"ކީރިތި ގުރުއާން ކިޔެވުމުން ހިތުގެ ބަލިމަޑުކަމަށް ފަރުވާ ލިބެނީ މާމުއިން ހަށިގަނޑުގެ ބަލިތަކަށް ފަރުވާ ލިބޭ ފަދައިންނެވެ." <އިބްނުލް ޖައުޒީ ރަހިމަހުﷲ>

***

ރުބާބް ރުޅިގަދަވެ ހޫރިގަތްގޮތަށް ހަޅޭއްލަވައިގެންފާ ކުރިމަތީގައި ހުރި އިސްކޮޅުން ދިގު ޒުވާނާގެ މޭމަތީގައި ޖެހިއެވެ." ކީކޭ ހިތަށް އަރައިގެން ޖަބްރީލްގެ ގައި ތެރެއަށް ވަދެ ޚަލީސީއާއި ތަތްކުރުވަން މަސައްކަތްކުރަނީ؟ތިކަމެއްނުވާނެ. އަހަރެން އެ އަންހެނާ މަރާލާނަން...."

"އަދާލިއާ އާއި އަހަންނާއި ކައިވެނި ހަމަޖެހިފައިވަނިކޮށް އަދާލިއާ އިންސާނަކާއި ހިތާވެގެން ފަހަތުން ތިއުޅެނީ ކީއްވެތަ؟އެހެންވެ އަހަރެންވެސް އިންސާނުންނާއި ގޯނާކުރަން ޖެހުނީ. ކޮބާ މަގޭ ކުށަކީ؟"

"އަހަރެން ލޯބިވަނީ ޖަބްރީލް ދެކެ..."

"އިންސާނުންނަކީ އަހަރެމެން ނަސްލުގެ ބަޔެއްނޫން. އެމީހުންނާއި ގުޅިގެން އުފަލެއް ނުލިބޭނެ. ނިމުން ރަގަޅެއްނުވާނެ. އެހެންވެ މިބުނަނީ ޖަބްރީލްއާއި ޚަލީސީގެ ދޭތެރެއަށް ވަންނަން ނަހަދާށޭ..." އަދާލިއާގެ ލޯބިވެރިޔާ އަސްކަލާން ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ. ދެމީހުންނަށްވެސް އޭރު ތިބެވުނީ ސޯފިއާ މަންޒިލްގެ ޖަންބުގަސް ކައިރީގައެވެ.

"މި ނިންމުން ބަދަލެއް ނުކުރާނަން. ޖަބްރީލް އަކީ މަގޭ....ބުނަން ވާހަކައެއް. ޚަލީސީއާއި ޖަބްރީލް ގުޅުވަން ނޫޅޭތި..." އަދާލިއާ ލޯ އަޅާފައި އިންޒާރެއް ދިނެވެ.

""ތިއީ ގޯހެއް. ރުބާބް ކިޔާ އިންސި އަންހެންކުއްޖެއްގެ ސިފަ ޖެހިގެން އެކުއްޖާ ކަމަށް ހެދިގެން އުޅުނަސް ޖަބްރީލްއަށް ހަގީގަތް އެނގުމުން ރުބާބްއާއިމެދު ހަމަ އެ އިހުސާސްތައް އޮންނާނެތަ؟ ފޫހިވާނެކަން ޔަގީން. ތިއަށް ކިޔަނީ އޮޅުވައިލުން. ކެހިދިނުން. އިންސީންގެ ބަހުން ނަމަ އަވަލުން..ފިރިހެންކުއްޖާގެ އަހުލުވެރިންނަށް އެކަން އެނގޭއިރަށް އަހަރެމެން ފަނާކޮށްލަން މަސައްކަތްކުރާނެ. އޭގެ ކުރިން އަހަރެމެންގެ ދުނިޔެއަށް ހިނގާ.." އަސްކަލާން ވިސްނާދިން ވަރަކަށް އަދާލިޔާގެ ރުޅި އިތުރުވެ ގައިގާ ހުޅުރޯވެދާނެހެން ހީވިއެވެ. ކަޅީގެ ކުލަ ބަދަލުވެ އަނގުރު އަލިފާންކޮޅަކަށްވިއެވެ.

