"ކެތްތެރިކަން މިއަދު ހިތި އެއްޗަކަށް ވީ ނަމަވެސް އޭގެ ބަދަލުގައި ﷲ ދެއްވާނެ ގޮތެއް އެއްވެސް އިންސާނަކަށް ނޭގޭނެއެވެ. ހިނދުކޮޅެއްގެ ތެރޭވެސް ހަޔާތަށް ހީނުކުރާފަދަ ބޮޑު ބަދަލެއް އަތުވެދާނެއެވެ. މާޔޫސްނުވެ ހިތްވަރު ކުރާށެވެ. "
***
"ކީއްވެ ރޮނީ؟ "މިލާން އެހިއެވެ.
"އަހަންނަށް އެނގޭ މީތި މަރާލާނެކަން. އައިމް ނޮޓް ގިވިން ހިމް ބެކް....." ގަޒަލް ގޮނޑި އަނބުރައިލިއިރަށް ރެއިނާއަށް އާދެވުނީއެވެ. ފުށްގުޅައެއްފަދަ ޕޮމެރޭނިއަންއަށް ރެއިނާ ފެނުމުން އަޑުލައްވަން ފެށުމުން ރެއިނާ ފަކީރު ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގެންފާ އައިކޮޅަށް ނައްޓައިލިއެވެ. އެކޮޅުން އަދި ދެން ދިމާވީ އެއަށްވުރެ ބޮޑު މުސީބާތަކާއެވެ. ގަޒަލްގެ އަތުތެރޭ އޮތް ފުށްގުޅަ ބިރުގަނެގެން މާގަދަޔަށް އަޑުގަދަކުރަން ފެށުމުން މިލާން އަވަހަށް އޭތި އަތުލައިފިއެވެ. އަދި ދުރަށް ދާން ހިނގައިގަތެވެ. ރެއިނާއަށް ނުކުމެވުނީ ކައިޔާންއާއި ސަޖަލްއާއި ދެމީހުންގެ ކާރުގެ ކުރިމައްޗަށެވެ. ކައިޔާން އުރާލައިގެން ހުރި ހުދުކުލައިގެ އެމެރިކަން އެސްކިމޯ ރެއިނާއަށް ފެނުނީ ފުރޭތައެއްގެ ގޮތުގައެވެ. އެހެންނޫނަސް އެދެމީހުން އެއްތާކު ތިބުމުންވެސް ބިރުވެރިކަމައި އެއްވަރަށް އެހެން ޖަޒުބާތުތައް އޭނަގެ ސިކުނޑި ހަލަބޮލިކޮށްލައިފިއެވެ. ނަމަވެސް ފިޑިވުމުގެ ބަދަލުގައި ހިތްވަރުކޮށްފައި މި ތިން ފުރޭތައިންނާއި ކުރިމަތިލާނީ ކަމަށް ޟަމީރު ބުނެދިނެވެ. އޭނަ ބިރުން އުޅޭކަން އެނގި ކައިޔަން ގަސްތުގައި ލަނޑެއްދޭ ހިތުން ކުރި ކަމެއްކަން ޔަގީނެވެ.
"ރެއިނާ ބިރުނުގަނޭ. މިއީ އަހަރެން ކައިއަށް ދިން ގިފްޓެއް. ވަރަށް ފްރެންޑްލީ ވާނެ...." ސަޖަލް އެސޮރުގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
"އަގް.....ތިއީ ޑޯގެއް..."
"ސޯ ވަޓް. ޕެޓްސްތަކުން އެންމެ ފްރެންޑްލީ ވެފައި ޕްރޮޓެކްޓިވް އެއްޗަކީ މިއީނު. އަދި ރެއިނާއަށް ލޯބިވެވޭނެ...." ސަޖަލް އާއި ކައިޔާންވެސް މުޅިން ހުދުކުލައިގެ އެއްޗެހީގައެވެ. ސަޖަލް އިސްތަށިގަނޑުގައިވެސް މިއަދު އޮތީ ސިލްވާ ބްލޯންޑް ކުލައެކެވެ. އެ ދޮން ދޮން މޫނާއި ނިކަން ގުޅެއެވެ. މުއްސަދިކަމުން ހެދުމާއި ގުޅޭގޮތުން ކޮންމެ ދުވަހަކު ކުލައަކުން އިސްތަށިގަނޑު ޑައި ކުރެވިދާނެއެވެ. އެދެމީހުން ހީކަރުވާހެނެއްވެސް ހިޔެއްނުވެއެވެ. އޭނަ ރޫރޫ އަޅަނީއެވެ. ނުވީތާކަށް ދަތްތައް ޖެހޭ އަޑު އިވެން ފެށުމުން ލަދުން އަވަހަށް އެތަނުން ދުވެ ފިލަން ބޭނުންވިއެވެ.
