޔަވައިދޭ މުދައްރިސެއް ހުރޭ. ޖީޖީ މަންމަމެން އެއްބަސްވަންޏާ އޭނަ އައިސްދާނެ. އަދި ވަރަށް މަޖާކަމެއް ބުނަންތަ؟ މިބުނާ މުދައްރިސް ކްލާސް ނިންމާލާފައި މިލާންއާއި ވާހަކަދައްކަން ހުންނަތަން ފެންނަން ފަށައިފި. އޭނަވެސް ރުގުޔާ ކުރަން ދަސްކުރަނީތަ؟ " ރެއިނާ ނިޔަފަތި އަނގައިގާ ޖެހިއެވެ.

"އޯ ނޯ..." ގަޒަލް ލޯ ބޮޑުކޮށްލައިފިއެވެ.

ރެއިނާ އާއި ގަޒަލް ފެންޑާއަށް ނުކުތްއިރުވެސް ސްނޯ ބޯކޮށް ވެހެމުން ދިޔައެވެ. ގަޒަލް ގަދަ އެމްބާ ކުލައެއްގެ ގަޔަށް ހެޔޮވަރު ކޯޓަކާއިއެކު ބޮލުގައި ކްރީމްކުލައިގެ ތޮތްޕެއްއަޅާ ކަރުގައި ދެ ވައްތަރެއްގެ ސްކަފް އަޅައިގެން ކޮފީ ތަށްޓެއް ހިފައިގެން އިންއިރު ފިނި މޫސުމްގެ މޮޑެލްއެއް ފަދައެވެ. ދުރުދުރަށް ދާންދެން ސްނޯގެ ސަބަބުން ތާޒާވެ މީރުވަހެއް ހިފާލާފައިވިހެން ރެއިނާއަށް ހީވިއެވެ. ވާރެއާއި ސްނޯގައި އެހުންނަ ތާޒާ ވަހަށް ދޭނެ ނަމެއް އޭނައަކަށް ނޭގެއެވެ. ރެއިނާ ފެންޑާ ކައިރީގައި ހުރި ގަހެއްގެ ގޮތްޕެއްގައި ހިފާ ހަލުވައިގަތުމުން ގަހުގައި ހަރުލާފައިވާ ސްނޯ ތައް ފައިބައިގަތެވެ. އެފަދަ ކޮންމެ މަންޒަރެއް ރެއިނާއަށް ތަފާތުކަމަކަށް ވިއެވެ.

"އެއްވެސް އަޑެއް ނީވި ކޮޓްން ފޯލްވާހެން ސްނޯ ފައިބަނީ. ހަމަ މެޖިކަލް ދޯ"ރެއިނާ ގަހުގައި އެލުވިގަނެގެން އޮތީ ކުޑަކުއްޖެއްހެންނެވެ.

"ހައު ބޯރިން. ފެންނަ ކޮންމެ އެއްޗަކަށް އޮބްސެސްވެފައި....." ކައިޔާން މަލާމާތްކޮށްލިއެވެ.

"ފެންނަ ކޮންމެ ރީތި އެއްޗަކަށް....." ރެއިނާގެ ބޮޑު ބޮޑު ދެލޮލުން ބަލައިލީ ސިހުރުވެރިކޮށެވެ.

ފެންޑާގައި އިން ގަޒަލް އެ އަރައިރުން ނީވޭކަމަށް ހެދިގެން އަވަހަށް ފޯނު ނެގިއެވެ. އެހެން މީހަކަށް ގުޅާކަމަށް ހެދުނެވެ. ކައިޔާން ފެނުމުން ގަޒަލް ވަގުތުން ކަންބޮޑުވެ ފިލަން ބޭނުންވެއެވެ. ރެއިނާ އެ ވާހަކަތައް ކިޔާ ނުދިން ނަމައެވެ. އެމޫނުން ގަޒަލްއަށް މިކާ ފެންނަ ފަދައެވެ. ކުޑަ ކުޑަ ކުއްޖަކު ބައްޕައާއި ހެދި އުޅެފައި ދުނިޔެއާއި ވަކިވެގެން ދިޔައިރު މަންމައެއްގެ ހިތަށް ހާދަ އަސަރު ކުރާނެއެވެ. ރެއިނާ ހާދަ ކެތްގަދައެވެ. އޭނައަކަށް ކެތް ނުކުރެވޭނެއެވެ. ނަސީބަކުން އެވަގުތު މަންމައަށްވެސް އެތަނަށް ނުކުމެވުނެވެ. ކައިޔާންއާއި ރެއިނާގެ ހަގުރާމަ ފެށެން އުޅެފައި ފިނިވެއްޖެއެވެ.

