"ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. ގިނަގިނައިން ދުޢާކުރާށެވެ. ޒިކުރުކުރާށެވެ. ތައުބާވެ އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ހެޔޮ އަމަލުގައި ގިނަވަގުތު ހޭދަކުރުމުން ﷲގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅުތަކުންގެ ތެރޭގައި ހިމެނިދާނެއެވެ. މިއީ ވަގުތީ މަންޒިލެކެވެ. ކޮންމެ ވަގުތަކުވެސް ދާއިމީ ގޮވަތްޗަށްދާން ޖެހިދާނެއެވެ. އެންމެ ވިސްނޭ މީހުންނަކީ ދުރާލާ ތައްޔާރުވެގެން ތިބޭ މީހުންނެވެ."

***

އަހަރެމެން ދެމީހުން ބައްދަލުވާން ތަގުދީރުގައި ހުރީމަ ފައިވާން ހަލާކުވީ..ފައިވާނެއް ގެނެސްދެންތަ؟" ސައިރަސް ތެދުވުނެވެ.

"ނޫން ނޫން......"ކާއިނާތުއަށް ސައިރަސްގެ އަތުގައި ނުހިފުނީ ހަމަ ކިރިޔާއެވެ.

މެހެރާޒް އަށް ވިސްނުނީ މިދެމީހުންގެ އޮތީ އާދައިގެ ގުޅުމެއް ނޫންކަމުގައެވެ. އެހެންވާނެ ނޫންހެއްޔެވެ؟ ދެމީހުންގެ ނަޒަރުން ފެންނަނީ އެކަކު އަނެކަކަށްޓަކާ ހިތުގައި އޮތް ލޯތްބެވެ. ބެލުމުގައި ހުރި ތަފާތުކަމެވެ. ނޭގި ނަމަވެސް ކާއިނާތު ސައިރަސްއަށް ބަލަމުން ދިޔައީ ލޯބިވެރިޔަކަށް ބަލާނެ އުސޫލުންނެވެ. މެހެރާޒްއަށް އިސްޖަހައިލެވުނެވެ.

"މެހެރާޒް.....ފައިވާނެއް ގަނެގެން އާދެބަލަ..."ސައިރަސް އެދުނެވެ.

"ބަޓް................"ކާއިނާތު އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިއިރު މެހެރާޒް ކިޔަމަންތެރިކަމާއެކު ދާން ތެދުވަނީއެވެ. ދެމީހުންނަށް އެކަނިވެރި ފުރުސަތެއް ދީފައި އެކުއްޖާ ދިޔަކަމަށްޓަކާ ކާއިނާތުގެ ހިތަށް ލުއިވިއެވެ. ދެވަނަ ސިކުންތުކޮޅުގައި ސައިރަސްގެ ހިތް މެހެރާޒްއާއިމެދު އަނބުރައިލަން މަސައްކަތްކުރިއެވެ. ނިރުބަވެރިއެއްކަމާއި ޒާދާ ކިޑްނެޕްކުރުމުގައި އެޒުވާނާގެ އަތެއް ވާކަމަށާއި ޖަލުގައިވެސް ދުވަސްތައް ހޭދަކުރިކަމުގައި ބުނެލީ ސައިރަސް ގަބޫލުކުރާނެކަމުގެ އުއްމީދުގައެވެ.

"ކާއީއަށް އެނގޭތަ؟ އެންމެ ގޯސް މާޒީގެ ވެރިޔާގެ ފިއުޗާ އެންމެ ރަގަޅުވާނީ. އަހަރެން މެހެރާޒްއާއިމެދު ވަރަށް އުއްމީދު އެބައޮތް.. އެ އުމުރުގެ ފިރިހެންކުއްޖެއް ފެނިއްޖެޔާ މަގޭ ގެއްލިފައިވާ ދަރިފުޅޭ ހިތަށް އަރާ ކަމޭހިތަން...އަަހަންނަށް ކުރެވޭނެ ކަމަކީ އެއީ...................."

ކާއިނާތުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"އެދަރިފުޅާއި ދިމާވެއްޖެ. އޭނަ ދުނިޔޭގައި އެބަހުރި...ޑީއެންއޭ ޓެސްޓްވެސް ކުރުވިން...."

"ކީކޭ؟ ދަރިފުޅު ކޮބާ ކާއީ؟ބުނެބަލަ. ކޮންތާކު ހުރީ؟"ސައިރަސްގެ މޫނުމައްޗަށް ވެރިވި ހައިރާންކަން އުފަލާއި ޖޯޝަށް ބަދަލުވިއެވެ.

"ޔަޒީދު.........."

"ފޮޓޯއެއް ނެތްތަ؟"

ސައިރަސްއަށް އެފޮޓޯ ފެނުމާއެކު ތުންފަތުގައިވި ހިނިތުންވުން ގެއްލި ބުމަ ކައިރިކޮށްލެވުނެވެ. ސައިރަސްއާއި ކުރިން ދިމާވެ ނުބައި ތަޖުރިބާއެއްކޮށްފައިވާކަން ކާއިނާތުއަށްވެސް ޔަގީންވިއެވެ. ކާއިނާތުއަށް އެކަން ވިސްނުމާއެކު ޔަޒީދުގެ ދިފާއުގައި އެއްޗެއް ބުނެލަން ބޭނުންވިއެވެ.

"ޔަޒީދުގެ ޕޭރެންޓުންނާއި ވަކިން ހުރުމުގެ ސަބަބުން އުޅުމާއި އަޚުލާގު އެންމެ ރަގަޅުނުވެ ހިގައިދާނެ....ބަޓް ހީޒް މައި ސަން..."ކާއިނާތު ސައިރަސްއާއި ހަތަރުކަޅިހަމަކުރިއެވެ.

އެވަގުތު މެހެރާޒް ބޫޓެއް ހިފައިގެން އައިސް ވަނެވެ. ކާއިނާތުގެ ފަޔަށް ހެޔޮވަރުސައިޒްގެ މުށިކުލައަކަށްދާ ރީތި ބޫޓެކެވެ. ޚަރީފާއި އޭނަ ލައިގެން ހުރި ހެދުމާއިވެސް ކުލަ ގުޅެއެވެ.ކާއިނާތު ޝުކުރުން ފުރިފައިވާ ނަޒަރަކުން ބަލައިލުމަށްފަހު ފައިސާ ދޭންވެގެން އެހުމުން މެހެރާޒްބުނީ އޭނަގެ ފަރާތުން ދިން ހަދިޔާއެއްކަމުގައެވެ.

"މެހެރާޒްގެ މުސާރަ ކާއީއަށްވުރެ މިހާރު ބޮޑުވާނެ..."ސައިރަސް ހީލިއެވެ.

"ވަޓް؟"

"އާނ. އެސްޓްރޮނޯޓުންނަށް ލިބޭ މުސާރަ ކާއީއަށްވެސް އެނގޭނެއްނު.."

ކާއިނާތުގެ މޫނަށް މަޑު ރަތްކުލައެއްވެރިވީ ފިނިވެގެން ކަމެއް ނޫނީ ލަދުންކަމެއް ނޭގުނެވެ. މެހެރާޒްފަދަ ދުޝްމިނަކު އެހާ ކުރިއަށް ދެމިގަންނަންވީ ސަބަބެއް އޭނައަކަށް ނޭގުނެވެ. ޒާދާ ހައްޔަރުކުރީ މެހެރާޒްކަމަށް އަދިވެސް އޭނަ ގަބޫލުކުރެއެވެ. އެންމެފަހުން އަދި މިވީ ސައިރަސްގެ ގާތް މީހަކަށެވެ. ކާއިނާތުއަށްވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފިއެވެ. ސައިރަސްއާއި އަރައިރުންވާން ބޭނުންނުވާތީ ފައިސާ ދޭން ގަދަ ހަދަން ނުކެރުނަސް މެހެރާޒްގެ އިހުސާންތެރިކަން ގަބޫލުކުރަން އޭނައަށް ފަސޭހައެއްނޫނެވެ. އޭނަ މެހެރާޒްއަށް އަގު ދޭނީއެވެ.

