"އަނިޔާވެރި އިޒްރޭލުގެ ލަޝްކަރުން މެދުކެނޑުމެއްނެތި ޣައްޒާއަށް ވައިގެ ހަމަލާދެމުން ރަށް ސުންނާފަތުކޮށްފައި މިހާރު އެއްގަމު ލަޝްކަރުން ޓޭންކުތަކުގައިވަދެ ބޮޑުބަޑިން ހަމަލާދެމުން އެތައް މައުސޫމް ފުރާނަތަކެއް ދުއްވަމުންދަނީއެވެ. އެވެސް ވައިގެ ލަޝްކަރުން އެހީތެރިވަމުން ވަރަށް ހާލުގައެވެ. ބިރުން އަވަދިވެފައި ތިބެއެވެ. މުޖާހިދުންނާއި ކުރިމަތިލާން ޖެހިލުންވާކަމަށް ޖެނެރަލުންވެސް ވަނީ އެއްބަސްވެފައެވެ. މުވާސަލާތީ ޚިދުމަތް ކަނޑާލާފައި ޖަރީމާތައް ދުނިޔެއަށް ފޮރުވަން މަސައްކަތްކުރަމުން އެ ޝަހަރު ގަބުރުސްތާނަކަށް ހަދަން މަސައްކަތް އެބަކުރެއެވެ. މުޅި ޣައްޒާގައި ހިފާފައިވަނީ ގޮމަސްކަތޫރީގެ މީރުވަސްކަމުގައި ޚަބަރުލިބެއެވެ. ޣައްޒާގެ މުޖާހިދުން ހިތްވަރާއެކު މި ފިނޑި ލަޝްކަރާއި ކުރިމަތިލަނީ ޝަހީދުވުން ނޫނީ ނަސްރު ލިބޭނެކަމުގެ ޔަގީންކަމާއެކުގައެވެ.. އިންސާނުންނަށް ޣައްޒާ ސުންނާފަތިވަމުންދާ ކަމަށް ހީކުރެވުނަސް ﷲތައާލާގެ ހިކުމަތްތެރިކަން މާ ބޮޑެވެ. ކޮންމެ ކަމެއްގައި މޮޅެއްވާނެއެވެ."

***

ސަފާޔާ ދިރިއުޅޭ ބަޔަށް ވަންއިރު ސަފާޔާ މޭޒުމަތި ތައްޔާރުކުރަނީއެވެ. މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. ކުޅުދިޔާވާހާ މީރުވަހެވެ.

"ހެލޯ އޮމަރު............"

"ކޮންފާޑަކަށް ވާހަކަ ތިދައްކަނީ؟ ރީތިކޮށް ސަލާމް ގޮވަން މައިންބަފައިން ދަސްކޮށްނުދެނީތަ؟" އޮމަރު ބުމަ ކައިރިކޮށްލާފައި ބުނި އެއްޗަކުން ސަފާޔާ ހުއްޓުން އެރިއެވެ. ސަފާޔާގެ މޫނަށް އެރި ކުލަވަރާއިއެކު އޮމަރު ހީލިއެވެ."ސޮރީ ސަމާސާއެއްކޮށްލީމަވެސް ބިރުގަތީ ދޯ.....އަހަންނަކީ އެކްސްޓްރީމެސްޓެއްނޫން އިނގޭ...އެކަހަލަ ކަންތައްތަކާއި ފާޑުކިޔަން................"

"އޯ.....ހެހެ.."ސަފާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ.

"އަހަރެން އެނގެނީ ކިހާވަރަކަށްތަ؟" އޮމަރު ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"އެންމެ ކުރިން ބުނީމެއްނު ހީކުރީ ޝޭޚެއްކަމަށޭ..."

"ޝޭޚަކަށްވާނީ ކިހިނެއްތަ؟ އަހަންނަށް ދީން ކިޔެވުނީ ވަރަށް ކުޑަކޮށް..އަހަންނަކީ ޕައިލެޓެއް..........އަދި..."

"ދެން؟" ސަފާޔާ ޝައުގުވެރިވިއެވެ.

"ކައްކަންވެސް އެނގޭ. ޝިކާރަކުރަންވެސް..މިބުނީ ގޯސްޓް ހަންޓިން...."

"ވަޓް؟"ސަފާޔާ ޝައުގުވެރިވިއެވެ.

"ހޫމް......ސޯ މިއީ މިއަދު މިގެއިން ތައްޔާރުކުރި ލަންޗް ދޯ....ހިނގާ ކާން....ޕާސްތާ ކައިކައި ފޫހިވެފައި ހުރީ އެކަމަކު ވަރަށް ދުވަސްވީމަ އަލުން ރަހަ ބަލާފައި ލައިކް ވެވިދާނެކަން ނޭގޭ................."އޮމަރު ޕާސްތާ ތަށްޓަކަށް އެޅިއެވެ. ޗީޒްއާއި ވަޅޯމަސް އަޅާފައި ހުރުމުން އޭނައަށް ކަމުދާނެކަން ޔަގީންވިއެވެ.