 

***

މިލާން އެތައް ޒަމާނެއްފަހުން ލިބުނު އާ އެކުވެރިޔާއަށް އޭނަގެ ފަރާތުން ބަދުނަސީބު ހާދިސާއެއް ކުރިމަތިވެދާނެތީ ހާސްވެ އެވާހަކަވެސް ހިއްސާކުރިއެވެ. އާފާގު ހިނިގަނޑެއް ޖަހައިލިއެވެ. އޭނަ ދަސްކޮށްދިނީ މާތްﷲއަށް އިތުބާރުކުރުމަށެވެ. އެފަދަ ވާހަކަތަކަކީ މުޅިންވެސް ޝައިތާނީ މަޅިތަކެވެ. މިލާން "ޖިންކްސް"އަކަށް ވާންވީ ކީއްވެހެއްޔެވެ؟ އެގޮތަށް ބަދުނަސީބުވެ ސުންޕާ މީހެއްގެ ގޮތުގައި ލޭބަލް ވަންޏާ އެއީ އެމީހަކު ގަބޫލުކުރާ "ނެގެޓިވް " ވިސްނުމުގެ ސަބަބުންނެވެ. ނެގެޓިވް އެނާޖީ އެމީހަކު ވަށައިލަނީ އެވެ. މިލާން އޭނަގެ ސިކުނޑިއާއި ކުޅެން ޝައިތާނާއަށް ދައުވަތުދޭކަމެވެ. އިތުބާރު ކުރަންވީ ހަމަ އެކަނި ހެއްދެވި ފަރާތަށެވެ. ދުނިޔެއަކީ ވަގުތީ ފާލަމެއްކަން އެނގި ސުވަރުގެ ހޯދުމުގެ ދަތުރުގައި ދިމާވާ އިމްތިހާނުތަކަށް ކެތްތެރިވެ ހިތްވަރާއެކު ކުރިއަށް ދާންވީއެވެ. ގަސްތުގައި ލުސިޑް ޑްރީމް ކުރުން ހުއްޓައިލަން އައްމާދު އެދުނެވެ. އޭރުން މަޑުމަޑުންގޮސް އެ ޝައްކުތައް ފިލާ ދިރިއުޅުމާއި ކުރިމަތިލެވިދާނެއެވެ.

"ތިބުނީ ނިދީގައި ހިނގާފައޭ އެކުވެރި ކުއްޖަކު މަރައިލެވުނީ؟ އެހެން ވިއްޔާ އެކަމާ ރިގްރެޓް ކުރާނެކަމެއްނެތް. އެމީހަކު ނިދީގައި ކުރި ކަމަކަށް ﷲ ޖަޒާއެއް ނުދެއްވާނެ...."

މިލާން އާއި އާފާގުވެސް ތިބީ އޯކްވިލްއިން ޓޮރޮންޓޯއަށް ދަތުރުކުރާ ހައިސްޕީޑް ރޭލުގައެވެ. މިލާންވެސް އެއްކޮށް ޓޮރޮންޓޯއަށް ބަދަލުވީ ކާފަގެ ވަސިއްޔަތް ފުރިހަމަ ކުރެވިއްޖެކަމަށް ގަބޫލުކޮށްފައެވެ. އޭނަ އެގޭގައި ހުރުމުން އާއިލާއަށް ނުރައްކާ ވާނެކަމަށް ބުނެ އޭނަގެ ބޭބެ ލިވާއީ މައްސަލަ ޖެއްސިއެވެ. އޭނަ އެހެން ތަނަކަށް ބަދަލުވާން އިރުޝާދު ދިނެވެ. ކާންވީ ބޭސްތަކެއް ދިނެވެ. އޭނަ މޮޔައަކަށް ހަދާފައި ނަފްސާނީ ބޭސްވެސް ދިނީއެވެ.