ކެއުމަށްފަހު މެހެރާޒް ކުރީގައި ހުރެގެން ނުކުތުމުން ސައިރަސް ކާއިނާތު ގާތުގައިި ފޯނު ނަމްބަރުދޭން އެދުނެވެ.

"އަހަރެމެންގެ ދަރިއަކުވެސް ހުރީމަ ގުޅުން އެއްކޮށް ނެތިގެން ދާނެ އެއްވެސް ގޮތެއްނެތެއްނު........"

"ސައިރަސް ތި ހީކުރީ ނުބައިކޮށް. ދަރިއަކު ހުރެގެންނޭ ކިޔާފައި އެކްސްއާއި ވާހަކަދައްކަން ވެއްޖެއްޔާ ކައިވެނީގެ ދިރިއުޅުމަށް ނުބައި އަސަރުނުކޮށް ނުހުންނާނެ. އަހަރެން ދެން އިތުރަށް ބޭނުމެއްނޫން ތި ދިރިއުޅުމަށް ވަންނަން. ދެމީހުންނަށް އެންމެ ރަގަޅުވާނީ ހަމަ ވަކިވިއްޔާ. ދެންވެސް މިކަހަލަ ގޮތަކަށް އެކްސިޑެންޓަކުން ދިމާވެއްޖެއްޔާ ހަމަ އަނގައިން ބުނެވިދާނެ. ހާލުއަހައިލެވިދާނެ...އެނގޭތަ؟ އާޔާއަށް މިވަރުގެ ކަމެއްވެސް ވާނީ ފާފައަކަށް. ހަގީގަތަކީވެސް އެއީ. ފާފަނުކުރަން މަސައްކަތްކުރަން އޮތީ. ސަބަބަކީ.......................އޯކޭ ދެން ކޮންމެހެން މި ލެކްޗާ ގަބޫލުކުރާ މީހަކާނޫން ވާހަކަ މިދެއްކެނީ....ތެންކިއު ސައިރަސް.."ކާއިނާތު ދާން ހިނގައިގަތެވެ.ދެން ކުޑަކޮށް އެނބުރި ބަލާލައިފިއެވެ.

"ގުޑްބައި ސައިރަސް..."

ކާއިނާތު ހީކުރިގޮތަކަށް ސައިރަސް މަތިން ހަނދާން ނައްތައިލުމަކީ އޭނަގެ ހިތަކަށް ކުޅަދާނަކަމެއް ނޫނެވެ. ގެއާއި ހަމަޔަށް ދެވެންދެންވެސް ލޮލުން އޮހެމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ހިފެހެއްޓުމެއްނެތި ދެމެމުން ދިޔައެވެ. ސައިރަސްއަށްޓަކާ އެހިތުގައިިވި ލޯބި އިތުރަށް ތާޒާވީއެވެ.

ކާއިނާތު ބޫޓު ހަރުގަނޑުގައި ބަހައްޓާފައި އިރުކޮޅެއްވާންދެން އެ ރީތި ބޫޓަށް ބަލަހައްޓައިގެން ހުރެވުނެވެ. ދުޝްމަނެއް ކަމުގައިވިޔަސް މެހެރާޒް ދިން އެއްޗެއް އޭނައަށް ޚާއްސަވިއެވެ. އެހާވެސް ރީއްޗެވެ.

***

ޒާދާ އެނދުގެ ހެޑްބޯޑަށް ލެގިލައިގެން ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އިންއިރު ލޮލުން ފެނުނީ މާޔޫސްކަމެވެ.

"މަންމާ. ބައްޕަ ނުރުހުނަސް އަޅުގަނޑު މި ކައިވެނިކުރާނަން...ބައްޕައާއި ބާސިލްގެ ބައްޕަގެ އޮތް މައްސަލައަކުން އަޅުގަނޑުމެން ވަކިވާންޖެހޭ ސަބަބެއް ނުފެނޭ..........."

