"އިސްތިއުމާރާއި ދެކޮޅަށް ހަމާސްއިން ކުރާ ޖިހާދު ހުއްޓުވޭނެ އެއްވެސް ބާރެއް ދުނިޔޭގައި ނެތްކަމަށާއި، ހަމާސްއިން ކުރަމުންދަނީ ޖިހާދެއްކަމަށާއި، ޖިހާދުގައި އޮންނަނީ ޝަހީދުވުން ނޫނީ ނަސްރު ލިބުންކަމަށް އަބޫ އުބައިދާ ވިދާޅުވިއެވެ."
***
ގާޒީ ކައިވެނިކޮށްދެމުންގޮސް ރަޖްވާގެ ނަމުގެ ބަދަލުގައި އެހެން ނަމެއްކިޔުމުން ރަޖްވާގެ ބޭބެމެންނާއި އެހެން ބައެއް އާއިލާ މީހުންވެސް ހުއްޓުންއެރިއެވެ.ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ.ގަނޑުފެން ފަދައިން މުޅި ހަށިގަނޑުގައި ދުވެލީ ޝޮކްގެ ރާޅުތަކެވެ. ރަޖްވާގެ ބަދަލުގައި ނިގާބުގައި އިނީ ހަމަ އެގޭގައި ޚާދިމާއަކަށް ހުންނަ ސަފާޔާ ހެއްޔެވެ؟ ބައްޕައަށް ގޮންޖަހާފައި ރަޖްވާވެސް އެކަމަށް އެއްބަސްވީހެއްޔެވެ؟
ރަޖްވާ މީހުންތަކުގެ ތެރެއިން ފުރޭނެމުންގޮސް ކޮރިޑޯ ހުރަސްކޮށް ގޮސް އޭނަގެ ކޮޓަރިއަށް ވަންނާން އުޅެނިކޮށް ފަހަތުން އައިސް ރުސްލާންއާއި އިމްކާން އަރާ ހަމަކުރިއެވެ. އެންމެން އެއްކޮށްހެން ހިނގާފައި އައުމުން އަރްސަމް އުސައިމީން އަދި ޖޫދުވެސް ދޮރުމަތީގައި މަޑުކޮށްލިއެވެ.
"ރަޖްވާ...ބައްޕައަށް އެނގޭތަ؟"ރުސްލާން އެހިއެވެ.
"އެއްވެސް މީހެއްގެ ގާތު ނުބުނަން. އެކަމަކު ހީވަނީ މިހާރު ބައްޕައަށް އެނގޭނެހެން............." ރަޖްވާ ހަށިގަނޑު ސީދާކޮށްލަމުން ހަށަން ބަދެލިއެވެ."ޕްލީޒް ގައިސް....އައި ނޯ...މިއީ ކުށެއް. ބައްޕައަށް އޮޅުވައިލާކަށް ނުވާނެ. އެކަމަކު ހަމަ ނޫނެކޭ ބުނަން ނުކެރުނީ. ސަފާޔާ ކޭމް ޓު މައި ރެސްކިއު...ބައްޕަ ދެރަކޮށްލަން ނުކެރުނީ. ނޫނެކޭ ބުނަން ކިހިނެއް ފަސޭހަވާނީ؟."
"ރަޖްވާ ހެދިގޮތުން ބައްޕައަށް މާ ބޮޑަށް ހާޓްވާނެ...އަނެއް އާއިލާޔޯ؟ އޮމަރުގެ އާއިލާ އިން ކިހާ މައްސަލަ ޖައްސާނެ.." އިމްކާން މޭޒަށް ލެނގިލައިގެން ހުއްޓުނެވެ. ރަޖްވާ ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ވާސްގައި ހުރި މާތަކާއި ކުޅެންފެށިއެވެ.
"އެކަމަކު ކީއްވެ.؟"ރުސްލާން ބުމަ ކައިރިކޮށްލިއެވެ.
"ސަބަބަކީ އައިމް ނޮޓް ރެޑީ....ޒިޔާމް އެހެން ހެދީމަ އެހެން މީހަކަށް ޓްރަސްޓްކުރެވޭނީ ކިހިނެއް؟"
"އެހެންވެ ޕާޓީ ކާޑު އަދިވެސް ނުބަހަނީ ދޯ....ކާޑު ދައްކަން ބުނީމަވެސް އޮމަރުމެންގެ ސައިޑުންނޯ އެކަންތައް ކުރަނީ ކިޔާފައި އޮޅުވައިލީ...ނޮޓް ބޭޑް.."ޖޫދު ސޯފާއަށް ވެއްޓިގަތެވެ."އެންމެން މިހާ އުފާވެފައިތިއްބާ ހާޓްބްރޭކް މިވީ............"