"އަސްކަލަން މިތަނުން ފެނިގެން ނުވާނެ. އަމިއްލަ ދުނިޔެއަށް ދޭ...."

"އަދާލިއާގެ ބޭބެއަށް އެނގިއްޖެއްޔާ ރަގަޅެއްނުވާނެ..."

"އިންޒާރެއް ތިދިނީ؟ އޭނައަށްވެސް މިފަހަރު އަހަރެން ނުހުއްޓުވޭނެ. މަގޭ ބޭބެއަށްވިޔަސް ހެޔޮ. ބޭބެވެސް ޖެހޭނީ އަހަރެންގެ ލޯތްބަށް ގަދަރުކުރަން..."

"އަހަރެންވެސް ބޭނުމެއްނޫން އަދާލިއާ ގެއްލެން. ކޮބާ ކުރިހާ ވައުދު؟ ހަމަ އިންސިއެއް ފެންނައިރަށް ލޮލުގައި އަޅައިގަތީ؟ އަދަލިއާ. ތިކަން ވިޔަކަ ނުދޭނަން...ތިއީ މަގޭ ހައްގެއް..." އަސްކަލަން ލޮލުގައިވި އޮރެންޖް ކުލަ ގަދަވެ ކަނިތައް ބުރައިލިއެވެ.

"ޖަބްރީލްއާއި ނުބެހި ކޮންމެ ކަމެއް ކުރިޔަސް މަށަށް ހެޔޮ.."

"ޝަރުތެއްގެ މަތިން. އަދާލިއާ ގޮސް ބުނޭ ރުބާބްގެ ސިފައިގާ ހުރީ ތިމަންނައޭ. އޭރުން އޭނަގެ ހިތުގައި އޮތް ލޯތްބެއްވެސް އެނގޭނީ. ބުނެފާނަން ވާހަކައެއް. ޖަބްރީލްއަކީ ޖިންނިއާއި ރޫހާނީ ކަންތައްތަކުގެ ފޭނެއް ނޫން. އޭނަ އެދުނިޔެއަކަށް ހިތުން ރުހުމުން ނުދާނެ. އޭނަ ލޯބިވީ ހަގީގަތުގައި ރުބާބް ކިޔާ އިންސިކުއްޖާދެކެ. ޖަބްރީލްއަށް އޮޅުވާލައިގެން އެކުއްޖާގެ ސިފަޖެހިގެން އައުމުން ޖަބްރީލް ހަގީގަތުގައި އެހާ ރުހޭހެނެއް ހިޔެއްނުވޭ..އެހާ ގާތުން ބަލައިފިން.."

"ބުނެފީމެއްނު އަހަރެންގެ ދުނިޔެއިން ދުރަށް ދާށޭ...."

""ނޫނީ ކީއްކުރާނީ ހަބީބްތީ؟"އަސްކަލަން އަދާލިއާގެ ކޯތާފަތުގައި ފިރުމައިލިއެވެ.

އަދާލިއާ ކުއްލިއަކަށް ހަޅޭއްލަވައިގެންފާ ވައިގެ ތެރެއަށް އަރައިގެން ދިޔައިރު ދެކެން ތިބި ބަޔަކަށް ފެންނާނީ ބާރަށް ދަތުރުކުރި އަލި ގުޅައެއްގެ ސިފައިގައެވެ.

