"ގިޔާމަތް ދުވަހު އެކަމާއިމެދު އެންމެ ބޮޑަށް ހިތާމަކުރާނެ އެއްކަމަކީ ދުނިޔެމަތީގައި ބޭކާރުކޮށްފައިވާ ވަގުތެވެ. ނަމާދު ގާއިމުކުރުމަށްފަހު ޒިކުރުކުރުމާއި ދުޢާކުރުން ގުރުއާން ކިޔެވުން އަދި ސަލަވާތްކިޔެވުން މަތީގައި ދެމިހުންނާށެވެ. އަދި ގިނައިން ދީނީ އިލްމުހޯދަން މަސައްކަތްކުރާށެވެ."

***

"ރަޖްވާގެ ބަދަލުގައި އަހަރެން ދަންތަ؟"

"ތިބުނީ؟" ރަޖްވާ ބުމަ އަރުވައިލިއެވެ.

"ދެމީހުންވެސް ނިގާބު އަޅައިގެން ތިބީމަ ވަކިކުރާކަށް ނޭގޭނެ ތާ...ސޯ ރަޖްވާގެ ބަދަލުގައި އަހަރެން އޮމަރުއާއި މެރީކުރުން ކިހިނެއްވާނެ؟ އަހަރެންވެސް ބޭނުން އެފަދަ ރަގަޅުކުއްޖެއް.އޭނަ އަކީ ޝޭޚެއްހެން މަށަށް ހީވަނީ.."

"ސަފާ ކީއްވެ ތިހެން ވާން ބޭނުމީ؟"

"ތެދަށް ބުނަންޏާ އަހަރެންގެ ބޯއިފްރެންޑްވެސް ބިޓްރޭކުރީމަ މިހާރު ބޭނުންވަނީ އެހެން ފަރާތަކާއި ގުޅެން. އަދި ރަޖްވާ ސަލާމަތްކޮށްދޭން މިވަގުތު ސެކްރިފައިސްވާން މިހިރީ. އަހަންނަށް ދިރިއުޅުމެއް ލިބުނީ އަދި ފެމިލީ އެނގުނީ މަގޭ ލޯބި ކަޒިން ރަޖްވާއާއިހެދި...އަލްހަމްދުލިﷲ.."ސަފާޔާ ރަޖްވާގެ އަތުގައި ހިފައިލިއެވެ.

"ބައްޕައަށް އެނގިލައްވައިފިއްޔާ ބޮޑު މައްސަލައަކަށްވާނީ."

"ނޭގޭނެއްނު.."

"އެންގޭޖެމެންޓް އޯކޭ އެކަމަކު ކައިވެނީގެ ފޯމުގައި އިންނާނީ ހަމަ ރަޖްވާގެ ނަން.އައިޑީކާޑުވެސް ހޯދާނެ. އެހިސާބަށްދާއިރު އެކަން ސިއްރުކުރުމަކީ ކުރެވޭނެކަމެއްނޫން.." ރަޖްވާ ބުނެދިނެވެ.

"ކައިވެންޏާއި ހަމަޔަށް ނުގޮސް އެހިސާބުން އެ ކައިވެނި ކެންސަލްކުރާވަރުވެސް ކޮށްލެވިދާނެ. ޑޯންޓް ވޮރީ. އަހަރެންގެ އަތް މައްޗަށް މިކަން ދޫކޮށްލާ. ބަސްޓްވީމަ ހުރިހާ ބްލޭމެއް ނަގާފާނަން.."

ދެކުދިން ވާހަކަދައްކާ އެއްބަސްވުމަކަށް އައުމަށްފަހު ގެއަށް އައިސް އުޅުނީ އެހެން ދުވަހެކޭ އެއްފަދައިންނެވެ. ދެކުދިންގެ ރޭވުމުގެ ހިލަމެއްނުވެ އެގޭތެރޭގައި ރަޖްވާގެ އެންގޭޖްމެންޓަށްޓަކާ ވާންޖެހޭ ތައްޔާރީތައް ވެވެމުން ދިޔައެވެ. ރަޖްވާއަށް ހެދުމެއް ގަންނަން އޯޑަރުކޮށް އިނގިލީގެ މިންވެސް ނެގިއެވެ. އޮމަރުގެ މަންމަމެންނާއިއެކު ކޮއްކޮ އާންޔާ އަދި ބޮޑުދައިތަވެސް އެގެއަށް އައިސް ރަޖްވާގެ މޫނު ދެކެލަން އެދުމުން އޭނަ ބުނީ އަދި ނުކެރޭނެކަމުގައެވެ. އޮމަރުއަށް ރޭގަނޑު ކެއުމަކަށްވެސް ދައުވަތު ލިބުނެވެ.

