"ކޮންމެ ނަމާދަކީ ހަޔާތުގެ އެންމެ ފަހު ސަޖިދައަށް ވެދާނެކަމަށް ގަބޫލުކޮށްގެން އަޅުކަން ކުރުމުން ޚުޝޫއަތްތެރިކަމާއެކު ނަމާދުކުރެވޭނެއެވެ. އެއީ ދިރިދުނިޔޭގައި ހުރެ ﷲގެ ހަޟުރަތަށް ކުރިމަތިލެވޭ އެންމެ ފަހު ފަހަރުކަމުގައި ވެދާނެއެވެ. ޚުޝޫއަތްތެރިކަމާއި ކިޔަމަންތެރިކަމާއެކު ﷲ ސުބުހާނަހޫ ވަތައާލާއަށް ފުރިހަމަ ގޮތުގައި ނަމާދުކުރުމުގެ ސަބަބުން އީމާންތެރިކަން ވަރުގަދަވެ ހިތްހަމަޖެހުމާއި އުފާވެރިކަން ހިތަށް ލިބޭނެއެވެ. ތިމާގެ އާއިލާއާއި ވަޒީފާއާއި އެހެން ހުރިހާ ކަމަކަށްވުރެ ނަމާދު އިސްކުރަންވާނެއެވެ."

***

"މަންމާ. އަޅުގަނޑު އެއީ ގުޒްގެ ގާތިލްކަން ހަދާން ނައްތައިލީއެއްނޫން. އަދި މާފުކުރީއެއްވެސް ނޫން. އޭނައަށް މާފުދޭން އެންމެ ފަހުމީހަކަށް ވާނީ އަޅުގަނޑު. އެކަމަކު މިވަގުތު އެބަޖެހޭ ބައެއް ބުލީ ކުރާ މީހުންގެ އަނގަތައް ބަންދުކުރަން..." ގަޒަލް ލާނެތް ގޮތަކަށް ހީލިއެވެ.

"ދަރިފުޅަށް ޔަގީންތަ؟ މިލާންއަށް އިތުބާރުކުރެވޭތަ؟ "

އޭނަވެސް ނުކުޅެދޭ ކުއްޖަކާ މެރީކޮށްގެން އަބަދަށް ނުހުންނާނެއްނު މަންމާ. އިޓްސް އޮބްވިއަސް..."

"ދަރިފުޅު ބަލައިގެން އުޅެއްޗޭ."

"ނަތިން ވިލް ހެޕެން އިންޝާﷲ" ގަޒަލް ބޮޑުވާ އިނގިލި ދިއްކޮށްލިއެވެ.

