"އިމާމް އަލްގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ. ގުރުއާނުގައި ހިތާމަ އެލަފުުޒު އެކަން މަނާކުރެއްވުމަށް ނޫނީ އޭގެ މާނައެއްނެތް ކަން އަންގަވާ ދެއްވުމުގެ ގޮތުން ނޫނީ އައިސްފައެއް ނެތެވެ. ސަބަބަކީ ހިތާމައިގެ ސަބަބުން ވާނެ މަންފާއެއް ނެތީމައެވެ. ޝައިތާނާ އެންމެ ލޯބި ކުރަނީ މުއުމިނުން މަގުން ކައްސުވާލާ ހިތާމައިގެ ތެރެއަށް ވައްޓާލެވުމުންނެވެ. ހިތާމައިގެ ސަބަބުން ހިތް ބަލިކަށިކޮށް އަޒުމް ގުޑުވާލާ ކުރިއަށް ދިޔުމުގެ ހިތްވަރު ގެއްލުވައިލައެވެ. ވީއިރު އުފާވެރިކަން ހޯދާ އުއްމީދު އާކޮށް މާތްﷲގެ ފަރާތުން ރަގަޅުކަންތައްތަކަށް އެދި ދަންނަވާށެވެ. ހެއްދެވި ފަރާތަށް އިތުބާރުކޮށް ވަކީލުކުރާށެވެ. އޭރުން ހުރިހާ ހާލަތެއްގައި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަނެވޭނެއެވެ."
***
ކުއްލިއަކަށް ރެއިނާ ރޮއިގަތް އަޑު މުޅި ގޭތެރެ ގުގުމާލައިފިއެވެ. ގަޒަލްގެ ގައިން ހީބިހި ނެގިއެވެ. މުޅި ހަށިގަނޑު ގަނޑުފެން ބިލިގާއަކަށް ގަންބާލަވުނުފަދައެވެ. އެހާވެސް ފިނިވެ ހިތް ހުއްޓުނު ވަގުތެކެވެ.
ގޭތެރޭގައި ތިބިއްޔާ ތިބިހާ ބަޔަކު ކޮޓަރިން ނުކުމެގެން އެ ދިމާލަށް ދުއްވައިގަންނާނީ އޭނައަށް ކަމެއް ވީކަމަށް ހީކޮށެވެ.
"ރެއިން...ރެއިން ކިހިނެއްވީ؟ " ގަޒަލްއަށް ބާރަށް އަހައިލެވުނެވެ. "ބައްޕަމެން އެންމެން ހޭލެވޭނެ..ހަމަޖެހިބަލަ. ކުރުސި ކިޔަވަބަލަ. ޓްރަސްޓް ﷲ........... "
ގަޒަލްގެ ޖުމްލައާއެކު ރެއިނާ އަނގަމަތީ ކުޝަން ޖައްސާ ބާރުކޮށްލުމުން އަޑު ހިނދުނެވެ. އެ ޖުމްލައިން އޭނައަށް ކިތަންމެހާވެސް އަސަރެއްކޮށްފިއެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލާފައި ސުފިޔާން ސަބީނާ އަދި ކައިޔާން އެކީގައިހެން އެތަނަށް ވަނެވެ. ރެއިނާ ގެ ނަޒަރު ހުއްޓުނީ ކައިޔާންއަށެވެ. އޭނަ ވެސް ނިދަން ލާ ޕިޖާމާގައި ހުރިއިރު އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައެވެ. ނިދީގެ ސަބަބުން ބަރުވެފައިވާ ދެލޯ މަޑު އަލިކަމުގެ ތެރެއިން ފެނުނީ ހިތަށް ތަދުކުރުވާހާ ރީތިކޮށެވެ. އޭނަގެ ހިތަށް ޒަލްޒަލާއެއް އައިވަގުތު ކައިޔާން ފެނުމުން އައި ރުޅީގައި ފީކުކުޅެއްހެން ގަޔަށް އަރައިގަންނަން ބޭނުންވިއެވެ. ހުރިހާ ކަމެއްގެ އަސްލަކީ ކައިޔާންއެވެ.
"ޖީޖީ ދަރިފުޅާ. އާ ޔޫ އޯކޭ؟ރެއިނާ ހަޅޭއްލަވަނީ ކީއްވެތަ؟ " ސަބީނާ ބޮކިތައް ދިއްލައިލުމުން ކޮޓަރިތެރެ ދުވާލު ފަދައިން އަލިކަން ފެތުރިގަތެވެ. ރެއިނާ އަވަހަށް ރަޖާގަނޑު ގައިގާ އޮޅައިލިއިރު އިސްތަށިގަނޑު ނިވާކުރާކަށް ހަދާނެއްނުވިއެވެ. ކުދި ކުދި ބުޅިތައް ލާފައި އޮތް އިސްތަށިގަނޑު ވޫލްކޮޅަށްވެސް މައިތިރިއެއް ނުވެއެވެ.
"ރެއިން.....އަށް ޑްރީމެއް ފެނުނީ...." ގަޒަލް ހީލަން މަސައްކަތްކުރިއެވެ. ރެއިނާ އޭރުވެސް އިނީ ކަނޑުވެ ޣަރަގުވަމުން ދާ މީހަކަށް ހިމާޔަތްދޭނެ އެއްޗެއް އަތުގައި ޖެހުމުން އޭގައި ހިފަހައްޓާފަދައިން ކުޝަންގައި ބައްދާލައިގެންނެވެ. އެ ބޮޑު ބޮޑު ދެލޮލުން އަދިވެސް ސިހުމާއި ބިރުވެރިކަން ފެނެއެވެ.
