"ތިމާގެ ދުޝްމިނާއަށްވުރެ ތިމާގެ ފާފަތަކަށް ބިރުވެތިވާށެވެ. ސަބަބަކީ ދުޝްމިނާއަށްވުރެވެސް ފާފަތައް ނުރައްކާތެރި އެއްޗަކަށް ވާ ކަމަށްޓަކައެވެ."

***

"ގެޓް ހިމް...." އަލްޔަސް ގުގުރައިގަތެވެ. އެތަނަށް ވަން ދެމީހުންވީ ބޭކާރު ބޭނުން ނުހިފޭ ބަޔަކަށެވެ. ކައިލް ދާދި ފަސޭހަކަމާއެކު އެދެމީހުން މަތަކުރިއެވެ. ކައިލްއަށް ނުވިސްނުނީ އަލްޔަސް އަދި އެހެން ފިސްތޯލައެއް ކައުޗްގެ ދަށުގައި ފޮރުވާފައި އޮތްކަމެވެ. ކައިލް ބޯ އަރިކޮށްލާފައި އޭނަގެ ދެއަތް މައްޗަށް ހިއްލައިލިއެވެ.

"އަހަރެން ހީކުރިވަރަށް މޮޔައެއް ނޫން އަލްޔަސް....."

"ކަލޭ ތިއީ ކާކުހެއްޔޭ؟ބާ***......." އަލްޔަސް ހަޅޭއްލައިގަތެވެ. އޭރު އޭނަގެ އިނގިލިތައްވީ ފިސްތޯލައިގެ ޓްރިގަރގެ މަތީގައެވެ.

"އައި ސީ...އެހެންވީމަ އަހަރެންގެ މަތިން ހަނދާން ނައްތާލައިފި. އިޓްސް އެ ޝޭމް. މި ފަސް އަހަރު ތެރޭ އެންމެ ދުވަހެއްވެސް ނުދޭ ކަލޭގެ މަތިން ހަނދާންނުވެ......."

"އަހަރެން ތިކަހަލަ ކުޑަ ސޮރެއްގެ މަތިން ހަދާން ކުރަންވީ ކީއްވެ؟ހޫ ޑޫ ޔޫ ބިލޯން ޓު؟ ކޮން ގޭންގެއްތަ؟" އަލްޔަސްގެ ނިތްކުރިއަށް އެރި ރޫތައް ގިނަވުމާއެކު ޓްރިގަރަށް އޮބައިލާހިތުން ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވިއެވެ.

"ތިއީ ދެން މާ ރީތިކޮށް އެނގެން އޮތް ކަމެއްނު. އަހަރެމެން އެންމެން ބިލޯންގް ވަނީ ކްރިއޭޓާއަށް ނޫންތަ؟"

"އަހަންނާއި ސަމާސާކުރަން ނޫޅޭ ޔޫ ސަން އޮފް އެ ބ*......"އަލްޔަސް އެ ޖުމްލަ ފުރިހަމަކުރުމުގެ ކުރިން ކައިލް މެދުކަނޑައިލިއެވެ.

"މަގޭ މަންމަ......މަންމަ މުޅި އުމުރު ހޭދަކުރީ މަސައްކަތްކުރުމުގައ އެކަމަކު ކުޑަ އެތިކޮޅެއް ކިރިޔާ ލިބޭކަން އެވަރުންވެސް އެންމެ ދުވަހެއްވެސް ދޫނުކޮށް ކުލިވެސް ދައްކަމުން ދިޔައީ. އެކަމަކު އެކަނިވެރި މަޔަކާއި ދުވަސްވެފައި ހުރި މާމައެއްގެ ފަރާތުން ނާޖާއިޒު ފައިދާ ނެގީ. އަދި މަގޭ އާއިލާއަށް އަނިޔާދޭނެކަމަށް އިންޒާރުކުރި. އަދި ކޮންމެ ފަހަރަކު ކުލި ދައްކާއިރު އިންޓެރެސްޓް ނަގާ. ކަލޭގެ އަތުން ފައިސާ ހުސްވަމުން ދިޔައީ ކަލޭގެ މީހުން ކަލޭގެ އަތުން ވައްކަން ކުރާތީ. އެކަމަކު އެެހެން މީހުން ވަގަށް ނެގި ފައިސާވެސް މަންމަ އަތުން އަތުލަން އުދަގޫ ކުރަމުން ހިނގީ...." ކައިލް ކުޑަދޮރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނދެ ކުރިއަށް ގެންދިޔައެވެ. އެލޮލުގައި އެއްވެސް ޝުއޫރެއް ނެތި ގެއްލިފައެވެ. އަލްޔަސްގެ ބުމަ ބޮޑަށް ކައިރިވުމާއެކު ކައިލްގެ މޫނު ދިރާސާކުރަންފެށިއެވެ.