އެކަން ގަބޫލުކުރަން ހިތް ނޭދުނަސް ލިވާއީ އެދެއްކި ވާހަކަތަކުގައި ދޮގެއް ނުވެއެވެ.

އޭނަ ނިދީގައި ހިނގާފައިގޮސް އާއިލާގެ އެންމެން ގަތުލުކުރަންވެސް ފަހެއް ނުޖެހޭނެއެވެ. އަޖައިބުވަނީ ހޭލާއިރު ކުރެވޭކަމެއް ހަދާން ނުހުންނަކަމެވެ.

މިލާން އޭނަ އުޅޭ ގޭގެ ބަދިގެއަށް ވަދެފައި ކޮފީތަށްޓެއް ހަދައިގެން ގޮސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ.

"މިއަދު ހިތަށް ތަފާތު ހަމަޖެހުމެއް ލިބިއްޖެ. އާފާގު ބުނެދިން ފަދައިން އަހަރެންގެ މައްސަލައަކީ ޝައިތާނާއަށް ފުރުސަތު ދިނުންތަ؟ ގަސްތުގައި އެފަދަ ޑްރީމްތައް ކުރާތީތަ؟ އަމިއްލަ ބާރެއް ބައެއްފަހަރު ނޯންނަހެންވެސް ހީވޭ. ކޮންމެގޮތެއް ވިޔަސް ބޭސް ކެއީމަ ސިކުނޑިއަށް ހަމަޖެހުމެއް ލިބިދާނެ. ނިދީގައި ނުހިނގެންޏާ އެފަދަ ގޯހެއް ނެހެދޭނެ. އަހަރެން އަދި ދުވަހަކު ނަމާދެއްވެސް ނުކުރަން. ނަމާދުކުރަންވީ ކަން ނޭގޭ. އާފާގުފަދަ އެކުވެރިއެއް ލިބުނުކަމީ އަހަރެންގެ ނަސީބު..." މިލާން ފޯނުން އޭނަ ފޮނުވި ޕޯސްޓްތައް ހުޅުވައިލިއެވެ. ނަމާދުގައި ކިޔަވާ ތަކެއްޗާއި މާނަވެސް ހުއްޓެވެ.

"ކޫލް. މި ޖުމްލަތައް ހާދަ ރީއްޗޭ.." މިލާންއަށް ބުނެވުނެވެ.

މިލާން އެގެއިން ދިޔުމުން ގަޒަލް އިންތިހާއަށް އުފާކުރިއެވެ. އޭނަ ދިޔައީ އެ ލޯބި ކަފަގަނޑެއްފަދަ ޓީކަޕް ޕަޕީ ހަދިޔާކޮށްފައެވެ. އެމީހުންގެ ދިރިއުޅުމުން އަބަދަށްޓަކާ މިލާން ދިޔައީކަމުގައި ޔަގީންކުރެވުނެވެ. ގޭތެރެ ނާމާންވެ ރަގަޅަށް ނިދޭނެއެވެ. ހަގީގަތުގައިވެސް އެރޭގެ ފަހުން "ސްލީޕް ޕެރެލެސިސް" ތަޖުރިބާ ނުކުރެވި ގަޒަލްއަށް ހަމަޖެހުން ލިބުނެވެ. މިލާންއާއި ގުޅި ލާމެހިފައިވާކަމެއްކަން ސައްތައިން ސައްތަ ޔަގީންކަން ލިބުނީއެވެ.