މިލާންގެ ގެއަށް ބަދަލުވާން ހުއްދަދިނުމުން ގަޒަލްއާއި ރެއިނާ މަޝްވަރާކުރީ މިލާންގެ ބޮލަށް އެރިގެން ދަރިފުޅު ހޯދާނެ ގޮތަކާއިމެދުގައެވެ. މިލާން ގެ އެހީތެރިކަމަށް ރެއިނާ މިހާ ބޭނުންވިއިރެއް ނާދެއެވެ. އެރޭ ކެއުމުގެ ވަގުތު ކައިޔާން ދިން ޚަބަރަކުން އަދި ރެއިނާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. ސަޖަލްއާއި ކައިޔާންވެސް މަންމަމެންނާއެކު ދިރިއުޅެން އަންނަނީއެވެ. ކައިޔާންގެ ވަޒީފާ ސްކައިމޯ އިން ހަމަޖެހުނީއެވެ. ނިއުޔޯކްއަށްވުރެ އޭނައަށް ހިތްފަސޭހައީ މަންމަމެން ގާތު ދިރިއުޅުމެވެ. ގަޒަލް ނެތުމުން އަދި މަންމަމެންގެ ދިރިއުޅުމަށް އަންނާނެ އެކަނިވެރިކަން ފިލުވައިދޭން އެހެން އަންހެން ދަރިއަކު ބޭނުންވާނެ ނޫންހެއްޔޭ ކިޔާފައި މަންމަގެ ރުހުން ހޯދިއެވެ. ސަބީނާ އުފަލުންގޮސް ހަނީ ނޫނީ ޑާލިން ކިޔާފައި ކައިޔާންއާއި ވާހަކަދައްކާއިރު ރެއިނާގެ ހިތަށް އަސަރުވެސް ކުރުވައެވެ. އޭނައާއި މިކާހް ބައްދަލުވެ މުސްތަގުބަލެއްގައި މިހާ ގާތް ގުޅުމެއް އޮވެދާނެހެއްޔެވެ؟ މިކާހް އޭނަގެ ދިރިއުޅުމަށް އެނބުރި އަންނާނެބާވައެވެ. އަޔަސް ބައްޕައަކާއި މަންމައެއްގެ ލޯބި ލިބި ކައިޔާންފަދަ އުފާވެރި އިންސާނަކަށް ނުވެދާނެއެވެ. ކައިޔާންއާއި ސަޖަލް ކުރިން އުޅުނުފަދައިން އޭނައާއި ދުރުން އުޅުނުނަމަ އޭނައަށް ތަންކޮޅެއް ހިތްހަމަޖެހިގެން އުޅެވިދާނެއެވެ. ފަސް އަހަރުގެ ހިމޭން ކަމަކަށްފަހު ވަރުގަދަ ތޫފާނެއް އެނބުރެމުން ބޯމަތިވަމުން އަންނަ ކަމުގެ ކޮޅުމަތި އެބަފެނެއެވެ. މި ތޫފާނުން ހިމާޔަތް ހޯދަން އޭނަ ދާންވީ ދިމާލެއް ނޭގި މިހުރެވުނީ ހަތަރު އަނގޮޅި ކަންމައްޗެއްގައެވެ. ކައިޔާންގެ ފަރާތުން ސަލާމަތްވީކަމުގައި ހީކުރެވުނަސް އެހެނެއް ނުވިއެވެ.

ހިތަކީ ނާޒުކް އެއްޗެކެވެ. ވަރަށް ފަސޭހައިން ޗިސްކޮށްލެވިދާނެއެވެ.

ނަމަވެސް މާތްﷲއަށްޓަކާ ލޯބިވާން ދަސްކުރުމުން އެހިތަށް އަނިޔާއެއް ނުލިބޭނެއެވެ. ހިތުގެ ވެރިފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. އެހެންމީހަކަށްޓަކާ ހިތާއި ފުރާނައިން ގުރުބާންވުމުގެ ބަދަލުގައި ހެއްދެވި ފަރާތަށްޓަކާ ގުރުބާންވީމަ އެހެން އިންސާނަކަށް ހިތަށް ދެވޭނެ އަނިޔާއެއް ނުވާނެއެވެ.

ގަޒަލްއާއި ރެއިނާ ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެލިތަނާ ޓަކިދިނުމުން ދޮރު ހުޅުވައިލީ ރެއިނާއެވެ. ކައިޔާން ދޮރުމަތީގައި ހުރިތަން ފެނިފާ ރެއިނާ ބޮލާއެކު ރަޖާ އަޅައިލިއެވެ. މި ފިރިހެނާ މިކޮޓަރިއަށް އައީ ކީއްކުރަން ހެއްޔެވެ؟

"ޖީޖި. މިއައީ ވާހަކައެއް ބުނަން."

"ކީކޭ ކައި..." ކުދި މާތަކެއްޖެހި ރީދޫ ޕިޖާމާއެއް ލައިގެން ރަޖާގަނޑު މެޔާއި ހަމަޔަށް އޮޅާލައިގެން އޮތް ގަޒަލްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ކައިޔާން އެނދުގެ މަގަތުގައި އިށީނެވެ.

