"އިބުނު ރަޖަބު ރަހިމަހުﷲ ވިދާޅުވިއެވެ. ދަމު ނަމާދުގެ ސަބަބުން ކުށްތަކާއި ފާފަތައް ފުހެވިގެންދާ ފަދައިން އެއީ އެމީހެއްގެ ދަރަޖަ އުފުލިގެން ދާ ކަމެކެވެ. "

ދަމުނަމާދު ކުރުމުގެ ސަބަބުން ތިބާއާއި ﷲ ސުބުހާނަހޫ ވަތައާލާއާއި އޮތް ގުޅުން ވަރުގަދަވާނެއެވެ.

***

"ޖީޖީ. މި ކްރީމުގެ ބޭރުގައި މިހިރީ ހަމަ ތެދެއްތަ؟ އަހަރެން ވެސް މިހާ ދޮންވާނެތަ؟ ހޫމް. ލިޕްބާމް ލީމަ ކައިލީ ޖެނާ ލިޕްސްހެން ހީވަނީ.....ބަލާލަ..." ރެއިނާ ހިނިގަނޑެއް ޖަހާލާފައި އެނބުރުނީ ލޯ މަރާލާފައި ތުންފަތް ވަށްކޮށްލަމުންނެވެ. ގަޒަލްގެ ޖަވާބެއް ނުލިބުމުން ލޯ ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ކައިޔާން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ރެއިނާ ހުރިތަނަށް ތިރިނުވީ ކިރިޔާއެވެ.

"ކައިޔާން.....މިތާ...." ރެއިނާ ކުޑަކޮށް ރަކިވިއެވެ.

ކައިޔާން ހީވީ ހިނި އަންނަން އުޅުނުހެންނެވެ. މަލާމާތުގެ ހިންޏެއްކަމެއް ނޫނީ ރެއިނާ ބުނި އެއްޗަކުން ހެވުނީކަމެއް ނޭގެއެވެ. އޭނަ ގަޒަލް ނުފެނިގެން އައީކަން ނޭގެއެވެ. ކުއްލިއަކަށް އެ ހިނިތުންވުން ބަދަލުވެ ފޫހިކަމެއް ވެރިވެއްޖެއެވެ.

"ގަޒަލް ލައްވާ އަހަންނަށް ފާޑު ފާޑުގެ މެސެޖް ފޮނުވާނެކަމެއް ނެތް. ފަހަތުން އުޅުނަސް ބޮޑުވަރު....."

"ވަޓް؟ މެސެޖް ފޮނުވަނީއޭ. ކޮން އިރަކު؟ " ރެއިނާ ކަންބޮޑުވެގެން އަނގަ ހަދައިލިއެވެ.

"ސަޖަލްއަކީ ކާފަރެކޭ. އަހަރެން އިންސާނެއް ކީއްކުރަން އޭލިއަންއަކައި އިނަސް ރެއިނާއާއި ގާތް ނުވާނަމޭ. ވީމަ އަހަރެންގެ ޕާސަނަލް ކަންތައްތަކާ ދުރުގައި ހުރެބަލަ.........." ކައިޔާން އެއް އަތް ޖީބަށް ޖަހާލައިގެން ހުރިއިރު ރެއިނާއަށް ސިފަވީ ފޮނި ކަމެވެ. ރީތިމީހުން ފެނުނީމަ އެކަހަލަ ގޮތެއް ހީވާ ފަހަރު އާދެއެވެ. ސަބަބަކީ ހަގީގަތުގައިވެސް ތިމާއަށް ތިމާގެ ރީތިކަމާއި ސްމާޓްކަން ފެންނަނީއެވެ.

***

ސުފިޔާންގެ ދެމަފިރިން ގަޒަލް ގޮވައިގެން ޓޮރޮންޓޯއަށް ޑޮކްޓަރަށް ދައްކާލަން ގޮސްފައި އެރޭ މާ ގަދަޔަށް ސްނޯ ފައިބާ މަގުތައް ބަންދުވުމުގެ ސަބަބުން އެނބުރި ނާދެވުނެވެ. ގަޒަލް އެ ވާހަކަ ގުޅާފައި ބުނެލިއެވެ. އިއާން ހާޒިލް ގޭގައި އުޅޭނެކަމަށް ބުނުމުން ރެއިނާ ބިރު ފިލާ ހަމަޖެހުނެވެ. އެދެމީހުންގެ މިޒާޖު ދަސްވެ އިތުބާރު ކުރެވޭތީ އާއެކު ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. އޯކްވިލްއަށްވެސް ހަވީރު ފުދޭވަރަކަށް ގިނައިރުވަންދެން ސްނޯ ފޭބުމުގެ ސަބަބުން ފަށަލަ އިތުރަށް ބޯވެ ސްނޯ ފުނިޖެހުނެވެ.