"ހީވާގޮތުން އެއީ އިންސާނެއްނޫން. ގުޒްއަށް ވުރެ ކުރިން ޖިންނިއަކު މިލާން މަރާލާފައި އެ ސިފައިގާ އެ އާއިލާތެރޭ އުޅެނީކަމަށްވެސް ވެދާނެ. މިލާންގެ ސުންޕާކަން ކިހާ ބޮޑު. އެހުންނަ ތަނެއް ފަޅުކޮށް މީހުން މަރާލާ. އެންމެފަހުން އޭނަގެ ދުވަސް ދުއްވާލެވުނީކަން ނޭގޭ......" ގަޒަލްގެ ހިތުގައި މިލާންއަށް އޮންނަ ނަފްރަތަށް ނިމުމެއް ނުވެއެވެ.

***

ސުފިޔާންއާއި ސަބީނާގެ ވަޒީފާނެތި ގަޒަލްއަށް ބޭސްކުރުވާ އެކި ޚަރަދުތައް ދެކޮޅު ނުޖެހޭނެތީ ދެމަފިރިންވެސް ގޮތް ހުސްވިއެވެ. އެ ފިކުރުގައި ތިއްބާ ޚައިރިއްޔާގެ ފަރާތުން އެހީތެރިވުމުގެ އިތުރުން ސުފިޔާންގެ މައިންބަފައިން އެގެއަށް އައުން ވެގެން ދިޔައީ އެ އާއިލާއަށް ލެއްވި ރަހުމަތެއް ކަމުގައެވެ. ހުރިހާ ކަމެއް ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނަގާނެއޭ ބުނެވެނީ އެހެންވެއެވެ. ސުފިޔާންގެ ކުށަށް މާފުދީފައި އެންމެން އެކީގައި ދިރިއުޅެން އަންނާން ދައުވަތު ދިނެވެ. އެއީ ސުފިޔާންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްކަމުގައިވިއެވެ. އޭނަ މަންމައާއި ބައްޕަގެ ގައިގާ ބައްދައިގަތްގޮތަށް ކުޑަކުއްޖެއްހެން ރުޔެވެ. އުފަލުގެ ކަރުނައެވެ. މައިންބަފައިންގެ ރުހުމާއި ހިތްހެޔޮކަމަށްވުރެ މިއަދު އަގުހުރި އެއްޗެއް އޭނަ ގެ ގާތަކު ނުވެއެވެ. އެ މަންޒަރު ބަލަން ކުދިން ތިބީ ފެންކަޅިވެފައެވެ.

"ދަރިފުޅު ބައްޕަގެ އަތުން ނެގީމަ ވައްކަމަކަށް ނުވާނެ. އެކަމަކު އެއީ ޚިޔާނާތެއް. ތައުބާވެ ދަރިފުޅު މާތްﷲ ގެ މަގަށް ރުޖޫއަވޭ. ބައްޕަމެން އުމްރާ ދަތުރުގައި މި ފަހަރު ކޮންމެހެންވެސް އަންހެނުންނާއެކު ބައިވެރިވާންވާނެ..." ބައްޕަ އެދިލެއްވިއެވެ.

"ބައްޕާ މަންމާ އަޅުގަނޑަށް މާފު......"