***

ރަޖްވާގެ "ބޮޑު ދުވަހަށް" އާއިލާ ތައްޔާރުވަމުން ދަނިކޮށް އުސައިމީންވެސް އޭނަ ކައިވެނިކުރަން އުޅޭކަން އާއިލާއަށް އެންގިއެވެ.

"އަޅުގަނޑު ބޭނުމީ ކޯޓުގައި ކައިވެނިކޮށްލަން.."

"ތިއީ އެކަށީގެންވާގޮތެއްނޫން..އެހެން ކުދިންނެކޭ ތަފާތެއްނުކުރާނަން. އުސައިމީންގެ ކައިވެނީގެ ވަލީމާވެސް ހިތްތަކުން ނުފިލާވަރުކޮށްލާފައި މީހުން އެތައް ދުވަހަކަށް އެވާހަކަދައްކާނެ ފެންވަރުގެ ވަރުގަދަ ތަލިން ކުޅުހިކޭވަރުގެ ޕާޓީއެއްވެސް ދޭނަން އިންޝާﷲ..ބައްޕަމެންނާއިވެސް އެކުއްޖާގެ އާއިލާއާއި ބައްދަލުކުރުވަންވާނެއްނު..."

އުސައިމީން ދެކޮޅުހަދަން އުޅެފައިވެސް ބައްޕަގެ މޫނަށް ވެރިވި ކުލަވަރު ފެނުމުން ޖެހިލުންވިއެވެ.

"އޭނަގެ އާއިލާއިން ގަބޫލެއްނޫން.."

"ނަމްބަރު ދީ...ގަބޫލުނުވާން ޖެހޭ ސަބަބެއް އޮޅުން ފިލުވަފާނަން.."ޖަހާންގީރު އެދުނެވެ."އެކަމަކު މަންމަ އައުމުން ކައިވެނިކުރަންވާނީ. އެއީވެސް ބައްޕަގެ ޝަރުތެއް..."

ސީތުގެ ބައްޕަ ސަރްމަދުއަށް ޖަހާންގީރު ގުޅައިގެން ވާހަކަދެއްކުމާއެކު ސަރްމަދްވެސް އެކައިވެންޏަށް އެއްބަސްވިއެވެ. ޖަހާންގީރުގެ ފަރާތުން އެގޮތަށް އެއްބާރުލުން ލިބިދާނެކަމަށް އޭނަވެސް ހިޔެއްނުކުރެއެވެ. އެހާ އޮމާންކޮށް ދިރިއުޅުމުގެ ކޮންމެ ކަމެއް ނިމުމަކީ އަތުވެދާނެ ކޮޅިގަނޑެއްގެވެސް އިންޒާރެކެވެ.

***

އުސައިމީން ބިއްލޫރި ބިތްގަނޑުކައިރީ ބަލަން ހުރީ ރަންވޭއަށެވެ. މިއަދުވެސް އޭނަގެ އަތުން ވަރުގަދަ ކާރިސާއެއް ނުހިނގާ ސަލާމަތްވީ ﷲގެ ރަހުމަތެކެވެ. ވައިގެތެރޭގައި ދެ ފްލައިޓް މުޑިނޭރީ ހަމަ ކިރިޔަކިރިޔާއެވެ. އަދިވެސް ހިތުގެ ހިނގުން މުޅިއަކުން ހަމަޔަކަށް ނޭޅެއެވެ.

"ކީއްވެ މިއަދު ޑިއުޓީއަށް ނައީ؟"އުސައިމީން ސީތުއަށް މެސެޖްކޮށްލިއެވެ.

"ކައިވެންޏަށް ތައްޔާރުވާންވެގެން ޗުއްޓީ ނެގީ...."

"އެހެންތަ؟ އޯކޭ ޓޭކް ކެއާ.."