***

އެރިއިރާއެކު ޚަލީސީއަށް ލޯ ހުޅުވައިލެވުނިއިރު އިރުގެ އަލިކަން ފަރުދާތަކުގެ ދޭތެރެއިން ފުރޭނިގެން ކޮޓަރިތެރެއަށް އަލި ފަތުރާލުމުގައި ކުރި ހޯދިއެވެ. ޚަލީސީއަށް އިހުސާސްކުރެވުނީ ހިތްހަމަޖެހުމާއި އަމާންކަމުގެ ކަނޑެއްގައި ހަށިގަނޑު އޮޔާ ދާފަދަ އުފާވެރި އިހުސާސެކެވެ. އަތްދިއްކޮށްލާފައި ނެގުނީ ސައިޑްޓޭބަލްމަތީގައި ހުރި ބިއްލޫރި ތަށްޓެއްގައި އޭނަ ޖަހާފައި ހުރި ފިނިފެންމަލެވެ. ޖަބްރީލް ހިނިތުންވެލާފައި ދިން މަލުގެ ސަބަބުން އޭނަގެ ހަޔާތުގެ މުޅިން އާ ބާބެއް ނިއުޅެންފެށިފަދައެވެ.

ޚަލީސީ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ މުރަނގަ ފަތްކޮޅެއް ބިދެލުމަށެވެ. ޖަބްރީލްއަށް މުރަނގަފަތު ބިސްގަނޑުމީރެވެ. ޖަބްރީލްދެކެ ހިތުގައި އޮންނަ ލޯބި ކަންނެތްވެގެން އެނދުގައިވެސް އޮވެވުނަ ނުދިނީއެވެ. އަދި ރޭ ޖަބްރީލްގެ ފަރާތުން ފެނުނު ގާތްކަމުގެ ސަބަބުން ޚަލީސީއަށް އުއްމީދެއް ލިބުނެވެ. ރޭ ވެހުނު ވާރޭގެ ސަބަބުން ފަތްތައް ދޮވެވި ހިރަފުސް ފޮހެވުމުން ވަކިން ފެހިކަން ގަދައެވެ. ވާރެއާއި ބިންގަނޑުގެ ވަސް އެއްވުމުން ތަފާތު ވަހެއް މާހައުލުގައިވިއެވެ. ޚަލީސީ އިނގިރޭސި ލަވައެއް ކިޔައިލަމުން ފަތްތައް ބިނދެގެން އައިސް އެންމެނަށް ވާވަރަށް ނާސްތާ ތައްޔާރުކޮށްލިއެވެ. ކާފައާއި ސޯފިއާ ޖަބްރީލް ޔަޝަލް އަދި އޭނައަށްވެސް ވާވަރަށް ޕޭންކޭކާއި ބިސްގަނޑު ހަދާލާ ޕާނުގައި ޗީޒް ޖަހާލުމަށްފަހު ކޮފީއާއި ސައި ހަދަންފެށިއެވެ. ޔަޝަލް ވަދެ ވަގުތުން ޚަލީސީގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"ހާދަ ރަގަޅޭ. ޖަޒާކަﷲ ޚައިރް..ގްރޭޓް ބްރެކްފާސްޓެއް...." ޔަޝަލް ވަގުތުން ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"އަދިވެސް މިހިރީ އެ ޓްރޭންސްގައި. ޔޫ ނޯ...ބޫ ރޯޒް އެއް ދިނީމަ ހަމަ ފީލްވި ހެޕިނެސް ގެ ސަބަބުން ހައި ވެފައި........."ޚަލީސީ އެހެން ބުނި އަޑު އެތަނަށް ވަން ޖަބްރީލްއަށް ރީތިކޮށް އިވޭނެއެވެ. އޭނަ ލޯ ކުޑަކޮށްލިއެވެ.

ޚަލީސީ ޔަޝަލް ކައިރީ އޭނައޭ ކިޔައިގެން ފޮނި ކަނޑަން ފެށީމަ ހިތްހަމަނުޖެހޭގޮތްވިޔަސް ޚަލީސީގެ އުފާވެރިކަން ނެތިކޮށްލަން އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. ހިތާމަތަކާއި އެކުގައިވެސް ޚަލީސީ އަބަދު ހެވިލާފައި ހުންނަގޮތާއި "ހައިޕާ"ކަން ޖަބްރީލްގެ ހިތަށްވެސް އުފާވެރިކަން ގެނުވާދެއެވެ.