"އައި ގެސް ދެޓް ޑިޑްންޓް ރިންގް އެ ބެލް އީދާ. އެތައް އަންހެނުންނަށް މިހެން ހަދާފައިވާނެކަން ޔަގީން."ކައިލްގެ ނަޒަރު އަލްޔަސްގެ މޫނަށް ދަތުރުކުރިއެވެ. ސީދާ އެލޮލަށް ބަލަންފެށިއެވެ."އެހެންވީމަ އަހަރެން މިތަންވެސް އަންދާ އަޅިޔަށް ހަދާލަންވީ. އަހަރެންގެ މަތިން އޭރުން ހަނދާންވޭތޯ ބަލަން؟"

އިރުއޮއްސެމުންދާ މަންޒަރު ދައްކަމުން ކުޑަދޮރުން ރަންކުލައިގެ އަވި ކޮޓަރިތެރެއަށް އެޅުނެވެ. އެ އަލި ކައިލްގެ ލޮލަށް އެޅުނުގޮތުން އަލްޔަސްގެ ގައިން ހީބިހިނެގިއެވެ. އެއްވެސް އިންސާނަކަށް މިކުލައިގެ ލޮލެއް ލިބުނީ ކިހިނެއްހެއްޔެވެ؟ ވީއިރު އޭނައަށް އެ ލޯ ފެނުނު ތަނަކީ އެއީއެވެ."މިއީ އަނާލިއާގެ ސޮރެވެ.މިކުއްޖާއަކީ ފަސް އަހަރުކުރިން އޭނަގެ ކުޑަ ބާރގައި ރޯކޮށް އެތަން އަންދާ އަޅިޔަށް ހަދައިލިކުއްޖާއެވެ. އަލްޔަސްގެ ލޯ ފުޅާވިއެވެ.

"ކަލޭ...."އަލްޔަސް ފިސްތޯލަ އަމާޒުކޮށްގެން ހުރެ ކުރިއަށް ޖެހިލިގޮތަށް ކައިލްގެ ކަރުގައި ހިފެހެއްޓިއެވެ." އަހަރެން ކަލޭގެ ސިކުނޑި މިވަގުތު އުދުއްސާނުލަންވީ އެންމެ ސަބަބެއްވެސް ބުނެބަލަ." އޭނަ މޮޔައެއްފަދައިން ހޭންފެށިއެވެ.

"މޭން ދިސް އިޒް އެ ޖޯކް. އަހަރެންވެސް ކަލޭ ހޯދަމުންނޭ އައީ ޔޫ ލިލް ބްރެޓް. އަދި ހަމަ އެހާ ހަމަޖެހިގެން ހުރެ މިތަނަށް ތިވަނީ. އަހަރެންގެ ނަސީބުގެ ދުވަސްކަމަށް ބަލާ" އަލްޔަސް ހެމުން ދިޔައެވެ."އަހަރެން އެއްފަހަރު ކަލޭގެ މަންމައާއި ދިމާވި އެކަމަކު އެ ދުވަހު އޭނަގެ ހަށިފާރަވެރިން ތިބި. ހަމަ ނާސިއެއް ދޯ.އެހާ ގިނަ ފިރިހެނުންނާއި ގުޅިގެން އުޅެނީ ކިހިނެއް ހަދައިގެންތަ؟"