"މާފަށް އެދުމަކީ ރީތިކަމެއް. އެކަމަކު ސުފިޔާންއަށް އެކަން ނުކުރެވެނީސް މިއައީ މާފުދޭން. ހަޔާތުގެ ބޮޑުބައެއް އަހަރެމެންނަށްވެސް ގެއްލިއްޖެ. ސުފިޔާންއާއި އާއިލާ ނެތުމުން ދަސްވި ފިލާވަޅަކީ އެކަމަކު ދުނިޔޭގައި އުޅޭއިރު ހުރިހާ ނިއުމަތެއް ފުރިހަމަ ނުވާނެކަން. އުފަލާއިއެކު ހިތާމަތައްވެސް ކުރިމަތިވާނެކަމާއި ކެތްކުރަންވާނެކަން. ކިތަންމެ ލޯބިވާ މީހެއް ވިޔަސް ވަކިވާނެކަމާއި ދުނިޔޭގެ ދަތުރު ނިމި އާޚިރަތުން އެންމެން އެކީ ބައްދަލުވެ ދާއިމީ ކޮށް އުފަލުގައި އުޅެން މަސައްކަތް ކުރަން ޖެހޭކަން. ބައްޕަމެން ވެސް ލިބުނު މުއްސަދިކަމާއެކު ހެއްދެވި ފަރާތަށް އެންމެ ސަޖިދައެއްވެސް ޖަހައިނުލާ އިސްތަށިގަނޑު ނުރަވާންދެން އުޅެވުނީ. އާއިލާގެ ނަސީބަކަށްވީ ލިބުނު ޅީދަރިން. އެކުދިންގެ ސަބަބުން ހެއްދެވި ފަރާތަށް ކުރިމަތިލާން ދަސްވީ. އަލްހަމްދުލިﷲ......." ބައްޕަގެ އަލި މޫނާއި ދެލޮލަށް ދުނިޔޭގެ ހުރިހާ އުފާތައް ޖަމާވެފައިވާ ފަދައެވެ.

އާއިލާއާއި ވަކިވީއްސުރެން އޭނަ ހިތާމަނުކުރާ އެންމެ ދުވަހެއްވެސް ނާދެއެވެ. ހަޔާތަށް އަންނަ އުފާވެރި ކޮންމެ ކަމަކަށް އެ ހިތާމައިގެ ހިޔަނި އެޅެއެވެ. މިއަދު އިސްވެ އޭނަގެ މައިންބަފައިން ދަރިފުޅު ކައިރިއަށް އައީ ނަމޫނާއަކަށް ވެގެންނެވެ. އޭނަ ގޮތްދޫނުކުރަން ހުރީއެއް ނޫނެވެ. ލަދުންނެވެ. ނިކަމެތިވެފައެވެ. ބައްޕަމެންނަށް މޫނު ދައްކަން ނުކެރިފައެވެ. މިއަދު ހެއްދެވި ފަރާތުން އޭނައަށް މި ދެއްވި ނިއުމަތަށް ޝުކުރުވެރިވާނެ ގޮތެއްވެސް އޭނައަކަށް ނޭގުނެވެ.

 

***

ސަޖަލް އެގެއަށް އައިސް ގަޒަލްއާއިއެކު ގިނަވަގުތު ހޭދަކޮށް ގަޒަލްގެ ހިތް ފަތަހަކުރިއެވެ. ނުވީތާކަށް ރެއިނާއާއިވެސް އެކުވެރިވެ ގުޅުން ބަދަހި ކުރިއެވެ. ރެއިނާގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވިޔަސް އެ އެކުވެރިކަމުގެ އަތް ދިއްކޮށްލުމުން ނުހިފާ ދޫކޮށްލާކަށް ނުކެރުނެވެ.

"ރެއިނާ. ބައެއްފަހަރު އަހަރެން ހިތަށް އަރާ ރެއިނާގެ ހައްގެއް ޖަހައިގަނެވެނީއޭ. އެކަމަކު ރެއިނާއަށްވެސް ކައިޔާންގެ ހިތް އެނގެއެއްނު. ކައިޔާންއަށް އަހަރެން ޗޮއިސް ދިނިން. ކައިޔާން ބުނީ އަހަރެން ދުވަހަކު ނެތަސް މީހަކާ ނީދެ ހުންނަން ޖެހުނަސް ރެއިނާއަކާ ނީންނާނަމޯ. އައިމް ސޮރީ ރެއިނާ. އަހަންނަށް މާފުކޮށްދެއްޗޭ. އަހަރެން ވަރަށް ލޯބިވޭ ކައިޔާން ދެކެ..."ރެއިނާއާއެކު ކައިރީގައި އޮތް ޕާކަކަށް ހިނގައިލަން ގޮސްފައި ސަޖަލް އެ ވާހަކަ ދެއްކިއެވެ. ރެއިނާގެ މޫނުން މޮޅިވެރިކަމެއް ފެނުނެވެ.