"އެގެއަށް ނުދައްޗޭ. ގުޒްގެ ގާތިލްއަށް ލިބޭ ހިތްވަރަކަށްވާނީ. އަދިވެސް ލޮލުގެ ކުރިމައްޗަށް އެ މަންޒަރުފެނޭ. ނިދީގައި ހިގާފައޭ ކިޔާފަ ކާފަމެން އެކަން ޖަސްޓިފައި ކޮށްދޭން އުޅުނަސް އެކަން ގަބޫލެއްނުކުރެވޭނެ. އެއްވެސް ސަބަބަކާހުރެ އޭނަގެ ހިޔާވައްސަކަށް ކޮއްކޮއަކަށް ދެވުނަކަ ނުދޭނަން..." ކައިޔާންގެ ރާގުގައި "ފާމް"ކަމެއްވިއެވެ.

"އެގެއަށް ދިޔުމުގެ މާނައަކީ އޭނައަށް މާފު ދިނުމެއްނޫން. ހިތަށް އެރީ އެގެއަށް މޫވް ކުރާނީއޭ. ޑިއުޓީއަށް ދާން ފަސޭހަވެސް ވާނެ އަދި..........."

"މިބުނީނު ނުދާށޭ......" ކައިޔާން ހިތްހަމަނުޖެހޭގޮތްވިއެވެ.

"ކީއްވެ؟ " ގަޒަލް އަަވަސް އަވަހަށް އެސްފިޔަތައް ޖަހައިލިއެވެ.

"ސަބަބަކީ އޭނަގެ ފަރާތުން ކޮއްކޮއަށް ހާޓްވެދާނެތީ. ސްލީޕްވޯކްކުރުމެކޭ ބޮއިގެން ހުރުމެކޭ ތަފާތެއްކޮބާ؟ ވާނުވާ ނޭގޭ މީހަކު ކޮއްކޮއެކަނި ހުއްޓާ ކުދިކުދިކޮށްފައި ކޮށާލިޔަސް މީހަކަށް ރޭކާވެސްނުލާނެ. ޖީޖީ. ތިކަމަކަށް ހުއްދައެއް ނުދޭނަން. ނޫނީ މި ދެއަތުން އޭނަ މަރާލާނަން. އައިމް ޓެލިން ޔޫ ޖީޖީ......" ކައިޔާން އެނދުގެ އަނެއް ފަޅީގައި އޮތް ރެއިނާއަށް އިޝާރާތްކުރިއެވެ. "އަނެއްކާ މިއޮތް މޮޔަ އަންހެންކުއްޖާ ޖީޖީގެ ބޮލަށް އެރުނީތަ؟ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެޑްވެންޗާއަކަށް ދާން މިއީ ގޭމް އޮފް ތްރޯންސް ގެ ސެޓެއްނޫން. ހަގީގަތް. އެގެއަށްގޮސް ޑްރާމާއެއް ނޫން ކުޅޭނީ. ހަގީގީ ނުރައްކަލަކާއި ކުރިމަތިލީމަ މި ބުނާ އެއްޗެއް ކޮއްކޮއަށް އޮޅުން ފިލާނީ........."

"ކައި. އޭނަ މިހާރު އިސްލާހު ވެއްޖެ. ނިއުރޮލޮޖީ ޑިޕާޓްމެންޓުގެ އިސްވެރިއެއް. ބިޒިނަސްމޭންއެއް. ސްލީޕްވޯކްކުރުން ހުއްޓާލައިފި. އެހާ ނުރައްކާތެރި މީހެއްހެން ހިޔެއްނުވޭ، ކުޑައިރު ކުރެވުނު މޮޔަ ކަންތައްތަކަށް ހިތާމަކޮށް އުޅުން ބަދަލުވެ މާފަށް އެދިއްޖެއްޔާ މާފުދިނުމަކީ އެންމެ ރަގަޅުކަމެއް. ގުޒްގެ ކަންތައްތަކުގައި ހިތް ދުވަހަކު އެއްބަހެއްނުވާނެ މާފުދީ އެކަން ހަދާން ނައްތައިލަން. އެކަމަކު އެގެއަށް ދަނީ ކޮންމެވެސް މިޝަންއެއްގައި. ދެރަގޮތެއްނުވާނެ އިރާދަކުރެއްވިއްޔާ...." ގަޒަލް ކައިޔާންއަށް ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ.