އިއާން ގެއަށް އައީ ހަތަރެއް ޖަހާ ބޮޑުވީ ފަހުންނެވެ. ކެނެޑިއަން ޕިއްޒާއަކާއި ފޮނި އެއްޗެއް ހިފައިގެންނެވެ. ރެއިނާ ހޫނު ކޮކޯ ތައްޔާރުކުރުމަށްފަހު އިއާންއާއި ހާޒިލްއަށް ގެންގޮސްދިނެވެ. ކައިޔާން ފެންނާން ނެތުމުން އޭނައަށް ވީ ތަބައް ހިފައިގެން ސިޑިން އެރިއެވެ. އިއާން ބުނިގޮތުން ވައަތް ފަރާތުން އެންމެ ކުރިން ޖެހޭނީ އެކޮޓަރިއެވެ. ދޮރުގައި ޓަކި ދިންއިރު ހިތް ފުންމާލަފާނެފަދައެވެ. މޭގައި އަތް އަޅާ އޮބާލައިގެން ހުރެވުނެވެ.

"ބްރީތް. ހާސްނުވޭ. އޭނައަކީ ހަޒްބެންޑް. ހިލޭ މީހެއްގެ ގާތަށް ނޫނެއްނު ތި ދަނީ..." ރެއިނާގެ ސިކުނޑީގެ ކަނަކުން ބަލިކަށި އަޑަކުން ބުނެދިނެވެ.

އެތެރެއަށް ވަދެފައި އަނގަ ހުޅުވުނުގޮތަށް ލައްޕައިލަންވެސް ނޭގުނެވެ. ކައިޔާން ހުރީ ކޮޓަރިއަކު އެކަންޏެއް ނޫނެވެ. ސަޖަލްއާއި ދެމީހުން ބިއްލޫރިން ވާ ފާރުކައިރީގައި ހުރި ކައުޗްގައި ޖެހި ފިތިގެން ތިބިއިރު ދެމީހުންގެ ދެފައިތިލަވަނީ ދާދި ކައިރީގައެވެ. އިސްޓާކީނާއި ޖިންސް ހުރަހަކަށް ވިޔަސް ގައިމު ހަލާލު ގުޅުމެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް ގޫގުލްގެ ފިނިމޫސުމްގެ ރީތި ތަސްވީރެއް ހުޅުވައިލެވުނު ފަދައެވެ. މިފަދަ "ކޯޒީ" މަންޒަރެއް ގޫގުލްއަކުންވެސް ނުފެނެއެވެ. އެއްފަރާތުގައި އަނދަމުން ދިޔަ ފަޔާޕްލޭސްގެ އޮރެންޖެ އަލި ދެމީހުންގެ މޫނަށް އެޅި ދިއްލިފައިވާއިރު އެހާ ހިތްގައިމެވެ. ކޮފީގެ އަރާމު ވަސް ނޯށަށް ވަދެ ސިކުނޑި ފަތަހަކޮށްލައިފިއެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟"

"އިއާން ބުނީ........" ރެއިނާ ގެ އަޑު ކެނޑޭ ކަހަލަ ގޮތެއްވިއެވެ.

"އިއާން ބުންޏަސް މަގޭ ކޮޓަރިއަކަށް ވަންނާކަށް ނުޖެހޭނެ. އަހަރެންގެ ދެފައި އަދި ސަލާމަތުން އެބަހުރި..ބޭނުންވާ އެއްޗެއް އަހަރެން އަމިއްލައަށް ހޯދަފާނަން. ކޮންމެހެން އިއާންގެ ބޮލުގައި އަޅުވާނެ ކަމެއް ނެތް. އޭނަގެ ބޮލަށް އެރުނަސް މަގޭ ބޮލަކަށް ނޭރޭނެ. އެނގިއްޖެ؟ ނައު ގެޓް އައުޓް......"ކައިޔާން ގެ އަޑު ކިތަންމެ މަޑަސް ހަރުކަށި އަމުރުވެރިގޮތެއް ހުއްޓެވެ.

"ކައި. އެހާ ރޫޑް ނުވެބަލަ....." ސަޖަލް އެދުނެވެ.

ރެއިނާ ވައިރޯޅިއެއްހެން ބާރުބާރަށް ހިގާފައި ދަމުން ކީކޭ ހިތަށް އަރައިގެން ކަމެއް ނޭގެއެވެ. ކުއްލިއަކަށް އެނބުރި ބަލައިލީ އެދެމީހުން ހައިރާން ކުރުވަމުންނެވެ. "ސަޖަލްގެ މަންމަ މިގޭ ފޯނަށް ގުޅި. ސަޖަލްގެ ފޯނަށް ރޭންޖް ނުލިބެޔޯ. އަވަހަށް ގެއަށް އަންނާށޭ. ޔެލޯ ވޯނިން އޮފް ސްނޯ އޭ. " ރެއިނާ އެއް ނޭވައިން ހުރިހާ އެއްޗެއް ކިޔާލާފައި ދޮރުވެސް ނުލައްޕާ ހިނގައިގަތެވެ. ސަޖަލް ހިނި އައެވެ. ރެއިނާ ހަސަދަވެރިވީ ހެއްޔެވެ؟ އޭނަގެ މަންމަ މިގޭ ލޭންޑްލައިނަށް ގުޅިއޭ ބުނުމުން އޭނަ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ ރެއިނާގެ މޮޔަކަމުގެ ހައްދެއްނެތެވެ. ދެންމެ އޭނަ މަންމައާއި ވާހަކަދެއްކިއެވެ. އޭނަ އެކުވެރި ކުދިންނާއެކު އޯވަނައިޓަކަށޭ ކިޔާފައި އޭނަ ވާހަކަދައްކާ ނިމުމުން މިގޭގެ ފޯނަށް މަންމަ ގުޅަންވީ ސަބަބެއްނެތެވެ. ރެއިނާ އޭނައާއި ކައިޔާން ދުރުކުރަން ފާޑުފާޑަށް ވާހަކަ އުފަންކުރަން ފެށީއެވެ.