އުސައިމީން ފޯނު ބޭއްވިތަނާ ތާރިކް ކަޅުކޮފީތަށްޓެއް ދިއްކޮށްލިއެވެ."އިޓް ވިލް މޭކް ޔޫ ފީލް ބެޓާރ.."

"އަހަންނަށް ނޭގޭ...މަގޭ އަތުން ގޯހެއް ހެދިފައިކަން ނޭގޭ ފިލާވަޅެއް ލިބޭނީ...ބޮޑު އެކްސިޑެންޓެއް....."

"ތިހާ ނެގެޓިވް ތިންކިން އޯކޭ އެއްނޫން. ސީރިޔަސްކޮށް މިބުނަނީ. ތިހެން ނުވިސްނާ... ކޮންސެންޓްރޭޓްކުރަން ސިކުނޑި މުޅިން އެކަމަށް ހުސްކުރާންޖެހޭ ޒިންމާދާރު މަގާމެއްގައި، ރިސްކީ ޖޮބެއްގައި ތިހުންނަނީ...ސޯ ސްޓްރެސްފްރީ ވެލާންޖެހޭނީ. ކަޅުކޮފީ ބޯންފެށީމަ އޭގެ ފައިދާ ދުވަސްކޮޅަކުން ފެންނާނެ. ޓްރަސްޓްމީ....ކޮންއިރަކުން ކައިވެނި؟"

"ބައްޕަ ނިންމާ ދުވަހަކަށް އޯކޭ އޭ ބުނެފިން..."

"އެޑޮޕްޓިވް ފާދާ އެކޯ އެންމެން އެކިޔާ ސަބަބެއް ނޭގޭ. ފެމިލީއާއި ވައްތަރުނުވެ ކުދިން ތިބުމަކީ އަދި އެ ބައްޕަގެ ދަރިއަކަށްނުވުމެއް ނޫނެއްނު..ބައްޕަ އަމިއްލަ ދަރިއެއް ނޫންނަމަ ތިހާ ލޯބިވާނެ ކަމަަކަށް ތިހާ ކެއާ ކުރާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވޭ. އަހަރެންގެ ބައްޕަވެސް ތިވަރަށް އޯގާތެރިއެއްނޫން......."ތާރިކް އުސައިމީންއަށް ހިތްވަރު ދިނެވެ.

އުސައިމީން އެކުވެރިން ގާތު ބުނެދޭނީވެސް ކިހިނެއްހެއްޔެވެ؟ އެކަން ޔަގީންވީ ޑީއެންއޭ ޓެސްޓަކުންނެވެ. ލެބޯޓްރީއަށް އިތުބާރުނުކޮށް ކިޓެއް ގަނެގެންވެސް އޭނަ އަމިއްލައަށް ޓެސްޓްހެދިއެވެ. ބައްޕައަކީ ޖަހާންގީރު ނޫންކަން އެ ޓެސްޓުންވެސް ޔަގީންވުމުން އޭނަގެ ހިތް ކުދިކުދިވިއެވެ. އޭރު އުމުރުން ހަގުވިނަމަވެސް އާއިލާއަށް އެކަމުން ލިބުނު ޝޮކާއިއެކު މަންމަގެ ހިމާޔަތުގެ އަތް ބޯމަތިން އަބަދަށްޓަކާ ގެއްލިގެން ދިޔުމުން ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. އެތައް ދުވަހެއްވާންދެން އޭނަ ކަރުނަ އޮއްސިއެވެ. އަދިވެސް އެމަންމަގެ ހަނދާންތަކުގައި ލޮލުން ކަރުނަ ނުހިކެއެވެ. މަންމަ ދުނިޔޭގައި ހުއްޓަސް އެމީހުންނަށްޓަކާ މަރުވެގެން ދިޔައީއެވެ. އޭނަގެ ސަބަބުންނެވެ. އެހެންމީހުންގެ ނަޒަރުގައި ކުށްވެރިއަކީ މަންމައެވެ. ސީތުއަށް އެހީވާން އޭނަ ނިންމީވެސް އެހެންވެއެވެ. ނަމަވެސް އެކުރެވުނީ ރަގަޅުކަމެއްހެއްޔެވެ؟ ނަސްލު އޮޅުވައިލަން ހިތްވަރެއް ދެވުނީއެވެ.