"މަށަށް މޮޅީ ސަފާޔާ....ބިރެއްވެސް ނުގަތް..."
"ސަފާގެ ކުށެއްނެތް. ޝީ ސޭވްޑް މީ...ރިއަލީ." ރަޖްވާ ދިފާއުކުރިއެވެ.
"ބައްޕަގެ ބިޒިނަސް ޕާޓްނާއާއި ބައްޕަ ގެ ރިލެޝަނަށް ދެން ވާނީ ކިހިނެއް؟ ސީރިޔަސް އިޝޫއަކަށް އަދި މީތިވާނެ.."
"އިޝޫއަކަށްނުވެ ހުރިހާ ފަރާތަކުން ކޮމްޕްރޮމައިޒް ކުރުމަކީ އެންމެނަށް ލިބޭނެ ހިތްހަމަޖެހުމަކަށްވާނެ..މިހާރު ދާންވެއްޖެ. ގާލްސްއިން ވަކިން މިހާރުން ފެށިގެން.....އެ ބަޔަށް ދެން ބްރައިޑްގެ ބަރްދާސްއަކަށްވެސް ނުވަދެވޭނެ............"ރަޖްވާ ހިނިގަނޑެއް ޖަހާލާފައި ދާން ހިނގައިގަންނަމުން ޖޫދު އަތުގައި ހިފާ ދަމައިލިއެވެ."ޖޫދު...ސަފާއަކީވެސް ހަމަ ފެމިލީ...އެހެންވީމަ ސަފާއަށްޓަކާ މިރޭ ހިނިތުންވައިގެން ތިބެންވާނީ........"
އަރްސަމް ދޮރުމަތީގައި ފޯނާއި ކުޅެން ހުއްޓާ އަބާޔާގައި ހުރި ހުދުދޮންކުލައިގެ އަންހެންކުއްޖަކު ކޮރިޑޯއިން އަންނަތަން ފެނުނެވެ. އެކުއްޖާގެ ނަޒަރު އަރްސަމްގެ މޫނަށް ހުއްޓުނެވެ.
"އާންޔާ......." އަންދަލާ ފަހަތުން އަންނަމުން ގޮވައިލިއެވެ.
"ލައްބަ މަންމާ...." އާންޔާގެ ފިޔަވަޅުތައް ހުއްޓުނެވެ.
"މަންމަ މިއައީ ދެކުދިން ރަސްމީކޮށް ތައާރަފުކޮށްދޭން.."ދޮރުމަތީގައި ހުރި އަރްސަމްއަށް ފުޅާ ހިނިތުންވުމެއް ދެމުން އެހެން ބުނެލިއަޑަށް އެހެން ޒުވާނުންތަކެއްވެސް ދޮރުމައްޗަށް ނުކުތެވެ. އަންދަލާ އަރްސަމްއާއި އާންޔާ އެކަކު އަނެކަކަށް ތައާރަފުކޮށްދިނުމުން އެހެން ޒުވާނުންނާއި ރަޖްވާއަށްވެސް އެކަން މަޖާވިއެވެ.
"ދެން އޮންނާނީ މި ކައިވެނިކަން ނޭގޭ...."އަންދަލާ އަރްސަމްގެ އަތުގެ މުލައްދަޑީގައި ފިރުމައިލިއެވެ.
"މަންމާ...."އާންޔާ ކަންބޮޑުވުމާއި ހާސްކަމައެކު ގޮވައިލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އައިކޮޅަށް ހިނގައިގަތެވެ.
"އާންޔާ ވަރަށް ލަދުރަކިވާނެ."
އަރްސަމް ހިނިތުންވުމަކުން ފުއްދައިލިއިރު ޖަވާބު ދިނީ ރަޖްވާއެވެ." ތިހެންވިއްޔާ ދޮންބެއާއި އާންޔާ ހަމަ ވަރަށް ގުޅޭ. ދޮންބެ އަންހެންކުއްޖަކަށްވުރެ ޝައި..............."
"އަޅުގަނޑު އެހެން ނުބުނާނަން. ޝައިއެކޭ. ސީރިޔަސް ޓައިޕް."ޖޫދު އަށް ހިމޭނަކުން ނުހުރެވުނެވެ.