"އަަހަރެން ކަލޭގެ ހަށިގަނޑު އަނާލިއާއަށް ފޮނުވާނަން. އޭރުން އެއްޗެއް ދަސްވާނެ....."އަލްޔަސް ދަތްތައް ކާރުވައިގަތެވެ. އެލޮލުގައި ޝައިތާނީ ވިދުމެކެވެ. އެއީ ކުއްލިއަކަށް ކައިލްއަށްވެސް ޔަގީންވީ ވަގުތުކޮޅެވެ. އޭނަ ނަފްސާނީގޮތުން ބަލިވުމާއެކު ކަކޫމައްޗަށް ތިރިވެވިއްޖެއެވެ. އެމީހަކީ އަލްޔަސް އެއް ނޫނެވެ. މަންމަ މަރައިލީ އަލްޔަސްއެއް ނޫނެވެ. އަނާލިޔާ މަރުވީކަމެއްވެސް އަލްޔަސްއަކަށް ނޭގުނެވެ. މަންމަ މަރައިލެވުނު ދުވަހު އަލްޔަސްގެ ކާރު ތަފާތުވީ ކީއްވެބާވައޭ ސުވާލު އުފެދުނެވެ. ސަބަބަކީ އެއީ އަލްޔަސްގެ ކާރަށް ނުވީމައެވެ. އެއީ އެހެން މީހެއްގެ ކާރެވެ. ޝައްކުވީއިރުވެސް އެ މީހަކީ އަލްޔަސްއަށް ވީ ނަމައެވެ. މިހާރު އެކަން ޔަގީންވެ އާ ފެށުމަކުން ފަށަންޖެހުނީއެވެ. ފަށަންވީ ކޮން ދިމާލަކުން ކަމެއްވެސް ވިސްނުމަކަށް ނައެވެ.

ކައިލް ބުރާންތިކޮށްލި ދެމީހުންވެސް ހޭވެރިކަންވެ ތެދުވެ އިށީދެއްޖެއެވެ. އަލްޔަސްގެ ގޮށްމުށުގެ އެތިފަހަރުން ރެކެން ކައިލް ތައްޔާރެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ ނަފްސާނީގޮތުން ބަލިކަށިވެފައެވެ. ހަށިގަނޑުގައިވާހާ ހަކަތައެއް ހުސްވިކަމުގެ އިހުސާސް ކުރެވުނެވެ. އޭނަގެ ހަލާކުވެފައިވާ ތުންފަތުން ލޭ އަންނަމުން ދިޔައިރު އަލްޔަސްގެ ހަމަލާތަކަށް ފުރުސަތުދީގެން އޭނަ އޮތީއެވެ.

"ޔޫ އާ ފްރީކިން އަންބިލީވަބްލް ޔޫ ނޯ ދެޓް؟" އަލްޔަސް އޭނަގެ ކަންފަތް ކައިރީގައި ހަޅޭއްލަވައިގެންފާ އެތިފަހަރެއް ވީއްލައިލިއެވެ."ކަލޭ ކަހަލަ ޔަންގް ޑިމްވިޓްއެއް މަގޭ ބުރަ މަސައްކަތް އަންދާލީ ކިހިނެއް؟ ރާވިއްކާ ދެޖިންސްގެ މީހުން މަސްހުނިވެ އުޅޭ ތަނެއް އަމިއްލަ ވުމަކީ އަދި ބުރަ މަސައްކަތެއްކަމުގައި އަލްޔަސްއަށް ހީވަނީހެއްޔެވެ؟ ބާރ އަނދައިގެން ދިޔައީތީ ރުޅިއައިއިރު އަނިޔާވެރި ޒާލިމުން އެތަނެއްގައި އަނދައިގެން ދާނެ ނަރަކައާއިމެދު ބިރު ހީވުމެއް ނެތެވެ.

"ޑޭމް މަގޭ އާ ބޫޓު......"އަލްޔަސް މޮޅުވެރިކަމާއެކު އޭނަގެ ބްރޭންޑެޑް ހުދު ބޫޓަށް ނަޒަރު ހުއްޓައިލިއިރު ބުރައިގެންގޮސްފައިވާ ލޭތިކިތައް ފެނި ކިޔާލިއެވެ. މި ދަރި މިތަނަށް އައީ ކީއްކުރަންހެއްޔެވެ؟ ކުއްލިއަކަށް އޭނަ ހަނދާނަށް އައީ ފުރަތަމަ ކައިލް އޭނަގެ ކަރުގައި ހިފައިގަތްއިރު ބުނެލި ޖުމްލައެވެ.