"ޑޭމް. ދެން މުޅި ރަށް ސިއްސުވާލާ ހާ ބާރަށް ހަޅޭއްލަވައިގަންނަން ޖެހޭތަ؟ގުގުރީގެ އަޑަށްވެސް ހޭނުލެވޭ އެކަމަކު............ބޮޑުވަރު އިނގޭ.......... "ކައިޔާންގެ ނިދި ޚަރާބު ކުރުމުން ހިތްހަމަނުޖެހުނީކަން ޔަގީނެވެ. މޫނުން ނުދެއްކިޔަސް އަޑުން ހާމަކުރިއެވެ. ކިތަންމެ ރުޅިއަޔަސް ކައިޔާންގެ މޫނު އެހާ އަލިކޮށް ހުންނަގޮތެއް ރެއިނާއަކަށްވެސް ނޭގެއެވެ. އެހެން މީހުން ހަދާހެން ބުމަ ކައިރިކޮށްލަން ބިރުގަންނަނީ ރުލެއް ޖެހިދާނެތީ ކަން ނޭގެއެވެ.
"ނައިޓްމެއާއެއް ފެނުނީ. އައިމް ސޮރީ........" ރެއިނާ ހިންދިރުވައިލިއެވެ.އިސްޖެހިއެވެ. ކަޅު ބޯ އެސްފިޔަތަކުގެ ހިޔަނި ކޯތާފަތަށް އެޅުނެވެ. އައިނު ނާޅާ އިނުމުން ކޮންމެ މީހަކަށްވެސް އެ ލޮލުގެ ބޮޑުކަމުން ހައިރާންވެ ދެވަނަ ފަހަރަށް ބަލަން މަޖުބޫރުވާނެއެވެ.
ބިރުވެރި ހުވަފެނެއްގައި ހަޅޭއްލެވީކަން އެނގުމުން ސަބީނާ ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލާފައި ގަޒަލްއާއި ރެއިނާއާއި ވާހަކަދައްކަން ތިބެފައި ނުކުތެވެ. ރެއިނާ ދޮރު ތަޅުލިއެވެ. ގަޒަލްގާތަށް އެނދަށް އެރިއިރު އަނެއްކާވެސް ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ރެއިނާ ދިނީ ގަޒަލްގެ ހިތަށްވެސް އަސަރުކުރި ފަދަ ޚަބަރެކެވެ. ރެއިނާ ރޮމުން ބުނީ އޭނަގެ ދަރިފުޅު މިކާ ދުނިޔޭގައި އެބަހުރިކަމުގައެވެ.
"މަންމަ ގުޅާފައި ބުނީ މިކާ މަރުވީއެއް ނޫނޭ. ދަރިން ނުލިބޭ ބަޔަކު އެޑޮޕްޓްކުރީއޭ. މޫދަށް ގޮސް ގެބުނީއޭ ކިޔަފައި މަންމަމެން އަހަންނަށް އޮޅުވައިލީ. ޖީޖީ. ހީ އިޒް އެލައިވް. މަންމަ މިހުރިހާ ދުވަސްކޮށްފައި އެކިޔައިދިނީ މިކާއާއި ވައްތަރު ކުއްޖަކު އެއާޕޯޓުން ފެނުނީޔޯ. މިކާއާއި ވައްތަރުކަމުން ފަހަތުން ދުވަމުން ދިޔައީޔޯ. މިކާއަށް ގޮވީމަވެސް އެނބުރި ބަލައިވެސް ނުލިޔޯ. ސިކިއުރިޓީއިން މަންމަ ހިފެހެއްޓިކަމުގައި ވަނީ. މަންމަވެސް މިފަހުން ލޭމަތިވެ ފާޑުފާޑު ހުވަފެން ފެންނަނީޔޯ. ދަރިފުޅުގެ މަންމައަށް ނާންގާ ކުރެވުނު ކަމަކުން ކުށްވެރި ފާފަވެރި އިހުސާސްކުރެވުނީޔޯ. މަންމަ އެދުނީ މާފުކޮށްދިނުމަށް. އަދި މިކާ ހޯދުމަށް. ޖީޖީ މިއޮތް ބޮޑު ދުނިޔެއިން އަހަރެން ކިހިނެއް މިކާ ހޯދާނީ......" ރެއިނާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ.
"ކައި ގާތު ބުނަންވީނު.................."ގަޒަލްގެ ލޮލުން ނިދީގެ ހުރިހާ އަސަރެއް ފިލައިފިއެވެ.
"ނޫން ދުވަހަކު ނުބުނާނަން. ކައިޔާން އެކަން ދެނެގަންނާކަށް ބޭނުމެއްނުވާނެ. ސަޖަލްއާއި ކައިޔާންގެ ކައިވެނި ކުރެވިފައިވާއިރު ދެން މާޒީގެ ހިޔަނި އެޅި އޭނަގެ ލައިފް ބަރުބާދުކުރުމުގެ މާނައެއް ނެތް..އެކަމަކު ޖީޖީ. އަހަރެން މިކާ ހޯދަން ބޭނުން. ވީ އެންމެ އަވަހަށް........." ރެއިނާ ގެ ލޮލުން އައި ކަރުނައަށް ނިމުމެއް ނެތެވެ.