ރެއިނާ އަށް ހަގީގަގަތުގައި އެކަމާއި އުދަގޫވީވަރުން ކޮޓަރިއަށްގޮސް އެނދުގައި އޮވެވުނުކަމަކަށް ނުވިއެވެ. އެހާ ފިނިގަދައެވެ. އެންމެފަހުން ފަނޑުއަލިކަމެއް ދީފައިވާ ކޮރިޑޯއިން މަޑުމަޑުން ހިގާފައިގޮސް މަތީބަޔަށް އެރިއެވެ. ކައިޔާންގެ ދޮރު ލައްޕާފައި ހުރުމުން ކުރިންވީ ގޮތަށް ހިތް ފައިބުޑަށް ވެއްޓިއްޖެއެވެ.

"ރެއިނާ. ހަމަޖެހިބަލަ. ކިހިނެއް ތިހަދަނީ؟ މާތްﷲއަށްޓަކާ ލޯބިވާން ދަސްކޮށްފައި އެކަމަށް އަމަލީ ސިފަ ގެންނަންވާނެ. ދުނިޔެއަކީ ވަގުތީ އުފަލެއް. ދުނިޔެއާއި އެތާ އުޅޭ ކެހިވެރިންނާއިހެދި އުޅުމުން ހިތްދަތިވާނީ. ﷲއަށް ކުރިމަތިލާ ލޯބިވާން ފެށުމުން އެފަރާތުގެ ލޯބިފުޅުން އަޅާއަށް ލިިބިވޮޑިގަންނަވާނެ. އަދި އުފާވެރިކަން ދެއްވާނެ. ހުރިހާކަމެއްގެ ވެރިފަރާތަކީ އެއީ..." ރެއިނާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރޭ އުއްބައްތިއެއްގެ ފަނޑު އަލިކަން ރަސްކަން ކުރެއެވެ. ބިއްލޫރި ފާރުން ފެންނަ ވިއު ނިކަން ހިތްގައިމެވެ. ހަނދުވަރުގެ އަލި ސްނޯއަށް އެޅި ވިދައެވެ. ކައިޔާން އޮތީ އެކަނިމާ އެކަނިއެވެ. ބޯ ރަޖާގެދަށުގައި ނިކަން އަރާމުކޮށް ނިދާފައި އޮތްތަން ފެނުމުން ރައިނާ ހިނިތުންވެލިއެވެ. އޭނަވެސް ނިދިގެން ވެއްޓެނީއެވެ. އުއްބައްތި ނިވާލާފައި އެނދަށް އަރާ ކައިޔާންގެ ހަށިގަނޑުގެ ހޫނުކަން އިހުސާސްވާނެހެން އޮށޯވެލިގޮތަށް ދެލޯ މަރާލައިފިއެވެ.

ހެދުނު ތެދުވެފައި ރޭ އަނދިރީގައި ނިދުނީ ކާކާކަން އެނގުމުން ކައިޔާންއަށް ޝޮކެއް ލިބުނެވެ. ރެއިނާގެ ލަދުކުޑައީ ނަމަކަށް ވަކިވަރެއް ބަލާފައެއް ނޫނެވެ. ފުއްލާއެއްފަދަ ބޮޑު ބޮޑު މައުސޫމް ލޮލެއް ދެއްވާފައިވިޔަސް ނާސި ކުއްޖެއް ނޫންހެއްޔެވެ؟ހުއްދައަކާއި ނުލާ އެނދާއި ހަމަޔަށްވެސް އައީއެވެ. އައި ރުޅީގައި ކައިޔާން ހަޅޭއްލަވައިގެންފާ ރެއިނާގެ މޫނުމަތީ ކިރިޔާ ނުޖެހި ކަމެވެ. އެތިފަހަރު އެރީ ފާރަށެވެ. ދެތިން އެތިފަހަރުން ފާރުވެސް ގުޑާލައިފިއެވެ. ރެއިނާ ކުޑަވެގެން ފަހަތަށް ޖެހިލިއެވެ.

"މިހާރު މާ މައްޗަށް ތިދިޔައީ. ލަދުގެ ކަންފުޅެއްވެސް ނަހައްދަވާ އަންހެނެއް. މިގޭގައި ހުރެގެން ދެވަނަ ފަހަރެއްގައި ތިކަހަލަ އެއްޗެއް ހިތަށް އެރުވިޔަސް. އުނހު. މިހެން ބުންޏަސް ގަބޫލެއް ނުކުރާނެ. ކޮބާ ކަލޭގެ އެއްޗެހި. ޕެކްކޮށްގެން ހަމަ މިހާރު ގައުމަށް ދާންވީ. އަހަރެންގެ އަމިއްލަ ގޭގައި ހުރެގެން ފާޑުފާޑަށް ނޫޅެވޭނެ....." ކައިޔާން ރެއިނާ އުޅޭ ކޮޓަރިއަށްވަދެ އަލަމާރިއާއި ވަށްގަނޑުތައް ހުޅުވަ ހުޅުވާފައި ރެއިނާގެ ސާމާނުތައް އެއްކޮށް ދަބަހަށް ގަންނަވަން ފެށިއެވެ. ރެއިނާ ހާސްކަމާއެކު ދޮރާއި ދިމާލަށް ބަލަން ފެށީ ގަޒަލް ކޮންމެ ވަގުތަކުވެސް އަތުވެދާނެކަމަށް ބަލައިގެން އުއްމީދެއްގައެވެ.