"އާން ސަޖަލް އަހަންނަށް އެނގޭ. ސަޖަލްގެ ކުށެއްނެތް. އަހަންނަށް ކައިޔާންގެ މައްޗަށް ހައްގެއްނެތް. ގަދަކަމުން ލޯތްބެއް ނުހޯދޭނެ. ހީ ވޯޒް މައި ފަސްޓް ލަވް....." ރެއިނާ ހިތާމަވެރިގޮތަކަށް ހީލިއެވެ. އަދި އެންމެފަހުގެވެސް ލޯތްބޭ ބުނެލީ ހިތާހިތުންނެވެ.

"ރެއިނާއަށް އަދި މާ ރަގަޅު ބައިވެރިޔަކު ލިބުމަށް އެދި ދުޢާކުރާނަން. އަހަރެންވެސް ބޭނުންވަނީ އުފާވެރި ހަޔާތެއް. ކައިޔާން ދިރިއުޅުމުގައި ނެތި އެ އުފާވެރިކަމެއް ނުހޯދޭނެ..." ސަޖަލް އިސްޖެހިއެވެ.

"އިޓްސް އޯކޭ. އަހަންނަށްޓަކާ ﷲ ސުހުބާނަހޫ ވަތައާލާ ބައިވެރިޔަކު ލިޔުއްވާފައި އޮތިއްޔާ އެހެން އެއްވެސް އިންސާނަކަށް އެކަމަށް ހުރަހެއް ނޭޅޭނެ.."

"ޔޫ އާ ސޯ ގުޑް. އެހެންވެ ކަން ނޭގޭ. އެކަށީގެންވަނީ ހަމަ ތިކަހަލަ އަޅުވެރި ކުއްޖެއް. ރެއިނާއަށް ސޯލިހު ފިރިޔަކު ލިބޭނެ. ކައިގެ އެ ސިފައެއް ނެތް....އަހަރެންވެސް ދުޢާކުރަން ކައި ގެ ހިތުގައި ދީނީ ލޯބި ޖެހޭނެކަމަށް. އަހަންނާއެކު އުޅެން ފެށުމުން ބަދަލުވާނެކަމަށް އުއްމީދުކުރަނީ......." ސަޖަލް ހީލިއެވެ.

"ސަޖަލްމެން ކާފަރުންނަށް ވާއިރު ކޮން ދީނެއް؟ " ހިތާހިތުން ރެއިނާއަށް ބުނެވުނެވެ. އަދި އަމިއްލަ ދެފުށްކެހެރިކަމާއިމެދު އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. މީހުންނާއިމެދު އެގޮތަށް ވިސްނާކަށް ނުޖެހޭނެއެވެ. އެކުވެރިއެއް ވިއްޔާ ބުނެދޭނީއެވެ. އޭރުން ސަޖަލް ގަބޫލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

"ސަޖަލްވެސް އަހަރެމެންނާއެކު ގުރުއާން ކިޔަވަން އަންނާނެނަމަ. އޭރުން އަސްލު ދީން ބޮޑަށް ދަސްވާނެ......."

"ހޫމް. އައި ލަވް ޔޯ ޗެނެލް. ތިހެން ބުނީމަ ހަދާންވީ. އަހަރެން އެ ޗެނެލް ސްޕޮންސަރކޮށްދޭނަން. އޯކޭތަ؟ " ސަޖަލް އެހިއެވެ.

ރެއިނާ ބޯ ޖަހައިލިއެވެ.

ސަޖަލްގެ ފަރާތުން އޭނަ ބޭނުމީ އެންމެ އެއްޗެކެވެ. އޭނަގެ ފިރިމީހާއެވެ.