"ރެއިން އަބަދު ބުނީ މިކާ މަރުވީ މޫދަށް ގެނބިފައޭ. ގެއްލުނު ވާހަކަ ބުނިނަމަ...."
"ދަރިފުޅުގެ ހަށިގަނޑު ނުފެނުނު ވާހަކަ ނުބުނެވުނީ ދޯ. ޖީޖީ. މިއޮތް ބޮޑު ދުނިޔެއިން ދަރިފުޅު ހޯދާނެ ގޮތެއް ބުނެބަލަ. މިކާ އުޅެނީ ކޮންތާކު. ކިހިނެއް؟ އެކުއްޖާ އުޅޭ ހާލެއްވެސް ނޭގޭ. ކިހާ ދެރަ. ކިހިނެއް ކެތްކުރާނީ؟ ފަސް އަހަރުވަންދެން ޔޫކޭގައި އުޅުނުއިރު ކޮންމެވެސް ވަރަކަށް އެ ހަދާންތަކާ ދުރުވެވުނު. އެކަމަކު މިކާ ނުފެންނަ ހާ ހިދަކު ދެން ހިތަށް ހަމަޖެހުމެއް ނުލިބޭނެ. މިކާ މަންމި ބޭބީ ކޮންތާކު؟ " ރެއިނާގެ ލޮލުން ތާޒާ ކަރުނަ އޮހިގަތެވެ. ޓިޝޫއަކަށްފަހު ޓިޝޫއެއް ޑަސްބިނަށް އުކި ފުރެމުން ދިޔައެވެ.
"ލުކް ރެއިން. ތިއީ ހިތްވަރުގަދަ ކުއްޖެއް. ދަރިފުޅު މަރުނުވެ ސަލާމަތުން ލެހެއްޓެވުމުގެ ހިކުމަތެއް އޮންނާނެ. ﷲ ސުބުހާނަހޫ ވަތައާލާއަށް އިތުބާރުކޮށްފައި ދުޢާކޮށްބަލަ. ދަރިފުޅު ދުނިޔޭގައި ހުރީތީ ޝުކުރުކޮށްބަލަ. ރެއިންގެ ސަބަބުން ދީނާއިމެދު ޝައުގުވެ އިތުބާރުކޮށް ވަކީލުކުރަން ދަސްވީ. ދެފައި ބޭކާރުވީއިރު ދިރިއުޅުމާއިގެން ކުރިއަށްދާނެ ހިތްވަރު ލިބުނީ. ދިރިއުޅުމަކީ އިމްތިހާނެއް. ރެއިން. މާޔޫސްނުވޭ. ﷲގެ ރަހުމަތުން އުއްމީދު ކަނޑާނުލާ. ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރު. އިރާދަކުރެއްވިއްޔާ މިކާ ފެންނާނެ. ދުނިޔޭގައި ހުރިކަމަށްޓަކާ ހަމްދުކުރަންވާނެ. ބައްދަލުވުމުގެ ފުރުސަތު އެބައޮތެއްނު..............."
އިރުއިރުކޮޅާ ރެއިނާގެ ލޮލުން ކަރުނަ އޮހިގަނެއެވެ. އޭނަ ތަހައްޖުދު ނަމާދުކޮށްގެން އެތައް އިރެއްވާންދެން މުސައްލަމަތީ ދެއަތް އުފުލާލައިގެން އިނެވެ.
ފަތިސްނަމާދަށްފަހު ޒިކުރުކޮށްގެން ގަޒަލްވެސް އެދިގެން އޭނަ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ހޫނު މޫސުމްކަމުން އަރާމުވަރަކަށް ފިނި ހިފާލާފައިވިއެވެ. ރެއިނާ ކާކޮޓަރިއާއި އަރާ ހަމަވީއިރު ކައިޔާން ބުނެލި ޖުމްލަ އިވި ހިތަށް ކުރި ނުބައި އަސަރަކުން ފާރުގައި ބުރަކަށި ޖައްސާލެވިއްޖެއެވެ. އެކަމަކު ކެތްނުކުރެވިގެން އެތެރެއަށް ބަލައިލިއިރު ކައިޔާން ހުރީ ސޯޓަކާއި ޓީޝާޓެއްގައެވެ. އަވިން ރަންކުލަ އަރާފައިވާ އޮމާން ހަށިގަނޑުގެ ކަސްރަތީކަމުން ޓީޝާޓަށްވެސް އެކަން ފޮރުވުމުގައި ކާމިޔާބެއް ނުވިއެވެ. ކައިޔާން ކޮފީތަށި ތުނބުގައި ޖަހާލިއެވެ. އޭނަ މަންމައާއިއެކު ކޮފީބޮނީއެވެ.
"ޕްރެގްނެންސީގެ ކުރީކޮޅު ވީމަ ދަތުރުކުރަން ސަޖަލްވެސް ބޭނުމެއްނުވީ. ތިންފަހަރު މިސްކެރިޖްވީމަ މިފަހަރު އިތުރަށް އަޅާލަން ޖެހޭނެކަމަށް ދެކުނީ. ޖީޖީ އެންމެފަހުން މެޑިސިން ހެދީ ދޯ. އަޅުގަނޑުމެންގެ ލިލް ސިސް ވަރަށް ހިތްވަރުގަދަ. އެކަމަކު އަދިވެސް އެ މެއިޑް ކުއްޖާ އޭނަގެ ގައުމަކަށް ނުދޭތަ...................."