"ޕެކް ޔޯ ސްޓަފް..." ކައިޔާން ހަޅޭއްލަވައިގަތެވެ.

"ފައިން..." ރެއިނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ކައިޔާންގެ ނުރައްކާތެރި ނަޒަރުން ގައިން ބިރުގަނެ ހާސްވެފައި ހުރި ރެއިނާ ބާކީ ހުރިހާ އެއްޗެއް ދަބަހަށް އަޅާ ތައްޔާރުކުރިއެވެ. ޖެހިގެން ހުރި ކޮޓަރިއަށް ދަމުން ބަލައިލިއިރުވެސް ގޭތެރެ އޮތީ ހިމޭންކޮށެވެ. ދިރޭ ފުރާނައިގެ ހިލަމެއްނުވެ ފަޅުތަނެކޭ އެއްގޮތެވެ. ގަޒަލް ކޮބާހެއްޔެވެ؟ގަޒަލްވެސް އޭނައާއި ރުޅިވީހެއްޔެވެ؟ ބޭބެއާއި ދިމާލަށް އެއްޗެހި ކިޔުމުން ބަދަލެއް ހިފީހެއްޔެވެ؟ ނޫނެކެވެ. އެއަށް ވުރެ މާ ރަގަޅު ލޯބި އެކުވެރިއެކެވެ. ވީނުވީއެއް ނޭގި ހުރެ އޭނަ ތައްޔާރުވެ ނިމިގެން ކޯޓުވެސް ނެގިއެވެ. ކައިޔާން އޭނަގެ ޕާސްޕޯޓާއި ފޯނުވެސް ދަބަހަށް ލިއެވެ.

"އަނގަ މައިތިރިކޮށްގެން ހުރި ނަމައޭ މިހާރު ހިތަށް އަރާނެ. އެހެންވެ ބުނަނީ އަނގައިން އެންމެ ލަފުޒެއް ބޭރުކުރުމުގެ ކުރިން ހާސްފަހަރު ވިސްނާށޭ.." ކައިޔާން ރެއިނާއާއި ދިމާލަށް އެއްވެސް އަސަރެއްނެތް ގޮތަކަށް ބެލިއެވެ. ދަބަސް ދަމަމުން ހިނގައިގަންނަމުން އަންނަން އެންގި ރާގުގައި ހަރުކަށިކަމެއްވިއެވެ. ރެއިނާ ނުކުމެވެސް ދެކޮޅު ހޯދާ ބަލައިލިއެވެ. ކައިޔާން ކާރުގެ ފަހަތު ސީޓު ހުޅުވައިލުމަށްފަހު ކުރިއަށް އަރައިފިއެވެ. ކާރުގެ ހީޓަރު ޖައްސާފައި ހުރުމުން ކޮންމެވެސް ވަރަކަށް ފިނިން ހިމާޔަތް ލިބުނެވެ. ކައިޔާން ރެއިނާއަށް ޖެއްސުމަށް ކަން ނޭގެއެވެ. ފާޑެއްގެ ހެވީ މެޓަލް ލަވައެއް ޖައްސާލުމަށްފަހު ކާރު ދުއްވައިލީ އެކްސިޑެންޓެއް ވާނެހާ ބާރަށެވެ. ތުނިތުނިކޮށް ސްނޯ ވެހެންފެށިއެވެ.

"ބިއުޓިފުލް ޑޭ. އިޓްސް ސްނޯވިން. ފުރުމުގެ ކުރިން ކައިޔާންއާއެކު ސްނޯ ބަލައިލުމުގެ ނަސީބު ލިބިއްޖެ."

"އަނގަ ނުތަޅުވާ. ތި އަޑު އިވުނަސް ފޫހިވޭ..."

"ކޮން އިރަކު މެރީ ކުރަނީ؟ އެޓްލީސްޓް ސަޖަލްއަށް އެނގިއްޖެ ދޮންދަރިއެއް ހުރިކަން......." ރެއިނާ ހީކުރީ ސަޖަލް ކައިޔާންއަށް ހުރިހާ ސިއްރެއް ކިޔާދޭނެ ެކަމުގައެވެ. ކައިޔާން ބުރޭކް ޖައްސައިލގޮތުން އޭނަ ވިއްސައިގެންގޮސް ސީޓުގެ ފަހަތުގައި ބޯ ޖެހުނެވެ. ސިކުނޑިވެސް ގުޑައިލިއެވެ.

"ސާބަހޭ. އަހަރެން މަރާލަންތަ އުޅެނީ؟ "ރެއިނާ ބިރުވެސް ގަތެވެ.

"ކީކޭ ދެންމެ ބުނީ...."