***

އެދުވަސްކޮޅު ސުފިޔާންއާއި ސަބީނާގެ ގާތަށް އާއިލާގެ މީހުން ޒިޔާރަތްކުރަން ފެށިއެވެ. އުމްރާއަށް ދިޔަ ދަތުރުގައި ގަޒަލް ގެންދިޔައީތީވެ ރެއިނާއަށްވެސް އެ ފުރުސަތު ލިބުނެވެ. ރެއިނާމެންނަށް އެ ދަތުރުވީ އެންމެ ހިތްހަމަޖެހުނު އެންމެ އުފާވެރި ދުވަސްކޮޅަށެވެ. ތިބެވުނީ އަގުބޮޑު ހިތްގައިމު ހޮޓަލެއްގައެވެ. ހަރަމްފުޅުގެ ވިއު ފެންނަ ގޮތަށެވެ. އެދަތުރުގައި ރޫހާނީ ގޮތުން ތާޒާވެ ފުރާނައަށް ދިރުން ލިބުނެވެ.

***

ގަޒަލް ބުނިފަދައިން ފިނި މޫސުމް ނިމެމުން ދިޔައިރު ހުދުހުދު ސްނޯގަނޑުގެ ތެރެއިން އޮރެންޖް އަދި ރަތްކުލައިގެ ޓިއުލިޕްތައް ލަދުރަކިގޮތަކަށް ބޯ ދިއްކޮށްލަން ފެށިއެވެ. ފެހި ޅަ ނިރު ތަކުގައި އެމާބޯށިތައް ފެންނައިރު ޗާލުކަމުން އެތައް އިރެއްވާންދެން ރެއިނާ ބަލަން އިނެވެ. ކައިޔާން އެހެން ލާފައި ދަނިކޮށް ސިއްރުން އެ ރީތި މަންޒަރު ފޮޓޯ އެއް ނަގައިލިތަނާ ކައިޔާންއަށް ރޭކާ ލައިގެން އެނބުރި ބަލާލައިފިއެވެ. އެ އައި ބާރުމިނުގައި އައިސް ރެއިނާގެ އަތުން ފޯނު އަތުލާން އުޅުނެވެ.

"ކީއްވެ؟ "

"ޑޭމް. އަހަރެންގެ ހުއްދަ ނެތި ފޮޓޯ ނެގީ ކީއްކުރަން."

"ނުނަގަން..." ރެއިނާ އެހެން ބުންޏަސް ފޯނު އަތުލައިގެން އޭނަ ފޮޓޯ ފޮހެލައިފިއެވެ. އަދި ދާން ހިނގައިގަތެވެ.

"ހެހެ. އެކަމަކު ޑިލީޓްކުރުމުގެ ކުރިން އަހަރެން ގަޒަލްއަށް ފޮނުވައިފިން.. އެހާ ރީތި މަންޒަރެއް ދެން ނެގޭނެ ކަމެއްވެސް ނޭގޭ ވިއްޔަ........" ރެއިނާ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔާލައިފިއެވެ. އަދި ރުޅި ގަދަވެފައި އެކަނި އިނދެ އެއްޗެހިތަކެއް ކިޔަންފެށިއެވެ.އެގޮތަށް އެކަނި އިނދެ ވާހަކަދައްކާފައި އަނެއްކާ އޭނަވެސް ބައިޕޯލާވީ ބާވައޭ ހިތަށް އެރިއެވެ. ގަޒަލް ބުނިފަދައިން މެގްނޯލިއާ ގަހުގައި ޖިންނިއެއް އުޅެންޏާ އެގަހުން އަވަލާނެތާއެވެ. އެތައް ފަހަރު އޭނަގޮސް އާގަމަވެފައި އެގަސްތައް ކައިރީ ހުރެއެވެ. އެގަހުގައި ޖިންނި އެއް ހުރިއްޔާ ޖިންނީގެ ލޮލުގައި އޭނަ އަޅައިގަންނާނެ ނޫންހެއްޔެވެ؟

"އަހަރެން ކަޅުކަމުން ޖިންނިއަށްވެސް އޮޅުނީކަމަށް ވާނީ. އޭގެ ނަސްލުގެ ހަންޑިއެއްކަމަށް ހީކޮށް އަވަނުލީ ކަމަށް ވާނީ......." ރެއިނާ ދެރަވިއެވެ.

