"ދުޢާ ކުރާ މީހަކު ދުވަހަކުވެސް އަބާއްޖަވެރިއެއް ނުވާނެއެވެ."

"ޒިޔާމް. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ...މިހާ ވިއްސާރައިރު ފްލައިޓްދަތުކުރޭތަ؟" ޒިޔާމްގެ މަންމަ ޒުބޭދާ ހާސްކަމާއެކު ކުޑަދޮރުން ބޭރަށް ބަލައިލުމަށްފަހު ފޮތިތައް ދަމާލައިފިއެވެ."ވައިވެސް ހާދަ ބާރޭ....."

"މަންމަ ހާސްނުވޭ. ފްލައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައްވެސް ވަރުގަދަ. ކަމެއް ދިމާވާންވެއްޖެއްޔާ ހިނގާފައި ދިޔަސް ސަލާމަތެއްނުވާނެ. ސެލްފީއެއް ނަގައިލަމާ..."ޒިޔާމް އޭނަގެ މަންމައާއި ޒޯޔާގެ މޫނާއި މޫނު ޖެހޭހާ ކައިރީގައި ހުރެ ފޮޓޯއެއްނެގިއެވެ."މަރުވިޔަސް އެންމެފަހުގެ ހަނދާނަކަށްވެސް މި ރީތި ސްމައިލް މަންމަމެންނާއެކު ވާނެ..."

"ފޮނިގަނޑު..."ޒުބޭދާއަށް ހެވުނެވެ.

"މިކަހަލަ ފޮޓޯއެއް ސްކައިއެއާލައިންގެ ޕްލޭނެއް ވެއްޓި މަރުވިއެއްނު އަލްރިކް ކިޔާ ބޯއިއެއް...އޭނަ ގެ މަންމަގެ ބަދަލުގައި ބައްޕައާއި ބޭބެއާއެކު ސެލްފީ ނެގި...އެންމެ ލާސްޓް ޕޯސްޓްގައިވެސް ހަމަ މިހެން ބުނީ. މަރުވިޔަސް އެންމެ ފަހުގެ ހަނދާނަކަށް މި ރީތި ސްމައިލް ބައްޕަމެންނާއެކު ވާނެއޭ....ކޮޕީކެޓް....ދޮންބެ ސްކައިއެއާލައިން ރިސާޗްކުރަމުންގޮސް އެގޭ ކުދިންގެ ބަހުރުވަވެސް ދަސްކުރީކަން ޔަގީން...ދެޓްސް ވެރީ ރޫޑް.....މިބުނީ އަލްރިކް މަރުވީމަ ދެން އޭނަ ބުނި އެއްޗެއް ނެގީމަ..."ޒޯޔާ ތުންކޮޅު އޫކޮށްލިއެވެ."ޓައިޓޭނިކްވެސް އަންސިންކަބަލްއޭ ކިޔާފައި ކެޕްޓަން ފޮނިކެނޑި އެކަމަކު އައިސްބާގެއްގައި ޖެހި އެ މަނަވަރު އަޑިއަށް ދިޔަ. އަލްރިކްވެސް ހަމަ އެގޮތަށް އެ ދުވަހު މަރުގެ ވާހަކަ ދައްކާފައި ދިޔުމުން އެގޮތަށް ދިމާވީ.އެކަހަލަ ވާހަކަ ނުދައްކަބަލަ...ކަމެއް ދިމާވެއްޖެއްޔާ މަންމަ ހާޓްއެޓޭކެއް ޖެހިދާނެ........."

ޖެހި ބާރު ގުގުރިއާއެކު ޒޯޔާ ފުންމައިގެންގޮސް ޒިޔާމްގެ ކަދުރާގައި އެލިގަތެވެ. އިސްތަށިގަނޑު ހޭވުމުން ޒިޔާމް ލޯގަނޑުން ބަލައިލާފައި ރީތިކޮށްލިއެވެ.

"ސާބަހޭ ދޮންބެ..."

"އެތައް ބަޔެއްގެ ފުރާނަ އަތް މައްޗަށް ލައިގެން ހުންނަ ޖޮބެއްގައި ހުންނައިރު ހުންނަންވާނީވެސް ސްމާޓްކޮށް.."ޒިޔާމް އެއްލޯ މަރައިލިއެވެ."ކެޕްޓަންގެ ކޮންފިޑެންސްއާއި ކެޕޭބިލިޓީ ލެވެލް މަތިވެއްޖެއްޔާ ޕެސެންޖާރސް ވެސް ކޮމްފޮޓަބްލްވާނެ. އެންމެ އިސްތަށްޓެއްވެސް އޭގެ މަގާމުން ދޫކޮށް ދުރަށް ގޮސްގެން ނުވާނެ....."