"ސޮރީ ކައިޔާން. އަހަރެން ސަޖަލްއަށް ހުރިހާ ވާހަކައެއް ކިޔައިދީފިން. ޝީ ޑިޒާވްސް ޓު ނޯ ދަ ޓްރުތް......" ރެއިނާ ސަޖަލްއާއި ދިމާކުރަން ރެސްޓޯރެންޓަކަށް ދިޔަ ވާހަކައާއި ދެމީހުންގެ ދޭތެރޭ ދެކެވުނު ވާހަކަތައް ކިޔައިދީ ނިމުނުއިރު ކައިޔާން ރުޅިގަދަވެ މޫނުމަތި ރަތްވެއްޖެއެވެ. އަލިފާނުގެ ބެލުމުން ރެއިނާ ފިއްސާލަފާނެ ކަހަލައެވެ. ކައިޔާން ކުރިއަށްވުރެ ބޮޑަށް ރެއިނާދެކެ ފޫހިވީފަދައެވެ.

"ގެޓް އައުޓް....." ކައިޔާންގެ އަމުރަށް ރެއިނާ އެ ނުދަންނަ ސަރަހައްދަށް ފޭބިއެވެ. ކައިޔާން އޭނަގެ ދަބަސްވެސް ނަގާފައި ޕޭވްމެންޓްމަތީ ބެހެއްޓުމަށްފަހު ބާރުބާރަށް ގޮސް ކާރަށް އަރައިގެން ދުއްވާލުމުން ރެއިނާ އެ ކާރުގެ ފަހަތުން ދުވުނެވެ. ކައިޔަންގެ ނަމުން ގޮވާ ހަޅޭއްލެވިއެވެ. ރަހުމް ކުޑަޔަސް ނިކަމެތި ކޮށްލިޔަސް އެހާވަރުވާކަށް ނުވާނެ ނޫންހެއްޔެވެ؟ ހިތުގައި ރަހުމްގެ ޒައްރެއްގެ މިންވަރު ވީ ނަމަވެސް އޭނަ މި ފަޅު ހިސާބަށް ދޫކޮށްފައި ނުދިޔައީހެވެ. ހަދާނެގޮތް ހުސްވެފައި ހުއްޓާ ފޯނުމަތިން ހަދާންވެ ކުޑަކޮށް ހިނި އައެވެ. ކައިޔާން މޮޅުކަމެއް ކުރިނަމަ ދާނީ އެ ފޯނުވެސް ހިފައިގެންނެވެ. ނަސީބަކުން ގަޒަލްއަށް ގުޅޭނެ ގޮތެއް ވީއެވެ. އެ ދިމަލަށް ހިނގައިގަތްތަނާ އަދި މޫނު ނިވާކޮށްގެން ހުރި މީހަކު ދަބަސް ނަގައިގެން ދުއްވައިގަތީ ގައިގާ ހުޅުރޯވެގެން ދުއްވައިގަތް މީހެއް ފަދައިން ކަޑަބޮއް ޖަހާފައެވެ. ރެއިނާގެ "މުޅި ދުނިޔެ"ވެސް ވީ އެދަބަހުގައެވެ. އޭނަ ވަގަށް ނެގިނަމަވެސް އެންމެ ރަގަޅެވެ. ނަމަވެސް ދަބަސް ގެއްލިގެން ނުވާނެއެވެ. މިކާގެ ހުރިހާ ފޮޓޯތައް ހުރީ އެދަބަހުގައެވެ. އަދި އޭނަގެ ފޯނުގައިވެސް މިކާގެ ހުރިހާ ހަދާންތައް ރައްކާކުރެވިފައިވާނެއެވެ. ޑައިރީއާއި މިކާގެ އެހެން ހަދާންތައްވެސް ހުރީ އޭގައެވެ. ކަރުނަ އަޅާ ރޮމުން އާދޭސް ކުރަމުން އެމީހާ ގާތު މަޑުކުރަން އަޑުކޮޅަށް ހަޅޭއްލެވިއެވެ. ނަމަވެސް ގޯޅިން ލަނބައިލިގޮތަށް ވަނީ ބިމަށް ކަމަށް އެރީ އުޑަށް ކަމެއް ނޭގެއެވެ. އޭނަ ކެނެޑާގެ ތެރެއަށް ގެއްލުނީއެވެ.

***

އުމަރު މިލާންގެ ފޮޓޯއެއް މާކް އަތަށް ދިއްކޮށްލިއެވެ.

"މިކުއްޖާގެ ހުރިހާ މައުލޫމާތެއް އެނގެން ބޭނުން. އަދި އޭނަ ދާހާ ތަނަކަށް ކަލޭ ދާންވާނެ. އޭނަ އަޅާ ކޮންމެ ފިޔަވަޅެއް މަށަށް އެނގެން ޖެހޭނެ...." އުމަރު މާކްއަށް އެންގިއެވެ. އާމީކަޓެއްގެ ވެރި އިސްކޮޅުން ބިޔަ މާކްއަށް ބަލައިލުމުންވެސް އެއީ ކުޅަދާނަ މީހެއްކަން ދެނެގަނެވޭނެއެވެ. މާކް އެ ފޮޓޯ އަތުލައިގެން ވިސްނުންތެރިކަމާއެކު ބަލަން ހުއްޓެވެ.