ސަފާޔާއަށް އޮމަރުގެ ވާހަކަ ހުރިގޮތާއި އަޑުވެސް ރީތިވިއެވެ. މައްސަލައަކީ އޭނަގެ ހުންނަ ގޮތަކުން ޖެހިލުންވާކަމެވެ. ތަންކޮޅެއް ތަގުވާވެރިވިނަމައެވެ. ނޫނީ ހަމަ އަންހެންކުދިންނާއި "ފްލާޓް"ނުކުރާނެ ގޮތަކީ ނެތްގޮތެކެވެ. ރަޖްވާ އަނދާފައި ހުރިއިރު ވެސް އޮމަރު އެކުއްޖާއަށްވެސް ބެލީ ޝައުގުވެރި ނަޒަރަކުންނެވެ. ޚުދު އޭނައަށްވެސް އޮމަރު އެފަދަ ޝައުގެއްނެތެވެ.

"އަހަރެން ވަރަށް ފޫހިވާކަމެއް ތިއީ..."

"ކޮބާ؟" ސަފާޔާ ކަންބޮޑުވިއެވެ.

"މާ ގަދަޔަށް ބެލުން. ފިރިހެނެއްނަމަވެސް ރަކިވާނެ ދޯ.............."

ސަފާޔާ ލަދުން މަރުނުވީ ކިރިޔާއެވެ. ނޭގިވެސް އޭނައަށް އޮމަރުގެ މޫނުން ނަޒަރު ވަކިނުކުރެވި އިނީއެވެ. ޒިޔާމްގެ މެސެޖެއް އެވަގުތު ފޯނަށް އައެވެ. ޒިޔާމްގެ އުދަގޫވެސް އެހާ ބޮޑެވެ. އިންޒާރުދީދީފައި ފަހުން މާފަށް އެދިފައި އަލުން ގުޅެން ބޭނުންކަމަށް ބުނެ އާދޭސްކުރަނީއެވެ. ޒިޔާމްއަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެކަމަށް ސަފާޔާ ހީކުރިއެވެ. ނަމަވެސް މިހާ އަވަހަކަށް ނޫނެވެ. ތިމާއަށް ސަފާޔާ ގެއްލުނުކަން އެނގުމާއެކު އެކަމާއި ހިތާމަކުރަން ފެށީއެވެ. ޒިޔާމްއަކީވެސް އަރަތެކެވެ.

"ކާކުގެ މެސެޖެއް؟ ހާދަ ވަރަކަށް ހާސް ތިވީ؟ ކުރީގެ ބޯއިފްރެންޑް؟"އޮމަރުއެކޭ ޖިންނިއެކޭ ތަފާތެއް ނެތެވެ. އެހާ އަވަހަށް އޭނައަށް މެސެޖް ފޮނުވި މީހާއާއި މޫނަށް ވެރިވި ކުލަވަރުން ހުރިހާކަމެއް ދެނެގެންފިއެވެ.

"ތެދަށް ބުނެފާނަން. އޭނައަށް ފިލަންވެގެން މި ކައިވެނި ކުރީ......."ސަފާޔާ އޮމަރުގެ މޫނަށް ބަލައިލިއެވެ.

"ގްރޭޓް....އަންހެންކުދިން އެކަހަލަ ކަންތައްތަކަށް ވަރަށް މޮޅުވާނެ.."

"އަހަރެން ރައްޓެވިހީ ޒިޔާމް ކިޔާ ކުއްޖަކާ...އޭނަ އަހަންނާއި ރައްޓެހިވެގެން އުޅެމުން ރަޖްވާކައިރިން އިންނަން އެހި.."

އޮމަރު ހިނިގަނޑެއް ޖަހައިލިއެވެ.

"އޭނަވެސް ވޯކްކުރަނީ އެއާޕޯޓްގައި..ޕައިލެޓެއް.."

"ފޮޓޯއެއް ދައްކަފާނަންތަ؟"

ސަފާޔާ އޭނަގެ ފޯނުގައި ހުރި ފޮޓޯތައް ދެއްކުމުން އޮމަރު ލޯ ހަނިކޮށްލައިގެން އިނީ ކޮންމެވެސް ކަމެއް ހަނދާންކުރާފަދަ ގޮތަކަށެވެ.