އޭރު ގަޒަލް އަރާ ހަމަކޮށްފިއެވެ.
"ހީޒް ސޯ ކިއުޓް..." ގަޒަލް ކުޑައިރުއްސުރެ ޕެޓަކަށް އެދި އެދި އޭނަ ނޭވާއަށް އުދަގޫވާތީ އެލާޖިކް ވާނެއޭ ކިޔާގައި މަންމަމެން އެހުވަފެން ހަގީގަތަކަށް ވިޔަ ނުދިނެވެ. މިއަދު ގަޒަލްގެ ވަށައިގެން މިވަނީ އޭނަ އެންމެ ގެންގުޅެން ބޭނުންވި ބްރީޑްތަކުގެ ކުއްތާ ތަކެވެ. "އެކަމަކު ރެއިނާ ހަޅޭއްލަވައިގަތީމަ ސްނޯބޯލް ބިރުން އެ މޮންސްޓާ ކައިރިއަށް އެދިޔައީ. އޭނަ އޭތި މަރާލަފާނެ. ކޮންމެ ގޮތެއް ހަދާފައިވެސް ސްނޯބޯލް އަތުލާނަން. ކައި ޕްލީޒް ގޮސް ބުނޭ. ނޫނީ މިގެއަކު ނޫޅެވޭނެ.."
ގަޒަލް ކައިޔާން ގާތު މިލާންގެ ކޯޓު ޖީބަށް އެރި އިން ފުށްގުޅައިގެ ޚަބަރު ދިނެވެ.
"ޔަގީން ވައްކަން ކުރީކަން. ޕޮމެރޭނިއަން ނުލާހިކު އެކްސްޕެންސިވް. އެފޯޑްވީ ކިހިނެއް؟ އޭގެ އޯނާ އަހަރެމެންނާއި ގެން މައްސަލަ ނުޖެއްސިއްޔާ ވެދާނެ. އޭ މިލާން......"ދާންވެގެން އެނބުރި މިލާންގެ ނަމުން ގޮވާ ކައިޔާން ހަޅޭއްލަވައިގަތެވެ.
"ކޮންތާކުން ވަގަށް ނެގި އެއްޗެއް؟ "
"އަހަރެން ވަގަށް ނެގި ކަމަށް ވަންޏާ އަހަރެން ކައިޔާން ކައިރީ ނެގިތަނެއް ބުނަން ވީ ކީއްވެތަ؟ ޑޯންޓް ބީ ސްޓުޕިޑް. ވަގަކާއި ސުވާލު ނުކުރޭ......." މިލާން ހަމަޖެހިލާފައި ކިޔައިލިއެވެ.
"މިއީ ޔަގީނުންވެސް ކައިޔާން ވަގަށް ނެގި އެއްޗެއް ނޫނޭ. އަހަރެން ދިން ގިފްޓެއް...." ސަޖަލް ކުޑަކޮށް ހީލާފައި މިލާންއަށް ބަލައިލިޔަސް އަވި އައިނު އަޅައިގެން ހުރުމުން ޝުއޫރެއް ނޭގެއެވެ. ވަގަށް ގޮވީމަ ރުޅިގަދަވެގެން ވަޅި ނުނަގާނެ ކަމެއް ނޭގޭނެއެވެ. މިލާންއަކީ "ކިލަރ"އެކެވެ. އެފަދަ މީހަކަށް ހިނދުކޮޅަކަށް އިތުބާރުކުރިޔަސް ލަނޑެއް ލިބިދާނެއެވެ. އެފަދަ މީހަކު ޓްރިގާ ވާގޮތަށް ވާހަކަ ދެއްކުންވެސް ބުއްދިވެރިކަމެއް ކަމަށް ސަޖަލްއަށް ނުފެނުމުން ކައިޔާންގެ އަތުގައި ހިފާ ދަމައިލިއެވެ." ހަނީ. އެތެރެއަށް ހިނގާ..."