"ސަބަބަކީ ބައްޕަގެ ދުޝްމަނަކަށްވީމަ. ބައްޕައަށް ޒާދާ ރެސްޕެކްޓްކުރަންވާނެއްނު........."ކާއިނާތު ޒާދާގެ ގާތު އިށީދެ އަތުގައި ފިރުމައިލިއެވެ."ޒުހަލްއަީ ރަގަޅުމީހެއްނޫން. އޭނަގެ ދަރިންވެސް ހިނގާނީ ބައްޕަ ހިނގިމަގުން."

"ބައްޕައަކަށް ބާސިލްގެ ބައްޕަ ކުރި ކުށެއް ބުނެނުދެވޭ. އެހާވަރުގެ ބޮޑު ކޮންކަމެއްކުރީ؟"

"މީހުންގެ ކުށްތައް އެހެން ބަޔަކަށް އެންގުމަކީ އެންމެ ރަގަޅުކަމަކަށްވެސް ނުވެ ހިނގައިދާނެ. ކޮންމެ ކުށަކަށްވިޔަސް ބައްޕައަށް އެވާހަކަ ބުނަން އުދަގޫވެއްޖެކަން މަންމައަށްވެސް އެނގެނީ. ޒާދާ ބާސިލްގެ މަތިން ހަނދާން ނައްތައިލާ. އަދި އެއަށްވުރެ މާ ރަގަޅު މީހަކު ހަޔާތަށް އައިސްދާނެ. ކިޔަވާ ނިމިގެން ޖޮބަށް ދާންފެށީމަ. ތިހިތާމަ ކުރުން ހުއްޓާލާފައި ހިތްވަރާއިއެކު ކުރިއަށް ދާންވާނީ." ކާއިނާތު ހިތްވަރުދީފައި ކޮޓަރިން ނުކުތެވެ.

ޒާދާ ބާސިލްއަށް ގުޅިއެވެ.

"ކިހިނެއް ހަދަންވީ؟"

"ޒާގެ އަތްމަތީގައި އެކަން އޮތީ، މަޖުބޫރެއް ނުކުރާނަން. އަހަރެން ކައިރިއަށް އަންނަން ކެރޭނެތަ؟ ހުރިހާ އެއްޗެއް އަދި ފެމިލީ ދޫކޮށްފައި؟"ބާސިލް އެހިއެވެ.

"ނޭގޭ ގޮތެއް ނިންމުމަކީ ފަސޭހަކަމެއްނޫން. ހިތަށް އަރާ މިހާ ލައިފް ކޮމްޕްލިކޭޓްވަނީ ކީއްވެ ބާވައޭ. ބައްޕަވެސްދެން ފޮގިވްކުރިނަމަ..."ޒާދާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"ބޮޑަށް ލޯބިވާ ކޮޅެއް ނަގަން ޖެހޭނީ. އެހާވެސް ސިމްޕަލް ކަމެއް...."

"ބާސިލްނަމަ ކިހިނެއް ހަދާނީ؟"

"ޒާ....އަހަރެންގެ ޕޭރެންޓުން ވަރަށް ކޫލް. މިސާލަކަށް ޒާގެ ބައްޕައާއި ތިއޮތް މައްސަލަތަކާއި އެކީގައިވެސް ޒާ އެކްސެޕްޓްކުރަން ބައްޕަ ތައްޔާރަށް ހުންނެވީ...."

ޒާދާއަށް ކަރުނަ ހިފެހެއްޓުން އުދަގޫވިއެވެ. ބާސިލްއާއި ވާހަކަދައްކަން އިންއިރު ޓިޝޫތައް ތެމެމުން ދިޔައީ ހޫނު ކަރުނަތަކުންނެވެ.

***

ޒާދާއާއި މަހްރާ ގޭގެ ފަހަތުގައި ހުރި ގަސްތަކުގެ ދަށުގައިވާ ރަނާއި މުށި އަދި ރަތް ފަތްތަކުގެ މަތީގައި އިށީދެލައިގެން ޚިޔާލު ބަދަލުކުރަން ތިބީ ބާސިލްއާއި ބެހޭގޮތުންނެވެ. މަހްރާގެ ނަސޭހަތަކީ މައިންބަފައިންނާއި ވަކިވެގެން ނުދިޔުމަށެވެ. ޒާދާ ފަހުން ހިތާމަކުރާނެ ކަމުގައެވެ.