"ރެއިނާވެސް މެޑިސިން ހެދީ. ޚައިރިޔާމެން ދިން ސްކޯލާޝިޕެއް ފުރިހަމަކުރީ...."
"ގޯޑް. ޝީޒް އެ ޑޮކްޓަރ؟ " ކައިޔާން ސިހުމާއެކު ބުނެލިއެވެ.
"ހަނީ. މީހުންނާއި ދޭތެރޭ ނިކަމެތިކޮށް ނުދެކެބަލަ. އެކުއްޖާވެސް ދެރަވާނެ ކަޅުކުއްޖެކޭ ކުރުކުއްޖެކޭ ކިޔާ ދިމާކުރަންޏާ. އެއީ ވަރަށް ވިސްނުންތޫނު މޮޅު އަންހެންކުއްޖެއް. ހިތްވަރުކޮށްގެން އެންމެފަހުން ކިޔަވާ ނިމިގެން ސްކައިމޯ އިންޓާންއަކަށް އެހެރީ. ދަރިފުޅުގެ ކޮއްކޮގެ އެންމެ ބޮޑު ހިތްވަރަކީ އެކުއްޖާ އޭ މަންމަ ބުނާނީ. އޮފްކޯސް ﷲ ސުބުހާނަހޫ ވަތައާލާ ހުރިހާކަމެއް ފަހިކޮށްދެއްވާ އިމްތިހާނުތައް ކުރިމަތިކުރައްވާ އަޅުތަކުންނަށް އެކި ގޮތްގޮތުން ކަންތައް މެދުވެރިކުރައްވަނީ. ޖީޖީ ޕެރެލައިޒްވިޔަސް މިއަދު މަންމަމެން ޕްރައުޑްވާފަދަ ކުއްޖަކަށް ވެއްޖެއެއްނު...." ސަބީނާ ކޮފީ ތަބައް ތައްޔާރުކުރަމުން ދިޔައެވެ.
"އެގޮތަށް ޑްރެސްކޮށްގެން ބޮޑު ނަމްބަރު އައިނެއް ޖަހައިގެން ހުންނާތީއޭ ދިމާކުރަނީ. ކާކު ހިތަށް އަރާނީ ޑޮކްޓަރެކޭ. ކޮންފިޑެންސް ހުންނަ ފާޑެއްވެސް ނުޖަހާ. އަދިވެސް އެހާ މޮޔަކޮށް އުޅެނީ.........." ކައިޔާން ހިނިގަނޑެއް ޖަހައިލިއެވެ.
"ފޮތުގެ ބަޑޭރި ގަނޑަށް ބަލާފައި ގޮތެއް ނުނިންމާ ދަރިފުޅާ. ގޮނޑުގައި އޮތަސް ޖަވާހިރެއްވާނީ ޖަވާހިރަކަށް. އެކުއްޖާގެ ފެމިލީ ބެކްގްރައުންޑް މުހިއްމެއްނޫން. އެއީވެސް ޖްވެލްއެއް.." ސަބީނާ ތައުރީފުކުރިއެވެ." ހޫމް. އެ ބޮޑުއައިނު ނަގާފައި ފެޝަން ހެދުންތައް ލާފިއްޔާ މޮޑެލްއަކަށް ދޫނުކުރާނެ. މަންމަ އެބަ އަންނަން ބައްޕައަށް ކޮފީ ތަބައް ދީފައި...."
ރެއިނާ އަވަހަށް ދުވެފައިގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ނިވާވިއެވެ.
ކައިޔާންއަށް މިކާގެ ޚަބަރު ހިއްސާކުރަން ނިންމި ނިންމުން ވަގުތުން އަނބުރާ ގެނައެވެ.
ކައިޔާންއަށް މިކާ މުހިއްމެއްނުވާނެއެވެ. ރެއިނާގެ މޫނުމަތިން ރުޅީގެ އަސަރު ފެނުނެވެ. އަމިއްލަ ދަރިފުޅުގެ ފޮޓޯ ދައްކަން އުޅުނީމަ ދެކޮޅުހެދީއެވެ. މިހާރު އެއުޅެނީ ސަޖަލްގެ ދަރިފުޅުގެ ބައްޕައަކަށް ވުމަށެވެ. މިހުރިހާ ދުވަހު އޭނަ ހާދަ ވަރަކަށް ކަރުނަ އޮއްސައިފިއެވެ. މިއަދު އޭނައަކީ ޑޮކްޓަރެކެވެ. ހިތްވަރުކޮށްގެން އެފަދަ މަގާމަަކަށް އާދެވިއްޖެއެވެ. އޭނަ ކުރި ހިތްވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ވީއިރު އޭނަ ޖެހޭނީ ގަދަވާށެވެ. ބަލިކަށިވާކަށް ދެން ނުޖެހޭނެއެވެ.