"އަދި ބައްޕަ ތިކަހަލަ ވާހަކައެއް ނުދައްކަވާ. އަނެއްކާ އެހެން ކުއްޖަކާއި ހަމަޖައްސަން ކަމަށްވެސް ވެދާނެ. އައިމް...އައި ވޯޒް މެރީޑް....އެންޑް ޔޯ ޑޯޓާ ލުކްސް ސޯ ޔަންގް............"އަރްސަމްގެ ހިނިތުންވުން ފޭދި ތަންކޮޅެއް ސީރިޔަސްވިއެވެ. ރަޖްވާ ބުންޏަސް އޭނަގެ ލަދުރަކިކަމަށްވުރެ ޝަޚުސިއްޔަތުގައިވަނީ ސީރިޔަސްކަމެވެ. އާންޔާފަދަ ހަލަނި ކުއްޖަކަށް އަރްސަމްގެ އެ މިޒާޖު ކަމުނުގޮސްދާނެއެވެ.
"ނޫނޭ ހަމަ ޖަހާންގީރު އަރްސަމްގެ ވާހަކަ ދެއްކެވީ..އަރްސަމްގެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާވެސް އާންޔާއަށް އެނގޭ..." އަންދަލާ ބުނެލިއެވެ."އެކަމަކުވެސް އަރްސަމްއާއި ކައިވެނިކުރަން އެއްބަސްވި. ވަރަށް ބަސްއަހާ ކިޔަމަންތެރި އަޅުވެރިކުއްޖެއް. އޭނަގެ ބޭބެއެކޭ ތަފާތެއްނެތް. އޮމަރުވެސް ހަމަ އެހެން..."
"އަދި ތިކަހަލަ ވިސްނުމެއްނެތް. އެކަމަކު ބައްޕަ ތިޚިޔާލު ފައުޅުކޮށްފިއްޔާ ވިސްނާލަން ޖެހޭނީ. އެކްސްކިއުޒް މީ.."ފޯނެއް އައިސްގެން އަރްސަމް ދުރަށް ދާން ހިނގައިގަތެވެ.
***
ކައިވެނީގެ ރަސްމިއްޔާތަށްފަހު އެންމެން އެކީ ކެއުމަށްފަހު ފޮޓޯ ސެޝަނެއްއޮތެވެ. އެކަންތައްތަކުން ނިމުނުއިރު ސަފާޔާގެ ދެފައި ވާޅުވެ ވަރުބަލިވެ ލޮޑުވާވަރުވިއެވެ. އޭނަ ރަޖްވާ ގާތުގައި އެވާހަކަދައްކާފައި ރަޖްވާއާއެކު ގޮސް އެކޮޓަރީގައި އެކަނިވެލިއެވެ. އޮމަރުގެ ގެއަށް ނުގޮސް މިގޭގައި ހުންނަން އޭނަ އެއްބަސްވިކަމީވެސް އޭނަގެ ހިތްތިރިކަން ކަމުގައި ބުނެ ދެކުދިންގެ ތައުރީފު އޮހުނެވެ.
"ވަރަށް ރަގަޅު ހަޒްބެންޑެއް މިލިބުނީ...ވަރަށް ސްމާޓް. ހެންޑްސަމް..ތެންކިއު ޖީޖީ.."ސަފާޔާ ރަޖްވާގެ ކޮނޑަށް އަތް ވައްޓައިލިއެވެ.
***
އަންދަލާ ސަފާޔާ ކޮޓަރިއަށް ވަދެފައި އާންޔާމެން ކުރި މަސައްކަތް ބަލަން ހުރިއިރު ހިތުގައި ތައުރީފު އުފެދުނެވެ. ކޮޓަރީގައި ވަނީ ރަތް ފިނިފެންމަލުގެ ބޯ ދޫލައެކެވެ. އެނދުގައިވެސް ރަތްކުލައިގެ ފިޔަތަކުން ހިތެއް ހަދާފައި މަރުހަބާ ޖަހާފައިވާއިރު ރަތްކުލައިގެ ފުއްޕާހަންތަކާއިއެކު އެލުވިފައި ހުރި ފަށްތަކުން ރީތިކަން އެތައް ގުނައިތުރުކޮށް ދެއެވެ. ބިއްލޫރި ކަންވާރުތަކުގެ ތެރޭގައި ދިއްލާލާފައިވާ އުއްބައްތިތަކުގެ އަލިން ލޮލަށް ފިނިކަން ގެނެސްދެއެވެ. އޮމަރުއާއި ސަފާޔާ އެކީގައި އައިސް ކޮޓަރިއަށް ވަންއިރު މަރުހަބާ ކިޔަން އޮމަރުގެ މަންމަ ހުރިތަން ފެނުމުން ސަފާޔާ ހިނިތުންވެލިއެވެ. އޭރު އާންޔާއާއި ރަޖްވާވެސް ފޮޓޯނަގާ ވީޑިއޯކުރަމުން ދިޔައެވެ.