"ވަށައިގެން ފެންނަ ކޮންމެ އެއްޗަކަށް ނޫނީ މީހަކަށް ބަލައިލިޔަސް އެންމެން ދުނިޔެއާއި ވަކިވެގެންދާނެކަމީ ޝައްކެއްނެތި އެނގޭކަމެއް. ކޮންމެވެސް ދުވަހެއްގައި މި ހުވަފެނުން ހޭލައިގެން ހަގީގީ ދުނިޔެއަށް ލޯ ހުޅުވައިލުމާއެކު ސުވަރުގޭގެ ރީތި ގަނޑުވަރަކަށް ދިޔުން ނޫނީ ހިތަށް ނުގެނެވޭފަދަ ބިރުވެރިކަމަކާއި ކުރިމަތިވާނީ...އެހެންވީމަ ﷲ އެންގެވިގޮތަށް ދުނިޔޭގައި އުޅެންޏާ ރަގަޅުގޮތެއް މެދުވެރިވާނީ. ބައެއްފަހަރު ގުރުއާން ކިޔަވާއިރުވެސް ފީލްވޭ ގުރުއާން އިޒް ޓޯކިން ޓު މީއޭ...އެއީ ހެއްދެވިފަރާތުގެ ބަސްފުޅުވީމަ...ޒާއަށް އެނގޭތަ؟ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ﷲ ތައާލާ އަންގަވާފައިވޭޭ....މާތްﷲ ގުރުއާނުގެ އަލް އިސްރާ ސޫރަތުގެ ތޭވީސްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ

" وَقَضٰى رَبُّكَ اَلَّا تَعْبُدُوْٓا اِلَّآ اِيَّاهُ وَبِالْوَالِدَيْنِ اِحْسٰنًاۗ اِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ اَحَدُهُمَآ اَوْ كِلٰهُمَا فَلَا تَقُلْ لَّهُمَآ اُفٍّ وَّلَا تَنْهَرْهُمَا وَقُلْ لَّهُمَا قَوْلًا كَرِيْمًا ( الإسراء: ٢٣ )ީމާނައަކީ އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެނަމަ އެދެމީހުންނަށް އުފްވެސް ނުބުނާށެވެ.( އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ.) އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ. އަދި މާތް ބަހަކުން އެދެމީހުންނަށް ބަސް ބުނާށެވެ."

މާތްﷲ އެގޮތަށް އަންގަވާފައިވާއިރު ލޯތްބަށްޓަކާ ޕޭރެންޓުން ދޫކޮށްލާފައި ދިޔުމަކީ ހަމަ ދެރަވާނެކަމެއް...ދެރަގޮތެއް މެދުވެރިވެދާނެ ޒާ....."

"ތިކަމާ ވިސްނާނީ. އަދި މަންމައާއިވެސް ވާހަކަ ދައްކާނަން..."ޒާދާ އެއްބަސްވިއެވެ. އޭނަ ފޯނު ހުޅުވާލާފައި މެހެރާޒްގެ ފޮޓޯތަކެއް ދެއްކިއެވެ."ހަނދާން އެބަހުރިތަ؟ މެހެރާޒްއާއި އެލިޒަބަތް ސްކޯން ކާން ތިބި ދުވަސް؟ އަހަރެމެންނަށްވެސް ގެނެސްދިނެއްނު. އެދުވަހު ވަރަށް ސިއްރުން ނެގި ފޮޓޯތައް މިހިރީ. ބިޒީކަމުން ވައިބާ ނުކުރެވުނީ.."

"މަށަށްތަ؟"މަހްރާ ރަކިވިއެވެ.

"އާނ ދެން އެހެން ކާކަށްތަ؟"

"ބޭނުމެއްނޫން...."