***

ގަޒަލް މެން އެނބުރި އައީ މެންދުރުވާން އުޅެނިކޮށެވެ. އޭރު ރެއިނާ ގޭގައި ނޫޅޭކަން އެނގުނަސް ބޮޑު ކަމެއް ދިމާވިއޭ ހިތަށް ނޭރިއެވެ. ފޯނަށް ގުޅާ ގުޅާ ފޯނު ނުނެގިއެވެ. އިރުއޮއްސުނުއިރުވެސް ރެއިނާގެ ޚަބަރެއް ނުވިއެވެ. ކައިރީ މާކެޓަކަށް ދިޔަނަމަވެސް އަންނަހާއިރު ވެއްޖެއެވެ. ގަޒަލްގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދެންފެށިއެވެ. މިލާން އެކުއްޖާއަށް އަނިޔާއެއް ދިނީ ބާވައެވެ. މިގޭގައި އެފަދަ ނުރައްކާތެރި މީހަކަށް އުޅެނީ މިލާން އެކަނިއެވެ. ހަވީރު ހަތަރެއް ޖެހިއިރު އިރުއޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. މަގުމަތީ ދިއްލާލަފައިވާ ބޮކިތަކުގެ އޮރެންޖް އައްޔާއި ގޭގެއިން ފެންނަ އަލި ސްނޯގެ މައްޗަށް އެޅި ވިދާއިރު ނިކަން ހިތްގައިމެވެ. ސަބީނާއާއި ސިއެރާ ބަދިގޭގައި ކައްކަން އުޅުނުއިރު ގަޒަލް އެހީވާން އުޅެއެވެ. ފައިގެ ހަރަކާތެއް ނުކުރެވުނަސް ގަޒަލް އެހެންމީހުންނަށް ބުރައަކަށްނުވެ އަމިއްލައަށް ހުރިހާކަމެއް ކުރަން ބޭނުމެވެ.

"މަންމާ. އަދިވެސް ރެއިނާ ނާދޭ. "

"ހޫމް ތަންކޮޅެއް ލަސްވެއްޖެ. ދަރިފުޅު ގުޅާބަލަ..އެކުއްޖާ ގިނައިރު ފޯނު ސައިލެންޓަށް ލައިގެން އުޅޭނީ. އެހެންނޫނަސް ސަޖަލްއާއެކު ނޫންތަ ހަވީރު އުޅުނީ؟ " ސަބީނާ ސިންކުން އަތް ދޮވެލުމަށްފަހު މޭޒުމަތީ ތަށިތައް އަތުރަންފެށިއެވެ.

"ސަޖަލް އާއެކު އެގެއަށް ދިޔައީ ކަމަށްވާނީ.............."

"ހިނގާލަން ގޮސް މަގު އޮޅުނީކަމަށް ނުވާނެތަ؟ " ސިއެރާވެސް ގަޑި ބަލައިލިއެވެ.

"އައި ތިންކް ވީ ނީޑް ޓު ކޯލް ދަ ޕޮލިސް.." ގަޒަލް ގޮނޑި ދުއްވަމުންގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު އޭނައަށް ވަގުތުން ރެއިނާގެ ސާމާނު ކޮޓަރީގައި ނެތްކަން ދެނެގަނެވުނެވެ. "ރެއިނާ ފިލައިގެން ދިޔައީތަ؟ ރެއިނާގެ ހަޒްބެންޑްއާއި ދިމާވެގެން ދިޔައީ ކަމަށްވާނީ........އޯ ގޯޑް. އެކަމަކު ކީއްވެ ނުބުނެ ދިޔައީ. އެހެނެއްނުވާނެ. އަނެއްކާ މޮންސްޓާ ރެއިނާވެސް މަރައިލީތަ.."

ގަޒަލް އެނބުރި ކާކޮޓަރިއަށް އައިއިރު އެންމެން ކާން މޭޒުދޮށުގައެވެ. ގަޒަލްގެ މޫނުމަތިން ފެނުނު ހާސްކަމުން ކައިޔާންއަށް ސަބަބު އޮޅުން ފިލިއެވެ. ރެއިނާ އެގޮތަށް މަގުމައްޗަށް ނެރެލުމަކީ އެންމެ ރަގަޅުގޮތް ނޫންކަމަށް ނިންމިއެވެ. ގަޒަލް ރެއިނާގެ ޚަބަރު އޭނަގެ މަންމައަށް ދިނުމުން މަންމަގެ އެތައް ސުވާލެއް އަމާޒުވިއެވެ. އިއާން ހާޒިލް އަދި ކައިޔާން ރެއިނާ ދެކުނުތޯ އެހިއެވެ. ކައިޔާން ޖަވާބެއްނުދީ އަނގަ ފުރެންދެން ލައިގެން އަވަހަށް ހަފަމުން ދިޔަގޮތުން ކަރުގައި އަޅައިގެންފާނެ ނޫންހެއްޔޭ އިއާން އެހިއެވެ. ކައިޔާން ހިތާ ހިތުން އުފާކުރީ ރެއިނާގެ އުދަގުލުން ސަލާމަތްވީކަމުގެ ޔަގީންކަން އޮތްވަރުންނެވެ. ކައި ނިމުމުން ސުފިޔާން ސަބީނާ އަދި ސިއެރާ އާއި ލިވާއީ ނުކުތުމުން އެހެން ކުދިން ވާހަކަދައްކައިލަން ތިބީއެވެ. ސަބީނާއަށް ރޯގާގެ އުދަގޫ ކޮންމެވެސް ވަރަކަށްވެ އަރާމުކުރަން ބޭނުންވީއެވެ. ރެއިނާގެ މައްސަލައިގާ ފުލުހުންނަށް ގުޅާފައި އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. ކުއްލިއަކަށް ދޮރުމައްޗަށް އެރީ މިލާންއެވެ. ކަޅުކުލައިގެ ދިގު ކޯޓަކާއި އެކު ޖިންސާއި ހުދު ސްވެޓަރެއްގައެވެ. ފިނިން ހިމާޔަތް ހޯދަން އަންގިއެއްހާ މިންވަރުވެސް ނުލައްވާ ހުރެފައި ކޯޓުގެ ޖީބަށް އަތް ޖެހިއެވެ.