"އެހެންވެ ދޯ ދޮންބެ އެވަރަށް ސޯޝަލްމީޑިއާއަށް ވީޑިއޯއާއި ފޮޓޯލަނީ. އެކަމަކު ޑޮކްޓަރސް ޗޫޒްކުރާހެން ކިހިނެއް ދޮންބެ ހުރި ފްލައިޓް ޝެޑިއުލް ހޯދައިގެން އެދުވަހަށް ޓިކެޓްނަގާނީ........."

"ސްޓުޕިޑް. އޭރުން މީހުން ސްކައި ގައި ދަތުރުކުރަން ބޭނުންވާނެ.މިއަށް ކިޔަނީ ޕްރޮމޯޓްކުރުން.....ލަސްވަނީ...ފްލައިޓް ޑިލޭވުމުގެ ސަބަބަކަށް އަހަރެންވާކަށް ބޭނުމެއްނޫން. ހޭޓް ޔޫ ޒޯޒޯ..." ޒިޔާމް ޒޯޔާގެ އިސްތަށިގަނޑު ހާވާލާފައި އޭނަގެ މަންމަގެ ގައިގާ އިރުކޮޅަކަށް ބައްދާލައިގެން ހުރީ ކުޑައިރުވެސް ފަދައިންނެވެ. ޒިޔާމްގެ އުނި ސިފަތަކާއި އެކުގައިވެސް މަންމައާއި އާއިލާއާއި އޮންނަ ގާތްކަމާއި ލޯތްބަކީ އެހެން މީހުންނަށް ހިނިތުންވުން ގެނެސްދޭނެފަދަ އެއްޗެކެވެ. ޒޯޔާވެސް އޭނަގެ ދޮންބެއަށް ބަލަން އިނީ ފަޚުރުވެރި ނަޒަރަކުންނެވެ. އޭނަވެސް ކައިވެނިކުރާނީ ޕައިލެޓެއް ނޫނީ ޑޮކްޓަރަކާއެވެ. ހަރުދަނާ ބައިވެރިޔަކަށް އިންތިޒާރުކުރެވޭތީ އޭނައަށް ގަބޫލުކުރެވެނީވެސް ޑޮކްޓަރުންނާއި ޕައިލެޓުންނަކީ ހުރިހާގޮތުން ބެލިޔަސް އެންމެ ފުރިހަމަ ފިިރިހެނުންގެ ގޮތުގައެވެ. ޒިންމާދާރު ބޮޑު މުސާރަ އަދި ގަދަރުވެރިކަން އެކުލެވޭ ވަޒީފާއަކީ އެއީކަމުގައި ޒޯޔާދެކުނެވެ.

"މަގުހުރަސްކުރާއިރު ބަލައްޗޭ. ސިޑިތަކުން އަރާއިރު ދުވެ ދުވެފައި ނޫޅޭ...ސީޓްބެލްޓް އަބަދު އަޅައިގެން އިންނަން ހަނދާންކުރަންވާނެ. ވަރުގަދަ ޓާބިއުލެންސެއްގައި ޖެހި ކުރީ ދުވަހު ވީޑިއޯއަކުން ފެނުނު މީހެއްގެ ބޯ ސީލިންގައި ޖެހުނުތަން. ފްލައިޓަށް އެރުމުގެ ކުރިން ޗެކްލިސްޓް ކޮންމެހެންވެސް ކޮމްޕްލީޓްކުރަންވާނެ. .ދަތުރު ދުޢާކުރަންވާނެ...ލިފްޓަށް އަރާއިރު......."

ޒިޔާމް ލިފްޓަށް ވަދެ ދޮރު ލައްޕައިލުމުންވެސް ޒޯޔާ ލިސްޓް ކިޔާ ނިންމައިލުމަށްފަހު ހިނިތުންވެލިއެވެ. އޭނަގެ ހުރީ އެންމެ ބޭބެއެއްކަމުން ހިތުގައި ޚާއްސަ ލޯތްބެއް ދޮންބެއަށްޓަކާވެއެވެ. ފްލައިޓް ފުރިޔަސް އެނބުރި އަންނަންދެން އޭނަ އިންނަނީ ހިތް އަތްމައްޗަށް ލައިގެން ދުޢާކޮށްކޮށެވެ.