"މޯނިން ކޮފީ މިހިރީ....ބޭރަށް ދާންތަ ތިއުޅެނީ؟" ޚަލީސީ އަވަސްއަވަހަށް ޖަބްރީލް އިށީންނަން ގޮނޑި ދެއްކިއެވެ.

"ތެންކިއު..."ޖަބްރީލް ކޮފީތަށީގައި ތުނބުޖެހިއެވެ.

"ޚަލީސީ ކިހާ ރަގަޅު. ހުރިހާ ކުދިންނަށް ނާސްތާ ހަދައިގެން މީނީ...ކޮބާތަ ކާފަ؟"

"ކާފައަށް ކިރުތަށްޓަކާއި މޭވާކޮޅެއް ދިނިން ފަތިސް ނަމާދުކުރީމަ. ދެން ކާފަ އަންނާނީ ކުޑަކޮށް ލަހުން. އެހެން ކުދިން ކައިބަލަ..................." ޚަލީސީއަށް ސޯފިއާ ފެނުމުން ސަލާމް ގޮވާލާފައި އަވަހަށް ގޮސް އަތުލަފިކުރަން އުޅުނެވެ. ސޯފިއާ ޚަލީސީގެ އަތް ދުރުކޮށްލިއެވެ.

"ރުބާބް މާލީސްކޮށްދިނީމަ އެބަ ހިނގޭ. އެހެންމީހަކު އެހީނުވިޔަސް އޯކޭ.........." ސޯފިޔާ ހުރީ މޫނު ހަދައިގެންނެވެ. ޚަލީސީ ކުޑަކޮށް ރަކިވިއެވެ.

ޔަޝަލްވެސް ލަދުން އިސްޖެހުނެވެ. މަންމަ އެހާ ބޮޑަށް ޚަލީސީ ދެރަކޮށް ރުބާބް ކޮޅަށް ހުރީ ކީއްވެހެއްޔެވެ؟ އަންވަރު މަންމަ ގާތު ރުބާބްއަކީ ޖިންނިއެއްކަމަށް ބުނުމުންވެސް ގަބޫލުނުކުރީހެއްޔެވެ؟

"ޚަލީސީ ރުބާބްއޭ ކިޔައިގެން އަންވަރުގާތު ކޮން ވާހަކައެއް ދެއްކީ؟"

ޚަލީސީ ހައިރާންވިއެވެ.

"އަންވަރު ކައިރީ؟"

"އާނ. އަންވަރު ބުނީ ޚަލީސީއޭ ބުނީ ރުބާބްއަކީ ޖިންނިއެކޭ. އެކަމަކު ޖަވާހިރު ވިޔަފާރިވެރިއެއްގެ ދަރިއެއް ނު. ދޮގުހަދައިގެން އެހެން މީހުންނަށް އޮޅުވާލިޔަސް ފުކެއް ބޮޑުވަރު. އަހަރެން ހިޔެއްނުކުރަން ޚަލީސީއަކީ ތިހާ ނުބައި ޚަސީލަތެއްގެ ވެރިއެއްކަމާއި މުނާފިގެއްކަން. ކުރިމަތީގައި ހީލައިގެން އެހެން މީހުންގެ ހިތް އަތުލަން އުޅޭއިރު އަޑިން ޖަރީމާތައް ހިންގަނީ. ރުބާބްހާ ރަގަޅު ހިތްހެޔޮ ކުއްޖެއް ނުހުންނާނެ، ޚަލީސީ ރުބާބްއާއި ވާދަކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެ.."ސޯފިއާ ރުޅިގަދަމީހެއް ނަމަވެސް ޚަލީސީއާއި ދިމާލަށް އެވަރަށް އެއްޗެހި ގޮވާނެކަމަށް ޖަބްރީލް ހިޔެއްނުކުރެއެވެ.

"މަންމަ ތިކިޔާ އެއްޗެއް.........." ޚަލީސީ އެއްޗެކޭ ބުނަން އުޅުނެވެ.