"ކޮން މިޝަންއެއް...."

"ފަހުން ބުނާނަން...." ގަޒަލް ހާސްވާގޮތްވިއެވެ. ދޮގުހެދުމަކީ އޭނަގެ އާދައެއް ނޫނެވެ.

"އެގެއަށް ދެވޭނީ ތި މިޝަންއެއް ކިޔައިދީ ހުއްދަލިބިގެން.....ސްވީޓް ނައިޓްމެއާސް" ކައިޔާން ގަޒަލްގެ ބޮލުގައި ފިރުމާލާފައި ދާން ހިނގައިގަތުމުން ރެއިނާ ފުންމައިގެން ތެދުވެ ދޫ ނެރެލިއިރު ކައިޔާން އެނބުރި ބަލައިފާނެކަމަކަށް ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. ބޮލުގެ ފަހަތުގައިވެސް ދެލޯ ހުންނަނީ ނޫންކަމެއް ނޭގެއެވެ. އޭނަ ޖެއްސި ވައްތަރު ފެނުމުން ކައިޔާންގެ މޫނުމަތިން ޝުއޫރެއް ނުފެނުނެވެ. ދޮރު ލައްޕާލައިފިއެވެ. ރެއިނާ މޫނުމަތި ރީތިކޮށްލަމުން ހަމަޖެހިލިއެވެ.

"ކައިޔާންއަށް ކިހިނެއް އެނގުނީ؟ "ރެއިނާ ދަތްތަކަށް ބާރުލިއެވެ.

"ކޯނޗެއް..." ގަޒަލްއަކަށް ނޭގުނެވެ.

"ނެވަރ މައިންޑް....ހެހެ"

"ޖީޖީއަށްވެސް އެނގޭނެ. ގިނައިން ދުޢާކޮށް ޒިކުރުކޮށް ތަހައްޖަދު ނަމާދުކޮށް ހެދުމުން ހިތަށް ހަމަޖެހުން ލިބެއެއްނު. އަހަރެމެން ދަސްކުރަންވީ އަދި ހިތް ބުރަނުކޮށް ނިދުމުގެ ކުރިން އެންމެނަށް މާފުދިނުން. ޖަންނަތުގެ އަހުލުވެރިން ފަދައިން މާފުދޭން ދަސްކުރުން. ކައިޔާންއާއިމެދު ހިތުގައި ރުޅިވެރިކަން އުފެދުން އަދި ސަޖަލްއާއިމެދު ހަސަދަވެރިވުމަކީ މި ހާލަތުގައި ނޯމަލްކަމެއް. ރުޅިއާއި ހަސަދައަކީ ވަރަށް އާއްމު އެއްޗެއް. އެކަމަކު ހިތުގެ ހަމަޖެހުން ނަގާލާ. ޖީޖީ ބުނެބަލަ. ކިހިނެއް ހަދަންވީ...." ރެއިނާ ސުވާލުކޮށްފައި އަމިއްލައަށް ޖަވާބުދިނެވެ. " އެންމެން ތެރޭ ގޮސް ކައިޔާންއާއި ދިމާލަށް ބުނަންވީ. މިކާ ދުނިޔޭގައި އެބަހުއްޓޭ. އެކުއްޖާ ހުރިތަނަކުން ހޯދާށޭ........"

"ރެއިން ތިއީ މިހާރު އެންމެން ގަދަރުކުރާ ޑޮކްޓަރެއް. ހިތްވަރުގަދަ މެޗުއާ ލޭޑީއެއް. ކައިގެ ސަބަބުން ވީކް ނުވެ ހިތްވަރު ކުރޭ. ބީ ޔޯސެލްފް. ކައިއާއި ސަޖަލްގެ ލައިފަށް ވަނުމަކުން ރެއިންއަކަށް ލިބޭނެ އުފަލެއް ހިތްހަމަޖެހުމެއްނެތް......." ގަޒަލް ރެއިނާއާއި ދިމާލަށް އެނބުރުނެވެ.