***

ފަތިހުގެ ފުރަތަމަ އަލިކަން އުދަރެހުން ފައުޅުވީ ފިޔާތޮށްޓާއި މަޑުމަޑު ފެހި އަދި ނޫކުލައިގެ ރޮގުތަކެއްހެންފަދައިން ކުލަ ޖައްސަމުންނެވެ. ރަޖްވާ އޭނަގެ ތަނަވަސް ކޮޓަރީގެ ބެލްކަނީގައި އެ މަންޒަރު ބަލަން އިންއިރު އަތުގައި އާވި އަރަ އަރާ ހުރި ހޫނު ކޮފީތަށްޓެކެވެ. އިމާރާތްތަކުގެ މަތިން ދަތުރުކޮށްފައި ދިޔަ ކުޑަވަރެއްގެ މަތިންދާބޯޓަށް ނަޒަރު ހުއްޓުމާއެކު ހަތަރެސްފައި ފިނިވެ ނޭވާކުރުވާގޮތްވިއެވެ. އޭނަ ލޯ މަރައިލަމުން ދިގުކޮށް ފުންކޮށް ނޭވާއެއްލީ ޕެނިކް އެޓޭކެއް ޖެހިޔަނުދިނުމަށެވެ.

ފަތިސްނަމާދުކުރަން އަވަސްވެގަތީވެސް އެ ޚިޔާލުތަކާއި ދުރުވުމަށެވެ. ފަސްއަހަރުވީއިރުވެސް އެ ހަނދާންތައް އޭނަގެ ސިކުނޑީގައި ތާޒާކަމާއެކުގައިވިއެވެ. ނަމާދުކޮށް ނިމިގެން ޤުރުއާން ކިޔަވަންއިންދާ މަޑުމަޑުން އަލިވަމުން އައިސް އިރުގެ ރަން ދޯދިތަކުން ކޮޓަރި އެއްކޮށް އަލިކޮށްލައިފިއެވެ. ތާޒާ ވައިރޯޅިތައް ވަންނާނެހެން އޭނަ ބިއްލޫރިދޮރުތައް ކަހާލުމަށްފަހު ފޯނު ހުޅުވައިލީ ސަފާޔާގެ ވާހަކައިގެ އާ ބައި ކިޔާލުމަށެވެ. އޭނައަކީ ސަފާޔާގެ "ފޭން"އެކެވެ. ސަފާޔާގެ ފުރަތަމަ ވާހަކަ "އެމެރަލްޑް ހުޅުކޮޅު" ލިޔަންފެށީ ވާހަކަ ސައިޓެއްގައެވެ. އެވާހަކައިގެ އާ ބަޔަކަށް ދިގު އިންތިޒާރެއްކޮށް އިރުއިރުކޮޅާ ނޫސް ހާވާ ކޮމެންޓްކުރަނިކޮށް ސަފާޔާގެ ފޭސްބުކް ޕޭޖް ފެނުނެވެ. އެޕޭޖުން ވާހަކަދައްކަންފެށިގޮތަށް ރަޖްވާއާއި ސަފާޔާގެ ގުޅުން ބަދަހިވިނަމަވެސް އެކަކު އަނެކަކަށް އަދި ދިމާވެ ވާހަކަދައްކާފައެއް ނުވެއެވެ. ސަފާޔާއަށްވެސް ރަޖްވާގެ ނަން ފިޔަވާ އިތުރު މައުލޫމާތެއްނޭގުނަސް އެކަކު އަނެކަކަށް އިތުބާރާއި އެކުވެރިކަމުގެ ވަރުގަދަ ގުޅުމެއް އުފެދުނެވެ.

"އެނގޭތަ؟ ސަފާގެ ވާހަކަ ކިޔާފައި ވަގުތުން ނަމާދުކުރަން ދަސްވީ..."

"އަލްހަމްދުލިﷲ..."

"އަނެއް ޕާޓް މެއިލް ކޮށްދީބަލަ. ކާންޓް ވެއިޓް..."

"އަދި ނުލިޔަން...ހަގީގަތުގައި އުރުދޫ ވާހަކައަކުން އިންސްޕަޔާވީ..."