***

ސަފާޔާ ހާލާގެ ކޮޓަރިތެރޭގައި ހުރި ކްރިސްޓަލް ވާސްގައި ފިޔާތޮށި ފިނިފެންމާތައް ޖަހާ ފުރައިލުމުން މަލުގެ މީރުވަސް ކޮޓަރީގެ އާ ވަހާއެކުވިއެވެ. ރީތި ފަރުނީޗަރުތަކާއެކު ކޮޓަރީގެ ފިނިކަމާއި މީރުވަހުން ކޮންމެ އަންހެންކުއްޖެއްގެވެސް ހުވަފެނީ ކޮޓަރިކަމުގައިވާނެކަން ޔަގީނެވެ. ބޭރުން ވާހަކަތައްކާ އަޑުއިވުމުންވެސް ސަފާޔާގެ ހަތަރެސްފައި އިތުރަށް ފިނިވެލިއެވެ. އެތައް އަހަރެއްފަހުން އޭނަގެ މަންމަ ފެނި އެ އަޑު ކަންފަތުގައި ޖެހެން އުޅުމަކީ ހިތަށް އެތައް އަސަރުތަކެއް ކުރުވާނެކަމެއްކަން އޭނައަށް އެނގެއެވެ. ދެމިނިޓް ނުވަނީސް ރަޖްވާ އޭނަގެ ބޮޑުދައިތަ ހާލާގެ އަތުގައި ހިފައިގެން ގެނެސް ކޮޓަރިއަށް ވެއްދިއެވެ. ސަފާޔާވެސް ސިހުނީ އޭނަގެ މަންމަވެސް ނިގާބުގައި ހުރިތަން ފެނުމުންނެވެ. މަންމަ އެހާ ދީނީ މީހަކީހެއްޔެވެ؟ ނޫނީ އޭނަ ފަދައިން ދުނިޔެއަށް ފިލައިގެން އުޅެން މަންމަވެސް ނިގާބުގެ ފަރުދާ ވައްޓާލީހެއްޔެވެ؟ ހިތުގައި ސުވާލު ފުނިތަކެއް ޖެހުނެވެ.

ހާލާ ސަލާމް ގޮވައިލުމާއެކު ސަފާޔާގެ ލޮލުން ކަރުނަ ހިލުނެވެ.

"މަންމާ..."އޭނަގެ ހިތް ގޮވައިލިނަމަވެސް ދުލުގެ ހަރަކާތެއް ނެތެވެ. ގަނޑުވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ހިތް އެދުނީ ދުވެފައި ގޮސް އެއަތުގެ ހިމާޔަތުގެ ތެރެއަށް ވަނުމަށެވެ. މޭގައި ބޯ އަޅާލުމަށްފަހު ހުރިހާ ކަރުނަތައް ބަންޑުންކޮށްލުމަށެވެ. ހިތުގެ ހުރިހާ ޝަކުވާއެއް އޮއްސައިލުމަށެވެ. މަންމައަކީ އަންހެންކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ރަހުމަތެވެ. އެންމެ އަގުހުރި ހަދިޔާއެވެ. އެންމެ ގާތް އެކުވެރިޔާއެވެ.

"މިއީ ކޮންކުއްޖެއް؟"ހާލާ އަތް ދަބަސް އެނދުމަތީގައި ބެހެއްޓިއެވެ.

"އަތްގާތްކޮށްލަދޭންވެގެން ގެނައި ކުއްޖެއް. ސަފާ..........."ސަފާޔާ ބޭނުންވިގޮތަށް ޚާދިމާއެކޭ ބުނަން ރަޖްވާ ފަސްޖެހުނެވެ.

"ހާލާ އާންޓް...މި ރޫމް ކިހިނެއް؟"

"ސަފާ..އިހަށް ބޭރަށް ގޮސްފާނަންތަ؟ " ހާލާ އެދުނެވެ.