"ޑިޑް ޔޫ ހާޓް ރެއިނާ؟ " ގަޒަލް މިލާންއަށް ކަޅި އަޅައިގަތެވެ.

"އަހަރެން އެހާ އީވިލްކަމެއް ނުދެނެހުރިން."

"ތިއީ ޝައިތާނެއް. އެންމެ އީވިލް ނުލަފާ ރުޅިގަދަ އަނިޔާވެރި ބިރުވެރި ފުރޭތަ. ރެއިނާއަށް ކުރިކަމެއް ވިއްޔާ ރީއްޗަށް ބުނޭ......." ގަޒަލް ރުޅިވެރިކަމާއެކު ލޯ އަޅައިލިއިރު އެލޮލުން އޭނަ ފިއްސާލަފާނެފަދައެވެ.

"ސްނޯތެރޭ ވަޅުލައިފިން...."

"ބީސްޓް......." ގަޒަލް ކުއްލިއަކަށް ގޮނޑި ދުއްވައިލިގޮތަށް ބޭނުންވީ ގޮނޑިއާއި ފާރާއި ދޭތެރޭ މިލާން ތާށިކޮށްލުމެވެ. އެކަމަކު މިލާން ގޮނޑީގައި ހުޝިޔާރުކަމާއެކު ހިފެހެއްޓިގޮތަށް ހީލިއެވެ.

"ހާސްނުވޭ. ޔޯ ފްރެންޑް އިޒް އެލައިވް"

ރެއިނާ ދޮރުމަތިން ފެނުމުން ކައިޔާން ސިހުނުވަރުން އަނގަޔަށް ހެދިގޮތް ފެނުމުން ރެއިނާ ހިނިއަންނާން އުޅުނެވެ.

"މިލާން އަހަރެން ސަލާމަތްކޮށްދިނީ. އެކަމަކު ވަގުކަލޭގެ ސާމާނު ހިފައިގެން ފިލިތަނާހެން އެހެން ބަޔަކު ދިމާކޮށްގެން އުޅެނިކޮށް މިލާން ގޮސް ސޭވްކުރީ.ﷲއަށް ހަމްދުހުރި. ނަސީބަކުން ޒިކުރުކޮށްގެން ހުރެވުނީ އެހެންވެ މިލާންގެ ސިފައިގާ ރަހުމަތެއް ފޮނުއްވީ. ބައެއް މީހުންގެ އެއްވެސް އިންސާނިއްޔަތު ކަމެއް ނުހުންނައިރު އަނެއްބަޔަކު ހެލްޕްވެދެނީ. ގަޒަލް. އައިމް ސޮރީ މިހެން ބުނަން. ދެފަހަރުވެސް އަހަރެން ސަލާމަތްކޮށްދިނީ މިލާން. އޭނަ ކުރި ނުބައި ކަންތައްތަކަށް ﷲ ޖަޒާ ދެއްވާނެ. އަސްލު ވީގޮތަކީ................" ރެއިނާގެ ނަޒަރު ކައިޔާންގެ މޫނަށް ހުއްޓުނެވެ. ކައިޔާން ހިންދިރުވައިލީ ކަންބޮޑުވެފައެވެ. ދެވަނަ ސިކުންތުކޮޅު ކުރިއަށް އެޅި ފިޔަވަޅާއެކު ރެއިނާގެ އަނގައިގާ ހިފެހެއްޓިގޮތުން ރެއިނާގެ ލޮލުން ފެން އައެވެ.

"އިތުރަށް އެންމެ ލަފުޒެއް ބުންޏަސް ޔޫ އާ ހިސްޓްރީ....." ކައިޔާން ހަޅޭއްލަވައިގަތެވެ.

"ވޯހް.......ކަޒިން. ނިކަމެތި އަންހެންކުއްޖަކަށް އަނިޔާ ކުރަނީ ތީ ފިރިހެނެއްތަ؟ "

"ތީ އެނިމަލެއްއެއް ވީމަ އަހަރެންގެ ޖިންސާއިމެދު ކަލެއަށް ސުވާލެއްވެސް ނުކުރެވޭނެ.." ކައިޔާން އަދަބެއް ސަދަބެއްނެތް ގޮތަކަށް ވާހަކަދެއްކިއެވެ. ގަޒަލްއަށް ބަލައިލާފަ އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. އޭރު ރެއިނާހުރީ އަނގައިގާ އަތުން ފިރުމާށެވެ. ބިރުން ލޯ މުދުނަށް އަރުވައިގެންނެވެ.