"ވާއު އުރުދޫބަސް އެނގޭތަ؟"

"ޔަޕް...ކިޔަންވެސް އެނގޭ..އަހަރެންގެ މަންމައަކީ ޕާކިސްތާނުމީހެއް..އެކަމަކު....މިހާރު ދިރިއުޅެނީ ދޮންމަންމަ ގާތުގައި. ކުޑައިރު މަންމަގާތުން އުރުދޫ ބަސް ދަސްވެފައި ހުރީމައާއި އެކު އުރުދޫ ފޮތްތައް ބަލާ ވާހަކަވެސް ކިޔާހަދަން..."

"އިންޓްރެސްޓިން..."

"އައި މިސް މައި މަމް.."

"މީ ޓޫ..."ރަޖްވާއަށް ބުނެވުނެވެ. ދެކުދިން މަންމައެއްގެ ލޯބިން މަހުރޫމްވެފައިވުމުން އެކަކު އަނެކަކުގެ އިހުސާސްތައް މާބޮޑަށްވެސް އެނގުނެވެ.

"މަންމަ ބުނީ ސެފާޔާއަށް އެނަން ދިނީ މަންމައަށް ވަރަށް ރީތި ޖަވާހިރެއްވީމައޯ...ސެފާޔާ..މަންމަގެ ޕްރެޝަސް ސަފާޔާ އެކަމަކު އެންމެފަހުން މަންމަ އަހަރެން އެކަނިކޮށްލާފައި ދިޔައީ. ލައިފް އިޒް އަންޕްރެޑިކްޓަބްލް...ލޯތްބަށް އުއްމީދުނުކޮށް ހުއްޓާ މިހާރު ލޯބިވެރިޔަކުލިބިއްޖެ...އެކަމަކު އޭނަވެސް ބޭނުމެއްނުވޭ އަދި އިތުރު މީހަކަށް އެ ސިއްރު އެނގެން...."

ރަޖްވާގެ ހިތުގައި ސަފާޔާއާއިމެދު ހަމްދަރުދީ އުފެދުނެވެ.

"މާލެ ނާންނާނަންތަ؟"

"މިފަދަ ދަތި ދިރިއުޅުމެއްގައި އުޅެމުން މާލެ ދިޔުމަކީ ހަމަ ހުވަފެނެއް..ޑްރީމްސްތައް ބައިވަރުހުރޭ..ހަމައެކަނި ވާހަކަލިޔުންތެރިއަކަށް ވުމެއްނޫން. އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރަން އެންމެ ބޭނުންވަނީ..."

"ވައި އިޒް ދެޓް؟ ގާލްއެއް އެހާ ނުގުޅޭ ޖޮބެއްު.." ރަޖްވާއަށް ހާސްކަމުގެ ނޭވާއެއްދޫކޮށްލެވުނެވެ.

"އަހަރެމެންގެ ހުންނަ ހިސާބުގެ ގޮތުން ރަންވޭއަށް ޖައްސަންދާ ފްލައިޓްފެނޭ، އައިމް ފެސިނޭޓެޑް ވިތް ޕްލޭންސް ސިންސް އައި ވޯޒް އެ ކިޑް. އެހެން ކުދިން ބުދުތަކާއި ހެދި އުޅޭއިރު އަހަރެން ބޭނުންވަނީ އަބަދުވެސް މަތިންދާބޯޓު...އެއްޗެއް ކުރެހިޔަސް މަޒުމޫނެއްލިޔުނަސް މަތިންދާބޯޓުގެ ވާހަކަ ލިޔެވެނީ. ފިލްމެއް ނޫނީ ސީރީޒްއެއްވިޔަސް އޭވިއޭޝަންއަށް ބޮޑަށް ފޯރިހުންނަނީ. ހުވަފެނުގައިވެސް މުޅިން ފެންނާނީ ފްލައިޓް. ޕްލޭން ކްރޭޝްތައް. އެކަމަކު ޕައިލެޓަކަށްވުމުގެ ހުވަފެން އަބަދު މިދެކެނީ..ފިޒިކްސް އެންޑް މެތްސްގެ ގްރޭޑް ރަގަޅުވީމަ ޗާންސްވެސް އެބައޮތް. ނުވެއްޖެއްޔާ އެއާތްރެފިކް ކޮންޓްރޯލާ ނޫނީ ކެބިންކްރޫއަކަށް ވެވިދާނެ. މަގޭ ވާހަކަތަކުގެ ހީރޯސްއިންނަކީވެސް އޭވިއޭޝަން އިންޑަސްޓްރީގެ މުވައްޒަފުން......."