"ދެޓްސް މައިން..." ދަހިވެފައި އިން ގަޒަލް ގަދަކަމުންވެސް އޭތި ހޯދަން ބޭނުންވިއެވެ. ދުޝްމިނެއްގެ އަތުންވެސް ފޭރިގަންނަން ބޭނުންވާހާ އޭނައަށް ކަމުދާ ހަދިޔާއެކެވެ. މިލާންއަކަށް މިފަދަ ލޯބި އެއްޗަކަށް ވެރިކަން ކުރުމުގެ ހައްގެއް އޭނަ ނުދޭނެއެވެ. މިއީ މިލާންކަހަލަ އަނިޔާވެރިޔަކާއި ގުޅޭނެ އެއްޗެއް ނޫނެވެ.
"އޯ.......ހޫމް ވެދާނެ. އެބުނަނީ ތެދެއް މައި ހާޓް؟ "މިލާން ކޯޓުގެ ޖީބަށް އެރި އިން ކުޑަ ކުއްތާއާއި މުޚާތަބުކުރިއެވެ. އޭރު މެދުނުކެނޑި އޭތި އެމެރިކަން އެސްކިމޯއާއި ދިމާލަށް ހަޅޭއްލަވަމުން އެއާއި ދިމާކުރާފަދަ ގޮތަކަށް ފުންމައިލަން އުޅުނެވެ. ކުޑަޔަސް ކިތަންމެ ބޮޑު އެއްޗަކާއި ހަމަލާދޭހާ ފަޚުރުވެރި ފޮނި އެއްޗަކީއެވެ.
"ގެނޭ......" ގަޒްލް ބާރަކަށް މިލާންއައި ދިމާލަށް ގޮނޑި ދުއްވައިލިއެވެ.
"ޖީޖީ......." ކައިޔާން އަޑަށް ދަމާފައި ކިޔައިލީ އިންޒާރުގެ ރާގަކަށެވެ. "ވަގު އެއްޗެއް ގެންގުޅެނިކޮށް ލަނޑެއް ލިބިދާނެ....."
"ބުނީމެއް ނު މިއީ މަގޭ ހިތޭ. ވަރަށް ފްރެޖައިލް. މި ގޮނޑިން ބިންމައްޗަށް ވެއްޓޭގޮތަކުން އަނިޔާވެދާނެ. އަނެއްކާ އޮޅިގެން ކަލޭމެން ކުދިން މީގެ މަތީ އިށީދެއްޖެއްޔާ ދުވަސް ދިޔައީ. ތިމާގެ ކުޑަކަން މިއަކަށް ނޭގޭނެތާ. ސޯ ބޮޑު ހައުންޑްތަކާ ދިމާކުރަންވެސް ގޮސްދާނެ. ޕްލޭފުލް މެނިޕިއުލޭޓިވް ޖެލަސްވާންވެސް ދަންނަ ބޯއި އެއް. ވަރަށް ލޯބިން ގެންގުޅެން ޖެހޭ އެއްޗެކޭ މިއީ. ދޯ ހާޓް..." މިލާން ވާހަކަދެއްކީ ޅަ ކުއްޖެއްހެންނެވެ. މިފަދަ ގާތިލެއްގެ މިހިރަ މައުސޫކް މޫނެކެވެ. އަދި ދިރޭ ޖަނަވާރަށް ލޯބި ކުރުންފަދަ ރީތި ސިފައެއް ގާތިލެއް ނަމަވެސް އެބަހުއްޓެވެ.
"ހޫމް އެނގިއްޖެ. މިސިޒް ގްލޯރިއާގެ ގެއިން ތީތި ނެގީ. އެގޭގައި މީގެ އެޑަލްޓް ދެ ޕެޓްސް ގެންގުޅޭ.." ކައިޔާން ބުމަ ކައިރިކޮށްލިއެވެ. "ގްލޯރިއާއަށް އަންގާނަން. ނޫނީ ތި ނެގިތަނަކާއި ހަވާލުކުރޭ...."