"ހެހެ......އިންސާނުންނަށްވުރެ ޖަނަވާރު މަށަށް މާ ހެޔޮ. ތިހެން ބުނީމަ އަހަރެންގެ ހާޓް މަތިން ހަދާންވީ. ދާން ވީ. ޓައިމް ޓު ފީޑް ހިމް..........." މިލާން ދަމުން ރެއިނާގެ ބޮލުގައި އަތުން ފިރުމައިލިއެވެ." ސިސް. ބީ ސްޓްރޯންގް. ބާރުގަދަމީހުން ކުޑަކަކޫމައްޗަށް ތިރިކުރާނެ ގޮތްތައް ދަސްކުރަން ޖެހޭނީ. އަބަދަށް ގަދަކޮށްލާފައި އެކަކަށްވެސް ނޫޅެވޭނެ. މާފަށްވެސް އަދި އެދޭނެ."

މިލާން ދޮރު ލައްޕައިލަމުން ގަޒަލް އާއި ހަތަރުކަޅި ހަމަކޮށްލިގޮތުން ގަޒަލް ވަކިން ރުޅިއައެވެ. ބިރުވެސްގަތެވެ. ޕެނިކް އެޓޭކެއް ޖެހޭގޮތްވެ ހާސްވެފައިވެސް އޭނަ ފުންނޭވާތަކެއް ދޫކޮށްލިއެވެ.

"ރެއިނާ. ކައި ރުޅިއައީ އެ ފިރިހެނާއަށް ސަޕޯޓްކޮށްފައި ވާހަކަދެއްކީމަ. ކައިއަށޭ އޭނަގެެ ހުރި އަނިޔާވެރިކަމާއި ޖައްބާރުކަން ފެނުނީ. އެހާ ކްރުއެލް ނުބައި ޖަރީމާއެއް ހިންގި ގާތިލެއް ތި ހީރޯއަކަށް ހަދާފައި ޚުޝާމަދު ކުރީ. އެއީ އޭނަގެ ދެއްކުން ތެރިކަން. ހެޔޮކަމެއްކޮށް ދީފައި ފަހަތުން އައިސް އަރާ ކާލާނީ. ސިންގާ އެއްޗެހި އޭގެ ޝިކާރަތަކާއެކު ކުޅެ ނިކަން ގަޔާވެ ލޯބިން އުޅޭހެން ހީވޭ. އެފަދަ ސީންތައް ފެނުމުން އުފާވެސްވޭ. އެކަމަކު އޭގެ ފަހަތު ބައިތައް ނުދައްކާ.ސަބަބަކީ އެބައި ދެކެން އަހަރެމެން ބޭނުންނުވާތީ. ރެއިނާއަށް ހެޔޮއެދިގެން ފަހަތުން އުޅެން ފަށައިފިއްޔާ ނަތީޖާ ނިކަން ބިރުވެރިވާނެ. ހީޒް ޕްލޭއިން ވިތް ޔޫ ރެއިނާ. އޭނައަށް ނުހެއްލޭތި...." ގަޒަލްއަށް ހަގީގަތް ނޭގި ކައިޔާންގެ ކޮޅަށް ވާހަކަ ދެއްކުނެވެ. އޭނަ ގޮނޑި ދުއްވާލަމުން ރެއިނާގެ މޫނަށް ބަލައިލިއެވެ. "ހިނގާބަލަ ރޫމަށް"

ރެއިނާ ގަޒަލް ލައްވާ ހުވާކުރުވުމަށްފަހު އޭނައާއި ކައިޔާންގެ މާޒީ ގަޒަލްއާއި ހިއްސާކުރިއެވެ.

ގަޒަލް ގަބޫލުކުރަން ތައްޔާރެއް ނުވިއެވެ.

"ތިބުނީ މިކާއަކީ ކައިގެ ދަރިފުޅޭ. އަހަރެންގެ ނެފިއުއޭތަ؟ ނޯ ވޭ. ތިއީ ސަމާސާއެއް ދޯ ރެއިނާ. ހަގީގަތެއްނޫން. ކޮންވައްތަރެއްގެ ސަމާސާއެއް ތިކުރީ؟" ގަޒަލް ފަޔާ ޕްލޭސްކުރިމަތީގައި ގޮނޑި މަޑުކޮށްލައިގެން އިނެވެ.

"މާތްﷲ ގަންދީ ހުވާކުރަން......"

"މިކާގެ ފޮޓޯ ބަލަން ބޭނުން. ޓެލް މީ ރެއިނާ ކިހިނެއް މިކާއަށް ވީ؟ މިކާގެ ހުރިހާ ވާހަކައެއް ކިޔައިދީބަލަ އެވްރީތިން. މިކާއަށް ކިތައް އަހަރު؟ " ގަޒަލްގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.

"އެ ހުރިހާ އެއްޗެއް ވަގު ކަލޭގެ ގެންގޮއްސި....."

ނުނިމޭ

ކޮމެންޓް 0