"އޯ....އަހަންނަށް ހީވަނީ މީނަ އެގިއްޖެއްހެން..ކޮންމެވެސް ގްރޫޕަކާއެކީގޮސް އެޕާޓްމެންޓަކަށްވަދެ މަޖާކުރަން ތިބޭ އަޑުއަހަން.."އޮމަރު ތަފްސީލް ކިޔާދޭކަށް ބޭނުމެއްނުވިއެވެ. ސަފާޔާއަށް އޭނަ އިތުބާރެއްނުކުރެއެވެ. މިކުއްޖާގެ ފަރާތުން ކަމުދާ ސިފައެއް ފެންނަނީއެއްވެސް ނޫނެވެ. ދީނާއި ބެހޭގޮތުން އޭނައަށް އެހާ އިލްމެއް ލިބިފައި ނެތަސް އޭނަ ދީނަށް އިހުތިރާމްކުރެއެވެ. ހިތުގައި ދީނަށް ލޯބިޖެހިފައިވެއެވެ. އަންހެންކުދިން މޫނު ބުރުގާ އަޅަން ޖެހޭނީ ސަފާޔާ ފަދައިން ހިތަށް އެރިވަގުތަކު ނޫނެވެ. އެހެން އުޅުނީމަ ނޭގިނަމަވެސް ދީނަށް ޖޯކުޖެހެނީ ނޫންހެއްޔެވެ؟ އެހާ މާތްކަން ދައްކަން އުޅެމުން ފިރިހެނުންނާއި ހިތާވުމުގައިވެސް ކުރީގައި އުޅޭ އަންހެންކުއްޖެކެވެ. ޒިޔާމްއަށް ފޮނި ދައްކަން އޭނަ އަތުއަޅުވައިލީވެސް ރަގަޅަށް ވެއްޖެއްޔާ އޭނަގެ ޚަބަރު ރަގަޅަށް އެނގިގެންނެވެ. އޭނަ މުއްސަދިވެފައި ޕައިލެޓަކަށްވީމައެވެ. އަންހެނުންނާއި ދުރަށް ދާން އުޅޭވަރަކަށް އަންހެނުންނަށް އޭނަ ކަމުދާވަރުންނެވެ. އެވެސް ހައިރާން ކުރުވާކަމެކެވެ.

އޮމަރުގެ ހިތް ސަފާޔާއަށްޓަކާ އިތުރަށް ފޫހިކުރުވިއެވެ.

ކޮންމެ މީހެއްގެވެސް މަޖުބޫރީތައް ވަނީ ނޫންހެއްޔެވެ؟ ސަފާޔާވެސް އޭނައާއި ކައިވެނިކުރީ ޒިޔާމްގެ ފަރާތުން ސަލާމަތްވުމަށެވެ. އޭނަ ކައިވެނިކުރީ އޭނަގެ މަންމައާއި ދުރަށް ދިޔުމަށެވެ. އިތުރު އެއްވެސް މަގުސަދެއްނެތެވެ.

"ފްލައިކުރުމަކީ އަހަރެންގެވެސް ޑްރީމްއެއް."

"އެއީ އުދަގޫކަމެއްނޫން..ދެން މަސައްކަތް ކުރަންވީނު..ޑްރީމް ކުރިޔަސް އަދި މަސައްކަތްނުކޮށް އެކަމެއް ފުރިހަމައެއްނުވާނެ....މޫނު ބުރުގާ އަޅައިގެން އިނަސް ސްކައިއެއާގައި މަސައްކަތްކުރެވޭނެ..އެއީ އެ އެއާލައިންގެ އެންމެ ޚާއްސަކަމަކީ.."

"އަހަރެން މޫނު ބުރުގާ ނާޅަމޭ...."

"އޯކޭ އޯކޭ.."

"އެނގޭތަ؟އަހަންނަކީ ރައިޓާއެއް. ރަޖްވާ އޮންލައިން ނޫސް ފެށީމަ އެނޫހަށް ލިޔަން މިއުޅެނީ.................."

"މަގޭ ވާހަކަ ލިޔަންވީނު. ސުޕަހިޓަކަށްވާނެ..އެ ސްޓޯރީގެ ނަމަކަށް ކިޔާނީ އޮމަރު..." އޮމަރު ހީލުމުން ކޯތާފަތަށް އެޅޭ އަޑިކޮޅަށްވެސް ސަފާޔާއަށް ބެލެމުން ދިޔައެވެ."ކޮން ޖޯންރާއަކަށް ސްޓޯރީ ލިޔަނީ؟"

"އިސްލާމިކް ސްޓޯރީސް. ދެން ކޮންމެވެސް ވަރަކަށް ޖިންނި އަދި ސައިކޮލޮޖިކަލް ބައިތައް ހިމެނޭ ވާހަކަތައްވެސް ލިޔާއުޅެން..."