"ސޮރީ...." މިލާން ވަގުތުން ބުނެލިއެވެ.
"މަންމަ ބުނި ނިދީގައި ހިގާ މީހެކޯ.. ނިދީގައި ހިނގާފައިގޮސް ތި ކުޑަ އެތި ދަށުލައިގެން ނިދައިފިއްޔާ. ނޫނީ ހަމަ ނޭގެއެއް ނު. ނިދީގައި މީހުން ކުރާ ވިއަޑް ކަމެއް ތެދުވެގެން ގޮސް ކެއްކުން. ތީތި ކަތިލާ ރޯސްޓްކޮށްގެން އަމިއްލައަށް ކައިފިއްޔާ..." ކައިޔާން މިސާލެއް ޖެހިއެވެ. ރެއިނާއަށް ކަޅި ޖަހާނުލާ ކައިޔާންގެ މޫނަށް ބަލަން ހުރެވުނުއިރު މިލާން ސްނޯބޯލް ނަގާ މޫނުގައި ޖައްސައިލިއެވެ.
"ކައި..............ކޮންފަދަ ހޮރިބްލް މިސާލެއް. މަޖަލަށްވެސް ތިހެން ނުކިޔަބަލަ.." ގަޒަލް ރުޅި އަންނަގޮތްވެފައި ހަޅޭއްލަވައިގަތެވެ.
"މަންމަ އެހެން ބުނިތަ؟ ހަހަ....ދެޓްސް ފަނީ...." މިލާން ހިނިގަނޑެއް ޖަހައިލިއެވެ.
"އިޑިއަޓް. ކަލޭ ހަމަ ލަދެއްވެސް ނުގަނޭތަ މިގޭގައި އުޅެން؟ ހަޔާތް ކުޑައީވެސް ވަކި ވަރަކަށް ނޫން..."ކައިޔާން ލޯ އަޅައިލިއެވެ.
"ތިއަށް ސަބީނާ އާންޓްއަށް ޖަވާބެއް ދޭން އެނގޭނީ. އާސްކް ހާރ. ދަނީ އޭ. އަހަރެންގެ ބޯއި ބަނޑުހައިވާނެކަން ނޭގޭ..." މިލާން ގެ ވާހަކަތަކުން ރުޅިގަދަވި ކައިޔާން ރުޅިބޭލީ ސްނޯގަނޑަށެވެ. ބޫޓުން ސްނޯމަތީ ޖެހުމުން ވިއްސައިގެން ދިޔަ ސްނޯ ރެއިނާގެ ގަޔަށް ބުރައިގެން ދިޔައެވެ. ކުއްލިއަކަށް އަނދިރިވެލާފައި ސްނޯ ފައިބަން ފެށިއެވެ. މިލާން ހިނގައިގަތެވެ.
"މޮންސްޓާ ސްޓޮޕް...." ގަޒަލް އެ ބޯ ސްނޯތެރޭ މިލާންގެ ފަހަތުން ގޮނޑި ދުއްވައިލުމުން ކައިޔާން ހިފެހެއްޓިއެވެ. ސަޖަލް ވައުދުވީ އޭގެ އެއްޗެއް ގަޒަލްއަށް ގަނެދޭނެ ކަމުގައެވެ. ގަޒަލް ބުނީ އޭނަ ބޭނުމީ ހަމައެކަނި މިލާންގެ އަތުގައި އޮތް ޕެޓްކަމަށެވެ. މިލާން އަތުގައި އޭތި އޮވެގެން އޭނައގެ ލޮލުގެ ފިޔަ ޖަހައި ނުލެވޭނެއެވެ. ރުޅިގަވަދެގެންގޮސް ގަޒަލްއަށް ރޮވޭގޮތްވިއެވެ. ކައިޔާން ރީތިކޮށް ވިސްނައިދޭން އުޅުނީ މަންމަ މަނާ ކުރާނެކަމުގައެވެ. ގަޒަލް އަލުން ނޭވާއަށް އުދަގޫވެދާނެކަމުގައެވެ. ގަޒަލް ބުނީ މަރުވިޔަސް ހެޔޮކަމަށެވެ. އެ އަރައިރުމެއްގައި ކައިޔާން ގަޒަލްގެ ގޮނޑި ދުއްވަމުންގޮސް ގެއަށް ވަދެއްޖެއެވެ. ކުރިމަތީގައި އޮތް ކާރަށް ސްނޯ ފައިބަމުންގޮސް ފަށަލަ އިރުކޮޅެއްގެ ތެރޭ ބޯވެއްޖެއެވެ. މި ރީތި މަންޒަރުތަކަށް ރެއިނާގެ ހިތް ދޫކޮށްގެން ހުރެފައިގޮސް ކާރަށް އަތުން އެތިފަހަރެއް ވީއްލައިލެވުނެވެ.