އޭނަ ގަޒަލް ލައްވާ ވައުދު ކުރުވީ މިކާހްގެ ވާހަކަ އިތުރު އިންސާނަކަށް ނޭންގުމަށެވެ. އެއީ އޭނައާއި ދެމީހުންގެ އެކަނި ސިއްރެކެވެ. މާތްﷲގެ ކުޅަދުންވަންތަކަމުން އެ ދަރިފުޅު ދުނިޔޭގައި ލަހައްޓަވައިފިއެވެ. ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައި އުޅެންވިޔަސް އެތުއްތު ފުރާނަ ދުނިޔޭގައި ހުރުމަށް މިންވަރުކުރެއްވި ހިކުމަތެއް އޮންނާނެއެވެ. ދަރިފުޅަށްޓަކާ މަންމައަކަށް ދެވޭނެ އެންމެ އަގުބޮޑު އެއްޗަކީ ހެޔޮ ދުޢާއެވެ. އޭނަ ހެޔޮ ދުޢާކުރާނީއެވެ. އަދި ކެތްކުރާނެއެވެ. ޔޫސުފް ސޫރަތުގެ ތަފްސީރު ކިޔުމުން ހިތްވަރު ލިބުނެވެ. ހިތްވަރާއެކު ކެތްތެރިކަން އިސްކުރުމުން އާޚިރު ނަތީޖާ ނިކަން ފޮނިވާނެއެވެ. އެ ސޫރަތް ކިޔެވުމަށްފަހު އޭނަ ޟުހާ ނަމާދުކުރިއެވެ. ޒިކުރުކުރުމުން ހިތުގެ އުދާސްތައް ކޮންމެވެސް ވަރަކަށް ފިލައިފިއެވެ.
***
ރެއިނާ ޕާކްގެ ބެންޗެއްގައި އިށީދެގެން އިނދެ އޭނަގެ މަންމައާއި ވާހަކަދެއްކިއެވެ. މިކާގެ ޚަބަރު އޮޅުން ފިލުވަން އޭނަ އެކި ވާހަކަތައް ދައްކަމުން ދަނިކޮށް އެހެންލާފައި ދިޔަ ޒުވާން ފިރިހެން ކުއްޖަކު ގަހެއްގެ ނިވަލުގައި އޭނަގެ ހަރަކާތްތައް ދެކެން ހުއްޓެވެ. އަރަބިންގޮތަށް ޖުއްބާލައިގެން ހުރި ޒުވާން ފިރިހެންކުއްޖެކެވެ. ބޮލުގައި ފަގުޑިއެއް އޮޅާލާފައެވެ. އެ ޒުވާނާ ގަހުގެ ނިވަލުން ނުކުމެގެން އައިސް ރެއިނާގެ ކުރިމަތީގައި ހުއްޓުމުން ސިހިފައި އަވަހަަށް ތެދުވުނެވެ. ނަސީބަކުން އޭނަ ނޫނަސް ޖޮގިން ކުރާ މީހުންނާއި އާއިލާތައްވެސް ޕާކްގެ ހިތްފަސޭހަކަމުން އުފާ ލިބިގަންނަމުން ދިޔައެވެ.
"މިސް......ވާހަކައެއްބުނަން.." އެޒުވާނާ ރަކިގޮތަކަށް ހީލިއެވެ.
"ކީކޭ؟ " ރެއިނާ އެހިއެވެ.
"މީގެ ފަސް އަހަރު ކުރިން މީހަކު ވަގަށް ދަބަހެއް ގެންދިޔައެއްނު. އެ ދަބަސް.................އެ ވަގަކީ އަހަރެން. އަހަރެންގެ ކޮއްކޮ ވަރަށް ބަލިވެގެން ފައިސާ ބޭނުންވީވަރުން އެ ދަބަސް ވަގަށް ގެންދިޔައީ. އެކަމަކު އެކަމުން ލިބުނު ހިތްހަމަޖެހުމެއްނެތް. ކޮއްކޮ ނިޔާވީ. އަމިއްލައަށް މަރުވާން އުޅެނިކޮށް ޝޭޚަކު އެހީވެ އަހްނަނަށް އަޅާލާ ދުނިޔޭގައި އުޅެންވާގޮތް ދަސްކޮށްދިނީ. އަހަންނަށް މާފުކުރާތީ. އެއްވެސް އެއްޗެއްގައި އަތްނުލާ ހުރިގޮތަށް ހުންނާނެ...." އެ ޒުވާނާގެ ޖުމްލަތަކުން ރެއިނާއަށް ލިބުނު ހައިރާންކަމާއި އުފަލާއެކު މުޅި ހަށިގަނޑު ލުއިވެ އާސްމާނުގައި އުދުހެވެން ފެށިފަދައެވެ. މޫނު އަލިވެގެން ދިޔުމާއެކު އަނގަމަތީ އަތް އެޅުނެވެ. މިފަހަރު ލޮލުން ހިލުނީ އުފާވެރިކަމުގެ ކަރުނައެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ. މިއޮތް ބޮޑު ކެނެޑާއަށް ގެއްލި ފެންނާނެކަމުގެ އުއްމީދު އެއްކޮށް ކަނޑާލާފައިވަނިކޮށް އަލުން މިފެނުނީއެވެ. އެތައް އަހަރެއް ފަހުންނެވެ. މިކާވެސް އަދި މިކާގެ ހަދާންތައް އިރާދަކުރެއްވިއްޔާ އަދިވެސް ދުނިޔޭގައި އެބަވިއެވެ.