"މަށަށް މަންމަ ކިޔާނެކަމެއްނެތް. އަދި ކާން އެއްޗެހި ތައްޔާރުކުރާނެ ކަމެއްވެސް ނެތް..ތިއީ މަކަރުވެރިއެއް.."ސޯފިއާ ދާން ހިނގައިގަތެވެ.

"ތެދެއްތަ ޚަލީސީ؟ ކީއްވެ އަންވަރުއާއި ވާހަކަދެއްކީ؟"

ޚަލީސީ ހިމޭންވިއެވެ. އޭނައަށް ސޯފިއާ އެވާހަކަދައްކަން ޖެހުނު ސަބަބެއް ނޭގުނެވެ. ރުބާބްއަކީ ޖިންނިއެކޭ އޭނަ ބުނަންވީ ކީއްވެހެއްޔެވެ؟"ހޯންޓެޑް" ގެއެއްގައި އުޅުނޭ ކިޔާފައި އެގެއަށް ވަންނަ ކޮންމެ މީހަކީ ޖިންނިއެއްކަމަށް ހަދަން ޖެހޭ ސަބަބެއްވެސް ނެތެވެ. ރުބާބްއާއި ޖަބްރީލްގެ ގާތްކަން އެނގޭއިރުވެސް ޚަލީސީ ކެތްކުރިއެވެ. މިފަހަރު މިއައީ ތަފާތު އަދި އުދަގޫ އިމްތިހާނެކެވެ. ސޯފިޔާ ހެދީ ދޮގެކޭ ބުނެފިއްޔާ ޖަބްރީލް އަންވަރުދެކެ ރުޅިއަންނާނެކަން ޔަގީނެވެ. އަންވަރު އޭނަގެ ބޮލުގައި އެޅުވީ އާދައިގެ ތުހުމަތެއް ނޫނެވެ. ޚަލީސީބުނީ ފަހަރެއްގައި ސަމާސާއަކަށް އެހެން ބުނެވިދާނެކަމުގައެވެ. ޚަލީސީ ކިތަންމެ ވަރަކަށް ސަމާސާއަކަށް ހަދަން އުޅުނަސް ޖަބްރީލްވެސް އިނީ އޭނަދެކެ ނުރުހި ހިތްހަމަނުޖެހިފައެވެ. ޔަޝަލްގެ ތާއީދުއޮތީ ޚަލީސީއަށެވެ.

"ޢަންވަރުއަކީ ފާޑެއްގެ މީހެން. އެއްވެސް ވަރަކަށް ޓްރަސްޓްނުކުރެވޭ. ޚަލީސީ އެހެން ބުނާންވީ ސަބަބެއްވެސް ނެތް..އަންވަރުއާއި ވާހަކަދައްކަންވީ ސަބަބެއްވެސް ނެތް. އަސްލު ތެދަށް ބުނަންޏާ އަންވަރު އަމިއްލައަށް އެހެން ބުނި. ރުބާބްއަކީ ޖިންނިއެކޭ.. މަންމަ ގަބޫލުކުރި. ބިރުން އިނީ. ފަހުން އަންވަރު އައިސް ކުއްލިއަކަށް އެއީ ޚަލީސީ ބުނެގެން ބުނި އެއްޗެކޭ ބުނީމަ އެ ދޭތި އަސްލު މެޗެއް ނުވޭ..އަންވަރުއަށް އަހަރެމެންނަށް ނޭގޭ ކަމެއް އެނގެނީބާ........."ޔަޝަލް ވަށައިގެން ހޯދައިލަމުން މަޑުމަޑުން ބުނެލިއެވެ.

"ސިހުރުވެރިންނަށް އަނދިރި ދުނިޔޭގެ މައުލޫމާތުތައް ބޮޑަށް އެނގޭނީ..." ޔަޝަލް ބުނެލިއެވެ.