"ސަޖަލް އައި ހޭޓް ޔޫ....."
"ހިނގާލަން ދާންވީ ކަން ނޭގޭ. އެދެމީހުން ތިއްބާ އެގެއަށް ވަންނަ ހިތެއް ނުވޭ..." ރެއިނާ ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. ކައިރީ ހުންނަ ސުޕަ މާކެޓަށް ވަދެފައި އެއްޗެހި ބަލަންފެށިއެވެ. މިކާއަށް ނުދީ ނުކާންވެގެން އޭނަ މިހުންނަނީ ކިރިޔާ ބަނޑު ފުރާނަ މުއްތި ކުރެވޭ ވަރަށް ކައިގެންނެވެ. މިހާ ހޯލިކޮށް ހުންނަނީ ނުކާތީއެވެ. ކައިގެން ނޫނީ ސަޖަލްއާއި ވާދައެއް ނުކުރެވޭނެއެވެ. އޭނަ ސަޖަލްއަށްވުރެ މޮޅުވާނީ ކިހިނެއްހެއްޔެވެ؟ ސައިކޮލޮޖީ ހަދަންވީއެވެ. މާސްޓަރސް ހަދައިގެން މިތާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރެވިދާނެއެވެ. ގުރުއާންގެ އިލްމުވެސް އުނެގެނޭނީއެވެ. ކައިޔާންއާއި ސަޖަލްގެ ކައިވެނި ވެސް އެހާ ރީތިކޮށް އޮމާންކޮށް ކުރިއަށް ގެންދެވިގެން ނުވާނެއެވެ. ސަޖަލްއަށް ހަގީގަތް ކިޔައިދޭނީއެވެ. ކައިޔާންއަކީ އޭނަގެ މީހެއްކަމާއި އެމީހުންގެ ދަރިއެއް ހުރިކަން އެނގިގެން ދޮންމަންމަ ކިޔުއްވަން ބޭނުމިއްޔާ އިންނަންވީއެވެ. ވަރުގަދަ އަޒުމަކާއެކު ރެއިނާ ހީލިއެވެ. ހެއިންޒް ކެޗަޕް ޕޮޓޭޓޯ ޗިޕްސް އުރައަކާއި އީޓްމޯއެއް ކޮފީ ކްރިސްޕަކާއި ސެންޑްވިޗެއް ގަނެލައިގެން ނުކުތެވެ. މިހާރު ސްނޯވެހުން ހުއްޓާލައިފިއެވެ. މަގުމަތީގައި ބޯވެފައިވާ ސްނޯ ފަށަލައިގެ މަތިން ލަސް ހިނގުމެއްގައި ގޮސް ޕާކުގައި އިށީދެ ކައި ނިންމައިލިއެވެ. މަންމަވެސް ގުޅިއެވެ. ވަރަށް ފޯރި ހިފާފައެވެ. އަވަށްޓެރިންގެ ދަރިންނަށް ރެއިނާ ކެނެޑާގައި ހުރުމުން ހަސަދަލައިގެން އުޅޭ ވާހަކައެވެ. ރެއިނާ ބިރުވެސް ގަތެވެ. ހަސަދައަކީ ބިރުވެރި ނުރައްކާތެރި އެއްޗެކެވެ.