ކުރިން އެޓިކްގެ ބަޔެއްކަމަށް ހީކުރެވުނަސް މިހާރު އެއީ ވަކިން ހުރި ކުޑަ ގެއެއްކަން އެނގެއެވެ. ހުއްދައަކާއި ނުލައި ވަންނަން ނުކެރުނަސް ކިތަންމެ ފަހަރު އެތަނަށް ދާންވެގެން ހަރުގަނޑުން އެރިއެވެ. ނަމަވެސް ގަޒަލްގެ ހުއްދަނެތި އޭނަގެ ގެއަކަށް ނުވަދެވޭނެ ނޫންހެއްޔެވެ؟

***

ފިނި މޫސުމް ނިމި ބަހާރުގެ ރީތިކަން އޯކްވިލްއަށް ދިރުން ގެނުވަން ފަށައިފިއެވެ. ކައިޔާންއާއި ސަޖަލްގެ ކައިވެންޏަށްޓަކާ އެގެ ތައްޔާރުކުރަމުން ދަނީއެވެ. ރެއިނާ ހިތުގައި ގަނޑުފެން އަޅައިގެން ހުރެ އެހެން މީހުންނާއި ބައިވެރިވެގެން ސަމާސާ ކުރާއިރު ގަޒަލްވެސް އެފަދައެވެ. ފޮރުޅުލީ ގޮނޑިން ދުވަހަކު ނުތެދުވޭނެކަން އެގޭއިރުވެސް ރެއިނާގެ ސަބަބުން ހިތްވަރު ލިބި ދެކުދިން ހިނިތުންވުމާއެކު ކައިޔަންގެ އުފލުގައި ބައިވެރިވަނީއެވެ.

ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީ ނޫންހެއްޔެވެ؟

"ހޫމް ތިހެން ތިކަން އޮންނަނީ؟ އަހަރެން ނަމަ ރޮއިރޮއި ހަލާކުވެދާނެ...." ގަޒަލް އިނީ ކައުޗްގައި އިށީދެލައިގެންނެވެ. ކުރިމަތީގައި ހުރި އައިސްކްރީމް ތަށިން ސަމުސަލެއް އަނގަޔަށް ލާފައި ލޮވެލިއެވެ. ރެއިނާ ފެންވަރާލައިގެން ނުކުމެ ދޫކޮށް އޮތް ހަރުވާޅަކާއި އޯވާ ސައިޒް ޓީޝާޓެއްލައިގެން އިސްތަށިގަނޑު ހެއާ ޑްރަޔާއަކުން ހިއްކާލައިފިއެވެ.

"ޔޯ ހެއަ އިޒް ބިއުޓިފުލް. އިސްޕިރީނުހެން...." ގަޒަލް ބުނެލިއެވެ.

"ދެމީހުން ބަދަލުކުރަމާ ހިނގާ. މަށަށް ރީތީ ތިގޮތަށް ފަންފަންކޮށް އޮތީމަ މާޝާﷲ..."

އެވަގުތު ކައިޔާން ދޮރު ހުޅުވާލާފައި ވަދެ ރެއިނާއަށް ބަލައިލީ ފަރުވާކުޑަ ނަޒަރަކުންނެވެ. މިރަށަށް އައިފަހުން އޭނަ ބުރުގާ ނާޅާ ހުއްޓާ ފުރަތަމަ ފަހަރަށް ފެނުނީއެވެ. ދުވެ ފިލުމުގެ މާނައެއް ނެތްތާއެވެ. ކައިޔާންއަކީ ދީނީ ނަޒަރަކުން ބަލައިލާއިރު އޭނަގެ ހަލާލު ފިރިމީހާއެވެ. ކައިޔާން ފޫހިގޮތަކަށް އަނގަޔަށް ހަދައިލިއެވެ.

ނުނިމޭ

ކޮމެންޓް 0