"ރެއިން. އެކަމަކު މިފަހަރު ފިލާވަޅެއް ލިބިގަންނާތި. ދުނިޔެއަކީ ކުރު ފާލަމެއް. ހަގީގީ މަންޒިލަށް ދަތުރުކުރަމުން މަޑުކޮށްލި ތަނެއް. މާބޮޑަށް އެޓޭޗް ނުވާތި. އަމިއްލަ އާއިލާއާއި އެކުވެރިންނާއި ހުރިހާ ގާތް މީހުންނަށްވުރެ ﷲ ސުބުހާނަހޫ ވަތައާލާދެކެ ލޯބިވާން ޖެހޭނީ. އެންމެ އިސްކަން ދޭންޖެހޭނީ ހެއްދެވި ފަރާތަށް. ލޯބިވާންވީ އެފަރާތްދެކެ. ނޫނީ އަނެއްކާ ހިތާމައިގެ ތެރެއަށް ގެނބިދާނެ." ރެއިނާގެ ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައެވެ.
ރެއިނާއަށް ދަބަސް ލިބުމުން ގެއަށް ދިޔަގޮތަށް ގަޒަލްއަށް އަލްބަމް ދެއްކިއެވެ. މިކާގެ ހެދުންތަކާއި ކުޅެން ގެންގުޅުނު އެއްޗެހީގައި ބޮސްދީފައި ރެއިނާ ހީފައި ރުޔެވެ. ރެއިނާގެ ސިކުނޑިއަށް މާ ބޮޑަށް އަސަރުކުރީހެއްޔެވެ؟ ގަޒަލް ކަންބޮޑުވިއެވެ. ގަޒަލް ރެއިނާ ގާތު ބުނީ މިކާގެ ފޮޓޯތަކާއި ކައިޔާން ކޮންމެވެސް ވަރަކަށް ވައްތަރުކަމުގައެވެ. ނަމަވެސް ޅައިރާ މިހާރާއި އެއްގޮތް ވެދާނެހެއްޔެވެ؟ ބައެއްކުދިން ބޮޑުވާއިރު ސިފައަށް ތަފާތުތައް އާދެއެވެ. އެކި ދުވަސްވަރު އެކި ސިފައެވެ.
"މިކާގެ ހުވަފެނަކަށްވީ މިކާގެ ބައްޕައާއި ބައްދަލުކުރުން. ދުނިޔޭގައި ހުރެގެން ދަރިފުޅު ހޯދިއްޖެއްޔާ ބައްޕަގެ އާއިލާ މީހުންނާއި ބައްދަލުވާނެ އިންޝާﷲ....." ރެއިނާ ހިނިތުންވެލިއެވެ.
"އަދިވެސް ގަބޫލެއްނުވޭ މިއީ އަހަރެންގެ ބޭބެގެ ދަރި؟ ލޯބިވޭ ވަރަށް. ކިހާ ކިއުޓް. ފުށްކޮޅެއްހެން. ބަލާ މިހިރަ ޗީކްސް. ކޮންފަދަ ދިގު އެސްފިޔަތައް އެހާ ރީތި ދެލޯ. އަދި ލިޕްސް. ހަމަ ޕަފެކްޓް....އަވާ ލިޓްލް އެންޖެލް...." ގަޒަލް ފޮޓޯއަށް ބޮސްދިނެވެ.
ރެއިނައާއި ގަޒަލް މަޝްވަރާކުރަމުން ދިޔައީ މިކާހް ހޯދުމާއި ބެހޭގޮތުންނެވެ. މިލާންއަކީ ސޮފްޓްވެއާ އުފެއްދުމާ ހެކްކުރުން އައިޓީފަދަ ކަންތައްތަކުގައި ކުރީގައި އުޅޭ ޒުވާނެކެވެ. އަދި މުއްސަންޖެކެވެ. އޭނައަށް މިކާހް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ރެއިނާ ކޮންމެ ކަމެއްގައި އަވަދިނެތި އުޅުނަސް ބޮލުތެރޭ އެނބުރެނީ އެ ޚިޔާލުތަކެވެ. ދަރިފުޅު އުޅެނީ ކޮންތާކުކަން ނޭގިގެން އޭނަގެ ހިތް ބޭގަރާރުވަނީއެވެ. އެ ޚިޔާލުތައް ނިމޭއިރު އިނދެވެނީ މުސައްލަމަތީ ދުޢާކުރުމުގައެވެ. އިސްތިޚާރާކުރުމުގައެވެ. ގަޒަލްއާއި ދެކުދިންވެސް ނަމާދުކޮށް ދުޢާކުރަނީ މިކާހްއަށް ރަހުމަތް ލެއްވުމަށެވެ.
***
މިލާން ގެ އެރީތި ގަނޑުވަރެއްފަދަ ގެއަށް މެގްނޯލިއާގެ ނަމުން ނަންދިނީ ކޮން ސަބަބަކާހުރެ ކަމެއް އެހެން މީހަކަށް ނޭގެއެވެ. މިލާންއަށް އެނަން ރީތިވީއެވެ. އެގޭގައި އޭނަ ލީވެސް މެގްނޯލިއާ މަލަށް ނިސްބަތްވާ ކުލަތަކެވެ. އިނގިރޭސިން މެގްނޯލިއާ ކިޔަނީ އަޅި ޒާތުގެ ކުލައަކަށެވެ. މިލާން އެ ނަމާއި ގުޅުވާފައި ކުލަތައް ހޮވީ އެމަލުގައި ހުންނަ ތަފާތު ކުލަތަކުންނެވެ. އެގޭގެ ދޮރުމަތީގައި މުޅި ހިސާބަށް ހިޔާ އަޅާފައިވާ ބިޔަ ގަހަކީވެސް މެގްނޯލިއާ ގަހެކެވެ. އެގަހުން މާޒީގެ ހަދާންތައް އާކުރުވާދެއެވެ. އޭނަގެ ހަޔާތުގެ އެންމެ އުފާވެރި ރީތި ހަދާންތައް ގުޅިފައިވާ އެ މާޒީގައި އަދިވެސް ހިފަހައްޓައިލަން ހިތް އެދުނީއެވެ.