"ރެއިނާ. ތި ސުފިޔާންމެން ގެއަކީ އަސްލު ޝާހީބަޔެކޭ. ތިގޭ ކުއްޖަކު ކޮންމެހެން ވެސް އަތު އަޅުވައިލަންވާނެ. ބޭރު މީހުންނަށް ކަމުދާނީ ކަޅު ކުދިން. ރެއިނާގެ ނަސީބެއްކަން ނޭގޭ. ދިވެހި ޕާސްޕޯޓް ދައްކައިލީމަ ވަރެއް ވާނެ..." މަންމަގެ ވާހަކައިން ރެއިނާ ކަޅި ހިންގައިލިއެވެ. މަންމަ މިހުރިހާ ދުވަހު އޭނަގެ މަތިން ހަދާނެއް ނެތެވެ. މުއްސަދި ގެއެއްގައި ވަޒީފާގައި އުޅޭކަން އެގުމާއެކު މަންމައަށް ރެއިނާ ވަރެއްނެތެވެ.
"މިގޭގައި ހުހަށް ކުއްޖަކު ނެތް.."
"މީހަކާއި އިނަސް އަތުލެވިދާނެ.."
"މަންމާ ހެޔޮނުވާނެ ހުއްޓާލާ.... "ރެއިނާ އޭނަގެ މަންމަ ގާތުގައި ހަގީގަތް ކިޔައިދޭ ހިތެއްނުވިއެވެ.
"ގުރުއާން ކިޔަވައިގެން ބޭނުން ކޮންމެ ކަމެއް ހާސިލު ކުރެވޭނެ. އެނގޭތަ؟ މަންމަ ސިއްރެއް ބުނެފާނަން. ގުރުއާން މިބުނާގޮތަށް ކިޔެވީމަ މީހަކު މަރައިލަން ކިޔެވިޔަސް ތޫނު ކަނޑި އެތިފަހަރެއްހެން ސީދާވާނެ...." މަންމަ ބުނެދިންގޮތަށް ގުރުއާން ކިޔެވުން އުދަގޫވާނެކަން އެގުނަސް ރެއިނާ ކަނުލާ އެހިއެވެ. ކައިޔާން ހާސިލު ކުރަން އޭނަވެސް މަސައްކަތް ކުރާނެއެވެ. ކައިޔާން އަކީ އޭނަގެ މީހެކެވެ. ސަޖަލްއަށް ހައްގެއް ނޫނެވެ. ސަޖަލް އޭނަގެ ހައްގަކަށް އަރައިގަންނަން އުޅެނީއެވެ.
"ގުރުއާނުން މިކަހަލަ ކަންތައް މީހުން ކުރޭތަ؟ "
ގުރުއާނަކީ ޝިފާއެއް. ދުޢާއެއް. ކަރާމާތެއް. ގުރުއާނުގައިވާ ގޮތަށް އުޅެ އަމަލުކޮށް ހަޔާތުގެ ކޮންމެ ކަމެއް ގުރުއާނުގެ އެހީގައި ކުރިއަށް ގެންދޭ ރެއިނާ.." މަންމަ ފުރަތަމަ ފަހަރަށް އޭނައަށް ހެޔޮ ބަސްކޮޅެއް އިއްވައިލިއެވެ. އެވެސް މަންމަ އަމިއްލަ އެދުމުން ފޯވެފައިވާތީހެއްޔެވެ؟ ކޮންމެއަކަސް މަންމަގެ ވާހަކަތައް ގަޔާވެލާފައި އަޑުއަހަން އިނދެފައި ފޯނު ބޭއްވިގޮތަށް އޭނަ އެކަނިމާ އެކަނިއިނދެ ހުނެވެ. ކުޑަކޮށް ނަށައިލިއެވެ. އޭނައާއި މަންމަގެ ގުޅުން ރަގަޅު ނުވިޔަސް މަންމަގެ ފަރާތުން އިވުނު ނަސޭހަތުގެ ބަސްކޮޅުން ހިތްވަރު އާވިއެވެ.
"ސަޖަލްއަށް ކައިޔާންގެ ވާހަކަ ކިޔައިދޭއިރު އެމޫނުމައްޗަށް ވެރިވާނެ ސިފަ ދެކެން ބޭނުން.." ރެއިނާ ހިތާހިތުން ކިޔައިލިއެވެ. އަވަސްވެގަތީ ގެއަށް ދިޔުމަށެވެ.