"އޮމަރު. ޕާޓީ ރެއަށްވިޔަސް މަންމަމެން ގެއަށް ލާފައި އަންނަންވީނު...ބައްޕައާއި އޮރްހާންވެސް މާ އަވަހަށް ގޮއްސި....."
"އޯލްރައިޓް..."
އޮމަރު މަންމައަށް ކިޔަމަންތެރިކަމުން ސަފާޔާގެ ހިތުގައި އިތުރު ގަދަރެއް ދެވުނެވެ. ރަޖްވާއާއި ދެކުދިން ހިނިތުންވުމެއް ބައްދަލުކުރިއެވެ.
***
ގެއާއި ހަމައިން އާންޔާ އިތުރު އެއްޗެއް ނުބުނެ ކާރުން ފައިބައިގެން ދިޔުމާއެކު އޮމަރުއާއި އޭނަގެ މަންމަ އެކަނިވިއެވެ.
"މާ ރީތިކަމެއްނޫން ތިކުރީ. އެކަމަކުވެސް އަހަރެން އެއްޗެކޭ ނުބުނީ ދީނީ ތާކިހާ އަޅައިގެން ހުއްޓަސް ތިއީ އިބުލީހުގެ ލާހިދަރިކަން އެނގޭތީ. ކޮންމެ އަންހެނަކާއި އެކީވިޔަސް ކަލޭ މިގެއިން ބޭރުނުކުރެވިގެން އަހަރެން ހުރީ. ގޮތެއްފޮތެއްނެތް ދަރިއަކަށް ވީތީ...އާންޔާއާއި އަޅައިގަނެގެން ކުޑައިރުއްސުރެ އުޅުނީ....ކިހާ ގޮތްކުޑަ..އެންމެ ފުރަތަމަ އާންޔާ ފެނުނުއިރަށް ބުނެފިޔޭ ތިމަންނަގެ ކޮއްކޮއެއްނޫނޭ. މަގޭ ބަނޑުން ވިހޭ ދަރިއަކާއިމެދު އޭނަގެ ބޭބެ އެގޮތަށް ދެކެންފެށީ ކުޑަކުޑައިރުވެސް...ކަލޭ ކަހަލަ ނުބައި ނުލަފާ ދަރިއެއް ވިހުނު ކަމަށްޓަކާ ހިތާމަކުރެވުނު އަދަދެއްވެސް ނޭގޭ..އަމިއްލަ ކޮއްކޮއަކާއި ހިތާވެގެން އުޅޭނީ ކޮންކަހަލަ ނުބައި ނުލަފާ ޝައިތާނެއް..އެކޮއްކޮ މީހަކަށް ފެނިދާނެތީ ބިރުން ކަލޭ އެކުއްޖާ ދުނިޔެއަށް ފޮރުވަން އަބާޔާ ލެއްވީވެސް. އެންމެނަށް ހީވާނެ އަޅުވެެރިއެކޭ...." އަންދަލާ ދަތްތަކަށް ބާރުލާފައި ކިޔައިލިއެވެ.
"މަށަށް މާތް ރަސްކަލާނގެ ދެއްވި މަންމަހާ މާތް ރަގަޅު އަންހެނެއް ދުނިޔޭގައި ނުހުންނާނެ. އާންޔާއާއި އަޅައިގަނެގެންނޭ އަބަދު ކިޔާއިރު ހެއްކެއް ދައްކަބަލަ. މަންމައެއްގެ ހައިސިއްޔަތުން ތިހެން ބުނަން މަންމައަށް ކެރޭތީ ޝުކުރު........" އޮމަރު މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
އޮމަރުއާއި އޭނަގެ މަންމަގެ އޮންނަ ގުޅުން ގިނަފަހަރު ކޮއްކޮމެނަށްވެސް ރޭކާނުލައެވެ. ސަބަބަކީ އެންމެންގެ ކުރިމަތީގައި ދެމީހުންވެސް ހަގީގަތް ފޮރުވަން މަސައްކަތްކުރާތީއެވެ.
އެންމެންގެ ކުރިމަތީގައި ކޮންމެ އިންސާނަކުވެސް ދައްކާނީ ގިނަފަހަރު ތިމާގެ ހުންނަ ރަގަޅު ސިފަތަކެވެ. ފުރާނައިގެ ކަޅުކަމާއި ޝައިތާނީކަން އޮންނަނީ ފޮރުވިފައެވެ.
ނުނިމޭ