ގޯތިތެރޭ ހުރި ގަހެއްގެ ދަށުގައި ކުޑަ މަހާނައެއް ހަދާފައި "ރެސްޓް އިން ޕީސް" ޖަހާ ގާގަނޑެއް ހަރުކޮށްފައި ހުރިތަން ފެނި ސިއެރާއާއި ލިވާއީ އެކަކު އަނެކަކަށް ބަލައިލިއެވެ. މިލާންއާއި ދޭތެރެއަކުން ބައްދަލުކޮށް ވާހަކަދެއްކި ނަމަވެސް ސިއެރާއާއި މިލާން އާއި ދެމެދު މަންމައަކާއި ދަރިއެއްގެ ދޭތެރޭ އޮންނާނެފަދަ ލޯބިވެތި ގުޅުމެއްނޯވެއެވެ. މަންމައެއްގެ ލޯބިން މިލާން މަހުރޫމުވެ ނަފްސާނީގޮތުން ބަލިކަށި ޒުވާނަކަށް ހެދިއެވެ. މިލަން އޭނަގެ "މެގްނޯލިއާ" ކިޔާ ގެ އެޅިފަހުން މަންމަ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
"މިލާން އަދިވެސް އެހާ ބޭބީތަ؟ " ސިއެރާ ބޯ ހޫރައިލިއެވެ.
"ބޭރުފުށުން އެހެން ދެއްކިޔަސް ހީކުރިވަރަށްވުރެ ކުރީގައެއްނު އެއުޅެނީ. މިލާންގެ ޗޮކްލެޓާއި އައިސްކްރީމް ކުންފުނިތަކާއި ރެސްޓޯރެންޓްތައް ފްރެންޗައިސްކޮށް މުއްސަންޖަކަށްވެގެން ފި......."
"ހޫމް ބިޓްކޮއިންއިންވެސް މިލިއަނުން ހޯދިކަމަށް ވަނީ. އެހެންމީހުންގެ ލޮލުގައި އަނދުން އަޅުވާލަފައި ރާއްޖޭގައި ކަމަށް އަޑު އަރުވާފައިގޮސް ޖަރމަނީގައި ހުރެ މެޑިސިން ހެދި. ގޯހެއްނޫން" ދަރިފުޅުގެ މުއްސަދިކަމާއެކު ސިއެރާގެ ހިތް ކިތަންމެ ދަހިވެތިވިޔަސް މިއަދު އެފަދަ ވާހަކައެއް ބުނަން ކެރޭނީ ކިހިނެއްހެއްޔެވެ؟ އެދަރިފުޅު އެއްލާލާފައި އެވަރުން ފުދުނީއެއް ނޫނެވެ. ނަފްރަތުވެސް ކުރެވުނެވެ. އެމޫނުން އުމަރުގެ ސޫރަ ފެނި އޭނަ ރުޅިއަންނަ ގޮތްވީއެވެ.
މިލަން ނުކުތެވެ. ދިގު ސޯޓަކާއި އަޅިކުލައިގެ ޓީޝާޓެއްލައިގެން އޭނަގެ ބުޅާ އުރާލައިގެންނެވެ.
"ބި* ބި* ބި*................." މިލާން އޭގެ އިތުރުންވެސް ދުލަށް އައިހާ އެއްޗެއް ކިޔާލިއެވެ. ލިވާއީ އާއި ސިއެރާއަށް ލިބުނު ޝޮކްގެ ބޮޑުކަމާއެކު ސިއެރާގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައީ ފެންތަށްޓަކަށް ރަތް ދެލިތިއްކެއް ޖެއްސުމުން ފޭދިގެންދާ ފަދައިންނެވެ. ލިވާއީއަށް ލިބުނު ސިހުން ފިލާ ވައިގެ ތެރޭ އަތް ހަރަކާތްކުރިއެވެ. މިލާން ގެ ލޯމަތިން ކުދި ކޮކާތައް ބުރާލައިފިއެވެ. މިލާން އަމިއްލަ އަތުންވެސް މޫނުގައި ތަޅައިގަތެވެ. ދުޅަވެ ރަތްއެރިއެވެ. އެވަރުންވެސް އޭނަ އަދި ކިޔަންފެށި ޖުމްލަތަކުން ލިވާއީގެ ލޮލުން އަލިފާން ކަނި ބުރާލާފައިވެސް ރުޅި ފިނިކުރަން މަޖުބޫރުވިއެވެ. މިލާންގެ ނަފުސާނީ މައްސަލަގަނޑު އެހެން ދިމާލަކަށް މިސްރާބުޖެހީއެވެ. އުމުރުގެ އެކި ހިސާބުގައި އެކިކަހަލަ ކަންތައް ދިމާވަނީއެވެ. ޓުރެޓް ސިންޑްރޯމްއަކީ ނަފްސާނީ މައްސަލައަކަށްވުރެ ބޮޑަށް ސިކުނޑީގައި ހުންނަ ކެމިކަލް އިމްބެލެންސްއަކުން ދިމާވާ މައްސަލައެކެވެ. އާއްމުކޮށް އެކަހަލަ ކުދިން ކްރިއޭޓިވްވެފައި ފުދޭވަރަކަށް ވިސްނުންތޫނުވާނެއެވެ. މިލާންވަނީ އެކަން ސާބިތުކޮށްދީފައެވެ.