އޯކްވިލް ހުދުސާލު އޮޅާލައިގެން ހުރި މަންޒަރު ރެއިނާއަށް ސިފަކުރެވޭނީ ޕޯސްޓްކާޑު މަންޒަރެއްގެ ގޮތުގައެވެ. ދުނިޔެމަތީގެ ސުވަރުގެފަދައިންނެވެ. އެހާ ނަލަ ވެފައި ޗާލެވެ. ގަސްތަކުގައި ސްނޯ ހަރުލާފައި ހުރިއިރު ކޮންފަދަ ހިތްގައިމު ހެއްޔެވެ؟ ވަށައިގެންވާ ތަންތަނަށް ބަލައިލުމުން ކުޅަދުންވަންތަކަމާއިމެދު ވިސްނައިލަން މަޖުބޫރުކުރުވިއެވެ. މިއީވެސް އެންމެ ފުރިހަމައަށް އިންސާނާ ހެއްދެވި ފަރާތުން އިންސާނުންގެ ލޯތަކަށް ފިނިކަން ދެއްވުމަށް ދައްކުވާ އަޖައިބުކުރުވަނިވި މަންޒަރެކެވެ. ރެއިނާ ގެއާއި ހަމަޔަށް ފޯރިއިރު ކައިޔާންއާއި ސަޖަލްސްނޯމޭން އެއް ހަދާފައި ތޮތްޕެއްވެސް އަޅުވާލައިފިއެވެ.
"އަދި މިހާރަކު ނޫން. އެކަމަކު ބުނާނަން.." ރެއިނާ ބަލާވެސް ނުލާ އަވަސްވެގަތީ އެތެރެއަށް ވަނުމަށެވެ. ކޯޓުން ސްނޯ ފޮޅާލާފައި ތަނެއްގައި އަޅުވާލުމަށްފަހު އޭނަ ދެއަތް އުގުޅަމުން ގަޒަލް ހުރިތަނެއް ހޯދިއެވެ. ގަޒަލްއަށް ރެއިނާ ފެނުމުން ޝަކުވާކުރިއެވެ. އޭނަ އެ ކުޑަ ކުއްތާ ބޭނުންވާ ވަރު ފެނުމުން ހަމްދަރުދީވެސް ވިއެވެ. ރެއިނާއަށްވެސް ދީނުގައި އެކަމުގެ ހުކުމެއް ނޭގެއެވެ. ކުއްތާތައް ފެނި އެއަށް ސަމާލުކަމެއް ދެވުނީވެސް ކެނެޑާއަށް އައުމުންނެވެ.
***
އަލީޚާންގެ ގެއަށް ސަބީނާމެންނަށް ދައުވަތު ލިބުނެވެ. އެރޭ ކެއުމަށް ދާންވެގެން ގަޒަލްވެސް ހުރީ ނިކަން ފޯރި ހިފާފައެވެ. ރެއިނާ އެކަނި ހުންނަންވުމުން ބިރުގަތެވެ. ސަބީނާ ބުނީ ކޮޓަރީގެ ދޮރު ތަޅުލައިގެން ހުރުމަށެވެ. ނުރައްކަލެއް ވަންޏާ ފޯނަށް ގުޅުމަށެވެ. އެރޭ އެމީހުން ދިޔުމުން ރެއިނާ ގުރުއާން ނެގިއެވެ.
"މިއީ ރަގަޅުކަމެއްތަ؟ ގުރުއާންއަކީ މުއުޖިޒާތެއް އެކަމަކު ދުނިޔޭގެ އެދުންތަކަށްޓަކާ ގުރުއާން ވަކި ގޮތަކަށް ކިޔެވުން ހުއްދަތަ؟ އެކަމަކު އެބުނިކަމެއް ދުނިދަނޑި ފަދައިން އަމާޒުފަތްގަނޑަށް ވާސިލު ވާނެޔޯ. ކިތަންމެ ބުރަކޮށް ވިޔަސް ކައިޔާން ހަމަ އަހަރެން ގާތަށް ގެންނަން ޖެހޭތަ؟ މިކާ ނެތުމުން ކައިޔާން އަންނަންވީ ކީއްކުރަން؟ އެކަމަކު އެއީ ހަޒްބެންޑް...." ރެއިނާ އަމިއްލަ ނަފުސް ދިފާއު ކުރަން އުޒުރަކަށް އެކަން ހަދަން ޟަމީރު ވިސްނާދިނެވެ. އޭނަ ވުޟޫކޮށްގެން މުސްހަފު ނެގިއެވެ.