"އަހަންނަށް އެނގޭ. ލޯބީގެ ސަބަބުން ބައެއްފަހަރު މީހާ ބަލިކަށިކޮށްލާ. އިރާދަކުރެއްވިއްޔާ އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް ނުވާނަން..ކޮންމެފަހަރަކު ހަދާންކޮށް ދެއްޗޭ އެހެންވެ ރަގަޅު ރަހުމަތްތެރިން ޚިޔާރުކުރަން ދީން ބާރު އަޅަނީ................" ރެއިނާ ގެ ހުދުދަތްތައް އަނދިރީގެ ތެރެއިން ވިދައިލިއެވެ. އެ ބޮޑު ދެލޮލުން އަޒުމާއި ހިތްވަރުގަދަކަން ފައުޅުވިއެވެ.

***

މެގްނޯލިއާއަށް ކާރު މަޑުކޮށްލުމާއެކު ރެއިނާ ކާރުން ފުންމާލިއިރު ފަޒާގައި ހަރުލާފައިވާ ތާޒާ މީރުވަހުގެ ސަބަބުން ނޭފަތް ދަމައިލެވުނެވެ. ދޫނިތަކުގެ އަޑު އެކި ދިމާލުން އިވޭއިރު ވަށައިގެން ފެންނަ ފެހިކަން ގަދަ ގަސްތަކާއެކު ކުރިމަތީގައި ހުރި ގަނޑުވަރުގެ ހައިބަވަންތަކަމުން އާޝޯޚު ނުވެވޭވަރެއް ނޫނެވެ. ރެއިނާ ޑިކީއިން ގޮނޑި ބާލަން އުޅެނިކޮށް މިލާން ގޭތެރެއިން ނުކުމެގެން އައިއިރު "ޗާމިން" ކަމުން ލޯތައް ހުއްޓުވައިލާނެއެވެ. ގަމީސް ބެގީ ނައްޓާލާފައިވާއިރުވެސް ޝަޚުސިއްޔަތުގެ ވަރުގަދަކަން ފެންނާން ހުއްޓެވެ. ފެހިކުލައާއި ނޫ އެއްވަމުންދާ ލޮލުގައި ތޫނުކަމެއްވިއެވެ. އެ ރީތި ހިނގުމުގައިގޮސް ކާރުގެ ދޮރު ހުޅުވައިލިއެވެ. މުޅި ތަނުގައި ހިފައިލި ތާޒާ ވަހުން ފުރާނަތަކަށް ދިރުން ލިބޭނެކަމާއިމެދު ޝައްކެއްނެތެވެ. މިލާންގެ ރީތިކަމާއި އެކުވެސް ނުރައްކާތެރިކަމުގެ ދެވަނައެއް ނެތެވެ. އެފަދަ ޒުވާނަކާއެކު ބިރެއްނެތި އުޅެން ކެރޭނީ ކާކަށް ހެއްޔެވެ؟

"ހެލޯ މައި ގާލް....." މިލާން އެއް މިޔަކަނުން ހީލިއެވެ.

"ސާކޭސްޓިކް ނުވިޔަސް ހެވޭ މިލާން. މައިގާލް ވާނެކަމެއް ނެތް. އަހަރެން ދުވަހަކުވެސް ކަލޭގެ ގާލްއަކަށް ނުވާނެ. ދުވަހެއްގެ ކޮޅުންވެސް......" ގަޒަލްގެ ލޮލުންވެސް އަލިފާނުގެ ތީރުތައް އުކައިލިއެވެ. "ރެއިން. އަހަރެން ގޮނޑިއަށް އަރުވަން އެހީވާންވީނު..."