"އާ ޔޫ އެކްޓިން މިލާން؟ " ލިވާއީ އަމިއްލަ ނަފުސްކުށްވެރިކުރިއެވެ. މިލާންގެ މޫނުމަތީ އެގޮތަށް އޭނަ ޖަހައިގެން ނުވާނެއެވެ.
"ޝަޓް ދަ ފަ* އަޕް......." މިލާން ތަސްބީހައެއްހެން އެހެން ކިޔާފައި ތުނބުން ފުމެންފެށިއެވެ. އެކި ކަހަލަ އަޑުތައް ނެރުނެވެ.
"މިލަން....ކިހިނެއް ތިވަނީ؟ އާ ޔޫ އޯކޭ؟ " ސިއެރާ އެހިއެވެ.
"ވޫހޫ.....އާ ޔޫ ސްޓުޕިޑް. ޔޫ ޕްރައުޑް ސްޓިންގީ ޕީކޮކް....ޕީކޮކް.. ވޫހޫ ޝަޓްއަޕް...........ގެޓް ލޮސްޓް....." މިލާން އަމިއްލަ ނަފުސް އަތުން ވީއްލިގެން ދިޔަ ހިދުކޮޅަށްފަހު އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކުރިއެވެ. "ހޫމް ވެލްކަމް ޓު މައި ހޯމް."
އިރުގަނޑެއްފަހުން ލިވާއީ މިލާންގެ މޫނުގައި އައިސްޕެކް ޖައްސާލަދޭން އިންއިރު މިލާން ސޯފާއަށް ދެފައި ނަގައިގެން ނިކަން ހަމަޖެހިލައިގެން އިނެވެ. އެހެންމީހެއްގެ އެހީތެރިކަމާއި ހަމްދަރުދީ ބޭނުންނުވިޔަސް މިފަހަކަށް އައިސް އޭނަގެ ދިރިއުޅުމަށް އެހެން މީހުން ވައްދަން ކޮންމެވެސް ވަރަކަށް ދައުވަތު ދެވެނީއެވެ. އެފަދަ އެހީތެރިކަމަށް ނޫނެކޭ ނުބުނެ ދޫކޮށްލައިގެން އިނދެވެނީއެވެ.
***
ސުފިޔާންއާއި ސަބީނާ ގާތު ގަޒަލް އޭނަ މިލާންގެ ގެއަށް ބަދަލުވާ ވާހަކަ ބުނުމުން އެދެމަފިރިންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. މިލާންއަކީ ގަޒަލްގެ ފިރިމީހާކަން އެކަކުވެސް ހަދާނެއްނެތެވެ. ވާނީ އެހެންނޫންހެއްޔެވެ. އެއީ ހަގީގީ ކައިވެންޏެއް ނޫނެވެ. އެކަމާއިމެދު އެމީހުން ވިސްނާނީވެސް މިލާން ނޫނީ ގަޒަލް އެކަމާއި ބެހޭގޮތުން ވާހަކައެއް ދައްކައިގެން ނޫންހެއްޔެވެ؟ ގަޒަލްއާއި ސުވާލުކުރުމުން ބުނީ ޑީލްއެއް ހެދީ ކަމަށާއި ހޮސްޕިޓަލާއި ކައިރީގައިވާ ގެއަކަށްވުމުން އޭނައާއި ރެއިނާއަށް އެގޭގައި ދިރިއުޅެން ފަސޭހަވާނެކަމުގައެވެ. މިލާންވެސް ބޭނުންވަނީ ހަމައެކަނި އެހެން އަންހެންކުދިންގެ ފަރާތުން ސަލާމަތްވުމަށްކަމުގައި ބުނުމުން ސަބީނާ ހިނި އައެވެ.
"މަންމާ. އަޅުގަނޑު އެއީ ގުޒްގެ ގާތިލްކަން ހަދާން ނައްތައިލީއެއްނޫން. އަދި މާފުކުރީއެއްވެސް ނޫން. އޭނައަށް މާފުދޭން އެންމެ ފަހުމީހަކަށް ވާނީ އަޅުގަނޑު. އެކަމަކު މިވަގުތު އެބަޖެހޭ ބައެއް ބުލީ ކުރާ މީހުންގެ އަނގަތައް ބަންދުކުރަން..." ގަޒަލް ލާނެތް ގޮތަކަށް ހީލިއެވެ.
"ދަރިފުޅަށް ޔަގީންތަ؟ މިލާންއަށް އިތުބާރުކުރެވޭތަ؟ "
އޭނަވެސް ނުކުޅެދޭ ކުއްޖަކާ މެރީކޮށްގެން އަބަދަށް ނުހުންނާނެއްނު މަންމާ. އިޓްސް އޮބްވިއަސް..."
"ދަރިފުޅު ބަލައިގެން އުޅެއްޗޭ."
"ނަތިން ވިލް ހެޕެން އިންޝާﷲ" ގަޒަލް ބޮޑުވާ އިނގިލި ދިއްކޮށްލިއެވެ.
ނުނިމޭ