"ސަފާ.ހުވަފެން ދެކެންޏާ އާއްމުކޮށް އެކަމެއްވާނެ.."

"ދުޢާވެސް ކުރަން...."

"ސަފާ އަންނަންވީނު މާލެއަށް...."

"އިން މައި ޑްރީމްސް ހެހެ..."

"ޓިކެޓް ފޮނުވަންތަ؟"

"އޭރުން ތި ޓިކެޓްގައި ދޮންމަންމަ ފުރައިގެން ދާނީ."

ސަފާޔާގެ އެންމެ ބޮޑު ފޭނަކީ ސްކައިއެއާލައިންސްގެ ސީއީއޯގެ އަންހެންދަރިފުޅުކަން އެނގިއްޖެއްޔާ ސަފާޔާއަށް ހައިރާންކަމެއް ލިބޭނެކަން ޔަގީނެވެ. ރަޖްވާއަށް ސަފާޔާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން އެހީތެރިވެވިދާނެއެވެ. އޭނަ ބައްޕައާއި ވާހަކަދައްކާނީއެވެ. ސަފާޔާއަށް މިގޭގައިވެސް ހުރެވިދާނެނޫންހެއްޔެވެ؟ ބައްޕަ އެކަމަށް ހުއްދައެއް ނުދެއްވާނެއެވެ. މުޅިންވެސް ޒުވާން ފިރިހެނުން އުޅޭ ގެއެއްގައި ހިލޭ އަންހެންކުއްޖަކު ހުރުމަށް ދީންވެސް ތަނެއްނުދެއެވެ. ނަމަވެސް ރަޖްވާއަށް ސަފާޔާގެ އަނދިރި މާޒީއަށް ކުޑަކޮށް ވަދެވިއްޖެއެވެ. ދޮންމަންމައެއްގެ ފަރާތުން އަނިޔާ ލިބެމުންދާ ކުށެއްނެތް މައުސޫމް ފުރާނައެކެވެ. އެތައް ހުވަފެންތައް ދެކުނަސް ފައިސާ ނެތުމުން އެކަން ނުވަނީއެވެ. ބައްޕަ ފަހަރެއްގައި ގެސްޓްކޮޓަރީގައި ރަޖްވާ ހުރުމުގެ ހުއްދަ ދެއްވަފާނެއެވެ.

***

ރަޖްވާ ކާކޮޓަރިއަށްގޮސް މޭޒުމަތީގައި ތައްޔާރުކޮށްފައި ހުރި އެއްޗެއްސަށް ބަލައިލިއެވެ.އާއްމުކޮށް އެގެއަށް ކާން ތައްޔާރުކޮށްގެން ގެންނަނީ ކައިރީގައި ހުންނަ ބޮޑުބޭބެއެއްގެ ހޮޓަލުގެ ރެސްޓޯރެންޓުންނެވެ. ކުޅަދާނަ ޝެފުން ކައްކާފައި ހުންނަ ޕާރުސަލްތައް ކޮންމެ ގަޑިއެއްގައި ގެނެސް މޭޒުމަތި ތައްޔާރުކޮށްފައި ވޭޓަރުން ހިނގައިދާނެއެވެ. މިއަދު ގެނެސްފައި ހުރީ ސްޓޭކް، ޕޭންކޭކު، ބިސްގަނޑާއި، ރޮށި އަދި މުރަގަފަތު މަސްހުންޏެވެ. ޕާނުގައި އާމަންޑް ބަޓަރ ޖަހާފައެވެ. ކޮފީއާއި ސައި އަދި އޮރެންޖްޖޫސްވެެސް އެންމެނަށް ވާވަރަށް ހުއްޓެވެ. އެމީހަކު ކާން ބޭނުންވާ އެއްޗެއް އޯޑަރުކުރުމުން ގެނެސްދޭގޮތަށް އޮތުމުން ވަކިން ފަސޭހައެވެ. ރަޖްވާ އެއްވެސް ވަރަކަށް ބަދިގެއަށް ވަންނަން ބޭނުމެއްނުވެއެވެ. އަދިވެސް އަލިފާންދެކެ ހިތުގައި އޮންނަ ބިރުވެރިކަމަކަށް މާބޮޑު ބަދަލެއްނާދެއެވެ. އޭގެ ވޭން އެތައް ދުވަހެއްވާންދެން ތަހައްމަލުކޮށްފައިވާ މީހަކަށް ނޫނީ އޭނަގެ އިހުސާސްތަކެއް ނޭގޭނެއެވެ.