އަނާލިއާ. އޭނަ މަރުވީތަ؟ އެހެންތަ ކަލޭ އޭރު ބުނީ..." ކުއްލިއަކަށް އަލްޔަސްގެ ލޯ ބޮޑުވިއެވެ."އޭނަ އަމިއްލައަށް މަރުވީތަ؟ އެކަމަކު އަމިއްލައަށް މަރުވާކަހަލަ މީހެއްހެނެއް މަށަކަށް ހިޔެއްނުވޭ..."

އަނިޔާވެރިކަމުން ފުރިފައިވާ ހަމްދަރުދީއެއް ނެތް ލަފުޒުތަކަކަށް ވިޔަސް އޭނަގެ މޫނަށް މަޑުކަމެއް ވެރިވިއެވެ. ލޮލަށްވެސް ތެތްކަމެއް އައެވެ. އޭނަ އަމިއްލަ ނަފުސަށް އެއްބަސްވާން ޖެހުނު ހަގީގަތަކީ އޭނަވެސް އިރެއްގައި އަނާލިއާއަށް ހިތް ކީ ކަމެވެ. އެހެންނުވާނީ ކާކަށް ހެއްޔެވެ؟އެއީ ދުނިޔެއަށް އައި އެންމެ ރީތި އެއް އަންހެންމީހާއެވެ. ފަގީރުކަމާއެކުގައިވެސް އަނާލިއާ އޭނަގެ ނަފުސް ގެންގުޅޭލެއް ނަލަކަމާއި ޝާހީކަމާއެކު އަދި އޭނަގެ ހުންނަ ގޮތަކުން ފިރިިހެނުންގެ ހިތްތަށް ފުރޮޅައިލާނެއެވެ. އެކަމަކު ހިތާމަ ހުއްޓެވެ. އޭނަގެ އެހުންނަ އަނިޔާވެރި މިޒާޖެކެވެ. އަލްޔަސް އަވަހަށް އެ ޚިޔާލުތައް ހިތުން ނެރެ އެއްލާލައިފިއެވެ. އޭނައަކީ މިހާރު މީހެއްގެ ފިރިއެކެވެ.

"އެހެންވިއްޔާ އަހަރެން ކަލޭ ދިޔަދޭނަން ކަލޭގެ މަންމައާއި ބައްދަލުކުރަން......" އަލްޔަސް ފިސްތޯލަ އަނެއްކާ އޭނައާއި އަމާޒުކޮށްލިއެވެ.

"ޔަގީންތަ؟ ސަބަބަކީ އަހަރެން ދާނީ އެކަންޏެއް ނޫން..." ކައިލް ކެއްސައިލުމުން ލޭ އައެވެ. ކައިލްގެ ޖުމްލައިން އައި ރުޅިގަނޑު ގަދަކަމުން މިފަހަރު ހަމަލާދިނީ ބަނޑަށެވެ. ތަދުވެގެންގޮސް ކައިލްއަށް ކުކުރައިލެވުނެވެ.

"އަދިވެސް ވާހަކަ ދައްކަން މަސައްކަތްކުރަނީ ކީއްވެތަ؟ހީވާގޮތުން ކަލޭގެ ޑެތްވިޝްއެއް އޮތީ. މިތަނަށް އައީ މަރުވާހިތުން. ރަގަޅަށް ނޫންތަ މިބުނީ؟"

"އަހަރެން އިތުރަށް ބާރ އެއް އަންދާނެކަމެއްނެތް....އެއީ އަދި ފުދޭވަރެއް ނޫން. ކަލޭގެ ދަރިފުޅުގެ އެހެރަ ލޯބި ޓްރީހައުސް އަންދާލައިފިއްޔާ ދަރިފުޅަށް އިހުސާސްކުރެވޭނެގޮތް ވިސްނޭތަ؟" އަނގައިން ލޭ އަންނަވަރުން ވާހަކަދައްކަން އުދަގޫވިޔަސް އޭނަ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަލްޔަސްގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އޭނަ ދެންމެ އެބުނީ ކީކޭހެއްޔެވެ؟

"އަހަރެން މިތަނުން ދިރިހުރެ ސަލާމަތުން ނުނިކުމެއްޖެއްޔާ...އަހަރެންގެ ބިރަކީ އަހަންނަށް މަސައްކަތްކޮށްދޭ މީހާ.......އޭނަގެ ޖޮބް އަދާކުރުން ނޫން ޗޮއިސްއެއް ނޯންނާނެތީ....."