"ޑީލްއަކުން މިގެއަށް އަންނަން ނިންމިކަން ހަނދާނުގައި ބަހައްޓާ. މިއަދު މިއައީ ޒިޔާރަތްކޮށްލަން. ކޮންމެހެން މިލާން ލައްވާ ބޭބީސިޓްކުރުވާކަށް ނޫން.. ބޭބީސިޓްކުރުވާ ހިތުން އުޅޭ ބަލާއެއް އެ ޑިޕާޓްމެންޓްގައި އުޅެއެއްނު. ޔޫ ނޯވަޓް؟ ތި ދެމީހުން ވަރަށް ގުޅޭ. ދެ އަންބަށް އިންނަންވިޔަސް އަޅުގަނޑު ހަމަ ވަގުތުން އެއްބަސްވާނަން...." ގަޒަލް ނިކަން ލޯބިގޮތަކަށް ހީލަމުން އެ ފުށް ކޮލުގައި ދެއަތުން ތަޅައިލިއެވެ.

"ޝަޓަޕް......ޔޫ ވިޗް.....ވެންޗް. ހޯރ. އައި ވިލް ކިލް ޔޫ. އައިމް ފްރޮމް އިސްލާމިކް ސްޓޭޓް. އަހަރެން މިހިރީ ސުއިސައިޑް ބެލްޓެއް އަޅައިގެން...ވޫހޫ..................." މިލާން އަޑުކޮޅަށް ކިޔާލިއިރު ގަޒަލްއާއި ރެއިނާ ޝޮކެއްގައި ދެލޯ ތަންމިނަށް ހުޅުވާލައިގެން ތިބިގޮތުން ދެންމެ ދެންމެ އަބުރައިގެންފާނެ ފަދައެވެ.

"މިލާން ނިދީގައި ތިހިރީ؟" ގަޒަލް އަނގަމަތީ އަތްއެޅިއެވެ."ހޭޖެހޭނަމަ ތިހާ އަނގަ ހަޑިއެއްނުވާނެކަން ނޭގޭ."

"ނޫން. ޖީޖީ. އޭނަ ޓެރަރިސްޓެއްކަމަށް ބިރެއްނެތި އެބުނަނީ. ހިނގާ އަވަހަށް ސަލާމަތްވާން..." ރެއިނާ ގަޒަލްގެ ކަންފަތްކައިރީ ވައިއަޑުން ބުނެލިގޮތުން ގަޒަލްވެސް ސިހޭގޮތްވިއެވެ.

ހަގުރާމައެއްގެ މަލަމަތި ފެނި ވަރުގަދަ ކުރިމަތިލުމަކަށް ނުދަނީސް އަދި މިލާން ބެލްޓްމަތިން ހަދާން ނުވަނީސް މިތަނުން ގަޒަލް ސަލާމަތްކުރުން އެބަޖެހެއެވެ. ހުއްޓުން އެރި ސިކުންތުކޮޅަކަށްފަހު ރެއިނާގެ ފައި ހަރަކާތްކުރިއެވެ. އައި ބާރުމިނުގައި ގަޒަލްގެ އަތް ނައްޓުވައިލުމަށްފަހު ގޮނޑީގެ އަތްގަނޑުގައި ހިފިގޮތަށް އޭނަ ދުއްވައިގަތީ ދޮރާށްޓާ ދިމާލަށެވެ. އޭރު އޭނަގެ ޚިޔާލަށް އަންނަނީ ޚަބަރުތަކުން ފެންނަ މަންޒަރެވެ. ޖާނުން ފިދާވެގެން މީހުން ގޮއްވާލާތަނެވެ. އަމިއްލަ ޖިސްމުވެސް ގޮވާ އެތިކޮޅުތަކަށް ބުރައިގެން އެކި ދިމާލަށް ދިޔަފަދައެވެ. ބިރުވެރިކަމުން ސަލާމަތްކޮށްދޭން އެޑްރިނޭލިން ރަޝް ވަރެއް ނޯންނާނެއެވެ. އެފަދަ ވަގުތެއްގައި ހީނުކުރާފަދަ އުސްތަނަކަށްވެސް އެރިދާނެއެވެ. ރޫރޫ އަޅަމުންދާ ދެފައި މިއަދު ރޭހެއް ޖަހަން އެއްބަސްވެއްޖެއެވެ.