އެންމެންހެން ސައިބޯން އިށީނުމުން ރަޖްވާ އޭނަގެ ބައްޕަ ޖަހާންގީރުއަށް ނަޒަރު ހުއްޓައިލިއެވެ.

"ބައްޕާ އަޅުގަނޑުގެ ރިކުއެސްޓެއް އެބައޮތް.."

"އަވަހަށް ބުނެބަލަ...."

"އަޅުގަނޑުގެ އެކުވެރި އަންހެންކުއްޖެއް ހުރޭ..އޭނަ ދިރިއުޅެނީ ދޮންމަންމައާއެކީގައި...ސޯ ލައިފް އީޒީއެއް ނުވާނެ.ސްޓެޕްމަންމައެއް ހުރުމުން އިޓް ވިލް ބީ ލައިކް ލިވިން އިން އެ................"

"ހެލް؟" އިމްކާން ފުރިހަމަކޮށްލަދިނެވެ.

"ހެހެ...ސަމްތިން ލައިކް ދެޓް..." ރަޖްވާ ގެ ލޮލުގެ ވިދުން ގަދަވިއެވެ. މޫނުމަތީގެ ސިފަ ގެއްލިފައިވިޔަސް އެލޮލުގެ ރީތިކަމަށް މާ ބޮޑު ބަދަލެއްނާދެއެވެ."އަޅުގަނޑު ބޭނުން އޭނައަށް އެހީތެރިވާން..."

"ކޮން ގޮތަކުން؟"

"އޭނަ ބޭނުމީ ޕައިލެޓަކަށްވާން. ނޫނީ އެއާ ޓްރެފިކް ކޮންޓްރޯލާއަކަށް އެއިން ކަމަކަށް ފުރުސަތު ނުލިބިއްޖެއްޔާ ކެބިންކްރޫއަކަށް..."

"ކެބިންކްރޫއަކަށްވާން އަންހެންކުދިން ރަގަޅީ. ސްކައިއެއާލައިންއިން ފުރުސަތުދޭން އެންމެ ރަގަޅު. ބުރުގާ އަޅާކުއްޖެއްތަ؟ ސްކައިގެ ކެބިންކްރޫ ޔުނިފޯމް ބުރުގާ އަޅާކުދިން ލައިކްވާނެ...." ޖޫދު ޝައުގުވެރިވިއެވެ.

"އެއި ޖޫދުއަށްވުރެ ބޮޑު އަންހެންކުއްޖެއް..." ރަޖްވާ ޖޫދުއަށް އިންޒާރުދިނެވެ.

"އާހ....ޓޫ ބޭޑް..."

"ބައްޕާ. ބައްޕަގެ ކޮމްޕެނީއިން އެތައް ކުއްޖަކު ސްޕެއިންކަހަލަ ތަންތަނަކަށް ކޯސްހަދަން ފޮނުވާ. ސްކޮލާޝިޕްވެސް ދޭ.. އެނީ ޗާންސް ފޯ ހާރ؟"

"ދަރިފުޅު. އެގޮތަށް ބައްޕަމެންނަށް އެހާ ބޮޑަށް ކެންޑިޑޭޓުން ހޮވުމުގެ ފުރުސަތެއްނޯވޭ ސްކޮލާޝިޕްދެނީ އެންމެ މަތިން މާކްސްލިބޭ ކުދިންނަށް. މިބުނީ ޕައިލެޓުން އަދި އެއާޓްރްފިކްކޮންޓްރޯލާސްއިން ޓްރޭނިންކުރަން ކޯސްދޭއިރު ހަމަ އިންޓަވިއުކޮށް މަތީ މާކްސްގެންނަ ކުދިންނަށް އިސްކަންދޭން ކުންފުނިން ނިންމާފައި އޮތީ. އެކަމަކު ކެބިންކްރޫ ނޫނީ ގްރައުންޑް ސްޓާފުން ހޮވާއިރު ދަރިފުޅުގެ އެކުވެރިޔާއަށް ފުރުސަތެއް ލިބިދާނެ..."