"ޔަޕް. އައި ވޯޒް ރީޑިން އެބައުޓް ދެޓް...އެމީހުން އަދި މީހުން އޮޅުވައިލަން އެމީހެއްގެ މައުލޫމާތުތައް ހޯދާގޮތް އެނގޭތަ؟ ސިހުރުވެރިންގެ ޖިންނިން މި ފޮނުވަނީ އިންސާނާއާއިއެކު އުޅޭ އޭނަގެ ގަރީނުން ކައިރިއަށް. އޭނަގެ މާޒީ އެއްކޮށް ކިޔައިދީ ގާތްމީހުންގެ މައުލޫމާތުވެސް ކިޔައިދިނުމުން އެމީހުން ގަބޫލުކުރޭ.."

"ސްޓޮޕް ދިސް ކްރެޕް....ޖިންނިންގެ ވާހަކަ ނުދައްކަބަލަ..."ޖަބްރީލް ތެދުވުނެވެ.

"ކާމްޑައުން...ބޫ..."މިކާއިލްގެ އަޑު ފަހަތުން އައެވެ.

ހިތަށް ތަދުވެފައި އިނަސް ޚަލީސީ ވަރަށް ހެވިލާފައި މިކާއިލްއަށް ސަލާމްކުރިއެވެ." ކޮފީ ބޮައިގެން ކޮންމެހެންވެސް ދާންވާނީ..އެންމެންވެސް އަޕްސެޓްވެފައި މިތިބީ ދެކެވުނު ވާހަކައަކުން. ފައިނަލީ އަޅުގަނޑު ރުބާބް ޖިންނިއަކަށް ހަދައިގެން ގޮސިޕްކުރަނީކަމުގައި ނަންވީ. ސޯ އައިމް ދަ ގޮސިޕް ގާލް...."

މިކާއިލްގެ މޫނުމައްޗަށްވެސް ތަފާތު ކުލައެއްވެރިވިނަމަވެސް އޭނަ އެ ވާހަކަ އޮޅުވައިލިއެވެ.

"ސައިބޮއިގެން މިއައީ އެކަމަކު ފަހަރި ބުނީމަ ބައިވެރިނުވެ ދާކަށް ނުކެރޭނެ..."

ޚަލީސީ މިކާއިލްއަށްވެސް ކޮފީއެއް އަޅާލަދިނެވެ. "އޮފީހަށް ދާން ލަސްވާތީ މިދަނީ. ދޮންބެ ބަލާ އަންނާނަމޭ ބުނި..ތައްޔާރުވާން މިދަނީ...."

"ހޭވް އެ ގުޑް ޑޭ..."މިކާއިލްއާއި ޔަޝަލްވެސް ޚަލީސީއަށް ބަލައިލީ ތައުރީފުގެ ނަޒަރަކުންނެވެ. ޖަބްރީލް ހިމޭނުން އިނަސް އޭނަގެ ސިކުނޑި ކަމުން ދަނީ މަންމައާއި ޚަލީސީއާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. ރުބާބް ޖިންނިއަކަށް ވާންވީ ސަބަބެއް އޭނައަށް ނުވިސްނެއެވެ. އަދި ޚަލީސީ އެފަދަ ވާހަކައެއް ބުނަންވީ ކޮންކަމެއް އެނގިގެން ހެއްޔެވެ؟ މިވަރުން ދަންޏާ ޖިންނިންނާއި އިންސިން ވަކިކުރަން ނޭގޭ ހިސާބަށްވެސް ހިނގައިދާނެތާއެވެ. މިކާއިލް އާއި ޖަބްރީލް ދައްކަންފެށީ ފުޓްބޯޅަ މުބާރާތެއްގެ ވާހަކައެކެވެ. ދެން ދީނީ މައުޟޫއަކަށެވެ. ދުރުދުރުންގޮސް ވާހަކަދައްކަމުންގޮސް ގެއަށް ރުގުޔާ ކުރާ ވާހަކަ ބުނުމުން ޖަބްރީލް އެކަމާއި ދެކޮޅުހެދިއެވެ. ޖަބްރީލް ބުނީ އެންމެ ރަގަޅުވާނީ އެބަޔަކު އަމިއްލައަށް ޒިކުރުކޮށް ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓާ އީމާންތެރިކަން ވަރުގަދަކުރުން ކަމަށެވެ. ޖިންނި ޝައިތާނުންގެ ފަރާތުން ސަލާމަތްވާން ބަގަރާ ސޫރަތް ކިޔެވުންވެސް ރަގަޅުކަމުގައި ޖަބްރީލް ބުނެލިއެވެ. މައްސަލައަކީ އެކަން އެގޮތަށް ހުރިކަމުގައިވިޔަސް އެގޮތަށް އަމަލުކުރުމަށް އުޒުރުވެރިވާކަމެވެ. ކޮންމެވެސް ސަބަބަކާއިހުރެ އެެހެން ކަންތައްތަކަށް އިސްކަން ދެވެނީއެވެ. ޖަބްރީލްގެ ސިކުނޑީގައި ދޭތެރެއަކުން ހަރުލާފައި ހުރީ މިކާއިލް ދެއްކި ވާހަކަތަކެވެ. އޭނައަށްވެސް އަޅުކަމުގައި ފަރުވާތެރިއެއް ނުވެވެއެވެ.