ސަފާޔާ ބޭރަށް ލާފައި ހާލާ ރަޖްވާ ގާތު ބުނަން އުޅުނު ސިއްރު އަހާހިތުން އޭނަގެ ހިތް ބޭގަރާރުވިއެވެ. ދޮރުމަތީގައި ކުރިކާލިކަނޑަން ހުއްޓާ އޭނަގެ ފޯނަށް މެސެޖެއްއައެވެ. ޒިޔާމްގެ ހިތްވަރާއިމެދު އޭނަ ހަމަ ހައިރާންވިއެވެ. އޭނައަށް އެންމެ އަންހެންކުއްޖަކުން ފުދިގެން ހުންނާނެ ދުވަހެއް ހަޔާތުގައި އަންނާނެބާވައެވެ. މި ފިރިހެނުންނަކީ އަޖައިބެއްކަހަލަ ބަޔެކެވެ. ހުރިހާ ކަމެއް ފުރިހަމަ އަންހެންކުއްޖަކު މިއޮތް ބޮޑު ކާއިނާތުން ލިބުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ތެދުވެރި ޚުލްގު ރަގަޅު ދީންވެރި ބައިވެރިޔަކު ހޯދައިގެން ރަގަޅު ހަޔާތެއް ބޭނުންކުރަންވީމަ އޭނަވެސް ނަގާ އެއްލައިލީއެވެ. އެއްވެސް ކުށެއްނެތިއެވެ.

***

ރަޖްވާގެ ގާތު ހާލާ އާދޭސްކުރީ ޖާރިދްގެ ހަޔާތުން ދުރަށް ނުދިޔުމަށެވެ. ޖާރިދްއަށް ހެޔޮމަގު ދައްކަން އަތުގައި ހިފުމަށެވެ. އޮމަރްއާއި ރަޖްވާގެ ކައިވެނި ހަމަޖެހުނުކަން އެނގުމުން ހާލާގެ ހިތް ކުދިކުދިވެފައިވާކަމަށެވެ. ޖާރިދް އަނދިރި ދުނިޔެއިން ނުކުތުމަކީ އޭނަގެ ދުޢާއެވެ. ފަރުޟު ފަސްނަމާދުގެ ފަހުގައި އޭނަ ކަރުނަ އަޅާ ރޮއިފާ ދުޢާކުރަނީ ޖާރިދްއަށް ހިދާޔަތް ދެއްވުމަށް އެދިއެވެ.

"ޖާރިދްއަށް އަޅުގަނޑުގެ ސޫރަ ފެނުނުފަހުން ނުގުޅާ..."

"ސުބުހާނަﷲ..."

"އާންޓް..އެއްވެސް ފިރިހެނަކަށް މި ސިފައިގާ ހުރި އަންހެންކުއްޖަކާއި ނުރުހެވޭނެ..." ރަޖްވާ މޫނު ފޮތިކޮޅުނެގިއެވެ.

"ބޮޑުދައިތަވެސް ގަބޫލުކުރަން. އެހާބޮޑަށް އަނދާފައި ހުރީމަ ރަޖްވާގެ ރީތިކަމަށް އޭގެ އަސަރުކޮށްފައި ތިހިރީ، އެކަމަކު އަދިވެސް ލޯ ކިހާ ރީތި މާޝާﷲ. ހަމަ އެ ބައްޓަން ފުރިހަމަ ރީތި މޫނު..ތަނަވަސް ނިތްކުރި...ޖާރިދްއަށް ސިފަ ކަމުނުގޮސްގެނެއް ނޫން ދުރަށް ދާނީ............" ހާލާ ރަޖްވާގެ ނިތްކުރިއަށް ބޮސްދިނެވެ."ހުރިހާ ކަމެއް ރަގަޅުވާނެ އަދި އިރާދަކުރެއްވިއްޔާ."

ރަޖްވާ ހިނިތުންވެލިއެވެ. އޭނައަށް ޖާރިދްއާއެކު އެއްވެސް ކަހަލަ މުސްތަގުބަލެއް ނުފެނެއެވެ.

 

***

ރުސްލާން އެކީ ފްލައިޓެއް އޮތުމުން ޒިޔާމްގެ މޫޑުގޯސްވިއެވެ. ނަމަވެސް ކެބިންކްރޫއަކަށް ރޯޒް ހުރިތަން ފެނުމާއެކު މޫނު އަލިވެގެން ދިޔައެވެ.

"ހެލޯ ރޯޒް...." ޒިޔާމް ގޮވައިލީ ގާތްގޮތަކަށެވެ.

ނުނިމޭ

ކޮމެންޓް 0