ރަޖްވާގެ ލޯވެސް ހިނިތުންވެލިއެވެ.

"ތެންކިއު ޑޭޑް..."

***

ޒިޔާމް ކާރުގެސީޓުގައި ހަމަޖެހިލަމުން ފޯނު ހުޅުވާލުމާއެކު ރަޖްވާ ފޮނުވާފައި އިން ފޮޓޯ ނަޒަރުގައި އަޅައިގަތެވެ. އެންމެ ކުރިން ހީކުރެވުނީވެސް ސަމާސާއެއްކޮށްލީ ކަމުގައެވެ. އޭނަގެ ސިފަ ފެނިފައި ކުދިން ދުވެ ފިލާނެއޭ ބުންޏަސް ޒިޔާމް މިފަދަ ސޫރައަކަށް އުއްމީދެއްނުކުރެއެވެ. އާދައިގެ ސިފައިގާ ވާ އަންހެންކުދިންވެސް އޭނަދެކެއެވެ. ކޮންމެ އަންހެންކުއްޖެއްގެވެސް ޚާއްސަ ސިފައެއް އަޅައިގަންނަ ގޮތެއް ހުންނާނެކަމަށް އޭނަގެ ޟަމީރު އަބަދުވެސް ބުނެއެވެ. ނަމަވެސް ރަޖްވާ ތަފާތެވެ. މައްސަލައަކީ އުފެދުމުގައި ހުރި މައްސަލައެއްވެސް ނޫނެވެ. އަލިފާނުގެ ހާދިސާގެ ޝިކާރައަކަށްފެ އެއްކޮށް މޫނު ހަލާކުވެފައިވުމެވެ.އޭނަ ގޫގުލް ކޮށްގެންވެސް ބެލިއެވެ. ބޮޑަށް އަނދައިގެން އެތައް ފަހަރު އޮޕަރޭޝަންކޮށްގެންވެސް ސިފަގެއްލިފައިވާ އަންހެންކުދިންގެ ފޮޓޯތައް ފެނުމުންވެސް އަނގަޔަށް ގޮތެއް ހެދުނެވެ. އެކަމަކު އޭނަ ކައިވެނިކުރަނީ ރަޖްވާގެ ރީތިކަން ބޭނުންވެގެނެއް ނޫނެވެ. އަދި އެކީ މުޅި ހަޔާތް ވޭތުކުރުމުގެ ނިޔަތުގައެއް ނޫނެވެ. ވަގުތީ ފައިދާ ގަނޑަކަށެވެ.

"ޒިޔާ...ކޮންތަނެއްގައި؟" ސަފާޔާ ވައިބަރކޮށްލުމުން ޒިޔާމްގެ ތުންފަތަށް ހިނިތުންވުމުގެ އަސަރު ފައުޅުވިއެވެ.

ޒިޔާމް ވަގުތުން ސެލްފީއެއް ނަގާފައި ފޮނުވިއެވެ."އެއާޕޯޓަށް ދިޔުމުގެ މަގުމަތީގައި..."

"ފްލައިން؟ އަހަރެންވެސް ގެންދެބަލަ..."

"އާދޭ...."ޒިޔާމް ފޮނުވީ ހިތެކެވެ.

އެއާޕޯޓާއި ހަމަޔަށް ފޯރުމުން ޒިޔާމް ރޭބަން އަވިއައިނުން ލޯ ފޮރުވައިލުމަށްފަހު ހިނގައިގަތުމާއެކު އެތައް ލޯތަކެއް އޭނަގެ މައްޗަށް ހުއްޓުނެވެ. އެނިމްއަކުން ފެންނަފަދަ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނާ ޕައިލެޓް ޔުނިފޯމްގައި ހުރުމުން ދެކޭ ކޮންމެ މީހަކަށް ދެވަނަފަހަރަށް ބަލައިލަން މަޖުބުރުކުރުވާފަދަ ގޮތެއް އޭނަގެ ގައިގާވިއެވެ. ޒިޔާމްއަށް އެކަން އިހުސާސްކުރެވޭފަދައެވެ.

ޒިޔާމްު އެއާލައިންގެ އޮފީހަށްވަދެ ކާޑުޖެހިއެވެ.

ނުނިމޭ

ކޮމެންޓް 0