***

ޖަބްރީލް ކާފައާއިއެކު އަސުރު ނަމާދަށް ގޮސް އަންނަމުން ރެސްޓޯރެންޓަކަށް ވަދެލިއެވެ. ކާފައަށް އޭނަ ގެނެސްދިނީ އައިސްކްރީމްއާއި ޑޯނަޓަކާއި ބޯކިބާ އަދި ގުޅައެވެ. ކާފައަށް ހެދިކާގެ ތެރެއިން އެންމެ ރަގަޅު އެއްޗަކީ އެއީއެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި ޖަބްރީލް ގެއާއި ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"ކާފާ. އެންމެނަށް ގެއިން ޖިންނި ފެންނަނީޔޯ، މިކާއިލް އެބަކިޔާ ރުގުޔާ ކުރާ ވާހަކަ..."

"ވަރަށް ކުޅަދާނަ ފަންޑިތަވެރިއެއް އެކަމަށް ގެންނަން ޖެހޭނީ. ހަގީގަތުގައި ކާފައަށް ވަނީ ގޯހެއް ހެދިފައި..."

"ކިހިނެއްވީ ކާފާ؟"

"އިހުޒަމާނުގައި މިގޮތަށް ބޮޑެތި ގޯތިތަކާއި ގެތައް އަޅާފައި ރައްކާތެރިކުރަން ކާފަމެން ހަވާލުކުރަނީ ކުޅަދާނަ ޖިންނިންނާއި. އެގޮތަށް ގެވެސް ޖިންނިއަކާއި ހަވާލުކުރި ހިސާބުން ކަންތައް އެގޯސްވާންފެށީ. މިހާރު ދަންނަބޭކަލުން ބުނާގޮތުން އެއީ ޝިރުކު...އެގޮތަށް ޖިންނިންނާއި ހަވާލުކުރެވިގެން ނުވާނެ.."

"ވީމަ އެ ޖިންނި ދުރަށް ދާނެގޮތެއް ނެތްތަ؟"

"ކާފައަކަށްވެސް ސީދާ އެކަންތައްވެގެން އުޅޭގޮތެއް ނޭގޭ. ބައެއްފަހަރު އެގޮތަށް ހަވާލުކުރާ ޖިންނިން މަރުވިޔަސް ދަރިފަސްކޮޅަށްދާންދެން އެ މަސައްކަތުގައި ދެމިތިބޭކަމަށްވަނީ. މިގެ ހަވާލުކުރެވުނު ޖިންނީގެ އިތުރުން އެހެން ބާރުގަދަ ޖިންނިންތަކެއް އުޅޭކަހަލަ ވާހަކައެއް ކާފައަށްވެސް އަޑުއިވިގެން އެކަން ހޯދަން މަސައްކަތްކުރިން. މައްސަލައަކީ........ކާފައަށް ޔަގީންނުވާ ކަމެއްގެ ވާހަކަ ނުދެއްކޭނެ. އެހެންވެ އިހަށް މަޑުކުރަނީ. ދަރިފުޅު ކާފައަށް ދުވަސްކޮޅެއް ދީ..."