"ހޭ އޭނަ ތެދުވާން އެހީވެބަލަ..."އަލްޔަސް އޭނަގެ މީހަކަށް އަމުރުކުރުމުން އެމީހާ ކައިލް ތެދުކޮށްލަދިނެވެ.

"ހޫމް....އެހެންވީމަ ކަލޭވެސް ވަރަށް ލޯބިވާ އެއްޗެއް ލިބިއްޖެ ދޯ..." ކައިލް ބޯ އަރިކޮށްލަމުން މަލާމާތުގެ ރާގަކަށް ބުނެލައިފިއެވެ." ތިއީ ވަރަށް އުދަގޫކުރުވާނެ މައްސަލައެއް. ކަލޭގެ ލޯބިވާ އާއިލާ ތަންކޮޅެއް ރަގަޅަށް ބެލެހެއްޓުމުގެ އިންތިޒާމް ކުރޭ...."

އޭރު އަލްޔަސް އޭނަގެ ޓެލެފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެން އުޅެއެވެ."އަހަރެންގެ ދަރިފުޅު އެބައުޅޭތަ"

އެކޮޅުން ބުނި އެއްޗަކުން އަލްޔަސް ހިމޭންވިއެވެ. އަދި އޭނަގެ އަތް މުށްކަވާލެވިއްޖެއެވެ.

"އޭނަ ކޮބާ؟" އަލްޔަސް ކަޅި އަޅައިގަތެވެ. އެލޮލުން ކައިލްއަށް އެއްވެސް ކަހަލަ ޖަޒުބާތެއް ނުފެނުނެވެ. ފުން ފުން ކޮޅެއްނެތް އަނދިރިކަމެއްގެ ތެރެއަށް ބެލުނުފަދައެވެ.

"ރައްކާތެރި ތަނެއްގައި...." ކައިލް ބުނެލިއެވެ. މިކާލްގެ މަސައްކަތް ހުރީ ކިހިނެއްބާވައެވެ. އޭނަގެ އަމުރަށް މިކާލްވަނީ އަލްޔަސްގެ ދަރިފުޅަށް ޕިޔާނޯ ފިލާވަޅުތައް ނަގާ ދިނުމަށް ހަފްތާއަކަށް ގޮސްފައެވެ. އަލްޔަސްގެ އަންހެނުން ޕިޔާނޯ ކިޔަވައިދޭނެ މީހަކު ހޯދަން އުޅުމުން އަމިއްލަ ނަފުސް އޮޅުވާލައިގެން މިކާލް އެކަމަށް ކުރިމަތިލީއެވެ. މިކާލް އެކަމުގެ ހުނަރުގައި ކުރީގައި އުޅޭކަމުން އެއްވެސް ދަތިކަމަކާއި ނުލައި ވަޒީފާ ހަމަޖެހުނެވެ. ކައިލް އަލްޔަސްއާއި ބައްދަލުކުރުމުގެ ކުރިން އެހުރިހާ ކަމެއް ރާވާ އަދި މިކާލްވެސް ޝަކުވާއެއް ނެތި ބުނާގޮތަށް ހެދީ އޭނަ އިތުބާރުކުރާ ވަރުންނެވެ.

އަލްޔަސްއަށް އަލަށް ލިބުނު އުފަލާއިމެދު އޭނަގެ ހިތް މަޑުވެ އެކަން ބަލިފައިކަމުގައި ވިއެވެ. އޭނަގެ ކުޑަ ކުޑަ އާއިލާއެވެ. ރަގަޅު އަންބަކާ ފަސް އަހަރުގެ ފިރިހެން ދަރިއަކާއެކު އޭނަވަނީ ހަޔާތެއް ފަށާފައެވެ.