"މަގޭ ވާހަކައިގާ ހުރިހާ ބަޔެއްހުންނާނެ...އިފް ޔޫ އާ އިންޓްރެސްޓެޑް މަގޭ ވާހަކަ ލިޔަން ދީފާނަން، އަގަށް....ބަޔޯގްރާފީ ލިޔަންޖެހޭނީވެސް އަގެއް ކަނޑައަޅާފައިދޯ........"

ދެމީހުން ކާންތިބިއިރު ކޮންމެވެސް ވަރަކަށް ވާހަކަދެކެވުނެވެ. ސަފާޔާއަށް އޮމަރު ފެނުނީ ވަރަށް "މިސްޓީރިޔަސް" ތަފާތު ޒުވާނެއްގެ ގޮތުގައެވެ. އެއީ އިތުރަށް އޮމަރުއަށް ހިތް ޖެއްސުވި ސިފައެކެވެ.

***

އޮމަރުއާއި ސަފާޔާގެ ކައިވެންޏަށްފަހު އުސައިމީންއާއި ސީތުގެ ކައިވެނީގެ ޕާޓީވެސް ކުލަގަދަކޮށް ރިޒޯޓެއްގައި ބޭއްވުނެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމާއި ހަމަޖެހުމެވެ. އޮމަރުއާއި އޭނަގެ މަންމަގެ ގުޅުންވެސް މީހުންގެ ކުރިމަތީގައި ވަރަށް ފުރިހަމައެވެ. ކިރިޔާ ވަގުތެއް ލިބޭއިރަށް ދެމީހުން ބަސްތަކުގެ ހަމަލާ ބަދަލުކުރެއެވެ. ސަފާޔާވެސް ހުންނަނީ ރަޖްވާއާއި އޮމަރުގެ އޮތް ގާތްކަމުން ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގައިގަނެ ބޭރުކުރާނެ ގޮތެއް ނޭގިފައެވެ. ސީތުގެ މޫނު އުޖާލާވެ އުފާވެރިކަމުން ލޯބަބުޅައެވެ. އާއިލާއާއި އެކުވެރިން އަދި މެހުމާނުންގެ ފަރާތުން ތައުރީފު އޮހުނުއިރު ޖަހާންގީރު ބޭނުންވިފަދައިން ހިތުންނުފިލާނެ ފަދަ ވަރުގަދަ ޕާޓީއެއް އޭނަގެ އުސައިމީންއަށް ދެވުނެވެ. އަމިއްލަ ދަރިއެއް ނޫންކަން ޔަގީންވާއިރުވެސް މެއެވެ.

އުސައިމީން ހަނދާންވީ އެންމެ ފަރާތެކެވެ. ޒޯޔާއެވެ. ޒޯޔާއަށް ޕާޓީއަށް ކާޑު ފޮނުވަން އުޅެފައިވެސް އެންމެ ފަހު ވަގުތު މެސެޖް ފޮހެވުނީއެވެ.

"ތެންކިއު އުސައިމީން. ދެން ވޯކް ޕްލޭސް ކުރިއަށްވުރެ ސްޓްރެސް ކުޑަވާނެ.." ސީތު އުސައިމީންގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ."މިރޭ ހަމަ ވަރަށް އުފާވެއްޖެ..........."

"ސީތުވެސް އަހަރެންދެކެ ލޯބިވާކަމަށް ހެދެނީ. ކިހިނެއް ގަބޫލުކުރާނީ؟ އޭނަވެސް އެރެންޖް މެރިޖުން ސަލާމަތްވާންވެގެން އަހަރެން ޔޫޒްކުރީ..."އުސައިމީންގެ ވިސްނުމުގައި ވީ ނާއުއްމީދީ ގޮތެކެވެ.

***

ޖާރިދް ކޮޓަރިން ފެނުމުން ރަޖްވާއަށް ހީވީ ހުވަފެނެއް ފެނުނުހެންނެވެ. ބިރުންގޮސް ހިތް ތެޅިގަތުމާއެކު މޫނާއި އެއްކޮށް ރަޖާ އަޅާފައި ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އިނީ ހިރިލާންވެސް ނޭގިފައެވެ. ކޮޓަރީގެ ދޮރު ލައްޕާނުލާ ނިދަން އޮންނަނީވެސް އެކަނި އޮންނަން ކޮންމެވެސް ވަރަކަށް ބިރުގަނެ ނުބައި ހުވަފެންތަކުން ސަލާމަތްވާންވެގެން ދުވެވޭނީވެސް ދޮރު ހުޅުވާފައި ހުރިކަމަށް ގަބޫލުކުރެވޭތީއެވެ.

"ފުރޭތައެއްކަމަށް ހީކޮށްތަ؟ ފެއިންޓްނުވާތީ. އަހަންނަކީ ހަމަ ރަޖްވާގެ ހަޒްބެންޑް............................"

ކޮމެންޓް 0