އެރޭ ގެއަށް އައިސް ގަޒަލް ސަޖަލްމެންގެ އާއިލާއަށް ތައުރީފުކޮށް ވާހަކަދެއްކިއެވެ. އެގޭގެ ރީތިކަމާއި ހިތްފަސޭހަކަމާ މުއްސަދިކަމުގެ ވާހަކައެވެ. ގަޒަލް މުއްސަދިކަން ބޭނުންނުވިޔަސް ކައިޔާންއަށް އެފަދަ ނަސީބެއް ލެއްވުމުން އުފާކުރާ ވާހަކަ ބުނެލިއެވެ.
"ތިއީ ރަހުމަތެއްނޫން ޖީޖީ. އެއީ ކާފަރުން. އެހެންނޫނަސް ސަޖަލްގެ އުޅުން ހުންނަ ގޮތުން މީހަކާއި އިނދެގެން ދަރިން ބެލޭނެހެނެއް ހިޔެއް ނުވޭ ކިހާ ޅަ ކުއްޖެއް.މި އުމުރުގައި އޭނަވެސް އުޅޭނީ މަޖާކުރުމާ ސަކަރާތްޖެހުމުގައި ދޯ.ކުއްޖަކު ބަލަން ނޭގޭނެކަމާއިމެދު ޝައްކެއްނެތް. މީހަކާ އިންނައިރު ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް އެކަނި އެއް ނޫން ބަލަންވީ.." ރެއިނާ އެހުރިހާ އެއްޗެއް ނުސީދަލަށް ކީ އޭނަގެ ދަރިއަކު ހުރީތީއެވެ.
"ކީއްވެ ރެއިނާ ސަޖަލްއާއި ތިހާ ޖައްސާލާފައި ވާހަކަަދައްކަނީ؟ އަހަންނަށް ވަރަށް އެކަން ފާހަގަ އެބަކުރެވޭ. ސަޖަލްއާއި ދިމާލަށް ކަޅި އަޅާތަންވެސް ދެކެން.." ގަޒަލް މޭންޑަރިން އޮރެންޖުގެ ތޮށިގަނޑު ނޮޅަން ފެށުމުން މީރުވަހެއް ކޮޓަރީގައި ހިފައިލިއެވެ. އެގޮތަށް އޭނައަށް އެއްޗެހި ކިޔުނީ އޮޅިގެންނެވެ. އޭނަގެ މޮޔަކަމުންނެވެ. ރެއިނާ މަޑުމަޑުން އަމިއްލަ އަނގައިގަ ޖަހާލާފައި އަމިއްލަ ނަފުސަށް މުޚާތަބު ކޮށް ކިޔައިލިއެވެ. " ޔޫ އިޑިއަޓް"
"އެހެނެއް ނޫން. ކައިޔާންއަށް ހޯދަދޭންވާނީ ރަގަޅު ގެވެހި އަންހެންކުއްޖެއް. ސަބީނާ އަދި ގަޒަލްއަށްވެސް އެހީތެރިވެ އަޅާލާ ކުއްޖަކު ގެނައިމަ ރަގަޅުވާނީ"
"އަހަރެންގެ ބޭބެއަށް ރަގަޅަށް ކަންތައްވާން ރެއިނާ ތިހާ އެދެނީ ކީއްވެތަ؟ "ގަޒަލް އިރުކޮޅެއްވާންދެން ވިސްނުމެއްގެ ތެރޭ ކުޑަދޮރުން ބޭރަށް ބަލަން އިނެވެ. ކުއްލިއަކަށް ގަޒަލް ލޯ ބޮޑުކޮށްލާފައި އެނބުރުނެވެ. " ޑޫ ޔޫ ...........ލައިކް މައި ބްދަރާ ތަ؟ކައިޔާންއާއި ހެދި ރެއިނާ އުޅެނީތަ؟ "
ނުނިމޭ