ކާފަގެ ވާހަކަތަކުން ޖަބްރީލްގެ ހިތުގައި ފިނި ރާޅެއް ޖަހައިލިއެވެ.

އެބުނާ ވާހަކައެއް އަހާ ހިތުން ކެތްތެރިކަން ކުޑަވިޔަސް އޭނަ ކެތްކުރާން ދަނެއެވެ. ވަގުތު ޖެހުނީމަ ކާފަަ ބުނާނެއެވެ.

***

ޚަލީސީ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔައިރު އޮފީސްކުދިންގެ ފަރާތުން މަލާމާތް ރައްދުވާކަން ފާހަގަކުރެވުނެވެ. ޖަބްރީލް ޚަލީސީއާއި ކައިވެނިކުރީ ފައިސާގެ ބޭނުމުގައި ކަމަށާއި ޚަލީސީ ޖަބްރީލްއާއިހެދި މޮޔަވެ ދީވާނާވެގެން އަމިއްލައަށް މަރުވާ ހިސާބަށް ދިޔުމުން މަޖުބޫރުކޮށްގެން ޖަބްރީލްގެ ކަރަށް އެ މަޅި ވައްޓައިލީއެވެ. އެހާ ރީތި ޒުވާނަކާއި އެކަށީގެންވާ އެތައް އަންހެންކުއްޖަކު ތިއްބާ ޚަލީސީއަށް އެ މަގާމު ހައްގުކަމަށް ގަބޫލުކުރާ ކުއްޖެއް އެތާކުނެތެވެ. އެންމެން ޚަލީސީއަށް ބަލަމުން ދިޔައީ ހަސަދައިގެ ނަޒަރަކުންނެވެ. ޚަލީސީއާއި އެންމެ ޖައްސާލާފައި ހުންނަނީވެސް ޚަލީސީގެ އަވަށްޓެރިއެއްކަމަށްވާ ހީރާއެވެ. ހީރާއަށް ވަޒީފާ ލިބުނީވެސް އެމީހުންގެ ނިކަމެތިކަމުން ހަމްދަރުދީވެ ޚަލީސީގެ ބައްޕަ އެކަން ހަމަޖައްސާދިނުމުންނެވެ. ފަހުން ހީރާގެ ދައްތަ ޔޫރަޕް މީހަކާއި ކައިވެނިކޮށްގެން އެމީހުންނަށް ތަންކޮޅެއް ތަނަވަސް ދިރިއުޅުމެއް ލިބުމުން ހީރާ ބޮޑާކަމުގެ ހައްދެއް ނުހުރެއެވެ. ވެދިން އިހުސާންތެރިކަންވެސް ހަނދާނެއް ނެތެވެ. ނުވީތާކަށް އޭނައަށް ކަމުދިޔައީވެސް ޚަލީސީގެ ފިރިމީހާއެވެ. ޖަބްރީލް އިސްމީހަކަށް ހުރުމުން ހީރާގެ ވިސްނުން ހުރީ ޖަބްރީލް މިލްކުކުރުމަށެވެ. ޚަލީސީފަދަ ހުތުރު ކުއްޖަކާއި އެއްގޮތަކަށްވެސް ޖަބްރީލް އެކަށީގެންނުވާކަމަށް އެންމެން ގާތު ކިޔަނީވެސް އޭނައެވެ.

ޚަލީސީ ގެއަަށް ވަންއިރު އޭނަގެ މޫނުމަތިން ފެނުނީ އުޖާލާކަމެވެ. ދެރަވިޔަސް އޭނަ އެކަމެއް ނުދައްކައެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލުމަށްފަހު ކޮފީއެއް ބޯން ބަދިގެއަށް ވަންއިރު ރުބާބް ހުރީ ސައި ހަދާށެވެ.

"ހެލޯ...."ރުބާބް ބަލައިލީ ފާޑަކަށެވެ.

ކޮމެންޓް 0