"ކާކުތަ މަންމަ ގެންދިޔައީ؟"ކައިލް ސުވާލުކުރިއެވެ."އަހަރެންގެ މަންމަ..އެދުވަހު ދެކުނީމޭ ބުނީމެއްނު...."

"އަހަންނަށް ހިޔެއް ނުވޭ އަނާލިއާ ބަލާބޮޑުކުރީ ގާތިލެއްހެން....ފުރަތަމައިން ފެށިގެން މަޑު ހިތެއް ލިބިފައިވީ. މަންމަގެ ހައްގުގައި އަހަރެމެން ފަހަތުން ތި އަންނަނީވެސް....."އަލްޔަސް ގޮތްހުސްވެފައިވާފަދަ ގޮތަކަށް ނޭވާއެއް ދޫކޮށްލިއެވެ.

"ހުރިހާ ކަމެއް ބަދަލުވެއްޖެ. އެކަން ބަލައިލަންވެސް ކަލޭ ބޭނުމެއްނުވާނެ..." ކައިލް ކެއްސާލިއެވެ."ބުނެބަލަ. އަހަރެންގެ މަންމަ ގެންދިޔައީ ކާކު؟"

އަލްޔަސް އިށީނުމަށްފަހު ވިސްނަންފެށިއެވެ." އަހަންނަށް އެމީހުން ހޯދިދާނެ. އަހަރެން ދަންނަ މޫނެއް އެމީހުންގެ ތެރޭ ވި. މިހާރު އެފަހުން ކިތައް އަހަރުމިވީ ފޯ ގޯޑްސް ސޭކް. އަހަރެންގެ ހަނދާންވެސް ފުސްކޮށް..."

އަލްޔަސް ކައިލްއަށް ވިސްނުންތެރިކަމާއެކު ބަލަން އިނެވެ. އޭނަ މި ޒުވާނާއާއި ރުހެވުނުކަމަށް އަމިއްލަ ހިތްވެސް ގަބޫލުކުރިއެވެ. ޖީނިއަސްއެއްފަދައެވެ. ވިސްނުން ތޫނެވެ. މާސްޓަރ މައިންޑެކެވެ. މިފަދަ ޒުވާނަކު އޭނަގެ ޖަމާއަތުގައި ހުރުމަށް އޭނަ ބޭނުމެވެ. އަލްޔަސް ގަނޑުކޮޅެއްގައި އޭނަގެ ނަމްބަރު ލިޔެލާފައި ކައިލްގެ އަތަށް ދިނެވެ." އަހަރެން އެމީހުން ހޯދަދޭން މަސައްކަތްކުރާނަން....ޔޫ ނޯ ފޯ އޯލްޑް ޓައިމްސް ސޭކް. އަހަރެމެންގެ ހިސްޓްރީއެއް އެބައޮތް. ޔޫ ހޭވް މައި ވޯޑް. އޭގެ ބަދަލުގައި އަހަރެންގެ ގެއާއި އެންމެ އިންޗެއްވެސް ކައިރިވެގެން ނުވާނެ.އަޑުއިވިއްޖެތަ؟"

ކައިލް އެތަނުން ނުކުމެގެން ހިނގައިގަތީ މާޔޫސްކަމާއި ވަރުބަލިކަމުގައި އުދަގޫގޮތަކަށެވެ. އަލްޔަސް އަށް ނުވެޖެއްޔާ ދެން ކާކުހެއްޔެވެ؟މަންމަގެ އެހެން ދުޝްމިނަކު ވާކަމެއް އޭނައަކަށް އެނގިފައެއް ނެތެވެ.

 

***

"މިކަލް ސަރ..އަޅުގަނޑުމެން މިތަނަށް އައީ ކީއްވެ؟" އަލްޔަސްގެ ފިރިހެން ދަރިފުޅު ޗޮކްލެޓްމިންޓް އައިސްކްރީމްގައި ދޫ ލަމުން އަހައިލިއެވެ.