"ޖީޖީ ރޭހެއް ޖަހާލަން މިޖެހުނީ. ޔާ ﷲ ހެލްޕް އަސް.........." ރެއިނާ މަގަށް ނިކުމެފައިވެސް މަޑެއްނުވިއެވެ. ދެފަޔަށް ބާރު ލާފައި ދުވަނީއެވެ. ގަޒަލް ހަޅޭއްލަވައިގަތީ އެހެން އައި ކާރެއްގައި ގޮނޑި ޖެހިދާނެހެން ހީވެފައެވެ. އެ ކާރު މަޑުކޮށްލާފައި އޭގައި އިން ޒުވާނާ ބިއްލޫރި ތިރިކޮށްފައި އެކުދިންނަށް ބަލައިލީ ކުޑަކޮށް ބުމަ ކައިރިކޮށްލަމުންނެވެ. ރެއިނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ހަމަ ހަގީގަތުގައިވެސް މިލާން ނިސްބަތްވަނީ އެ ޖަމާއަތަށް ހެއްޔެވެ؟މިވެސް އިސްލާމިކް ސްޓޭޓް މެމްބަރަކީހެއްޔެވެ؟

ކުއްލިއަކަށް ކުރިމަތިން މިލާން ފެނުނުގޮތެއްވެސް ނޭގެއެވެ. ކާރުތެރޭ އިން ޒުވާނާ ކާރުން ފޭބިއިރު ތުންފަތްމަތީގައި ހިނިތުންވުމެކެވެ.

"މިއުޅެނީ ޖާނުން ފިދާވާން. އަހަންނަކީ ސުއިސައިޑް ބޮމާރ އެއް.............ވޫހޫ....ފ** ޔޫ.................." މިލާން ބެލްޓްގައި އަތް ޖައްސައިލަމުން ތަކުރާރުކޮށް އެކައްޗެއް ކިޔަމުން ދިޔައީ ރޮބޮޓެއްހެންނެވެ. ރެއިނާއާއި ގަޒަލް ހުއްޓުން އަރާފައި ތިބީ ބުދުތަކެއްހެންނެވެ. ދެކުދިންވެސް ބިރުގަނެފައެވެ. ގަނޑުވެފައެވެ. ޚާއްސަކޮށް ގަޒަލް ނޭވާނުލެވިގެން މޭގައި އަތްއަޅާ އޮބައިލިއިރު ނިތުގައި ދަލުގެ މުތީތައް ހަރުލާފައެވެ. އޭނަގެ މުޅި ހަށިގަނޑު އައްސިވެ ފިނި ދަލެއް ހިއްލައިލިއިރު ކަރުތެރޭ އެއްޗެއް ތާށިވެ ހިންދިރުވައިލަންވެސް އުދަގޫ އިހުސާސްތަކެއް ކުރެވުނެވެ. މޭގެތެރޭ އޮތް ހިތް ހަމައެއް ލަމައެއްނެތި ތެޅިގަތެވެ. ހަށިގަނޑުން ވަރުދޫވެއްޖެއެވެ. އަތް އައްސިވީވަރުން ދެއަތް އުނގުޅަމުން އޭނަ ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ.އޭނަ މަރުވަނީކަން ޔަގީންވިއެވެ. ބިރުވެރިކަމުގެ އިންތިހާއަށް އޭނަ ބިރުގަނެއްޖެއެވެ.

ތަންކޮޅެއް ދުރުގައި ތިބި ފުލުހުންގެ ދެމީހުން ކަމަރުން ފިސްތޯލަ ނެގިތަން ފެނުނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އޭނައަކީ ކާކުކަން އެންމެންގެ ތެރޭ އިއުލާންކޮށްފި ވިއްޔާއެވެ.

"ހާސްނުވޭ. .ހީ ހޭޒް ޓުރެޓްސް..." އެ ޒުވާނާ ފުލުހުން ގާތު ބުނެލި އަޑުއިވުނެވެ. އެވަރުންވެސް އެމީހުން އައިސް މިލާން ޗެކްކޮށްލިއެވެ. ފުލުހުން މާފަށް އެދިފައި ހިނގައިގަތެވެ.

ނުނިމޭ

ކޮމެންޓް 0