"ދުލުން ބުންޏަސް ތި ސިކުނޑީގައިވަނީ ކޯނޗެއްކަން ލޯވެސް ހެކިދޭ. އަމިއްލަ ނަފުސަށް އޮޅުވައިލާކަށް ނުވާނެ..."ޒާދާ މަހްރާގެ ކޮނޑުގައި ބޯ އަޅާލައިގެން ދުރަށް ބަލަން އިނދެފައި ލޮލުން ކަރުނަ ތިއްކެއް ފޮހެލައިފިއެވެ.

***

ޒުހަލް އޭނަގެ މަންމައާއި އަސަލްއާއި ބައްދަލުކޮށްފައި މާފަށް އެދުނެވެ. ދަރިފުޅުގެ ކަރުނަތަކުން އަސަރުކޮށްގެން ޒުހަލްގެ މަންމަގެ ހިތް ވިރިގެން ދިޔުމާއެކު ޒުހަލް ގެނެސް މޭގައި ޖައްސައިލެވުނެވެ.

"މަންމަ މާފުކޮށްފިން...ހިތްހެޔޮ. މަންމައަށް ގަބޫލުނުކުރެވުނީ މަންމަގެ ދަރިއަކު ނަސާރާ އަންހެނަކު ޚިޔާރުކޮށް މި މާތް ދީން ދޫކޮށްފާނެތީ..މަންމަ ކޮންމެ ފަރުޟު ނަމާދަކަށްފަހު ދަރިންނަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރަން....."

ޒުހަލްގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. މަންމަ އަބަދުވެސް ވާނީ މަންމައަށެވެ. ދަރިންދެކެ ހިތުގައި އޮންނަ ލޯތްބަށް ބަދަލެއް ނާންނާނެއެވެ.

***

ރާހާ އޭނަގެ ބޮޑުބޭބެގެ އާއިލާއާއިއެކު އުމްރާއަށް ފުރުމުން ގޭތެރެ ފަޅުވެ ދިރުން ގެއްލުނެވެ. ޒާދާގެ އެކަނިވެރިކަން އިތުރުވެ މާޔޫސްވުމާއި ފޫހިކަން ވަށާލައިފިއެވެ. މަންމަ ވެސް އަލުން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްފެށުމާއި ބައްޕަގެ އަވަދިނެތް ދިރިއުޅުމުން އޭނައަށް ޖާގައެއް ނުލިބުނެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރާ ގަޑިތަކުގައިވެސް ޒާދާގެ ހިތުގައި ނުފިލާ ހުސްކަމެއް ދެމިގެންދާންފެށިއެވެ. ކޮންމެވެސް އެއްޗެއް މަދުވަނީއެވެ. ބާސިލްއަށް ގުޅިޔަސް އޭނަވެސް ފޯނުނަގަނީއެއް ނޫނެވެ. ކެތްތެރިވެލައިގެން ހުރެ ދިރިއުޅުމާއިގެން ކުރިއަށް ދިޔުން ނޫންގޮތެއް ނެތެވެ.

***

ރާހާ އުމްރާއިން އެނބުރިއައިއިރު ކުރިއަށްވުރެ ތާޒާވެފައި ރޫފަ ރަގަޅެވެ. ޓެސްޓްތައް ހެދިއިރު މުޅިން "ނޯމަލް"އެވެ. ހަށިގަނޑުގައި ކެންސަރުގެ އެއްވެސް އަސަރެއް ހުރިކަމަކަށް ނުދައްކައެވެ. އާއިލާއަށް ލިބުނީ ބުނަން ނޭގޭފަދަ އުފަލެކެވެ. ޒާދާއާއި ރާހާ އަދި މަހްރާ ކޮޓަރީގައި ތިބިއިރު އުމްރާދަތުރުގައި ގެނައި ހަދިޔާތައް އެނދުމަތީގައި އަތުރާލާފައި ހުއްޓެވެ.

"ރާހާ. ދޮންތަ ގާތުގައި ތި ސިއްރު ބުނެބަލަ. ކޮންކަމެއް ކުރީ؟"

ނުނިމޭ

ކޮމެންޓް 0