"އަހް....މިއީ ހަދިޔާއެއް. ފެއަރވެލް ގިފްޓެއް. އެނގޭތަ އަހަރެން ދާން ޖެހުނުކަން؟ ދެން އެހެން މުދައްރިސެއް އަންނާނެހެން ހީވަނީ.." މިކާލް ހިނިތުންވެލުމަށްފަހު އޭނަގެ އައިސްކްރީމް ކެއުމުގެ ފޯރޯގައި ިއނދެ ގަޑިއަށް ބަލައިލިއެވެ. އެންމެފަހުން އޭނަ ހޯދަން ބޭނުންވާ ފަރާތް މަގު ހުރަސްކުރަނިކޮށް ފެނުނެވެ. އޭނަ ކުއްޔަށް ނެގި ބައިސްކަލުގައި އަލްޔަސްގެ ދަރިފުޅު ގެއަށް ލާފައި ކައިލް އާއި ބައްދަލުކުރަން އަވަސްވެގަތެވެ.

 

***

"އާ ޔޫ އޯކޭ؟ އެތާ ތެރޭ ކިހިނެއް ވީ؟" މިކާލްއަށް ކައިލް ފެނުމާއެކު ލޯ ބޮޑުކޮށްލަމުން ސުވާލުކުރިއެވެ." ހީވަނީ ލޭގެ ތެރޭ ފަތާފައި އައިހެން...."

"ކޮބާ އެކުއްޖާ؟" ކައިލް އެހިއެވެ.

"ސަލާމަތުން ގެއަށް ލައިފިން. ވީއިރު މިއީ މަގޭ ފުރަތަމަ މިޝަން.ހަހް؟ ތެދަށް ބުނަންޏާ ވަރަށް ފައްކާ. ދޮގެއް ނުބުނާނަން. އަހަންނަށް އިހުސާސްވީ ދުނިޔެއަށް އައީ މިޒާތުގެ މަސައްކަތް ކައިލްއަށް ނިންމާދޭންހެން. ބޮސް....." މިކާލް ފަޚުރުވެރިވިއެވެ." ވީއިރު އެކަންތައް ކިހިނެއް ދިޔައީ؟"

"އޭނަ މަރާލައިފިންތަ؟" އެންމެ ފަހު ޖުމްލަ ބުނެލީ ވައި އަޑަކުންނެވެ.

"އޭނައެއް ނޫން.."ކައިލް ފުންކޮށް ނޭވާ ބޭރަށް ދޫކޮށްލިއެވެ."ގޯޑްޑޭމް. އޭނަ މަގޭ ތުންފަތް ފަޅާލައިފި..."

ކައިލްއަށް އެހެން ބުނެވުނީ ދަތްތައް ޖައްސާ ބާރުކޮށްލަމުންނެވެ. ވިސްނައިލުމުން އަލްޔަސް އޭނަގެ މަންމަ މަރާނުލިޔަސް އަދި އެމީހުންނަށް ޖެއްސި އުދަގުލާއި ދިން އަނިޔާތަކުގެ ބަދަލުގައި އޭނަގެ ދިރިއުޅުން ނިންމާލެވުނުނަމައެވެ. ދެން ފަހަރަކުންނެވެ.

 

***

ކައިލްއާއި މިކާލްއަށް ގެއާއި ހަމަޔަށް ފޯރުނުއިރު ފުދޭވަރަކަށް ލަސްވެއްޖެއެވެ. އެމީހުން ވަކި ހިސާބަކުން ރޭގަނޑުގެ ސަލާމްކޮށްލާފައި އެމީހެއްގެ މަންޒިލަށް ދާން ވަކިވިއެވެ. މަގުތައް ދިއްލާ އަޅާފައިވަނީ ރީދޫ އަލިތަކުންނެވެ. ވައިރޯޅިތަކާއެކު އުދުހެމުންދާ ޗެރީ ބްލޮސޮމްތައް ފެނެއެވެ. ބަހާރު މޫސުމްގެ ރޭތައް ވަރަށް ހިތްގައިމެވެ. ފޮޅެމުންދާ މާތަކުގެ ރީތިކަން ރޭގަނޑުގެ އަނދިރިކަމުންވެސް ފަނޑުކޮށެއްނުލެވެއެވެ. މަގުތައް އޮތީ ހުހަށެވެ. ހަމައެކަނި އިވޭ އަޑަކީ ވައިރޯޅިތަކުގެ ނާނާއެވެ. އަދި ކައިލްގެ ފިޔަވަޅުގެ އަޑާއި ކްރިކެޓްގެ ގޮވުމެވެ. ހަމަހިމޭން ރެއެކެވެ. އެކަމަކު ރޭގަނޑުގެވެސް އެންމެ ހިމޭން ވަގުތަކަށްވެސް އޭނަގެ ހަލަބޮލިވެފައިވާ ސިކުނޑިއާއި ހިތް ހިމޭންކޮށެއް ނުދެވުނެވެ. ދެން ފެނުނު މަންޒަރަކުން އޭނަގެ ހިތްވެސް މަގާމުދޫކޮށް ތިރިއަށް އޮއްސުނެވެ. ދޮރުގެ އަލިތައް ވަނީ ދިއްލިފައެވެ. ކޮންމެވެސް މީހަކު އޭނަގެ ގެއަށް ވަދެގަތީއެވެ. އަލްޔަސް އޭނަގެ މީހުން ފޮނުވީހެއްޔެވެ؟

"މާމާ....." އަލްޔަސް އޭނައަށް ދިން އަނިޔާތަކުން ލިބުނުހާ ވޭނެއް ހަނދާން ނައްތައިލުމަށްފަހު ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އަދި ހަށިގަނޑުގައިވިހާ ހަކަތައެއް ލުމަށްފަހު ދުއްވައިގަނެވުނެވެ. އޭނަގެ ދުނިޔޭގައިވާ ހަމައެކަނި އާއިލާއާއި ވަކިވާކަށް ކުޅަދާނައެއް ނޫނެވެ.

 

***

ނޯރާ ތަވާގައި ހިފެހެއްޓިލެއް ބާރުކަމުން އޭނަގެ އިނގިލތަކުގެ ހުޅުތައް ހުދުވިއެވެ. އެތައް އަހަރެއްވާންދެން އޭނަ ފިލައިގެން އުޅެނިކޮށް އެމީހުންނަށް އޭނަ އެންމެފަހުން ހީދުނީއެވެ. އޭނަ ނޭވާ ހިފަހައްޓާލައިގެން ހުރިއިރު ﷲ ސުބުހާނަހޫ ވަތައާލާއަށް ދުޢާކުރިއެވެ. ބައްޕަފަދައިން ދުނިޔެއިން ގެއްލުވެން އޭނަ ބޭނުމެއްނޫނެވެ. އޭނައަށް ދެން ފެނުނީ ދޮރުގެ ތަޅު އެނބުރުތަނެވެ. އެންމެ ސިކުންތުކޮޅެއްވެސް ބޭކާރުކޮށްލުމެއްނެތި އޭނަގެ ހަމަލާ އެގެއަށް ވަދެގަތް ވަގުކަލޭގެ ގަޔަށް އެރިއެވެ. އެންމެ ފަހަރަކު އެއްނޫނެވެ. ދެވަނަ އެތިފަހަރު ވީއްލައިލުމާއެކު އޭނަގެ އަތުން އެތަވާ އުދުހިގެންގޮސް މާ ދުރުގައި ޖެހުނެވެ.

އަނދިރިކަމުގެ ތެރެއިން ކުޑަ ކުޑަ ހިޔަންޏެއް ފަދައިން ފެނުނު ކުއްޖާއާއިމެދު ޝައްކުވެގެން އޭނަ ސިޓިންރޫމްގެ ބޮކި ދިއްލާލައިފިއެވެ.

"ކަލޭ......." ކައިލް ހައިރާންކަމާއެކު ކިޔައިލިއެވެ. އޭނަގެ ލޮލުގެ ތޫނުކަމުން ނޫންނަމަ މިކުއްޖާ ވަކިކުރަންވެސް ނޭގުނީހެވެ. ކިތައްގޮތަށް ސިފަ ބަދަލުކުރާނެހެއްޔެވެ؟

"އަހަރެން ގެ ގޭގައި ކީއް ތިކުރަނީ؟" ޝޮކްއެއްގައި ހުރެ ކައިލް ނޯރާއަށް ނަޒަރު ހުއްޓާލިއެވެ.

ނުނިމޭ

ކޮމެންޓް 0